އަސްލަމް ޙުސެއިން (އެޑްރެސް ސިއްރު ކުރެވިފައި) ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނުނަގައި ކުށް ސާބިތުކުރެވޭތޯ، އަދި ފޯނުން ފެނުނު ވީޑިއޯގައި ފެންނަނީ ކުޑަކުއްޖެއް ކަމާއި މައްސަލައިގައިވާ ކުއްޖާކަން ސާބިތުނުވެ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަވާގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށް ސާބިތުވޭތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަވާގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅި ބައާއި އަދަބު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުއްޖާގެ ހެކިބަސް ވަޒަންކުރުމުގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ނެގުން ލާޒިމުކަމަށް ސުޕްރީމް ކޯޓުގެ 2019/SC-A/77 ގައި ކަނޑައަޅާފައި ނުވާތީ، ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނުނެގުމަކީ އެ ޤަޟިއްޔާގެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ.
HN2 ހައިކޯޓުގެ 2022/HC-A/407 ގައި ކަނޑައެޅުނު އުޞޫލު ބިނާވެފައިވަނީ ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ޝަރީޢަތަށް ހުށަނާޅައި ހަމައެކަނި ހިއަރސޭ ހެކި ހުށަހެޅިފައިވާ ވާޤިޢާތަކުގެ މައްޗަށެވެ؛ ކުއްޖާގެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ހުށަހެޅިފައިވާ މައްސަލައަކަށް އެ އުޞޫލު ތަޠްބީޤުނުކުރެވޭނެއެވެ.
HN3 ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުޞަތު ޝަރީޢަތުން ދީފައިވާކަން މަޙްޟަރުން އެނގޭނަމަ، އެ ފުރުޞަތު ނުލިބުނުކަމަށް ހުށަހަޅާ ނުކުތާއަކީ އެކަށީގެންވާ ޤާނޫނީ ބަހުސެއް ނޫނެވެ.
HN4 ޤާނޫނުގައި ފާޅުކަންބޮޑުކޮށް ވަކި ކަމެއް ފާހަގަވާނަމަ، ޚަޞްމުންގެ ބަސް އަޑުއެހުމަށްފަހު، އެއްވެސް ފަރާތަކުން ފާހަގަނުކުރި ނުކުތާއެއްގައިވެސް ޢަދުލުއިންސާފު ޤާއިމުކުރުމަށްޓަކައި އިސްތިއުނާފީ ކޯޓަށް ގޮތެއް ނިންމިދާނެއެވެ.
HN5 މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށުގެ އެންމެ އަސާސީ އުންސުރަކީ އޮރިޔާންކާޑު ހަދާފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ ކަމަށް ވުމެވެ؛ ވީޑިއޯގައި ފެންނަނީ ކުޑަކުއްޖެއްކަން ނުވަތަ މައްސަލައިގައިވާ ކުއްޖާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާނަމަ، ތަން (ގިފިލި) ކަށަވަރުވުމަކުން ނުވަތަ އަންހެނަކުކަން ކަށަވަރުވުމަކުން އެ ކުށް ސާބިތެއް ނުވެއެވެ.
HN6 ދަށުކޯޓަށް ތަޙުވީލުކުރެވިދާނެ ބައެއްގައި ސާބިތުވިޔަސް ދެވޭނެ އެންމެ ބޮޑު އަދަބަށްވުރެ ގިނަ މުއްދަތެއް ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ހޭދަކޮށްފައިވާނަމަ، މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރުމުގެ ބޭނުމެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު، (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު މުޙައްމަދު
ފައިޞަލް ތާއީދު ކުރައްވާފައި) މައްސަލައިގެ ތަޢާރަފު
1މިއީ، (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓުގެ ނަންބަރު (ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް (އެޑްރެސް އުނިކޮށްފައި) އަސްލަމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަސިއްޔާއެވެ. މިޤަސިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
2މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، އެ ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި މައްސަލަ ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.
ދަށު ކޯޓުގައި ކުރެވުނު ދައުވާ
3މި މައްސަލައިގައި ދަށު ކޯޓުގައި އަސްލަމް ޙަސަންގެ މައްޗަށް ޖުމްލަ 2 (ދޭއް) ދައުވާއެއް ދައުލަތުން ކުރިއެވެ.
3.1 ފުރަތަމަ ދައުވާއަކީ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ އެވެ. މި ދައުވާ ކުރި ސަބަބަކީ، އަސްލަމް ޙަސަން ގެންގުޅުނު މޯބައިލް ފޯނު ތަހުލީލު ކުރިއިރު އެފޯނުން އޮރިޔާން މަންޒަރު ދައްކުވައިދޭ 32 (ތިރީސް ދޭއް) ވީޑިއޯ ފެނިފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
3.2 ދެވަނަ ދައުވާ އަކީ މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ދަޢުވާއެވެ. މި ދައުވާ ކުރި ސަބަބަކީ، އަސްލަމް ޙަސަން 2018 ވަނަ އަހަރުގެ ފަހުކޮޅުގެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި ކުޑަކުއްޖަކު ގިފިލީގައި ފެންވަރަން ހުއްޓާ ގިފިލި ފާރުމަތިން އެ ކުއްޖާ ފެންވަރަން ހުރި މަންޒަރު ފޮޓޯނަގައި ވީޑިއޯ ކޮށްފައިވާ މައްސައިގެ ތުހުމަތުގައި އަސްލަމް ޙަސަން ގެންގުޅުނު މޯބައިލް ފޯނު ތަހްލީލް ކުރިއިރު ތުހުމަތުކުރެވުނު ފަދައިން އެ ގިފިލީގައި އަންހެނަކު ބަރަހަނާކޮށް ފެންވަރަން ހުއްޓާ ގިފިލީގެ ފާރުމަތިން ނަގާފައިވާ ވީޑިއޯ ފެނިފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދަށު ކޯޓުގެ ޙުކުމް
4ދަށު ކޯޓުން އެ ޤަސިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ދައުލަތުން ... އަސްލަމް ޙަސަންގެ މައްޗަށް ކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދަޢުވާ އާއި، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއަށް އަސްލަމް ޙަސަން އިންކާރު ކޮށްފައިވީނަމަވެސް، ދައުލަތުން ޝަރީޢަތަށް ހުށަހެޅި ހެކި ޤަރީނާތަކުން މި ދެދަޢުވާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އުފުލާފައިވާ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން އަސްލަމް ޙަސަން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން 1 މަހާއި 6 ދުވަހުގެ މުއްދަތަށް އަސްލަމް ޙަސަން ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޙާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިދެ ދަޢުވާ ސާބިތުވުމުން އަސްލަމް ޙަސަން ތަންފީޒު ކުރަންޖެހޭ އަދަބަކީ 20 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބުކަމުގައި ކަނޑައަޅައި މިގޮތުގެ މަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް
5ދަށު ކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަސްލަމް ޙަސަންގެ ފަރާތުން އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ފާހަގަކޮށްފައިވާ ޤާނޫނީ ސަބަބުތަކާއި މުޅިން ޚިލާފަށް ކުށް ސާބިތުވާކަމުގައި ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/104 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި މުޅިން ޚިލާފަށް ކުށް ސާބިތުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެފަރާތުން މައްސަލަ ނިންމައިދިނުމަށް އެދުނުގޮތް
6އަސްލަމް ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.
7ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. ކުއްޖާގެ ހެކިބަސް ނެގުމާގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
8އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އަސްލަމް ޙަސަންގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގައި ކުއްޖާގެ ހެކިބަސް ނަގާފައިނެތި، ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގައ ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުމެއް ނެތި ކުއްޖާގެ ބަސް ޤަބޫލުނުކުރެވޭނެކަން އެ ނިންމުންތަކުން އެނގޭ ކަމަށެވެ.
9ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާއާއި އޭގެ ފަހުން އެކޯޓުން ނިންމާފައިވާ އެފަދަ އެހެންވެސް ޤަޟިއްޔާއެއްގައި ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނަގަންޖެހޭނެކަމަށް ކަނޑައަޅާފައިނުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައިވެސް ކުއްޖާގެ ހެކިބަސް ނަގާފައިނުވާކަމަށެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާގައި ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނަގަންވާނެ ކަމަށް ކަނޑައެޅިފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ 2022/HC-A/285 ޤަޟިއްޔާގައިވެސް މިފަދައިން ކަނޑައަޅާފައިނުވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާގެ ނިންމުމާ ދުރަށް ދެވިދާނެކަން އެނގޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާއަކީ މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއެއް ކަމަށެވެ.
10HN1މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޝިއްޔާގައި ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ވަޒަންކުރުމުގައި، ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުގައި ލިބިފައި އޮތުން ލާޒިމްކަމަށް ބަޔާންކޮށްފައި ނުވެއެވެ. އަދި އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅާ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށް، އެ މައްސަލަ ނިމިފައިވާއިރު، އެ މައްސަލައަކީވެސް ޝަރީޢަތުގެ މަރުހަލާގައި ކުއްޖާގެ ހެކިބަސް ނަގައިގެން ހެކި ވަޒަންކޮށްފައިވާ މައްސަލައެއް ނޫންކަން އެނގެން އޮވެއެވެ. އެހެންކަމުން ދަށު ކޯޓުން މި ޤަޟިއްޔާގައި ކުއްޖާގެ ހެކިބަސް ޝަރީޢަތުގައި ނަގާފައިނުވުމަކީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޝިއްޔާގައި ކަނޑައެޅިފައިވާ ކޮން އުސޫލަކާ ޚިލާފު ކަމެއް ކަން އަސްލަމް ޙަސަންގެ ފަރާތުން ބަޔާންކޮށްދެވިފައިވާކަމަކަށް ނުދެކެމެވެ. އަދި ދަށު ކޯޓުން ޝަރީޢަތުގައި ކުއްޖާގެ ހެކިބަސް ނަގާފައިނުވުމަކީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަކާ ޚިލާފުކަމެއް ނޫންކަން އެ ޤަޟިއްޔާއަށް ބެލުމުން ސާފުކޮށް އެނގެއެވެ.
11HN2މި ނުކުތާގައި އަސްލަމް ޙަސަންގެ ފަރާތުން ފާހަގަކުރާ ދެވަނަ ޤަޟިއްޔާއަކީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިމުނުފަހުން، އަދި މިހާރު އިސްތިއުނާފުގައި މިބެލޭ މައްސަލަ ވެސް ދަށު ކޯޓުން ނިމުނުފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް ޤަޟިއްޔާއެވެ. އެ ޤަޝިއްޔާގައި މިފަދަ މައްސަލަތަކާ ގުޅިގެން ކުޑަކުދިންގެ ހެކިބަސް ޝަރީޢަތަށް ނެގުމާ ގުޅޭގޮތުން ކަންކަން ކަނޑައަޅާފައިވީނަމަވެސް، އެ ޤަޟިއްޔާ އާއި މިހާރު މިބެލޭ ޤަޟިއްޔާގައ ބޮޑު ފަރަގެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ޤަޟިއްޔާއަކީ ކުއްޖާގެ އަސާސީ ކިޔައިދިނުން ކަމުގައި ބެލޭނެ ފަދަ ކުއްޖާގެ އިންޓަރވިއު ރެކޯޑިންގ އެއް ނުވަތަ އެހެންވެސް އެފަދަ ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅުމެއް ނެތި، ކުއްޖާގެ ކިޔައިދިނުންކަމަށް ބުނެ ހިއަރސޭ ހެކި ހުށަހެޅިފައިވާ ޤަޟިއްޔާއެކެވެ. އެހެންކަމުން އެ ޤަޟިއްޔާގައި ކަނޑައެޅުނު ހަމަތައް ބިނާވެގެން ދިޔައީ އެ ވާގިއާތަކުގެ މައްޗަށެވެ. އެގޮތުން އެ ޤަޟިއްޔާގެ އަޢުލަބިއްޔަތު ރައުޔުގައި ހިމެނޭ އެ ޤަޟިއްޔާގެ 46 ވަނަ ނުކުތާއަށް ބަލާއިރު މިކަން އިތުރަށް ސާފުވެއެވެ. އެ ނުކުތާގައި "އަނިޔާ ލިބުނު ކުއްޖާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކާ ނުލައި އަދި އަމުދުން އެކުއްޖާ ސީދާ ކިޔައިދޭ އެއްވެސް ކިޔައިދިނުމެއް ފަނޑިޔާރަށް ހުށަހެޅުމަކާ ނުލައި މިބާވަތުގެ ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެކަމަށް ޕްރޮސިކިއުޝަނުން ބުނާ ބުނުމަކީ ޤާނޫނީގޮތުން އެކަށައަޅާފައިވާ އިޖުރާއަތުތައް އެއްފަރާތްކުރުމަށްފަހު، ބުނާ ބުނުމެއްކަމުގައި ނޫނީ އަހުރެން ނުދެކެމެވެ." މިފަދައިން ފަނޑިޔާރު މުޙައްމަދު ނިޔާޒް ބަޔާންކުރައްވާފައިވެއެވެ.
12އިސްތިއުނާފުގައި މިހާރު މި ބެލޭ ޤަޟިއްޔާގައި ކުއްޖާގެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ދަށު ކޯޓަށް ހުށަހެޅިފައިވެއެވެ. އަދި އެ ރެކޯޑިންގ ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅިފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް ޤަޟިއްޔގައާ ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލަކީ، ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވުމާ ގުޅިގެން ކަނޑައެޅުނު އުސޫލަކަށް ވާތީ، އަތުގައި މިހާރު މި އޮތް މައްސަލައަށް އެ ޤަޟިއްޔާގައ ކަނޑައެޅުނު އުސޫލު ތަޠުބީޤުކުރެވިދާނެ ހަމައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ
7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ
8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ މޮބައިލް ފޮރެންސިކް ރިޕޯޓު ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ
13އިސްތިއުނާފީ ދެވަނަ ނުކުތާގައި އަސްލަމް ޙަސަންގެ ފަރާތުން ފާހަގަކުރާ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/104 ޤަޟިއްޔާގައ ހެކިންނާއި ސުވާލުކޮށް މުނާގަޝާ ކުރުމުގެ ފުރުޞަތު ދޭންޖެހޭނެކަން ބަޔާންކޮށްފައިވާއިރު، އަސްލަމް ޙަސަންގެ މައްޗަށް ކުރި ދައުވާތައް ސާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހެޅުނު މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތްކަމަށްވާ މުޙައްމަދު އަޙްމަދުއާ ސުވާލުކުރުމުގެ ފުރުޞަތު އަސްލަމް ޙަސަން އަށް ދަށު ކޯޓުގައި ލިބިފައިވާކަން ދަށު ކޯޓުގެ ބަޔާންތަކަށް ބެލުމުން އެނގެން ނެތް ކަމަށް ފާހަގަކުރި ނުކުތާއެވެ. ހަމައެހެންމެ އަނިޔާލިބުނުކަމަށް ބުނާ ކުއްޖާ ފެންވަރަން ހުރި ގިފިއްޔާއި ހެކިންގެ ހެކިބަހުން އެ ގިފިލި ސިފަކޮށްދީފައިވާގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓަށް ދެވޭ ބުރަދަން ކުޑަވެގެންދާ ކަމަށެވެ.
14ޖަވާބުގައި ދައުލަތުން ބުނެފައިވަނީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުގެ ފުރުޞަތު އަސްލަމް ޙަސަން އަށް ދެވުނުކަން މައްސަލައިގެ މަޙްޟަރު ބަޔާންތަކަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އަސްލަމް ޙަސަންގެ ފަރާތުން ސުވާލު އުފައްދާ ޙަސީނާ ޢަލީގެ ހެކިބަހަށް ބަލާއިރު ހާދިސާއަކީ ޙަސީނާ ޢަލީ ދިރިއުޅޭ ގޭގެ ގިފިލީގައި ހިނގާފައިވާ ހާދިސާއެއްކަން އެނގޭ ކަމަށެވެ. ހަމައެހެންމެ ކުއްޖާ ފެންވަރަން ހުރި ގިފިލި ސާބިތުކުރުމަށް ހުށަހަޅާފައިވަނީ މޯބައިލް ފޮރެންސިކް ރިޕޯޓު ނޫންކަމަށާއި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ކަމަށެވެ. އެހެންކަމުން ޙަސީނާ ޢަލީގެ ހެކިބަހަށް ބިނާކޮށް މޯބައިލް ފޮރެންސިކް ރިޕޯޓަށް ދެވޭ ބުރަދަނަށް އަސަރުކުރާ ހާލަތެއް ނެތް ކަމަށެވެ.
15HN3މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި މުޙައްމަދު އަޙްމަދާ ސުވާލުކުރުމުގެ ފުރުޞަތު އަސްލަމް ޙަސަން އަށް ދެވުނުކަން ދަށުކޯޓުގެ ބަޔާންތަކުން އެނގެން ނެތް ކަން އަސްލަމް ޙަސަންގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރެއެވެ. ނަމަވެސް ދަށު ކޯޓުގައި ނެގުނު މުޙައްމަދު އަޙްމަދުގެ ހެކިބަސް ހިމެނޭ މަޙްޟަރު ބަޔާނަށް 9 ބެލިއިރު "ހެއްކާ ކޮށްލާނެ ސުވާލެއް އެބައޮތްތޯ އަސްލަމް؟" މިފަދައިން ޝަރީޢަތުން ސުވާލުކޮށްފައިވާކަން އެނގެއެވެ. މި ސުވާލުގެ ޖަވާބު ޝަރީޢަތަށް އަޑު ސާފުވާ މޭރުމުން އަސްލަމް ޙަސަން ދީފައިނުވާކަން އަސްލަމް ޙަސަން ދިން ޖަވާބުގެ ގޮތުގައި "(އަޑުސާފުނުވޭ)" މިފަދައިން މަޙްޝަރުކުރެވިފައިވުމުން އެނގެން އޮވެއެވެ. ނަމަވެސް މުޙައްމަދު އަޙްމަދާ ސުވާލުކުރުމުގެ ފުރުޞަތު ޝަރީޢަތުން އަސްލަމް ޙަސަން އަށް ދެވިފައިވާކަމާމެދު ސުވާލެއް ނުއުފެދެއެވެ.
16މީގެ އިތުރުން ޙަސީނާ ޢަލީގެ ހެކިބަހަށް ބަލާއިރު ކުޑަކުއްޖާ ފެންވަރަން ހުރި ގިފިއްޔާއި ވީޑިއޯ އިން ފެންނަ ގިފިލި ތަފާތުކަން ފާހަގަވާކަމަށް އަސްލަމް ޙަސަންގެ ފަރާތުން މިނުކުތާގައި ފާހަގަކުރެއެވެ. ނަމަވެސް ޙަސީނާ ޢަލީ އަކީ ކުއްޖާ ފެންވަރަން ހުރި ގިފިލި ފާހަގަކޮށް، އެކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް ހުށަހަޅާފައިވާ ހެއްކެއް ނޫންކަން ދައުވާފޯމަށް ބެލުމުން އެނގެން އޮވެއެވެ. އެހެންކަމުން މިއީ ކޮންގޮތަކުން ފާހަގަކުރި ނުކުތާއެއްކަން އަސްލަމް ޙަސަން އަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ސާފުކޮށްދެވިފައިނުވެއެވެ.
17އެހެންކަމުން، އިސްތިއުނާފީ ދެވަނަ ނުކުތާގައި އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާކަމަށް އަހުރެން ނުދެކޭތީ، މި ނުކުތާގައި އިތުރަށް ގޮތް ކަނޑައެޅުމުގެ ބޭނުމެއް އޮތް ކަމުގައި ނުދެކެމެވެ.
މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅޭ
18މި މައްސަލައިގައި އަސްލަމް ޙަސަންގެ މައްޗަށް ދަށު ކޯޓުގައި ކުރި ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ދަޢުވާ ސާބިތުކުރުމަށް އަސާސީގޮތެއްގައި ހުށަހެޅިފައިވާ އެއް ހެކި ކަމަށްވާ މޯބައިލް ފޮރެންސިކް ރިޕޯޓުގައި 10 އަސްލަމް ޙަސަންގެ ފޯނުން ފެނުނު ވީޑިއޯތަކުގައި
9. މުޙައްމަދު އަޙްމަދުގެ ހެކިބަސް ހިމެނޭ ދަށު ކޯޓުގެ މަޙްޝަރު ބަޔާން
10. ދަށު ކޯޓަށް ހުށަހެޅުފައިވާ ހެކި ފޯލިއޯ 26 (ރިޕޯޓު ނަންބަރު F1(a)/D2(a)/MFR/2019/2) "އަންހެނަކު" ފެންވަރަން ހުއްޓާ ފެންނަ ވީޑިއޯ އެއް ހިމެނޭކަމަށް ބަޔާންކޮށްފައިވާތީ އާއި ދައުލަތުން ކުރި މި ދައުވާގެ ސީޣާގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ އެއް ފެނިފައިވާކަމަށް ބަޔާންކޮށްފައިވާތީ، މިކަން ކުޑަކުއްޖާއާ ގުޅެނީ ކިހިނަކުންތޯ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކޮށްފައިވެއެވެ. ސަބަބަކީ މި މައްސަލައިގެ ދަޢުވާއާ ގުޅިގެން ސާބިތުވާންޖެހެނީ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑް ހެދުންކަމަށް ވާތީއެވެ. އަންހެނެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑް ހެދުމަކީ އޭގެ ޒާތުގައި މުޅިން ތަފާތު ނަތީޖާއެއް އަންނަ ތަފާތު ކުށަކަށްވާތީއެވެ.
19މިނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ އެ ވީޑިއޯ އިން ފެންނަ ކުއްޖާއަކީ ހަމަ ހަގީގަތުގައިވެސް އަނިޔާލިބުނުކަމަށް ބުނާ ކުއްޖާކަން ސާފުކޮށް ބަޔާންކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކުދިންގެ ކަރާމާތަށްޓަކައި އެ މިންވަރަށް އެކަން ކުރުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެކިތައް އެކުގައި ގުޅުވާލުމުން އެ ވީޑިއޯ އަކީ މި މައްސަލައިގައި އަނިޔާލިބުނު ކުއްޖާގެ ވީޑިއޯއެއްކަން ސާފުވާނެ ކަމަށެވެ.
20HN4އިސްތިއުނާފީ ކޯޓުގެ އިސްނެގުމަށް ފާހަގަވާ މިފަދަ ނުކުތާތަކާ ގުޅިގެން ޢަދުލުއިންސާފު ގާއިމުކުރުމަށްޓަކައި، ޚަސްމުންގެ ބަސް އަޑުއެހުމަށްފަހު، ކޯޓަށް ގޮތް ނިންމިދާނެކަން އެނގެއެވެ. އަދި ޤާނޫނުގައި ފާޅުކަންބޮޑު ގޮތެއްގައި ވަކި ކަމެއް ފާހަގަވާން އޮއްވައި، އެއްވެސް ފަރާތަކުން ފާހަގަކުނުކުރާ ނުކުތާއެއްކަމަށް ބުނެ ޤާނޫނާ ޚިލާފަށް ޙުކުމެއް ނުކުރެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޝާ މައްސަލައިގެ 68 ވަނަ ނުކުތާގައި ވެސް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފާހަގަވި އިސްވެ ބަޔާންކުރެވުނު މޯބައިލް ފޮރެންސިކް ރިޕޯޓާގުޅޭ ނުކުތާއާމެދު ޚަސްމުންނަށް ބަސްބުނުމުގެ ފުރުޞަތު ދެވިފައިވާތީ، މި ނުކުތާއާމެދު ގޮތް ކަނޑައަޅުމުގެ ޤާނޫނީ ހުރަހެއް މިހިނދުގައި ނެތެވެ.
21HN5ދަށު ކޯޓަށް ހުށަހެޅުނު މޯބައިލް ފޮރެންސިކް ރިޕޯޓުގައި އަދި ދައުވާގެ ސީޣާގައިވެސް ބަޔާންކޮށްފައިވަނީ ގިފިއްޔެއްގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ އަސްލަމް ޙަސަންގެ ފޯނުން ފެނިފައިވާކަމަށެވެ. އެހެންކަމުން މި ރިޕޯޓަށް އެކަނި ބަލައި، އެ ވީޑިއޯގައި ފެންނަނީ މި މައްސަލައިގައި ބުނާ ކުޑަ ކުއްޖާ ފެންވަރަން ހުރި މަންޒަރުތޯ ނުވަތަ އެހެން މީހަކު ފެންވަރަން ހުރި މަންޒަރުތޯ ސާފެއް ނުވެއެވެ. އެހެންކަމުން މި މައްސަލައިގައި އިތުރަށް ހުށަހެޅިފައިވާ ހެކިތަކާ، އެ ރިޕޯޓާ ގުޅުވާލެވޭ ހެކި ހުރިތޯ ބަލަންޖެހެއެވެ.
22މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކިޔައިދީފައިވާ ކުއްޖާގެ ކިޔައިދިނުމުގައި އެ ކުއްޖާ ޖުމްލަގޮތެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅު ސްކޫލު ނިމޭތީ ބޭއްވި ކްލާސް ޕާރޓީ އަކަށް ކުއްޖާ ގޮސް، މޫދަށް އެރި އުޅުމަށްފަހު ގެއަށް އާދެވުނީ މެންދުރު އެކެއް ޖަހާކަށް ހާއިރު ކަމަށާއި، އައިސް ފެންވަރަން ވަނީ ގޭގެ ބޭރުގައި ހުރި ގިފިއްޔަށް ކަމަށެވެ. އަދި ކުއްޖާ ފެންވަރަން ވަން އިރު، އަސްލަމް ޙަސަން އެގޭގެ ޖޯލިފަތީގައި އިންކަމަށާއި ކުއްޖާ ފެންވަރަން ވަންތަން އަސްލަމް ޙަސަން އަށް ފެނިފައިވާ ކަމަށެވެ. ކުއްޖާ ފެންވަރަން ހުއްޓާ "ރަން" ކުލައިގެ ފޯނެއް ފާރުމަތިން ފެނުނު ކަމަށާއި ގިފިލީގެ ފާރުމަތިން ދެ ދިމާލަކުން ވީޑިއޯ ކުރިތަން ފެނުނު ކަމަށެވެ. އެހެންކަމުން އަވަހަށް ގިފިލިން ނުކުތީ ކަމަށެވެ. އެ ގޭގައި "ރަން" ކުލައިގެ ފޯނެއް ގެންގުޅެނީ "އަސްލަމްބެ" އެކަނި ކަމަށެވެ. އަދި ކުއްޖާ ފެންވަރައިގެން ނުކުތް އިރު "އަސްލަމްބެ" ފެންނަން ނެތް ކަމަށެވެ. ފޯނު ހިފަހައްޓައިގެން ހުރީ ފިރިހެނެއް ކަމަށާއި އެގޭގައި އެކުލައިގެ ފޯނެއް އެހެން މީހަކު ނުގެންގުޅޭ ކަމަށާއި އެހެންކަމުން އެއީ އަސްލަމް ޙަސަން ކަން އެނގޭ
12. ދަށު ކޯޓަށް ހުށަހެޅުފައިވާ ހެކި ފޯލިއޯ 26 (ރިޕޯޓު ނަންބަރު F1(a)/D2(a)/MFR/2019/2)
13. މި ރިޕޯޓުގެ ބޭނުމަށްޓަކައި އެޑްރެސް ހިމަނާފައިނުވަނީއެވެ.
14. ކުއްޖާގެ އިންޓަރވިއު ރެކޯޑިންގ ކަމަށެވެ. ނަމަވެސް ވީޑިއޯ ކުރި މީހަކު ދަނެގަނެވޭ މިންވަރަށް ކުއްޖާއަށް އެމީހަކު ފެނުނުކަން އެނގޭކަށް ނެތެވެ. މި މައްސަލާގައި އަސްލަމް ޙަސަން އެ ކުއްޖާ ފެންވަރަށް ހުއްޓާ ވީޑިއޯކުރަނިކޮށް ފެނުނު ހެއްކަކުނެތެވެ.
23ދަށު ކޯޓަށް ހުށަހެޅުނު އަސްލަމް ޙަސަން ގެންގުޅުނު ފޯނާ ގުޅޭ މޯބައިލް ފޮރެންސިކް ރިޕޯޓުގައި ހަވާލާދީފައިވާ އެ ވީޑިއޯ އާ ގުޅޭ މައުލޫމާތު ހިމެނޭ ޝީޓް (އެޕެންޑިކްސް އޭ) އަށް ބަލާއިރު، ބުނެވުނު ގިފިލީގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ "ކްރިއޭޓް" ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރުގެ ފަހުކޮޅުގެ ދުވަހެއްގައި މެންދުރު 13:50 ގައި ކަން އެނގެން އޮވެއެވެ. އެ ވީޑިއޯގައި ފެންނަ ގިފިއްޔަކީ ހަމަ ހަގީގަތުގައިވެސް ކުއްޖާ ފާހަގަކުރާ ގޭގެ ގިފިލިކަން ދަށު ކޯޓަށް ހުށަހެޅުނު ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
24ނަމަވެސް މޯބައިލް ފޮރެންސިކް ރިޕޯޓުގައި އަދި ދައުވާގެ ސީޣާގައިވެސް، ތުހުމަތު އުފެދޭ ގިފިލީގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ އެއް ފެނިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކަށް އެކުގައި ރިޢާޔަތްކޮށް ބެލިނަމަވެސް، އެ ވީޑިއޯ އިން ފެންނަނީ ކުޑަކުއްޖެއްތޯ ނުވަތަ މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާތޯ ކަށަވަރުކުރުމަށް ތަހުޤީޤުން އެއްވެސް ކަމެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. މިސާލަކަށް ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ އާ ސުވާލުކޮށްގެން ނަމަވެސް ނުވަތަ ކުއްޖާގެ މޫނު ނުވަތަ ކުއްޖާގެ އެހެންވެސް ސިފައެއް އަޅާކިޔައިގެން ނަމަވެސް އެވީޑިއޯގައި ފެންނަނީ އެކުއްޖާކަން ނުވަތަ ކޮން އަމުރެއްގެ މީހެއްކަން ދަނެގަނެފައިވާކަން އެނގޭ ހެއްކެއް ދަށު ކޯޓަށް ހުށަހެޅިފައި ނެތެވެ. އެހެންކަމުން އެ ވީޑިއޯ އިން ފެންނަނީ އެ ކުއްޖާކަން ނުވަތަ ކުޑަކުއްޖެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާފުވެގެންދާ ކަމުގައި ނުދެކެމެވެ.
25ދަށު ކޯޓުގެ ޤަޟިއްޔާގައި އަސްލަމް ޙަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 2 (ދޭއް) ދަޢުވާއެކެވެ. އެއީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން އުފުލާފައިވާ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޙާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ ދަށުން އުފުލާފައިވާ މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދަޢުވާއެވެ. ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފެއްދުމުގެ ކުށަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ޖުނަޙް 3 ވަނަ ދަރަޖައިގެ ކުށެކެވެ. މާނައަކީ އެ ކުށް ސާބިތުވިނަމަވެސް އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ ޖަލު އަދަބެކެވެ. މި ބަޔާންކުރި ކުށުގެ އަދަބާ އަޅާ ބަލާއިރު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޙާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ ދަށުން މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑުހެދުމުގެ ކުށުގެ އަދަބަކީ ވަރަށް ބޮޑު އަދަބެކެވެ. އެއީ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިފަދަ ބޮޑު އަދަބެއް ކަނޑައެޅިފައިވަނީ ކުޑަކުދިންގެ ޙައްޤު ހިމާޔަތްކުރުމަށްޓަކައެވެ. އެހެންކަމުން "މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށުގެ" އެންމެ އަސާސީ އެއް އުންސުރަކީ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހަދާފައިވަނީ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖެއްގެ ކަމަށް ވުމުގެ އުންސުރެވެ. މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކި ޤަރީނާތަކުން ގިފިލި ކަށަވަރުވުމަކުން ނުވަތަ އަންހެނަކުކަން ކަށަވަރުވުމަކުން މިބުނެވުނު ކުށުގެ އެންމެ އަސާސީ އުންސުރު ސާބިތުވާކަމަށް ނުދެކެމެވެ.
26އެހެންކަމުން ދަށު ކޯޓުގެ ޙުކުމުގައި، ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށް އަސްލަމް ޙަސަންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ، އެކުށުގެ އަދަބު ކަނޑައަޅާފައިވާ ބައި ބާޠިލްކުރަންޖެހޭ ކަމުގައި ދެކެމެވެ.
27HN6މި މައްސަލައިގައި އަސްލަމް ޙަސަންގެ މައްޗަށް ކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑުހެދުމުގެ ކުށުގެ ދައުވާ ސާބިތުނުވިނަމަވެސް، އަސްލަމް ޙަސަން ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފައްދައިފިކަމަށް ބެލެވިދާނެ ހެކި މައްސަލައިގައި ހުރި ކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ބަޔާމެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް މި މައްސަލަ ތަހުވީލުކުރަންޖެހޭތޯ ބަލާއިރު، އިސްވެ ބަޔާންކުރެވުނު ފަދައިން ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފެއްދުމުގެ ކުށަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ޖުނަޙް 3 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށް ސާބިތުވިނަމަވެސް އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އެ ޤާނޫނުގެ ދަށުން ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ ޖަލު އަދަބެކެވެ. މި މައްސަލަ ދަށު ކޯޓުން ނިމިފައިވަނީ 14 ސެޕްޓެންބަރު 2023 ގައެވެ. ދަށު ކޯޓުގެ ޙުކުމާ ގުޅިގެން އެދުވަހުއްސުރެ އަސްލަމް ޙަސަން ބަންދުގައި ހުރި ކަމަށް ބެލި ނަމަވެސް، މިހާތަނަށް އަސްލަމް ޙަސަން ބަންދުގައި ހުރެ 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ. މިހާރުވެސް އަސްލަމް ޙަސަން ހުރީ ބަންދުގައެވެ. އެހެންކަމުން ދަށު ކޯޓުން އިތުރަށް އެ މައްސަލަ ބަލައި ދައުވާ ސާބިތުވިނަމަވެސް، އެކުށާ ގުޅިގެން އަސްލަމް ޙަސަން އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނޯންނާނެއެވެ. އެހެންކަމުން މި މައްސަލަ ދަށު ކޯޓަށް ތަހުވީލުކުރުމުގެ ބޭނުމެއް މިހިނދުގައި ނެތެވެ.
ނިންމަން ފެންނަގޮތް
28އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ދަށު ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައި، ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށް އަސްލަމް ޙަސަންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ އަދަބު ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛
29ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު؛
30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، (ކޯޓުގެ ނަން އުނިކޮށްފައި) ކޯޓުގެ ނަންބަރު (ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގެ ޙުކުމުގައި، މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ކުށް އަސްލަމް ޙަސަންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބަޔާއި، އެ ކުށުގެ އަދަބުގެ ގޮތުގައި އަސްލަމް ޙަސަން 20 (ވިހި) އަހަރަށް ޖަލަށްލުމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤާޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޝިއްޔާ
- . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ
- . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ
- . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/407 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 9 ޝަރީޢަތްނިމުނު ގޮތް 2024/HC-A/83
- . ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 ޤަޟިއްޔާ (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޝާ) ގެ 69 ވަނަ ނުކުތާ
- . ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކާ ފޯލިއޯ 26 (ރިޕޯޓު ނަންބަރު F1)a(/D2)a(/MFR/2019/2)
- . މި ރިޕޯޓުގެ ބޭނުމަށްޓަކައި އެޑްރެސް ހިމަނާފައިނުވނީއެވެ.
- . ކުއްޖާގެ އިންޓަރވިއު ރެކޯޑިންގ ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 13 ޝަރީޢަތްނިމުނު ގޮތް 2024/HC-A/83
- ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކި ފޯލިއޯ 26 (ރިޕޯޓު ނަންބަރު F1(a)/D2(a)/MFR/2019/2)
- މި ރިޕޯޓުގެ ބޭނުމަށްޓަކައި އެޑްރެސް ހިމަނާފައިނުވަނީއެވެ.
- ދަށު ކޯޓަށް ހުށަހެޅުފައިވާ ހެކި ފޯލިއޯ 22 (ރިޕޯޓު ނަންބަރު H1(a)/VIAR/2019/67)
- މި ރިޕޯޓުގެ ބޭނުމަށްޓަކައި އެޑްރެސް ހިމަނާފައިނުވަނީއެވެ.
- . ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރު
- . ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު"
- . ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- . ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރު
- . ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރު އަދި (ބ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) (ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމުގައި)؛ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި 51 ވަނަ މާއްދާގެ (ކ) (އިސްތިއުނާފީ ނުކުތާގައި)
- ސުޕްރީމް ކޯޓުގެ 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު)
- ހައިކޯޓުގެ 2022/HC-A/407 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިލްހާމް)
- ސުޕްރީމް ކޯޓުގެ 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ) ގެ 68 އަދި 69 ވަނަ ނުކުތާ
- ހައިކޯޓުގެ 2015/HC-A/104 (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ހައިކޯޓުގެ 2022/HC-A/285 (ދައުލަތުން ހަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.