މުޙައްމަދު ނަޒީޙް ވ. އިލެކްޝަންސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- އިލެކްޝަންސް ކޮމިޝަން -
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2026/SC-A/19 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން ހުރި ތިކިތަކެއް (އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުން ޗާޕުކުރުމުގައި ޖެހުނު) ހުރި ވޯޓު ކަރުދާސްތައް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން ބާޠިލު ވޯޓެއްތޯ، އަދި އެކަމުގެ ސަބަބުން އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޚާބު ބާޠިލުކޮށް އަލުން ބޭއްވުމަށް އަމުރުކުރެވޭނެތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއިންތިޚާބު ބާޠިލުކޮށް އަލުން ބޭއްވުމަށް އެދުނު އެދުން ނުބަލައިގަނެ، 3 ވޯޓު ކަރުދާސް ޞައްޙަކަމަށް ނިންމި ނިންމުން ބާޠިލުކޮށް އެ ކަރުދާސްތައް ބާޠިލު ވޯޓަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވޯޓު ކަރުދާހުގައި ކޮންމެހެން އޮންނަންޖެހޭ ލިޔުމާއި ކުރެހުން ފިޔަވައި އެހެން ފާހަގައެއް ނުވަތަ ނިޝާނެއް ނެތްކަމާއި، ވަކި ކަރުދާހެއް ވަކިކޮށް ދެނެގަނެވޭ ފަދަ ނިޝާނެއް ނެތި ވޯޓުގެ ސިއްރުކަން ނުގެއްލޭ ކަރުދާހެއްކަން ކަށަވަރުކުރުމަކީ ޤާނޫނުގެ 2، 7 އަދި 51 (ބ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ.
HN2 ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާ އުފުލާ ފަރާތުގެ މައްޗަށް ނަމަވެސް، މައްސަލަ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ (ދަފްޢު) ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެކެވެ. ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޗާޕުކުރުމުގައި ޖެހުނު ތިކިކަމަށް ބުނާނަމަ، އެކަން ޝަރީޢަތުން ބަލަންޖެހޭ މިންގަނޑުން ސާބިތުކުރަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުންނެވެ. [އަޣުލަބިއްޔަތު]
HN3 56 ވަނަ މާއްދާގެ (ހ) ގެ (5) ގައި އިތުރު ފާހަގައެއް ހުރި ވޯޓު ބާޠިލުކުރަނީ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ކަމުން، ޤާނޫނު ނަންބަރު 4/2011 ގެ 17 ވަނަ މާއްދާގެ މަޤްޞަދީ މާނަކުރުމަށް ބަލާއިރު، ޗާޕުކުރުމުގެ ތެރޭގައި ޖެހުނު ފާހަގައެއް ކަމުގައި ވިޔަސް ވޯޓު ކަރުދާސް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ހުރިނަމަ އެއީ ބާޠިލު ވޯޓެކެވެ. ދުރުން މަތިމަތިން ބެލުމުންވެސް ފާހަގަވާ ފާހަގައެއް ހުރި ކަރުދާހަކީ ސިއްރުކަން ކަށަވަރުނުވާ ކަރުދާހެކެވެ. [އަޣުލަބިއްޔަތު]
HN4 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޚާބެއް ބާޠިލުކޮށް އަލުން ބާއްވަންޖެހޭނީ، އެ މާއްދާގައިވާ 3 ސަބަބުން ސަބަބެއް މެދުވެރިވެގެން ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ސާބިތުވެ، ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމައެވެ. 56 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުން ވަކިވަކި ވޯޓު ބާޠިލުވުމަކީ އިންތިޚާބު ބާޠިލުކުރަންޖެހޭ ޙާލަތެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމެއް ނޫނެވެ. [ތިން ފަނޑިޔާރުން އެއްބަސް]
HN5 (ތަފާތު ރައުޔު - ފަނޑިޔާރު އިބްރާހީމް މާހިރު) 56 ވަނަ މާއްދާގެ (ހ) ގައިވާ ބާޠިލު ވޯޓުގެ ޙާލަތްތައް ގުޅެނީ ވޯޓުލާ މީހާގެ ޢަމަލުތަކާއެވެ. 2024 ގެ އިޞްލާޙުން އިތުރުކުރި 56 (ބ) އާ އެކުގައި ކިޔާއިރު، ޗާޕުކުރުމުގައި ޖެހުނު ދެލިތިކި ހުރި ނަމަވެސް ވޯޓު ދީފައިވާ ކެންޑިޑޭޓު ސާފުކޮށް އެނގޭނަމަ އެއީ ޞައްޙަ ވޯޓެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިބްރާހީމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
ތަޢާރުފު
1މިއީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބތަކާބެހު ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން […] / ސީޑްރީމް، މުޙައްމަދު ނަޒީޙް (މީގެ ފަހުން "މައްސަލަ ހުށަހެޅި ފަރާތް" ނުވަތަ "މުޙައްމަދު ނަޒީޙް")ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
2މި މައްސަލައިގެ ދަޢުވާ ރައްދުވަނީ އިލެކްޝަންސް ކޮމިޝަން (މީގެ ފަހުން "މައްސަލަ ރައްދުވި ފަރާތް" ނުވަތަ "އިލެކްޝަންސް ކޮމިޝަން)" ގެ މައްޗަށެވެ.
3މި މައްސަލައަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ތަދައްޚުލުވެފައި ވެއެވެ.
މައްސަލައިގެ ކަން ހިނގާފައިވާ ގޮތް
4މުޙައްމަދު ނަޒީޙްއަކީ، 2026 އޭޕްރީލް 04 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި "މ. ވޭވަށް ކައުންސިލގް މެމްބަރު ކަމަށް " ވާދަކުރި ފަރާތެކެވެ.
52026 އޭޕްރީލް 04 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބގައު ވޭވަށުގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށގީ ވޯޓު ގުނަމުން ދިޔައިރު ބާޠިލު ވޯޓެއްކަމަށް ޝައްކުކުރެވޭ 2 (ދޭއް) ވޯޓު ފާހަގަވުމުން ވޯޓު ފޮށީގެ ވެރިޔާގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި ނަމަވެސް އެ ދެ ވޯޓު ބާޠިލު ވޯޓު ކަމަށް ކަނޑައަޅާފައި ނުވުމާއި އަދި ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާތީ އެ ވޯޓު ފޮށި އަލުން ގުނައިދިނުމަށް އެދި މުޙައްމަދު ނަޒީޙގް ފަރާތުން ގައުމީ އިލެކްޝަންސް ކޮމްޕްލެއިނޓް ސ ބިއުރޯއަށް ޝަކުވާ ހުށަހެޅިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ
6މި ބުނެވުނު ޝަކުވާ ހުށަހެޅި ފަހުން ވޯޓު ކަރުދާހެއްގައި ރަނގަޅު ފާހަގަނޫން، އިތުރު ނިޝާންތަކެއް ޖަހާފައިވާކަން ފާހަގަކުރެވިފައިވާތީ އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެންޑޑޭޓި އާ މުޙައްމަދު ނަޒީޙއާ ހުރް 2 (ދޭއް) ވޯޓުގެ ތަފާތެއް ކަމުން މިއީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމެއްކަމަށް ބަޔާންކޮށް އެ ވޯޓު ފޮށި އަލުން ގުނައިދިނުމަށް އެދި މުޙައްމަދު ނަޒީޙގް ފަރާތުން ގައުމީ އިލެކްޝަންސް ކޮމްޕްލެއިނޓް ސ ބިއުރޯއަށް ޝަކުވާ ހުށަހެޅިއެވެ.
7އެޝަކުވާއަކީ ވޭވަށުގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފ އްޓަށް ލާފައިވާ ދެ ވޯޓު ކަރުދާހެއްގައި "ތިއްކެއް" ޖަހާފައި ހުރުމެވެ.
8އެ ޝަކުވާ ބަލައި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އިން 10 އެޕްރީލް 2026 ގައި ނިންމިނިންމުމުގައި ކަނޑައެޅީ، K2.1 ވޯޓު ފޮށީގެ ވޯޓު ގުނުމާމެދ ކޮށްފައިވު ޝަކުވާތައް ބެލިއިރު ދެންނެވުނު ވޯޓު ފޮށީގެ ވޯޓު ކަރުދާސް ގުނައިގެން މެނުވީ، […] ކައުންސިލު މެންބަރުގެ ވޯޓު ކަށަވަރު ނުކުރެވޭނެތީ، ނަންބަރު K2.1 ވޯޓު ފޮށީގެ ޚާއޞް ސެކިއުރިޓީ އުރަ ކަނޑައި، އެވޯޓު ފޮށީގައިވާ […] ކައުންސިލު މެމްބަރުގެ ވޯޓު ގުނައި އަލުން ނަތީޖާ ކަނޑައެޅުމަށެވެ.
9އެ ނިންމުން ނިންމުމާ ގުޅިގެން […] ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށި އަލުން ގުނއިރި ތިއްކެއް ޖަހާފައި ހުރި 3 (ތިނެއް) ވޯޓުކަރުދާހެއް ޞައްޙަކަމަށް ވޯޓު ފޮށީގެ ވެރިޔާ ކަނޑައެޅިއެވެ.
10އަދި […] ކައުންސިލްގެ މެންބަރް ކަމުގު އިންތިޚާބުގެ ރަސްމީ ނަތީޖާ 16 އެޕްރީލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވެއެވެ.
11މުޙައްމަދު ނަޒީޙުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި މިވާ އިންތިޚާބީ ޝަކުވާގެ މައްސަލައަކީ، ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި "ވޭވަށް ކައުންސިލގް މެމްބަރު ކަމަށް" ވާދަކުރި ކެނޑިޑޭޓުންގް މެދުގައި ބޭއްވި އިންތިޚާބު ބާޠިލކޮށު އެ އިންތިޚާބު އަލުން ބޭއްވުމަށް އަލި ކްޝަނެ ސ ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެދިހުށަހެޅި މައްސަލައެވެ. NECB/LCE-062/WDC/2026 ސެކިއުރިޓީ އުރަ 3 ކެނޑި ގޮތުގެ ރިޕޯޓު ހުށަހެޅި މައްސަލައިގެ ޚުލާސި އާއި މައްސަލަ ހުށަހެޅި ސަބަބު
12މުޙައްމަދު ނަޒީޙްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޚުލާސާ ގައި ބުނެފައިވަނީ؛ "މި ދަޢުވާއަކީ، 04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި، ލޯކަލް ކައުންސިލް އިންތިޚާބުގައި، "މ. ވޭވަށ ކައުންސިލް މެމްބަރުކަމަށް" ވާ ދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގައި، […] ސްކޫލްގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ވޯޓު ގުނަމުން ދިޔައިރު، ބޠާ ލ 02 ވޯޓުކަމަށް ޝައްކުކުރެވޭ 02 ވޯޓުކަރުދާސް، ޞައްޙަ 02 ވޯޓުކަމަށް ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭތީ، މިކަމުގެ ޝަކުވާ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމާއި ގުޅިގެން، މިވޯޓުފޮށި އަލުންގުނުމަށް ނިންމާ، 10 އެޕްރީލް 2026 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ބެލުމުގެ ދަށުން އަލުން ގުނިއިރު، އިސްވެ ބަޔާންކުރެވުނު 02 ވޯޓުކަރުދާސް ހިމެނޭގޮތަށް ޖުމްލަ 03 ވޯޓު ކަރުދާހެއް ޞައްޙަކަމަށް ކަނޑައަޅައި، […] ކައުންސިލު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކޮށްފައިވަނި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކެންޑިޑޭޓަށް ލިބިދޭ ޙައްޤަށް އުނިކަން ލިބި، ވޯޓުގެ ޞައްޙަކަން ގެއްލި، އިންތިޚާބުގެ ޞައްޙަ ނަތީޖާއަށް ބަދަލު އަންނަފަދަ ގޮތަކަށް ކަމަށްވާތީ، މިއީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބތަކު ބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، "ލޯކަލް ކަންސިލް އިންތިޚާބުގައި "ވޭވަށ ކައުންސިލް މެމްބަރުކަމަށް" ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބޠިލާ ކޮށު މި އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެދި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުރާ ދަޢުވާއެއް ކަމަށެވެ."
13މި ދަޢުވާ ތަފުސީލުކުރަމުނ މުޙައްމަދް ނަޒީޙް ގެ ފަރާތުން ޖުމުލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.13 04 އެޕްރީލް 2026 ވަނަ ދުވަހު ވޯޓު ގުނިއިރު، ވޯޓުކަރުދާހުގައ އެއި ފާހަގައަށްވުރެ ގިނަ ފާހަގަތަކެއް ހުރުމުގެ ސަބަބުން، އެއީ ބާޠިލު 02 ވޯޓުކަމަށް، އެ ވަގުތު ވޯޓު ފޮށި ދޮށުގައި ހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއީ ޞައްޙަ ވޯޓުކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އަދި ވޯޓު ފޮށި އަލުން ގުނުމަށް ނިންމައި އަލުން ގުނިއިރު، އެ ވޯޓު ފޮށީގެ ކަރުދާސްތަކުގެ ތެރެއިން 03 (ތިނެއް) ކަރުދާސް ޞައް ޙކަމަށ ކަނޑައަޅާފައިވް ކަމަށެވެ.
2.13އެ ވޯޓު ކަރުދާސްތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ކެންޑިޑޭޓަށް ލިބިދޭ އަސާސީ ހައްޤަށް އުނިކަން އަންނަ ގޮތަށް ކަމަށާއި، މިއީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
3.13 ތިއްކަކީ ދިވެހިރާއްޖެއާއ އަދި އެހެނިހެން ޤައުމުތަކުގައިވެސް ބޭނުންކުރާ ފާހަގތަކަ އެ ކަމަށާއި، މިމައްސަލައިގައި ސުވާލު އުފެދިފައިވާ 3 ވޯޓު ކަރުދާހުގައި ވޯޓުދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން ފެންނަން ހުރީ، ކޮންމެވެސް ގޮތަކުން ޤަޞްދުގައި ޖަހާފައިވާ ފާހަތަކެއ ކަމަށް ދެކޭކަމަށެވެ. މިސާލަކަށް މި ފާހަގތަކަކީ ޕްރިންޓްކުރުމުގައަ ޖެހިފައި ހުރި ފާހަގތަކެއ ކަމުގައް ވާނަމަ ވެސް މި ބަންޑެލީގައ ހިމެނި އެހެން ހުރިހާ ކަރުދާހެއްގައިވެސް މިފާހަގަ ފެންނަން ހުންނާނެކަމަށް ދެކޭކަމަށެވެ.
މައްސަލަހުށަހެޅި ފަރާތުން އެދޭގޮތް
14މުޙައްމަދު ނަޒީޙް ގެ ފަރާތުން އެދޭގޮތް ކަމަށް މައްސަލަ ހުށަހަޅި ފޯމުގައި ބަޔާންކޮށްފައިވަނީ، 04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓުފޮށި ނަންބަރު K2.1 […] ސްކޫލްގައ ބެހެއްޓި ވޯޓު ފޮށީގެ ވޯޓުކަރުދާސްތަކުގެ ތެރެއިން މިދޢަ ވާގައު ބުނާ 03 (ތިނެއް) ވޯޓު ކަރުދާސް ޞައްޙަކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނަ ގޮތަށްކަމަށާއި، ޤާނޫނު ނަންބަރު 2008/11(އިންތިޚބުތަކާބެހާ ޢންމާ ޤާނޫނު)ގެ 2 ވަނަ މާއްދާއިން ތަޞައްވަރުކުރާ މަޤްޞަދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢންމާ ޤާނޫނު)ގެ 65 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް "ލޯކަލް ކައުންސިލތަކުގް އިންތިޚާބުގައި "ވޭވަށް ކައުންސިލް މެމްބަރުކަމަށް" ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ބާޠިލު ކޮށް މި އިންތިޚާބު އަލުން ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށްދި ނުމަށެވެ.
15މި މައްސަލައިގެ އެދޭގޮތް ސާފުކޮށްދިނުމަށް ޝަރީޢަތުން އެންގުމުން، އެދޭގޮތަކީ 04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި، "މ. ވޭވަށ ކައުންސިލް މެމްބަރު" ކަމުގެ އިންތިޚާބުގައި […] ސްކޫލްގައި ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ނަތީޖާ ބާޠިލު ކަމަށް ކަނޑައަޅައި އެ އިންތިޚާބު އަލުން ބޭއްވުމަށް އަމުރު ކޮށްދިނުން ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ.
މައްސަލަ ރައްދުވާ ފަރާތުގެ ވާހަކަ
16ދަޢުވާގެ ރައްދުގައި އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރާ ވޯޓު ކަރުދާސްތައް ޞައްޙަ ކަމަށް ކަނޑައަޅާފައިވަނީ އެތިކިތަކަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ހުރި ތިކިތަކެއް ކަމަށް ވުމުން ކަމަށެވެ.
17ވޯޓު ކަރުދާސް ޗާޕުކުރަނ އެކީ މަރުޙަލާތަކަށް ބަހާލައިގެން ކަމަށާއި ޗާޕުކުރުމަށްފަހު ކަރުދާސް ޗެކު ކުރާ ކަމަށާއި، ޗެކު ކުރުމަށްފަހު އެ ކަރުދާހުގައި ހުރި އާދަޔާ ޚިލާފު އައިބެއްގެ ސަބަބުން އޭގެ ސިއްރުކަން ގެއްލޭ ކަމަށް ވާނަމަ އެ ކަރުދާސް އަލުން ޗާޕުކުރާނެ ކަމަށާއި ވޯޓުލާ މަރުކަޒަށް ފޮނުވާނީ އެފަދަ އައިބެއް ނެތް ކަރުދާސް ކަމަށެވެ. މި މައްސަލައިގައި ފާހަގަކުރާފަދަ ތިކިތައް އެހެން ވޯޓު ފޮށިތަކުގައި ވެސް ހުންނާނެ ކަމަށާއި މިފަހަރުގެ އިންތިޚާބާ ގ ހުރހި ކަރުދާހަށް ބަލާލިކަމގައު ވިޔަސް ކޮންމެވެސް މިންވަރަކަށް އެކި ތަންތާ އެގޮތަށް ދެލިތިކި ހުރުން އެކަށީގެންވާ ކަމަށެވެ.
18ވޯޓު ކަރުދާހުގައި ޗާޕު ކުރުމުގެ ތެރޭގައި ދިމާވެފައިވާ މައްސަލައެއްގައި އެއީ ވޯޓު ކަރުދާހުގެ މަޤުޞަދު ގެއްލޭ މިންވަރަށް ހުރި އައިބެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި މިއީ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.
19ވޯޓު ކަރުދާހުގައި ސިއްރުކަން ގެއްލޭވަރުގެ ތިއްކެއް ނުވަތަ އައިބެއް ހުރެގެން ވޯޓުލާ މަރުކަޒުގައި އިންތިޚާބު އޮތް ދުވަހު އެއްވެސް ފަރާތަކުން ޝަކުވާއެއް ނުކުރާ ކަމަށާއި އެހެންކަމުން އެފަރާތުން ދެކެނީ ވޯޓު ކަރުދާހުގައި އެއްވެސް އައިބެއް ނެތްކަމަށެވެ.
20އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ މާއްދާގައި ބާޠިލް ވޯޓު ކަމަށް ބަލަންވާނީ އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާސް ކަމުގައި ބަޔާން ކޮށްފައިވުމުން، މިއީ ވޯޓު ކަރުދާސް ޗާޕު ކުރާއިރު ލިޔެފައިވާ ލިޔުން ތަކާއި ކުރަހާފައިވ ނުވަތާ ކުރެހިފައިވާ ކުރެހުންތައް ފިޔަވައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ މީހާ ލިޔެފައިވާ ނުވަތަ ކުރަހާފައިވާ ކުރެހުން ތަކުގެ ވާހަކަ ކަން އެމާއްދާއިން އެނގޭ ކަމަށެ ވެ.
21ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ ތަޠުބީޤުކުރާއިރު އިންތޚި ބުތަކާބެހާ ޢާ ންމ ޤާނޫނގު މަޤުޞަދަކު ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި، ވޯޓުދޭމީހ ވޯޓާ ކަރުދާހުގައި ލިޔުމާއި ކުރެހުން ހުއްޓުވުން ކަމަށްވާއިރު، ވޯޓު ފޮށީގެ ވެރިޔާ ނުވަތަ ވޯޓު ގުނާ ފަރާތުން ބަލަންވާނީ ވޯޓު ކަރުދާހުގައި ވޯޓުދިނ ފަރާތުން ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވޭތޯ ކަމަށެވެ.
22އެހެންކަމުން، ވޯޓު ފޮށީގެ ވެރިޔާ ނިންމާފައިވާ ނިންމުމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ރޫހާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
މައްސަލަރައްދުވާ ފަރާތުން އެދޭގޮތް
23މައްސަލަ ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ބުނެފައިވަނީ، މައްސަލަ ހުށަހަޅާ ފައިވާ ފަރާތުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ބާޠިލު ވޯޓެއް ޞައްހަ ވޯޓެއް ކަމަށް ގުނާފައިވ ކަނާ ސާބިތް ކޮށު ދެވިފައި ނުވާތީ އާއި، ވޭވަށ ކައުންސިލު މެމްބަރ ކަމަށު ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ބާޠިލު ކުރެވޭނެ ފަދަ ޤާނޫނީ އަސާސެއް މައްސަލަ ހުށަހެޅި ފަރާތުން ސާބިތު ކޮށްދެވިފައި ނުވާތީ، އެ އިންތިޚާބު ބާޠިލުކުރާނެ ތަނެއްނެތ ކަމަށް ކަނޑައަޅައު ދިނުމަށް އެދޭ ކަމަށެވެ.
ތަދައްޚުލުވި ފަރާތުގެ ވާހަކަ
24ތަދައްޚުލުވި ފަރާތުން ބުނެފައިވަނީ މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުން ދިން ޖަވާބށަ އެފަރާތުން ތާއިދުކރު ކަމަށާއި އޭގެ އިތުރަށް އެފަރާތުން ފާހަގަކުރަން ބޭނުންވާ ކަމަކީ، އިތުރު ފާހަގައެއް ލުމުން ވޯޓު ބާޠިލުވުމާއި ގުޅޭ ގޮތުން ޤާނޫނަށް މި ބަދަލު ގެނައި މަޤުޞަދުގެ މައްޗައް ކަމަށާއި، އެ ބަދަލު ގެނައި މަޤުޞަދުގެ ތެރޭގައި ހިމެނެނީ ވޯޓްލާންދާ މީހާ ވަކި މީހަކަށް ވޯޓުދިންކަނ ނުވަތް ނުދޭކަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ނުވަތަ އެކަން ޔަޤީންކުރާނެ ވަސީލަތެއްގެ ގޮތުން ޖަހާ ފާހަގައެއް ނުވަތަ ކޮންމެވެސް ކަހަލަ މީރާ ކއ ޖެހުމުން ބާޠެ ލުވ ގޮތަށާ އޮތުނި ކަމަށެވެ.
25މައްސަލައިގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިގެން މިދަނީ ފާހަގަޔަކާއ ނުވަތި ޑޮޓަކާ ގުޅޭގޮތުން ކަމަށވާއިރް ވޯޓު ކަރުދާސްތައް ޗާޕުކުރި ގޮތެއް އެނގެން ޖެހޭކަމަށެވެ. ވޯޓުކަރުދާހެއްގައި ބްލެކް އެނޑްވައިޓްކޮށް ހުންނަ ބައިތއަ ނުވަތް އަދި ކުލައިން ހުންނަ ބައިތައް ހުންނަ ކަމަށާއި ޗާޕުކުރުމަކީ އެއްފަހަރާ ޕްރިންޓަރަކަށް ލައްވައިގެން އެއްފަހަރާ ހުރިހާ އެއްޗެއް ޗާޕުކުރުންތޯ ނުވަތަ ކަޅއާ ހުދުން އޮންނަ ބައި ވަކިން ޗާޕކުރުމަށްފަހު އޭގެ ފަހުން ޕާޓީތަކުގެލޯގޯ ޗާޕުކުރުމަށްޓަކައި މެޝިނަކަށް ލައްވައިގެނ ވަކިން ޗާޕު ކުރެވުނީތޯ ސާފުވާންޖެހޭ ކަމަށެވެ.
26މުޅި އިންތިޚާބު ބާޠިލުކުރުމަށް އެދިފއވާއިރަ އެންމެ ފޮއްޓެއްގައި ވޯޓު ގުނުމގައު ދިމާވި މައްސަލައަކާ ގުޅިގެން މުޅި އިންތިޚާބު ބާޠިލުކުރުމަށް އެދެވިދާނެ ކަމަށް ނުދެކޭކަމަށާއި، އެހެންކަމުން މައްސަލަ ރައްދުވާ ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމައި ދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތުން ފާހަގަކުރާ ކަންކަން
27އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ، 2026 އޭޕްރީލް 04 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލތަކުގް އިންތިޚާބގައު […] ކައުންސިލގް މެމްބަރު ކަމަށް ވާދަކުރި ފަރާތެއްގެ ހައިސިއްޔަތުން މުޙައްމަދު ނަޒޙީ ހުށަޅާފައި މިވާ ޝަކުވާއަކީ، އެ އިންތިޚާބުގައި […] ސްކޫލްގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ވޯޓު ކަރުދާސްތަކުގެ ތެރެއިން މި މައްސަލައިގައި ބުނާ ތިން ވޯޓު ކަރުދާސް ސައްޙަކަމަށް އިލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކެންޑިޑޭޓަށް ލިބިދޭ އަސާސީ ޙައްޤަށް އުނިކަން އަންނަ ގޮތަށް ކަމަށާއި، މިއީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނގު 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމު މެއް ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއެކެވެ.
28ވޯޓު ކަރުދސްތަކުގާ ޞަ އްޙަކަމާމެދ މައްސަލު ހުށަހަޅަ ފަރާތުން ސުވާލު އުފައްދަނީ އެވޯޓު ކަރުދާހުގައި "ތ ކިތަކއެ " ފެންނަން ހުރިކަމަށް ބުނެއެވެ. އެ ތިކިތަކަކީ ވޯޓު ދިން ފަރާތުން ޤަޞްދުގައި ޖަހާފައިވާ ފާހަގައެއް ކަމަށް ތުހުމަތުކޮށް އެފަރާތުން ސުވާލު އުފައްދާ ވޯޓު ކަރުދާސްތަކން ފެންނަންހުރު ކަންކަން ފާހަގަކޮށް އެ ވޯޓު ކަރުދާސްތަކުގެ ތަސްވީރު މައްސަލައާއެކު ހުށަހަޅާފައިވެއެވެ.
29މި މައްސަލއަ ގައި އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ، މި މައްސަލައިގައި ހިމެނޭ 3 (ތިނެއ) ވޯޓު ކަރުދާހަކީ ޞައްޙަ ވޯޓު ކަރުދާސްތަކެއްކަމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް، ރަނގަޅަށްތޯއެވެ.
30ބަޔާންވެދިޔަ ސުވާލަށް ޖަވާބު ހޯދުމަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ، ޞއްޙަކަމަށަ ކަނޑައެޅި ވޯޓު ކަރުދާސްތަކުގައި، ތިއްކެއް ހުރިކަމމެދާ ޚަޞމުންގް މެދުގައި ޚލާފެއި ނެތެވެ. އެގޮތުން؛ I. 01 ވަނަ ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން 05 ވަނަ ނަންބަރުގައިވާ ކެންޑިޑޭޓުގެ ގޮޅިތެރޭގައި ތިއްކަކަށްވުރެ ބޮޑަށް ބައްޓަމަކަށްވާ ގޮތަށް އިތުރު ކުރެހުމެއް ސާފުކޮށް ފެންނަން އޮވެއެވެ. II. 02 ވަނަ ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގައިގެ އިތުރުން 05 ވަނަ ނަންބަރުގެ ކެންޑިޑޭޓުގެ ގޮޅިތެރޭގައި ވަރަށް ބޮޑަށް ފާހަގަވާ ގޮތަށް ތިއްކެއް ފެންނަން އޮވެއެވެ. III. 03 ވަނަ ވޯޓު ކަރުދާހުގައި ވެސް ޖަހާފައިވާ ފާހަގައިގެ އިތުރުން 01 ވަނަ ކެންޑިޑޭޓުގެ ނަންހިމެނޭ ގޮޅީގެ ތެރޭގައި ސާފުކޮށް އިތުރު ތިއްކެއް ފެންނަން އޮވެއެވެ.
31މި މައްސަލައަށް ޖަވާބު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހުށަހަޅާފައިވާ ތަސްވީރު ތަކުގައި ފެންނަން ހުރި "ތިކި" ތަކަކީ ޗާޕކުރުމުގައު ހުރި ތިކިތަކެއް ކަމަށެވެ. އެ ވޯޓުތައް ޞައްޙަކަމަށް ބަލާފައިވަނީ، އެއީ ޗާޕުކުރުމުގައި ހުރި ތިކިތަކެއް ކަމަށްވާތީކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ދަޢުވާ ފޯމާއެކު މައްސަލަ ސާބިތުކުރުމަށް ޖަދުވަލު 5.5 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތައް
32ވޯޓު ކަރުދާސް ޗާޕކުރުމުގައު ހުރި ދެލި ތިއްކެއް ނުވަތަ އއިބެއްގަ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ވޯޓުލާ ފަރާތްތަކާއި އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޙައްޤު ގެއްލޭނީ ހުރި ތިއްކެއް ނުވަތަ އއިބެއްގަ ސަބަބުން ލާފައިވާ ވޯޓުގެ ޞައްޙކަނަ އޮޅޭ މިންވަރަށް ހުރުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
33އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި، އެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފހަގައެއާ ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާޠިލު ވޯޓެއްކަމަށް ބަޔާންކުރެއެވެ.
34ހަމައެފަދައިން، ގަވާއިދު ނަންބަރު 2025/118-R (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތކުރް ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދު)ގެ 43 ވަނަ މާއްދާގައި ބާޠިލު ވޯޓާއި ބާޠިލު ކަރުދާހާއި، ނުދޭ ވޯޓާއި ޞައްޙަ ވޯޓަކީ ކޮބައިކަން ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު 1 (އެކެއ) ފާހަގަ ޖެހުން ފިޔަވައި، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނަމަ ނުވަތަ ލިޔުމެއް ލިޔެފައިވާ ނަމަ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާޠިލުވާނެ ކަމަށް ބަޔާންވެގެންވެއެވެ.
35އިލެކްޝަންސް ކޮމިޝަނުން ބުނަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރަށް ބަލާއިރު އެ މާއްދާގައި ބަޔާންކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ޗާޕު ކުރާއިރު ލިޔެފައިވާ ލިޔުން ތަކާއި ކުރަހާފައިވާ ނުވަތަ ކުރެހފައިވި ކުރެހުންތައް ފިޔަވައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ މީހާ ލިޔެފައިވާ ނުވަތަ ކުރަހާ ފައިވާ ކުރެހުން ތަކުގެ ވާހަކަ ކަމަށާއި، އެހެންކަމުން، އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު 1 (އެކެއ) ފާހަގަ ޖެހުން ފިޔަވައި، ވޯޓުކަރުދާހުގައި އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނަމަ ނުވަތަ ލިޔުމެއް ލިޔެފައިވާ ނަމަ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް ބަލަންވާނީ ބާޠިލު ވޯޓެއްކަމުގައިކަމަށެވެ.
36ކުރިންވެސް ބަޔާންވެދިޔަ ފަދައިން، މި މައްސަލައިގައި ހިމެނޭ ވޯޓުކަރުދާހުގައި ވޯޓުލުމުގެ ގޮތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން، އިތުރު ފާހަގައެއް އޮތްކަމާމެދު ޚަޞމުންގް މެދުގައި ޚލާފެއި ނެތްއިރު، އެއީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ހުރި ތިކިތަކެއް ކަމުގައްޔާއި، އެކަމުން އަސަރެއް ކުރާނީ، ވޯޓުގެ ސައްޙަކަން އޮޅޭނަމަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
37HN1ވޯޓު ކަރުދާހުގައި، ކޮންމެހެން ލިޔަންޖެހޭ ނުވަތަ ކުރަހަންޖެހޭ ކުރެހުންތައް ފިޔަވައި އެހެން އެއްވެސް ފާހަގައެއް، ކުރެހުމެއް ނުވަތަ ލިޔުމެއް ނެތުމަކީ ވޯޓު ކަރުދާސް އުޞޫލެއްގެ ގޮތުން އޮންނަންވާނެ ގޮތެވެ. އެ ކަރުދާސް ޗާޕުކުރުމުގައި، އެ ކަރުދާހުގައި އޮންނަން ނުޖެހޭ ފާހަގައެއް، ކުރެހުމެއް ނުވަތަ ލިޔުމެއް އޮތްތޯ ބެލުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ. އެހެންކަމުން، ޢާންމު އުޞޫލަކުން، ވޯޓުލުމަށް ޓަކައި، ވޯޓުލާ މަރުކަޒަށް ފޮނުވާފައިވާ ކަރުދާހަކީ، ވަކިވަކިން އެ ކަރުދާސްތައް ބަލައި، އެ ވޯޓު ކަރުދާސްތަކުގައި، ވަކި ކަރުދާހެއް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ނިޝާނެއް ނެތް ނުވަތަ ކަރުދާސްތަކުގެ ސިއްރުކަން ނުގެއްލޭނެފަދަ ކަރުދާސްތަކެއްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރަންވާނެ ހިނދު، ޢާންމު އުޞޫލަކުން ބަލާއިރު، އެފަދަ ނިޝާނެއް ވޯޓު ކަރުދާހެއްގައި އޮވެދާނެކަމަށް ބަލަންވާނެކަމުގައި ނުދެކެމެވެ. ނުވަތަ ބަލަންވާނީ ވޯޓު ކަރުދާހެއްގައި އެފަދައިން ވޯޓު ކަރުދާހެއް ވަކިކޮށް ދެނެގަނެވޭނެފަދަ ނިޝާނެއް ނުހުންނާނެ ކަމަށް ކަމުގައި ދެކެމެވެ.
38އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ކަރުދާސްތައް ޗާޕުކުރުމަށް ފަހު ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ ކުރިން ކޮންމެ ކަރުދާހެއް ވަކިވަކިން ބަލައި ޗެކު ކުރާކަމަށާއި، މިފަހަރުވެސް އެގޮތުގެ މަތީން ކޮންމެ ކަރުދާހެއް ޗެކުކުރިކަމަށާއި، އެގޮތުން ޗާޕުކުރުމުގައި ބޮޑު އައިބެއް ހުރި ކަރުދާހެއްނަމަ، އަލުން އެ ކަރުދާހެއް ޕްރިންޓްކުރާ ކަމަށާއި، އެގޮތުގެ މަތީން މިފަހަރުވެސް ބައެއް ކަރުދާސްތަކާމެދު އަމަލު ކުރެވިފައިވާ ކަމަށެވެ.
39އެގޮތުން، މި މައްސަލައިގައި ހިމެނޭ 3 (ތިނެއ) ކަރުދާހަކީ، ކޮންމެ ކަރުދާހެއް ބަލައި ޗެކު ކުރުމުގެ ތެރެއިން، ފާހަގަވެފައިވާ ކަރުދާހެއްތޯ ނުވަތަ ވޯޓުލާ މަރުކަޒަށް ވޯޓު ކަރުދާސްތައް ފޮނުވިއިރު، ކަރުދާހުގައި ހުރި ފާހަގަތައް ހުރިކަން އެނގޭތޯ ޝަރުޢީ ތުނ ސުވާލުކުރުމުން، އެކަމަށް ވަކި ޖަވާބެއް އިލެކްޝަންސް ކޮމިޝަނުން ނުދެއެވެ. އޭގެ ބަދަލުގައި ބުނެފައިވަނީ، ވޯޓުލަމުންދިޔައިރު، އެފަދަ އެއްވެސް ފާހަގައެއް ހުރެގެން ވޯޓުލީ މީހަކު އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށެވެ. ހަމައެހެންމެ، ވޯޓު ލާ މަރުކަޒަށް ނ ކުލައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް ނުވެއްދޭނެ ކަމަށް ޤާނޫނުގައި އޮންނަ ކަމަށާއި، ވޯޓު ކަރުދާސްތަކުގައި ހުރީ ކަޅު ކުލައިގެ ފާހަގަތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
40HN2ޢާންމު އުޞޫލުން ބަލާއިރު ދަޢވާއެއު ސާބިތުކޮށްދިނުމުގެ ޒިންމާއަކީ އެ ދަޢުވާއެއް އުފުލާ ފަރާތަކަށް އޮތް ޒިންމާއެއް ނަމަވެސް މައްސަލަ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މިއުޞޫލުން ބަލާއިރު މިމައްސަލައިގައި ވޯޓު ކަރުދާހުގައި ފާހަގައެއް ހުރެގެން ދަޢވާއެއު ނުވަތަ ދަފްއެއް އުފުލާފައިވާއިރު، ސުވާލު އުފައްދާ ވޯޓު ކަރުދާސްތަކުގައި ފެންނަން ހުރި ތިކިތަކަކީ ޗާޕުކުރުމުގައި ހުރި ދެލި ތިކިތަކެއް ކަމަށް މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވުމުން، އެ ދަފުޢު ސާބިތުކޮށް ދިނުމަކީ އެފަރާތަށް އޮތް ޒިންމާއެކެވެ.
41އެހެންނަމަވެސް، މިމައްސަލައިގައި ބުނާ ވޯޓު ކަރުދާސްތަކުގައި ހުރީ ޗާޕުކުރުގައި ހުރި ތިކި ތަކެއްކަމަށް މައްސަލަ ރައްދުވާ ފަރާތުން ފާހަގަކުރާއިރު މިމައްސަލައިގައި އޮތީ ހަމައެކަނި އެފަރާތުން ބުނާ ބުނުމެކެވެ. އެފަރާތަށް ލަފާކުރެވޭ ކުރުމެވެ. އެތިކިތަކަކީ ޗާޕުކުރުމުގައި ޖެހިފައިވާ ތިކިތަކެއް ކަމަށް ކަށަވަރު ކަމާއެކު ނުވަތަ އެފަދައިން އެކަން ޝަރީޢަތުން ބަލަންޖެހޭ މިންގަނޑުން ސާބިތުވާ މިންވަރަށް އިލެކްޝަންސް ކޮމިޝަނުން ސާބިތުކޮށްދީފައި ނުވެއެވެ. އަދި އެފަރާތުން ހުށަހެޅި ޖަވާބު ފޯމަށް ބަލާއިރު މި ވާޤިޢާ ސާބިތުކުރެވޭ ފަދަ ހެކި ހުށަހަޅާފައިނުވެއެވެ.
42މިމައްސަލައިގެ އަޑުއެހުން ނިމުނު ފަހުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ވޯޓު ކަރުދާސް ޕްރިންޓް ކުރި "ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް" ގެ ފަރާތުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ބަޔާންކޮށް ލިޔުމެއް ހުށަހަޅާފައިވެއެވެ. އެލިޔުމަށ ބަލާއިރު އެލިޔުމުގައި ބަޔާންކޮށްދީފައިވަނީ ދެލި ތިކި ހުންނަން މެދުވެރި ވެދާނެ ސަބަބުތަކެވެ. މިދެންނެވުނު ލިޔުމަށް ބަލާއިރު މިމައްސަލައިގައި ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގައި ހުރީ ޗާޕުކުރުމުގައި ޖެހިފައިވާ ދެލި ތިކިތަކެއް ކަމަށް ޝަރީޢަތުން ބަލައިގަންނަންޖެހޭ މޭރުމަކުން ބަޔާންކޮށްދީފައި ނުވެއެވެ.
43އިންތިޚާބުތަކާބެހޭ ހުރިހާ ކަމެއް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާއިރު، ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައަޅާފައިވާ އިންތިޚާބުތަކުގައި ދެވޭ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާއިރު، ވޯޓު ކަރުދާހަކީ، އޭގައި ކޮންމެހެން ލިޔަންޖެހޭ ނުވަތަ އޮންނަންޖެހޭ މައުލޫމާތެއް ފިޔަވައި އެހެން އެއްޗެއް ނެތް ކަރުދާހެއްކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރަންވާނެއެވެ. އެއީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 2 ވަނަ މއ ދާގައް ބަޔާންކޮށްފައިވާ މ ޤސަދު ނެގެއްހެއްޓުމުގެ ގޮތުންނާއި، ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ދީމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތުގެމަތިން ބާއްވާ އިންތިޚާބުތަކެއްކަން ޔަޤީންކުރުމަށާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން، އިންތި ޚބުތަކުގައާ ދެވޭ ވޯޓަކީ ސިއްރު ވޯޓުކަން ކަށަވަރުވާނެ ގޮތަށް ކަމާގުޅޭ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުންނެވެ.
44އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި، އެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފހަގައެއާ ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާޠިލު ވޯޓެއްކަމަށް ބަޔާންކޮށްފައިވެއެވެ.
45މި މައްސަލައިގައި ހިމެނޭ ވޯޓު ކަރުދާސްތަކުގައި ފާހަގައެއް ހުރިކަން ސާފުކޮށް އެނގޭއިރު، އަދި އެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް އެއްބަސްވާއިރު، އެއީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޖެހިފައިވާ ފާހަގައެއްކަން އެކަށީގެންވާ ހަމައަކުން އިލެކްޝަންސް ކޮމިޝަނަށް ބުނެދެވިފައިނުވެއެވެ.
46HN3ވޯޓު ކަރުދާހުގައި އެކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ނުވަތަ ނިޝާނެއް އޮތުމަކީ، އެ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމެކެވެ. ބަހުސްގެ ބޭނުމަށް އެއީ ޕްރިންޓް ކުރުމުގައި ދިމާވެފައިވާ ކަމެއް ކަމުގައި ވިޔަސް، އެފަދަ ނިޝާނެއް ހުރުމުން ވޯޓުގެ ސިއްރުކަން ގެއްލޭނަމަ، އެކަމުގައި ވަކި ތަފާތެއް ގެންގުޅެންޖެހޭ ކަމުގައި ނުދެކެމެވެ.
47މި މައްސަލައިގައި ހިމެނޭ ވޯޓު ކަރުދާސްތަކަކީ ޞައްޙަ ވޯޓު ކަރުދާސް ތަކެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު؛ I. މި މައްސަލައިގައި ހުށަހެޅިފައިވާ، ދުރުން ނަގާފައިވާ ފޮޓޯތަކުންވެސް އެ ފާހަގަތައް ހުރިކަން ދެނެގަނެވޭކަން އެނގެން އޮތުމުންނާއި، II. ވޯޓު ގުނަމުންދިޔަ ވަގުތު އެތަނުގައި ތިބި ފަރާތްތަކަކަށް އެ ފާހަގަތައް ފާހަގަކުރެވި ޝަކުވާ ހުށަހަޅާފައިވުމާއި، III. ހުށަހެޅުނު ޝަކުވާއާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމި ނިންމުމަށް ބަލާއިރު، ވޯޓު ކަރުދާސްތަކުގައ ހުރި ފާހަގައިގެ ސަބަބުން، "ވޯޓު ކަރުދާސްތަކުގެ ތެރޭގައި ޞައްޙަ ވޯޓުކަން ނުވަތަ ބޠިލާ ވޯޓުކަން ކަށަވަރު ނުކުރެވޭ ވޯޓު ކަރުދާސްތަކެއް ހުރި" ކަމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ކަނޑައަޅާފައިވުމާއި، IV. އެފަދަ ފާހަގައެއް ހުރިތޯ ކަށަވަރުކުރުމުގެ ގޮތުން، ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމާފައިވާކަން އެނގެން އޮވެއެވެ.
48ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ 3 (ތިނެއ) ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކީ، މަތިމތިނަ ބެލުމުންވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމުގައި އަހުރެންނަށް ގަބޫލުކުރެވެއެވެ. އެހެންކަމުން، މި މައްސަލއަ ގައި ހިމެނޭ 03 (ތިނެއް) ވޯޓަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭ ގޮތަށް ހުރި ވޯޓުތަކެއ ނޫންކަން ދެނެގަނެވެއެވެ.
49ވޯޓު ކަރުދާހެއްގައ ވަކި މިވެނި ފާހަގައެއް އޮންނާނެކަމަށް ބުނުމުގެ ފުރުސަތު އޮވެ، އެ ފާހަގައަކީ، ދުރުން ބަލަންތިބޭ ފަރާތްތަކަށް މަތިމަތިން ބެލުމުންވެސް ފާހަގަވާން އޮންނާނެފަދަ ފާހަގައެއް ނަމަ، އެ ވޯޓު ކަރުދާހަކީ، ވަކިކޮށް ދެނެގަނެވޭނެފަދަ ފާހަގައެއް އޮތް، އަދި ސިއްރުކަން ކަށަވަރުނުވާ ވޯޓު ކަރުދާހެކެވެ.
50ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 7 ވަނަ މާއްދާގެ މަޤުސަދު ކަމަށްވެފައި، އެއީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ މަޤުސަދުކަމަށް މައްސަލައަށް ތަދައްޚުލުވި ފަރާތުންވެސް ބުނެފައިވާއިރު، އެ މާއްދާގައި، "އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަންބަރު: 062/WDC/2026-NECB/LCE ގެ 5 ވަނަ ނުކުތާ. ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާޠިލް ވޯޓެއް" ކަމަށް ބަޔާންކޮށްފައިވަނީ، އެކަމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލިދާނެތީކަން ދެނެގަނެވޭހިނދު، ޕްރިންޓްކުރުމުގެ ތެރޭގައިވެސް، އެ ކަރުދާސް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ހުރިނަމަ، އެއީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރަށް ޤޔާސްކޮށި ބަލާއިރު، މުޅި ޤާނޫނުގެ މައިގަނޑު އެއް މަޤުސަދު އަދި އެ މާއްދާގެ މަޤުސަދު ހާސިލުނުވާނެ ގޮތަށް ސިއްރުކަން ކަށަވަރު ނުކުރެވޭގޮތަށ ހުރް ވޯޓު ކަރުދާސްތަކެއްކަން ދެނެގަނެވޭހިނދު، މި މައްސަލައިގައި ހިމެނޭ 3 (ތިނެއް) ވޯޓު ކަރުދާހަކީ، ބާޠިލު ވޯޓުގެ ގޮތުގައި ގުނަންޖެހޭ ކަރުދާސްތަކެއް ކަމުގައި ދެކެމެވެ.
އިންތިޚާބު ބާޠިލުކުރަންޖެހޭ ސަބަބެއް އޮތްތޯ ބެލުން
51މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، 04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި، "މ. ވޭވަށް ކައުންސިލް މެމްބަރު" ކަމުގެ އިންތިޚާބުގައި […] ސްކޫލްގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ނަތީޖާ ބާޠިލު ކަމަށް ކަނޑައަޅައި އީ އިންތިޚާބު އަލުން ބޭއްވުމަށް އަމުރު ކޮށްދިނުމަށެވެ.
52މައްސަލަ ރައްދުވާ ފަރާތުން އެދިފައިވަނީ، އިންތިޚާބާ ބާޠިލު ކުރަންޖެހޭފަދަ އަސާސެއް، ހުށަހަޅައި ދެވިފައިނުވާތީ، އިންތޚި ބާ ބާޠިލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި ތަދައްޚުލުވި ފަރާތުން އެދިފައިވަނީ މައްސަލަ ރައްދުވާ ފަރާތުން އެދުނުގޮތަށ މައްސަލް ނިންމައި ދިނުމަށެވެ.
53HN4އިންތިޚާބެއް ބާޠިލުކޮށް އަލުން އިންތިޚާބު ބޭއްވޭނެ ޙާލަތު ބަޔާންކުރަނީ އިންތިޚބުތަކާބެހާ ޢާންމު ޤާނޫނު ގެ 65 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާ ގައި ބުނަނީ އަންނަނިވި ފަދައިންނެވެ. އިންތިޚާބު ބާޠިލުކުރުން 65 (ހ) އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައިވާ ގޮތުގެމަތިން އިޢުލާންކޮށްފައިވަނިކޮށް، މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެއެވެ. 1- އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން . 2- އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން. 3- މި ޤާނޫނާއި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.
54އެ މާއްދާއަށް ބަލާއިރު އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވައި ދިނުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން، ނުވަތަ އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން، ނުވަތަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުމާއި، މިއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެކަމުގެ މައްޗަށް ބިނާކޮށް އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ.
55މިމައްސަލައިގައި އޮތް ޝަކުވާއަކީ، 04 އޭޕްރީލް 2026 ވަނަ ދުވަހު ބޭއްވި، "މ. ވޭވަށް ކައުންސިލް މެމްބަރު" ކަމުގެ އިންތިޚާބުގައި […] ސްކޫލުގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮއްޓަށް ލާފައިވާ ތނި ވޯޓު ކަރުދާހެއްގެ ޞައްޙަކަމާ ގުޅޭގޮތުން އޮތް ޝަކުވާއެކެވެ. އެއީ ވަކި ވޯޓު ކަރުދާސްތަކެއް ޞއަ ޙްކަމަށް ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށް ހުށަހެޅުނު ހުށަހެޅުމެކެވެ. އަދި މި ހުށަހެޅުމުގައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ 3 ޙާލަތުންކުރެ ޙާލަތެއް ބަޔާންކޮށްފައި ނުވެއެވެ. ހަމައެހެންމެ، ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މިއީ އެ ކަމުގެ ސަބަބުން މުޅި އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާ ކަމެއްކަމުގައި ނުފެނެއެވެ. ނުވަތަ މި މައްސަލއިގައަ ހިމެނި ކަރުދާސްތަކާމެދ ގޮތެއު ނިންމުމަކުން އެ ވޯޓު ފޮށީގެ ހުރި އެހެން ވޯޓު ކަރުދާސްތަކުގެ ޞައްޙަކަމަށް އަސަރެއް ފޯރާނެ ފަދަ ސަބަބެއް ހުށަހެޅިފައި ނުވެއެވެ. އެހެންކަމުން، މިމައްސަލައަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ފަދައިން އިންތިޚާބު ބާޠިލުކުރަންޖެހޭފަދަ ޙާލަތެއް މި މައްސަލައަކު ނެތެވެ.
56އެހެނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރގައު ބަޔާންކޮށްފައިވާފަދަ، ވަކިވަކި ވޯޓު ބާޠލުވުމުގި ޙާލަތަކީ، އާ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޅި އިންތޚިބ ނުވަތު އެ ސަރަޙައްދެއްގެ އިންތިޚާބު ބާޠލުކުރަންޖެހޭފަދަ ކަމެއްގި ގޮތުގައި ބަލައިގެންފައިވާ ކަމެއްކަމުގައި ނުވާތީއެވެ.
57އެހެންކަމުން، މި މައްސަލައިގައި، މުޅި އިންތޚިބ ނުވަތު އެ ސަރަޙައްދުގެ އިންތިޚާބާ ބާޠލުކަމަށި ކަނޑައަޅަންޖެހޭ ފަދަ ކަމެއް ހުށަހެޅިފައިނުވާހިނދު، މިކަމުގެ މައްޗަށް ޝަރުޢީ ތުގ މަޖިލީހުގައި ސުވާލުކުރެވި ކުރެވުނު ބަހުސްތަކަށް ރިޢާޔަތްކުރާއިރު، މައްސަލަ ރައްދުވާ ފަރާތާއި، ތަދައްޚުލުވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު SH/03-I-2014/HC ޤަޟިއްޔާ ފަރާތުން އެދިފައިވާގޮތަށް، އިންތި ޚބު ބާ ޠާލު ކުރަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، މި މައްސަލއިގައަ ގޮތި ނިންމޭނީ، މި މައްސަލައިގައި ހިމެނޭ 03 (ތިނެއް) ވޯޓު ކަރުދާސްތަކުގެ ޞައްޙަ ނުވަތަ ބޠިލާ ކަމާމެދު އެކަނިކަމުގައި ދެކެމެވެ. ނިންމަން ފެންނަގޮތް:
58ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މި މައްސަލައިގައި ހިމެނޭ 3 (ތިނެއ) ވޯޓު ކަރުދާހަކީ، އެކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ހުރި ކަރުދާސްތަކެއްކަން އެނގެން އޮތުމުގެ މައްޗަށް ރިއާޔަތްކޮށް، އެ ވޯޓުތަކުގެ ސިއްރުކަން ކަށަވަރު ކުރެވިފައިނުވުމުގެ މައްޗަށް، އެއީ ބޠާ ލ ވޯޓު ކަރުދާސްތަކެއް ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު
59މިމައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި "މ.ވޭވަށް ކައުންސިލް މެމްބަރުކަމަށް" ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލކޮށު އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކުރަންޖެހޭ ހާލަތެއު މިމައްސަލާގައި ނެތްކަމަށް ފަނޑިޔާރުންގެ މަޖްލީހުގެ ރިޔާސަތުން ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ކަނޑައަޅުއްވާފައިވާ ނުކުތާއަށް އަހުރެންތާއީދުކުރަމެވެ. އޭގެއިތުރުން މި މައްސަލާގައި އަހުރެންނަށް ފާހަގަކުރެވޭ ކަންކަން ތިރީގައި އެވަނީއެވެ.
60މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ ލޯކަލް އކަ ންސިލު އިންތިޚާބު 2026 ގައި "މ.ވޭވަށް ކައުންސިލް މެމްބަރުކަމަށް" ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލކޮށު އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށެވެ. އެގޮތަށް އެފަރާތުން އެދޭ އެދުން ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ މައްސަލަ ހުށަހެޅި ފަރާތުގެ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ބެލުމުގެ ދަށުން އަލުން ވޯޓު ގުނައި، […] ކައުންސިލު އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކޮށްފައިވަނި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގާ 26 ވަނަ މާއްދާއިން ކެންޑިޑޭޓަށް ލިބިދޭ ޙައްޤަށް އުނިކަން ލިބި، ވޯޓުގެ ޞައްޙަކަން ގެއްލި، އިންތިޚާބުގެ ޞައްޙަ ނަތީޖާއަށް ބަދަލު އަންނަފަދަ ގޮތަކަށް ކަމަށްވާތީއެވެ. އެއީ އެނިންމުމަކީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބތަކު ބެހާ ޢާއްމު ޤާނޫނު) ގ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތާ ޚލި ފ ނިންމުމެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ދެކޭތީއެވެ.
61މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާ 03 (ތިނެއް) ވޯޓު ކަރުދާސްކޮޅ ކަމަށު ބުނެ ޝަރީޢަތަށް ހުށަހަޅާފައިވާ ކަރުދާސްތަކީ، ވޯޓު ގުނަމުންދާއިރު، ކަމާ ބެހޭ އޮފިޝަލުން ކޮންމެ ކަރުދާހެއް ދައްކަމުންދާ ދިއުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯ ތަކެއްކަން އެނގެއެވެ. އެ ފޮޓޯތަކުން ފެންނަ ކަރުދާސްތަކަށް ބަލާއިރު، މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރާ ގޮތަށް ކުދި ތިކިތަކެއް ހުރިކަން އެނގެއެވެ. މައްސަލަ ހުށަހެޅި ފަރާތުން ދެކޭ ގޮތުން އެއީ ވޯޓު ކަރުދާހުގައި ހުރެގެން ވާނެ ތިކިތަކެއް ނޫނެވެ. އޭގެސަބަބުން އެ ތިން ކަރުދާހުގެ ޞައްޙަކަން ގެއްލޭތީއެވެ. އެއީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު)ގެ 56 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގެ ދަށުން ބާޠިލު ވޯޓުތަކެއ ކަމުގައް ބަލަންޖެހޭތީއެވެ. އެމާއްދާގައި ވަނީ "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު. " މިފަދައިންނެވެ. މައްސަލަ ހުށަހެޅި ފަރާތުގެ ބަހުން ނަމަ ތިއްކަކީ އެމާއްދާގައި ބުނާ ފަދަ ފާހަގައެކެވެ. އެފަދަ ވޯޓު ކަރުދާސް ބާޠިލުކުރުމުގައި އެފާހަގަ ޖެހީ ވޯޓުލީ މީހާތޯ ނުވަތަ އެހެން މީހަކުތޯ ބަލާކަށް ނުޖެހޭނެއެވެ.
62މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަން އިން ބުނެފައިވާ ގޮތުން، މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާ ތިން ކަރުދާހުގައި ޖެހިފައިވާ ތިކިތަކަކީ ކަރުދާސް ޗާޕުކުރުމުގައި ޖެހިފައިވާ ދެލިތިކިތަކެކެވެ. އެފަދަ ކަންކަމަކީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި އަބަދުވެސް ހިނގާ ކަމެކެވެ. ޗާޕުކުރ ވޯޓާ ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ޗެކުކުރާ ކަމަށާއި، ޗާޕުކުރާ ކަރުދާހުގއަ ހުންނަ އާދަޔާ ޚިލާފު އައބެއްގި ސަބަބުން އޭގެ ސިއްރުކަން ގެއްލޭ ކަމަށް ވާނަމަ، އެކަރުދާހެއް ބޭނުން ނުކުރާ ކަމަށާއި، އެހާލަތުގައި އަލުން ޗާޕުކުރަނީ ކަމަށެވެ. ނަމަވެސް، އާދަޔާ ޚިލާފު އައިބެއް ނެތް ނަމަ، އެފަދަ ވޯޓު ކަރުދާސް ބޭނުންކުރާ ކަމަށެވެ. މި މައްސަލައިގައި ފާހަގަކުރާފަދަ ތިކިތައް އެހެން ވޯޓު ފޮށިތަކުގައި ވެސް ހުންނާނެ ކަމަށާއި މިފަހަރުގެ އިންތޚިބގު ހުރހި ކަރުދާހަށް ބަލާލިކަމގައު ވިޔަސް ކޮންމެވެސް މިންވަރަކަށް އެކި ތަންތާ އެގޮތަށް ދެލިތިކި ހުރުން އެކަށީގެނވް ކަމަށެވެ.
63ވޯޓކަރުދު ސ ޗާޕްކުރުމުގެ ތެރޭގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަރުދާހުގައި ހުންނަ އައިބު އެއީ ވޯޓު ކަރުދާހުގެ މަޤްޞަދު ގެއްލޭ މިންވަރަށް ހުރި ޢައިބެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމކަ ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
64އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރު ގައި "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު. " މިގޮތަށް ބަޔާންކުރުމުގެ މަޤްޞަދަކީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުން ކަމަށް މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުގެ ވާހަކަތަކުން ޖުމްލަކޮށް އެނގެއެވެ. މީގެއިތުރުން، މައްސަލައަށް ތަދައްޚުލުވި ފަރާތުން ފާހަގަކޮށްފައިވާ ގޮތުން، ވޯޓްލާންދާ މީހާ ވަކިމީހަކަށް ވޯޓުދިންކަނ ނުވަތް ނުދޭކނަ ކަށަވަރުކޮށްދިނުމުގެ ގޮތުން ނުވަތަ އެކަން ޔަޤީންކުރާނެ ވަސީލަތެއްގެ ގޮތުން ޖަހާ ފާހަގައެއް ނުވަތަ ކޮންމެވެސް ކަހަލަ މާކއެ ޖެހުމުން އެވޯޓު ބާޠިލުވާ ގޮތަށް އޮތުމަކީ އެމާއްދާގެ މަޤްޞަދެވެ. މައްސަލައަށް ތަދައްޚުލުވި ފަރާތުގެ މި ވާހަކަ ވެސް ގުޅޭނީ ވޯޓުގެ ސިއްރުކަން ހިފެހެއްޓުމާ ކަން އެނގެއެވެ.
65HN5އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު ގެ 56 ވަނަ މާއްދާ އަކީ ބާޠިލު ވޯޓު ބަޔާންކޮށްފައިވާ މާއްދާއެކެވެ. އެމާއްދާގެ (ހ)ގެ 1 އިން 6 އަށް ބަލާއިރު، އެނަންބަރުތަކުގައި ބުނެފައިވާ ގޮތަށް އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ. އެމާއްދާގެ ޢިބާރާތަށް ބެލުމުން ވޯޓުފޮއްޓަށް ލާފައިވާ ކަރުދާހެއް އެއީ ބާޠިލު ވޯޓެއް ކަމަށް ބަލަން ހުރި ހުރިހާ ކަމެއް ވެސް ނިސްބަތް ވަނީ ވޯޓުލާ މީހާ ޢަމަލުކޮށްފައިވާ ގޮތާ ކަން އެނގެއެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ވޯޓުލުމާއި، ކަރުދާހުގައި އެއްވެސް ފާހަގައެއް ނުޖެހުމާއި، ޤާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަނ އެނގޭގޮތަށް ވޯޓު ދީފައި އޮތުމާއި، ވޯޓު ދޭ ވަކި ކެންޑިޑޭޓެއ ކަށަވަރުކުރަން ނޭނގޭ ގޮތަށް ވޯޓު ދިނުމާއި، ކަރުދާހުގައި ފާހަގަޖެހުމާއި، ލިޔުމާއި، ކުރެހުމާއި މިއިން ކޮންމެ ކަމެއްވެސް ގުޅެނީ ވޯޓު ދިނުމުގައި ވޯޓުދިން މީހާގެ ޢަމަލުތަކާއެވެ.
66ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގައި ވަނީ "ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް، ނުވަތަ އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށ ޤާނޫން މާނަކުރުމަށް އިސްކަންދޭންވާނެއެވެ. އަދި އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުނުވާނެގޮތަކަށް އެ ޤާނޫނު މާނަކުރެވިގެން ނުވާނެއެވެ. " މިފަދައިންނެވެ. މި މާއްދާގެ އަލީގައި އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގައި ހުރި ކަންކަން ކިޔާއިރު، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި ދެލިތިކިތަކެއް ޖެހިފައި އޮތުމުން ވޯޓު ކަރުދާސް ބާޠިލުވާނެ ކަމަށް މާނަކުރުމަކީ ޤާނޫނުގެ މަޤްޞަދު ކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫން)އަށް 5 ވަނަ އިސްލާހެއް 2024 ވަނަ އަހަރު ގެނެވިފައި ވާއިރު، އެ އިޞްލާޙުގައި، ބާޠިލު ވޯޓަކީ ކޮބައިކަން ބަޔާންކުރާ އެޤާނޫނުގެ 56 ވަނަ މާއްދާ އަށް (ބ) އަދި (ޅ) އިތުރު ކުރެވިފައި ވެއެވެ. އެމާއްދާގެ (ބ) ގައި ވަނީ "ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާނަމަ، އެއީ ޞައްޙަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ." މިމާއްދާތައް އެކުއެކީގައި ކިޔުމުން، އަހުރެންނަށް ކުރެވޭ މާނައަކީ، ޗާޕުކުރުމުގެ ތެރޭގައި ވޯޓުކަރުދާހުގައި ދެލިތިކ ޖެހިފައި ހުންނަ ހާލަތުގައި ވެސް އަދި ވޯޓުލާ މީހާއަށް ވޯޓުކަރުދާސް ދިނުމުގެ ތެރެއިން ނުވަތަ ވޯޓު ގުނުމުގެ ތެރެއިން ކަމާބެހޭ އޮފިޝަލަކު ގެންގުޅޭ ގަލަމެއްގެ ތުނޑު ވޯޓުކަރުދާހުގައ ޖެހިފައި އޮތި ނަމަވެސް، ނުވަތަ ދެލިކޮޅެއް އުނގުޅިފައި އޮތް ނަމަވެސް، ވޯޓުލީ މީހާ ވޯޓު ލާފައިވަނީ ކޮން ކެންޑިޑޭޓަކަށް ކަން އެނގޭގޮތަށް ވަކި ނަމަކާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާ ނަމަ އެއީ ޞައްޙަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ.
67މިމައްސަލައާ ގުޅިގެނާ ބޭއްވުން ޝަރީޢަތުގެ އަޑުއެހުމުގައި، މައްސަލަ ރައްދުވާ ފަރާތުން ހެކިން ހާޒިރުކުރުމަށް ނުވަތަ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ދެލިތިކި ހުރުމާ ގުޅޭގޮތުން ޗާޕުކުރި ފަރާތުގެ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތަކަށް މައްސަލަ ރައްދުވާ ފަރާތުން އެދިފައިވެއެވެ. އެކަމާ ގުޅޭގޮތުން، އެފަރާތުން ހުށަހަޅަން ބުނާ ލިޔުން ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ޝަރީޢަތުން ދެވުނެވެ. އަދި އެލިޔުން ކޯޓަށް ހުށަހެޅުމުން، މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކޮށް، އެކަމާ ގުޅޭގޮތުން މައްސަލާގައި ހިމެނޭ އެހެން ފަރާތްތަކުން ދޭން ބޭނުންވާ ރައްދެއް ލިޔުމުން ކޯޓަށް ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް އެފަރާތްތަކަށް ވެސް ދެވިފައިވެއެވެ. މައްސަލަ ރައްދުވާ ފަރާތަށް ދެވުނު ފުރުސަތުގައި އެފަރާތުން ހުށަހަޅާފައިވަނީ، ނޮވެލްޓީ ޕްރިންޓާރސ އެންޑް ޕަބްލިޝާސްގެ ފަރާތުން 07 މެއި 2026ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެކެވެ. އެސިޓީގެ ފެށުމުގައިވާ ވާހަކައަށް ބަލާއިރު، އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު 2026 ގައި ޗާޕުކުރި ވޯޓުކަރުދާހުގައި، ލޭއައުޓްގައ ނެތި ދެލިތިކި ފަދަ ފާހަގަތައް ވޯޓުކަރުދާހުގެ އެކި ތަންތާނގައި ހުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނޮވެލްޓީއަށް ފޮނުވި ސިޓީއަކާ ހަވާލާދީ ފޮނުވާފައިވާ ސިޓީއެއްކަން އެނގެއެވެ. ކަރުދާހުގައި ދެލިތިކި ހުންނަން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް އެސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެއީ ކަރުދާސް އުފެއްދުމުގެ މަރުހަލާގެ އިތުރުން ޗާޕުކުރުމުގެ މަރުހަލާގައި ދިމާވާ ކަންކަމުގެ ސަބަބުންކަމަށް ބުނެ، އެކަން ހިނގާ ގޮތް ބުނެދީފައި ވެއެވެ. އަދި އެފަދަ ދެލިތިކިތައ ނައްތާލަން ބައިވަރު މަސައްކަތް ކުރެވުނު ނަމަވެސް މުޅި ޕްރޮޑަކްޝަނ ނިޒާމުން ދެލިތިކިތައް ނައްތާލުމަކީ ނާދިރު ކަމެއްކަމަށާއި، ނޮވެލްޓީން ޑެލިވަރީކުރ ވޯޓާ ކަރުދާހުގައި ދެލިތިކި ހުރުމުގެ ފުރުސަތު އޮންނާނެކަމަށާއި، ޑެލިވަރީ ކުރެވޭ ކަރުދާސްތަކުނ އިލެކްޝަންސް ކޮމިޝަނަށް ބަލައި ނުގަނެވޭ މިންވަރަށް ދެލިތިކި ހުންނަ ކަރުދާސްތައް އަލުން ޗާޕުކޮށްދޭ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.
68މައްސަލަ ރައްދުވާ ފަރާތުން ކޯޓަށް ފޮނުވި ނޮވެލްޓީގ އިސްވެ ބުނެވުނު ސިޓީއާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން 10 މެއި 2026 ގައި ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައި ވެއެވެ. އެބަޔާނުގައި މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވޯޓުކަރުދާސް ޗާޕުކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ބައެއްކަން ކަށަވަރު ނުވުމާއި، ޚާއްޞަކޮށް މި 03 (ތިނެއް) ކަރުދާހުގައި ދެލިތިކި ހުންނާނެކަން ޔަޤީންކުރެވޭ އެއްވެސް ޢިބާރާތެއް އެސިޓީނ އެނގެން ނެތްކަމާއި، ފެންވަރު ރަނގަޅުކޮށް ކަރުދާސް ޗާޕުކުރެވެނ އޮތް ނަމަވެސް، އަމިއްލައަށް ޗާޕުކުރުމުގެ ފެންވަރުދަށ ކަމަށް ޤަބޫލުކުރާ ކުންފުންޏަކާ ހަވާލުކޮށްގެން ޗާޕުކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ އިހުމާލެއް ކަމަށެވެ.
69ނޮވެލްޓީގެ ސިޓީއާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ބަޔާނުގައިވާ ވާހަކަތކަ ނ އަހުރެންނަށް ދޭހަވަނީ ވޯޓު ކަރުދާހުގައި ހުރީ ޗާޕުކުރުމުގެ ތެރޭގައި ހުރި އައިބެއް ކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ވެސް ޤަބޫލުކުރާކަމަށެވެ. އެބަޔާނުގައި ޗާޕުކުރި ފަރާތުގެ ފެންވަރު ދައްކަމުގެ ވާހަކަތަކާއި، އެވަރުގެ ބަޔަކާ ވޯޓު ކަރުދާސް ޗާޕުކުރަން ހަވާލުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ އިހުމާލެއް ކަމަށް ބުނުން ފަދަ ވާހަކަތަކަކީ، މިމައްސަލާގައި ސުވާލު އުފައްދާ ތިން ވޯޓުކަރުދާހުގެ ޞައްޙަކާމެދު ބަހުސް ކުރެވޭ ނުކުތާއަށް ބަލާއިރު، މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް އެފަރާތުގެ ވާހަކަތަކަށް ބުރަދަންދޭ ވާހަކަތަކެއްގެ ބަދަލުގައި މައްސަލަ ރައްދުވާ ފަރާތުގެ ވާހަކައަށް ބުރަދަންދޭ ވާހަކަތަކެއް ގޮތުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
70މައްސަލަ ހުށަހެޅަ ފަރާތުން ސުވާލު އުފައްދާ ވޯޓު ކަރުދާސްތަކުގެ އަސްލު ޝަރީޢަތަށް ހުށަހެޅިދާނެ ކަމަށާއި، ނަމަވެސް އެގޮތަށް ވޯޓުކަރުދާހުގެ އަސްލުތައް ހުށަހެޅޭނީ ޝަރީޢަތުން އެގޮތަށް އެންގުމުން ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން މައްސަލަ ހުށަހެޅި ފަރާތުން ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ކަރުދާސްތަކުގެ އަސްލު ޝަރީޢަތަށް ހުށަހެޅުމާ މެދު ސުވާލު އުފައްދާފައިވެއެވެ. އަދި 10 މެއި 2026ގައި އެފަރާތުން ހުށަހަޅާފައިވާ ބަޔާނުގެ 3 ވަނަ ނުކުތާގައި، އިންތިޚާބުތަކާބެހޭ ޢާއްމު ޤަވާޢިދުގެ 51 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، ޝަރީޢަތުގެ މަޖްލީހަށް ވޯޓުކަރުދާސް ނުގެނެވޭނެ ކަމަށާއި، އެއަށް ބަލައިގެން ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ޤާނޫނީ އެއްވެސް ބުރަދަނެއް ލިބިފައިނުވާކަމަށް ބުނެފައި ވެއެވެ. ނަމަވެސް މައްސަލަ ހުށަހަޅާފަރާތުން ހަވާލާދީފައިވާ އިންތިޚާބުތަކާބެހޭ ޢާއްމު ޤަވާޢިދުގެ 51 ވަނަ މާއްދާގެ (ހ) ގެ ނިންމުމުގައި ޞަރީޙަ ޢިބާރާތުން "ނަމަވެސް އެފަދް މަޢުލޫމާތެއް ޝަރްޢީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މި މާއްދާއިން އިސްތިސްނާ ވާ ނެއެވެ" މިފަދައިން ބަޔާންކޮށްފައި އޮވެއެވެ.
71މައްސަލަ ހުށަހަޅާ ފަރާތުން ސުވާލު އުފައްދާ ތިން ވޯޓުކަރުދާހުގ ގޮތުގައެ ކޯޓަށި ހުށަހަޅާފައިވް ފޮޓޯއިން ފެންނަ ކަރުދާސްތަކަށް ބަލާއިރު، އެ ތިންކަރުދާހުގައ ވެސި ވޯޓުލާފައ ވަނި ކޮން ކެންޑިޑޭޓަކަށް ކަން އޮޅުމެއް ނެތި އެނގޭހާ ސާފުކޮށް ހެޔޮފހަގާ ޖަހާފައިވަނީ މައްސަލަ ހުށަހެޅި މުޙައްމަދު ނަޒީޙާ ވާދަކުރި ފަރާތުގެ ނަމާ ދިމާގައިވާ ގޮޅީގައެވެ. އެފަރާތުގެ ނަން އޮތީ ކަރުދާހުގެ 6 ވަނަ ނަންބަރުގައެވެ. މުޙައްމަދު ނަޒީޙުގެ ނަން އޮތީ 5 ވަނަ ނަންބަރުގައެވެ. އެތަނުން އެއް ކަރުދާހުގައި 05 ވަނަ ނަންބަރުގައިވާ ކެންޑިޑޭޓަށް ވޯޓުލުމަށް ޚާއްޞަކުރެވިފައިވާ ގޮޅީގެ މެދާދިމާލުން މަތީގައި ދެލިތިއްކެއް އިންކަން ފާހަގަވެއެވެ. ދެވަނަ ކަރުދާހުގައި 05 ވަނަ ނަންބަރުގައިވާ ކެންޑިޑޭޓަށް ވޯޓުލުމަށް ޚާއްޞަކުރެވިފައިވާ ގޮޅީގެ މެދާދިމާލުނ ކުޑަކޮށް ވައަތް ފަރާތަށްވ ގޮތަށާ ފަނޑުކޮށް ދެލިތިކި ހުރިކަން ފާހަގަވެއެވެ. ތިން ވަނަ ކަރުދާހުގައި 01 ވަނަ ކެންޑިޑޭޓުގެ ނަންހިމެނޭ ގޮޅީގެ މެދާދިމާލުން މަތީގައި ދެލިތިއްކެއް އިންކަން ފާހަގަވެއެވެ. މިކަންކަމަކީ މައްސަލަ ހުށަހެޅި ފަރާތުން ވެސް ފާހަގަކޮށްފައި ހުރި ކަންކަމެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ނުކުރާ އެނޫން ދެލިތިކިތައ ވެސް ހުރިކަން އެފޮޓޯތަކުން ފާހަގަކުރެވެއެވެ. އެގޮތުން، އެއްކަރުދާހުގެ 5 ވަނަ ނަންބަރުގައިވާ ކެންޑިޑޭޓު ނިސްބަތްވާ ޕާޓީގެ ނަން ނިމޭ ހިސާބުގައި ދެލިތިއްކއެ އިންކަމާއި ހަމަ އެކަރުދާހުގެ މެދާ ދިމާލުން އެންމެތިރީގައި ކުޑަ ދެލިތިއްކެއް އިންކަމާއި، އެހެން ކަރުދާހެއްގައި "މ.ވޭވަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑި" މި ސުރުޚީއާ ދިމާލުން ކަރުދާހުގެ ވައަތް ފަރާތުގައި ކުޑަ ދެލިތިއްކއެ އިންކަން ފާހަގަވެއެވެ.
72ވޯޓުލާންޖެހެނީ ނ ކުލައިގެ ދެލ ހިނގި ގަލަމަކުން ކަމަށާއި، މައްސަލަ ހުށަހަޅާ ފަރާތުން ސުވާލު އުފައްދާ ވޯޓުކަރުދާސްތަކުގައ ވެސި ވޯޓުލާފައ ވަނި ނޫކުލައިން ކަމަށާއި، ވޯޓުލާން ވަންނަ އިރު، އެމީހެއްގެ އަތުގައި އެހެން ކުލައަކުން ލިޔެވޭ ގަލަމެއ އޮތްކަން އެނގޭނަމަ އެކަން ހުއްޓުވާ ކަމަށާއި، ސުވާލު އުފައްދާ ކަރުދާސްތަކުގައި ޖެހިފައިވާ ދެލިތިކިތައ ހުރް ނޫކުލައަކުން ނޫންކަމަށާއި، ދެލިތިކިތައް ހުރީ ކަޅު ކުލައިނ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، އެ ތިން ކަރުދާހުގައި ވޯޓުލާފައިވާ ކުލައާއި ދެލިތިކިތައް ހުރިކުލައ މެދާ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކުން އިންކާރުކޮށްފައެއް ނުވެއެވެ.
73މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާފައިވާ ވޯޓުކަރުދާސްތަކުގައި ހުރިކަމަށް ބުނާ ދެލިތިކިތަކަކީ، ވޯޓުލީފަރާތުން ޖައްސާފައިވާ ދެލިތިކތަކެއި ކަން ސާބިތުވާން ނެތް އިރު، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާގެ (ބ)ގައިއޮތީ "ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ޖަހާފައިވާނަމަ، އެއީ ޞައްޙަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ." މިފަދައިންނެވެ. މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާ ތިން ވޯޓު ކަރުދާހުގައި ވެސް ވޯޓުލީ ފަރާތުން ވޯޓުލާފައިވާނީ ކޮން ކެންޑިޑޭޓަކަށް ކަމާމެދަކު އެއްވެސް ފަރާތަކުން ސުވާލެއް އުފައްދާފައެއް ނުވެއެވެ. މިމައްސަލައިގެ ޝަރީޢަތުގެ މަޖްލީހުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރެވުމުން، މައްސަލަ ހުށަހެޅި ފަރާތުން ފުރަތަމަ ދެއްކި ވާހަކާގައި އެކަމާމެދު ސުވާލު އުފެދޭ މޭރުމުން ވާހަކަ ދައްކާފައި ވީނަމަވެސް، އެފަރާތުގެ ވާހަކަ ފަހުން އަނބުރާ ގެންގޮސް، އެ ކަރުދާސްތަކުގައި ވޯޓުލާފައ ވަނި ކޮން ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ކަމާ މެދު ސުވާލު ނުއުފުދޭ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.
74މައްސަލަ ހުށަހެޅަ ފަރާތުން ސުވާލު އުފައްދާ ވޯޓުކަރުދާހުގައ ހުރި ދެލިތިކިތަކަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބުނާ ފަދަ ވޯޓުލީފަރާތުން ޖަހާފައިވާ ފާހަގައެއްކަނ ނުވަތް އެފަރާތުން ލިޔެފައިވާ ލިޔުމެއްކަން ނުވަތަ އެފަރާތުން ކުރަހާފައިވާ ކުރެހުމެއްކަން މިމައްސަލާގައި ފާހަގަކުރެވިފައެއް ނެތެވެ. އެއާ ޚިލާފަށް އެކަރުދާސްތަކުގައި ހުރިކަމަށް ބުނާ ދެލިތިކިތަކަކީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ޖެހިފައިވާ ދެލިތަކެއ ކަމަށް މައްސަލަ ރައްދުވާ ފަރާތުން ބުނާ ބުނުމަށާއި، ނޮވެލްޓީން ފޮނުވާފައިވާ އިސްވެ ބުނެވިދިޔަ ސިޓީގައިވާ ވާހަކަ ތަކުނ އަހުރެންނަށް ބުރަވެއެވެ. ދެން އުފެދޭ ސުވާލަކީ ކަރުދާސްތަކުގައ ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭހެއްޔެވެ؟ ޝަރީޢަތަށް ހުށަހެޅިފައިވާ ފޮޓޯތަކުގައިވާ ވޯޓުކަރުދާސްތަކުގައި ހުރި ދެލިތިކިތަކަށް ބެލުމުން، މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ނުކުރާ ދެލިތިކިތައ ވެސް އެކަރުދާސްތަކުގައި ހުރުމާއި، ދެލިތިކިތަކުގެ އަދަދާއި، ހުރިތަންތަނާއި، ދެލީގެ ކުލަފާޅުވާނ ހުރް ގޮތުގެ އިތުރުން، މިފަހަރުގެ އިންތިޚާބުގައި ޗާޕުކުރެވުނ ވޯޓު ކަރުދާސްތަކުގައި ދެލިތިކިތައް ހުރުމުގެ ފުރުސަތު އޮތް ކަމަށް ނޮވެލްޓީއާއި އިލެކްޝަންސް ކޮމިޝަންސ އިން ބުން މިންވަރަށް ބަލާއިރު، މި ވޯޓު ކަރުދާސްތަކުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަކަށް އަހުރެންނަކަށް ނުބެލެއެވެ.
75ނިންމަން ފެންނަ ގޮތް:
01.މައްސަލަ ހުށަހެޅަ ފަރާތުން އެދިފައިވާގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި "މ.ވޭވަށ ކައުންސިލް މެމްބަރުކަމަށް" ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލކޮށު އެ އިންތިޚާބު އަލުން ބޭއްވުމަށް އިލކްޝަނެ ސ ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށްދެވެން ނެތްކަމަށާއި،
02.މައްސަލަ ހުށަހެޅަ ފަރާތުން ސުވާލު އުފައްދާ ތިން ވޯޓުކަރުދާހަކީ، ޞައްޙަ ވޯޓު ކަރުދާސްތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
76މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ. އިސްތިއުނާފުކުރުން:
77މި ޤަޟިއްޔާ ނިމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ.
ޙުކުމް
ދެންފަހެ، ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،
1. 04 އެޕްރީލް 2026 ގައި ބޭއްވި "މ. ވޭވަށ ކައުންސިލް މެމްބަރ" ކަމުގެ އިންތިޚާބުގައި، […] ސްކޫލްގައ ބެހެއްޓި ނަންބަރު K2.1 ވޯޓު ފޮށީގެ ރަސްމީ ނަތީޖާ އިޢުލާންކުރުމުގައި މިމައްސަލައިގައި ސުވާލު އުފައްދާފައިވާ ތިން ވޯޓު ކަރުދާސް ޞައްޙަ ކަމަށް ނިންމިނިންމުން ބާޠިލު ކަމަށް ކަނޑައަޅައި،
2. މި މައްސަލައިގައި ހިމެނޭ 3 (ތިނެއ) ވޯޓު ކަރުދާހަކީ، އެ ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގައެއް ހުރި ކަރުދާސްތަކެއްކަން އެނގެން އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، އެ ވޯޓުތަކުގެ ސިއްރުކަން ކަށަވަރު ކުރެވިފައިނުވުމުގެ މައްޗަށް، ބާޠލި ވޯޓު ކަރުދާސްތަކެއް ކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) އަދި (ބ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (5) އަދި 56 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2025/R-118 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދު) ގެ 43 ވަނަ މާއްދާ
- އިންތިޚާބުތަކާބެހޭ ޢާއްމު ޤަވާޢިދުގެ 51 ވަނަ މާއްދާގެ (ހ)
- 2014/HC-I-SH/03
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.