ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 57 · 2022/SC-A/74

ޢަބްދުﷲ ޖުނާން އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ސެޕްޓެމްބަރު 2022ދަށު ކޯޓު: ކްރިމިނަލް ކޯޓު (203/Cr-C/2020)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-B12/80، 203/Cr-C/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 203/Cr-C/2020 ޤަޟިއްޔާގައި، ޝަރީޢަތުގެ ކުރިން ހުށަހެޅުނު ހުށަހެޅުމަށް ބިނާކޮށް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ 30 ދުވަހުގެ މުއްދަތުގެ ފަހުން ދަޢުވާކުރި ކަމަށް ބަލައި ދަޢުވާ ބާޠިލުކުރިއެވެ. ހައިކޯޓުގެ 2022/HC-B12/80 ޤަޟިއްޔާގައި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރިއެވެ. ތުހުމަތުކުރެވޭ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މަސްތުވާތަކެތީގެ ތުހުމަތުގައި 22 ފެބްރުއަރީ 2020 ގައި ހައްޔަރުކޮށް، 23 ފެބްރުއަރީ 2020 ގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. ދަޢުވާ ހުށަހެޅީ ފުރަތަމަ ހާޒިރުކުރިތާ 44 ވަނަ ދުވަހު، 06 އޭޕްރީލް 2020 ގައެވެ. އޭނާއަކީ ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހެއް ނޫނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިނުވާ، އަދި ފުރަތަމަ ހާޒިރުކުރި ދުވަހު މިނިވަންވެސް ނުކުރެވުނު މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ރިޢާޔަތްކުރާނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) އަށްތޯ ނުވަތަ (ށ) އަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ 30 ދުވަހުގެ ތެރޭގައި ދަޢުވާކުރަންޖެހޭ ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ އެ ޤާނޫނުގެ 60 ވަނަ މާއްދާ ސުޕްރީމް ކޯޓުން މާނަކޮށްފައިވާ ގޮތާ ޚިލާފު ނިންމުމެއް ކަމަށެވެ. ޕްރޮސިކިއުޝަނުން ބުނީ، ދަޢުވާކުރަންޖެހޭނީ އެ މާއްދާގެ (ށ) ގެ 45 ދުވަހުގެ ތެރޭގައި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ 30 ދުވަހުގެ މުއްދަތު ހިނގަނީ، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ މީހެއްގެ މައްޗަށް ކަމަށެވެ. މިކަން މާއްދާގެ ޢިބާރާތުން އެނގެން އޮތުމުން އެ ނޫން މާނައެއް ނުދެވޭނެ ކަމަށާއި، މާއްދާގެ މަޤްޞަދަކީވެސް އެއީ ކަމަށް ކަނޑައެޅިއެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިނުވާ މީހެއްގެ މައްޗަށް ދަޢުވާކުރަންވީ (ށ) ގެ 45 ދުވަހުގެ ތެރޭގައި ކަމަށްވާތީ، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ދެމެހެއްޓިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ މުއްދަތު ގުނާނީ އަންނަނިވި ގޮތަށެވެ: (ހ) ދައުވާ ލިބޭ ފަރާތަކީ ޝަރިއަތް ނިމެންދެން ބަންދުކޮށް، ބަންދުގައި ހުރި މީހެއް ނަމަ، އެމީހެއްގެ މައްޗަށް ދައުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި. (ށ) ދައުވާ ލިބޭ ފަރާތަކީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ނޫންނަމަ، އެމީހެއްގެ މައްޗަށް ދައުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި.

HN2 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންޖެހޭނީ ދައުވާލިބޭ ފަރާތަކީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ފަރާތެއް ނަމަކަން އެ މާއްދާގެ އިބާރާތުން އެނގެން އޮތުމުން، އެ ނޫންގޮތަކަށް އެ މާއްދާ މާނަކުރުމުގެ ފުރުސަތު އޮތްކަމަށް ނުފެނެއެވެ. އެ މާއްދާގެ މަގްސަދަކީވެސް އެއީ ކަމަށް ގަބޫލުކުރެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު ( ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ތާއީދު ކުރައްވާފައި)

1ކަން ހިނގާފައިވާ ގޮތް ޢަބްދު ﷲ ޖުނާން އިބްރާހީމް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 22 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 11:49 ގައި ހައްޔަރުކޮށް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ޖުނާން އިބްރާހީމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް 23 ފެބުރުވަރީ 2020 ވަނަ ދުވަހު ހާޒިރުކޮށް، 7 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވޭ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ދަޢުވާ ހުށަހެޅިފައިވަނީ 06 އޭޕްރީލް 2020 ވަނަ ދުވަހު. އެއީ އޭނާ މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނުތާ 44 ވަނަ ދުވަހު.

2ޝަރިއަތުގެ ކުރިން ހުށަހެޅުނު ހުށަހެޅުން: ޢަބްދުﷲ ޖުނާން އިބްރާހީމްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންޖެހޭނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށްވާތީ، އޭނާގެ މައްޗަށް ދަޢުވާކުރަންޖެހޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވުނުތާ 30 ދުވަހުގެ ތެރޭގައި ކަމަށާއި ނަމަވެސް ދަޢުވާކޮށްފައިވަނީ އޭގެ ފަހުން ކަމަށްވާތީ، ދަޢުވާ ބާތިލުކޮށްދިނުން އެދި.

3ޝަރިއަތުގެ ކުރިން ހުށަހެޅުހުށަހެޅުމާ ގުޅިގެން ދަށު ކޯޓުން ނިންމި ގޮތް: ޢަބްދުﷲ ޖުނާން އިބްރާހީމްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންޖެހޭނީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށްވާތީ، އޭނާގެ މައްޗަށް ދަޢުވާކުރަންޖެހޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވުނުތާ 30 ދުވަހުގެ ތެރޭގައި ކަމަށްވާތީވެ، ކްރިމިނަލް ކޯޓުގެ ނަންބަރު 203/Cr-C/2020 ޤަސިއްޔާއިން ބެލެވެމުންދިޔަ ދަޢުވާ ބާތިލުކުރެއްވި.

4ހައިކޯޓުން ނިންމި ގޮތް: ހައިކޯޓުގެ ނަންބަރު 2022/HC-B12/80 މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އައްލަބިއްޔަތުން، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރައްވައި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރެއްވި. އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައިވާ ފަނޑިޔާރު ޙަސަން ޝަފީޢުގެ އަޤައްލިއްޔާ ރައުޔުގައި ބަޔާންކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް. ނަމަވެސް އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގައި ފާހަގަކޮށްފައިވާ ގޮތުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ނޫން ގޮތަކަށް ބަންދުކުރެވޭ ފަރާތަކަށް ނަމަ ދައުވާކުރުމުގެ މުއްދަތު ގުނުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ އެއްވެސް އަކުރަކަށް އަމަލުކުރާކަށް ނުޖެހޭނެ، އެހެނީ އެހާލަތުގައި މުއްދަތެއް ނޯންނާނެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔުގައި ބަޔާންކުރަނީ އެފަދަ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމުގެ މުއްދަތަކީ އެމާއްދާގެ (ށ) ގައި ބުނާ 45 ދުވަހުގެ މުއްދަތުކަމަށް.

5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ބަހުސް: އިސްތިއުނާފުކުރާ ޢަބްދުﷲ ޖުނާން އިބްރާހީމް އަކީ ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ފަރާތެއް ނޫން. އަދި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވުނު ދުވަހު މިނިވަންކުރެވުނު ފަރާތެއް ވެސް ނޫން. މިކަމުގެ ސަބަބުން އުފެދުނު ޤާނޫނީ ބަހުސަކީ، އޭނާގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ގުނުމުގައި ރިއާޔަތްކުރާނީ އެމާއްދާގެ (ހ) އަށްތޯ ނުވަތަ (ށ) އަށްތޯ.

6ދެފަރާތުގެ ވާހަކަ

6.1 އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށް. ޕްރޮސިކިއުޝަނުން ބުނެފައިވަނީ ޢަބްދުﷲ ޖުނާން އިބްރާހީމްގެ މައްޗަށް ދައުވާކުރަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބުނާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށް.

6.2 އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/80 ގަޒިއްޔާ އެކޯޓުން ނިމިފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާ ހިލާފަށް، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް ގަޒިއްޔާއިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތަށް ރިއާޔަތްނުކޮށް ކަމަށް.

1 ޤާނޫނު ނަންބަރު 12/2016

7HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަން ފެންނަ ގޮތް: ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމުގެ މުއްދަތު ގުނާނީ އަންނަނިވި ގޮތަށްކަމަށް ނިންމަން ފެނޭ:

(ހ) ދައުވާ ލިބޭ ފަރާތަކީ ޝަރިއަތް ނިމެންދެން ބަންދުކޮށް، ބަންދުގައި ހުރި މީހެއް ނަމަ، އެމީހެއްގެ މައްޗަށް ދައުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި.

(ށ) ދައުވާ ލިބޭ ފަރާތަކީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ނޫންނަމަ، އެމީހެއްގެ މައްޗަށް ދައުވާކުރާނީ އެ މައްސަލައިގައި އެ މީހަކު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި.

8HN2ނިންމަން ފެންނަ ގޮތަށް ވާސިލުވި ސަބަބު: މި ރައުޔުގެ 7 ވަނަ ޕެރެގްރާފުގައި ބަޔާންކުރި ގޮތަށް ނިންމަން ފެންނަ ސަބަބަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންޖެހޭނީ ދައުވާލިބޭ ފަރާތަކީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ފަރާތެއް ނަމަކަން އެ މާއްދާގެ އިބާރާތުން އެނގެން އޮތުމުން، އެ ނޫންގޮތަކަށް އެ މާއްދާ މާނަކުރުމުގެ ފުރުސަތު އޮތްކަމަށް ނުފެންނާތީއާއި، އެ މާއްދާގެ މަގްސަދަކީވެސް އެއީ ކަމަށް ގަބޫލުކުރެވޭތީ. މި މައްސަލައަށް ބަލާއިރު ޢަބްދުﷲ ޖުނާން އިބްރާހީމް އަކީ ޝަރިއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ މީހެއް ނޫން.

9ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

10ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތަކަށްޓަކައި، އިސްތިއުނާފުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ. (ރިޔާސަތު)

ފުޓްނޯޓު

  1. [2021] SC 54
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ