ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/10

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަމާއި އެޑްރެސް ސިއްރުކުރެވިފަައި)

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2026/SC-L/31)ޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޭޕްރީލް 2026ދަށު ކޯޓު: - 509/2026/1ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
- 509/2026/1
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގި ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ފަރާތެއް، ނަފްސާނީ ބަލި ހާލަތަށް ރިޢާޔަތްކޮށް ބަންދުކުރި ހާލަތު ބަދަލުވި ކަމަށް ބަލައި ޝަރުތުތަކާއެކު ދޫކޮށްލި ބަންދު މުރާޖަޢާގެ ނިންމުން، ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއާއި ސަބަބު ބަޔާންކުރުމުގެ އުޞޫލާއި ބަލި ހާލަތަށް ބަލައި ބަންދުން ދޫކުރުމުގެ އުޞޫލުތަކާ އެއްގޮތް ހެއްޔެވެ؟

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ބަންދު މުރާޖަޢާގެ ނިންމުން ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހެއްކާބެހޭ ޤާނޫނުގެ 122 ވަނަ މާއްދާއަކީ ޚަބީރެއްގެ ރައުޔު ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ޙާލަތްތަކާއި ފުރިހަމަވާންޖެހޭ ސިފަތައް ބަޔާންކުރާ މާއްދާއެކެވެ، ޚަބީރު ކޯޓަށް ހާޒިރުކުރަންޖެހޭތޯ ބެލުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫނެވެ؛ އެހެންކަމުން ޚަބީރު ޝަރީޢަތަށް ހާޒިރުނުކޮށް ރިޕޯޓުގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ނިންމުމަކީ 122 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.

HN2 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިންސާފުވެރި ނިންމުމެއްކަން ކަށަވަރުކުރެވޭނީ ހެކި ވަޒަންކުރި ގޮތާއި ނިންމުމަށް ވާޞިލުވި ސަބަބުތައް ފަނޑިޔާރު ލިޔެ ބަޔާންކުރުމުންނެވެ؛ ބަލި ހާލަތުގެ ސަބަބުން މުޖުތަމަޢަށް ނުރައްކާވުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާ ކަމަށް ނިންމާނަމަ، އެ ނިންމުން ބިނާކުރި އަސާސް ބަޔާންކުރަން ޖެހޭނެއެވެ (2020/SC-A/100).

HN3 ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތަކާ ހަވާލާދީ ބަންދުކުރުމަށްފަހު ބަންދު މުރާޖަޢާކޮށް ދޫކޮށްލާނަމަ، ބަންދުކުރި ހާލަތު ބަދަލުވި ސަބަބުތައް ފަނޑިޔާރު ބަޔާންކުރަން ވާނެއެވެ؛ އަދި އެއީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ސަބަބުތަކަކަށް ވާން ޖެހޭނެއެވެ.

HN4 ބަންދުކުރި ހާލަތު ބަދަލު ނުވި ނަމަވެސް ބަލި ހާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރެވިދާނެ ނަމަވެސް، އެގޮތަށް ދޫކުރެވޭނީ ބައްޔަށް ފަރުވާ ނުދެވި ލަސްވެއްޖެނަމަ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުންނެވެ (2021/HC-A/25).

HN5 ބަންދުގައި ފަރުވާ ދިނުމުގައި އިހުމާލުވެފައި ނުވާ، އަދި ޚަބީރުގެ ރިޕޯޓުގައި ފުރާނައަށް ނުރައްކާވާ ބައްޔެއް ނުވަތަ އަވަސް ފަރުވާއެއް ދޭންޖެހޭ ޙާލަތެއް ބަޔާންކޮށްފައި ނުވާ ޙާލަތެއްގައި، ބަލި ހާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކުރަންޖެހޭ ޙާލަތެއް އޮތްކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އިސްމާޢީލް ޝަފީޢު، އިބްރާހީމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: އިބްރާހީމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު

މައްސަލައިގެ ތއާރަފަ

1މިއީ، ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 509/2026/1 "ބަންދު މުރާޖައާކޮށް ނިންމި ގޮތް" ނިންމާފައިވަނީ، ގާނޫނާ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ގަޒއްޔާއެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ (ނަމާއި އެޑްރެސް ސިއްރުކުރެވިފައި) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގައި ކަން ހިންގާފައިވާ ގޮތް

2އިސްތިއުނާފު ރައްދުވާ ފަރާތް، އިތުބާރުކުރެވޭ މަގާމެއްގައިހުރެ، 2 މޭ 2025 ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މީނާގެ 11 (އެގާރަ) އަހަރުގެ ދޮންދަރ މި މީހުން ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ، އެކުއްޖާ ލައިގެން ހުރި ސޯޓުގެ ފައިކުރި މައްޗަށް ހިއްލައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލިކަމަށް ތުހުމަތުކުރެވުނު މައްސަލައާ 3 2 ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 12 މެއި 2025 ދުވަހު ހައްޔަރުކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާ ހަވާލާދީ، އެ ގަނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް 30 (ތިރީސް) (އައި.ޑީ.ކާރޑް ނަންބަރު ސިއްރުކުރެވިފައި) ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025/18/AA-AAA (12 މެއި 2025) ކޯޓު އަމުރު ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޝަނުން ހުށަހެޅުމުން، އިސްތިއުނާފު ރައްދުވާ ފަރާތް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. އެއަށްފަހު، މި މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވެއެވެ.

3އިސްތިއުނާފު ރައްދުވާ ފަރާތުން އެންމެ ފަހުން ބަންދުކުރުމަށް ނެރެފައިވާ އަމުރުގެ މުއްދަތު ހަމަވާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، އެ މުއްދަތު ހަމަވުމުގެ ކުރިން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 30 ވަނަ މާއްދާއާއި، އެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް 17 ޖޫން 2025 ދުވަހު އެދުމުން، ބުނެވުނު ގާނޫނުގެ 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް 17 ޖޫން 2025 ދުވަހު އިސްތިއުނާފު ރައްދު ވ ފަރާތާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރކު ށްފައިވެއެވެ.

4މި މައްސަލައާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު HDB/A07C/2025/4-196 ސިޓީ (13 މޭ 2025) ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/2025/ AA-AAA (13 މޭ 2025) ކޯޓު އަމުރު ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/2025/AA-AAA (28 މެއި 2025) ކޯޓު އަމުރުން 10 (ދިހައެއް) ދުވަސް، ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 36/2025/AA-AAA (07 ޖޫން 2025) ކޯޓު އަމުރުން 10 (ދިހައެއް) ދުވަސް، ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 36/2025/AA-AAA (07 ޖޫން 2025) ކޯޓު އަމުރުން 10 (ދިހައެއް) ދުވަސް ތިލަދުންމަތީ އުތުރުބުރީ އއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025/145/AAA (17 ޖޫން 2025) ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމު ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2025/AA-AAA (17 ޖޫން 2025) ކޯޓު އަމުރު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ، 25 ޖޫން 2025 ދުވަހު ދަށު ކޯޓަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 31/A7C/2025 ޤަޟިއްޔާއިންނެވެ. ބުނެވުނު ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ވުމާއެކު، އޭނާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުށްވެރިވާކަނ ނުވަތް ކުށްވެރި ނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި، ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވާ ފަރާތެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް އޭނާގެ މެޑިކަލް އެގްޒެމިނޭޝަންއެއި ހަދައި ދިނުމުގެ އަމުރަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މެޑިކަލް އެގްޒަމިނޭޝަންއެއް ހެދުމަށް 22 ސެޕްޓެމްބަރ 2025 ގައި ދަށުކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. އަދި މި ރިޕޯޓް ހެދުމަށްފަހު އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވެއެވެ.

5އޭގެ ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 31 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ހެއްކަށް ނުފޫޒު ނުފޯރުވުމަށް ޝަރުތުކުރުމާއެކު، އަދި ބުނެވުނު ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަ ށ އަމުރް ނެރެފައިވާ ހާލަތު މިހާރު ބަދަލުވެފައިވާކަމަށް ބަޔާންކޮށް، ނަފްސާނީ ބަލީގެ ފަރުވާ ލިބިގަތުމަށްޓަކައި، ބަންދުން ދޫކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދައުވާ ހުށަހަޅާ ފޯމު (25 ޖޫން 2025) ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025/01/AAA/AAA ކޯޓު އަމުރު އިންސްޓިޓިއުޓް ފޯ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ (އައި.ސީ.ޕީ) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު ICP/RPT/2026/056 ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް. މި އެސެސްމަންޓް ހަދާފައިވަނީ 1 ޑިސެންބަރު 2025 އިން 25 ޖަނަވަރީ 2026 މި މުއްދަތު ތެރޭގައެވެ. އަމުރުކޮށްދިނުމަށް 26 ފެބްރުއަރީ 2026 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުމުން، ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 42/2025/AA-AAA (17 ޖޫން 2025) ކޯޓު އަމުރުގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ހާލަތަށް ބަދަލު އައިސްފައިވާކަމަށް ބެލެވޭތީ، އެ އަމުރު އެ ގޮތުގައި އިތުރަށް ދެމެހެއްޓުމުގެ ބޭނުމެއް ނެތްކަމަށް ފެންނަކަމށަ ބަޔާންކޮށް، އެ އަމުރު ބާޠިލްކޮށް، އެ ކޯޓުން ޝަރުތުތކަކާއެކ އިސްތިއުނާފު ރައްދުވު ފަރާތާ ބަންދުން ދޫކޮށްލާފައިވެއެވެ.

6އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލި ދޫކޮށްލުމަކީ ގާނޫނާ އެއްގޮތަށް ކުރިކަމެއް ނޫންކަމަށް ބުނެ، ޕްރޮސިކިއުޝަނުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އިސްތިއުނާފ ނުކުތތައާ

7ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 509/2026/1 "ބަންދު މުރާޖައާކޮށް ނިންމި ގޮތް" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުން 3 (ތިނެއ) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛

1.8- ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ހުރި ގޮތުން އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ފޯރުވުމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ނުރައްކާ ކުޑަވެފައިވަނީ އެފަދަ ކަންކަމަށް ސަމާލުކަން ނުދެވޭ ނުވަތަ އެފަދަ ކަމެއް ކުރުމަށް ނުކުޅެދޭ ހާލަތެއްގައިތޯ، އެއީ ކަމުގެ ބާވަތުން ޚަބީރެއްގެ ރައުޔު ހޯދައިގެން މެނުވީ ގޮތެއް ނިންމޭނެކަމެއް ކަމުގައި ނުވާއިރު، ޚަބީރެއްގެ ރައުޔު ހޯދުމަކާނުލައި އެ ނިންމުން ނިންމނެކަމެއ ކަމުގައް ނުވާއިރު، ތިލަދުންމަތީ އިތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 509/2026/37 (26 ފެބްރުއަރީ 2026) ކޯޓު އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހަބީރެއްގެ ރައުޔު ހޯދުމަކާ ނުލައި އެ ނިންމުން ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާގައި ތަސައްވަރުކޮށްދޭ ހެއްކާގުޅޭ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.8- ދެވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހަލަތު ހުރިގޮތުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފޯރުވުމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމަށް ނުރައްކާ ކުޑަވެފައިވަނީ އެފަދަ ކަންކަމަށް ސަމާލުކަން ދެވޭ ވަރަށްވުރެ އޭނާގެ ބަލި ހާލަތު ގޯސްކަމުންކަމަށް ދަށު ކޯޓުން ނިންމި އަސާސެއް ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާތީ، މި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަހްމަދު އިސްމާއީލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާގައި ބަޔާންކުރާ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ އުސޫލާ ހިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.8- ތިންވަނަ ނުކުތާއަކީ: ދަށު ކޯޓުގެ ބަންދު މުރާޖައާކޮށ ނިންމް ގޮތއާ އިސްތިއުނާފި ރައްދުވާ ފަރާތުގެ މައްޗަށް ޝަރުތުކޮށް ބަންދުން ދޫކުރުމަށް ނިންމާފައިވާ ނިންމުމަކީ، ބަލި ހާލަތާ ގުޅިގެން މީހުން ބަންދުން ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ މަތީ މަރުހަލާގެ ނިންމުންތަކުގައި ހުރި އުސޫލުތަކަށް ރިއާޔަތްކުރުމެއްނެތި، ބަންދުކުރި ހާލަތަށް ބަދަލެއް އައިސފައް ނުވަނީސް ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޙިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި ހާލަތު ބަދަލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ދިވރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފަށްކަމަށް ކަނޑައަޅާދެއްވައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިހްތިމާލު އޮތްކަމަށް ކަނޑައަޅައިދެއްވައި، ތިލަދުންމަތީ އުތުރުބުރީ އއއއއ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 509/2026/1 "ބަންދު މުރާޖައާކޮށ ނިންމް ގޮތް" ބާޠިލްކަމަށް ކަނޑައަޅާދެއްވައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލާގައި ހައިކޯޓުން ހުކުމްކުރާ ތާރީޚުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް އަންގައިދެއްވުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތގު ޖަވާބު

9އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދު މުރާޖައާކޮށ ބަންދުން ދޫކުރުމަށް ނިންމާފައިވަން އޭނާގެ ބަލި ހާލަތަށް ރިއާޔަތްކުރުމަށްފަހު އޭނާ ބަންދުކުރިއިރު ހުރި ހާލަތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ. އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައިކޮލަޖިކަލ އެސެސްމެންޓް ރިޕޯޓުގެ ނަތީޖާއަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް އިތުރަށް ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ ބަލި ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްލަހަތާއި މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު އެ ނިންމެވުން ފަނޑިޔާރު ނިންމަވާފައިވަނީ ރަނގަޅަށްކަމަށް ބަޔާންކޮށްފައިވެއެވެ.

10މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަކުރުމަށްޓަކައި ފަނޑިޔާރު ހަރުކަށި ޝަރުތަކެއް ކަނޑައެޅުމަށްފަހު ބަންދުން ދޫކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްފައިވެއެވެ.

11އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި، މައްސަލަ ނިންމަވައިދެއްވުމަށެވެ.

ޝރަ އީ ތަށް ފާހަގަކުރެވުނު ކަންތައްތައް

12ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފ ރައްދުވު ފަރާތުގާ ބަންދު މުރާޖައކޮށް ބަންދުނާ ދޫކުރުމަށް ނިންމާފައިވަނީ ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާ ތަސައްވަރުކޮށްފައިވ އުސޫލާ ޚިލާފަށް ކަމަށެވެ. މިފަދައިން ދައުލަތުން ފާހަގަކުރާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތު ގެ ނަފްސާނީ ބަލިހާލަތ ހުރު ގޮތުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފޯރުވުމަށާއި ހެއްކަށް ނުފޫޒު ފޯރުވމު ގ އިހުތިމާލު ކުޑަވެފައިވާކަމަށް ބަންދުން ދޫކުރުމަށް ނިންމި ނިންމުމުގައި ބަޔާންކޮށްފައިވާތީ، ދަށު ކޯޓުގެ ފަނޑިޔާރު އެ ގޮތަށް ބަޔާންކޮށް ގޮތެއް ނިންމެވިއިރު، ޚަބީރެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތު ގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރެއްވި ސައިކޮލޮޖިސްޓް އެފަދައިން ބަޔާންކޮށްފައި ނުވާއިރު، ފަނޑިޔާރު އެގޮތަށް ބަޔާންކޮށް އެ ނިންމުމަށް ވާސިލުވުމުގައި ޚަބރެއްގީ ރައުޔު އެކަމާ ގުޅިގެން ހޯދާފައި ނުވާތީއެވެ. ރިޕޯޓު ތައްޔާރުކުރެއްވި ޚަބީރު ޝަރީއަތަށް ހާޒިރުކޮށް އެކަމާ ގުޅިގެން ޚަބީރުގެ ބަހެއް ހޯދުމަކާ ނުލައި، ފަނޑިޔާރު އެ ނިންމުމަށް ވާސިލުވެފައިވާތީ، ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާ ތަސައްވަރުކޮށްފައިވާ އުސ ލ ޚިލާފަށާ ފަނޑިޔާރް އަމަލުކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

13HN1މ ނުކުތާގައި ދައުލަތުން ބަޔާންކުރާ ބައެއް ކަންކަން އަހުރެންނަށް ބަލައިގަނެވެއެވެ. އެހެން ނަމަވެސް، އެއީ ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާއާ ޚިލާފަށް ނުވަތަ އެ މާއްދާ ތަސައްވަރުކުރ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އަހުރެންނަށް ގަބޫލެއް ނުކުރެވެއެވެ.

14ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާ އަކީ ޚަބީރެއްގެ ރައުޔު ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވިދާނެކަމާއި ޚަބީރެއްގެ ރައުޔު ކޯޓަށް ބަލައިގަނެވޭނެ ހާލަތްތައް ބަޔާންކުރާ މާއްދާއެވެ. މި މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ހާލަތު ވަޒަންކުރުމަށް ޚަބީރެއްގެ ރައުޔު ހޯދާފައިވެއެވެ. އެއީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ހާލަތު ހުރި ގޮތް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓެވެ. މި ރިޕޯޓުގައި ޚަބީރުގެ ރައުޔު ތަފްސީލީ ގޮތެއްގައި ހާމަކޮށްފައި އެބައޮތެވެ. ދައުލަތުގެ ބަހުސަކީ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތަށް ހާޒިރުކޮށް އޭނާގެ ބަހެއް ހޯދައިގެން މެނުވީ ފަނޑިޔާރު ނެރުއްވާފައިވާ ނަތީޖާއަށް ވާސިލުވެވޭނެކަމަށް ނުދެކޭތީއާއި، ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޒިރުކޮށް އެކަންކަން ސާފުކޮށްފައި ނުވާތީ، އެ ނިންމުމަށް ފަނޑިޔާރު ވާސިލުވުމުގައި ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށެވެ. ޚަބީރެއްގެ ރައުޔު ރިޕޯޓެއްގެ ގޮތުގައި ހާމަކޮށްފައިވާއިރު، އެ ރިޕޯޓާ ގުޅިގެން ފަނޑިޔާރު އިތުރަށް ކަމެއް ސާފުކުރަންޖެހޭކަމަށް ދެކި އެފަދައިން އަމަލުކޮށްފައި ނުވާތީ، އެ ފަދައިން ނިންމާ ނިންމުމަކީ ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބަޔާންކުރުމަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާއަށް އިޖުމާލީ ގޮތެއްގައި ބެލި ނަމަވެސް އެކަން ސާފުކޮށް ފެންނާން އެބައޮތެވެ. މި މާއްދާގައި ބަޔާނކޮށްފައިވަނީ ޚަބީރެއްގް ރައުޔު ބަލައިގަތުމުގައި ރިއާޔަތްކުރަންޖެހޭ ހާލަތްތަކެވެ. އަދި، ޚަބީރެއްގެ ރައުޔު ހެއްކެއްގެ ގޮތުގައި ބަލައިގަތުމުގައި ފުރިހަމަވާންޖެހޭ ސިފަތަކުގެ ވާހަކައެވެ. މި މާއްދާއަކީ، ޚަބީރެއ ކޯޓަށް ހާޒިރުކުރަންޖެހޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ފަނޑިޔާރު އަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫނެވެ. އެހެންކަމުން، ޚަބީރުގެ ކިބައިން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ޝަރީއަތަށް ހާޒިރުކުރުމަކާ ނުލައި، ރިޕޯޓުގައި ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ފަނޑިޔާރުގެ ނިންމުމަށް ވާސިލުވުމުގައި އަމަލުކޮށްފައިވަނީ ހެއްކާބެހޭ ގާނޫނު ގެ 122 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައެޅިދާނެކަމަށް މި ހާލަތުގައި އަހުރެންނަށް ގަބޫލެއް ނުކުރެވެއެވެ.

15HN2އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ދެވަނަ ނުކުތާގައި ދައުލަތުން ފާހަގަކުރާ ބަހުސްގައި ގުޅުމެއް ހުރިކަން ފާހަގަކުރެވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ހުރި ގޮތުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފޯރުވުމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް އިހުތިމާލު ކުޑވެފައިވަނަ އެފަދަ ކަންކަމަށް ސަމާލުކަން ދެވޭ ވަރަށްވުރެ އޭނާގެ ބަލި ހާލަތު ގޯސްކަމުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މި ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކޮށްފައި ނުވާތީ، ފަނޑިޔާރުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފު ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގެ 33 ވަނަ ނުކުތާގައި ބަޔާންކުރާ ގޮތުގައި، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ އިންސާފުވެރި ނިންމުމެއްކަން ކަށަވަރުކުރެވޭނީ، ހެކި ވަޒަންކުރި ގޮތާއި، ނިންމުމަށް ވާސިލުވި ސަބަބުތައް ފަނޑިޔާރު ލިޔެ، ބަޔާންކުރުމުންނެވެ.

16އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ހުރި ގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރުމަށާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މިފަދައިން ފަނޑިޔާރު ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން ބަންދުން ދޫކުރުމަށް ނިންމި ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ވަޒަންކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގައި ވެސް އެފަދަ ކަމެއް ނުވަތަ އެކަމާ ގުޅުންހުރި ސަބަބުތަކެއް ވެސް ބަޔާންކޮށްފައެއް ނުވެއެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައ ވެސި އަދި ޚަބީރެއްގެ ރައުޔެއްގައ ވެސި އެފަދް އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާއިރު، އެ ހާލަތު ބަދަލުވި ގޮތް ފަނޑިޔާރު ނިންމަވާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އެ ފަދައިން ފަނޑިޔާރު ދެކިވަޑައިގަންނަވާނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ހަވާލާދީ ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ގޮތުގެ ސަބަބުތައް ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

17HN3ތިންވަނަ އިސްތިއުނާފަ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މިފަދަ މައްސަލަތަކުގައި ބަންދުން ދޫކުރުމުގައި އަމަލުކުރަންޖެހޭކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ޝަރީއަތް ނ މެންދެނ ބަންދުކުރުމަށް ނިންމް އަމުރުގައި ބަންދުކުރުމަށް ނިންމި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނާތީއާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީއވެ. ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ތިން ހާލަތުގެ ތެރެއިން ހާލަތެއް ނުވަތަ ހާލަތްތަކަކާ ހަވާލާދީ މީހަކު ބަންދުކުރުމަށް ނިންމުމަށްފަހު، އޭގެ ފަހުން އޭނާގެ ބަންދު މުރާޖައާކޮށް ބަންދުން ދޫކޮށްލަން ނިންމާ ހާލަތެއްގައި ބަންދުކުރުމަށް ނިންމި ހާލަތު ބަދަލުވި ސަބަބުތައް ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. އަދި އެ ހާލަތަކީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ކަމުގައި ވާންޖެހޭނެކަމުގައި އަހުރެން ދެކެމެވެ.

18އިސްތިއުނާފ ރައްދުވު ފަރާތް ބަންދުން ދޫކުރުމަށް ނިންމި ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ހުރި ގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާކުރުމަށާއި ހެކިންނަށް ނުފޫޒު ފޯރުވުމަށް އޮތް އިހުތިމާލު ކުޑަވެފައިވާކަމަށ ފަނޑިޔާރް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، ފަނޑިޔާރު އެ ނިންމުމަށް ވާސިލުވެފައިވަނީ ކިހިނެއްކަން ކޮން ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްކަން މ ނިންމުމުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ތެދެކެވެ. ހާލަތު ބަދަލުވި ސަބަބެއް ފަނޑިޔާރު ބަޔާންކޮށްފައި އެބައޮތެވެ. އެހެން ނަމަވެސް، އެ ނިންމުމަށް ވާސިލުވި ސަބަ ބެއ ނުވަތް ވިސްނުމެއް މި ނިންމުމުން އެނގެން ނެތުމުން އެ ނިންމުމަށް ވާސިލުވެފައިވަނީ ނުވަތަ އެ ނިންމުން ފަނޑިޔާރު ނިންމާފައިވަނީ ކޮން ސަބަބުތަކެއް މައްޗަށްކަން އެނގެ ނ ނެތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ނިންމުމުގައި ހާލަތު ބަދަލުވެފައިވާކަމަށް ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ އެކަށީގެންވާ ސަބަބުތަކެއގް މައްޗަށް ބިނާކޮށް ނޫން ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

19HN4ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ތިން ހާލަތުގެ ތެރެއިން ހާލަތެއް ނުވަތަ ހާލަތްތަކަކާ ހަވާލާދީ މީހަކު ބަންދުކުރުމަށް ނިންމުމަށްފަހު ވެސް، އަދި އެ ހާލަތު ބަދަލު ނުވި ނަމަވެސް، އެ މީހެއްގެ ބަލިހާލަތަށ ރިއާޔަތްކޮށް ބަންދުން ދޫކުރެވިދާނެކމަށް ދިވެހިރާއްޖޭގެ ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ވިސާމް ގަޒިއްޔާގައި ކަނޑައަޅުއްވާފައި ވެއެވެ. ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކުރެވޭނީ، އެ މީހެއްގެ ބައްޔަށް ފަރުވާ ނުދެވި ލަސްވެއްޖެ ހާލަތެއްގައި އޭނާގެ ސިއްހަތަށ ބޮޑް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުމުންކަމަށް މި ގަޒިއްޔާގައި ބަޔާންކޮށްފައި ވެއެވެ. އިސްތއުނާފި ރައްދުވު ފަރާތި ބަންދުން ދޫކުރުމަށް ނިންމުމުގައި ފަނޑިޔާރު މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ އޭނާގެ ނަފްސާނީ ބަލި ހާލަތު ގޯސްވެފައިވާކަމަށް ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގައި އެ ފަދައިން ބަޔާންކޮށްފައިވާތީއެވެ.

20HN5ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ވިސާމް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މި މައްސަލައަށް ތަތުބީގުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރަންޖެހޭ ފަދަ ސަބަބުތަކެއް ދަށު ކޯޓުގެ ނިންމުމުގައި ހިމާނާފައި ނުވާކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ވިސާމް ގަޒިއްޔާގައި ބަޔާންކުރާ ގޮތުގައި ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކުރެވޭނީ އެ މީހެއްގެ ބައްޔަށް ފަރުވާ ނުދެވި ލަސްވެއްޖެ ހާލަތެއްގައި އޭނާގެ ސިއްހަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ގަބޫލުކުރެވޭ ސބަބުތަކެއަ ހުރުމުން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ހުއްޓާ އޭނާއަށް ދޭންޖެހޭ ފަރުވާއެއް ދިނުމުގައި އިހުމާލު ވެފައިވާކަން ނުވަތަ ލަސްވެފައިވާކަން އެނގޭކަށް ނެތެވެ. އަދި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ފަރުވާއާމެދު އިހުމާލު ވެފައިވާކަމަށް ބޔާންކޮށަ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކޮށްފައި ހުރި މަރުކަޒުގައި ޝަކުވާއެއްކޮށްފައިވާކަނ އެނގޭކަށް ނެތެވެ.

21ދެވަނަކަމަކަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަފްސާނީ ބަލި ހާލަތު ވަޒަންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގައި އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ހުރިކަން ނުވަތަ އެފަދަ އަވަސް ފަރުވާއެއް ދޭންޖެހޭ ފަދަ ހާލަތެއް ހުރިކަމަށް ބަޔާންކޮށްފައި ނުވާއިރު، އެ ފަދަ ހާލަތެއް މެދުވެރި ނުވަނީސް، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ވިސާމް ގަޒިއްޔާގެ ނިންމުމާ ހަވާލާދީ ބަލިހާލަތަށ ރިއާޔަތްކޮށް ބަންދުން ދޫކުރަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް އަހުރެންނަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން، ބަލިހާލަތަށް ރިއާޔަތްކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ނިންމެވުމުގައި އެފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭކަމަށް ބަޔާންކުރާ އުސޫލުތައް ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.

ނިންމަން ފެންނަ ގތޮ

22އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އަހުރެންނަށް ފެންނަނީ، އިސްތިއުނާފު ކޮށްފައިވާ "ބަންދު މުރާޖައާކޮށ ނިންމް ގޮތް" ބާތިލުކަމުގައި ކަނޑައަޅާށެވެ.

ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު

23މި މައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް ތާއިދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔް

24މި މައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް ތާއިދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ