ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/275

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 17 ނޮވެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 3653-CVC-2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3653-CVC-2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 (ށ) ގެ ދަށުން ޣައިރުޙާޟިރުގައި ކުރި ޙުކުމެއް ބާޠިލުކުރުމަށް އެދުމުން، ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބު ހުރިތޯ ބަލަންވީ ގޮތާއި، ޚަޞްމުން ޙާޟިރުނުކޮށް ނިންމި މައްސަލައެއްގެ ރިޕޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރި ކަމަށް ލިޔުމަކީ ޞައްޙަ ކަމެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ޣައިރުޙާޟިރުގައި ކުރި ޙުކުމްވެސް ބާޠިލުކޮށް ޝަރީޢަތް ކުރުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޣައިރުޙާޟިރުގައި ކުރި ޙުކުމެއް މުރާޖަޢާކުރަންޖެހޭތޯ ބެލުމުގައި ބަލަންޖެހޭ އަސާސީ ކަމަކީ ދަޢުވާ ލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް (real prospect of successfully defending the claim) ނުވަތަ އެހެން އެކަށީގެންވާ ސަބަބެއް (some other good reason) ބަޔާންކޮށްދެވިފައިވޭތޯއެވެ؛ ދަޢުވާ ކާމިޔާބުކުރެވިދާނެތޯ ބަލާކަށް ނުޖެހޭނެއެވެ، ދަޢުވާ ކާމިޔާބުކުރެވުމާއި ދަޢުވާ ދިފާޢުކުރެވުމަކީ މުޅިން ތަފާތު ދެކަމެވެ. (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 (ށ)؛ 2024/HC-A/20؛ ޕެރ. 22-23)

HN2 ޙަޤީޤީ ސަބަބަކީ ޚިޔާލީ ސަބަބެއް ނޫން ކަމެކެވެ؛ ދަޢުވާ ލިބޭ ފަރާތުން ހާމަކޮށްދޭންޖެހޭނީ ބަހުސްކުރެވޭނެ ދަފްޢެއް އޮތްކަމާއި އެ ދިފާޢަކީ ހިޔާލެއްގެ މައްޗަށް ބިނާވާ ދިފާޢެއް ނޫންކަމެވެ. ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރަން ހުށަހަޅާ ހެކިތަކަކީ ޙުކުމުގެ އަސާސް ނަފީކުރެވޭ ޒާތުގެ ހެކި ކަމަށް ވާންޖެހޭ ކަމަށް ކަނޑައެޅުމަކީ ޤާނޫނާ އެއްގޮތް ކަމެއް ނޫނެވެ.

HN3 ޙަޤީޤީ ސަބަބު ހުރިކަން ބަޔާންކޮށްދެވިއްޖެނަމަ، ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް ނުވަތަ ބަދަލުކޮށް، ދަޢުވާގެ ދިފާޢު ހުށަހަޅައިގެން ޝަރީޢަތް ކުރިއަށް ގެންދަންޖެހޭނެއެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ އެންމެ އަސާސީ މަޤްޞަދު (overriding objective) ނެގެހެއްޓުމަށް ކޯޓުން ހުރިހާ ބާރެއް ތަންފީޛުކުރަންވާނެއެވެ؛ ފައިސާގެ ޢަދަދާއި މައްސަލައިގެ ބާވަތަށް ބަލައި އިންޞާފުވެރި އުޞޫލަކުން ޢަމަލުކުރަންވާނެއެވެ. އިޖުރާއީ ޓެކްނިކަލް ކުދިކުދި ޚިލާފުތަކަށްވުރެ މައުޟޫޢީ ޢަދުލުވެރިކަމަށް އިސްކަންދޭންޖެހޭ ކަމަށްވާތީ، ދިފާޢު ލަސްވި ސަބަބަށް ނުބަލައި، ޙުކުމުގެ ކުރިން ލަހުން ހުށަހެޅި ދިފާޢަށްވެސް ރިޢާޔަތްނުކޮށް، ޝަރީޢަތެއް ނުކޮށް ބޮޑެތި ޢަދަދުތަކުން ބަދަލު ނަގައިދިނުމަކީ ޢަދުލުވެރި ގޮތެއް ނޫނެވެ.

HN5 މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޝަރީޢަތް ހިންގުމަކީ ޓްރަޔަލް ހިންގުމެވެ؛ ޚަޞްމުން ޝަރީޢަތުގެ މަޖިލީހަކަށް ޙާޟިރުނުކޮށް ހަމައެކަނި ލިޔުމުން ބަޔާން ބަދަލުކޮށްގެން ނިންމާ މައްސަލައެއްގައި، ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކައަށް ރިޢާޔަތްކުރި ކަމަށް ރިޕޯޓުގައި ނުލިޔެވޭނެއެވެ؛ ކަން ހިނގިގޮތާއި ރިޕޯޓުގައި ލިޔާ ގޮތާއި ދެގޮތަކަށް ވެގެން ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އައިމަން މުޙައްމަދު، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޝާން ޞާލިޙް މުޙައްމަދު، ބުރުނު ލީގަލް އެންޑް ކޮންސަލްޓެންސީ އެލް.އެލް.ޕީ
ބެންޗު
މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

މައްސަލައިގެ ތަޢާރަފް:

1އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް "(އެމްޕްލޯއިމަންޓް ބިއުރޯ" ނުވަތަ "އިސްތިއުނާފު ރައްދުވާ") އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) "(މިފްކޯ" ނުވަތަ "އިސްތިއުނާފުކުރާ") ގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް ކުރިއެވެ. ސިވިލް ކޯޓުގެ ނަންބަރު :3202-CVC-2423 ޤަޟިއްޔާ "(ފުރަތަމަ ޤަޟިއްޔާ") އިން އެދަޢުވާ ބަލައި ޙުކުމްކުރީ މިފްކޯގެ ޣައިރު ޙާޟިރުގައެވެ.

2އެހެންވެ، އެޙުކުމް މުރާޖަޢާ ކޮށްދިނުމަށް މިފްކއިނޯ ސިވިލް ކޯޓަށް ހުށަހެޅިއެވެ. މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު:2023-CVC-3653 ޤަޟިއްޔާ ("ދެވަނަ ޤަޟިއްޔާ") އިން ބަލައި ނިންމީ ފުރަތަމަ ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލު ކުރަންޖެހޭ ނުވަތަ ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، ފުރަތަމަ ޤަޟިއްޔާ ސިވިލް ކޯޓުން ނިންމީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށްބުނެ، ހުށަހެޅި ދެވަނަ ޤަޟިއްޔާ، މިފްކއިން މިކޯޓުގައި އިސްތިއުނާފުކުރިއެވެ.

3މިފްކޯގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާއި ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މިމައްސަލަ އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ އެމްޕްލޯއިމަންޓް ބިއުރޯއަށް އެންގުމުން، އިސްތިއުނާފުކުރެވިމިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ އިސްތިއުނާފެއްނޫންކަމަށް ކަނޑައަޅައިދީ، އިސްތިއުނާފު ބާޠިލްކޮށްދިނުމަށް އެދި، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) އާ ރަޖިސްޓްރޭޝަން ނަންބަރު:744/2006-C ރަޖިސްޓްރޭޝަން ނަންބަރު:173/93-C "މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން" އެމްޕްލޯއިމަންޓް ބިއުރޯއަށް 19 ޑިސެންބަރު 2024 ގައި ފޮނުވާފައިވޭ. އަދި މިއެންގުމާއި ހަމަ އެދުވަހު އެމްޕްލޯއިމަންޓް ބިއުރޯއިން ހަވާލުވެފައިވެސްވޭ ހަވާލާދީ އިޖުރާއީ އިޢުތިރާޒެއް އެމްޕްލޯއިމަންޓް ބިއުރޯއިން ހުށަހެޅުމުން، އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ޤާނޫނީ ގޮތުން ދަށު ކޯޓުގެ ނިންމުމާއި މެދު ހައިކޯޓުގައި ދެފަރާތުން ކުރާންޖެހޭ ބަހުޘެއް އޮތްކަމަށް ޤަބޫލުކުރެވޭތީ، އެމްޕްލޯއިމަންޓް ބިއުރޯއިނ ހުށަހެޅް އިޖުރާއީ އިއުތިރާޒް ބަލައިނުގަތުމަށް ނިންމާފައިވެއެވެ. މައްސަލައިގައިކަން ހިނގާދިޔަގޮތް:

4މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "އެމް.ޓީ ބަރޯސާ 101" ("ތެޔޮ ޓޭންކަރު") ސިޓީލާ ނީލަމުގައި ވިއްކާލުމަށްޓަކައި އެކުންފުނީގެ ނަންބަރ:CORP/I/2010/14-134 އިޢލާނުނު 04 އޮކްޓބަރޯ 2010 ގައި އިއުލާނުކުރިއެވެ. މިއިޢުލާނުގައ ބަޔާންކުރި އަސާސާ ކަންކަމުގެ ތެރޭގައި ހިމެނެނީ؛

1.4. ނީލަން ފަށާ އަގަކީ -/500،00ރ (ފަސްލައްކަ ރުފިޔާ) ކަން.

2.4. ނީލަމުގައި ބައިވެރިވާ ފަރާތުން -/50،000ރ (ފަންސާސްހާސް ރުފިޔާ) ގެ ޑިޕޮސިޓް ބަހައްޓަންޖެހޭކަން.

3.4. ފަހަރަކު އިތުރު ކުރެވެނީ އަގށަ މަދުވެގެން -/15،000ރ (ފަނަރަހާސްރުފިޔާ) އަށްވުރެ އިތުރުވާންޖެހޭކަން.

4.4. އެކަށީގެންވާ އަގަކަށް އެރުމަށްފަހު، ޖެހިޖެހިގެން ބަންދު ނޫން ތިން ދުވަސް ވަންދެން އެއަގު އޮވެއްޖެނަމަ، އެފަރާތަކަނ ނީލަން ނިންމާލުން.

5މިއި ޢލާނާއި ގުޅިގެނު ހުށަހެޅް އެންމި މަތީ އަގަކީ، -/800،00ރ (އަށްލައްކަ ރުފިޔް ) އެވެ. މިއަގު ހުށަހެޅި ފަރާތަކީ އެމްޕްލޯއިމަންޓް ބިއުރޯ އެވެ. ނަމަވެސް މިއަގަކީ، "އެކަށީގެންވާ އަގެއް" ކަމަށް މިފްކޯއަށް ޤަބޫލުނުކުރެވިގެން، ނީލަން ނިންމާލުމަށްފަހު އެނީލަން ބާޠިލުކުރިއެވެ. އަދި ޑިޕޮސިޓްގެ ގތޮ ގައު ބެހެއްޓި -/50،000ރ (ފަންސާސްހާސް ރުފިޔާ) އަބުރާ ލިބޭނެކަން އެމްޕްލޯއިމަންޓް ބިއުރޯއަށް އެންގިއެވެ. އެމްޕްލޯއިމަންޓް ބިއުރޯގެ ފަރާތުން 07 ޖަނަވަރީ 2025 ދުވަހު ހުށަހެޅި އިޖުރާއީ ބަޔާން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/275 ޤަޟިއްޔާގެ އިޖުރާއީ އިޢުތިރާޒާމެދ ނިންމު ގޮތް މިފްކޯގެ ނަންބަރު:CORP/MIS/2010/340-134 (21 ނޮވެމްބަރު 2010) ސިޓީ.

6ނީލަން ކިޔުމުގެ ހަމަތަކުގެ މަތިން ބަލާއިރު، އީޖާބާއި ޤަބޫލު ހިންގައި ނިމިފައިވާކަމަށް ބުނެ، މިފްކޯއަށް މި ނީލަން ބާޠިލު ނުކުރެވޭނެކަމަށް ބުނެ، މިތެޔޮ ޓޭންކަރު އެމްޕްލޯއިމަންޓް ބިއުރޯއަށް ވިއްކުމަށް މިފްކގޯ މައްޗަށް އެންގުމަށްއެދި އެކުންފުނިން 04 ޖެނުއަރީ 2011 ގައި، ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މިމައްސަލަ ބަލައި، ސިވިލް ކޯޓުގެ ނަންބަރު:36/Cv-C/2011 ޤަޟިއްޔާއިން 04 ޖުލައި 2012 ގައި ނިންމާފައިވަނީ، "އެކަށީގެންވާ އަގު" އެއީ ޚިޔާލީ ޝަރުތެއް ކަމަށާއި އެހެންކަމުން، އެމް.ޓީ. ބަރޯސާ 101 އެމްޕްލޯއިމަންޓް ބިއުރއޯށ ވިއްކުމަށް އަންގައެވެ.

7ސިވިލް ކޯޓުގެ ނަންބަރު:36/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ޤާނޫނީ ހަމަތަކާއި އެއްގޮތް ނޫންކަމަށް ދެކިގެން، 20 މެއި 2013 ގައި މިފްކޯގެ ފަރާތުން މި ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގެ ނަންބަރު ނަންބަރު:2013/HC-A/168 ޤަޟިއްޔާއިން، މިމައްސަލަބަލައި، "އެކަށީގެންވާ އަގު" އެއީ، މިނީލަމުގެ ޝަރުޠު (ރިޒާރވް)އަށް ވާތީ، މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމް 27 ފެބުރުއަރީ 2014 ގައި ބާޠިލްކޮށްފައިވެއެވެ.

8ހައިކޯޓުގެ ނިންމުން ޤާނޫނާއި އެއްގޮތް ނޫންކަމަށް ދެކިގެން، އެމްޕްލޯއިންމަންޓް ބިއުރޯގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު:2014/SC-A/35 ޤަޟިއްޔާއިން އެމައްސަލަ ބެލުމަށްފަހު، މިފްކޯއިނ ކޮށްފައިވް އިޢުލާނުގައި ބަޔާންކޮށްފައިވާ ނީލަމަކީ ވިތް ރިސަރވް ނުވަތަ ކޮންޑިޝަލަން ނީލަމެއްކަނ ނުވަތް ނޫންކަމުގެ މައްޗަށް ބަލާއިރު، އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމުން، ނީލަން ނިންމާލުމަށްފަހު، ނީލަމުގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު ޤަބޫލުކުރުމުގެ ނުވަތަ ޤަބޫލުނުކުރުމުގެ އިޚްތިޔާރު މުދަލުގެ ވަރި ފަރާތަށް ލިބެގެންވާކަމަށް ބަޔާންކޮށްފައި ނުވާތީ، 16 މާރިޗް 2020 ގައި ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ނީލަން ނިންމާލިއިރު، ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/168 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް އެންމެ މަތީ އަގު ހުށަހެޅި އެމްޕްލޯއިމަންޓް ބިއުރޯއަށް އެމް.ޓީ ބަރޯސާ 101 ވިއްކުމަށް ލާޒިމުވެއްޖެކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމުގެ އެބަޔަށް ތާއީދު ކޮށް މައްސަލަ ނިންމާފައިވެއެވެ.

ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުން

9ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގެ ޙުކުމްކުރިތާ، 03 (ތިނެއް) އަހަރާއި 04 (ހަތަރެއް) މަހަށްވުރެ ގިނަދުވަސް ހިނގާދިޔަ ފަހުން، ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކުރި 12 ޖޫން 2012 އިން ފެށިގެން، ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް މިފްކޯއާ ދެކޮޅަށް އެމްޕްލޯއިންމަންޓް ބިއުރޯ އިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2423 ޤަޟިއްޔާ (ފުރަތަމަ ޤަޟިއްޔާ) އިން އެމައްސަލަ އެކޯޓުގައި ބަލަން ފެށިއެވެ. ފުރަތަމަ ޤަޟިއްޔާގައި ކަންހިނގި ގޮތް :

10އެމްޕްލޯއިމަންޓް ބިއުރޯއިން މި ދަޢުވާކުރުމުން، ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ("މަދަނީ އިޖުރާއަތުގެ ޤާނޫނު") އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު ("މަދަނީ އިޖުރާއަތުގެ ގަވާއިދު") ގެ ދަށުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ފޯމްތައް ދަޢުވާ ރައްދުވާ މިފްކޯއަށް 02 އޮކްޓޫބަރު 2023 ގައި ރައްދުކުރިއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވަ ގޮތުގެ މަތިން 14 (ސާދަ) ދުވަހުގެ ތެރޭގައި މިދަޢުވާއާއި ގުޅިގެން ދޭ ރައްދު ހުށަހެޅުމަށް އެންގިއެވެ.

11ދައުވާ ފޯމާއި ލިޔުންތަކާއި މިފްކޯއިނާ ހަވާލުވުމަށްފަހު، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިފްކޯގެ ފަރާތުން ދައުވާގެ ދިފާޢު ހުށަހަޅާފައިނުވެއެވެ. މިފްކޯއިން ދައުވާގެ ދިފާޢު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/35 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޙުލާސާ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2423 ޤަޟިއްޔާ ދައުވާ ފޯމު ރައްދުކުރިކަމުގެ ލިޔުން (ފޯމު 51) ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިބަޔާންކުރާ 14 (ސާދަ) ދުވަހުގެ މުއްދަތު ފާއިތުވިފަހުން 22 އޮކްޓބަރޯ 2023 ގައެވެ.

12މިފްކޯއިން ދައުވާގެ ރައްދު ހުށަހަޅާފައިނުވާތީ، އެމްޕްލޯއިމަންޓް ބިއުރޯއިނ އެދް ގޮތް ހުށަހެޅުމަށް ސިވިލް ކޯޓުން އެންގުމުން، މިފްކޯގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 05 ނޮވެންބަރު 2023 ގައެވެ.

13އެމްޕްލޯއިމަންޓް ބިއުރޯ ގެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދުމާއި ގުޅިގެން، ފުރަތަމަ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، މިފްކޯގެ ފަރާތުން އަޤުދާއި ޚިލާފުވެފައިވާތީ ޝަރީޢަތް މެދުވެރިކޮށް އިންޞާފު ހޯދުމަށް އެމްޕްލޯއިމަންޓް ބިއުރޯއިނ ސިވިލް ކޯޓް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ޤާނޫނީ މަސައްކަތަށް ޚަރަދުކުރި ފައިސާގެ ތެރެއިން ބައެއް ކަމުގައިވާ - /500،000ރ. (ފަސްލައްކަ ރުފިޔާ) އާއި 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުން މަންފާ ޙާޞިލުކު ރުމުގެ ޙައްޤު ގެއްލިފައިވާތީ، އެ މުއްދަތުގައި އެމްޕްލޯއިމަންޓް ބިއުރޯއަށް ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެފައިސާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ތަފްސީލުކޮށްދީފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ބައެއް ކަމުގައިވާ -/20,000,000ރ. (ވިހިމިލިއަން ރުފިޔާ) އާއެކު ޖުމްލަ -/20,500,000ރ. (ވިހި މިލިއަން ފަސްލައްކަ ރުފިޔާ) އަކީ މިފްކޯއިން އެމްޕްލޯއިމަންޓް ބިއުރޯއަށް ދައްކަންޖެހޭ ފައިސާއެއްކަމުގައެވެ. މިޙުކުމް ކޮށްފައިވަނީ މިފްކޯގެ ޣައިރު ޙާޟިރުގައެވެ. ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމު (ފޯމު 7) ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމު (ފޯމު 26) ފުރަތަމަ ޤަޟިއްޔާ މުރާޖަޢާ ކުރުމަށް ހުށަހެޅުން:

14މިފްކޯގެ ޣައިރު ޙާޟިރުގައި ފުރަތަމަ ޤަޟިއްޔާއިން ކުރި ހުކުމް ބާޠިލްކުރަން ނުވަތަ ބަދަލުކޮށްދިނުމަށް އެދި މިފްކޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު: 2023-CVC-3653 ޤަޟިއްޔާ (ދެވަނަ ޤަޟިއްޔާ) އެވެ. މިފްކޯގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައި މިވަނީ ދެވަނަ ޤަޟިއްޔާ ސިވިލް ކޯޓުން ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓނު ނިންމި ގޮތް:

15ދެވަނަ ޤަޟިއްޔާގައި ސިވިލް ކޯޓު ން ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2423 ޤަޟިއްޔާއިން މޯލްޑިވްސް އިންޑަސްޓްރިއަކ ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173/1993) ގެ މައްޗަށް އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 744/2006-C) އިން ހުށަހެޅު މައްސަލައިގައި ޤާނޫނުނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ދިހަވަނަ ބާބުގެ ދަށުން ޣައިރު ޙާޟިރުގައިކުރި ޙުކުމް ބާޠިލުރަނ ނުވަތް ބަދަލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ނިންމީމެވެ. މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:

16ސިވިލް ކޯޓުން ދެވަނަ ޤަޟިއްޔު ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ، މިފްކޯ ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ؛

1.16. ސިވިލް ކޯޓުގެ ނަންބަރު: 2023-CVC-2423 ޤަޟިއްޔާ (ފުރަތަމަ ޤަޟިއްޔާ) ގައި ޣައިރު ޙާޟިރުގައިކޮށްފައިވ ޙުކުމާ ބާޠިލްކުރަން ނުވަތް ބަދަލުކުރަންޖެހޭ ތަނެއް ނެތްކަމަށް، ސިވިލް ކޯޓުގެ ނަންބަރު:2023-CVC-3653 ޤަޟިއްޔާ (ދެވަނަ ޤަޟިއްޔާ)ގައި ކަނޑައަޅުއްވާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، އެމާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ރިޢާޔަތްކޮށް ތަޠުބީޤުކުރުމެއްނެތި ކަމަށްބުނެ ހުށަހެޅި ނުކުތާ.

2.16. ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއްގައި އިސްތިއުނާފުކުރާ ފަރާތް ބައިވެރިކޮށް ބާއްވާފައިނުވި ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު:2023-CVC-3653 ޤަޟިއްޔާ (ދެވަނަ ޤަޟިއްޔާ) ގައި ޝަރީޢަތް ނިމުނުއިރު ރިޕޯޓުގެ 4 ވަނަ ނުކުތާގައި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢަދުލު އިންސާފުން ޝަރީޢަތް ކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

17އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.17. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސލްގައީ ބުނެފައިވަނީ، ސިވިލް ކޯޓުން ބެލި ފުރަތަމަ ޤަޟިއްޔާގެ ލިޔެކިޔުންތައް 2 އޮކްޓޫބަރު 2023 ދުވަހު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާކަމަށާއި، ނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ތެރޭގައި އިދާރީ ގޮތުން އެރި އޮޅުމެއްގެ ސަބަބުން ދައުވާގެ ދިފާޢު ފޯމު ހުށަނޭޅޭކަމަށާއި، އެ ފޯމު ހުށހެޅިފައިވަނަ 18 (އަށާރަ) ދުވަސް ފަހުން 22 އޮކްޓޫބަރު 2023 ގައިކަމަށެވެ. ދިފާޢު ފޯމުގައި އިސްތިއުނާފުކުރާ ފަރާތުން ދަޢުވާއަށް މުތަލަޤަށް އިންކާރުކުރާ ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދިފައިވަނީ 05 ނޮވެންބަރު 2023 ގައިކަމަށާއި، މައްސަލައިގައި ޙުކުމް ކޮށްފައިވަނީ އޭގެ 3 ދުވަސް ފަހުންކަމަށެވެ.

2.17. އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ހުކުމްކޮށްފައިވާކަން އެނގުމުން، އެމައްސަލަ މުރާޖަޢާކުރުމަށް ސިވިލް ކޯޓަށް ހުށަހެޅިކަމަށާއި، މައްސަލައިގެ މައުޟޫޢުގައި ވާހަކަދެކެވޭ ކަންކަމާއި ގުޅިގެން އެހެން މައްސަލަތަކެއް ނިންމާފައިވާކަމަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ބަޔާންކުރި ނަމަވެސް އެސަބަބުގެ މައްޗަށް ބިނާކޮށް ދަޢުވާ ދިފާޢުކުރެވިދާނެކަނ ނުވަތް ނޫންކަން އެއްވެސް މިންވަރަކަށް ކޯޓުން ވަޒަންކޮށް ގޮތެއް ނިންމާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ބުނެފައިވެއެވެ. މިގޮތުން، މުރާޖަޢާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދޭން ޖެހެނީ މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން އެއްކަމަކަށް ދައުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް އޮތުންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ދައުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުށަހަޅާފައިވީނަމަވެސް، ސިވިލް ކޯޓުން އެކަންކަމަށްގޮތެއް ނިންމާފައިނުވާކަމަށެވެ.

3.17. ޣައިރު ޙާޟިރުގައި ޙުކުމް ކުރާއިރު ކޯޓުން ބަލާ އަސާސީ ކަންކަން ބިނާވެފައިވަނީ ދަޢުވާގެ މެރިޓަށް ބެލުމުގެ ބަދަލުގައި އިޖުރާއަތުތަކެއް ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރަން ހުށަހަޅަނީ އެއީ ދިފާޢުވުމުގެ ހަރުދަނާ އަސާސްތަކެއް އޮތުމުންކަމަށާއި، އެއަސާސްތައް ކޯޓުން ވަޒަންކުރަންޖެހޭނެކަމަށެވެ. މީގެ އިތުރުން، ބަދަލު ނ ގައިދީފައިވ އަސާސާ ބިނާކޮށްފައިވާ މައިގަނޑު އެއްކަމަކީ، ޝަރީޢަތުގެ މަރުހަލާގައި މައްސަލަ އތޮ މުއްދަތުވެސް ހިމެނޭގޮތުން ބަދަލު ނަގައިދީފައިވުންކަމަށާއި، ޝަރީޢަތް ލަސްކޮށް އަވަސްކުރުމުގެ ބާރެއް މިފްކޯއަށް ލިބިގެންނުވާކަމަށެވެ. މީގެ އިތުރުން، ފުރަތަމަ ޤަޟިއްޔާގައި ނަގައިދީފައިވާ ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ލިބޭނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލެއްގެ މައްޗަށްކަމަށާއި، އެއީ 2010 ވަނަ އަހަރުން ފެށިގެން ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލެއްކަމަށާއި 2023 ވަނަ އަހަރު ފާއިތުވެފައިވާ މުއްދަތަކަށް ލަފާކުރާ ގެއްލުމުގެ ބަދަލެއް ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ. މިއީ ފުރަތަމަ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަށް ދިފާޢުވެވޭނެ ޙަޤީޤީ ސަބަބެއްކަން ފާހަގަކޮށްފައިވީނަމަވެސް، އެނުކުތާއަށް ކޯޓުން ގޮތެއް ނިންމާފައިނުވާކަމަށެވެ. މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.

4.17. އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ދެވަނަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ޙާޟިރުކޮށްގެން އެއްވެސް ޝަރީޢަތެއް ހިންގާފައިނު ވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތް ޙާޟިރުވުމަށް ޗިޓުފޮނުވާފައިވަނީ ޙުކުމް ކުރުމުގެ މަޖިލީހަށްކަމަށާއި އެމަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދެވޭނެކަމަށް ކޯޓުން އަނގަފާއިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތެއް ބާއްވައި ދިނުމަށް އެދުމުންވެސް ކޯޓުން އެކަން ކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކުތ ފަރާތާ ޙާޟިރުކޮށް ޢަދަލުވެރި ޝަރީޢަތެއް ކުރުމެއްނެތިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

18އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ނިންމި ދެވަނަ ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢަ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅާދެއްވައި، އެނިންމުން ބާޠިލްކޮށް ފުރަތަމަ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކީ މުރާޖަޢާކުރަންޖޭ ނިންމުމެއްކަމަށް ކަނޑައަޅާދއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

19އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގެ ތަފްސީލްތައު އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ތައު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.19. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ކުރެވުނު ޙުކުމުގެ މައުޟޫޢު އަލުން ހުޅުވައި އެ ދައުވާ ދިފާޢުކުރުމުގެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތަށް ދޭންޖެހޭ ސަބަބެއްނެތްކަމަށާއި އަދުލުވެރި އިންސާފުވެރި ގޮތަކީ އިސްތިއުނާފުކުރާ ފަރާތަށް ދައުވާ ދިފާޢުކުރުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.

2.19. އިސްތިއުނާފީ ޖަވާބު ފޯމުގެ 4.1.6.1 އިން ފެށިގެން 4.1.6.3 އާ ހަމައަށް ފާހަގަކޮށްފައި ހުރި ކަންކަމަށް ބަލާއިރު ފާހަގަކޮށްފައިވަނީ ފުރަތަމަ ޤަޟިއްޔާގެ ދައުވާއަށް ޖަވާބުދާރީވުމުގެ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވަނީ ޝަރީޢަތް ލަސްކުރުމާއި އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުހައި ބޭނުންކުރުމުގެ ނިޔަތުގައިކަމަށް ބަލަންޖެހޭކަމަށާއި، ފަރުވާތެރިކަމާއެކު ޢަމަލުކުރިނަމަ ފުރަތަމަ ޤަޟިއްޔާއާއި ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާކަމަށެވެ. އަދި މުއްދަތު އިތުރުކުރުމަށް އެދުމުގެ ބަދަލުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގު 103 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ތަކުރާރުކުރުމަށް ދެވޭ ހިތްވަރެއް ކަމުގައިވާތީ އެކަން ޝަރީޢަތަށް ބަލައިނުގަނެ ފެންނާންހުރި ހެކިތަކުން ސާފުކޮށް އެނގެން ހުރި ކަންކަމަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތާމެދުގައި ޢަމަލުކޮށްދެއްވުމަށް އެދޭކަމަށެވެ.

3.19. މީގެ އިތުރުން، އިސްތިއުނާފީ ފުރަތަމަ ނުކުތާ ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން މައްސަލައަށް ޖަވާބުދާރީވުމަށް އޮންނަ މުއްދަތުގައި ޖަވާބުދާރީ ވެފައިނުވަނީ ސަބަބުވެރި އުޒުރެއް އޮވެގެންކަމުގައި ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅާދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތަކީ ކަނޑައެޅިގެން ޝަރީޢަތް ދިގުދެންމުމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތެއްކަން އެނގޭތީއާއި އަދި ޝަރީޢަތަށް އެއްބާރުލުން ނުދިނުމުގެ އަމަލުތަކާއ ގުޅިގެނި ސިވިލް ކޯޓުން ފިޔަވަޅު އަޅާފައިވާ ފަރާތެއްކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތުން މިފަދަ ބޭކާރު އުޒުރުތައް ޝަރީޢަތަށް ބަލައިގަނެ ޝަރީޢަތުގެ މަރުހަލާތައް ދިގުދެންމުމަކ އިސްތިއުނާފީ ރައްދުވު ފަރާތަށް އޮންނަ އަދަލުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށ ކަނޑައަޅާދިނުމަށް އެދޭކަމަށެވެ.

4.19. އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ދެވަނަ ޤަޟިއްޔާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ ޣައިރު ޙާޟިރުގައި ކުރެވިފައިވާ ޙުކުމެއް ބާޠިލުކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާއިރު އެފަދަ ހެއްކެއްވެސް ހުށަހަޅާފައިނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިހެން ދެކޭ ސަބުބުތައް އިސްތިއުނާފީ ޖަވާބު ފޯމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

20އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ؛

1.20. އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ އޮޅި ގިރާކޮށްފައިވަނީ ސާފު އަތަކާއިގެން ކަމުގައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ފަރުވާއެއް ދޭން ނުޖެހޭކަމުގައި

2.20. އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުން އަންގާ އެންގުންތަކަށް ތަބާނުވުމާއި އިންސާފުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ޢަމަލުކޮށްފައި އޮތްކަން ހުށަހެޅުނު ހެކިތަކުން އެނގެން އޮތަތީ އެ ސަބުބަތަކަށ ރިޢާޔަތްކޮށް ސިވިލް ކޯޓުގް ފުރަތަމަ ޤަޟިއްޔާގެ ދައުވާގެ ޖަވާބު ހުށަހެޅުމަށް އޮންނަ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވަނީ ޝަރީޢަތް ލަސްކޮށް އިންސާފު ގެއްލުވާލުމަށްކަމުގައި ބެލެވޭނެކަމަށް ކަނޑައަޅައިދެއްވުމަށާއި،

3.20. އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުން އަންގާ އެންގުންތަކަށް ތަބާނުވުމާއި އިންސާފުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ޢަމަލުކޮށްފައި އޮތްކަން ހުށަހެޅުނު ހެކިތަކުން އެނގެން އޮތަތީ އެސަބަބުތަކަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ފުރަތަމަ ޤާޟިއްޔާގ ދަޢުވާގެ ޖަވާބު ހުށަހެޅުމަށް އޮންނަ މުއްދަތުގައި ޖަވާބު ހުށަހަޅާފައިނުވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ސަބަބެއް އޮވެގެންކަމުގައި ބަލާނެ ތަނެއް ނެތްކަމުގައި

4.20. އިސްތިއުނާފުކުރާ ފަރާތުން އެމް.ޓީ ބަރޯސާ 101 ގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށް ޙައްޤުނޫން މުއްސަނދިކަން ލިބިގަނެފައި އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި 2023 ވަނަ އަހަރުގެ އޮޑިޓާރ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓަށް ބެލުމުން އެނގޭތީ، އެމަންފާއަކ އިސްތިއުނާފީ ރައްދުވު ފަރާތަށް އިންސާފުގެ ހަމަތަކުން ރައްދުކުރަންޖެހޭ މަންފާއެއް ކަމަށް ކަނޑައަޅައިދީ، އެ ސަބަބުތަކަށް އެހެން ހުރުމުން ފުރަތަމަ ޤަޟިއްޔާގެ ހުކުމުގެ ދަށުން ލިބިފައިވާ ފަރުވާއާއި އެ މައްސަލައިގެ ނިންމުން ބާޠިލުކުރާނެ ތަނެއްނެތްކަމަށް

5.20. އިންސާފު ގެއްލިގެންދާ ގޮތަށް ޝަރީޢަތުގެ ނިޒާމުގެ ބޭނުން ހިފުމުގެ ޢަމަލުތަކަކީ އެ ޢަމަލުތަކާއި ގުޅިގެން ބަދަލު ހޯދޭނެ ކަންކަންކަމުގައިވެފައި، ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގައި ނަގައިދީފައިވާ ބަދަލަކީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) އާއު އެމާއްދާގެ (ކ) އާއި ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/313 ޤަޟިއްޔާ ދިފާޢުކުރުމުގެ ފުރުސަތު ފަރުވާއެއް ކަމުގައި ކަނޑައަޅައިދެއްވުމަށާއި،

6.20. ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ދައުވާ ދިފާޢުކޮށ މައްސަލައިގް ޝަރީޢަތް އަލުން ފެށުމަކީ އިސްތިއުނާފުރައްދުވާ ފަރާތަށް ލިބިދެވޭ ޢަދުލުވެރި ޝަރީޢަތެއްގެ ހައްޤާއި، ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އަމަލުކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމުގައި ކަނޑައަޅާދެއްވުމަށާއި،

7.20. ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަމުގައި ކަނޑައަޅާދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

21މި މައްސަލައާއި ގުޅިގެން ސިވިލްކޯޓުން ނިންމި ދެވަނަ ޤަޟިއްޔާގެ ރިޕޯޓަށާއި މިފްކގޯ ޣައިރު ޙާޟިރުގައި ޙުކުމް ކުރި ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށާއި އެމައްސަލަ މުރާޖަޢާ ކުރުމަށް މިފްކޯ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އ ގުޅިގެނި ދެފަރާތުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ފުރަތަމަ ނުކުތާ:

22HN2HN3އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން ބަލާއިރު، ފުރަތަމަ ޤަޟިއްޔާގެ މުރަޖަޢާ ކުރަންޖެހޭތޯ ބެލުމުގައި ބަލަންޖެހޭ އަސާސީކަމަކީ، ދަޢުވާލިބޭ ފަރާތަށް ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ބަޔާން ކޮށްދެވިފައިވޭތޯއެވެ. ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކުގެ ތެރޭގައި، ދަޢުވާ ކާމިޔާބު ކުރެވިދާނެ ސަބަބެއް އޮތްތޯ ބަލާކަށް ނުޖެހޭނެއެވެ. ދަޢުވާ ކާމިޔާބު ކުރެވުމާއި ދަޢުވާ ދިފާޢު ކުރެވުމާއި އެއީ މުޅިން ތަފާތު ދެކަ މެވެ. ވީމާ، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު، އެ ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބެއް ބަޔާން ކޮށްދެވިފައި އޮވެއްޖެނަމަ، އެދަޢުވާއެއްގެ ޙުކުމް ބާޠިލުކޮށް ނުވަތަ ބަދަލުކޮށް އެދަޢުވާގެ ދިފާޢު ހުށަހަޅައިގެން ޝަރީޢަތް ކުރިއަށް ގެންދަންޖެހޭނެއެވެ. ޙަޤީޤީ ސަބަބަކީ ޚިޔާލީ ސަބަބެއް ކަމުގައި ނުވާ ކަންކަމެވެ. ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށްދިނުމަށް aside) (setting ނުވަތަ ބަދަލުކޮށްދިނުމަށް (varying) އެޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާއިރު، އަސާސީ ގޮތެއްގައި ބަލަންޖެހޭ ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް ވ. ބޭންކް އޮފް މޯލްޑިވްސް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. އެއީ ؛

1.22 ޤާނޫނުގެ 124 (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން "ދަޢުވާ ދިފާޢާ ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް" (real prospect of successfully defending the claim) އަދި

2.22 އެ އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން އެހެން އެކަށީގެންވާ ސަބަބެއް (some other good reason) އޮތްތޯއެވެ.

23ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށްދިނުމަށް ނުވަތަ ބަދަލު ކޮށްދިނުމަށް ދަޢުވާ ރައްދުވާ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުމައް ބަލާއިރު، ދައުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް އޮތްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ނޭޝަނަލް ޗެމްބަރސް އޮފް ކޮމަރސް ވ. ބޭންކް އޮފް މޯލްޑިވްސް ޤަޟިއްޔާގެ 54 ވަނަ ނުކުތާ. (2024/HC-A/20) ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެދަޢުވާއެއް ދިފާޢު ކުރުމަށް ފުރުސަތެއް ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ޤަބޫލުކުރެވޭނަމަ، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށް ނުވަތަ ބަދަލުކުރެވިދާނެކަމަށް ބުނެވުނު ޤަޟިއްޔާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

24މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ދައުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް އޮތްތޯ ބަލާއިރު، ދައުވާލިބޭ ފަރާތުން ހާމަކޮށްދޭންޖެހޭނީ ދައުވާލިބޭ ފަރާތަށް ބަހުސްކުރެވޭނެ ދަފްޢެއް އޮތްކަމާއި އަދި އެ ފަރާތުގެ ދިފޢަކާ ހިޔާލެއްގެ މައްޗަށް ބިނާވާ ދިފާއެއްނޫންކަމެވެ. މި މަރުހަލާގައި ހަޤީޤީ ސަބަބުގެ މާނައަކީ ދައުވާ ދިފާޢުކުރުމުގައ ޤާނޫނި ސަބަބީ އެކުލެވުންކަމާއ އަދި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަތް ސަބަބު އެކަށީގެންވުމެވެ.

25ހުށަހެޅިފައިމިވާ ދަޢުވާއާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތަށް ދައުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއްކަމުގައި އެފަރާތުން ދެކޭ ސަބަބުތަކާއި، އަދި ދައުވާ ދިފާޢުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭންޖެހޭ ސަބަބުތަކެއް ހުރިކަމަށް ބަޔާންކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް ހުށަހެޅިއެވެ. މިހުށަހެޅުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތށަ ދައުވާ ދިފާއު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއްކަމުގައި އެފަރާތުން ބަޔާންކުރާ ސަބަބުތަކަކީ؛

1.25. ފުރަތަމަ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައިވާއިރު، ގެއްލުމުގެ ބަދަލުގެ ފަރުވާއަކީ އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގައި ހިމެނި އެމައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާއެއްކަށްވާތީ ފުރަތަމަ ޤަޟިއްޔާގައި ނަގަދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް A/184)-(2024/HC ޤަޟިއްޔާގެ 32 ވަނަ ނުކުތާ. ގެއްލުމުގެ ބަދަލަކީ ރެސްޖޫޑިކާޓާގ މަބްދައުގެ ދަށުން އަންނަ ކޯސް އޮފް އެކްޝަން އެސްޓޮޕަލްގެ އުސޫލުގެ ދަށުން ދިފާޢުކުރެވިދާނެ ބަދަލެއްކަ މަށްބުނެ ހުށަހެޅި ސަބަބު،

2.25. ސިވިލް ކޯޓުގެ ނަންބަރު 36/Cv-C/2011 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުސަތު އޮވެމެ އެހެން އެދިފައިނުވާއިރު، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ޙައްޤުތައް ހޯދުމުގެ ނަމުގައި އުޅަނދުވެސް ލިބިގަތުމަށް ސިވިލް ކޯޓުގެ މިހާރުވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކުރާ މައްސަލައެއް ހިނގަމުން ދަނިކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް އިތުރު ދައުވާއެއްކުރުމަކީ އިޖުރާއަތުގެ ބޭނުން ނަމަހ ގޮތުގައަ ހިފުންކަން ބެލެވޭނެތީ، ރެސްޖޫޑިކާޓާގ މަބްދައުގެ ދަށުން އަންނަ އިޖުރާއަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ އުސޫލުގެ ދަށުން ދިފާޢުކުރެވިދާނެ ބަދަލެއްކަމަށްބުނެ ހުށަހެޅި ސަބަބު،

3.25. ގެއްލުމުގެ ބަދަލު ބިނާކޮށްފައިވާ ޤާނޫނީ އަސާސް ދައުވާއިނ އެނގެން ނެތް ކަމަށްބުނެ ހުށަހެޅި ސަބަބު،

4.25. އިސްތިއުނާފު ރައްދުވާ ފަރާތުން ފުރަތަމަ ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ބަދަލަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނަގައިދެވިދާނެ ބަދަލެއް ނޫންކަމަށްބުނެ ހުށަހެޅި ސަބަބު،

5.25. ގެއްލުމުގެ ބަދަލެއް ހޯދުމަށް ދަޢުވާކުރާއިރު، އެފަދަ މުޢާލަމާތެއްގައި ގެއްލުން ކުޑަކުރުމަށް ސަބަބުވެރި އިންސާނަކު ކުރާނެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ސަބަބު،

6.25. ފުރަތަމަ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ މުދާ ވިއްކާ ފަރާތުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ނަގައިދެވޭނެ ބަދަލުކަމަށް މުދާ ވިއްކުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބަދަލު ނޫން އެހެން ބަދަލެއްކަމަށްވާތީ، ފުރަތަމަ ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެކަމަށްބުނެ ހުށަހެޅި ސަބަބު، އަދި

7.25. ފުރަތަމަ ޤަޟިއްޔާގައި ނަގާދީފައިވާ ޤާނޫނީ ޚަރަދަކީ "ޕްރެކްޓިސްކުރާ" އަދަދުތަކަށްވުރެ އެތަށް ގުނައެއް ބޮޑު އަދަދެއްކަމަށްބުނެ ހުށަހެޅި ސަބަބެވެ. މިއެވެ.

26މިފްކޯގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާ ކޮށްދިނުމަށް އެދި މިފްކޯގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުވާއިން ދިފާޢުވެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުށަހަޅާފައިވާ ކަން ސާފުކޮށް އެނގެން އެބައޮތެވެ. އަދި ޤާނޫނީ މަސައްކަތުގެ ފީގެ ގޮތުގައި ނަގައިދީފައިވާ ފައިސާގެ ޢަދަދަށް ބަލާއިރުވެސް، މިމައްސަލަ މުރާޖަޢާކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އެބައޮތެއެވެ.

27ވީމާ، ޣައިރު ޙާޟިރުގައި ކުރި ޙުކުމް މުރާޖަޢާ ކުރުމަށް އެދި މިފްކޯގެ ފަރާތުން ހުށަހެޅި މައްސަލައާއެކު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކަކީ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބިނާކުރި ޤަޟިއްޔާގެ އަސާސް ނަފީކުރެވޭނެ ޒާތުގެ ހެކިތަކަކަށް ވާންޖެހޭނެކަމަށް ދަށު ކޯޓުން ކަނޑައެޅީ ޤާނޫނާއި އެއްގޮތަށް ކަމަކަށް ބުރައެއް ނުވެވެއެވެ. ޤާނޫނު ބަޔާންކުރާ ގޮތުން ހުށަހަޅަންޖެހެނީ ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެކެވެ. ނުވަތަ އެނޫންވެސް އެހެން އެކަށީގެންވާ ސަބަބެކެވެ.

28HN4މީގެ އިތުރުން، މިމައްސަލައިގައި ކަންވެފައިވާ ގޮތަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 103 ވަނަ މާއްދާގައި ބަޔާންކުރާ 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ދައުވާގެ ދިފާޢު މިފްކޯގެ ފަރާތުން، ހުށަހަޅާފައެއް ނެތެވެ. ނަމަވެސް މިފްކޯޓުގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެމްޕްލޯއިމަންޓް ބިއުރޯ އިން އެދުނުއިރު، މިފްކޯގެ ފަރާތުން މި ދަޢުވާގެ ދިފާޢު ކޯޓަށް ހުށަހަޅާފައި އޮތްކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދިފާޢު ހުށަނޭޅުނު ސަބަބުވެސް ބަޔާންކޮށްފައި އެބައޮތެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެންމެ އަސާސީ މަޤްޞަދަށްބަލާއިރު، މި ޤާނޫނުގެ ދަށުން ކޯޓުން އެއްވެސް ބާރެއް ތަންފީޛުކުރުމުގައި މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދަށާއި، މައްސަލއިގަ ޒާތާއި ބާވަތަށް ބަލައި، އިންޞާފުވެރި އުސޫލަކުން މައްސަލައިގައި ޢަމަލުކުރެވުމަކީ، ޤާނޫނު ބަޔާންކުރާ ގޮތެވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-3656 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ 4.7.2 ވަނަ ނުކުތާ

29ވީމާ، ސުވާލަކީ، ދަޢުވާގެ ދިފާޢު ހުށަހެޅުން 15 (ފަނަރަ) ވަރަކަށް ދުވަސް ލަސްވުގެން ދިޔަ ދިއުމގު ސަބަބުގެ މައްޗަށް ބަލާލުމެއްނެތި، ވިހި މިލިޔަން ރުފިޔާއަށްވުރެ ބޮޑު ބަދަލެއް ޝަރީޢަތެއް ކުރުމަކާއި ނުލައި ލެއްވުމަކީ އިންޞާފުވެރި އުޞޫލެއް ހެއްޔެވެ؟ ޚާއްޞަކޮށް، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން، ދަޢުވާގެ ދިފާޢުވެސް ހުށަހަޅާފައި އޮތްއިރު، ޝަރީޢަތެއް ކުރުމަކާއި ނުލައި މިހާ ބޮޑު ޢަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ލެއްވުމަށްފަހު، މައްސަލައިގެ ފައިލު ވަގުތީގޮތުންނަމަވެސް ލައްޕާލުމަކީ، އިންޞާފާއި ހަމަ ހެއްޔެވެ؟ މައުޟޫޢީ ޢަދުލުވެރިކަމުގެ މައްޗަށް އިޖުރާއީ ގޯސް ގަދަވެގެންދާނީ ހެއްޔެވެ؟ އިޖުރާއީ ގޯހެއްގެ އަގު މިގޮތަށް ދައްކަން ޖެއްސުމަކ އިޖުރާއީ ޤާނޫނެއްގެ ބޭނުމާއި މަޤްޞަދު ހެއްޔެވެ؟

30އަހަރެންނަށް އެނގިފައި އޮތް އެއްޗެއްގެ މައްޗަށް ބަލާއިރު، އެކަން އޮތީ އެހެނެއް ނޫނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެންމެ އަސާސީ މަޤްޞާދަކީ (overriding objective) ކޮބައިކަން، އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ސާފުވެއެވެ. އަދި އެ ޤާނޫނުގެ ދަށުން ކޯޓުން އެއްވެސް ބާރެއް ތަންފީޛުކުރުމުގައި 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެންމެ އިސް ވާޖިބު ނެގެހެއްޓުމަށް އަބަދުމެ މަސައްކަތްކުރަންވާނެކަމަށ ބަޔާން ކުރް މެއެވެ. ހަމަ އެހެންމެ، އެހެން ބައެއް ޖޫރިސްޑިކްޝަންތކުގަ މަދަނީ އިޖުރާއަތުގެ ޤާނޫނު ގައިވެސް، މި އަސާސީ މަޤްޞަދު ޙާޞިލު ކުރުމުގެ ބޭނުމުގައި، މިފަދަ މާއްދާތައް ހިމެނެފައި ވާތީ ފެނެއެވެ. ބައެއް މަދަނީ އިޖުރާއަތުގެ ގަވާއިދުތައް ހެދުމުގައި؛ “In administering any of the rules herein, the court or a judge shall have regard to the justice of the particular case and not only to the technical non-compliance of any of the rules herein.” މިމޭރުމުން، މާއްދާއެއް ހިމަނާފައި އޮންނަނީ، މިފަދަ އިޖުރާއީ ބޭއިންޞާފުތައް އެއްފަރާތްކޮށް އިންޞާފު ނެގެހެއްޓުމަށް ކޯޓަށާއި ފަނޑިޔާރުންނަށް ޤާޟާއ ތަޤްދީރީ ބާރު އޮތްކަން ސާފުކޮށް ދިނުމަށެވެ. އަދި އެފަދައިން ކަނޑައެޅި ބަޔާންވެގެންވާ ނައްޞެއް ނެތްނަމަވެސް، އެބާރަކީ ފަނޑޔާރުންނަށާއި ކޯޓުތަކަށް ލިބިދެވިގެންވާ ވިރާސީ ބާރެކެވެ. ސަބަބަކީ، އިޖުރާއީ ކުދިކުދި ޚިލާފުތަކާއި ޓެކްނިކަލް ކަންކަމުގެ ތެރެއިން މައުޟޫޢީ ޢަދުލުވެރިކަމުގެ މައްޗަށް އިސްކަމެއް ދޭންޖެހުމެވެ.

31ވީމާ، އިޖުރާއީ ޤާނޫނުގައި ވަކި ކަމެއް ކުރުމަށް ބަޔާންކުރާ މުއްދަތު ފަހަނައަޅައިދިޔަ ސަބަބު ބަޔާންކުރުމާއެކުވެސް، ޤާނޫނުގައި ފަނޑިޔާރުންނަށް އިޚްތިޔާރީ ބާރު ލިބިދީފައި އޮވެމެ، އެސަބަބަށް ބެލުމެއްވެސް ނެތި، އަދި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން، ލަހުން ނަމަވެސް ދަޢުވާގެ ދިފާޢު ހުށަހަޅާފައި އޮތްއިރު، އެކަމަށްވެސް ރިޢާޔަތް ކުރުމެއް ނެތި، ޝަރީޢަތް ކުރުމަކާއި ނުލައި ބޮޑެތި ޢަދަދުތަކުނ ބަދަލް ނަގައިދިނުމަށް ނިންމުމަކީ، ޚަރަދު ކުޑަ ނިޒާމަކުން ޢަދުލުވެރިކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތްނިންމޭ ގޮތެއް ކަމަކަށް ނުވެއެވެ. އެކަންވެގެންދަނީ، ކަންފަސޭހަ ތަރުޖަމާއެއްގެ ތެރެއިން، ދަޢުވާގެ ފައިލު އަވަހަށް ލައްޕާލެވޭ ކަމަކަށެވެ. މިއީ ޢަދުލުވެރި އިންޞާފުވެރި ގޮތަކަށް ނުވެއެވެ.

ދެވަނަ ނުކުތާ

32އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަމަށް ބުނެފައިވާތީއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާގައި އަޑުއެހުމެއް ބާއްވައިދިނުމަށް އެދުމުން ސިވިލް ކޯޓުން އަޑުއެހުމެއް ބާއްވާދީފައިނުވާކަމަށެވެ. އެހެންކަމުން، ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ގޮތެއް ނިންމާފައިވާކަމަށް ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތް ޙާޟިރުކޮށް ޢަދުލުވެރި ޝަރީޢަތެއް ކުރުމެއްނެތިކަމަށެވެ.

33HN5ސިވިލ ކޯޓުގް ދެވަނަ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާއަށް ބަލާއިރު، އެނުކުތާގައި ބަޔާންކޮށްފައިވަނީ މައްސަލައިގައި .."ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދއްކަ ފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް..." ގޮތެއް ނިންމާފައިވާކަމަށެވެ. މި ޢިބާރާތުން ދޭހަވަނީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ޚަޞްމުން ޙާޟިރުކޮށްގެން ޝަރީޢަތެއް ހިންގިކަމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި "ޝަރީޢަތް ހިންގުން" މި ޢިބާރާތް ބޭނުންކޮށްފައިވަނީ "ޓްރަޔަލް" ހިންގުމުގެ މާނައިގައެވެ. މީގެ މާނައަކީ ދެފަރާތުން ޝަރީޢަތަށް ޙާޟިރުވެ ނުވަތަ ދުރުންނަމަވެސް ޝަރީޢަތުގައި ބައިވެރިވެ ފަނޑިޔާރެއްގެ ކުރިމަތީގައި ނުވަތަ އެކަމެއް ފައިޞަލާކުރަން އިންނަ މީހާގެ ކުރިމަތީގައި ވާހަކަ ދެއްކުމެވެ. ޓްރަޔަލް އެއްގައި އެއްމެ އަސާސީ ކަމަކީ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި ދެފަރާތުން ވާހަކަ ދައްކާ ދެއްކުމެވެ.

34ވީމާ، ޝަރީޢަތުގެ މަޖިލީހަކަށް ޚަޞްމުން ޙާޟިރު ކުރުމަކާއި ނުލައި އަދި އެފަރާތުން ދެއްކި ވާހަކައެއްވެސް ނެތީސް، ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަ ކަމަށް ބަޔާން ކުރުމުގެ ބަދަލުގައި ރިޕޯޓުގައި ބަޔާން ކުރާންޖެހޭ ރަނގަޅު ގޮތަކީ، އެކަން ހިނގާދިޔަ ގޮތެކެވެ. އެޝަރީޢަތެއް ހިންގީ ހަމައެކަނި ބަޔާން ބަދަލުކޮށްގެން ކަމަށްވާނަމަ، ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހުގައި ކަމަށް ބަޔާން ކުރެވިދާނެއެވެ. ކަން ހިނގިގޮތާއ ރިޕޯޓުގައި ލިޔާ ގޮތާއި ދެގޮތަކަށް ވެގެން ނުވާނެއެވެ. މައްސަލަ ނިންމުން:

35ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މި ދަޢުވާއަކީ ދަޢުވާގެ ދިފާޢއާއެކު ޝަރީޢަތް ކުރިއަށް ގެންދަންޖެހޭ މައްސަލައެކެވެ. ވީމާ، ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާ އިސްތިއުނާފުކޮށް ހުށަހަޅާފައިވާ ނުކުތާތަކަށް ބުރަވެ، ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ހުކުމް ބާޠިލުކުރަންޖެހޭކަމަށް ބުރަވެވޭތީ، ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާގެ ޙުކުމާއި ފުރަތަމަ ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް ފުރަތަމަ ޤަޟިއްޔާގެ ޝަރީޢަތް ކުރުމަށް މިމައްސަލަ ސިވިލް ކޯޓަށް ފޮނުވަންޖެހޭކމަށަ ދެކެމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔު :

36މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

37މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

38މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ