ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-B12/39

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު އާފާޤް

ތަޙުލީލުގައި ދަށުކޯޓުގެ އަމުރަކީ ޒާއިފް ޤަޟިއްޔާގެ އުޞޫލާ އެއްގޮތަށް…
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 23 ނޮވެމްބަރު 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B8/HRA/2025/08ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B8/HRA/2025/08
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންގެ ވީޑިއޯ އާއި ފޮޓޯ ހިމެނޭ ހެކިތައް ރައްކާތެރިކުރުމަށް ދައުލަތުން އެދުމުން، ދިފާޢީ ވަކީލަށް އެކަނި، ކޯޓުން ކަނޑައަޅާ ވަގުތުތަކުގައި، ލޮގް ބެލެހެއްޓޭ އިލެކްޓްރޯނިކް ވަސީލަތަކުން ކޯޓުން ބޭރުގައި ހުރެގެން ހެކިތައް ބެލުމުގެ ފުރުޞަތު ދީފައިވާ ކްރިމިނަލް ކޯޓުގެ ހެކި ރައްކާތެރިކުރުމުގެ އަމުރަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގެ އުޞޫލާ ޚިލާފު އަމުރެއްތޯ.

ނިންމުން

ތަޙުލީލުގައި ދަށުކޯޓުގެ އަމުރަކީ ޒާއިފް ޤަޟިއްޔާގެ އުޞޫލާ އެއްގޮތަށް…

ތަޙުލީލުގައި ދަށުކޯޓުގެ އަމުރަކީ ޒާއިފް ޤަޟިއްޔާގެ އުޞޫލާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ކަނޑައަޅާފައި (ނިންމި ގޮތުގެ ބައި ލިޔުމުގައި ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޢާއިލާއާއި ޖަމާޢަތާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިގެންވާ ޙައްޤެއްކަމަށާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެން ނުވާނެއެވެ.

HN2 ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި، ހެކީގެ ބާވަތާއި ހެކިތައް ޢާންމުވެ ޝާއިޢުވުމުގެ އިޙްތިމާލު އޮތް މިންވަރާއި ވަށައިގެންވާ ހުރިހާ ކަމަކަށް ބަލައި، ހެކި ރައްކާތެރިކުރަންވާނީ ޟަރޫރަތްތެރިވާ އެންމެ ކުޑަ މިންވަރަކަށެވެ؛ ކޮންމެ ހެއްކަކާ ގުޅިގެން ރައްކާތެރިކުރަންޖެހޭ ސަބަބު ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމަކީ އަމުރަށް އެދޭ ފަރާތުގެ ޒިންމާއެއް ކަމަށާއި، ފަނޑިޔާރު ސަބަބާއެކު ބަޔާންކުރަންވާނެއެވެ (2021/HC-A/142، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް، 8.13 ވަނަ ނުކުތާ).

HN3 ޤާނޫނާއި ޤަވާޢިދުން ކަނޑައެޅިފައިވާ ތަރަހައިގެ ތެރެއިން ސިއްރުކުރަންޖެހޭ ޚައްސާސް ލިޔެކިޔުންތައް ހަމައެކަނި ވަކީލުންނަށް ބަލައި ދިރާސާކުރެވޭ ގޮތަށް ހާމަކުރުމަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ބަލައިގަނެވޭ އުޞޫލެކެވެ؛ ސަބަބަކީ ޤާނޫނީ ވަކީލުންނަކީ ކޯޓުން ކުރާ ޝަރުޠުތަކުގެ އިތުރުން ފަންނީ ސުލޫކީ މިންގަނޑުތަކުގެ ދަށުން ސިއްރު ހިފަހައްޓަންޖެހޭ ބައެއް ކަމުގައިވާތީ އެވެ؛ ދައުލަތް ތަމްސީލުކުރާ ވަކީލުން ފަދައިން ދިފާޢީ ވަކީލުންވެސް ޤާނޫނީ ހުވައެއް ކޮށް ސުލޫކީ މިންގަނޑުތަކަށް ތަބާވާން ލާޒިމު ބައެކެވެ.

HN4 ޝަރުޠުތަކާއެކު ދިފާޢީ ވަކީލަށް އެކަނި ބެލެވޭ ގޮތަށް ދޫކުރާ ލިޔެކިޔުމެއް ނަކަލުކޮށް އެހެން މީހުންނާ ޙިއްސާކުރުމުގެ އިޙްތިމާލެއް އޮތްކަމަށް، ވާޤިޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ނެތި ދައުލަތުން ބުނާ ބުނުމަކީ ހަރުދަނާ އަސާސެއް އޮތް ބުނުމެއް ނޫނެވެ؛ އެފަދަ ބުނުމެއް ބަލައިގަތުމަކީ ދިފާޢީ ވަކީލުންނާއި ދައުލަތުގެ ވަކީލުން ތަފާތު މިންގަނޑަކުން ވަޒަންކުރުމެވެ.

HN5 ކުޑަކުދިންގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން ހެކިތައް ބެލުމުގެ ފުރުޞަތު ދިފާޢީ ވަކީލަށް އެކަނި ދީ، އެ ފުރުޞަތުގައިވެސް ކޯޓުން ޤައިދުތައް ކަނޑައަޅާފައިވާނަމަ، އެއީ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާއި ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ވަޒަންކޮށް، ޒާއިފް ޤަޟިއްޔާގެ އުޞޫލާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އޒ.ނޫރުއްސަލާމް އަބޫބަކުރު ލެގްޒަވީ ޗެމްބަރސް
ބެންޗު
ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 5 ގެ ނިޔަލަށް އަދި 7 ގައި ހިމެނޭ ހެކިތަކަކީ ކުޑަކުއްޖެއްގެ ވީޑިއޯ އާއި ފޮޓޯ ހިމެނޭ ހެކި ކަމަށްވާތީ މިހެކިތަކަކ އެއީ ހާމަކޮށްފިނަމަ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އަދި އެކުއްޖާގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ކަމަށް ދެކެމެވެ. ނަންބަރު 6 ގައި ހިމެނޭ ހެކީގައި އޮރިޔާން މަންޒަރު ހިމެނޭއިރު، އެފަދަ ތަކެތި ގެންގުޅުމާއި ޢާންމުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ އޮތުމަށް ބަލާއިރު، އެފަދަ ތަކެތި ކޮޕީ ނަގައި ފެތުރުމަށް މަގުފަހިވާގޮތަށް ހާމަކުރުމަކީ ދައުލަތުގެ ޢާންމު ސިޔާސަތު ފުށުއަރާނެ ކަމެކެވެ.

2ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 7 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދައުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ.

3އެހެންކަމުން (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޢާންމު ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ، ކޯޓުގައި މި ހެކިތައް (ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމުގައި ބުރަވެވެއެވެ.

4އެހެން ނަމަވެސް ދިފާޢުން އެކަން އެގޮތަށް ކުރުމަށް ވަގުތު ނަގާނެތީ އާއި އަދި އެކަމަކީ ކޯޓުގެވެސް އެތަކެއް ވަގުތާއި ވަޞީލަތް ހޭދަކުރަންޖެހޭ ކަމަކަށްވުމުގެ އިތުރަށް އެފަދަ ހެކިތައް ބަލައި ދިރާސާކުރުމަށް ގިނަ ދުވަސް ނެގުމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައިގެންދާކަމަކަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް (ގޫގަލް ޑްރައިވް ފަދަ) ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ލިބިދެވިދާނެކަމަށް ދެކެމެވެ.

5ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 8 އިން 15 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީވެސް ކުޑަކުއްޖެއްގެ ޒާތީ މަޢުލޫމާތު ހިމެނޭ ލިޔުންތަކެއްކަމަށްވެފައި އެއްވެސް ޝަރުޠެއްނެތި މި ލިޔުންތައް ހާމަކޮށްފިނަމަ ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ އަދި އެކުއްޖާގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ދެކެމެވެ.

6ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 8 އިން 15 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދަޢުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ.

7އެހެންކަމުން (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމަތާއި ޒާތީ ދިރިއުޅުމުގެ ޙައްޤު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ، މި ހެކިތައް (ލިޔުންތައް) ޢާންމު ނުކުރުމަށް ދަޢުވާލިބޭ ފަރާތަށާއި އޭނާގެ ވަކީލުންނަށް ޝަރުޠުކުރުމާއެކު ހާމަކުރުން ކަމަށް ބުރަވެވެއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާއި ތަފްސީލް:

6. ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/08-145 "ކޯޓު އަމުރު" (ހެކި ރައްކާތެރިކުރުމުގެ އަމުރު) އިސްތިއުނާފު ކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛

1.6. ކްރި މިނަލ ކޯޓުގް ނަންބަރު: B8/HRA/2025/08-145 (19 އޮކްޓޫބަރު 2025) ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކ ޤާނޫނީ ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ރޫޙާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.1.6. މިނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަކީ ޚާއްޞަ ރައްކާތެރިކަމެއް ލިބިދީފައިވާ ބައެއްކަމަށާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކަށް ހާމަކޮށްގެނ ނުވާނެކަމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ކަނޑައަޅާފައިވާކަމަށެވެ.

2.1.6. ކުޑަކުދިންގެ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސް ކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާޢިއުވުމުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ހެކި ރައްކާތެރިކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަކަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގެ ފަނޑިޔާރު އޒ.ޢަބްދުﷲ ޙަމީދުގެ ރައުޔުގެ 8.13 ވަނަ ނުކުތާގައި ކަނޑައަޅާފައިވާކަމަށެވެ.

3.1.6. އިލެކްޓްރޯނިކް ވޞަ ލަތެއީ މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން އެކްސެސް ދިނުމަށްފަހު، މޮނިޓަރ ކުރެވޭނީ ހަމައެކަނި ދިފާޢީ ވަކީލު އެތަކެއްޗަށް އެކްސެސްވި ވަގުތާއި، އެތަކެތި ބެލުމަށް ހޭދަކުރި ވަގުތުގެ ދިގު މިންކަމަށާއި، ނަމަވެސް އެތަކެއްޗަށް ދިފާޢީ ވަކީލު އެކްސެސްވާ ވަގުތު އެތަކެތި ފެންނަ ގޮތަށް ދިފާޢީ ވަކީލާ އެއް ޙާޟިރެއްގައ ތިބި ކޮން ބައެއްކަން ކަށަވަރުނުކުރެވޭނެކަމަށާއި، އަދި އިތުރު ބަޔަކު އޭގެ ސްކްރީން ރެކޯޑްކޮށް އެހެން މީހުންނާ އެތަކެތި ޙިއްސާނުކުރާނެކަން ކަށަވަރު ނުކުރެވޭނެކަމަށާއި، އޭގެ ބަދަލުގައި ދިފާޢީ ވަކީލު ކޯޓަށް ޙާޟިރުކޮށް، އެތަކެތި ދިރާސާކޮށް ބެލުމުގެ ފުރުޞަތު ދިނުމުން، މިކަންކަމަކީ ކޯޓުން ކަށަވަރުކުރެވޭނެ ކަންކަމަށެވެ.

4.1.6. އެހެންކަމުން އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން އެތަކެތި ބެލޭނެ ގޮތަށް އެކްސެސް ދިނުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގަ އ ކަނޑައަޅާފައިވި ގޮތަށާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ހިމާޔަތްކޮށްދޭ މަޞްލަޙަތަށް ފުރިހަމައަށް ރިޢާޔަތް ކުރެވިގެން ނިންމާފައިވާ ނިންމުމެއްކަމަށް ނުދެކޭ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:

7. ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދައުވާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

1.7. އިސްތިއުނާފު ރައްދުވާ ފަރާތުގެ މއްޗަށަ ދައުވާ އުފުލާފައިވަނީ، ޖިންސީ ކުށުގެ ޤާނޫނުގެ ދަށު ންކަމަށާއި، ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުން ދޫކުރުމަށް ވަކި އުޞޫލެއް ގެންގުޅުމަށް އެޤާނޫނުގައި ވަކި ހަމަތަކެއް ބަޔާންކޮށްފައިވާ ނުވާކަމަށެވެ. އެޤާނޫނުގެ ދަށުން ހިންގާ ޝަރީޢަތްތައް ސިއްރުކުރުން އެޤާނޫނުގެ 58 ވަނަ މާއްދާއިން ލާޒިމްކޮށްފައިވކަމަށާއި، އަދި ކުށުގެ ޝިކާރައަކަށްވާ ފަރާތެއްގެ މައުލޫމާތު ޢާންމު ކުރުމާއި މީޑިއާކުރުމަކީ ކުށެއްގެ ގޮތުގައި 59 ވަނަ މާއްދާގައި ކަނޑައަޅައި އެކުށަށް އުޤޫބާތެއްވެސް ކަނޑައަޅާފައިވާކަމަށެވެ. ޖިނާއީ ދައުވާއެއްގެ ލިޔެކިޔުން ދޫކުރުމާބެހޭ އުޞޫލެއް ދެން ކަނޑައެޅިފައި އޮންނަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަމަށާއި، އެޤާނޫނުގެ 84 ވަނަ މާއްދާއިން ކަނޑައަޅަނީ ހުރިހާ ލިޔެކިޔުމެއް ދައުވާލިބޭ ފަރާތުގެ އަތަށް ދިނުމަށްކަމަށާއި، ލިޔުންތައް ނުދީ ހިފެހެއްޓިދާނެ ނުވަތަ ވަކި މިންވަރަކަށް ހިފެހެއްޓިދާނެ ފަދަ އިސްތިސްނާތަކެއް ބަޔާންކުރަނީ އެޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގެ ނަންބަރުތަކުގައިކަމަށާއި، އެއިން ނަންބަރަކަށް ދައުލަތުގެ ދައުވާ ފޯމުގައި ޙަވާލާދީފައި ނުވާކަމަށެވެ.

2.7. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅިގެން ކުށް ކަނޑައަޅާފައިވާ ތިން ހަތަރު ޤާނޫނެއް ރާއްޖޭގައި އެބައޮތްކަމަށާއި، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ 10 9 އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ޤާނޫނުކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައިވެސް އެބާވަތުގެ ކުށް ހިމަނާފައިވާކަމަށާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައިވެސް ޖިނާއީ ކުށް ކަނޑައަޅާފައި އެބަހުރިކަމަށެވެ. މިއިން އެއްވެސް ޤާނޫނެއްގެ ދަށުން ކުރެވޭ ޖިނާއީ ދައުވާގެ ލިޔުންތައް ނުވަތަ ލިޔުންތަކުން ބައެއް ދައުވާލިބޭ ފަރާތަށް ދޫނުކުރެވޭ އުޞޫލެއް ބަޔާންކޮށްފައި ނުވަނީ މަޤްސަދެއް އޮވެގެންކަމަށާއި، އެހުރިހާ ޤާނޫނުތަކުންވެސް ވިކްޓިމްސްއަށ ހިމާޔަތް ދިނުމަށް އިޚްތިޔާރުކޮށްފައިވާ މަގަކީ ޝަރީޢަތް ސިއްރުން ހިންގުމުގެ މަގުކަމަށާއި، ސަބަބަކީ، ދައުވާލިބޭ ފަރާތުގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު ވިކްޓިމްސްއަށް އަދުލު އިންސާފު ލިއްބައިދެވޭނެ މަގަކީ އެއީ ކަމުގައިވާތީކަމަށެވެ.

3.7. ދިފާޢީ ވަކީލު ކޯޓަށް ޙާޟިރުކޮށް، އެތަކެތި ދިރާސާކޮށް ބެލުމުގެ ފުރުޞަތު ދިނުމުން، ސްކްރީން ރެކޯޑްކޮށް އެހެން މީހުންނާ އެތަކެތި ޙިއްސާނުކުރާނެކަން ކަށަވަރު ނުކުރެވޭނެކަމަށް ދައުލަތުން ފާހަގަކުރާއިރު، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށާއ ކޯޓަށި ލިޔުންތައް ލިބުމުން ވެސް މިކަންކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯންނާނެކަމަށެވެ.

4.7. އިސްތިއުނާފު ކުރެވޭ ނިންމުމަކީ ލިޔުންތައް ބަލައި ދިރާސާ ކުރުމަށް ދިފާޢަށް ފުރުޞަތު ދިނުމުގެ ވޞަލަތާއި ވަގުތު ކޯޓުގައި ދަތިވުމުން އިންސާފު ޤާއިމުކުރުން އަވަސްކޮށްދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ޙައްލެއް ކަމަށާއި، ދައުލަތުން އިސްތިއުނާފުގައި އެދޭ ފަދައިން ނިންމާ ޙލަތެއްގައާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޙާޟިރުވެ ލިޔެކިޔުންތައް ބެލޭނޭ އިންތިޒާމް ހަމަޖެހޭނެގޮތަށް މައްސަލަ ނިންމަން އެދޭ ކަމަށެވެ.

ދެފަރާތުން އެދޭގޮތް

8ދައުލަތުން އެދޭގޮތް ކަމަށް ބުނެ ފާހަގަކޮށްފައިވަނީ ؛

1.8. ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/08-145 (19 އޮކްޓޫބަރު 2025) ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ، ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ރޫހާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު: 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި؛

2.8. ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލެވޭ ގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ދިނުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/142 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޒާއިފް) ޤަޟިއްޔާގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔުގެ 8.13 ވަނަ ނުކުތާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމވަ މެއްކަމަށް ކަނޑައަޅައިދީ؛

3.8. މިމައްސަލައިގައި ރައްކާތެރިކޮށްދިނުމަށ އެދް ހުށަހަޅާފައިވާ، އިސްތިއުނާފީ ފޯމުގެ ނުކުތާ 1.5 ގެ ދަށުން ފާހަގަކޮށްފައިވާ ލިޔެކިޔުންތައް ރައްކާތެރިކުރުމާއެކު، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް އެތަކެތި ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަމުރުކޮށްދިނުމަށެވެ.

9އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/08-145 އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

10މިއިސްތިއުނާފުގައި ދައުލަތުގެ ފަރާތުން އުފައްދާފައިވާ ބަހުޘަކީ، ދައުލަތުން ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުން، އެހެކިތައް ބަލައި ދިރާސާކުރުމަށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުން އެކްސެސް ލިބޭ ގޮތަށް ކޯޓުން ނިންމި ނިންމުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ރުޙާއި ޤާނޫނުއަސާސީގާ 35 ވަނަ މާއްދާއާއި އަދި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގަ އ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށާ ނިންމާފައިވާ ނިންމުމެއްކަމަށެވެ.

11HN1ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެކެވެ . ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެއެވެ.

12މިމައްސަލައިގައި ދައުލަތުން ރައްކާތެރިކުރުމަށް އެދޭ ހެކިތަކަކީ، ކުޑަކުދިންތަކެއްގެ ވީޑިއޯއާއި ފޮޓޯ ހިމެނޭ ލޔެކިޔުންތަކެކެވެ. ދަށު ކޯޓުން މިކަމަށް ރިޢާޔަތްކޮށް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 5 ގެ ނިޔަލަށް އަދި 7 ގައި ހިމެނޭ ހެކިތަކަކީ ކުޑަކުއްޖެއްގެ ވީޑިއޯ އާއި ފޮޓޯ ހިމެނޭ ހެކި ކަމަށްވާތީ މިހެކިތަކަކ އެއީ ހާމަކޮށްފިނަމަ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އަދި އެކުއްޖާގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ކަމަށް ދެކެމެވެ." ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ ޤާނޫނު ނަންބަރު 19/2019 -ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާ

13ހަމަމިއާއެކ ދަށު ކޯޓުނު ރިޢޔަތްކޮށާ ފާހަގަކޮށްފައިވާ އަނެއްކަމަކީ، "ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 7 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދައުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ."

14މިދެމަސްލޙަ ތ އަޅައި ކިޔައި ވަޒަންކުރަމުނ ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އެހެންކަމުން (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޢާންމު ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ، ކޯޓުގައި މި ހެކިތައް (ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމުގައި ބުރަވެވެއެވެ."

15އެހެންކަމުން، ދަށު ކޯޓުގެ މިނިންމުމުގައި ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، އިސްވެ ބުނެވުނު ފަދައިން ފާހަގަކުރުމަށް ފަހު ދަށު ކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އެހެނ ނަމަވެސް ދިފާޢުން އެކަން އެގޮތަށް ކުރުމަށް ވަގުތު ނަގާނެތީ އާއި އަދި އެކަމަކީ ކޯޓުގެވެސް އެތަކެއް ވަގުތާއި ވަޞީލަތް ހޭދަކުރަންޖެހޭ ކަމަކަށްވުމުގެ އިތުރަށް އެފަދަ ހެކިތައް ބަލައި ދިރާސާކުރުމަށް ގިނަ ދުވަސް ނެގުމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައިގެންދާކަމަކަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް (ގޫގަލް ޑްރައިވް ފަދަ) ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ލިބިދެވިދާނެކަމަށް ދެކެމެވެ."

16ދައުލަތުގެ އިސްތިއުނާފުގެ މައިގަނޑުގެ ބަހުޘަކީ، ކްރިމިނަލް ކޯޓުގެ މިފާހގަކުރުމުގައަ ދިފާޢީ ވަކީލަށް އެކްސެސް އޮންނާނެ ގޮތަށް ވަކިވަގުތެއާގައި އިލެކްޓްރޯނިކް ވޞަލަތެއ މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން މިލިޔެކިޔުންތަކަށް އެކްސެސް ދިނުމކަ މިލިޔެކިޔުންތައް ހާމަވުމަށ/ ނަކަލުކުރުމަށް ހުޅުވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2025/08B8/HRA/-145 ކޯޓު އަމުރު (ހެކި ރައްކާތެރިކުރުމުގެ އަމުރު) ގެ ޕްރެގްރާފް 2 ފުރުސަތެއްކަމަށާއި، މިއީ މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ޒާއިފް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށެވެ.

17HN2ދައުލަތުން ޙަވާލާދީފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގެ 8.13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ރައްކާތެރިކުރަން އެދް ކޮންމެ ހެއްކަކާ ގުޅިގެންވެސް ހެކި ރައްކާތެރިކުރަންޖެހޭ ސަބަބާއި ވަންހަނާކުރުމުގައ ހުރި ދަތިތަކާއި ވަންހަނާކޮށްފިނަމަ ހެކީގެ އަސްލު އޮޅިގެންދާނަމަ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމަކީ އެ ފަދަ އަމުރަކަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދައުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތށެ ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާޢިއުވުމުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ހެކި ރައްކާތެރިކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަކަށެވެ. ހެކި ރައްކާތެރިކުރުމާ ގުޅިގެން އެ ހެއްކެއް ރައްކާކުރަނ ޖެހުން ސަބަބު ފަނޑިޔާރު ވަޒަންކޮށް ސަބަބާއެކު ބަޔާންކުރެވެންވާނެއެވެ."

18ދައުލަތުގެ އިސްތިއުނާފެ ފޯމުގެ 2.6 ވަނަ ޕްރެގްރާފުގައި ބަޔާންކޮށްފައިވަނީ، އިލެކްޓްރޯނިކް ވޞަ ލަތެއީ މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން އެކްސެސް ދިނުމަށްފަހު، މޮނިޓަރ ކުރެވޭނީ ހަމައެކަނި ދިފާޢީ ވަކީލު އެތަކެއްޗަށް އެކްސެސްވި ވަގުތާއި، އެތަކެތި ބެލުމަށް ހޭދަކުރި ވަގުތުގެ ދިގު މިންކަމަށާއި، ނަމަވެސް އެތަކެއްޗަށް ދިފާޢީ ވަކީލު އެސްކެސްވ ވަގުތާ އެތަކެތި ފެންނަ ގޮތަށް ދިފާޢީ ވަކީލާ އެއް ޙާޟިރެއްގައ ތިބި ކޮން ބައެއްކަން ކަށަވަރުނުކުރެވޭނެކަމަށާއި، އަދި އިތުރު ބަޔަކު އޭގެ ސްކްރީން ރެކޯޑްކޮށް އެހެން މީހުންނާ އެތަކެތި ޙިއްސާނުކުރާނެކަން ކަށަވަރު ނުކުރެވޭނެކަމަށެވެ.

19HN3HN4ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި، ޤާނޫނާ ގަވާއިދނު ކަނޑައެޅިފައިވާ އޞު ލ ގ ތަރަހައިގެ ތެރެއިން ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސިއްރު ލިޔެކިޔުންތައް، ހަމައެކަނި ވަކީލުންނަށް ބަލައި ދިރާސާކުރެވޭ ގޮތަށް ހާމަކޮށް/ދޫކުރުމަކީ ބައިނަލްއަޤްވާމީގޮތުންވެސް ބަލައިގަނެވޭ އުޞޫލެކެވެ. މިފަދަ ޚައްސާސީ ލިޔެކިޔުންތައް، އިސްތިސްނާއީ ޙާ ލަތުގައި، ހަމައެކަނި ވަކީލުންނަށް ބެލޭ ގޮތަށް ދޫކުރަނީ، ޤާނޫނީ ވަކީލުންނަކީ ކޯޓުން ކުރި ޝަރުޠުގެ އިތުރުން، އެފަންނުގެ ސުލޫކީ މިންގަނޑުގެ ދަށުން ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ބައެއް ކަމުގައިވާތީއެވެ. ދައުލަތް ތަމްސީލުކުރާ ވަކީލުންނެކޭ އެއްފަދައިން، ދިފާޢީ ވަކީލުންނަކީ ވެސް ޤާނޫނީ ހުވައެއްކޮށް، ސުލޫކީ ވަކި ހަމަތަކާއި މިންގަނޑުތަކަށް ތަބަޢަވުން ލާޒިމު ބައެކެވެ. ޝަރުޢީ ކޯޓަކުން ވަކި ޝަރުޠުތަކެއް ކޮށް ދިފާޢީ ވަކީލަށް އެކަނި ބެލެވޭ ގޮތަށް ދޫކުރާ ލިޔެކިޔުމެއް ނަކަލުކޮށް އެހެންމީހުންނ އެއާ ޙާޟރެއްގައި ބ ލުމުގެ އެ ޙި ތިމާލެއް އޮތް ކަމަށް، ވާޤިޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ދައުލަތުން ބުނާ ބުނުމަކީ ހަރުދަނާ އަސާސެއް އޮތު ބުނުމެއްކަމުގައި ނުބެލެވެއެވެ. އަދި އަސާސއެ ނެތި މިފަދަ އިޙް ތިމާލެއ އޮތް ކަމަށް ބުން ބުނުން ބަލައިގަތުންވާނީ، ދިފާޢާ ވަކީލުންނާއި ދައުލަތުގެ ވަކީލުން ތަފާތު މިންގަނޑަކުން ވަޒަންކުރުން ކަމގައު ދެކެމެވެ.

20HN5މިމައްސަލައިގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނނާ ގޮތަށް، ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ހަމަޖެއްސޭނަމަ އެފުރޞު ތ ފަހިކުރުމުގެ ވާހަކައެވެ. ކްރިމިނަލް ކޯޓުން މިނިންމުން ނިންމުމުގައި، މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން މިހެކިތައް ބެލުމުގެ ފުރުޞަތު ފަހިކޮށްދީފައިވަނ ދިފާޢީ ވަކީލަށް އެކަންޏެވެ. އަދި، ދިފާޢީ ވަކީލަށް ވެސް މިލިޔެކިޔުންތައް ބެލުމުގައި ކޯޓުން ޤައިދުތަކެއ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއީ، މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ފަދައިން، އިންސާފުވެރި ޝަރީޢަތަށް ލިބުމުގެ ޙައްޤއާ ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ވަޒަންކޮށް ނިންމާފައިވާ ނިންމުމއެ ކަމުގައި ބެލެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ