ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/47

މުޢާޛު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 5 ނޮވެމްބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/JSA/2024/39ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/JSA/2024/39
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2024/SC-A/44 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުގައި ތަޙުޤީޤުކުރެވެމުންދާ، ނަމަވެސް ހައްޔަރުނުކުރާ ތުހުމަތުކުރެވޭ ފަރާތެއްގެ އަޑުގެ ސާމްޕަލާއި ފޮޓޯ (ހަށިގަނޑުން ބޭރުން ނެގޭ ސާމްޕަލް) ނެގުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ޤާނޫނާ އެއްގޮތްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރުތައް ޤާއިމް (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުށެއްގެ ތުހުމަތުގައި ހައްޔަރުނުކުރާ މީހެއްގެ ކިބައިން ހަށިގަނޑުން ބޭރުން ސާމްޕަލް ނެގުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ޙަވާލާދީ ކޯޓަށް އަމުރުކުރެވިދާނެތޯ އޮތް ސުވާލަކީ ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ބަޙުޘެއް ކަމަށްވާތީ، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ޙަވާލާދީ ދައުލަތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟު ބަލައިނުގަނެވެއެވެ.

HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއިން ތުހުމަތުކުރެވޭ މީހާގެ ދެ ޙާލަތެއް ދެނެގަނެއެވެ: ހައްޔަރުކޮށް ބަންދުގައި ހުންނަ ޙާލަތާއި ތުހުމަތުކުރެވުނަސް ހައްޔަރުނުކޮށް ހުންނަ ޙާލަތެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަނުހުރުމުގެ ޙައްޤު ދުސްތޫރީ އަސާސީ ޙައްޤެއްގެ ގޮތުގައި ލިބިދެނީ ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނަށް ކަމަށާއި، ހައްޔަރުނުކުރާ ތުހުމަތުކުރެވޭ މީހާއަށް އެ ޙައްޤު ލިބިދެނީ އިޖުރާއީ ޤާނޫނީ ޙައްޤެއްގެ ގޮތުގައެވެ؛ 2 ވަނަ ބާބުގެ ޙައްޤެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.

HN3 48 ވަނަ މާއްދާގެ (ނ) ގެ "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއް" ގެ އިސްތިސްނާއަކީ ހައްޔަރުކުރެވޭ މީހާގެ ދުސްތޫރީ ޙައްޤު ހަނިކުރުމަށް ކޯޓު އަމުރެއް ލާޒިމުކުރާ އިތުރު ރައްކާތެރިކަމުގެ ފަށަލައެކެވެ؛ ސާމްޕަލެއް ބޭނުންވާ ކޮންމެ ފަހަރަކު ހައްޔަރުނުކުރާ މީހާ ހައްޔަރުކުރަންޖެހޭކަމަށް އެއިން މާނަ ނުކުރެވޭނެއެވެ. 49 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) ގެ ޝަރުޠުތައް ހަމަވާ ޙާލަތެއްގައި ހައްޔަރުނުކުރާ ތުހުމަތުކުރެވޭ މީހާ ސާމްޕަލް ދިނުމަށް އިންކާރުކޮށްފިނަމަ ކޯޓު އަމުރަކުން ސާމްޕަލް ދިނުމަށް އަމުރުކުރެވޭނެއެވެ؛ 55-57 ވަނަ މާއްދާތަކާ އެކު ކިޔާއިރު 48 (ނ) ހަމައެކަނި ހައްޔަރުކުރެވޭ މީހުންނަށް މަޙްދޫދު ނުކުރެވޭނެއެވެ.

HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގެ ދަށުން، 48 ވަނަ މާއްދާގެ (ށ) ގެ ޙާލަތް (މާއްދީ ހެއްކާއި ތުހުމަތުކުރެވޭ މީހާ ގުޅުވޭނެ ހަމައެކަނި ގޮތަކީ އޭނާގެ ސާމްޕަލް ކަމުގައިވުން) ފިޔަވައި، ސާމްޕަލް ދޭންޖެހުމަކީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ؛ ހައްޔަރުނުކުރާ މީހަކަށް ކުރިން ހަނުހުރުމުގެ ޙައްޤު ދީފައިވިޔަސް، މާއްދީ ހެއްކާ އޭނާ ގުޅުވޭނެ އެހެން ހެކި ހުރިނަމަ ސާމްޕަލް ދިނުމަށް އެންގުމަށް ޤާނޫނީ ހުރަހެއް ނެތެވެ.

HN5 މި މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓާއި ވީޑިއޯއަށް ބަލާއިރު މާއްދީ ހެއްކާ ގުޅުވޭނެ ހަމައެކަނި ގޮތަކީ އިސްތިއުނާފުކުރާ ފަރާތުގެ ސާމްޕަލް ނޫންކަމަށް ފެންނާތީ، އަމުރުތައް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު
ބެންޗު
މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު:145-J/JSA/2024/39 ކޯޓު އަމުރާއި ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު ނެރެފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށް ބުނެ އެ އަމުރުތައް އިސްތިއުނާފުކުރުމަށް އެދި މާލެ، […] މުޢާޛު ޢަލީގެ (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޢާޛު ޢަލީ" ކަމަށް ބުނެފައި) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ދެ ވެ. މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޝަން" ކަމަށް ބުނެފައި) އެވެ.

2ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރު އިސްތިއުނާފުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/47 ޤަޟިއްޔާގައެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު އިސްތިއުނާފުކޮށްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/48 ޤަޟިއްޔާގައެވެ. މިއީ އެއް މައުޟޫޢު އަދި އެއް ޤާނޫނީ ނުކުތާތަކެއް ހިމެނޭ ދެ މައްސަލަކަމަށްވާތީ، މިދެ ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވަނީ، އެއް ބެންޗަކުންނެވެ. އަދި މިދެ ޤަޟިއްޔާއާއި ގުޅިގެން ތައްޔާރުކޮށްފައިވާނީ އެއް ރިޕޯޓެކެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:

3މި މައްސަލައިގައި ބަޔާން ކުރާ ޙާދިޘާ ހިނގިއިރު، މުޢާޛު ޢަލީ އަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީޕޯޓް އޮޕަރޭޝަންސް ޑިވިރަންގެ ޑިވިޜަން ހެޑްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބަލަމުންދިޔަ މައްސަލައެއްގައި އެކިއުޓް ޓްރޭޑިންގައަށް ފަހިވާގޮތަށް އެމައްސަލަ ނިންމުމަށް އެކިއުޓް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މުޢާޛު ޢަލީ ރިޝްވަތަށް އެދުނުކަމަށް ތުހުމަތު ކޮށްފައިވެއެވެ. މުޢާޛު ޢަލީ ރިޝްވަތަށް އެދުނު މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރަމުން ދެއެވެ. މިތަޙްޤީޤާއި ގުޅިގެން މުޢާޛު ޢަލީގެ އަޑުގެ ސާމްޕަލަކާއި އަދި މުޢާދު ޢަލީގެ ހަށިގަނޑުން ބޭރުންނަގާ ސާމްޕަލްގެ ގޮތުގައި ފޮޓޯ ނެގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދުނެވެ. އެކަމާ ގުޅިގެން، މުޢާދު ޢަލީ ހަނުހުރުމުގެ ޙައްޤުގެ ބޭނުން ކުރިއެވެ.

4އެހެންވެ، މުޢާޛު ޢަލީގެ އަޑުގެ ސާމްޕަލް ނެގުމަށާއި އޭނާގެ ހަށިގަނޑުން ބޭރުން ފޮޓޯ ނެގުމަށް، ކޯޓު އަމުރު ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. މިހުށަހެޅުން ހުށަހެޅީ، ޤާނޫނު ނަންބަރު:12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ("ޖިނާއީ އިޖުރާއަތު") ގެ 49 ވަނަ މާއްދާގެ

(ނ) އާއި، ގަވާއިދު ނަންބަރު 2020/R-98 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު) ("ތަޙުޤީޤު ކުރުމުގެ އިޖުރާއަތު") ގެ 163 ވަނަ މާއްދާގެ (ހ) އާއި، 164 ވަނަ މާއްދާގެ (ހ) އާއި، 191 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީއެވެ.

5މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރުން މުޢާދު ޢަލީގެ އަޑުގެ ސާމްޕަލް ނެގުމަށާއި، އެ ކޯޓުގެ ނަންބަރު 145-J/JSA/2024/38 އަމުރުން މުޢާޛު ޢަލީގެ ހަށިގަނޑުން ބޭރުން ފޮޓޯ ނެގުމަށް ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާއާ ހާވާލާދީ އަމުރު ކޮށްފައިވެއެވެ.

6މި ދެ ޤަޟިއްޔާގައި ބެލިފައިވަނީ ބުނެވިދިޔަ ދެ އަމުރު އިސްތިއުނާފުކުރަން މުޢާޛު ޢަލީގެ ފަރާތުން ހުށަހެޅުމުން އެ ދެ އަމުރުގެ އިސްތިއުނާފެވެ.

އިސްތިއުނާފީ ނުކުތާ

7ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މުޢާޛު ޢަލީގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް 01 (އެކެއް) ނުކުތާ ހުށަހަޅައި އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛

7.1. މުޢާޛު ޢަލީ އަކީ ހައްޔަރުކުރެވިފައިވާ ފަރާތަކަށް ނުވާއިރު، ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކެއް އޭނާގެ މައްޗަށް ހިންގައި، އިސްތިއުނާފުކުރެވޭ އަމުރުތައް ނެރެފައިވަނީ، ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާއާއި، ތަޙްޤީޤުކުރުމުގެ އިޖުރާތުގެ 164 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

8އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރު: 145-J/JSA/2024/38 ކޯޓު އަމުރު ބާތިލުކޮށްދިނުމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާ

9އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި މުޢާޛު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޢާޛު ޢަލީއަކީ ހައްޔަރުކޮށްފައިވާ މީހެއް ނޫންކަމަށާއި، ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާއަށް ފެތޭ ހާލަތެއްގައި ހުރި މީހެއް ނޫންކަމަށެވެ. އަދި އަމުރު ނެރެފައިވަނީ ތަޙްޤީޤުކުރުމުގެ އިޖުރާތުގެ 164 ވަނަ މާއްދާއާވެސް ޚިލާފަށްކަމަށެވެ. މުޢާޛު ޢަލީ އާ ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ނެތްކަމަށާއި، ދަށު ކޯޓަށް ހުށަހަޅާފައިވަނީ މުޢާޛު ޢަލީގެ ބަޔާން ކަމަށާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤު ދީފައިވާކަން އެނގެންއޮންނަކަމަށެވެ.

10އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، މި މައްސަލައިގައި ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިނުވާތީ، މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން، މި މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް އިޖުރާއީ ގޮތުން ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.

11މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާ ހާލަތުގައި، ބަހުޘްގެ ބޭނުމަށް ފާހަގަކޮށްފައިވަނީ މި މައްސަލައިގައި އުފެދޭ ސުވާލަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްގެ ހަށިގަނޑުން ބޭރުން ސާމްޕަލެއް ނެގުމަށް އަމުރު ހޯދާނީ ކިހިނެއްތޯ ކަމަށެވެ. ތަޙްޤީޤަކާ ގުޅިގެން ހެކި ހޯދުމަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަކީ ބަހުޘެއް އޮތްކަމެއް ނޫންކަން ހައިކޯޓުގެ ނަންބަރު 2022/HC-B12/9 ޤަޝިއްޔާއިން އެނގެން އޮންނަކަމަށެވެ. އަދި ހައިކޯޓުގެ ނަންބަރު 2022/HC-B12,13,15 ޤަޟިއްޔާއިންވެސް މިކަން ސާފުވާކަމަށެވެ.

12ޕްރޮސިކިއުޝަނުން ބަޔާންކުރާގޮތުން، ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާ މާނަ ކުރަންޖެހޭނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތް ކޮށްގެން، ޚާއްޞަ މާނަ ދިނުމުގެ އުޞޫލުންނެވެ. އަދި ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާ މާނަ ކުރުމުމުގައި، އެމާއްދާ ކިޔަންޖެހޭނީ، އެއްރޮއްޖަކުން ވިޔެފައިވާ އެކަތި

4. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޝިއްޔާ. ގަނޑެއްގެ ގޮތުގައި، މުޅި ޤާނުނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްޞަދުގެ ފުޅާ އިމުގެ ތެރޭގައި ކަމަށެވެ. މިގޮތަށް ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާ ކިޔުމުން، އެމާއްދާގެ (ނ) ގައި ބަޔާން ކުރާ "ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ" ގެ މާނައިގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާވެސް ހިމެނިގެން ދާނެކަމަށް ޕްރޮސިކިއުޝަނުން ބުނެއެވެ. ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާގެ (ނ) ގައި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާކަމަށް އޮތްނަމަވެސް އެ އަކުރުގައި ބަޔާންކުރާ އިޖުރާއަތު ހަމައެކަނި ހިނގާނީ ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ނޫންކަމަށެވެ. އެއަކުރުގައި، ހައްޔަރުކުރެވޭ މީހާގެ ވާހަކަ ބަޔާން ކޮށްފައިވަނީ ބަންދުގައި ހުރި މީހާގެ ހައްޤު އިތުރަށް ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

13މީގެ އިތުރުން ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާގެ (ނ) ހިނގަނީ ހަމައެކަނި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ކަމަށް މާނަކޮށްފިނަމަ، ސާމްޕަލް ނަގަން ކޮންމެ ފަހަރަކު އެ މީހަކު ހައްޔަރުކުރުމަކީ ތުހުމަތުގައިވާ ފަރާތައްވެސް ލިބިގެންދާނެ ތަކްލީފެއްކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:

14ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކެއް ނޫންކަމަށް ކަނޑައަޅައި، މި އިސްތިއުނާފާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. އަދި މި މައްސަލަތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިނަމަ، ކޯޓު އަމުރު ބާޠިލުކުރަންޖެހޭ އެކަށީގެންވާ ޤާނޫނީ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާތީ، އެ އަމުރުތައް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޟް

15HN1ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ އާއި ޙަވާލާދީ، ޕްރޮސިކިއުޝަނުން ހުށަހެޅި އިޖުރާއީ އިޢުތިރާޟްއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ޤާނޫނީ ބަހުޘަކީ، ޖިނާއީ އިޖުރާއަތުގެ 48 ވަނަ މާއްދާއާ ޙަވާލާދީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްގެ ކިބައިން އަތުލިޔުމުގެ ސާމްޕަލެއް އަދި ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ދިނުމަށް ކޯޓަށް އަމުރު ކުރެވިދާނެތޯ ނުވަތަ ނޫންތޯ އޮތް ބަހުޘްކަން އެނގެއެވެ. މިއީ، ޝަރިޢަތުން ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ބަހުޘެއް އޮތް މައްސަލައެކެވެ. އެހެންކަމުން، ޕްރޮސިކިއުސަނުން ހުށަހެޅި އިޖުރާއީ އިޢުތިރާސު ބަލައިނުގަތުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅައިފީމެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ޤާނޫނީ ސުވާލު:

16ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ނުވާމީހެއްގެ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނެގުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޙަވާލާދީ ކޯޓަށް އަމުރު ކުރެވިދާނެހެއްޔެވެ؟ ޤާނޫނު އޮތް ގޮތް:

17ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ޙަވާލާދޭ މާއްދާއަށް ބަލާއިރު އެމާއްދާގައި އޮތީ:

އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު

48.

(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

(ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ޙާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ. މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ޤާނޫނުގައި ހުއްދަކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ. (ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޛުކުރުމަށް އެއްބާރުލުން ނުދޭ ޙާލަތްތަކުގައި، އެ އަމުރު ތަންފީޛުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. (ރ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ޙާލަތުގައި، އެ އަކުރުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް މި ޤާނޫނުގައި ބަޔާންވެގެންވާ ޙާލަތްތަކުގައި އަދި މި ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ކުށުގެ ޙާލަތްތަކުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި އެފަދައިން ހޯދާ ބަޔާން، ޝަރީޢަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި، އެފަދަ ބަޔާނެއް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތެއްވެސް ނޯންނާނެއެވެ. (ބ) މިފަދައިންނެވެ.

18HN2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާއަށް ބަލާއިރު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދެ ޙާލަތެއްގައި ހުންނާނެކަން އެނގެން އޮވެއެވެ. އެއް ޙާލަތަކީ، މުއްތަހަމު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ ޙާލަތެވެ. އަނެއް ޙާލަތަކީ، ކުށެއްގެ ތުހުމަތު ކުރެވުނަސް އޭނާ ހައްޔަރުނުކޮށް ހުންނަ ޙާލަތެވެ.

19ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ އަސާސަކީ، އަމިއްލަ ނަފުސާއި ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު (right against self-incrimination) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށް ލިބި ދިނުމެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި، ޤާނޫނުއަސާސީން ހަނުހުރުމުގެ ޙައްޤު (right to remian silent) ލިބިދެނީ ހަމައެކަނި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހުންނަށެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ؛ ހައްޔަރުކުރެވޭ މީހުންނާއި 48 ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު، ތިރީގައި ބަޔާންވެގެންވާ ގޮތުގެމަތީން އެ މީހަކާމެދު ޢަމަލުކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ބަންދުކުރެވޭ މީހުންގެ ޙައްޤުތައް

(ނ) ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ. މިފަދައިންނެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ ކިޔާއިރު، މި ތަފާތު ގެނެސްފައިވާ ކަމާއި އެ ތަފާތު ގެނައުމުގެ މަޤްޞަދަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ.

20ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ ދަށުން ލިބިދޭ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ވީމާ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހަކު ހަނުހުރެދާނެ ކަމަށްޓަކައި، އޭނާގެ ކިބައިން އެ ޙައްޤުގެ އެއްވެސް މިންވަރެއް ހިފެހެއްޓުމުގެ ބޭނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި އެކަން ބަޔާން ކުރަންޖެހެއެވެ. މިއާޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން، އަމިއްލަ ނަފްސާއި ދެކޮޅަށް ބަޔާނެއް ނުދިނުން ނުވަތަ ހަނުހުރުމުގެ ޙައްޤު ލިބިދީފައިވަނީ އުޞޫލެއްގެ ގޮތުން ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށެވެ. ވީމާ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހަކާއި ކުށެއްގެ ތުހުމަތުގައި ހައްޔަރު ނުކުރާ މީހަކަށް ހަނުހުރުމުގެ ޙައްޤު ލިބިދޭ ޤާނޫނީ އަސާސް ތަފާތެވެ. ކުރިން ބަޔާން ކުރި މީހުންނަށް މިޙައްޤު ލިބިދެނީ ދުސްތޫރީ އަސާސީ ޙައްޤެއްގެ ގޮތުގައެވެ. ފަހުން މިބަޔާންކުރި މީހުންނަށް އެޙައްޤު ލިބިދެނީ އިޖުރާއީ ޤާނޫނީ ޙައްޤެއްގެ ގޮތުގައެވެ.

21HN3ވީމާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއް" ކަމަށް ބަޔާންކޮށް ޢާންމު އުޞޫލަށް ގެނެސްފައިވާ އިސްތިސްނާއަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ނެގުމަށް އިންކާރުކުރާ ޙާލަތުގައި، އޭނާގެ ދުސްތޫރީ ޙައްޤު ހަނިކުރުމަށް ކޯޓު އަމުރެއް މެދުވެރިކޮށް ހުއްދައެއް ހޯދަންޖެހޭ އިޖުރާއަތެއްގެ ގޮތުގައެވެ. އެއީ، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކޮށް ބަންދުކުރެވޭ ޙާލަތުގައި، ލިބިދެވޭ މި ދުސްތޫރީ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން ލެވޭ އިތުރު ފަށަލައެއްގެ ގޮތުންނެވެ. ވީމާ، އެ އިސްތިސްނާގެ ބޭނުމަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުނުކޮށް ހުރި މީހެއްގެ ކިބައިން ސާމްޕަލެއް ހޯދަންޖެހޭ ކޮންމެ ފަހަރަކު އޭނާ ހައްޔަރުކޮށް ބަންދު ކުރުން ކަމުގައި މާނަ ކުރެވިދާނެ ކަމަކަށް ބުރައެއް ނުވެވުނެވެ.

22ވީމާ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ

(ނ)، (ރ) އަދި (ބ) ގައި ބަޔާން ކުރާ ޝަރުޠުތައް ހަމަވާ ޙާލަތުގައި، ސާމްޕަލް ދޭންޖެހޭ ހާލަތުގައި ހުރެ، ސާމްޕަލް ދިނުމަށް އިންކާރު ކުރާނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ސާމްޕަލް ދިނުމަށް އަމުރު ކުރެވޭނެއެވެ. އަދި މިގޮތަށް އަމުރު ކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާ އަށް ޚާއްޞަކޮށް އެޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ އަމުރު ނެރުމަކީ ޤާނޫނުގައި ބަސްމަގު ބޭނުންކޮށްފައިވާ ގޮތަށް ބެލުމުން ކުރެވޭނެ ކަމެކެވެ.

23މިސާލަކަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާ އާއި 56 ވަނަ މާއްދާގައި ބަޔާން ކުރަނީ ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނަގާނެ ބައެއް އިޖުރާއަތުތަކެވެ. 56 ވަނަ މާއްދާގެ (ހ) ގައި "ފުލުހުން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހެއްގެ..." ކަމަށް ބަޔާން ކޮށްފައިވާއިރު، އެމާއްދާގެ (ށ) ގައި ވާހަކަ ދައްކަނީ " ކުށުގެ ތުހުމަތުގައިވާ މީހާ" މިގޮތަށެވެ. ހަމައެހެންމެ، 57 ވަނަ މާއްދާގައި، 55 ވަނަ މާއްދާ އަށާއި 56 ވަނަ މާއްދާއަށް ޙަވާލާދީ، ބުނެފައިވަނީ އެދެމާއްދާގެ "ދަށުން މީހެއްގެ ހަށިގަނޑުން ސާމްޕަލް" ނަގާނެ ގޮތުގެ އިޖުރާއަތުގެ ވާހަކައެކެވެ. މިތަނުގައި، "ކުށެއްގެ ތުހުމަތުގައިވާ މީހެއް" ކަމަށް ނުވަތަ "ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއް" ކަމަކަށް ބަޔާނެއް ނުކުރެއެވެ. މިއިން އަންގައިދޭ އެއްކަމަކީ، އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ހަމައެކަނި "ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ" މައްޗަށް މަޙްދޫދުކޮށް މާނަކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމެވެ. އަމުރަށް އެދި ހުށަހެޅުން:

24މުޢާދު ޢަލީގެ ފޮޓޯ ނެގުމުގެ އަމުރަކަށް އެދި އަދި މުޢާޛު ޢަލީގެ އަޑުގެ ސާމްޕަލް ނެގުމަށް އެދި ހުށަހާޅަފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީއެވެ. އެ މާއްދާގައި ބަޔާން ކުރަނީ ހަނުހުރުމާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައިނުވާ ކަންކަމެވެ. މިގޮތުން އެމާއްދާގެ (ނ) ގައި އޮތީ؛ މި ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތް ފިޔަވައި އެނޫން ޙާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

(ނ) މިފަދައިންނެވެ.

25HN4ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި މި ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ޙާލަތް ފިޔަވައި ކަމަށް ބަޔާން ކުރެއެވެ. 48 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ޙާލަތަކީ ކޮބައިތޯ ބަލާއިރު، އެޙާލަތަކީ، " މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި" ސާމްޕަލް ނަގަން ޖެހޭ ޙާލަތެވެ. އެމާއްދާ ހެއްކާއި ކުށުގެ ތުހުމަތު ކުރެވޭ މީހާއާ ގުޅުވޭނެ އެހެން ގޮތެއް އޮތްނަމަ، 49 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހޭނެއެވެ. އެޙާލަތުގައި، އެއީ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ޙައްޤުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. މުޢާޛު ޢަލީ ހަނުހުރުން:

26އިސްތިއުނާފުކުރާ ފަރާތުން، ބަޔާންކުރާ ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިމައްސަލައިގެ ތަޙްޤީޤުގައި މުޢާދު ޢަލީއަށް ހަނުހުރުމުގެ ޙައްޤު ދީފައިވެއެވެ. އަދި މުޢާދު ޢަލީއާ ދެކޮޅަށް ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ މުޢާޛު ޢަލީގެ ބަޔާނެވެ. ވީމާ، މާއްދީ ހެކި ތަކާއި މުޢާދު ޢަލީއާ ގުޅުވާލެވޭނެ ހަމައެކަނި ގޮތަކީ މުޢާދު ޢަލީގެ ސާމްޕަލް ކަމަށްވާތީ، އެފަދަ ސާމްޕަލެއް ނުދީ ހަނުހުރުމަކީ މުޢާދު ޢަލީގެ ލިބިދޭ ޙައްޤެކެވެ.

27މުޢާދް ޢަލީއަކީ ތަޙްޤީޤަށް ހައްޔަރުކޮށް ބަންދުކޮށްފައިވާ ފަރާތެއް ކަމަށް ނުވާތީ، ހަނުހުރުމުގެ ޙައްޤު އޭނާއަށް ލިބިދެވޭނީ އަސާސީ ޙައްޤެއްގެ ގޮތުގައެއް ނޫނެވެ. އިޖުރާއީ ޙައްޤެއްގެ ގޮތުގައެވެ. މިޙާލަތުގައި، ހަނުހުރުމުގެ ޙައްޤު ކުރިން ދެވިފައިވިޔަސް، ހޯދިފައިވާ މާއްދީ ހެއްކާއި މުޢާދު ޢަލީ އާ ގުޅުވާލެވޭނެ އެހެން ހެކިތައް ހުރިނަމަ، ކުރިން ދީފައިވާ ހަނުހުރުމުގެ ޙައްޤު އެއްފަރާތްކޮށް، މުޢާދު ޢަލީގެ ސާމްޕަލް ދިނުމަށް އެންގުމަށް ޤާނޫނީ ހުރަހެއް ނެތެވެ. އަދި މުޢާދު ޢަލީ ސާމްޕަލް ދިނުމަށް އިންކާރު ކޮށްފިނަމަ، ކޯޓު އަމުރެއް މެދުވެރިކޮށް، އެފަދަ ސާމްޕަލް ހޯދޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) އިން އެނގެއެވެ.

28HN5މި މައްސަލައާއިއެކު ހުށަހަޅާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓަށާއި، ވީޑިއޯ އަށް ބަލާއިރު، މާއްދީ ހެއްކާގުޅުވާލެވޭ ހަމައެކަނި ގޮތަކީ މުޢާޛު ޢަލީގެ ސާމްޕަލް ނެގުން ނޫންކަން އެނގެއެވެ. ޕްރިލިމިނަރީ ރިޕޯޓްގައި ބަޔާން ކޮށްފައިވާ ހޯދުންތަކާއި ހުށަހަޅާފައިވާ ވީޑިއޯ އާ އެކުގައި ބެލުމުން، އެރިޕޯޓަކީ އެއްވެސް ބުރަދަނެއް ނުދެވޭނެ ރިޕޯޓެއް ނޫނެވެ.

ނިންމަން ފެންނަ ގޮތް

29އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ދަށު ކޯޓުން ނެރެފައިވާ ޙަވާލާދެވޭ ދެ އަމުރު ބާޠިލު ކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ބުރައެއް ނުވެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

31ޖިނާއީ އިޖުރާއަތުގެ ޤާނޫނުއަށް ބަލާއިރު، އެޤާނޫގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ ކޮންމެ މީހަކަށްވެސް ހަނުހުރުމުގެ ހައްޤު ލިބިދޭފަދައިން، އެޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

32އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރަނީ ދެ ހާލަތެއްގެ ވާހަކައެވެ. އެއީ، ކުށެއްގެ ތުހުމަތު ކުރެވުނުނަމަވެސް، ހައްޔަރުކުރެވިފައިނުވާ މީހާއާއި، ކުށެއްގެ ތުހުމަތުކުރެވި ހައްޔަރު ކުރެވިފައިވާ މީހާއެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރާނީ، އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި ގުޅުވައިލެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެގެންނެވެ.

33އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްގެ ހާލަތުކަމުގައި އަހުރެން ދެކެމެވެ. އަދި އެ މާއްދާގައި ބަޔާންކުރާ ކަންކަމަށް ބަލާއިރު، އެއީ، ތުހުމަތުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާގުޅޭ އިތުރު އެއްވެސް ހެއްކެއް ނެތް ހާލަތެއްގައި، އެމީހަކާ ކުށާ ގުޅުވުމަށްޓަކައި ލިބެން އޮތް ހަމައެކަނި ހެއްކަކީ، އޭނާގެ ކިބައިން ސާމްޕަލްއެއް ހޯދައިގެން މެނުވީ ލިބެންއޮތް ހެއްކެއް ކަމުގައި ނުވާ ހާލަތުގައި، އެފަދަ ސާމްޕަލްއެއް ނުދީ ހުރުމުގެ ހައްޤު އޮންނާނެ ވާހަކައެވެ. އެހެންގޮތަކަށް ބުނާނަމަ، މިއީ އޭނާގެ ކިބައިން ހޯދޭ އެއްޗަކުން މެނުވީ، އޭނާގެ މައްޗަށް ހެއްކެއް ހޯދެން ނެތް ހާލަތެކެވެ.

34މިފަދަ ހާލަތްތަކުގައި، އޭނާގެ ރުހުމާއެކު މެނުވީ އެކަން ނުކުރެވޭނެކަމަށް ބުނެވިދިޔަ މާއްދާއިން އަހުރެންނަށް ދޭހަވެއެވެ. އެހެން ނޫންނަމަ، އެއީ އޭނާއަށް މަޖުބޫރު ކުރުވައިގެން، އޭނާގެ މައްޗަށް ހެކި ހޯދާފައިވާ ހާލަތެއްކަމުގައި ބަލަންވާނެކަމަށް އެ މާއްދާގެ (ބ) ގައި ބަޔާންކުރުމުގެ ބޭނުން ކެނޑެއެވެ.

35އެހެންކަމުން، މީހެއްގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ހާލަތުގައި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކާ ގުޅުވާލެވޭނެ ހެކި ހޯދެން އޮތީ، އެމީހެއްގެ ސާމްޕަލް ނަގައިގެން ކަމުގައިވާނަމަ، އެއީ ކޯޓު އަމުރެއްގެ ދަށުންވެސް، އެމީހެއްގެ ރުހުން ނެތް ހާލަތުގައި ކުރެވިދާނެކަމެއްކަމުގައި އަހުރެން ނުދެކެމެވެ.

36ހަމައެހެންމެ، އެހާލަތުގައި، އެމީހަކާ ކުށާ ގުޅުވައިލެވޭ އިތުރު ހެއްކެއް އޮތްނަމަ ކުށުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު، މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ކޯޓު އަމުރަށް އެދުނުއިރު އެފަދަ އިތުރު ހެއްކެއް ހުށަހެޅިފައިވާނަމަ، ޖިނާއީ އިޖުރައަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކޯޓު އަމުރެއް ހޯދައި، އެމީހެއްގެ ސާމްޕަލް ނެގިދާނެކަމުގައި ދެކެމެވެ.

37އެހެނީ، މި މާއްދާއަށް ބަލާއިރު، ހައްޔަރު ކުރެވިފައިވާ މީހާއަކީ، އެމީހާގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކިތަކެއް ހުންނާނެ މީހެއްކަމާއި، އެހެންނަމަވެސް، ހައްޔަރު ނުކުރެވޭ، އަދި އެމީހާގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ނެތް މީހެއްގެ ހާލަތު މި މާއްދާއިން ފަރަޤުކޮށް ދެނެގަނެފައިވާކަމުގައި އަހުރެންނަށް ފެންނާތީއެވެ.

38ހަމައެފަދައިން، މީހަކާ ކުށާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ނެތް ހަލާތެއްގައި، އެމީހަކާ ދެކޮޅަށް އެމީހެއްގެ އަތުން ހެކި ހޯދުމަށް ކޯޓު އަމުރަކުން އެންގުމަކީ، ހަމަޖެހޭކަމެއްކަމުގައިވެސް އަހުރެން ނުދެކެމެވެ.

39އެހެންކަމުން، އެމީހެއްގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްޗަށް ބާރުލިބިދޭ އެއްވެސް އިތުރު ހެއްކެއް ނެތް ހާލަތެއްގައި، އެމީހެއްގެ އަތުން އެމީހަކާ ދެކޮޅަށް ހެކި ހޯދުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) މަނާކޮށްފައިވާ، އަދި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެއްކަމަށާއި އަދި އެހާލަތުގައި ހޯދާ ހެއްކަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށް، މަޖުބޫރުކޮށްގެން ހޯދާފައިވާ ހެއްކެއް ކަމުގައި ބަލަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވީހިނދު، މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން އިތުރު ހެއްކެއް ހުށަހެޅިފައިނެތި، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ސާމްޕަލް ދިނުމުގެ އަމުރެއް ކޯޓުން ކުރެވިދާނެ ކަމުގައި އަހުރެން ނުދެކޭހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު: 145-J/JSA/2024/38 އަދި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރަކީ ބާތިލު އަމުރެއް ކަމުގައި ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/JSA/2024/39 ކޯޓު އަމުރާއި އެ ކޯޓުގެ ނަންބަރު 145-J/JSA/2024/38 ކޯޓު އަމުރު ބާޠިލު ކުރާނެ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަސިއްޔާ ބެލި ފަނޑިޔާރުންގެ އައުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ދރރކ ނަންބަރު
  2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޝިއްޔާ.
  3. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު 123-C5/CA/2024/20 ފޯމު އަދި އެ ކޮމިޝަންގެ ނަންބަރު 123-C5/CA/2024/19 ފޯމު.
  4. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 7 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/47,48
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ ((ހ)، (ށ)، (ނ)، (ބ))
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 49 ވަނަ މާއްދާ ((ނ)، (ރ)، (ބ))
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 55، 56، 57 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) (ޚިލާފު ރައުޔު)
  • ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ)
  • ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ 2 ވަނަ ބާބު (ޙައްޤުތައް ހިފެހެއްޓުން ޤާނޫނަކުން)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • ސުޕްރީމް ކޯޓު: 2018/SC-A/31

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ