ޙަމްދޫން އިބްރާހީމް އަދ އިތުރު ފަރާތްތައް ވ. ކޮކޯ ޝީކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B11/VN/2022/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަފާތު ބައިވެރިންނާ ދެމެދު ވެފައިވާ ދެ ކުލީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ހުރިހާ ކުއްޔަށްދޫކުރި ފަރާތްތަކުގެ މައްޗަށް އެއް ދަޢުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލަ، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ އަލީގައި ކުރިއަށް ގެންދެވޭނެތޯ، އަދި އެ އިޖުރާއީ ނުކުތާ ރައްދުކުރި ސިވިލް ކޯޓުގެ ނިންމުން ރަނގަޅުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އިޖުރާއީ ނިންމުން ބާޠިލު (އިސްތިއުނާފު ޤަބޫލުކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަމެއް ކުރަންވާނީ ކޮންޓްރެކްޓާ އެއްގޮތަށްކަމަށް ބުނެފައިވާތީ، ކޮންޓްރެކްޓަކުން އެ ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުނުކުރާ ކަމެއް ކުރުން އެ ފަރާތަށް ޝަރުޠު ނުކުރެވޭނެއެވެ.
HN2 ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުގެ ދަށުން، އާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމެއްގެ ދަށުން ޙައްޤުތައް ލިބި ޒިންމާތައް މަތިވަނީ އެ ކޮންޓްރެކްޓުގެ ބައިވެރިންނަށެވެ. ކޮންޓްރެކްޓެއްގެ ބައިވެރިއެއް ނޫން ފަރާތަކަށް އެ ކޮންޓްރެކްޓާ ގުޅިގެން ދަޢުވާ ނުކުރެވޭނެއެވެ. އަދި އެ ފަރާތުގެ މައްޗަށްވެސް ދަޢުވާ ނުކުރެވޭނެއެވެ. ތިންވަނަ ފަރާތަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫންނަމަ އެ އެއްބަސްވުމުގެ ދަށުން އެ ފަރާތް އަދާކުރަންޖެހޭ ޒިންމާއެއް ނުވަތަ އިލްތިޒާމެއް ނޯންނާނެއެވެ.
HN3 ސުޕްރީމް ކޯޓުގެ 2019/SC-A/62 ގެ 21.1 ގައިވާ ގޮތުން، ތިންވަނަ ފަރާތަކަށް ކޮންޓްރެކްޓަކާ ގުޅިގެން ދަޢުވާކުރެވެނީ ކޮންޓްރެކްޓުގައި އެފަދަ ހައިސިއްޔަތެއް ދީފައިވާ ޙާލަތުގައި ނުވަތަ ޤާނޫނަކުން އެފަދަ ދަޢުވާއެއް އުފުލުމަށް ބާރުދީފައިވާ ޙާލަތުގައި ކަމުގައިވާ އިސްތިސްނާއީ ޙާލަތްތަކުގައެވެ.
HN4 ދަޢުވާއަކީ ތަފާތު ބައިވެރިން ހިމެނޭ ދެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، ފުރަތަމަ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާ ދެވަނަ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށާއި ދެވަނަ އެއްބަސްވުމުގެ ޒިންމާ ފުރަތަމަ އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލާޒިމުކޮށް އެއް ދަޢުވާއެއްގެ ގޮތުގައި ދަޢުވާކުރެވޭނެ ޤާނޫނީ އުޞޫލެއް ނެތެވެ.
HN5 ސުޕްރީމް ކޯޓުގެ 2018/SC-A/31 ގެ 13 ވަނަ ނަންބަރުގައިވާ ގޮތުން، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޚަޞްމުންގެ ފަރާތުން ހަމަ އެ ޚުޞޫމާތާ ނުވަތަ މައުޟޫޢާ ގުޅޭ އެހެން މައްސަލައެއް ހުށަހަޅައިފިނަމަ، ވަކިވަކި ޤަޟިއްޔާ ނަންބަރު ދީފައިވީނަމަވެސް އެ މައްސަލަތައް ބަލަންވާނީ އެއް ފަނޑިޔާރެކެވެ. އެހެންކަމުން ދަޢުވާތައް ވަކިވަކިން ހުށަހެޅިނަމަވެސް، އެއްބާވަތުގެ މައްސަލަތައް ނަމަ، އޭގެ އަޑުއެހުންތައް އެއް ފަނޑިޔާރަކު ބަލައި އެއް އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަހެއް ނެތެވެ.
HN6 މި ސަބަބުތަކަށްޓަކައި، ދެ އެއްބަސްވުމުގެ ހުރިހާ ބައިވެރިންގެ މައްޗަށް އެއްކޮށް ހުށަހަޅާފައިވާ ދަޢުވާ، މިހާރު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު (އިސްފަނޑިޔާރު) · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރ 144-B11/VN/2022/02 އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެނު އެނިންމުނ އިސްތިއުނާފ ކުރުމަށް އެދި ކ.މާލެ،ޙަމްދޫން އިބްރާހީމް )(އާއި ކ.މާލެ، މަމްދޫޙް އިބްރާހީމް )( އާއިކ.މާލެ، ޣިޔާޘ އިބްރާހީމް )( ގެ ފަރާތުން ހުށަހެޅުމުނާ ބަލް ފައިވ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފީ ދަޢުވާ ރައް ދުވ ފަރާތަކާ ކޮކޯ ޝީކ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަން ބަރު: C-0884/2017( އާއި ކ.މާލެ، ނަޖުމާ މޫސާ )( އެވެ. މައްސަލައިގައި ކަންހިގާފައިވާ ގޮތް:
2[…] އެވެ ކިޔާ ގޯތީގައި ކޮށްފައިވާއިމާރާތުގެ ގްރައުންޑް ފްލޯރއާއި ފަސްޓް އަދި ސެކަންޑް ފލޯރގ 2A އެޕާޓްމަންޓް ނަޖުމާ މޫސާ އަދި ކޮކޯ ޝިކ އިންވެސްޓްމަންޓް އަށް 2017 ވަން އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 20 )ވިހި( އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް 2 )ދޭއް( އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. ފުރަތަމަ އެއްބަސްވުމަކީ، […] އެވެކިޔާ ގ ތީގައި ކޮށްފައިވާ އިމާރާތުގެ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ ކުއްޔަށް ދިނުމަށްޓަކައި އިސްތިއުނާފުކުރާ ހަމްދޫނ އިބްރާހީމް އާއް މަމްދޫހ އިބްރާހީމް އަދި ޣިޔާޘ އިބްރާހީމް އާއް އިސްތިއުނާފި ރައްދުވު ނަޖުމާ މުސާ އާއާ ދެމެދި ވެފައިވާ އެއްބަސްވުމެކެވެ.
3ދެވަނަ އެއްބަސްވުމަކީ، […] އެވެކިޔާ ގޯތީގައި ކޮށްފައިވާ އިމާރާތުގެ ސެކަންޑް ފްލޯރގެ 2A އެޕާޓްމަންޓް ކުއްޔަށް ދިނުމަށް އިސްތިއުނާފުކުރާ ޣިޔާޘ އިބްރާހީމް އާއް އާއި އިސްތިއުނާފި ރައްދުވާ ކޮކޯޝިކް އިންވެސްޓްމަންޓްއ ދެމެދާ ވެފައިވާ އެއްބަސްވުމެކެވެ. މ ދެ އެއްބަސްވުމަށް ބަލާއިރު، މި ދ އެއްބަސްވުމުގެ ބައިވެރިން ތަފާތެވެ.
4އިސްވެ ބަޔާންކުރެވުނު ދެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ އެޕާޓްމަންޓްތައް ނަޖުމާ މޫސާ އަދި ކޮކޯ ޝިކ އިންވެސްޓްމަންޓް އަށް 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 20 )ވިހާ ( އަހަރި ދުވަހަށް ކުއްޔަށް ދިނުމަށްފަހު، އެއްބަސްވުމުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، އެއްބަސްވުންތައް އުވާލި އިސްތިއުނާފަ ރައްދުވު ފަރާތްތައް ތަނުން ބޭރަށް ދިއުމަށް މަޖުބޫރުކޮށްފައިވާ ކަމަށްބުނެ، އިސްތިއުނާފ ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓަށް މައްސް ލައެއް ހުށަހެޅިއެވެ. މި ދެ އެއްބަސްވުން އުވާލުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެއް ދަޢުވާ ފޯމުން އެއް މައްސަލައެއްގެ ގޮތުގައެވެ.
5މި މައްސަލް ސިވިލް ކޯޓުގައި ބަލަމުން ދަނިކޮށްމި މައްސަލައިގެ ހިމެނޭ އެއްބަސްވުމުގެ ބައިވެރިން ތަފާތުވާތީ، މި މާ އްސަލަ އެއް ދަޢުވާއެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެކަމަށް ބުން އިސްތިއުނާފުކުރ އިޔާސ އިބްރާހީމް އާއް ހަމްދޫނ އިބްރާހީމް އަދި މަމްދޫޙް އިބްރާހީމްގެފަރާތްތަކުން އިޖުރާއީ ނުކުތާއެއް ނަގާފައިވެއެވެ.
6އެގޮތުން އިސްތިއުނާފުކުރެވިފައި މިވަނީ ސިވިލް ކޯޓުގެ ނަންބަރު 1910/Cv-C/2022 ޤަޟިއްޔާ ގައި ނިންމާފައިވާ އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތެވެ. ސިވިލް ކޯޓުގެ އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް:
7ސިވިލް ކޯޓުގެ ނަންބަރު: 144-B11/VN/2022/02 އިޖުރާއީ ހުށަހެޅުމާ މެދު ނިންމްގޮތ ށ ބެލިއިރު، އެ ނިންމުމަކަ، […] އެވާ ކިޔާ ގޯތީގެ ގްރައުންޑް ފްލޯރ އާއް ފ ސްޓް ފްލޯރ އަދި ސެކަންޑް ފްލޯރގެ 2A އެޕާޓްމަންޓް ނަޖުމާ މޫސާ އަދި ކޮކޯ ޝީކް އިންވެސްޓްމަންޓް )ދަޢުވާކުރާ ފަރާތްތައް(އަށް 2017 ވަން އަހަރުގެ ނޮވެންބަރު މަހުން ފެށގެނި 20 )ވިހި( އަހަރު ދުވަހަށް ކުއްޔަށް ދިނުމށ 02 )ދޭއް( އެއްބަސްވުމެއްގައި ސޮއި ކ ރުމަށްފަހު، އެ އެއްބަސްވުންތަކުގެ މުއްދަތުހަމަނުވަނީސް ކުއްޔަށްދޫކުރި […] / ޣިޔާޘް އިބްރާހީމްއާއި، […] / މަމްދޫޙް އިބްރާހީމްއާއި އަދި […] / ޙަމްދޫން އިބްރާހީމް )ދަޢުވާލިބޭ ފަރާތްތައް( އާ އއްބަސްވުންތައެ އުވާލް، ދަޢުވާކުރާ ފަރާތްތައް ތަނުން ބޭރަށާ ދިއުމަށް މަޖުބޫރުކޮށްފައިވާތީ، ދަޢުވާކުރާ ފަރާތްތަކުން ކުއްޔަށް ހިފާފައިވާ ތަންތަނަށް ކޮށްފައިވާ އިންވެސްޓްމަންޓް ކަމުގައިވާ 3,845,454/83 )ތިންމިލިއަން އަށްލައްކަ ސާޅީސް ފަސްހާސް ހަތަރު ސަތޭކަ ފަންސާސ ހަތަރު ރުފިޔާ އަށްޑިހަ ތިންލާރި( އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 950,000/00ރ. )ނުވަލައްކަ ފަންސާސްހާސް( ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދި ހުށަހެޅުމުން ބަލާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
8ސިވިލ ކޯޓުން ނިންމަވާފައިވ ނިންމުމުގައިވަނީ؛ .." ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދަޢުވާލިބޭ ޣިޔާސ އިބްރާހީމް އާއި ހަމްދޫނ އިބްރާހީމް އަދި މަމްދޫޙް އިބްރާހީމްގެ ފަރާތުން ހުށަހެޅުމަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެފަދ އިޖުރާއަ ކަމެއް ނޫންކަމަށް ކަނޑައަޅައި، މ ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތްތަކަށް އަންގަމެވެ." މިފަދައިންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
9ސިވިލް ކޯޓުގެ ނަންބަރު 144-B11/VN/2022/02 އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެނިންމުނ އިސްތިއުނާފު ކުރުމަށް އެދިހ.ސޯސަންވިލާ / ޙަމްދޫން އިބްރާހީމީއާއި މަމްދޫޙް އިބްރާހް މ އާއް ޣިޔާޘް އިބްރާހީމް ގާފަރާތުނ ހުށަހަޅާފައިވާ ނުކުތާތަކަކީ؛
9.1އިސްތިއުނާފުކުރާ ޙްމްދޫނ އިބްރާހީމް އާއް މަމްދޙ އިބްރާހީމު ނުހިމެނޭ މުޢާމަލާތަކަށް އެ ދެފަރާތުން ޖަވާބު ދާރީވުމަށ ސިވިލް ކޯޓުގެ ނަންބަރ 144-B11/VN/2022/02 )އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް( ގައި ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގ 20 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/62 ޤަޟިއްޔާގެ 21.1 ވަނަ ނަންބަރުގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަން؛
9.2 ސިވިލް ކޯޓުގެ ނަންބަރު 1910/Cv-C/2022 ޤަޟިއްޔާއިން ބައްލަވަމުންދާ މައްސަލަ، ކުރިޔަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުގެ ނަންބަރ 144-B11/VN/2022/02 )އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް( ގައު ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނަންބަރުގައި ކަނޑައަޅުއްވާފައިވ އުޞޫލާ އެ ނިންމެވުމުގައި ތަޠުބީޤް ކުރައްވައި، މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަން؛ ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
10އިސްތިއުނާފު ކުރެވިފައިވާ މ ޤަޟިއްޔާއާ ގުޅިގެން، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ނުކުތާތަކާއި އިނުކުތާތަކާއ ގުޅިގެނި ދެއްކި ވާހަކަތަކާއި އަދި އިސްތު އުނާފ ރައްދުވު ފަރާތި ތަކިން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ބަލައި، ޝަރީޢަތަށް ފާހެގަކުރެވުނަ ކަންކަނު ތިރީގައ ބަޔާންކުރެވިފައި އެވަނީއެވެ.
11އިސްތިއުނާފުކުރާ ފަރާތަތަކްނ ހުށަހެޅް އިސްތިއުނާފީނުކުތާތަތއ ބިނާވަނީއިސްތިއުނާފު ކުރާ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭގޮތަށް އިސްތިއުނާފުކުރެވިފައި މިވާ ނިންމުނާ ކަނޑައަޅައި ނިންމާފައިވާ ނިން މުމަކީ، ކޮންޓްރެކްޓާބެހޭ ޤާ ނޫނުގ 20 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/62 ޤަޟިއްޔާގެ 21.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި އަދި ސިވިލް ކޯޓުގެ ނަންބަރ 1910/Cv-C/2022 ޤަޟިއްޔާއިން ބައްލަވަމުންދާ މައްސަލަ، ކުރިޔަށް ގެންދެވޭނެ ކަމަށ ސިވިލް ކޯޓުގެ ނަންބަރ 144-B11/VN/2022/02 )އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް( ގައު ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 ޤަޟިއްޔާގެ 13 ވަނި ނަންބް ރުގައަ ކަނޑައަޅުއްވާފައިވ އުޞޫލާ އެ ނިންމެވުމުގައި ތަޠުބީޤް ކުރައްވައި، މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
12ކ ންޓްރެކްޓބެހޭ ޤާނޫނ ގެ 20 ވަނަ މާއްދާގައި ވަނީ އަންނަނިވި އިބާރާތުންނެވެ. "ކޮންޓްރެކްޓެއްގ ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ، އާ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. މއ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ،އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ".
13HN2HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/62 ޤަޟިއްޔާގެ 21.1 ވަނަ ނަންބަރުގައި ކަނޑައަޅުއވާފައިވާ އުޞޫލުގައި ބަޔާންކޮށްފައވަނީ އަންނަނިވި ފަދައިންނެވެ. " ކޮންޓްރެކްޓެއްގެ ބައިވެރިއެއް ނޫން އެހެން ފަރާތަކުން އެ ކޮންޓްރެކްޓުގައި ހިނގާދިޔަ ގޮތަކާމެދު ދްޢުވާކުރުމުގަ ހައިސިއްޔަތެއް ނޯންނާނެކަމ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބުދައުގައި ކަނޑައަޅް ފައިވާ އަސާސީ ހަމައެވެ.މއ ޚިލާފަށާ އިސްތިސްނާއީ ޙާލަތެއްގައި، ތިންވަނަ ފަރާތަކަށިދަޢުވާކުރެވެނީ، ކޮންޓްރެކްޓުގައި އެފަދަ ހައިސިއްޔަތެއް ދީފައި އޮންނަ ޙާލަތުގައާނުވަތަ ޤާނޫނަކުން އެފަދަ ދައުވާއެއް އުފުލުމަށް ބާރދީފައި އޮންނަ ޙު ލަތުގައެވެ."
14އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނީ ނަންބަރުގައި ކަނޑައަޅާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވަނ "ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލި އެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލއަގައ ހިމެނި ޚަސްމުންގެ ފަރާތުނ ހަމަ އެ ޚުޞޫމާތާ ނުވަތަ އެ ކަމާބެހޭ ނުވަތަ އެ މައުޟޫއާގުޅޭ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެކެވެ."
15އިސްވެ ބުނެވިދިޔަ ޤާނޫނީ ނައްޞުތަކާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތްތަކުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވނީ،ދ އެއްބަސްވުމުގެ ބައިވެރިން ތަފާތުވެ، އަދި ދެ އެއްބަސްވުމުގެ މަޢުޟޫޢު އާއި ދ އެއްބަސްވުމުގެ ދަށުން ޒިންމާ ނަގަންޖެހޭ ފަރާތްތައް ތަފީތުއިރުގަ، ދިވެހިރާއްޖޭގެ ސ ޕްރު މ ކޯޓުގް ނަންބަރ 2019/SC-A/62 ޤަޟިއްޔާގެ 21.1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އ ޞު ލ ޚިލާފަށާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޖަވާބުދާރީވުމަށް ސިވިލް ކޯޓުން ކަނޑަނޭޅޭނެކަމަށެވެ.
16އިސްތިއުނާފު ކުރެވިފައި މިވ ސިވިލް ކޯޓުގެ ނިންމުން ބިނާވާ މައްސަލއަ ގ ދަޢުވާ ފޯމަށް ބަލާއިރު، ދަޢުވް ބިނާކޮށްފައިވަނީ، ދަ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެއެވެ. އެގޮތުނި ފުރަތަމަ އެއްބަސްވުމަކީ، […] އެވެ ކިޔާ ގޯތީގައި ކޮށްފައިވާ އިމާރާތުގެ ގްރައުންޑް ފްލޯރ އާއި ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ފަސްޓް ފްލޯރ ކުއްޔަށް ދިނުމަށްޓަކައި، އިސްތިއުނާފުކުރަ ޙްމްދޫނ އިބްރާހީމް އާއް މަމްދޙ އިބްރާހީމް އަދި ޣިޔާޘ އިބްރާހީމް އާއި، އިސްތިއުނާފު ރައްދުވާ ނަޖުމާ މޫސާއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. ދެވަނަ އެއްބަސްވުމަކީ، […] އެވެކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ ސެކަންޑް ފްލޯރގެ 2A އެޕާޓްމަންޓް ކުއްޔަށް ދިނުމަށް އިސްތިއުނާފުކުރާ ޣިޔާޘ އިބްރާހީމް އާއް އިސްތިއުނާފި ރައްދުވާ ފަރާ ތެއް ކަމުގައިވާ ކޮކޯޝކް އިންވެސްޓްމަންޓްއ ދެމެދާ ވެފައިވާ އެއްބަސްވުމެކެވެ. މި ދެ އެއްބަސްވުމަށް ބަލާއިރު މި ދެ އެއްބަސްވުމުގެ ބައިވެރިން ތަފާތެވެ.
17ސިވިލް ކޯޓުގެ ދަޢުވާ ހުށަހަޅާފޯމުގައި އިސްތިއްނު ފ ރައްދުވު ފަރާތި ތަކ ން އެދް ފައިވާގޮތަށް ބަލާއިރު، އެފަރާތްތަކުން އެދިފައިވަނީ އިސްވެ ދެންނެވުނު ދެ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް، ކުއްޔަށް ދޫކުރި ފަރާތްތަކުން އެއްބަސްވުނތައ އުވާލާފައިވާތީ، އިސްތިއުނާފު ރައްދުވީ ފަރާތްތަކުން ކުއްޔަށް ހިފާފައިވާ ތަންތަނަށް ކޮށްފައިވާ ޚަރަދު އަދި އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ ޖުމްލަ އެކި އެއްފަހަރާ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށ އަންގައި އަމުރުކޮށްދިނުމަށވެ.
18HN1އިސްތިއުނާފ ރައްދުވު ފަރާތްތަކުން ސިވިލް ކޯޓުގައި އެދިފައިވާ ފަރުވާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުނ ހޯދުމަށް އެދިފައިވާ ފަރުވާ ހޯދުމަށް އެދިފައިވަނީ ދެ އެއްބަސްވުމުގާ ދަށުން ކޮށްފައިވާ ޚަރަދު އަދި އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ ޖުމްލަ އަގު އެއްކޮށް އެއްބަސްވުންތަކުގަހިމެނޭ ހުރިހާ ފަރާތުން ހޯދުމު ށެވެ. ޤާނޫނު ނަންބަރ 94/4 )ކޮންޓްރެކްޓާބެހޭ ޤާ ނޫނުގ( ގ 20 ވަނަ މާއްދާގެ )ހ( ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަމެއް ކުރަންވާނީ، ކޮންޓްރެކްޓް އެއްގޮތަށްކަމަށް ބުނެފައިވުމުން،ކޮންޓްރެކްޓަކުން އެ ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުނުކުރާކަމެއް، ކުރުން ޝަރޠ ނުކުރެވޭނެކަން ސާފުކޮށް އެނގެއެވެ.
19ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައުއަށް ބަލާއިރު، އާންމު އުޞޫ ލެއްގެ ގޮތުން އެއްބަސްވުމެއްގެ ދަށުނ ޙައްގުތަކެއް ލިބިގެންދާނީ އަދި ޒިންމާތަކެއް މަތިވެގެންދާނެ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށެވެ. މި އުޞުލޫގެ މައްޗަށް ތަރުތީބުވެގެން އަންނަ އަނެއް އީޞލަކްކޮންޓްރި ކެޓެއްގެ ބައިވެރިއެއް ކަމުގައި ނުވާ ފަރާތަކަށް، އެ ފަރާތާ ގުޅުމެއް ނެތް ކޮންޓްރެކްޓެއްގެ ބައިވެރިއެއްގާ މައްޗަށް އެ ކޮންޓްރެކްޓާ ގުޅިގެން ދަޢުވާ ނުކުރެވުމާއި، އެ ކޮންޓްރެކްޓާ ގުޅިގެން، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް، ދަޢުވާ ނުކުރެވުމުގެއޞު ލެވެ. މި މަފްހޫމުގެ ދަށުން މައިގަނޑު ގޮތެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުގައި ބަހުސް ކުރެވިފައިވަނީ ތިނެ ވަނަ ފަރާތަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫންނަމަ އ އެއްބަސްވުމުގެ ދަށުން އެ ފަރާތް އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިޒާމެއް ނޯންނާނެ ކަމަށެވެ.
20HN4އިސްތިއުނާފު ކުރެ ވިފައިވެ މ މައްސަލައގި ދެފުރާތުނަ ޝަރީޢަތަށް ހުށަހަޅާފައިވް އެންމެހައި ލިޔަންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގާ ކޮށްފައިވާ ދަޢުވި އަކާ ދީ އެއްބަސްވުމެއްގެ މައްޗަށް ބިނާވެއަދ އ އ އްބަސްވުންތަކުގެ ބައިވެރިންވެސް ތަފާތެ އެއްބަސްވުންތަކަކަށ ވާއިރު،ފުރަތަމަ އެއްބަސްވުމުގަ ދަށު ން އަދާކުރަންޖެހޭ ޒިންމާ ނުވަތަ އިލްތިޒާމު ދެވަނަ އެއްބަސްވުމުގަ ހިމެނޭ ބައިވެރިންގެ މައްޗަށް ލާޒިމުކޮށް އަދި ދެވަނަ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާ ނުވަތަ އިލްތިޒާމު ފުރަތަމަ އެއްބަސްވުމުގަ ހިމެނޭ ބައިވެރިންގެ މައްޗަށް ލާޒިމުކޮށް މި ދެޢާ ވާ ކުރެވޭނެ ޤާނޫނީ އުޞޫލެއް އޮތްކަމުގައި ނުދެކެމެވެ.
21HN5އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނަންބަރުގައެ، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އޫމައްސަލައިގައ ހިމެނި ޚަސްމުންގެ ފަރާތުން ހަމަ އެ ޚޞަ މާތު ނުވަތާ އެ ކަމާބެހޭ ނުވަތަ އެ މައުޟޫއާގުޅޭ އެހެން މައްސަލައެއް އ ކޯޓަށް ހުށަހަޅައިފިނަމް، ވަކިވަކި ޤަޟިއްޔާ ނަންބަރުތަކެއް ދީފައިވީނަމަވެސް، އެ ހުރިހައި މައްސަލަތައް ބަލަންވާނީ އެއްފަނޑިޔާރެއްކަމަށ ބަޔާން ކުރައްވާފައިވެއެވެ. އަދި ބުނެވެދިޔަ ޤަޟިއްޔާގއިވ Dunlop Pneumatic Tyre Co Ltd v Selfridge & Co (1915) AC 847 މި މައްސަލައިގައި ކަނޑައަޅާފައިވަނީއެމީހަކ އެއްބަސްވުމުގް ބައިވެރިއަކަށް ނުވާނަމަ އެއްބަސްވުމުގައި ހޯދުމަށް އެދިފައިވާ ފައިސާގެ މައްޗަށް އެ އެއްބަސްވުމުގައި ނުހިމެނޭ ފާރާތަކުނ ޒިންމާވާން ނުޖެހޭނެކަމަށާއި، އެ މައްސަލައިގައި އެއްބަސްވުމުގައި ނުހިމެނޭ ތިންވަނަ ފަރާތުގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/44 ޤަޟިއްޔާ އުޞޫލުގައިވާ ޙާލަތުގައި، ދަށު ކޯޓުގެ އަޑުއެހުންތައް އެއް ފަނޑިޔާރަކު ބަލައި އެއް އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
22ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެއްކަމަށް ބަޔާންކޮށްފިއި އޮތްއިރުގަ އާ، އިސްތިއުނާފު ކުރެވިފައިވްމ މައްސަލައިގެ ހިމެނޭ ދަޢުވާތައް ވަކިވަކިން އަލުން ސިވިލް ކޯޓަށްހުށަހެޅިނަމަވެސް، މި މައްސަލި ތަކ ކ އެއްބާވަތުގެ މައްސަލަތަކަކަށްވާތީ، ދަށު ކޯޓުގައް މި މައްސަލަތަކުގެ އަޑުއެހުންތައާއެއ ފަނޑިޔްރަކު ބަލައި އެއިއަޑުއެހުމެއގ ގޮތުގައެ ކުރިއަށް ގެންދެވިދާނެ ކަމަށް އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
23HN6މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1910/CV-C/2022 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައަކީ، އިސްތިއުނާފަ ކުރެވިފައި މިވާ މައްސަލް އިގެ ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ މައްސަލަ މިހާރު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ފެންނާތީ، ސިވިލް ކޯޓުގެ ނަންބަރު 144-B11/VN/2022/02 އިޖުރާއީ ހުށަހެޅުމާމެދު ނިންމިގޮތް ބާޠިލު ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ. ފ ނޑިޔާރ މުޙައްމަދު ފައިޞަލގް ރައުޔު؛
24އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީ ރައުޔު؛
25އިސްފަނޑިޔާރު ޙުސައިން ޝަހީދުގެރައޔަށ އަހުރެން ތާއީދު ކުރަމެވު .
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
26މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ (ހ)
- ސުޕްރީމް ކޯޓުގެ 2019/SC-A/62 ޤަޟިއްޔާގެ 21.1 ވަނަ ނަންބަރު (ޕްރިވިޓީ އޮފް ކޮންޓްރެކްޓް)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނަންބަރު (ގުޅުންހުރި މައްސަލަތައް އެއް ފަނޑިޔާރަކު ބެލުން)
- Dunlop Pneumatic Tyre Co Ltd v Selfridge & Co [1915] AC 847
- ހައިކޯޓުގެ 2010/HC-A/44 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.