ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ސާޖިދު އަޙްމަދި
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު 674/2026/1
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާއެއްގައި، ދަޢުވާ ފޯމުގެ ހެކި ލިސްޓުގައި ތައްޔާރުކުރަމުންދާ ރިޕޯޓެއްގެ ގޮތުގައި ބަޔާންކޮށް، ޝަރީޢަތް ފެށުމަށްފަހު ކޯޓުން ދިން މުއްދަތުގައި ހުށަހެޅި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ބަލައިނުގަތުމަށް ދަށުކޯޓުން ނިންމި ނިންމުން ރަނގަޅުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލު (ފިންގަރޕްރިންޓް ރިޕޯޓު ބަލައިނުގަތުމަށް ނިންމި ނިންމުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް މާއްދީ ހެއްކެއްނަމަ އޭގެ ތަފްޞީލު ދަޢުވާ ފޯމާއެކު ހުށަހެޅުމުން އެ މާއްދާއާ އެއްގޮތަށް ޢަމަލުކުރެވިއްޖެއެވެ. ތައްޔާރުކުރެވެމުންދާ ރިޕޯޓުތަކުގައިވާ އެއްޗެއް (ކޮންޓެންޓް) ހާމަކުރުން ލާޒިމުވާ ގޮތަށް ހެކި ހާމަކުރުން މާނަކުރުމަކީ ނަތީޖާ ނިކުންނާނެ މާނަކުރުމެއް ނޫނެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) އިން ހެކި ހާމަކުރަންޖެހޭ މުއްދަތު ދުރާލައި ކަނޑައެޅުމުގެ ޒިންމާ ކޯޓާ މަތިކޮށްފައިވާއިރު، 83 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހެކި ހުށަހެޅުމަށްވެސް ކޯޓުން މުއްދަތެއް ކަނޑައަޅަންވާނެއެވެ؛ ނުވަތަ އެންމެ ކުޑަމިނުން އެ ހެއްކާ ގުޅޭ މުއްދަތެއް ފަހުން ކަނޑައަޅާނެކަން އަންގަންވާނެއެވެ. މިއީ ކޯޓުގެ އިޚްތިޔާރަށް ދޫކޮށްފައިވާ ކަމެއް ނޫނެވެ.
HN3 136 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދުރާލައި ދިން ފުރުޞަތުގައި ހެކި ހާމަނުކުރިނަމަވެސް އިތުރު ފުރުޞަތު ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ކޯޓުން ދިން މުއްދަތުގެ ތެރޭގައި ހުށަހެޅި ހެކި (136 (ހ) ގެ ދަށުން) ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ؛ އަދި މިފަދަ ހެއްކަކީ ކުރިން ހާމަނުކުރާ 'އިތުރު ހެއްކެއް' ގޮތުގައި ބެލޭނެ ހެއްކެއް ނޫނެވެ.
HN4 ހެކިންނާ ސުވާލުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ދަށުން ކޮންމެ ތުހުމަތުކުރެވޭ މީހަކަށް ލިބިގެންވާ ޙައްޤެކެވެ. ރިޕޯޓެއް ހުށަހަޅަން ފުރުޞަތު ދެވެނީ އެއާ ގުޅޭ ހެކިންގެ ހެކިބަސް ނެގުމަށްފަހު ނަމަ، އެ ހެކިން ދެވަނަ ފަހަރަށް ޝަރީޢަތަށް ޙާޟިރުކޮށްގެން ނަމަވެސް ސުވާލުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ؛ އެގޮތަށް ޢަމަލުކުރާނަމަ ބޭއިންޞާފެއް ނުވާނެއެވެ.
HN5 ހެކި ބަލައިގަތުމަށްފަހުވެސް ހެކީގެ އިތުބާރާއި ޢަދުވެރިކަމާއި މަޞްލަޙަތު ފުށުއެރުމާއި ޢަދާވާތްތެރިކަމެއް އޮތްނަމަ، ހެކިންގެ ހެކިބަސް ޠަޢުނުކުރުމުގެ ފުރުޞަތު ޝަރީޢަތުގެ މަރުޙަލާގައި އޮންނާނެއެވެ.
HN6 (ފަނޑިޔާރު އިސްމާޢީލް ޝަފީޢު) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރިން ހެކި ގަބޫލުނުކުރެވޭނެކަމަށް ހުށަހަޅާ ހުށަހެޅުމަކީ ހެކީގެ ޞައްޙަކަމާމެދު ބަހުސްކުރާ ހުށަހެޅުމެއް ނޫނެވެ؛ ހެކީގެ ތަފްޞީލަށް ފީނައި ހެކިވަޒަންކޮށްގެން މެނުވީ ނުނެރެވޭނެ ނަތީޖާއަކަށް އެދޭނަމަ، އެއީ އެ މަރުޙަލާގައި ހެކި ބަލައިނުގަތުމަށް ނިންމިދާނެ ސަބަބެއް ނޫނެވެ. ދައުލަތުން ރިޕޯޓެއް ލަސްކޮށް ހުށަހެޅުމުގެ ނަތީޖާއެއްގެ ގޮތުން ތުހުމަތުކުރެވޭ ފަރާތުގެ ސުވާލުކުރުމުގެ ޙައްޤު ހަނިވާގޮތަށް އިޖުރާއަތު މާނަކުރުމަކީ އިންޞާފުވެރި މާނަކުރުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އިބްރާހީމް މާހިރު، ޢަބްދުއްރަޢޫފު އިބްރާހީމް، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- އިސްމާޢީލް ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އިބްރާހީމް މާހިރގު ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު (މީގެ ފަހުން "ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު" ނުވަތަ "ދަށު ކޯޓު") ގެ ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމު ނިންމުން" (މީގެ ފަހުން "ދަށު ކޯޓުގު ނިންމުން") ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނ ނ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ގދ.ތިނަދޫ / ދަފްތަރު ނަންބަރު47، މުޙައްމަދު ސާޖިދު އަޙްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […]) މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ " މުޙައްމަދު ސާޖިދު އަޙްމަދު") ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
3އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ޤާނ ނ ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާއި، 137 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްރުމުގެ ދައުވާ، ދައުލަތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު ގައި އުފުލާފައިވެއެވެ. ދައުލަތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި "ދަޢުވާފޯމު"
4މި ދަޢުވާ ބަލަމުން ގެންދަނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 182/Q10C/2025 ޤަޟިއްޔާއިންނެވެ.
5މި ދައުވާ ކުރިއަށް ދަނިކޮށް މުޙައްމަދު ސާޖިދު އަޙްމަދުގެ ފަރާތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ . އެގޮތުން ހުށަހެޅި ހުށަހެޅުމަކީ ދައުލަތުން މުޙައްމަދު ސާޖިދު އަޙްމަދުގެ މައްޗަށް ޤާނ ނ ނަންބަރު 2026/12 (ޖިނާއި އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ އަދި 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ފިންގަރ ޕްރިންޓް އެނަލިސިސް ރިޕޯޓު ޝަރީޢަތަށް ބަލައިގަނެވެންނެތ ރިޕޯޓެއް ކަމުގައް ކަނޑައަޅުއްވާ ދެއްވުމަށް އެދި މުޙައްމަދު ސާޖިދު އަޙްމަދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމެކެވެ. އެގޮތުން އިސްތިއުނާފު ކުރެވިފައިމިވަނީ އެ ހުށަހެޅުމާމެދު ނިންމި ނިންމުމެވެ.
6އެ ހުށަހެޅުމާ ގުޅިގެން ދަށު ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "..13 ޕްރޮސެކިއުޝަނުން މި ހުށަހެޅުމަކީ ހުށަނޭއެޅޭނެ ހުށަހެޅުމެއްކަށ ބުން ދިފާޢުކޮށްފައިވާތި ފުރަތަމަ މިކަމަށް ގޮތެއް ނިންމަންޖެހޭކަމަށް ދެކެމެވެ. މި މޭރުމުން ބަލާއިރު ދިފާޢުން މިނުކުތާއަށް މުޠުލަޤު ޖަވާބެއް ދިންކަން ފާހަނގަވެ އަޅުގަނޑު ސަމާލުކަމަށް އައިސްފައިނުވާކަން ފާހަގނގަކުރަމެވެ. ހަމަ މި ގޮތަށް މުއްތަހަމުގެ ފަރާތުން ހުށަހަލާފައިވާ ނުކުތާތަކަށް ޕްރޮސިކިއުޝަނުން މުތުލަޤު ޖަވާބެއް ދީފައިނުވާކަން އަޅުގަނޑު ސަމާލުކަމަށް އައިސްފައިވެއެވެ. ވީމާ ފާހަގަކުރި ކަންކަމުގެ އަލީގައި އަންނަނިވި ކަންކަން ކަނޑައަޅައި ނިންމީމެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމު ނިންމުން" ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމު 14 ހެކި ހާމަކުރިކަން ޕެރ 7 އިން 10 އަކަށް ފާހަގަކުރި ކަންކަމުން އެގެން އޮތް ވަގުތަށް ބަލާއިރު އިސްވެ ޕެރ 4 އިން 6 އަކަށް ފާހަގަކޮށްފައިވާ ނުކުތާތަކުން ޖިނާއީ އިޖުރާއަތު ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ) ގެ މަންޠޫޤާއި ޞިޔާޤުންނާއި، އަދި 145 ވަނަ މާއްދާގެ (ރ) އިން މި ހުށަހެޅުމަކީ ހުށަހަޅާފައިވާ ވަގުތާއި މަހައްލުގައި ހުށަހެޅިދާނެ ހުށަހެޅުމެއްކަމަށް ކަނޑައަޅަމެވެ.
15ދައުވާ ފޯމުގައި " ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރު ކުރަމުންގެންދާ ފިންގަރ ޕްރިންޓް ކޮންޕެރިޝަން ރިޕޯޓު" މިގޮތަށް ބަޔާންކުރުމަކީ ހެކި ހާމަކުރުންކަމަށް ނުބެލޭވޭނެ ކަމަށާއި، ނަމަވެސް ނޯޓިސް ދިނުމެއްކަމަށް ބެލެވިދާނެކަމަށް ކަނޑައަޅަމެވެ.
16މި ހެއްކަކީ ފަހުން ހާމަވިހެއްކެއ ނޫންކަން ހުށަހަޅާފައިވް ސީނާ އޮފް ކުރައިމ އޮފިސަރސް ރިޕޯޓުގެ ޖަދުވަލް 1 ގައިވާ ފޮޓޯތަކުގެ ތެރެއިން ޞަފްހާ ނަންބަރު 36 ގެ ފުރަތަމަ ފޮޓޯއިނ އެނގެން އޮންނާތީއާއި، މިހެއްކާގުޅޭ ޗެއިން އޮފް ކަސްޓަޑީ އާއި މިތަކެތި ހާމަކުރުމުގެ ކުރިން އެގްޒާމ ކުރެވުނު ހެކިންނާ ސުވާލުކުރުމުގައި މިކަމާ ގުޅިގެން ސުވާލުކުރުމުގެ ފުރުސަތު ގެއްލިފައިވުމަކީ އާންމު އިންސާނެއްގެ ބުއްދީގެ ހަމައިންވިސްނާއިރު މެދުވެރިވެފައިވާ ހާލަތެއްކަން އެގެން އޮތުމުން މިހާލަތުގައި މި މެހި ބަލައިގަތުމަކީ މުއްތަހަމަމާމެދު ޕުރިޖުޑައިޒު/ބޭއިންސާފެއް އުފެދުމުގެ ޖާގަތެއްއޮތްކަމެއްކަން މަންޠީޤީ ހަމައިން އެނގެން އޮންނާތީއާއި، އެ ކޮތަޅުގައި ހުރި މާއްދީހެއްކެއް ނަމަ މި ހެއްކަކީ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ އަތްމަތީގައ ހުރި ހެއްކެއްކަމާއި، ފުލުހުން މި މާއްދީ ހެކި ހުށަހެޅުން ސުވާލުއުފެދޭ މިންވަރަށްލަސްކުރި ކުރުމަކީ ޝަރީޢަތް ފެށުމަށްފަހު ހާމަވިހެއްކެއްކަމަށް ބަލައި މި ހެކި ބަލައިގަނެވޭނެ ސަބަބެއްކަމަށް އަޅުގަނޑު ބުރަވެވޭތީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ)(ށ) އާއި ޙަވާލާދީ މިހެކި ޝަރީޢަތަށް ބަލައިނުގަތުމަށް ކަނޑައަޅަމެވެ.
17މިހެކި ހުށަހެޅުމަށް 12 ޖަނަވަރީ 2026 ދުވަހު ޕްރޮސެކިއުޝަނަށް ފުރުސަތު ދީފައިވިޔަސް އަޅުގަނޑު ދެކޭގޮތުގައި 136 ވަނަ މާއްދާއަޚި ޝަރިޢަތް ފެށުމުގެ ކުރިން ހެކިހާމަކުރުމާގުޅޭކަންކަން ތަޠުބީޤު ކުރުމަށް ހުށަހެޅުން ހުށަހެޅުމުގެ ފުރުސަތު ދެފަރާތަށް ލިބޭގޮތަށް އޮތް މާއްދާއެއްކަމާއި، ޝަރީޢަތް ފެށުމަށްފަހު އެ މާއްދާއާއި ހަވާލާދީ ޝަރީޢަތަށް ހެކިހުށަހަޅައި ހެކިހާމަކުރުމަށް ފުރުސަތު ދިނުމުގެ ބާރު ކޯޓަށް ލިބިދެވޭނެ މާއްދާއެއްނޫންކަމަށް ކަނޑައަޅައި، އިސްވެ ދެންނެވުނު ފަދައިން ހެކިހުށަހެޅުމަށް ހުއްދަދިންދިނުމަކީ ބާޠިލް ހުއްދަދިނުމެއްކަމަށް ކަނޑައަޅަމެވެ."
7މި އިސްތިއުނާފީ ޤަޟިއްޔާއަކީ މި ނިންމުން އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއެކެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ
8ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛
1.8 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމު ނިންމުން" ޤާނ ނ ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 136 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހއްރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.8 މި ނުކުތާގެ ތަފްޞީލުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ހެކި ބަލައިނުގަތުމަށް އެދި މުޙައްމަދު ސާޖިދު އަޙްމަދުގެ ފަރާތުން ހުށަހެޅުން ހުށަހަޅާފައިވާއިރު އެ ހުށަހެޅުމުގައި ޤާނ ނ ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާކަމަށެވެ.އަދ ހެކި ބަލައިނުގަތުމަށް އެދި މުޙައްމަދު ސާޖިދު އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ ހެއްކާ ގުޅޭ އިޖުރާއީ ކަންކަންކަމަށެވެ.ހެކީގެ ރެލަވަންސީއާމެދު އެއްވެސް ސުވާލެއް އުފައްދާފައި ނެތުމަކީ އެއީ ޚުޞޫމާތު އުފެދޭ ކަމެއް ނ ން ކަމަށެވެ
3.8 މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ކުރިއަށް ދަނިކޮށް ހުށަހަޅާފައިވާ ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ މައްސަލައިގެ ދައުވާ ކޯޓަށް ހުށަހެޅުނުއިރު ފުލުހުން ތަޙްލީލުކުރުމަށް ނިންމާފައިވާ ހެއްކެއްކަމުނ އެކަން ބަޔާންކޮށް ދައުވާފޯމާއެކު ހެކި ލިސްޓް ކުރެވިފައިވާކަމަށެވެ.މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު ފުރުސަތުގައި އެ ރިޕޯޓު ލިބިފައިނުވާތީ އެ ހެކި ބަލައިނުގަތުމަށް އެދުމުގެ ފުރުސަތު މުޙައްމަދު ސާޖިދު އަޙްމަދު ލިބިދެވުނ ނަމަވެސު އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވުމަކ އެއީ މުޙައްމަދު ސާޖިދު އަޙްމަދުގެ އެ ރިޕޯޓއާ އިޢުތިރާޒުނުކުރާކަމުގައި ބަލަންޖެހޭނެކަމަށެވެ. އަދި ޖިނާއީ އިޖުރާއަތު ޤާނޫނުގެ 136 ވަނަ މާއްދާއާ ޙަވާލާދީ އެ ރިޕޯޓު ހުށަހެޅުމަށް ޝަރީޢަތުން ވަކި މުއްދަތެއްވެސް ދީފައިނުވާކަމަށެވެ.
4.8 މި މައްސަލައިގައި ހިމެނޭ ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ ކޯޓުން ދެއްވި މުއްދަތުގައި ހުށަހަޅާފައިވާ ހެއްކެއްކަމުނ އެއް ޤާނ ނ ޚިލާފަށާ ހުށަހެޅުން / ހާމަކުރެވުނު ހެކި ކަމުގައި ބެލެވިގެން ނުވާނެކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި އެގްޒިބިޓްތައ ދަޢުވް ފޯމާއެކު ހިމަނަން ޖެހޭކަމަށާއި، އޭގެ ތެރޭގައި މާއްދީ ހެއްކަކީ ދައުވާ ފޯމާއެކު ހުށަހެޅެން ނެތް ހެއްކެއްކަމުގައިވާނަމަ އޭގެ ތަފްސީލުތައް ދަޢުވާ ފޯމާއެކު ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އަދި އެ ހެކި ބަލައި ނުގަތުމަށް ނިންމުމުގެ ފުރުސަތު އިބްތިދާއީ މަރުޙަލާގައި ލިބިދެވޭނެކަމަށެވެ. އަދި މި މައްސަލައިގެ އިޖުރާއަތާ އެއްގޮތަށް ފުރުސަތު ދީފައިވީނަމަވެސް އެ މަރުޙަލާގައި ހެކި ބަލައިނުގަތުމަށް އެދި ނުވަތަ ހެކި ހާމަކުރި ގޮތާ ގުޅިގެން އެއްވެސް ހުށަހެޅުމެއް މުޙައްމަދު ސާޖިދު އަޙްމަދު ހުށަހަޅާފައިނުވާކަމަށެވެ.
5.8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 އަދި އެކޯޓުގެ ނަންބަރު 2023/SC-A/16,17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސ ލަކީ ހެއްކަކީ ރެލަވަންޓް ހެއްކެއްކަމުގައިވާނަމަ އެ ހެކި ބަލައިގަންނަން ޖެހޭނެ ކަމުގައެވެ. އަދި ހެކި ބަލައިގަތުމަށްފަހު އެ ހެކި އެއްކިބާކުރުމަށ ވަކް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމަށް ޝަރީޢަތުގެ މަރުޙަލާގައި ފުރުސަތު ނެތްނަމަވެސް ހެކީގެ އިތުބާރާއި، އަދުލުވެރިކަމާއި، މަޞްލަހަތު ފުށުއެރުމާއި، އަދާވާތްތެރިކަމެއް އޮތްނަމަ އެކަން ބަޔާންކޮށް އެ ހެކިންގެ ހެކިބަސް ތައުނުކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަޖިލީހުގައި ގެއްލިފައިނުވާކަމަށެވެ.
6.8 އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/170 ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފްގައި އާންމު އުސލުނ ވަކް ހެއްކަކީ ޝަރީޢަތަށް ގަބ ލުނުކުރެވޭނެ ހެކިކަމަށް ހުށަހަޅަން ޖެހޭނީ ޝަރީޢަތްފެށުމުގެ ކުރިންކަމަށާއި، ޝަރީޢަތް ފަށާ ފަހުން ހާމަވާ ހެކިތަކަށް މި އުސ ލ ނުހިނގާނެކަމަށާއި، އޭގެ ސަބަބަކީ އެ ހެކި ހާމަވެފައި ނެތުމުގެ ސަބަބުން އިޢުތިރާޟުކުރެވޭނެ ފުރުސަތު ނޯއޮންނާނެތީކަމުގައެވެ. އަދި މި ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޝަރީޢަތް ފަށާ ފަހުން އެ ފުރުސަތު ދޭންވާނީ އިސްތިސްނާއީ ޙާލަތުގައި ކަމަށެވެ.
7.8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/34 ޤަޟިއްޔާގައި ފަހުން ކޯޓަށް ހުށަހަޅާ ރިޕޯޓުތަކާ ގުޅިގެން ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު ހެއްކަކީ 129 ވަނަ މާއްދާގެ ދަށުން ހާމަކޮށްފައިނުވާ ހެކި ކަމަށާއި، އެ މާއްދާގެ މަގްސަދަކީ 129 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހަޅާފައިވާ ހެކީގެ ބޭރުން ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް ލިބޭ އިތުރު ހެކި ހިއްސާކުރުމުގެ ޒިންމާ އޮތްކަން ބަޔާންކުރާ މާއްދާއެއް ކަމަށެވެ. އަދި އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައިވެސް ޙުސމާތު އުފެދުނު ހެއްކަކީ ދައުވާ އުފުލިއިރު ޕްރޮސިކިއުޝަނަށް ލިބިފައިނުވާ ނަމަވެސް ދައުވާ ފޯމުގައި ލިސްޓުކުރެވިފައިވާ ރިޕޯޓެއް ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައި ބަޔާންކުރާ އިތުރު ހެއްކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާކަމަށެވެ.
8.8 އެހެންކަމުން އިސްތިއުނާފުކުރެވިފައިމިވާ ނިންމުމުގައި ބަލައިނުގަތުމަށް ނިންމި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހާމަކޮށްފައިވަނިކޮށް، އެ ރިޕޯޓަކީ ހާމަކޮށްފައިނުވާ ހެއްކެއްކަމަށްބަލައި އެ ހެކި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމެވުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/34 ޤަޟިއްޔާއާ ޚިލާފު ނިންމުމެއްކަމަށެވެ.
އިސްތިއުނާފކު ރ ފަރާތު ން އެދގޮތޭ
9ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޤާނ ނުނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 136 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، އަދި އެ ނިންމުން ބާޠިލްކޮށްދެއްވުމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު L7/FCR/2026/2 ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓާއި އެ ރިޕޯޓާ ގުޅޭ ލިޔުންތަކާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކު
10އިސްތިއުނާފު ރައްދުވާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާއަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 674/2026/1 "ހުށަހެޅުމާމެދު ނިންމު ނިންމުމުގައި ޖިނާއީ އިޖުރާއަތު ޤާނ ނުގެ 136 ވަނަ މާއްދާގެ (ހ) އަދި (ށ) ޙަވާލާދީފައިނުވިކަމުގައިވީނަމަވެސް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމާއި ކަންހިނގާފައިވާ ގޮތަށް ބަލައި، އެ ކަމުގައި ގޮތެއް ނިންމުގައި ރިޢާޔަތް ކުރަންޖެހޭ ކަމަށް ޤާޟީއަށް ފެނިވަޑައިގަންނަވ މާއްދާއަކާ ނުވަތާ މާއްދާތަކަކާ ޙަވާލާދެއްވައި ގޮތް ނިންމެވުމުގެ ބާރު ޤާޟީއަށް ލިބިގެންވާކަމަށެވެ. ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ބަލައި ނުގަތުމަށް ހުށަހަޅާފައިވަނީ ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނައިރު ހަމައެކަނި އެ ރިޕޯޓުގެ ސުރުޙީ އެނގިގެން މި ކަންކަން ހުށަނޭޅޭނެ ކަމެވެ. އެހެންކަމުން ހަމައެކަނި ޖިނާއީ އިޖުރާއަތުގެ 119 ވަނަ މާއްދާގެ (ށ) ގެ ދަށުން ހެކި ހާމަވުން ކަމުގައި ބަލަންޖެހޭނީ އެ ރިޕޯޓު ޝަރީޢަތަށް ހުށަހެޅުމުންކަމަށެވެ. އަދި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ބަލައިނުގަތުމަށް އެދި ހުށަހަޅަން ޤާނ ނ ހުއްދަކުރާ ކަމަށެވެ.
11މިނުކުތާ އިތުރަށް ތަފްސީލުކުރަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ޙަވާލާދެނީ ޝަރީޢަތް ފެށުމަށްފަހު ހުށަހެޅޭ ހެކިތަކަށްކަނ ވަރަށް ސާފުކޮށް އެނގެން އޮންނަކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ރިޕޯޓު ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ޝަރީޢަތުން ނާންގައި އޮތުމަކީ، ޝަރީޢަތް ފެށުމުގެ ކުރިން މިރިޕޯޓ ހުށަހެޅުމަށް ދައުލަތުގެ މައްޗަށް އޮތް ޛިންމާއިން، ދައުލަތް ބަރއިވާނެކަމެއް ނޫންކަމަށެވެ.
12ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓުދަށ ކޯޓުނު ވަކް މުއްދަތެއް ދީ އެ މުއްދަތުގައި ހުށަހަޅާފައިވުމުން އެއީ ޤާނޫނާއި ޚިލާފަށް ހުށަހަޅާފައިވާ ރިޕޯޓެއް ނ ނ ކަމަށް ދައުލަތުން ބުނި ކަމުގައިވީނަމަވެސް، އަދި ދަށު ކޯޓުގެ ނިންމެވުމުގައި ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ހުށަހެޅުމަށް ދައުލަތަށް ދިން ފުރުސަތު ބާޠިލް ކަމަށް ކަނޑައަޅުއްވާފައިވުނ އެއް ރަނގަޅު ނިންމުމެއް ކަމަށް ޤަޟީ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކީ ޕްރޮސިކިއުޝަން ލިބިފައިނުވާ ރިޕޯޓެއްކަމުން ލިބިފައިނުވާ ރިޕޯޓެއްގެ މައްޗަށް ކޮންޓެންޓް ހުށަހެޅުމަކީ މުސްތަޙީއްލުކަމެއްކަމަށެވެ.
13ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާއަކީ ޝަރީޢަތް ފެށުމުގެ ކުރިން ލިބޭ ހެކި ހާމަކުރުމާ ގުޅޭ މާއްދާއެއްކަމުން، މި މައްސަލައިގައި މި ވާހަކަދެކެވޭ ރިޕޯޓަކީ "ދައުލަތަށް" އަލަށް ލިބުނު ހެއްކެއް ނޫންކަމުން، މި މާއްދާ މި މައްސަލައަށް ރެލަވަންޓެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ މަފްހޫމަކީ، ދައުލަތުން ދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅާ ހުރިހައި ހެކިތަކެއް ޝަރީޢަތް ފެށުމުގެ ކުރިން، އިބްތިދާއީ މަރުޙަލާގައި (ދިފާޢަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް އުނިކަން ނާންނާނޭ ގޮތަށް) ހުށަހަޅަންވާނެކަމުގައި ބަޔާންކުރުމެވެ. އަދި އެ މަރުޙަލާގައި ވަކި ހެއްކެއް ހުށަހެޅުމަށް ޝަރީޢަތުން މުއްދަތެއް ކަނޑައަޅާފައި ނުވުމަކީ، އިބްތިދާއީ މަރުޙަލާ ނިމިގެން ޝަރީޢަތް ފެށުނުއިރު، ދައުލަތުން ހުށަހަޅާފައިނުވާ ހެއްކެއް އެ މާއްދާގައިވާ ގޮތުގެމަތީން ބަލައިނުގަތުމަށް ކޯޓަށް ނުނިންމޭނެ ސަބަބެއް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ފިންގަރޕްރިންޓް ރިޕޯޓް ދައުލަތުން ހުށަހަޅާފައި ވަނީ، އިބްތިދާއީ މަރުހަލާނިމި ދައުލަތުގެ ގިނަ ހެކިންގެ ހެކިބަސްތައް ނެގި ފަހުންކަމަށެވެ.
14އަދ އިސްތިއުނާފި ފޯމުގެ 20 ވަނަ ނަންބަރުން ފެށިގެން 25 ވަނަ ނަންބަރުގެ ނިޔަލަށް ދައްކާފައިވާ ވާހަކަތަކުގެ ޖަވާބުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/SC-A/34 ޤަޟިއްޔާގައިވެސް ކުރިމަތިވެފައިވަނީ ހިނގަމުން މިދާ މައްސަލައިގައިވާ ޙާލަތެވެ. މި ވާހަކަދެކެވޭ ރިޕޯޓަކީ އިބްތިދާއީ މަރުޙަލާގައި ދިފާޢަށް ފެނިފައި އޮތް ރިޕޯޓެއް ނޫންކަމަށެވެ. އެހެންކަމުން މި ނިންމުމުގައިވާގޮތުން އެ މަރުޙަލާ ނިމުމަށްފަހުވެސް އެ ހެކި ބަލައިނުގަތުމަށް ހުށަހެޅުމުގެ ޙައްޤު ދިފާޢަށް އޮންނަންވާނެކަމަށެވެ.އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2025/SC-A/34 ޤަޟިއްޔާއަކީ މައްސަލައަށް ތަޠުބީޤުކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. ސަބަބެއްގެ ގޮތުން ފާހަގަކޮށްފައިވަނީ ދެ މައްސަލައިގެ މަވްޟޢާއި ވާޤިޢާތައް ތަފާތުކަމަށެވެ. އެގޮތުން ޚުޞޫމަތު އުފެދުނު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް އިބްތިދާއީ މަރުޙަލާގައި، މުއްތަހަމަށް ލިބިދެވިފައ ނުވި ނަމަވެސް އެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމުގެ ކުރިން އެ ރިޕޯޓް މުއްތަހަމާ ވަނީ ޙަވާލުކުރެވިފައެވެ. އެހެންކަމުން ހިންގަމުން މިދާ މައްސަލައިގައި ކަންހިގާފައިވަނީ އެހެންނަކުން ނޫންކަމަށެވެ.
15ދިވެހިރާއްޖޭގ ސުޕްރީމްކޯޓުގެ ނަނަބްރު 2022/SC-A/75 ޤަޟިއްޔާ ވެސް ހިނގަމުންމިދާ މައްސަލައަށް ތަޠުބީޤުކުރެވޭނެ މައްސަލައެއް ނޫނެވެ. ސަބަބަކީ ދެ މައްސަލައިގެ މަވްޟޢާއި ވާޤިޢާތައް ތަފާތުވުމެވެ. ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާގައި ގޮތެއް ކަނޑައެޅުމަށް ހުށަހެޅުނު ޤާނ ނ ނުކުތާއަކީ، ފުލުހުން ސިޓީއަކުން އެދިގެން ބޭންކް އޮފް މޯލްޑިވްސް އިން ދީފައިވާ އިސްމާޢީލް އިފްހާމްގެ ބޭންކް ސްޓޭޓްމަންޓަކީ ބޭންކިން ޤާނޫނުގެ ދަށުން ދެވިދާނެ މަޢުލ މާތުތަކެއް ތޯއާއި، ބޭންކިންގ ޤާނޫނުގައި އޮންނަ "އެކައުންޓް ގެ މަޢުލ މާތު" ގެތރޭގައެ ބޭންކް ސްޓޭމަންޓްގައ ހިމެނި ފައިސާގެ މުޢާމަލާތްތަކުގެ ތަފްޞީލު ހިމެނޭތޯ އާއި، ބޭންކިން ޤާނނުގ އެމާއްދާގެ ދުސްތ ރިއްޔާތ މެދާ ހުށަހެޅިފައިވާ ނުކުތާއެވެ. ސުޕްރީމް ކޯޓުގެ ނިންމުން އައިސްފައިވަނީ، މި ނުކުތާތަކާ ގުޅިގެންނެވެ. އަދި މި މައްސަލައަކީ ދަށުކޯޓުން ހެއްކެއް ބަލައިގަތުމާ، އެ ބަލައިގަތުން ރަނގަޅުކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ އެގޮތަށް ހެއްކެއް ބަލައިގަތުމަކީ، އެ ހެކީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުނީ ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އިބްތިދާއީ މަރުޙަލާގައި ޝަރިޢަތަށް ބަލައިގަންނަ ހެކިތަކުގެ ޞައްޙަކަމާމެދު، ޝަރީޢަތުގެތެރެއިން ސުވާލު އުފެއްދޭނެ ކަމުގައެވެ. ހިނގަމުން މިދާ މައްސަލައިގައި ޤާޟީ ނިންމަވާފައި މިވަނީ ހެކި ބަލައިނުގަތުމަށެވެ. އެގޮތަށް ނިންމާފައިވަނީ، އިޖުރާއަތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) އާއި
(ށ) އާ ޙަވާލާދެއްވާފައެވެ. އެހެންވީމާ ސުޕްރީމް ކޯޓުގެ މި މައްސަލަ ހިނގަމުން މިދާ މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށެވެ.
16ސުޕްރީމް ކޯޓުގް ނަންބަރު 2023/SC-A/16,17 މި ޤަޟިއްޔާއަކީ ވެސް ހިނގަމުންމިދާ މައްސަލައަށް ތަޠުބީޤުކުރެވޭނެ މައްސަލައެއް ނޫނެވެ. ސަބަބަކީ ދެ މައްސަލައިގެ މަވްޟޢާއި ވާޤިޢާތައް ތަފާތުވުމެވެ. ނިންމާފައިވަނީ މައްސަލައަކަށް ރެލަވަންޓ ހެއްކެއް ނަމަ އެ ހެކި ޝަރީޢަތަށް ބަލައިގަންނަންޖެހޭނެ ކަމުގައެވެ. އަދި އެ ރެލަވަންސ ދެނެގަންނާނީ ގޮތެ މި ޤަޟިއްޔާގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީވެސ ދައުލަތުން އެފަރާތް ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ގުޅުންނެތް (ރެލަވްންޓް ނޫން) ހެކިތަކެއް ކަމެވެ. އެހެންކަމުން މި ޤަޟިއްޔާގައި ނިންމާފައިވާ ނިންމުންތައް ބިނާވެފައިވަނީ މި ކަމުގެ މައްޗަށެވެ. ނަމަވެސް ހިނގަމުން މިދާ ޤަޟިއްޔާގައި ދަށު ކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކީގެ ރެލަވަންސީގެ މައްޗަކަށް ނޫނެވެ. އަދި ދިފާޢުން އެ ހެކި ބަލައި ނުގަތުމަށް ހުށަހެޅި ސަބަބަކީ ވެސް ހެކި ރެލަވަންޓް ނުވުމެއް ނޫނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ މި މައްސަލައިގެ ނިންމުންތައް ވެސް ހިނގަމުން މިދާ މައްސަލައަށް ތަޠުބީޤެއް ނުކުރެވޭނެކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
17އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމެވުމަށް ބަދަލެއްގެންނާނެ ތަނެއްނެތ ކަމަށް ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
18HN1މިމައްސަލާގައި، ދައުލަތުން ފާހަގަކުރާ ގޮތުން، ދަށު ކޯޓުގައި ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމު ހުށަހެޅިއިރު، މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ ހެކީގެ ގޮތުގައި "ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރައްވަމުން ގެންދަވާ ފިންގަރޕްރިންޓް ކޮމްޕެރިޝަން ރިޕޯރޓާއި އެ ރިޕޯރޓު ތައްޔާރުކުރާ ފަރާތް" ބަޔާންކޮށްފައިވާނެއެވެ. އަދި އެއީ ފުލުހުން ތަހުލީލު ކުރަމުންދާ ހެއްކެއްކަން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ވެސް ފާހަގަކޮށްފައި ވާނެއެވެ. މައްސަލައިގެ އިބްތިދާއީ މަރުހަލާ ކުރިއަށް ދިޔައިރު، މި ރިޕޯރޓު ލިބިފައި ނުވާކަމާއި، މިއީ ޕްރޮސިކިއުޝަނުން ހުށަހަޅަން ގަސްދުކުރާ ރިޕޯރޓެއްކަނ ވެސް ހާމަކޮށްފައިވާނެއެވެ. މިއިން އެއްވެސް ކަމަކާ އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައެއް ނުވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ މިވާހަކަތައް ނަފީވާ ފަދަ އެއްވެސް ކަމެއް މިޝަރީޢަތ ގުޅިގެނާ ހުށަހެޅުން އެއްވެސް ލިޔެކިޔުމަކުން އެނގޭކަން ނެތެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ށ)ގައި ބުނަނީ "ދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްސީލުތައް ދަޢުވާ ފޯމާއެކު ހުށަހަޅަން ވާނެއެވެ". މިހެކި ހުށަހެޅުމުގައި އެ މާއްދާއާ އެއްގޮތަށް ދައުލަތުން އަމަލުކޮށްފައިވާ ކަމަށް ދެކެމެވެ.
19ފިންގަރ ޕްރިންޓް ކޮމްޕެރިޝަނ ރިޕޯރޓް އިބްތިދާއީ މަރުހަލާގައި ހާމަކުރިކަމަށް ޕްރޮސެކިއުޝަނުން ބުނެފައިވަނީ "ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރު ކުރަމުންގެންދާ ފިންގާޕްރިންޓް ކޮންޕެރިޝަން ރިޕޯރޓް" މިގޮތަށް ދަޢުވާ ފޯމުގެ ޖަދުވަލު ދޭއް ގެ ނަންބަރު ނުވައެއްގައި ބަޔާންކޮށްފައި އޮންނާތީ ކަމަށް ދަށުކޯޓުގެ ނިންމުމުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ. ދައުލަތުން އެރިޕޯރޓު ތައްޔާރު ކުރުމަށް ނެގި މުއްދަތަށް ބަލާއިރު، އެކަށީގެންވާ އަވަސް މިނެއްގައި ރިޕޯރޓު ތައްޔާރުކޮށް ނިންމާފައި ނުވާކަން ފާހަގަވެއެވެ. ހަމަ އެއާއެކު ދައުލަތުން ހުށަހެޅުމަށް އެދޭ ރިޕޯރޓު ތައްޔާރުކޮށް ހުށަހެޅުމަށް ވަކި މުއްދަތެއް ދުރާލައި ކޯޓުން ކަނޑައަޅާފައި ނުވާކަން ވެސް ފާހަގަވެއެވެ. އޭގެފަހުން 12 ޖެނުއަރީ 2026 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އެރިޕޯރޓު ހުށަހެޅުމަށް ދެވޭ ފުރުސަތެއްގ ގޮތުނެ ވަކް މުއްދަތެއް ހަމަވުމުގެ ކުރިން ހުށަހެޅުމަށް އަންގާފައިވާކަން އެނގެއެވެ. އެއީ 15 (ފަނަރަ) ދުވަހުގެ މުއްދަތެވެ. ދައުލަތުން އެރިޕޯރޓު ހުށަހަޅާފައި ވަނީ ކޯޓުން ދިން މުއްދަތުގެ ތެރޭގައިކަމ މެދާ އެއްވެސް ފަރާތަކުން ސުވާލެއް އުފައްދާފައެއް ނެތެވެ.
20އިސްތިއުނާފުކުރެވިފައިވާ ދަށުކޯޓުގެ ނިންމުމުގައި ހެކި ހާމަކުރުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ހެކި ހާމަކުރުމަކީ ކޮބައިކަން މާނަކުރުމުގައި ބަރޯސާވެފައިވަނ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 129،130 އަދި 132 ވަނަ މާއްދާގެ އިތުރުން މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 28 ވަނަ މާއްދާއަށެވެ. އެނިންމުމުގައި ލިޔެކިޔުމުން ހުންނަ ހެކި ހާމަކުރުން ކަމަށް ބަލާފައިވަނީ، އެ ލިޔުމުގައިވާ ކޮންޓެންޓް ނުވަތަ އޭގައިވާ އެއްޗެއް ހާމަކުރުމަށެވެ. މިގޮތަށް މާނަ ކުރުމުގެ ނަތީޖާއަކަށް ވާނީ މިމައްސަލާގައި ދައުލަތުން ހުށަހަޅަން ބޭނުންވާކަމަށް ބުނާ ހެކި ފަދަ، ތައްޔާރުކުރެވެމުންދާ ރިޕޯރޓެއް ހުށަހެޅުމުގެ ދޮރު އެކުގައި ބަންދުވެގެން ދއުމި ވެ. މިހާލަތުގައި އެފަދަ ރިޕޯޓެއް ތައްޔާރުކުރެވެމުންދާ ކަމަށާއި، ހުށަހަޅަން ބޭނުންވާ ހެއްކަކީ އެއީ ކަމަށް ބުނުން ފިޔަވައި އެއަށްވުރެ އިތުރު ތަފްސީލު އެވަގުތު ހާމަކުރެވެނ ނެތް ހާލަތް އޮވެދާނެއެވެ. މާފަހުން ތައްޔާރުކުރެވޭ މިފަދަ ރިޕޯރޓުތަކުގައިވާ އެއްޗެއް ހާމަކުރުން ލާޒިމުވާ ގޮތަށް ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުން މާނަކުރުމަކީ ނަތީޖާއެއް ނިކުންނާނެ ކަމެއްގެ ގޮތުގައި ނުދެކެމެވެ.
21HN2HN3ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ)ގައި ވަނީ "މިބާބުގެ ދަށުން ހާމަކުރަންޖެހޭ ހެކި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި ހާމަކުރަންވާނެއެވެ. ހެކި ހާމަކުރަން އެދޭފަރާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި ޝަރީޢަތް ފެށުމުގެ ކުރިން ހާމަކުރަންޖެހޭ ހެކި ހާމަކޮށް ނިންމުމަށްޓަކައި، ހެކި ހާމަކުރަންޖެހޭ މުއްދަތުތައް، ދުރާލައި ކޯޓުން ކަނޑައަޅަންވާނެއެވެ." މިފަދައިންނެވެ. ހެކި ހާމަކުރަންޖެހޭ މުއްދަތު ދުރާލައި ކޯޓުން ކަނޑައަޅަންވާނެ ކަމަށް އެމާއްދާގައި ބުނެފައިވާއިރު، މިމައްސަލާގައި ހެކީގެ ގޮތުގައި ހުށަހެޅުމަށް ވާހަކަ ދެކެވޭ ރިޕޯރޓާ މެދު އެގޮތަށް އަމަލުކޮށްފައިވާކަނ އެނގޭކަން ނެތެވެ. ނަމަވެސް ދައުލަތުން އެދިގެން އެހެކި ހުށަހެޅުމަށް ފަހުގެ ތާރީޚެއްގައި މުއްދަތެއް ދެވިފައިވާކަން އެނގެއެވެ. އެގޮތަށް ކޯޓުން އެފުރުސަތު ދިނުމަށްފަހު، ކޯޓުން ދިން މުއްދަތުގައި ދައުލަތުން ހެކި ހުށަހެޅުމުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ އިސްވެ ބުނެވުނު 136 ވަނަ މާއްދާގެ (ހ)ގެ ދަށުން އެހެކި ބަލައިގަތުމުގެ ފުރުސަތު ނުދިނުމަށް ދަށުކޯޓުން ނިންމަވާފައިވާ ނިންމެވުން ރަނގަޅު ކަމުގައި ނުދެކެމެވެ. އެމާއްދާގެ (ށ)އަށް ބަލާއިރު، އެމާއްދާގެ (ހ)ގައި ވާގޮތަށް ދުރާލައި ހެކި ހާމަކުރުމަށް ފުރުސަތު ދެވި، އެގޮތަށް އަމަލުކޮށްފައިނުވާ ނަމަވެސް އިތުރު ފުރުސަތު ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދެއެވެ. ވީއިރު، މިމައްސަލާގައި ދައުލަތުން އެދުނު އެދުމާ އެއްގޮތަށް ކޯޓުން ދިން މުއްދަތުގެ ތެރޭގައި ހުށަހެޅި ރިޕޯރޓު ބަލައިގަތުން މާ އައުލާކަން ބޮޑުކަމުގައި ދެކެމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާގައި ވެސް ކަނޑައަޅުއްވާފައިވާ ގޮތަށް މިފަދަ ހެއްކަކީ ކުރިން ހާމަކޮށްފައިނުވާ "އިތުރު ހެއްކެއް" ގޮތުގައި ބެލޭނެ ހެއްކެއް ވެސް ނޫނެވެ.
22HN4އިސްތިއުނާފ ރައްދުވު ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގައި، އިސްތިއުނާފު ކުރެވިފައިވާ ނިންމުން ދަށު ކޯޓުން ބަލައިނުގަތް ސަބަބަކީ ޝަރީޢަތުން ދިން މުއްދަތުގައި ދައުލަތުން ހުށަހަޅަން ބޭނުންވި ރިޕޯރޓު ހުށަހަޅާފައި ނުވުމެއް ނ ން ކަމަށާއި، އެ ރިޕޯރޓް ހުށަހެޅިއިރު، ރިޕޯރޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާ ނިމިފައިވާތީ، އެރިޕޯރޓާ ބެހޭގޮތުން އެފަރާތާ ސުވާލުކުރުމުގެ ފުރުސަތު ދިފާޢަށް ގެއްލިފައިވާތީ ކަމަށް ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ގޮތަށް އެކަން އޮތްނަމަ، އަދި ރިޕޯރޓު ތައްޔާރު ކުރި ފަރާތާ ސުވާލުކުރުމުގެ ދޮރު އެއްކޮށް އިސްތިއުނާފު ރައްދުވާ ފަރާތަށް ބަންދުކުރެވިފައިވާ ނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މިވާހަކއަކަ ވަރަށް ބުރަދަން ހުރި ވާހަކައެކެވެ. ސުވާލަކީ، އެފަރާތަށް އެފުރުސަތު އެއްކޮށް ގެއްލިއްޖެ ހެއްޔެވެ؟ ޝަރީޢަތް ކުރުމުގެ އިޖުރާއާތުތައް ހަމަޖެހިފައިވާ ގޮތުން ދެން އެފުރުސަތު އެފަރާތަށް ދެވޭނެ މަގެއް ނެތީހެއްޔެވެ؟ ހެކީންނާ ސުވާލުކުރުމުގެ ޙައްޤަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ޤާނ ނ އަސާސީގެ 51 ވަނަ މާއްދާގެ (ކ)ގެ ދަށުން، ލިބިގެންވާ ޙައްޤެކެވެ. ޢަމަލީ ގޮތުން މިކަން ހިންގަންވާނީ، މިޙައްޤު ލިބިދިނުމުގެ މަޤްޞަދު ގެއްލޭގޮތަކަށް ނޫނެވެ. މިމައްސަލާގެ ހާލަތަށް ބަލާނަމަ، ދައުލަތުން ހުށަހަޅަން ބޭނުންވާ ރިޕޯރޓު ހުށަހެޅުމުގެ ފުރުސަތު ދެވެނީ، އެ ރިޕޯރޓާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ސުވާލުކުރަން ބޭނުންވާ ފަރާތުގެ ހެކިބަސް ނެގޭ ފަހުން ކަމުގައި ވާނަމަ، އެފަރާތެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހާޟިރުކޮށްގެން ނަމަވެސް، ސުވާލުކުރުމުގެ ފުރުސަތު މުއްތަހަމަށް ދޭންވާނެ އެވެ.
23ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ށ) "ދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްސީލުތައް ދަޢުވާ ފޯމާއެކު ހުށަހަޅަން ވާނެއެވެ" އާއި އެޤާނޫނުގެ 136 ވަނަ މާއްދާގެ
(ހ) "މިބާބުގެ ދަށުން ހާމަކުރަންޖެހޭ ހެކި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި ހާމަކުރަންވާނެއެވެ. ހެކި ހާމަކުރަން އެދޭ ފަރާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި ޝަރީޢަތް ފެށުމުގެ ކުރިން ހާމަކުރަންޖެހޭ ހެކި ހާމަކޮށް ނިންމުމަށްޓަކައި، ހެކި ހާމަކުރަންޖެހޭ މުއްދަތުތައް، ދުރާލައި ކޯޓުން ކަނޑައަޅަންވާނެއެވެ." މި ދެ މާއްދާ އެކުއެކީގައި ކިޔުމުން، 83 ވަނަ މާއްދާގެ (ށ)ގެ ދަށުން ހުށަހަޅާ ހެކި ހުށަހެޅުމަށް ވެސް ކޯޓުން މުއްދަތެއް ކަނޑައަޅަންވާނެކަން އެނގެއެވެ. ނުވަތަ ހެކި ހުށަހަޅަން އެދޭ ފަރާތުގެ ވާހަކަތަކަށާއި، ހެކީގެ ބާވަތަށް ރިއާޔަތްކޮށް އެ މަރުހަލާގައި މުއްދަތެއް ކަނޑައެޅެން ނެތް ނަމަ، އެންމެ ކުޑަމިނުން އެފަދަ ހެއްކާ ގުޅޭގޮތުން މުއްދަތެއް ފަހުން ކަނޑައެޅޭނެކަން އަންގަން ވާނެކަމުގައި ދެކެމެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، އެމާއްދާގައި ކޯޓާ މަތިކޮށްފައިވަނީ ޒިންމާއެކެވެ. އެއީ ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި ބައެއް މައްސަލަތަކުގައި ހެކި ހާމަކުރުމަށް ދުރާލައި މުއްދަތު ކަނޑައަޅާފައި، ބައެއް މައްސަލަތަކުގައި މުއްދަތު ކަނޑަނާޅައި ދ ކޮށްލެވޭ ގޮތަށް ކޯޓުގެ އިޚްތިޔާރަށް ދ ކޮށްފައި އޮތް މާއްދާއެއް ނޫނެވެ.
24HN5ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅަން އެދޭ ރިޕޯރޓު ހުށަހެޅުމުގެ ކުރިން ހެކިބަސް ނެގުނު ފަރާތްތަކާ ސުވާލުކުރުމުގައި މިރިޕޯރޓުގައިވ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ގެއްލިފައިވަނިކޮށް، އެ ރިޕޯރޓު ހުށަހަޅަން ފުރުސަތު ދިނުމުން، މުއްތަހާމެދު ބޭއިންސާފެއް އުފެދުމުގެ ޖާގަ އޮތްކަމަށް ދަށުކޯޓުގެ ނިންމުގައި ފާހަގަކޮށްފައިވާ ފާހަގަކުރުމަށް 23 ވަނަ ނުކުތާގައި އެހުރިގޮތަށް އަމަލުކުރާ ނަމަ މުއްތަހަމަށް ބޭއިންސާފެއް ކުރިމަތިވުމުގެ ފުރުސަތެއް އޮންނާނެކަމަކަށް ނުދެކެމެވެ. އަދި އޭގެއިތުރުން، ދިވެހިރާއްޖޭގެ ސުޕުރީމ ކޯޓުގް ނަންބަރު 2022/SC-A/75 ޤަޟިއްޔާއާއި، އެކޯޓުގެ ނަންބަރު 2023/SC-A/16,17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، ހެކީގެ އިތުބާރާއި، ޢަދުވެރިކަމާއި، މަސްލަހަތު ފުށުއެރުމާއި، އަދާވާތްތެރިކަމެއ އޮތް ނަމަ އެކަން ބަޔާންކޮށް، އެ ހެކިންގެ ހެކިބަސް ޠަޢުނު ކުރުމުގެ ފުރުސަތު ޝަރީޢަތުގެ މަރުހަލާގައި ވެސް އޮންނާނެއެވެ.
ނިންމަން ފެންނަ ގޮތް
25މިމައްސަލާގައި، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅަން އެދުނު ރިޕޯރޓު ހުށަހަޅާފައިވަނީ، ކޯޓުން ކަނޑައެޅި މުއްދަތުގެ ތެރޭގައި ކަމަށްވާތީއާއި، އެރިޕޯރޓު ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައިވާ ނިންމުން ބިނާކުރި އަސާސުތައް އިސްވެ ބުނެވުނު ކަންކަމުގެ އަލީގައި ރަނގަޅު ކަމަށް ނުފެންނާތީ، އެހެކި ބަލައިނުގަތުމަށް ނިންމި ނިންމުން ބާޠިލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
26މ މައްސަލައިގައި ފަނޑިޔާރި އިބްރާހީމް މާހިރުގެ ރައުޔު ބިނާކޮށްފައިވާ ސަބަބުތަކާއި ވާސިލުވި ނަތީޖާއަށް އަހުރެންނަށް އެއްބަސްވެވެއެވެ. އޭގެ އިތުރުން، މި މައްސަލައާ ގުޅިގެން ދަށު ކޯޓަށް މުޙައްމަދު ސާޖިދު އަޙްމަދު ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކާއި، އަދި އިސްތިއުނާފު ހުށަހެޅި އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
27HN6ދަށު ކޯޓުގައު މުޙައްމަދު ސާޖިދު އަޙްމަދު ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ ޝަރީއަތަށް ހެކި ބަލައިގަތުމުގައި ފަނޑިޔާރު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. ވަކި ހެއްކަކީ ޝަރީއަތަށް ގަބލުނުކުރެވޭނެ ހެއްކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު މި ގާނނުން މަގުފަހިކޮށްދީފައި ވެއެވެ. މި މާއްދާއާ ގުޅޭ ގާނޫނީ އުސޫލުތައް ތިލަކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައެވެ. ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ [2022] SC 58 ރައުޔުގައި ބަޔާންކޮށްފައިވަނީ، މި މަރުހަލާގައި ހުށަހަޅާ ހުށަހެޅުމަކީ ހެކީގެ ސައްހަކަމާމެދު ކުރެވޭ ބަހުސެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަކީ ޝަރީއަތް ފެށުމުގެ ކުރިއަށް އިންއެޑްމިސިބަލް އެވިޑެންސް، މައްސލ ބަލަ ފަނޑިޔާރާ ކަނޑައެޅުމާބެހޭ މާއްދާއެއް ކަމަށެވެ. އެޑްމިސިބަލ އެވިޑެންސް އާއް އިންއެޑްމިސިބަލ އެވިޑެންސް ޝަރީއަތުގެ ކުރިން ކަނޑައަޅާ މަފްހ މަށް ބަލާއިރު، އެ ހެއްކަކީ ހުށަހެޅިފައިވާ ދައުވާއަކާ ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދައުވާގެ މައުލއުއާ ގުޅުމެއް ނެތް، އިތުބާރު ނުހިފޭ ހެކި ވަކިކޮށް، ޖިނާއީ މައްސަލައެއްގެ ޝަރީއަތް ކޯޓުން ވަކި ތަރުތީބަކުން ގެންދިއުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށެވެ. ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި މައްސަލައެއްގައި ގަބލުނުކުރެވޭނެ ހެކިކަމަށް ހުށަހަޅާ ހުށަހެޅުމެއްގައި އެ ހެއްކަކީ ޝަރީއަތުގައި މައުލއީގޮތުން ބެލުމަކާ ނުލައި އެއާ މެދު ގޮތެއް ނިންމޭނެ ހުށަހެޅުމަކަށް ވާންޖެހެއެވެ. ހެކީގެ ތަފްސީލުތަކާއި ހެކި ހޯދި ގޮތާއި މައްސަލައާއެކު ހުށަހަޅާފައިވާ އިތުރު ހެކިތަކާއި ސުވާލު އުފައްދާ ހެކިތަކާ އަޅާކިޔައި ނެރެވޭ ނަތީޖާއާމެދު ބަހުސްކުރެވޭނަމަ އެ ހިސާބުން މައްސަލައިގެ މައުލއާއި ހެކިތަކުގެ ސައްހަކަމާމެދު ބަހުސްކުރެވެން ފެށުނީ ކަމުގައި ނޫނީ ނުވާނެއެވެ. މިއީ މި މަރުހަލާގައި ކުރެވެންޖެހޭ ބަހުސެއް ނންކަމަށ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއިން ސާފުކޮށް އެނގެން އެބަ އޮތެވެ.
28މ މައްސަލައި ގުޅިގެނާ މުޙައްމަދް ސާޖިދު އަޙްމަދު ދަށު ކޯޓަށު ހުށަހަޅާފައިވް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައި ފިންގަރޕްރިންޓް ރިޕޯޓާއި އެ ރިޕޯޓާ ގުޅުންހުރި ލިޔުންތައް ބަލައި ނުގަތުމަށް އެދިފައިވާއިރު، އެ ސަބަބުތައް ބިނާކުރި ގޮތާއި ކުރި ބަހުސަށް ބަލާއިރު، މި ރިޕޯޓުގެ ސައްހަކާމެމެދ ކުރެވު ބަހުސާއި މި ރިޕޯޓުގައި ހުރި ތަފްސީލުތަކަށ ފަނޑިޔާރް ފީނައި ބަލައި ހެކި ވަޒަންކޮށްގެން މެނުވީ ނުނެރެވޭނެ ފަދަ އބމ ނަތީޖާއަކަށް އެދިފައިވާތީ، މިއީ މި މަރުހަލާގައި އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް މި ހެކި ބަލައިނުގަތުމަށް ނިންމިދާނެ ސަބަބެއްކަމަށް ނުދެކެމެވެ. މިސާލަކަށް މި ހެކި ބަލައި ނުގަތުމަށް އެދިފައިވަނީ މި ހެއްކަކީ ގުޅުންހުރި ހެއްކެއްކަމާމެދ ކުރެވު ބަހުސް ނަމަ، އަދި އެ ބަހުސާމެދު ގޮތެއް ނިންމުމުގައި ހެކީގެ ސައްހަކަމާއި އެ ހެކިން ނެރެވޭ ނަތީޖާއާމެދު ބަހުސްކުރަން ނުޖެހޭ ހާލަތުގައި އެ ސަބަބުތަކަށް ރިއާޔަތްކޮށް ހެކި ބަލައި ނުގަތުމަށް ނިންމުމުގެ ފުރުސަތު އޮތްކަމަށް ވަކާލާތުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ދެކެމެވެ.
29ދަށު ކޯޓުގައު މުޙައްމަދު ސާޖިދު އަޙްމަދު ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ދެވަނަ ނުކުތާގެ އަސާސަކީ ދައުލަތުގެ ގިނަ ހެކިންގެ ހެކިބަސް ނަގައި ނިމުމުން ފިންގަރޕްރިންޓް ކޮންޕެރިޒަން ރިޕޯޓު ހުށަހަޅާފައިވުމުން ހެކިބަސް ނަގައި ނިމިފައިވާ ހެކިންނާ، ރިޕޯޓުގެ އަލީގައި ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ މަގު ބަންދުވެގެން ދިޔުމެވެ. މި ނުކުތާގައި މުޙައްމަދު ސާޖިދު އަޙްމަދު ފާހަގަކޮށްފައިވަނީ ރަނގަޅު ވާހަކައެއްކަމަށް ބުރަވެވެއެވެ.
30މ މައްސަލި ހިނގާފައިވާ ގޮތަށް ބަލާއިރު، މަސްތުވާތަކެތި ހުރި ތަނެއް ފުލުހުން ބަލައިފާސްކޮށް އެ ތަކެތި ހިފަހައްޓައި، ފެނުނު ބައެއް ތަކެތިނ ފިންގަރޕްރިންޓް ހޯދައި، އެއާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށްފައި ވެއެވެ. މި ރިޕޯޓުގެ ނަތީޖާ ލިބުމުގެ ކުރިން މަސްތުވާތަކެތި ހުރި ތަންތަން ބަލައިފާސްކުރި ފުލުހުންގެ ހެކިބަސް ނަގާފައިވެއެވެ. މި ރިޕޯޓަށް ބަލާއިރު، ބަލައިފާސްކުރިކުރުމާއި ރިޕޯޓުގެ ނަތީޖާއާ ނުހަނު ގުޅުން ބޮޑެވެ. މި ރިޕޯޓުގައި ހުރި ވާހަކަތަކުގެ އަލީގައި މި ރިޕޯޓަށް ރިއާޔަތްކޮށް ބަލައިފާސްކުރުމުގައި ބައިވެރިވި ފުލުހުނން ސުވާލުކުރުމުގެ ފުރުސަތު މުޙައްމަދު ސާޖިދު އަޙްމަދު ބޭނުންވެދާނެއެވެ. އަދި، އެ ފުރުސަތު ފަހިކޮށްދޭން ވެސް ޖެހެއެވެ. ހެކި ހުށަހެޅި ތަރުތީބާއި ހެކިބަސް ނެގި ތަރުތީބަށް ބަލާއިރު، ބަލައިފާސްކުރުމުގައި ބައިވެރިވި ފުލުހުންނާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު މުޙައްމަދު ސާޖިދު އަޙްމަދުއަށް މި ހާލަތުގައި ބަންދުވީއެވެ. ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން އަދި ދިފާއުނ ހުށަހަޅަން ބޭނުންވާ ހެކިންނާއި ތަފްސީލުތައް ހާމަކޮށް ލިޔެކިޔުން ބަދަލުކުރުމުގެ މަގުސަދަކީ ވެސް މިއީ އެވެ. ހެކިންނާ ސުވާލުކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން މައްސަލައާ ގުޅިގެން ދެ ޚަސްމުން ވެސް ޝަރީއަތުގައި ބޭނުންކުރާ ލިޔެކިޔުމާއި މައުލ މާތުތައް ކުރިއާލާ އަންގާފައި އޮތުމެވެ. ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މި ރިޕޯޓު ހުށަހެޅިނަމަ، މި ބަހުސް ކުރުމުގެ ޖާގައެއް ވެސް ނޯންނާއެވެ. އަދި، މައްސަލައިގެ ހުރިހާ ލިޔެކިޔުމެއްގެ އަލީގައި ހެކިންނާ ސުވާލުކުރުމަށް އެކަށީގެންވާ ގޮތެއްގައި ފުރުސަތު ފޯރުކޮށްދެވިފައި އޮންނާނެއެވެ.
31ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވަނިކޮށް، ދައުލަތުން ފިންގަރޕްރިންޓް ރިޕޯޓު ހުށަހެޅުމުން، އެ ރިޕޯޓުގައި ހުރި ކަންކަމުގެ އަލީގައި ދައުލަތުގެ އެހެނިހެން ހެކިންނާ ސުވާލު ނުކުރެވޭގޮތަށް މި އިޖުރާއަތު މާނަކުރުމުގެ ނަތީޖާއަށް ވެސް ބަލަންޖެހެއެވެ. މި ރިޕޯޓަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅަން ގަސްދުކުރާކަނ ބަޔާންކޮށްފައިވް ލިޔުމެކެވެ. ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުން މި ލިޔުން ހުށަނޭޅުމުގެ ނަތީޖާއެއްގެ ގޮތުން ޝަރީއަތަށް ހުށަހެޅޭ ހެކިންނާ ސުވާލުކުރުމުގެ ހައްގު ދައުވާލިބޭ ފަރާތަށް ހަނިވާގޮތަށް މާނަކުރުމަކީ އިންސާފުވެރި މާނަކުރުމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފިންގަރޕްރިންޓް ކޮންޕެރިޒަނ ރިޕޯޓް ހުށަހެޅުމުގައި ދައުލަތުން މިކަމަށް ހޭދަކުރަންޖެހޭ ވަގުތަށް ވުރެ ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށް ބުރަވެވެއެވެ. އަދި، އެފަދައިން ލަސްވެފައިވާއިރު، އެކަން ހިނގާފައިވާ ގޮތާއި ސަބަބު އެންމެ ކުޑަމިނުން ފުލުހުންގެ ފަރާތުން ސާފުކޮށް އެކަން އަވަސްކުރުމަށް ކުރަންޖެހޭ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާކަމަކަށް ނުދެކެމެވެ.
32މި ހާދިސާ ހިނގީ 11 ޖުލައި 2025 ދުވަހު އެވެ. މައްސަލައިގައި ހެކީގެ ގޮތުގައި ފެނުނު ތަކެތި އެ ދުވަހު ފުލުހުން ހިފަހައްޓާފައި ވެއެވެ. ހެކީގެ ގޮތުގައި ހިފެހެއްޓި ތަކެތީގެ ބޭރުން ފިންގަރޕްރިންޓް ނަގާފައިވަނީ 9 ސެޕްޓެންބަރު 2025 ގައިކަން މި މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ލޭޓަންޓު އިންޕްރެޝަން ކާޑުނ އެނގެން އޮވެއެވެ. ފިންގަރޕްރިންޓް ރިޕޯޓު ތައްޔާރުކުރަނީ ހެކީގެ ގޮތުގައި ހިފެހެއްޓި އެއްޗަކުން ނަގާ ފިންގަރޕްރިންޓާއި ތުހުމަތުކުރެވޭ މީހާގެ ފިންގަރޕްރިންޓް އަޅާކިޔައިގެންނެވެ. މުޙައްމަދު ސާޖިދު އަޙްމަދުގެ ފިންގަޕްރިންޓާ މި ތަކެތި އަޅާކިޔުމަށް މުޙައްމަދު ސާޖިދު އަޙްމަދުގެ "ޓެން ޕްރިންޓް" ފުލުހުން ހޯދާފައިވަނީ 19 ޖަނަވަރީ 2026 ގައިކަން މުޙައްމަދު ސާޖިދު އަޙްމަދުގެ ފިންގަރޕްރިންޓް ރިކޯޑު ކާޑުން އެނގެއެވެ. މި މައްސަލައާ ގުޅިގެން 11 ޖުލައި 2025 ދުވަހުން ފެށިގެން މުޙައްމަދު ސާޖިދު އަޙްމަދު ހުރީ ފުލުހުންގެ ބަންދުގައެވެ. މި މައްސަލައާ ގުޅިގެން ހެކީގެ ގޮތުގައި ހިފެހެއްޓި ތަކެތިން ފިންގަރޕްރިންޓް 9 ސެޕްޓެންބަރު 2025 ދުވަހު ފުލުހުން ތަހުލީލުކުރުމަށް ނަގާފައިވާއިރު، އޭގެ ގާތްގަނޑަކަށް 4 (ހަތަރެއް) މަހާއި 10 (ދިހައެއް) ދުވަސް ފަހުން، ފިންގަރޕްރިންޓް އަޅާކިޔުމަށް މުޙައްމަދަ ސާޖިދު އަޙްމަދުގެ ފިންގަރޕްރިންޓް ނަގާފައިވަނީ ކީއްވެގެންތޯއެވެ. 19 ޖަނަވަރީ 2026 ދުވަހު މުޙައްމަދު ސާޖިދު އަޙްމަދުގެ ފިންގަރޕްރިންޓް ލިބުމުން މި ޓެސްޓް ހަދައި ޓެސްޓުގެ ނަތީޖާ ތައްޔާރުކޮށްފައިވަނީ އޭގެ 2 (ދޭއް) ދުވަސް ފަހުން 21 ޖަނަވރަ 2026 ގައިކަން ފިންގަރޕްރިންޓް ކޮންޕެރިޒަނ ރިޕޯޓުން އެނގެއެވެ. އޭގެ މާނައަކީ، މި ރިޕޯޓު ތައްޔާރުކުރަން ބޭނުންވާ ހެކީގެ ބޭރުން ނެގި ފިންގަރޕްރިންޓާއި މުޙައްމަދު ސާޖިދު އަޙްމަދުގެ ފިންގަރޕްރިންޓް ލިބުމުން މި ދެ ފިންގަރޕްރިންޓް އަޅާކިޔައި، ރިޕޯޓު ތައްޔާރުކރަނު ފުލުހުން ބޭނުންވީ 2 (ދޭއް) ދުވަސް ކަމެވެ. މި ފަދަ މަސައްކަތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނަ ވަގުތު ހޭދަކޮށްފައިވާކަނ ސާފުކޮށް ފެންނާން އެބައޮތެވެ. އަދި، އެކަމުގެ ސަބަބުން ނިކުތް ނަތީޖާއިން ތުހުމަތުކުރެވޭ ފަރާތަށް ގެއްލިގެންދާ ހައްގުތަކަށ ފަރުވާއެއް ދިނުމުގެ ބަދަލުގައި ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކޮށްފައިވަނީ އެ ފުރުސަތު ވެސް ބަންދުކުރަންޖެހޭ ފަދަ މޭރުމަކުންނެވެ.
33މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިފަދަ ރިޕޯޓުތައް ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުމަށް ތަހުގީގީ އިދާރާއަށް އަންގަންޖެހޭ އެންގުންތައް އަންގައި ތަހުގީގުގެ ސްޓޭޓަސް ބަލައި ވަގުތަށް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
- ހައިކޯޓުގެ 2023/HC-A/10 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2022/SC-A/75 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2023/SC-A/16،17 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 58
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.