އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް މަލާޒް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2469/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދޯނި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ މަރާމާތުގެ ޚަރަދާ ގުޅޭ މާއްދާތައް (11.3، 11.4، 12.1) ދަށުކޯޓުން މާނަކުރި ގޮތާއި، ކުލި ނަގައިދިނުމުގައި ހެކި ވަޒަންކުރި ގޮތް ރަނގަޅުތޯއާއި، ނޯޓިސް ދީގެން އެއްބަސްވުން ނިމުމަށް އައުމުން ދޯނި އަނބުރާ ގެންގޮސް ޙަވާލުކުރުމުގެ ޒިންމާ އޮތީ ކޮން ފަރާތެއްގެ މައްޗަށްތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި (ދަށުކޯޓުގެ ޙުކުމުގެ 1 ވަނަ ނަންބަރު (167,000 ރުފިޔާ) ޤާއިމްކޮށް، ދޯނި ފ.ނިލަންދޫއަށް ގެންގޮސް ޙަވާލުކުރުމަށް އަމުރުކުރި 2 ވަނަ ނަންބަރު ބާޠިލުކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްބަސްވުމުގެ ވަކި މާއްދާއަކުން (12.1) ޞަރީޙަކޮށް ކަނޑައަޅާފައިވާ ކަމެއް ނަތީޖާ ނެރުމަށް، އެހެން މާއްދާތައް (11.3، 11.4) މާނަކުރުމުގައި މަފްހޫމުލް މުޚާލަފާ ތަޠުބީޤުކުރަންޖެހޭ ސަބަބެއް ނެތެވެ؛ ދަށުކޯޓުން ބޭނުންކުރި މާނަކުރުމުގެ އުޞޫލުގެ ސަބަބުން ބޭއިންސާފު ނަތީޖާއެއް ނުނިކުމެއްޖެނަމަ، އެ ނުކުތާއާމެދު އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭކަށް ނުވެއެވެ.
HN2 ހެކިވެރިއެއްގެ ހެކިބަހާމެދު ދަށުކޯޓުން ގޮތް ކަނޑައަޅާފައިވަނީ ހެކިބަސް އެއްކޮށް އެއްފަރާތްކޮށްގެން ނޫން ކަމާއި، އެ ފަރާތުން ދަށުކޯޓުގައި ކުރި ވަކާލާތަށް ރިޢާޔަތްކޮށްކަމުގައި ވާއިރު، އެ ކަނޑައެޅުމާ ޚިލާފުވާ ޤާނޫނީ ހަމައެއް ނުވަތަ އުޞޫލެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާނަމަ، ދަށުކޯޓުގެ ހެކި ވަޒަންކުރުމަށް އިސްތިއުނާފުގައި ބަދަލެއް ނުގެނެވެއެވެ.
HN3 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ؛ ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ލިބި ހުށަނާޅާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް ހައިކޯޓުން އެ ކަންކަމަށް ރިޢާޔަތްކުރަން ނުޖެހޭނެއެވެ.
HN4 ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ ތެރެއިން ޙައްލެއް ލިބެން އޮތް ކަމެއްގައި، ޝަރީޢަތުން އިތުރު ގޮތްތަކެއް ކަނޑައަޅަންޖެހޭ ޙާލަތެއް ނެތެވެ.
HN5 ކުއްޔަށް ދިން އުޅަނދު "ނޯޓިސްގެ މުއްދަތު ހަމަވުމުގެ ސަބަބުން" ކުއްޔަށް ދިން ފަރާތުން ގެންދަންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެއީ ވަކި ފަރާތަކުން ނޯޓިސް ދޭ ޙާލަތަކަށް ޙައްދުވާ މާއްދާއެއް ނޫނެވެ؛ ނޯޓިސްގެ މުއްދަތު ހަމަވެ އެއްބަސްވުން ނިމުމަކަށް އައުމުން (އެއްބަސްވުމާ ޚިލާފުވުމެއްގެ ސަބަބުން ނޫން ކަމުގައި ވާއިރު) އުޅަނދު އަނބުރާ ގެންދިއުމުގެ ޒިންމާ އޮތީ ކުއްޔަށް ދިން ފަރާތުގެ މައްޗަށެވެ؛ އެހެންކަމުން އުޅަނދު ރަށަށް ގެންގޮސް ޙަވާލުކުރުމަށް ކުއްޔަށް ހިފި ފަރާތަށް އަމުރުކުރުމަކީ އެއްބަސްވުމާ ޚިލާފު ކަމެކެވެ.
HN6 މީހެއްގެ އަގުހުރި މުދަލެއް ޙަވާލުވާންޖެހޭ ފަރާތުން ޙަވާލުނުވި ކަމަށް ބުނެ، ޤާނޫނީ އިމުގެ ތެރެއިން ޙަވާލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް، އަޅާލުމެއް ނެތި ދޫކޮށްލައި އެ މުދަލަކާމެދު އެއްވެސް ފަރާތަކުން އިހުމާލުވެގެން ނުވާނެއެވެ؛ އެފަދަ ކަމެއް ހިނގައިފިނަމަ ގެއްލުމުގެ ބަދަލު ނުވަތަ މުދާ ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު އޮންނަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެން އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑްގޫފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފ.ނިލަންދޫ، މަލާޒް، މޫސާ ޢަބްދުއްރަޙީމް އެވެ. މައްސަލައިގެ ފަސްފަހަތް 4 3
2ފ.ނިލަންދޫ، މަލާޒް، މޫސާ ޢަބްދުއްރަޙީމްގ "ގިރިޓީ" އެވެ ކިޔް ދޯނި އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑަށާ ކުއްޔަށް ދިނުމެގުޅޭގޮތުން މި ދެފަރާތުގެ ދެމެދު 20 ސެޕްޓެމްބަރު 2017 ގައި ލިޔުމުން އެއްބަސްވުމެއް ވެފައިވެއެވެ.
3މި އެބަސްވުމުގެ މުއްދަތަކީ 20 ސެޕްޓެންބަރު 2017 އިން ފެށިގެން މީލާދީ 2 އަހަރެވެ. ކުއްޔަކީ މަހަކު 30,000/-ރ. )ތިރީސ ހާސް ދިވެހި ރުފިޔާ( އެވެ.
42018 ޖުލައި މަހާ ހަމައަށް ދައްކަންޖެހޭ މަހު ކުލި ލިބިފައިވާކަމާމެދު ދެފަރްތުގެ މެދުގައި ޚިލާފެއާ ނެތެވެ. މީގެ އިތުރުން 2018 އޮގަސްޓު މަހުގެ ކުލީގެ ތެރެއިން ބާކީ 5000/-ރ. )ފަސް ހާސް ދިވެހި ރުފިޔާ( ނުދެއްކިވާކަމަށްވެސ ދެފަރާތުން އެއްބަސްވެއެވެ. . ރަޖިސްޓްރީ ނަންބަރު 0523/2013-C . ދރއ. ދރއ. ރަޖިސްޓްރީ ނަންބަރ )06-L(01-P5119A އުޅަނދު "ގިރިޓީ" . ރަޖިސްޓްރީ ނަންބަރު 0523/2013-C ދަށުކޯޓަށް ހުށަހަޅާފައިވާ ނަންބަރު: 01AB/AGR/2017/ )20 ސެޕްޓެމްބަރު 2017( އެއްބަސްވުން.
5ދޯނީގެ އިންޖީނު މަރާމާތުކުރުމަށް މޫސާ ޢަބްދުއްރަޙީ މުފޮނުވި އިންޖާނޭރަކި ލައްވައި އިންޖީނު މަރާމްތުކުރުމުގެ ސަބަބުން އިންޖީނަށް ދިމާވި މައްސަލަ ހައްލުނުވެ، އިތުރަށް ގޯސްވުމުގެ ސަބަބުން އިންޖީނުގެ ހާލަތ ރަނގަޅު ކުރެވެން ނެތް ކަމަށް ބުނެ އެއްބަސްވުމުގ 15.1 ގައިވާ ގޮތުގެ މތިނަ 2 މަސްދުވަހުގެ ނޯޓިސް ދީ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި 17 ޑިސެންބަރު 2018 ގައި އެޓޯލް ބެންޑްގެ ފަރާތުން މޫސާ ޢަބްދުއްރަޙީމް އަށް ނޯޓިސްގެ ސިޓީ ފޮނުވިއެވެ. އަދ 1 ޖަނަވަރީ 2019 ގައިވެސް އެޓޯލް ބެންޑުގެ ފަރާތުން މޫސާ ޢަބްދުއިރަޙީމ އަށް ސިޓީ އެއް ފޮނުވާފައިވާ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. މި ސިޓީގެ ޖަވާބުގައި 2 ޖަނަވަރީ 2019 ދުވަހު މޫސާ ޢަބްދުއްރަޙީމްގެ ހުށަހެޅުންތަކަކާއެކު އެޓޯލް ބެންޑަށް ސިޓީ ފޮނުވިއެވެ. އަދި މި ސިޓީގައިވާ ހުށަހެޅުންތައް އެޓޯލް ބެންޑުން ޤަބޫލނުކުރާނަމަ ޝަރީޢަތަށް މައްސަލަ ހުށަހަޅާނެ ކަމަށް އެސީޓިގައި މޫސާ ޢަބްދުއްރަޙީމް ބުނެފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ޤަޟިއްޔާ
6އިސްވެ ބުނެވުނު ސިޓީ އަށް ފަހުމޫސާ ޢަބްދުއްރަޙީމް ސިވިލް ކޯޓަށް ނަންބަރ 607/Cv-C/2019 ޤަޟިއްޔާ ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެއްބަސްވުން ބާޠިލްކުރުމަށް އެޓޯލް ބެންޑުން ފޮނުވި ނޯޓިސްގެ މުއްދަތުގެ ތެރޭގައެވެ.އެ މައްސަލައިގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ފަރުވާތައް ހޯދުމަށެވެ.
6.1. އެއްބަސްވުން ބާޠިލު ކުރުމް ހަމައަށް ކުލި ހޯދނ
6.2. އެއްބަސްވެފައިވާގޮތަށް ދޯނީގެ ކަންކަން ބަލަހައުޓާފައިނުވާތް ލިބުން ގެއްލުމުގެ ބަދަލު ހޯދުން
6.3. އެއްބަސްވުމުގެ ދަށުން ދޯނި ގެންދިޔައިރު އޮތް ޙާލަތުގައި ދޯނި އަނބުރާ ގެނެސް ޙަވާލުކުރުން . މިވާގިއާތައް މިގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/02 ޤަޟިއްޔާގައި ގާއިމްވެފައިވޭ
6.4. ދޯނި އެހެލާ މަރާމާތުކުރުމަށް ދާނެ ޚަރަދު އަދި އިންޖީނު އޯވަރހޯލް ކުރުމަށްދާން ޚެ ރަދ ހޯދުނު
7ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ޤަޟިއްޔާގައި އެޓޯލް ބެންޑްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށް، އެޓޯލް ބެންޑުގެ މައްޗަށް އަމުރުކޮށްފައިވަނ އަންނަނިވި ކަންކަމެވެ.
7.1. ދައުވާ ގައި ހޯދުމަށް އެދުނު ފައިސާގެ ތެރެއިން 246,932/-ރ. )ދެލައްކަ ސާޅީސްހަހާސް ނުވަސަތޭކަ ތިރީސް ދެރުފިޔާ( އަކީ އެޓޯލް ބެންޑުން މޫސާ ޢަބްދުއްރަޙީމް އަށް ލިބިދޭންޖެހްފައިސާކަނ ސާބިތުވާތީ އެ ފައިސ 30 )ތިރީން( ދުވަހުގެ ތެރޭގައި ދެއްކުމަށް.
7.2. އެޓޯލް ބެންޑުގ ބެލުމުގެ ދަށުގައިވާ "ގިރިޓީ" ދޯނި 20 )ވިހި( ދުވަހުގެ ތެރޭގައިރައްކާތެރިކަމާއެކ ފ. ނިލަންދޫ ފަޅަށ ގެންގޮސް މޫސާ ޢަބްދުއރަޙީމްއާ ޙަވާލުކުރުމަށް.
ހައިކޯޓުގެ ނަންބަރު 2019/HC-A/296 ޤަޟިއްޔާ
8ބުނެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން އެޓޯލް ބެންޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގ ނަންބަރު 2019/HC-A/296 ޤަޟިއްޔާގައި އެ މައްސަލަ ބަލައި، ސިވިލް ކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށ ކަނޑައަޅައި ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާ
9އ މައްސަލެ ދިވެހިރާއްޖޭގެ ހައިކޯޓުން ނިމުނުގޮތާމެދު ހިތްހަމަނުޖެހިގެން އެޓޯލް ބެންޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން ނަންބަރ 2021/SC-A/02 ޤަޟިއްޔާއިން އެ މައްސަލަ ބަލައި،ސިވިލް ކޯޓުގައި ހިންގި މައުޟޫއީ މައްސަލާގއަ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑގު ޣައިރު ޙާޟިރުގައި ގޮތެއް ކަނޑައަޅާފައިވަނީ މަދަނީ މައްސަލަތައް ނިންމުމުގެ އިޖުރާޢަތާ ޚިލާފަށްކަމުގައިވާތީ، އސްތިއުނާފ ކުރުމަށު ހައިކޯޓަށް ހުށަހެޅް ފޯމްގައި ބަޔާންކޮށްފައިވާ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވި ތިން ނުކުތާއާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/296 ޤަޟިއްޔާގެ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 607/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގެ ދެވަނަ ނުކުތާގެ ދަށުގައި ބަޔާންކޮށްފައިވާ ތިން ނުކުތާއާމެދު އަލުން ސިވިލް ކޯޓުން މައްސަލަ ބެލުމަށްޓަކައި، ސިވިލް ކޯޓަށް ތަޙޯވީލު ކުރުމަށްޓަކައ ހައިކޓަށޯ މައްސަލް ތަޙުވީލުކޮށްފައިވެއެވެ.
ހައިކޯޓުގެ ނަންބަރު 05/2-A-HC/2120ޤަ ޟިއްޔާ
10އިސްވެ ބުނެވުނު ފަދައިން ހައިކޯޓަށް މައްސަލަ ތަހުވީލުކުރެވުމުން ބެލި ޤަޟިއްޔާއަކީދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A-2/05 ޤަޟިއްޔެއެވާ. އ ޤަޟިއްޔާގައްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ސިވިލް ކޯޓަށް މައްސަލަ ތަޙްވީލުކޮށް ޙުކުމްކޮށްފައި ވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާ
11ބުނެވުނު ފަދައިން ހައިކޯޓުން ސިވިލް ކޯޓަށް ތަހުވީލުކުރި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2469/Cv-C/2021 ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. "ދެންފަހެ، އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑގު މައްޗަށް މޫސާ ޢަބްދުއްރަޙީމް ހުށަހަޅާފައިވާ މި ދަޢުވާގައި، 1- އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑްނ މޫސާ ޢަބްދުއްރަޙީމއަށ 167,000/-ރ. )އެއްލައްކަ ފަސްދޮޅަސް ހަތްހާސް( ރުފިޔާ ދައްކަންޖެހޭކަން ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މި ފައިސ މޫސާ ޢަބްދުއްރަޙީމް އަށް ލިބިދިނުމަށްޓަކައ 19 ސެޕްޓެންބަރު 2023 މި ދުވަހުގެ ނިޔަލަށް މި ފައިސާ ސިވިލ ކޯޓަށް ދެއްކުމަށް އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑަށް އަންގައިފީމެވެ. 2- ކުއްޔަށް ދިންއިރު އޮތް ޙާލަތުގައި، ކުއްޔަށް ދިން އިރު ހުރި ޙާލަތަށް ގެއްނަންޖެހޭނަމަ އެކަމެއް ފުރިހަމަކުރުމަށްފަހު، ނަންބަރ L)(06-P5119A-01 "ގިރިޓީ ދޯނި" ފ.ނިލަންދުއަށް ގެންގޮސް 26 ސެޕްޓެންބަރު 2023 މި ދުވަހުގެ 16:00 ގ ކުރިންމޫސާ ޢަބްދުއްރަޙީމއަށް ދޯނި ޙަވާލުކުރުމަށް އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައިފީމެވެ."
12މި ޙުކުމާމެދު ހިތްހަމަނުޖެހިގެން އެޓޯލް ބެންޑުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
13ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާއިސްތިއުނާފުކުރަމުން އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ އަންނަނިވި 03 )ތިނެއ( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާނިންމެވުމުގައި، ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގ 11.3 އަދި 11.4 މާނަކުރަންޖެހޭ ޙާލަތެއް ނެތި މާނަކުރައްވާފައިވުމާއި، އަދި އެދެމާއްދާ މާނަކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް )މިނިސްޓްރީ އޮފް ޓްރންސްޕޯޓ އެންޑް ކޮމިއުނިކޭޝަން( 2021 65 SC ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލުތަކާއި ޚިލާފަށްކަމަށްވުމާއި، އެދެމާއްދާ މާނަކުރެއްވުމުގައި ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގ 16 ވަނަ މާއްދާއާ އެކީއެކަށް ދޫކޮށްލާފައިވަނީ 16 ވަން މާއްދާއާ ޚލާފަށި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: އެއްބަސްވުމުގެދަށުން ކުލީގެ ގޮތުގައި، ނަގައިދިނުމަށް، އިސްތިއުނާފުރައްދުވާ ފަރާތުން އެދުނު ފައިސާ އެފަރާތަށް ދެއްކުމަށް ސިވިލް ކޯޓުގެ ނަންބަރ 2469/Cv-C/2021 ޤަޟިއްޔާ ނިންމެވުމުގައި، ނިޔާކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 2013/10 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާޚިލާފަށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. • ތިނވަން ނުކުތަ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާ ނިންމެވުމުގައި އެއްބަސްވުމުގ 15 ވަނަ މާއްދާ މާނަކުރުމުގައި އެއްބަސްވުމުގައި ނެތް އިލްތިޒާމެއް އިސްތިއުނާފުކުރެ ފަރާތާ މަތިކޮށް، ދޯނި ފ.ނިލަންދޫ ފަޅަށ ގެންދިއުމަށް އަމުރުކޮށްފައިވަނ އެއްބަސްވުމުގ 15 ވަނި މާއްދާއާ ޚިލާފަށްކަމާއި، އެކަމާ ގުޅޭ އ އްބަސްވުމުގެ ދެންހުރި މާއްދާތަކަށްވެސް ރިޢާޔަތްކުރުމަކާނުލައި ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ. އެއްބަސްވުން މާނަކުރުމާ ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފ ފުރަތަމަ ނުކުތާ
14އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި އެޓޯލް ބެންޑުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެއްބަސްވުމުގ 11.3 އަދި 11.4 ދަށު ކޯޓުން މާނަކޮށްފައިވަނީ، އެ ދެ މާއްދާ މާނަކުރަންޖެހޭ ޙާލަތެއް ނެތި ކަމަށެވެ. އަދި އެ ދެ މާއްދާ މާނަކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/34 ޤަޟިއްޔާއާ ޚިލާފަށް މާނަކޮށް، ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ 16 ވަނަ މާއްދާ އެކީ އެކަށް ދޫކޮށްލާފައިވާކަމަށެވެ. އެގޮތުން އުޅަނދު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި ފުރަތަމަ 3 މަސްދުވަހު ދޯނީގެ އިނެޖީނަށ މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ކުއްޔަށް ހިފި ފަރާތުގެ އިހުމާލެއް ނެތް ދޯންޏަށް ކުރަންޖެހޭ މަރާމާތު ކުރަންޖެހޭނީ ކުއްޔަށް ދިން ފަރާތުން ކަމަށް އެއްބަސްވުމުގ 11.3 އަދި 11.4 ވަނަ މާއްދާއިން އެނގެން އޮތުމުން، އޭގެ ފަހުން ދޯނީގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އެޓޯލް ބެންޑުނ ކަމަށް ކަނޑައަޅައި މަފްހޫމުލް މުޚާލަފާގެ ދަށުން ދަށު ކޯޓުން މާނަކޮށްފައިވާކަމަށެވެ.އަދި އެގޮތަށް މާނަކުރުމުގައި، އެއްބަސްވުމުގައި ނުހިމެނޭ ކަންކަމާމެދު ޢަމަލުކުރަން އޮތް ގޮތް ބަޔާންކުރާ އެއްބަސްވުމުގ 16 ވަނަ މާއްދާ ދަށު ކޯޓުން ދޫކޮށްލާފައިވާކަމަށެވެ. އެހެންކަމުން އެއީ އެއްބަސްވުމާ ޚިލާފު މާނަކުރުމެއް ކަމަށެވެ.
15ޖަވާބުގައިމޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން މަފްހޫމުލް މެޚާލަފާ ތަޠުބީޤުކޮށް އެއްބަސްވުމުގ 11.3 އަދި 11.4 ވަނަ މާއްދާ މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ އެޓޯލް ބެންޑުން ހުށަހެޅި ނުކުތާއާ އެއްބަސްވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގ 12.1 ވަނަ މާއްދާ އަށް ބަލާއިރު، ކުލީގެ މުއްދަތުގެ 3 މަސް ފިޔަވައި ބާކީ މުއްދަތުގައިދޯނީގެ މަރާމަތަށް ޚަރަދުކުރަންޖެހޭނީ ދޯނި ކުއްޔަށް ހިފި އެޓޯލް ބެންޑުނ ކަން ސާފުކޮށް ބަޔާންކޮށްފައިވ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ފަނޑިޔާރު އެއްބަސްވުމުގެ
11.3 އަދި 11.4 މާނަކުރެއްވުމުގައ ބޭނުންކުރި ހަމަ ރަނގަޅު ނުވި ނަމަވެސް، ނަތީޖާއަކީ އެއް ނަތީޖާއެއް ކަމުން ދަށު ކޯޓުން މި ނުކުތާގައި ނިންމި ނިންމުމަށް އަސަރުނުކުރާކަމަށެވެ.
16HN1މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އެއްބަސްވުމުގަ 11.3 އަދި 11.4 ވަން މާއްދާ މާނަކުރުމުގައި ދަށް ކޯޓުގު ފަނޑިޔާރު މަފްހޫމުލް މުޚާލަފާ ތަޠުބީޤުކޮށް ގޮތް ކަނޑައަޅާފައިވީނަމަވެސު،ދެފަރާތުގެ މެދުގައި އޮތް އެއްބަސްވމުގ 11.3 ވަނަ މާއްދާގައި ބަޔާންކުރާ 3 މަސްދުވަހުގެ މުއްދަތުގެ ފަހުން ދޯންގެ ޚަރަދުތައީ ކުރަންޖެހޭނީ އެޓޯލް ބެންޑުނ ކަން އެއްބަސްވުމުގެ 12.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.އެގޮތުން އެއްބަސްވުމުގ 11.3 ވަނަ މާއްދާ، 11.4 ވަނަ މާއްދާ އަދި 12.1 ވަނަ މާއްދާގައި އޮތީ އަންނަނިވ ފަދައިންނެވެ.
11.3 "މ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުޅަނދު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ފުރަތަމަ 3 )ތިން( މަސްދުވަހުގެ ތެރޭގައި އުޅަ ނދަ ގެ އިންޖީނަށް އޭގެ ޒާތުގައި ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ މަރާމާތުކުރުމަށް ދ ޚަރަދާ ދިނުމަކީ "ކުއްޔަށް ދޭފަރާތުގެ" ޒިންމާއެކެވެ." ދަށުކޯޓަށް ހުށަހަޅާފައިވާ ނަންބަރު: 01AB/AGR/2017/ )20 ސެޕްޓެމްބަރު 2017( އެއްބަސްވުން.
11.4 "މިއެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުޅަނދު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ފުރަތަމަ 3 )ތިން( މަސްދުވަހު "ކުއްޔަށް ހިފާފަރާތުގެ" އިހުމާލެއްނެތި އުޅަނދު ބާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އޭގެ ޒާތުގައި ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ މަރާމާތުކުރުމަށް ދާޚަރަދު ދިނުމަކީ "ކުއްޔަށް ދޭފަރާތުގެ"ޒިންމާއެކެވެ."
12.1 "މ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުޅަނދު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގައި )މާއްދާ 11.3 ގައު ބަޔާންކުރި މުއްދަތާ ފިޔަވައި( އުޅަނދު )އިންޖީނާއެކު( މެއިންޓެނެންސްކޮށް ބެލެހެއްޓުމަށް ދ ޚަރަދާ ދިނުމަކީ "ކުއްޔަށް ހިފާފަރާތުގެ" ޒިންމާއެކެވެ." މި މާއްދާތައް މިފަދައިން ހުރިއިރު، އެއްބަސްވުމުގެ 11.3 އަދި 11.4 ވަނަ މާއްދާ މާނަކުރުމުގައި މަފްހޫމުލ މުޚާލަފާ ތަޠި ބީޤުކުރަންޖެހޭ ސަބަބެއް ނެތެވެ. އަދ މަފްހޫމުލް މުޚާލަފާ ތަޠުބީޤުކޮށްދަށ ކޯޓުގު ފަނޑިޔާރު ނެރެފައިވާ ނަތީޖާ އަކީ އެއްބަސްވުމުގ 12.1 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވްގެންވާ ކަމެކެވެ. އެހެންކަމުނ އެއްބަސްވުމުގެ 11.3 އަދި 11.4 މާނަކުރުމުގައި ދަށު ކޯޓުގެފަނޑިޔާރު އިޚްތިޔާރުކުރާ އުސޫލުގެ ސަބަބުން ބޭއިންސާފު ނަތީޖާއެއޭނުކމެފައިވާ ހާލަތެއް ކަމުގައި ނުބެލެވުތީ،މި ނުކުތާއާމެދު އިތުރަށް ރިޢާޔަތުކޮށ ގޮތް ކަނޑައެޅުމުގެ ބޭނުމެއް އޮތް ކަމުގައި ނުދެކެމެވެ. ކުލި ނަގައިދިނުމުގައި ހެކި ވަޒަންކުރުމާ ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާ
17މާ ނުކުތާގައި އެޓޯލް ބެންޑުގެ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ ކުލީގެ ފައިސ ނަގައިދީފައިވްއިރު، މަރާމާތުގެ ގޮތުގައި އަޅާކިނޑުމަށް އެދިފައިވާ އެއްވެސް މިންވަރެއް އަޅާކަނޑާނެ ތަނެއް ނެތް ކަމަށް ނިންމާފައިވަން ހެކިތަކަށް ފުރާހަމައަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށެވެ. އެގޮތުން އެޓޯލް ބެންޑުނ ހުށަހެޅި ހެކިވެރިޔު އާދަމް އަޙްމަދެއަކީ ޚަބީރްއ ކަމުގައް ނުވާތީ، އާދަމް އަޙްމަދުގެ ހެކިބަސް ދަށު ކޯޓުނ . ދރއއެއްފަރާތް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް އެޓޯލް ބެންޑުން ފާހަގަކުރެއެވެ.އެގޮތުން ފާހަގަކޮށްފައިވަނީ އާދަމް އަޙްމަދު ހާޟިރުކޮށްފައިވާނީ އެއްބަސްވުމުގެ ފުރަތަމަ 3 މަހު އަދި އޭގެ ފަހުންވެސް ދޯންޏައް މައްސަލަތައް ދިމާވަމުނ ދިޔަކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އެއީ ޚަބީރެއްގެ ބަސް ބޭނުންވާ ކަމެއްވެސް ނޫން ކަމަށެވެ.އަދި ހުށަހެޅިފައިވާ ހެކިތަކުން އުޅަނދުގެ ހުރިހާ މަރާމާތަކަށް ޚަރަދުކުރީ އެޓޯލް ބެންޑުންކަނ އެނގެން އޮންނަ ކަމަށެވެ. ހަމަ އެހެންމާކުލި ލިބެމުން ނުދާނަމަ އުޅަނދު އަނބުރާ ގެންދަން މޫސާ ޢަބްދުއްރަޙީމް މަސައްކަތް ކުރާނެ ކަމަށް ވެސް މިނުކުތާގައި އެޓޯލް ބެންޑުން ފާހަގަކޮށްފައިވެއެވެ.
18ޖަވާބުގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފީ މަރުޙަލާގައި އެޓޯލް ބެންޑުން މ ނުކުތާގައި ހުށަހަޅި ބަހުސަކީ އާ ބަހުސެއް ކަމަށެވެ. އެގޮތުން އުޅަނދުގެ އިންޖީނުގެ ބޮޑު މަރާމާތެއ ކުރަންޖެހުނ އެއްބަސްވުމުގ 3 މަހުގެ ފަހުން ކަމަށް އެޓޯލް ބެންޑުނ ދަށް ކޯޓުގައު ވާކަލާތު ކޮށްފައިވާކަމަށެވެ. އަދި އާދަމް އަޙްމަދުގެ ހެކިބަސް ނެގުނު ފަހުން ޚުލާސާ ބަޔާނުގައިވެސް އެޓޯލް ބެންޑުން މި މޭރުމުން މިކަން ބަޔާންކޮށްފައިވާކަމަށެވެ.އެހެންކަމުން މި ފަދައިން މި ނުކުތާ މިހާރު އިސްތިއުނާފުގައި ފާހަގަނުކުރެވޭނ ކަމަށެވެ. ހަމަ އެހެންމެ އެއްބަސްވުމުގެ ފުރަތަމަ 3 މަހަށްފަހު އުޅަނދަށް ޚަރަދު ކުރަންޖެހެނީ އެޓޯލް ބެންޑުންކަން އެއްބަސްވުމުގައި ބަޔާންވެގެންވާ ކަމަށެވެ.
19މި ނުކުތާއަށް ޝަރީޢަތުން ރިޢޔަތްކުރިއާ ރ،އެޓޯލް ބެންޑުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ޖަވާބާއި، ބަޔާންތަކަށް ބެލިއިރު،އެޓޯލް ބެންޑުން ބުނެފައިވަނީ އެއްބަސްވުމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އުޅަނދުގެ އިންޖީނަށް ދިމާވީ ކުދި މައްސްލަތަކެއ ކަމުގައް ބަލައިގެން އިންޖީނުގެ މަރާމާތުތައ ކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުން ދިމާވި މައްސަލަތަކުގައި ދެފަރާތުންވެސް ޚަރަދުކުރާގޮތަށ އެއްބަސްވެގެން މޫސާ ޢަބްދުއްރަޙީމްގެ ފަރާތުންވެސް އިންޖިނޭރަކު ލައްވާ މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ދޯނި ބޭނުންނުކުރެވޭ ވަރު ވެފައިވާކަމަށެވެ. އެގޮތުންދަށ ކޯޓަށު ހ ށަހެޅިފައިވާ އެޓޯލް ބެންޑުގްޖަވާބާއ ބަޔާންތަކުން މި ނުކުތާތަށް ފާހަގަވާ ބައިތައް ތަރުތީބުން ނަކަލުކޮށްލާނަމަވެ. "ކުއްޔަށް ހިފިތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އިންޖީނުގައ މައްސަލި ޖެހެން ފެށިއެވެ. ނަމަވެސް އިންޖީނު މަރާމާތުކޮށްފައިވާނީ، ކުއްޔަށް ހިފި ފަރާތުންނެވެ. ސަބަބަކީ އެއް ކުދި މައްސަލަތަކެއް ކަމަށްވާތީއެވެ." "2018 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ކުލި ދެއްކުމުގައި މައްސަލައެއް ނެތް ކަމަށް ދައުވާކުރާފަރާތުންވެސް ބުނެއެވެ. އަދި ދެފަރާތުގެ މެދުގައި މަޝްވަރާކުރެވި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުނެއިންޖިނޭރަކު ފޮނުވީ ހަމަ އެމަހުގައިކަމަށ ވެސް ދައުވާކުރާ ފަރާތުނ އެއްބަސްވެއެވެ...އެހެންކަމުން ކުލީގެ މަގުސަދު ހާސިލުނުވާތ ކުލީ ނުދައްކާހުރުމުގ ޙައްޤު ދައުވާލިބޭ ފަރާތަށް ނެތްކަމަށް ކަނޑައެޅޭ ހާލަތެއްގައިވެސް ކުލީގެ މިންވަރު ކަނޑައެޅެންވާނީ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުން ނުލިބިފައިވާ އަދަދާއި އޭގެ ފަހަށް 17 ފެބުރުވަރީ 2019 ގ ނިޔަލަށް ލިބެންޖަހޭ ކުލީގެ ޖުމްލަ މިންވަރުން، އެ ންވޮއިސްތަކުގައިވާ ޖުމްލަ މިންވަރު އަޅާކނޑާ ބެލުމަށްފަހު ކަމުގައި ދެކެމެވެ." "ފުރަތަމަ 3 މަހުގައި ދިމާވަމުން ދިޔަ މައްސަލަތަކުގެ ސަބަބުން ދޯނި ބޭނުންކުރުން އެއްކޮށް ހުއްޓިފައިނުވާތ މިއީ ކުދި މައްސަލަތަކެއް ކަމަށް ދެކި އެއްބަސްވުމުގެ 11.3 އަދި 11.4ގެ ދަށުން ދައުވާލިބޭ ފަރާތުން ދިޔައީ ކުރަންޖެހުނު މަރާމާތުގެ ޚަރަދު ކުރަމުންނެވ". "ކުއްޔަށް ހިފިތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އިންޖީނުގައ މައްސަލި ޖެހެން ފެށިއެވެ. ނަމަވެސް އިންޖީނު މަރާމާތުކޮށްފައިވާނީ، ކުއްޔަށް ހިފި ފަރާތުންނެވެ. ސަބަބަކީ އެއް ކުދި މައްސަލަތަކެއް ކަމަށްވާތީއެވެ." . ދަށު ކޯޓަށް ހުށަހެޅުނު ދައުވާލިބުނު އެޓޯލް ބެންޑުގެ ޖަވާބު ހުށަހަޅާ ފޯމު، ކަންހިނގާފައިވާގޮތުގ ތަފްސީލުގެ 5 ވަނަ ނުކުތާ . ދަށު ކޯޓަށް ހުށަހެޅުނު "ދައުވާލިބޭ ފަރާތުންހުށަހަޅާ ފުރަތަމަ ބަޔާން" )08 ނޮވެންބަރު 2021،( 10 ވަނަ ނުކުތާ އަދި 14 ވަނަ ނުކުތާ . ދަށު ކޯޓަށް ހުށަހެޅުނު "ދައުވާލިބޭ ފަރާތުން ހެއްކާ ގުޅިގެން ހުށަހަޅާ ބަޔާން" ) މ3 2023،( 3.2 ވަނަ ނުކުތާ . ދަށު ކޯޓަށް ހުށަހެޅުނު "އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ ޚުލާސާ ބަޔާން" )24 މޭ 2023،( 3.4 ވަނަ ނުކުތާ
20HN2ދަށާ ކޯޓުނު މިނުކުތާގައި ހެއްކަށް ރިޢާޔަތްކުރުމުގައި އާދަމް އަޙްމަދުގެ ހެކިބަސްއެއްފަރާތްކޮށްފައިވ ކަމަށާ އެޓޯލް ބެންޑުން ފާހަގަކުރާތީ، ދަށު ކޯޓަށްއ ދަމ އަޙްމަދް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ކޮންކަމެއް ސާބިތުކޮށްދިނުމަށްތިބަލަންޖެހެއެވެ. އެގޮތުންއެޓޯލް ބެންޑުނ ދަށް ކޯޓަށު ހުށަހެޅިހެކި ލިސްޓަށް ބަލާއރައާދަމް އަޙްމަދުގެ ފަރާތުން ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ދޯނި ހަވާލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ދޯނީގެ އިންޖީނަށ މައްސަލަތައް ދިމާވެފައިވާކަމާއި އެ މައްސަލޯތު އ ހައްލުކުރުމަށް އެޓްލް ބެންޑް ނ ޚަރަދުތަކެއެ ކުރަންޖެހުނކަމވެ.
21ދަށު ކޯޓގު ރިޕޯޓުގެ 22 ވަނަ ނުކުތާގައި އާދަމް އަޙްމަދުގެ ހެކިބަހުން އެނގެން ހުރި ކަންކަން ޚުލާސާކޮށް ބަޔާންކޮށްފައިވެއެވެ. އަދި 23 ވަނަ ނުކުތާގެ )ނ( ގައި ބަޔާންކޮށްފައިވަނީ އާދަމް އަޙްމަދުގެ ބަހުގައި އެއްބަސްވުމުގެ ފުރަތަމަ 3 މަހުގައިއުޅަންދަށްމައްސަލަ ދިމާވިކަމަށް ބުނެފައިވާއިރު، އެޓޯލް ބެންޑުގެ ބަހުން އެއީ ބޮޑެތި މައްސަލަތަކެއް ނޫންކަން އެނގެން އޮތުމާއި، އާދަމް އަޙްމަދުގެ ނަން ހުށަހަޅާފައިވަނީ ޚަބީރެއްގެ ގޮތުގައި ކަމަށް ނުވާތީ، ދިމާވި މައްސަލަތައް ވަޒަންކޮށް ބަހެއް ބުނުމަކީ އާދަމް އަޙްމަދުގެ އ ބަހަށް ބުރަދަން ދެވިދާނެ ކަމެއް ނޫން ކަމަށެވެ.
22ދަށު ކޯޓުން ފާހަގަކޮށްފައިވާ މިކަންކަމަށް ބަލާއިރު، ދަށުކޯޓުނ އާދަމް އަޙްމަދުގެ ހެކިބަސް އެއްކޮށް އެއްފަރާތ ކުރް ނޫނީ ކަމާއި، ދައުވާއާ ގުޅިގެން އެޓޯލް ބެންޑުގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތު ކޮށްފައިވާ ގޮތަށް ރިޢާޔަތްކޮށް، އެހެކިބަހާމެދ ގޮތު ކަނޑައަޅާފައިވަނީ ކަން އެނގެއެވެ. މި ކަނޑައެޅުން ޚިލާފުވާ ޤާނޫނ ހަމައެއް އަދި އުސޫލެއް އެޓޯލް ބެންޑުގެ ފަރާތުން ހައިކޯޓުގައި ބުނެދެވިފައި ނުވެއެވެ. އެހެނީ ދަށު ކޯޓުގައި އެޓޯލް ބެންޑުނ މުޅިންވެސް ވަކާލާތު ކޮށްފައި ހުރީ ފުރަތަމަ 3 މަސްދުވަހު އުޅަނދުގެ އިންޖީނަށް ދިމާވީ ކުދި މައްސަލަތަކެއް ކަމުގައި ދެކިގެން މަރާމާތުތައް ކށްފައިވާނ ކަމުގެ މައްޗަށެވެ. މީގެ އިތުރުން ހެކިބަސް . ދައުވާލިބުނު އެޓޯލް ބެންދުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅިހކި ލިސްޓް . ދަށުކޯޓުގެ ރިޕޯޓުގެ 23 ވަނަ ނުކުތާގެ )ނ( ގައި ފާހަގަކޮށްފައިވާ ކަންކަން ނަގާނިމުނުފަހުނ އެޓޯލް ބެންޑުނ ހުށަހެޅް ޚުލާސާ ބަޔާނުގައި ވެސް ބަޔާންކޮށްފައިވަނީ "ކުއްޔަށް ހިފިތާ ފުރަތަމަ ތިނ މަސް ދުވަހުގެ ތެރޭގައި ވެސް އިންޖީނުގައ މައްސަލި ޖެހެން ފެށިއެވެ. ނަމަވެސް އިންޖީނު މަރާމާތުކޮށްފައިވާނީ، ކުއްޔަށް ހިފި ފަރާތުންނެވެ. ސަބަބަކީ އެއީ ކުދި މައްސަލަތަކެއް ކަމަށްވާތީއެވެ" މިފަދައިންނެވެ. ހަމައެހެންމ ފުރަތަމަ 3 މަސް ދުވަހު ދޯނީގެ އިންޖީނަށް ބޮޑެތި މައްސަލަތަކެއް ދިމާވިކަންއެޓޯލް ބެންޑަށ ދަށު ކޯޓުގައި ސާބިތުކޮށްދެވިފައިވާކަނ އެނގޭކަށް ނެތެވެ. އެއްބަސްވުމުގެ 12.1 އަށަ ބަލާއިރް އެއްބަސްވުމުގ ފުރަތަމެ 3 މަސްދުވަސް ފިޔަވައި ބާކީ އޮތް މުއްދަތުގައި އުޅަނދުގެ ޚަރަދުތަކަށް ޒިންމާވާނީ އެޓޯލް ބެންޑެވެ.
23HN3ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަން މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައ ކަނޑައަޅާފައިވާ މާއްދާއެކެވެ. މިގޮތުން މި މާއްދާގެ )ހ( ގައި ވަނީ އަންނަނިވި ފަދައިންނެވެ.
32)ހ( ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
24ބަނެވިދިޔެމާއްދާގައި އެފަދައިން ބަޔާންވެގެން ވުމުން ދިވެހަރާއްޖޭގީހައިކޯޓުނ މައްސަލަތައް ބަލްންވާނ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަން އެނގެއެވެ. ދަށު ކޯޓުގައި ފާހަގަކޮށް، ވާހަކަދެއްކުމަށް ފުރުޞަތު ލިބި،ދަށު ކޯޓަށު ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓި މައްސަލއަ ގައް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފއިވެއެވެ.އަދ މި ނިންމެވުމަށް ދިވެހިރީއްޖޭގެ ސުޕްރީމް ކޯޓުންވެސާ ތާއީދު ކުރައްވައި އެހަމަ އެގޮތުގައި ދަމަހައްޓަވާފައިވެއެވެ.އިހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ދަށެ ކޯޓަށި ހުށަހެޅުމަށް ފުރުޞަތު ލިބި ދަށު ކޯޓުގައްފާހަގަކޮށްފައިނުވ ކަންކަނާ އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭނެ ކަން އެނގެއެވެ. . ޤާނޫނު ނަންބަރު 2010/22 . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ . . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ . ދޯނި ފ. ނިލަންދޫ ފަޅަށް ގެންގޮސް އަނބުރާ ޙަވާލުކުރުމަށް އަމުރުކޮށްފައިވުމ ގުޅާ އިސްތިއުނާފީ ތިންވަނަ ނުކުތާ
25އިސްތިއުނާފީ ތިނވަން ނުކުތާގައި އެޓޯލް ބެންޑުނ ފާހަގަކޮށްފައިވަނީއެއްބަސވުމުގް 15 ވަނަ މާއްދާ މާނަކުރުމުގައ އެއްބަސްވުމުގައި ނެތި އިލްތިޒާމެއް އިސްތިއުނާފުކުރާ ފަރާތާ މަތިކޮށް، ދޯނި ފ.ނިލަންދޫ ފަޅަށ ގެންދިއުމަށް އަމުރުކޮށްފައިވަނީ އެއްބަސްވުމުގ 15 ވި ނ މާއްދާއާ ޚިލާފަށްކަމަށާއެއެކަމާ ގުޅޭ އެއްބަސްވުމުގެ ދެންހުރި މާއްދާތަކަށްވެސް ރިޢާޔަތްކުރުމަކާނުލައި ކަމަށެވެ. އެގޮތުން އެއްބަސްވުމުގ 16 ވަނަ މާއްދގައާ އެއްބަސްވުމުގައި ނެތި ކަމެއް ދިމާވުމުން، ދެފަރާތުން އެއްބަސްވާގޮތަކަށ އެކަމެއް ކުރިއަށް ގެންދިއުމާއި، އެއްބަސްނުވެވޭންމަ ޝަރީޢަތަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް އެމާއްދާގައ ބަޔާންކޮށފައިވާކަމަށެވެ.
26މިނުކުތާގެ ޖަވާބުގައި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ފާހަގަކޮށްފައިވަންކުލި ނުލިބިގެން ޝަރީޢަތަށް މައްސަލަ ހުށަހެޅިފައިވާއިރު، އެޓޯލް ބެންޑުންއެއްބަސްވުމ ޚިލާފުވެފައިވާ ޙާލަތުގައި ދޯނި އަނބުރާ ފ. ނިލަންދޫ ފަޅަށ ގެނެސް ޙަވާލުކޮށްދިނުމަކީ އެޓޯލް ބެންޑުގެ ޒިންމާއެއް ކަމަށެވެ. 27މި.ނުކުތާގެ މައްޗަށްދެފަރާތުނ ދަށް ކޯޓުގައު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެއްބަސްވުމުގައ ބަޔާންކުރާ "ގިރިޓީ" ދޯންޏަކީ އެޓޯލް ބެންޑުގެ ބޭނުމަށް ފ. ނިލަންދޫ ފަޅުނ މާލެއަށް ގެނެސް، މާލެއިން 20 19 އެޓޯލް ބެންޑާ ޙަވާލުކުރެވުނު އުޅަނދެއް ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި އުޅަނދު އަނބުރާ ގެންދިއުމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. . ދަށު ކޯޓަށް މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ހުށަހެޅި ދައުވާކުރާ ފަރާތުގެ ބަޔާން )13 އޮކްޓޫބަރު 2021،( 11 ވަނަ ނުކުތާ . މިކަމާމެދު ދަށު ކޯޓުގައި އެޓޯލް ބެންޑުން އިންކާރުކޮށްފައި ނެތެވެ.
15.1 "އުޅަނދު ކުއްޔަށް ހިފާފައިވާ މުއްދަތް ހަމަވުމުގެކުރިން "ކުއްޔަށްހިފާފައިވާ ފަރާތުން" އުޅަނދު ދޫކޮށްލަން ބޭނުންވެއްޖެނަމަ ސަބަބު ބަޔާންކޮށް "ކުއްޔަށް ދޫކުރާފަރާތަށް" ލިޔުމަކުން 02 )ދޭއް( މަސްދުވަހުގެ ނޯޓިސް ދޭންވާނެއެވެ. އަދި "ކުއްޔަށް ދޫކުރާފަރާތުން" އުޅަނދު ގެންދަން ބޭނުންވެއްޖެނަމް"ކުއްޔަށް ހިފާފަރާތަށް" ސަބަބު ބަޔާންކޮށް ލިޔުމަކުން 02 )ދޭއް( މަސްދުވަހުގެ ނޯޓިސް ދޭންވާނެއެވެ. ނޯޓިސްގެ މުއްދަތުގައި ދެފަރާތުންވެސް މިއެއްބަސްވުމަށް ހުރުމަތްތެރިކޮށްހިތާ މިއެއްބަސްވުމުގައިވ ގޮތުގެމަތިން ޢަމަލުކުރަން ޖެހޭނެއެވެ.
15.2 މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ސަބަބުން "އުޅަނދު ކުއްޔަށް ދޫކުރާފަރާތުން" އުޅަނދު ގެންދަންވާނީ އުޅަނދުގައި "ކުއްޔަށް ހިފާފަރާތުން" އަރުވާފައިވ އެންމެހާ އާލަތްތަކާއި ބަހައްޓާފައިވާ ސާމާނު "ކުއްޔަށް ހިފާފަރާތާއި" ޙަވާލުކުރުމަށްފަހުގައެވެ.
28މިނުކުތާއާމެދު ދަށު ކޯޓުގެ ޙުކުމުގައިކަނޑައަޅާފައިވަނީ އުޅަނދު ކުއްޔަށް ދިންއިރު އޮތް ހާލަތަށް ގެންނަންޖެހޭނަމަ އެކަމެއް ފުރިހަމަކުރުމަށްފަހު އެ އުޅަނދު އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނފ. ނިލަންދޫ އަށް ގެންގޮސް މޫސާ ޢަބްދުއްރަޙީމްއާ ޙަވާލުކުރުމަށެވެ. މިފަދައިން ދަށު ކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި މައިގަނޑު 3 ސަބަބް ބަޔާންކޮށް އެކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
28.1. އެއްބަސްވުމުގެ 15 ވަނަ މާއްދުއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން ބާޠިލްކުރާ ޙާލަތު ބަޔާންކުރާ މާއްދާއެއް ކަމަށް ނުބެލެވނ، . ދަށު ކޯޓުގެ ޙުކުމް
28.2. އެއްބަސްވުމުގެ 15.2 ވަނަ މާއްދާ މާނަކޮށް، އާ މާއްދާގައި ބަޔާންކުރަނީ މޫސާ ޢަބްދުއްރަޙީމްގެ މައްޗަށް ދޯނި އަނބުރާ ގެންދިއުން ލާޒިމް ކުރުމުގެ ބަދަލުގައި މޫސާ ޢަބްދުއްރަޙީމް ދޯނި އަނބުރާ ގެންދާ ހާލަތުގައި ޢަމަލުކުރަން އޮތް ގޮތް ކަމަށ ބެލެވުނު
28.3. މޫސާ ޢަބްދުއްރަޙީމްގެ ވިޔަފާރި އެޑްރެސް ހުންނަނީ ފ. ނިލަންދޫ ގައި ކަމަށްވުން، މިއެވެ.
29HN4ދށަ ކޯޓުނު މިފަދައިން ކަނޑައަޅާފައިވީނަމަވެސް، ދެފަރިތުގެ މާދުގައްއޮތ އެއްބަސްވުން ބާޠިލްކުރުމަށް އެޓޯލް ބެންޑުގެ ފަރާތުނ 2 މަސްދުވަހުގެ ނޯޓިސް ދީފައިވާކަން އެނގެން އެބައޮތެވެ. އެހެންކަމުނީމް މައްސަލައިގައި އޮތ އެއްބަސްވުމުގެ 15.1 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލްކުރުމަށް ކުއްޔަށް ހިފި ފަރާތުން ބޭނުންވި ހާލަތެވެ. މިނޯޓިސްގެ މުއްދަތު ހަމަވުމުގެ ސަބަބުން "އުޅަނދު ކުއްޔަށް ދޫކުރާފަރާތުން" އުޅަނދު ގެންދަންވާނީ ގޮތެ އެ އެއްބަސްވުމުގ 15.2 ވަނަ މާއްދާގައި އެވަނީ ބަޔާންކޮށްފައެވެ. އެހެންކަމުނ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގެ ތެރެއިން ހައްލެއް ލިބެން އޮތް ކަމެއްގައި ޝަރީޢަތުން އިތުރު ގޮތްތަކެއް ކަނޑައަޅަންޖެހޭ ހާލަތެއް އޮތް ކަމުގައި ނުދެކެމެވެ.
30HN5އެގޮތުން އެއްބަސްވުމުގެ 15.2 ވަނަ މާއްދާގައި ކުއްޔަށް ހިފި ފަރާތުން ނުވަތަ ކުއްޔަށް ދޫކުރިފަރާތުން ނޯޓިސް ދޭ ހާލަތު ކަމަށް ބަޔާންކުރުމުގެ ބަދަލުގައި "ނޯޓިސްގެ މުއްދަތު ހަމަވުމުގެ ސަބަބުން" މިފަދައިން ބަޔާންކޮށްފައި އޮތުމުން، މިއީ ވަކި ފަރާތަކުން ނޯޓިސް ދޭ ހާލަތު ކަމަށް މާނަކުރެވގެންވާނ ކަމަށެ ނުދެކެމެވެ. މި މޭރުމުން ބަލާއިރު، ނޯޓިސްގެ މުއްދަތު ހަމަވި،އެއްބަސްވުން ބާޠިލްކުރެވޭ ހިސާބުން، ދޯނި އަނބުރާ ގެންދްއުމަކީ ދޯނި ކުއްޔެށ ދިން ފަރާތުގެ ޒިންމާއެއްކަން ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުން އެނގެން އޮވެއެވެ.
31މ މައްސަލައިގައި މޫސާ ޢަބްދުއްރަޙީމް އެންމެ ފުރަތަމަ ދަށު ކޯޓަށް މައްސަލަހުށަހަޅާފައިވަނީ އެޓޯލް ބެންޑުނ އެއްބަސްވުން ނިމުމަކަށެގެންނަނ ނޯޓިސް ދީފައިވަނިކޮށް،އާނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން ކަނި އެނގެން އޮވެއެވެ. އެގޮތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އެޓޯލް ބެންޑްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލްކުރުމާއެކު ގެއްލުމުގެ ބަދަލު ހޯދުމަށާއި ދޯނި އަނބުރާ ހޯދުމަށެވެ.
32އެއްބަސްވުނ ނިމުމަކަށް ގެންނަށ އެޓޯލް ބެންޑުނ ނޯޓިސް ފޮނުވާފައިވާކަމާމެދު ޚިލާފެއް ނެތެވެ. އަދި ނޯޓިސްގެ މުއްދަތުގެ ނިޔަލަށް އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެއެވެ.އެހެންކަމުން އެއްބަސްވުން ނިމުމަކަށް އައި ޙަޤީޤީ ސަބަބަކީ އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ. އެއްބަސްވުން ނިމުމަކަށް ގެނައުމަށ އެޓޯލް ބެންޑުން ފޮނުވި ނޯޓިސް އެވެ. އެހެންކަމުން އެއްބަސްވުމުގ 15.2 ވަނަ މާއްދްގައިވާ ފަދައިން އުޅަނދު ކުއްޔަށް ދޫކުރާފަރާތުގެ ހައިސިއްޔަތުން މޫސާ ޢަބްދުއްރަޙީމެދޯނި އަނބުރާގެންދިއުމުގ ޒިންމާ އުފުލްން މަޑުޖެހެންވ ސަބަބެއެ މޫސާ ޢަބްދުއްރަޙީމ އަށް ބަޔާންކޮށްދވިފައި ނުވެއެވެ.
33މި މައްސަލައިގައި އިސްތިއުނާފު ކުރެވިފައިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި 21 އޮކްޓޫބަރު 2021 ދުވަހު މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ހުށަހެޅި "ދައުވާކުރާ ފަރާތުގާ ބަޔާން" ގައި ފާހަގަކޮށްފައިވަނީ އެޓޯލް ބެންޑުނ އެއްބަސްވުމާ ޚިލާފުވެ، އެއްބަސްވުން ބާޠިލްކުރާ ހާލތުގައ ދޯނި އަނބުރާ ހަވާލުކުރަންޖެހޭ ގޮތެއް އެއްބަސްވުމުގައ ނެތި ކަމަށެވެ. އެގޮތުން ދައުވާކޮށްފައިވަނީ އެޓޯލް ބެންޑުނ އެއްބަސްވުމް ޚިލާފުވެފައިވާތީ، އ އބަސްވުނ ނިމުމަކަށް ގެނެސް ދޯނި އަނބުރާ ހޯދުމަށާއި ދައްކަންޖެހި ނުދައްކާވާ ކުލި ހޯދުމަށް ކަމަށްވެފައި އެކަން ކުރުމަށް އެޓޯލް ބެންޑުން ދެކޮޅު ހަދާ ހާލަތުގައި ވާހަކަދައްކައިގެން ހައްލު ހޯދޭނެ މަގެއް ނޯންނާނެ ކަމަށެވެ. ދެން އޮތީ ޝަރީޢަތުން ހައްލު ހޯދައިދިނުން ކަމަށެވެ. . ސިވިލް ކޯޓަށް ނަންބަރު 607/Cv-C/2019 ޤަޟިއްޔާ . ދަށު ކޯޓުގައި 21 އޮކްޓޫބަރު 2021 ދުވަހު މޫސާ ޢަބްދުއްރަޙީމްގެ ފަރާޔުން ހުށަހެޅި "ދައުވާކުރާ ފަރާތުގާ ބަޔާން " ގެ 11 ވަން ނުކުތާގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން
34ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމުގ 15.1 ވަނަ މާއްދގައާ ވްގޮތުގެ މަތިނީއެއްބަސްވުނ ބާޠިލްކުރުމުގެ ނޯޓިސް ދާ،އެއްބަސްވުނ ނިމުމަކަށް ގެނެވިފައިވާ މިހާލަތުގައިދޯނި އަނބުރޭހޯދުމަށ ކުރަންޖެހޭ ކަންކަން ކުރުމަކީ އެއްބަސްވުމުގެ 15.2ވަން މާއްދާގަ ދަށުން މޫސާ ޢަބްދއްރަޙީމްގެ މައްޗަށ އޮތް ޒިންމާއެކެވެ.
35ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެޓޯލް ބެންޑުގެ ފަރާތުން ފާހަގަކޮށްފައިވަނީ ދޯނި އަނބުރާ ގެންދިއުމަށް ތަކުރާރުކޮށް މޫސާ ޢަބްދުއްރަޙީމް އަށް އެންގުން ނަމަވެސު އެކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ. އެޓޯލް ބެންޑުން ފާހަގަކުރި މިނުކުތާތަކމެދ މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރުކޮށްފައި ނުވެއެވެ. އަދި އެކަމާމެދު ވަކި ނުކުތާއެއް ފާހަގަކޮށްފައި ވެސް ނެތެވެ.
36ވީމާ، މިނުކުތާގައި ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާޚިލާފަށ އަދި މައްސަލައިގެ ވާގިއާ އަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައ ކަމަށި ނުފެންނާތީ، ކުއްޔަށް ދިން އިރު އޮތް ހާލަތުގައި ފ. ނިލަންދޫ އަށް އުޅަނދު ގެންގޮސް މޫސާ ޢަބްދުއްރަޙީމްއާ ދޯނި ޙަވާލުކުރުމަށް ދަށު ކޯޓުނ ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
37ދޯނީގެ މިހާރުގެ ޙާލަތާގުޅޭގޮތުނ ހައިކޯޓުގް ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތުން ސުވާލުކޮށް ސާފުކުރުމުން، އެޓޯލް ބެންޑް އާއި މޫސާ ޢަބްދުއްރަޙީމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު،މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދަނިކޮށް "ގިރިޓީ" ދޯނި މާލެ ފަޅުތރެއަށެ ފެތްއަޑިއަށްގޮސްފައިވާކަމަށ ބުނެފައިވެއެވެ.
38އިސްވެ ބުނެވުނު ފަދައިން އެއްބަސްވުމުގެ 15.2 ވަނަ މައްދާއަށްބަލާއިރު، ދޯނި އަނބުރާ ގެންގޮސް މޫސާ ޢަބްދުއްރަޙީމްއާ ޙަވާލުކުރުމަކީ އެޓޯލް ބެންޑްގެ ޒިންމާއެއް ނޫނެވެ. ނަމަވެސެއެޓޯލް ބެންޑު ގެ ބެލުމުގެ ދަށގައ އޮތް "ގިރިޓީ" ދޯންޏާމޫސާ ޢަބްދުއްރަޙީމް ޙަވާލުނުވިކަމަށ އެޓޯލް ބެންޑުން ބުނާއިރު، އެ ދޯންޏާ މޫސާ ޢަބްދުއްރަޙީމް ޙަވާލުނުވެގެންދޯނި ޙަވާލުކުރުމަށަޝަރީޢަތަށްނުވަތ ކަމާގުޅޭ ދައުލަތުގެ އިދާރާއަކަށް މައްސަލަ ހުށަހަޅާފައިވާކަން ނުވަތަ އެހެންވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގޭކަށް ނެތެވެ.އަދި އެ ދޯނި އެޓޯލް ބެންޑުގ ބެލުމުގެ ދަށުގައި ވަނިކޮށް މާލެ ފަޅުތެރެއަށްފެތުއަޑިއަށެގޮސްފައިވާކަމާމެދި ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
39HN6މީހެއްގެ އަގުހުރި މުދަލެއް،އެ މުދަލަކާހަވާލުވާންޖެހޭ ފަރާތުން ހަވާލުނުވ ކަމަށި ބުނެ، އެ މުދާ ހަވާލުކުރުމަށް ޤާނޫނީ އިމުގެ ތެރެއިން އެކަށީގެންވާ މަސައްކަތެއް ކުރުމަކާނުލައި،އެއްވެސްއަޅާލުމެއްނެތ ދޫކޮށްލައި އެމުދަލަކާމެދު އެއްވެސްފަރާތަކުން އިހުމާލުވެގެން ނުވާނެއވެ.ހަމައެހެންމެ އެފަދަ ކަމެއް ހިނގައިފިނަމަ، ގެއްލުމުގެ ބަދަލުނުވަތަ އެ މުދޭ ހޯދުމަށް ދައުވާކުރެ މުގެ ފުރުޞަތަކީވެސް އޮންނަންޖެހނ ފުރުޞަތެކެވެ.
ނިންމަން ފެންނަގޮތް
40އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2469/Cv-C/2021 ޤަޟިއްޔާގެ ޙުކުމުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ތާއީދުކުރުމާއެކު، ޙުކުމުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައި ބާޠިލްކޮށް، މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރުފާޠިމަތު ފަރްހީޒު ގ ރައުޔު؛
41ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔގު 38 ވަނަ ނުކުތާ އާއި 39 ވަން ނުކުތަ ފިޔަވައި، އެރައުޔަށް އަހުރެނ ތާއީދުކުރަމެވެ."ގިރިޓީ" ދޯނި މިހާރު އޮތް ހާލަތަކީ މި މައްސަލައިގައި ދަށުކޯޓުން ގޮތެއް ނިންމާފައިނުވ ވާޤިއާ ކަމެއް ކަމުގައިވާތީ، މައްސަލަ ހިނގަމުން ދަނިކޮށް އައި މި ބާ ދަލުގެ ނަތީޖާއަށް މިކޯޓުން މިހިނދުގައި ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛
42ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
43މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)
- މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - ހައިކޯޓުގެ ނަންބަރު 2014/HC-A/83
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 (މި މައްސަލައިގެ ކުރީގެ މަރުޙަލާ؛ ވާޤިޢާތައް ޤާއިމްވި ޤަޟިއްޔާ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.