މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ވ. ޙަސަން ސިނާނު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B3/CA/2023/462
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމެއް ތަންފީޒުކުރާ މައްސަލައެއްގައި، މައުޟޫޢީ ނިންމުމުގައި ނުހިމެނޭ (ވަޒީފާއިން ބޭރުގައި ހޯދި އާމްދަނީ އަދި ސަރވިސް/ޑެއިލީ އެލަވަންސް) ކަނޑާލުމަށް ތަންފީޒީ ކޯޓަށް ފައިސާ އަލުން ހިސާބުކުރެވޭނެތޯއާއި، ދަށު ކޯޓުގައި ނުދެއްކި ނުކުތާ އިސްތިއުނާފުގައި ބެލޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ނުފޯރާނެއެވެ؛ އިސްތިއުނާފުކުރާ ފަރާތުން އެ ނުކުތާއިން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ (2019/SC-L/87 - 2019/SC-L/91).
HN2 ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ (ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ))؛ ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު އޮވެ ހުށަނާޅާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ (2014/HC-A/83، 2014/SC-A/41)؛ ޢާންމު އުޞޫލުން އިސްތިއުނާފީ ނުކުތާއެއް ބަލައިގަނެވޭނީ ދަށު ކޯޓުގައި ފާހަގަކޮށްފައި އޮތް، ޙުކުމަށް އަސަރުކުރާވަރުގެ ނުކުތާއަކަށްވާނަމައެވެ.
HN3 ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ބެލޭނީ ތަންފީޒުކުރަން އެދޭ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ކަންކަން އެކަންޏެވެ؛ ތަންފީޒީ ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ނުގެނެވޭނެއެވެ (2019/SC-A/07، 2021/SC-A/48).
HN4 ތަންފީޒީ ޤަޟިއްޔާ ހިންގަންޖެހޭނީ މައުޟޫޢީ މައްސަލައިގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ކަމަށްވާތީ، މައުޟޫޢީ ޤަޟިއްޔާގައި ކަނޑައަޅާފައިނުވާ އާ ކަމެއް ކަނޑައެޅުމުގެ ބާރު ތަންފީޒީ ކޯޓަށް ނުލިބެއެވެ؛ ވަޒީފާ ރުޖޫޢަކޮށް މުސާރައާއި އިނާޔަތް ނަގައިދިނުމަށް ކުރި ނިންމުމުގައި ކަނޑާލަން ބުނެފައިވަނީ ނޯޓިސް ބަދަލުގައި ދިން ފައިސާ އެކަނިނަމަ، ވަޒީފާއިން ބޭރުގައި ހޯދި އާމްދަނީ ކަނޑާލުމަށް ތަންފީޒީ ޤަޟިއްޔާގައި ނޭދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 މައްސަލައި ގައި، ޙަސަން ސިނާނގެ ވަޒީފް ރުޖޫޢަކޮށްދިނުމަށް ނިންމިއެވެ. އަދި ޙަ ސަން ސިނާން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް ޙަސަން ސިނާން ކުރިން އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާއިން، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާއެއް ދީފައިވާނަމަ އެފައިސާ އުނިކުރުމަށްފަހު ބާކީ ޖެހޭ ފައިސާ ޙަސަން ސިނާނއަށް އެއްފަހަރާ ދިނުމަށް 3 ނޮވެންބަރު 3233 ތާރީޚުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވެއެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަންފީޒުކޮށްފައިނުވާތީ އެ ނިންމުން ތަންފީޒުކޮށްދިނުން އެދި ޙަސަން ސިނާންގެ ފަރާތުން ހުށަހެޅިއެވެ. އެގޮތުން ސިވިލް ކޯޓުގައި ކުރިއަށްދާ ތަންފީޒީ ޤަޟިއްޔާގެ ނަންބަރަކީ 2023-CVC-576 އެވެ.
6ބުނެވުނު ތަންފީޒީ ޤަޟިއްޔާގެ ތެރެއިން، މައުޟޫޢީ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް އަންގާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވެއެވެ. އެގޮތުން ނެރެފައިވާ އަމުރުގައިވަނީ އަންނަނިވި ފަދައިންނެވެ. އަމުރު ..." ޙަސަން ސިނާނު36 މާރިޗު 3232 ގައި ހުށަހެޅޭފައިސާގ ތަފްސީލް ހިމެންލިޔުނުމޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑގް ވަކީލަށު32 މާރިޗު 3232 މަދުވަހ ބޭއްވުނު އަޑުއެހުމުގައި ޝަރީޢަތުގެ މަޖިލީހުގައި ހިއްސާކުރެވިފައިވެއެވެ. ފައިސާގެ ތަފްސީލާމެދު ބަޔާންކުރަން ކަމެއް އޮތްނަމަ ޖެހިގެން އަންނަ ދުވަހު ހިއްސާކުރާނެކަމަށް ބުނެފައިވާތީ އެ ފުރުސަތު ދެވިފައިވެއެވެ. . ސިވިލް ކޯޓުގެ ނަންބަރު B3/CA/2023/462-144 އަމުރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވަނީ ޙަސަން ސިނާން މިހާރުވެސް ވަޒީފާ އަދާކުރަމުންގެންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ފަރާތަށް ދޭންޖެހޭ މުސާރައާއި އެލަވަންސްއިން މިހާރު އިތުރު ވަޒީފާއެއް އަދާކޮށްފިނަމަ ލިބެންޖެހޭ މުސާރައިން އުނިކުރަންޖެހޭނެކަމަށް ދެކޭކަމަށެވެ. އެގޮތުން:
(ހ) އެފައިސާ އުނިނުކޮށް ދީފިނަމަ އެއީ އެފަރާތަށް ލިބޭ އަންފެއަރ އެންރިޗްމަންޓެއްކަމަށާއި،
(ށ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ސީދާ ޢަދަދެއް ކަނޑައަޅާފައިނުވުމާއި،
(ނ) އެ ފައިސާ އުނިކުރުމަކީ އެ ނިންމުމާ ތަޢާރަޟްވާނެ ކަމެއްކަމުގައި ނުވާތީ، އެފައިސާ އުނިކުރުމަކީ ތަންފީޛީ މަރްހަލާގައި ކުރެވިދާނެކަމެއް ކަމަށާއި،
(ރ) އެހެންކަމުން ޙަސަން ސިނާންއަށް ދޭންޖެހޭ ފައިސާ އަލުން ހިސާބުކުރަންޖެހޭ ކަމަށް ކަނޑައަޅައިދިނުން އެދޭކަމަށ ބަޔާންކޮށްފައިވެއެވެ. މިހާރު ވަޒީފާ އަދާކުރާނަމ ނުވަތަ އަދާކޮށްފައިވާނަމަ ލިބުނު ފައިސާއިންމޯލްޑިވްސުހޭ އްޖު ކޯޕަރޭޝަން ލިމިޓެޑާން ދައްކަންޖެހޭ ފައިސް އުނިކުރަންޖެހޭނެކަމަށު32 މާރިޗު 3232ގައު ބޭއްވި އަޑުއެހުމުގައިވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑު ނ ބުނެފައިވެއެވެ. އެހެންކަމުން، ފަހުން ހުށަހެޅި ބަޔާނުގައި އައުކަމެއް ނެތެވެ. ޙަސަން ސިނާން ހުށަހެޅި ފައިސާގެ ތަފްސީލުތަކާމެދ (އުނިކުރަންޖެހޭކަމަށ ބަޔާންކުރާ މުސާރައިގެ ފައިސާ ފިޔަވާ) އިޢުތިރާޟެއް ކޮށްފައިނެތެވެ. ސިވިލް ކޯޓުގައި ތަންފީޛު ކުރަމުންދަނީ ވަޒީފާއާބެހޭ ޓްރަ އިބުއުނަލްގެ ނިންމުމެވެ. އެނިންމުމަށް ބައެއް އިތުރު ކުރުމަކީ އެނިންމުމާ ތަޢާރަޟުވާނެކަމެވެ. އެނިންމު މ ގައި ފައިސާގެ ޢަދަދޭ ބަޔާންކޮށްފައި ނެތަސް، ފައިސާގެ ޢަދަދު ހިސާބުކުރަންވީގޮތ ބުނެފައިވާތީ، ފައިސާގެ ޢަދަދު ހިސާބު ކުރެވޭނީ އެ ނިންމުމާއި އެއްގޮތަށެވެ. ފައިސާގެ ޢަދަދު އަލުން ހިސާބުކުރުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު އަންނާނެކަމެކެވެ. އެކަން ކުރުމުގެ އިޚްތިޞާޞް މި ކޯޓަށް ނެތެވެ. އަދާކުރަމުންދިޔަ މަޤާމާ އެއްފެންވަރުގެ މަޤާމެއް ޙަސަން ސިނާންއަށ ހަމަޖައްސައިދިނުމަށް އަންގާފައިވާއިރު، އެ ނިންމުމާ އެއްގޮތަށް23 އޭޕްރީލް 3232 މިދުވަހުނ ފެށިގެން މަޤާމް ހަމަޖައްސާފައިވާކަމަށް ބުނެފައިވާތީ، 3232ޖުލައި މަހުން ފެށިގެން23 އޭޕްރީލް 3232 އާއް ހަމައަށް، ޙަސަން ސިނާން ކުރިން އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވ ފައިސާއިން، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކި ކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާއެއާދީފައިވާނަމ އެފައިސާ އުނިކުރުމަށްފަހު ބްކ ދޭންޖެހޭ ފައިސާ ޙަސަން ސިނާނއަށް ލިބިދޭންޖެހޭކަން އެނގެއެވެ. ޙަ ސަން ސިނާނު36 މާރިޗު 3232 ގައި ހުށަހެޅި ހިސާބު (ދަޢުވާލިބޭ ފަރާތާ ހިއްސާކުރެވުނު ހިސާބު) ގައި 3232 ޖުލައި މަހުން ފެށިގެން 3232 މާރިޗު މަހުގް33 ވަނަ ދުވަހުގެ ނިޔަލަށް 1,160,196/67ރ. (އެއްމިލިޔަން އެއްލައްކަ ފަސްދޮޅަސްހާސް އެއްސަތޭކަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި) ދައްކަންޖެހޭކަން އެނގެން އޮތުމުން، މި ފައިސާއާއި އަދި 23 އޭޕްރީލް 3232 ގެ ނިޔަލަށް އިތުރަށް ދައްކަންޖެހޭ ފައިސާއަކީ ޙަސަން ސިނާންއަށް ދައްކަންޖެހޭ ފައިސާއެއްކަން އެނގެން އޮތުމުން، މިއެންމެހައި ފައިސާ 22 (ތިނެއް) ދުވަހުގެ ތެރޭގައި، 36 އެޕްރީލް 3232 ގެ ނިޔަލަށް، ޙަސަން ސިނާންއަށް އެއްފަހަރާ ދިނުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަމުރު ކޮށްފީމެވެ."
3މި އަމުރު މުރާޖަޢާކޮށްދިނުން އެދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ.
އަމުރް މުރާޖަޢާކުރުމާމެދ ނިންމު ގޮތި
2. ސިވިލް ކޯޓުގެ ނަންބަރު B3/CA/2023/462-144 އަމުރު، މުރާޖަޢާކުރުމާމެދު ނިންމި ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "މ ކޯޓުގި ނަންބަރ B3/CA/2023/462-144 އަމުރަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 ނިންމުމަށް އަމަލު ކޮށްފައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 ނިންމުން ތަންފީޛު ކުރުމުގެ ގޮތުން ނެރުނު އަމުރެކެވެ. އެ އަމުރު ނެރުމުގެ ކުރިން އަމުރުގައި ހިމެނޭ ފައިސާގެ ތަފްސީލު ބިނާވާ، ދަޢުވާކުރާ ފަރާތުން ހުށަހެޅި ފައިސާގެ ހިސާބު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހިއްސާކޮށް، އެ ހިސާބުގެ ލިޔުމަށް ޖަވާބު ދިނުމަށް ފުރުޞަތު ދިނުމުން ޖަވާބު ދީފައިވެއެވެ. އެ ޖަވާބުގައި ބުނެފައިވަންޙަސަނ ސިނާން އެއިރު ވަޒީފާ އަދާކުރަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އ ފަރާތަށެ ދޭންޖެހޭ މުސާރައާއި އެލަވަންސު އިން މިހާރު އިތުރު ވަޒީފާއެއް އަދާކޮށްފައި ލިބެންޖެހޭ މުސާރައިން އުނިކުރަންޖެހޭނ ކަމަށެވެ. މިނުކުތާއާމެދު ނަންބަރ B3/CA/2023/462-144 އަމުރުގައި ޖަވާބު ދީފައިވެއެވެ. ނަންބަރު B3/CA/2023/462-144 އަމުރު 32 އޭޕްރީލް 3232 ގައި ނެރެ، 36 އޭޕްރީލް 3232 ގެ ނިޔަލަށް އަމުރާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައި ވީނަމަވެސް އެ އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވެއެވެ. ނަންބަރު -144 B3/CA/2023/291 އަމުރަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހެޔޮނިޔަތުގައި ޙުކުމް ތަންފީޛު ކުރުމަށް އެއްބާރުލުން ލިބިފައިނުވާތީ، ދަޢުވާލިބޭ ފަރާތުގެ އެކައުންޓްގައި ހުރި ފައިސާ ހިފެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ މައްޗަށް ނެރެފައިވާ އަމުރެކެވެ. އޭގެ ފަހުން،23 މއ 3232 ގައި ނަންބަރ B3/CA/2023/246-144 އަމުރު މުރާޖަޢާ ކުރުމަށް އެދިފައިވެއެވެ. މުރާޖަޢާކުރަން އެދޭ މައިގަނޑު ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ދަޢުވާކުރާ ފަރާތުން ހުށަހެޅި ހިސާބުތަކުގައި ހިމެނޭ ސަރވިސް އެލަވަންސާއި ޑެއިލީ އެލަވަންސްއަކީ އޮފީހަށް ޙާޟިރުވެ ޚިދުމަތް ލިބޭ ދުވަހަށް ލިބެންޖެހޭ އެލަވަންސްއެއްކަމަށް ވާތީ، އެފައިސާ އުނިކުރުމަށާއި، އަދި ދައުވާކުރާ ފަރާތުން ވިޔަފާރިއެއްކޮށްފައިވާތީ، ފައިސާގެ އަދަދަށް ބަދަލު ގެންނަން ޖެހޭނެކަމެވެ. މިކަމަކީ 33 މާރިޗު 3232 ގައި ހުށަހެޅި ބަޔާނުގައި ނުހިމެނޭ، އައު ކަންތަކެކެވެ. އެހެންކަމުން މިކަންކަމަށް އިޖުރާއީ އުސޫލު ނިޔާކުރާ ގޮތުން ރިޢާޔަތްކުރަން ޖެހޭނެ ކަމުގައި ނުދެކެމެވެ. ބަހުސްގެ ބޭނުމަށް، އެކަންކަމަށް ރިޢާޔަތްކުރިނަމަވެސް، އެކަންކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 134/VTR/2018 ނިންމުމުގެ ތަރަހައިގެ ބޭރުން، އިތުރު ކަންތައްތަކެއް ހިމަނައިގެން ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައެއްގެ ތެރެއިން އެ ނިންމުމަށް އިތުރު ބަދަލު ގެނައުމަށް ހުށަހަޅާ ހުށަހެޅުކަމުގައި ބެލެވޭނެއެވެ. އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، މިކޯޓުގެ ނަންބަރ B3/CA/2023/462-144 އަމުރަކީ މުރާޖަޢާކުރަންޖެހޭ ފަދަ ނިންމުމެއްކަމުގައި ބެލެވޭނެ ގޮތެއް ނެތެވެ."
3. ބުނެވުނު އަމުރު މުރާޖަޢާކުރުމާމެދު ސިވިލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
32ސިވިލް ކޯޓު ގެ ނަންބަރު B3/CA/2023/462-144 އަމުރު، މުރާޖަޢާކުރުމާ މެދު ނިންމި ގޮތް އިސްތިއުނާފުކުރަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑގް ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ . ފުރަތަމަ ނުކުތާ އަކީ: މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ޙިދުމަތް ލިބިފައިނުވާ މުއްދަތުގައި ސަރވިސް އެލަވަންސް އާއި ޑެއިލީ އެލަވަންސް ލިބޭނެ ކަމަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 މައްސަލައިގައި މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލުން ނަގައިދޭނެ ވަކި އަދަދެއް ސީދާ ސީދަލަށް ކަނޑައަޅައިފައި ނުވަނީސް، މުސާރައާއި އިނާޔަތް ނަގައިދިނުމުގައި ވަޒީފާ އަނބުރާ ދިން މުއްދތާއަ ހަމައަށް ލިބިފައިވާ އާމްދަނީ އުނިނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މަތީމަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 މައްސަލައިގައި މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލުން ނަގައިދޭނެ ވަކި އަދަދެއް ސީދާ ސީދަލަށް ކަނޑައަޅައިފައި ނުވަނީސް، ޙުކުމް ތަންފީޛުކުރުމުގައި މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ނަގައިދެވޭނެ އަދަދު ކަނޑަނޅޭނޭ ކަމުގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނު މާނަކުރުމުގައި ސިވިލް ކޯޓަށް ހެދިފައިވާ ގޯހެއްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
33އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިނާޔަތުގެ ގޮތުގައި ސަރވިސް އެލަވަންސް އަދި ޑެއިލީ އެލަވަންސް ޙަސަން ސިނާން އަށް ދިނުމަށް، ޙުކުމް ތަންފީޒުކުރާ ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އާމްދަނީ އެއް ލިބިފައިވާނަމަ އެބައިވެސ ދަށް ކޯޓުނު އުނިކޮށްފައިނުވާކަމަށެވެ. އެގޮތުން ދަށު ކޯޓު ން މި މައްސަލަ ނިންމާފައިވަނީ ބަދަލު ދިނުމާ ގުޅޭގޮތުން އުސޫލު ކަނޑައެޅިފައިވާ މަތީ މަރުޙަލާގެ ނިންމުންތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ނިންމުން ބާޠިލްކޮށްދިނުން އެދޭ ކަމަށެވެ.
33. ޖަވާބުގައި ޙަސަން ސިނާންގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައަކީ ތަންފީޒީ ޤަޟިއްޔާއަކާ ގުޅިގެން ނެރުނު އަމުރަކާ ގުޅޭ އިސްތިއުނާފީ މައްސަލައެއް ކަމަށެވެ. ތަންފީޒީ ޤަޟިއްޔާތައް ދަށު ކޯޓުގައި ހިންގޭނީ މައުޟޫޢީ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ކަންކަމުގެ މައްޗަށް ކަމަށެވެ. ދަށު ކޯޓުގައި ޙަސަން ސިނާންގެ ފަރާތުން ހުށަހެޅި މުސާރައާއި އިނާޔަތްތަކުގައިވާ ޢަދަދުތަކ މެދާ ދަށު ކޯޓުގައު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އިއުތިރާޟްކޮށްފައިނުވާކަމަށެވެ. ހަމައެހެންމެ، ސަރވިސް އެލަވަންސާއި ޑެއިލީ އެލަވަންސް އުނިކޮށްދިނުމަށް ދަށު ކޯޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެދިފައި ނުވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެކަށީގެންވާ ޤާނޫނީ ބަހުސެ އ ހުށަހަޅާފައިވް ކަމަށް ނުދެކޭ ކަމަށެވެ. ވުމާއެކު ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދައިން މައްސަލަ ނިންމައިދިނުން އެދޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގެ މިންގަނޑު
32. މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަންދިވެހިރާއްޖޭގެ ކ ޓުތަކުގ ޤާނޫނުގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސި ލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަ ށ ހުރަސްއެޅިފައިވާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބަ އްކަނ އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު"ތަކުގައި ކަނޑައަޅުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބެލުމުގެ އާންމު އުސޫލު
31. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 23 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައަޅާފައިވާ މާއްދާއެކެވެ. މިގޮތުން މި މާއްދާގެ (ހ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
23. (ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. މީގެ އިތުރުންދަށ ކޯޓުގައު ފާހަގަކުރުމުގެ ފުރުޞަތު އޮވެ، ދަށް ކޯޓަށު ހުށަހަޅާފް އ ނުވި ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ. މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް . ޤާނޫނު ނަންބަރު 3232/33 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 3232/33 . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ކޯޓުންވެސް ތާއިދު ކުރައްވައި އެހަމަ އެގޮތުގައި ދަމަހައްޓަވާފައިވެއެވ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިންތިއުނާފަށ ހުށަހެޅް މައްސަލަތަކުގައި އިސްތިއުނާފީ ނުކުތާގެ ގޮތުގައި ޢާންމު އުޞޫލުން ބަލައިގަނެ ގޮތް ކަނޑައަޅަންޖެހޭނީ ދަށު ކޯޓުގައި އެ ނުކުތާއެއް ފާހަގަކޮށްފައި އޮތުމާއެކު އެ ނުކުތާއަކީ މައްސަލައިގެ ޙުކުމަށް އަސަރުކުރާވަރުގެ ނުކުތާއަކަށް ވާނަމައެވެ.
ތަންފީޒުކުރުމުގެ މައްސަލަތަކުގެ ދާއިރާ
35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. މަޢުރޫފާ އަބޫބަކުރު މައްސަލައިގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް މައްސަލައިގައިވެސް ހަމަ މި މޭރުމުން ކަންކަން ބަޔާންކުރައްވައި، ތަންފީޒު ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ގެނެވިގެން ނުވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.
ތަޠުބީޤުކުރުން
36އިސްތިއުނާފު ކުރެވިފައިމިވަނީ ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ނިންމާފައިވާ ނިންމުމެކާ ވެ. އެހެންކަމުން ތަންފީޒީ ޤަޟިއްޔާ ބިނާވި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައުޟޫޢީ މައްސަލައިގެ ނިންމުމަށް ބަލާލަންޖެހެއެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ޤަޟިއްޔާ އެގޮތުން ކުރިންވެސް ފާހަގަކުރެވުނު ފަދައިން މައުޟޫޢީ މައްސަލަ ކަމުގައިވު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 143/VTR/2018 މައްސަލައިގެ ނިންމުމުގައި ވަނީ، ޙަސަން ސިނާންގެ ވަޒީފާ ރުޖޫޢަކޮށްދިނުމަށް ކަނޑައަޅާފައެވެ . އަދި ޙަސަން ސިނާން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް ޙަސަން ސިނާން ކުރިން އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާއިން، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކި ކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާއެއް ދީފައިވާނަމަ އެފައިސާ އުނިކުރުމަށްފަހު ބާކީ ޖެހޭ ފައިސާ ޙަސަން ސިނާނުއަށް އެއްފަހަރާ ދިނުމަށް 3 ނޮވެންބަރު 3233 ތާރީޚުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވެއެވެ.
33. އެހެންކަމުން މައުޟޫޢީ މައްސަލައިގެ ނިންމުމުގައި ޙަސަން ސިނާން އަށް ލިބިދޭންޖެހޭ ފައިސާގެ ތެރެއިން އުނިކުރަންޖެހެނީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާއެއް ދީފައިވާނަމަ އެފައިސާކަން އެނގެއެވެ. އޭގެ އިތުރުން ޙަސަން ސިނާންގެ ވަޒީފާ ރުޖޫޢަކުރުމާ ހަމައަށް ޙަސަން ސިނާން އާމްދަނީއެއް ހޯދާފައިވާނަމަ، އެފައިސާ އުނިކުރަންޖެހޭނ ކަމަށެ މައުޟޫޢް މައްސަލައިގައި ނިންމާފައިނުވެއެވެ.
32. ތަންފީޒީ ޤަޟިއްޔާ ހިންގަންޖެހޭނީ މައުޟޫޢީ މައްސަލައިގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ކަމަށްވާއިރު، މައުޟޫޢީ ޤަޟިއްޔާގައި ކަނޑައަޅާފައިނުވާ އާ ކަމެއް ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ކަނޑައެޅުމުގެ ބާރު ތަންފީޒީ ޤަޟިއްޔާ ބަލާ ކޯޓަށް ލިބިގެން ނުވެއެވެ. އެހެންކަމުން ޙަސަން ސިނާން އަށް މުސާރަ އާއި އިނާޔަތް ނަގައިދިނުމުގައި ޙަސަން ސިނާން އާމްދަނީ ހޯދާފައިވާނަމަ، އެފައިސާ އުނިކުރުމަށް . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 143/VTR/2018 މައްސަލައިގެ ނިންމުން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ޤަޟިއްޔާ މައުޟޫޢް މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިނުވާއިރު، ތަންފީޒީ ޤަޟިއްޔާގައި އެފަދައިން ކަނޑައަޅައިދިނުމަށ ނޭދެވޭނެކަނ ޤާނޫން ހަމަތަކަށް ބެލުމުން އެނގެއެވެ.
33.މީގެ އިތުރުން ޙަސަން ސިނާން އަށް ނަގައިދެވޭ މުސާރައާއި އިނާޔަތްތަކުގެ ފައިސާއިން ސަރވިސް އެލަވަންސާއި ޑެއިލީ އެލަވަންސް އުނިކޮށްދިނުމަށް ޙުކުމް ތަންފީޒު ކުރާ ދަށު ކޯޓުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެދިފައިވާކަން އެނގެން ނެތެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާ އާންމު އުސޫލަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާއުތަކަކީ އަސާސް ކަމަށް ބަލައިގެން ކަމަށް ވާއިރު، ދަށު ކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު ލިބި، ފާހަގަކޮށްފައިނުވާ އާ ކަމެއް ދިވެހިރާއް ޖޭގެ ހައިކޯޓުގައި ފާހަގަނުކުރެވޭނެއެވެ.
32. އެހެންކަމުން މި މައްސަލައިގައި ޙުކުމް ތަންފީޒުކުރާ ދަށު ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހެއް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ބަޔާންކޮށްދެވިފައިނުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭފަދަ އެކަށީގެންވާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި ހުށަހެޅިފައިވާކަމަކަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.
ނިންމަން ފެންނަގޮތް
33. އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓު ގެ "ނަންބަރު B3/CA/2023/462-144 އަމުރު، މުރާޖަޢާކުރުމާމެދ ނިންމު ނިންމުން" އިސްތިއުނާފުކުރުމަށް މޯލްޑިވްސް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ޤަޟިއްޔާ . ޤާނޫނު ނަންބަރު 3232/33 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހަރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުން ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު؛
33. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛
32. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
31. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 3233/23 (މ ދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު)
- ހައިކޯޓުގެ 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2014/SC-A/41
- ސުޕްރީމް ކޯޓުގެ 2019/SC-A/07 (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. މަޢުރޫފާ އަބޫބަކުރު)
- ސުޕްރީމް ކޯޓުގެ 2021/SC-A/48 (ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.