ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 32 · 2025/SC-A/34

ޢަބްދުއްސަލާމް މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ނޮވެމްބަރު 2025ދަށު ކޯޓު: މެޖިސްޓްރޭޓް ކޯޓު 2021/222ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2023/HC-A/10، 2021/222
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުގެ 2021/222 ޤަޟިއްޔާގައި ޢަބްދުއްސަލާމް މޫސާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުން ކުށްވެރިކޮށް، 10 އަހަރުގެ ޖަލު ޙުކުމެއް ކުރިއެވެ. އެ ޙުކުމާމެދު ކުރި އިސްތިއުނާފު ހައިކޯޓުގެ 2023/HC-A/10 ޤަޟިއްޔާގައި ބަލައި، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ. އޭގެފަހުން ޢަބްދުއްސަލާމް މޫސާ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
6 އޮގަސްޓް 2021 ގައި ކުއްޖާ ދިރިއުޅޭ ގޭގައި ޖޯލިފަތީގައި ސައިބޯން އިންދާ، ކައިރީގައި އިށީނދެ ކުއްޖާގެ ފަލަމަސްގަނޑާއި އަތުގައި އަތްހާކައި، ހެދުން މަތިން މޭމަތީގައި ހިފިކަމުގެ ތުހުމަތުގައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ދަޢުވާކުރިއެވެ. ކުއްޖާ ޝަރީޢަތަށް ހާޒިރުކުރެވިފައި ނުވާއިރު، ކުށް ސާބިތުކުރީ ކުއްޖާ އެކި މަޙައްލުތަކުގައި ކިޔައިދިން ވާހަކައާއި، ކުއްޖާގެ ދައްތަގެ ހެކިބަހާއި، ސައިކޮލޮޖިސްޓްގެ ރިޕޯޓާއި ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ދަޢުވާ ފޯމުގައި ލިސްޓުކޮށްފައިވީ ނަމަވެސް، ދިފާޢާ ހިއްސާކުރީ ފަހުންނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި، އަނިޔާލިބުނު ކުއްޖާ ޝަރީޢަތަށް ހާޒިރުނުކޮށް ކުއްޖާއާ ސުވާލުކުރުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށް ނުލިބުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާ ޚިލާފު ކަމެއްތޯ؛ އަދި ދަޢުވާ ފޯމުގައި ލިސްޓުކޮށް ފަހުން ހިއްސާކުރި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާއާ ޚިލާފަށް ހުށަހެޅި ހެއްކެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޢަބްދުއްސަލާމް މޫސާ ބުނީ، ކުއްޖާއާ ސުވާލުކުރުމުގެ ފުރުޞަތު ނުދީ ތަޙުޤީޤަށް ދިން ބަޔާނަށް ބުރަވެ ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި ECOSOC ރިޒޮލިއުޝަން 2005/20 އާ ޚިލާފު ކަމެއް ކަމަށާއި، ސައިކޮލޮޖިކަލް ރިޕޯޓު ހުށަހެޅީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ. ދައުލަތުން ބުނީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ކުއްޖާ ކިޔައިދިނުމަކީ މައްސަލައިގެ އަސާސް ކަމަށާއި، ކުއްޖާގެ ހެކިބަސް ނަގަން ދިފާޢުން އެދިފައި ނުވާ ކަމަށާއި، ރިޕޯޓު ދަޢުވާ ފޯމުގައި ލިސްޓުކޮށް ޝަރީޢަތް ފެށުމުގެ ކުރިން ހިއްސާކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުގެ ފުރުޞަތު ދިފާޢަށް ލިބުނު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގެ ޙައްޤަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އިން ޙައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ކުއްޖާ ޝަރީޢަތަށް ހާޒިރުކުރުމަކީ ލާޒިމު ކަމެއް ނޫން ކަމަށާއި، ދެފަރާތުން ވެސް ހާޒިރުކުރަން އެދިފައި ނުވާ ހެއްކަކާ ސުވާލުކުރުމުގެ ފުރުޞަތު ނުދިނުމަކީ އެ މާއްދާއާ ޚިލާފު ކަމެއް ނޫން ކަމަށެވެ. އަދި ސައިކޮލޮޖިކަލް ރިޕޯޓަކީ ދަޢުވާ އުފުލިއިރު ލިސްޓުކޮށް ލިބުމުން ހިއްސާކުރި ހެއްކެއް ކަމަށްވާތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާއާ ޚިލާފަށް ހުށަހެޅި ހެއްކެއް ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ "އިތުރު ހެއްކެއް" ނޫން ކަމަށާއި، އެ ހެކި ބަލައިގަތުމާމެދު ދިފާޢަށް ފުރުޞަތު ލިބިފައިވާ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމުގައިވާހިނދު، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓިދާނެ ޙައްޤުތަކެއްކަން އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ޙުސައިން އެނގެން އޮވެއެވެ. އަދި މިގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ބެލުމުން، އެ ޤާނޫނުގެ ބޭނުމަށްޓަކައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދީފައިވާ ޙައްޤަށް ޙައްދުތަކެއް ކަނޑައަޅާފައިވާކަން އެނގެން ހުރެއެވެ.

HN2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާ މަޤްސަދުތަކަށް ބެލުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ހިމެނޭ ބާވަތުގެ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޝިރުކުރުމަކީ ވަރަށް އިސްތިސްނާ އަދި މަދު ޙާލަތެއްގައި، އެ ނޫންގޮތެއް ނެތިގެން ކުރުމަށް އޮންނަ ކަމެއްކަން ދޭހަވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ އިބާރާތުގައި "ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ" އެކަން ކުރުމަށް ޚާއްސަ ވަކި މިންގަނޑެއް ކަނޑައަޅާފައިވުމުން، މިފަދަ މައްސަލަތަކުގައި ކުޑަކުއްގެއްގެ ސީދާ ބަސް ޝަރީޢަތުން ނެގުމަކީ އިޚްތިޔާރެއްކަން، އަދި އެފަދައިން ކުޑަކުއްޖެއްގެ ބަސް ހޯދުމަށް ފޯރުކޮށްދީފައި އޮންނަނީ ވަރަށް ހަނި ފުރުސަތެއްކަން އޮޅުމެއް ނެތް މިންވަރަށް އެނގެން އޮވެއެވެ.

HN3 އަދި މިފަދަ މައްސަލަތަކަކީ އެހެން މައްސަލަތަކާ ޚިލާފަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް މުޅި މައްސަލައިގެ އަސާސް ބިނާވާ ބާވަތުގެ މައްސަލަތަކެއް ކަމުގައިވާތީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައާއި، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް ވ. ޢަލީ ޝާހު ފަދަމައްސަލަތަކުގައި ކަނޑައަޅާފައިވާ ފަދައިން، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނަގަން ޝަރީޢަތަށް ހާޒިރުކުރުމަކީ ލާޒިމުކަމެއް ކަމެއް ނޫނެވެ.

HN4 ދައުލަތުން ޝަރީޢަތަށް ހާޒިކުރުކަމަށް ހުށަހަޅާފައިނުވާ އަދި ދަޢުވާ ރައްދުވާ (ކުށުގެ ތުހުމަތުގައިވާ) ފަރާތުން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދިފައިނުވާ ފަރާތަކާއި ހެއްކެއްގެ ހައިސިއްޔަތުން ސުވާލުކުރުމުގެ ފުރުސަތު ލިބިދީފައިނުވާކަމަށް ބުނެ ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ އޮށްޓަރެއް ހުރި ނުކުތާއެއް ކަމުގައި ނުދެކެމެވެ. އެހެނީ، ދައުލަތުން ވިޔަސް އަދި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ވިޔަސް ޝަރީޢަތުގެ މަޖިލީހަށް ހާސިރުކޮށްދިނުމަށް އެދިފަފައިނުވާ ހެއްކާއި ސުވާލުކުރުމުގެ ފުރުސަތު ކޯޓުން ދީފައިނުވުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި ޚިލާފު ޢަމަލެއްކަމުގައި ބެލޭނެ ބިނާއެއް ނެތަތީއެވެ.

HN5 މި މާއްދާގައި ބަޔާންކުރާ ގޮތުން، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދަޢުވާ ފޯމާއެކު ހިމެނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމުގައިވާހިނދު، ދަޢުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްޞީލުތައް ދަޢުވާ ފޯމާއެކު ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވެއެވެ.

HN6 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ މަޤްސަދަކީ އެ ޤާނޫނުގެ 129 ވަނަ މާއްދާ އަދި 132 ވަނަ މާއްދާގެ ދަށުން، ދައުލަތުން ނުވަތަ ދިފާޢުން ހުށަހަޅާފައިވާ ހެކީގެ ބޭރުން، މައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ލިބޭ އިތުރު ހެއްކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާއަކީ މައްސަލައަކާ ގުޅޭގޮތުން އަލަށް ފައުޅުވާ ހެކި ހިއްސާކުރުމުގެ ޒިންމާ އޮތްކަން ބަޔާންކުރާ މާއްދާއެކެވެ.

HN7 މި މައްސަލައިގައި ހިމެނޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ދަޢުވާ އުފުލިއިރު، އެހިނދު ޕްރޮސިކިއުޝަންއަށް ރިޕޯޓު ލިބިފައި ނެތްނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން އޮތްކަން ފާހަގަކޮށް، ދަޢުވާ އުފުލިއިރު ލިސްޓުކޮށްފައިވާ ރިޕޯޓެކެވެ. އަދި އެ ރިޕޯޓު ލިބުމުން ޢަބްދުއްސަލާމް މޫސާއަށް އެ ރިޕޯޓުގައިވާ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން މިއީ "އިތުރު ހެއްކެއް" ކަމުގައި ބެލުމުގެ ފުރުސަތު އޮތް ހެއްކެއް ކަމުގައި އަހުރެން ނުދެކެމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޓޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޝިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޢަބްދުއްސަލާމް މޫސާ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަބްދުއްސަލާމް މޫސާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2025/SC-A/34 ޤަޝިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި އްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.

ތުހުމަތު އަދި ދައުވާ

206 އޮގަސްޓް 2021 ދުވަހުގެ ހެނދުނު 9:20 ހާއިރު، އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގޭގައި ހުރި ޖޯލިފައްޗެއްގައި އޭނާ ސައިބޯން އިންދައި، ޢަބްދުއްސަލާމް މޫސާ އެތަނަށް ގޮސް، ކުއްޖާ އިނީނދެގެން އިން ޖޯއްޔާ އިންވެގެން ވާތްފަރާތުގައި ހުރި ޖޯލީގައި އިށީނދެ، ޢަބްދުއްސަލާމް މޫސާގެ ކަނާއަތުން އަނިޔާ ލިބުނު ކުއްޖާގެ ވާތު ފަލަމަސްގަނޑުގައާއި ވައަތުގައި އަތް ހާކައި، ކުއްޖާ ލައިގެން ހުރި ހެދުން މަތިން އެ ކުއްޖާގެ ވާތްފަރާތުގެ މޭމަތީގައި ހިފާފައިވާ ކަމަށް ބުނެ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފައިވާކަމުގެ ތުހުމަތު ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކުރެވި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޢަބްދުއްސަލާމް މޫސާގެ މައްޗަށް ދައުލަތުން ދަޢުވާކުރިއެވެ.

މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/222 ޤަޝިއްޔާ

3މި މައްސަލަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/222 ޤަޝިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ، ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކުރެވުނު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް، ދައުލަތުން ހުށަހެޅި ހެކި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދަޢުވާ ސާބިތުވާތީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން ޢަބްދުއްސަލާމް މޫސާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައެވެ. އަދި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދުއްސަލާމް މޫސާ 10 (ދިހައެއް) އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރިހިނދު، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޢަބްދުއްސަލާމް މޫސާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތަކީ 08 (އަށެއް) އަހަރާއި 11 (އެގާރަ) މަހާއި 17 (ސަތާރަ) ދުވަސްކަމަށް އެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ.

4މެޖިސްޓްރޭޓް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޝިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

4.1. މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ކުއްޖާގެ ބަޔާނަކީ ޝަރީޢަތުގެ މަރުހަލާ ފެށުމުގެ ފަހުން ޝަރީޢަތަށް ދީފައިވާ ހެކިބަހެއް ކަމުގައި ނުބެލެވުނު ނަމަވެސް، މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަށް ބަލާ އަސާސަކީ ކުއްޖާ ކިޔައިދޭ ކަމަށާއި، އަނިޔާ ލިބުނު ކުއްޖާ އެކި މަޙައްލުތަކުގައި ކިޔައިދޭ ކިޔައިދިނުން ބެލެވޭނެ ކަމަށް ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) އަށް ބެލުމުން އެނގެން އޮންނަކަން.

4.2 ކުޑަކުއްޖާ ހާދިސާ ކިޔައިދީފައިވާ ގޮތާއި ކުއްޖާގެ ދައްތަ ދީފައިވާ ހެކިބަހާ އެއްގޮތްކަމަށާއި، ޢަބްދުއްސަލާމް މޫސާ ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައިވެސް އެ ކުއްޖާގެ ދައްތަ ދީފައިވާ ހެކިބަހުގައިވާ ކަންކަން އެ ގޮތުގެމަތިން ކިޔައިދީފައިވާ ކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައިވެސް ޢަބްދުއްސަލާމް މޫސާ އެކަންކަމަށް އިންކާރުކޮށްފައި ނުވާތީއާއި، ސައިކޮލޮޖިސްޓްގެ ހެކިބަހުންނާއި ސައިކޮލޮޖިސްޓްގެ ރިޕޯޓުން ކުއްޖާއަށް އެފަދަ އަނިޔާއެއް ލިބިފައިވާކަމުގައި ބުނެފައިވާތީ، ކުއްޖާ ސައިބޯން ޖޯލިފަތީގައި އިންދާ އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ކުއްޖާ ބުނާ ބުނުމުގެ ބޭރުފުށުން އެއްގޮތްކަން.

4.3 ކުއްޖާ އެކި މަޙައްލުތަކުގައި ކިޔައިދީފައިވާ ވާހަކަތަކުގައި ހުރި ތަފްޞީލުތަކާއި، ހާދިސާގެ ވާހަކަ ކިޔައިދިން ގޮތަށް ބަލާއިރު، ކުއްޖާގެ ބަހުގެ އެތެރެފުށުން އެއްގޮތްކަން.

4.4 މި މައްސަލައިގައި ކުއްޖާ ކިޔައިދޭ ދިނުމުގައި، އެ ކުއްޖާގެ ކަރުދޮށުގައި ޢަބްދުއްސަލާމް މޫސާ އަތްލި ވާހަކައާއި ކުއްޖާގެ ގައިގައި ޢަބްދުއްސަލާމް މޫސާ އަތްލި ގޮތް ތަރުތީބުން ކިޔައިދިން ދިނުމުގައި، އެ ކުއްޖާގެ ދައްތަ ޝަރީޢަތުގައި ކިޔައިދިން ކިޔައިދިނުމާ އަޅާބަލާއިރު ކުޑަ ފުށުއެރުމެއް ހުރި ނަމަވެސް، އެއީ ޖައުހަރީ ފުށުއެރުމެއް ކަމުގައި ނުބެލެވޭނެކަމަށާއި، އެއީ ކުއްޖާގެ އުރަމަތީގައި ހިފިކަމާމެދު އަދި ކުއްޖާގެ ފަލަމަސްގަނޑުގައި އަތްހާކައި ހެދި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ފުށުއެރުމެއް ނެތުންކަމަށާއި، ހާދިސާ ހިނގި ތަނާއި، ވަގުތާއި، އެ ހާދިސާއާ ގުޅޭ އެހެނިހެން ކަންކަން ޝަރީޢަތަށް ހުށަހެޅިފައިވާ އިތުރު ހެކިތަކާ ދިމާވާތީ، މި މައްސަލައިގައި ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ޤަބޫލުކުރެވޭކަން. އިސްތިއުނާފު ކުރެވޭ މައްސަލަ - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާ

5މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222/ ޤަޟިއްޔާގެ ނިންމުން ޢަބްދުއްސަލާމް މޫސާގެ ފަރާތުން ދިވެހިރާއްޖެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާއިން މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

5.1. މި މައްސަލައިގައި ފާހަގަކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާ އެ ރިޕޯޓު ތައްޔާރުކުރި ފަރާތަށް ބުރަދަން ނުދެވޭނެ ކަމާމެދު ދިފާޢުން ޝަރީޢަތުގެ މަރުޙަލާގައި ބަހުސް އުފައްދައި އެ ހެކިތަކަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމަށް ޢަބްދުއްސަލާމް މޫސާ ބުނާއިރު، ޢަބްދުއްސަލާމް މޫސާއަށް އެފަދައިން ޤަބޫލުކުރެވޭނަމަ ދަށު ކޯޓުގައި އެކަން ޝަރީޢަތަށް ހުށަހަޅައި އެ ކަމާމެދު ބަހުސް ކުރުމުގެ ފުރުސަތު އޮތްކަން 'ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ގައި ފާހަގަކޮށްފައިވާތީ ޢަބްދުއްސަލާމް މޫސާއަށް ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ކަށަވަރުވެފައިވާކަމަށާއި، ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓުގެ ޞައްޙަކަމާމެދު ނުވަތަ ދުސްތޫރިއްޔަތާމެދު ނުވަތަ ގުޅުންހުރި ކަމާމެދު ނުވަތަ ހެއްކަށް ބުރަދަން ދިނުމާމެދު ބަހުސެއް އުފެއްދުމުގެ ފުރުސަތު ޢަބްދުއްސަލާމް މޫސާއަށް ލިބިދީފައިނުވާ ކަމުގައި ބެލެވެން ނެތްކަން.

5.2. ހާދިސާއާ ގުޅިގެން ކުއްޖާ އެކި މަޙައްލުތަކުގައި ދައްކާފައިވާ ވާހަކަތަކާއި، ހާދިސާ ހިނގައިދިޔަގޮތް ކަމަށް ކުއްޖާ ބުނެފައިވާ ގޮތަށް ބަލާއިރު، ކުއްޖާގެ ބަސް ބޭރުފުށުންނާއި އެތެރެފުށުން އެތްގޮތްކަމަށާއި، ކުއްޖާގެ ކިބައިގައި ޢަބްދުއްސަލާމް މޫސާގެ މައްޗަށް ހަދައިގެން ވާހަކައެއް ދައްކަފާނެކަމުގެ އެއްވެސް ހަސަދަވެރިކަމެއް ނުވަތަ ނުނިޔަތެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ފަދަ ސަބަބެއްވިޔަސް އޮތް ކަމުގައި ބެލެވެން ނެތްކަމުން، ދަށުކޯޓުގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މޫސާ ޖަމީލް ޤަޝިއްޔާއާއި، ސުޕްރީމް ކޯޓުގެ ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޝިއްޔާއާއި، ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ރ) ގެ 1 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކަމުގައި ބެލެވެން ނެތްކަން.

5.3. ކުޑަކުދިންނާމެދު ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޙާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަސީލަތްތަކުގެ އެހީގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވޭތޯ ބަލަންޖެހޭކަމަށާއި، މި ގޮތުން ކުއްޖާގެ ބަހަކީ ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާ ދޭ ހެކިބަހަކަށްވުން ލާޒިމު ނޫންކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތޯތަކުގެ ޅުލާސާ

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޝިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ޢަބްދުއްސަލާމް މޫސާގެ ފަރާތުން 2 (ދޭއް) ސަބަބެއް ހުށާހަޅާފައިވެއެވެ. އެއީ:

6.1. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/[REDACTED] 222 ޤަޝިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޝިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ކުނެއްކުރި ކަމުގެ ދަޢުވާ އުފުލިފައިވާ ފަރާތުގެ ޙައްޤުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ އަޙްކާމު އެކަހެރިކޮށް، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222 ޤަޟިއްޔާގައި ކުށް ސާބިތު ކުރުމަށް އަޞްލަކަށް ބަލާފައިވާ ކުއްޖާގެ ހެކިބަހާ ނުލައި، އަދި ދިފާއުން ކުއްޖާއާ ސުވާލުކުރާނެ ފުރުޞަތެއް ފަހިކޮށްނުދީ ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް ބުރަވެ ޙުކުމް ކުރައްވާފައިވާއިރު، އެ އަސާސީ އަދި ދުސްތޫރީ ޙައްޤު ޙިމާޔަތް ނުކުރެވޭނެ ފަދައަކުން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222 ޤަޟިއްޔާގައި ކުށް ސާބިތުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާގެ އަޣުލަބިއްޔަތުން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވުމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި، ޔުނައިޓެޑް ނޭޝަންސް އެކޯސޮކް ރިސޮލިއުޝަން ECOSOC Resolution ) 20/2005 20/2005) އާ ޚިލާފް ކަމަކަށްވާކަން.

6.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުން މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަށް ތާއީދު ކުރިއިރު، މައްސަލައާއެކު ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް ބަލައިގަނެފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި ޚިލާފަށް ކަމަށާއި، މައްސަލައިގައި ހުށަހެޅިފައި ނެތް އަދި ވުޖޫދުގައިވެސް ނެތް ކަންކަން (ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތް) ހުށަހެޅިފައި ހުރި ހެކި ގަރީނާގެ ގޮތުގައި ބަލައިގަނެފައިވާއިރު، އެ ރިޕޯޓަކީ މުޅިން އަލަށް އުފަންކޮށްގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ

(ހ) އާ ޚިލާފަށް ހުށަހަޅާފައިވާ ރިޕޯޓެއްކަމަށާއި، އެ ހެކިތައް ހުށަހެޅުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެ ހެއްކާމެދު ދިފާޢުން ޝަރީޢަތު ގެ ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތޯ ބެލުމެއް ނެތި، އަދި އެފަދަ ހުށަހެޅުމަކަށް ފުރުޞަތު ދިނުމެއްނެތި، ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް، އެ ހެކި ޝަރީޢަތަށް ބަލައިގަނެ، އެ ހެއްކަށް ބުރަދަންދީ އެ ހެކީގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ނައްޞުތަކާ ޚިލާފަށް ކަމުގައިވުން.

6. މި މައްސަލައިގައި ގޮތް ކަނޑައެޅުމަށްޓަކައި، ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް އަހުރެން ވަކިވަކިން ބަލާލާނަމެވެ. ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ހެކިންނާ ސުވާލު ކުރުމުގެ ޙައްޤު

7ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އެފަރާތުން ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ރ) ގެ ދަށުން، އެއްފަރާތުން ހުށަހަޅާ ހެކިންނާ އަނެއް ފަރާތުން ފަނޑިޔާރު މެދުވެރިކޮށް ސުވާލުކުރުމުގެ ޙައްޤު ލިބިދީފައިވާއިރު، ކުޑަކުއްޖާގެ ހެކިބަސް އަސާސަކަށް ބަލައިގެން، ހެކިވަޒަން ކުރަން އެދޭނަމަ، އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަސް ހެކިބަހެއްގެ ގޮތުގައި ނަގަންޖެހޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އަދި އެ ޙާލަތުގައި، ފަނޑިޔާރު މެދުވެރިކޮށް މުއްތަހަމަށް ނުވަތަ އޭނާގެ ވަކީލަށް ކުއްޖާއާ ސުވާލު ކުރެވޭނެ ފުރުޞަތު އޮންނާނެ ގޮތަކަށް ކުޑަކުއްޖާގެ ބަސް ނެގުމުގެ ކަންކަން އިންތިޒާމު ކުރަން ޖެހޭނެ ކަމަށާއި، މި ނޫން ގޮތަކަށް މުއްތަހަމަށް ސުވާލުކުރުމުގެ ޙައްޤު މުޠުލަޤަށް ގެއްލޭފަދައަކުން ބޭއްވޭ އެއްވެސް ޝަރީޢަތަކީ އިންސާފުވެރި ޝަރީޢަތަކަށް ނުވާނެކަމަށާއި، އެނޫން ގޮތަކަށް އަމަލުކުރުމަކީ ޔުނައިޓެޑް ނޭޝަންސް އެކޯސޮކް ރިސޮލިއުޝަން 2005/20 (ECOSOC Resolution 2005/20) ގައި ބަޔާންކުރާ ގައިޑްލައިންސް އޮން ޖަސްޓިސް އިން މެޓަރސް އިންވޯލްވިންގ ޗައިލްޑް ވިކްޓިމްސް އެންޑް ވިޓްނެސް އޮފް ކްރައިމްއާ ޚިލާފުކަމެއް ކަމުގައާއި، އެ ރޮސޮލިއުޝަންގެ 5 ވަނަ ޕެރޮގްރޯ އަށް ބެލުމުން އަނިޔާލިބޭ ކުޑަކުންދިންނާއި ހެކީނަށް އިންޞާފް ލިބިދިނުމުގައި ތުހުމަތުކުރެވޭ ފަރާތުގެ ޙައްޤުތައް ކަށަވަރު ކުރެވިފައި އޮންނަންވާނެ ކަމަށް އޮންނަ އޮތުމުގެ މާނައަކީ ތުހުމަތު ކުރެވޭ ފަރާތަށް ޤާނޫނުން ލިބިދީފައިވާ އެންމެހައި ޙައްޤެއް ލިބިދީފައި އޮންނަން ޖެހުންކަމުގައި ވިޔަސް، މި މައްސަލައިގައި އެކަން އެގޮތަށް އޮތްކަމަށް ނުދެކޭ ކަމުގައި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ބުނެފައިވެއެވެ.

8މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ 12 (ބާރަ) ބާވަތުގެ ހެކިތަކަކީ ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި އެ ޤާނޫނުގެ މަޤްޞަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކިބަހަކީ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި އަސާސްކަމުގައި ބަލައި، އެ ނޫން ހެކިތަކަކީ ކުއްޖާގެ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރުން ކަމުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުކްތާރު ޤަޝިއްޔާއާއި، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް ވ. ޢަލީ ޝާޙް ޤަޝިއްޔާއިން މާނަކުރެވޭ ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ކުއްޖާގެ ބަސް ހެކީގެ ގޮތުގައި ބަލައިގަތުމާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލަކީ ޚާއްޞަ އުސޫލެއްކަމުގައިވާތީ ޢަބްދުއްސަލާމް މޫސާގެ ފަރާތުން ފާހަގަކުރާ ފަދައިން ހުށަހަޅާފައިވާ ހެއްކަށް، ހެކީގެ ބުރަދަން ނުދެވޭނެ ކަމަށް ބުނުމަކީ އެ ޤާނޫނުގެ 47 ވަނަ މާއްދާއާ ޚިލާފު މާނަކުރުމެއް ކަމުގައި ދެކޭކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި އަނިޔާ ލިބުނު ކުއްޖާގެ ނަން ހުށަހަޅާފައި ނެތް ހިނދު، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނަގަން އެދުމުގެ ފުރުސަތު ޢަބްދުއްސަލާމް މޫސާއަށް ދަށުކޯޓުގައި އޮތް ކަމަށާއި، އެ މަރުހަލާގައި ޢަބްދުއްސަލާމް މޫސާގެ ފަރާތުން އެ ފަދައިން އެދިފައިނުވާ ހާލު، އަދި އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނެގުމަށް އެދިފައިނުވާ ހާލު، މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއާ ސުވާލު ކުރުމުގެ ފުރުސަތު ނުދީވާ ކަމަށް ބުނުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ

(ކ) އާ ޚިލާފު ކަމެއް ކަމުގައި ނުދެކޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

9ޝަރީޢަތަށް ހުށަހަޅާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން މީހަކު ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާއި ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ދަޢުވާ ލިބޭ ފަރާތަށް ލިބިދީފައިވާ ޙައްޤެކެވެ. އަދި ހަމަ މި ޙައްޤު މިގޮތުގެ މަތިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

10މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން މިކޯޓުން ޖަވާބުދޭންޖެހޭ ސުވާލަކީ އަނިޔާލިބުނު ކުއްޖާއާ ސުވާލު ކުރުމުގެ ފުރުސަތު ޢަބްދުއްސަލާމް މޫސާއަށް ލިބިދީފައި ނުވުމަކީ އެ ސަބަބަށްޓަކައި ހައިކޯޓުގެ ޙުކުމް ފުރޮޅާލާންޖެހޭ ސަބަބެއްކަން ނުވަތަ ނޫންކަމެވެ.

11މި މައްސަލައަށް ބަލާއިރު، ދަށުކޯޓަށް ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހެޅުމުގެ ކުރިން ހެކިންގެ ލިސްޓް ބަޔާންކޮށް، ހެކިންގެ ލިސްޓް ދިފާޢަށް ލިބިފައިވާ ކަމަށް ޢަބްދުއްސަލާމް މޫސާގެ ފަރާތުން ބުނެފައިވެއެވެ. ދަށުކޯޓަށް ދައުލަތުން މައްސަލަ ހުށަހެޅިއިރު، ކުއްޖާއަކީ ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތެއް ނޫނެވެ. އަދި މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ ކުރިންނާއި ޝަރީޢަތް ފެށުމަށްފަހު ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޖިނާއީ ކުށެއްގައި ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ޢަބްދުއްސަލާމް މޫސާއަށް އަންގާފައިވާކަމާއި، ދައުލަތުން ދަޢުވާއާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތައް ލިބިފައިވާކަމަށް ޢަބްދުއްސަލާމް މޫސާ ބުނެފައިވާކަމާއި، ދަޢުވާއަށް ޢަބްދުއްސަލާމް މޫސާ އިންކާރު ކުރުމުން، ދައުލަތުން ހެކި ހުށަހަޅައި، ދިފާޢުން ހެކި ހުށަހަޅާނަމަ އެ ހެއްކެއް ހާމަކުރުމަށް ފުރުސަތު ލިބިދީފައިވާއިރު، ޢަބްދުއްސަލާމް މޫސާގެ ފަރާތުން އިތުރު ހެއްކެއް ހުށަހެޅުމަށް އެދިފައި ނުވެއެވެ.

12HN1HN2HN3ތެދެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ބަލާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމުގައިވާހިނދު، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓިދާނެ ޙައްޤުތަކެއްކަން އެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ޙުސައިން އެނގެން އޮވެއެވެ. އަދި މިގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ބެލުމުން، އެ ޤާނޫނުގެ ބޭނުމަށްޓަކައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދީފައިވާ ޙައްޤަށް ޙައްދުތަކެއް ކަނޑައަޅާފައިވާކަން އެނގެން ހުރެއެވެ.

9. މެޖީސްޓްރޭޓް ކޯޓުގައި 02 ޑިސެންބަރު 2021 ދުވަހު ބޭއްވުނު އަޑުއެހުމުގެ މަޙްޟަރު ބަޔާން، [ ] މެޖީސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222/ ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ޞަފުޙާ 217-214 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ކ) ގައި ކަނޑައަޅާފައިވާ މަޤްސަދުތަކަށް ބެލުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އަމަލުތައް ހިމެނޭ ބާވަތުގެ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޝިރުކުރުމަކީ ވަރަށް އިސްތިސްނާ އަދި މަދު ޙާލަތެއްގައި، އެ ނޫންގޮތެއް ނެތިގެން ކުރުމަށް އޮންނަ ކަމެއްކަން ދޭހަވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ އިބާރާތުގައި "ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ" އެކަން ކުރުމަށް ޚާއްސަ ވަކި މިންގަނޑެއް ކަނޑައަޅާފައިވުމުން، މިފަދަ މައްސަލަތަކުގައި ކުޑަކުއްގެއްގެ ސީދާ ބަސް ޝަރީޢަތުން ނެގުމަކީ އިޚްތިޔާރެއްކަން، އަދި އެފަދައިން ކުޑަކުއްޖެއްގެ ބަސް ހޯދުމަށް ފޯރުކޮށްދީފައި އޮންނަނީ ވަރަށް ހަނި ފުރުސަތެއްކަން އޮޅުމެއް ނެތް މިންވަރަށް އެނގެން އޮވެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޖިނާއީ އެހެން މައްސަލަތަކާ ޚިލާފަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ވަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކަކީ އެހެނިހެން ޖިނާއީ މައްސަލަތަކާ ތަފާތު، ޙާއްޞަ އުސޫލުތަކެއް އެ ޤާނޫނެއްގެ ދަށުން ކަނޑައަޅާފައިވާ ޙާއްސަ ބާވަތުގެ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކަކީ އެހެން މައްސަލަތަކާ ޚިލާފަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް މުޅި މައްސަލައިގެ އަސާސް ބިނާވާ ބާވަތުގެ މައްސަލަތަކެއް ކަމުގައިވާތީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު މައްސަލައާއި، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް ވ. ޢަލީ ޝާހު ފަދަމައްސަލަތަކުގައި ކަނޑައަޅާފައިވާ ފަދައިން، އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ނަގަން ޝަރީޢަތަށް ހާޒިރުކުރުމަކީ ލާޒިމުކަމެއް ކަމެއް ނޫނެވެ. އެއާއި ޚިލާފަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްސަދަކީ އަދި އެއިގެން ނެރެން ބޭނުންވާ ނަތީޖާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މޮއްސަކުކުގައި ޝަރީޢަތަށް ކުދިން ޙާޝިރުކުރުމެވެ.

13HN4މީގެ އިތުރުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އިން ލިބިދީފައިވާ ޙައްޤަކީ "ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު..." ކަމުގައިވާއިރު، ދައުލަތުން ޝަރީޢަތަށް ހާޒިކުރުކަމަށް ހުށަހަޅާފައިނުވާ އަދި ދަޢުވާ ރައްދުވާ (ކުށުގެ ތުހުމަތުގައިވާ) ފަރާތުން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދިފައިނުވާ ފަރާތަކާއި ހެއްކެއްގެ ހައިސިއްޔަތުން ސުވާލުކުރުމުގެ ފުރުސަތު ލިބިދީފައިނުވާކަމަށް ބުނެ ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ އޮށްޓަރެއް ހުރި ނުކުތާއެއް ކަމުގައި ނުދެކެމެވެ. އެހެނީ، ދައުލަތުން ވިޔަސް އަދި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ވިޔަސް ޝަރީޢަތުގެ މަޖިލީހަށް ހާސިރުކޮށްދިނުމަށް އެދިފަފައިނުވާ ހެއްކާއި ސުވާލުކުރުމުގެ ފުރުސަތު ކޯޓުން ދީފައިނުވުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި ޚިލާފު ޢަމަލެއްކަމުގައި ބެލޭނެ ބިނާއެއް ނެތަތީއެވެ. ސައިކޮލޮޖިކަލް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިގަތުން

14ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އޭނާ ފާހަގަކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހުށަހެޅުނު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށެވެ. އެހެނީ، ޢަބްދުއްސަލާމް މޫސާގެ ފަރާތުން ދެކޭ ގޮތުގައި އެ ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެ ރިޕޯޓަކީ މައްސަލައިގައި ހުށަހެޅިފައިނުވާ އަދި ވުޖޫދުގައިވެސް ނެތް ކަންކަން ކަމުގައިވާއިރު، އެ ހެއްކާމެދު ދިފާޢުން ޝަރީޢަތުގެ ކުރިން ހުށަހަޅާނެ އިތުރު ހުށަހެޅުމެއް އޮތްތޯ ބެލުމެއް ނެތި، އަދި އެފަދަ ފުރުސަތެއް ދިނުމެއް ނެތި، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިގެންފައިވަނީ ޢަބްދުއްސަލާމް މޫސާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުން ދިފާޢުވުމުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ކަމަށާއި، އެ ހެކިތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށެވެ.

15މި ނުކުތާގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދަޢުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރު ކުރި ފަރާތަކީ މި މައްސަލައިގެ ދަޢުވާ ޢަބްދުއްސަލާމް މޫސާގެ މައްޗަށް އުފުލިއިރު ހެކީގެ ގޮތުގައި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކެއް ކަމަށާއި، ދަޢުވާ ފޯމާއެކު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ދައުވާ ލިބޭ ފަރާތަށް ހަވާލުކޮށްފައި ނުވަނީ އެހައިތަނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ރިޕޯޓު ތައްޔާރުކޮށް ޕްރޮސިކިއުޝަންއާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން ދަޢުވާ ފޯމު ހުށަހެޅުމަށްފަހު، ޝަރީޢަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން، އެ ރިޕޯޓުގެ ކޮޕީއެއް ޢަބްދުއްސަލާމް މޫސާއަށް ރައްދުކުރުމަށް ██████████ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނެއެވެ. އަދި ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ ހެކިބަސް ނެގިއިރު، ޢަބްދުއްސަލާމް މޫސާއާއި އޭނާގެ ވަކީލު އެ ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވެފައިވާ ކަމަށާއި، ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ޝަރީޢަތުން ޢަބްދުއްސަލާމް މޫސާއަށް ލިބިދީފައިވާކަމަށެވެ.

16މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބަލަންޖެހެނީ ދެކަމެކެވެ. އެއީ، ދައުލަތުން ހުށަހަޅާފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން ނުވަތަ ނޫންކަން؛ އަދި އެ ހެކިތަކަކާ ގުޅިގެން ޢަބްދުއްސަލާމް މޫސާއަށް ދިފާޢުވުމުގެ ފުރުސަތު ލިބިދީފައިވާކަން ނުވަތަ ނޫންކަމެވެ.

17ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގައި އޮންނަނީ: ދަޢުވާ ސާބިތުކުރުމަށް ހެކި 83. (ހ) ޖިނާއީ މައްސަލައެއްގެ ދަޢުވާ، އެފަދަ މައްސަލަތައް ހުށަހެޅުން އެވުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. އެގޮތުން، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދަޢުވާ ފޯމާއެކު ހިމަނަންވާނެއެވެ.

(ށ) ދަޢުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްޞީލުތައް ދަޢުވާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުން ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ޝަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ޙިމާޔަތްދިނުމަށް އެދޭ ޙާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްޞީލު ދަޢުވާ ފޯމުގައި ހިމަނަންވާނެއެވެ.

18HN5މި މާއްދާގައި ބަޔާންކުރާ ގޮތުން، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދަޢުވާ ފޯމާއެކު ހިމެނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމުގައިވާހިނދު، ދަޢުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދަޢުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްޞީލުތައް ދަޢުވާ ފޯމާއެކު ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވެއެވެ.

19މީގެ އިތުރުން، ޖިނާއީ އިޖުރާއަތު ތަރުތީބުކޮށްފައިވާ ގޮތުން، ޖިނާއީ މައްސަލަތަކުގައި ދަޢުވާ ހުށަހަޅައި ދައުލަތުން ދައުވާ އިއްވުމަށްފަހު، ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް އެންގުމުން ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފިނަމަ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމަށް އަދި ދިފާޢީ ހެކި ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތު ދެއެވެ. އަދި މި ހުށަހެޅުމަކީ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ދެވޭ ފުރުސަތެއްކަމުން، ދައުލަތުން އަދި ދިފާޢުން ހުށަހަޅާ ހެއްކަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެއްކެއްތޯ ކަނޑައަޅައިދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ޤާނޫނުން ފަހިކޮށްދެއެވެ.

20މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅިއިރު، 'މައްސަލައާއެކު ފޮނުވޭ ލިޔެކިޔުންތައް' ގައި އަނިޔާ ލިބުނު ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތް ހިމަނާފައިވާކަން އެނގެން އޮވެއެވެ. އަދި އިބްތިދާއީ މަރުޙަލާގައި ދަޢުވާއާ ގުޅޭ ލިޔުންތައް ޢަބްދުއްސަލާމް މޫސާއަށް ލިބުނުތޯ ކަށަވަރުކުރުމުގެ ގޮތުން އޭނާގެ ވަކީލާ ސުވާލުކުރުމުން އެހައިތަނަށް ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ލިބިފައި ނުވާކަމުގައި ފާހަގަކޮށްފައިވާކަން ██████████ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ޢަބްދުއްސަލާމް މޫސާގެ ފަރާތުން މިފަދައިން ފާހަގަކުރުމާ ގުޅިގެން އެހާތަނަށް ޕްރޮސިކިއުޝަންއަށް ރިޕޯޓު ލިބިފައި ނުވާ ކަމުގައާއި، ރިޕޯޓު ލިބުނުހާ އަވަހަކަށް ޝަރީޢަތަށާއި ދިފާޢަށް އެ ރިޕޯޓު ހިއްސާ ކުރާނެ ކަމުގައި ދައުލަތުން ބުނެފައިވެއެވެ.

21އެއަށްފަހު، 16 ނޮވެންބަރު 2021 ގައި ██████████ މެޖިސްޓްރޭޓް ކޯޓުގައި މައްސަލައާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތާ ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ޢަބްދުއްސަލާމް މޫސާއަށް ލިބިދިނުމުން، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވެއެވ. އަދި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހެޅި އެ ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިފައިވެއެވެ. ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހުށަހެޅި ކަންކަމާ ގުޅިގެން ޝަރީޢަތުން 13 މެޖިސްޓްރޭޓް ކޯޓު ނަންބަރު 2021/ 222/ ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، މައްސަލައާއެކު ފޮނުވޭ ލިޔެކިޔުންތައް، ޞޮފުޙާ ނަންބަރު 323-322 14 އބމ, 04 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ މަޙްޝަރު ބަޔާން ޞަފުޙާ ނަންބަރު 133-135 15 އބމ. މިގޮތުން، ދައުލަތުގެ ފަރާތުން ބުނެވުނު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ޝަރީޢަތަށާއި ދަޢުވާ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ޢަބްދުއްސަލާމް މޫސާއާ ހަވާލުކޮށްފައިވަނީ 21 މާރިޗު 2022 ވަނަ ދުވަހުކަން އބމ، މައްސަރު ބަޔާން، ޞޮފުޙާ ނަންބަރު 133-135 އިން އެނގެން އޮވެއެވެ. ނިންމާފައިވަނީ، އެ ހުށަހެޅުމަކީ އިންއެޑްމިސަބަލް ހެއްކެއްކަމަށް ކަނޑައެޅެން ނެތްކަމަށާއި، އެ ހެކި މަޤްބޫލު ނުވުމުގައި ޤާނޫނީ އެއްވެސް ހަމައެއް ދައްކާފައި ނުވުމުން އެ ހެކި ބަލައި ނުގަންނަން ނުނިންމޭނެ ކަމަށެވެ. ހެއްކާ ގުޅޭގޮތުން މެޖިސްޓްރޭޓް ކޯޓުން ނިންމި މި ނިންމުން ޢަބްދުއްސަލާމް މޫސާގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވެއެވެ.

22މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ހުށަހެޅި ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓް ޢަބްދުއްސަލާމް މޫސާއާ ހިއްސާކުރެވި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ކޯޓަށް ހާޒިރުކުރެވި ޝަރީޢަތުގައި އެ ހެކީގެ ބަސް ނަގާފައިވާކަމާއި، އެ ހެކިތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ޙައްޤު ޢަބްދުއްސަލާމް މޫސާއަށް ކޯޓުން ފަހިކޮށްދީފައިވާކަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222 ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. މީގެ އިތުރުން ޢަބްދުއްސަލާމް މޫސާގެ ފަރާތުން ދިފާޢުގައި ހުށަހަޅަން ބޭނުންވާ ހެއްކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުސަތުވެސް ކޯޓުން ފަހިކޮށްދީފައިވާކަން އެނގެން އޮވެއެވެ.

23HN6ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގައި ބަޔާންކުރާ "އިތުރު ހެއްކެއް" ކަމުގައި ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، އެ މާއްދާގެ ދަށުން ހާމަކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކޮށްފައިނުވާ، އިތުރު ހެއްކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާގެ މަޤްސަދަކީ އެ ޤާނޫނުގެ 129 ވަނަ މާއްދާ އަދި 132 ވަނަ މާއްދާގެ ދަށުން، ދައުލަތުން ނުވަތަ ދިފާޢުން ހުށަހަޅާފައިވާ ހެކީގެ ބޭރުން، މައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ލިބޭ އިތުރު ހެއްކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާއަކީ މައްސަލައަކާ ގުޅޭގޮތުން އަލަށް ފައުޅުވާ ހެކި ހިއްސާކުރުމުގެ ޒިންމާ އޮތްކަން ބަޔާންކުރާ މާއްދާއެކެވެ.

24HN7މި މައްސަލައިގައި ހިމެނޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ދަޢުވާ އުފުލިއިރު، އެހިނދު ޕްރޮސިކިއުޝަންއަށް ރިޕޯޓު ލިބިފައި ނެތްނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން އޮތްކަން ފާހަގަކޮށް، ދަޢުވާ އުފުލިއިރު ލިސްޓުކޮށްފައިވާ ރިޕޯޓެކެވެ. އަދި އެ ރިޕޯޓު ލިބުމުން ޢަބްދުއްސަލާމް މޫސާއަށް އެ ރިޕޯޓުގައިވާ މަޢުލޫމާތު ފޯރުކޮށްދީފައިވާކަން އެނގެން އޮވެއެވެ. އެހެންކަމުން މިއީ "އިތުރު ހެއްކެއް" ކަމުގައި ބެލުމުގެ ފުރުސަތު އޮތް ހެއްކެއް ކަމުގައި އަހުރެން ނުދެކެމެވެ.

25ޢަބްދުއްސަލާމް މޫސާގެ ފަރާތުން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް އިންކާރުކޮށް، އެއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ހެއްކެއް ނޫންކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ޢަބްދުއްސަލާމް މޫސާގެ ފަރާތުން މި ހެކިތައް ބަލައިގަތުމާމެދު ސުވާލު އުފައްދާ، އެކަން ޝަރީޢަތުގެ ކުރިން ހުށަހަޅައި ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުން، އެކަމާމެދު ޝަރީޢަތުން ގޮތެއް ނިންމާފައިވާކަން ކުރިންވެސް ފާހަގަކޮށްފީމުއެވެ. ހަމަ އެއާއެކު، ބުނެވުނު ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު ބަލައިގަތުމަށް ނިންމުމަށްފަހު، އެ ހެއްކާ ގުޅިގެން ޢަބްދުއްސަލާމް މޫސާ އިތުރަށް ކަމެއް ފާހަގަކުރަން ނުވަތަ ސާބިތުކޮށްދޭން ބޭނުންވިނަމަ، އެ ފުރުސަތުވެސް ޢަބްދުއްސަލާމް މޫސާއަށް ޝަރީޢަތުން ފަހިކޮށްދީފާކަން ފާހަގަކޮށްފީމުއެވެ.

26ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހުށަހަޅާފައިވާ ހެއްކެއްކަމަށް ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ. އަދި އެ ހެކި ހުށަހަޅާފައިވަނީ ހެކި ހުށަހަޅަން އޮންނަ އިޖުރާއަތުގެ ތެރެއިން ކަމުގައިވެސް ދެކެމެވެ.

ނިންމަން ފެންނަ ގޮތް

27ޢަބްދުއްސަލާމް މޫސާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލައި، އަހުރެންގެ ރައުޔުގައި ފާހަގަކުރި ކަންކަމުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާގެ ނިންމުން ބަދަލުކުރަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢުސައިން ޝަހީދުގެ ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/10 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަދި މުޙައްމަދު ސަލީމް އާއިޝާ ޝަޖަން މުޙައްމަދު ޙުސައިން ޝަހީދު (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/262 ޤަޝިއްޔާ
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/26 ޤަޝިއްޔާ
  4. ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގޮމަތި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޝިއްޔާ
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޝިއްޔާ
  7. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/ 222 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ދައުވާ ފޯމުގެ ޖަދުވާލު ސަފްޙާ 247-251 ގެ ނިޔަލަށް.
  8. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ށ)
  9. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު
  10. މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު SHIN/(222-2021)/2021-04/ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (23 ޑިސެންބަރު 2021) ގެ 6 ވަނަ ނުކުތާއިން ފެށިގެން 12 ވަނަ ނުކުތާގެ ނިޔަލަށް.
  11. އިބިމި
  12. އިބިމި
  13. އިބަމ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ)
  • ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ކ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 132 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 135 ވަނަ މާއްދާ
  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު (2019/SC-A/77)
  • ދިވެހި ދައުލަތް ވ. ޢަލީ ޝާހު (2017/SC-A/16)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ