މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2592-CVC-2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާގެ ދިފާޢު ހުށަހަޅަން ކޯޓުން (ޤާނޫނީ 28 ދުވަހަށްވުރެ ދިގުކޮށް) ކުށަކުން ދިން ތާރީޚަށް ދިފާޢު ހުށަހެޅި ހާލަތެއްގައި ޣައިރުޙާޟިރުގައި ކުރި ޙުކުމް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ)(2)، (ށ)(1) ނުވަތަ (ށ)(2) ގެ ދަށުން ބާޠިލުކުރަންޖެހޭތޯ؛ އަދި (ށ) ގައިވާ "ހެއްކާއެކު" ހުށަހެޅުމުގެ މާނައަކީ ކޮބައިތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ދެ ޙުކުމް ބާޠިލު، ދިފާޢު ހުށަހެޅުމާ ހިސާބުން އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުން މުއްދަތު އިތުރުކޮށް ދިފާޢު ހުށަހަޅަންޖެހޭ ވަކި ތާރީޚެއް ދަޢުވާލިބޭ ފަރާތަށް އަންގައިފިނަމަ، އެއީ ދިފާޢު ހުށަހަޅަން ޤާނޫނުން ލިބޭ ފަހުގެ ތާރީޚުކަމަށް ދަޢުވާލިބޭ ފަރާތުން ޤަބޫލުކުރުމުގެ ޖާއިޒު ސަބަބެއް އުފެދެއެވެ؛ ކޯޓުން ދިން ތާރީޚު ރަނގަޅުތޯ ބެލުމަކީ ހުރިހާ ޙާލަތެއްގައި ވަކީލުންގެ ޒިންމާއެއްކަމަށް މުޠްލަޤަށް ބުނެވޭކަށް ނެތެވެ.
HN2 ހިންގުމުގެ ދާއިރާއިން ކޯޓަށް ހެދޭ ގޯހެއްގެ ޝިކާރައަކަށް މައްސަލައިގެ ފަރާތްތައް ނުވާންވާނެއެވެ (Actus Curiae Neminem Gravabit)؛ އެ ގޯހުގެ ބުރަ އެ ފަރާތަށް އުފުލަން ނުޖެހޭނެ ގޮތަކަށް ކޯޓުން ފަރުވާ ދޭންޖެހެއެވެ.
HN3 ޣައިރުޙާޟިރުގައި ޙުކުމްކުރުމަށް އެދި ހުށަހަޅަންޖެހޭ ވަގުތެއް ޤާނޫނުގައި ސާފުކޮށް ބަޔާންނުކުރިނަމަވެސް، ދިފާޢުގެ މުއްދަތު ހަމަވުމާއެކު އެ ހުށަހެޅުމުގެ ވަގުތު ފެށޭކަމަށް ބަލައި، އެ ހުށަހެޅުން ދިފާޢުގެ މުއްދަތު ހަމަވާތާ ގިނަވެގެން 2 ދުވަހަށްވުރެ ފަސްނުކުރެވޭނެކަން 109 ވަނަ މާއްދާ ފަދަ ނައްޞުތަކުން ދެނެގަނެވެއެވެ.
HN4 ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި: 124 ވަނަ މާއްދާގެ (ށ) ގައިވާ "ހެއްކާއެކު" ހުށަހެޅުމުގެ "ހެކި" ހަމައެކަނި މާއްދީ ނުވަތަ ކިތާބީ ހެއްކަކަށް ވާންނުޖެހެއެވެ؛ 27 ވަނަ މާއްދާގައިވާ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ވުޖޫދުގައިވާކަން ބަޔާންކުރާ ޙަޤީޤީ ސަބަބުތަކެއް ހުށަހަޅައިފިނަމަ ފުދެއެވެ؛ ދިފާޢުގެ އަސާސް ދަޢުވާކުރާ ފަރާތުގެ ދަޢުވާއިންވެސް ސާފުވާނަމަ އިތުރު ހެކި ބޭނުމެއް ނުވެއެވެ.
HN5 124 ވަނަ މާއްދާގެ (ހ) ގެ ޝަރުޠުތައް ފުރިހަމަވާނަމަ ޙުކުމް ބާޠިލުކުރުން ކޯޓަށް ލާޒިމްވެއެވެ ("ބާޠިލުކުރަންވާނެ")؛ (ށ) ގެ ދަށުން ކޯޓަށް ލިބެނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ބާޠިލު ނުވަތަ ބަދަލުކުރުމުގެ އިޚްތިޔާރެވެ. ޙުކުމް ބާޠިލުކުރަން އެދުމުގައި ހުށަހަޅާފައިވާ އަވަސްމިނަށް ކޯޓުން ރިޢާޔަތްކުރަންޖެހެއެވެ.
HN6 ފަނޑިޔާރު ފަރްހީޒާގެ ރައުޔުގައި: 142 ވަނަ މާއްދާގެ 28 ދުވަހުގެ މުއްދަތަށްވުރެ އިތުރަށް ކޯޓަށް މުއްދަތު ދެވޭނީ 143 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ފަރާތުގެ އެއްބަސްވުމާއެކުގައެވެ؛ ކޯޓުން އިތުރު ދުވަސް ދީފައިވުމަކީ 124(ހ) ގެ ބޭނުމަށް މުއްދަތުގައި ދިފާޢު ހުށަހެޅުނީކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ؛ 124(ހ) ގެ ދަށުން ބަލަނީ ޤާނޫނީ މުއްދަތާއި ޝަރުޠު ހަމަވެއްޖެތޯ ބެލުމެވެ.
HN7 124 ވަނަ މާއްދާގެ (ށ)(1) ގެ ދަށުން ހުށަހަޅާއިރު ދިފާޢަކީ ކޮބައިކަން ހެއްކާއެކު ބުނެދޭންޖެހެއެވެ؛ ނަމަވެސް (ށ)(2) ގެ ދަށުން ހުށަހަޅާނަމަ، ޙުކުމް ބާޠިލުކުރަން ނުވަތަ ދިފާޢުގެ ފުރުޞަތު ދޭން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ހުށަހެޅުމެއް އޮތުމުން ފުދެއެވެ.
HN8 ހުށަހެޅުމުގައި ނުރަނގަޅު މާއްދާއަކަށް ޙަވާލާދިނުމަކީ ހުށަހެޅުން ގެއްލުވާލާ ކަމެއް ނޫނެވެ؛ ވާޤިޢާތަކުން ސީދާ ޤާއިމުވާ، އަދި ރިޢާޔަތްނުކޮށްފިނަމަ ފާޅު ބޭއިންޞާފެއް ކުރިމަތިވާ ޙާލަތްތަކުގައި، ޙަވާލާނުދިން ނަމަވެސް 124(ށ)(2) ފަދަ ނައްޞަކަށް ރިޢާޔަތްކުރެވިދާނެއެވެ.
HN9 ކޯޓުން ކުށަކުން ދިން މުއްދަތަށް ދިފާޢު ހުށަހެޅި ހާލަތުގައި (inadvertent mistake by the court / excusable neglect)، ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ނުދީ ބޮޑު ދަރަންޏެއް ސާބިތުކުރުމަކީ ފާޅު ބޭއިންޞާފެކެވެ؛ އެއީ 124 ވަނަ މާއްދާގެ (ށ)(2) ގެ ދަށުން ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝުހައިލް، ފާޠިމަތު ޝަފްނީޒް، އަޒޫރު ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މޫސާ ފާރިޝް އަޙްމަދު
- ބެންޗު
- މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
މައްސަލައިގެ ތަޢާރަފް:
1ބޭންކް އޮފް މޯލްޑިވްސް ޕލކ ("ބީ.އެމް.އެލް" ނުވަތަ "އިސްތިއުނާފު ރައްދުވާ") އިން މޯލްޑިވްސް ނޭޝަނަލަށް ޗެމްބަރ އޮފް ކޮމާރސ އެންޑް އިންޑަސްޓްރީ ("އެމް.އެން.ސީ.ސީ.އައި" ނުވަތަ "އިސްތިއުނާފުކުރާ") ގެ މައްޗަށް ފައިސާ ހޯދުމުގެ ދަޢުވާއެއް ކުރިއެވެ. ސިވިލް ކޯޓުގެ ނަންބަރު :2022-CVC-4638 ޤަޟިއްޔާ "(ފުރަތަމަ ޤަޟިއްޔާ") އިން އެދަޢުވާ ބަލައި ޙުކުމްކުރީ އެމް.އެން.ސީ.ސީ.އައި ގެ ޣައިރު ޙާޟިރުގައެވެ.
2އެހެންވެ، އެޙުކުމް މުރާޖަޢާ ކޮށްދިނުމަށް އެމް. އެން. ސީ. ސީ. އައި އިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު:2023-CVC-2592 ޤަޟިއްޔާ ("ދެވަނަ ޤަޟިއްޔާ") އިން ބަލައި ނިންމީ ފުރަތަމަ ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލު ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، ފުރަތަމަ ޤަޟިއްޔާ ސިވިލް ކޯޓނު ނިންމް ޤާނޫނާއި އެއްގޮތަށް ނޫންކަމަށްބުނެ، ހުށަހެޅި ދެވަނަ ޤަޟިއްޔާ، އެމް.އެން.ސީ.ސީ.އައި އިން މިކޯޓުގައި އިސްތިއުނާފުކުރިއެވެ. މައްސަލައިގައިކަން ހިނގާދިޔަގޮތް:
3ސުނާމީ ރިވައިޓަލައިޒޭޝަން (އެލް.އާރް.ޕީ) "ލޯން ސްކީމް" އާއި ގުޅިގެން ބީ.އެމް.އެލް އިން އެމް.އެން.ސީ.ސީ.އައި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ("މަޓީ") އާއި ދެމެދު 20 ޖޫން 2006 ގައި ސޮއިކޮށްފައިވާ އެމް.އޯ.ޔޫ އަށް 30 ނޮވެންބަރު 2016 ގައި ފުރަތަމަ އިސްލާހު ގެނެވުނެވެ. އޭގެ ފަހުން މި ލޯ ނ އެކައުންޓު ބަންދުކުރިއެވެ. އެ އެކައުންޓް ބަންދު ކުރިއިރު، އެ އެކައުންޓްގައި ބާކީ ހުރި ފައިސާ ބީ.އެމް.އެލް އިން އެމް.އެން.ސީ.ސީ.އައި އަދި މަޓީއަށް ރައްދުކުރި ރަޖިސްޓްރޭޝަން ނަންބަރު:22/1982-C ރަޖިސްޓްރޭޝަން ނަންބަރު: A/94/23-10 އެވެ. ނަމަވެސް މިފައިސާ ހިސާބުކުރުމުގައި ދިމާވެފައިވާ ކުށެއްގެ ސަބަބުން މިދެފަރާތަށް ރައްދުކުރަންޖެހޭ ފައިސާގެ އަދަދަށްވުރެ އިތުރަށް ބީ.އެމް.އެލްއިން ފައިސާ ޖަމާކުރެވިފައިވާކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.
4އެހެންވެ، އިތުރަށް ޖަމާކުރެވުނު 915,891.63ރ. (ނުވަލައްކަ ފަނަރަހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަސްދޮޅަސް ތިންލާރި) އާއި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ދައްކަންޖެހޭ 84,614.33ރ. (އަށްޑިހަ ހަތަރުހާސް ހަސަތޭކަ ސާދަ ރުފިޔާ ތިރީސް ތިންލާރި) އާ އެކު ޖުމްލަ 1,000,505.96ރ. (އެއްމިލިއަން ފައްސަތޭކަ ފަސްރުފިޔާ ނުވަދިހަ ހަލާރި) އަކީ އެމް.އެން.ސީ.ސީ.އައި އިން ބީ.އެމް.އެލްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އަމުރުކޮށްދިނުމަށް އެދި ބީ.އެމް.އެލއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެމައްސަލަ ބެލީ ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާ އިންނެވެ. ފުރަތަމަ ޤަޟިއްޔާގައި ކަންހިނގި ގޮތް :
5ބީ.އެމް.އެލް އިން މި ދަޢުވާކުރުމުން، ޤާނޫނު ނަންބަރު:2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނ) ("މަދަނު އިޖުރާއަތުގެ ޤާނޫނު") އާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު ("މަދަނީ އިޖުރާއަތުގެ ގަވާއިދު") ގެ ދަށުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ފޯމްތައް ދަޢުވާ ރައްދުވާ އެމް.އެން.ސީ.ސީ.އައި ގެ އީ-މެއިލް އެޑްރެހަށް 15 ޖެނުއަރީ 2023 ގައި ސިވިލް ކޯޓުން ފޮނުވިއެވެ.
6މި އީ -މެއިލްގައި ހިމަނާފައިވަނީ، ދަޢުވާ ފޯމާއި ލިޔުންތަކާއު އަދި މަދަނީ އިޖުރާއަތުގެ ޤާނޫނގު 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި، މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކުރާ ފޯމު 2 އާއި ފޯމު 51 އެވެ. ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4638 ޤަޟިއްޔާ 15 ޖޫން 2023 ގައި ފޮނުވި މެއިލް. ދައުވާ ފޯމާ ހަވާލުވީކަން އަންގާ ލިޔުން. ދަޢުވާ ފޯމު ރައްދުކުރިކަމުގެ ލިޔުން.
725 ޖަނަވަރީ 2023 ގައި އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުންވާތީ، ކަމާބެހޭ ގޮޅީގައި ފާހަގަޖަހއަ ދަޢުވާ އާ ޙަވާލުވި ކަމުގެ ލިޔުން ސިވިލް ކޯޓަށް ފޮނުވިއެވެ. މިހުށަހެޅުމާއި ގުޅިގެން ސިވިލް ކޯޓުން ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ފަހުގެ ތާރީޚަކީ 23 ފެބުރުއަރީ 2023 ކަމަށް ބަޔާންކޮށް އެމް.އެން.ސީ.ސީ.އައިއަށް އަންގާފައިވެއެވެ. އެހެންވެ، ބީ.އެމް.އެލްއިން ކުރި ދަޢުވާގެ ދިފާޢު (ފޯމް 7) އަދި ރައްދު ދަޢުވާ (ފޯމް 10) އެއް، އެމް.އެން.ސީ.ސީ.އައި އިން 23 ފެބްރުއަރީ 2023 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި ބީ.އެމް.އެލްއަށް އެލިޔުންތައް ފޮނުވިއެވެ.
8މި ފޯމުތައް ބީ.އެމް.އެލްއަށް ފޮނުވުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެމް.އެން.ސީ.ސީ.އައި އަށް ދަޢުވާގެ ރައްދު ހުށަހެޅުމަށް ލިބޭނީ ދައުވާލިބު ފަރާތާއި ލިޔުންތައް ހަވާލުކުރި ތާރީޚު ކަމަށްވާ 15 ޖެނުއަރީ 2023 އިން ފެށިގެން 28 (އަށާވީސް) ދުވަސްކަމަށް ބީ.އެމް.އެލް އިން ބަޔާން ކުރިއެވެ. މިގޮތުން، ދަޢުވާ ދިފާޢު އަދި ރައްދުގެ ދަޢުވާ ހުށަހަޅުމުގެ މުއްދަތު ހަމަވާ ތާރީޚައަކީ 13 ފެބްރުވަރީ 2023 ކަމަށް ބަޔާންކުރެއެވެ.
9އެމް. އެން. ސީ. ސީ. އައި އިން ދަޢވާގު ދިފާޢު އަދި ރައްދު ދަޢުވާ ހުށަހަޅާފައިވަނީ މި މުއްދަތު ފާއިތުވިފަހުން ކަމަށްވާތީ، ބީ.އެމް.އެލް ގެ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން އެމް.އެން.ސީ.ސީ.އައި ގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި 81 ޖޫން 2023 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. ބީ.އެމް.އެލްގެ މި ހުށަހެޅުމާއި ގުޅިގެން ބޭއްވުނު އަޑުއެހުމުގައި މިކަމަށް އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން އިޢުތިރާޟްކޮށްފައިވެއެވެ. ސިވިލް ކޯޓުން 12 ފެބްރުއަރީ 2023 ގައި ފޮނުވި މެއިލް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދޭ ފޯމް (ފޯމް 26) ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4638 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 8 ވަނަ ނުކުތާ
10ބީ.އެމް.އެލްގެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދުމާއި ގުޅިގެން ފުރަތަމަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 9.9 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދަޢުވާލިބޭ އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން އެދުމުން، މުއްދަތު އިތުރުކޮށްދެވިފައިވާކަމަށް އަންގާފައިވަނީ، މުއްދަތު ގުނުމުގައި ކޯޓަށް އެރި އޮޅަމަކުން ކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ ދަށުން 28 (އާށާވީސް) ދުވަހުގެ މުއްދަތު އިތުރުކުރެވޭނީ 143 ވަނަ މާއްދާގެ ދަށުން ދަޢު ވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތް އެއްބަސްވެގެންކަމަށްވާތީ، މިމައްސަލައިގައި އެފަދަ އެއްބަސްވުމެއް ނެތަތީ، 23 ފެބްރުއަރީ 2023 އާ ހަމަ އަށް މުއްދަތު އިތުރުކޮށްދެވުނުކަމަށ ބެލެން ނެތްކަމަށެވެ.
11އެއަށްފަހު، ބީ.އެމް.އެލް އިން ކުރި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން ބީ.އެމް.އެލްއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ބަލައި، ޣައިރު ޙާޟިރުގައިކުރާ ޙުކުމަކުން މިމައްސަލަ ނިންމިއެވެ.
12އެއާއެކު، ފުރަތަމަ ޤަޟިއްޔާއިން އެމް.އެން.ސީ.ސީ.އައި ގެ ޣައިރު ޙާޟިރުގައި ކުރި ހުކުމް ބާޠިލްކޮށް ދިނުމަށް އެދި އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން ސިވިލް ކޯޓަށް ދެވަނަ ޤަޟިއްޔާ ހުށަހެޅި އެވެ. އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައި މިވަނީ ދެވަނަ ޤަޟިއްޔާ ސިވިލް ކޯޓުން ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓނު ނިންމި ގޮތް:
13ދެވަނަ ޤަޟިއްޔާގައި ސިވިލް ކޯޓު ން ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2022-CVC-4638 ޤަޟިއްޔާގައި، ޣައިރުޙާޟިރުގައިކުރި ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ". ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2592 ޤަޟިއްޔާ އިސްތިއުނާފީ ނުކުތާތައް:
14ސިވިލް ކޯޓުން ނިންމި ދެވަނަ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތތަކާއި ބެހޭގޮތުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ؛
1.14.އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ (ދެވަނަ)ޤަޟިއްޔާގައި، ޣައިރު ޙާޟިރުގައިކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު: 4638/Cv-C/2022 ޤަޟިއްޔާ (ފުރަތަމަ ޤަޟިއްޔާ) ގެ ޙުކުމް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާޠިލްކުރެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ، އެމާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމަށް ގޮތެއް ކަނޑައެޅުމެއް ނެތިކަމަށްވާތީ، އެނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނގު 261 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
2.14. ސިވިލް ކޯޓުގެ ނަންބަރު 4638/Cv-C/2022 ޤަޟިއްޔާ (ފުރަތަމަ ޤަޟިއްޔާ) އިން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެ ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ އެނުކުތާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި، އެނަންބަރުގެ މަޤްސަދު ނަފީވާގޮތަށް ކަމަށްވުމުން، އެނިންމުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
15އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.15.އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސލްގައީ ބުނެފައިވަނީ، ސިވިލް ކޯޓުން ބެލި ފުރަތަމަ ޤަޟިއްޔާއިން ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ދެވަނަ ޤަޟިއްޔާގައި އެދުނު މައިގަނޑު އަސާސަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ހ) ގެ (2) ވަނަ ނަންބަރު ކަމަށެވެ. މިކަންކަމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަން ބޭނުންވާކަންކަން އިސްތިއުނާފު ފޯމުގެ 1.3.1 އިން ފެށިގެން 1.3.6 ގައި ވަރަށް ތަފްސީލްކޮށް ބަޔާންކުރުމަށްފަހު ބުނެފައިވަނީ، މިމައްސަލައިގައި މުއްދަތު ގުނުމުގެ ކުށެއް ހެދިފައިވކަމަށާއި، އެކުށަކީ ކޯޓަށް ހެދުނު ކުށެއް ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކުރަމުން ދިޔައީ ކޯޓުގެ އެންގުމާއި އިރުޝާދާ އެއްގޮތށަ ކަމުގައިވުމުން، އެކުށުގެ މަންފާ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭނެކަމުގައި މުރާޖަޢާ މައްސަލައިގައި ބަޔާންކޮށްފައިވާނެކަމަށެވެ. އަދި އިސްތިއުނާފު ފޯމުގެ
1.3 ގެ ދަށުން ފާހަގަކޮށްފައިވާ ވާޤިޢީ އަދި ޤާނޫނީ ސަބަބުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ގުޅޭ ސަބަބަކީ، ކޯޓުން ދިން މުއްދަތުގައި ދިފާޢު އާއި ރައްދު ދަޢުވާ ހުށަހަޅާފައިވާތީ، މަދަނަ އިޖުރާއާތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި ބަޔާނކުރް މައިގަނޑު ޝަރުޠު ކަމުގައިވާ ދިފާޢު ހުށަނާޅައި އޮތުން މިމައްސަލައިގައި ފުރިހަމަނުވާކަމަށެވެ.
2.15.މީގެ އިތުރުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުމާމެދު ކޯޓުގެ ރައުޔު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާއިރު، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މުރާޖަޢާ މައްސަލައިގެ ތެރޭގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިތުރަށް ބުނެފައިވެއެވެ. އެހެންކަމުން މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ނިންމުމެއްކަމަށާއި، ބީ.އެމް.އެލްގެ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދުނުއިރުވެސް އިސްތިއުނާފުކުރާ ފަރތުންވަނީ ދަޢުވާ ގެ ދިފާޢު އާއި ރައްދު ހުށަހަޅާފައި ކަމަށާއި، އެހެންކަމުން މިހާލަތުގައި މުއްދަތާ ގުޅިގެން ދެބަސްވުމެއް އުފެދިފައިވާއިރު، ޢަދުލު އިންސާފުގެ ހަމަތަކަށް ބަލާއިރު އެކަމުގެ ބެނެފިޓް ލިބެންވާނީ އިސްތިއުނާފުކުރާ ފަރާތަށކަމަށެވެ.
3.15.އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ސިވިލް ކޯޓުން ނިންމި ފުރަތަމަ ޤަޟިއްޔާއިން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައިގަނޑު އެއް ސަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުމުންކަމަށެވެ. އަދި މިކަންކަން އިސްތިއުނާފު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކުރަމުން ބުނެފައިވަނީ މިކަންކަމަކީ ބީ.އެމް.އެލް އިން ހުށަހެޅި ފުރަތަމަ ދަޢުވާގެ ދިފާޢާއި ރައްދު ދަޢުވާގައި ފާހަގަކޮށްފައިވާކަންކަމަށާއި، އަދި މިއީ މުރާޖަޢާ މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށް ސާބިތުކޮށްދިނުމަށް ހުށަހެޅި ހެކިކަމަށެވެ. އެހެންނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހެއްކާއެކު ހުށަހަޅާފައިވޭތޯ ބެލުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ އެހެން ޤާނޫނީ ނުކުތާއެއްގެ ދަށުން ހުށަހެޅި ހެއްކަކަށްވުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތު ނެތްކަމުގައި ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ނިންމި ދެވަނަ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި ސިވިލް ކޯޓުގެ ނިންމި ފުރަތަމަ ޤަޟިއްޔާއިން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާ އަލުން ސިވިލް ކޯޓުން ބެލުމަށް އަންގައި މިމައްސަލަ ނިންމާދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
17އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގެ ތަފްސީލްތައު އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ތައު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.17.އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ ޚިލާފަށްކަމަށްބުނ ނަމަވެސް، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ 12 ވަނަ ނުކުތާ އާއި 13.7 ވަނަ ނުކުތާގައި ޝަރީޢަތުން ވަނީ އިސްތިއުނާފުކުރާ ފަރާތުން އުފައްދާފއިވަ ޤާނޫނީ ބަހުޘާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅާފައިކަމަށެވެ. މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ދިފާޢު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދިފާޢު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށާއި، އެހެންކަމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުކުމް ބާޠިލްކުރާނެ ތަނެއް ނެތްކަމަށާއި، ސިވިލް ކޯޓުނާ 23 ފެބްރުއަރީ 2023 ގެ ކުރިން ދިފާޢު ހުށަހެޅުމަށް އޮޅުމަކުން އެނގިފައި އޮތުމަކީ، އެއީ ދިފާޢު ހުށަހަޅަންޖެހޭ މުއްދަތުކަމަށް ޤާނޫނީ ވަކީލުން ނިންމަންޖެހޭ ސަބަބެއް ނޫންކަމަށާއި، ކޯޓުން މިވެނި ތާރީޚެއްގައި ހުށަހެޅުމަށް އިރުޝާދު ދިންނަމަވެސް، އެއީ ރަނގަޅު ތާރީޚެއްތޯ އަމިއްލައަށް ބަލައި ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚަށް ދިފާޢު ހުށހެޅުމަކ ޤާނޫނީ ވަކީލުންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން މުއްދަތު ގުނުމުގައި ކޯޓަށް އޮޅުން އަރާފައިވާކަމަށްބުނެ ހިމަނާ ފައިވަނީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަމަށެވެ. މިކަންކަން ތަފްސީލީ ގޮތެއްގައި ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
2.17.އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން މިނުކުތާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) ގެ (1) ގެ ދަށުން ކިތާބީ ނުވަތަ ޝަފަހީ ހެކި ހުށަހެޅުން ލާޒިމް ނޫންކަމަށާއި، ބޭންކުގެ ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮތީ ބޭންކަށްކަމަށެވެ. އެހެންނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލްކުރަން އެދޭ ހާލަތުގައި އެމާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވެފައިވާކަން ސާބިތުކޮށްދިނުމުގެ ބަރު އޮތީ އިސްތިއުނާފުކުރާ ފަރާތަށްކަން އެމާއްދާގެ ނައްސަށް ބެލުމުން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އަދި އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވޭތޯ ބަލާއިރު، މުރާޖައާކުރަނ ހުށަހެޅް ހުށަހެޅުމުގައި ދައުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ބަޔާންކޮށްފައިނުވާކަމަށާއި، އެފަދަ ސަބަބަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް އިސްތިއުނާފުކުރާ ފަރާތުން ހިމަނާފައިނުވާކަމަށް އިތުރަށް ބުނެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން މިހެން ދެކޭ ސަބުބުތައް އިސްތިއުނާފީ ޖަވާބު ފޯމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
18އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ނިންމި ދެވަނަ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރާނެ ޤާނޫނީ އަދި ޝަރުޢީ އަސާސެއް ނެތްކަމަށް ކަނޑައަޅުއްވައި، ސިވިލް ކޯޓުން ނިންމި ފުރަތަމަ ޤަޟިއްޔާއިން އެމް.އެން.ސީ.ސީ.އައިގެ މައްޗަށް އުފުލި ދަޢުވާގެ މައުޟޫއު ޢަލުން ސިވިލް ކޯޓުނި ބެލުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
19މި މައްސަލައާއި ގުޅިގެން ސިވިލްކޯޓުން ނިންމި ދެވަނަ ޤަޟިއްޔާގެ ރިޕޯޓަށާއި އެމް.އެން.ސީ.ސީ.އައި ގެ ޣައިރު ޙާޟިރުގައި ޙުކުމް ކުރި ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށާއި އެމައްސަލަ މުރާޖަޢާ ކުރުމަށް އެމް.އެން.ސީ.ސީ.އައި ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ފުރަތަމަ ނުކުތާ:
20އިސްތިއުނާފީ ފުރަތަމަ ނުކުތާގއަ ބަޔާންކުރަނީ، މުރާޖަޢާ ކުރުމުގެ ތެރެއިން ސިވިލް ކޯޓުން ނިންމި ފުރަތަމަ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރެވެން ނެތްކަމަށް އެކޯޓުން ނިންމީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ކަންކަމަށް ގޮތެއް ކަނޑައެޅުމެއް ނެތި ކަމަށެވެ. ވީމާ، އެއީ މަދަނީ އިޖުރއަތުގާ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
21މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 112 ވަނަ މާއްދާއަށް ޙަވާލާދީ، "ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތު" ގައި ކަމަށްބުނެ، ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމް، ޣައިރު ޙާޟިރުގައި ކޮށްފައިވަނީ "މުއްދަތުގައި ދިފާޢު" ހުށަހަޅާފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން، ޣައިރު ޙާޟިރުގައި މި ކުރި ޙުކުމް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ބާޠިލު ކުރަންޖެހޭ ކަމަށެވެ.
22އިސްތިއުނާފުކުރާ ފަރާތުން، "މުއްދަތުގައި ދިފާޢު" ހުށަހެޅިކަމަށް ބުނާ ސަބަބަކީ ކޯޓުން ދިފާޢު ހުށަހަޅަންޖެހޭ ފަހުގެ ތާރީޚުކަމަށްބުނެ ދިން 23 ފެބުރުއަރީ 2023 ގައި ދަޢުވާގެ ދިފާޢު އަދި ރައްދު ދަޢުވާ ހުށަހަޅާފައި ވާތީކަނ އެނގެން އޮވެއެވެ. 23 ފެބުރުއަރީ 2023 ގައި ދަޢުވާގެ ރައްދު އަދި ރައްދަ ދަޢުވާ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަމާމެދު އެއްވެސް ފަރާތަކުން ދެބަހެއް ނުވެއެވެ.
23މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރަން އެދޭ ސަބަބަކީ، ޙަވާލާދެވޭ ޤަޟިއްޔާގައި ބެލުނު ދަޢުވާގެ ލިޔުންތަކާއި ޙަވާލުވެ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަހެޅިއިރު، މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދުމުން، ދަޢުވާގެ ދިފާޢު ހުށަހެޅުމަށް ކޯޓުން ދިން ތާރީޚުގައި "ދިފާޢު ހުށަހަޅާފައިވާތީ" ކަމަށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރަނީ؛ ޣައިރު ޙާޟިރުގައި ކުރާ 124. (ހ) ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ކޮށްފައިވަނީ އަންނަނިވި ޙުކުމް ބާޠިލުކުރުން ނުވަތަ ސަބަބުތަކަށްޓަކައި ރަނގަޅަށް ނޫން ކަމުގައިވާނަމަ، އެ ބަދަލުކުރުން ޙުކުމްކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރަންވާނެއެވެ. (2) ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ
(ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުން؛
24މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ސާފެވެ. އެނަންބަރުގައި ބަޔާންކުރަނީ، "ދިފާޢު ހުށަނޭޅުމުގެ ސަބަބުން..." ޣައިރު ޙާޟިރުގައި ޙުކުމް ކުރާ ޙާލަތުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވނާ ނުޖެހޭނެ ކަމަށެވެ.
25މިމައްސަލައިގައި "މުއްދަތުގައި ދިފާޢު" ހުށަހެޅިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އަދި އެހެން ބުނާ ސަބަބުވެސް ސާފެވެ. ވީމާ، ދިފާޢު ހުށަނޭޅުމުގެ ސަބަބުންކަމަށް ބުނެ ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާނެ ޖާގައެއް ނެތެވެ. އެހެންވެ، މުއްދަތުގައި ދިފާޢު ހުށަނާޅައިގެން ޣައިރު ޙާޟިރުގައި ޙުކުމް ކުރިކަމަށަ ދަށު ކޯޓުގެ ރިޕޯޓްގައި ބަޔާންކުރާތީ، ބަލަންޖެހޭ ނުކުތާއަކީ މުއްދަތުގައި ދިފާޢު ހުށަހެޅިތޯ ނުވަތަ ނޫންތޯއެވެ. މުއްދަތުގައި ދިފާޢު ހުށަހެޅި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ސަބަބު:
26މުއްދަތުގައި ދިފާޢު ހުށަހެޅިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ސަބަބަކީ، ކުރިން ބަޔާންކުރިހެން، ފުރަތަމަ ޤަޟިއްޔާގެ ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢު ހުށަހެޅުމަށް ކޯޓުން ދިން މުއްދތުގައަ ދިފާޢު ހުށަހަޅާފައި ވާނެތީ ކަމަށެވެ. މިކަން ބެލިއިރު، ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ؛ " 4. ބުނެވުނު ފަދައިން ކޯޓުން ދަޢުވާ ފޯމާއި ލިޔުންތައް ދަޢުވާލިބޭ ފަރާތުގެ އީ-މެއިލް އެޑްރެސްއަށް ރައްދުކުރުމާއި ގުޅިގެން 25 ޖަނަވަރީ 2023 ގައި ދަޢުވާ ލިބޭ ފަރާތުން ފޯމް 2 "ދަޢުވާ ފޯމާއި ޙަވާލުވީކަމުގެ ލިޔުން" ހުށަހަޅާފައިވެއެވެ. މިލިޔުން ހުށަހެޅިއިރު ދަޢުވާގެ ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުންކަމުގައި ބުނެ އެގޮޅީގައި ފާހަގަޖަހާފައި ވެއެވެ.
5. ދަޢުވާގެ ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން އެދިފައިވާތީ، އެފުރުޞަތު ދީފައިވާ ކަމަށާއި، މުއްދަތު ދީފައިވާ ތާރީޚަކީ 23 ފެބުރުއަރީ 2023 ކަމުގައި ކޯޓުން ދަޢުވާލިބޭ ފަރާތަށް 12 ފެބްރުއަރީ 2023 ގައި ޢިމެއިލ މެދުވެރިކޮށް އަންގާފައިވެއެވެ.
6. 23 ފެބުރުއަރީ 2023 ގައި ދަޢުވާ ލިބޭ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމް (ފޯމް 7) އަދި ރައްދު ދަޢުވާ ފޯމް (ފޯމް 10) ހުށަހަޅާފައިވެއެވެ،" މިފަދައިންނެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ގޮތަށް ކޯޓުން އިތުރުކޮށްދިން މުއްދަތުގައި ދަޢުވާގެ ދިފާޢު އަދި ރައްދު ދަޢުވާއެއް ހުށަހަޅާފައި އޮތްކަން ސާފުވެއެވެ. އެކަމާއިމެދު ބަހުޘެއް ކުރާނެ ތަނެއް ނެތެވެ. މުއްދަތުގައި ދިފާޢު ހުށަނޭޅި ކަމަށް ކޯޓުން ދެކޭ ސަބަބު:
27އިސްތިއުނާފ ރައްދުވު ފަރާތަށް ދަޢުވާގެ ދިފާޢު މުއްދަތުގައި ހުށަނޭޅުނުކަމަށ ކޯޓުން ދެކޭ ސަބަބު މިދެންނެވި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ 9.9 ވަނަ ނުކުތާގައި ބަޔާންކުރެއެވެ. އެނުކުތާގައި އޮތީ؛ " ދަޢުވާލިބޭ ފަރާތުން ދަޢުވާފޯމާއި ޙަވާލުވީކަމުގެ ލިޔުން ހުށަހަޅައި، ދަޢުވާގެ ދިފާޢު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން އެދުމުން، އެލިޔުން ލިބުނު ތަރީޚުން ފެށިގެން މުއްދަތު ގުނައި، 23 ފެބްރުއަރީ 2023 އާއި ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށް އީ-މެއިލް މެދުވެރިކޮށް އަންގާފައިވީނަމަވެސް، އެއީ މުއްދަތު ގުނުމުގައި ދިމާވި ކުށަކުން ދީފައިވާ ފުރުޞަތެއްކަން އެނގެން އޮންނާތީއާއި، ޤާނޫނު ނަންބަރު:2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 142 ވަނަ މާއްދާއިން ދަޢުވާއަށް ދިފާޢެއް ހުށަހަޅުމަށް ދަޢުވާލިބޭ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަހުގެ މުއްދަތު އިތުރުކުރެވޭނީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތަށް އެއްބަސްވެގެން ކަމުގައި އެޤާނޫނގު 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާއި، މިމައްސަލައިގައި އެފަދަ އެއްބަސްވުމެއް ވެފައި ނެތަތީ، 23 ފެބްރުއަރީ 2023 އާއި ހަމައަށް މުއްދަތު އިތުރުކޮށްދެވޭނެ ތަނެއް ނެތްކަން އެނގެއެވެ."
28ދަޢުވާ ފޯމު ދަޢުވާލިބޭ ފަރާތަށް ކޯޓުން ފޮނުވާއިރު، އެދަޢުވާއަށް ރައްދު ދިނުމަށް ލިބޭނެ މުއްދަތު ދަޢުވާލިބޭ ފަރާތަށް ކޯޓުން އަންގަންޖެހެއެވެ. އެމުއްދަތަކީ، ދަޢުވާ ފޯމް ދަޢުވާލިބޭ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވހަ ވެ. މި 14 (ސާދަ) ދުވަހަކީ، ޢާންމު އުޞޫލުން ދަޢުވާއެއްގެ ދިފާޢު ހުށަހަޅަން ލިބޭ 14 (ސާދަ) ދުވަސްވެސް މެއެވެ. ދަޢުވާ ފޯމު ދަޢުވާލިބޭ ފަރާތަށް ލިބުމުން، މުޅި ދަޢުވާއަށް އިންކާރުކޮށް، ދަޢު ވާގެ ދިފާޢު ހުށަހަޅަންއެދޭނަމަ، އަދި/ނުވަތަ ރައްދު ދަޢުވާއެއް ހުށަހަޅަން އެދޭނަމަ، ދަޢުވާ ފޯމް ލިބޭ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ ތެރޭގައި "ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމް" އަދި/ނުވަތަ ރައްދު ދަޢުވާ ހުށަހަޅާ ފޯމް ފުރިހަމަކޮށް ކޯޓަށް ހުށަހެޅި ދާނެއެވެ. ހަމައެހެންމެ، އެ މުއްދަތުގައި އެކަން ކުރެވެން ނެތްނަމަ، ދަޢުވާ ފޯމް ލިބޭތާ 14 (ސާދަ) ދުވަސްތެރޭގައި، "ދަޢުވާ ފޯމު ބަލައިގެންފިކަން އަންގައިދޭ ފޯމު" ފުރިހަމަކޮށް، އެފޯމު ކޯޓަށް ހުށަހަޅައި، އެދިފާޢު އަދި/ނުވަތަ ރައްދުގެ ދަޢުވާ ހުށަހަޅުމަށ މުއްދަތް އިތުރުކުމަށ ކޯޓަށް ހުށަހެޅް ދާނެއެވެ. މިގޮތުން، ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައި ވާނަމަ، ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުނު ދުވަހުން ފެށިގެން ޖުމްލަ 28 (އަށާވިސް) ދުވަސް ކޯޓަށް އިތުރު ކޮށްދެވިދާނެއެވެ. އެއަށްވުރެ، ދިގު މުއްދަތެއް ބޭނުންވާނަމަ، އެކަން ކުރުމަށްޓަކައި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާއ ދެމެދި ވާހަކަ ދައްކައި ދެފަރާތުން އެއްބަސްވާގޮތެއ ކޯޓަށް އެންގުމުން މަދަން އިޖުރާއަތުގެ ޤާނޫނުއާއި އެއްގޮތަށް އެމުއްދަތެއ ކޯޓަށް އިތުރުކޮށްދެވި ދާނެއެވެ.
29HN1މަތީގައިވާ ވާހަކަތަކުން ސާފުވާ އެއްކަމަކީ، ދަޢުވާއަށް ރައްދު ދިނުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ދީފައިވާ 14 (ސާދަ) ދުވހުގަ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަނޭޅޭނަމަ، އެ މަދަނީ އިޖުރާއަތު ޤާނޫނުގެ 101 ވަނަ މާއްދާގެ (ށ) (1) ވަނަ ނަންބަރު. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 314 ވަނަ މާއްދާ . މުއްދަތު އިތުރުކޮށްދިނުމަށް އެދެންޖެހެނީ ކޯޓުގައިކަމެވެ. ވީމާ ކޯޓުން މުއްދަތު އިތުރުކޮށް ދިފާޢު ހުށަހަޅަންޖެހޭ ވަކި ތާރީޚެއް ދަޢުވާލިބޭ ފަރާތަށް އެންގުމުން، އެއީ ދަޢުވާގެ ދިފާޢު އަދި/ނުވަތަ ރައްދު ދަޢުވާ ހުށަހަޅަން ޤާނޫނުން ލިބިދޭ ފަހުގެ ތާރީޚުކަމަށް ދަޢުވާލިބޭ ފަރާތުން ޤަބޫލުކުރުމުގެ ޝަރުޢީ ޖާއިޒާ ސަބަބެއް އުފަންވެގެން ދެއެވެ.
30ނަމަވެސް އިސްތިއުނާފު ރައްދުވާ ބީ.އެމް.އެލްގެ ފަރާތުން އެއީ ޝަރުޢީ ޖާއިޒު ސަބަބެއްކަމަށް ޤަބޫލެއްނުކުރެއެވެ. ބީ.އެމް.އެލްއިން ފާހަގަކުރާ ގޮތުން، ކޯޓުން ވަކި ތާރީޚެއްގައި ދަޢުވާގެ ދިފާޢު ހުށަހެޅުމަށް އެންގިނަމަވެސް، ކޯޓުން އެންގި ތާރީޚަކީ ޤާނޫނުގައި ބަޔާންކުރާ ރަނގަޅު ތާރިޚުތޯ ބެލުމަކީ ޤާނޫނީ ވަކީލުންގެ ޒިންމާއެއް ކަމަށެވެ. ވަކީލުންގެ ފަރުވާކުޑަކަމުން ދިމާވިކަމެއްގެ ޒިންމާ ކޯޓުގެ މުވައްޒަފުން އުފުލާން ނުޖެހޭނެ ކަމަށެވެ. ވީމާ، ދިފާޢު ހުށަހަޅަން ޤާނޫނުން ބަޔާންކުރާ މުއްދަތުގައި ދިފާޢު ހުށައެޅިފައި ނެތީ، ޤާނޫނީ ވަކީލުން ޒިންމާދާރުކަމާއެކު ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ފަރުވތެރާ ނުވުމުން ކަމަށް ބީ.އެމް.އެލް އިން ދެކެމެވެ.
31މިނުކުތާގައި ބީ.އެމް.އިލް އިން އިތުރަށް ބަޔާންކޮށްފައިވަނީ، އިސްތި އުނާފުކުރާ ފަރާތުން ދަޢުވާ ފޯމް އާ ޙަވާލުވި ތާރީޚު ކަމަށްވާ 15 ޖެނުއަރީ 2023 އިން ފެށިގެން، ދަޢުވާގެ ދިފާޢު ހުށަހެޅުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ލިބޭނީ 28 (އަށާވީސް) ދުވަސް ކަމަށެވެ. މިގޮތުން ބަލާއިރު، ދަޢުވާގެ ދިފާޢު ހުޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކަށްވާނީ، 13 ފެބުރުއރަ 2023 ކަމަށް ވާއިރު، އިސްތިއުނާފުކުރާ ފަރާތުން ދިފާޢު ހުށަހަޅާފައިވަނީ އެތާރީޚް ދިޔަ ފަހުން 23 ފެބުރުއަރީ 2023 ގައިކަމަށެވެ.
32ހަމައެހެންމެ، ބީ.އެމް.އެލް އިން މިމައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ލަސްވެގެން ދިޔައީ، އިސްތިއުނާފުކުރާ ފަރާތުން 23 ފެބުރުއަރީ 2023 ގައި ދަޢުވާގެ ދިފާޢު އަދި ރައްދު ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެކަން ބީ.އެމް.އެލްއަށް ޙިއްޞާކޮށްފައިވަނީ 04 ޖޫން 2023 ގައި ކަމަށްވާތީ ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ދިފާޢު ހުށަހަޅާފައިވަނީ މުއްދަތު ފާއިތުވީ ފަހުންކަން ކަށަވަރު ކުރެވުނު ހިސާބުން ފެށިގެން 18 ޖޫން 2023 ގައި ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައި ނުވާތީ، އެދިފާޢު ކޯޓުން ބަލައިގަތުމަށް ބީ.އެމް.އެލް އިޢުތިރާޟްކުރާ ކަމަށެވެ. ބީ.އެމް.އެލް އިން ހުށަހެޅި "ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް އެދޭ ފޯމް" އާ އެއްގޮތަށް ޙުކުމް ކުރުމަށް ޝަރީޢަތުގައި ސާފުކޮށް އެދިފައިވާނެ ކަމަށެވެ. ޤާނޫނުގައި ބަޔާންކުރާ މުއްދަތުތައް ކޯޓުން ބުނެދިނުން:
33މަދަނީ އިޖުރާއަތުގެ ޤާނޫނަކީ، ޤާނޫނީ ވަކީލުންގެ އެހީތެރިކަން އެސަރަޙައްދަކުން ފަސޭހައިން ލިބިގަތުމުގެ ފުރުޞަތު ތަނަސްވެފައިވާ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ހިނގާގޮތަށ އޮތް ޤާނޫނެއް ނޫނެވެ. ވީމާ، ކޯޓުތައް ހިންގުމުގެ ތެރެއިން އިރުޝާދު ދިނުމުގެ ގޮތުން ޤާނޫނުގައި ބަޔާންކުރާ ބައެއް ކަންކަން ކުރަންވީ ގޮތް ބުނެ ނުދެވޭނެ ކަމަށް މުޠްލަޤަށް ބުނުމަކީ ވެސް ޤަނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް އާބާދީގެ ބޮޑުބަޔަކަށް ދަތި ތަނެއްގައި ޤާނޫނު ހިންގޭނެ ގޮތެއް ނޫނެވެ. ވީމާ، ވަކި ކަމެއް ވަކިގޮތަށް ކުރުމަކީ ޤާނޫނީ ވަކީލުންގެ ޒިންމާއެއްކަމަށް މުޠްލަޤަށް ބުނެ ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
34ޤާނޫނުގައި ބަޔާންކުރި މުއްދަތުތައް ބަޔާންކޮށްދިނުމަކީ ކޯޓުގެ ޒިންމާއެއްކަމަށް ވިޔަސް ނުވަތަ ނުވިޔަސް، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުއްދަތު އިތުރުކޮށް ދިނުމަށް ކޯޓުގައި އެދުމުން، ވަކި ތާރީޚެއް ކަނޑައަޅައި އެތާރީޚުގައި ދިފާޢު ހުށަހެޅުމަށް އިރުޝާދު ދިނީ ކޯޓުންނެވެ. އެތާރީޚަކީ ހަމަ ހަޤީޤަތުގައިވެސް ޤާނޫނުގައި ބަޔާންކުރާ ގޮތުން މުއްދަތު ހަމަވާނެ ތާރީޚުތޯ ނުވަތަ ނޫންތޯ ޤާނޫނީ ވަކީލު ބަލަންޖެހޭ ކަމަށް ބުނާ ބުނުން އެހެން އޮތަސް، އެއީ ހުރިހާ ޙާލަތެއްގައި އެކަންވާނެ ގޮތެއް ނޫނެވެ. ބައެއް ފަރަހަށް މައްސަލަތކަ އ ގުޅިގެނި އިދާރް ގޮތުން ކޯޓުންދޭ އިރުޝާދުތަކުގައި ގޯހެއް އޮތުމަކީ ވެދާނާ ކަމެކެވެ.
35HN2މިމައްސަލައިގައިވެސް ކަންވެފައިވާ ގޮތަކީ، ދިފާޢު ހުށަހަޅަންވީ ތާރީޚް ދަޢުވާލިބޭ ފަރާތަށް އެންގުމަށްޓަކައި، ކޯޓުން އެކަން ބެލިބެލުމުގައި "ކުށަކުން" ނުރަނގަޅު ތާރީޚެއް ކޯޓަށް ބަޔާންކުރެވިގެން އުޅެނީކަން އެނގެއެވެ. އެއީ، ދަޢުވާގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުނު ތާރީޚުން ފެށިގެން 28 (އަށާވީސް) ދުވަސް ހަމަވާ ތާރީޚަށްވުރެ ދިގު މުއްދަތެކެވެ. ކަންދިމާކުރިގޮތުން، ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ތާރީޚުކަމަށް ކޯޓުން އެންގި ތާރީޚަކީ ގޯހުން ކަނޑައެޅުނު ތާރީޚެއްކަން ކޯޓަށް އެނގިފައި މިވަނީވެސް އެތާރީޚު ފަހަނައަޅައި ދިޔަފަހުންނެވެ. އޭރު ދަޢުވާލިބޭ ފަރާތުންވަނީ ދަޢުވާގެ ދިފާޢު އާއި ރައްދު ދަޢުވާ ކޯޓުން ކަނޑައެޅި ތާރީޚަށް ކޯޓަށް ހުށަހަޅާފައެވެ. މއ ކޯޓަށް ހެދިފައިވާ ގޯހެއްކަން ސާފުކޮށް އެނގެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކޯޓުތަކަކީ ހިންގުމުގެ ދާއިރާއިން ކުށެއް، ގޯހެއް ނުހެދޭނެ ތަނެއްކަމަށް ނުވުމެވެ. އަދި ކޯޓުތަކަށް ގޯހެއް ނުހެދޭނެކަމަށް ދުށުމަކީ ޤާނޫނީ ހަމައެއްވެސް ނޫނެވެ. މިކަމުގައި ޤާނނޫ ޤަބޫލުކުރާ ހަމައަކީ، ހިންގުމުގެ ދާއިރާއިން ކޯޓަށް ހެދޭ މިފަދަ ގޯހެއްގެ (fault) ޝިކާރައަކަށް، އެގޯސް ރައްދުކުރެވުނު ފަރާތް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތްތައް ވެގެން ނުވާނެ ކަމެވެ. އެގޯސ ރައްދުވް ފަރާތަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭނެ ގޮތަކަށް އެކަމަށް ކޯޓުން ފަރުވާއެއް ދޭންޖެހޭނެ ކަމެވެ.
36މިހަމައިން ބަލާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ކަމަށް ބަލައިގެން ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާ ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްގެ ދަށުން ނިންމި ނިންމުން ރނަ ގަޅެއް ނޫނެވެ. "Actus Curiae Neminem Gravabit" (nobody should be allowed to suffer for the fault of the court). ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހެޅި މުއްދަތު:
37ކޯޓުގެ ނިންމުމުން، އަދި ބީ.އެމް.އެލް އިންވެސް ބަޔާންކުރާ ގޮތުން، ޤާނޫނާއި އެއްގޮތަށް ވަކީލުން މުއްދަތު ބެލިނަމަ، އިސްތިއުނާފުކުރާ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ފަހުގެ ތާރީޚަކީ 13 ފެބުރުއަރީ 2023 ކަން އެނގޭނެއެވެ. ނަމަވެސް ދަޢުވާގެ ދިފާޢު ހުށަހެޅީ ކޯޓުން ދިން އިރުޝާދުގައިވާ 23 ފެބުރުއަރީ 2023 ތާރީޚުގައެވެ. އެއީ، ދަޢުވާގެ ދިފާޢު ޤާނޫނީ ގޮތުން ހުށަހަޅަންޖެހޭ ތާރީޚުގެ 10 (ދިހައެއް) ވަރަކަށް ދުވަސް ފަހެވެ. ކޯޓުން ދިން އިރުޝާދަކާ އެއްގޮތަށް ހުށަހެޅި ދަޢުވާގެ ދިފާޢު ޤާނޫނުގައި ބަޔާންކުރާ ތާރީޚުން ބަލާއިރު، 10 (ދިހައެއް) ދުވަސް ލަސްވެގެން އެ ދިފާޢު ކޯޓުން ބަލައި ނުގަތުމަށް ނިންމީއެވެ.
38HN3ދެން ބަލަންޖެހެނީ ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް އެދި ހުށަހެޅި މުއްދަތެވެ. ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް އެދި ހުށަހަޅަންޖެހޭ ވަގުތެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ސާފުކޮށް ބަޔާނެއްނުކުރެއެވެ. ޤާނޫނުގައި ބަޔާންކުރަނީ، ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ދަޢުވާއަށް ރައްދު ދީފައި ނުވާނަމަ، ނޫނީ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުށަނާޅައިފިނަމަ، ނޫނީ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައި ނުވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެކަމވެ. އެދެންވީ ވަގުތެއް އެނގޭކަށް ނެތެވެ.
39ވީމާ، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ ވަގުތު ބަލަންޖެހޭނީ އިފްތިރާޟް ކޮށްގެންނެވެ. މިގޮތުން އެއްކަމެއްގެ ވަގުތު ބަންދުވުމާއިއެކު އަނެއްކަމެއްގެ ވަގުތު ފެށިދާނެ ކަމަށް ބެލެވިދާނެއެވެ. މިއުޞޫލުން ބަލާއިރު، މިމައްސަލައިގައި، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހެޅިދާނެ ވަގުތު ފެށޭނީ، ދިފާޢު ހުށަހަޅަން އޮތް މުއްދަތު ހަމަވާ ކަމަށް ބީ.އެމް.އެލް އިން ބޔާންކުރަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 101 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 106 ވަނަ މާއްދާގެ (ރ). 13 ފެބުރުއަރީ 2023 ނުހިމަނާއި ދެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެކެވެ. މިގޮތުން ބަލާއިރު، ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް 15 ފެބުރުއަރީ 2023 ގައި ބީ.އެމް.އެލް އިން ކޯޓުގައި އެދެން ޖެހޭނެ ކަމަށް ޤާނޫނުން ތަޞައްވަރު ކުރެވެއެވެ.
40ބީ.އެމް.އެލް އިން ބަޔާންކުރަނީ، ޣައިރު ޙާޟިރުގައި ޙުކުމް ކުރަން އެދި ހުށަހެޅުން ލަސްވީ ދަޢުވާގެ ދިފާޢު އަދި ރައްދުގެ ދަޢުވާ ހުށަހެޅިކަން ކޯޓުން ބީ.އެމް.އެލް އަށް އެންގީ، 04 ޖޫން 2023 ގައި ކަމަށް ވާތީ ކަމަށެވެ. ނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 109 ވަނަ މާއްދާ ގައި، "ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން" ކޯޓަށް ލިބުމާއެކު، ގިނަވެގެން 2 (ދެއެއް) ދުވަހުގެ ތެރޭގައި އެކަން ދަޢުވާކުރާ ފަރާތަށް ލިޔުމުން އަންގނަ ވާން ކަމަށެ ބަޔާންކުރެއެވެ. މާނައަކީ، ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން ކޯޓަށް އަންގާތާ، ގިނަވެގެން 2 (ދެއެއް) ދުވަހުގެ ތެރޭގައި ކޯޓުން ދަޢުވާލިބޭ ފަރާތަށް އެކަން އަންގާނެ ކަމެކެވެ. މި އެންގުން ލިބޭ ތަނުން، ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢު ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު، ދަޢުވާކުރާ ފަރާތަށް ނޫނީ އެފަރާތް ތަމްސީލުކުރާ ޒިންމާދާރު ޤާނޫނީ ވަކީލަކަށް ހިސާބު ކުރެވޭނެ ކަމަށް ދެކެމެވެ. އެހިސާބު ޖެހުމަށްފަހު، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން، ދަޢުވާގެ ދިފާޢު ހުށަހަޅަން އޮތް ތާރީޚުގެ ފަހަށް އެންމެ ގިނަވެގެންވެސް 02 (ދެއެއް) ދުވަހަށްވުރެ ގިނަދުވަސް ފާއިތު ނުކުރެވޭނެކަން ބަޔާންކުރެވުނު ޤާނޫނީ ނައްޞުތަކުން ދެނެގަނެވެއެވެ.
41ނަމަވެސް މިމައްސަލައިގައި ބީ.އެމް.އެލް އިން ޣައިރު ޙާޟިރުގައި ޙުކުމް ކުރަން އެދި ހުށަހެޅީ 18 ޖޫން 2023 ގައެވެ. ބީ.އެމް.އެލް އިން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހެޅި މުއްދަތު ދެ ގޮތަކަށް މިމައްސަލައިގައި ހިސާބު ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ، ދަޢުވާގެ ދިފާޢު އަދި ރައްދުގެ ދަޢުވާ ހުށަހެޅިކަން ކޯޓުން ބީ.އެމް.އެލް އަށް އެންގިކަމަށް ބުނާ ތާރީޚުން ފެށިގެން މުއްދަތު ބެލުމެވެ. މިގޮތަށް ބަލާއިރު، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ބީ.އެމް.އެލް އިން ހުށަހަޅާފައިވަނީ، ދަޢުވާގެ ދިފާޢު ހުށަހަޅަން ޤާނޫނުގައި ބަޔާންކުރާކަމަށް ބީ.އެމް.އެލް އިން ބުނާ، ތާރީޚުގެ ފަހަށް 13 (ތޭރަ) ވަރަކަށް ދުވަސް ފާއިތުވެ ދިޔަފަހުންނެވެ. ދެވަނަ ގޮތަކީ، ދަޢުވާގެ ލިޔުންތަކާއި ޙަވާލުވި ތާރީޚުން ފެށިގެން ހިސާބު ޖަހައިގެން މިމުއްދަތު ބެލުމެވެ. މިއުޞޫލުން ބަލާއިރު، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ބީ.އެމް.އެލް އިން ހުށަހަޅާފައިވަނީ، ގާތްގަނޑަކަށް 2 (ދެއެއް) މަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ދިޔަ ފަހުންނެވެ.
42ވީމާ، ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ހުށަހަޅަންޖެހޭ ހުށަހެޅުމެއް ހުށަހެޅި ފައި ނެތްކަމަށް ބުނެ، ފަނޑިޔާރަކު ޚިޔާރު ކުރަންވީ ކޮން ކޮޅެއްހެއްޔެވެ؟ އއެކޮޅުނ ކޯޓުން ދިން އިރުޝަދަކާއި އެއްގޮތަށް ދަޢުވާގެ ދިފާޢު އާއި ރައްދު ދަޢުވާ ހުށަހެޅި ފަހުން، އެއީ ކޯޓަށް އޮޅުމަކުން ދެވުނު ތާރީޚެއްކަމަށްވެ، ޤާނޫނުގައި ބަޔާނކުރް މުއްދަތަށް ވުރެ 10 (ދިހައެއް) ވަރަކަށް ދުވަސް ލަހުން ދަޢުވާގެ ދިފާޢު އަދި ރައްދުގެ ދަޢުވާ ހުށަހެޅިފައި އޮތް އޮތުމެކެވެ. އަނެއް ކޮޅުން، ދަޢުވާގެ ދިފާޢު އަދި ރައްދު ދަޢުވާ ހުށަހެޅިކަން ކޯޓުން އެންގި ތާރީޚނ ފެށިގެން ބެލިނަމަވެސް، ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ ހުށަހެޅުން 13 (ތޭރަ) ދުވަހަށްވުރެ ލަސްވެގެން ގޮސްފައި އޮތް އޮތުމެކެވެ. ނޫނީ ޒިންމާދާރު ކަމާއެކު ބަލާ ޤާނޫނީ ވަކީލެއްގެ ނިސްބަތުން ހިސާބު ޖަހާއިރު، ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އެކަމަށް އެދެންޖެހޭތާ 2 (ދެއެއް) މަހަށްވުރެ ގިނަދުވަސް ފާއިތުވެ ދިޔަފަހުންކަން ދެނެގަނެވެން އޮތް އޮތުމެވެ.
43ކޯޓުތަކާއި ޚަޞްމުންގެ އެންމެ އިސް އެއް ވާޖިބަކީ ޢަދުލުވެރިކަމާއެކު އިންޞާފުވެރި އުސޫލަކުން މައްސަލައިގައި ޢަމަލުކުރުމެވެ. މިމައްސަލައިގައި އިޖުރާއީ ޝަކުލިއްޔާތު ފުރިހަމަ ނުވެގެން މިއުޅެނީ ދަޢުވާ ރައްދުވާ ފަރާތުގެ ދަޢުވާއަށް ރައްދު ނުދީގެނެއް ނޫނެވެ. ނުވަތަ ދަޢުވާގެ ލިޔުންތަކާއި ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާފައި ނެތިގެނެއް ނޫނެވެ. އަދި ދަޢުވާގެ ދިފާޢު ހުށަހަޅާފައި ނެތިގެނެއވެސް ނޫނެވެ.
44ނަމަވެސް މިއީ ދަޢުވާގެ ދިފާޢު ހުށަހަޅަންޖެހޭ ތާރީޚުކަމަށް ބުނެ ކޯޓުން ކަނޑައަޅާ ބަޔާންކުރި ތާރީޚަކަށް ދަޢުވާގެ ދިފާޢު ހުށަހެޅި ފަހުން އެއީ ރަނގަޅު ތާރީޚެއް ނޫންކަމާއި ދަޢުވާގެ ދިފާޢު ހުށަހަޅަން ޤާނޫނުން ބަޔާންކުރާ މުއްދަތު ހިސާބުކޮށްގެން ބަލާއިރު، އެތާރީޚު ފާއިތުވެ ހިނގައްޖެކަނ އެނގިގެން ކުރިމަތިވެގެން އުޅޭ ދެބަސްވުމކެވެ.
45ވީމާ، މިކަން ރނަ ގަޅުކޮށް ފަރުވާ ދޭންޖެހޭނީ ކޯޓުން ހެދުނު ގޯހުގެ ނުރަނގަޅު ނަތީޖާ އެގޯސް ރައްދު ކުރެވުނު ފަރާތުން އުފުލާން ނުޖެހޭ ގޮތަކަށެވެ. ޝަރީޢަތް ކޮށްގެން ބީ.އެމް.އެލްއަށް ގެއްލޭނެ މައުޟޫއީ ޙައްޤެއް ނެތެވެ. އަދި ޝަރީޢަތް ހިންގުމަކީ ޤާނޫނުގައި ބަޔާންކުރާ ކަމަކާއި ކަނޑައެޅިގެން ޚިލާފުވުން ކަމަށްވެސް ބަލަންޖެހޭ ހަމައެއް ނެތެވެ. މިއާ ޚިލާފަށް، ޝަރީޢަތް ކުރުމަކާއި ނުލައި، މިމައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ނުވަތަ ދަށު ކޯޓުގައި ދަޢުވާ ރައްދުވި ފަރާތުން ޙަވާލުވާން ޖެހެނީ ބޮޑު ދަރަންޏަކާއެވެ. މާލީ ގޮތުން ބޮޑު ބުރައެއް އުފުލާންޖެހެއެވެ. ވީމާ، މިއީ ޢަދުލުވެރިކަމާއި ގާތް ގޮތެއް ކަމަކަށް ބުރައެއް ނުވެވެއެވެ.
46މިމައްސަލައިގައި ދަށު ކޯޓުން ފާހަގަ ކޮށްފައިވާ؛ " ...ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް މަދަނީ އިޖުރާއަތުގެ ޤާނޫނުން ހުއްދަލިބި، ބާޠިލުކުރުމާއި، ބަދަލުކުރުމުގެ ބާރު ލިބުނަސް، އެބާރު އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ޝަރުޢީ ނިޒާމު ތަރުތީބުކޮށްފައިވާގޮތް ނުއޮޅޭގޮތަށް ކަމަށްވާތީއެވެ. ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލް ނުވަތަ ބަދަލުކުރުމުގެ ނަމުގައި، މި މަރުޙަލާގެ އެއް ފަނޑިޔާރަކު ޤާނޫނު މާނަކޮށްފައިވާ ގޮތެއް، ނުވަތަ ޤާނޫނު ތަޠުބީޤުކުރި ގޮތެއް ހަމަ މިމަރުޙާލަގެ ފަނޑިޔާރަކަށް ދީފައިވާކަމަށް މާނަކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ...."( ދަށުކޯޓުގެ ދެވަނަ ޤަޟިއޔާގް 13.7 ވަނަ ނުކުތާ) މިވާހަކަތަކަށް ބަލާއިރު، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް އެޙުކުމް ކުރި ކޯޓުން ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ އޮތުމާއި، އިސްތިއުނާފީ މަފްހޫމް އާއި އެއީ ތަފާތު ދެ ކަމެއްކަން ދެނެގަންނަން ޖެހެއެވެ. ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް، އެޙުކުމް ކުރި ކޯޓުން ބާޠިލު ކުރުމށަ ނުވަތް ބަދަލަ ކުރުމަށް ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުގެ ތެރެއިން ބަލާންޖެހޭ ކަންކަމަކީ އިސްތިއުނާފުގެ މަފްހޫމުގެ ތެރެއިން ކުރެވޭ ކަމެއްކަމަށް ޤަބޫލުކުރެވޭނަމަ، މަދަނީ އިޖުރާއަތަށް ޢަމަލުކުރަނަ ފަސޭހަވާނެ ކަމަކަށް ނުފެނެއެވެ.
47ވީމާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގައި ދަޢުވާގެ ދިފާޢު ހުށަހެޅިފައިވާކަމަށްބުނެ އުފައްދާފައިވާ ސުވާލާމެދު ދަށު ކޯޓުން ބަލާފައި އޮތްކަމަށް ބުރައެއް ނުވެވެއެވެ. އަދި ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރި ކަމަށް މިމައްސަލައިގައި ބަލާފައި އޮތް އޮތުން ރަނގަޅު ނޫންކަމަށްވާތީ، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފރަތަމު ޤަޟިއްޔާގައި، ޣައިރު ޙާޟިރުގައިކުރި ޙުކުމް ބާޠިލު ކޮށްދޭންޖޭ ސަބަބެއްކަމަށް ދެކެމެވެ. ދެވަނަ ނުކުތާ:
48އިސްތިއުނާފީ ދެވަނަ ނުކުތާ ގައި ބަޔާންކުރަނީ ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށްބުނެ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ (ށ) ގެ (1) ނަންބަރަށް ޙަވާލާދީ ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ދަށު ކޯޓުން އެނަންބަރު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރނަ ގަޅަށް ނޫންކަމަށެވެ. ޙަވާލާދެވޭ ނައްޞުގައި ބަޔާން ކުރަނީ؛ ޣައިރު ޙާޟިރުގައި ކުރާ 124. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި ޙުކުމް ބާޠިލުކުރުން ނުވަތަ އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ބަދަލުކުރުން ރިޢާޔަތްކޮށް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެއެވެ. (1) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން؛ ނުވަތަ (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން.
49ދަށު ކޯޓުނު ބަޔާންކުރަނީ، ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަން ބަޔާންކޮށްދިނުމަށް ހުށަހަޅަންޖެހޭނީ "ހެއްކާއެކު" ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން މިނުކުތާއާއި ގުޅިގެން ހެކި ހުށަހަޅާފައި ނެތްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބަޔާން ކުރާ ގޮތުގައި މިތާގައި "ހެއްކާއެކު" ހުށަހަޅަންޖެހޭ ކަމަށް ބަޔާންކުރާ ކުރުމަކީ ހަމައެކަނި މާއްދީ ނުވަތަ ކިތާބީ ހެކިކަމަށް ވާންނުޖެހޭކަމަށެވެ.
50މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ނައްޞުގައި "ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް" މިހެން އޮތް ޢިބާރާތުގައި އޮތް "ހެކި"ގެ މާނައަކީ ކޮބާހެއްޔެވެ؟ މިނުކުތާއާއި ގުޅިގެން، ބީ.އެމް.އެލްގެ ފަރާތުން ބަޔާންކުރަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ދަށުގައި ބަޔާންކުރާ ދެ ޙާލަތުގައިވެސް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލު ކުރުމަށް ހުށަހަޅާ ހުށަހެޅުމެއް ވާންޖެހޭނީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށެވެ. މިނުކުތާއަށް ބާރު ދިނުމުގެ ގޮތުން ހައިކޯޓުގެ ނަންބަރު: 2023/HC-A/177 ޤޟިއްޔަ އަށާ ޙަވާލާދީ އެޤަޟިއްޔާގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަށް ޙަވާލާދީ ފައިވެއެވެ.
51މީގެ އިތުރުން، ޤާނޫނު ނަންބަރު:2011/4 ( މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއަށް ޙަވާލަދީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ހެއްކާއެކު" ހުށަހަޅާ މިހެން އޮތް ޢިބާރާތުގައި ބަޔާންކުރާ ހެކި އެލަފުޒުން ދޭހަވާ ޢާންމު މާނަ ދަމަހައްޓަންޖެހޭކަމަށް ބަޔާންކޮށް ވާހަކަ ދައްކާފައިވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 27 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު: 2022/11 (ހެއްކާބެހޭ ޤާނޫނު) 8 ވަނަ މާއްދާގައި "ހެކި" މާނަ ކޮށްދީފައިވާ ގޮތް ބަޔާންކޮށްފައިވެއެވެ.
52ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު: 2023/HC-A/177 ޤަޟިއްޔާގެ 11 ވަނަ ނުކުތާގައި؛ " ...މިމާއްދާގައި މިފަދައިން އޮތުމުން ދޭހަވަނީ އެފަދައިން ކުރާ ޣައިރު ޙާޟިރުގެ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅޭނީ ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢު ކުރެވިދާނެ ހަޤީޤީ ސަބަބުތަކެއް ހުރިކަން ދޭހަވާ ނުވަތަ ޙުކުމް ބަދަލު ކުރަންޖެހޭ ނުވަތަ ބާޠިލު ކުރަންޖެހޭ ނވަތު ދަޢުވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) ވ. ސަދަނ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް. ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ޤަބޫލުކުރެވޭ ފަދަ ހެކިތަކާއެކުގައި ކަމެވެ. ..." މިހެން އޮތްއިރު، ހުށަހަޅަންޖެހޭ ހެކި ތަކުގެ ނަވުޢު ނުވަތަ ބާވަތެއް ހައިކޯޓުން ބަޔާންކޮށްފައެއް ނުވެއެވެ.
53HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ހެއްކާއެކު ހުށަހަޅާ ހުށަހެޅުމެއް" މިޢިބާރާތުގައި އޮތް "ހެއްކާއެކު" އެލަފުޒުގެ މާނައަކީ ކޮބާތޯ ދެނެގަތުމަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ހެކި މިލަޒުފަށް ދީފައިވާ މާނައަކީ؛ ""ހެކި" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގައި، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ." މިއެވެ. މިމާނައިގެ ތެރޭގައި، ހިމެނޭ ކަމެއް ނުވަތަ އެއްޗެއް ވުޖޫދުގައިވާކަން ބަޔާންކުރާ "ޙަޤީޤީ ސަބަބުތަކެއް" ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅައިފިނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކުރާ "ހެއްކާއެކު" ހުށަހެޅުމެއް ހުށަހެޅުނީ ކަމަށް ބެލެވޭނެއެވެ.
54ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލު ކޮށްދިނުމަށް (setting aside) ނުވަތަ ބަދަލު ކޮށްދިނުމަށް (varying) އެޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާއިރު، އަސާސީ ގޮތެއްގައި ބަލަންޖެހެނީ ދެކަމަކަށެވެ. އެއީ އެއަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން "ދަޢުވާ ދިފާޢާ ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް" of successfully defending the claim) (real prospect އަދި އެއަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން އެހެން އެކަށީގެންވާ ސަބަބެއް (some other good reason) އޮތް ތޯއެވެ.
55ވީމާ، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށްދިނުމަށް ނުވަތަ ބަދަލު ކޮށްދިނުމަށް ދަޢުވާ ރައްދުވާ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުމަށް ބަލާއިރު، ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް އޮތްކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، ނުވަތަ އެދަޢުވާއެއް ދިފާޢު ކުރުމަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ޤަބޫލު ކުރެވޭނަމަ، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށް ނުވަތަ ބަދަލު ކުރެވިދާނެއެވެ. ސުވާލަކީ ފަނޑިޔާރަށް އެކަން ޤަބޫލު ކުރެވޭނީ މާއްދީ ނުވަތަ ޙަޤީޤީ ހެކި ހުށަހަޅައިގެން ހެއްޔެވެ؟ އަހަރެން ހިތުން އެގޮތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) މާނަ ކުރާނަމަ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތައް ބާޠިލުކޮށްދިނުމަށް ނުވަތަ ބަދަލު ކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ފުރިހަމަ ނުވެ، ބޭއިންޞާފަށް މަގު ހުޅުވިގެން ދާނެއެވެ.
56ހުށަހެޅިފައި މިވާ ދަޢުވާއާއި ގުޅިގެން، އިސްތިއުނާފު ކުރާ ފަރާތުން، މިދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށް ބަޔާންކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދިނުމަށް ހުށަހެޅިއެވެ.
57މިހުށަހެޅުމާއި ގުޅިގެނި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ އަސާސީ ސަބަބަކީ، ބީ.އެމް.އެލްގެ މިދަޢުވާއަކީ، ބަންދުކޮށްފައިވާ ލޯން އެކައުންޓަކާއ ގުޅިގެނި ކުރް ދަޢުވާއެއްކަމަށް ބުނާބުނުމެވެ. އަދި އެކައުންޓް ބަންދު ކުރުމަށްފަހު، އެކައުންޓުގައި ހުރި ފައިސާވެސް އިސްތިއުނާފުކުރާ ފަރާތަށާއި މަޓީއަށް ދިންކަމަށް ބުނެއެވެ. މިކަންކަން ބީ.އެމް.އެލް އިން ހުށަހެޅް ދަޢުވާއިންވެސް ސާފުވެއެވެ. ވީމާ، ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއްކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ސަބަބުތަކުގެ ޙަޤީޤަތް އޮތްގޮތް ބީ.އެމް.އެލް އިން ކުރް ދަޢުވާގެ ތެރެއިން ސާފުވާތީ، އެކަން ސާބިތުކުރުމަށް އެނޫން އިތުރު ހެކިތައް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަންޖެހޭ ތަނެއް ނެތެވެ. ބީ.އެމް.އެލް އިން ދަޢުވާކުރާ ފައިސާއަކީ ބީ.އެމް.އެލްއަށް ހިސާބު ކުރުމުގައި ހެދުނު ގޯހެއްގެ ތެރެއިން ދޫކުރެވުނު ނުވަތަ ދެވުނު ފައިސާއެއް ކަމަށް ވާއިރު،ބީ.އެމް.އެލް އިން އެބުނާ ގޯހަކީ ނުވަތަ ކުށަކީ ކޮބާކަމާއި އެގޯހުގެ ސަބަބުން ހޯދުމަށް އެދޭ ފައިސާގެ ޖުމްލަ ޢަދަދު ނިކުތް ގޮތް ބުނެދިނުމުގެ ޤާނޫނީ ޒިނމް އޮތީ ބީ.އެމް.އެލްގެ ކިބައިގައެވެ.
58HN5މިހުރިހާ ކަމެއް މިހެން ހުރިއިރު، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލު ކޮށްދިނުމަށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އަވަސްމިނަށާއ މި ދަޢުވާގައި ބަޔާންކުރި ފައިސާގެ ޢަދަދަށާއި މިކަންކަމަށްވެސް ބަލަންޖެހޭ ކަމަށް ދެކެމެ ވެ. ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާއިން ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލު ކޮށްދިނުމަށް އެޙުކުމް ކުރިތާ ގާތްޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައިފިއެވެ. ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ 25 ޖުލައި 0232 ގައެވެ. އެޙުކުމް ބާޠިލު ކޮށްދިނުމަށް 10 އޮގަސްޓް 2023 ގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައިފިއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ނ) ގައި "މި މާއްދާގެ
(ހ) ގެ ދަށުން ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޙުކުމް ބާޠިލުކުރަން ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ. " މިފަދައިން ބަޔާން ކޮށްފައިވާތީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއް ބާޠިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް ހުށަހަޅާ އަވަސް މިނަށް އިސްކަމެއް ދޭންޖެހޭ ކަމަށް ބުރަވެވެއެވެ.
59އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބަލާއިރުވެސް ބާޠިލުކުރަންޖެހޭ ޙުކުމެކެވެ. ދިފާޢު ހުށަހެޅީ މުއްދަތު ހަމަވިފަހުން ކަމަށް ބެލުން:
60މިމައްސަލައިގައި، ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅާފައިވަނީ، އެދިފާޢު ހުށަހަޅަން ޤާނޫނުގައި ބަޔާން ކުރާ 28 (އަށާވީސް) ދުވަސް ހަމަވި ފަހުން ކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، މިމައްސަލައިގައި ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ކުރަންޖެހޭ ތޯ ބަލާއިރު، އެކަން އެހެން ކުރެވިދާނެ ކަމަކަށް އަހުރެންނަކަށް ބުރައެއްނުވެވެއެވެ.
61ސަބަބަކީ، ޣައިރު ޙާޟިރުގައި ޙުކުމްކޮށް ދިނުމަށް ބީ.އެމް.އެލް އިން ހުށަހެޅުމުގެ ކުރިން އަދި ކޯޓުން ޣައިރުޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ދަޢުވާގެ ދިފާޢު ކޯޓަށް ހުށަހަޅާފައި އޮތްކަން އނެ ގެން އޮތީމައެވެ . ދަޢުވާގެ ދިފާޢު ހުށަހެޅުމަށް ޤާނޫނުގައި ބަޔާންކުރާ މުއްދަތު ފާއިތުވުމާއި ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދުމާއި ނުވަތަ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމާއި ދެމެދު ހިނގާ މުއްދަތުގައި ލަހުން ނަމަވެސް ދިފާޢު ހުށަހަޅައިފިނަމަ، ދެން ޣައިރު ޙާޟިރުގައި ޙުކުމް ނުކުރާކަން އެހެން ބައެއް ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރާ ގޮތަށް ބެލުމުން އެނގެއެވެ.
62މިޙާލަތުގައި ކޯޓުން ޢަމަލު ކުރަންޖެހޭ ގޮތަކީ، ޣައިރު ޙާޟީރުގައި ޙުކުމް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދި ހުށަހެޅުމުގެ ކުރިން، ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހަޅައިފައި ވަނިކޮށް، ޣައިރުޙާޟިރުގައި ޙުކުމް ކުރުމުގެ ކުރިން، ދަޢުވާ ލިބޭ ފަރާތުން ލަހުން ނަމަވެސް، ދަޢުވާގެ ދިފާޢު ކޯޓަށް ހުށަހަޅައިފިނަމަ، ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށް އެމައްސަލައެއް ކޯޓުން ނިންމައި ބޭރުކޮށްލުމަށަ ވުރްބޮޑަށް ދަޢުވާގެ ދިފާޢުއާއެކު ޝަރީޢަތް ކުރުމަށް އިސްކަންދިނުންކަން ދެނެގަނެވެއެވެ. މިކަން ސާފު ކޮށްދިނުމުގެ ގޮތުން، އިގިރޭސިވިލާތުގެ ސިވިލް ޕްރޮސީޖަރ ރޫލްއަށ އިސްލާޙް ގެނެވިފައިވެއެވެ. Clements Smith v Berrymans Lace Mawer Service Co. & Anor [2019] EWHC 1904 (QB) އިގިރޭސިވިލާތުގެ "ދ ސިވިލް ޕްރޮސީޖަރ ރޫލްސް 1998" ގެ 12.3 ގައި ކުރިން ބަޔާން ކޮށްފައި އޮތީ؛ Conditions to be satisfied
12.3 (1) The claimant may obtain judgment in default of an acknowledgment of service only if— (a) the defendant has not filed an acknowledgment of service or a defence to the claim (or any part of the claim); and (b) the relevant time for doing so has expired. (2) The claimant may obtain judgment in default of defence only if— (a) the defendant has filed an acknowledgment of service but has not filed a defence; and (b) the relevant time for doing so has expired. ނަމަވެސް 06 އޭޕްރީލް 2020 ގައި ޢަމަލު ކުރަންފެށި އިގިރޭސިވިލާތުގެ "ދ ސިވިލް ޕްރޮސީޖަރ (އެމެންޑްމެންޑް) ރޫލް 2020" ގައި "ސިވިލް ޕްރޮސީޖަރ ރޫލްސް 1998"ގެ 12 ވަނަ ބައިގެ 12.3 އަށް ގެނެވިފައިވާ އިޞްލާޙުގައި ބަޔާން ކޮށްފައިވަނީ؛ Amendment of Part 12
3. In rule 12.3— (a) in paragraph (1), after “if” insert “at the date on which judgment is entered”; and މައްސަލަ ނިންމުން:
63ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މިދަޢުވާއަކީ ދަޢުވާގެ ދިފާޢު އާއި ހުށަހެޅިފައިވާ ރައްދުގެ ދަޢުވާއާއެކު ކުރިއަށް ގެންދަންޖެހޭ މައްސަލައެކެވެ. ވީމާ، ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާ އިސްތިޢުނާފުކޮށް ހުށަހަޅާފައި ނުކުތާތަކަށް ބުރަވެ، ސިވިލް ކޯޓުގެ ފުރަތަމަ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރަންޖެހޭ ކަމަށް ބުރަވެވޭތީ، ސިވިލް ކޯޓުގެ ދެވަނަ ޤަޟިއްޔާގެ ޙުކުމާއި ފުރަތަމަ ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް، ފުރަތަމަ ޤަޟިއްޔާގެ ޝަރީޢަތް ކުރުމަށް މިމައްސަލަ ސިވިލް ކޯޓަށް ފޮނުވަންޖެހޭ ކަމަށް ދެކެމެވެ.
ފަނޑިޔާރު ފާޠިމަތު ފަރުހީޒާ ރައުޔު
64މ މައްސަލައިގައި އިސްތިއުނާފި ބިނާކޮށްފައިވަނީ، މައިގަނޑު ދެނުކުތާއެއްގެ މައްޗަށެވެ. އެއީ؛ (1) އިސްތިއުނާފު ކުރެވިފައިވާ ދަށު ކޯޓުގެ ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމާފައި ނުވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 261 ވަނަ މާއްދާއާ ޚިލާފަށްތޯ؟ (2) ސިވިލް ކޯޓުގެ ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު މާނަކޮށްފައިވަނީ އެނަންބަރުގެ މަޤްސަދު ގެއްލޭގޮތަށްތޯ؟ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާއާ ގުޅިގެން ދަށު ކޯޓުން ގޮތެއް ނިންމާފައިވޭތޯ؟ (b) in paragraph (2) — (i) in sub-paragraph (a), after “but” insert “at the date on which judgment is entered”; and (ii) in sub-paragraph (b), after “where” insert “at the date on which judgment is entered”. މިފަދައިންނެވެ. އަދި މި ގެނެވުނު އިޞްލާޙު ގެނެވުނީ 12.3 ގައި ބަޔާން ކުރާ ޑީފައުލްޓ ޖަޖްމަންޓް ދޭންޖެހޭ ވަގުތާމެދު ދަށުކޯޓުތަކުން އެކި ގޮތަށް ޢަމަލު ކުރާތީ އެކަން ސާފުކޮށްދިނުމަށްކަމަށ ބަޔާން ކޮށްފައިވެއެވެ. އެކަން ސާފުކޮށްދެމުން ބުނެފައިވަނީ؛ “amending rule 12.3 to clarify the meaning of the rule as being that an acknowledgement of service or defense will be a bar to the entry of judgment in default so long as it is filed before judgment is entered.” މިފަދައިންނެވެ. ވީމާ، ޣައިރުޙާޟިރުގައި ކުރާ ޙުކުމެއް ކުރުމުގެ ކުރިން ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުން ހުށަހެޅިދާނެ ކަމާއި އަދި ދަޢުވާގެ ދިފާޢުވެސް ހުށަހެޅިދާނެކަން އެނގެއެވެ.
65ދަށު ކޯޓުގު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެރިޕޯޓުގެ 12 ވަނަ ނުކުތާއާއި އެނުކުތާގެ ދަށުން ގެނެސްފައިވާ ޕެރެގްރާފްތަކުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި މިމާއްދާ ދަށު ކޯޓުން މާނަކޮށް ތަޠްބީޤުކުރި ގޮތް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
66އިސްތިއުނާފުކުރ ފަރާތުގާ ޖަދަލަކީ، މިމާއްދާގެ ދަށުން "މުއްދަތު ތެރޭގައި ދިފާޢު" ހުށަހެޅިތޯ ބެލުމުގައި ދިފާޢު ހުށަހެޅުން ލަސްވުމަށް މެދުވެރި ސަބަބު، އެފަރާތުން ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުން ގޮތް ނިންމުމުގައި، އެސަބަބަށ އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވުމާއި، ވާޤިއީ ގޮތުން މިއުފެދުނު ސުވާލާމެދު ގޮތެއް ކަނޑައަޅާފައިނުވުމެވެ. ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، މިކަމާމެދު ގޮތެއް ނިންމާފައިވާކަން އެނގެން ނެތެވެ.
67މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާއަކީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކޮށް ބަދަލުކުރުމާ ގުޅޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. މިމާއްދާ ފަރުމ ކުރެވިފައިވާ ގޮތަށާ ބަލާއިރު، މިފަދަ ޙުކުމެއް ބާޠިލުކޮށް ބަދަލުކުރެވޭނެ ގޮތުގެ ބާރު ދެގޮތަކަށް ކޯޓަށް ލިބިދީފައިވާކަން އެނގެއެވެ.
68ފުރަތަމަ ގޮތަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ހ) ގއ ބަޔާންކުރި ޝަރުޠުތައަ ފުރިހަމަވާ ޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލް ކުރުމަށް ލާޒިމްވާ ޙާލަތެވެ. އެހެނީ، އެމާއްދާގައި ބަޔާންކުރަނީ "އެޙުކުމް ކުރް ކޯޓުން އެޙުކުމް ބާޠިލްކުރަންވާނެ" މިފަދައިންނެވެ. އެހެންކަމުން މިމާއްދާގެ ދަށުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަނުވެ ޣައިރު ޙާޟިރު ޙުކުމެއް ކޮށްފައިވާކަން ޙުކުމް ބާޠިލްކޮށްދޭނ އެދް ފަރާތުން، އެކަށީގެންވާ އަވަސް މިނެއްގައި ހުށަހަޅާ ހުށަހެޅުމެއްގައި، ބަޔާންކޮށްދީފިނަމަ، އެފަދަ ޙުކުމެއް ބާޠިލްވެގެންދިއުމަކީ، ޙުކުމް ރައްދުވި ފަރާތަށް ލިބިގެންވާ ޙައްޤެކެވެ. ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނު ބިނާކޮށްފައިވާ އިނގިރޭސިވިލާތުގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވެސް މިފަރަޤު ގެނެސްފައިވެއެވެ.
69ދެވަނަގޮތަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން އެމާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ޣައިރު ޙާޟިރު ޙުކުމް ބާޠިލްކޮށް ނުވަތަ ބަދަލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވުމެވެ. އެހެނީ، އެމާއްދާގައި ބަޔާންކުރަނީ، "އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެ" ކަމަށެވެ.
70މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124ވަނަ މާއްދާގަ (ހ) ގެ ދަށުން ގޮތެއް ކަނޑައެޅުމަށްޓަކައި ދަޢުވާއަށް ރައްދު ދިނުމުގައި ޤާނޫނުގައި މުއްދަތު ކަނޑައެޅިފައިވާ ގޮތަށް ބަލައިލާނަމެވެ. މިގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 103 ވަނަ މާއްދާގައި ބަޔާންކުރަނީ ދަޢުވާ ފޯމު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާއަށް ރައްދުދޭންވާނކަމަށެވެ. ބުނެވުނު 14 (ސާދަ) ދުވަހުގެ މުއްދަތު އިތުރުކުރެވިދާނ ގޮތެ ޤާނޫނުގައި ދެގޮތަކަށް ބަޔާންކުރާ ކަން ފާހަގަކުރެވެއެވެ. އެގޮތުން، އެޤާނޫނުގެ 106 ވަނަ މާއްދާގައި (ށ) ބަޔާންކުރަނީ، މިމުއްދަތު އިތުރުކުރަން ބޭނުންވާނަމަ، ދަޢުވާލިބޭ ފަރާތުން ދަޢވު ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ކޯޓށަ ހުށަހަޅް ދިފާޢާ ހުށަހެޅުމަށް މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދެންވާނެކަމަށެވެ. މިމުއްދަތު ގުޅާ އިތުރު އުޞޫލެއް އެޤާނޫނުގެ 142 ވަނަ މާއްދާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމާއްދާގެ (ހ) ގައި، "ޢާންމު އުޞޫލުން ޙާލަތްތަކުގައި، ދިފާޢެއް ހުށަހަޅާނީ އަންނަނިވި މުއްދަތުތަކުގައިކަމަށް" މިފަދައިން ބަޔާންކޮށް އެމާއްދާގެ (2) ވަނަ ނަންބަރުގައި "ދަޢުވާ ލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިވާނަމަ، ދަޢުވާގެ ލިޔުން ދަޢުވާ ލިބޭ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަސް" މިފަދައިން ބަޔާންކޮށްފައިވެއެވެ. Sime, S, (2021) Practical Approach to Civil Procedure, Oxford University Press, England
71HN6އެހެންކަމުން، މިތަނުގައި އުފެދޭ ސުވާލަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 142 ވަނަ މާއްދާގެ ދަށުން ދިފާޢު ހުށަހަޅަން 28 ދުވަހުގެ މުއްދަތު ލިބޭއިރު، އެޤާނޫނުގެ 106 ވަނަ މާއްދާގެ ދަށުން ކޯޓުގައި އެދިގެން ލިބޭ މުއްދަތު މި 28 ދުވަހުގެ މުއްދަތަށް ވުރެ އިތުރުކުރެވިދާނެތޯ އެވެ.
72މިސުވާލުގެ ޖަވާބު ލިބޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 143 ވަނަ މާއްދާއިންނެވެ. އެމާއްދާގައި ބަޔާންކުރަނީ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް އިތުރު 28 (އަށާވީސް ދުވަސް) އިތުރުކުރުމަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތަށް އެއްބަސްވެވިދާނެ ކަމަށެވެ. އަދި، އެފަދަ އެއްބަސްވުމެއް އޮތްނަމަ އެކަން ލިޔުމުން ކޯޓަށް އެންގުމުގެ ޒިންމާ އޮތީ ދަޢުވާ ލިބޭ ފަރާތަށްކަމަށް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ.
73އެހެންކަމުން، މުއްދަތު އިތުރުކުރުމުގެ ހުއްދަ ދިނުމުގެ ބާރު ޝަރީޢަތަށް ލިބިދީފައިވީނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ 28 ދުވަހުގެ އިތުރަށް މުއްދަތެއް ކޯޓަށް ދެވޭނީ ދަޢުވާކުރާ ފަރާތުގެ ބަހެއް ވެސް އެކަމުގައި އޮވެގެން ކަމުގައި ދެކެމެވެ.
74މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައާ ގުޅޭ ލިޔެކިޔުންތައް، އިސްތިއުނާފު ކުރާ ފަރާތަށް ރައްދުވެފައިވަނީ، 15 ޖަނަވަރީ 2023 ގައި ކަމާމެދު ޚަސްމުން އެއްބަސްވެއެވެ. އެހެންކަމުން، 15 ޖެނުއަރީ 2023 އިން ފެށިގެން ގުނުމުން އިސްތިއުނާފު ކުރާ ފަރާތަށް މައްސަލައިގައި ޖަވާބު ހުށަހެޅުމަށް ޤާނޫނުން ލިބިދޭ 28 ދުވަހުގެ މުއްދަތު ހަމަވަނީ، 13 ފެބްރުއަރީ 2023 އަށް ކަން އެނގެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް ހޯދައި އެއްބަސްވެވިގެން މިމުއްދަތު އިތުރުކުރެވިފައިވ ކަނާ އެނގެން ނެތެވެ.
އބޙ ގެ 143 ވަނަ މާއްދާގެ (ށ)
75އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު، އިސްތިއުނާފު ކުރާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅާފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮތް މިޙާލަތުގައި، އެޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ހުށަހެޅިފައިވާ ކަމަށް ބެލެވިދާނެ ކަމުގައި ނުދެކެމެވެ.
76އަދި، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށް ޖަވާބު ހުށަނޭޅުނު ސަބަބެއް އޮތް ކަމާއި އެއީ ކޯޓުން އެކަމަށް ޤާނޫނުގައިވާ މުއްދަތަށް ވުރެ އިތުރަށް ދުވަސްދީފައިވާތީ ކަމަށް ބުނާ ބުނުން އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ރިޢާޔަތްކުރެވިދާނެ ކަމެއް ކަމަށް ނުދެކެމެވެ. އެމާއްދާގެ ދަށުން މިނެކިރާނީ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ނުވަތަ ޝަރުޠުތައް ހަމަވެއްޖެތޯ ނުވަތަ ނޫންތޯއެވެ. މިސާލަކަށް ދައުވާ ފޯމު ރައްދުކުރެވުނު ތާރީޚާ މެދު ސުވާލު އުފެދި، ގޯސް ކޮށް މުއްދަތު ގުނައި، މުއްދަތު ހަމަނުވަނީސް ޣައިރު ޙޒިރާގައި ޙުކުމްކުރުންފަދަ ހާލަތްތަކެވެ.
77ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ހާލަތްތަކުގައި، ފަރުވާ ހޯދޭނެ މަގު ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ ވަށައިގެންވާ ކަންތައްތައްކަށް، ޚާއްސަކޮށް ދަޢުވާ ދިފާޢުކުރުމަށް ފުރުސަތު ލިބެންޖެހޭ އެހެނިހެން ޙާލަތްތައް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަލައިގަނެ އެޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ކުރެވިފައިވާ ޙުކުމް ބަދަލު/ބާޠިލްކުރުމުގެ އިޙްތިޔާރު ކޯޓަށް ލިބިދީފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)
78އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ، ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށް ބުނެ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ (ށ) ގެ (1) ނަންބަރަށް ޙަވާލާދީ ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ދަށު ކޯޓުން އެނަންބަރު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ، ރަނގަޅަށް ނޫންކަމަށް ބުނެއެވެ . އެގޮތުން، ފާހަގަކޮށްފައިވަނީ، ދަޢުވާ ދިފާޢުކުރެވިދާނެ ހެކި ކޯޓަށް ހުށަހެޅިފައިވާއިރު، ފަނޑިޔާރު އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
79ދަށު ކޯޓުގު ނިންމުމަށް ބަލާއިރު، އެނިންމުމުގެ 13 ވަނަ ނުކުތާގައި، ޣައިރު ޙާޟިރު ޙުކުމް ބާޠިލުކުރުމަށް އެދި ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވަނީ 6 (ހަޔެއް) ކިތާބީ ހެކި ކަމަށާއި، މިހެކިތަކުން ދަޢުވާ ދިފާޢުކުރެވިދާނެ ސަބަބެއް އޮތް ކަން ނޭނގޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
80އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފޯމު 27 (ޣައިރު ހާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަން ނުވަތަ ބަދަލުކުރަން އެދޭ ފޯމު) އަށް ބަލާއިރު، މައްސަލައިގައި ހެކި ޤަރީނާގެ ގޮތުގައި މިފޯމާއެކު ހުށަހެޅިފައިވާ ހެކިތަކަކީ، ޖަވާބު ހުށަހެޅުމުގެ މުއްދަތު ދެވުނު ގޮތް ބުނެދިނުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިތަކެކެވެ.
81އެފޯމުގެ 12 ވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ. "މީގެ އިތުރުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ދައުވާ ލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރި ކަމަށްވާނަމަ، ޣައިރު ހާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރުން ނުވަތަ ބަދަލުކުރުމަށް އެދި ހުށަހެޅިދާނެއެވެ. އިސްވެ ބަޔާންކޮށްފައިވާގޮތަށް، މިމައްސަލައިގައި ދައުވާކުރާ ފަރާތުންވާނީ، ހުށަހެޅުނު ދައުވާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ އިހުމާލުވާކަމާއި ބޭންކް އޮފް މޯލްޑިވްސް ޢަމަލުކޮށްފައިވާގޮތުނ އެފަރާތް ދެކޮޅަށް ރައްދު ދައުވާއެއްވެސް ހުށަހަޅާފައެވެ. އަދި، ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ދައުވާގެ ދިފާޢު އަދި ރައްދު ދައުވާގައި ދައުވާ ކުރާ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ސަބަބުތަކެއް ހުށަހަޅާފައިވާތީ މިމައްސަލައިގައި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރަންޖެހޭނެ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަން ދައުވާ ކުރާ ފަރާތުން ފާހަގަކުރަމެވެ. "
82HN7އިސްތިއުނާފ ކުރު ފަރާތުގާ މިހުށަހެޅުމަކުން، އެފަރާތުގެ ދިފާޢަކީ، އަދި ރައްދު ދަޢުވާއަކީ ކޮބައިކަން ސާފެއް ނޫނެވެ. އަދި، ފޯމު 27 އާއެކު ޣައިރު ހާޒިރުގައި ހުކުމްކުރެވުނު މައްސަލައިގައި ހުށަހަޅަން މަސައްކަތްކުރި ދިފާޢު ނުވަތަ ރައްދު ދަޢުވާ ވެސް ހުށަހަޅާފައިނުވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސިވިލް ކޯޓުގެ 2023-CVC-2592 ޤަޟިއްޔާގެ ޕެރެގްރާފް 13 އަދި ސަބް ޕެރެގްރާފްތައް ޕެރެގްރާފް 12 124 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމެއް ހުށަހަޅާއިރު، އެހުށަހެޅުމަކާއެކީ ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްކަން ބުނެދިނުމުގެ ގޮތުން އެދިފާޢަކީ ކޮބައިކަން ހެއްކާއެކު ބުނެދޭންޖެހެއެވެ. ހުށަހެޅިފައިވާ ދަޢުވާއަކީ، ބޭންކް އޮފް މޯލްޑިވްސް ގެ އިޙުމާލެއްގެ މައްޗަށް ބިނާވެފައިވާ ދަޢުވާއެއް ކަމަށް ދެކޭނަމަ، އެހެންދެކޭ ސަބަބު ބަޔާންކުރަންޖެހެއެވެ. މިޤަޟިއްޔާގެ ރިޔާސަތު ރަޢުޔުގައިވާ ފަދައިން، ހުށަހެޅިފައިވާ ދަޢުވާ ސާބިތުކުރުމުގެ ޒިންމާ ދަޢުވާ ކުރާ ފަރާތަށް އޮތްއިރު، އެޒިންމާ ދަޢުވާ ފޯމުން އަދާނުވާކަމަށ ބުން ދިނުން އެއީ ވެސް "ދަޢުވާ ދިފާޢާ ކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތުން" އަށް ވެދާނެ ޙާލަތް އައުމަކީ، އެކަށީގެންވާ ކަމެކެވެ. އެކަން، އެނގޭނީ ޣައިރު ޙާޟިރު ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުމުގައި އެކަން ބަޔާންކޮށްދީގެންނެވެ. މިކަން ދަށު ކޯޓުގެ ނިންމުމުގެ 13.6 ގައި މިސާލާއެކު ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދަށު ކޯޓުގެ މިމާނަކުރުމަކީ އެމާއްދާގެ މަޤްސަދު ގެއްލޭގޮތަށް ކޮށްފައިވާ މާނަކުރުމެއް ކަމުގައި ނުދެކެމެވެ.
83ޣައިރު ޙާޟިރު ޙުކުމެއް ބާޠިލުކުރުމަށް އެދުމުގައި، މިކަމަށް ސަމާލުކަންދޭންޖެހޭ މައިގަނޑު އެއް ސަބަބަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި "ދަޢުވާ ދިފާޢާ ކުރެވިދާނެ ސަބަބު ހުށަހެޅުމުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކުރުން" މިފަދައިން ބަޔާންކޮށްފައިވުމުން އެފަދަ ހުށަހެޅުމަކާމެދު ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބއެ އޮތްތޯ ފަނޑިޔާރު ވަޒަންކުރަންޖެހޭކަން އެނގޭތީއެވެ. އަދި، ވަކިން ޚާއްސަކޮށް، މިފަދަ މައްސަލަތައް ކުރިން މައްސަލަ ބެލި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބަލަން ޖެހޭ ޙާލަތުވެސް އަންނާނެތީ، ކުރީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ފުނަށް ފީނައި އެމައްސަލައިގައި ހުށަހެޅި ހުށަހެޅުންތަކާމެދު އަލުން ގޮތެއް ނިންމުމުގެ ބަދަލުގައި، މިހުށަހެޅުމުގައ ފަނޑިޔާރި ވަޒަންކުރާނީ، ދަޢުވާ ދިފާޢު ކުރެވިދާނެ ފަދަ ހުށަހެޅުމެއް އޮތްތޯ ބެލުން ކަމުގައިވާތީއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) 2 ވަނަ ނަންބަރު
84މިމައްސަލައިގއަ ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް އެއް ޙަޤީޤަތަކީ، މަޢުޟޫއީ މައްސަލައިގައި، އިސްތިއުނާފު ކުރާ ފަރާތުން ދަޢުވާގެ ޖަވާބު ހުށަހަޅާފައިވަނީ، އެފަރާތަށް ޖަވާބު ހުށަހެޅުމަށް ކޯޓުން އެންގި މުއްދަތުގައި ކަމެވެ.
85ޣައިރު ޙާޟިރު ޙުކުމު ކުރުމުގެ ކުރިންވެސް އިސްތިއުނާފު ކުރާ ފަރާތުން އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. ޣައިރު ޙާޟިރު ޙުކުމް ބާޠިލުކުރުމަށް އެދުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމުގައި ވެސް އެކަން ފާހަގަކުރެއެވެ. ކަންވީގޮތް ހެއްކާއެކު ބުނެދެމުންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުންވެސް މިކަން މިހެން ހިނގާފައިވާ ކަމާމެދު އިންކާރެއް ނުކުރެއެވެ.
86މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ވަނީ އަންނަނިވި ފަދައިންނެވެ. ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން.
87އިސްތިއުނާފ ރައްދުވު ފަރާތުގާ ބަހުޘަކީ، އިސްތިއުނާފު ކުރާ ފަރާތުން މިމާއްދާގެ ދަށުން ހުށަހެޅުމެއް ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ކަމަށެވެ.
88HN8ޤާނޫނީ ޢާންމު އުޞޫލަކީ، އިޖުރާއަތުގެ ޤާނޫނެއްގެ ދަށުން ހުށަހެޅުމެއް (application) ހުށަހަޅާނަމަ، އެހުށަހަޅަނީ އެޤާނޫނުގެ ކޮން މާއްދާއެއްގެ ކޮން އަކުރެއްގެ ދަށުން ކަން ސާފުކޮށް ބަޔާންކުރަންޖެހުމެވެ. އަދި، ހުށަހެޅުމާމެދު، ފަނޑިޔާރުން ގޮތް ނިންމާނީ، ޙަވާލާދޭ މާއްދާއާއި އަކުރުގެ ދަށުން ކަނޑައެޅިފައިވާ އުންސުރުތަކާއި މިންތިތައް ވަޒަންކުރުމުގެ ތެރެއިންނެވެ. މި އުޞޫލަށް އިސްތިސްނާ ޙާލަތްތައް ހުންނަ ކަމާއި، މީގެ ތެރެއިން އެއް ޙާލަތަކީ، ހުށަހެޅުމުގައި ޙަވާލާނުދިން ނަމަވެސް، ހުށަހެޅިފައިވާ ހުށަހެޅުމުގެ “where an application is brought under the wrong law, the irregularity is not fatal to the application and can be ignored and the right law inserted.” Saggu vs. Road Master Ug. Ltd [2000] EA LR 255. ވާޤިއާތަކުން ސީދާގޮތުގައި ޤާއިމުކުރެވޭ، އަދި އެޙލަތަށް ރާޢާޔަތްނުކޮށްފިނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ޙާ ލަތްތަކެވެ.
89HN9އެގޮތުން، މިމައްސަލައިގައިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ އެފަރާތުން އިތުރު މުއްދަތަކަށް އެދުމުން ކޯޓުން ހުއްދަ ދިން މުއްދަތަށްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. އެމުއްދަތު ހަމަވުމުގެ ކުރިން އެފަރާތުން ޖަވާބު ހުށަހަޅާފައިވާއިރު، މިއީ ޤާނޫނުގެ 124 (ށ) ގެ 2 ނަންބަރުގައި ބުނާފަދަ " ދައުވާ ލިބޭ ފަރާތަށް ފުރުސަތު ލިބެންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް "ކޯޓަށް ޤަބޫލުކުރެވޭ"ނ ހާލަތެކެވެ. މިއެކަށީގެންވާ ސަބަބު އިސްތިއުނާފު ކުރާ ފަރާތުގެ ފޯމު 27 ހުށަހެޅުމުގައި ތަކުރާރުކޮށް ހެއްކާއެކު ބަޔާންކޮށްފައިވެއެވެ.
90އެހެންކަމުން، ޣައިރު ޙާޟިރު ޙުކުމް ބާޠިލުކުރުމަށް އެދި ހުށަހެޅުމުގައި ބަޔާންކުރާ ވާޤިއާތަކުން، ސީދާގޮތެއްގައި ސާބިތުވާ މިސަބަބު ވުޖޫދުވެފައިވަނީ ކޯޓަށް ހެދުނު ގޯހެއްގެ ސަބަބުން ކަމުގައިވާއިރު މިހާލަތުގައި ދިފާއުވުމަށް އިތުރު ފުރަސަތެއް ނުދީ ބޮޑު ޢަދަދަކުން ދަރަންޏެއް ސާބިތުކޮށް ގޮތް ކަނޑައެޅުމީ ފާޅުކަންބޮޑު ބޭއިންސާފެއްކަމުގައި ދެކެމެވެ. އެގޮތުން، ކޯޓުން ހެދޭ ގޯސްތަކުގެ ސަބަބުން އެކަމުގެ ޝިކާރައަކަށް، އެގޯސް ރައްދުކުރެވުނު ފަރާތް ނުވާނެ ކަމަށް ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ 35 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ތާއީދުކުރަމެވެ.
ނިންމަން ފެންނަ ގޮތް
91އިސްވެ ބުނެވުނު އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) 2 ވަނަ ނަންބަރުގެ ދަށުންދަޢުވާ ދިފާޢުކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް ފުރުސަތު ލިބެންޖެހޭ އެކަށީގެންވާ ސަބަބެއް މިމައްސަލައިގައި އޮތް ކަމުގައި ބަލައި، ސިވިލް ކޯޓުގެ ނަންބަރު ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ ޢަބްދުﷲ ޢަލީ – ޕެރެގްރާފް 19 :2022-CVC-4638 ޤަޟިއްޔާއިން ޣައިރު ހާޒިރުގައިކޮށްފައިވާ ޙުކުމާއި އިސްތިއުނާފުކުރެވިފައިވާ ނަންބަރު: 2023-CVC-2592 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދައުވާ ދިފާއު ހުށަހެޅުމާ ހިސާބުން ފެށިގެން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވަންޖެހޭ ކަމުގައި ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
92ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ނިންމުމަށް ތާޢީދުކުރަމެވެ. އެހެންނަމަވެސް، އެނިންމުމަށް ވާސިލުވެވުނު ސަބަބުތައް ކޮންމެވެސް މިންވރަކަށަ ތަފާތުވާތީ، އެސަބަބުތަކުގެ ތަފްސީލުގައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
93އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް އެދި ހުށަހަޅާފައިވާ މައިގަނޑު އެއް ސަބަބަކީ، ކޯޓުން ދީފައިވާ މުއްދަތުގައި ދަޢުވާއަށް ޖަވާބު ދީފައިވަނިކޮށް، ޖަވާބު ހުށަހަޅާފައިނުވާކަމަށް ބަލައި މައްސަލައިގައި ޙުކުމެއް ކޮށްފައިވުމެވެ.
94މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ދަޢުވާއަށް ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން އެދި ހުށަހެޅުމުން ސިވިލް ކޯޓުން، އިސްތިއުނާފުކުރާ ފަރާތުން އެދުނު ފަދައިން މުއްދަތު އިތުރުކޮށްދީ އެކަން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން، ދަޢުވާގެ ޖަވާބު އެ ދެވުނު މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވެއެވެ.
95މި މައްސަލާގައި ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތނު ދެވިފައިވާ މުއްދަތުގައި ދައުވާއަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން، އެމުއްދަތު ފާއިތުވުމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެންނެވެ. އެހެންނަމަވެސް، ޣައިރު ހާޒިރުގައި ޙުކުމްކުރުމާ ހަމައަށްދާއިރު، އެހައިތަނަށް ކަންހިނގާފައިވާގޮތަށް ބަލާއިރު އެ މައްސަލާގައި ދައުވާލިބޭ ފަރާތަކީ އެ މައްސަލާގައި ޖަވާބުދާރީވާން ބޭނުންނުވާ ނުވަތަ ޖަވާބު ހުށަނާޅާ ފަރާތެއްގެ ގޮތުގައި ކަނޑައެޅުމުގައި އިތުރަށް ފަރުވާތެރިވުމުގެ ގޮތުން ރިޢާޔަތްކުރެވިދާނެ ކަންކަން މައްސަލައިގެ ތެރެއިން ދެނެގަނެވެން ހުރިނަމަ، އެފަދަ ކަންކަން ދެނެގަނެ ވަޒަންކުރަންވާނެއެވެ.
96ސިވިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު، އިސްތިއުނާފުކުރާ ފަރާތުން ދަޢުވާއަށް ޖަވާބު ހުށަހަޅާފައިވަނީ ޤާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުންނެވެ. އެކަމުގައި ބަހުސެއް ނެތެވެ. އެހެންނަމަވެސް، އެކަމުގެ މައިގަނޑު ސަބަބެއްކަމުގައި ވެފައިވަނީ، ކޯޓުން މުއްދަތު އިތުރުކޮށް ފޮނުވާފައިވާ ލިޔުމުގައި އޮޅުމަކުން ނުވަތަ ކުށަކުން ނުބައި ތާރީޚެއް ނުވަތަ ޤާނޫނުގައި ބުނެފައިވާ މުއްދަތައްވުރެ ދިގު މުއްދަތެއް ބަޔާންކުރެވިފައި އޮތް އޮތުމެވެ. މިފަދަ ހާލަތްތަކުގައި ކޯޓުން މުއްދަތު ދިނުމުގައި ގޯހެއް ހެދިފައިވާނަމަ، އެކަމުގެ ޒިންމާ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހުމަކީ އެކަން އޮންނަންވާނެ ގޮތެއް ކަމުގައި ނުދެކެމެވެ. މިފަދަ މައްސަލަތަކާގުޅޭ އިސްތިސްނާ ހާލަތްތައް ދެނެގަތުން:
97މިފަދަ ކަންކަމުގައި އިތުރަށް ފަރުވާތެރިވުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ދެނެގަނެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެހެން ޤައުމުތަކުގައި މިފަދަ ކަންކަމުގައި ޢަމަލުކުރަމުން އަންނަ ގޮތްތަކަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.
98އެގޮތުން، އެމެރިކާގެ ފެޑެރެލ ރޫލް އޮފް ސިވިލް ޕްރޮސީޖަރ އަށް ބަލާއިރު، ރޫލް 60 ގެ (b) ގައި، ޙުކުމެއް ބަދަލުކުރަން ނުވަތަ ބާތިލުކުރަނ އެދް ހުށަހެޅިދާނެ އިސްތިސްނާތަކެއްގެ ގޮތުގައި، mistake, inadvertence, surprise, or excusable neglect ގެ ހާލަތްތައް ހިމަނާފައިވެއެވެ. Federal Rules of Civil Procedure Rule 60. Relief from a Judgment or Order: (b) Grounds for Relief from a Final Judgment, Order, or Proceeding. On motion and just terms, the court may relieve a party or its legal representative from a final judgment, order, or proceeding for the following reasons: (1) mistake, inadvertence, surprise, or excusable neglect.
99ހަމައެފަދައިން، މާރަޝަލ އައިލެންޑްސް ރޫލް އޮފް ސިވިލް ޕްރޮސީޖާރ ގެ ރޫލް 60 ގެ (b)ގެ (1) އަށް ބަލާއިރު، އެމެރިކާގެ ފެޑެރެލ ރޫލް އޮފް ސިވިލް ޕްރޮސީޖަރގެ ރޫލް 60 ގެ (b) ގައި، ބަޔާންކޮށްފައިވާ mistake, inadvertence, surprise ގެ އިތުރުން، excusable neglect by the moving party ނުވަތަ inadvertent mistake by the court or a clerk an ފަދަ ހާލަތެއް އޮތުމަކީވެސ ކޯޓަކުން ކޮށްފައިވް ޙުކުމަކަށް ފަހުން ބަދަލު ގެނެވިދާނެ ނުވަތަ ބާތިލުކުރެވިދާނެ ހާލަތެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
100މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާއަށް ބަލާއިރު، ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި، "ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވުން" ހިމެނޭހިނދު، މިހާލަތުގައި ޑިފައުލްޓް ޖަޖްމެންޓަކަށް ދާންޖެހޭނީ ޖަވާބު ހުށަހަޅަންޖެހޭ ފަރާތުން ޖަވާބު ހުށަނާޅައި ޑިފައުލްޓެއް ވެފައިވާނަމަކަމުން، ދައުވާލިބޭ ފަރާތުން ހަޤީޤަތުގައިވެސް ޑިފައުލްޓެއް ވެފައިވޭތޯ ދެނެގަތުމުގައި، އެމާއްދާގައި ބަޔާންކުރާ "ކަނޑައެޅިފައިވާ މުއްދަތު" ފާއިތުވެގެން ދިއުމުގައި، ގަސްތެއްނެތި ކޯޓުން ހެދިފައިވާ ގޯހެއް ނުވަތަ ކުށެއް އޮންނަ ހާލަތެއް މެދުވެރިވެފައިވާނަމަ އެކަމަށް ރިޢާޔަތްކުރަންވާނެއެވެ. އަދި އެ މުއްދަތު ފާއިތުވެގެން ދިއުމުގައ ނުވަތި އެމުއްދަތަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުމަށް މެދުވެރި ސަބަބުގައި ކޯޓުން އެފަދަ ކުށެއް ހެދިފައިއޮތްކަމަށް ފެންނަނަމަ، ނުވަތަ އެ ލިޔުންތައް ހުށަހަޅަންޖެހޭ ފަރާތަށް އޮޅުމެއް އެރުމުގައި ކޯޓުން ހެދުނު ގޯހުގެ އެއްވެސް ދައުރެއް އޮތްކަމަށް ފެންނަނަމަ، އެކަމެއް ރައްދުވި ފަރާތަށް ނުވަތަ ޖަވާބު ހުށަހަޅަންޖެހޭ ފަރާތުން މުއްދަތަށް އެކަން ކުރެވިފައި ނެތުމަކީ excusable neglect (އެއްފަރާތްކޮށް އިސްތިސްނާކޮށްލެވިދާނެފަދަ Marshall Islands rules of civil procedure Rule 60. Relief from a Judgment or Order: (b) Grounds for Relief from a Final Judgment, Order, or Proceeding. On motion and just terms, the court may relieve a party or its legal representative from a final judgment, order, or proceeding for the following reasons: (1) mistake, inadvertence, surprise, or excusable neglect by the moving party, or an inadvertent mistake by the court or a clerk. ޤާނޫނުގައި ބުނެފައިވާގޮތަށ ކުރަންޖެހޭކަމެއް ނުކުރުން އިހުމާލެއް) ކަމަށް ކަނޑައެޅިދާނެތޯ ބެލުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މި ހާލަތަކީ، inadvertent mistake by the court (ގަސްތެއްނެތި، ކޯޓަށް ހެދިފައިވާ ކުށެއް ނުވަތަ ކޯޓަށް އަރާފައިވާ އޮޅުމެއް) ގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމުގައި ބެލުމަކީވެސް ކުރެވިދާނެކަމެއްކަމުގައި ދެކެމެވެ.
101މަތީގައި ބަޔާންކުރެވުނު، އެމެރިކާގެ ފެޑެރެލ ރޫލް އޮފް ސިވިލް ޕްރޮސީޖަރ އާއި މާރަޝަލް އައިލެންޑްސް ރޫލް އޮފް ސިވިލް ޕްރޮސީޖާރ އަށް ބަލާއިރު، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހުގައި ޖަވާބު ހުށަހަޅާފައިވާ ހާލަތްތަކުގައި، އެކަން ވެފައިވާގޮތް ބަލައި، އެއީ އިސްތިސްނާއެއް ދޭންޖެހޭ ހާލަތެއް ކަމަށް ފަނޑިޔާރަށް ބުރަ ވެވިއްޖެނަމ އެފަދަ އިސްތިސްނާތައް ދެވިދާނެކަން އެނގެން އޮތްހިނދު، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ޤާނޫނު ގައި ކަނޑައެޅިގެން އެފަދަ އިސްތިސްނާތައް ބަޔާންކޮށްފައި ނެތްކަމުގައި ވީނަމަވެސް، ދަޢުވާލިބޭ ފަރާތުން ހުށަހަޅަންޖެހޭ ޖަވާބު މުއްދަތަށް ހުށަނޭޅުނީ މަތީގައި ބަޔާންވެދިޔަފަދަ ހާލަތެއް އޮވެގެންކަން ފަނޑިޔާރަށް ބުރަވެވޭ މިންވަރަށް ބަޔާންކޮށްދެފިވައިވާނަމަ އެފަދަ ހާލަތްތަކަކީ އިސްތިސްނާ ހާލަތްތަކެއްކަމަށް ބެލުމަކީ އެދެވޭ ގޮތެއްކަމުގައި ދެކެމެވެ. އެހެނީ އެހާލަތުގައި ދައުވާލިބޭ ފަރާތަކީ، ދަޢުވާއަށް ޖަވާބު ހުށަހަޅާފައިނުވުމުގެ ސަބަބުން ޑިފައުލްޓެއް ވެފައިވާ މީހެއްކަމުގައި ބެލުމަށްވުރެ، އެއީ ކޯޓުން ހެދިފައިވާ އޮޅުމަކުން ދައުވާލިބޭ ފަރާތަށް ހެދިފައިވާ ގޯހެއްކަމުގައި ބެލުން އިންސާފުވެރިކަމުގައި ފެންނާތީއެވެ.
102މިގޮތުން މިނުކުތާއާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ބައެއް މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައަކީ Pioneer Investment Services Co. v. Brunswick Associates Ltd. Partnership އެވެ. މި މައްސަލާގައި، ލިޔެކިޔުން ހުށަހެޅުމާގުޅޭގޮތުން އިރުޝާދު ދިނުމުގައި Federal Rules of Civil Procedure Marshall Islands rules of civil procedure Pioneer Investment Services Co. v. Brunswick Associates Ltd. Partnership, 507 U.S. 380 (1993) ޢަމަލުކޮށްފައިވާ ގޮތުން، މައްސަލާގައި ލިޔުންތައް ހުށަހަޅަން އޮތް މުއްދަތާމެދު އޮޅުންތަކެއް އަރައި، ލިޔުންތަކެއް ހުށަހަޅަން އޮންނަ މުއްދަތު ފާއިތުވެގެން ދިޔައެވެ.
103އެމެރިކާގެ ސުޕްރީމް ކޯޓުން މި މައްސަލާގައި ކަނޑައަޅާފައިވަނީ، ލިޔުންތައް ހުށަހަޅަންޖެހޭ ފަރާތަށް އިރުޝާދު ދިނުމުގައި ނުރަނގަޅު ނުވަތަ އޮޅުންއަރާ މަޢުލޫމާތުތަކެއް ހިމެނޭތީއާއި، އަދި ލިޔުންތައް ހުށަހެޅުން ލަސްވުމަށް މެދުވެރި އެއް ސަބަބަކީ އެއީކަނ އެނގެން އޮތުމުން މިއީ excusable neglect އެއްގެ ހާލަތެއްކަމަށް ބަލައި، ޙުކުމް މުރާޖަޢާކޮށް ބަދަލު ގެނެވިދާނެ ހާލަތެއް ކަމުގައެވެ.
104އެހެންކަމުން، މި މައްސަލާގައި، އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ބަހުސްގައި ބަޔާންކޮށްފައިވާ ފަދައިން، ދަޢުވާއަށް ޖަވާބު ހުށަހެޅި ނަމަވެސް، އެއީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހަޅާފައިވާ ޖަވާބެއްކަމަށް ބަލާފައިނުވަނީ، އެކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު، ކޯޓުން އިތުރުކޮށްފައިވަނިކޮށްކަނ އެނގެން އޮތުމުން، މިއީ ޖަވާބުހުށަހެޅި ފަރާތުގެ ގަސްތެއ ނެތް ހެދިފައިވާ، އަދި އެއްފަރާތްކުރެވިދާނެފަދަ ގޯހެއް (excusable neglect) ކަމުގައި ބަލައި، ނުވަތަ inadvertent mistake by the court (ގަސްތެއްނެތި، ކޯޓަށް ހެދިފައިވާ ކުށެއް ނުވަތަ ކޯޓަށް އަރާފައިވާ އޮޅުމެއް) ގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމުގައި ބަލައި، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޣައިރު ހާޒިރުގައި ޙުކުމްކުރުމުގެ ޝަރުޠު" ހަމަވޭތޯ ބެލުމުގައި މިފަދަ ހާލަތްތަކަށް ރިޢާޔަތްކުރަންވާނެކަމުގައި ދެކެމެވެ.
105ހަމައެހެންމެ، ޣައިރު ހާޒިރުގައި ޙުކުމްކުރި ހިނދު، މަތީގައި ބަޔާންވެދިޔަ ގޮތުގެ މަތީން ދަޢުވާއަށް ހުށަހެޅި ޖަވާބާމެދު ރިޢާޔަތްކުރެވިފައި ނުވިނަމަވެސް، ނުވަތަ އެއީ ކޯޓުން ހެދިފައިވާ ގޯހަކުން ވެފައިވާ ކަމެއްކަން ފާޅުވެފައިނެތްނަމަވެސް، ޙުކުމް މުރާޖަޢާ ކުރަން ހުށަހެޅޭހިނދު، އެފަދަ ސަބަބެއް ހުށަހެޅި ފާހަގަކުރެވެން އޮތްނަމަ، އެއީ ޖަވާބު ހުށަހެޅިފައިވަނިކޮށް، ޣައިރު ހާޒިރުގައި ޙުކުމް ކުރެވިފައިވާ ހާލަތެއްކަމުގައި ބަލައި، އެ ޙުކުމް ބާތިލުކުރެވިދާނެކަމުގައި ދެކެމެވެ.
106މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ، "ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވުން" ގެ ހާލަތު މެދުވެރިވުމުގައި، inadvertent mistake by the court (ގަސްތެއްނެތި، ކޯޓަށް ހެދިފައިވާ ކުށެއް ނުވަތަ ކޯޓަށް އަރާފައިވާ އޮޅުމެއް) އޮތުމަކީ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއް މުރާޖަޢާކުރުމަށް ހުށަހެޅޭހިނދު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެކަށީގެންވާ ސަބަބެއްކަމުގައި ކަނޑައެޅިދާނެ ކަމުގައި ދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅުން:
107ހަމައެހެންމެ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމަށް އެދި ހުށަހެޅިހިނދު، ޙަވާލާދެވިފައިވާ މާއްދާތަކުގެ ތެރޭގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގު 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރު ނުހިމެނުނު ކަމުގައިވީނަމަވެސް، މުރާޖަޢާ ކުރުމަށް އެދި ހުށަހަޅާފައިވާ ސަބަބުތަކާއި، ޙަވާލާދީފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ؛
(ށ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރ ޢާޔަތްކޮށް، ޣައިރު (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން. މާއްދާތަކަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާގެ (ށ) އާއި 116 ވަނަ މާއްދާއާއި 124 ވަނަ މާއްދާގެ (ހ) ގެ (2) އަށް ޙަވާލާދީ، އެމާއްދާތަކުގައ ބަޔާންކުރި ޝަރުޠުތައް ފުރިހަމަވުމުގައި ބޭއިންސާފެއް މެދުވެރިވެފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ މާއްދާތަކަށް ރިޢާޔަތްކޮށް ގޮތް ކަނޑައެޅުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރު ބޭނުންކުރެވިދާނެކަމުގައި ދެކެމެވެ. އެހެނ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރަކީ، ޤާނޫނުގައި ބަޔާންކޮށްފައިނުވާ، އިސްތިސްނާ ހާލަތްތަކަށް ނުވަތަ އެކަށީގެންވާ ސަބަބުތަކަށް ރިޢާޔަތްކޮށް ޙުކުމެއް މުރާޖަޢާކޮށް ބަދަލުކުރުމުގެ ބާރު ފަނޑިޔާރަށް ދީފައިވާ މާއްދާއެއް ކަމުގައިވާތީއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގެ ދަށުން ގޮތެއް ނިންމުމުގައި ހެކީގެ ނިސްބަތް:
108މަތީގައި ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާންވެދިޔަ ފަދައިން، މި މައްސަލައަކީ excusable neglect (އެއްފަރާތްކޮށް އިސްތިސްނާކޮށްލެވިދާނެފަދަ އިހުމާލެއް) ވެފައިވާކަމަށް ކަނޑައެޅިދާނެފަދަ ހާލަތެއް އޮތުމުގެ އިތުރުން inadvertent mistake by the court (ގަސްތެއްނެތި، ކޯޓަށް ހެދިފައިވާ ކުށެއް ނުވަތަ ކޯޓަށް އަރާފައިވާ އޮޅުމެއް) ގެ ސަބަބުން ދިމާވެފައިވާ ހާލަތެއް އޮތް މައްސަލައެއްކަމުގައި އަހުރެންނަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ؛
(ށ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން. ބުރަވެވެއެވެ. އެހެންކަމުން މިހާލަތުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގެ ދަށުން ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ބާތިލްކުރަންވާނެކަމުގައި ދެކެމެވެ.
109މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ މާއްދާގެ އިބާރާތް ފަށާފައިވަނީ، "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެއެވެ. " މިފަދައިންނެވެ.
110އެގޮތުން އެ އެމާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައިނަމަ، ދައުވާ ދިފާޢުކުރެވިދާނެ ހަޤީޤީ ސަބަބުތަކެއް ހުރިކަން ހާމަވާފަދަ ހެކި ހުށަހެޅިފައި ހުންނަންޖެހޭނެ ކަމުގައި ދެކެމެވެ. އެހެންނަމަވެސް، އެ މާއްދާގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއްނަމަ، އެހާލަތުގައި، ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނެފަދަ ސަބަބެއް އޮތްކަން ހާމަވާ މިންވަރުގެ ހުށަހެޅުމެއް އޮތުމުން ފުދެއެވެ.
111މި މައްސަލައަށް ބަލާއިރު، ޣައިރު ހާޒިރުގައި ޙުކުމް ބާޠިލުކޮށްދިނުމަށްއެދ ހުށަހަޅާފައިވި ހުށަހެޅުމަށް ބަލާއިރު، ޣައިރު ހާޒިރުގައި ހުކުމް ކުރި މައްސަލާގައި، ހުށަހަޅާފައިވާ ދައުވާގެ ދިފާޢާއި ރައްދުވާއެއް ހުށަހަޅާފައިވާކަމާއި، އެ ދިފާޢާއި ރައްދު ދަޢުވާ ބިނާކޮށްފައިވާ އަސާސްތަކާއި ޤާނޫނީ ސަބަބުތައް، ޣައިރު ހާޒިރުގައި ޙުކުމް ބާޠިލުކޮށްދިނުމަށްއެދ ހުށަހަޅާފައިވި މައްސަލާގައި ސިވިލް ކޯޓުގެ ޝަރީޢަތުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ ؛
(ށ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރ ޢާޔަތްކޮށް، ޣައިރު (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން. ސާފުކޮށްދީފައިވާނެކަމަށާއި، އަދި ފަނޑިޔާރުގެ އެދުމުގެ މަތީން، ދަޢުވާގެ ދިފާޢާއި ރައްދު ދަޢުވާ ޙިއްސާކޮށްފައިވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
112ހަމައެހެންމެ، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް މުރާޖަޢާކުރުމަށް އެދި ހުށަހެޅިހިނދު، ހުށަހަޅާފައިވާ ހެކިތަކަކީ ކޮބައިކަން، ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާއިރު، އެ ހެކިތަކުން ދެނެގަނެވޭ ކަންތައްތަކުގެ ތެރޭގައި، ޣައިރު ހާޒިރުގައި ޙުކުމްކުރުމުގެ ކުރީން، ދިފާޢު ހުށަހެޅުނުކަމާއި، އަދި ދިފާޢު ހުށަހެޅުން ލަސްވުމުގައި ކޯޓުން ދެވިފައިވާ ނުރަނގަޅު މަޢުލޫމާތުގެ ދައުރެއް އޮތްކަން އެނގެން އޮތްހިނދު، މި ހެކިތަކަކީ، ޙުކުމް ބާޠިލުކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ބަޔާންކޮށްދެވޭފަދަ ހެކިތަކެއް ކަމުގައި ބުރަވެވެއެވެ.
113އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ ނިންމާ ހިނދެއްގައި، ހެކި ހުރިތޯ ބަލަން ޖެހޭ މިންވަރަށް ރިޢާޔަތްކުރާއިރު، މަތީގައި ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާންކުރެވުނު ފަދައިން، މި މައްސަލައަކީ excusable neglect (އެއްފަރާތްކޮށް އިސްތިސްނާކޮށްލެވިދާނެފަދަ އިހުމާލެއް) ވެފައިވާކަމަށް ކަނޑައެޅިދާނެފަދަ ހާލަތެއް އޮތުމުގެ އިތުރުން inadvertent mistake by the court (ގަސްތެއްނެތި، ކޯޓަށް ހެދިފައިވާ ކުށެއް ނުވަތަ ކޯޓަށް އަރާފައިވާ އޮޅުމެއް) ގެ ސަބަބުން ދިމާވެފައިވާ ހާލަތެއް އޮތް މައްސަލައެއްކަމުގައި ބުރަވެވޭހިނދު، މިހާލަތުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ބާތިލްކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮތް ކަމުގައި އަހުރެން ދެކެމެވެ. އިސްތިއުނާފު ފޯމުގެ 2.2 ވަނަ ނުކުތާ އިސްތިއުނާފު ފޯމުގެ 2.3 ވަނަ ނުކުތާ
ނިންމަން ފެންނަ ގޮތް
114އިސްވެ ބުނެވުނު އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، ދައުވާ ދިފާޢުކުރުމަށް އިސްތިއުނާފުކުރާ ފަރާތަށު ފުރުސަތު ލިބެނޖެހް އެކަށީގެންވާ ސަބަބެއް މިމައްސަލައިގައި އޮތް ކަމުގައި ބަލައި، ސިވިލް ކޯޓުގެ ނަންބަރު:2022-CVC-4638 ޤަޟިއްޔާއިން ޣައިރު ހާޒިރުގައިކޮށްފައިވާ ޙުކުމާއި އިސްތިއުނާފުކުރެވިފައިވާ ނަންބަރު: 2023-CVC-2592 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ދައުވާ ދިފާއަ ހުށަހެޅުމާ ހިސާބުން ފެށިގެން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވަންޖެހޭ ކަމުގައި ދެކެމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
115މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 101 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 103 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 106 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 109 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 111 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 112 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާ (ހިމެނޭގޮތުން (ށ))
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 116 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާގެ (ހ)(2)، (ށ)(1)، (ށ)(2) އަދި (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 142 ވަނަ މާއްދާގެ (ހ)(1) އަދި (ހ)(2)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 143 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 261 ވަނަ މާއްދާގެ (ހ)(5) އަދި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާ
- ހައިކޯޓުގެ 2023/HC-A/177 (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވ. ސަދަން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ ޢަބްދުﷲ ޢަލީ (ޕެރެގްރާފް 19)
- Clements Smith v Berrymans Lace Mawer Service Co. & Anor [2019] EWHC 1904 (QB)
- Civil Procedure Rules 1998 (England & Wales) r 12.3 and Civil Procedure (Amendment) Rules 2020
- Saggu v Road Master Ug. Ltd [2000] EA LR 255
- US Federal Rules of Civil Procedure, Rule 60(b)(1)
- Marshall Islands Rules of Civil Procedure, Rule 60(b)(1)
- Pioneer Investment Services Co. v. Brunswick Associates Ltd. Partnership, 507 U.S. 380 (1993)
- Sime, S. (2021) A Practical Approach to Civil Procedure (OUP)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.