ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/32ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2011

—

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 ސެޕްޓެމްބަރު 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/32

ދަޢުވާކުރާ ފަރާތް: ވޯލްޑް ލިންކް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް،

ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރ)

އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ހައިކޯޓުގެ އަމުރު އިސްތިއުނާފްކުރުން ((95/INDIV/2011/18

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 05 މެއި 2011

ނިމުނު ތާރީޚް: 19 ސެޕްޓެމްބަރ20111 ބް 2009

މައްސަލަ ނިންމި ގަޑި:12:4045

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އަޙްމަދު ފާއިޒު ޙުސައިން، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުހައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަސިމް ޢަދުނާން

އިސްތިއުނާފު ކުރެވުނު އަމުރު:

ނަންބަރު: 95/INDIV/2011/18

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 22 ފެބްރުއަރީ 2011

ނިމުނު ތާރީޚް: 02 މާރޗް 2011

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހި ދައުލަތުގެމައްޗަށް ރައްދުވާގޮތަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރާ އެއަރޕޯރޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗައް ވޯލްޑް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރި އެކޯޓުގެ ނަންބަރު1463/Cv-C/2010 ޤަޟިއްޔާ ބެލުމަށްޓަކައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެ ދަޢުވާއަކީ، ޤާނޫނީގޮތުން ދިވެހި ދައުލަތުގެ މައްޗައް އުފުލޭނެ ދަޢުވާއެއް ނޫންކަމަށްބުނެ ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުންކުޅަ އިއުތިރާޒަކާ ގުޅިގެން، އެ ދަޢުވާއަކީ ދިވެހި ދައުލަތުގެމައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ސިވިލް ކޯޓުން އިޖުރާޢީގޮތުން ނިންމިނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، ބުނެވިދިޔަ ނިންމުން، ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެނިންމުމާމެދު ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމެވި ނިންމެވުމަކީވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފް ނިންމުމެއް ކަމަށްބުނެ އެނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވޯރލްޑްލިންކް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން އިލްތިމާސް ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދަޢުވާ ކުރާފަރާތާއި ދަޢުވާލިބޭ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އަދި މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށާއި މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، ދޭދޭ ފަރާތްތަކުގެ ދެމެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގެ އެންމެ މުހިއްމު އެއް އަސާސަކީ،އެ މުޢާމަލާއެއް ހިންގާ ދެފަރާތެއްގެ ދެމެދުގައި އޮންނަ އިތުބާރާއި ޔަޤީންކަން ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2010 ޤަޟިއްޔާގައި ވޯރލްޑްލިންކްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ މުޢާމަލާއަކީވެސް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ވަކި ސިޔާސަތެއް ތަންފީޒްކުރުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏަކާއެކު ބުނެވިދިޔަ އިތުބާރާއި ޔަޤީންކަމުގެމައްޗަށް ބިނާކޮށް ވޯރލްޑްލިންކުގެ ފަރާތުން ކޮށްފައިވާ މާލީ މުޢާމަލާއެއްކަމާއި، އަދި މާލީ މުޢާމަލާތްތަކުގެ ޠަބީޢަތަށްބަލާއިރު، އެފަދަ ކޮންމެ މުޢާމަލާއެއްގެ ބައިވެރިންވެސް، އެމުޢާމަލާއެއްގެތެރެއަށް ވަންނާނީ އެމުޢާމަލާއެއްގެދަށުން ޤާނޫނީގޮތުން އުފުލަންޖެހޭ އިލްތިޒާމްތައް އެމުޢާމަލާއެއްގެ އެންމެހައި ބައިވެރިން އަދާކުރަމުންދާނެކަމުގެ ޔަޤީންކަމުގެ މައްޗަށް ބިނާކޮށްކަން އެއީ ދެބަސްވެވެންނެތް ޙަޤީޤަތަކަށްވާއިރު، ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އަދި އޭގެމައްޗަށް ޤާނޫނީ ނަތީޖާއެއް ތައައްތުބުވެގެން ދާނޭ މާލީ މުޢާމަލާތްތަކާއި ޤާނޫނާއި ޝަރީޢަތް ހުއްދަނުކުރާ ހީލަތްތެރި ނުވަތަ ހުއްދަނޫން މުޢާމަލާތްތަކާ ދެމެދުގައިވާ އެންމެބޮޑު އެއް ތަފާތަކީ ތެދުވެރި ނިޔަތުގެމައްޗަށް އެމުޢާމަލާއެއް ބިނާވެގެން ދިއުން ކަމާމެދަކުވެސް ޝަރުޢީ އަދި ޤާނޫނީގޮތުން ދެބަސްވެވޭނޭ ހަމައެއްވެސް ހަމައެއްނެތުމެވެ.

(ށ) ދެވަނަކަމަކީ، ކަނޑައެޅިފައިވާ ވަކި ސިޔާސަތެއްގެދަށުން ދިވެހި ސަރުކާރުން އުފެއްދި ކުންފުންޏަކާއިއެކު ވޯރލްޑްލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލީ މުޢާމަލާއެއްގެ ތެރެއަށް ވަދެ، ދެފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބުނެވިދިޔަ ސިޔާސަތު ތަންފީޒްކުރުމަށްޓަކައި އެއިމް ކުންފުންޏާއި ވޯރލްޑްލިންކްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ވޯރލްޑްލިންކުން ދައްކަންޖެހޭ 16.9 މިލިއަން ޑޮލަރު ވޯރލްޑްލިންކުން ދައްކާފައިވަނީ އޭގެ މުގާބިލުގައި، އެއިމްސް ކުންފުނިން ޤާނޫނީގޮތުން އުފުލަންޖެހޭ އިލްތިޒާމް އުފުލާނެކަމުގެ ޔަޤީންކަމުގެ މައްޗަށްކަމަށް ވާއިރު ދެފަރާތް ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެއިމްސް ކުންފުނިން އުފުލަންޖެހޭ އިލްތިޒާމް (އެއީ ކޮންމެ ސަބަބަކާހުރެ ކަމުގައިވިޔަސް) އެކުންފުނީގެ ފަރާތުން އުފުލާފައިނުވާކަން މިމައްސަލައާގުޅިގެން * އިޞްލާޙް:ޝަރީޢަތުގެ މަޖިލީހަށް ހުށަހެިފައިވާ ލިޔުންތަކުން

*ދެފަރާތުންމެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގި ފާހަގަކުރެވިފައި އޮންނައޮތުމެވެ.

(ނ) ތިންވަނަކަމަކީ، ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު، ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކަކީ އެކުންފުނިތަކުގެ މެމްބަރުންނާ ވަކިން ވަކި ޤާނޫނީ ޝަޚުސިއްޔަތެއް ލިބިގެންވާ ތަންތަނަށްވިޔަސް، އަދި އެކުންފުނިތަކުންކުރާ މުއާމަލާތްތަކާގުޅިގެން ޒިންމާއުފުލަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ދަޢުވާކުރަންޖެހޭ ވަކި ޤާނޫނީ ހަމަތަކެއް ހުރިކަމުގައިވިޔަސް މާލީ މުޢާމަލާތްކުރުމުގައި އޮންނަންޖެހޭ ތެދުވެރި ނިޔަތްނެތި، މުޢާމަލާތުގެ ދެވަނަ ބައިވެރިޔާއަށް ގެއްލުންވާގޮތަށްކުރާ މުޢާމަލާތްތައް ނުވަތަ ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެންކުރާ މުޢާމަލާތްތައް އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ ހަމަތަކުން އިސްތިސްނާވާނެތީއާއި މުޢާމަލާތްކުރުމުގައި އޮންނަންޖެހޭ ތެދުވެރި ނިޔަތްނެތުމުގެ ސަބަބުން މުޢާމަލާތުގެ ދެވަނަފަރާތަށް ލިބޭ ގެއްލުމުގެ ޒިންމާ ޤާނޫނީގޮތުން އެ މުޢާމަލާއެއްކުރި ފަރާތަކުން އުފުލަންޖެހޭތީއާއި، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ ގޮތަށް މާލީ މުޢާމަލާއެއް ހިންގުމަށް އުޒުރުވެރިވާ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ އެއްބަސްވުމެއް ނިމުމަކަށް ގެނައުމާއެކު، އެ އެއްބަސްވުމުގެދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލު ކޮށްފައިވާ ޙައްޤުތައް، ކޮންމެ ހައްޤެއްވެސް އެ ހައްޤެއްގެ ވެރިއަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ލިބިދެވޭންޖެހޭނެތީ، އެފަދަ ހައްޤެއް ލިބިދިނުމަށް ހުރަސް އެޅުމުގެ ހައްޤު އެއްވެސް ފަރާތަކަށް ލިބިދެވެންޖެހޭ ހަމައެއްވެސް ހަމައެއްއޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނުމެވެ.

(ރ) ހަތަރުވަނަކަމަކީ، އެއިމްސް އާއި ވޯރލްޑްލިންކާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެދަށުން ވޯރލްޑްލިންކުގެ ފަރާތުން އެއިމްސް މެދުވެރިވެ ދިވެހި ސަރުކާރަށް ދައްކާފައިވާ 16.9 މިލިއަން ޑޮލަރުގެ މުގާބިލުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އެއިމްސްއިން އުފުލަންޖެހޭ އިލްތިޒާމަކީ ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ ގޮތުގެމަތިން ވޯރލްޑްލިންކާ ހަވާލުކުރަންޖެހޭ ތިން ފަޅުރަށް އެފަރާތާއި ހަވާލުކުރުންކަމަށްވާއިރު، އެކަމަށް ހުރަސްއެޅިފަިއިވަނީ މިމައްސަލައިގައި ދިވެހިސަރުކާރު ތަމީީޘީލްކުރާ މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރއިން ޢަމަލުކުރި ގޮތުންކަން އެނގެންއޮތްކަމާއި، އަދި އެއިމްސް އިން ވޯރލްޑްލިންކާއި ޙަވާލުކުރަންޖެހޭ ތިން ރަށް އެއިމްސް އާއި ޙަވާލުކުރުމުގެ ޤާނޫނީ އިލްތިޒާމް އުފުލަންޖެހޭ ފަރާތް އެގްރީމެންޓުން އެނގެން އޮންނަ އޮތުމާއި ދިވެހި ސަރުކާރުކަން މިކަން ހިނގާފައިވާގޮތަށް ބެލިއިރު ރަނގަޅަށް އެނގެން އޮތްކަމާއި، އަދި ދިވެހި ސަރުކާރުން އުފެއްދި އެއިމް ކުންފުންޏާއި ވޯރލްޑްލިންކާ ދެމެދު ވެފައިވާ އެއްބަސްވުމުގެދަށުން ވޯރލްޑްލިންކުން އެޑްވާންސްކޮށް ދައްކަންޖެހޭ 16.9 މިލިއަން ޔޫ.އެސް ޑޮލަރު އެކުންފުނީގެ ފަރާތުން ދެއްކުމާ ގުޅިގެން އެފައިސާ ޖަމާވެފައިވަނީވެސް ދިވެހި ދަޢުލަތުގެ ބައިތުލްމާލަށް ކަމަށްވާއިރު، ވޯރލްޑްލިންކާއި އެއިމްސް އާދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރު މެދުވެރިވެ ވޯރލްޑްލިންކަށް ލިބެންޖެހޭ ތިން ރަށް ނުވަތަ އެ ތިން ރަށުގެ ބަދަލުގައި އެއިމްސް މެދުވެރިވެ ވޯރލްޑްލިންކުން ދިވެހި ސަރުކާރަށް ލިބިގެންފައިވާ 16.9 މިލިއަން ޑޮލަރު ވޯރލްޑްލިންކަށް ނުލިބިވާނަމަ އެކަމުގައި ދިވެހި ސަރުކާރު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާވާންޖެހޭނެކަންނުވަތަ ނޫންކަން އެމައްސަލަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން މައުޟޫއީ ގޮތުން ބެލުމަކާނުލައި ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތަތީ، ދިވެހި ސަރުކާރު ހިމަނައިގެން ވޯރލްޑްލިންކްގެ ފަރާތުން ސިވިލް ކޯޓުގައިކުޅަ ދަޢުވާއިން އެކޯޓުގެ އިޖުރާޢީ ނިންމުމަކުން ދިވެހި ސަރުކާރަކީ ޤާނޫނީގޮތުން އެމައްސަލައާއި ގުޅުމެއްނެތް ފަރާތެއްކަމަށް ބައްލަވާ ދިވެހި ސަރުކާރު އެ ދަޢުވާއިން ބަރީޢަކޮށްލެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފެނުމެވެ.

(ބ) ފަސްވަނަކަމަކީ، ދަށު ކޯޓުތަކުގެ ނިންމުންތައް މަތީމަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފްކުރުމުގެ ފުރުސަތު ޤާނޫނީ ނިޒާމުގެތެރެއިން ފަހިކޮށްދެވިފައިއޮތުމުގެ މަޤުސަދަކީ ޢަދުލުއިންސާފް ޤާއިމް ކުރުމުގެ ނިޒާމްގެ މައްޗަށް އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަން ބޮޑުކުރުން ކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އެކަން އަސާސީ ހައްޤެއްގެ ގޮތުގައި އިތުރަށް ކަށަވަރުކޮށްދީފައިވާތީ، ކޯޓުތަކުން މައުޟޫއީ ގޮތުންބަލާ ޙުކުމްކުރާ މައްސަލަތަކާއި އިޖްރާޢީގޮތުން ބަލާ ނިންމާ ނިންމުންތަކާދެމެދު ތަފާތުކުރަންޖެހޭ އެއްވެސް ހަމައެއްނެތަތީ ދަށު ކޯޓެއްގެ އެފަދަ ކޮންމެ ނިންމުމަކީވެސް އެއީ ފައިޞަލާކުރަނިވި ނިންމުމެއްކަމުގައިވިޔަސް ނުވަތަ އިޖުރާޢީ ނިންމުމެއްކަމުގައިވިޔަސް ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެ ނިންމުމަކަށްވާނެތީ ސިވިލް ކޯޓުގެ ނަންބަރު 1463/Cv-C/2010 ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން ނިންމަވާފައިވާ އިޖުރާޢީ ނިންމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ނެތްކަމަށް އެކޯޓުން ކަނޑައެޅުއްވި ކަނޑައެޅުއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އުސޫލާއި އެއްގޮތްނުވާތީ އާއި އަދި އެއީ ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިދާނެ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 95/INDIV/2011/18 (02 މާރޗް 2011) ގެ ނިންމުމާއި ނަންބަރު 95/INDIV/2011/87 (21 މާރޗް 2011) ބާޠިލް ނިންމުމެއްކަން އެނގެންއޮތުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ އިޖްރާޢީ ނިންމުމާމެދު ގޮތެއްނިންމެވުމަށްޓަކައި ހައި ކޯޓަށް އެންގުމުގެ ބަދަލުގައި މިމައްސަލައަކީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިސާސްގެ ދަށުން ސީދާ ސިވިލް ކޯޓަށް އަންގަންޖެހޭ މައްސަލައެއްކަމަށެވެ.

ޙުކުމް:

ވޯރލްޑްލިންކް ޕްރައިވެޓްލިމިޓެޑާއި އެއިމްސްއާ ދެމެދު ބުނެވިދިޔަ މާލީ މުޢާމަލާ ހިނގާފައިވަނީ އެމުޢާމަލާ އެގޮތަށް ކުރިޔަށްގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުންވާތީ ދިވެހި ސަރުކާރުގެ އެނގުމާއި ފެނުމުގެތެރެއިންކަމާއި، އަދި އެކަމުގައި ދިވެހި ސަރުކާރު ތަމްޘީލްކުރާ ފަރާތެއްގެ ހައިޘިއްޔަތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އާރޓްސް އެންޑް ކަލްޗަރގެ ބައިވެރިވުންވެސް ހިމެނޭގޮތަށް ކަމަށްވެފައި، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ އެކަމުގައި ސީދާގޮތެއްގައި ބައިވެރިވުމުގެ ސަބަބުން އެ މުޢާމަލާގެ ބައިވެރިންނަށް ލިބިފައިވާ އިތުބާރާއި ޔަޤީންކަމުގެ މައްޗަށްކަމަށްވެފައި، ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮވެގެން ފުރިހަމަކުރަންޖެހޭ މާލީ މުޢާމަލާއެއްގެ ބައިވެރިއެއްގެ ހައިޘިއްޔަތުން ވޯރލްޑްލިންކް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން އެޑްވާންސްކޮށް ދައްކާފައިވާ 16.9 މިލިޔަން ޑޮލަރާއި ބެހޭ މައްސަލައިގައި ވޯރލްޑްލިންކުން އެ މުޢާމަލާތް ހިންގާފައިވަނީ ލިމިޓެޑް ލައިބިލިޓީ ކުންފުންޏަކާއެކުގައި ކަމަށްބުނެ މިނިސްޓްރީ އޮފް ޓުއަރިޒަމަށް ރައްދުވާގޮތަށް އެއިމްސް ކުންފުންޏާއި ދިވެހި ދައުލަތުގެ މައްޗަށް ވޯރލްޑްލިންކުގެ ފަރާތުންކޮށްފައިވާ ދަޢުވާ، އެފަރާތްތަށް ތަމްޘީލްކުރާ ފަރާތްތަކުގެ ހާޟިރުގައި މައުޟީއީގޮތުންބަލާ، އެމައްސަލައާމެދު ޖަވާބުދާރީ ކުރެވިގެންމެނުވީ އެކަމުގައި އެފަރާތްތަކުގެ ޒިންމާއެއްވާނަމަ އެކަން ނުވަތަ ނޫންކަން ޝަރުޢީ އަދި ޤާނޫނީ ހަަމަތަކުގެމަތިން ކަނޑައެޅޭން ނޯންނާނެތީ، މިމައްސަލަ މައުޟޫއީ ގޮތުން ބަލާ، ދަޢުވާއާމެދު ދަޢުވާގައިހިމެނޭ ފަރާތްތައް ޖަވާބުދާރީ ކުރުމަކާނުލާ ސިވިލް ކޯޓުން އެދަޢުވާގައި ހިމެނޭ ފަރާތެއް އެ ދަޢުވާއިން އެކަހެރިކުރެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، މަދަނީކޯޓުގެ ނަންބަރު 1463/Cv-C/2010 ޤަޟިއްޔާއާއި ގުޅިގެން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު އެކޯޓުން އިޖްރާޢީގޮތުން ނިންމި ނިންމުމާއި އަދި އެނިންމުމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނަންބަރު 95/INDIV/2011/18 ނިންމެވުމާއި އަދި ނަންބަރު95/INDIV/2011/87 ނިންމެވުމަކީވެސްބާޠިލް ނިންމުމެއްކަމަށް ކަނޑައަޅާ، އެދަޢުވާގައި ހިމެނޭ ފަރާތްތަކުގެ ޙާޒިރުގައި އެދަޢުވާގެ މައުޟޫއާމެދު ޖަވާބުދާރީ ކުރުމާއެކު އެފަރާތްތައް ހިމެނޭގޮތަށް އެދަޢުވާ މައުޟޫއީ ގޮތުންބަލާ ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޚްތިސާސްގެ ދަށުން ސިވިލް ކޯޓަށް އަންގާ އަމުރުކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ