މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ ވ. އާޘިމް ޝަރީފް އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2896-CVC-2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރަހުނުކުރެވިފައިވާ ފްލެޓެއްގެ މިލްކުވެރިކަން މުރުތަހިނު (ބޭންކު) ރުހުން ދީފައިވާ ފަރާތް ނޫން އިތުރު ފަރާތްތަކަށް ހިބައިން ބަދަލުކުރުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާއި ޚިލާފު ކަމެއްތޯ؛ އަދި ރަހުނުކުރެވިފައިވާ ތަނެއް ހިބައިން ދިނުމުގައި ކޯޓުން މުރުތަހިނުގެ ބަސް ހޯދަންވީ ގޮތް.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި (ދަރިންނަށް މިލްކުވާ ބައި ބާޠިލުކޮށް، ހަމައެކަނި އަނބިމީހާއަށް މިލްކުވާގޮތަށް؛ ރަހުނު ދެމިގެންދާނެ)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމަކަށް ލުޔެއް ލިބޭނީ އަނެއް ބައިވެރިޔާ އެކަމަށް ލުއި ދީފިނަމަ ނުވަތަ އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމައެވެ.
HN2 މުޝާރަކާ/ރަހުނު އެއްބަސްވުމުގެ މުއްދަތުގައި މުދަލާ ގުޅޭ ޙައްޤުތައް ބަދަލުނުކުރުމަށް އެއްބަސްވެފައިވާނަމަ، އެ މުދަލުގެ މިލްކުވެރިކަމަށް ބަދަލު ގެނެވޭނީ ބޭންކުގެ ރުހުމާއެކު، އެ ރުހުން ދީފައިވާ ގޮތުގެ މަތިން އެކަނި ކަމުން، ބޭންކު ރުހުން ދީފައިވަނީ ވަކި މީހަކަށް ބަދަލުކުރުމަށް އެކަނިނަމަ، ބޭންކުގެ ބަސް ނުހޯދައި އިތުރު ފަރާތްތަކަށް މިލްކުވެރިކަން ބަދަލުކުރުމަކީ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) އާ ޚިލާފު ކަމެކެވެ.
HN3 ރަހުނުކުރެވިފައިވާ ތަންތަނާއި ތަކެތި ހިބައިން ދިނުމަށް ހުށަހެޅޭ މައްސަލަތަކުގައި، ފުރަތަމަ މަރުޙަލާގެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ކޯޓުން އެދިގެން ލިޔުމުން ނުވަތަ މުރުތަހިނު ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތް ޝަރީޢަތަށް ޙާޟިރުކޮށްގެން، މިލްކުވެރިކަން ބަދަލުކުރަން އެދޭ ކޮންމެ ފަރާތަކަށް ބަދަލުކުރުމާމެދު މުރުތަހިނުގެ ސާފު ބަސް ހޯދަންވާނެއެވެ.
HN4 ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 2 (ހ) ގައިވާ ފަރާތްތަކުގެ އިޢުތިރާޟް ނެތްކަން 6 ވަނަ މާއްދާގެ ދަށުން ކަށަވަރުކުރުމުގެ މަޤްޞަދަކީ އެ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުމެވެ؛ ކުޑަކުދިންގެ މަންމައަށް މިލްކުވެރިކަން ބަދަލުކުރުމުން އެ ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރެވޭ ކަމުގައި ކޯޓުން ދެކުނެވެ.
HN5 ދަށުކޯޓުން މުރުތަހިނުގެ ބަސް ނުހޯދި ނަމަވެސް، މުރުތަހިނުގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ ދަށުކޯޓަށް ހުށަހެޅިފައިވެ، މުރުތަހިނުގެ ބަސް ހައިކޯޓަށް ލިބި، ދެފަރާތުން ވެސް ހައިކޯޓުން ޙުކުމްކުރުމަށް އެދިފައިވާނަމަ، މައްސަލަ ތަޙުވީލުކުރުމަކާ ނުލައި ހައިކޯޓުން ޙުކުމް ބަދަލުކުރެވިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މޫސާ ފާރިޝް އަޙްމަދު )މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް(
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤަޟިއްޔާއިސްތިއުނާފު ކުރުމަށު މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ )ރަޖިސްޓްރީ ނަންބަރ C-255/2010( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ.
2މިޤަޟިއްޔާގައ އސްތިއުނާފި ރައްދުވި 7 )ހަތެއް( ފަރާތެއް ހިމެނެއެވެ. އެ ފަރާތްތަކަކީ، މާލެ، […] ޢާޡިމް ޝަރީފް )ދރއުކާޑު ނަންބަރ ( އާއިސ. ފޭދޫ، ޑިއަރެސްޓް،މަރްޔަމް ސަޢީދު ) ދރއ ކާޑް ނަންބަރ ( އާއި މާލެ، […] މުޙައްމަދު މިޝްޢަލް ޢާޡިމް، )ދރއ ކާޑް ނަންބަރ ( އާއިމާލެ، […] އަޙްމަދު މަންހަލް ޢާޡިމް،) ދރއ( އާއިމާލެ، […] އިސްމާޢީލް މުލްހަމ ޢާޡިމު)ދރއ ކާޑް ނަންބަރ ( އާއި މާލެ، […] އާމިނަތު މަނާލ ޢާޡިމް )ދރއ ކާޑް ނަންބަރ ( އާއި މާލެ، […] ފާޠިމަތު މަލކް ޢާޡިމަ ) ދރއ ކާޑް ނަންބަރ ( އެވެ.
މައްސަލައިގެ ފަސްފަހަތް
3މާލެ، ހަ.ލައިޓްލައިން، ޢާޡިމް ޝަރީފްގެ ނީމުގައާރަޖިސްޓަރކޮށްފައިވާގި.ގްކޮށ ފްލެޓް GAAKOSHI-A804 )ރަޖިސްޓަރީ ނަންބަރު އ.އ-184އ/(01/GAAKOSHI-A804 އަކީ މޯލްޑިވްސ އިސްލާމިކް ބޭންކުން ޢާޡިމް ޝަރީފް އަށް ދޫކޮށްފައވ، އެ ފްލެޓް ގަތުމާ ގުޅޭ ޑިމިނިޝިންގ މުޝާރަކާ ފައިނޭންސިންގ ފެސިލިޓިއަކާގުޅިގެނ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރަހުނުކޮށްފައިވާ ފްލެޓެކެވެ. މިފްލެޓް، ޢާޡިމް ޝަރީފްގެ އަނބިމީހާ، މަރްޔަމް ސަޢީދު އަށް ހިބައިން ދިނުމާމެދު ބޭންކުގް އިއުތިރާޟެއ އޮތްތޯ ބެލުމަށް ޢާޡިމް ޝަރީފް 29 އޮގަސްޓް 2023 ގައި އެ ބޭންކަށް ސިޓީ ފޮނުވިއެވެ. އެ ސިޓީގެ ޖަވާބުގައި، އެ ބޭންކުން ޢާޡިމް ޝަރީފް އަށް ފޮނުވި 03 ސެޕްޓެންބަރު 2023 ތާރީޚުގެ ސިޓީގައިވަނީ ޢާޡިމް ޝަރފެގެ ނަމުގައި އޮތް ފްލެޓްގެ ރަހުނު އެގްރީމަންޓް ދެމިގެންދާގޮތަށް، މަރްޔަމް ސަޢީދު އަށް އ ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމާމެދު އެ ބޭންކުގެ އިޢުތިރާޟެއް ނެތް ކަމަށެވެ.
4މި ޖަވާބާއެކު، 17 ސެޕްޓެންބަރު 2023 ތާރީޚުގައި ޢާޡިމް ޝަރީފް ސިވިލް ކޯޓުގެ ނަންބަރ 2896-CVC-2023ޤަޟިއްޔާގައި އެ ފްލެޓެހިބައިން ދިނުމުގެ މައްސަލަ ހުށަހެޅިއެވެ. އެގޮތުން ހުށަހެޅ މައްސަލައަކީ ފްލެޓްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެ މިލްކުން ކަނޑައި ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދުއަށް ހިބައިން ދިނުމަށް އެދޭ ހުށަހެޅި މައްސަލައެވެ.
5މި ޤަޟިއްޔާ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް،ބުނެވުނު ފްލެޓް ހިބައިން ދިނުމަށް އެދޭ ފަރާތްތަކުގެ ގޮތުގައި ޢާޡިމް ޝަރީފްގެ އަނބިމީހާ، މަރްޔަމް ސަޢީދުގެ އިތުރުން، 5 )ފަހެއް( ދަރިން ކަމަށްވާ، މުޙައްމަދު މިޝްޢަލ ޢާޡިމް އާއް އަޙްމަދު މަންހަލ ޢާޡިމް އާއިއިސްމާޢީލް މުލްހަމ ޢާޡިމް އާއި އާމިނަތު މަނާލ ޢާޡިމް އާއް ފާޠިމަތު މަލަކ ޢާޡިމް ހިމެނުމަށް ޢާޡިމް ޝަރީފްގެ ފަރާތުން އެދިފައިވާތީ، އެފަރާތްތައް މި މައްސަލައިގެ ތެރެއަށް އިތުރުކުރެވުނެވެ.
6އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމްގައިވަނީ އަންނަނިވި ފަދައިންނެވެ. . MUSHARAKAH AGREEMENT No: MIB/FIN-05/2017/0487,1253/L055 (Document 2) . މޯލްޑިވްސ އިސްލާމިކް ބޭންކއާޢާޡިމް ޝަރީފްއާ ދެމެދު ވެފައިވާ ނަންބަރ 05/2018/0487,1253/L560-MIB/FIN ރަހުނު އެގްރީމަންޓް )30 ޑިސެންބަރު 2019( . މޯލްޑިވްސް އިސްލާމިކް ބޭންކުން ޢާޡިމް ޝަރީފް އަށް ފޮނުވާފައިވާ ނަންބަރު 08/2023/454-MIB/FIN )3 ސެޕްޓެންބަރު 2023( ސިޓީ . ޢާޡިމް ޝަރީފްގެ ފަރާތުން ސިވިލް ކޯޓަށް ފޮނުވާފައިވާ 09 އޮކްޓޫބަރު 2023 ސިޓީ . ސިވިލް ކޯޓުގެ B14 ސެކްޝަނުން އެ ކޯޓުގެ ރަޖިސްޓްރާރ އަށް ފޮނުވާފައިވާ 11 އޮކްޓޫބަރު 2023 ސިޓީ "ދެންފަހެ، މާލެ، […] ޢާޡިމް ޝަރީފް ) ( ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވ […] އެވެ ކިޔާ، ގޯތީގައިވާ ނަންބަރ GAAKOSHI-A804 )ރަޖިސްޓްރީ ނަންބަރު އ.އ- 184އ/833.1 (01/GAAKOSHI-A804 އަކަފޫޓުގެ އެއްމެދު އިމާރާތުގެ ފްލެޓާއި، އެ ފްލެޓްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެ މިލްކުން ކަނޑައި ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދު )( އާއި ޢާޡިމް ޝަރީފްގެ 05 ދަރިން ކަމުގައިވާ މާލެ، […] މުޙައްމަދު މިޝްޢަލ ޢާޡިމް )( އާއި މާލެ، […] އަޙްމަދު މަންހަލ ޢާޡިމް )( އާއިމާލެ، […] އިސްމާޢީލް މލްހަމ ޢާޡިމް )( އާއި މާލެ، […] އާމިނަތު މަނާލ ޢާޡިމް )( އާއިމާލެ، […] ފާޠިމަތު މަލަކ ޢާޡިމް )( އަށް ހިބައިންދީ، އީޖާބާއި ޤަބޫލު ޝަރީޢަތުގެ މަޖިލީހުގައި ފުރިހަމަކޮށްފައިވާތީ، މި ހިބައަކީ ޞައްޙަ ހިބައެއް ކަމުގައި ކަނޑައަޅައި، މާލެ، […] ޢާޡިމް ޝަރީފް )( ގެ ނ މުގައާރަޖިސްޓްރީކޮށްފައިވ […] އެވެ ކިޔާ، ގޯތީގައިވާ ނަންބަރ GAAKOSHI-A804 )ރަޖިސްޓްރީ ނަންބަރު އ.އ- 184އ/833.1 (01/GAAKOSHI-A804 އަކަފޫޓުގެ އެއްމެދު އިމާރާތުގެ ފްލެޓާއި، އެ ފްލެޓްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެ މިލްކުން ކަނޑައި ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދު )( އާއި ޢާޡިމް ޝަރީފްގެ 05 ދަރިން ކަމުގައިވާ މާލެ، […] މުޙައްމަދު މިޝްޢަލ ޢާޡިމް )( އާއި މާލެ، […] އަޙްމަދު މަންހަލ ޢާޡިމް )( އާއި މާލެ، […] އިސްމާޢީލް މުލްހަމ ޢާޡިމް )( އާއި މާލެ، […] އާމިނަތު މަނާލ ޢާޡިމް )( އާއި މާލަ، […] ފާޠިމަތެ މަލކ ޢާޡިމް )( އަށް ހަމަހަމައަށް މިލްކުވެގެންވާ ކަމަށް ކަނޑައަޅައި، […] އެވެ ކިޔާ، ގޯތީގައިވާ ނަންބަރ GAAKOSHI-A804 )ރަޖިސްޓްރީ ނަންބަރު އ.އ-184އ/(01/GAAKOSHI-A804 އަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ޢާޡިމް ޝަރީފް އަށް ދޫކޮށްފައިވްފައިނޭންސް ފެސިލިޓީއަކ ގުޅިގެނާ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވިފައިވާ "މޯގޭޖް އެގްރީމެންޓް" ގެ ދަށުން ބޭންކަށް ރަހުނުކުރެވިފައިވާ ތަނެއް ކަމުގައިވާތީ، ދެންނެވުނު ރަހުނު އެއްބަސްވުމުގ ދަށުން ބޭންކަށް ލިބިގެންވާ އެއްވެސް ޙައްޤަކަށް އުނިކަން ނާއްނާނެކަމާއި، މި ފްލެޓްގެ މިކްލުވެރިކަން ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދު، )( އާއި މާލެ، […] މުޙައްމަދު މިޝްޢަލް ޢާޡިމް )( އާއި މާލެ، […] އަޙްމަދު މަންހަލ ޢާޡިމް ) ( އާއި މާލެ، […] އިސްމާޢީލް މުލްހަމ ޢާޡިމް )( އާއި މާލެ، […] އާމިނަތު މަނާލް ޢާޡިމް )( އާއި މާލެ، […] ފާޠިމަތު މަލކ ޢާޡިމް )( ގެ ނަމަށް ބަދަލުވި ކަމުގައިވިޔަސް، ބުނެވިދިޔަ ރަހުނުގެ އެއްބަސްވުމުގެ ދަށުން ފްލެޓްގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކް ޕލކ އަށް އޮތް ރަހުނު ދެމިގެންދާނެ ކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."
7މ ޙުކުމް ކުރި އިރު، ބުނެވުނު ފްލެޓްގެ މިލްކުރެވިކަނ މަރްޔަމް ސަޢީދްގެ އިތުރުން ޢާޡިމް ޝަރީފްގު އިތުރުން 5 ދަރިންނަށް ބަދަލުވާގޮތަށް ޙުކުމްކޮށްފައިވާތީ، މި ޙުކުމާމެދު ހިތްހަމަނުޖެހިގެން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
8ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުނ އަންނަނިވި 03 )ތިނެއ( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤީޟިއްޔާނިންމާފައިވަނ ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ރަޝީދު ވ. ފާޠިމަތު ނިއުޝާ )ހައިކޯޓުގެ ނަންބަރ 2009/HC-A/57 ޤަޟިއްޔާ( ގައި ކަނޑައަޅާފައިވާ އުޞޫލާޚިލާފަށ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤީޟިއްޔާނިންމާފައިވަނ ޤާނޫނު ނަންބަރ 91/4 )ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 20 ވަން މާއްދާގަ )ހ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ސުޕްރީމް ކޯޓުގް ނަންބަރ 2019/SC-A/08 ޤަޟިއްޔާ( އއ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން )ސުޕްރީމް ކޯޓުގް ނަންބަރ 2020/SC-A/100 ޤަޟިއްޔާ( ގައި ކަނޑައަޅުއްވާ ފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
9މ މައްސަލައިގައި އިސްތިއުނާފި ނުކުތާތައް ހުށަހަޅައި، މޯލްޑިވްސްއިސްލާމިކް ބޭންކްގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލަ އިސްތިއުނާފުކުރި މައިގަނޑު ސަބަބަކީ، އެ ބޭންކުގެ ބަހެއް ނެތި، ޢާޡިމް ޝަރީފްގެ 5 ދޯރިނ ހިމެނޭގޮތުން ފްލެޓްގެ މިލްކުވެރިކަން ބަދަލުވާގޮތަށ ސިވިލް ކްޓުނ ޙުކުމް ކޮށްފައިވުމުން ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޢާޡިމް ޝަރީފްގެ ފަރާތުން މަރްޔަމް ސަޢީދު އަށް އެ ފްލެޓް ހިބައިން ދިނުމާމެދު ބޭންކުން އިއުތިރާޟްނުކުރާކަން ސިޓީ އަކުން ޢާޡިމް ޝަރީފް އަށް އަންގާފައިވާނެކަމަށެވެ. ނަމަވެސް ޢާޡިމް ޝަރީފްގެ ދަރިންނަށް އެ ފްލެޓް ހިބައިން ދިނުމާމެދު އެ ބޭންކުގެ ބަހެއް ދީފައިނުވާކަމަށެވެ. އަދި ބޭންކްގެ ބަހެއް ސިވިލް ކޯޓުންވެސް ހޯދާފައިނުވާކަމަށެވެ. އެހެންކަމުން ބޭންކުގެ އިއުތިރާޟް އޮތީ، ބޭންކުގެ ބަހެއް ނެތި، އެ ފްލެޓް ޢާޡިމް ޝަރީފްގެ ދަރިންނަށް ހިބައިންދިނުމާމެދުގައ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
10މޯލްޑިވްސ އިސްލާމިކް ބޭންކްގެ ފަރާތުންމ މައްސަލައިގައި އެދިފައިވަނުހަމައްކަނި މަރްޔަމް ސަޢީދު އަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުވާގޮތަށ އަދި ރަހުނުގެ ޙައްޤުތައް ބޭންކަށް ދެމިގެންދާގޮތަށް ހައިކޯޓުން ޙުކުމްކޮށްދިނުމަށެވެ. އެގޮތުން މި މައްސަލައިގެ ވާގިއާ ދަށު ކޯޓުން ކަށަވަރުކޮށްފައިވާތީ،މި އިސްތިއުނާފީ މައްސަލައިގައް ދެފަރާތުންވެސް އެދޭގޮތަށް، ފްލެޓްގެ މިލްކުވެރިކަން ހަމައެކަނި މަރްޔަމް ސަޢީދު އަށް ބަދަލުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭކަމަށް އ ބޭންކްގެ ފަރާތުނ ބުނެފައިވެއެވެ.
އިސްތިއުނާފުރައްދުވ ފަރާތުގާ ވާހަކަ
11ޖ ވާބުގައެއިސްތިއުނާފ ރައްދުވު ފަރާތްތަކުން ބުނެފައިވަނީ،މޯލްޑިވްސ އިސްލާމިކް ބޭންކްގެ އިސްތިއުނާފު ބިނާކޮށްފައިވަނީ ބޭންކުގެ ބަހެއް ނެތި، ޢާޡިމް ޝަރީފްގެ 5 ދަރިން ހިމެނޭގޮތުން ގޯތީގެ މިލްކުވެރިކަން ބަދަލުވާގޮތަށ ސިވިލް ކޯޓުން ޙުކުމް ކޮށްފައިވުމާމެދުގައިކަމަށެވެ. އަދުބޭންކުނ ހުށަހަޅް އެ ންކުތާއާމެދ އެއްބަސްވު ކަމަށްއ ހަމައެކަނި މަރްޔަމް ސަޢީދުގެ ނަމަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމާމެދު އިއުތިރާޟެއ ނެތް ކަމަށެވެ. ހަމައެއާއެކު ޢާޡިމް ޝަރީފްގެ 5 ދަރިންނަށް ބޯހިޔާވަހިކަން ހަމަޖެހިފައިވާކަނ ދަށް ކޯޓުގު ރިޕޯޓުގެ 9 ވަނަ ނުކުތާއިންވެސް އެނގޭ ކަމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
12އިސްތިއުނާފ ރައްދުވު ފަރާތްތަކުން އެދިފައިވަނީހަމައެކަނި މަރްޔަމް ސަޢީދު އަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުވާގޮތަށް އަދްރަހުނު ޙައްޤްދެމިގެންދާގޮތަށުހައިކޯޓުން ޙުކުމްކޮށްދިނމަށެވެ. އެފަދައިން ފްލެޓްގެ މިލްކުވެރިކަން ހަމައެކަނި މަރްޔަމް ސަޢީދު އަށް ބަދަލުވާގޮތަށްދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރުމާމެދ ޤާނޫނީ ހުރަހެއް ނެތް ކަމަށް ފާހަގަކޮށްފައިވެއެވެ. ދަށު ކޯޓުގެ ޙުކުމް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އާ ޚިލާފުތޯ؟
13HN1HN2HN3އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ދަށު ކޯޓުގެ ޙުކުމް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާއަށް ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
13.1. މި މައްސަލައިގައި ޢާޡިމް ޝަރީފްގެ ފަރާތުން ހިބައިން ދިނުމަށް އެދި ހުށަހެޅި ފްލެޓް އަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރަހުނު ކުރެވިފައިވާ ފްލެޓެއެކަމާމެދު ޚިލާފެއް ނެތެވެ. މީގެ އިތުރުނ ސިވިލް ކޯޓަށް، މި މައްސަލަ ހުށަހެޅުނު އިރު، މަރްޔަމް ސަޢީދު އަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމާމެދު އެ ބޭންކުގެ އިއުތިރާޒެއް ނެތް ކަމަށް ބަޔާންކޮށްފައިވާ އެ ބންކުގ ސިޓީއެއް ޢާޡިމް ޝަރީފް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ލިޔުމުގެ އިތުރުން،އެ ބޭންކުގެ ބަހެއ މެމައްސަލައިގައި ސިވިލް ކޯޓުން ހޯދާފައިނުވެއެވެ.އަދި މައްސަލައިގެ ތެރެއިން ޢާޡިމް ޝަރީފްގެ 5 ދަރިންނަކީ ހިބަ ލިބޭ ފަރާތްތަކުގެ ގޮތުގައި ހިމަނާ، މައްސަލަ ނިންމާފައިވަނީ މަރްޔަމް ސަޢީދުގެ އިތުރުން އ 5 ދަރިންނަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުވާކަމަށް ކަނޑައަޅައެވެ.
13.2. މ މައްސަލައިގައި ޢާޡިމް ޝަރީފް އާއި މަރްޔަމް ސަޢީދު އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ ދެމެދު […] ފްލެޓް GAAKOSHI-A804 ގަތުމާ ގުޅޭގޮތުން ވެފައިވާ މުޝާރަކާ . މޯލްޑިވްސ އިސްލާމިކް ބޭންކއާޢާޡިމް ޝަރީފްއާ ދެމެދު ވެފައިވާ ނަންބަރ 05/2018/0487,1253/L560-MIB/FIN ރަހުނު އެގްރީމަންޓް )30 ޑިސެންބަރު 2019( . މޯލްޑިވްސް އިސްލާމިކް ބޭންކުން ޢާޡިމް ޝަރީފް އަށް ފޮނުވާފައިވާ ނަންބަރު 08/2023/454-MIB/FIN )3 ސެޕްޓެންބަރު 2023( ސިޓީ އެގްރީމަންޓެއް އެބައޮތެވެ. އަދި މި މުޢާމަލަތ ގުޅިގެނާ މި ފަރާތްތަކުގެ މެދުގައި ވެފައިވާ "މަހުން މަހަށް ފައިސާ ދެއްކުމާ ގުޅޭ އެގްރީމަންޓް" ގެ 2.03 ވަނަ މާއްދާ އަދި 3.01 ގެ )ރ( ގައި، އަންނަނިވި ފަދައިން ބަޔާންވެގެން ވެއެވެ.
2.03 The customer shall not assign, transfer, convey, encumber, charge or otherwise alienate any of its rights in respect of the Musharakah Property or otherwise part with the possession of the Musharakah Property during the Term of this Agreement.”
3.01 (d) The customer shall not sell, transfer, assign or otherwise dispose of, let for hire, loan, give on license, or part with the posession of, or in any way mortgage, hypothecate, pledge, charge or otherwise, encumber the Musharakah Property during the term of the facility.” މ މާއްދާތަކުގައި ބަޔާންވެގެންވާ ކަންކަމަށް ބަލާއިރު،މ އެއްބަސްވުމުގި މުއްދަތުގައި މުޝާރަކ މުދަލާގުޅޭ )ގ.ގާކޮށި ފްލެޓް A804-GAAKOSHI( އެއްވެސް ޙައްޤެއް ވިއްކުން، ބަދަލުކުރުން ފަދަ އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެ ކަމަށް މިވަނީ ބަޔާންކޮށްފައެވެ.
13.3. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނި މާއްދާގަ )ހ( އަށް ބަލާއިރު އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމަކަށް ލުޔެއް ލިބޭނީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެކަމަކަށް ލުއި ދީފިނަމަ ކަނަ ނުވަތް އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަ ކަން އެނގެން އޮވެއެވެ. އެހެންކި މުން މި މައިސަލައިގައި، މޯލްޑިވްސް އިސްލާމްކް ބޭންކުގައި ރަހުނު ކުރެވިފައިވާ، އަދ މުޝާރަކ މުދާ ކަމުގައިވާ ޢާޡިމް ޝަރީފްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ […] ފްލެޓް . MUSHARAKAH AGREEMENT No: MIB/FIN-05/2017/0487,1253/L055 (Document 2) . ޤާނޫނު ނަންބަރ 91/4 A804-GAAKOSHI އާ ގުޅޭ ޙައްޤުތަކަށް އެއްބަސްވުމުގެ މުއްދަތުގައި ބަދަލު ގެނެސްގެން ނުވާނެކަން އެ އެއްބަސްވުމުނަ އެނގެންއޮތް އިރު، އެ ފްލެޓް ގުޅާ ޙައްޤަކަށް ބަދިލު ގެނެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ރުހުން އޮވެ، އެއްބަސްވާ ގޮތެއްގެ މަތިންނެވެ.
13.4. ކަނީ މިހެން އޮތް އިރު،މ މައްސަލައިގައި ބޭންކުން ރުހުން ދީފައިވަން ހަމައެކަނި މަރްޔަމް ސަޢީދު އަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމަށްކަން ބޭންކުގެ ސިޓީއިންއެނގެން އޮތުމުނެ،ބޭންކުގެ ބަހެއް ހޯދުމަކާ ނުލައި، އިތުރު ފަރާތްތަކެއްގެ މައްޗަށް ދށަ ކޯޓުނު އ ފްލެޓްގާމިލްކުވެރިކަން ބަދަލުކޮށްފައި އޮތް އޮތުމަކެ ދެފަރާތުގައ މެދުގައި އޮތި އެއްބަސްވުމް ޚިލާފު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އާ ޚިލާފު ކަމެއްކަމުގައި ދެކެމެވެ.
13.5. އެގޮތުން ރަހުނު ކުރެވިފައިވާ ތަންތަނާއި ތަކެތި ހިބައިން ދިނުމަށް ޝަރީޢަތަށް ހުށަހެޅޭހިނދު، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މައްސަލަ ފުރަތަމަ މަރުޙަލާގައި ބަލާ ކޯޓުން އެ މައްސަލައެއްގައި ގޮތެ ކަނޑައެޅުމުގެ ކުރިން މުރުތަހިނގްބަސް ހޯދުމެވެ. މުރުތަހިނުގެ ބަސް ކޯޓަށް ހޯދުމުގައި ދެގޮތަކަށް ޢަމަލުކުރެވިދާނެއެވެ. އެއްގޮތަކީ ކޯޓުން އެދިގެން މުރުތަހިނުގެ ބަސް ލިޔުމުން ކޯޓަށް ހޯދުމެވެ. ދެވަނަ ގޮތަކީ މުރުތަހިނު ނުވަތަ މުރުތަހިނު ތަމްސީލުކުރާ ފަރާތް ޝަރީޢަތަށް ޙާޟިރުކޮށް ބަސް ހޯދުމެވެ. އުގޮތުން ރަހުނުކުރެވިފައިވާ ތަނުގެ މިލްކުވެރިކަން ބަދަލުކުރުމަށް އެދޭ ހުށަހެޅިފައިވާ، ވަކި ވަކި އެންމެހާ ފަރާތްތަކަށް އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރުމާމެދު މުރުތަހިނުގެ ސާފު ބަސް މި ބަޔާންކުރެވުނު އުސޫލުން ކޯޓުން ކަށަވަރުކުރަންޖެހޭނެއެވެ. . މޯލްޑިވްސް އިސްލާމިކް ބޭންކުން ޢާޡިމް ޝަރީފް އަށް ފޮނުވާފައިވާ ނަންބަރު 08/2023/454-MIB/FIN )3 ސެޕްޓެންބަރު 2023( ސިޓީ . ޤާނޫނު ނަންބަރު 91/4 . އެފަރާތެއްގެ ކިބައިގައި ރަހުނު ބެހެއްޓުނު ފަރާތް މި މައްސަލަ ހައިކޯޓުން ނިންމުމަށް އެދޭ ގޮތުގައި ދެފަރާތުގެ މެދުގައި ޚިލާފެއް ނެތް
14މިމައްސަލައިގެ އިސްތިއުނާފުގައި ހިމެނޭ ހ ރިހާ ފަރާތަކުންވެސ އެދިފައިވަނީ އެ ފްލެޓްގެ މިލްކުވެރިކަން ހަމައެކަނި މަރްޔަމް ސަޢީދުއަށް ބަދަލުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްދިނުމަށެވެ.
15HN4ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެދަށުން ހަދާފައިވާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ މާއްދާގައި ހިބައިން ދިނުމާގުޅޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ)ހ( ގައި ބަޔާންވެގެންވަނީ ހިބައިން ދެވޭނީ " އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން މަންމަ، ބައްޕަ،މަރުވެފައިވާ ދަރިއެއްގެ އުފަންދަރިންނަށ" ކަމަށެވެ. އަދި އެ މާއްދާގެ )ށ( ގައި އޮތީ "ހިބައިން ނުވަތް ވަޞިއްޔަތުން ދޭމީހާއާއި، އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން" އެއީވެސ ހިބައިން ދިނުމުގެ ޝަރުތެއްގެ ގޮތުގައެވެ. މީގެ އިތުރުން އެ ޤަވާޢިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ "މި ޤަވާޢިދުގެ 2 ވަން ނަންބަރުގެ )ހ( ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ފަރާތްތަތަކަށް، ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނީ، ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭފަރާތް ނުވަތަ ފަރާތްތައް ފިޔަވައި އެނަންބަރުގައި ބުނެފައިވާ އެހެން ފަރާތްތަކުނ އިޢުތިރާޟްނުކުރާނަމައެވެ." މިފަދައިންނެވެ.
16ދަށުކޯޓުން މި ވާގިއާތަށް ކަށަވަރުކޮށްފައިވާގޮތަށ ބަލާއިރް ދަށު ކޯޓުގު ރިޕޯޓގު 9 ވަނަ ނުކުތާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ހިބައިން ދެވޭނީ ހިބައިން ދޭ މީހާއާއި، އެ މީހަކު ޝަރެޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނެ އެހެނ ތަނެއް ހަމަޖެހިފައިވާނަމ ކަމަށަ ބަޔާންކޮށްފައި އޮތްއޮތުމުގެ މައްޗަށް ކަމަށް ބަލާއިރު، […] އެވެ ކިޔާ އެއްމެދު އިމާރާތުގެ ނަންބަރ GAAKOSHI-A804 ފްލެޓް )ރަޖިސްޓްރީ ނަންބަރު އ.އ-184އ/ . […] ފްލެޓް A804-GAAKOSHI . ޤާނޫނު ނަންބަރު 2002/1 (01/GAAKOSHI-A804 އާއި އެ ފްލެޓްގައިވާ އެންމެހައި ނުއުފުލޭ މުދާ ހިބައިން ދިންނަމަވެސް، މާލެ، […] އަކް ޢާޡިމް ޝަރީފްގެ ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްކަމާއި ހުޅުމާލެ ފްލެޓް 04-3-95 އަކް ޢާޡިމް ޝަރީފްގެ މަންމަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓެ އްކަނ ހުށަހަޅާފައިވް ލިޔެކިޔުންތަކުން އެނގޭކަމާއި، އަދި ޢާޡިމް ޝަރީފް ދުނިޔޭގައި ހުރިހައި ދުވަހަކު އެފަރާތުގެ މަންމަގެ ނަމުގައި ހުޅުމާލޭގައި އޮތް ފްލެޓްގެ އާއަ އެފަރާތުގެ ބައްޕަގެ ގޭގައި ދިރިއުޅެވޭނ ކަމުގެ ޔަޤީންކަން އެފަރާތްތަކުން ދީފއިވާކަނ ހުށަހަޅާފައިވް ލިޔެކިޔުންތަކުން އެނގެން އޮތަތީ، ހިބައިން ދިނުމަށް ފުރިހަމަވާންޖެހޭ ކަންކަން މި މައްސަލައިގައި ފުރިހަމަވެއެވެ." އިސްވެ ބަޔާންކުރެވުނު ކަންކަން ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ގޮތަށް ބަލާއިރު، ޢާޡިމް ޝަރީފް އާއި ޢާޡިމް ޝަރީފްޝަރުޢީގޮތުން ބލަންޖެހަ މީހުން ދިރިއުޅުމަށް ތަނެއްހަމަޖެހިފައިވްކަނާ ދަށް ކޯޓުނު ކަށަވަރުކޮށްފައިވާކަނ އެނގެއެވެ. އަދި މިކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
17ސިވިލ ކޯޓުން ކުރް ޙުކުމަށް ބަލާއިރު، […] ނަންބަރު GAAKOSHI-A804 ފާލެޓ އާއް އެ ފްލެޓްގައިވާ އެންމެހައި ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ބަދަލުވި ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރޭގައި ޢާޡިމް ޝަރީފްގެ 18 އަހަރުން ދަށުގެ 4 ދަރިން ހިމެނެއެވެ.މ އިސްތިއުނާފި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އެދިފައިވަނީ އެ ފްލެޓްގެ މިލްކުވެރިކަން ހަމައެކަނި މަރްޔަމް ސަޢީދު އަށްބަދަލުކރު މަށެވެ.އިސްވެ ނަކަލުކުރެވުނު ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގައި، އެ ޤަވާޢިދުގެ 2 ވުނ މާއްދާގަ )ހ( ގައިވާ ފަރާތްތަކުގެ އިޢުތިރާޟްނެތްކަނ ކަށަވަރުކުރުން ހިމެނިފައި އޮތުމުގެ މަޤްސަދަކީ އެފަރާތްތަކުގެ މަސްލަހަތު ރައްކާތެރިކުރުން ކަމުގައިވާއިރު،މ މައްސަލައިގައި ހިމެނޭމަރްޔަމް ސަޢީދު އަކީ ޢާޡިމް ޝަރީފްގެ 18 އަހަރުން ދަށުގެ ދަރިންގެމަންމ ކަމަށަ ވުމާއެކު، ބުނެވުނު ފްލެޓްގެ މިލްކުވެރިކަން އެކުދިންގެ މަންމަގެ . މުޙައްމަދު މިޝްޢަލް ޢާޡިމް، އަޙްމަދު މަންހަލް ޢާޡިމް، އިސްމާޢީލް މުލްހަމް ޢާޡިމް، އާމިނަތު މަނާލް ޢާޡިމް ނަމަށް ބަދަލުކުރުމުން، މި މައްސަލައިގައި އެ ކުދިންގެ މަސްލަޙަތުވެސް ހިމާޔަތްކުރެވޭ ކަމުގައި ދެކެމެވެ. އަދި މި އިސްތިއުނާފީ މައްސަލައިގައި ފާޠިމަތު މަލަކް ޢާޡިމްގ ފަރާތުން ބުނެފައިވަނީ އެ ފްލެޓްގެ މިލްކުވެރިކަން ހަމައެކަނި މަރްޔަމް ސަޢީދުއަށް ބަދަލުކުރުމާމެދު އިޢުތިރާޟް ނުކުރާކަމަށެވެ.މީގެ އިތުރުން ދަށު ކޯޓުން ފާހަގަކޮށްފައިވާ 9 ވަނަ ނުކުތާއަށް ބަލާއިރު، މި މައްސަލައިގައި ފްލެޓްގެ މިލްކުވެރިކަން މަރްޔަމް ސަޢީދު އަށް ބަދަލުކުރުމާމެދު ޢާޡިމް ޝަރީފްގެ މަންމަ އާއި ބައްޕަގެ ބަސްވެސ ލިބިފައިވާކަން އެނގެއެވެ.
18މި މްއްސަލައިގައަ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަންބޮޑުވުނީއޮތީ، މި މައްސަލައިގެ ތެރެއިން ހިބަލިބޭ ފަރާތްތަކުގެ ގޮތުގައި ޢާޡިމް ޝަރފްގ 5 ދަރިން އިތުރުކުރުމާމެދުގައެވެ. އިސްވެ ނަކަލުކުރެވުނު ދަށު ކޯޓުގެ ރިޕޯޓުގެ 9 ވަނަ ނުކުތާއަށް ބަލާއިރު، ޢާޡިމް ޝަރީފްއާއި ޢާޡިމް ޝަރީފް ޝަރުޢީގޮތުން ބެލުން ހަވާލުވެފައިވާ މީހުން ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވި ކަން އެނގެން އޮތުމާއި، މި މައްސަލައިގައ މަރްޔަމްސަޢީދުގެ ނަމަށް އެ ފެލެޓްގެ މިލްކުވެރިކަން ބަދަލުވާ ޙާލަތުގައިވެސް، މި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ މަސްލަޙަތު ރައްކާތެރިކުރެވޭތީ އާއި، ހަމައެކަނި މަރްޔަމް ސަޢީދުގެ ނަމަށް އެ ފްލެޓްގެ މިލްކުވެރިކަން ބަދަލުކުރުމާމެދު ފާޠިމަތާ މަލަކް ޢާޡިމްގެ އިއުތިރުޟެއ ނެތް ކަން އެނގެން އޮތުމާއި، މ މައްސަލައިގައި ދަށު ކޯޓަށް ޢާޡިމް ޝަރީފްގެ މަންމަ އާއި ބައްޕަގެ ބަސް ވެސް ލިބިފައިވުމާއެކިމި އިސްތިއުނާފީ މައްސަލައިގައ ހިމެނޭ އެންމެހާ ފަރާތްތަކުނ އެދިފައިވާ ފަދައިން، ޢާޡިމް ޝަރީފްގެ ނަމުގައާރަޖިސްޓްރކޮށްފައިވާ […] ފްލެޓް GAAKOSHI-A804 ) ރަޖިސްޓރަ ނަންބަރު އ.އ-184އ/(01/GAAKOSHI-A804 އާއިފްލެޓްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެ މިލްކުން ކަނޑައި ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދުގެ އިތުރުން 5 ދަރިންނަށް ހަމަހަމައަށް މިލްކުވެގެންވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކޮށް، އެ . މިއީ ޢާޡިމް ޝަރީފްގެ ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިވާ ފަރާތެވެ. ފްލެޓްގެ މިލްކުވެރިކަން ބަދަލުވާ ފަރާތަކީ ހަމައެކަނި ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދު ކަމަށް މި އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަނޑައެޅުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަށ ނުދެކެމެވެ.
19HN5މި މައްސަލައިގައި ދަށު ކޯޓުން މުރުތަހިނުގެ ބަސް ނަގާފައި ނުވިނަމަވެސް،މަރްޔަމް ސަޢީދު އަށް އ ފްލެޓްގެ މިލްކުރެވިކަނ ބަދަލް ކުރުމާމެދު މުރުތަހިނުގެ އިއުތިރާޟެއ ނެތް ކަމަށް ބަޔާންކޮށްފައިވް ސިޓީއެއް ދާ ށ ކޯޓަށް ހުށަހެޅިފައިވުމއެކު،މުރުތަހިނުގެބަސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ލިބިފައިވެއެވެ. އަދްދެފަރާތުންވެސް އެދިފައިވަނީ މި މައްސަލަ ތަހުވީލުކުރުމަކާނުލައި،ބުނެވިދިޔަ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން މ މައްސަލައިގައި ޙުކުމް ކޮށްދިނުމަށްކަމަށްވާތީ،މުރުތަހިނުގެ ބަސްއިތުރަށ ހޯދުމަށޓަކައ މި މައްސަލަ ތަހުވީލުކުރަންޖެހޭ ކަމަކަށް ނުދެކެމެވެ.
ނިންމަން ފެންނަގޮތް
20އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2896-CVC-2023 ޤަޟިއްޔާގަ ޙުކުމުގައިޢާޡިމް ޝަރީފްގެ ނީމުގައާރަޖިސްޓަރާކޮށްފައިވާ […] އެވެ ކިޔާ، ގޯތީގައިވާ ނންބަރ GAAKOSHI-A804 )ރަޖިސްޓަރީ ނަންބަރު އ.އ-184އ/(01/GAAKOSHI-A804
833.1 އަކަފޫޓުގެ އެއްމެދު އިމާރާތުގެ ފްލެޓާއި، އެ ފްލެޓްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެ މިލްކުން ކަނޑައި، ޢާޡިމް ޝަރީފްގެ 05 ދަރިން ށ ހަމަހަމައަށް މިލްކުވެގެންވާކަމަށ ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް،[…] ފްލެޓް GAAKOSHI-A804 )ރަޖިސްޓަރީ ނަންބަރު: އ.އ-184އ/(01/GAAKOSHI-A804 ގައިވާ އިމާރާތާއި ނުއުފުލޭ މުދާ އަދި ފްލެޓް ހިމެނޭ އެއްމެދު އިމާރާތުގެ ބިން ފްލެޓް މިލްކުކޮށްފައިވާ ނިސްބަތުން މިލްކުވެގެންވަނީ ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސަޢީދު އަށް އެކަނި ކަމަށް ކަނޑައަޅައި، މަރްޔަމް ސަޢީދުގެ ނަމަށް އެ ފްލެޓް ބަދަލުވި ކަމުގައިވީނަމަވެސް، ރަހުނުގެ އެއްބަސްވުމުގެ ދަށުން އެ ފްލެޓްގެ މައްޗަށް މޯލްޑިވްސ އިސްލާމިކ ބޭންކް ޕލކ އަށް އޮތް ރަހުނު ޙްއްޤުތަކާއެކ ރަހުނު އެއްބަސްވުން ދެމިގެންދާނެ ކަމަށ ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަނު ޝަފީޢުގެ ރައުޔު ؛
21ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު؛
22ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
23މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށްބިނާކޮށްވެސ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 2896-CVC-2023 ޤަޟިއްޔާގެ ޙުކުމުގައި ޢާޡިމް ޝަރީފްގެ ނަމުގައި ރަޖިސްޓަރކޮށްފައިވާ […] އެވެ ކިޔާ، ގޯތީގައިވާ ނަންބަރ GAAKOSHI-A804 )ރަޖިސްޓަރީ ނަންބަރު އ.އ-184އ /(01/GAAKOSHI-A804 833.1 އަކަފޫޓުގެ އެއްމެދު އިމާރާތުގެ ފްލެޓާއި، އެ ފްލެޓގައިވާ އިމާރާތާއި ނުއުފުލޭ މުދާ ޢާޡިމް ޝަރީފްގެމިލްކުން ކަނޑައި، ޢާޡިމް ޝަރީފްގެ 05 ދަރިން ކަމުގައިވާ މާލެ، […] މުޙައްމަދު މިޝްޢަލް ޢާޡިމްއާއި މާލެ، […] އަޙްމަދު މަންހަލ ޢާޡިމް އެއާ މާލެ، […] އިސްމާޢީލް މުލްހަމ ޢާޡިމް އާއި މާލެ، […] ލައިން، އާމިނަތު މަނާލ ޢާޡިމް އާއި މާލެ، ހަ.ލްއިޓްލައިން، ފާޠިމަތު މަލަކ ޢާޡިމް އަށް ހަމަހަމައަށް މިލްކުވެގެންވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، […] ފްލެޓް GAAKOSHI-A804 )ރަޖިސްޓްރީ ނަންބަރު އ .އ-184އ/(01/GAAKOSHI-A804 ގައިވާ އިމާރާތާއި ނުއުފުލޭ މުދާ އަދި ފްލެޓް ހިމެނޭ އެއްމެދު އިމާރާތުގެ ބިން ފްލެޓް މިލްކުކޮށްފައިވާ ނިސްބަތުން މިލްކުވެގެންވަނީ ޢާޡިމް ޝަރީފްގެ އަނބިމީހާ، ސ.ފޭދޫ، ޑިއަރެސްޓް، މަރްޔަމް ސ ޢީދ އަށު އެކަން ކަމަށި ކަނޑައަޅައި، މަރްޔަމް ސަޢީދުގެ ނަމަށް އެ ފްލެޓް ބަދަލުވި ކަމުގައިވީނަމަވެސް، ރަހުނު އެއްބަސްވުމުގެ ދަށުން އެ ފްލެޓްގެ މައްޗަށް . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.