ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-I-SH/3

މުޙައްމަދު ޢިމާދު ވ. އިލެކްޝަންސް ކޮމިޝަން

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 14 މޭ 2026ދަށު ކޯޓު: އިލެކްޝަންސް ކޮމިޝަން -ބާވަތް: އިންތިޚާބީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
އިލެކްޝަންސް ކޮމިޝަން -
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވޯޓުލާ މަރުކަޒުގައި އިޢުލާނުކުރި ވަގުތީ ނަތީޖާއާއި އިލެކްޝަންސް ކޮމިޝަނުން ވެބްސައިޓުގައި ޢާއްމުކުރި ނަތީޖާއާ ތަފާތުވުމާ ގުޅިގެން، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 (ހ) ގެ ދަށުން ކައުންސިލް މެންބަރުކަމުގެ އިންތިޚާބު ބާޠިލުކުރެވޭނެތޯ، ނުވަތަ ވޯޓު ފޮށީގެ ނަތީޖާ ކަށަވަރުކުރުމަށް ވޯޓުފޮށި އަލުން ގުނަންޖެހޭތޯ.

ނިންމުން

ބައެއް ބަދަލުކުރި

އިންތިޚާބު ބާޠިލުކުރުމަށް ކުރި އެދުން ޤަބޫލުނުކުރި؛ ވޯޓުފޮށި NT.2/480 އަލުން ގުނައި ނަތީޖާ ކަނޑައަޅަން އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރި (ބައެއް ޤަބޫލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 65 (ހ) ގެ ދަށުން ރަސްމީ ނަތީޖާ އިޢުލާނުކުރުމަށްފަހު އިންތިޚާބެއް ބާޠިލުކޮށް އަލުން ބޭއްވޭނީ، އެ މާއްދާގައިވާ 3 ސަބަބުން (އެކަށީގެންނުވާ ނުފޫޒު، ރިޝްވަތު، ޤާނޫނާއި ގަވާއިދާ ޚިލާފުވުން) ސަބަބެއް މެދުވެރިވެ، ވޯޓުލާ ސަރަޙައްދުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ސާބިތުވެ، އެކަމުން ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ކޯޓުން ކަނޑައަޅައިފިނަމައެވެ؛ މި ޝަރުޠުތައް ސާބިތުނުވާނަމަ އިންތިޚާބު ބާޠިލު ނުކުރެވޭނެއެވެ.

HN2 ވޯޓު ގުނުމަށްފަހު ވަގުތީ ނަތީޖާއާއި ވެބްސައިޓުގައި ޢާއްމުކުރި ނަތީޖާއާ ދެމެދު ތަފާތު ހުރުމުން އުފެދޭ ޝަކުވާއަކީ 65 (ހ) ގައިވާ ސަބަބެއް ނޫން ކަމުން، އެއީ އިންތިޚާބު ބާޠިލުކުރުމުގެ ސަބަބެއް ނޫނެވެ.

HN3 55 (ހ) އާއި (ށ) ގެ ދަށުން ވޯޓުލީ މަރުކަޒުގައި ނަތީޖާ އިޢުލާނުކުރުމަށްފަހު، ވަގުތީ ނަތީޖާ ޝީޓުގެ ޢަދަދުތައް ކަނޑައި ބަދަލުކޮށް، އިޞްލާޙުގެ ކައިރީގައި ސޮއިނުކޮށް، ކެންޑިޑޭޓުންނަށް ނުވަތަ މަންދޫބުންނަށް ނާންގައި ދެވަނަ ފަހަރަށް ނަތީޖާ ބެހެއްޓުމަކީ 55 (ށ) އާ އެއްގޮތް ޢަމަލެއް ނޫނެވެ.

HN4 ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ވޯޓުދިނުމާއި ކުރިމަތިލުމުގެ ޙައްޤުތައް ހަމަޖެހެނީ ވޯޓުގުނުމުގެ ނަޒާހަތްތެރިކަމުގެ ތެރެއިންނެވެ؛ ވޯޓު ގުނުމުގައި އެންމެ މަތީ ދަރަޖައިގެ ފަރުވާތެރިކަން އަދާކުރުމަކީ އިލެކްޝަންސް ކޮމިޝަނާއި އޮފިޝަލުންގެ ޒިންމާއެކެވެ.

HN5 އޮފިޝަލުން ސޮއިނުކޮށް، ގުނި އޮފިޝަލުން ދެނެނުގަނެވޭ ވޯޓު ގުނާ ކަރުދާސްތަކަށް ބަރޯސާވެ ނަތީޖާ އަލުން ތައްޔާރުކުރުމަކީ ނަތީޖާ ކަށަވަރުކުރުމުގެ ޞައްޙަ ގޮތެއް ނޫނެވެ؛ ވޯޓުގުނުމުގެ ނަޒާހަތްތެރިކަން ގެއްލި، ކެންޑިޑޭޓުންގެ ދެމެދުގައިވާ ތަފާތު އެންމެ ވޯޓު ކަރުދާހެއް ގޯސްކޮށް ގުނުމުންވެސް ބަދަލުވެދާނެ މިންވަރަށް ކުޑަނަމަ، ވޯޓުފޮށި އަލުން ގުނަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢާލިޔާ ޙަނީފް
ބެންޗު
ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޖަމީލް މޫސާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރަފު

1މިއީ، ޤާނޫނު ނަންބަރު 2008/11 )އިންތިޚާބުތަކާބެހޭ ޢު ނ މ ޤާނޫނު ( ގެ 64 ވަނި މާއްދާގަ )ހ( އާއި )ށ( ގެ ދަށުންތ. ތިމަރަފުށި / ފުއްކަފަގެ،މުޙައްމަދު ޢމާދ )މީގެ ފަހުން: "މުޙައްމަދަޢިމާދު" ނުވަތަ "މައްސަލަ ހުށަހެޅަ ފަރާތް"( ހައިކޯޓަށް ހުށަހެޅ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.

2މ މައްސަލި ރައްދުވނައިލެކްޝަންސ ކޮމިޝަން )މީގެ ފަހުން: "އިލެކްޝަނސ ކޮމިޝަން" ނުވަތަ "މައްސަލަ ރައްދުވަ ފަރާތް"( ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

3މުޙައްމަދު ޢިމާދަކީ 04 އޭޕްރީލް 2026 ގައިބޭއްވި ލޯކަލް ކައުންސިލް ތަކުގ އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ފަރާތެކެވެ.

404 އޭޕްރީލް 2026 ގައިބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އިންތިޚާބުތަކާބެހޭ ޢެނާ މ ޤާނޫނުގު 55 ވަނަ މާއްދާގެ )ހ( އާއި )ށ( ގައިވާ ގޮތުގެމަތިނިތ. ތިމަރފުށުދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށީގެ ވޯޓު ގުނައި ޢަދަދުކޮށް، ނަތީޖާ ހޯދުމަށްފަހު،އެ ވާޓޯ ފޮށި ބެހެއްޓި މަރުކަޒުގައި ވަގުތީ ނަތީޖާ އިޢުލާނުކުރިއިރު، "ވަގުތީ ނަތީޖާ ޝީޓ" ގައް،ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިނުމުޙައްމަދ ޢިމާދު )ކެންޑިޑޭޓް ނަންބަރ 14( އަށް 122 ވޯޓުލިބިފައިވާއިރު، ކެންޑިޑޭޓް ނަންބަރ 11 އަށް ލިބިފައިވަނީ 118 ވޯޓެވެ. - މީގެފަހުން "އިންތިޚާބުތަކާބެހޭ ޢި ނ މ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި - އައި.ޑީ

5މިދެންނެވި ފަދައިން ތ. ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށީގެ ބެހެއްޓި މަރުކަޒުގައިއެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިޢުލާނިކުރިފަހުން، އެ މަރކަޒުގައިވޯޓު ގުނުމުގައި ޙަރަކާތްތެރިވި މުވައްޒަފުންނަށް އިޢުލާނުކުރެވުނު "ވަގުތީ ނަތީޖާ ޝީޓު" ގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން އަލުން ޗެކުކުރިއިރު،

1 )އެކެއް( "ވޯޓު ގުނާ ކަރުދާސް" އެއްކުރެވިފައި ނުވާކަމަށްބުނ،އެ"ވޯޓު ގުނާ ކަރުދާސް" އިތުރުކޮށް، ކުރިން ނެރުނު "ވަގުތީ ނަތީޖާ ޝީޓ" ގައިވާ ޢަދަދުތައް ކަނޑައި ބަދަލުކުރުމަށްފަހު، ވޯޓު ލީ މަރުކަޒުގައި، ބަދަލުގެނެސްފައިވާ "ވަގުތީ ނަތީޖާ ޝީޓު" ބެހެއްޓިއެވެ.

6އެއަށްފަހު، ބަދަލުގެނެސްފައިވާ "ވަގުތީ ނަތީޖާ ޝީޓު"ގައިވާ ނަތިޖާއިލެކްޝަންސްކޮމިޝަންގެ ވެބްސައިޓު ށ އަޕްލޯޑ ކުރިއެވެ.

7ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށިބެހެއްޓި މަރުކަޒުގައި އެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިޢުލާނުކުރިއިރު، ކެންޑިޑޭޓް ނަންބަރ 11 އަށް ލިބިފައިވަނީ 118 ވޯޓްކަމަށްވެފައި، އިލެކްޝަނސ ކޮމިޝަންގެ ވެބްސައިޓުގައްއެ ކެންޑިޑޭޓށ 138 ވޯޓު ލިބިފައިވާކަމަށް އޮންނާތީ، ޤައުމީއިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރއަށ 05 އޭޕްރީލް 2026 ގައި މުޙައްމަދު ޢިމާދު މައްސަލަ ހުށަހެޅިއެވެ. 8އެ. މައްސަލައްގުޅިގެނ އިލެކްޝަންސް ކޮމިޝަނުން ބެލިބެލުމުން، ވެބްސައިޓުގައި ޢާއްމުކުރި ބުނެވިދިޔަ ވަގުތީ ނަތީޖާގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން، އެ ފޮށީގެ "ވޯޓު ގުނާ ކަރުދާސް" އަޅައިކިޔައި ޗެކުކުރިއިރު، އެ ވޯޓު ފޮށި ބެހެއްޓި މަރުކަޒުގެ އޮފިޝަލުން ތައްޔާރުކުރި ދެ "ވަގުތީ ނަތީޖާ ޝީޓު"ވެސް ރަނގަޅު ނޫންކަމަށް ފެންނާތީ، އެ ފޮށީގެ "ވޯޓު ގުނާ ކަރުދާސް" ބަލައިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އަމިއްލައަށް އެ ފޮށީގެ ނަތީޖާ އަލުން ތައްޔާރުކޮށް ވެބްސައިޓުގައި ޢާއްމުކުރިއެވެ. މިއީ، އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި އޮތް ގޮތެވެ. އެ ފޮށީގެ ނަތީޖާ އަލުން ތައްޔާރުކޮށް ދެވަނަ ފަހަރަށް ވެބްސައިޓުގައި ޢާއްމުކުރިއިރ، ކެންޑިޑޭޓް ނަންބަރު 11 އަށް ލިބނުކަމަށު އޮންނަނީ 137 ވޯޓެވެ.

9އަދި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މުޙައްމަދު ޢިމާދު ހުށަހެޅާ މައްސަލައިގެ ޖ ވބީ ގައި ބުނެފައިވަންއެ ވޯޓު ފޮށީގެ ނަތީޖާ އިލެކްޝަނސ ކޮމިޝަނުގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

10އަދި ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ 11 އޭޕްރީލް 2026 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނކޮށްފައިވެއެވެ.

11އިންތިޚާބުތަކާބެހޭ ޢުނާމ ޤާނޫނގު 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށްމުޙައްމަދު ޢިމާދު ހުށަހެޅި ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމާދު ހިތްހަމަ ނުޖެހޭތަމުޙައްމަދު ޢިމާދުގެ ފަރާތުން އިންތިޚާބީ ޝަކުވާގެ މައްސަލަ މި ކޯޓަށް ހުށަހެޅިއެވެ.

ހުށަހެޅި މައްސަލަ އަދިއެ މައްސަލަ ބިނާކުރާ ސަބަބުތައް

12މުޙައްމަދު ޢިމާދުގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ މި އިންތިޚާބީ ޝަކުވާގެ މައްސަލައަކީ، 04 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠް ލުކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށ އެދި، ނުވަތަ، ]އެފަދަ އަމުރެއް ނެރެދެވެން ނެތްނަމަ[ތު.ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށީގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައި އެ ވޯޓު ފޮށި އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭ،އިންތިޚާބތަކާބެހ ޢާއްމު ޤާނޫނުގެ 64 ވަނި މާއްދާގަ )ހ( އާއި )ށ( ގެ ދަށުން ހުށަހެޅި މައްސަލައެކެވެ.

ނަންބަރު 052/WDC/2026-NECB/LCE މައްސަ ލައިގެ ޖަވާބު

13މި މައްސަލަ ބިނާކުރާ ސަބަބުތައް ތަފްޞީލުކުރަމުން މުޙައްމަދު ޢިމާދުގެ ފަރާތުން ޖުމުލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

13.1. 04 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލަތަކުގް އިންތިޚާބުގައި، ތ. ތިމަރަފުށި ދާއިރާގެ، ނަންބަރ NT.2/480 ވޯޓު ފޮށީގެ ނަތީޖާއާ ގ ޅުގޮތުން އިންތިޚާބތަކްބެހޭ ޢާނމ ޤާނޫނުގު 55 ވަނަ މާއްދާގެ )ށ( ގައި ބުނެފައިވާ ގޮތުގެމަތިން، ވޯޓު ލީމަރުކަޒގުނަތީޖާ ޝީޓުގައި އެ މާއްދާގައި ބުނެފައިވާ ފަރާތްތަކުން ސޮއިކުރުމަށްފަހު، އެ މަރުކަޒުގެ ވަގުތީ ނަތެޖާ ވަގުތުން އެ މަރުކަޒުގައި އިޢުލާންކޮށް ޢާންމުކޮށް ފެންނަގޮތަށް މި ޤާނޫނުގެ 57 ވަނި މާއްދާގަ ދަށުން ބެހެއްޓި ނަތީޖާ ޝީޓު ގައި 11 ވަނަ ކެންޑިޑޭޓަށް ލިބިފައިވަނީ 118 ވޯޓކަމަށާއި،އެހެންނަމަވެސްއިލެކްޝަނސް ކޮމިޝަނނު ޢާއްމުކުރި ނަތީޖާގައި، އ ޢެ ދަދ 138 އަށް ބަދަލުވެފައިވާކަމަށެވެ.

13.2. ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް 05 އޭޕްރީލް 2026 ގައި އެ ޝަކުވާ ހުށަހެޅުމުން، އިލެކްޝަން ކޮމިޝަނުން ދޫކޮށްފައިވާ "ޝަކުވުގެ ޖަވާބު" ގައި އެ ބަދަލު އައި ގޮތްކަމގައު ޝަކުވާގެ ޖަވާބުގއަބުނެފައިވާ ގޮތަށްއްކަނ ހިނގިކަން ކެންޑިޑޭޓުނނަށްވެސާއަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވެސް އަންގާފައިނުވކަމަށެވެ.

13.3- ތ. ތިމަރަފުށި ދާއިރާގެ، ނަންބަރު NT.2/480 ވޯޓު ފޮށީގެ ނަތީޖާއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ތަފާތުދްރެކޯޑއަ އޮވެ، އެ ރެކޯޑުތައް ދިމާނުވާ ޙާލަތުގައި، މުޅި އިންތިޚާބީ ނަތީޖާ ކަނޑައެޅުމުގައި، ވަގުތީ ނަތީޖާ ޝީޓާއި، ބޮކްސް ރާކޮންސިލިއޭޝަން ލިޔެކިޔުންތަކާއި، ސިސްޓަމަށް ނަތީޖާ އަޕްލޯޑްކުރިގޮތުގެ ރަސްމީ ރެކޯޑުތައް އަލުން ބަލަންޖެހޭކަމަށް ދެކުނުނަމަވެސް، އިލެކްޝަނސ ކޮމިޝަނުގެ ޖަވާބުން އެކަން އެގޮތަށް ބަލާފައިނުވާކަން އެނގޭކަމަށެވެ.

13.4. ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓު ލީ މަރުކަޒުގައިއިޢުލާނުކުރި ވަގުތީ ނަތީޖްއާ ފުށު އަރާގޮތަށް،އިލެކްޝަނސްކޮމިޝަނގެ ފަރާތުން އެ ނަތީޖާ ޝީޓްގައ ހުރި ޢަދަދުތްއ ނޫނު އެހެން ޢަދަދުތަކަކަށީބަދަލު ކޮށްފައިވަނާއިންތިޚާބތަކ ޢާއްމު ޤާނޫނުގެ 55 ވަނަ މާއްދާއާއިއެ ޤާނޫނުގެ 57 ވަނަ މާއްދާއާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.

13.5. އަދި އެކަން އެގޮތަށް ކުރުމަކީ، ޤާނޫނުއަސާސީގެ 26 ވަނަ މައްދައިން ކަށަވަރުކޮށްދޭ ވޯޓުލުމުގާ ޙައްޤަށް އުނިކަން އަންނަ ކަމެއްކަމަށާއި، އަދިއިންތިޚާބުތަކާބެހޭ ޢެނމ ޤާނޫނުގު 2 ވަނަ މާއްދާއިން ތުޞައްވަރުކުރާ މަޤާ ޞްދ ވެސް ޚިލާފު ކަމެއްކަމަށާއި،އ ނިންމުމުގެ ސަބަބުން، ތ. ތިމަރަފުށި ކައުންސިލްގެ މެންބަރުންގެ ވޯޓުގެ ނަތީޖާއަށް ބަދަލުއައިސްފައިވކަމަށެވެ.

މައްސަލައިގެ ދިފާޢު އަދި ދިފާޢު ބިނާކުރާ ސަބަބަތުތައް

14މ މައްސަލައިގެ ރައްދުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ،އަލުން އިންތިޚާބު ބާއްވްއދިނުމަށ މުޙައްމަދު ޢިމާދުގެ ފަރާތުންހުށަހަޅާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ )ހ( ގެ ދަށުން ކަމަށްވާއިރު، އެމާއްދާއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުންކޮށްފައިވަނީ ކޮން ކަމެއްކަން މުޙައްމަދު ޢިމާދު ސާބިތުކޮށް ދީފައި ނުވާތީ، ތ.ތިމަރަފުށި ކައުންސިލްގެ މެމްބަރުންގެ އިންތިޚާބު އަލުން ބާއްވަންޖެހޭ ސަބަބެއްއޮތް ކަމުގައަނުދެކޭކަމަށާއި، އަދިވޯޓު ކަރުދާސް ބަންދުކޮށްފައިވާ ޚާއްޞަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ އިސްތިސްނާ ޙާލަތްތެއުއޮތްކަން ދަލްލަތާ ކޮށްދޭ އެއްވެސް ހެއްކެއް މުޙައްމަދު ޢިމާދުގެ ފަރާތުން ހުށަހަޅާފައިނުވާތީ، ނަންބަރު NT.2/480 ވޯޓު ފޮށި އަލުން ގުނަންޖެހޭ ސަބަބެއްވެސް އޮތްކަމުގައި ނުދެކޭކަމަށެވެ.

15މ މައްސަލއިގަ ދިފާޢެބިނާކުރާ ސަބަބުތައް ތަފްޞީލުކުރަމުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖުމުލަކޮށް އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

15.1. ތ. ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށީގެ ވޯޓު ގުނުމުގައި އެއްވެސް މައްސަލައެއް އެއްވެސ ފަރާތަކުން ވޯޓު ގުނަމުންދިޔައިރު އަދި އޭގެ ފަހުންވެސް ހުށަހަޅާފައި ނުވާކަމަށާއި، އޭވޯޓު ފޮށީގެ ވޯޓު ގުނާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖުރއތުތައް ފުރިހަމަ ކުރުމަށްފަހުގައިކަމަށެވެ.

15.2. އެ ވޯޓު ފޮށީގެ ވޯޓުލުމާއި ވޯޓުގުނުމުގައި އެއްވެސް މައްސަލައެއް ނެތްކަން މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވް ކަންކަމުންވެސް އެނގޭކަމަށާއި، މި މައްސަލައިގައި ޚިލާފެއް އޮތީ ވޯޓުލާ މަރުކަޒުގައި ފުރަތަމަ އިޢުލާން ކުރެވުނު ވަގުތީ ނަތީޖާ އާއި، އިލެކްޝަންސޮކޮމިޝަނުގެ ވެބްސައިޓްގައި ޢާއްމުކާށަ ފައިވ ނަތީޖާއާއ ދެމެދި ފަރަޤެތަކެއް ހުރުމާމެދުގައިކަމށެވި.އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓިގައު އިޢުލާނ ކުރެވުން ނަތީޖާއާއި، ވޯޓު ލުމަރުކަޒުގައ ބެހެއްޓި ނަތީޖާގައި ފަރަޤުތަކެއ ހުރިކަން ފާހަގަކުރެވިގެނ އެކަން އިސްލާޙުކޮށް އަލުން ވެބްސައިޓގައ އިޢުލާންކޮށްފައި ވާނެކަމަށެވެ.

15.3. ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ވޯޓުލުމުގެ ޙައްޤް ށ އުނިކަން އަންނަގޮތަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލު ކޮށްފައިވާކަމަށް މުޙައްމަދު ޢިމާދުބުނެފައިވީނަމަވެސް، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ޙައްޤަށް އުނިކަން އައިސްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކޮންކަމެއް ކުރުމުންކަމެއ ނުވަތް ކޮންކަމެއް ނުކޮށް ދޫކޮށްލުމުން ކަމެއް ސާފުކޮށް ބަޔާން ކޮށްފައިނުވާތީ، ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙްއޤަށުއުނިކަން އައިސްފައިވާކަމަށް، މުޙައްމަދު ޢިމާދިބުނާ ބްނުމަކު އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ.

15.4. އެހެންކަމުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ )ހ( ގެ ދަށުން އަލުން އިންތިޚާބު ބާއްވަންޖެހޭ އެއްވެސް ޙާލަތެއް މެދުވެރިވެފައިނުވާކަމަށެވެ.

15.5. ތ. ތިމަރަފުށީ ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ވޯޓުލީ މަރުކަޒުގައި އިޢުލާނުކުރިއިރު، ކެންޑިޑޭޓް ނަންބަރު 11 އަށް 118 ވޯޓު އަދި ކެންޑިޑޭޓް ނަންބަރު 14 އަށް 122 ވޯޓު ލިބިފައިވާކަމަށާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ )ހ( ގައި ބުނެފައިވާ ގޮތުގެމަތިން، ނަތީޖާ ހަދައި، ވޯޓު ލީ މަރުކަޒުގެ ނަތީޖާއިޢުލާނކުރްފަހުން އެ މަރުކަޒުގައި ވޯޓު ގުނުމުގައި ޙަރަކާތްތެރިވި މުވައްޒަފުންނަށާއިޢުލާންކުރެވުނު ނަތޖްޝީޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން އަލުން ޗެކްކުރުމުގެ ތެރޭގައި 1 )އެކެއް( "ވޯޓު ގުނާ ކަރުދާސް" އެއްކުރެވިފައި ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ.ވޯޓުލީ މަރުކަޒުގައި ވަގުތީ ނަތީޖާ ތަތްކުރި ފަހުން ބުނެވިދިޔަ "ވޯޓު ގުނާ ކަރުދާސް" އިތުރުކޮށް، ނަތީޖާ އިޞްލާޙުކޮށް ވޯޓުލީ މަރުކަޒުގައި ވަގުތީ ނަތީޖާ ދެވަނަ ފަހަރަށް ބެހެއްޓިކަމަށެވެ.

15.6 . ވަގުތީ ނަތީޖާގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑުކޮށްފައިވަނ އިޞްލާޙުކުރެވުނު ނަތީޖާކަމަށާއި، ވެބްސައިޓުގައި ވަގުތީ ނަތީޖާ އިޢުލާންކުރިފަހުންމުޙައްމަދު ޢިމާދުގެ ފަރާތުން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް 05 އޭޕްރީލް 2026 ގައި މައްސަލައެއް ހުށަހެޅިކަމަށެވެ.

15.7. ޤައުމީ އިލެކްޝަންސްކޮމްޕްލެއިންޓްސ ބިއުރޯއަށް ހުށަހެޅުން ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބެލިބެލުމުން، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ ވޯޓާ ގުޅޭގޮތުން ވެބްސައިޓުގައި ޢާންމުކޮށްފައިވ ވަގުތާ ނަތީޖާގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން، އެވޯޓު ފޮށީގެ "ވޯޓު ގުނާ ކަރުދާސް" އަޅައި ކިޔައިޗެކކުރުއިރު، ވޯޓުލްމަރުކަޒުގެ އޮފިޝަލނ ތައްޔާރުކުރަދެ ގުތީ"ވ ނަތީޖާ ޝީޓް" ވެސް ރަނގަޅުނޫންކަން ފާހަގަކުރެވުނުކަމަށެވެ.

15.8. އެހެންކަމުން، އ ވޯޓު ފޮށީގެ "ވޯޓު ގުނާ ކަރުދާސް" ބްލައިގެންއިލެކްޝަންސާކޮމިޝަނުނ އެފޮށީގެ ނަތީޖު އަލުނިތައްޔާރުކޮށް ވެބްސައިޓގައ ދެވަނަ ފަހަރަށް ޢާންމުކޮށްފައިވާނެކަމަށާއި،އެކަން ކޮށްފައި އެވަނީ އެ ވޯޓު ފޮށީގެ ވޯޓުގެ ނަތީޖާގެ ޞައްޙަކަން ޝައްކެއްނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.

15.9. ތ.ތިމރަފުށަދާއިރާގެ ނަންބަރ NT.2/480 ވޯޓާ ފޮށީގެ ނަތީޖާގެ ގޮތުގައަމިހާރު އިޢުލާންކޮށްފައިވާ ނަތީޖާއަކީ އެއްވެސް ޝައްކެއްނެތި ޔްޤންވާ ނަތީޖާއެއް ކަމަށާއި،ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ޚާއްޞުސެކިއުރިޓީ އުރަ ކަނޑަންޖެހޭ އިސްތިސްނާ ޙާލަތްތެއ އޮތްކަން ދަލޭލަތކޮށްދ އެއްވެސ ހެއްކެއް ހުށަހެޅިފައިނުވާތީ، އެވޯޓު ފޮށި އަލުން ގުނަންޖެހޭ ސަބަބެއްވެސް އޮތްކަމުގައި ނުދެކޭކަމަށެވެ.

15.10. އެހެންމަވެސް، މިދެންނެވި ނަތީޖާ ކޮމިޝަނަށް ކަށަވަރުވިޔަސް، ޝަރީޢަތުން އިތުރަށް މިކަން ކަށަވަރުކުރަން ބޭނުންވާނަމަ، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެވޯޓު އަލުން ގުނައި ކަށަވަރު ކުރުމާމެދު އިލެކްޝަންސް ކޮމިޝަނުން އިޢުތިރޟ ނުކުރާކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން

16މި މައްސަލައިގައ ޖަވާބު ދޭންޖެހެނީ 2 )ދޭއް( ސުވާލަކަށެވެ. އެއީ، 04 އޭޕްރީލް 2026 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގުޅިގެން، ތ. ތިމަރަފުށީ ކައުންސިލްގެ މެމްބަރުންގެ އިންތިޚާބުބާޠިލުކޮށް އެ އިންތިޚާބު އަލުން ބާއްވަންޖެހޭ ސަބަބެއް އޮތްތޯއާއި، ތ. ތިމަރަފުށި ކައުންސިލްގެ މެމްބަރުންގެ އިންތިޚާބގު ނަތީޖާ ކަށަވަރުކުރުމަށްޓަކައި ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށި އަލުން ގުނަންޖެހޭފަދ ޙާލަތެއް މެދުވެރިވެފައިވޭތޯއެވެ.

އިންތޚި ބ ބޠާ ލުކުރަންޖެހޭ ސަބަބެއް އޮތްތޯ ބެލުން

17މުޙައްމަދު ޢިމާދު އެދިފައިވާ ކަންކަމުގެ ތެރޭގައި، ތ. ތިމަރަފުށީކައުންސިލްގެ މެންބަރުންގުނަތީޖާ ބާތިލްކުރުމަށްފަހ، ތ. ތިމަރަފުށީކައުންސިލްގެ މެންބަރުންގާއިންތްބުޚި އަލުން ބޭއްވުމަށެ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 65 ވަނަ މާއްދާގެ )ހ( ގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށ އެދިފައިވެއެވެ.

18HN1އިންތާ ޚިބެއް ބްޠލުކޮށ، އަލުން އިންތެ ޚި ބ ބޭއްވޭނި ޙާލަތު ބަޔާންކުރަނީ އިންތޭޚާބުތަކާބެހުއާންމެޤނޫނުގ 65 ވަނީ މާއްދާގަ )ހ( ގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނ އަންނަނިވި ފަދައިންނެވެ. އިންތާޚިބު ބ ޠލުކުރުނ 65 )ހ( އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައިވާ ގޮތުގެމަތިން އިޢުލާންކޮށްފައިވަނިކޮށް، މެގނޫނުގ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތުވެ، އަދި އެކަމެ ގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގ އިންތާހި ބ ބާ ތެލުކޮށް، އަލުން އިންތިޚާބު ބާއްވަންވނެއެވ. 1- އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން. 2- އިންތިޚާބީ ޙައްޤްއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދިނުން. 3- މާ ޤާނޫނާއި ނުވަތި މިޤް ނޫނުގ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއޞެޤާނޫނާއ ނުވަތި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.

19ބުނެވިދިޔަ މާއްދާއަށް ބަލާއިރު،އިންތި ޚުބެއްގެ ރަސްމީ ނަތީޖާ އްޢލާނ ކޮށްފައިވަނިކޮށް، އެސަރަޙިއްދެއްގ އިންތާ ޚިބު ބ ޠްލުކޮށް، އަލުން އިންތިޚާބު ބާއްވނ ކަނޑައެޅޭނީ، އިންތްޚިބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވއިގެނާ،ނުވަތަ އިންތަބީޚިޙެއިޤުއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައ ރިޝްވަތިދީގެން، ނުވަތާ އިންތޭޚާބުތަކާބެހެޢާންމު ޤާނޫނާއި ނުވަތަ އިޤިނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތާ އެ އިންތޭޚާ ބަކާބެހްޚައޞެޤާނޫނާއ ނުވަތި އާޤިނޫނުގެ ދަށުން ހަދާ ގަވާއިދޮ ޚިލާފަށް ޢަމަލުކޮށްގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތޚިބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތުވެ، އަދާ އެކަމުގެ ސަބަބުން އިންތެ ޚ ބުގެ ނަތީޖާއަށް ބަދަލު އަތުވެދާނފަދަ ޙާލަތެއް އޮވެގެންނެވެ.

20އިންތޭޚިބުތަކާބެހުޢާންމެގނޫނުގ 65 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ 3 )ތިނެއް( ސަބަބުންކުރެ ސަބަބެއް މެދުވެރިވފައިވ ޙާލަތުގައިވެސް،އޭގެ ސަބަބުން ވޯޓުލާ ސަރަޙައްދެއްގެ އިންތްޚު ބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށ ޝަރީޢަތަށް ސާބިތނުވާނަމަ،އަދި އެކަމުގެ ސަބަބުން އިންތެޚި ބުގ ނަތީޖާއަށް ބަދަލް އަތުވެދާނފަދަ ޙާލަތެއް އޮތްކަން ސާބިތުނުވާނަމަ، އިންތިޚާބު ބާޠިލުނުކުރެވޭނެކަން މި ކޯޓުގެ އެތައް ޤަޟިއްޔާއަކުން ކަނޑައަޅާފައިވެއެވެ. 21މި. މައްސަލައިގައއޮތް ޝަކުވާއަކީ، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށި ބެހެއްޓިފައިވާ މަރުކަޒުގައި އެ ވޯޓު ފޮށީގެ ވޯޓު ގުނައިނ މމުގެ ކުރިން، އެ އިންތިޚާބުގެ ތެރޭގައި، ނުވަތަ އެ ވޯޓު ފޮށި ހުރި މަރުކަޒުގެ ތެރޭގައި، ނުވަތަ އެ ސަރަޙައްދުގައި، އިންތިޚާބުތަކާބެހޭ ޢާ ންމެގ ނޫނުގ 65 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ 3 )ތިނެއް( ސަބަބުންކުރެ ސަބަބެއް ހިނގއިގެނ ހުށަހަޅާފައިވް ޝަކުވާއެއް ނޫނެވެ. އެ ވޯޓުފޮށީގެ ވޯޓު ގުނައި ނިމުމަށްފަހު، އެފޮށޓަށް ވޯޓު ލީ މީހުންގް ވޯޓު ކަރުދާސްތައް ހުރީ ޚާއްޞަ މި ކޯޓުގެ ނަންބަރ SH/03-I-2014/HC ޤަޟިއްޔއާއާ، ނަންބަރ SH/14-I-HC/2014 ޤަޟިއްޔާއާއި، އަދި ނަންބަރު SH/01-I-2021/HC ޤަޟިއްޔާއާއި މިނޫންވެސް އިތުރު ޤަޟިއްޔާތަކުގައި ސެކިއުރިޓީ އުރައިގައި ބަންދުކޮށްފައިކަމާމެދު މި މައްސަލައިގައި ސުވާލު އުފެދިފައެއވެސ ނުވެއެވެ. މި މައްސަލައިގައި އޮތް ޝަކުވާއަކީ،އިލެކްޝަންސް ކޮމިޝަންސްގެ ފަރާތުންވެސް ފާހަގަކޮށްފައިވާ ފަދައިން، ވޯޓުލު މަރުކަޒުގައި ފުރަތަމަ އިޢުލާން ކުރެވުނު ވަގުތީ ނަތީޖާ އާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ ނަތީޖާއާއި ދެމެދު ފަރަޤުތަކެއް ހުރުމުން އުފެދިފައިވާ ޝަކުވާއެކެވެ.އެއީ، އިންތޭޚާބުތަކާބެހ ޢާންމެގނޫނުގ 65 ވަނަ މާއްދާގަ )ހ( ގައި ބަޔާންކުރާފަދަ ސަބަބެއް ނޫނެވެ. އެހެންކަމުން، މިމައްސަލައަށް ބަލާއިރު،ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުންގެ އިންތިޚާބި ބޠާލްކުރުމަށްފަހު،އާއިންތިޚާބު އަލުން ބއްވަންޖެހޭފަދ ޙާލަތެއްމި މައްސަލައި ގައި މެދުވެރިވެފައިވާކަމަށ އަހުރެނން ދެކެމެވެ.

ވޯޓު ފޮށީގެ ނަތީޖާ އަލުން ކަށަވަރުކުރުން

22ތ. ތިމަރަފުށީ ކައުންސިލްގެ މެމްބަރުންގެ އިންތިޚާބުގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައިތ. ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށި އަލުން ގުނަންޖެހެފަދަ ސަބަބެއޭ އެބަ އޮތް ހެއްޔެވެ؟

23ތ. ތިމަރަފުށީކައުންސިލްގެ މެންބަރުންގެ ރަސްމީ ނަތީޖާއަށް ބަލާއިރު، އެ ކައުންސިލްގެރައީސގެ މަޤާމް އ، އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑތައް ފިޔަވައި، އެ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުކުރަންޖެހ

2 )ދޭއް( މަޤާމަށް ވާދަކޮށްފައިވަނީ 7 )ހަތެއް( ކެންޑިޑޭޓުންނެވެ. އެއީތ. ތިމަރަފުށި / ކުޅިފަސް،މުޙައުމަދ އިބްރާހީމްމަނިކު )ކެންޑިޑޭޓް ނަންބަރ 9( އާއި، ތ. ތިމަރަފުށި / ބޮޑުގެ، އަޙްމަދު ޔާމީން)ކެންޑިޑޭޓް ނަންބަރ 10( އާއި،ތ. ތިމަރަފުށި / ބިނާ، ޢަލީ ޝާހް )ކެންޑިޑޭޓް ނަންބަރު 11( އާއި، ތ. ތިމަރަފުށި / އާނ،އަޙްމަދު ޢަލީ )ކެންޑިޑޭޓް ނަންބަރ 12( އާއި، ތ. ތިމަރަފުށި / ދިލްކުޝާގެ،އާމިނަތު ޞަފާ )ކެންޑިޑޭޓް ނަންބަރ 13( އާއި، މި މައްސަލަ ހުށަހެޅި ފަރާތްކަމަށްވާ ތ. ތިމަރަފުށި / ފުއްކަފަގެ، މުޙައްމަދު ޢިމާދު )ކެންޑިޑޭޓް ނަންބަރ 14( އާއި، އަދްތ. ތިމަރަފުށި / އައްސޭރި، ޢަލީ ޙުސައިންފުޅު )ކެންޑިޑޭޓް ނަންބަރ 15( އެވެ.

24ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ ރަސްމީ ނަތީޖާއަށް ބަލާއިރު، ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށ އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަޙްމަދު ޔާމީން )ކެންޑިޑޭޓް ނަންބަރު 10( އަށެވެ. އޭނާއަށް ލިބިފައިވަނީ 602 ވޯޓެވެ.ދެވަނަ އަށަ އެންމެ ގިނަ ވޯޓު ލިބިފައިވަނީޢަލީ ޝާހް )ކެންޑިޑޭޓް ނަންބަރ 11( އަށެވެ. އޭނާއަށް ލިބިފައިވަނީ 391 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ މ މައްސަލި ހުށަހެޅަ މުޙައްމަދު ޢިމާދު )ކެންޑިޑޭޓް ނަންބަރ 14( އަށެވެ. އޭނާއަށް ލިބިފައިވަނީ 389 ވޯޓެވެ. އެހެންކަމުން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޢަލީ ޝާހް )ކެންޑިޑޭޓް ނަންބަރު 11( އާއި، މި މައްސަލަ ހުށަހެޅި މުޙައްމަދު ޢިމާދާއި ދެމެދުގައި އޮތީ 2 )ދޭއް( ވޯޓުގެ ފަރަޤެކެވ.

25މިގޮތަށް ދާއިމީ ނަތީޖާދައްކާއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބުނެފައިވާ ގޮތުގެމަތިން،ތ. ތިމަރަފުށީ ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށީގެ ނަތީޖާ ހަދައި، ވޯޓު ލީ މަރުކަޒުގއ އެވޯޓު ފޮށީގެ ވަގުތީ ނަތީޖުއިޢުލާނުކުރިއިރު،މ މައްސަލި ހުށަހެޅަ މުޙައްމަދު ޢިމާދު )ކެންޑިޑޭޓް ނަންބަރ 14( އަށް ލިބިފައިވަނީ 122 ވޯޓެވެ. ޢަލީ ޝާހް )ކެންޑިޑޭޓް ނަންބަރ 11( އަށް ލިބިފައިވަނީ 118ވ ޓެވެ.

26HN3އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބުނެފައިވާ ގޮތުގެމަތިން، ނަތީޖާ ހަދައި، ވޯޓުލީ މަރުކަޒުގއ ނަތީޖާ އިޢުލާންކުރި ފަހުން، ވޯޓު ގުނުމުގައި ބޭނުންކުރަ 1 )އެކެއް( "ވޯޓު ގުނާ ކަރުދާސް" އެއްކުރެވިފައި ނެތްކަން ފާހަގކުރެވިގެންކަމަށްބުނެ، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ"ވަގުތީ ނަތީޖާ ޝީޓް"ގައިވާ ޢަދަދުތައް ކަނޑައި އެހެން ޢަދަދުތަކެއިޖެހުމަށްފަހު، އަދ އެފަދައިން ގެނައި އެއްވެސް އިޞްލާޙެއްގެ ކައިރީގައި ސޮއެއްވެސ ކުރުމެއް ނެތި، ވޯޓުލީ މަރުކަޒުގައި ވަގުތީ ނަތީޖާ ދެވަނަ ފަހަރަށް ބެހެއްޓއެވެ.އެހެންކަމުނ އެކަން ކޮށްފައް އެވަނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ )ށ(އާ އެއްގޮތަކަމަކަށް ނުބެލެވެއެވެ.

27ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ "ވަގުތީ ނަތީޖާ ޝީޓް"ގައިވާ ޢަދަދުތައް ކަނޑައި، އެ ޢަދަދުތަކަށް ބަދަލު ގެނައިއިރު، އެއްވެސް ކެންޑިޑޭޓަކަށް އަދި ކެންޑިޑޭޓެއްގެ މަންދޫބަކަށްވެސ އެކަން އަންގާފައެއް ނުވެއެވެ.

28އެޞްލާޙުކުރިކަމަށ ބުން ނަތީޖާތައް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް އަޕްލޯޑުކުރިފަހުން، އ ވޯޓު ފޮށީގެ ވޯޓާ ގުޅޭގޮތުން ވެބްސައިޓުގައި ޢާންމުކޮށްފައިވ ވަގުތާ ނަތީޖާގައވެސެމައްސަލައެއް އުޅޭކަން ފާހަގަކުރެވިގެން، އެ ވޯޓު ފޮށީގެ "ވޯޓު ގުނާ ކަރުދާސް" އަޅައި ކިޔައިޗެކެކުރުއިރު، ވޯޓުލީ މަރުކަޒުގެ އޮފިޝަލުން ތައްޔާރުކުރި ދެ "ވަގުތީ ނަތީޖާ ޝީޓް" ވެސް ރަނގަޅުނޫންކު މްށ އިލެކްޝަންސް ކޮމިޝަނނ ބުނެފައިވެއެވެ.

29HN5އ ވޯޓު ފޮށީގެ "ވޯޓު ގުނާ ކަރުދާސް" ބަލައިގެން އިލެކްޝަންސް ކޮމިޝަނުން އެފޮށީގެ ނަތީޖާ އަލުން ތައްޔާރުކޮށް ވެބްސައިޓުގައި ދެވަނަ ފަހަރަށް ޢާންމުކރިއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން،އެ ވޯޓު ފޮށި އަލުން ގުނުމުގެ ބަދަލުގައި، އެ ވޯޓު ފޮށީގިނަތީޖާ ޗެކްކުރުމަށް ބަރޯސާވާ،ކަށަވެތިކަމެއްނެތ ޢަމަލުކޮށްފައިވ އޮފިޝަލުންތަކެއްއެ ވޯޓު ފޮށީގެ ވޯޓު ގުނުމަށް ބޭނުންކުރި "ވޯޓު ގުނާ ކަރުދާސް"ތަކަށެވެ. އެ "ވޯޓު ގުނާ ކަރުދާސް"ތަކުގައިވޯޓު ގުނި ކޮން އޮފިޝަލުންނެއްކަނ އެނގޭކަށް ނެތެވެ. އަދި އެ "ވޯޓު ގުނާ ކަރުދާސް"ތަކުގައ އޮފިޝަލުން ސޮއިކުރަންޖެހޭއިރު، އޮފިޝަލުން އޭގައި ސޮއިވެސް ކޮށްފައެއވެސ ނުވެއެވެ.

30އެ ވޯޓު ފޮށީގެ ނަތީޖާ ހަދައި، ވޯޓުލީ މަރުކަޒުގއައިޢުލާނުކުރެވުނުއެ ވޯޓު ފޮށީގާވަގުތިނަތީޖއާއ، ޢަދަދުތަކަށ ބަދަލް ގެނައުމަށްފަހުވޯޓު ލީ މަރުކަޒުގއ ދެވަނަ ފަހަރަށް ބެހެއްޓި ވަގުތީ ނަތީޖާއާއި، އިލެކްޝަންސ ކޮމިޝަނުން އެފޮށީގެ ނަތީޖާ އަލުން ތައްޔާރުކޮށް ވެބްސައިޓުގައި ދެވަނަ ފަހަރަށް ޢާންމުކާ ރ ނަތީޖާ ދައްކުވައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ. ތ . އަތޮޅު މާލެ (NT.2) 2- ގެ ނަތީޖާ ޝީޓުގެ ތަފްޞީލް ކެންޑިޑޭޓްވެރިޔާ ތައްޔާރުކުރިވެރިޔާ ތައްޔާރުކުރިކޮމިޝަނުން ތައްޔާރުކުރިތ. ތިމަރަފުށި ކައުންސިލް މެންބަރު ފުރިހަމަ ނަންދާއިމީ އެޑްރެސްހައިސިއްޔަތު ނަންބަރ ފުރަތަމަ ނަތީޖާ ޝީޓ ދެވަނަ ނަތީޖާ ޝީޓ ނަތީޖާ ޝީޓ މަޤާމުގެ ރަސްމީ ނަތީޖާ މުޙައްމަދު އިބްރާހީމްމަނިކު 9 ތ. ތިމަރަފުށި / ކުޅިފަސްއަމިއްލަގޮތުން 44 50 50 228 )އައްދޭ ( 10 އަޙްމަދު ޔާމީން )ޔާންޓޭ ( ތ. ތިމަރަފުށި / ބޮޑުގެކޮންގްރެސް ޕާޓީ 205 221 221 602 11 ޢަލީ ޝާހް )ޝާހް ( ތ. ތިމަރަފުށި / ބިނާއެމް. ޑީ. ޕީ 118 138 137 391 12 އަޙްމަދު ޢަލީތ. ތިމަރަފުށި / އާނުއަމިއްލަގޮތުން 27 32 32 90 13 އާމިނަތު ޞަފާތ. ތިމަރަފުށި / ދިލްކުޝާގެއެމް. ޑީ. ޕީ 97 109 109 254 14 މުޙައްމަދު ޢިމާދު )އިމައްޑޭ ( ތ. ތިމަރަފުށި / ފުއްކަފަގެކޮންގްރެސް ޕާޓީ 122 122 132 389 15 ޢަލީ ޙުސައިންފުޅުތ. ތިމަރަފުށި / އައްސޭރިއަމިއްލަގޮތުން 15 16 17 63 ޞައްޙަ ވޯޓު 628 688 698 2017 ނުދޭ ވޯޓު 94 118 118 254 ބާޠިލު ވޯޓު 78 110 100 319 ޖުމުލަ ވޯޓު 800 916 916 2590 ވޯޓު ގުނުމުގައި ފަރުވާތެރިވުން

31HN4އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް، ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫމުނ މެދުވެރިކޮށް ރައްޔިތުންގެ ކަނަތައްތައް ހިންގުމުގައި ބައިވެރިވުމުގް ޙައްޤަކީ، ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހ ހިނދަކު، ޢުމުރުން 18 )އަށާރަ( އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއްކަނ ޤާނޫނުއަސާސީގް 26 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.

32އިންތިޚާބުތަކުގެ ނަޒާހަތްތެރިކަމަކީ އެ ޙައްޤުތުއަ އަމާނާތްތެރިކަމާއެކްރައްޔިތުންނަށްލިބދެވޭކަނި ކަށަވަރުކޮށްދޭ ބަހާއެވެ. އިންތިޚާބީ ކަންކަން ބަލަހައްޓާ އޮފިޝަލުންނަކީ ޑިމޮކްރެސީގެ އިންޖީނު ހިންގައިދޭ ހިމޭން ބާރެކެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ކެންޑިޑޭޓުންނާއި ކެމްޕޭންތަކުގެ ވާހަކަ ފެނުނުކަމުގައިވިޔަސް، މިއީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޖަވާބު ފޯމުގެ 4.1.1 ވަނަ ޕެރެގްރާފުގައި ހިމަނާފައިވާ ތާވަލެކެވެ. "ރައްޔިތުންގެ ނިންމުން" ނުވަތަ ރައްޔިތުން އެދޭގޮތް ޙަޤީޤަތަކަށް ވަނީ ވޯޓު ގުނުމުގައި ކުރެވޭ ފަރުވާތެރި އަދި ބުރަ މަސައްކަތުގެ ތެރެއިންނެވެ.

33ވޯޓު ގުނުމުގައި ފަރުވާތެރިވާންޖެހޭނީ އެންމެ މަތީ ދަރަޖައިގައެވެ. އެއީ ވޯޓު ގުނުމުގައި ހެދޭ ގޯސްތަކާއި، ވޯޓުލާ މަރުކަޒުގައި ބޭނުންކުރިލިޔޭކިޔުންތަކުގައެޖެހްއަތްކުށތަކުނިސަލާމަތްވުމަށޓަކައް ފަރުވާތެރިވާންޖެހޭނޭ މިނީގަނޑެވެ.އެއީ މުޖުތަމަޢުގެ ބަދަހިކން ރޫޅިގެން ނުދިއުމަށާއި،އިލެކްޝަންސްކޮމިޝަންގެމައްޗަށްއޮންނ އިތުބާރުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައިއަދާކުރަންޖެހޭ މުހިއްމު ޒިންމެ އާކ ވެ. އަދިއެ ކޮމިޝަނުން ކުރާ މަސައްކަތުގޭދެފުށް ފެންނަ މިންވަރާއި، މަސައްކަތުގެ ޞައްޙަކަމަކީ، އުފެދޭ ޝައްކުތަކުން ސަލާމަތްވްނ މަގުވެސ މެއެވެ.

34އިންތިޚާބެއްގެ ޞައްޙަކަން ކަށަވަރުކުރުމުގެ މުހިއްމުކަނީގުޅިފައިވަނީ، ވަކި ގޮނޑިއެއް ކާމިޔާބުކުރޯކޮން ކެންޑިޑޭޓެއްތްނިންމުމުގެ އިތުރަށް، އެ ގޮނޑި ކާމިޔާބުކުރި ފަރާތަކީ ޤާނޫނީގޮތުނިޞައްޙަގޮތުގައި އެ ގޮނޑި ކާމިޔާބުކުރާފަރާތްކަނ ރައްޔިތުން ބަލައިގަތުމީ ގ އަސާސްގެ މައްޗަށެވެ. އިންތިޚާބީ އޮފިޝަލުންނަކ މި ބަޔާންކުރި އިތުބާރާއި ޞައްޙަކަން ދެމެހެއްޓުމުގެ އެންމެ އިސް ފާރަވެރިންނެވެ. މި މައްސަލައިގައި ވޯޓުގުނުމުގެ ނަޒާހަތްތެރިކަން އޮތް މިންވަރު

35ކުރިންވެސް ފާހަގަކުރި ފަދައިން، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ އޮފިޝަލުން ތައްޔާރުކުރި ދެ "ވަގުތީ ނަތީޖާ ޝީޓް" ވެސް ރަނގަޅު ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވެސް އެއްބަސްވެއެވެ.

36އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 55 ވަނަ މާއްދާގެ )ހ( އާއި )ށ( ގައި ބުނެފައިވާ ގޮތުގެމަތިން، ނަތީޖާ ހަދައި، ވޯޓު ލީ މަރުކަޒުގއ ނަތީޖާ އިޢުލާންކުރި ފަހުން، ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގް"ވަގުތީ ނަތީޖާ ޝީޓް"ގައިވާ ޢަދަދުތައް ކަނޑފައިވަނީ ޙައިރާންވާ މިންވަރަކަށެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ކުރިން އެއްނުކުރެވ އޮތި "ވޯޓު ގުނާ ކަރުދާސް"އެއް އއްކުރުމުނެ ޢަދަދުތަކަށް ބަދަލު އަންނާތީކަމަށްވާނަމަ، އެފަދަ ކަމެއް ބަޔާންކޮށް، ކަނޑާފައިވާ ޢަދަދުތައް ކައިރީގައި އޮފިޝަލުން ސޮއިކޮށްފައެއްވެސް ނުވެއެވެ.

37"ވަގުތީ ނަތީޖާ ޝީޓް"ގައިވާ ޢަދަދުތައް ކަނޑައި، އެ ޢަދަދުތަކަށް ބަދަލު ގެނައިއިރު، އެއްވެސް ކެންޑިޑޭޓަކަށް އަދި ކެންޑިޑޭޓެއްގެ މަންދޫބަކަށްވެސ އެކަން އަންގާފައެއް ނުވެއެވެ.

38"ވޯޓު ގުނާ ކަރުދާސް" ތަކުގައި އޮފިޝަލުން ސޮއިކުރުމަށް ޚާއްޞކޮށްފައިވަ ބައެއް އޮންނައިރު، ވޯޓު ގުނާ ކޮން އޮފިޝަލުންތަކެއްކަން އެ ކަރުދާހަކުނ އެނގޭކަށް ނެތެވެ. އަދިއެބުނާ "ވޯޓު ގުނާ ކަރުދާސް" ތަކުގައި އޮފިޝަލުންސޮއި ކޮށްފައެއވެސ ނުވެއެވެ. އަދި، އެތަނުން 6 ވަނަ ބަންޑެލީގެ "ވޯޓު ގުނާ ކަރުދާސް"ގައު މައްސަލަ ހުށަހެޅި މުޙައްމަދު ޢިމާދަށް ވޯޓެއް ލިބިފައިވާކަމަށް މާކު ކުރުމަށްފަހު، ރަސްގެއަކަށް ބަދަލުކޮށް، އެ މާކު ކަނޑާލާފައިވާކަންވެސް ފާހަގަކުރެވެއެވެ.

39މ މައްސަލައިގައި ވޯޓު ގުނުމުގައިއޮފިޝަލުނ ޢަމަލުކޮށްފައިވާގޮތުން ވޯޓު ގުނުމުގެ ނަޒާހަތްތެރިކަން ވަނަ ގެއްލިފައެވެ. އެހެންކަމުން، ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ނަގަނީ 2 )ދޭއް( މީހުންކަމަށްވެފައި، އެ 2 )ދޭއް( ގޮނޑިއަށް ކުރިމަތިލި މީހުންގެ ތެރެއިންމައްސަލ ހުށަހެޅަ މުޙައްމަދު ޢިމާދާއި، ދެވަނައަށް އެންމެ މަތިން ވޯޓު ލިބިނ ފަރާތާއި ދެމެދު އޮތީ އެންމެ 2 )ދޭއް( ވޯޓުގެ ފަރަޤުކަމަށް ވީހިނދު، އެއީ އެންމެ ވޯޓު ކަރުދާހެއް ގޯސްކޮށް ގުނިފައި އޮތުމުންވެސް ނުކުމެދާނެ ނަތީޖާއެއްކަމަށްވާތީ، ތ.ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށި އަލުން ގުނަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ. މީއީ ތ. ތިމަރަފުށީ ކައުންސިލްގެ ރައީސްގެ މަޤާމާއި، އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކަށް ނަގާ މެންބަރުން ފިޔަވައި، އެ ކައުންސިލްގެ މެންބަރުކަމަށް ނަގާ ޢަދަދެވެ. 40ތ.. ތިމަރަފުށީ ކައުންސިލްގެ މެމްބަރުންގެ އިންތިޚާބުގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައުތ. ތިމަރަފުށި ދާއިރާގެ ނަންބަރ NT.2/480 ވޯޓު ފޮށި އަލުން ގުނުމަށަޝަރީޢތުން ބޭނުންވާނަމު އެ،ވޯޓު އަލުން ގުނައި ކަށަވަރު ކުރުމށ އިލެކްޝަންސް ކޮމިޝަނުން ވެސްއިޢުތިރޟާ ނުކުރާކަން ފާހަގަކުރެވެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

41އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު؛

38.1. 04 އޭޕްރީލް 2026 ގައް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ތިމަރަފުށީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިޚާބު ބާޠިލުކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށްއަންގައ އަމުރުކޮށދެވެނ ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

38.2. ތ. ތިމަރަފުށި ދާއިރާގެ ނަންބަރު NT.2/480 ވޯޓު ފޮށީގެ ވޯޓު ކަރުދާސީބަންދުކޮށްފައިވާ ޚާއްޞަ ސެކިއުރިޓީ އުރަތައް"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރި ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދު" ގެ 57 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައި، އެ ވޯޓު ކަރުދާސްތައް އަލުން ގުންއި، އެ ވޯޓު ފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށުއިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަންގައި އަމުރުކުރަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

4. މ މައްސަލައިގައި އިސު ފަނޑިޔާރު ޢަބްދެ ﷲ ޖަމީލް މޫސާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

5. މ މައްސަލައިގައި އިސު ފަނޑިޔާރު ޢަބްދެ ﷲ ޖަމީލް މޫސާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. 0-X:, :, O,,; , 2026/HC-I-SH/3 .fO,$.,,.,.;,.,r� .fb�.'1'� 20 0/ (9 OU. _, O >> > 0 .,,.,, , o.,,, ,.,,.,,, .,,. C. > /V/ .?A"" A.S 2026 J_,c_;� 04 '.r'.?.,,C✓ .r'A,r..,JA A.JOtPtP__, fl_r.J'./"OP ,, ,, � ,, ,, ,, OU .,, > C. C. 0 > U O C. >.,,,6 O.,,,. .,,. > .,,,. O C. C. O O >.,,,. > _,,,,. .,,,. _,,,, >� O C. > _,,,,. 0 0 >.,,. _?AOP A.S,r.? .sret.t../"V .,,CV,r.? .,,-,?V.,,COP,/4'.,7 .S/-./"AV .,,....,,.,,C.?.JO •.JO A.SOP✓.,0./"A .SV.JO/__,./"AV .,,,. .,,. .,,,. .,,, .,, � .,,,, .,,, .,,, .,, ,, 0 C. C. ox>>; /0 / ' ::, ,, :x 0 0,, o, 0.,,,. > OU. 0 ::, ,, ::,� 0 ' o:x::, � ::,� 0 ./4'_?,r.,,-V.,,C,?A A.S./"A :.�.J:; .S,/4',.,,,.,,?V __,,/4',.,,,_,V/A .,,-,?_?AOP ./4'/A OP.),.JO,/"A A .,,-V_?ftOP OP.),.JO,/"A ,, ,, ,, ,, ,, ,, ,, ,, 'A.,J,At../"V,, ,, ,, ,, 0/ ✓ 0 C. .,,-.7v.,or ,, � .,,,. ox:,o.,,, 0 � > .,,, ::, t9 ' :x ::, t9 >,,,,. 0.,, ,� � ::, ,, ,, _?A..,J.,,-V,r.r'"" __,_r.,,CV E.? .s.,,- E.? NT-2/480 .,,c OPrr .S_,c A,r .,,....,I _,c .?.JO ·.JO ,, ..,1 � ,, ,, ,, C. 0 > ,_ 0,,,,. c. ,, o o ,, .,, 0� .S./4'./4'✓./"A .SV.JO/__,./"AV ,..,..,A✓ ,, .,,, _,,,. 0 / C. > X 6 OX O C. 66 06 .,,, ; ' ' 'At../"V ./4'.,0.?.S.,O.S .?.JO.SAA A,rA.? ,/4'_? 57 .s .s 2026 ,, ,, C. > / X o o, Ot. o .... > t..,, .,,,. 0 >.,,,. ::, t9 ' .S,/4',.,,,.,,?V __,,/4',.,,,.,V_?.A .,,...? .,J,At.r v r/A E.? A ,, ,, C. C. ox O>> 0 >6 O C. 0 >6 ,,,,. '- .,,,,,,,. 0/ ,,,,.,(:> .,,, •_?,?..,J.,,-V,?V✓, ./4'.S..,J.JOA.A .S./4'.,,Cfl t../4'..,I /OP /-A.?.? A.S EVA✓ � ,,,,. .,,,,, ,,,,. ,,,,,, .,,, .,, .,,. :,o:,:, .,., #Jo ., :; ,,,., ,,,..,,. .,,� - .,,.,,,,,.._ j, - ., ., ., > .,,. 0 ,,,,. :, >6 .,,, .r l!.? rA__,✓, .,,c.,,,t.r..,1

6 ..,,, .,,. of? t.o+ , ,,_. o:, >>>+ o(? ; 1.u.o+ c www • highcourt-gov •mv info@highcourt-gov-mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) ގެ 2، 55 (ހ) އަދި (ށ)، 57، 62، 64 (ހ) އަދި (ށ)، 65 (ހ) ވަނަ މާއްދާ
  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 57 ވަނަ މާއްދާ
  • ހައިކޯޓު 2014/HC-I-SH/03
  • ހައިކޯޓު 2014/HC-I-SH/14
  • ހައިކޯޓު 2021/HC-I-SH/01

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ