ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 40 · 2021/SC-A/46

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ޖުލައި 2024ދަށު ކޯޓު: ހައިކޯޓު 2020/HC-DM/01ބާވަތް: ދުސްތޫރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-DM/01
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ބާޠިލުކުރުމަށް އެދި އެމްޓީސީސީން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ. ގަވާއިދު ހެދުމަށް ކޮމިޝަނަރަށް ލިބިފައިވާ ބާރުގެ އިމު ފުޅާކަމަށް ބުނެ، އެ އަކުރު ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމިއެވެ.
ވާޤިޢާ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" ގެ މާނައިގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ސީދާ ހިމެނިފައެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 11 ޖަނަވަރީ 2016 ގައި ހެދި ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި އެ މާނައަށް ދައުލަތުން އުފައްދާފައިވާ ކުންފުނިތައް އިތުރުކުރިއެވެ. 2014 ގެ ގަވާއިދުގައި ކުންފުނިތައް ހިމެނިފައި ނުވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމެނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) އާ ޚިލާފު ނުވަތަ އެ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ގަވާއިދު ހެދުމަށް ދީފައިވާ ބާރުގެ ބޭރުން ކޮށްފައިވާ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެމްޓީސީސީން ބުނީ ގަވާއިދުގައި ކުންފުނިތައް ހިމެނީ ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭރުން ކަމަށާއި، މިއީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އާއި 94 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ. އެޓަރނީ ޖެނެރަލް ބުނީ ދައުލަތުގެ ކުންފުނިތަކަށް 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގެ ސިފަތައް ފެތޭތީ ގަވާއިދުން ކުރީ އެކަން ތަފްޞީލުކުރުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައަކީ ގިނަ ފަރާތްތަކެއް ގާނޫނުގެ ރިވެލީގެ ތެރެއަށް ގެންނަ، ނިމެނިވި ލިސްޓެއް ނޫން ޖުމްލައެއް ކަމަށް ކޯޓުން ދެކުނެވެ. ތަނެއް ދައުލަތުގެ އިދާރާއެއްތޯ ބަލަންވާނީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާގެ ޙައްޤު ފުޅާކުރާ ގޮތަށް، ކޮންމެ މައްސަލައެއް ވަކިންނެވެ. ސަރުކާރުގެ ކޮންޓްރޯލް، ދައުލަތުގެ މަސްއޫލިއްޔަތު، ނުވަތަ ބަޖެޓުގެ އެހީ ހުރިނަމަ ކުންފުނިތައް ހިމެނޭތީ، ގަވާއިދަކީ ބާރުގެ ބޭރުން ހަދާފައިވާ އެއްޗެއް ނޫނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމި ހައިކޯޓުގެ 2020/HC-DM/01 ޤަޟިއްޔާގެ ޙުކުމަށް ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކުރި. އިސްތިއުނާފު ޤަބޫލުނުކުރި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ ދައުލަތާއި ދައުލަތާ ގުޅިފައިވާ ވަރަށް ގިނަ ފަރާތްތަކެއް އެ ގާނޫނުގެ ރިވެލީގެ ތެރެއަށް ގެނެސް، މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގޮތަށްކަން ގާނޫނުގެ އެ މާއްދާއިން އެނގެއެވެ. އެ މާއްދާގެ ފުރަތަމަ ޖުމްލައިގައި ސީދާ ދައުލަތުގެ އެންމެހައި ބާރުތަކުގައި ހިމެނޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތައް ބަޔާންކުރުމަށްފަހު އެ މާއްދާގެ ދެވަނަ ޖުމްލައިގައި އިތުރު "ތަންތަން" ހިމަނާފައިވަނީ އެ މާއްދާގެ ދެވަނަ ޖުމްލައިގައިވާ ސިފަތައް ފުރިހަމަވާ "ތަންތަން" ގާނޫނުގެ ރިވެލީގެ ތެރެއަށް ގެނައުމަށްޓަކައިކަމަށް ގަބޫލުކުރެވެއެވެ.

HN2 މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތު ހަމަވާ ކޮންމެ ތަނަކީ ނުވަތަ ކޮންމެ ފަރާތަކީ އެ ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބެލެވޭނެ ކަމާއި، އެ ތަނަކީ ނުވަތަ އެފަރާތަކީ އެ ގާނޫނުގައިވާ ހަމަތަކުގެ ދަށުން މައުލޫމާތު ދޭންޖެހޭތަނެއް ނުވަތަ ފަރާތެއް ކަމެވެ. އެ ޝަރުތު ހަމަނުވާ ތަނެއް ނުވަތަ ފަރާތެއް ނަމަ އެ ތަނަކުން ނުވަތަ އެ ފަރާތަކުން އެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ނުޖެހޭނެ ކަމެވެ.

HN3 މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބަޔާންވެފައިވާ ޝަރުތުތަކުގެ ލިސްޓަކީ ނިމެނިވި ލިސްޓެއް ކަމަށް ނުވާތީވެ، އެ މާއްދާގެ މަގްސަދު ހާސިލުވާ ޝަރުތުތައް ހިމެނޭ "ތަންތަން" އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ސާފުކޮށްދިނުމަކީ ގަވާއިދު ހަދާފަރާތަށް ކުރެވިދާނެ ކަމެއް ކަމަށް ދެކެމެވެ.

HN4 މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލަ އޮތް ގޮތުން އެތަނަކީ ދައުލަތުގެ އިދާރާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެނީ ކޮންމެ މައްސަލައެއް ވަކިން އެ މައްސަލައިގައި ހިމެނޭ ފަރާތުގެ ޚާއްސަ ހާލަތުތަކަށް ރިއާޔަތްކޮށްގެންނެވެ. އެ ޓެސްޓް ބިނާވެފައި އޮންނަންވާނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އަސާސީ ހައްގެއް ކަމަށްވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށެވެ. މައުލޫމާތު ހޯދުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް އެންމެނަށް ލިބޭނެ ގޮތަކަށެވެ. އެދޮރު ހަނިވާ ގޮތަކަށް ނޫނެވެ.

HN5 ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގައި މާނަކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއްތޯ ބެލުމުގައި، އެތަނެއްގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮތުން، ނުވަތަ އެތަނަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ނުވަތަ ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރާ ތަނެއް ކަމަށްވުން، ނުވަތަ އެތަނަކީ ދައުލަތުގެ ބަޖެޓުން ޚަރަދެއްކުރާ ނުވަތަ މާލީ އެހީއެއް ފޯރުކޮށްދޭ ތަނަކަށްވުން، މި ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވާނަމަ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭ ތަނެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ކަނޑައެޅިދާނެއެވެ.

HN6 އެތަނަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބަޔާންވެފައިވާ ޝަރުތުތައް ފުރިހަމަވާ ތަނެއްކަން ނުވަތަ ނޫންކަން ސާފުކޮށްދީ އޭގެ ތަފްސީލު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި ހިމެނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) އާއި ޚިލާފުވާ ކަމެއް ކަމަށް ނުދެކެމެވެ. އަދި އެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމެނުމަކީ އިންފޮމޭޝަން ކޮމިޝަނަރަށް އެ ގާނޫނުގެ ދަށުން ގަވާއިދު ހެދުމަށް ދީފައިވާ އިމުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށްވެސް ނުދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ހައިފާ، މޫސާ ޢާލިމް، އެސް.އެޗް.ސީ ލޯޔަރސް، އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނަޝާޠު، ޢަލީ ޝުހައިލް މުޙައްމަދު، މަރްޔަމް ޝުނާނާ، ޝުނާނާ އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 40 2021/SC-A/46 ޝަރީޢަތް ނިމުނުގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 28 ޖުލައި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-DM/01 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ޤާނޫނީ ވަކީލު: ސްޓޭޓް ކައުންސިލް އަޙްމަދު ނަޝާޠު ޤާނޫނީ ވަކީލު: ޢާއިޝަތު ހައިފާ، އެސް.އެޗް.ސީ ލޯޔަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ސްޓޭޓް ކައުންސިލް ޢަލީ ޝުހައިލް މުޙައްމަދު ޤާނޫނީ ވަކީލު: މޫސާ އާލިމް، އެސް.އެޗް.ސީ ލޯޔަރސް އެލް.އެލް.ޕީ 2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤާނޫނީ ވަކީލު: މަރްޔަމް ޝުނާނާ، ޝުނާނާ އެންޑް ކޯ އެލް.އެލް.ޕީ

ދުސްތޫރީ – މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) – މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ)

ފިހުރިސްތު

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތައާރުފް

1މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައި އޮތް ސުވާލަކީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއްގައި ހިމެނޭ މާއްދާއެއްގެ އެއް އަކުރަކީ، އެ ގަވާއިދު ހަދަން ބާރުދިން ބެލެނިވެރި ގާނޫނުގެ މާއްދާއަކާ ޚިލާފު އަކުރެއްތޯ ނުވަތަ ނޫންތޯއެވެ.

2މި މައްސަލަ ފެށިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކުންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-DM/01ގަޒިއްޔާ ހައިކޯޓުގައި ނިމިފައިވަނީ އެމްޓީސީސީއިން ހުށަހެޅި ގޮތާ އިދިކޮޅަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-DM/01 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި އެމްޓީސީސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. އިސްތިއުނާފުގެ މި މައްސަލަ ރައްދުވަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައްޗަށެވެ.

މައްސަލައިގެ ފަސްފަހަތް

3މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ބާތިލުކުރުމަށް އެދި އެމްޓީސީސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއެވެ.

4އެމްޓީސީސީ އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ޤާނޫނު" އާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" ގެ މާނައާ ފުށުއަރާ އަކުރެއް ކަމަށްވާތީވެ، އެ އަކުރު ބާތިލުކޮށް ދިނުމަށެވެ.

5މި މައްސަލައިގައި އެމްޓީސީސީގެ ފަރާތުން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ "ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި އަދުލުއިންސާފުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި، ސަލާމަތީ ޚިދުމަތްތަކާއި، ގާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުން ކަމަށާއި، އަދި އޭގެ އިތުރުން، "އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް" ހިމެނޭ ގޮތުން ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 11 ޖަނަވަރީ 2016 ގައި ހަދާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ އެއަށްވުރެ ފުޅާކޮށް ކަމަށާއި، އެގޮތުން ގަވާއިދުގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ވެސް ހިމަނައިގެން ކަމަށާއި، އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނުގެ ދަށުން ގަވާއިދު ހެދުމަށް ލިބިފައިވާ ބާރުތަކުގެ ދާއިރާގެ ބޭރުން، އަދި އެ ގާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ހިމެނިފައި ނެތް އިތުރު އެހެން ފަރާތްތަކެއްގެ މައްޗަށް ގާނޫނު ހިނގާގޮތަށް، އެ އިބާރާތަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މިގޮތަށް މާނަކުރުމުން ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް އެއީ މި ގާނޫނުގެ ބޭނުމަށްޓަކައި "ދައުލަތުގެ އިދާރާތަކެއް" ކަމަށް ބަދަލުވެގެންދާ ކަމަށެވެ. އެއީ މި ގާނޫނުގެ މަގްސަދު ނޫންކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

6. މީގެ އިތުރުން އެމްޓީސީސީގެ ފަރާތުން ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން

69 ނޮވެމްބަރު 2014 ގައި ގެޒެޓުކުރި ގަވާއިދުގައި ވެސް "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި ނެތް ކަމަށާއި، އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 11 ޖަނަވަރީ 2016 ގައި ހަދާފައިވާ ގަވާއިދުގައިވާ "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރެއަށް "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" އިތުރުކުރީ ކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާގެ މާނައަށް "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" އިތުރުކޮށްފައި އޮތީ އެފަރާތަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ބޭރުން ކަމަށެވެ.

7މި މައްސަލައިގައި އެޓަރނީ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކުރުމުގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތުމަކީ ގާނޫނުގެ އިމުން ބޭރުން ނުވަތަ ގާނޫނާ ފުށުއަރާ ގޮތަށް އޮތް އޮތުމެއް ނޫންކަމަށެވެ. މީގެ ތަފްސީލުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "... އަދި އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ ދައުލަތުގެ އިދާރާ ކަމުގައެވެ." މިފަދައިން ކަމަށާއި، ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ހިމަނާފައިވާ ވަކިވަކި ބައިތަކަށް ބެލުމުން ގާނޫނުގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި ނެތް ނަމަވެސް، ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ހިމަނާފައިވާ ވަކިވަކި ބައިތަކުގައިވާ ސިފަތަކަށް "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ފެތޭ ކަމަށެވެ. އެގޮތުން، ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައަށް ބެލުމުން، އެ ޖުމްލައިގައި ތިން ސިފައެއް ވަކިވަކީން ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ؛

(1) ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި،

(2) ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި،

(3) ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް،

މި ތިން ސިފައެވެ. މި ތިން ސިފަ "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށް، އަދި މި 03 ސިފައިގެ ތެރެއިން ސިފައެއް ލިބިގެންވާ "ކޮންމެ ތަނެއް" އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ބަޔާންކޮށްފައި އޮތުމުން، ދައުލަތުން އުފައްދާފައިވާ ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި ހިމެނޭކަމަށްވާނަމަ، އެތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެވޭނެތީވެ، ގަވާއިދުގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތް އޮތުމަކީ ގާނޫނުގެ އިމުގެ ބޭރުން އެ ގަވާއިދުގައި ހިމެނިފައި އޮތް ކަމެއް ނޫން ކަމަށެވެ. މިގޮތުން ދައުލަތުން އުފައްދާފައިވާ ބައެއް ކުންފުނި ތަކަކީ ރައްޔިތުންނަށް ބޭނުންވާ ބައެއް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއް ކަމަށްވާތީ މި ގާނޫނުގެ ބޭނުމަށް އެއީ ދައުލަތުގެ އިދާރާތަކެއް ކަމަށެވެ.

8އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ އެމްޓީސީސީގެ މައްޗަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ނުހިނގާނެ ކަމަށް ބުނިނަމަވެސް، އެ ކުންފުނިން މި ގާނޫނަށް ކުރިން އަމަލުކޮށްފައިވާ ކަމަށެވެ.

9މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމަމުން ފާހަގަކޮށްފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ގަވާއިދު ހެދުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ދީފައިވާ ބާރުގެ އިމަކީ ވަރަށް ފުޅާ އިމެއް ކަމަށެވެ. އަދި އެކަން އެނގެނީ އެ މާއްދާގެ (ހ) ގައިވާ "މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް މި ގާނޫނުގެ ނިޔަތާ އެއްގޮތަށް ހިންގުމަށް ބޭނުންވާ ގަވާއިދުތައް" ހެދުމުގެ ބާރު ކޮމިޝަނަރަށް ދީފައިވާތީ ކަމަށެވެ. އެގޮތުން ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި ހިންގުމަކީ މި ގާނޫނުގެ އެއް މަގްސަދު ކަމަށްވާއިރު، އެ މަގްސަދު ހާސިލުކުރެވޭ ގޮތަށް ގަވާއިދު ހެދުމުގެ ބާރު ކޮމިޝަނަރަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ގަވާއިދުގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެކަން ތަފްސީލުކޮށް ބަޔާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިސްތިއުނާފު

10ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެމްޓީސީސީގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެމްޓީސީސީއިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ތިރީގައި މިވަނީއެވެ.

(ހ) ހައިކޯޓުގެ ހުކުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" މާނަކޮށްފައި އޮތްގޮތް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ގާނޫނު" މި ލަފްޒަށް ދީފައިވާ މާނަ އާއި، ރައްޔިތުންގެ މަޖިލީހުން ބާރުލިބިގެން ނޫންގޮތަކަށް ހަދާ ގަވާއިދުތައް ބާތިލުވާނެ ކަމަށް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި އޮންނަ އޮތުމާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ލިޔެފައިވާ ބަސް ނުވަތަ އިބާރާތް އެގޮތުގައި ދެމެހެއްޓުމަށް އޮންނަ އޮތުމާ ޚިލާފުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާ މާނަކޮށްފައި އޮތީ ގާނޫނުއަސާސީގެ 94 ވަނަ މާއްދާގެ ދަށުން ނުލިބޭ ބާރެއް ބޭނުންކޮށް "ނޮން-ޑެލެގޭޝަން ޑޮކްޓްރީން" އާ ޚިލާފަށް ކަމުގައިވުން.

(ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ އެ ކޯޓުގެ 2012/HC-DM/10 ގަޒިއްޔާ އާއި، ސުޕްރީމް ކޯޓުގެ 2014/SC-A/181 ގަޒިއްޔާ އާއި 2020/SC-C/78,792 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމުގައިވުން.

11ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި މި ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމާނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައި އޮތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ގަވާއިދު ހެދުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ދީފައިވާ ބާރުގެ ބޭރުންތޯ ނުވަތަ ނޫންތޯ އާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ "ދައުލަތުގެ އިދާރާ" ވަކިގޮތަކަށް މާނަކޮށް، އެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުން ލާޒިމުވާ ދައުލަތުގެ މުއައްސަސާތަކަކީ ކޮބައިކަން ކަނޑައަޅައި ބަޔާންކޮށްފައި ވަނިކޮށް، ދައުލަތުގެ އިދާރާތަކުގެ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި ދައުލަތުން އުފައްދާ ކުންފުނިތައް ހިމެނޭކަމަށް ބަޔާންކޮށް އެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭ ފަރާތްތަކެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް ލިޔެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" ގެ ރިވެލީގެ ބޭރުންތޯ ނުވަތަ ނޫންތޯއެވެ.

ދައުލަތުގެ އިދާރާ

12މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭގޮތުންނެވެ.

13މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ އިބާރާތުގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" މި އިބާރާތް ހިމެނިފައި ނެތް ނަމަވެސް، އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ހަދާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ3 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކުރުމުގައި ލިޔެފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ވެސް ހިމަނާފައި ވެއެވެ. ގަވާއިދުގެ އެ މާއްދާގެ (ޅ) ގެ އިބާރާތް އޮތީ އަންނަނިވި ގޮތަށެވެ.

"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކާއި ދައުލަތުން އުފައްދާފައިވާ ކުންފުނިތައްވެސް މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ ދައުލަތުގެ އިދާރާ ކަމުގައެވެ."

14HN1މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ ދައުލަތާއި ދައުލަތާ ގުޅިފައިވާ ވަރަށް ގިނަ ފަރާތްތަކެއް އެ ގާނޫނުގެ ރިވެލީގެ ތެރެއަށް ގެނެސް، މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގޮތަށްކަން ގާނޫނުގެ އެ މާއްދާއިން އެނގެއެވެ. ޚާއްސަކޮށް އެކަން ފާޅުވެ ފެންނަނީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ދެވަނަ ޖުމްލައިގައި ހިމެނިފައިވާ ބައިތަކުންނެވެ. އެގޮތުން "އެތަނެއް" ހިންގުމުގައި (1) އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި (2) ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، (3) ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭނެ ކަމަށް ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ދެވަނަ ޖުމްލައިގައި ބުނެފައިވެއެވެ. ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ފުރަތަމަ ޖުމްލައިގައި ސީދާ ދައުލަތުގެ އެންމެހައި ބާރުތަކުގައި ހިމެނޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކާއި މިނިވަން މަގާމުތައް ބަޔާންކުރުމަށްފަހު އެ މާއްދާގެ ދެވަނަ ޖުމްލައިގައި އިތުރު "ތަންތަން" ހިމަނާފައިވަނީ އެ މާއްދާގެ ދެވަނަ ޖުމްލައިގައިވާ ސިފަތައް ފުރިހަމަވާ "ތަންތަން" ގާނޫނުގެ ރިވެލީގެ ތެރެއަށް ގެނައުމަށްޓަކައިކަމަށް ގަބޫލުކުރެވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ4 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" މާނަކުރުމުގައި ލިޔެފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައިވަނީ ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތުތައް އެފަދަ ކުންފުނި ތަކުގައި ފުރިހަމަވާތީވެ، އެކަން ތަފްސީލުކޮށްދީ، އޮޅުން ނާރާނެ ގޮތަށް ސާފުކޮށް އެކަން ބަޔާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.

15HN2އެހެންކަމުން، މި މައްސަލާގައި އުފެދޭ ސުވާލަކީ ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ތަންތަންތޯ ނުވަތަ ނޫންތޯއެވެ. ގާނޫނުގެ އެ މާއްދާގެ އިބާރާތަށް ބެލުމުން އެނގެނީ އެތަނަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތު ހަމަވާ ކޮންމެ ތަނަކީ ނުވަތަ ކޮންމެ ފަރާތަކީ އެ ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބެލެވޭނެ ކަމާއި، އެ ތަނަކީ ނުވަތަ އެފަރާތަކީ އެ ގާނޫނުގައިވާ ހަމަތަކުގެ ދަށުން މައުލޫމާތު ދޭންޖެހޭތަނެއް ނުވަތަ ފަރާތެއް ކަމެވެ. މިގޮތުން އެތަނަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތު ހަމަނުވާ ތަނެއް ނުވަތަ ފަރާތެއް ނަމަ އެ ތަނަކުން ނުވަތަ އެ ފަރާތަކުން އެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ނުޖެހޭނެ ކަމެވެ. އެހެންކަމުން، ދައުލަތުން އުފައްދާފައިވާ ކުންފުނީގައި ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަނުވާނަމަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ5 67 ވަނަ މާއްދާގެ (ޅ) ގައި، ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ތަރަހައިން ބޭރުން ކަމަށް ބެލެވިދާނެއެވެ. އެއާ ޚިލާފަށް، ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތު ހަމަވާ ތަނެއް ކަމަށް ވާނަމަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ6 67 ވަނަ މާއްދާގެ (ޅ) ގައި، ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ހިމަނާފައި އޮތީ ރަނގަޅަށް ކަމަށް ބެލެވިދާނެއެވެ.

16HN3މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ދެވަނަ ޖުމްލައިގައި ބުނެފައިވަނީ "އެތަނެއް" ހިންގުމުގައި (1) އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި (2) ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، (3) ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް އެއީ ދައުލަތުގެ އިދާރާއެއް ކަމަށް ހިމެނޭނެ ކަމަށެވެ. އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބަޔާންވެފައިވާ ޝަރުތުތަކުގެ ލިސްޓަކީ ނިމެނިވި ލިސްޓެއް ކަމަށް ނުވާތީވެ، އެ މާއްދާގެ މަގްސަދު ހާސިލުވާ ޝަރުތުތައް ހިމެނޭ "ތަންތަން" އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ސާފުކޮށްދިނުމަކީ ގަވާއިދު ހަދާފަރާތަށް ކުރެވިދާނެ ކަމެއް ކަމަށް ދެކެމެވެ.

17HN4މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލަ އޮތް ގޮތުން އެތަނަކީ ދައުލަތުގެ އިދާރާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެނީ ކޮންމެ މައްސަލައެއް ވަކިން އެ މައްސަލައިގައި ހިމެނޭ ފަރާތުގެ ޚާއްސަ ހާލަތުތަކަށް ރިއާޔަތްކޮށްގެންނެވެ. އެތަނަކީ، "އެތަނެއް" ހިންގުމުގައި (1) ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްތޯ އާއި (2) ދައުލަތުގެ ބަޖެޓުން ހިންގާ ތަނެއްތޯ އާއި (3) އެތަނަކީ ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ތަނެއްތޯ ބެލުމުގައި ބޭނުންކުރެވިދާނެ ޓެސްޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. އެ ޓެސްޓް ބިނާވެފައި އޮންނަންވާނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އަސާސީ ހައްގެއް ކަމަށްވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގްސަދު ހާސިލުކުރެވޭނެ ގޮތަށެވެ. މައުލޫމާތު ހޯދުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް އެންމެނަށް ލިބޭނެ ގޮތަކަށެވެ. އެދޮރު ހަނިވާ ގޮތަކަށް ނޫނެވެ.

18އެގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ7 67 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ "ދައުލަތުން އުފައްދާފައިވާ ކުންފުނި" ތަކަށް ބަލާއިރު، ދައުލަތުގެ ހިއްސާ ހިމެނޭ ތަފާތު ތިން ބާވަތެއްގެ ކުންފުނި ހުރިކަން ފާހަގަކުރެވެއެވެ. ޕްރައިވެޓް ކުންފުނިތަކާއި އާއްމުކޮށް ހިއްސާ ވިއްކާ ކުންފުންޏާއި ކުރީގެ ކުންފުންޏާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އުފައްދާ ސަރުކާރުގެ ކުންފުނިތަކެވެ. މީގެ ތެރެއިން ބައެއް ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް އަސާސީ އަދި ޒަރޫރީ ޚިދުމަތްތަކެއް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކެވެ. މިސާލަކަށް، މިހާރު ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިނގަމުންދާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕީއެލްސީ އަކީ 1940 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ދައުލަތުގެ މަސްއޫލިއްޔަތެއް ކަމުގައިވާ ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް އުފައްދައިގެން ހިންގަމުން އަންނަ ތަނެކެވެ. އެތަނަކީ މިހާރު އާއްމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއް ކަމަށްވީ ނަމަވެސް މި އަސާސީ މަސްއޫލިއްޔަތު އެ ކުންފުނިން މިހާރުވެސް އަދާކުރެއެވެ. އެމްޓީސީސީ އަކީ 1980 ވަނަ އަހަރުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ ދަތުރު ފަތުރާއި އިމާރާތް ކުރުމާއި އުމްރާނީ މަޝްރޫއުތައް ހިންގުމާއި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ މަސްދޯނި ފަހަރު ބަނުމާއި އެ ދޯނިތަކުގައި އިންޖީނު އެޅުމާއި، މަސްދޯނި ތަކުގައި އަޅާ އިންޖީނުތައް މަރާމާތު ކުރުމުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ އެ ކުންފުނި 1982 ގައި އުފެދިގެން އައިއިރު ކޮމާޝަލް ބޭންކަކަށްވުރެ ބޮޑަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ގޮތުގައި ރައްޔިތުންނަށް އެހީވެ ފަގީރުކަން ނައްތާލުމަށް މަގުފަހިވާނޭ މަސައްކަތްތެރިކަމަށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެއްދި ކުންފުންޏެކެވެ. ދިރާގަކީ ދައުލަތުގެ ކަންކަމަށާއި، ރައްޔިތުންނަށް މުއާސަލާތީ ޚިދުމަތްދީ ގައުމުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އޭގެ ފަހުން އުފެދިފައިވާ ސަރުކާރުގެ 100 އިންސައްތަ ހިއްސާ ހިމެނޭ ގޮތަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށާއި ބޯހިޔާވަހިކަމުގެ ޚިދުމަތް ދިނުމަށާއި، ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކުންފުނިތައް އުފައްދާފައި ވެއެވެ. މި ކުންފުނިތަކަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުފައްދައިގެން ހިންގާ ކުންފުނިތަކެކެވެ. މީގެ އިތުރުން ދައުލަތުގެ ހިއްސާ ހިމެނޭ ކޮންމެ ކުންފުންޏަކީވެސް ދައުލަތުގެ ކޮންމެވެސް މަސްލަހަތެއް ހިމާޔަތްކުރުމަށް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އުފައްދާ ކުންފުނިތަކެވެ. މިއީ އެއާ ދުރުވެވެން ނެތް ހަގީގަތެކެވެ.

19ހަގީގަތަކީ މަތީގައި ބަޔާންކުރި ދިރާގާއި، ބީއެމްއެލްއާއި، އެސްޓީއޯއާއި އެމްޓީސީސީއަކީ ޕަބްލިކް ކުންފުނިތަކެއް ކަމުގައިވީ ނަމަވެސް އެއީ ހިއްސާދާރެއްގެ ހައިސިއްޔަތުން ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މެންބަރުން މެދުވެރިކޮށް ސީދާކޮށް ނުވަތަ ނުސީދާކޮށް ކޮންޓްރޯލްކުރާ ކުންފުނިތަކެއް ކަމެވެ. އެކި ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

20HN5މަތީގައި ބަޔާންކުރި ކަންކަން އެހެން ހުރުމުން، ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެތަނަކީ މައުލޫމާތު ދޭންޖެހޭ ތަނެއްތޯ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެ ގާނޫނުގެ 72 ވަނަ މާއްދާގައި މާނަކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއްތޯ ބެލުމުގައި އަންނަނިވި ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވާނަމަ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭ ތަނެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ކަނޑައެޅިދާނެއެވެ.

(ހ) އެތަނެއްގެ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮތުން.

(ށ) އެތަނަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއް ކަމަށްވުން ނުވަތަ ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރާ ތަނެއް ކަމަށްވުން.

(ނ) އެތަނަކީ ދައުލަތުގެ ބަޖެޓުން ޚަރަދެއްކުރާ ނުވަތަ މާލީ އެހީއެއް ފޯރުކޮށްދޭ ތަނަކަށްވުން.

21HN6މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެތަނަކީ މައުލޫމާތު ދޭންޖެހޭ ތަނެއްތޯ ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ "ދައުލަތުގެ އިދާރާ" އެއްތޯ ބެލުމުގައި، އެތަނަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބަޔާންވެފައިވާ ޝަރުތުތައް ފުރިހަމަވާ ތަނެއްކަން ނުވަތަ ނޫންކަން ސާފުކޮށްދީ އޭގެ ތަފްސީލު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ8 67 ވަނަ މާއްދާގެ (ޅ) ގައި ހިމެނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) އާއި ޚިލާފުވާ ކަމެއް ކަމަށް ނުދެކެމެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ9 67 ވަނަ މާއްދާގެ (ޅ) ގައި "ދައުލަތުގެ އިދާރާ" ގެ މާނައިގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމެނުމަކީ އިންފޮމޭޝަން ކޮމިޝަނަރަށް އެ ގާނޫނުގެ ދަށުން ގަވާއިދު ހެދުމަށް ދީފައިވާ އިމުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށްވެސް ނުދެކެމެވެ.

ނިންމުން

22މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-DM/01 ނަންބަރު ގަޒިއްޔާގެ ހުކުމަށް ތާއީދުކުރަން ފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

23މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

24މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

25މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

26މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2020/HC-DM/01 ނަންބަރު ގަޒިއްޔާގެ ހުކުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުސްނުއްސުޢޫދު

ޢަލީ ރަޝީދު ޙުސައިން

ފުޓްނޯޓު

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް
  2. މުޙައްމަދު ޙަލީމް އާއި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ)
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ)
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ 67 ވަނަ މާއްދާގެ (ޅ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 94 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ)
  • މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާ
  • ކުރީގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާ
  • ހައިކޯޓުގެ 2012/HC-DM/10
  • ސުޕްރީމް ކޯޓުގެ 2014/SC-A/181
  • ސުޕްރީމް ކޯޓުގެ 2020/SC-C/78,792
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޞަބާޙް
  • މުޙައްމަދު ޙަލީމް އާއި އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ