ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 922-CVC-2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް ބާޠިލުކުރަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، ދަޢުވާގެ ދިފާޢު ނުހުށަހެޅުނު މަޤުބޫލު ސަބަބެއް ނުދެއްކުމުން، ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކާއި އެހެން އެކަށީގެންވާ ސަބަބުތައް ނުބަލައި ހުށަހެޅުން ދޫކޮށްލެވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ބެލުމަށް 124 (ހ) ގެ ޝަރުޠު ފުރިހަމަވުމާއި ދަޢުވާގެ ދިފާޢު ނުހުށަހެޅުނު މަޤުބޫލު ސަބަބެއް ބަޔާންކޮށްދިނުން ޤާނޫނުގައި ޝަރުޠުކޮށްފައެއް ނުވެއެވެ؛ ނަމަވެސް ޙުކުމްކުރުމަށްފަހު ބޭކާރު ލަސްވުމަކާއެކު ހުށަހަޅާ ޙާލަތުގައި، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދޮރު ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ (ރިޔާސަތު ފަނޑިޔާރުގެ ރައުޔު).
HN2 124 (ށ) ގެ ދަށުން ހެއްކާއެކު ހުށަހެޅުމެއް ހުށަހަޅައިފިނަމަ ފަނޑިޔާރު ބަލަންޖެހޭނީ (ށ) ގައިވާ 2 ޙާލަތުން ޙާލަތެއް އޮތްތޯއެވެ، އެފަދަ ޙާލަތެއް އޮތްނަމަ ޙުކުމް ބާޠިލު ނުވަތަ ބަދަލުކުރަންވާނެއެވެ؛ ދިފާޢު ނުހުށަހެޅުނު މަޤުބޫލު ސަބަބެއް ނުދެއްކުމުން އެ ސަބަބުތައް އޮތްތޯ ވަޒަންނުކޮށް ހުށަހެޅުން ދޫކޮށްލުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު ދައްކާފައިވާ މަގެއް ނޫނެވެ.
HN3 124 (ހ) ގެ ދަށުން ޤާނޫނުގެ ޝަރުޠުތައް ފުރިހަމަނުވެ އިޖުރާއީ ނައްސުތަކާ ޚިލާފަށް (irregular) ކުރެވިފައިވާ ޣައިރު ޙާޟިރު ޙުކުމެއް ބާޠިލުކުރުމަކީ ފަނޑިޔާރުގެ އިޚްތިޔާރަކަށް ދޫކޮށްލާފައިވާ ކަމެއް ނޫން، ex debito justitiae ލާޒިމުވާ ކަމެކެވެ؛ (ށ) ގެ ދަށުން ވަނީ ޤަވާޢިދާ އެއްގޮތަށް (regular) ކުރެވިފައިވާ ޙުކުމެއް، ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ބަލައި ފަނޑިޔާރުގެ އިޚްތިޔާރީ ބާރުން ބާޠިލު ނުވަތަ ބަދަލުކުރުމެވެ.
HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 (ށ) ފަރުމާކޮށްފައިވަނީ އިނގިރޭސިވިލާތުގެ Civil Procedure Rules 1998 ގެ ރޫލް 13.3 އަސްލަކަށް ހަދައިގެން ކަމުން، އެކަމުގައި އިނގިރޭސި ޖުރިސްޕްރުޑެންސްގައި ކަނޑައެޅިފައިވާ އުޞޫލުތައް ތަޠުބީޤުކުރެވިދާނެއެވެ؛ (ށ)(1) ގެ "ޙަޤީޤީ ސަބަބު" (real prospect) ގެ މާނައަކީ ދަޢުވާ ކާމިޔާބުވާނެކަން ދެއްކުން ނޫން، ޤާނޫނީ ސަބަބުތައް އެކުލެވޭ، ޚިޔާލީ ނޫން، ބަހުސްކުރެވޭނެ ދިފާޢެއް (triable issue) އޮތުމެވެ؛ (ށ)(2) ގެ "އެހެން އެކަށީގެންވާ ސަބަބު" އަކީ ހަރުދަނާ، ބަލައިގަނެވޭނެ ސަބަބަކަށް ވާންޖެހޭނެއެވެ (މިސާލު: އަމިއްލަ ބާރުނުފޯރާ ސަބަބު، މުޢާމަލާތުގައި އޮޅުން، ޞިއްޙީ ސަބަބު)، އަދި އޭގައި ޝަރީޢަތަށް އޮޅުވާލުމުގެ ނުވަތަ އަމުރަށް ނުކިޔަމަންވުމުގެ ގަސްދެއް އޮވެގެން ނުވާނެއެވެ.
HN5 124 (ށ) ގެ އިޚްތިޔާރު ބޭނުންކުރުމުގައި ޚިލާފުވުމުގެ ސީރިއަސްކަމާއި ސަބަބާއި މައްސަލައިގެ ހުރިހާ ޙާލަތެއް (ހުށަހެޅުމުގެ އަވަސްމިން، ލަސްވުމުގެ ސަބަބު، ދިފާޢުގެ ބުރަދަން، ދަޢުވާކުރާ ފަރާތަށް ލިބޭ ބޭއިންސާފު) ވަޒަންކުރެވޭނެއެވެ؛ އެކަށީގެންވާ ސަބަބެއް ނެތި ބޭކާރު ލަސްވުން ހިމެނޭނަމަ އެކަން ވަޒަންކުރެވޭނީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށެވެ؛ ހުށަހެޅުން ހަމައެކަނި ބުނުމަކުން ނުފުދޭނެ، މެޑިކަލް ލިޔުން، އީމެއިލް ނުވަތަ އެފިޑަވިޓް ފަދަ ހެއްކާއެކު ހުށަހަޅަންވާނެއެވެ.
HN6 ދަޢުވާގެ ދިފާޢު ނުހުށަހެޅުނު ސަބަބަކީ 124 (ށ)(2) ގެ ދަށުން ވަޒަންކުރެވިދާނެ ކަމެއް ނަމަވެސް، (ށ) ގައިވާ އެހެން ކަންކަން އެއްފަރާތްކޮށް އެންމެ ފުރަތަމަ ބަލަންޖެހޭ ޝަރުޠެއް ނޫނެވެ؛ ދަޢުވާލިބޭ ފަރާތުން ދިފާޢުކުރެވޭނެ ސަބަބުތަކާއި އެހެން އެކަށީގެންވާ ސަބަބުތައް ހާމަކޮށްފައިވާނަމަ ކޯޓުން އެކަން ވަޒަންކޮށް ނިންމުމެއް ނިންމަންވާނެއެވެ.
HN7 ދަށުކޯޓުން އެއްވެސް މިންވަރަކަށް ވަޒަންނުކުރާ ކަމެއް (ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބު އޮތްތޯ) އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން ފުރަތަމަ ފަހަރަށް ވަޒަނެއް ނުކުރާނެއެވެ؛ އެކަން ވަޒަންކުރުމަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙުޒައިފާ މުޙައްމަދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް )މީގެ ފަހުން "ޓްރޭޑްނެޓް މޯލްޑިވްސް"(ގ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓަށާހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީޔުނިކ ޕްރައިވެޓ ލިމިޓެޑް އެވެ.
މައްސަލައިގެ ފަސްފަހަތް
2ޓްރޭޑްނެޓްމޯލްޑިވްސްގެ ފަރާތުން އިއުލާނުކުރި ވަންގަވަލޯންޗުކުރުމުގެ އިވެންޓަށް ޔުނިކާ ޕްރައިވެޓ ލިމިޓެޑނު ބިޑް ހުށަހަޅައި، އެ ބިޑު ކާމިޔާބު ކުރިނަމަވެސް، ބިޑު ބާޠިލުކޮށްފައިވަނީ އިންފޮމޭޝަން ޓީ ބިޑަރސް )އައިބީޓީ( އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި،އިވެންޓ ގުޅިގެނާ ޔުނިކާ ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހުނު ޚަރަދާއި، ޝަރީޢަތުގެ ޚަރަދު އެކީއެއްފަހަރާ ހޯދުމަށް އެދި ޔުނިކާ ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ނަންބަރ 2574/Cv-C/2023 ޤަޟިއްޔާ ހުށަހެޅިއެވެ.
3އެ ޤަޟިއްޔާގައިދައުވާގެ ލިޔުންތަކާ ޙަވާލުވެ، ދިފާއު ހުށަހެޅުމުގުމުއްދަތުގައި ޓްރޭޑްނެޓް މޯލްޑިވްސްގެ ފަރާތުން މައްސަލައިގެ ދިފާއު ހުށަހަޅާފައިނުވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ޔުނިކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށި ހުށަހެޅިއެވެ. އެ ހުށަހެޅުމާ ގުޅިގެން އެ ޤަޟިއްޔާގައި ޙުކުމްކޮށްފައވަނީ ޓްރޭޑްނެޓް މޯލްޑިވްސްގެ ޣައިރު ހާޟިރުގައެވެ. . ރަޖިސްޓްރީ ނަންބަރު: 10472019-C . ރަޖިސްޓްރީ ނަންބަރު: 0271/2013-C
4އެ މައްސަލައިގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، 20 ފެބުރުވަރީ 2024 އިން ފެށިގެން 14 )ސާދަ( ދުވަހުގެ ތެރޭގައި 362,385/54ރ. )ތިންލައްކަ ފަސްދޮޅަސްދެހާސް ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސްހަތަރުލް ރ( ޔުނިކާ ޕްރައިވެޓް ލިމިޓެޑްއަށް ދެއްކުމަށްޓްރޭޑްނެޓ މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް އަންގައި،ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑގް ޣައިރު ހާޟިރުގައި ޙުކުމްކޮށްފީމެވެ."
5ސިވިލް ކޯޓުގެ ނަންބަރު 2574/Cv-C/2023 ޤަޟިއްޔއިނާ ޓްރޭޑްނެޓް މޯލްޑިވްސްގެ ޣައިރު ޙާޟިރުގައި ކޮށްފައިވްއިސްވެ ބުނެވުންޙުކުމ ބާޠިލްކުރުމަށް އެދް ޓްރޭޑްނެޓް މޯލްޑިވްސެގެ ފަރާތުން ސިވިލ ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 922-CVC-2024 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ޙުކުމް
6ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަން އަންނަނިވި ފަދައިންނވެ. "ދެންފަހެ، ބުނެވުނު ކަންތައްތައް އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 2574/Cv-C/2023 ޤަޟިއްޔާ އިނ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-10472019( ގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް އެދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓާ ޑުނ ހުށަހެޅި ހުށަހެޅުން ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ ތަނެއްނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔ ނިންމީއެވެ." ސިވިލް ކޯޓުގެ ޙުކުމް ބިނާކުރި މައިގަނޑު ސަބަބު
7ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާ ގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.
7.1. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަން މާއްދާގަ )ހ( ގައިވާ ޝަރުތުތައް ފުރިހަމާވަނަމަ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރަން ލާޒިމްވި ނަމަވެސީއ މާއްދާގެ )ށ( ގައި ވ ހާލަތްތަކުގައި އެ ޙުކުމް ބާޠިލްކުރުމަކްނުވަތަ ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ބެލެވުން.
7.2. އެގޮތުން ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ރިޢާޔަތްކުރުމުގައި ދައުވާގެ ދިފާއު ހުށަނޭޅުނ މަޤުބޫލު ސަބަބެއް އޮތްތޯ ބެލުމަށްފަހު ނޫނީ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ ކުރިއަށް ގެންދިއުމަކީ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމުގައި ވެދާނެކަން.
7.3. މި މައްސަލައިގައިދިފާއު ހުށަހެޅުމުގެ މުއްދަތުގައި ދައުވާގެ ދިފާއު ހުށަހެނޭޅުނ މަޤުބޫލު އެއްވެސް ސަބަބެއް ޓްރޭޑްނެޓްމޯލްޑިވްސ އަށް ދެއްކިފައި ނުވުމާއެކު އިތުރަށް ދައުވާ ދިފާއު ކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްތޯ ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ނުވަތަ ދިފާއުވުމަށް ފުރުސަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްތޯ ފަނޑިޔާރު ބަލަންޖެހޭކަމުގައި ނުފެނުން، މިއެވެ.
8ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަނުޖެހިގެނ ޓްރޭޑްނެޓް މޯލްޑިވްސްގެ ފަރާތުން އ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
9ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޓްރޭޑްނެޓް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2574-CVC-2023 ޤަޟިއްޔާގައި ޓްރޭޑްނެޓް މޯލްޑިވްސގަޣައިރު ޙާޟިރުގައިކޮށްފްއިވ ޙުކުމާ ބަދަލް ނުވަތު ބާޠިލްކުރަންޖެހޭ ޙަޤީޤީ ސަބަބުތަކެއް ޓްރޭޑްނެޓް މޯލްޑިވްސ ކޯޕަރޭޝަން ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރ 922-CVC-2024 ޤަޟިއްޔާގައި ހުށަހަޅާފައިވާއިރު، އަދި ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 124 ވަނަ މާއްދާގެ )ށ( ގެ ނައްސުން އެ އަކުރުގެ )1( އަދި )2( ގައި ބަޔާންކޮށްފައިވާ ދެ ޙާލަތުންކުރެ ކޮންމެވެސް އެއް ޙާލަތެއް ތަޠުބީޤު ކުރެވޭނެކަން ސާފުކޮށް އެނގޭއިރު،ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވާ ސަބަބެއްގެ ގޮތުގައި އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާއިރު އިތުރަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރްތޯ ފަނޑިޔާރު ބަލަންޖެހުނެކަމުގައި ނުދެކޭކަމަށ ބަޔާންކޮށް ސިވިލް ކޯޓުގެ ނަންބަރ 922-CVC-2024 ޤަޟިއްޔާ ގައި ޙުކުމީކޮށުފައިވަނ ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 124 ވަން މާއްދާގަ )ށ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
10އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޓްރޭޑްނެޓް މޯލްޑިވްސްގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނެދައުވާ ދިފާއު ކުރެވިދާނެ ފަދަ ޙަޤީޤީ ސަބަބުތަކެއް ހުރެއްޖެނަމަ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލު ނުވަތަ ބާޠިލްކުރެވިދާނެކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ފުރުޞަތު ލިބިދެވެނީ ހަމައެކަނި ދައުވާގެ ދިފާއު ހުށަނޭޅުނު މަޤޫބޫލު ސަބަބެއް ދެއްކިފައިވާނަމ ކަމަށަ ދަށް ކޯޓުނު ކަނޑައަޅާފައިވަނީ އެމާއްދާގެ ނައްސ ޚިލާފަށް ކަމަށެވެ. އެގޮތުން ދައުވާ ދިފާއު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިތޯވެސ ދަށް ކޯޓުނު ނުބަލާ ކަމަށާއި ނަމަވެސް އެފަދަ ސަބަބުތަކެއް ހުށަހެޅި ކަމަށެވެ.
11އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކ ދަށު ކޯޓުގު ޙުކުމް ބާޠިލްކުރުމާއެކު، ދައުވާ ދިފާއީ ކުރެވިދާނެ ޙަޤީޤީ ސަބަބުތކެއަ ހުރުމާއެކު، މި މައްސަލައިގެ ރިވިއު އެޕްލިކޭޝަން ސިވިލް ކޯޓުނ ބަލައިދިނުމަށް ހުކުމްކޮށްދިނުން ކަމަށެވެ.
އިސްތިއުނާފރައްދުވާ ފަރާތުގެ ޖަވާބު
12ޖެވާބުގައ އިސްތިއުނާފި ރައްދުވު ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުން މި މައްސަލައިގެ ނިންމުމަށް ވާސިލްވި ސަބަބު ބަޔާންކޮށްފައިވަނީ އެ ރިޕޯޓުގެ 13 އަދި 14 ވަނަ ނުކުތާގައި ކަމަށާއި އެއީ ދައުވާގެ ދިފާއު ހުށަނޭޅުނު މަޤުބޫލު ސަބަބެއް ދެއްކިފައިނުވާއިރު،ދައުވާ ދިފާއު ކުރެވިދާނެ ހަޤީޤީ ސަބަބުތަކެއް ހުރިތޯވެސް ބަލަންނުޖެހޭނެ ކަމަށެވެ. ނަމަވެސް އިސްތިއުނާފ ނުކުތާ ހުށަހަޅާފައިވަނީ މިކަމުގ މައްޗަށ ނޫން ކަމަށެވެ. އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ދަށު ކޯޓުން ގޮތް ނިންމި ކަމުގައި ކަމަށާއި އެ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރުގައި އޮތް ހާލަތު އެބަ އޮތް ކަމުގެ މައްޗަށް ކަމަށެވެ. ވުމާއެކު މި އިސްތިއުނާފީ ނުކުތާއާމެދު ގޮތް ނިންމި ނަމަވެސް މައްސަލައިގެ ނިންމުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
13އެހެންކަމުން މި މައްސަލައިގައިއެކަށީގެންވ ޤާނޫނާ ބަހުސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުން އެދޭ ކަމަށެވެ. ޣައިރު ހާޟިރުގައި ކުރާ ޙުކުމް ބާޠިލްކުރުމާއި ބަދަލުކުރުން
14މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކުރާ "ޣައިރު ހާޟިރުގައި ކުރާ ޙުކުމް" ބާޠިލްކުރުމާއި ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައިވަނީ އ ބާބުގައި ބަޔާންވެގެންވާ 124 ވަނަ މާއްދާގައެވެ. އެ މާއްދާގެ )ހ(، )ށ( އަދި )ނ( ގައި އޮތީ އަންނަނިވި އިބާރާތެވެ. 124 " (ހ) ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ކޮށްފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ރަނގަޅަށް ނޫން ކަމުގައިވާނަމަ، އެ ޙުކުމްކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރަންވާނެއެވެ. )1( ދަޢުވެ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ )ހ( އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުނ؛ )2( ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ )ށ( އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުނ؛ )3( ޙުކުމް ކުރުމުގެ ކުރިން ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން، ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވުން." )ށ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް،ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއަ،އެ ޙުކުމްކުރި ކޯޓުން ބދަލަ ނުވަތު ބާޠިލުކުރެވިދާނެއވ . )1( ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުނަ ؛ ނުވަތަ )2( ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓށ ޤަބޫލުކުރެވޭ ސަބަބެއް އޮތުން. )ނ( މި މާއްދާގެ )ހ( ގ ދަށުން ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރންޖެހޭ ކަންތައްތަކުގެ ތެރޭގައެ،ޙުކުމް ބާޠިލުކުރަން ހުށަހެޅް ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ." 15 މި . ޤާނޫނުގެ 124 ވަނަ މާއްދާގެ )ހ( ގައި ބަޔާންވެގެން އެވަނީ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލްކުރަންޖެހޭ ހާލަތްތަކެކެވެ.
16ދެން އޮތް މި ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( އެވެ. މި މާއްދާގެ )ށ( ގައި ބަޔާންވެގެން އެވަނ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް އެ ބާބުގައި ބަޔާންކުރާ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް "ބާޠިލްކުރުން" ނުވަތަ"ބަދަލުކުރުން" މ ދެ ގޮތުން ކުރްގޮތެއް އިޚްތިޔްރުކުރުމަށާފަނޑިޔާރަށެ ފުރުސަތު ލިބިދޭ ޙާލަތްތަކެކެވ. އެގޮތުން އެ މާއްދާގެ )ށ( ގައި ބަޔާންވެގެންވާ ހާލަތެއް ވުޖޫދުގައިވާނަމަ،ޣައިރު ހާޟިރުގައ ކުރި ޙުކުމެ ބާޠިލްކުރވިދާނެއވެ. ނުވަތަ އެ ޙުކުމްބަދަލުކުރވިދާނެއވެ.މީގެ އިތުރުން މި މާއްދާގެ )ށ( ގައިވާ ހާލަތުތައް ވުޖޫގައިވޭތޯ ބެލުމަށްޓަކައި މި މާއްދާގެ )ހ( ގައި ވާ ޝަރްޠްތައ ކޮންމެހެން ފުރިހަމަވާންޖެހޭ ކަމަކަށް ނުވަތަ ދައުވާގެ ދިފާއު ހުށަނޭޅުނު މަޤުބޫލު ސަބަބެއް ބަޔާންކޮށްދެވެން ޖެހޭ ކަމަށ 12 11 މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ބަޔާންވެގެން ނުވެއެވެ. އަދި މި ޤާނޫނުގެ 124 ވަނަ މާއްދާ އާއެ މި ޤާނޫނުގެ 10 ވަނަ ބާބުގައިބަޔާންކުރާ މާއްދާތައް އެއްރޮއްޖަކުން ކިއުމުންވެސ އެފަދް މާނައެއް ދޭހަނުކުރެވެއެވެ. . މިފަދަ ހެއްކަކީ ކޮންމެހެން މާއްދީ ހެއްކަށް ވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި މިފަދަ ހެއްކަކީ މާއްދީހެއްކަށ ކޮންމެހެން ވުން ލާޒިމް ނޫންކަން ދިވެހިރާއްޖޭގެ ހައިކޯޓުގ 2024/HC-A/20 )މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސެ އެންޑް އިންޑަސްޓްރީ ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ( ޤޟިއްޔާގަ 55 ވަނަ ނުކުތާގައިވެސް ބަޔާންކޮށްފައިވެއެވެ.
17ނަމަވެސް ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި،ޣައިރު ހާޟިރުގައި ކުރާ ޙުކުމް ބާޠިލްކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ކޯޓަށް ހުށހަޅައަވަސްމިނަށް ރިޢާޔަތްކުރެވޭނެކަނ މި ޤާނޫނުގެ 124 ވަނަ މާއްދާގެ )ހ(، )ށ( އަދި )ނ( އެއްރޮއްޖަކުން ކިއުމުން ދޭހަކުރެވެއެވެ.އެހެނީ އެ މާއްދާގެ )ހ( ގައި އޮތީ އެ ޙުކުމް ބާޠިލްކުރަންޖެހޭ ހާލަތްތަކެކެވެ. އަދި އެ މާއްދާގެ )ށ( ގައި ބަޔާންކުރަނީ އެ ހުކުމް ބާޠިލްކުރވިދާނެނުވަތ ބަދަލަ ކުރެވިދާނިހާލަތްތަކެކެވެ. އެހެންގޮތަކަށް ބުނާނަމަ އެ މާއްދާގެ )ށ( ގައި ބަޔާންކުރަނީ ފަނޑިޔާރަށް ދީފައިވާ ދެ އިޚްތިޔާރެކެވެ.
ތަޠުބީޤުކުރުން
18މ މައްސަލައިގައި ސިވިލް ކޯޓުގެ ޙުކުމް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ދައުވާގެ ދިފާއު ހުށަނޭޅުނ މަޤުބޫލު ސަބަބެއް ދެއްކިފައިނުވާތީ، ދައުވާ ދިފާއު ކުރެވިދާނެ ހަޤީޤީ ސަބަބުތަކެއް ހުރިތޯ ޝަރީޢަތުން އިތުރަށް ބަލަން ނުޖެހޭނެ ކަމަށް މާނަކޮށްގެންނެވެ. އެގޮތުން އަންނަނިވި ކަންކަން ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
18.1. ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ރިޢާޔަތްކުރުމުގައި ދައުވާގެ ދިފާއު ހުށަނޭޅުނު މަޤުބޫލު ސަބަބެއް އޮތްތޯ ބެލުމަށްފަހު ނޫނީ ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ ކުރިއަށް ގެންދިއުމަކީ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުމަށް ހުޅުވިގެންދާ ދޮރެއް ކަމުގައި ވެދާނެކަން.
18.2. މ މައްސަލައިގައި ދިފާއު ހުށަހެޅުމުގެ މުއްދަތުގައި ދައުވާގެ ދިފާއު ހުށަހެނޭޅުނ މަޤުބޫލު އެއްވެސް ސަބަބެއް ޓްރޭޑްނެޓް މޯލްޑިވްސް އަށް ދެއްކިފައި ނުވުމާއެކު އިތުރަށް ދައުވާ ދިފާއު ކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްތޯ ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ނުވަތަ ދިފާއުވުމަށް ފުރުސަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްތޯ ފަނޑިޔާރު ބަލަންޖެހޭކަމުގައ ނުފެންނަކަން.
19ނަމަވެސް އިސްވެ ބަޔާންކުރެވުނު ފަދައިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަން މާއްދއަށާ ބަލާއިރު، އެ މާއްދާގެ )ށ( ގައިބުނާފަދަ ހާލަތެއްވުޖޫދުގައިވތޯ ބެލުމަށްޓަކައި 124 ވުނ މާއްދާގަ )ހ( ގައިވާ ޝަރުޠު ފުރިހަމަވާންޖެހޭކަނ ނުވަތް ދާ ޢަވާގެ ދިފޢ ހުށަނޭޅުން މަޤުބޫލު ސަބަބެއް ބަޔާންކޮށްދެވެންޖެހޭކަނ އެ ޤާނޫނުގައި ބަޔާންވެގެން ނުވެއެވެ. ހަމައެހެންމެ ސިވިލް ކޯޓުން ފާހަގަކުރާ ގޮތާ ޚިލާފަށް،ޣައިރު ހާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ކޯޓަށް ހުށަހެޅި އަވަސް މިނަށު ރިޢާޔަތްކރެވެނ އޮތްކަން މަދަން އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ އެކުގައި ކިޔުމުން ދޭހަކުރެވެން އޮތެ އޮތުމަށް ބަލާއިރު، މި ހާލަތުގައި ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުން ހިފުމުގެ ދޮރު ބަންދުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.މ މައްސަލައިގައި ޣައިރު ހާޟިރުގައ ކުރި ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލްކުރުމަށް ހުށަހެޅުނެ އެ ޙުކުމް ކުރެވުނުފަހުން ލަސްތަކެއ ނުވެކަނ ދަށް ކޯޓުގު ރިޕޯޓުގެ 18 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. ވުމާއެކު، މިއީ މި މައްސަލައަށް ތަޠުބީޤުކުރެވެނ އޮތް ހާލަތެއް ނޫންކަން އެނގެއެވެ.
20HN2އެހެންކަމުން ދައުވާގެ ދިފާއު ހުށަނޭޅުނު މަޤުބޫލު ސަބަބެއް ދެއްކިފައިނުވާކަމަށް ބަޔާންކޮށް، ދައުވާ ދިފާއު ކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްތޯ ބަލަންނުޖެހޭކަމަށ މާނަކޮށް ދަށް ކޯޓުނު ގޮތް ކަނޑައަޅާފައިވަނީ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( . ސިވިލް ކޯޓުގެ ރިޕޯޓުގެ 18 ވަނަ ނުކުތާ އަދި އެ މާއްދާގެ މުޅި މަފްހޫމާވެސ ޚިލާފަށްކަމަށް އަހުރެން ދެކެމެވެ. ފަނޑިޔާރަށް އޮތީ އެ ޤާނޫނުގެ 124 ވަން މާއްދާގަ )ށ( ގެ ދަށުން ހުށަހެޅުމެއް ހުށަހަޅައިފިނަމަ،ހެއްކާއެކު ހުށަހަޅާ އެ ހުށަހެޅުމަށް ރިޢާޔަތްކޮށް ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ 2 ޙޯލަތުންކުރެހާލަތެއް އޮތްތޯ ބަލައި، އެފަދަ ހާލަތެއް އޮތްނަމަ ޣައިރު ހާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމެވެ. ނުވަތަ ބަދަލުކުރުމެވެ.މިއާ ޚިލާފަށެއ ޤާނޫނުގެ 124 ވަން މާއްދާގަ )ށ( އަށް ޢަމަލުކުރުމަކީފަނޑިޔާރަށ އޮތް އިޚްތިޔާރެއް ކަމަށް ބުނައެފަދަ ސަބަބެއް އޮތްތޯވެސް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނުބަލައި ދޫކޮށްލުމކ މަދަނީ އިޖުރާއާތުގެ ޤާނޫނ ދައްކާފައިވާ މަގެއްނޫނވެ.
21HN7މި މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުން އެދިފައިވާ އެއް ކަމަކީ، މައްސަލަ ރިވިއު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ދާ ޢުވާ ދިފޢްކުރެވިދާނެ ހަޤީޤީ ސަބަބުތަކެއް ހުރިކަމަށް ކަނޑައަޅައިދިނުމެވެ. ނަމަވެސް އެފަދަ ސަބަބެއް އޮތްތޯ ނެތްތޯ ސިވިލް ކޯޓުންއެއްގޮތަކަށްވެސ ވަޒަން ކޮށްފައިވާކަން އެނގެން ނެތަތީ، މިހިނދުގައި އެއީ މިކޯޓުން ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަގޮތް
22އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާގެ ޙުކުމު ބާޠިލްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަން މާއްދާގަ )ށ( ގައި ބަޔާންކުރާފަދަ ހާލަތެއް އޮތްތޯ ވަޒަނކޮށ މައްސަލައިގައް އަލުން ގޮތެއް ކަނޑައެޅުމަށްޓަކައ މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރަންޖެހޭކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގ ރައުޔު؛ )މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ތާއީދުކުރައްވާފައި( ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑގް ފަރާތުން އެދޭ އެދުނު
23މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތް ކަމަށް ރިޔާސަތު ފަނޑިޔާރު ބަޔާންކުރައްވާފައިވާ ކަންކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރ 922-CVC-2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދިޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި، އޭގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ޔުނިކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ހުރިޔަތީ، އެކަން ތަކުރާރުކުރާކަށް ނެތީމެވެ.
24ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2574/Cv-C/2023 ޤަޟިއްޔާއިން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނިލިމިޓެޑްގެ ޣައިރު ޙާޟިރުގައި ކޮށްފައިވް ޙުކުމާ ބާޠިލުކުރުމަށް ނުވަތް ބަދަލުކުރުމަށް އެދް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
25ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑގް ޣައިރިޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް ނުވަތް ބަދަލުކުރުމަށް އެދިޓްރޭޑްނެޓ މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅ ހުށަހެޅުމުގައި ޙަވާލާދީފައިވަނީ ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( ގ 124 ވަން މާއްދާގަ )ށ( އަށެވެ. މިގޮތުން، މި މާއްދާއާ ޙަވާލާދީ، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2574/Cv-C/2023 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ )ހ( ގެ )5( އާ އެއްގޮތްވާގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއްނޫންކަމަށާއި، އަދި އެ ޙުކުމަކީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 23 ވަނަ މައްދާއ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަގައެވެ. މީގެ އިތުރުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވަނީ މައްސަލައާ ގުޅޭ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުގެ ފުރިހަމަ ލަފަޔާއި އިރުޝާދު ލިބިފައިނުވާތީކަން މިވަގުތު ފެންނަން ހުރި އީމެއިލެތަކުން ފެންނާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގައި ބަޔާންކުރާ "ދަޢުވާ ދިފާޢުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެކަށީގެންވާ" ޙާލަތެއް ކުރިމަތިވެފައިވާ ކަމުގައެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ
26HN3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނި މާއްދާއަކީ ޣައިރު ޙާޟިރުގައި ޙުކުމް ކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރެވޭނ ނުވަތެ ބަދަލުކުރެވޭނެ ޙާލަތްތައް ބަޔާންކުރާ މާއްދާއެވެ. މިގޮތުން، މި މާއްދާގެ )ހ( އާއި )ށ( ގައި ފަރަގެއްވެއެވެ. މި މާއްދާގެ )ހ( ގައިވަނީ ޣައިރު ޙެޟިރުގައ ޙުކުމްކުރި ޙާލަތުގައި، މަދަނީ އިޖުރާތުގެ ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާކަމުގައިވާނަމަ، ނުވަތަ އެ ޙުކުމެއް ކުރުމުގެ ކުރިން، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން، ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާނަމަ، އެ ޙުކުމްކުރި ކޯޓަކުން އެ ޙުކުމެއް ބާޠިލުކުރަންވާނެކަމުގައެވެ. މިޙާލަތުގައ ބަލަންޖެހެނީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކީ، އިޖުރާއީ ނައްސުތަކާއި ޚިލާފަށް ކޮށްފައިވާ irregular ޙުކުމެއްކަމުގައެވެ. މި ޙުކުމް ބާޠިލުކުރުމަކީ ފަނޑިޔާރުގެ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެއްނޫނެވެ. މި ޙާލަތުގައި ex debito justitiae ގެ މިންގަނޑުން ލާޒިމުވަނީ އެ ޙުކުމް ބާޠިލުކުރުމަށެވެ.
27މިއާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގައިވަނީ އަންނަނިވި ފަދައިންނެވެ. "124 )ށ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރަންވާނެއެވެ. )1( ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން؛ ނުވަތަ )2( ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން."
28މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ(ގައި ބަޔާންކުރި ޙާލަތްތަކަކީ، regular ކޮށް ކޮށްފައިވާ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދެވިދާނެ ޙާލަތްތަކެވެ. އަދި މި މާއްދާގެ ނައްސުން ފާޅުވާ ފަދައިން، މިއީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ނިންމާ ނިންމުމެކެވެ.
29މ މައްސަލައިގައި ހިމެނި ޚުޞޫމާތު އެކުލެވިގެންވަނީ އަދި އިސްތިއުނާފު ހުށަހަޅާފައިވަނީވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަން މާއްދާގަ )ށ( ތަޠުބީޤުކޮށްފައިވާ ގޮތުގެ މައްޗަށަކަމުން، މި މައްސަލައިގައި ތަފްޞީލުކޮށްފައިވާނީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހެޅޭ ޙާލަތްތަކުގެ ތެރެއިން މި މާއްދާގެ )ށ( ގައި ބަޔާންކުރާ ޙާލަތްތަކަށެވެ. “As a matter of right” Dr. Wond Kin Farr, Setting Aside Default Judgments Revisited, Malayan Law Journal, [2011] 4 MLJ Ixxxi
30މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( އަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
30.1. ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިނަމަ، (real prospect of successfully defending the claim) ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރެވިދާނެކަނ
30.2. ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތްނަމަ it appears to the court that there is some other good( reason why the judgment should be set aside or varied). ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރެވިދާނެކަނ
30.3. ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތްނަމަ (it appears to the court that there is some other good reason why the defendant should be allowed to defend the claim) ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރެވިދާނެކަން
30.4. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް މި މައްދާގެ )ށ( ގައި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެކަމަށް އޮތަތީ، އެއީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން
30.5. މިއީ ހެއްކާއެކު ހުށަހެޅޭ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ނިންމާ ނިންމުމެއްކަން
31HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގައިވާ 02 )ދޭއް( ޙާލަތަށް ބ ލާއިރު، މއ ޣައިރު ޙާޟިރެގައ ކުރި ޙުކުމާ ބަދަލުކުރުމަށް ނުވަތް ބާޠިލުކުރުމަށް އެދި ދަޢުވާލިބޭ ފަރާތަށް ހުށަހެޅޭނެކަމަށް އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ގެ ރޫލްސްގެ 13.3 ގައީ ބަޔާންކުރި ޙާލަތެވެ. ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނު ފަރުމާކޮށްފައިވަނ އިނގިރޭސީވިލާތުގެ މި ރޫލްސް އަސްލެއްކަމަށް ބަލައިގެންކަމުގައިވާތީ، މި ދެ ޙާލަތާއި ގުޅޭ ގޮތުނ އިނގިރޭސި ޖުރިސްޕްރުޑެންސްގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކަކް،މ މައުޟޫޢުގައި ބަހުސްކުރެވި ގޮތްތަކެއް ކަނޑައެޅިގެންދާހިނދު، މި ނިޒާމުގައިވެސް ބަލައިގަނެވޭނެ އަދި ތަޠުބީޤުކުރެވޭނެ އުޞޫލުތަކެއް ކަމުގައި ދެކެމެވެ. ސިވިލް ޕްރޮސީޖަރ ރޫލްސްގައ ބަޔާންކުރި ހަމަތަކާއި، އަދި އެއަށް ބިނާކޮށް ނިންމާފައިވާ ނިންމުންތައް
32މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގައްބަޔާންކުރާ ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް (real prospect of success) އޮތްތޯ ބެލުން އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ބިނާވަނީ، ރޫލްސް 13.3 (1)(a) އަށެވެ. މިޙުލަތުގެ ތެރެއިން، ދަޢުވާ ދިފާޢުކުރުމުގައި ދަޢުވާލިބޭ ފަރާތުން ކާމިޔާބުވާނީ ސަބަބެއ އޮތްކަން ދައްކުވައިދޭންޖެހޭނެއެވެ. މި މިންގަނޑުގެ ތެރޭގައި ދަޢުވާލިބޭ ފަރާތުގެ ދަފްޢު ސާބިތުކޮށްދީ، ދަޢުވާ ކާމިޔާބުވާނެކަމީ، މި މަރުޙަލާގައި ދަޢުވާލިބޭ ފަރާތުން ދައްކުވައިދިންޖެހ ކަމެއްނޫނެވެ. އެހެނަސް، ދަޢުވާލިބޭ ފަރާތަށް ބަހުސްކުރެވޭނެ ދަފްޢެއް އޮތްކަމާއި (triable issue)، އަދި އެ ފަރާތުގެ ދިފާޢަކީ ޚިޔާލެއްގެ މައްޗަށް ބިނާވާ ދިފާޢެއްނޫންކަން މި މަރުޙަލާގައި ދަޢުވާލިބޭ ފަރާތުން ހާމަކޮށްދޭންޖެހޭނެއެވެ. މި މަރުޙަލާގައި "ޙަޤީޤުސަބަބު"ގެ މާނައަކީ ދަޢުވާ ދިފާޢުކުރުމުގައި، ޤާނޫނީ ސަބަބު އެކުލެވުމެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަތް ސަބަބު އެކަށީގެންވުމެވެ. އެހެންކަމުން، މި މަރުޙަލާގައި ބަލައި ބެލުމަކީ، ޤާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވޭނެ ދިފާޢެއް އޮތުމެވެ.
33މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމަކީ، އިނގިރޭސިވިލާތުގެ The Civil Procedure Rules 1998 ގެ ރޫލްސް 13.3 (1)(b) ގައާ ބަޔާންކުރި ކަންކަމެވެ. އެއީ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ކަމަށް ކޯޓަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާވްކަންކަމެވެ. މިކަމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ދައްކަންޖެހޭނެކަމާއި،އަދި އ ސަބަބަކީ ހަރުދަނާ އަދި ބަލައިގަނެވޭނެފަދަ ސަބަބަކަށް ވާންޖެހޭނެކަނ އެ ނިންމުންތަކުން އެނގެއެވެ.މީގެ ތެރޭގައި، ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވަނީ ނުވަތަ ޑިފޯލްޓްވެފައިވަނީ އަމިއްލަބާރނުފޯރާފަދ ސަބަބެއް މެދުވެރިވެގެން ކަމަށްވުމާއި، މިސާލަކަށް މުޢާމަލާތުކުރުމުގައި އޮޅުންއަރާފައިވުމާއި، ޞިއްހ ސަބަބީ ފަދަ ސަބަބުތަކަކީ ބަލައިގަނެވޭނެ (genuine excusable reasons) ސަބަބުތައް ކަމުގައި ކަނޑައަޅާފައިވެއެވެ.މިކަމުގެ ތަފްޞީލު ޝަރީޢަތަށް ހާމަކުރުން މުހިންމެވެ. އަދި އެ ސަބަބުގެ ތެރޭގައި ޝަރީޢަތަށް އޮޅުވާލުމުގެ ނުވަތަ އަމުރަށް ކިޔަމަންނުވުމުގެ ގަސްދެއް އޮވެގެންނުވާނެއެވެ.
34HN5މ ސަބަބުގެ އަލީގައި، ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމުގައި އިނގިރޭސިވިލާތުން ބޭނުނކުރާހަމައަކީ ނުވަތަ ޓެސްޓަކީ އިނގިރޭސިވިލާތުގެ ކޯޓް އޮފް އެޕީލްއިން ނިންމާފައިވާ Denton v T H White Ltd ޤަޟިއްޔާއިން ކަނޑައަޅާފައިވާ Swain v Hillman [2001] 1 All ER 91 Standard Bank Plc v Agrinvest International Inc [2010] EWCA Civ 1400 Swain v Hillman [2001] 1 All ER 91, ED&F Man Liquid Products Ltd v Patel [2003] EWCA Civ 472 [2014] EWCA Civ 906 ޓެސްޓެވެ. މި މައްސަލައަކީ The Civil Procedure Rules 1998 ގެ ރޫލްސް 3.9 އީ ގުޅޭ މައްސަލައެއްނަމަވެސް، މި މައްސަލައިގައި އިޚްތިޔާރު ބޭނުންކުރުމުގައި އެކަށައަޅާފައިވާ މި ޓެސްޓަކީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމާގުޅޭ ރޫލްސް 13.3އާ ގުޅުވައިގެންވެސް ބޭނުންކުރެވޭ ޓެސްޓެކެވެ. މި ޓްސްޓުގ ތަރަހައިގެ ތެރެއިން، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބަދަލުކުރުމާއި ނުވަތަ ބާޠިލުކުރުމާގުޅޭ ގޮތުން ބަލާ މިންގަނޑުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ވަޒަންކުރުން ހިމެނެއެވެ.
34.1. ޚިލާފުވި ޚިލާފުވުމުގެ ސީރިއަސްކަމާއި އޭގެ ނަތީޖާ
34.2. ޚިލާފުވި ސަބަބު
34.3. މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، ޙާލަތަށް ރިޢާޔަތްކުރުން
35ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި ބަޔާންކުރަނިވި ޓެސްޓު ތަޠުބީޤުކޮށް، ކޯޓު އޮފް އެޕީލްއިނ Thorn plc v MacDonald ޤަޟިއްޔާގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
35.1. ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާފައިވާ އަވަސްމިން
35.2. ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހެޅުމުގައި ލަސްވެފައިވާ ސަބަބު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވުން )އެހެނަސް، މިއީ ހަމައެކަނި ނަޒަރުކުރ މިންގަނޑުނޫންކަން(
35.3. ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބެއްވޭތޯ، އަދި އިންސާފަށް ވާސިލުވުމުގެ މުހިންމުކަން
35.4. ދަޢުވާކުރާ ފަރާތަށް އޮތް ބޭއިންސާފު (prejudice) [1999] CPLR 660 27 th Stuart Sime, A Practical Approach to Civil Procedure (2022), 25 edition, Oxford University Press
36މިގޮތުން، ކޯޓުން މި އިޚްތިޔާރު ބޭނުންކުރުމުގައި، ޣައިރު ޙާޟިރުގައި ޙުކުމް ކުރަންޖެހުނު ސަބަބަށާއި )މިސާލަކަށް ދަޢުވާގެ ޖަވާބު ލަހުންނަމަވެސް ހުށަހަޅާފައިވޭތޯ ނުވަތަ މައްސަލައިގެ ލިޔެކިޔުންތައް ލިބޭ ގަސްދުގައި ޖަވާބުދީފައިނުވަނީތޯ(، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ސަބަބު )މިސާލަކަށް، މުޢާމަލާތްކުރުމުގައ އޮޅުންތަކެއް އަރާފައިވޭތޯ، ވަކީލުގެ އިހުމާލެއްވޭތޯ، އެކަމަށް އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވޭތޯ(، އަދި މައްސަލައިގެ އެންމެހާ ޙާލަތަކީ )މިސާލަކަށް، ދެ ފަރާތް ދެމެދު އިންސާފުވެރިވުމާއި، ދިފާޢުގެ ބުރަދަނާއި، ޑިފޯލްޓުގެ ސަބަބުން ލިބޭ ގެއްލުން( ވަޒަންކުރެވޭނެ ކަންކަމެވެ. މިކަމުގެ ތެރޭގައި، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާފައިވަނީ ބޭކާރު ލަސްވުންތަކެއް ހިމެނު ގޮތަށްކަމުގައިވާނަމަ، އަދި މި ލަސްވި ލަސްވުމާއި ގުޅިގެން އެއްވެސް ސަބަބެއް ނުވަތަ އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިނވާނަމަ، މިކަން ވަޒަންކުރެވޭނީ ދަޢުވާލިބޭ ފަރާތާއި ދެކޮޅަށެވެ.
37ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްކަމަށް، ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމުބަދަލުކުރުމަށ ނުވަތް ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅަންޖެހޭ ހުށަހެޅުމެކެވެ. މިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަން މާއްދާގަ )ށ( އިން ސާފުކޮށް އެނގެން އޮވެއެވެ. އެކަމަށް ބާރުދޭ ހެކި ހުށަހެޅުމުގެ ޒަރޫރަތްތެރިކަނ Standard Bank Plc v Agrinvest International Inc މި ނިންމުމުގައި Gentry v Miller [2016] EWCA Civ 141, PXC v AB College [2022] EWCA Civ 1376, ED&F Man Liquid Products Ltd v Patel [2003] EWCA Civ 472 Standard Bank Plc v Agrinvest International Inc [2010] EWCA Civ 1400 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ހެކިކަމަށް ބަޔާންކޮށްފައިވަނ " މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯ ޓެއްގައ އުފުލި ދަޢުވާއެއްގައި، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއް، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކވަކ ކަންކަމަށާއި އެއްޗެއްސަށ، ވަކިވަކިންނެވެ ." [2010] EWCA Civ 1400 ބަޔާންކުރެއެވެ. އެގޮތުން، ހަމައެކަނި ބުނާ ބުނުމެއް ނުފުދޭނކަމަށާއި،އެކަމުގެ މައްޗަށް އެކަށީގެންވާ ހެކި ހުށަހަޅަންޖެހޭނެކަމުގައ ކޯޓި އޮފް އެޕީލްގެ މި ނިންމުމުގައި ނިންމާފައިވެއެވެ. މިސާލަކަށް، ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވަނީ ޞިއްހީ ޙާލަތު ހުރިގޮތުންކަމުގައިވާނަމަ، އެކަން ދަލާލާތުކޮށްދޭ މެޑިކަލް ލިޔުމެއް، ނުވަތަ އެކަނުއެގޮތަށް ހިނގާފައިވަނީ ވަކީލުގެ އިހުމާލުންނަމަ، އެކަން ސާފުވާނެ އީމެއިލެއް ނުވަތު އެފިޑަވިޓެއް، ނުވަތަ ޙަވާލާދޭ ނައްސާއ ގުޅި ޤާނޫނީ ލިޔުމެއް ނުވަތަ އެކަމަށް ބާރުދޭ މުސްތަނަދު ފަދަ ހެކި ހށަހަޅަންވާނެއެވެ.
އެހެނިހެން ޤާނޫނީ ނިޒާމުތައް
38ބަޔާންކުރަނިވި ހަމަތަކަކީ ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގައި އެހެނިހެން ޤާނޫނީ ނިޒާމުތަކުގައިވެސް، ބަލައިގަނެފައިވާ މިންގަނޑުތަކެވެ. މިސާލަކަށް އިންޑިޔާގެ 1908 Procedure Civil of Code 13, Rule ,IX Order ގެ ދަށުން ޙާޟިރުވެފައިނުވަނީ ނުވަތަ ޖަވާބުދާރީވެފައިނުވަނީ މަޤުބޫލު ސަބަބެއް އޮވެގެންކަމަށްވުމާއި، ދަޢުވާ ދިފާޢުކުރެވޭނެފަދަ ޙަޤީޤީ ސަބަބެއް އޮތުން ފަދަ ކަންކަމީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ރިވިއުކުރާއިރު ބެލިގެންދ ކަންކަމެވެ. ހަމައެއާއެކު، މެލޭޝިޔާގެ Order 13, Rules of the Court 2012 އާއި ސިންގަޕޫރުގެ Order 13, Rules of Court The defendant must show there was sufficient cause for non-appearance, and the application must be made within a reasonable time Guld Oil Corporation v A.S.T.H Engineering [2010] 5 SCC 160 The application must be made within a reasonable time, and the defendant must demonstrate a real prospect of defending the claim. 36 35 2014 އަދި އެމެރިކާގެ Federal Rule of Civil Procedure, Rule 55(a) ގައިވެސް ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތައް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ބަޔާންކުރަނީ ދާދި އެއްފަދަ ޙާލަތްތަކެވެ.
މި މައްސަލައަށް ތަޠުބީޤުކުރުން
39ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
39.1. ސިވިލް ކޯޓގު ނަންބަރު 2574/Cv-C/2023 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމާ ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގަ )ށ( އާ ޙަވާލަދީކަމާއި، އަދި ހުށަހަޅާފައިވާ ކަންކަމަކީ، ސިވިލ ކޯޓުގް ނަންބަރ 2574/Cv-C/2023 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމަކާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ )ހ( ގެ )5( އާ އެއްގޮތްވާގޮތުގެ މަތިން ކޮށްފައިވާ ޙުކުމެއްނޫންކަމުގެ މައްޗަށާއި، އަދި އެ ޙުކުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްކމަށްވުމުގެ މައްޗަށެވެ. އެކަމަށް ބާރުދޭ ސަބަބުތައް ޓްރޭޑްނެޓް މޯލްޑިވްސ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެއެވެ.
39.2. ސިވިލް ކޯޓުގެ ނަންބަރު 922-CVC-2024 ޤަޟިއްޔާގެ ނިންމުމުގައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވުނ މާއްދާގަ )ށ( ގައިވާ ޙާލަތްތަކަށް ބަލާއިރު، މި މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2574/Cv-C/2023 ޤަޟިއްޔާގެ ޙުކުމްކުރެވުނު ފަހުން މާބޮޑު The defendant can apply to set aside a default judgment if they were not properly served or did not receive notice of proceedings. The defendant must demonstrate a real prospect of successfully defending the claim, and the application must be made promptly. The Court may set aside an entry of default for good cause. ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދޭ ފޯމު ލަސްތަކެއްނުވެކަން އެނގޭކަމާއި،ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވް މުއްދަތުގައި އެކަން ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުނ ބަޔާންކޮށްދީފައިނުވާކަމާއި،އެހެންކަމުން، މައްސަލައަށް ރައްދު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވާ ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ބަލާއިރު، ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވާ ސަބަބެއް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ދެއްކިފައިނުވާކަމާއި، މިފަދައިން މިކަން އޮތުމުން، އިތުރަށް ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިތޯ ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭތޯ ނުވަތަ ބާޠިލުކުރަންޖެހޭތޯ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް ފަނޑިޔާރު ބަލަންޖެހޭކަމުގައި ނުދެކޭކަމުގައެވެ.
40HN6ސިވިލ ކޯޓުގް ނިންމުމުގައި ދަޢުވާ ދިފާޢު ހުށަހެޅިފައިނުވާ ސަބަބަށް އަހަންމިއްޔަތުކަން ދީފައިވެއެވެ. މއ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ ދަށުން، ޚާއްޞަކޮށް، އެ މާއްދާގެ )2( ވަނަ ނަންބަރުގެ ދަށުން ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށާފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްތޯބެލުމުގައި ބެލިދާނެކަމެއ ކަމުގައް ދެކުނުނަމަވެސް، އެއީ އެ މާއްދާގެ )ށ( ގައި އަހަންމިއްޔަތުކަން ދީފައިވާ އެހެނިހެނ ކަންކަން އެއްފަރާތްކޮށް، އެންމެ ފުރަތަމައިނުންވެސް ބަލަންޖެހޭ ނުވަތަ ވަޒަންކުރަންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ.
41މި މާއްދާއަށް ބިނާކޮށް، ހުށަހަޅާ ހުށަހެޅުމުގައި ފަނޑިޔާރު ބަލަންޖެހޭ 02 )ދޭއް( ކެމެއްވެއެވެ. އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގެ ދަށުން، ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްތޯ، ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގެ ދަށުން،ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނވަތު ދަޢުވަ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން ކޯޓަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބެއް އޮތްތޭއެވެ. އިސްވެ ފާހަގަކޮށްފައިވާ ފަދައިން، ދަޢުވާއަށް ޖަވާބުދާރީވާންޖެހ މުއްދަތުގައި، ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވަނީ ކޮން ސަބަބެއް މެދުވެރިވެގެންކަން، އަދި އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ރައްދެއްދީފައިވޭތޯ ބަލަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރުގެ ދަށުން އެކަން ހިނގާފައިވާ ގޮތް ވަޒަންކުރާހިނދު ކަމުގައި ދެކެމެވެ.
42މ މައްސަލައިގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތައްކަމުގައި އެ ފަރާތުން ދެކޭ ސަބަބުތަކާއި، އަދި ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ ސަބަބުތައް ހުށަހަޅާފައިވާއިރު، އެކަން އެއްވެސެމިންވަރަކަށ ސިވިލް ކޯޓުން ވަޒަންކޮށްފައެއްނުވެއެވެ. އެކަންކަމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ ޙާލަތްތަކުގެ އަލީގައި ވަޒަންކުރަންޖެހޭނެ ޙާލަތްތަކެވެ. އަދި ޚާއްޞަކޮށް އެއީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކެރުމަށ ނުވަތް ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުން ބިނާކޮށްފައިވަނީ އ 02 )ދޭއް( ޙާލަތުން ކުރެ ޙާލަތެއް ނުވަތަ އެ 02 )ދޭއް( ޙާލަތަށް ބަރޯސާވެގެންކަމުގައިވާނަމައެވެ. މ މައްސަލައިގައި ދަޢުވި ދިފާޢުކުރެވޭނެ ސަބަބުތައް ކަމުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދެކޭ ސަބަބު ހާމަކޮށްފައިވެއެވެ. މި ޙާލަތުގައި، ސިވިލްކޯޓުން އެކަން ވަޒަންކޮށް، އެކަމާ ގުޅޭ ނިންމުމެއް ނިންމަންވާނެއެވެ. އަދި މިކަން ވަޒަންކުރުމުގައި، އިސްވެ މި ނިންމުމުގެ 26 އިން ފެށިގެން 38 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމީ އެއަށް ބާރުދިނުމުގެ ގޮތުން ތަޠުބީޤުކިރެވިދާނ ނުވަތެ އެކަނ ވަޒަންކުރުމުގައި ބެލިދާނެ ކަންކަން ކަމުގައި ދެކެމެވެ.
43މި މައްސަލައިގައިޓްރޭޑްނެޓ މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޣައިރު ޙާޟިރުގައި ކޮށްފައިވެ ޙުކުމާ ބަދަލުކުރުމަށް ނުވަތް ބާޠިލުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމުގެ އަލީގައި، ސިވިލ ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވުނ މާއްދާގަ )ށ( ގެސާފު ނައްސާން ބަޔާންކުރާ ކުރުންތައް ވަޒަންކޮށްފައިނުވާތީ، މި މައްސަލައިގެ ރިޔާސަތު ފަނޑިޔާރުވެސް ފާހަގަކުރައްވާފައިވ ފަދައިން، މިހިނދުގައި އެކަންކަމީ މިކޯޓުން ވަޒަންކުރެވޭނީ ކަންކަން ކަމުގައި ނުދެކެމެވެ.
44މިކަންކަމުގެ އަލީގައި، ރިޔާސަތު ފަނޑިޔާރުގެ ނިންމުމަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދީ ﷲ ގެ ރައުޔު؛
45ފުނޑިޔާރުޙުޒައިފާ މުޙައްމަދުގެ ރައުޔުގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަމއެކު، ފަނޑިޔާރުޙުސައިން މަޒީދް ގެ ރައުޔާއި ނިންމުމަށް އަހުރެނ ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
46މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) ((ށ) ގެ (1) އާއި (2))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ (ހެކީގެ މާނަ)
- The Civil Procedure Rules 1998 (England) ރޫލް 13.3 އަދި 3.9
- Swain v Hillman [2001] 1 All ER 91
- Standard Bank Plc v Agrinvest International Inc [2010] EWCA Civ 1400
- ED&F Man Liquid Products Ltd v Patel [2003] EWCA Civ 472
- Denton v T H White Ltd [2014] EWCA Civ 906
- Thorn plc v MacDonald [1999] CPLR 660
- Gentry v Miller [2016] EWCA Civ 141
- PXC v AB College [2022] EWCA Civ 1376
- Gulf Oil Corporation v A.S.T.H Engineering [2010] 5 SCC 160 (އިންޑިއާ؛ މުޤާރަނާއަށް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.