މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ވ. މަރްޔަމް ޝުނާނާ އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B2/IN/2022/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު ކޯޓުގައި ހިނގަމުންދިޔަ މައުޟޫޢީ މައްސަލަ (އަލުން ހުށަހެޅުމުގެ ފުރުޞަތާއެކު) ބާޠިލުކޮށް ނިމިފައިވާއިރު، އެ މައްސަލައިގެ ތެރެއިން ނިންމި އިޖުރާއީ ނިންމުމެއް (ހައުސިންގ މިނިސްޓްރީ ޖަވާބުދާރީވުމަށް ކަނޑައެޅުން) އިސްތިއުނާފުގައި ބަލައި ގޮތެއް ނިންމަންޖެހޭތޯ.
ނިންމުން
އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް…އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ނިންމި (ދަށު ކޯޓުގެ މައުޟޫޢީ މައްސަލަ ނިމިފައިވާތީ)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުގައި ހިނގަމުންދިޔަ މައުޟޫޢީ މައްސަލަ ޙުކުމަކާ ނުލައި، އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނަ ގޮތަށް ބާޠިލުކޮށް ނިމިއްޖެނަމަ، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅައި ނިންމި އިޖުރާއީ ނިންމުމެއް ވުޖޫދުގައި ނުހުރެއެވެ؛ އަލުން މައްސަލަ ހުށަހެޅުމުން، އެފަދަ ނިންމުންތައް ނިންމާނީ އެ މައްސަލަ ބަލާ ފަނޑިޔާރު ވަށައިގެންވާ ކަންކަން ވަޒަންކޮށްގެންނެވެ.
HN2 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގައި ނިންމާ އިޖުރާއީ ނިންމުމަކީ އެ ކޯޓުގެ އެހެން ފަނޑިޔާރުން ތަބާވުން ލާޒިމު ނިންމުމެއް ނޫނެވެ.
HN3 މައްސަލައެއް އެހިނދަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ނިންމުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އިޖުރާއީ ނިންމުންތައްވެސް ނިމުމަކަށް އަންނާނެއެވެ؛ އެ މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅިއްޖެނަމަ، ކުރީގެ މައްސަލާގެ އިޖުރާއީ ނިންމުންތަކަށް ތަބާވާން ފަނޑިޔާރަށް ލާޒިމެއް ނުވެއެވެ.
HN4 އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ނިންމުމުން ނިކުންނާނެ ނަތީޖާއެއް ނެތްނަމަ، އެ ނުކުތާތަކާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަން ނުޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، އިބްރާހީމް މާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު.
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' މައްސަލަ އިސްތިއުނާފުކުރުމަށް އެދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް 2 1 އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) (މީގެ ފަހުން މި ރިޕޯޓުގައި " ދިވެހި ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތކަ ކ، […] ގ / މާލެ، މަރްޔަމް ޝުނާނާ އާއި ޗާންދަނީވިލ، ޢަބްދުލްޙަމީދު މުޙައްމަދު އާއި ޑައިމަންޑްވިލާ، ޢަބްދުއްރަޙީމް އާދަމް އާއި މުޝްތަރީގެ، ޢަބްދުއްސަލާމް މުޙައްމަދު އާއި […] / މާލެ، ޢަބްދުއްސައްތާރު ޙަސަން އާއި ލައިނޫފަރުގެ، ޢަބްދުﷲ އަމްޖަދުއާއި ފާގަތި، ޢަބްދުﷲ ޖާބިރު އާއި އަރާއިރުﷲ ސަމީރު އާއި ދަފްތަރު ނަންބަރު ރސ 13792 / މާލެ، ޢަބްދުﷲ ޝަރީފު އާއި ނަޞްރު، ޢަބްދުﷲ ސުނީދ އާއު އިވްނިންގފްލާވަރ، ޢަބްދުﷲ ޒިޔާދު އާއި […] / މާލެ އާދަމް އިބްރާހީމް އާއި ވ. ވިލިހިޔާ / މާލެ އާދަމް ލަތީފް އާއި ބްލޫހެވަން، އަދީފާ ސުހައިލް އާއި ދުނި، އަޙްމަދު އަފްރާހް އާއި […] / މާލެ، އަޙްމަދު ހައިޝަމް އާއި ދަފްތަރު ނަންބަރު ރސ 12395 / މާލެ، އަޙްމަދު އިބްރާހީމް އާއި، އާމުލީގެ / މާލެ، އަޙްމަދު ޞަފްވަތ އާއު ދިލްބަހާރުގެ، އަޙްމަދު ސަމީޢު އާއިދަފްތަރ ނަންބަރު ރސ 13366 / މާލެ، އަޙްމަދު ސާމިރު އާއި ސީރީނާމަންޒިލް ޝާފީ އާއި ވީޑީގްރީން، އަޙްމަދު ޝިޢާރ އާއު […] / މާލެ، އަޙްމަދު ޝިފާއު އާއި ކެނދިކޮޅު. އަމާޒު، ޢާއިޝަތު ނަދީމާ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ބަގީޗާގެ، ޢާއިޝަތު ނާޘިމާ އާއި އާކާޝްވިލާ، ޢާއިޝަތު ނުހާ އާއި ދަފްތަރު ނަންބަރު ރސ 14464 / މާލެ، އާއިޝަތު ސަފީނާޒު އާއި ހުޅުމާލެ ގޯތި ނަންބަރު 10119 / މާލެ ޢަލީ ފާއިޒު އާއި ލިލަކުމާގެ، ޢަލީ ޝިޔާޒް އާއު އެސްޓަންވިލާ، އާމިނަތު ނައުޝ އާއާ އަތިރީގެ، ޑޮކްޓަރ. އައްބާސާ ޢަބްދުލްޙާމިދު، ރެޑްބާޑް، ޑޮކްޓަރ. ޝައްފ އިބްރާހީމާ އާއް ދަފްތަރު ނަންބަރު ރސ 14832 / މާލެ ފާޠިމަތު ޙަސަން އާއި […] / މާލެ، ފާޠިމަތު ލީނ އާއާ […] / މާލެ، ފާޠިމަތު ނިޝ މޫސާ އާއި ބަނަފުސާގެ، ފާޠިމަތު ރިސްނ އާއާ […] / މާލެ ފާޠިމަތު ސާދުނ އާއާ ދަފްތަރު ނަންބަރު ރސ 13129 / މާލެ، ފާޠިމަތު ވަޙީދާ އާއި ޤާސިއާ، ޤާސިމް ސަޢުދު އާއި ދަފްތަރު ނަންބަރު ރސ 7824 / މާލީ، ޙަމީދާ ޙަމީދު އާއި މާއޮޅު، ޙާމިދު އަޙްމަދު އާއި ހުޅުމާލެ ފްލެޓް ނަންބަރު ބީ-4-3ސީ / މާލެ، ޙާމިދު ޢަލީ އާއި ހިޔަލީގެ، ހާރޫން ރަޝީދު އާއި ދޫޑިގަން. ސުވާސާގެ، ޙަސަން ޞާލިޙް އާއި ނީލޯފަރުގެ، ޙާތިމް ޙަސަން އާއި ދަފްތަރު ނަންބަރު ރސ 729 / މާލެ، ޙިސްނިއްޔާ އަޙްމަދު އާއި […] / މާލެ ޙުސައިން ޢާޝިރު އާއި ވާދީ، ޙުސައިން ފަރީދު ޙަސަން އާއި ހުޅުމަންދޫގެ، ޙުސައިން ނަދީމު އާއި ދެތަނޑިމާގެ، އިބްރާހީމް ނިޒާރު އާއި ދަފްތަރު ނަންބަރު ރސ 12505 / މާލެ، އިބްރާހީމް ރަޝީދު އާއި ދިގުވާނޑު. ދޮންރުވާގެ ރަޝީދު ޙުސައިން އާއިގްރީންވިލާ، އިބްރާހީމް ރިފްޢަތު އާއިވައިލެޓްވިލާ، އިބްރާހީމް ޝަރީފް އާއި ކުދިލުބޯމާގެ، އިފްރާދ މުޙައްމަދު އާއި މިރިޔާސްގެ، އިސްމާޢީލް މުޙައްމަދު އާއި އަލިގާ، އިސްމާޢީލް ސަޢީދު އާއި ކީރަންމާގެ، އިސްމާޢީލް ޞާދިޤު އާއި ދަޑިމަގު. އިޒުމީރު، އިސްމާއިލް ޒާހީ ޒާހިދު އާއި ވ. ދެލްވައްތަ / މާލެ، ޖަންނަތު ޢަބްދުއްޞަމަދު އާއި ޖަފްނާ، މަޙްމޫދު ނަޞީރު އާއި އުރަހަ، މަރްޔަމް އަމީނާ އާއި މަރިޔާދު، މަރްޔަމް ޙުމާދާ އާއި ދަފްތަރު ނަންބަރު ރސ 9104 / މާލެ، މަރްޔަމް ޖީލަތަ އާއި ވ. ވިލިހިޔާ / މާލެ، މަރްޔަމް ރިމްޝާ ލަޠީފް އާއި ދަފްތަރު ނަންބަރު ރސ 0704 / މާލެ، މަރްޔަމް ސަޢީދާ އާއި ކެނދިކޮޅު. އަމާޒް، މަރްޔަމް ޔުމްނާ އާއި ނޫރާނީމާގެ، މުޙައްމަދު ޢަބްދުއްރަޙްމާން އާއި ދަފްތަރު ނަންބަރު ރސ 6722 / މާލެ، މުޙައްމަދު އިލްޔާސް އާއި […] / މާލެ، މުޙައްމަދު ޖިލާން އާއި ނައިލޯނުގެ، މުޙައްމަދު ޖިނާޙު އާއި އަސުރުމާގެ، މުޙައްމަދު މޫސާ އާއި ބްލޫހެވަން، މުޙައްމަދު ނަޖާޙު އާއި ތޭޓީފޯ، މުޙައްމަދު ނިޝާމް އާއި ނިޝާތު، މުޙައްމަދު ރަޝީދު އާއި ޗަބޭލީގެ، މުޙައްމަދު ތަޢުފީޤު އާއި […] / މާލެ، މުމްތާޒް އަޙްމަދު އާއި ބްލޫކިޔާގެ، މުނިޔަތުއްނުފޫސް އާއި އައްސޭރިވިލާ، ނާޡިމާ ޤާސިމް އާއި […] / މާލެ، ރިފްޤާ އިބްރާހީމް އާއި ސްޓަރލައިޓް ޢަބްދުލްޢަޒީޒް، އާއި […] / މާލެ، ސަމީނާ އަޙްމަދު އާއި ފަލަކު، ސަމީރާ އަޙްމަދު އާއި ކެނެރީވިލާ، ސަންފާ ޙަސަން އާއި ރެސްޓްހައުސް، ސައުލާ އިބްރާހީމް އާއި […] / މާލެ، ޝަބީނު ވަޙީދު އާއި ޑައެމަންޑްވިލާ، ޝަރީފާ ޙަސަން އާއި ޝާހިލް، ޞަފްވަތު މުޙައްމަދުފުޅު އާއި ރަތްވިލާގެ، ޔާސިރު ސުލައިމާން އާއި މާލެ ދަފްތަރު. 10108 / މާލެ، ޔޫސުފް އާދަމް، އާއި ތަނބުރުމާގެ، ޒަކަރިއްޔާ ޢީސާ އާއި […] / މާލެ، ޒަޚީރާ ޙާމިދު އާއި ހުސްނުހީނާގެ، ޒުރާ ޢަލީ ވަޙީދު އާއި ފަހަލަ، ޢަބްދުﷲ ރަޝީދު އާއި ފީރޯޒުގެ، އާދަމް ނަޝީދު އާއި ދެކުނުގެ، އާސިޔަތު ހަސަން އާއި ދަފްތަރު ނަންބަރު ރސ 9953 / މާލެ، އަޡްމަތު އާއި […] / މާލެ، އަޙްމަދު ޝާހިދު އާއި […] / މާލެ، އިސްމާޢީލް ރަޝީދު އާއި ހިތަށްފިނިވާގެ ރަޝީދު އާއި […] / މާލެ، ނުޒްހަތު ހުސައިން އާއި […] / މާލެ، ޢަބްދުއްލަޠީފް އާއި ރެޑްރޯސް، އަޙްމަދު މަޢުޞޫމު އާއި ދަފްތަރު ނަންބަރު ރސ 14421 / މާލެ، ފާޠިމަތު ސުހާ ޝަރީފް އާއި ދަފްތަރު ނަންބަރު ރސ 14417 / މާލެ، އިބްރާހީމް ރަޝާދު އާއި އަބްލަޣީގެ، މުޙައްމަދު އަޙްމަދު އާއި ހުދުފިނިފެންމާގެ/ ވ. ފުލިދޫ، މުޙައްމަދު ވާފިރު އަޙްމަދު އާއި ގުލިސްތާނުގެ، މުޙައްމަދު ޟިޔާއު، އާއި […] / މާލެ، ނަފާ ނަޞީރު އާއި ދަފްތަރު ނަންބަރު 1159/ މާލެ، ސަމީރު މުޙައްމަދު އާއި ނަންރީތިގެ، ޝިފްނާ ހަސަން އާއި އަލިމަސްގެ، ޢަބްދުއްރައްޒާޤު އާދަމް އާއި ހަވީރު، ޢަބްދުﷲ ލަޠީފް އާއި ޖީޒާގެ، ޢާއިޝަތު ޢަބްދުﷲ އާއި ވައިމަތީގެ، ޢާއިޝަތު ނާޒްލީ އާއި ބިއްލޫރިވިލާ، ޢާއިޝަތު ޝިފާ ޝަފީޤު އާއި ކައުނު، ޢާއިޝަތު ޒާހިރު އާއި ގުލްޗަންޕާއާގެ / ވ. ފުލިދޫ، ޢަލީ ސާލިޙު، އާއި […] / މާލެ، ޢާމިނަތު ރަޝީދާ އާއި […] / މާލެ، ޙަސަން ސާމިރު އާއި ނަސީމީވިލާ، ޙަސަން ޒަހީފު އާއި […] / މާލެ، ހުސައިން ޝާކިރު އާއި ތޯތާގެ، އިބްރާހީމް ހުސައިން އާއި ދަފްތަރު ނަންބަރު ރސ 4297 / މާލެ، މޫސާ އަޙްމަދު އާއި ނީރާ، މުޙައްމަދު ޙަމީދު އާއި ދަފްތަރު ނަންބަރު ރސ 8622 / މާލެ، މުޙައްމަދު އިބްރާހީމް އާއި […] / މާލެ، މަމްދޫޙް ޢަރީފް އާއި ފިނިވާގެ، ޙުސައިން ޢާޞިމް އާއި މާތިލަ، އަޙްމަދު ޒާހިރު އާއި އައުލާ، ޢަބްދުﷲ އަފީފު އާއި […] / މާލެ، ޙަސަން ޙަލީމް އާއި ވައްވަރުގެ، ޢަބްދުﷲ ޖަމީލު އާއި ރަފާ، އަޙްމަދު މަވްސިމް އާއި އޮމާގެ، ޒީނަތުލްއަރުވާޙު، އާއި ސޯސަންގެ، ޚާލިދު ހާމިދު އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާބަންކޯ) އެވެ.
ކަން ހިނގާފައިވާގޮތް
3މަރްޔަމް ޝުނާނ އާއާ އިތުރު 202 ފަރާތަކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާއިން ބެލި މައްސަލައިގައި އެ މައްސަލަ ހުށަހެޅި 203 ފަރާތާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ދިވެހި ދައުލަތުން، 15 ޖުލައި 2019 ގައި ސެޓްލްމެންޓް އެއްބަސްވުމެއްވެ، އެއްބަސްވުމުގެ ބައިވެރިން އެ އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
4އެ އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އިންކާރުކޮށް އެއްބަސްވުމާއި، ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ އަމުރާ ޚިލާފުވެ ފްލެޓް ގަތުމުގެ ފުރުޞަތު ދީފައިނުވތާ ޢަބްދުލްޙަމީދު މުޙައްމަދު އަދި އިތުރު 136 ފަރާތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދަޢުވާ ރައްދުވާ ގޮތަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
513 ސެޕްޓެންބަރު 2022 ގައި ސިވިލްކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އެ މައްސަލައިގައި އެ ދަޢުވާ ހުށަހެޅި ޢަބްދުލްޙަމީދު މުޙައްމަދު އަދި އިތުރު 136 ފަރާތަކުން އެދިފައިވަނީ، ފްލެޓް ގަތުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމާ ހަމައަށް އެއިން ކޮންމެ ފަރާތަކަށް ކޮންމެ މަހަކު 12,000 (ބާރަ ހާސް) ރުފިޔާ ނަގައިދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގެ ޙުކުމާއި، ސެޓްލްމެންޓް އެއްބަސްވުމާ އެއްގޮތަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އަޅާފައިވާ ހިޔާ ފްލެޓްތަކުން ބާކީ ހުރި ފްލެޓްތަކުނ ނުވަތް ވިނަރެސް ފްލެޓްތަކުނ ފްލެޓް ގަތުމުގެ ފުރުޞަތު އެފަރާތްތަކަށް ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
6އެ މައްސަލައަށް ޚަސްމެއްގެ ގޮތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހިމަނައިދިނުމަށް އެ ދައުވާ ހުށަހެޅި ފަރާތްތަކުން 11 ނޮވެންބަރު 2022 ސިވިލް ކޯޓުގައި އެދުމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެ މައްސަލއަށަ ސިވލ ކޯޓުން ތަދައްޚުލުކުރިއެވެ.
7އެ މައްސަލައަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޚަސްމެއްގެ ގޮތުގައި އިތުރުކޮށްގެން ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ.
8އެ އިޢުތިރާޒު ގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ހުށަހަޅާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ، އެ މައްސަލައިގެ ދަޢުވާކުރާ ފަރާތްތަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ދެމެދު 15 ޖުލައި 2019 ގައި ސޮއިކޮށްފައިވާ 'ސެޓްލްމެންޓް އެގްރީމަންޓް' އާއި ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ކަމަށާއި، މި އެގްރީމަންޓާއި ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގެ ޙުކުމށަ ރިޢާޔަތްކުރާއިރު، އެ މުޢާމަލާތާ ގުޅިގެން ތަދައްޚުލުކޮށްފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވެސް ދައުރެއް ނެތްކަން އެނގޭކަމަށާއި އެ ފަރާތަކީ އެ މުޢާމަލާތާ ގުޅިގެން އެއްވެސް ޒިންމާއެއް ނަގަންޖެހޭ ފަރާތެއް ކަމަށް ނުވަތަ އެފަރާތުގެ އެއްވެސް ދައުރެއް އަދި އެއްވެސް ސިވިލް ކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާ ގެ ދަޢުވާ ފޯމު (އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު) ސިވިކޯޓުގެ އިޚްތިޞާޞާމެދު އިއުތިރާޒުކުރާ ފޯމުން މަސްލަޙަތެއް އޮތް މުޢާމަލާތެއް ކަމަށް އެގްރީމެންޓުގައި އަދި ޙަވާލާދީފައިވާ ޙުކުމުގައިވެސް ކަނޑައަޅާފައި ނުވާކަމަށެވެ.
9މިއީ، ސިވިލްކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާއިން ބަލަމުން ދިޔަ މައްސަލައިގައި ދައުލަތުން ހުށަހެޅި އިސްވެބުނެވުނު އިޖުރާއީ އިއުތިރާޒާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނަންބަރު -144 B2/IN/2022/02 ނިންމުން އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓގް ފަރާތުން ހުށަހެޅި މައްސަލައެވެ.
ސިވިލް ކޯޓުން ނިންމގޮތި
10ސިވިލްކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާގައި ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، ޢަބްދުލްޙަމީދު މުޙައްމަދު އަދި އިތުރު 136 ފަރާތަކުން ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފާހަގަކޮށްފައިވާ އިޖުރާއީ އިއުތިރާޒް ބަލައިނުގަތުމަށް ނިންމައި، މައްސަލައިގެ މައުޟޫޢުއަށް ޖަވާބުދާރީ ވުމަށް މައްސަލަ ރައްދުވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަދި މިމައްސަލައަށް ތަދައްޚުލު ކުރެވުނު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގަމެވެ".
11އެނިންމުން ނިންމުން ނިންމުމުގައި ޝަރީޢަތުން އަންނަނިވި ކަންކަންކަން ފާހަގަކޮށްފައިވެއެވެ.
1.11 އިޖުރާއީ ނުކުތާއެއް ކަމުގައި ބެލެވޭނީ ޙުކުމުގައި އެކަމާ މެދުގައި ނިޔާއެއް ކަނޑައެޅިގެން ނުދާ، ޙުކުމުގެ ކުރިން އެކަމެއް ފުރިހަމަކުރުމަށް ޝަރުޢީ ނުވަތަ ޤާނޫނުގައި ބަޔާންވެފައިވާ އެކަމެއް ފުރިހަމަނުވުމުން އެ ޙުކުމެއް ބާޠިލުވެ ނުވަތަ ފާސިދުވެގެންދާނެ ކަމަކާމެދުގައި ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށް ނަގާ ނުކުތާއެއްކަން ސިވިލް ކޯޓުގެ ނަންބަރު 6/2013/01-CR-B އިޖުރާއީ ގޮތުން ނިންމި ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
2.11 މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސެޓްލްމަންޓް އެގްރީމަންޓްގައި ހިމެނޭ މުޢާމަލާތާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫންކަމަށާއި، އެހެންކަމުން މިމައްސަލައަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތަދައްޚުލުކުރުވަންޖެހޭ ސަބަބެއް ނޯންނާނެތީ ޚަސްމެއްގެ ގޮތުގައި އިތުރުކޮށްގެން މައްސަލަ ކުރިއަށް ދާނެ ޤާނޫނީ ހަމައެއް ނޯންނާނެކަމަށެވެ.
3.11 އިޚްތިޞާޞްއާ މެދު ސުވާލު އުފައްދާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ފާހަގަކޮށްފައިވާ މިމައްސަލައަކީ އިޖުރާއީ އިއުތިރާޒެއް ކަމުގައި ނުދެކޭކަމަށެވެ.
އިސްތިއުނާފީ ނުކުތާތައް
12ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' އިސްތިއުނާފު ކުރުމަށް އެދި ދިވެހި ދައުލަތުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ތިން ނުކުތާއެވެ.
1.12 ފުރަތަމަނުކުތާއަކީ، ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 43 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާ.
2.12 ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 ޤަޟިއްޔާގެ 6 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ.
3.12 ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/28 ޤަޟިއްޔާގެ 65 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ. އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ ތަކުގެ ޚުލާސާ:
13އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ޖުމްލަކޮށް ބުނެފައިވަނީ، ސިވިލް ކޯޓުގެނަންބަރު B2/IN/2022/02-144 'އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް' ނިންމމުގައު އެ ނިންމުން ބިނާކރު ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށާއި ނިންމުން ބިނާކުރި ސަބަބު ބަޔާންކޮށްފައި ނެތުމަކީ ކޯޓުތަކގު ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގައި ކަނޑައަޅާފައި އޮންނަ އުޞޫލާ ޚިލާފަ ށ ނިންމް ނިންމުމެއް ކަމަށެވެ. ކޯޓުތަކުގެ ޤާނޫނުގެ އެ މާއްދާގައި ބަޔާންކުރަނީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އސްތިއުނާފި ކުރެވޭނެ ޙާލަތްތައް ކަމަށާއި، އެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު އޭގެތެރެއިން އެއް ޙާލަތެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ އިޖުރއާ ގޮތުން ނިންމާ ނިންމުމެއް ނަމަވެސް ނުވަތަ މައުޟޫޢީގޮތުން ނިންމާ ނިންމުމެއްނަމަ ވެސް ވަގުތު އަމުރަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ވިޔަސް އެ ނިންމުން ނިންމި ސަބަބު ބަޔާން ކުރަންވާނެ ކަމަށެވެ. މި މައްސަލައިގައި ސަބަބުތައް ބަޔާންކޮށްފައި ނެތު މުން އެއްކަމެއްގެ ގޮތުގައި އެކަށީގެންވާ ގޮތަކަށް މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ތައްޔާރުކުރުމަށް ދަތިވެގެން ދިޔަކަމަށާއި، އިސްތިއުނާފަށް މައްސަލައެއް ކޯޓަށް ހުށަހަޅާއިރުގައި އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާކުރޭތޯ ބެލުމަކީ ކޯޓުން ބަލާ ކަމެއް ކަމަށާއި އޮޅިގަނޑު ގިރާކުރާވަރުގެ އިސްތިއުނާފެއް ހުށަހެޅިގެން ދާނީ ސަބަބުތައް ތަފްސީލުވެގެން ކަމަށެވެ.
14އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ބުނެފައިވަނީ، ކޯޓަކުން ނިންމާފައިވާ ނިންމުމެއް ތަންފީޒަށް ހުށަހެޅިއިރުގައި އެ ތަންފޒަށީ ހުށަހެޅް މއްސަލައެއްގައަ މައުޟޫޢީ މައްސަލައިގައި އެ އިލްތިޒާމް އުފުލަންޖެހޭ ފަރާތް ފިޔަވައި އެހެންފަރާތެއްގެ މައްޗަށް ތަންފީޒީ ކުރުމަށް ހުށަހެޅޭ ހުށަހެޅުމަކީ ތަންފީޒީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާ އުޞޫލު ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-A/32 ނަންބަރު ޤަޟިއްޔާގެ 6 ވަނަ ޕެރެގްރާފުގައި ބަޔާންކުރާ ކަމަށާއި، މި މައްސަލައަށް ބަލާއިރު، އިލްތިޒާމް އުފުލަންޖެހޭ ފަރާތަކީ ކޮން ފަރާތެއްކަން ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، ހައުސިންގ މިނިސްޓްރީ އަކީ އެ މައްސަލައިގެ އެއްވެސް ހިސާބަކުން ތަދައްޚލ ކުރެވުނު ފަރާތެއް ވެސު ނޫން ކަމަށާއި އަދި އެ މައްސަލައިގައި 'ސެޓްލްމެންޓް އެގްރީމެންޓް' އެ އެއްބަސްވުމުގެ ބައިވރިއެއެވެސް ނޫން ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ވަކިން ކަނޑައަޅާފައިވާ އިރު އެ ނިންމުން ތަންފީޒީ ކޮށްދިނުމަށް ހުށަހެޅި މައްސަލައެއްގައި އެހެން ފަރާތެއް ތަދައްޚުލު ކުރެވޭނެކަމަށް ނުފެންނަ ކަމަށާއި އެހެންކަމުން މައުޟޫޢީގޮތުން މައްސަލަ އަށް ޖަވާބުދާރީވުމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުގެ މި ޙަވާލާދިން ޤަޟިއްޔާގެ 6 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފުކަމަށެވެ.
15ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އަކީ މި މައްސަލައިގެ ބުނާ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުހިމެނޭ ފަރާތެއް ކަމަށާއި، މި މައްސަލައަށް ޖަވާބުދާރީވުމަށް މިނިސްޓްރީ އޮފް ހައުސިންގ އަށް އަންގައި ނިންމި ނިންމުމަކީ، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާ އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓް އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/28 ޤަޟިއްޔާގެ 65 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.
އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް
16އިސްތިއުނާފު ކުރާ ފަރާތުން އެދެނީ، ސވިލ ކޯޓުގް ނަންބަރ 3270/Cv-C/2022 ޤަޟިއްޔާ އިން ބލަމަންދ މައްސަލައިގާ މައުޟޫއަށް ޖަވާބުދާރީ ވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު B2/IN/2022/02-144 ނިންމުމުގައި ކަނޑައަޅފައާވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅއަ ސިވިލް ކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާއިން ބައްލަމުނދް މައްސަލައިގާ މައުޟޫއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޖަވާބުދާރީވާންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅއަ އެގޮތުގެ މަތިން މި މައްސަލައިގައި ޙުކުމްކޮށްދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތައް
17ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފިޔަވައި މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ދެންތިބި 135 ފަރާތުންދެއްކ ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ، މި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ އިޖުރއާ ނުކުތާއަކީ ހަގީގަތުގައި ޝަރީޢަތުގެ އިޖުރާތު ނަހަމަގޮތުގައި ބޭނުންކޮށް ހުށަހަޅާފައި އޮތް ބޭކާރު އިޖުރާއީ ނުކުތާއެއް ކަމަށެވެ.
18ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށް ކަނޑައަޅައި ކަމަށާއި، އެއްބަސްވުން ތަންފީޒީ ކުރަންޖެހޭ ފަރާތަކީ ސަރުކާރު ކަމަށާއި، މި މައްސަލަ ހުށަހަޅައިގެން ކުރިއަށް ދަނިކޮށް އޭރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓޑެ މަޝްވަރާ ކުރުމުން ފްލެޓް ދެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އިން އެ ފްލެޓް ދޭން އިޢުތިރޒާ ނުކުރާނަމަ ކަމަށާއި ހައުސިންގ މިނިސްޓްރީގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެކަމުގެ ހުއްދައަށް އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ފްލެޓް ދެވިފައިނުވަނީ އެ ސިޓީއަށް ޖަވާބު ލިބިފައި ނުވާތީކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް ފަހުން ހިޔާއިން އަދި ވިނަރެސް އިން ފްލެޓް ދީފައިވަނީ ސީދާ ހައުސިންގ މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ސިޓީ އެއް ފޮނުވުމުން ކަމަށެވެ.
19މިމައްސަލައަށް އެފަރާތް ތަދައްޚުލު ކުރުވުން ނުވަތަ ޚަޞްމެއްގެ ގޮތުގައި އިތުރުކުރި ސަބަބަކީ، އެގްރީމެންޓުގައި ކަނޑައަޅުއްވާފައި އޮތީ ސަރުކާރުން ކަނޑައަޅާ ސަރުކާރު ސްކީމެއްގެ ދަށުން ފްލެޓްތައް ދިނުމަށް ކަމަށާއި، ފްލެޓްތައް ނުދެވިގެން އުޅެނީ ހައުސިންގ މިނިސްޓްރީގެ ޖަވާބެއް ނުލިބޭތީ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވުމުން ކަމަށެވެ.
20މި މައްސަލައިގައި ހަގީގތުގައަ މައްސަލި ހުށަހެޅަ ގިނަ ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާ ކަމަށާއި އެހެންކަމުން އެފަރާތްތަކާއި ހައުސިންގ މިނިސްޓްރީ އާއި އެޗް.ޑީ.ސީ އާ ދޭތެރޭގައި އޮތް މައްސަލަ މިވަނީ ހަ އްލުވެފައި ކަމަށާއި ދައުލަތގު ފަރާތުން ފާހަގަކުރާ ނުކުތާގެ އެއްވެސް މުޢާލާތެއް މިހާރު ޙަޤީޤަތުގައި ނެތްކަމަށެވެ.
21ސިވިލް ކޯޓުން ނިންމުން ނިންމުމުގައި ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށް ދައުލަތުން ބުނާއިރު، ދައުލަތުން ނަގާފައިވާ ނުކުތާއަކީ އިޖުރާޢީ އިޢުތިރާޟެއް ކަމުގައި ނުދެކޭކަމަށް ސިވިލް ކޯޓުގެ ނިންމުމުގެ 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ނަގާފައިވާ ނުކުތާއަކީ substantive defense އެއް ކަމަށާއި، ޕްރިވިޓީ އޮފް ކޮންޓްރެކްޓް ގެ ދަށުން ހައުސިންގ މިނިސްޓްރީ ޒިންމާވާންޖެހޭނެތޯ؟ މިއީ މައުޟޫޢީ ބަޙްޘެއް ކަމަށާއި، މި މައުޟޫއާ ގުޅޭގޮތުން ގޮތެއް ކަނޑައަޅާނީ މައުޟޫޢީ ގޮތުން މައްސަލަ ނިންމާއިރުގައި ކަމަށާއި، ދަށުކޯޓުގައި ދެއްކި ވާހަކަ ތަކުގައި އެކަންފާހަގަކޮށްފައިވާނެ ކަމަށާއި، އިޖުރއާ އިޢުތިރޒެއާ ކަމުގައް ނުދެކޭ ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ މިކަންކަމަށް ރިޢާޔަތްކޮށްކަމަށް އެފަރާތުން ދެކޭކަމަށެވެ. އެހެންނަމަވެސް ހަޤީޤަތުގައި ދަށުކޯޓުން އިޖުރާއީ އިޢުތިރާޒާގައި substantive defense އަކަށް ވާ ނަމަ އެކަން ބަޔާންކުރަންވާނެ ކަމަށެވެ.
22ދައުލަތުން މި އިސްތިއުނާފު ހުށަހަޅާފައިވާއިރު، ހައުސިންގ މިނިސްޓްރީ އިން ވިދާޅުވެގެން ފްލެޓްތައް ދީފައިވާ ކަމަށާއި ވީމާ މި އިޖުރއާ ނުކުތާ މިއީ ޝަރީޢަތުގެ އިޖުރާތު ނަހަމަގޮތުގައި ބޭނުން ހިފއަ ޝަރީޢަތުގެ ވަގުތު ބޭކާރުކޮށް ހުށަހެޅި އިޖުރާއީ ނުކުތާއެއް ކަމަށެވެ.
23ހަމައެހެންމެ، މިހާރު ސިވިލް ކޯޓުގައި ހިނގަމުންދިޔަ މައުޟޫއީ މައްސަލަ ނިމިފައިވާކަމަށާއި، މައްސަލަ ނިމިފައިވަނީ ބާތިލުކުރާ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް އަލުން މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ހައްލު ލިބޭގޮތަށް ކަމަށާއި، އެހެންކަމުން އެ މައްސަލައިން ނިކުންނާނެ އެއްވެސް ނަތީޖާއެއް މިހާރު ނެތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ
24އެފަރާތުން އެދެނީ ދައުލަތުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ އިޖުރއާ ނުކުތާއަކީ ބާޠިލު ނުކުތާއެއްކަމަށް ކަނޑައަޅައި، މި މައްސަލަ ބާޠިލްކޮށްދިނުމަށެވެ. ހައުސިންގ ޑިވޮލަޕްމަންޓ ކޯޕަރޭޝަން ލިމިޓެޑގް ރައްދު:
25އިސްތިއުނާފުގެ ޖަވާބުގައި ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނުން ދެއްކި ވާހަކަތަކުގައ ބުނެފައިވަނީ، މިމައްސަލައިގެ ދަށުކޯޓުގައި އޮތް މައުޟޫޢީ މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާތީ މި އިސްތިއުނާފު އިތުރަށް ކުރިޔަށް ގެންދިއުމުގެ އެއްވެސް މަޤުޞަދެއް އޮތްކަމަށް ނުދެކޭކަމަށެވެ.
26ސިވިލް ކޯޓުގެ ނަންބަރު 183/Cv-C/2019 ޤަޟިއްޔާގެ ޚަސްމެއްގެ ގޮތުގައި ހައުސިންގ މިނިސްޓްރީ ހިމަނާފައި ނުވާކަމަށާއި، އެ ޤަޟިއްޔާގައި ދައުލަތާއި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި ސީލައިފްއާއި އަދި ގެއްލުން ލިބުނު ފަރާތްތަކާއި އެކު ސޮއިކުރި ސެޓަލްމަންޓް އެގްރިމަންޓްގެ ވެސް ބައިވެރިއެއްގެ ގޮތުގައި ހައުސިންގ މިނިސްޓްރީ ހިމެނިފައި ނުވާކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 3270/Cv-C/2022 ޤަޟިއްޔާއަކީ މި ސެޓަލްމަންޓް އެގްރިމަންޓާއި ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކަށްވީ އިރު އަދި ހައުސިންގ މިނިސްޓްރީ އަކީ މި އެއްބަސްވުމުގެ ބައިވެރި އަކަށް ނުވާއިރު މި މައްސަލައިގައި ހައުސިންގ މިނިސްޓްރީގެ މައްޗަށް ދަޢުވާ އުފުލަންޖެހޭ ނުވަތަ މިނިސްޓްރީ ޚަސްމެއްގެ ގޮތުގައި އިތުރުކޮށްގެން ކުރިޔަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަކަށް ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަނުން ނުދެކޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
27އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމަށް ބެލިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން ފާހަގަކޮށްފައިވާ އަންނަނިވި ނުކުތާއާއި، އެނުކުތާއާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ އަންނަނިވި ނުކުތާތައް ފާހަގަކުރެވެއެވެ.
28މި މައްސަލަ ހައިކޯޓުން މިހާރު ނިންމުމަކުން ސިވިލް ކޯޓުން ނިމުނު މައްސަލައަށް ކުރާނެ އަސަރެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. މި ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ފަދައިން، މައުޟޢޫ މައްސަލަ މިހާރު ނިމިފައިވާ ކަމަށާއި، މައްސަލަ ނިމިފައިވަނީ މައުޟޫޢީ ގޮތުން ނޫންކަމަށާއި، އެ މައްސަލަ ނިންމާފައިވަނީ ހައްލު ނުލިބޭ ފަރާތްތަކަށް ދަޢުވާ ކުރެވޭނެކަމަށް ކަނޑައަޅައި އެގޮތުގެ މަތީން ކަމަށާއި، އަދި އެނިންމުން ނިންމިއިރު، ފަހުން ދަޢވާއެއު ކުރެވޭހިނދު ވަކި ފަރާތްތަކެއް ޚަސްމުންގެ ގޮތުގައި ހިމެނުމަށް ނުވަތަ ނުހިމެނުމަށް ކަނޑައަޅާފައި ނުވާކަމަށާއި، އެ ނިންމުމަށް އެ ކޯޓުގެ އެހެން ފަނޑިޔާރުން ތަބާވުން ލާޒިމު ނޫންކަމަށާއި، އެހެންނަމަވެސް އެއްގޮތް ކުރުމުގެ ގޮތުން ޢމަލަ ކުރެވިދާނެކަމަށް ދައުލަތުން ބުނެފައިވެއެވެ.
29އަދި މި މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ދައުލަތުން ދެކެނީ، މިފަދަ މައްސަލަތައް މިހާރުވެސް ހިނގަމުންދާތީ، މިފަދަ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު ފަހުންވެސް އޮންނާނެތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
30ބަޔާންވެދިޔަ ނުކުތާތަކަށް ބެލުމުން، އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިއަށް، އެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުން މުހިންމު ކަމުގައި ދެކެމެވެ.
31HN1އެގޮތުން ބަލާއިރު، އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަކީ ދަށު ކޯޓުގައި ހިނގަމުންދިޔަ މައުޟޫއީ މައްސަލައެއް ކުރިއަށް ގެންދިއުމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމުގައިވާއިރު، ދަށު ކޯޓުގައި ކުރިއަށް ދިޔަ މައުޟޫއީ މައްސަލަ މިހާރު ވަނީ ނިމިފައެވެ. ހަމައެހެންމެ، އެމައްސަލަ ނިމިފައިވަނީ މައުޟޫއީގޮތުން ބަލައި ހުކުމެއް ކޮށްގެނެއް ނޫނެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ބާތިލުކުރާ މައްސަލައެއްގެ ގޮތުގައެވެ.
32އެހެންކަމުން، ދަށު ކޯޓުގައި މައުޟޫޢީ މައްސަލަ ކުރިއަށް ނުދާއިރު، އަދި އެ މައްސަލަ ނިންމުމުގައި، މައްސަލާގައި ހުށަހެޅިފައިވާ މައުޟޫއަށް ޙުކުމެއް ކޮށްފައިނުވާއިރު، އެ މައްސަލަ ދަށު ކޯޓުން ކުރިއަށް ގެންދާނެގޮތް ކަނޑައަޅައި ނިންމާފައިވާ އިޖުރާއީ ނިންމުމެއް މިހާރު ވުޖޫދުގައި އޮންނާނެކަމަށް ނުދެކެމެވެ. އެހެނީ އެ މައްސަލަ ނިންމާފައިވަނީ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެގޮތަށް ކަމުގައި ވާއިރު، އަލުން މައްސަލައެއް ހުށަހެޅުމުން އެ މައްސަލައިގެ ވަށައިގެންވާ ހާލަތާއި ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލާގައި އިސްތިއުނާފު ކުރެވިފައިވާ ފަދަ ނިންމުންތައް ނިންމުމަކީ އެ މައްސަލައެއް ބަލާ ފަނޑިޔާރު އެކަންކަން ވަޒަންކޮށް ނިންމނަ ވާން ކަންކަމެވެ.
33HN2ހަމައެހެންމެ، ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގައި ނިންމާފއިވަ އިޖުރާއީ ނިންމުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެކޯޓުގެ އެހެން ފަނޑިޔާރުން ތަބާވުން ލާޒިމު ނިންމުމެއް ނޫނެވެ.
34HN3މައްސަލައެއް ބެލުމުގެ ތެރެއިން، އެ މައްސަލައަކީ އެހިނދަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ނިންމާފައިވާނަމަ، މަޢުޟޫއީގޮތުން އެ މައްސަލަ ބަލައި ކުރި ޙުކުމެއް ނޯންނާނެއެވެ. އެހެންކަމުން، އެހާލަތުގައި އެ މައްސަލައަކީ އެހިނދަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ނިންމުމުން އެ މައްސަލަ ބެލުމުގެ ތެރެއިން މައްސަލަ ކުރިއަށް ގެންދިއުމަށް އެހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، އިޖުރާއީ ނިންމުންތައްވެސް ނިމުމަކަށް އަންނާނެއެވެ. ހަމައެހެންމެ، އެފަދަ މައްސަލައެއް ދެވަނަ ފަހަރަށް ހުށަހެޅިއްޖެނަމަ، ކުރީގެ މައްސަލާގައި އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އިޖުރާއީ ނިންމުންތަކަކީ ފަހުން ހުށަހެޅޭ މައްސަލައެއް ބަލާ ފަނޑިޔާރު، އެފަދަ ނިންމުންތަކަށް ތަބާވެ އަމަލުކުރަންޖެހޭފަދަ ނިންމުންތަކެއް ނޫނެވެ.
35HN4އެހެންކަމުން، މި މައްސަލާގައި އިސްތިއުނާފުކޮށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ނިންމުމަކުން، ނިކުންނާނެ ނަތީޖާއެއް އޮތްކަމުގައި ނުފެނެއެވެ.
ނިންމަން ފެންނަގޮތް
36އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށް ރިޢާޔަތްކުރާއިރު، މި އިސްތިއުނާފީ މައްސަލައަކީ، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު މިހިނދަށް ގޮތެއް ކަނޑައަޅައި ނިންމަންޖެހޭ މައްސަލައެއް ކަމުގައި ނުފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދގު ރައުޔު
37މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު އިބްރާހީމް މާހިރގު ރައުޔު
38މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
39މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.