ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/14ސުޕްރީމް ކޯޓު · 7 ސެޕްޓެމްބަރު 2009

—

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 ސެޕްޓެމްބަރު 2009ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/14

ދަޢުވާކުރާ ފަރާތް: ފާޠިމަތު މަނިކެ

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު މަނިކު

މައްސަލައިގެ ބާވަތް: މިލްކު ސާބިތުކުރުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 22 އޭޕްރީލް 2009

ނިމުނު ތާރީޚް: 07 ސެޕްޓެމްބަރު 2009

މައްސަލަ ނިންމި ގަޑި: 11:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޔޫސުފް ޙުސައިން

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/230

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 13 އޯގަސްޓް 2008

ނިމުނު ތާރީޚް: 19 މާޗް 2009

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2008/HC-A/230 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށް ދެކިގެން އެޤަޟިއްޔާގެ ދަޢުވާކުރާ ފަރާތް ކަމަށްވާ މއ. ވައިޓްލިލީ ފާޠިމަތު މަނިކެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މއ. ވައިޓްލިލީ މުޙައްމަދު މަނިކުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/230 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅު ނޫން ކަމަށް އިލްތިމާސް ކުރި ފާޠިމަތު މަނިކެގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 03 (ތިނެއް) ނުކުތާއެއް ހުށަހަޅާފައިވާ ކަން އެނގެއެވެ.

ފުރަތަމަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތްކަމުގައިވާ މުޙައްމަދު މަނިކު މއ. ވައިޓްލިލީ މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އޭނާގެ ބައްޕަގެ ތަރިކަ ބަހާފައިވާކަމަށް ބުނި ބަހާމެދު ޝަރީޢަތުން ރިޢާޔަތްނުކޮށް އަދި މުޙައްމަދު މަނިކު ޙާޟިރުކޮށް ސުވާލުކޮށް ނުދިނުން.

ދެވަނަ ނުކުތާއަކީ، މއ. ސަތާވަރީގެއަކީ މުޙައްމަދު މަނިކުގެ ގެއަކަށް ނުވާކަމާއި، އެގޭގެ ވެރިފަރާތަށް ބަދަލުދިނުމެއްނެތި މުޙައްމަދު މަނިކަށް ދީފައިވާކަމަށް ބުނާއިރު މުޙައްމަދު މަނިކުގެ ބައްޕައާއި ދަރިން ދިރިއުޅެމުން އައިސްފައިވަނީ މއ. ސަތާވަރީގޭގައި ކަމަށް އެނގެންއޮއްވާ ރަޖިސްޓްރީ ނުކުރާ ޒަމާނެއްގައި ރަޖިސްޓްރީފަދަ ލިޔުމެއް އޮތްތޯ ޝަރީޢަތުން ފާޠިމަތު މަނިކެއާ ސުވާލުކޮށް އަތުގެ ވެރިއާއަށް ހަދާދީފައިވާ ރަޖިސްޓްރީއަށް ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވުން.

ތިންވަނަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލިހުގައި ފާޠިމަތު މަނިކެ ހުށަހެޅި ހެކިން ޙާޟިރުކޮށް ނުދެއްވާ މައްސަލަ ނިންމަވާފައިވުން.

މިމައްސަލައިގެ ބަޔާންތަކަށާއި ލިޔުންތަކަށް އަދި އިލްތިމާސްކުރި ފަރާތުން ހައިކޯޓުގެ ޙުކުމް ރަނގަޅުނޫންކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކަށް ނަޒަރުކޮށް ދިރާސާކުރުމުން އަންނަނިވި ކަންތައްތައް ވަނީ ފާހަގަކުރެވިފައެވެ.

ފުރަތަމަ ކަމަކީ މުޙައްމަދު މަނިކު އޭނާގެ ބައްޕަގެ ތަރިކަ ބަހާފައިވާކަމަށް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމަށް ހައިކޯޓުގެ ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް އިލްތިމާސް ކުރިފަރާތުން ބުނެފައިވާއިރު އެނުކުތާ މަދަނީ ކޯޓުގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފުކުރުމަށްޓަކައި ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ހިމެނިފައިނުވާކަން އެނގެއެވެ. އެހެންކަމުން ބަޔާންވެދިޔަ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅިފައިނުވާ އަދި އެކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއަކަށްވާތީ، މިކޯޓުން އެނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށް ތަނެއް ނެތްކަން އެނގެއެވެ.

ދެވަނަ ކަމަކީ މުނިސިޕަލް އޮފީހުގެ ނަންބަރު 641 (10 ޖެނުއަރީ 1960މ.) ގެ ބަންޑާރަ ގޯތިދޭލިޔުމުން ސަތާވަރީގެ ހުރި ގޯތި ރިނބިދޫގެ ޅަތުއްތުއަށް ދީފައިވާކަން އެނގޭކަން. އަދި މުނިސިޕަލް އޮފީހުން 01 އޮކްޓޯބަރު 1961 މ. ގައި ހަދާދީފައިވާ ނަންބަރު 686 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އިން މއ. ވައިޓްލިލީ ގެ ވެރިފަރާތަކީ ރިނބިދޫ ޅަތުއްތު ކަން އެނގެން އޮތްކަން އަދި އެލިޔުމުގެ އިތުރުބަޔާނުގައި ވައިޓްލިލީ ހުރި ގޯއްޗަކީ ރިނބިދޫ ޅަތުއްތު އާއި މުނިސިޕަލް އޮފީހުން ޙަވާލުކޮށްފައިވާ ގޯއްޗެއްކަމަށާއި އަދި މިގޯތީގައިވާ ޢިމާރާތަކީ ރިނބިދޫ ޅަތުއްތުގެ އަމިއްލަ މިލްކެއް ކަމަށްވެސް ލިޔެފައިވާކަން އެނގެން އޮތްކަން. އަދި ވުޒާރަތުއް ދާޚިލިއްޔާގެ ނަންބަރު ބ. 995 ގެ ޢިމާރާތާއި ގޯތި ރަޖިސްޓްރީ އިން މައްޗަންގޮޅި ވައިޓްލިލީގެ ގޯތީގެ ވެރިފަރާތަކީ ރިނބިދޫގޭ ޅަތުއްތު ކަމާއި އަދި ޢިމާރާތުގެ ވެރިފަރާތަކީވެސް ރިނބިދޫގޭ ޅަތުއްތުކަން އެނގޭއިރު ޤާނޫނީގޮތުން ފެންނަންހުރި މިހުއްޖަތްތައް ނަފީކުރެވޭފަދަ ޤާނޫނީ ހުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައި ނެތްކަން.

ތިންވަނަ ކަމަކީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމައެލިޔުމެކެވެ." މިގޮތަށް ބަޔާންކޮށްފައިވާއިރު މއ. ވައިޓްލިލީ މުޙައްމަދު މަނިކު (ރިނބިދޫގޭ ޅަތުއްތު) އެ ގެ ރަޖިސްޓްރީ ކުރުމުގެ ކުރިން ރިނބިދޫގޭ ޅަތުއްތު ނޫން އެހެން މީހަކަށް ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ފެންނަން ނެތްކަމަށާއި ރިނބިދޫގެ ޅަތުއްތުގެ ގޯއްޗެއްކަމަށް މިހާރުގެ ރަޖިސްޓްރީ ތަކުން ފެންނަން އޮތްއޮތުން ނަފީކުރާ ވަރުގެ އެފަދަ ލިޔުމެއް ނެތްކަމަށާއި، ފާޠިމަތު މަނިކެގެ ބައްޕަގެ ގެއެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ނެތްކަމަށްވެސް ފާޠިމަތު މަނިކެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤުރާރުވެފައިވާކަން ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަން. އެހެންކަމުން ވުޒާރަތުއް ދާޚިލިއްޔާއިން މައްޗަންގޮޅި ވައިޓްލިލީއަށް 1 މާރޗް 1966 ގައި ހަދާދީފައިވާ ނަންބަރު ބ. 995 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އަށް ބަލާއިރު އެގޯތީގެ ވެރިފަރާތަކީ ރިނބިދޫގޭ ޅަތުއްތު ކަމާއި އަދި ޢިމާރާތުގެ ވެރިފަރާތަކީވެސް ރިނބިދޫގޭ ޅަތުއްތު ކަމަށް ބަޔާންކޮށްފައި އޮތްއޮތުމާއި އަދި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަންގެ ނަންބަރު 237/P&OD/72 ޤަޟިއްޔާގައި މައްޗަންގޮޅި ވައިޓްލިލީގައިވާ ޢިމާރާތްތަކާއިމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާކަމަށް ދަށުކޯޓާއި ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައޮތުމާއި މިކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ޢުޞޫލުން ބަލާއިރު މއ. ވައިޓްލިލީ މިގޭގައި މުޙައްމަދު މަނިކުގެ ބައްޕަ އަދި އެއްބަނޑުއެއްބަފާ މީހުން ވަކި ދުވަސްވަރެއްގައި ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ އިލްމުހާސިލުކުރެވޭ ފެންނަން ހުރި ޤާނޫނީ ހުއްޖަތްތަކެއް ބާޠިލުވެގެން ދާނެ ކަމެއްނޫންކަން އެނގެން އޮތްކަން.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާން ކުރި ސަބަބުތައް އެގޮތަށް ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/230 ގެ ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމް ރަގަޅުނޫން ކަމަށް ކަނޑައަޅާނޭ ތަނެއް ނެތުމާއެކު މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/230 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ