އަޙްމަދު މޫސާ ދީދީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު S2C-B1/2024/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ނެރުނު ހެކި ރައްކާތެރިކުރުމުގެ އަމުރު ހައިކޯޓަށް އިސްތިއުނާފުކުރެވޭތޯ، އަދި ސަބަބު ބަޔާންނުކޮށް ސިއްރު ހެކިވެރިއެއްގެ ބަޔާން ދަޢުވާލިބޭ ފަރާތަށް ދޫނުކުރުމަށް ނެރުނު އަމުރު ޞައްޙަ އަމުރެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ހެކި ރައްކާތެރިކުރުމުގެ އަމުރު ބާޠިލު (ސިއްރު ބަޔާން ދޫކުރުމަށް ހައިކޯޓުން އަމުރުނުކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ކޯޓަކުން ނެރޭ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި ނިންމާ ނިންމުމެއް ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން އިސްތިއުނާފު ކުރެވިދާނެއެވެ؛ 131 ވަނަ މާއްދާގެ ދަށުން ނެރޭ ހެކި ރައްކާތެރިކުރުމުގެ އަމުރަކީ 213 ވަނަ މާއްދާގެ (ރ) ގައިވާ މާނައިގައި "ކޯޓު އަމުރެއް" ގެ ސިފަ ނެތް ނިންމުމެއް ނޫނެވެ.
HN2 ޙުކުމަށް ނުވަތަ ނިންމުމަށް ވާޞިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވަނީ، މައްސަލަ އެކަށީގެންވާ މިންވަރަކަށް ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއާއި، އިސްތިއުނާފެއްގައި ނިންމުމަށް ޠަޢުނުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ.
HN3 ހެކި ރައްކާތެރިކުރުމުގެ އަމުރެއްގައި ތަފްޞީލީ ސަބަބު ބަޔާންނުކުރި ނަމަވެސް، އަމުރު ނެރުނު ޤާނޫނީ ބިނާ އަދި ޤާނޫނުގައިވާ ކޮން ސަބަބެއް މެދުވެރިވެގެން އަމުރު ނެރުނީކަން އެންމެ ކުޑަމިނުން އަމުރުން އެނގެން އޮންނަންވާނެއެވެ.
HN4 ސިއްރު ހެކިވެރިއެއްގެ ބަޔާން ރައްކާތެރިކުރަންޖެހޭ އެއްވެސް ސަބަބެއް ނުވަތަ ފަނޑިޔާރު ވަޒަންކުރި އެއްވެސް ކަމެއް ބަޔާންނުކޮށް ނެރެފައިވާ އަމުރަކީ ޞައްޙަ އަމުރެއްކަން ކަށަވަރުކުރެވޭނެ އަސާސެއް ނެތް، ބާޠިލުކުރަންޖެހޭ އަމުރެކެވެ.
HN5 ހަމައެކަނި ސަބަބު ބަޔާންނުކުރުމުގެ މައްޗަށް އަމުރު ބާޠިލުކުރުމުން، ސިއްރު ހެކިވެރިޔާގެ ބަޔާން ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އިސްތިއުނާފީ ކޯޓުން އަމުރުކުރެވިދާނެ ކަމަކަށް ނުދެކެއެވެ؛ ދައުލަތުން އަލުން އެދިއްޖެނަމަ ހެކި ރައްކާތެރިކުރުމާމެދު ދަށުކޯޓުން އަލުން ގޮތެއް ކަނޑައެޅިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ފައިސަލްގެ ރައުޔު
މައްސަލައިގެ ތަޢާރުފު އަދި ކަންހިގާފައިވާގޮތް:
1ދައުލަތުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ iii ގެ ދަށުން ގައިގައި އަތްލުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 615 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޢާންމު މަސްލަހަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ދަޢުވާ، އަޙްމަދު މޫސާދީދީގެ މައްޗަށް 30 ޖަނަވަރީ 2023 ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައިވެއެވެ. މި ދަޢުވާތައް ބަލަމުންދިޔައީ އެ ކޯޓުގެ ނަންބަރު 51/S2C/2023 އަދި 52/S2C/2023 ޤަޟިއްޔާއިންނެވެ.
2ބުނެވިދިޔަ ޤަޟިއްޔާތަކުގައި ދައުލަތުން ދަޢުވާ ފޯމު ހުށަހެޅި ދުވަހު ދަޢުވާލިބޭ ފަރާތަށް ރައްދުކުރުމަށް ލިޔެކިޔުންތައްވެސް ދަށު ކޯޓަށް ވަކިން ހުށަހަޅާފައިވެއެވ.
3މި މައްސަލައިގައި 30 ޖަނަވަރީ 2023 ގައި ދައުލަތުގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާފައިވެއެވ. އެ ފޯމުގައި "ހާމަނުކުރުމަށް އެދޭ ހެކީގެ ތަފްޞީލު" ބައިގައި އެދިފައިވަނީ ސިއްރު ހެކި 1 ގެ ބަޔާން (ފޯލިއޯ 6) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މި މައްސަލައިގައި ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ ތަޙުޤީޤަށް ދީފައިވާ ބަޔާނާއި، އެ ފަރާތުގެ ވަނަވަރާއި ސިއްރުހެކީގެ މައުލޫމާތު ހިމެނޭ ތަޙްޤީޤް ބަޔާން ދަޢުވާލިބޭ ފަރާތަށް ދޫނުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އެ ފޯމުގެ "ވަކި މިންވަރަކަށް ހާމަކުރަން އެދޭ ހެކީގެ ތަފްޞީލާއި، ހާމަކުރަން އެދޭ މިންވަރު" ބައިގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޯލިއޯ ނަންބަރު 3،4،5،7 ގައިވާ މައްސަލަ ތަޙްޤީޤުކުރި ފުލުހުންގެ ބަޔާންތަކުގައި ހިމެނޭ ސިއްރު ހެކިވެރިޔާގެ މައުލޫމާތު އުނިކޮށް ދަޢުވާލިބޭ ފަރާތަށް އެ ލިޔުންތައް ދޫކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިއެވެ. އަދި އެ ފޯމުގެ "ހާމަކުރުން ފަސްކުރުމަށް އެދޭ ހެކީގެ ތަފްޞީލާއި، ފަސްކުރުމަށް އެދޭ މުއްދަތު" ބައިގައި އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވެއެވެ.
4މި ހުށަހެޅުމާގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-B1/2024/02 ކޯޓު އަމުރުން ނިންމާފައިވަނީ އަންނަނިވިފަދައިންނެވެ. " ބުނެވިދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު މިމައްސަލާގައި ހެކި ރައްކާތެރި ކުރުމަށް ދައުލަތުން ހުށަހެޅި ފޯމުގެ ނަންބަރު 01 ގައި ބަޔާންކޮށްފައިވާ ސިއްރު ބަޔާން ދަޢުވާ ލިބޭ ފަރާތަށް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައި، މި މައްސަލާގައި ފޯމު ނަންބަރު 02 އިން 05 ގައިވާ ލިޔުންތައް ދަޢުވާ ލިބޭ ފަރާތަށް ދޫކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާލިބޭ ފަރާތާއި ޙަވާލުކުރުމަށް ފޮނުއްވި އެންމެހައި ލިޔުންތައް މި ކޯޓު (އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު) އިން ޙަވާލު ކުރެވިފައިވާތީއާއި، އެ ލިޔުންތައް ދަޢުވާ ލިބޭ ފަރާތުން ނައްތާލިކަމަށް ބުނެފައިވާތީއާއި، ދަޢުވާ ލިބޭ ފަރާތުން އެ ލިޔުންތައް ނައްތާނުލާ ކަމަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް ޤަރީނާ އެއް ދައުލަތުން ހުށަހަޅާފައިނުވާތީ، އެ ލިޔުންތައް ދަޢުވާ ލިބޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޙަވާލު ކުރުމަށް އަމުރެއް ނެރެދެވެން ނެތް ކަން އަންގައި، މި ލިޔުންތައް ވަނީ ދަޢުވާ ލިބޭ ފަރަތަށް އެއްކޮށް ހާމަވެފައި ކަމާއި، އެހެންކަމުން މި ހެކިތައް ވަކި މިންވަރަކަށް ހާމަކުރުމަށްޓަކައި އަމުރެއް ނެރެދެވޭނެ ޤާނޫނީ ހަމައެއް އޮތް ކަމަށް ނުބެލެވޭނެ ކަމަށް ކަނޑައަޅައިފީމެވެ"
5މިއީ، ބުނެވިދިޔަ އަމުރު އިސްތިއުނާފުކުރުމަށް އެދި ސ. ހިތަދޫ، […] އަޙްމަދު މޫސާދީދީ ("އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އަޙްމަދު މޫސާދީދީ" ކަމަށް ބުނެފައި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ އިސްތިއުނާފީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ("އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައި) މައްޗަށެވެ.
އިސްތިއުނާފީ ނުކުތާތަކާއި އެ ނުކުތާތަކުގެ ތަފްޞީލު
6އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-B1/2024/02 ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
6.1 ފުރަތަމަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ދޫނުކުރެވޭނެކަމަށް އިސްތިއުނާފުކުރެވޭ އަމުރުގައި ނިންމާފައިވަނީ އެ ހެކިވެރިޔާގެ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ހާމަކުރިތާ 1 އަހަރާއި 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވަނިކޮށް އަދި އެ ޙަޤީޤަތްތައް އެގޮތުގައި އޮތްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި އިޢުތިރާފްވެސް ވެފައިވަނިކޮށްކަމަށް ވުމުން ފަނޑިޔާރު ނެރެފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިންސާފުވެރި ޝަރީޢަތެއްކުރެވުމުގެ ޙައްޤާއި އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤަށް އުނިކަން އަންގޮތަށް އަދި ޝަރޫރަތެއް ނެތް ޙާލަތުގައި ނެރެފައިވާ އަމުރެއްކަމަށެވެ.
6.1.1. މިނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރުކޮށްދޭ ދަޢުވާއިން ބަރީޢަވުމަށް ދަޢުވާލިބޭ ފަރާތަށް އެކަށީގެންވާ ވަޞީލަތްތައް ލިބުމުގެ ޙައްޤުގެ ތެރޭގައި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަޢުވާލިބޭ ފަރަތައް ހާމަކުރުން ހިމެނޭކަމަށާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްސަދުގެ ތެރޭގައި ހިމެނޭ އިންޞާފުވެރިކޮށް ޝަރީޢަތް ހިންގުމުގެ ތެރޭގައި މިކަން ހިމެނޭ ކަމަށެވެ. އަދި އިސްތިއުނާފުކުރެވޭ ނިންމުމުގެ 9 ވަނަ ޕެރެގްރާފުގައި ސިއްރު ހެކި 1 ގެ ބަޔާން ސިއްރުކުރުމަށް ނިންމާފައިވީނަމަވެސް، ހަމަ އެ އަމުރުގެ 9 ވަނަ ޕެރެގްރާފުގައި ސިއްރު ހެކިވެރިޔާގެ މައުލޫމާތުތައް ހިމެނޭ އެހެން ލިޔުންތައް ސިއްރު ނުކުރެވޭނެކަމަށް ނުވަތަ ދައުލަތުން އެދޭފަދައިން ކޯޓުން ގޮތެއް ކަނޑައެޅިނަމަވެސް އެކަމުގެ އެއްވެސް ބުރަދަނެއް އޮންނާނެކަމަށް ނުބެލެވޭކަމަށް ކަނޑައަޅާފައިވުމުން މި ދެ ނިންމުމުގެ ނަތީޖާ ދެކޮޅުޖެހޭގޮތެއް ނުވިސްނޭ ކަމަށާއި، އިސްތިއުނާފުކުރެވޭ ނިންމުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ލިބިދޭ ޙައްޤާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އެ ޤާނޫނުގެ މަޤްސަދާވެސް ފުށުއަރާ ނިންމުމެއްކަމަށެވެ.
6.2.ދެވަނަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ދޫނުކުރެވޭނެކަމަށް އިސްތިއުނާފުކުރެވޭ އަމުރުގައި ނިންމާފައިވަނީ އެފަދައިން އަމުރު ނެރެންޖެހޭ ޤާނޫނީ އެއްވެސް ހަމައެއްނެތި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއްވެސް ޙާލަތެއް ވުޖޫދުވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނެތީސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް5 ޤަޟިއްޔާގައ ކަނޑައަޅާފައިވާ އުޞޫލާއި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ6 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ.
6.2.1. މި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ސިއްރު ހެކިވެރިޔާ 1 ސިއްރުކުރަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށާއި، ދައުލަތުން ހެކި ރައްކާތެރިކުރުމަށް އެދޭ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ހެކީގެ އައިޑެންޓިޓީ ހާމަވެ އޭގެ ސަބަބުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައިވާ ޙާލަތްތައް ކުރިމަތި ވެދާނެ ކަމަށް ބުނެކަމަށް ވީމަނަވެސް، ހެކީގެ އައިޑެންޓިޓީ އިސްތިއުނާފުކުރާ ފަރާތަށް ހާމަކުރުމަށްފަހު ދެން އައިޑެންޓިޓީ ހާމަވެދާނެތީ އަމުރަކަށް އެދެވޭނެ އެއްވެސް ޤާނޫނީ ހަމައެއްނުފެންނަކަމަށެވެ.
6.2.2. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް7 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު ހެކި ރައްކާތެރި ކުރެވޭނީ އެ ހެއްކަކީ ޤާނޫނުގައި ހެކި ރައްކާތެރިކުރެވޭނެ ޙާލަތު ވުޖޫދުވެފައިވާ ހެއްކެއްކަން ސާބިތުކޮށްދީގެން ކަމަށާ، އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ8 ޤަޟިއްޔާއާ ޙަވާލާދީ މި ޙާލަތުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ވާޤިޢާ ހުށަހެޅި މީހެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ 5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/14,16 ޤަޝިއްޔާ. 6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޝިއްޔާ. 7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/14,16 ޤަޝިއްޔާ. 8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޝިއްޔާ. ތެރެއިން ހާލަތެއް ވުޖޫދުވާގޮތެއް އަދި މިފަދައިން ހާލަތު ވުޖޫދުވެފައިވާކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ. އަދި ބުނެވިދިޔަ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން މި މައްސަލައިގައިވެސް އެފަދަ ޙާލަތެއް ވުޖޫދުވާކަން ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ފޯމުގައިވެސް ބަޔާންކޮށްފައިނުވާކަމަށެވެ.
6.3. ތިންވަނަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ދޫނުކުރެވޭނެކަމަށް އިސްތިއުނާފުކުރެވޭ އަމުރުގައި ނިންމާފައިވަނީ އެފަދައިން އަމުރު ނެރުނު އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި ކަމަށްވުމުން އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަނޑިޔާރުގެ ނިންމުމަށް ވާޞިލުވުމުގައި ސަބަބު ބަޔާންކުރުމުގެ އުޞޫލާ ކަނޑައެޅިގެން ޚިލާފުކަމުގައިވާތީ އެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމުގައި ވުމުންނެވެ.
6.3.1 މިނުކުތާގެ ތަފްޞީލުގައި ބުނެފައިވަނީ އިސްތިއުނާފުކުރެވޭ އަމުރުގައި ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު 01 ގައި ބަޔާންކޮށްފައިވާ ސިއްރު ބަޔާން ދަޢުވާލިބޭ ފަރާތަށް ދޫނުކުރެވޭނެކަމަށް ކަމަށާއި، އެ ނިންމުމަށް ވާސިލުވި ސަބަބާއި، ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ ޤާނޫނީ އުޞޫލުތައް ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ފަނޑިޔާރު ނިންމި ނިންމުމަކީ އިންސާފުވެރިކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ހާމަކަމާއެކު
9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޝިއްޔާ. ޝަރީޢަތް ހިންގުމުން ކަމަށާއި، މި ހައްޤު ކަށަވަރުކުރުމަށް ޓަކައި ޙުކުމަށް ވާސިލުވި ސަބަބާއި ރިޢާޔަތްކުރި ޤާނޫނީ އުޞޫލުތައް ނިންމުމުގައި ބަޔާންކޮށްދޭންޖެހޭނެކަމަށެވެ.
6.3.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފާއި 36 ވަނަ ޕެރެގްރާފު މި މައްސަލައަށް ތަޠުބީޤުކުރާއި، ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު 01 ގައި ބަޔާންކޮށްފައިވާ ސިއްރު ބަޔާން ދަޢުވާލިބޭ ފަރާތަށް ދޫނުކުރެވޭނެކަމަށް ނިންމި ނިންމުމަކީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްކަމަށާއި، ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައިނުވާތީ ދަށު ކޯޓުގެ ފަނޑިޔާރުގެ އެ ނިންމުމަކީ ސައްހަ ޝަރީޢަތެއް ކުރުމަކާ ނުލައި ނިންމާފައިވާ އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިންސާފުން ޝަރީޢަތްކުރުމުގެ ހައްޤަށް އުނިކަން އަންފަދަ ގޮތަކަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
7އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:
7.1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-B1/2024/02 ކޯޓު އަމުރުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައި އެދިފައިވާ ފަދައިން ސިއްރު ހެކި 1 ގެ ބަޔާން އިސްތިއުނާފުކުރާ ފަރާތަށް ދޫނުކުރެވޭނެކަމަށް ނިންމާފައިވާ ބަޔަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަނޑައަޅައި، އެ ނިންމުމުގައިވާ އެބައި ބާޠިލުކޮށްދިނުމަށާއި،
7.2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 51/S2C/2023 އަދި 52/S2C/2023 ޤަޟިއްޔާގައި ދަޢުވާ ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ސިއްރު ހެކި 1 ދިވެހި ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން އިސްތިއުނާފުކުރާ ފަރާތަށް ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް އަމުރުކޮށްދިނުމަށާއި،
7.3. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެވޭނީ އެ އަމުރެއް ނެރެންޖެހޭ ޙާލަތު ވުޖޫދުވެފައިވާކަން ވާޤިޢާތަކާއި ހެކިތަކުން ކޯޓަށް ހުށަހަޅައިގެން ކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތާގެ ޖަވާބު
8މި މައްސަލައިގައި ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައިވެއެވ. އަދި އެ އިޖުރާއީ އިއުތިރާޒް ބަލައިނުގަތުމަށް ނިންމާ ހާލަތުގައި ބަހުސްގެ ބޭނުމަށް އިސްތިއުނާފީ ޖަވާބުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
8.1. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅިގެން ދައުލަތުން ބުނެފައިވަނީ އިސްތިއުނާފުކުރެވޭ އަމުރުން ހެކި ރައްކާތެރިކުރުމުން އިސްތިއުނާފުކުރާ ފަރާތުގެ ހައްޤަށް އުނިކަމެއް ނާންނަ ކަމަށާއި، ސަބަބަކީ މިއީ ދާއިމަށް މުޅި ޝަރީޢަތް ނިމެންދެން އެ ފަރާތަށް ދެއްކުމެއް ނެތި ލިޔުން ސިއްރުކުރުމަށްކަމަށްވެސް ނުވާތީކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބައްޓަންވެފައިވާގޮތުން ދައުލަތުން ދަޢުވާކުރުމަށް ހުށަހަޅާ ހެކިތައް ދަޢުވާލިބޭ މީހާއަށް ދޫކުރަންޖެހޭ ކަމަށާއި، އެ ލިޔުންތައް ދަޢުވާލިބޭ މީހާއަށް ލިބިފައިވޭތޯ ދައުލަތުން ކަށަވަރުކުރަންޖެހޭ ކަމަށެވެ. ރައްކާތެރިކުރަންޖެހޭނަމަ އެކަން ކުރަންޖެހޭ މަރުޙަލާއަކީ އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާކަމަށްވާތީއާއި، މިހާތަނަށްވެސް ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތަކީ ލިޔުންތައް ފޮނުވުމަށްފަހު ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދުންކަމަށެވެ. އަދި އެއަށްފަހު 119 ވަނަ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅުން ކަމަށާއި މިގޮތަށް ޢަމަލުކުރާއިރު އެ ހެކި ހާމަކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލުކުރެވޭނަމަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގައި 119 ވަނަ މާއްދާގެ
(ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމެއް ހުށަހެޅުންކަމަށެވެ. ވީމާ، އިސްތިއުނާފުކުރާ ފަރާތުގެ އަސާސީ ޙައްޤެއް ގެއްލިފައިވާކަން ބުނެދެވިފައިނުވާކަމަށެވެ. މީގެ އިތުރުން، ސިއްރު ހެކިވެރިޔާގެ ނަން ހާމަވުމަކީ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެނުދެވޭނެ ސަބަބެއް ނޫންކަމަށެވެ.
8.2. އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާއާ ގުޅިގެން ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ނިންމާ ނިންމުންތަކަކީ، ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަން އެ މާއްދާގެ ނައްސުން އެނގެން އޮންނަކަމަށާއި، މިފަދަ އަމުރެއް ނެރުމުގައި ގޮތް ކަނޑައަޅަންޖެހެނީ ލުއި މިންގަނޑަކުން ބެލުމަށްފަހުގައިކަން ހައިކޯޓުގެ ނަންބަރު 2023/HC-B12/14,16 ޤަޟިއްޔާގެ 34 ވަނަ ނުކުތާއިންވެސް އެނގޭކަމަށެވެ. އެފަދަ ނިންމުންތަކަކީ މަތިމަތިން ބަލައި އެ ފަދަ ހުށަހެޅުމެއްގައިވާ ކަންކަން ކުރިމަތިވެދާނެ ޙާލަތެއް މެދުވެރިވެދާނެކަމަށް ބެލުމުގެ އިހްތިމާލް އޮތްކަމަށް ފަނޑިޔާރަށް ބެލެވޭނަމަ، އެ ފަދަ އަމުރެއް ނެރެވިދާނެކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
8.3. އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ހެކި ހުށަހަޅާފައިނުވާކަމަށް ބުނި ނަމަވެސް، މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމާފައިވަނީ މައްސަލައާއެކު ހުށަހެޅި ހެކިތަކަށާއި، ސިއްރު ކުރަން އެދިފައިވާ ބަޔާނުގައިވާ ކަންކަމަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއްގެ ދަށުން ކަމަށާއި، އެ އިޚްތިޔާރުކުރި ގޮތް ޤާނޫނާ ޚިލާފުވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ.
8.4. އިސްތިއުނާފުކުރެވޭ އަމުރަކީ ފައިނަލިޓީއެއް އައިސްފައިވާ އަމުރަކަށް ނުވާކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ ދަށުން ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ދާނެކަމަށާއި، އެފަދައިން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ ކަމަށާއި، އެ ހުށަހެޅުމާގުޅިގެން މި އޮފީހުން ދީފައިވާ ރައްދުގައި މި މައްސަލައިގައި ހިމެނޭ ސިއްރު ހެކި ދޫކުރެވެންނެތްކަމަށް އަމުރުގައި ނިންމާފައިވީނަމަވެސް، މައްސަލައިގައި ސިއްރުހެކީގެ މައުލޫމާތު ހާމަވެފައިވާތީ މިހާރު އެފަރާތުން ސިއްރު ހިފަހައްޓަން ބޭނުންނުވާކަމަށް ބުނެފައިވާތީ، އެފަރާތުގެ ބަޔާނުގައި އުނިކުރަންޖެހޭ މައުލޫމާތެއް ވާނަމަ އެބައި އުނިކުރުމަށްފަހު ދޫކުރުމަށް އިއުތިރާޒުނުކުރާކަމަށް ބުނެފައިވާކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
9އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފީ ޤަޟިއްޔާއެއްގެ ގޮތުގައި ބަލައިގަނެ ކުރިއަށްގެންދެވޭނެ ނިންމުމެއް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ދައުލަތުގެ އިޖުރާއީ އިއުތިރާޒު ބަލައިނުގަންނަން ނިންމައިފިނަމަ އިސްތިއުނާފުކޮށްފައިވާ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒާއި، އިސްތިއުނާފުކުރާ ފަރާތުގެ ރައްދު އަދި އެ ހުށަހެޅުމާގުޅިގެން ނިންމި
ނިންމުން
10ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަރުތީބުވެފައިވާ ގޮތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ފަދަ ނިންމުމެއްކަމަށް ނުދެކޭކަކަމަށްބުނެ ދައުލަތުން މި މައްސަލައިގައި އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައިވެއެވ. އެގޮތުން، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ނިންމާފައިވާ ނިންމުމެއްކަމަށެވެ. އެގޮތުން އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ ބައި (13 ވަނަ ބާބު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގައިކަމަށެވެ. އަދި މި މަރުޙަލާގައި ނިންމާ ނިންމުންތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ސާފު ނައްސުން އެނގޭ ގޮތުގައި އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫންކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު ޤަޟިއްޔާގެ 18 ވަނަ ނުކުތާއިން ފެށިގެން ހުރި ނުކުތާތަކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނިންމާ ކޮންމެ ނިންމުމެއް އިސްތިއުނާފުނުކުރެވޭނެ ކަން އެނގޭކަމަށެވެ. އަދި ހައިކޯޓުގެ އަޙްމަދު ސަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 3.5 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގައި އިސްތިއުނާފު ކުރެވިދާނެ ނިންމުންތަކުގެ ތެރޭގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުންތަކަކީ އިސްތިއުނާފުގެ ބޭނުމަށްޓަކައި އެ ޤާނޫނުގެ 117 ވަނަ މާއްދާގައިވާ ބާވަތުގެ ހުށަހެޅުންތައް ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
10.2. އިސްތިއުނާފުކުރެވޭ ނިންމުމަކީ ޝަރީޢަތުގައި އެއާމެދު ބަހުސްކޮށް ތައުނުކުރެވޭނެ ފުރުޞަތު އޮތް ނިންމުމެއްކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް ޤަޟިއްޔާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާގެ ތެރެއިންވެސް އިސްތިއުނާފަށް ހުށަހެޅޭނީ ޝަރީޢަތުގެ ތެރެއިން އެކަންކަމާމެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތައްކަން އެނގެން އޮންނަކަމަށެވެ. ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއިންވެސް މިކަމަށް ބާރުލިބިދޭ ކަމަށެވެ.
10.3. މި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރަކީ އިބްތިދާއީ މަރުޙަލާގައި ކޯޓުން ނެރެފައިފައިވާ އަމުރަކަށް ވީހިނދު އެ އަމުރު ތައުނު ކުރުމުގެ ފުޅާ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއިން ލިބިދީފައިވާކަމަށާ، އެ ޙައްޤު ދަށު ކޯޓުގައި އިސްތިއުނާފު ރައްދުވާފަރާތުން ބޭނުންކޮށް އެފަދަ ހުށަހެޅުން ހުށަހަޅާފައިވާކަމަށާއި، އޭގެ ރައްދުގައި މިހާރު ސިއްރު ހެކިވެރިޔާ ސިއްރު ހިފަހައްޓަން ބޭނުންނުވާކަމަށް ބުނެފައިވާތީ އޭނާގެ ބަޔާނުން އުނިކުރަންޖެހޭ މައުލޫމާތު އުނިކުރުމަށްފަހު އެ ލިޔުން ދޫކުރުމާމެދު އިއުތިރާޒްނެތްކަމަށް ބުނެ ދައުލަތުން ރައްދުދީފައިވާނެ ކަމަށެވެ. ވީމާ، މި މައްސަލައާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ދެކޭތީ، އެގޮތުގެ މަތިން މައްސަލަ ނިންމައިދިނުމަށް އެދޭކަމަށެވެ.
11މި އިއުތިރާޒުގެ ރައްދުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފަހަގަކޮށްފައިވެއެވެ.
11.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ކޯޓު އަމުރު އިސްތިއުނާފުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއަށް ބެލިނަމަވެސް، މި އަމުރު އިސްތިއުނާފުކުރުމުގެ ފުޅާ ފުރުސަތު އޮތްކަން އެނގެން އޮންނަކަމަށާއި، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްޤު ހަނި ނުކުރެވޭނެ ކަމަށެވެ.
11.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ރ) ގައި ކޯޓު އަމުރު މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު އިސްތިއުނާފުކުރެވޭ އަމުރަކީ އެފަދަ އަމުރެއްކަމަށެވެ. އެގޮތުން މި އަމުރަކީ ދައުލަތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކި ހާމަނުކުރުމަށް އަދި ވަކި މިންވަރަކަށް ހެކި ހާމަކުރުމަށް އެދި ކޯޓަށް ހުށަހެޅުމުން ކޯޓުން ނެރެފައިވާ އަމުރެއްކަމަށާ، ދައުލަތުން ހެކި ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިނުވާއިރު، މި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ށ) ގެ ދަށުން ނެރެފައިވާ ވަގުތީ އަމުރެއް ނޫންކަމަށާ، މިއީ އެ މާއްދާގެ (ނ)ގެ ދަށުން ނެރެފައިވާ ދާއިމީ އަމުރެއްކަމަށެވެ.
11.3. ދައުލަތުން ތަޠުބީޤުކުރުމަށް އެދިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު ޤަޟިއްޔާއަކީ މި މައްސަލައާ ވާޤިޢީގޮތުން ތަފާތު ޤަޟިއްޔާއަކަށް ވީހިނދު، އަދި ދައުލަތުން ހަވާލާދޭ ކަންކަމަކީ އެ މައްސަލައިގެ ރޭޝިއޯ ޑެސިޑެންޑައިއަށް ނުވާއިރު، ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މަތީ މަރުހަލާގެ ނިންމުންތައް ދަށު މަރުހަލާގެ ކޯޓުން ތަޠުބީޤުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލަށް ރިޢާޔަތްކުރާއިރު ދައުލަތުން ހަވާލާދޭ ޤަޟިއްޔާތައް މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެ ކަމަށެވެ.
11.4. ހެކި ހާމަނުކުރުމަށް ނިންމާފައިވާ އަމުރު އިސްތިއުނާފީ ކޯޓުން ބަލައި ގޮތް ނިންމާފައިވާކަމަށާއި އެގޮތުން ހައިކޯޓުގެ ނަންބަރު 2022/HC-B12/35 ޤަޟިއްޔާއަކީ އެފަދަ ނިންމުމެއް ކަމަށެވެ.
11.5. ދައުލަތުން ބުނެފައިވާފަދައިން ޝަރީޢަތުގެ ކުރިން ހުށަހަޅާ މަރުހަލާގައި އިސްތިއުނާފުކުރާ ފަރާތުން ހާމަކުރުމަށް އެދިފައިވަނީ ރައްކާތެރިކުރުމަށް އަމުރުކޮށްފައިވާ ހެކި ހާމަކުރުމަށް ނޫންކަމަށާ، ހެކި ހާމަނުކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް ދައުލަތުން އެދިފައިނުވާއިރު، އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިނުގަނެފި ނަމަ، އެ އަމުރު ބާޠިލްކުރާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. ވީމާ، ދައުލަތުން ހުށަހެޅި އިޖުރާއީ އިޢުތިރާޒަކީ ބަލައިގަނެވޭނެ އިޢުތިރާޒެއް ނޫން ކަމަށާ، އިސްތިއުނާފުގެ ޖަވާބަށް ރައްދު ދިނުމަށް ފުރުސަތު ދިނުމަށާއި، އިސްތިއުނާފީ މައްސަލަ ހައިކޯޓުން ކުރިއަށް ގެންގޮސް ފައިސަލާކޮށްދިނުމަށް އެދޭކަމަށެވެ.
12HN1މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައި އިޢުތިރާޒުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ހ) ގެ ސާފު ނައްސުން ފެންނާން އޮތީ "މި ޤާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ޤާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެއެވެ." މިފަދައިންނެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާއަށާއި، އެ ޤާނޫނުގެ 213 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރުމުން ދައުލަތުން ވަކާލާތު ކުރާފަދައިން ހުށަހެޅިފައިވާ ނިންމުމަކީ "ކޯޓު އަމުރު" ގެ ސިފަތު ނެތް ނިންމުމެއްކަމަށް ބެލެވެން ނެތެވެ.
13ވީމާ، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި، އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރަށް ނަޒަރުކުރުމުން، މި އިސްތިއުނާފަކީ މި ކޯޓުން ގޮތެއް ނިންމަންޖެހޭފަދަ އިސްތިއުނާފެއް ކަމަށް ދެކެމެވެ. އަދި ދައުލަތު އިއުތިރާޒް ބަލައިނުގަތުމަށް ކަނޑައަޅައިފީމެވެ.
ފަނޑިޔާރު ނިންމާ ނިންމުމުގައި ސަބަބު ބަޔާންކުރުން
14މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމެއްނެތި ކަމަށާއި، މި ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. އިސްތިއުނާފީ ދެން ހުރި ނުކުތާތަކަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މި ނުކުތާއަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.
15HN2އެހެނީ، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ. އަދި އިސްތިއުނާފެއްގައި އެ ނިންމުމެއް ތައުނުކުރުމަށް އަދި ތައުނުކުރެވޭ ޙާލަތުގައި އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ.
16HN3މި މައްސަލައިގައި ދެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވޭ ކޯޓު އަމުރު ނެރެފައިވަނީ ހަމަ ޙަޤީޤަތުގައިވެސް އެފަދަ އަމުރެއް ނެރެންޖެހޭ ފަދަ ޙާލަތެއް އޮވެގެންތޯއާއި، އެ އަމުރު ނެރެފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ކޮން ޙާލަތެއް އޮވެގެންކަން ވަޒަންކުރެވޭނީ ނިންމުމުގައި އެކަންކަން ބަޔާންކޮށްފައިވާނަމައެވެ.
17ހެކި ރައްކާތެރިކުރުމުގެ އަމުރެއްގައި ތަފްޞީލީ ގޮތެއްގައި ނިންމުން ނިންމާ ސަބަބު ބަޔާން ނުކުރި ނަމަވެސް، އަމުރު ނެރޭ ޤާނޫނީ ބިނާ އަމުރުން ފެންނާން އޮންނަންވާނެއެވެ. ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮން ސަބަބެއް މެދުވެރިވެގެންކަން އެންމެ ކުޑަމިނުން އަމުރުން އެނގެން އޮންނަންވާނެއެވެ.
18HN4އިސްތިއުނާފުކޮށްފައިވާ އަމުރަށް ބަލާއިރު، އެ އަމުރުގެ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމުގައި ސިއްރު ހެކިވެރިޔާ 1 ގެ ބަޔާން ރައްކާތެރިކުރުމަށް އަމުރުން ނެރެންޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވެއެވެ. އަދި އިސްތިއުނާފުކުރެވޭ އަމުރުގެ ނިންމުމުގައި ސިއްރު ހެކިވެރިޔާ 1 ގެ ބަޔާނާ ގުޅިގެން ހަމައެކަނި ބަޔާންކޮށްފައިވަނީ "...މި މައްސަލައިގައި ހެކި ރައްކާތެރި ކުރުމަށް ދައުލަތުން ހުށަހެޅި ފޯމުގެ ނަންބަރު 01 ގައި ބަޔާންކޮށްފައިވާ ސިއްރު ބަޔާން ދަޢުވާ ލިބޭ ފަރާތަށް ދޫނުކުރެވޭ ކަމަށް ކަނޑައަޅައި..." މިފަދައިންނެވެ. އިސްތިއުނާފުކުރެވޭ އަމުރުގައި ދަށު ކޯޓުގެ ފަނޑިޔާރު ވަޒަންކުރި އެއްވެސް ކަމެއް އަހުރެންނަށް ފެންނާކަށް ނެތެވެ. މިއީ ސައްޙަ އަމުރެއްކަން ކަށަވަރުކުރެވޭނެ އެއްވެސް އަސާސެއް ބަޔާންކޮށްފައި ނެތެވެ.
19HN5އިސްވެ ދިޔަ ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ދަށު ކޯޓުން ގޮތް ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތުމުން، ހަމައެކަނި ސަބަބު ބަޔާންކޮށްފައިނެތް ކަމުގެ މައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން ސިއްރު ހެކި 1 ދިވެހި ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން އިސްތިއުނާފުކުރާ ފަރާތަށް ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް މި ކޯޓުން އަމުރުކުރެވިދާނެ ކަމަށް ނުދެކެމެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން އަލުން ދަށު ކޯޓުގައި އެފަދަ އަމުރަކަށް އެދެފިނަމަ ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރުމާމެދު އަލުން ގޮތެއް ކަނޑައެޅިދާނެ ކަމުގައި ދެކެމެވެ.
ނިންމަން ފެންނަ ގޮތް
20އެހެންކަމުން، އިސްވެ ދިޔަ ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
21މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް ތާއިދުކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-B1/2024/02 ކޯޓު އަމުރަކީ ބާޠިލު އަމުރެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަސިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަސިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޢުބްދުލްމާނިޢު ޙުސައިން ފަނޑިޔާރު ފަނޑިޔާރު މުޙައްމަދު ފައިޞަލް (ރިޔާސަތު) ފަނޑިޔާރު ޙަސަން ޝަފީޢު
ފުޓްނޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 49/2023/S/1 ދަޢުވާ ހުށަހަޅާ ފޯމު.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ "ދަޢުވާ ލިބޭ ފަރާތަށް ފޮނުވޭ ލިޔެކިޔުންތައް".
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބުނެފައި. މި ރިޕޯޓުގައި އެ ޤާނޫނަށް ހަވާލާދީފައިވަނީ ޤާނޫނަށް ގެނެސްފައިވާ 5 ވަނަ އިސްލާހު ނުހިމެނޭ ގޮތުގެމަތިންނެވެ.
- ދރކކ ނަންބަރު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 9 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/60
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/85 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުން.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޝިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 198 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 213 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ (ދައުލަތުގެ ބަހުސް)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)، 42 ވަނަ މާއްދާ، 51 ވަނަ މާއްދާގެ (ބ)، 56 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާތަކުގައި)
- ސުޕްރީމް ކޯޓުގެ 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- ހައިކޯޓުގެ 2023/HC-B12/14,16 (ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އަދި ސަން އިންވެސްޓްމަންޓް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) (ދެފަރާތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2022/SC-A/42,43 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢަޒީމާ ޝަކޫރު) (ދައުލަތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2022/SC-A/85 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް) (ދައުލަތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) (ދައުލަތުން ހަވާލާދީފައި)
- ސުޕްރީމް ކޯޓުގެ 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް) (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
- ހައިކޯޓުގެ 2022/HC-B12/35 (އިސްތިއުނާފުކުރި ފަރާތުން ހަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.