ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/463

ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 21 ޑިސެމްބަރު 2025ދަށު ކޯޓު: ކޯޓުގެ ނަން ސިއްރު ކުރެވިފައި xxxބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކޯޓުގެ ނަން ސިއްރު ކުރެވިފައި xxx
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ (ދޮންބައްޕައެއްގެ ގޮތުގައި) ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުކުރުމުގައި، ކުއްޖާ ފުލުހުންނަށް ދިން އިންޓަވިއު ރިކޯޑިންގއަށް ދިފާޢަށް ބެލުމުގެ ފުރުޞަތު ލިބުނުތޯއާއި، ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައެޅުމާއި، ކުއްޖާގެ ތެދުވެރިކަމާ ގުޅޭ ދިފާޢީ ހެކިތަކަށް ރިޢާޔަތްކުރުން ޞައްޙަތޯއާއި، ދަށުކޯޓުގައި ޤާނޫނީ ވަކީލުގެ އެހީތެރިކަން އެކަށީގެންވާ ގޮތުގައި ނުލިބުމުން (ineffective assistance of counsel) ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ޙައްޤުތަކަށް އުނިކަން އައިތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައިވާ ދިފާޢު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ޙައްޤު ފުރިހަމަވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ކޯޓު ކަނޑައަޅާ ޝަރުޠުތަކާއެކު ކޯޓުގައި ރިކޯޑިންގ ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިފާޢަށް ދީ، ދިފާޢީ ވަކީލު އެ ރިކޯޑިންގ ބަލާފައިވާ ޙާލަތުގައި، އެ ހެއްކަށް ރިޢާޔަތްކުރުމަކީ އެ ޙައްޤަށް އުނިކަމެއް އައުމެއް ނޫނެވެ.

HN2 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ މަޤްޞަދަކީ އިތުރު ބާވަތްތަކުގެ ހެކި ހުއްދަކޮށް ހެކީގެ މިންގަނޑު ލުއިކުރުމެވެ. 47 ވަނަ މާއްދާގައިވާ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއް ހުރެއްޖެނަމަ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ. އަދި މިފަދަ މައްސަލަތަކުގެ އަސާސަކީ ޝަރީޢަތުގެ ކުރީ މަރުޙަލާތަކުގައި ތަފްޞީލުތަކާއެކު ކުއްޖާ ކިޔައިދޭ ކިޔައިދިނުމެވެ؛ އެހެން ހެކިތަކަކީ އެ ބަސް ކޮރަބޮރޭޓްކުރާ ވަސީލަތްތަކެވެ.

HN3 ކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ލިސްޓުކުރާ ތިން ކަމަކީ (އެތެރެ/ބޭރުފުށުން އެއްގޮތްވުން، ކުއްޖާގެ އަޚްލާޤާއި އުޅުން، ޝަކުވާކުރުމުގައި ނުނިޔަތެއް އޮތުން) ކޮންމެ މައްސަލައެއްގައި ބެލުން ލާޒިމު ކަންކަމެއް ނޫނެވެ. ކުއްޖާގެ އަޚްލާޤު ނުވަތަ އުޅުމަކީ ކުއްޖާގެ ތެދުވެރިކަން ވަޒަންކުރާ ސިފައެއްގެ ގޮތުގައި ނުވަތަ ޖިންސީ ޢަމަލަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ؛ ކޮންމެ މައްސަލައެއް ކުއްޖާއާއި ތުހުމަތުކުރެވޭ ފަރާތާ ދެމެދު ގުޅުމާއި ކުއްޖާގެ އުމުރާއި ހެކިތަކުގެ މައްޗަށް ވަޒަންކުރަންޖެހޭނެއެވެ.

HN4 ހެކިބަސް ދޭނެ ފަރާތްތައް ކަނޑައެޅުމަކީ ޚަޞްމުންނަށް ލިބިދޭ ބާރެއް ކަމުން، ހުށަހެޅި ހެއްކެއް އުނިކުރުމަކީވެސް އެ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ނަގަންވާނީ ކޮންމެހެން މުހިންމުނަމައެވެ؛ ކުއްޖާ ރީވިކްޓިމައިޒްވުން ހުއްޓުވުމަށް ކުއްޖާގެ ހެކިބަސް ނުނަގައި ފުލުހުންނަށް ދިން ރިކޯޑިންގއަށް ރިޢާޔަތްކުރުމަށް ދައުލަތުން އެދުމަކީ ޖާއިޒު ކަމެކެވެ.

HN5 ހެކިބަހުގައި ކުދިކުދި ތަފާތުތައް ހުރުމުން ހެކިބަސް ނަފީ ނުވާނެއެވެ. ދަޢުވާގެ ޖައުހަރަށް ނުވަތަ އަސާސަށް އަސަރުކުރާ ޖައުހަރީ ފުށުއެރުންތަކާއި ކުދިކުދި ތަފާތުތަކާ ދެމެދު ފަރަޤުކޮށް، ހުރިހާ ހެކިތަކެއްގެ އަލީގައި ހެކިބަސް ވަޒަންކުރަންޖެހޭނެއެވެ. ކުޑަކުދިން ތަފްޞީލު ހަނދާން ނެތުމާއި ތަކުރާރުކުރަން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެއްކަމުން، 47 ވަނަ މާއްދާގެ ވަސީލަތްތަކުން ބާރުލިބޭނަމަ ކުއްޖާގެ ބަސް ބަލައިގަންނަންޖެހޭނެއެވެ.

HN6 ކުއްޖާ ހަދައިގެން ވާހަކަ ދައްކާކަމަށް ދިފާޢުން ބުނާނަމަ، ފުރަތަމަ ދަޢުވާލިބޭ ފަރާތުން ކުއްޖާ އެފަދަ ވާހަކައެއް ހަދައިގެން ދައްކަންވީ ސަބަބެއް (ހަސަދަވެރިކަމެއް، ރުޅިވެރިކަމެއް ނުވަތަ ނުނިޔަތެއް) އެކަށީގެންވާ މިންވަރަކަށް ބުނެދޭންޖެހޭނެއެވެ؛ ކުއްޖާ ދޮގުހަދާ ކުއްޖެއްކަމަށް ބުނުން އެކަނި ކުއްޖާގެ ބަސް ނަފީ ނުކުރެއެވެ.

HN7 ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤަކީ (ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ) އިންސާފުވެރި ޝަރީޢަތެއްގެ (42 ވަނަ މާއްދާ) އަސާސެކެވެ. ineffective assistance of counsel ގެ ބަހުސް ކާމިޔާބުވާނީ، ވަކީލުގެ ޢަމަލު ސަބަބުވެރި މިންގަނޑަށްވުރެ ދަށްވެ ފާޅުކަން ބޮޑު ނާޤާބިލުކަމެއް ފާޅުވެ، އޭގެ ސަބަބުން ބޭއިންސާފެއް ކުރިމަތިވެ، އެ ގޯސްތައް ނެތްނަމަ ނަތީޖާ ތަފާތުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތްކަން (Strickland ގެ ދެ ޓެސްޓް) ދެއްކުމުންނެވެ؛ ހަމައެކަނި ފަރުވާކުޑަކަމެއް، ގޯހެއް ނުވަތަ ތަޖުރިބާ ކުޑަކަމެއް ދެއްކުމުން އެ ބަހުސް ކާމިޔާބެއް ނުވާނެއެވެ.

HN8 ތުހުމަތުކުރެވޭ ފަރާތް ހެކިބަސް ނުދިނުމާއި ޝަރީޢަތުގެ ކުރީ ހުށަހެޅުންތަކުގެ ނިންމުން އިސްތިއުނާފު ނުކުރުމުގެ ނިންމުމަކީ ވަކީލުގެ ފަންނީ އިޚްތިޔާރުގެ ތެރެއިން ނިންމާ trial strategy އެވެ. ވަކީލުގެ ސުލޫކާ ޚިލާފު ކަންކަން ބަލާނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކަމަށްވާތީ، އެއީ އިސްތިއުނާފުގައި ކޯޓުން ފަރުވާދޭ ކަމެއް ނޫނެވެ. ގަވާއިދުގެ ޖަދުވަލު 38 ގެ ފޯމުން ޢައްޔަންވި ވަކީލުން ތަމްސީލުކުރިއިރު ދަށުކޯޓުގައި އިޢުތިރާޟެއް ނުކޮށް، އިސްތިއުނާފުގައި އެ ވަކީލުން އިޚްތިޔާރުނުކުރާކަމަށް ބުނެ ޝަކުވާކުރުމުގެ ފުރުޞަތު ނުލިބޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުﷲ ޖަމީލް މޫސާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ xxxxxx xxx މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/xxx101/ ޤަޟިއްޔާ xxxxxx xxx މޖިސްޓްރޭޓެ ކޯޓުން )މީގެ ފަހުން "ދަށު ކޯޓު" ނުވަތަ "ކޯޓު"( ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި xxxx xxxx xxxxxxxxx )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxx( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސަ)މީގެ ފަހުން "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ޕްރޮސިކިއުޝަން" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( ގ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ.

4ދައުލަތުން މި ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށ ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( )މީގެ ފަހުން "ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު"( ގ 9 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ށ( ގެ ދަށުންނެވެ.

5ދައުލަތުން މި ދަޢުވާ އުފުލާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން، 2020 ވަން އަހަރުގެ ޑިސނެ ބަރް މަހުގެ ދުވަހެއްގައި، މީނާގެ ދޮންދަރިއެއްކަމުގައިވާ xxxxxx xxxxxx xxxx xx xxxxxx )މީގެ ފަހުން "ކުއްޖާ"( ކ. މާލެއަށް ޑޮކްޓަރަށް ދައްކަން މީނާއާއެކު ގޮސް، ކ. މާލޭގައި ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި، ކުއްޖާ ނިދަން އޮއްވާ، ކުއްޖާގެ ސޯޓުތެރެއަށް މީނާގެ ފައި ކޮށްޕައި، ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލައިފައިވާތީއާއި، 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހާއި ދެމެދު އެކި ދުވަސްމަތިން، xxxxx xxxxx ގޭގައި ކުއްޖާ ނިދާކޮޓަރީގައ ނިދާފައި އޮއްވާ ކުއްޖާގެ ސޯޓުތެރެއަށް މީނާގެ އަތްކޮށްޕއަ ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީއާއި، މީނާ ސައިކަލުގައި xxxxxx އާއި xxxxx ދެމެދުގައި އޮންނަ ބްރިޖްއާ ދިމާލުން ފަޅުރަށް ތެރެއަށް، ކުއްޖާ ގެންގޮސް، މީނާ ކުއްޖާގެ މޭމަތީގއަ އާއާ ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލިފައިވާތީއާއި، އަދ xxxxx ×××× ގޭގެ ބަދިގޭގެ ގޮނޑިއެއްގައި ކުއްޖާ އިންދައި މީނާ ކުއްޖާގެ މޭމަތީގައި އަތްލާފައިވާތީ ކަމުގައި ދައުލަތުގެ ފަރާތުނ ބުނެފައިވެއެވެ.

6ދަޢުވާއަށް ޖަވާބުދާރީވުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ ސފ ވެއްޖެކަމަށާއި، އަދި ދަޢުވާއަށް އިންކާރުކުރާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.

7ދައުލަތުން މި މައްސަލައިގައި ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވެއެވެ.މިގޮތުން ހާމަނުކުރުމަށް އެދޭ ހެއްކަކީ ސިއްރު ހެކި 1 އާއި ސިއްރު ހެކި 1 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި ވަނަވަރާއި، ސިއްރު ހެކި 2 އާއި ސިއްރު ހެކި 2 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި ވަނަވަރެވެ. ވަކި މިންވަރަށް ހާމަކުރުމަށް އެދޭ ހެއްކަކީ، އަނިޔާ ލިބުނު ކުއްޖާ ދަށު ކޯޓުގު "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓެ " ގ 15 ވަނަ ނުކުތާ ދިވެހި ފުލހުންގު ޚިދުމަތުގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ އިންޓަވިއު ވީޑިއޯ ރިކޯޑިންގއާއި، މިނިސްޓްރީއޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ތައްޔާރުކޮށްފައިވާ އަނިޔާލިބުނު ކުއްޖާގެ އިޖުތިމާއްޙި ލަތު ދެނެގަތުމާބެހޭ ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާއާއި ގުޅޭ ގޮތުނ ތައްޔާރުކޮށްފައިވާ ސައިކޮލޮޖެކަލް އެސެސްމި ންޓް ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި، މެޑިކޯ ލީގަލް ރިޕޯޓާއި އަދ ދައުލަތުގެ ހެކިވެރިޔާ 4 ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަޙްޤީޤަށް ދީފައިވާ ބަޔާނެވެ.

8ދައުލަތުން ހުށަހަޅާފައިވާ ގޮތަށް، އެ ބީދައިން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވެއެވެ.

9ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކި ޤަރީނާ ހުށަހަޅާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ދިފާޢުގައި ހެކި ހުށަހަޅާފައިވެއެވެ.

10މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި 02 )ދޭއް( ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާނެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ނެތް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

11މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅިހެކިންގެ ތެރެއިން، އަނިޔާ ލިބުނު ކުއްޖެހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާހިނދު، މި ކުއްޖާގެ ހެކިބަސް ނަގަން ބޭނުންނުވާކަމަށް ދައުލަތުން އަންގާފައިވެއެވެ. މި ކުއްޖާގެ ހެކިބަސް ފިޔަވައި ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހެޅ މި ހެކި ރައްކާތެރިކުރުމަށް އެދޭ މިންވަރަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު ޝަރީޢަތުގެ މަރުޙަލާގައި، މައްސަލަ ބަލާފަނޑިޔާރު ކަނޑައަޅް ޝަރުޠުތަކާ އެއްގޮތަށް އެތަކެތި ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ހެކިތައް ބަލާ ދިރާސާކުރުމަށް ދަޢުވާލިބޭ މީހާއަށް ލިބިދިނުމެވެ. މި ހެކި ރައްކާތެރިކުރުމަށް އެދޭ މިންވަރަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު ޝަރީޢަތުން ކަނޑައަޅާ ޝަރުޠުތަކާއެކު ދަޢުވާލބ މީހާއަށް ދޫކުރުމެވެ. އެންމެހައި ހެކީންގެ ހެކިބަސް ނަގާފައިވެއެވެ.އަދިމ މައްސަލައިގައި ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިނުދިފާޢނ ހުށަހެޅް ހެކިވެރިޔާ 1 ފިޔަވައި އެންމެހައި ހެކިންގެ ހެކިބަސް ނަގާފައިވެއެވެ.

12ދެ ފަރާތުންވެސް ބޭނުންވީ ޚުލާސާ ބަޔާނުގެ ތެރެއިން، ހެކިބަހާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ކަމުގައިވާތީ، އެގޮތުގެ މަތިން ޚުލާސާ ބަޔާން ހުށަހަޅާފައިވެއެވެ.

ދަށު ކޯޓުން މައްސަލަ ނިންމިގޮތް

13އިސްތިއުނާފުކުރި ފަރާތުގާ މައްޗަށް ކުޅަ ކުޑަކުއްޖަކު އިތުރުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ފައިޞލާކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ.

13.1. މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިޤެރީނާތަކަށް ބަލާއިރު، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގ ނަންބަރު 2019/SC-A/77 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު )މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާ"( ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލުތަކާއި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ފަދައިން، ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ )އ( ގެއްކަނޑައެޅިފައިވ އެކަށީގެންވާ ޝައްކެއްނތ މި ފަރާތުގެ ހެކިބަސް ނެގުމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވިހިނދު، އަމުރާއި ޙަވާލުވެވެނ ނެތްކަމަށް ބުން ކޯޓެ އަމުރާއި ޙަވާލުވެފައިނުވާކަމާއި، ދިފާޢުން މި ހެކިވެރިޔާ ހުށަހެޅި ސަބަބަށް ބަލާއިރު، އެ ސަބަބުގެ މައްޗަށް ދިފާޢުން ހުށަހެޅި އެހެން ހެކިން ހެކިބަސް ދީފައިވާތީ، މި ފަރާތުގެ ހެކިބަހުން، މި މައްސަލައަށް އިތުރު އާރޯޚަމެއ ނުވަތް ތާޒާކަމެއ ނުވަތް އަލިކަމެއް ގެނެސްދެވިދާނެކަމަށް ޤަބޫލުނުކުރެވޭތަ، ދިވެހިރާއްޖޭގެ ހައިކޯޓުގ މުޙައްމަދް ސަޢީދު ވ. އިބްރާހީމް މަޢުމޫރު ޤަޟިއްޔާއާ ޙަވާލާދީ، މި ހެކިބަހާއި ނުލާ ޝަރީޢަތްކުރިއަށ ގެންދިޔުމަށް ނިންމާފައިވާކެ ނ ދަށު ކޯޓުގ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓުގެ" 32 ވަނަ ނުކުތާއިން އެނގެއެވެ. މިންވާރަށް އިސްތިއުނާފުކުރ ފަރާތް މި ކުށް ކުރިކަން ސާބިތުވާތީ، އިސްތިއުނާފުކުރާ ފަރާތް ކުޑަކުއްޖަކު އިތުރުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،

13.2. މ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަން މާއްދާގަ )ހ( އާ ޙަވާލާދީ، އެ މާއްދާގެ )ށ( ގެ ދަށުނ 15 )ފަނަރަ( އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"(ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައެޗަށް ކަނޑައެޅުން ޖަލުގ އަދަބުން ތަންފީޒުކުރަންޖެހޭ އަދަބަކީ 14 )ސާދަ( އަހަރާއި 04 )ހަތަރެއް( ދުވަހުގެ މުއްދަތުގެ ޖަލު އަދަބެއްކަމަށް ކަނޑައަޅާފައިވެއެވެ.

14މި ނިންމުމަށް ވާސިލު ވި ސަބަބުތަކުގެ ގޮތުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.

14.1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކިތަކަށް ބަލައިރު، އެ މާއްދާގައި ބަޔާންވެގެންވާ ހެކީގެ ތެރެއިން މަދުވެގެން 05 )ފަހެއް( ބާވަތުގެ ހެކި ލިބިފައިނެތްނަމަވެސް، އެފަދަ މައްސަލައެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ )އ( ގައި ބަޔާންކޮށްފައިވާ މިންވަރަށ ހެކް ލިބިފައިވޭތޯ ވަޒަންކުރުމުގައި، މައްސަލައާ ގުޅިގެން ހުށަހެޅީ ޝަރީޢަތާއި ޤާނޫނަ ހުއްދަކުރާ އެހެނިހެން ހެކި ޤަރީނާތަކުގެ މައްޗަށް ބަލައި ވަޒަންކޮށް، މައްސަލަ ނިންމުމުގައި އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭނެކެމަށް ދިވެހިރާއްޖޭގ ހައިކޯޓުގ ނަންބަރު 2014/HC-DM/01 ޢަލީ ޝާހް ވ. އެޓަރނީ ޖެނެރަލްގެ އޮފސީ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން

14.2. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކީގެ ލުއި މިންގަނޑެއް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދ މުޚްތާރު ޤަޟިއްޔާގައި، ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ހެކީގެ އުޞޫ ލާއި، މ ބާވތގެ މައްސަލަތަކުގައި ހެކި ވަޒަންކުރާނެ ގޮތުގެ އުޞޫލު ކަނޑައަޅާފައިވާކަމާއި،އަނިޔާ ލިބުނު ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އ ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި، މުއްތަހަމާ ބެހޭ ގޮތުނ ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެކަމާއި، މިކަންކަނެބެލުމުގައ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން އެ މައްސަލައެއްގައި ލުބެނި ރިހ ހުރިހާ ވަސީލަތްތައް ބޭނުންކުރެވިދާނެ ކަމަށްވެސް މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަނ

14.3. މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތުގާ މައްޗަށް އުފުލާފައިވާ ދަޢުވާ ބިނާވެފައިވާ މައިގަނޑު އަސާސކ 16 )ސޯޅަ( އަހަރުގެ ޝަކުވާކުރި ކުއްޖާ ކިޔައިދޭ ކިޔަދިނުމަށްކަމާއި، ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ ގޮތުގައި ހުށަހަޅާފައިވަނީ 29 އޮގަސްޓް 2021 ގައި ކުއްޖާ ފުލުހުންގެ ތަޙާ ޤީޤުގައި، ކުއްޖާއާމެދު ކަންވީގޮތް ކިޔައދީފައިވ ކިޔައިދިނުންކަމާއި، މި ބަޔާން ނެގިފައިވަނ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ x. ފެމިލީ އެންޑ ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރގެ ޙާޟިރުގއިކަމުގައެވ.

14.4. މި ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ފުށުން ބާރު ލިބޭ މިންވަރަށް ބަލައި، ޚުލާޞާ ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

14.4.1. ކިއްޖާގ މަންމަގެ ބަހުން ޝަކުވކުރާކުއްޖއާއި، އެ ކުއްޖާގާމަންމައާއި، ހަގު ކުއޭޖް އާއި، އިސްތިއުނާފުކުރާ ފަރާތާ މާލެ ދިޔަކަމާއި، ތިބީ ކުއްޔަށްދައެއ ކޮޓަރިއެއްގައިކަން އެނގޭކަމާއި، އަދި މާލެ ގޮސް ތިބިއިރު އެއް ރޭ ކުއްޖާގެ މަންމަ ވަކިން ބޭރަށް ދިޔަކަމާއި، އަދި )ކުއްޖާ ރަށުގައި އުޅުނުއިރު( ކުއްޖާ، އިސްތިއުނާފުކުރާ ފަރާތާއެކު ބޭރުގައި އުޅުނު ގ ޑް ގައި ކުއްޖާގެ މަންމަ ގުޅިކަމަށް ކުއްޖާ ބުނާ ބުނުމަށް ކުއްޖާގެ މަންމަގެ ބަހުން ބާރު ލިއްބައިދޭކަނ

14.4.2. ދައުލާތަ ނ ހުށަހެޅް ހެކިވެރިޔާ 4 ގެ ހެކިބަހުން، ޝައްކުވާކުރި ކުއޖް މީނާގެ ގެއަށް އައިސް، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާގެ ސޯޓު މަތީގައި އަތް ބޭއްވުނު ވާހަކަ ބުނިކަމާއި، ކުއްޖާ ހޭލެވުނުއިރ އިސްތިއުނާފުކުރު ފަރާތާ ހުރް ކުއްޖާގެ ސޯޓު ތެރެއަށް އަތް ކޮއްޕާފައިކަމާއި، ރޭގަނޑުގެ 11:45 ހާއިރު އިސްތިއުނާފުކުރާ ފަރާތް ކުއްޖާ ގޮވައިގެން xxxxxx xxxxx ދިޔަ ތަން ފެނުނުކަމާއި، މި ބަހުން ކުއްޖާ އިސްތިއުނާފުކުރާ ފަރާތާއެކު ސައިކަލް ދުއްވަން ދާކަމަށ ބުން ބުނުމާއި، މި ހެކިވެރިޔާއަށް އެ މަންޒަރު ފެނުމުން، ކުއްޖާ ބުނާ ބުނުމާއި ގުޅުވާލެވޭކަނ

14.4.3. ދައުލަތުގެ ހެކިވެރިޔާ 2 ގ ހެކިބަހުން، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއަށް ޖިންސީ އަނިޔާ ލިބެމުންދާތީ މިކަން މި ހެކިވެރިޔާއާ ހިއްސާކޮށާ ފާއިވާކަމާއި، މި ހެކިވެރިޔާ ބުނެފައިވަނީ ކުއްޖއަކްބަލިވެގެން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކާ ކުއްޖެއްކަމާއި، އެންމެ ފަހުން 2020 ޑްސިނެބަރުގައި މާލެ ދިޔަކަމާއި، މާލެގައި ހުރއިރިއެއްރޭ ނިދީގެ ތެރެއިން ކުއްޖާގެ ދެފައި ތެރެއަށް އިސްތިއުނާފުކުރާ ފަރާތުގް"ފައި ދިޔައޭ، ދެނި ފޭއ ދުރުކުރީމަވެސ ތަކުރާރުކޮށް އެހެން ވީއ" ކުއްޖާ ބުނި ކަމާއި، މި ހެކި ބަހުން ކުއްޖާ މި ހެކިވެރިޔާއަކީ ދިފާޢުން ހެކިވެރިޔާ 2 ގެ ގޮތުގައި ހުށަހަޅާފައިވާ ހެއްކެކެވެ. ބުނާ ގޮތޮށް ކުއްޖާގެ މަންމައާއި އިސްތިއުނާފުކުރާ ފަރާތާއި، އެންމެ ކުޑަ ކޮއްކާލެމ ދިޔަކަމާއި، މާލެއަށް ގޮސް، އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ޖިންސީ އަނިޔާ ލިބުނުކަމަށް ކުއްޖާ ކިޔައިދިންގޮތަށް، މި ހެކިވެރިޔާވެސް ކިޔައިދިންކަން އެނގޭއިރު، ކުއްޖާ ބުނާ ބުނުމާއި ދިމާވކަނ

14.4.4. ދައުލަތުގެ ހެކިވެރިޔާ 8 ގެ ހެކި ބަހުން، ކުއްޖާއަށް އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ޖިންސް އަނިޔާ ލިބެމުންދާ ވާހަކަ ކިޔައިދިންކަމާއި، މި ހެކިވެރިޔާގެ ހެކިބަހުން ކުއްޖާގެ މަންމަ ގާތު ކުއްޖާ ޝަކުވާކުރި ކަމާއި، މަންމަ ޤަބޫލުނުކުރާކަމާއި، ކުއްޖާއަށް އިސްތިއުނާފުކުރު ފަރާތުން ޖިންސީ އަނިޔާ ކ ރަމުންދާކަމަށ ބުން ބުނުމަށް ބާރު ލިއްބައިދޭކަނ

14.4.5. ސިއްރު ހެކިވެރިޔާ 2 ގ ހެކިބަހުން، ޝަކުވާކުރި ކުއްޖާ ތަޙްޤީޤަށް ކިޔައިދިން އިރު، އިސްތިއުނާފުކުރާ ފަރާތް ކުއްޖާއާ މާ ކްލޯޒްވެފައި ހުންނަކަން ފާހަގަކުރެވޭކަމާއި، ކުއްޖާއާއެކު އެކަނި ވަގުތު ހޯދާނެ ގޮތެއް އަބަދުވެސް ހޯދޭތޯ ބަލާ ކަމާއި، ކުއްޖާއާއެކު ސައިކަލް ދުއްވަންދާ ކަމާއި، xxx xxx އާ ވީކޮޅަށް ސައިކަލުގައި ކުއްޖާއާއެކު ދާކަމަށް ކުއްޖާ ބުނާ ބުނުމަށް، މި ސިއްރު ހެކިވެރިޔާ 2 ގެ ހެކިބަހުން ބާރު ލިބޭކަން

14.4.6. ދައުލަތުގެ ހެކިވެރިޔާ 7 ގެ ހެކިބަހުން،ކުއްޖާގެ ފަރާތުން ވާހަކަ ހިއްސާކުރިކަމާއި، ކުއްޖާ ނިދަނ އޮންން އިރު، ދަންވަރު ގަޑްގިއި ކުއްޖާގެ ދޮންބައްޕަ އަންނަކަމާއި، އެކަނ މަންމަ ކައިރީގައި ބުނިނަމަވެސް، މަންމަ ޤަބޫލުނުކުރާކަމަށް ކުއްޖާ ބުނިކަމާއި، މ ހެކިވެރިޔާގެ ހެކިބަހުން، އިސްތިއުނާފުކުރާ ފަރާތުން އައިސް ކުއްޖާގެ "ސޯޓުތެރެއަށ އިނގިލިނ ކަންކަން ކޮށްފަ" މިހެން ބުނި ބުނުމާއި، ކ އްޖާގެ މަންމަ ގާތު އެ ޝަކުވާ ކުރުމުންވެސް އަޅާނުލާކަމަށ ބުން ބުނުމާއި ގުޅުވާލެވޭކަނ

14.4.7. އިޖުތިމާއީ ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހުން، ކުއްޖާ ނިދަން އޮންނައިރު، ކުއްޖާ ލައިގެން ހުންނަ ސޯޓު ތެރެއަށް އަތް ކޮއްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތް ކާއްތައި، އިނގިލި ވައްދާފައިވާކަނ މަންމައަށް ކިޔެ އިދިންނަމަވެސް، މިކަމަށް ހައްލެއް ލިބިފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަމާއި، ކުއްޖާ ތަޙްޤީޤަށް ކިޔައިދީފައިވާ ކިޔައިދިނުމާއި، މި އެސެސްމްންޓ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، މި ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަށް ބަލާއިރު، ކުއްޖާގެ ތަޙްޤީޤަށް ކިޔައިދިންގޮތަށް މި ރިޕޯޓު ތައްޔާރުކުރި ފަރާތަށް ކިޔައިދީފައިވާކަނ

14.4.8. ސައިކޮލޮޖިކަލް ރިޕޯޓާއި އަދި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހުން، ކުއްޖާއާއި ފުރަތަމަ އިންޓަވިއު ކުރެވުނު އިރު، ތަޙްޤީޤުގައި ކިޔައިދިން ދިނުމާއި، ޖެންޑަރ އެސެސްމންޓް ތައްޔާރުކުރި ފަރާތަށް ކިޔައިދިން ކިޔައިދިނުމާއި، ކުއްޖާ ސައިކޮލޮޖިސްޓަށ ކިޔައިދީފައިވާ ކިޔައިދިނުން ދާދި އެއްގޮތްކަމާއި، ކިޔައިދީފައިވަނީ އެއް ވާހަކަތަކެއްކަމާއި، އެއް ޝަކުވާ ތަކެއްކަމާއި، އެއް ހާދިސާތަކާއ އެއި ތަފްޞީލުތަކެއްކަނ

14.5. ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްތޯ ބަލާއިރު، ޝަކުވާކުރި ކުއްޖާ އެ ކުއްޖާގެ ދޮންބައްޕަ ކުއްޖާއާއެކު ޢަމަލުކުރިގޮތ އެކް މީސ މީހުންނަށް ކިޔައި ދިނުމުގެ އިތެރެ ން، ދިވެހި ފުލުހުންގެ ތަޙްޤީޤަށާއި، އިޖުތިމާޢީ ޙާލަތު ވަޒަންކުރާ އެސެސްމެންޓް ތައްޔާރުކުރި ސޯޝަލް ސަރވިސް ވޯކަރަށް އަދި ސައިކޮލޮޖިސްޓް އެސެސްމަންޓް ތައްޔާރުކުރި ފަރާތަށް ކިޔައިދީފައިވާކަމާއި، މިގޮތުން ކުއްޖާގެ ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވަމުން އައި ގޮތް ނުވަތަ ފެށުނު ގޮތް ތިން މަހައްލެއްގައިވެސ ބުނެފައިވަން އެއީ ގޮތަކަށްކަމާއި، ކުއްޖާ ގޮވައިގެން xxx ދިޔަ ރޭ ހާދިސާ ބަޔާންކޮށްދެމުނ ތިން މަހައްލެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުނ ކުއްޖާ ގޮވައިގެން ފަސްގަނޑަށް ދިޔަ ރޭމަންމ ގުޅަ ވާހަކަކަމާއި، މަންމަ ގުޅުމުން މަންމަ ގާތު ނުބުނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދުނުކަމާއި، ކުއްޖާ މާލެ ގޮސް ކުއްޖާއާ މެދު ހިނގި ކަންތައްތައް ކިޔައިދީފައިވަނީ އެއް ގޮތަކަށް ކަމާއި، މި މައްސަލައިގައި ކަން ވާގޮތް ކުއްޖާގެ ޢާއިލާއާ ރައްޓެހިންނަށް ކިޔައިދިނުމުގެ އިތުރުން، ކުއްޖާ ތިން މަހައްލެއްގައި ހާދިސާ ކިޔައިދީ ބަޔާނެއް ދީފައިވާއިރު، މި ބަޔާންތަކުން ކުއްޖާގެ ކިޔައިދިނުމުގައި ތެދު ބަހުން ވާހަކަ ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލުތައް ހިމެނޭކަމާއި، އަދާއެކި ދުވަސްމަތިން ކުއްޖާގެ ގާތް މީހުންނަށް އެ ވާހަކަ ކިޔައިދީފައިވާއިރު ޖައުހަރީ ފުށުއެރުމެއް ނެތްކަމާއި، ވީމާ، ކުއްޖާ ކިޔައިދިން ކިޔައިދިނުން އެތެރެފުށުން އެއްގޮތްކަމުގައެވެ.

14.6. ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބަލާއިރު، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާ، އެ ކުއްޖާއަށ ޖިންސް އަނިޔާ ލިބުނު ހާދިސާ ތަފާތު ތިން މަހައްލެއްގައި ކިޔައިދިން އިރު، މ މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުން، ކުއްޖާ ތިން މަހައްލުގައި ކިޔއިދިނ ކިޔައިދިނުމާވެސް، ފުށުއެރުމެއްނެތި ސާފުކޮށް، ގުޅިލާމެހިގެންދާގޮތަށް ގުޅިގެންދާކަމާއި، ޝަކުވާކުރި ކުއްޖާ ކިޔައިދިން ކިޔައިދިނުން ބޭރުފުށުން އެއްގޮތްކަމުގައެވެ.

14.7. ޝަކުވާކުރުމުގައި ކުއްޖާގެ އެއްވެސް ނުނިޔަތެއް އޮތްތޯ ބަލާއިރު، އިސްތިއުނާފުކުރާ ފަރާތާމެދު ކުއްޖާ ހިތްހަމަނުޖެހުނީ ކުއްޖާއާމެދު ތަކުރާރުކޮށް ޖިންސީ އަނިޔާތައ ދެމުން ގެންދިޔުމުންކަމަށ ކުއްޖ ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގޭކަމާއި، މި މައްސަލައިގައި ކުއްޖާގެ ކިބައިގައި އިސްތިއުނާފުކުރާ ފަރާތާމެދު ހަދައިގެން ވާހަކައެއް ދައްކަފާނެކަމުގެ އެއްވެސް ހަސަދަވެރިކަމެއް، ނުވަތި ރުޅިވެރިކަމެއް ނުވަތަ ނުނިޔަތެއް އޮތް ސަބަބެއް އިސްތިއުނާފުކުރާ ފަރާތުނ ހުށަހަޅާފައިނުވާކަމާއި، އަދި މުޅި މައްސަލައްގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށ ބަލާއިރު، އެފަދަ ސަބަބެއް އުފަންވާނެކަމެއްވެސް ފާހަގަކުރެވިފައިނުވާކަމުގައެވެ.

14.8. މ މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތަކީ ކުއްޖާގެ މަންމައާ ކައިވެނިކޮށްގެން ހުރި މީހެއްކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތް ހުރީ ކުއްޖާއާމެދު ޖިންސީ ޢަމަލެއް ނުކުރާނެކަމުގ އިތުބާރު ކުއްޖާއަށް އޮތް ކުއްޖާގެ ދޮން ބައްޕައެއްގެ މަޤާމުގައި ކަމެވެ. އިސްތިއުނެފުކުރ ފަރާތާ ކުއްޖާއާމެދު ތަފާތު އެކި ދުވަސް މަތިން، ކުއްޖާގެ ސޯޓުތެރެއަށ ފައް ކޮއްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާ، ކުއްޖާގެ މޭމަތީގައި އަތްލި ކަމަށާ ބުން ބުނުން، ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށާއި، މި މައްސަލައިގައި ހެކިބަސް އަދާކުރި ހްކިންގެ ހެކިބަސް ކުއްޖާގެ ކިޔައިދިން ކިޔައިދިނުމާއި، ގުޅި ލާމެހި ގަތާލެވިގެންދާތީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށުގެ ޢަމަލު ސާބިތުވާކަމުގައެވެ.

14.9. މ މައްސަލައިގައި ތުހުމަތުކުރެވި ކުށުގެ ޢަމަލު ހިންގި ވަގުތު އެބަހީ ޝަކުވާކުރި ކުއްޖާގެ ސޯޓުތެރެއަށ ފައް ކޮށްޕައި، ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލިއިރ އިސްތިއުނާފުކުރު ފަރާތުގާ ނިޔަތަކީ އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު، ޝަހުވާނީ އެދުންވެރިކްމެއ ހާސިލުކުރުމުގެ ނިޔަތުގައި ކަން ނުވަތަ އެކަން ކުރީ ޝަހުވާނީ މަޤްޞަދެއް ނޫން އެހެނ މަޤްޞަދެއ ހާސިލުކުރުމަށް ކަމުގައް ބެލެވެން ނެތްކަން، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއާ ދައްކާފައިވާ ވާހަކަތަކުންނާއި، އިސްތިއުނާފުކުރާ ފަރާތުގެ ޢަމަލުތަކުން ދެނެގަނެވްކަމާއި، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއާމެދު މި ޢަމަލުތައް ހިންގާފައިވަނީ ކުއްޖާއާ ވަކިން އެކަހެރިވެ، އެހެން މީހުންނަށް ނުފެންނާނެހެން ސިއްރިއްޔާތުގައ ކަމަށި ވުމުންވެސ އިސްތިއުނާފުކުރާ ފަރާތުގެ ނިޔަތަކީ ޝަހުވާނީ އެދުންވެރިކަން ހާސިލުކުރުމުގެ ނިޔަތްކަނ އެނގިގެންދާކަމުގައެވެ.

14.10.ޝަކުވާކުރި ކުއްޖާއަކީ އަޚްލާޤު ގޯސް ކުއްޖެއްކަމަށާއި، ދޮގު ހަދައިގެން ވާހަކަ ދައްކާ ކުއްޖެއްކަމަށް ބުން ބުނުމާއި ގުޅިގެން، މި މައްސަލައިގައި ކުއްޖާ ތިން މަހައްލެއްގައ އެއްވެސ ފުށުއެރުމެއްނެތި ކުއްޖާއާ މެދު ހާދިސާ ހިނގާދިޔަގޮތް ކިޔައިދީ އިންޓަވިއު ދީފައިވާކަމާއި، މިތިނ ފަހަރުވެސް ހާދިސާތައ ކިޔައިދޭން ފަށައިގަންނަނީވެސ އެއް ބީދައަކުންކަމާއި، އަދ ޝަކުވާކުރި ކުއްޖާ ތިން މަހައްލުގައި ކުއްޖާއާމެދު ހާދިސާ ހިނގާދިޔަގޮތް ކަމަށް ކިޔާއަދީފައިވ ކިޔއްދިނުމާއި، މި މައްސަލައިގައި ހެކިބަސް އަދާކުރި ހެކިންގެ ބަހާ ގުޅި ލާމެހިގެންދާކަމާއި، ކުއްޖާގެ ބުނުންތައެގުޅުވާލެވޭ ހެކިތައް ކުރިމަތީ އޮވެމެ، ދޮގު ހަދާ ކުއްޖެއްކަމަށް ބުނުމަކުން، ކުއްޖާ ބުނި ބުނުންތައް ނަފީ ކުރެވޭނެ މަންތިޤީ އެއްވެސް ހަމައެއް ނުފެންނަކަމުގައެވެ.

14.11. ޕްރޮސިކިއުޝަނުން ހުށަހެޅި ސިއްރު ހެކިވެރިޔާ،1 23 އޮގަސްޓް 2021 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ބަޔާނެއް ދީފައިވާއިރު، ތަޙްޤީޤުގައި ދިން ބަޔާނާއި ޚިލާފަށް، ކުއްޖާ އެއްވެސ ވާހަކައެއް ކިޔައިނުދޭކަމަށް މި ހެކިވެރިޔާ ޝަރީޢަތުގައި ބުނެފައިވާއިރު، ތަޙްޤީޤުގއ މި ހެކިވެރިޔާ ދިން ބަޔާނަށް ރިޢާޔަތްކުރުމަށް ޕްރޮސިކިއުޝަންގެ ފަރާތުން އެދިފައިވާކަމާއި، މައްސަލައިގައް ހުށަހެޅި ހެއްކަކު ޝަރީޢަތުގެ މަޖިލީހަށް ދޭ ބަޔާނާއި އޭނާ ތަޙްޤީޤަށް ދޭ ބަޔާން ތަޢާރުޒުވުމަކީ އޭނާގެ ހެކިބަހުގެ ތެދުކަމާމެދު ސުވާލު އުފެދި، ހެކިބަސްދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ އަދުލުވެރިކަމުގެ ސިފެހުރިކަމާމެދ ސުވާލު އުފެދޭކަމަށްވާއިރު، މި މައްސަލައިގައި ހެކިވެރިޔ ހުށަހެޅާ ސަބަބުގައި ފާހަގަކުރި ކަންކަމަކީ ހިނގާފައިވާ ކަމެއްނޫންކަމަށ ބުން ހެކިވެރިޔާ ހެކިބަސް ދީފައިވާކަމާއި، އަދި މި ހެކިވެރިޔާ ތަޙްޤީޤަށް ދީފައިވަ ބަޔާނާއި ކަނޑައެޅިގެން ޤަޠަޢީކޮށް ގޅުވާލެވޭނ އެހެނެ ހެއްކެއްވެސް ހުށަހަޅާފައިނުވާތީ، މި ހެކިވެރިޔާގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރެވިދާނެކަމަށް ނުދެކޭކަމުގައެވެ.

14.12. މައްސަލަ ސާބިތުކުރުމަށް ޕްރޮސިކިއުޝަންގެ ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބެލުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގުޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ.އަޙްމަދ މުޚްތާރ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ފަދައިން ޤާނޫނުއަސާސީގެ 51 ވަން މާއްދަގެ )އ( ގައި ކަނޑައެޅިފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބަޔާންކުރާ ކުށް ސާބިތުވާކަމުގައެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

15ބަޔާންކުރަނިވި ނިންމުންނިންމާފައިވ ގޮތާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 5 )ފަހެއް( ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

15.1. އިސްތިއުނާފުކުރު ފަރާތުގާ މައްޗަށް ޝަރީޢަތް ހިންގުމުގައި މައްސަލައިގައި ކުށް ސާބިތުކުރުމަށް ޕްރޮސިކިއުޝަނުނ ހުށަހެޅް ބައެއް ހެކިތައް އިސްތިއުނާފުކުރާ ފަރާތަށް ބެލުމުގެ ފުރުޞަތު ދިނުމެއްނެތި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ )ބ( އާ ޚލާފަށްކަމަށ ބުނެ ހުށަހެޅި ނުކުތާއާއި،

15.2. ޝަކުވާކުރި ކުއްޖާ ދީފައިވާ ބަޔާނަށް ދަށެކޯޓުނ މައްސަލް ނިންމުމުގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.3. ޝަކުވާކުރި ކުއްޖާގެ ބަޔާނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން އެހެން ހެކިންގެ ހެކިބަހުން ނަފީވާއިރު، އެކަންކަމަށް ޝަރީޢަތުން ބުރަދަން ދީފައިނުވުމަކީ ހެކި ވަޒަންކުރުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.4. ޝަކުވާކުރި ކުއްޖާގެ ތެދުވެރިކަމާ ގުޅޭ ގޮތުން އަދި އިސްތިއުނާފުކުރާ ފަރާތާއި އެއްކޮޅަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއްނެތި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.5. ދަށުކޯޓުގައ މައްސަލި ހިންގިއިރު،އިސްތިއުނާފުކުތ ފަރާތާ ތަމްސީލުކުރުމަށިޢުއްޔަންވ ޤާނޫނީ ވަކީލުންގެ ފަރާތުން ދިފާޢު ބިނާކުރުމާއި، ވަކީލާއި މަޝްވަރާކުރުމުގެ ފުރުޞަތު އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާތީ، ދިމިޤްރާތީ މުޖުތަމަޢުތަކުގައި ބަލައިގެންފައިވާ counsel of assistance ineffective ގެ އުޞޫލު ޤާނޫނުއަސާސީގެ 62 ވަނަ މާއްދާއާއި، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލައިގައި ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ )ބ( އާއި )ޅ( އިން ލިބިދޭ އަސާސީ ޙައްޤުތައް އެކަށީގެންވާގޮތެއްގައ އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށް ބުނެ ހުށަހެޅ ނުކުތާއެވެ.

16ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުންއިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގަ )ބ( ގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދީފައިވާ އެއް އަސާސް ޙައްޤްކީ ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ޙައްޤުކަމާއި، މި މައްސަލައިގައި ޝަކުވާކުރި ކުއްޖާ އެކި މަހައްލުގައި ދައްކާފައިވާ ވާހަކަތައް ހިމެނޭ އޯޑިއޯ ވީޑިއޯ ބަޔާން އަދި އެހެނިހެން ބައެއް ލިޔުންތައް ޕްރޮސިކިއުޝަނުން އެދަގެނ ވަކް މިންވަރަ ކްށް މެނުވީ ހާމަނުކުރުމަށް ކޯޓުން ނިންމާފައިވާއިރު، މި މައްސަލައިގައި ކުށް ސާބިތުކުރުމަށް ކޯޓުން އެންމެ ބޮޑަށް ރިޢާޔަތްކުރި އެއް ހެއްކަކީ، ޝަކުވާކުރި ކުއްޖާ ތަޙްޤީޤަށް ދީފައިވާ އޮޑިއޯ/ވީޑިއޯ ބަޔާންކަމުގައިވާއިރު، އެ ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތަށް ބެލުމުގެ ފުރުޞަތު ދީފައިވާ ބަޔާނެއް ނޫންކަމުގައެވެ.

17ކޯޓުން ކަނޑައަޅާޝަރުޠުތަކާއެކުވެސް އެ ވީޑިއޯ ބެލުމުގެ ފުރުޞަތު ދީފައިނުވާކަމާއި، އެހެންކަމުން މ ހެކި ބަލައި ދިރާސާކުރުމަށް ފުރުޞަތު ދިނުމެއްނެތި އެ ހެއްކަށް ރިޢާޔަތްކޮށް އެ ހެއްކަށް ޝަރީޢަތުން ބުރަދަން ދީފައިވުމުން، ދިފާޢު ބިނާކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ހުރަސްއެޅި، އެ ފަރާތުގެ ޙައްޤަށް އުނިކަން އައިސްފައިވާކަމުގައެވެ.

18ދެވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި، ކުއްޖާގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާ ބެހޭ ގޮތުނ ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.

19މ މައްސަލައިގައި ޝަކުވާކުރި ކުއްޖާއަކީ ދައުލަތުން ޝަފަހެހެއްކެއްގ ގޮތުގައެ ހުށަހެޅި ހެއްކެއްކަމާއި، ނަމަވެސް މި މައްސަލައިގައި ދައުލަތުން އެ ހެކި އަނބުރާ ގެންގޮސް، ކުއްޖާގެ ހެކިބަސް ނުނެގުމުން އިސްތިއުނާފުކުރާ ފަރާތަށް އެ ކުއްޖާ ދީފައިވާ ބަޔާނާ ގުޅިގެނ ކްރޮސް - އެގްޒމެ ން ކުރުމުގެ ފުރުޞަތު އެއްވެސް ގޮތަކަށް ލިބިފައިނުވާކަމުގައެވެ.

20އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި އެއްގައި، ކުއްޖާ ނިދަން އޮއްވާ ކުއްޖާގެ ސޯޓުތެރެއަށ މީން ފައިކޮށްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައ އަތްލާފައިވާތީ ކަމަށް ދަޢުވާގައިވާއިރު، ކުއްޖާގެ ރިކޯޑިންގކަމަށ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ނަކަލުކޮށްފައިވާ ބައިގައި އޮތީ "...ދެން މީން ކުރާކަމަކީ، ފައިން ގައިގަ އެކިތަންތަނުގައި އަތްލަނީ. ފައި ޖައްސަނީ..." ކަމަށާއި، މި ކުއްޖާ ފުލުހުންގެ ޚިދުމަތަށް 20 އޮގަސްޓް 2021 ގައި ދީފައިވާ ބަޔާނުގައ އޮތި "އަޅުގަނޑުގެ ގައިގާ ފައި ޖައްސައި ހަދައި" ކަމަށާއި، ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ އެސެސްމި ންޓް ރިޕޯޓު ތައްޔާރުކުރި އެސިސްޓަންޓް ސޯޝަލް ވޯކަރ ޝަރީޢަތަށް ދިން ބަޔާންކަމަށް ފާހަގަކޮށްފައިވާ ކަންކަމުގައިވެސ ދައުލަތުން ބުނެފައިވް ފަދައިން ކުއްޖާ މާލޭގައި ހިނގިކަމަށް ބުނާ ހާދިސާގެ އެއްވެސް ވާހަކައެއް ބުނެފައިނުވާކަމުގައެވެ.

212020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހާއި ދެމެދު އެކި ދުވަސްމަތިން ކުއްޖާ ނިދާކޮޓަރީގައ ނިދާފައި އޮއްވާ ކުއްޖާގެ ސޯޓު ތެރެއަށް މީނާ އަތް ކޮށްޕައ ކުރިމަތ ފަރާތުގައި އަތްލާފައިވާކަމަށ ބުން ބުނުމާއި ގުޅިގެން، ކުއްޖާގެ ރިކޯޑް ންގކަމަށ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ނަކަލުކޮށްފައިވާ ބައިގައި އޮތީ "...ކަރަންޓީނުވެގެނ ދެން މީން ހަމަ ކުރިއަށް ގެންދިޔައީ އެކަންތައް. ނިދަން އޮންނައިރުގައި ގޮއްސަ ސޯޓު ތެރެއަށް އިނގިލި ކަންކަން ކޮށްޕާ" ކަމަށް ބުނެފައިވާއިރު، ކުއްޖާ ފުލުހުންގެ ޚިދމަތަށ 20 އޯގަސްޓް 2021 ގައި ދީފައިވާ ބަޔާނުގައި އޮތީ "މިގޮތަށް ކަރަންޓީނުގައި ހުއްޓާވެސް xxxx އަޅުގަނޑު ނިދާފައި އޮންނަ ރޭތަކުގައި އަޅުގަނޑުގެ ސޯޓު ތެރެއަށް އިނގިލި ކޮށްޕައި ހަދައެވެ." މިފަދައިން ކަމާއި، ސައިކޮލޮޖިކަލް ރިޕޯޓު ތައްޔާރުކުރި ފަރާތަށް ކުއްޖާ ކިޔައދިންކަމަށ ބުން ބުނުމުގައި އޮތީ، "ދެން ދުވާލު ހޫނުކަމުނ އެއް ދުވަހު މަންމަމެން ކޮޓަރީގައި xx އޮތީ ނިދަން. xxއަށް ހޭލެވުނީ އިނގިލި ކޮށްޕީމަ." މިފަދައިންކަމާއި، ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނުގައި އެފަދައިން ރޭތަކުގައި ކަންކުރާކަމަށ ބުނެފައިވާއިރު، ސައިކޮލޮޖިކަލް ރިޕޯޓުގައި ބުނެފައިވަނީ ދުވާލު މަންމަމެން ކޮޓަރީގައި ނިދާފައި އޮއްވާ އިނގިލި ކޮށްޕީކަމަށް ކަމާއި، ރިކޯޑިންގ ގައި އެކަން ކުރަނީ ކޮން އިރަކުކަމެއ ބަޔާންކޮށްފައިނުވާ ކަމުގައެވެ.

22އިސްތިއުނާފުކުރި ފަރާތާ ސައިކަލުގައި ފަޅުރަށްތަކުގެ ތެރެއަށް ކުއްޖާ ގެންގޮސް، ކުއްޖާގެ ކުރިމަތި ފަރާތުގައި އަތްލާފައިވާކަމަށ ބުން ބުނުމާއި ގުޅިގެން، ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި މޭމައްޗާއ ކުރިމަތިފަރާތުގައި އަތްލީކަމަށް ބުނެފައިވީނަމަވެސް، ކުއްޖާގެ ރިކޯޑިންގގައި އެފަދައިން އަތްލިތަނެއް ބުނެފައިނުވާކަމަށާއި، އަދި އިޖުތިމާއީ ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓުގައި ބްރިޖްކައިރީގައ ކުއްޖާ ގައިގައި އަތްލިކަމަށް ބަޔާންކޮށްފައިނުވާކަމަށާއި، ސައިކޮލޮޖިކަލް އެސެސްމެންޓްގައި ކުއްޖާ ލައްވ އިސްތިއުނާފުކުރާ ފަރާތުގެ ޖިންސީ ގުނަވަނުގައި އަތްލެވުނކަމަށާއި،ޖިންސް ބާލާފައިހުރިކަމަށް ބުނެފައިވުމުން، މި ހާދިސާ ކިޔައިދިނުމުގައިވެސ އެކް މަހައްލުގައި އެކި ގޮތަށި ކިޔައިދީފައިވާކަން އެނގޭކަމުގައެވެ.

23ބާދިގޭގައި ގޮނޑިއެއްގައި ކުއްޖާ އިންދާ މޭމަތީގައި އަތްލީކަމަށ ބުން ބުނުމަށް ބަލާއިރު، މިކަމުގައިވެސް ކުއްޖާގެ ބަޔާނުގައި ފުށުއެރުންތައް ހުރުމުގެ އިތުރުން، މި މައްސަލައިގައި ކުއްޖާ ފުލުހުންގެ ތަޙްޤީޤުގައި ސޮއިކޮށްފައިވާ ބަޔާނާއި، އޯޑިއޯ ވީޑިއޯ ބަޔާން އަދާޖެންޑަރގެ އޮފިސަރަށް ދީފައިވާކަމަށް ބުން ބަޔާނާއި، ސައިކޮލޮޖިސްޓަށ ދިންކަމަށް ބުން ބަޔާނުގައިވެސް ހާދިސާ ހިނގާފައިވާ ތާރީޚެއް ނެތްކަމާއި، އެއީ ކޮން މަހެއްކަމެއ އެނގެން ނެތްކަމާއި، އެއްވެސ ހާދިސާއެއްގައި ކުއްޖާ ލައިގެން ހުރި ހިންދުމެއްގެ ތަފްޞީލެއް، އަދ އިސްތިއުނާފުކުރާ ފަރާތް ލައިގެން ހުރި އަންނައުނުގެ ތަފްޞީލެއް ނެތްކަމާއި، ކުއްޖާ އެ ވާހަކަ މަންމައާއި ދައްތައާ ދެއްކި ކޮން ތަނެއްގައިކަން ފަދަ ތަފްޞީލެއް ނެތްކަމާއި، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފު ތެދު ހެކިބަހެއްކަމަށް ބެލެވޭފަދަ ތަފްޞީލެއް އެ ހެކިބަސްތަކުގައި ބަޔާންކޮށްފައިނުވާކަމުގައެވެ.

24ތިންވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ހެކިން ދައްކާފައިވާ ވާހަކަތަކުގައި ހުރި ކަންކަމުން ޝަކުވާކުރި ކުއްޖާ ތަޙްޤީޤު މަރުޙަލާގައި ދައްކާފައިވާ ވާހަކަތައް ނަފީވާއިރު، ހެކި ވަޒަންކުރުމުގައި އެކަމަށް ޝަރީޢަތުން ބުރަދަންދީފައިނުވާކަމުގައެވެ.

25ކުއްޖާގެ ތަޙްޤީޤު ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަ ކުއްޖާގެ މަންމައަށް އެނގުނުކަމުގައި ބުނިނަމަވެސް، ކުއްޖާގެ މަންމަ 21 އޮގަސްޓް 2021 ގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނުގައި މިވާހަކަ ކުއްޖާ ބުނެފައިން ވާކަމަށް ބުނެފައިވާކަމުގައެވެ. މީގެ އިތުރުން ކުއްޖާގެ މަންމަގެ ކައިރީގައި އެއްޗެއް ބޭނުންވެގެން ބުނާއިރަށް، އެ އެއްޗެއް އިސްތިއުނާފުކުރާ ފަރާތުން ގަތުމަށް ފައިސާ ދީ ހަދާކަމުގައި ކުއްޖާގެ ބަޔާނުގައި ބުނާއިރު، ކުއްޖާގެ މަންމަ 21 އޮގަސްޓް 2021 ގައް ދިވެހި ފުލާހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނުގައި ކުއްޖާ ކޯކު ފަދަ ފުޅި ބޭނުންވެގެން ވަރަށް ގިނައިން ކުއްޖާގެ މަންމަގެ ކައިރީގައި ބުނެ ހަދާކަމާއި، ކުއްޖާ ބުނެފިނަމަ ބޭނުންވާ އެއްޗެއް ހޯދައިދޭކަމުގައި ބުނެފައިވާކަމުގައެވެ.

26ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ނިދާއިރު ޖިންސް ލައިގެން އުޅެނީ އިސްތިއުނާފުކުރާ ފަރާތް ކުއްޖާ ނިދާފައި އޮންނައިރު ސޯޓު ތެރެއަށް އިނގިލިކޮށްޕާތީކަމުގައި ބުނާއިރު، ކުއްޖާގެ މަންމަ 21 އޮގަސްޓް 2021 ގައަ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނުގައި ކުއްޖާ ނިދާއިރު ބާރު ޖިންސު ލައިގެން އުޅޭކަމާއި، އަދި ކުއްޖާގެ ދައްތަ 23 ޖަނަވަރީ 2022 ގައި ދިން ހެކިބަހުގައި ކުއްޖާ ކުޑައިރުއްސުރެވެސ ޖިންސް ލައިގެން އުޅޭކަމަށް ބުނެފައިވާކަމުގައެވެ.

27ކުއްޖާއަކީ "ހަދައިގެން ވާހަކް ދައްކަފާނެ ކުއްޖެއް" ކަމަށް ކުއްޖާގެ މަންމަ ދިން ހެކިބަހުގައި ބުނެފައިވާކަމުގައެވެ.

28ދައުލަތުގެ ފަރާތުންހުށަހެޅ ސިއްރު ހެކިވެރިޔާ 1 އކަ ޝަކުވާކުރީ ކުއްޖާއަށް ޖިންސީ ގޯނާ ލިބުނުކަމުގެ ވާހަކަ އޭނާއަށް އެ ކުއްޖާ ކިޔައިދިންކަމަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅ ހެއްކެއްކަމުގައިވާއިރު، އޭނާގެ ހެކިބަހުގައި އެފަދަ ވާހަކައެއް ކުއްޖާ ދައްކާފައިނުވާކަމަށް ބުނެފައިވާކަމުގައެވެ.

29މިކަންކަމަށް ބަލާއިރު، ކުއްޖާ ދައްކާފައިވާ ބައެއް ވާހަކަތައް ނަފީވެގެންދާއިރު،ހެކި ވަޒަންކުރުމުގައި މިކަމަށް ރިޢާޔަތްނުކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔަންކުރާ ޢަދުލުވެރި އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިގެންދކަމެއ ކަމުގައެވެ.

30ހަތަރުވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ކުއްޖާގެ ތެދުވެރިކަމާގުޅޭ ކަންކަމަށް ބަލާއިރު، ކުއްޖާގެ މަންމަ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ކުއްޖާ ބޭނުންވެގެނ ބުނުމުން ކުއްޖާގެ މަންމަ އެއްޗެހި ގަނެދޭކަމާއި، ކުއްޖާއަށް އަނިޔާލިބުނު ވާހަކަ ކުއްޖާ ބުނެފައިނުވާކަމާއި، ކުއްޖާ ނިދާއިރ ބާރު ޖިންސު ލައިގެން ނީދކަމުގައި ބުނެފައިވާއިރު، ކުއްޖާއަކީ ހަދަހަދައިގެނ ވާހަކް ދައްކަފާނެ ކުއްޖެއްކަމަށް ޝަރީޢަތުގައި ކުއްޖާގެ މަންމަ ބުނެފައިވާކަމުގައެވެ.

31ދައުލަތުގެ ހެކިވެރިޔާގ8ތަޙީޤީޤު ބަޔާނުގައިވެސް އަދި ހެކިބަހުގައި، ޝަކުވާކުރި ކުއްޖާއާ ބެހެނީ ކިހިނެއްކަމެއް ކުއްޖާ ބުނެފައިނުވާކަމަށް ބުނެފައިވާކަމުގައެވެ.

32ސިއްރު ހެކި 1 ހެކިބަސް ދެމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އަތްލަނީކަމަށް ބުނެ އެފަދަ ވާހަކައެއް ކުއްޖާ ދައްކާފައިނުވާކަމުގައެވެ.

33ދައުލަތުގެ ހެކިވެރިޔާ 7 ގެ ހެކިބަހުގައި ބުނެފައިވަނީ ޝަކުވާކުރި ކުއްޖާއަކީ އަޚްލާޤު ރަނގަޅު ކުއްޖެއްނޫންކަމާއި، ވަރަށް ދޮގު ހަދާ ކުއްޖެއް ކަމުގައެވެ.

34ދިފާޢާ ގެ ހެކިވެރިޔާ 5 ގެހެކިބަހުގައ ޝަކުވާކުރި ކުއްޖާއަކީ މީނާގެ ދައްތަގެ ދަރިއެއްކަމާއ އެއި ވަރަށް ދޮގު ހަދާ ކުއްޖެއްކަމުގްއި ބުނެފައިވާކަމުގައެވ. އަދި ކުއްޖާ ބޭނުންވާ ޓާގެޓަށ އެކަންތައް ކުރުމުގެ ގޮތުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަމުގައެވެ.

35ދައުލަތުގެ ހެކިވެރިޔާ 2 ގެ ހެކިބަހުގައި ވަރަށް ގިނަ ކަންކަމުގައި އެ ކުއްޖާ ދޮގުހަދާކަން

36އިސްތިއުނާފުކުރާ ފަރާތާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ޝަކުވާކުރި ކުއްޖާގެ މަންމައާ މީން ރައްޓެހިވެގެން އުޅުނުއިރުވެސް، ކުއްޖާ ބޭނުންވަނީ ކުއްޖާގެ ބައްޕަ ކަމުގައި ބުނެފައިވަކަމުގައެވެ.

37އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/332 ޢަލީ ޝިވާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރެޤަޟިއްޔާގައި ކުއްޖާގެ ހަދަހަދައިގެން ވާހަކަ ދައްކަފާނެކަމުގެ މައްޗަށް ބިނާވާ އުޞޫލުތަކަކީ، ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގެ ދަށުނ ތަބާވުން ލާޒިމް ނިންމުންތަކެއްކަމުގައިވާއިރު، މި ނުކުތާގައި ފާހަގަކޮށްފައިވާ މި ހެކިތަކުން މައްސަލައިގައި ކޮށްފައިވާ ދަޢުވާ ޤާނޫނުއަސާސީގެ 51 ވާނަ މާއްދާގަ )އ( ގައި ބަޔާންކޮށްފައިވް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާކަނ ސާފުކޮށް އެނގޭއިރު، ޝަރީޢަތުން ގޮތެއް ނިންމުމުގައި އިސްވެ ފާހަގަކުރެވުނު ޙަޤީޤަތްތަކާއި ހެކިބަހާއި ބަޔާންތަކަށް ބުރަދަނެއް ދީފައިނުވުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއް ނޫންކަމުގައެވެ.

38ފަސްވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ޤާނޫނުއަސާސީގެ 51 ވަނީ މާއްދާގަ )ބ( އަދި )ޅ( ގައި ޤާނޫނީ ވަކީލުގެ އެހީތެރިކަން ލިބުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާއިރު، އެފަދައިން އެ ލިބިދޭ ޙައްޤު ލިބިފައިވާކަމަށް ބެލެވޭނީ ޤާނޫނ ވަކީލުގެ ފަރާތުންއެކަށީގެންވާ ގޮތެއްގައި ޤާނޫނީ އެހީތެރިކަން ލިބިދޭ ޙާލަތުގައިކެމެވެ. މިއީ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައިވެސް ބަލައިގަނެފައިވާ އުޞޫލެއްކަމުގައެވެ. ޤާނޫނުއަސާސީގެ 62 ވަނަ މާއްދާ )އެހެނިހެން ޙައްޤުތައް ލިބިދިނުން( އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ )އަސާސީ ޙައްޤުތައް ކޯޓުތަކުން މާނަކުރުން( އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ )ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަނުކުރުން( މި މާއްދާތަކުގެ އަލީގައިވެސް މި އުޞޫލުތައް ރާއްޖެއަށް ތަޠުބީޤުކުރެވޭނެކަމުގައެވެ.

39ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ Washington v. Strickland ޤަޟިއްޔާގައި ޤާނޫނީ ވަކީލިގެ އެހީތެރިކަން މާނަހުރިގޮތެއްގައި ނުލިބުން (ineffective assistance of counsel) މި އުޞޫލު ތަޠުބީޤުކުރުމުގައި ބަލަންޖެހޭ ޓެސްޓެއް ކަނޑައަޅާފައިވާކަމާއި، މިގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވނަ އަންނަނިވުމައިގަނޑު ޓެސްޓކަމުގައެވެ. (1) The trial lawyer’s performance fell below an objective standard of resonableness (2) There is a reasonable probability that if it weren’t for the lawyers unprofessional errors, the result of the proceedings would have been different.

40މި މިންގަނޑުގެ ތެރެއިން، ފުރަތަމަ މިންގަނޑު މި މައްސަލައަށް ތަޠުބީޤުކޮށް، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

40.1. މި މައްސަލައިގައި އެންމެ ފުރަތަމަ ޢާއިލާގެ ފަރާތުން ހަމަޖެއްސި ވަކީލަކީ، އަލްއުސްތާޛު ޙަސަން ނަޞީރު ކަމުގައެވެ.

40.2. އޭގެ ފަހުން މި މައްސަލައަށް އިތުރު ދެ ވަކީލަކުޢައްޔަންވިކަން އެނގޭކަމުގައެވެ. ފުރަތަމަ ޢްއްޔަންކުރި ވަކީލަ އިބްތިދާއީ މަރުޙަލާގައި މައްސަލައިން ތަނާޒުލުވުމަށްފަހު، ދެނިޢްއްޔަންވ ވަކީލުވެސް ދުވަސްކޮޅެއްގެ ތެރޭގައި މައްސަލައިން ތަނާޒުލުވިކަމާއި، އަދި ތިންވަނައަށ ޢއްޔަންވި ވަކީލާއެކ ޝަރީޢަތު ފެށި، ޚުލާޞާ ގޮތެއްގައި ވާހަކަދެއްކުމާ ހަމައަށް ދެވިފައިވަނިކޮށް އެ ވަކީލުވެސް ތަނާޒުލުވިކަމާއި، އޭގެ ފަހުން އަނެއްކާވެސްޢި އްޔަންވީ އެންމެ ފުރަތަމަ އިބްތިދާއީ މަރުޙަލާގައި ޢައްޔަންވި ވަކީލު ކަމުގައެވެ.

40.3. ޢައިލާއިން ޢްއްޔަންކުރުމަށ ހުއްދް ދީފައިވަނީ ހަމައެކަނި އަލްއުސްތާޛު ޙަސަން ނަޞީރުކަމާއި، މައްސަލައިގެ ތެރެއިން އިތުރު ވަކީލުނަ ޢައްޔަންކޮށް ތަނާޒުލުވެފައިވަނީ ޢާއިލާއިނ ހުއްދް ދީގެންނޫން ކަމުގައެވެ.

40.4. މ މައްސަލައިގައި އިބްތިދާއީ މަރުޙަލާގެ ވަކި ހިސާބަކުން ފެށިގެން ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާއާ ދެމެދު އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުނ ނުވަތަ އޭނާގެ ޢާއިލާއިން އިޚްތިޔާރުކުރި ވަކީލުނޫންކަމުގައެވެ.

40.5. 2022 ވަނަ އަހަރު ޖޫން މަހުގައި ބޭއްވުނު އަޑުއެހުމުގައި މައްސަލައިގެ )ޚުލާޞާ ބަޔާން ހުށަހެޅުމަށް ބޭއްވުނު އަޑުއެހުމުގައި( މައްސަލައިގެ ލިޔުންތައް ނުލިބޭކަމަށް ދިފާޢީ ވަކީލު ބުނިކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތް މައްސަލައިން ދިފާޢުވުމަށްޓަކައި ދިފާޢު ބިނާކި ރުމަށާއ އަދި ހެކިންނާ ސުވާލުކުރުމަށް ބޭނުންވާ ލިޔުންތައް ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިނުވާކަނ ސާފުކޮށް އެނގޭކަމުގައެވެ. އަދި ހެކިތައް ރައްކާތެރިކުރުމުގ އަމުރުގެ ދަށުން، އެގޮތުގެ މަތިން ލިޔުންތައް ބެލުމުގެ ފުރުޞަތު އިސްތިއުނާފުކުރ ފަރާތަށް ލިބިފައިނުވާކަމުގައެވެ. މި މައްސަލައިގެ މައިގަނޑު އަސާސަކީ ކުއްޖާގެ ރިކޯޑިންގ ކަމުގައިވާއިރު، އެ ރިކޯޑިންގ ބެލުމުގެ ފުރުޞަތުވެސް ލިބިފައިނުވާކަމުގައެވެ.

40.6. މި މައްސަލައިގައި ވަކީލު ދިފާޢު ބިނާކުރުމ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތާ މަޝްވަރާކޮށްފައިނުވެ ތ، އިސްތިއުނާފުކުރާ ފަރާތުން ބޭނުންވި ބައެއް ހެކިތައް އަދި އ ހެކިތަކުން ސާބިތުކުރަން ބޭނުންވި ކަންކަން ހުށަހެޅިފައިނުވާކަމުގައެވެ.

40.7. އިސްތިއުނާފުކުރާ ފަރާތުގާ ބައެއް ހެކިތައް ބަލައިނުގަތުމަށް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން، އެ ނިންމުން އިސްތިއުނާފުކުރުމަށް ވަކީލުގެ ފަރާތުން މަޝްވަރާ ލިބިފައިނުވާކަމުގައެވެ.

40.8. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން އެ ފަރާތުން ހުށަހެޅި ހެކިވެރިޔާ 6 ހެއްކެއްގ ގޮތުގައެ ބަލައިނުގަތުމަށް ނިންމިއިރު، މިއީ މުހިންމު ހެއްކެއްކަމާއި، މި ހެކި ބަލައިނުގަތުމަށ ނިންމުމުން އެކަމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުގެ ދިފާޢުވުމުގެ ޙައްޤަށް ހުރަސްއެޅިފައިވާކަމާއި، ނަމަވެސް މި ނިންމުން އިސްތިއުނާފުކުރުމަށް ވަކީލުގެ ފަރާތުން ލަފާ ދީފައިނުވާކަމުގައެވެ.

40.9. އިސްތިއުނާފުކުރެ ފަރާތަށްވްސ ހެކިބަސް ދިނުމަށް އޮތް ފުރުޞަތު ގެއްލިފައިވަނީ އެފަދައިން ހެކިބަސް ދިނުމަށް ވަކީލު ލަފާދީފައިނުވާތީކަމަށާއި، މިކަމުގެ ސަބަބުން ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ގެއްލިގެން ގޮސްފައިވާކަމުގައެވެ.

40.10. މި މައްސަލައިގައި ހެކިންނާ ސުވާލުކުރުމާއި، ހެކި ހުށަހެޅުމުގައިވެސް ވަކީލު ޢަމަލުކޮށްފައިވަނީ ސަބަބުވެރި އަދި ޕްރޮޕެޝަނަލް ގޮތެއްގައި ނޫންކަމުގައެވެ.

41ބަޔާންކުރަނިވި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދެވަނަ މިންގަނޑު މި މައްސަލައަށް ތަޠުބީޤުކޮށް، އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

41.1. ވަކީލާއި އިސްތިއުނާފުކުރި ފަރާތާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށްފައިނުވާތީ، މައްސަލައިގައި ދިފާޢު ހުށަހެޅުމާއި، ހެކި ހުށަހެޅުމާއި، ހެކިންނާ ސުވާލުކުރުމުގައި އިސްތިއުނާފުކުރު ފަރާތުން ފާހަގަކުރަން ބޭނުންވި އެތައްކަމެއް ފާހަގަކުރުމުގެ ފުރުޞަތު ލިބިފައިނވާކަމުގައެވެ.

41.2. އިސްތިއުނާފުކުރު ފަރާތަށް އޭނާގެ ދިފާޢުގައި ހެކިބަސް ދިނުމުގެ ފުރުޞަތު އޮތްކަން ވަކީލުގެ ފަރާތުން އިރުޝާދު ލިބުނުނަމަ، ކަން ހިނގައިދިޔަގޮތް ކިޔައިދިނުމުގެ ފުރުޞަތު ލިބުނީސްކަމާއި، އެކަން ކޯޓަށް ނަޒަރުކުރެވި އެހެން ހެކިންގެ ވާހަކަތަކުގައި ކުއްޖާގެ ތެދުވެރިކަމާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް އިތުރު ކަށަވަރުކަމެއް ލިބުނީސްކަމުގައެވެ.

41.3. ވަކީލުންގެ ފަރާތުން އެކަށީގެންވާ ހަމައިކަނ ޤާނޫން އެހީތެރިކަން ފޯރުކޮށްދިންނަމަ، މ މައްސަލައިގައި ދަށު ކޯޓުގެ ނިންމުމަށް ބަދަލު އައުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ސާފުކޮށް

42އިސްތިއުނާފުކުރާ ފަރާތް ދަށު ކޯޓުގައި ތަމްސީލުކުރި ވަކީލުންގެ ފަރާތުން ފޯރުކޮށްދީފައިވާ ޤާނޫނީ އެހީތެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައިވާ ޤާނޫނީ އެހީތެރިކަމެއް ނޫންކަން ސާފުކަމާއި، ineffective assistance of counsel ގ އުޞޫލު މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި އެކި މައްސަލަތަކުގައި ތަޠުބީޤުކޮށްފައިވާކަމާއި، މިގޮތުން ޔުނައިޓެޑް ސްޓޭޓްސ ކޯޓް އޮފް އެޕްލް ފޯ ދ ފޯތް ސަރކިޓ United States of America v. Nicholas Ragin ޤަޟިއްޔާގައި ވަކީލު ޝަރީޢަތުގައި ނިދާފައިވުމުނ ޤާނޫން ވަކީލުގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ގެއްލިފައިވާކަމަށ ކަނޑައަޅާފައިވާކަމުގައެވެ.

43ޝަރީޢަތް ނިމެންދެން އިސްތިއުނާފުކުރާ ފަރާތް ހުރީ ބަންދެއްގައިކަމުން، ޤާނޫނީ ވަކީލާއި ގުޅައި ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައިނުވާކަމާއި، އެއްވެސް ގޮތަކަށް އަލްއުސްތާޛ ޙަސަން ނަޞީރ އިސްތިއުނާފުކުރު ފަރާތާ އެކަށީގެންވާ ގޮތެއްގައި ބައްދަލުކޮށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިނުވާކަމާއި، ދަށު ކޯޓުގެ މުޅި މަރުޙަލާގައިވެސް ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގައ ޤާނޫނީ ވަކީލާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރެވިފައިނުވާކަމުގައެވެ.

44ޤާނޫނު ނަންބަރު 2019/5 )ދިވެހިރާއްޖޭގ ޤާނޫނެ ފަންނުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު"(ގ 39 ވަނަ މާއްދާގެ )ހ( ގައި ޤާނޫނީ ވަކީލުން މުއްވައްކިލުންގެ 18 th No. 14-7245 (4 Cir. 2016) ޙައްޤުތަކާއި، މަޞްލަޙަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤާނޫނ ވަކީލުންގެ ސުލޫކީ ގަވާއިދުގެ ޖަދުވަލު ގ1 5.4 އާއި ޖަދުވަލު ގ2 1.2ގެ 1.2.5 އަދި 1.2.7 އަދި 1.2.8 އާ ޚިލާފުވެފައިވާކަމުގައެވެ.

45އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ.

45.1. ދށަ ކޯޓުނު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި 51 ވަނަ މާއްދާގެ )އ( އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި،

45.2. ދށަ ކޯޓުނު އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކޮށްފައިވާގޮތުން އެއީ counsel of assistance ineffective ކަމަށް ކަނޑައަޅައިދިނުމަށާއި،

45.3. ދަށް ކޯޓުނު ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި މައްސަލައިގެ ޙުކުމް ބާޠިލުކޮށް އިސްތިއުނާފުކުރާ ފަރާތް ބަންދުން މިނިވަންކުރުމަށް އަމުރުކޮށްދިނުމަށާއި،

45.4. އިސްތިއުނާފަށް ހުށަހަޅާފައިވާ ފުރަތަމަ 04 )ހަތަރެއް( ނުކުތާއަށް ރިޢާޔަތްކޮށް މައްސަލައިގެ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާނަމަ، ދަށު ކޯޓުނ އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކޮށްފައިވާގޮތުން އެއީ ineffective assistance of counsel ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ޝަރީޢަތްކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ދަށު ކޯޓަށް މައްސަލަ ތަޙުވީލުކޮށްދިނުމަށާއި،

45.5. ދަށާ ކޯޓުގު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ބައެއް ބަޔާންތަކާއި ލިޔުންތައް އެ ކޯޓުން ދޫކުރި ލިޔުމުގައި ނެތުމުން އެ ލިޔުންތައް ލިބުމުން އެ ލިޔުންތައް ދިރާސާކޮށް އިސްތިއުނާފީ ދަޢުވާ އިސްލާޙުކުރުމަށް ފުރުޞަތު ދެއްވުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

46ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިދައުލަތުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކޯޓުނ 28 އޮކްޓބަރޫ 2021 ގައި ނެރެފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރު" އަށް ބެލުމުން، އަނިޔާ ލިބުނު ކުއްޖާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނުގެ އިންޓަވިއު ވީޑިއޯ ރެކޯޑިންގ ރައްކާތެރިކޮށްފައިވަނީ ވަކި މިންވަރަކަށް ކަން އެނގޭކަމިށއި، މި ހެކި ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާލިބޭ މީހާއަށާއި ދިފާޢީ ވަކީލަށް ބެލުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވާކަމުގައެވެ.

47މިކަމާ ގުޅިގެން ސާފުކުރެވުނު މަޢުލޫމާތުން، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރި ވަކީލު އަލްއުސްތާޛާފާޠިމަތު ސަމްޙާ ސަޢީދުއަށް ރެކޯޑިންގ ބެލުމުގެ ފުރުޞަތު ދެވުނުކަމާއި، ކޯޓަށް ގޮސް، ހެކި ބަލައި ދިރާސާކޮށްފައިވާކަނ ކޯޓުން މަޢުލޫމާތު ދީފައިވާކަމުގައެވެ. އެހެންކަމުން، ދިފާޢު ވަކީލު ކޯޓަށް ގޮސް، މި ހެކި ދިރާސާކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ފާހަގކުރާގޮތަށް، ދިފާޢު ބިނާކުރުމުގެ ޙައްޤަށް އުނިކަން އައިސްފައިވާކަމަށް ބަލާނެ ޖާގައެއްނެތްކަމުގައެވެ.

48ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައިދައުލަތުން ބުނެފައިވަނީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު"ގެ 127 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ ހެއްކެއްގެ ގޮތުގައި ކުޑަކުއްޖެއްގެ ހެކިބަސް ނަގަން ޖެހިއްޖެނަމަ، އެކަން ކުރަންވާނީ އެ ކުއްޖާގެ ހެކިބަސް ނެގުމަށް ކޮންމެހެން މުހިންމުވާނަމަ ކަމުގައި ބަޔާންކޮށފައިވާކަމުގައެވެ.

49މ މައްސަލައިގައިކުއްޖާގެ ނަފްސާނީ ޙާލަތަށް ރިޢާޔަތްކޮށް، ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުމުގެ ބަދަލުގައި މައްސަލައި ގުޅިގެނާ ދިވެހި ފުލުހުންގެ ޚިދުމަތަށް ކުއްޖާ ދީފައިވާ އިންޓަވިއު ރިކޯޑިންގއަށ ރިޢާޔަތްކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދާފއިވާތީ، ކުއްޖާގެ ހެކިބަސް ނެގުމަކީ ނުލައި މައްސަލަ ކުރިއަށް ގެންދިޔުމަށް ފަނޑިޔާރު ނިންމާފައިވާކަމުގައެވެ.

50ކުއްޖާ ކިޔައިދޭ ކިޔައިދިނުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގައި ޖައުހަރީ އެއްވެސް ފުށުއެރުމެއްނެތްކަމަށާއި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ފުށުއެރުންތަކެއް ހުރިނަމަވެސް، އެއީ ޖައުހަރީ ފުށުއެތުންތަކެއް ކަމަށެނުވާނަމަ، ކުއްޖާގެ ހެކިބަސް ނަފީނުވާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ މުޚްތާރު ޤަޟިއްޔާއިން އެނގޭކަމުގައެވެ.

51މި މައްސަލައިގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 52 ވަނަ ނުކުރާއިން ފެށިގެން 53 ވަނަ ނުކުތާގެ ނިޔަލަށް ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް މައްސަލައިގައި ހެކިން އަދާކުރި ހެކިބަހުން ބާރުލިބޭ ގޮތް ބަޔާންކޮށްފައިވާކަމާއި، އަދި ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފާށުނާނުއި ބޭރުފުށުން އެއްގޮތްވާ މިންވަރާއި، ކުއްޖާގެ އަޚްލާޤާއި ނުނިޔަތެއް އޮތްތޯ ބަލައި ހެކި ވަޒަންކިރމުގައެވަރަށް ތަފްޞީލީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް ތަޠުބީޤުކޮށްފައިވާކަމުގައެވެ.

52މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މައްސަލައިގައި ހެކި ވަޒަންކޮށް މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމުގައެވެ.

53ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީމ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ކަންކަމގައ މައްސަލައިގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި ޖައުހަރީ ފުށުއެރުމެއ ހުރިކަމަށް ދަލާލާތުކޮށްދޭ ސަބަބުތަކެއްނޫނެވެ. އަދި މިއީ މި މައްސަލައިގައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި، ކުއްޖާގެ އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓާއި، ކުއްޖާގެ ނަފްސާނީ ޙާލަތު ވަޒަންކުރާ ރިޕޯޓުގައި ކުއްޖާއަށް އިސްތިއުނާފުކުރާ ފަރާތުގެފުށުން ލިބިފައިވާ ޖިންސީ އަނިޔާ ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތްކަމުގެ ޙަޤީޤަތް ނަފީވެގެންދާނެވަރުގ ފުށުއެރުންތަކެއްނޫންކަމުގައެވެ.

54މި މައްސަލައިގައި ސިއްރު ހެކިވރިޔެގ1 ތަޙޤީޤު ބަޔާނަށް ރިޢާޔަތްކޮށްފައނުވާކަމުގައެވެ.

55މައްސަލި ބަލަ ފަނޑިޔާރާ ޤާނޫނު ގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމުން، ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުން ބުނުމުން، މައްސަލަ ހައިކޯޓުގެއި އިސްތިއުނާފުކުރަނ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ ހުއްދަކުރާ މިންގަނޑަށް ވާސިލެއްނުވެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު 2019/SC-L/91 އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންމައްސަލައިގައި ބަޔާންކުރެއެވެ. މި ނުކުތާއަކީ، އިސްތިއުނާފީ އޮޅިގަނޑެ ގިރާނުކުރެވޭ ނުކުތާތަކެއްކަމަށް ދެކޭކަމުގައެވެ.

56ހަތަރުވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 79 ވަނަ ނުކުތާގައި ދިފާޢުން ހުށަހެޅި ހެކިން ކުއްޖާ ދޮގު ހަދައިގެން ވާހަކަ ދައްކާކަމަށް ހެކިބަސް ދީފައިވާކަމަށާއި، އެހެންނަމަވެސް ކުއްޖާ ތިން މަހައްލެއްގައި އެއްވެސް ފުށުއެރުމެއްނެތ ކިޔައިދީފައިވާ ކިޔްއިދިނުމާއި، މައްސަލައިގެ ޝަރީޢަތުގެ ހެކިބަހާއި ގުޅުވާލެވޭކަމަށާއި، ކުއްޖާއަކީ ދޮގުހަދާ ކުއްޖެއްކަމަށް ބުނާ ބުނުމަކުން ކުއްޖާގެ ވާހަކަތައް ނަފީކުރެވިފައިވާކަމަށ ޝަރީޢަތަށް ބުރަނުވެވޭކަމަށް ނިންމާފައިވާކަމުގައެވެ.

57އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކާއި ހެކިންގެ ހެކިބަސް ލިބިފައިވާގޮތް ވަޒަންކޮށްފައިވާކަން ސާފުކަމުގައެވެ. މީގެ އިތުރުން، އެއްވެސް ހެއްކެއްގެ ހެކިބަހުން މައްސަލައިގެ ޝަކުވާކުރި ކުއްޖާއަށް އިސްތިއުނާފުކުރި ފަރާތުން ޖިންސީ ގޯނާކުރިކަމށ ބުން ދޮގު ހަދަންޖެހޭ ފަދަ ސަބަބެއް ދެއްކިފައިނުވާކަމުގައެވެ.

58ފަސްވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ineffective assistance of counsel ގ ދިފާޢިގެ ފައިދާ ދަޢުވާލިބޭ ފަރާތަކަށް ލިބިދެވޭނީ، ވަކީލުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ ވަރަށްވުރެ ދަށްވެފައިވުމުގެ އިތުރުން، ޤާނޫނީ ޚިދުމަތް ދިނުމުގައި އެފަދަ އުނިކަމެއް ނެތްނަމަ، މައްސަލައިގެ ނަތީޖާ ތަފާތުވުމުގެ ފުރުޞަތު އޮންނަ ޙާލަތުގައިކަން Strickland v. Washington ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި، މިއީ ވަރަށް ހަރުކަށި ނަޒަރަކުން ބަލައި ތަޠުބީޤުކުރެވޭނެ ދިފާޢެއްކަމުގައެވެ.

59ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާ މަޤްޞަދަކީ ޤާނޫނީ އެހީތެރިކަމުގެ ފެންވަރު ރަނގަޅުކުރުން ނޫންކަމަށާއި، އެ ޙައްޤު ކަށަވަރުކޮށްދީފައިވަނީ މުވައްކިލުންނަށ އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދިނުމަށް ކަމުގައެވެ.

60ވާކީލުނ ކޮށްފައިވް މަސައްކަތަކާ އެކަށީގެންވާ މިންވަރަށް ފެންވަރު ރަނގަޅު މަސައްކަތެއްކަމަށް ކޯޓުން ޤަބޫލުކުރަންވާނެކަމާއި، ވަކީލުގެ މަސައްކަތަކީ މައްސަލައަށް އެކަށީގެންވާ މަސައްކަތެއްނޫންކަނ މުއްތަހަމް ސާބިތުކޮށްދޭންޖެހޭނެކަމުގައެވެ.

61މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ އެއްވެސް ކަމަކީ އޭގެ ސަބަބުން ޤާނޫނުއަސާސީގެ ޙައްޤުތަކަށް އުނިކަން އައިސްފައިވާ ސަބަބުތަކެއް ނޫންކަމުގައެވެ.

62މައްސަލައިގެ އެންމެހައި އަޑުއެހުންތައް ކުރިއަށް ގެންދެވިފައިވަނީ އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރާނ ވަކީލެއްގެ ޙާޟިރުގައިކަމާއި، މައްސަލައިގައި ވަކީލު ބަދަލުވެފައިވާ ކޮންމެ ފަހަރެއްގައ އެކަނި ޝަރީޢަތުގައި އިޢުލާނުކޮށް، ލިޔުންތައް ލިބިފައިވާކަން ކަށަވރުކުރުމަށ ސުވާލުކޮށްފައިވާކަމާއި، ވަކީލު ބަދަލުވުމުގެ ޝަކުވާއެއް، ނުވަތަ ޝަރީޢަތަށް ޙާޟިރުވި ވަކީލކ އެ ފަރާތުން ޢެ އްޔަންކޮށްފައިވާ ވަކީލެއްނޫންކަމެއ ބުން އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަމުގައެވެ. ދަށް ކޯޓުގައު ވަކީލުންގެ ޚިދުމަތް ލިބިގަތުމަށްފަހު، އައީ އިސްތިއުނާފުކުރާ ފަރާތަށް އެނގިގެން ޢއްޔަންވެފައިވާ، ނުވަތަ އެ ފަރާތުން އައްޔަނުކުރި ބައެއް ނޫންކަމަށް ބުނެ މިހާރު ޝަކުވާކުރުމުގެ ފުރުޞަތު އެ ފަރާތަށް ލިބިދެވިގެން ނުވާނެކަމުގައެވެ.

63ވަކީލުން ބަދަލުވުމުގެ ކަންކަން ހިނގާދިޔަގޮތާއި، ރައްކާތެރިކޮށްފައިވާ ލިޔުންތައް މައްސަލައިގައި ހުރިކަނ އެނގެން އޮތުމުން، ލިޔުންތައް ހޯދުމަށް ވަކީލުން އެކަށީގެންވާ މަސައްކަތްކޮށްފައިވާކަނ އެނގޭކަމުގައެވެ. މައްސަލައިގައި ރައްކާތެރިކުރެވުނު ހެކީގެ ތެރޭގައުހިމެނޭ ކުއްޖާގެ ރިކޯޑިންގ ބަލައި ދިރާސާކުރުމަށް މައްސަލައިގައި މަސައްކަތްކުރި ވަކީލެއްކަމުގައިވ އަލްއުސްތާޛާ ފާޠިމަތު ސަމްހ ސަޢީދާ ކޯޓަށު ޙާޟިރުވިކަނެދަށ ކޯޓުގ 09 ފެބުރުވަރީ 2023 ގެ ސިޓީން

64ޖެންޑަރ އެސެސްމެންޓް ރިޕޯޓް ނުފެނި އެ ރިޕޯޓު ތައްޔާރުކުރި މީހާއާ ސުވާލުނުކުރެވޭނެކަމަށ ބުނުމަށްފަހު، ރިޕޯޓު ތައްޔާރުކުރި ފަރާތް ދިން ހެކިބަހުގެ މައްޗަށް އެފަރާތ ކްރޮސް -އެގްޒެމިންކުރކަނ އެނގޭކަމުގައެވެ.

65ސައިކޮލޮޖިސްޓުގެ ހެކިބަސް ނެގުން ކުރިއަށް ގެންދިޔައީ އެ ހެކިބަސް ނެގުނު އަޑުއެހުމުގައި ސައިކޮލޮޖިސްޓް ރިޕޯޓު ދިފާޢީ ވަކީލާ ހިއްސާކުރުމަށްފަހުގައިކަން އެނގެއެވެ. ދިފާޢީ ވަކީލު އެދުނު ލިޔުންތައް ދިފާޢީ ވަކީލާ ހިއްސާކުރެވުނުކަން ނިންމުމުގައި ފާހަގަކޮށްފައިވެއެވ. ޚުލާޞާ ބަޔާން ހުށުހެޅުމަށް ބ އްވުނޫއަޑުއެހުމުގައި، ހެކިބަސް ނެގުމުގެ ކުރިން ދަޢުވާލިބޭފަރާތަށް ދ ނކުރެވިހުރ ރިޕޯޓުތަކާއި ގުޅިގެން އަލުން ހެކިން ޙާޟިރުކޮށް ކްރޮސް-އެގްޒެމިން ކުރުމުގެ ފުރުޞަތު ދިނުމަށް އެދޭކަމަށް ދައުލަތުން ފާހަގަކުރުމުން، އެ ފުރުޞަތު ބޭނުން ހިފަން މަސައްކަތް ނުކުރާކަމުގައެވެ. އިސްތިއުނާފުކުރަ ފަރާތުން ބުނެފައިވަނީ އެ ފަރާތުން ބޭނުންވަނީ މައްސަލަ އަވަސްކުރުމަށް ކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވެނީ އެ ހެކިން ކްރިސްއެގްޒަމިން ކޮށްފައިކަމުގައެވެ. ކަން ހިނގާފައިވާގޮތަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރި ވަކީލުން އެ ފަރާތުގެ ދިފާޢުގައި އެކަށީގެންވާ މަސައެކަތެއ ކޮށްފައިނުވާކަމަށް ނިންމިދާނެ ހަރުދަނާ ސަބަބެއް ނެތްކަމުގައެވެ.

66އިސްތިއުނާފުކުރާ ފަރާތަށް ދިފާޢު ބިނާކުރުމ ގުޅާ ގޮތުން މަޝްވަރާކުރެވިފައިނުވާކަމުގައި ބުނާއިރު، ދިފާޢުގައ އިސްތިއުނާފުކުރި ފަރާތުން ހެކި ހުށަހަޅާފައިވާކަމާއި، އެ ހެކި ހުށަހަޅާފައިވަނީ ވަކީލާއި މުވައްކިލާއި މަޝްވަރާކޮށްގެންކަމާމެދު ޝައްކެއް ނެތްކަމުގައެވު . ވަކީލުގެ މަސައްކަތު ފެންވަރު ވަޒަންކޮށް، ދިފާޢު ބިނާކުރަންވީ ގޮތޭގީއިރުޝާދު ދިނުމަކީ ކޯޓުގެ ދައުރެއްގ ގޮތުގައެ ހިމެނި ކަމެއްނޫންކަމާއި، މުވައްކިލް ބޭނުންވާ ފެންވަރަށް މަސައްކަތްނުކުރެވޭނަމަ، އެކަމާ ފިޔަވަޅު އެޅުމަކީ މުވައްކިލުގެ އިޚްތިޔާރުގައި އޮތްކަމެއް ކަމުގައެވެ.

67މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި ނިންމިނިންމުން އިސްތިއުނާފުކުރުމާއ ނުކުރުމަށް ނިންމުމަކީ sound trial strategy ކަމުގައި ބަލަންޖެހޭކަމުގައެވެ.

68ދަޢުވާލިބޭ ފަރާތް ތަމްސީލުކުރުމުގައި ދިފާޢީ ވަކީލުންގެ ސްޓްރެޓެޖީ އިސްތިއުނާފުކުރާ ފަރާތް ބަޔާންކުރެ ގޮތަށާ ބިނާކުރާނަމަ، ނުވަތަ އިސްތިއުނާފުކުރާ ފަރާތުން މިހާރު ފާހަގަކުރާ ލަފާތައ ދަށް ކޯޓުގައި ވަކީލުން ދިން ނަމަ، މައްސަލައިގެ ނަތީޖާ ބަދަލުވެގެން އަންނނަ ގޮތެއް، ނުވަތަ މައްސަލައަށް ކުރާން އަސަރެއް އިސްތިއުނާފުކުރާ ފަރާތށަ ބުނެނުދެވޭކަމުގައެވެ. Strickland v. Washington ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ އެއްވެސް ކަމަކީ ވަކީލުން incompetent ކަމަށް ކަނޑައެޅިދާނެ ސަބަބެއްނޫންކަމުގައެވެ.

69މުވައްކިލުތަމްސީލުކުރުމުގެއަ ވަކީލު އަޅާފައިވާ ފިޔަވަޅުތަކާއި ކުރި މަސައްކަތުގެ ފެންވަރު ދަށްކަމަށާއި، ފެންވަރު ދަށްވުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ބ( އާއި )ޅ( އިން ކަށަވަރުކޮށްދޭ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް އިސްތިއުނާފީ ކޯޓަކުން ކަނޑައަޅަންވެއްޖެނަމަ، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ޙައްޤު ވަކީލުންނަށް ގެއްލޭނެކަމުގައެވެ.

70އިސްތިއުނާފީ ރައްދުވު ފަރާތުން އެދިފައިވަނީދަށ ކޯޓުގު ނިންމުމަކީ ޝަރުޢީ އަދި ޤާނޫނ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށާއި، މި މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

71އިސްތިއުނާފުކުރާ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، މި މައްސަލައިގައި ޖަވާބުދޭންޖެހޭނީ އަންނަނިވި ސުވާލުތަކަށެވެ.

71.1. މި މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ކުއްޖާގެ އޯޑިއޯ/ވީޑިއޯ ރިކޯޑިންގ ބެލުމުގެ ފުރުޞަތު ނުދީތޯ؟

71.2. މ މައްސަލި ނިންމުމުގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވެނ މާއްދާގަ )ރ(، އެހެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ މުޚްތާރު ޤަޟިއްޔާއާ ޚިލާފަށްތައާއި،ކުއްޖާގެ ވާހަކަތަކުގްއި ފުށުއެރުންތަކެއް ހުރިތޯއާއި، އަދި މ ފުށުއެރުންތަކުގެ ސަބަބުނ އަދުލުވެރި އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވޭތޯ؟

71.3. މައްސަލަ ނިންމާފައިވަނީ ކުއްޖާގެ ތެދުވެރިކަމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއްނެތިތ؟

71.4. މި މައްސަލައިގައި، ineffective assistance of counsel ގެ އުޞޫލުގެ އަލީގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ބ( އަދި )ޅ( އިން އިސްތިއުނާފުކުރާ ފަރާތަށް ލިބިދޭ އަސާސީ ޙައްޤުތައް އެކަށީގެންވާ ގޮތެއްގައި ލިބިނުދޭތީ؟ މި މައްސަލަ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ކުއްޖާގެ އޯޑިއޯ/ވީޑިއޯ ރިކޯޑިންގ ބެލުމުގެ ފުރުޞަތު ނުދީތޯ؟

72ފުރަތަމް އިސްތިއުނާފަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީޕްރޮސިކިއުޝަނުނ ހުށަހެޅި ބައެއް ހެކިތައް އިސްތިއުނާފުކުރާ ފަރާތަށް ބެލުމުގެ ފުރުޞަތު ދިނުމެއްނެތި މައްސަލަ ނިންމާފައިވާކަމުގައެވެ. އަދި މިއީ ޤާނޫނުއަސާސީގެ 51 ވަނީ މާއްދާގަ )ބ( އާ ޚިލާފުކަމެއްކަމުގައެވެ. މި ނުކުތާގައި އެ ފަރާތުގެ ބަހުސް އަމާޒުކޮށްފައިވަންމި މައްސަލެއިގައި ކުށް ސާބިތުކުރުމަށް ކޯޓުނަ އެންމެ ބޮޑަށް ރިޢާޔަތްކުރި އެއް ހަކި ކަމުގައިވާ،ޝޯކުވާކުރި ކުއްޖާ ތަޙްޤީޤަށް ދީފައިވާ އޯޑިއޯ/ވީޑިއޯ ރިކޯޑިންގއަށެވެ. އަދި މި ރިކޯޑިންގ ބެލުމުގެ ފުރުޞަތު ދީފައިނުވާކަމުގެ މައްޗަށެވެ.

73މާ މައްސަލައިގައި ދަށު ކޯޓުގައި ކަން ހިނގާދިޔަގޮތުގެ މައްޗަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރުމާ ގުޅިގެން، ދައުލަތުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ހާމަކޮށްފައިވެއެވެ. އަދި ހަމައެއާއެކު، ދައުލަތުގެ ފަރާތުން 25 އޮކްޓބަރޫ 2021 ގައި ބޭއްވުނު އަޑުއެހުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވެއެވެ. މިގޮތުން ހާމަނުކުރުމަށް އެދެނީ ސިއްރު ހެކި 1 އާއި ސިއްރު ހެކި 1 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި ވަނަވަރާއި ސިއްރު ހެކި 2 އާއި ސިއްރު ހެކި 2 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި ވަނަވަރެވެ. ވަކި މިންވަރަކަށް ހާމަނުކުރަން ދައުލަތުންއެދުނީ، އަނިޔާ ލިބުނު ކުއްޖާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނުގެ އިންޓަވިއު ވީޑިއޯ ރެކޯޑިންގއާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ތައްޔާރުކުރި އަނިޔާލިބުނު ކުއްޖާގެ އިޖެ ތިމާޢީ ޙާލަތު ދެނެގަތުމާބެހޭ ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާއާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓާއި، އަނިޔާ ލިބުނު ކުއްޖާ ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނާއި، މެޑިކޯ ލީގަލް ރިޕޯޓާއި، ދައުލަތުގެ ހެކިވެރިޔާ 4 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާނެވެ.

74HN1މިގޮތުން ބަޔާނވެދިޔް ހެކިންގެ ތެރެއިން، ކުއްޖާގެ އިންޓަވިއު ވީޑިއޯ ރެކޯޑިންގ ރައްކާތެރިކުރުމަށް އެދޭ މިންވަރަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު، މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޝަރީޢަތުގައި އެތަކެތި ބަލައި ދިރާސާކުރުމުގެ އިންތިޒާމުގެ ތެރެއްނ ހެކިތައް ބަލައި ދިރާސާކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ލިބިދިނުމެވެ. ކުއްޖާއާ ގުޅޭ ގޮތުނ ތައްޔާރުކޮށްފައިވ 02 )ދޭއް( އެސެސްމެންޓް ރިޕޯޓާއި، ކުއްޖާ ތަޙޮޤީޤަށް ދީފައިވާ ބަޔާނާއި، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު ރައްކާތެރިކްށްދިނުމަށ އެދް މިންވަރަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު މި ހެކިތައް ޝަރީޢަތުން ކަނޑައަޅާ ޝަރުޠުތަކާއެކު އިސްތިއުނާފުކުރާ ފަރާތަށް ދޫކުރުމެވެ. އަދ ދައުލަތުގެ ހެކިވެރިޔާ 4 ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާ ބަޔާން ރައްކާތެރިކުރުމަށް އެދޭ މިންވަރަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތަށް ލިބިދިނުމެވެ.

75މި ހުށަހެޅުމާއި ގުޅިގެން،ދައުލަތުން ރައްކާތެރިކުރުމަށް އެދިފައިވާ ހެކިތަކަކީ އާންމުކޮށް ޝާއިޢުކުރެވޭ ނުވަތަ އެއްވެސް މަހައްލެއްގައި މުޖުތަމަޢުގެ ތެރެއަށް އާންމުވެއްޖެނަމަ، ކުއްޖާގެ ކަރާމާތަށ ގެއްލުން ލިބުމުގެ އްހތިމާލ ބޮޑު ހެކިތަކެއްކަނ ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ދައުލަތުން ހުށަހެޅި ގޮތަށް އެ ބީދައިން ހެކިތައް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ނިންމާފައިވެއެވެ.

76މ ނުކުތާގައި ބަހުސް އުފައްދާފައިވާ ޝޯކުވާކުރި ކުއްޖާ ތަޙޯ ޤީޤަށް ދީފައިވާ އޯޑިއޯ/ވީޑިއޯ ރިކޯޑިންގއަކީ ސިއްރު ހެކިންގެ މަޢުލޫމާތު އުނިކުރުމަށްފަހު، މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޝަރީޢަތުގައި އެތަކެތި ބަލައި ދިރާސާކުރުމުގެ އިންތިޒާމުގެ ތެރެއިން ހެކިތައް ބަލައި ދިރާސާކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ލިބިދީފއިވ ހެއްކެކެވެ. ދިފުންޢާ ހެކިބަސް ނެގުމުގެ ކުރީގައި ލިޔުންތައް ކޮންމެވެސް އިންތިޒާމެއްގެ ދަށުން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޝަރީޢަތުގައި އެދުމުން، ދިފެޢްން އ ދޭ ގަޑިއެއްގައި، ދުވަހެއްގައި ޝަރީޢަތަށް ޙާޟިރުވެގެނ ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށ ބުނެފައިވާކަން 28 ނޮވުނެ ބަރް 2021 ގައި ބޭއްވުނު އަޑުއެހުމުން އެނގެއެވެ.

77އަދި ހަމައެއާއެކު، އެއިރު އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު އަލްއުސްތާޛާ ފާޠިމަތު ސަމްޙާ ސަޢީދު 09 ޑިސެންބަރު 2021 ގައި އަނިޔާލިބުނު ކުއްޖާގެ އިންޓަވިއު ވީޑިއޯ ރިކޯޑިންގ ބަލާފައިވެއެވެ. މިކަން ހިނގާފައިވަނީ އިބްތިދާއީ މަރުޙަލާގެ ތެރޭގައެވެ. އެއަށްފަހު، 23 ޖަނަވަރީ 2022ގެ އިފްތިތާހ ބަޔާނީ ހުށަހަޅަމުން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ބުނެފައިވަނީ ޝަރީޢަތުގެ ކުރީގެ ދަށު ކޯޓުގެ ނަންބަރު 196/2023/07/xxxxx) 09 ފެބްރުއަރީ 2023( ސިޓީ ހުށަހެޅުމއާގުޅިގެނ ޝަރީޢަތުން ނިންމާފައިވާ ނިންމުމާ އއްގޮތަށެ މައްސަލް ކުރިއަށް ގެނީދޔުމަކ އެ ފަރާތުންވެސް އެދޭ ކަމެއްކަމުގައިވާތީ، އިތުރަށް އޭގެ ތަފްޞީލަށް ދާކަށްނެތްކަމަށާއި، އެހެންކަމުން، މި ދަޢުވާއަށް އިންކާރުކުރާކަމްށީއި، އަދި ވަކިވަކިން ހުރިހާ ކަމަކަށް އިންކާރުކުރާކަމުގައެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާފައިވަނީ ދެން އެ މައްސަލައިގައި އޮތ ދައުލަތުނ ހުށަހަޅް ހެކިންގެ ހެކިބަސް ނެގުންކަމުގައި އޢލާނުކޮށެވެ.

78އިއަށްފަހ ބޭއްވުނު އަޑުއެހުންތަކުގައިވެސް، އަނިޔާލިބުނު ކުއްޖާގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގއާ ގުޅޭ ގޮތުނި ބަހުސެއް އުފައްދާފައެއްނުވެއެވެ. އަދި ހަމައެއާއެކު، ފާހަގަކުރެވޭކަމަކީ، މި މައްސަލައިގައ ދަޢުވާ ބިނާވާ މައިގަނޑު އަސާސަކީ ޝަކުވާކުރި ކުއްޖާ ކިޔައިދޭ ކިޔައިދިނުންކަމުގައި ބަޔާންކޮށް، މި ކުއްޖާ ފުލުހުންނަށް ދީފައިވާ ބަޔާނަށް ޙަވާލާދީ، އެ ބަޔާނުގައި ކުއްޖާ ކިޔައިދިނުމާއްގުޅ ކަންކަން ތަފްޞީލުކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޚުލާޞާ ބަޔާނުގައި ފާހަގަކޮށްފައިވާކަމެވެ.

79މި ނުކުތާގައި ބަހުސް އުފައްދާފައިވަނީ ޤާނޫނުއަސާސީގެ 51 ވެނ މާއްދާގަ )ބ( އާ ޙަވާލާދީއެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގަ )ބ( ގައިވަނީ، ކުށެއްގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކުށީގެންވާ ވަސީލަތްތައް ލިބެންވާނެކަމުގައެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމުގައެވެ. މި ނައްސުގައ ބަޔާންކުރި ކުށުން ބާރީއަވުމަށ މަސައްކަތްކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ޙައްޤަށް ބަލާއާ ރ، އިސްތިއުނާފުކުރާ ފަރާތުން އުފައދުމި ބަހުސްގައި ފާހަގަކުރާ ކަންކަމުގެ މައްޗަށް، އިސްވެ ބަޔާންކޮށްފައިވާ ޙަޤީޤަތްތައް ތަޠުބީޤުކުރުމުން، އެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާކަމުގައި ދެކެމެވެ. މި މައްސަލަ ނިންމުމުގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ މުޚްތާރު ޤަޟިއްޔާއާ ޚިލާފަށްތޯއާއި، ކުއްޖާގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިތޯއާއި، އަދި މި ފުށުއެރުންތަކުގެ ސަބަބުން އަދުލުވެރި އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވޭތޯ؟

80މޭ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުގާ ބަހުސަކީ، ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ޤިބޫލުކުރެވަ ހެކިބަހެއްކަމުގައި ކޯޓުން ކަނޑައަޅާފައިވަނީ އެ ކުއްޖާ ހެކިބަސް ދިނުމަށް ކޯޓަށް ޙާޟިރުނުވެ ސަބަބަށާއި، އެހެން ހެކިންގެ ހެކިބަހުން އަދި އެ ކުއްޖާގެ ހެކިބަހުގައި ފުށުއެރުންތަކާއި އެކި މަހައްލތްކުގައި ހާދިސާ ކިޔައިދިނުމުގައި ދައްކާފައިވާ އެކި ވާހަކަތަކަށް ރިޢާޔަތްނުކޮށްކަމުގައެވެ. މިކަނ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުކަމުގއެވެ. އަދި ހެކި ވަޒަންކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމުގައެވެ.

81HN2ކާޑަކު ދިންނާމެދ ކުރެވު ޖިންސީ ގޯނާތަކުގެ މައްސަލަތަކަށް ޚާއްޞަވުކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އަޞަލުތަކްކަ ށެޢ މަލުކުރުމުގެ ޤާނޫނުގާއެއް މަޤުޞަދަކީ، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. މި މަޤުޞަދު ހާސިލުވެގެންދަނީ، މި ޤާނޫނުގެ 47 ވަނަމާއްދާއިންނެވެ. މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތެމ ޤާނޫނުގައި ކުށެއް ސާބިތުކުރުމަށްޓަކައި، މި ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ހެކީގެ ތެރެއިން މަދުވެގެން

47 )ހ( ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް )ށ( ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ )ނ( ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51 ވަނި މާއްދާގަ )އ( ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް ޝަރީޢަތށަ ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.

82މި ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާހެކިތައް، އޭގެ ޒާތުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ޤާނޫނުގެ މަޤުޞަދަކީ ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ހެކި ބަހަކީ މިފަދަ މައްސަލަތައް ސާބިތުކުރުމުގެ އަސާސަކަށް ބެލުމާއިއެކު، އެނޫން ހެކިތެކަކީ ކުއްޖާ ދީފައިވާ ހެކިބަސް ކޮރަބޮރޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައިވެއެވެ.

83މި ޤަޟިއްޔާގައޙި ވާލާދޭ، ކުއްޖާއާމެދު ކަންވީގޮތް ކިޔައިދީފައިވާ ކިޔައިދިނުމަކީ، ކުއްޖާގެ ބަހެވެ. ކުއްޖާ ކިޔައިދޭ ވާހަކަތަކެވެ. އަދި ކުއްޖާގެ ޝަކުވާއެވެ. މިއީޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރަޤަޟިއްޔާގައ ކަނޑައަޅާފައިވި މިންގަނޑުކަމާއި، އެހެނީ، ފައާޞި ލާކޮށްފައިވ މި ބާވަތުގެ ގިނަ މައްސަލަތަކުގައި، ކުއްޖާގެ ބަސް ކަމުގައި ބަލާފައިވަނީ ޝަރީޢަތުގެ ކުރި މަރުޙަލާތަކުގައި ކުއްޖާއަށް ކަންވީގޮތްކަމަށް ކިޔައިދީފައިވާ ކިޔައިދިނުމެއް ނުވަތަ ބަޔާނެއް ނުވަތަ )ރ( ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި )ބ( ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި )ޅ( ކުށްވެރިޔާ އިޞްލާޙުވުމަށް އެއްވެސްކަހަލަ އިޞްލާހާ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާނަމަ އެކަން، ނުވަތަ އެފަދަ ކަމެއްގައި އޭނާ ބައިވެރިވުމަށް އެދިފައިވާނަމަ، އެކަން ނުވަތަ އެފަދަ ކަމެއްގައި އޭނާ ބައިވެރިވެގެން ކުރިއަށްދާނަމަ، އޭނާ ބައިވެރިވަމުންދ ނިސްބަތާ )ކ( ކުށްވެރިޔާގެ ކުށުގެ ރެކޯޑު )އ( ދެވަނަ ފަހަރަށް އޭނާ ޖިންސީ ކުށެއް ކޮށްފާނެކަމަށް ބެލެވިދާނެ އިތުރު ކަންކަން މި ޤަޟިއްޔާއާ ޙަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭގެ ފަހުގެ ގިނަ ޤަޟިއްޔާތަކުގައި މިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/42 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/40 )މުޙައްމަދ މުނީރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2020/SC-A/60 )ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 2020/SC-A/94 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު( ޤަޟިއްޔ އާއި، އެ ކޯޓުގެ ނަންބަރު 2024/SC-A/05 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން( ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު )ޢަބްދުއްސަލާމް މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔ ފާހަގަކުރީމެވެ. ތަފްސީލުތަކާއެކު އޮންނަ ޝަކުވާގެ މައްޗަށްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން )މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން" ޤަޟިއްޔާ( ޤަޟިއްޔާގައި

84HN3ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައިވަނީ ކުއާޖް ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށްކަމަށްވާއިރު، ކުއްޖާ ކިޔައިދޭ ކިޔައިދިނުން ނުވަތަ ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރަށް ބެލިދާނެ

03 )ތިނެއް( ކަމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގޕުރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދ މުޚްތާރު ޤަޟިއްޔާގައ ބަޔާންކުރެއެވެ. އެއީ؛

1. ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ ބެލުމާއި،

2. ޝިކުވ އުފުލާ ފަރާތުގެ އަޙްލާޤާއި ޢަމަލުތަކާއި، އަނިޔާ ލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތާއި،

3. އަނިޔާލިބުނު ކުއްޖާ މުއްތަހަމާ ބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއްއޮތްތޯއެވެ.

85މިފަދަ މައްސަލަތަކުގައި ހެކިބަސް އެތެރެ ފުށުން އެއްގޮތްވުމަކީ، ނުވަތަ ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެ ފުށުން އެއްގޮތްވުމަކީ Consistency) (Internal ޝަކުވާކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލުތައް ހުރުންކަމުގައ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

86ބަޔާނވެދިޔް ޤަޟިއްޔާގައި ކުއްޖާގެ ކިޔައިދިނުން ބޭރުފުށުން އެއްގޮތްތޯ Consistency) (External ބެލުމުގައި ކުއްޖާގެ ކިޔައިދިނުމަށް ބާރު ލިބޭ އެހެނިހެން ހެކިބަސްތަކުގެ ސަބަބުންނާއި މައްސަލައިގައި ހުށަހެޅުނު ހެކި ޤަރީނާތަކުގެ ސަބަބުން ކުއްޖާގެ ކިޔައިދިނުން ޤަބޫލުކުރެވޭތޯ ބަލަންޖެހޭނެކަމުގައި ބަޔާންކުރެއެވެ. މިގޮތުން ކުއްޖާ ފުރަތަމަ ހާދިސާ ހިނގިގޮތްކަމަށ ބުން ކިޔައިދީފައިވާ ކިޔައިދިނުން،އެކި ފަރާތްތަކަށް ކިޔައިދޭ އިރުވެސް މައިގަނޑު ގޮތެއްގައި އެއްގޮތްވެފައި، ބޮޑު ފުށުއެރުންތަކެއް ނެތްކަމުގައިވާއިރު، ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތް ކަމުގައި ބެލިދާނެއެވެ.

87ބަޔާނވެދިޔްޤަޟިއްޔާގެ ފަހުން ދިވެހިރާއްޖުގޭ ސުޕްރީމް ކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/94 ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ މުޙައްމަދު ނަޞީރުޤަޟިއްޔާގައި ބޭރުފުށުން ހެކި އެއްގޮތްވުމަކީ ކުއްޖާއަށް ކުރިމަތިވި ކަންކަން ފެނުނު ނުވަތަ އިވުނު ނުވަތަ ނަގައިގަނެވުނު މީހަކު ދޭ ހެކިބަސް ފަދަ ހެކިބަސް އެއްގޮތްވުމާއި، އެފަދަ އެހެނިހެން ހެކިތަކުގައި އެއްގޮތް ކަމެއް ހުރުންކަމަށް ބަޔާންކޮށްފައިވެއެވެ.

88ބަޔާނވެދިޔްޤޟިއްޔާގައި މ 03 )ތިނެއް( ކެންކްން ލިސްޓުކުރެވިފައިވީނަމަވެސް، މިއީ ކޮންމަ މައްސަލައެއްގައި ބެލުން ލާޒިމު ކަންކަން ކަމުގައި ނުބެލެވެއެވެ. އެހެނީ، ކޮންމެ މައްސަލައެއްވެސް އ މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތްތައް ތަފާތުވާނެތީއެވެ. މިސާލަކަށް ކުއްޖާއަކީ ތުއްތު ޅަފުރައިގ އުމުރުގެ ކުއްޖެއުކަމުގައިވާނަމަ، އެ ކުއްޖާގެ އަޚްލާޤާއި ޢަމަލަކީ މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރުމުގައި މައްސަލައިގެ ޙަޤީޤަތްތަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އަނިޔާ ލްބުނު ކުއްޖާގެ އުޅުން ހުންނަ ގޮތަކީ ކުއްޖާގެ ތެދުވެރިކަނ ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއްގެ ގޮތުގައި، ނުވަތަ އެ ކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިނގަން މެދުވެރިވި ސަބަބެއްކަމުގައި ބަލައިގެންނުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕރުސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރާޤަޟިއްޔާގައ ފަނޑިޔާރި ޢްއިޝާ ޝުޖޫން މުޙައމަދް ފާހަގަކުރައްވާއިރު،މި ބާވަތުގެ ކޮންމެ މައްސަލައަކީވެސް ޖިންސީ ގޯނާ ކޮށްފައިވާ މީހާއާއި ކުއްޖާއ ހުރާ ގުޅުމާއި، ގާތް ކަމާއި، ކުއްޖާގެ އުމުރާއި، އެ މައްސަލައިގެ ކަން ހިނގައިދިޔަގޮތުގ މައްޗަށަ،އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ވަޒަންކޮށް، ފައ ޞި ލާކުރަންޖެހ މައްސަލަތައްކަމުގައި އަހުރެން ދެކެމެވެ.

89މި މައްސަލައިގައި އިސްތިއުނާފުކުރެ ފަރާތުގާ އެއެ ބަހުސަކީ،ދައުލަތުގެ ފަރާތުން ޝަފަހީ ހެއްކެއްގެ ގޮތުގައި ކުއްޖާ ޝަރީޢަތަށް ހުށަހެޅި ނަމަވެސް، ދައުލަތުން އެ ހެކި އަނބުރާ ގެންގޮސް، އެ ކުއްޖާގެ ހެކިބަސް ނުނެގުމުން އިސްތިއުނާފުކުރާ ފަރާތަށް ކުއްޖާ ދީފައިވާ ބަޔާނާ ގުޅިގެނ ކްރޮސް -އެގްޒެމިނކުރުމުގެ ފުރުޞަތު ގެއްލިފައިވާކަމުގައެވެ.

90HN4އާންމު އުޞޫލުން ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހެކިބަސް ދޭނެ މީހުންގެ ގޮތުގައި ވަކި ބަޔަކު ހުށަހަޅަން އެ މައްސަލައިގައި ޚަޞްމަކު ބޭނުންވާނަމަ، އެކަން، ދަޢުވާ ހުށަހަޅާހިނދު، ނުވަތަ ދަޢުވާއަށް ޖަވާބުދާރީވާހިނދު ފާހަގަކުރަންވާނެއެވެ.ޖިނާއީ މައްސަލަތަކުގައި، ދަޢުވާ ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅަންޖެހެއެވެ. އަދި ދަޢުވާލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅާއިރު، އ ދިފާޢު ސާބިތުކުރުމަށްޓަކައި އޭނާއަށް ހެކި ހުށަހެޅިދާނެއެވެ.މި ނައްސުތަކުން އާންމު އުޞޫލެއްގެ ގޮތުން، ހެކީގެ ގޮތުގައި ހުށަހަޅާނެ ފަރާތްތައް ކަނޑައެޅުމަކީ، މައްސަލައިގެ ޚަޞްމުންނަށް ލިބިދޭ ބާރެއްކަމުގައިވާއިރު، މި ބާރުގެ ތެރޭގައި އެ ހެއްކެއް އުނިކުރުންވެސް ހިމެނޭކަމުގައި ދެކެމެވެ.

91މ މައްސަލައިގައި މި ހިމެނެނީ ކުޑަކުއްޖެއް ހެއްކެއްގެ ގޮތުގައި ހިމަނައި، އެކަން އަނބުރާ ހެކި ހުށަހެޅި ފަރާތުނ ނެގުމުން، ނުވަތަ އެ ނިންމުން އަނބުރާ ގެނައުމުން މެދުވެރިވި ޙާލަތެކެވެ. ބަޔާން ވެދިޔ ޤަޟިއްޔާގެ 71 ވަނަ ނުކުތާ ހެއްކާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ )ހ( ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ )ހ( އަދި )ށ( ޝަރީޢަތަށް ހުށަހެޅިފައި އޮންނަ މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި އުމުރުން 18 )އަށާރަ( އޭހަރ ނުފުރަކުޑަކުއްޖެއްގެ ހެކިބަސް ނަގަން ޖެހިއްޖެނަމަ އެކަން ކުރަންވާނީ އެ ކުއްޖާގެ ހެކިބަސް ނެގުމަށ ކޮންމެހެން މުހިންމުކަމެކެށްވާނަމަ ކަމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 127 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ.

92ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޙާޟިރުކުރުމަކީ ވަރަށް އިސްތިސްނާ މަދު ޙާލަތެއްގައި އެ ނޫންގޮތެއ ނެތިގެން ކުރުމަށް އޮންން ކަމެއްކަން ދޭހަވާކަމީށައި، މިފަދަ މައްސަލަތަކުގައި ކުޑަކުއްޖެއްގެ ސީދާ ބަސް ޝަރީޢަތަށް ނެގުމަކީ އިޚްތިޔާރެއްކަމްށުއި، އަދި އެފަދައިން ކުޑަކުއްޖެއްގެ ބަސް ހޯދުމަށް ފޯރުކޮށްދީފައި އޮންނަނީ ވަރަށް ހަނި ފުރްޞަތެއްކަނ އޮޅުމެއް ނެތް މިންވަރަށް އެނގެން އޮންންކަމުގައިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދއްރަޙްމާނ ޤަޟިއްޔާގައި ބަޔާންކުރެއެވެ.

93ކަން މިހެން އޮތްއިރު،ކުއްޖާއާ އިތުރަށް ސުވާލުކުރުމަކީ، ކުއްޖާ ރީވިކްޓިމައިޒްވ އޭގެ ސަބަބުނ ކުއްޖާއަށް އިންތިހާއަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ދައުލަތަށް ޤަބޫލުކުރެވި، ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުމުގެ ބަދަލުގައި ކުއްޖާ ފުލުހުންގެ ޚިދުމަތަށް ދެފައިވާ ބަހަށް ރިޢާޔަތްކޮށްދިނުމަށް ދައުލަތުން އެދޭ އެދުން ޖާއިޒުކަމުގައި ދެކެމެވެ. އެހެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ވާ ފަދައިން، މި ޤާނޫނުގެ މަޤްޞަދަކީ އަދާ އެއިން ނެރެން ބޭނުންވާ ނަތީ ޖްއަކ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ޙާޟިރުނުކުރުން ކަމުގައިވާތީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/05 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިލްހާމް ޢަބްދުއްރަޙްމާން( ޤަޟިއްޔާގެ

94މ މައްސަލައިގައި، ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމަށްދަށެކޯޓުނ ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕުރު ސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދ މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށްކަމަށް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

95ކުއްޖާގެ ކިޔައިދިން ކިޔައިދިނުމުގައި ދަޢުވާ ބިނާވާ 04 )ހަތަރެއް( ހާދިސާ ހިނގައިދިޔަގޮތުގ މައްޗަށް ކުއްޖާ ވާހަކަދައްކާފައިވާއިރު، ކުއްޖާ ކިޔައިދިން ކިޔައިދިނުމުގައި ފުށުއެރުންތައް ހުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.

96މިގޮތުން، މާލޭގައި ދުވަހު ކުއްޔަށް ކޮޓަރިއެއްގައި ކުއްޖާ ނިދަން އޮތްއިރު، ކުއްޖާގެ ސޯޓުތެރެއަށް އިސްތިއުނާފުކުރާ ފަރާތުން ފައިކޮށްޕިކަމަށް ކުއްޖާ ބުނެފައިވާ ބުނުމާ ގުޅޭ ގޮތުން، އިސްތިއުނާފުކުރ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

96.1- ކުއްޖާގެ ރިކޯޑިންގގައި ކުއްޖާ ބުނެފައިވަނީ "ފައިން ގައިގެ އެކި ތަންތަނުގައި އަތްލަނީ. ފައި ޖައްސަނީ" ކަމުގައެވެ.

96.2- ކުއްޖާ ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ މަންމައަށް ނޭނގޭ ގޮތަށް އިސްތިއުނާފުކުރާ ފަރާތުގެ ފައިން ކުއްޖާގެ ގައިގާ ފައި ޖައްސަނީ ކަމުގައެވެ.

96.3- ކުއްޖާ އިޖުތިމާއީ ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރި ސޯޝަލް ވކޯރ ޝަރީޢަތަށް ދިން ބަޔާންކަމަށ ދަށް ކޯޓުގު ނިންމުމުގައިވާ ވާހަކަތަކުގައިވެސް ކުއްޖާ މާލޭގައި ހިނގިކަމަށް ބުނާ ހާދިސާގެ އެއްވެސް ވާހަކައެއް ނެތްކަމުގައެވެ.

96.4- އިސްވެ ފާހަގަކޮށްފައިވާ 03 )ތިނެއް( ބަޔާނުގައިވެސް ކުއްޖާ ސޯޓު ތެރެއަށް ފައިކޮށާއި،ޕް ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވކަމަށ ބުނެފައިނުވާކަމެވެ.

972020 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓް މަހާއި ހަމައަށް، ކުއްޖާ ނިދާކޮޓަރީގައ ނިދާފައި އޮއްވާ ކުއްޖާގެ ސޯޓު ތެރެއަށް އިސްތިއުނާފުކުރާ ފަރާތުން އަތްކޮށްޕާ ކުއްޖާގެ ކުރިމަތިފަރާތުގައ އިސްތިއުނާފުކުރި ފަރާތުން އަތްލާކަމަށް ކުއްޖާ ބުނެފައިވާ ބުނުމާ ގުޅޭ ގޮތުން، އިސްތިއުނާފުކުރާ ފަރާތުން އަންނަނިވ ފަދައިން ފާހަގަކޮށްފައިވެއެވެ.

97.1- ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނުގައި މިކަން ހިނގާފައިވަނީ ރޭތަކުގައ ކަމަށި ބުނާއިރު، ސައިކޮލޮޖިސްޓގަރިޕޯޓުގައ ބުނެފައިވަނި ދުވާލު މަންމަގެ ކޮޓަރީގައި ނިދަން އޮއްވާ އެކަން ހިނގިކަމް ށއި، ކުއްޖާގެ ރިކޯޑިންގގައ އެކަނި ހިނގީ ކޮން އިރަކު ކަމެއް ބުނެފައިނުވާކަމުގައެވެ.

98ކުއްޖާ ފަޅުރަށްތަކުގެ ތެރެއަށް ގެންގޮސް، ކުއްޖާގެ ކުރިމަތި ފަރާތުގައި އިސްތިއުނާފުކުރާ ފަރާތުން އަތްލާފައިވާކަމަށް ކުއްޖާ ބުނެފައިވާ ބުނުމާ ގުޅޭ ގޮތުން، އިސްތިއުނާފުކުރާ ފަރާތުން އަންނަނިވ ފަދައިން ފާހަގަކޮށްފައިވެއެވެ.

98.1- ފުލުހުންނަށް ދިން ބަޔާނުގައި މޭމައްޗާއ ކުރިމަތި ފަރާތުގައި އަތްލީކަމަށް ކުއްޖާ ބުނިނަމަވެސް، ރިކޯޑިންގގައި އެފަދައިން އަތްލީކަމަށް ބުނެފައިނުވާކަމާ ށއި، އިޖުތިމާޢީ ޙާލަތު ވަޒަންކުރި އެސެސްމާންޓް ރިޕޯޓުގައި ބްރިޖްކައިރީގައި އަތްލިކަމަށް ބަޔާންކޮށްފައިނުވާކަމީއި،ށ ސައިކޮލޮޖިކަލް އެސެސްމެންޓްގައި ކުއްޖާ ލައްވާ އިސްތިއުނާފުކުރާ ފަރާތުގެ ޖިންސީ ގުނަވަނުގައި އަތްލުވީކަމަށް ކުއްޖާ ބުނެފައިވާކަމިށއި، މި ހާދިސާ ކިޔައިދިނުމުގައި އެކި މަހައްލުގައި އެކިގޮތަށް ކިޔައިދީފައިވާކަމުގައެވެ.

99ކިއްޖާގ ގޭގެ ބަނދިގޭގެ ގޮނޑިއެއްގައި ކުއްޖާ އިންދ އިސްތިއުނާފުކުރާ ފަރާތުން ކުއްޖާގެ މޭމަތީގައި އަތްލާފައިވާކަމަށް ކުއްޖާ ބުނެފައިވާ ބުނުމާ ގުޅޭ ގޮތުން، އިސްތިއުނާފުކުރާ ފަރާތުން އަންނަނިވ ކަންކަން ފާހަގަކޮށްފައިވެއެވެ.

99.1- ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ކުއްޖާގެ ގައިގާ އަތްލާކަމަށް ބުނާއިރު، ކުއްޖާގެ ރިކޯޑިންގގައި ކުއްޖާގެ ބޮލުގައި ނޫނީ ކޮންމެވެސް އެއްތާކު އަތްލާކަމަށް ބުނެފައިވާކަމްއި،ށ އިޖުތިމާއީ ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓުގައި ކުއްޖާގެ މޭމަތީގައި އަތްލާކަމަށ ބަޔާންކުރާކަމަށާއި، ފުލުހުންނަށް ދިން ބަޔާނާއި، ކުއްޖާގެ ރިކޯޑިންގިގަ އ ކުއްޖާ ބަދިގޭގައ ހުއްޓާ މޭމަތީގައި އަތްލިކަމަށް ސީދާ ބުނެފައިނުވާކަމީށއި، އެފަދައިން ހަމައެކަނި ބުނެފައިވަނީ ޖެންޑަރ ރިޕޯޓުގައިކަމުގައެވެ.

99.2- މީގެ އިތުރުންވެސް، މިކަން ހިނގީ ކޮން އިރަކުކަން ބަޔާންކޮށްފައިނުވާކަމްށަ އ، ކުއްޖާ ލައިގެން ހުރި އަންނައުނުގެ ތަފްޞީލެއް ބުނެފައިނުވާކަމަށއި، ކުއްޖާގެ މަންމަ ކައިރީގައި ވާހަކަ ދެއްކީ ކޮން އިރަކުކަމެއް ނޭނގޭކަމުގައެވެ.

100HN5ހެކިބަސް ވަޒަންކުރުމުގައި އާންމު އުޞޫލަކީ ހެކިބަހުގައި ކުދިކުދި ޚިލާފުތަކެއް ހުރިނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭފަދަ ޚިލާފެއް ނެތްނަމަ، އެ ހެކިބަހާއި މައްސަލައިގައ ހުށަހަޅާފައިވާ އެހެނިހެން ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށް ވާސިލުވެވޭ ޖުމްލަ ނަތީޖާއަށް ބުރަވުމެވެ.

101ހެކިބަހުގައ ހުރި ޚިލާފުތަކަކީ ނުވަތަ ބަޔާންކުރާ ފުށުއެރުންތަކަކީ އޭގެ މައްޗަށް ބިނާކޮށް، މައްސަލައިގްވާޤިއާތައ ސާބިތުކުރުމަށް ހުރަހެއްއޮތް ޖައުހަރީ ފުށުއެރުންތަކެއްތޯ ނުވަތަ އެ މައްސަލައިގެ ވާޤިއާތައް ސާބިތުވުމުގައި ޝައްކެއް އުފެދޭފަދަ ޖައުހަރީ ފުށުއެރުންތަކެއްތޯ ބަލަންޖެހޭނެއެވެ. ކުދިކުދި ފުށުއެރުންތަކާއި ނުވަތަ ތަފާތުތަކާއި ޖައުހަރީ އަދި އަސާސީ ތަފާތުތަކާއި ތަޢާރުޟުވުންތަކުގެ މެދުގައި ފަރަޤުކުރަންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/72 )ޢަބްދާ ﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔ 34 th Ratanlal & Dhirajlal, Law of Evidence, 27 edition (2020), LexisNexis

102މިގޮތުން ހެކިބަހުގެ ފުށުއެރުމުގެ ނަތީޖާއަށް ބަލައި، އޭގެ ނަތީޖާއަކީ އެ ހެކިބަހަށް ބުރަދަނެއް ނުދީ، އެއްފަރާތް ކުރުންތޯ، ނުވަތަ އެ ފުށުއެރުމަކީ މައްސަލައިގެ ޙަޤީޤަތްތައް ދެނެގަތުމަށް އަސަރުކުރާފަދަ ފުށުއެރުމެއްތޯ، އަދި ހެކިބަހުގައި ހުރި ފަރަޤުތަކަކީ ކޮބައިކަން ދެނެގަނި،އޭގެ ސަބަބުން މުޅި ދަޢުވާގެ ޖައުހަރަށް ނުވަތަ ދަޢުވާގެ އަސާސްއަށް އ ސަރުކުރޭތޯ ބަލަންޖެހޭނެއެވެ. އެ ފުށުއެރުންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، މައްސަލައިގެ ވާޤިއާތައް ނަފީނުކުރެވޭނަމަ، ނުވަތަ އެ ވާޤިއާތައް އެހެނ ގޮތަކަށް ހުރިކަމަށް ޤަބޫލުކުރާވޭ މިންވަރުގެ ފުށުއެރުންތަކެއް ނުވަތަ ތަޢރުޟުވުންތަކެއް ނެތްނަމަ، މި ހެކިތައް އެއްފަރާތް ކުރާކަށް ނުޖެހޭނެއެވެ.

103ހެކިބަސްދޭ މީހާގެ ހެކިބަހުގައި ހުރި ތަޢާރުޟުވުމާއި އުނިކަމަކީ ކޮބައިތޯ ދެނެގެތުމުގައި ބަލަންޖެހޭ އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/225 މުޙައްމަދު ޝިފާޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

1. ތަޢާރުޟުވާކަމަށް ނުވަތަ އުނިވާކަމަށް ބަޔާންކުރާ ހެކިބަހުގައި ޙަޤީޤަތުގައިވެސް ތަޢާރުޟުވުމެއް އަދި އުނިކަމެއް އޮތްކަން ފަރުވާތެރިކަމާއެކު ދެނެގަނެ އެކަން ކަނޑައެޅުމާއި އެކަމުގެ ތަބީޢަތާއި ޒާތަކީ ކޮބައިކަން ދެނެގަތުން.

2. ހެކިބަސްދިނުމުގެ ތެރޭގައި ދައްކާ ވާހަކައިގައި ހިމެނޭ ކޮންމެ ކުށަކީ ނުވަތަ ކޮންމެ ތަޢާރުޟުވުމަކާއި އުނިކަމަކީ ނުވަތަ ހެކިބަސްދޭ މައުޟޫޢުގެ ބޭރުން ދައްކާ ކޮންމެ ވާހަކައަކީ ހެކިބަސްދޭ މީހާގެ ބަހުގެ ޞައްޙަކަމާއި ތެދުކަން ނަފީވެގެންދާ ކަމެއް ނޫންކަމާއި، ވީމާ، މިކަން ދެނެގަތުމުގައި، ކުށުގެ ޢަމަލު ރޭވި ބިނާވެގެން އައިސްފައިވާ ގޮތާއި އެކުށް ކުރެވުނު ވެށި ބިނާވެފައިވަނީ ކިހިނެތްކަމާއި،ހެކިބަސްދޭ މީހުންނަށް އެ ޙާދިޘާ ދެނެގަނެފައިވާ މިންވަރާއި، އެ ޙާދިޘާއާއި ގުޅިފައިވާ އެއް ޙަޤީޤަތެއް ކިޔައި ދިނުމުގައި ކޮންމެ މީހެއްގެވެސް އަމިއްލަ ރިވާޔަތެއް އޮވެދާނެކަމާއި، ކުރިން ދަފައިވީ ބަޔާނަކީ ކްރޮސް އެގްޒެމިނޭޝަންގެ ފުރުޞަތު ދެވިގެން ނެގިފައިވާ ބަޔާނެއް ނޫންކަމާއި، ވާހަކަ ދައްކާ ބަހުރުވައިގައ އަދި އާދަކާދާއިގައި ހެކިންގެ މެދުގައި ތަފާތުތަކެއް ހުރެދާނެކަމާއި، ބަޔާން ނަގާ ވަގުތު ބަޔާން ދޭ މީހާ ބުނާ އެއްޗެއްގެ ޙަޤީޤީ މާނައަކީ ކޮބކަނ ބަޔާން ކޮށްދިނުމުގެ ގޮތުން، އެ ބަޔާން ނަގާ މީހާ ދެކޭގޮތް އެ ބަޔާނުގައި ހިމަނާފައި އޮވެދާނެކަމާއި، އަދި ތަފްޞީލީ ގޮތެއްގައި ޙާދިޘާ ބަޔާންކޮށްދިނުމަށް ބަޔާން ނަގާ ފަރާތުން އެދިފައި ނުއޮވެދާނެކަމާއި،މިއިން ކޮންމެ ކަމަކީ މައްސަލައިގެ ޙަޤީޤަތްތައް ފައޞލާކުރ ފަރާތުގާ ވިސްނުމުގައި ބަހައްޓަންޖެހޭ ކަންކަން. ހެކިބަސްދޭ މައުޟޫޢުގެ ޖައުހަރާއި ގުޅުމެއްނެތް ގޮތެއްގައި މައުޟޫ ޢުންބޭރުން ދައްކާ ވާހަކައަކީ ބުރަދަނެއް ދޭންޖެހޭ ކަމަކަށް ނުވެދާނެކަން.

3. ތަޢާރުޟުވާކަމަށް ބުން ހެކިބަހާއިމެދ ފަނޑިޔާރު ނަޒަރުކޮށް އެހެކިބަސް ތަޤްޔީމް ކުރަންޖެހޭނީ އެ މައްސަލައިގައި ހުށަހެޅިފައިވާ އެހެން ހުރިހާ ހެކިތަކެއް ޝާމިލުވާ އަސާސެއްގެ މައްޗަށ ބިނާކޮށްގެންކަން.

4. ހެށަހެޅިފައިވ ހުރިހާ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ހެކިވެރިޔާ ކުރިން ދީފައިވާ ބަޔާނާއި ހެކިވެރިޔާ ޝަފަހީގޮތުން ދީފައިވާ ހެކިބަސް އެއްހަމަ ކުރާއިރު، އެއީ އިތުބާރުކުރެވިދާނ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބަލައި، އެ ހެކިބަހުގައި ކުށެއް ނުވަތަ ތަޢާރުޟުވުމަކޯއުނިކަމެއ ނުވަތަ އައިބެއް ހުރިނަމަވެސް ހުށަހެޅިފައިވާ މައުޟޫޢުގެ ޙަޤީޤަތްތައް ބަޔާންކޮށްދެވިފައިވޭތ ބަލައި، ކަން ހިނގާދިޔަގޮތާއި ތެދު ބަޔާން ކުރެވިފައިވާ އެ ހެކިބަހުގެ ކޮން ބައެއްގައިތ ދެނެގަތުމަކީ ކޯޓުގެ މަސައްކަތެއްކަން.

104މި މައްސަލައިގައި، ދައުލަތުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ:

1. ކ. މާލޭގައި ދުވަހު ކުއްޔަށްދޭ ކޮޓަރި އެއްގައި، ކުއްޖާ ނިދަން އޮއްވާ، ކުއްޖާގެ ސޯޓ ތެރެއަށް އިސްތިއުނާފުކުރާ ފަރާތުން ފައިކޮށްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައ އަތްލާފައިވާތީ، މީގެ ތެރޭގައި ހެކިބަސްދޭ މީހާ ދީފައިވާ ބަޔާންތައް ދީފައިވަނީ ކޮން ކަހަލަ ޙާލަތެއްގައި އޭނާ ހުރެތޯ އާއި ތަޢާރުޟުވުން ސާބިތުވުމަށް ހުރި ސަބަބުތަކަކު ކޮބާތޯ އާއި ހެކިބަސްދޭ މީހާގެ އަދުލުވެރިކަމާއި އޭނާ ދޭ ހެކިބަހުގެ މައްޗަށް ކުރެވޭ އިތުބާރާއި އަޅާބަލާއިރު ހެކިބަހުގައި ހުރި ތަޢާރިޟުވުންތަކުނ މައުޟޫޢުއަށް ކުރާން އަސަރަކީ ކޮބާތޯ އާއި ހެކިވެރިޔާއަށް އޭނާގެ ހެކިބަހުގައި ހުރި ތަޢާރުޟުވުންތައ ބަޔާންކޮށްދިނުމަށް އެކަށީގެންވާ ފުރުޞަތެއް ދެވުފައިވޭތޯއާއި އޭނާ އެކަން ބަޔާންކޮށްދޭ ގޮތާއ އަދި ތަޢާރުޟޭވުން ތަކުގައި ހުރި ގުޅުމާއި، ހެކިވެރިޔާ ދިން ހެކިބަހުގެ ދެން ހުރި ބައިތަކާއި މިކަންކަމަކީ ހެކިބަހުގެ ބުރަދަން ވަޒަންކުރާއިރު ބަލަންޖެހޭ އެހެނިހެން ކަންކަމުގެ އިތުރުން ފަނޑިޔާރު ބަލަންޖެހޭ ކަންކަން. މިގޮތުން، ކޯޓުގެ ޒިންމާއަކީ ހުށަހެޅިފައިވަ ހެކިތަކުގެ މައްޗަށް ބުރަވެ ތެދު ހޯދައި ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އެކަށީގެންވާ ޝައްކެއްނެތި، ހައްދާއި ގިސާސްގެ މައްސަލައެއްނަމަ، ޔަޤީނާ ގާތަށް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމާއަ، ހެކިންދޭ ހެކިބަސް ތަޤްޔީމް ކުރުމުގައި ހެކިބަހުގެ ކުދިކުދި ފަރެޤތަކަށް އެކަށީގެންނުވާހާ ބޮޑު ބުރަދަނެއް ދީގެން ނުވާނެކަމާއި، ޕްރޮސިކިއުޝަނުން ހުށަހަޅާ ދަޢުވާގެ ޖައުހަރަށް ނުވަތަ އެ ދަޢުވާގްއަސާސީ ތަރަހައަށް ލޮޅުމައެ ނާންނަ ވަރުގެ ކުދިކުދި ފަރޤތައ އެއް ބުރަދަނެއް ނުދީ ދޫކޮށްލަންޖެހޭ ކަންތައްތައްކަން.

2. 2020 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން 2021 ވަން އަހަރުގެ އޮގަސްޓް މަހާއި ދެމެދު އެކިދުވަސްމަތިން، ކުއްޖާ ނިދާކޮޓަރީގައ ނިދާފައި އޮއްވާ ކުއްޖާގެ ސޯޓު ތެރެއަށް އިސްތިއުނާފުކުރާ ފަރާތުން އަތްކޮށްޕައި، ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީ،

3. ފަޅުރަށް ތެރެއަށް، ކުއްޖާ ގެންގޮސް، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާގެ މޭމަތީގައާއި ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާފައިވާތީ،

4. ބަދިގޭގެ ގޮނޑިއެއްގައި ކުއްޖާ އިންދައ އިސްތިއުނާފުކުރި ފަރާތުން ކުއްޖާގެ މޭމަތީގައި އަތްލާފައިވާތީ، މިކަންކަމުގެ މައްޗަށެވެ.

105މ ދަޢުވާގެ އަސާސް ބިނާވެފައިވަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށެވެ. އެއީ ކުއްޖާ ފުލުހުންގެ ތަޙްޤީޤަށ ކިޔައިދީފައިވާ ކިޔައިދިނުމެވެ.ބަޔާނވެދިޔް ކަންކަން ކުއްޖާ ފުލުހުންގެ ތަޙްޤީޤަށް ދިން ބަޔާނުގައި ކުއްޖާ ކިޔައިދީފައިވެއެވެ. މިއާ ކުއްޖާގެ އިންޓަވިއު ވީޑިއޯ ރިކޯޑިންގއާ އަޅާކިޔާއިރު، ކުއްޖާ ނިދަން އޮންނައިރު އިސްތިއުނާފުކުރާ ފަރާތް ކުއްޖާގެސަޓުތެރެއަށޯއިނގިލި ކޮށްޕާކަމުއި،ށ ކުއްޖ މާލާ ގޮސް އުޅުނުއިރަ ނިދަން އޮއްވާ ފައިނާގައިގެ އެކި ތަންތަނުގައި އަތްލިކަމިއި،ށ ސައިކަލުގައި ވަލުތެރެއަށ ގޮސް ކުއްޖާގެ ކުރިމަތިފަރާތުގައި އަތްލާކަމާށައި، ބަދިގޭގައި އިންދ ކުއްޖާގެ ގައިގާ އަތްލާކުމުގައި ކުއްޖާ ބުނެފައިވާކަން ރިކޯޑިންގއިންވެސް ފާހަގަވެއެވެ. ދައުލަތުން ކުޅަ ދަޢުވާގައި ހިމެނޭ މައިގަނޑު 04 )ހަތަރެއް( ހާދިސާއަށް ކުއްޖާ އަލިއަޅުވާލައެވެ.

106މިކަންކަމަށް ހެކިންގެ ހެކިބަހުން ބާރުލިބިދޭތޯ ބަލާއިރު، ކުއްޖާގެ މަންމަގެ ބަހުން ކުއްޖާ ގޮވައިގެން އިސްތިއުނާފުކުރ ފަރާތާއެކު މާލެ ދިޔަކަން ފާޅުވެއެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތް ކުއްޖާ ގޮވައިގެން ސައިކަލުގައި ދުއްވަންދާކަންވެސް ފާޅުވެއެވެ. މިއީ 20 އޮގަސްޓް 2021ގައިކުއްޖާ ފުލުހުންގެ ތަޙްޤީޤަށް ކިޔައިދިން ގޮތަށް ލޔފައިވާ ބަޔާނެކެވެ. އަދި މި ކުއްޖާ މި ބަޔާން ދީފައިވަނީ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސިސްޓަންޓް ސޯޝަލް ވޯކަރ އާސިޔަތު ޝާނިމާ ޢަލީދީދީގެ ޙާޟިރުގައެވެ.

107ދައުލަތުގެ ހެކިވެރިޔާ 4ގެހެކިބަހަށް ބަލާއިރު، ކުއްޖާ ނިދާފައި އޮއްވާ އިސްތިއުނާފުކުރާ ފަރާތުނ ކުއްޖާގެ ސޯޓުތެރެއަށް އަތްލިކަމުގައި ކުއްޖާ ބުނިކަމޭށއި، އެއްރ 12:05 ގައި އިސްތިއުނާފުކުރާ ފަރާތް ކުއްޖާއާއެކު ސައިކަލް ދުއްވާފައި ދިޔަ ތަން ފެނުނުކަމުގައި ބުނެފައިވާކަން މީނާގެ ހެކިބަހުން އެނގެއެވެ.

108ދައުލަތުގެ ހެކިވެރިޔާ 8ގެ ހެކިބަހަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއާ ބެހޭ ކަމަށް ކުއްޖާ ބުނެފައިވާކަމުގައ މި ހެކިބަހުން އެނގެއެވެ.

109ދައުލަތުގެ ހެކިވެރިޔާ 2 ގެހެކިބަހުން ކުއްޖާ މާލޭގައި ހުރެފައި އެއްރޭ ގުޅާފައި، އިސްތިއުނާފުކުރާ ފަރާތުގެ ފައި، ކުއްޖާގެ ފައިތެރެއަށަ ލާކަމީށައި، ކުއްޖާ ދުރުކުރުމުނ އަނެއްކާވެސް އެކަން ކުރިކަމުގައި ކުއްޖާ މީނާ ގާތު ބުނެފައިވާކަމށއި، އެކަން ހިނގީ ކުއްޖާގެ މަންމައާއި، އިސްތިއުނާފުކުރާ ފަރާތާ، އަދި ކުއްޖާ މާލެ ދިޔަ ދުވަސްވަރުކަން މި ހެކިބަހުން އެނގެއެވެ.

110ދައުލަތުގެ ހެކިވެރިޔާ 7 ގެހެކިބަހުން، ކުއްޖާގެ ފަރާތުން އެ ވާހަކަ ހިއްސާކުރިކަމީއި،ށ އިސްތިއުނާފުކުރާ ފަރާތް ކުއްޖާގެ ގައިގާ އަތްލިކަމަށް ކުއްޖާ ބުނިކަމަށާއި، މި ވާހަކަ ބުނީ 2021 ވަނަ އަހަރުކަމށަ އ، މިއީ ކުއްޖާ ނިދަން އޮންނައިރުކަން މި ހެކިބަހުން އެނގެއެވެ.

111ކުއްޖާގެ"އިޖްތިމާޢި ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓް" ތައްޔާރުކޮށްފައިވާ އާސިޔަތު ޝާނިމ ޢަލީދީދީގެ ހެކިބަހަށް ބަލާއިރު، މި މައްސަލައަކީ ކުއްޖާއަށް ކުއްޖާގެ ދޮންބައްޕަގެ ފަރާތުން ޖިންސީ ހާނިއްކަ ލިބިފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްކަމާށަ އ، މި މައްސަލައިގައި ކުއްޖާއާ ވާހަކަދެކެވިފައިވާކަމށްއި،ކުއްޖާ ނިދާފައި އޮންނައިރު، ކުއްޖާގެ ހެނދުމުގެ ތެރެއިން ކުރިމަތިފަރާތުގައި އިސްތިއުނާފުކުރާ ފަރާތުން އަތްލާ ވާހަކައާއި، ކުއްޖާ ގޮވައިގެން ސައިކަލުގައި ދިޔައިރެއްގައި މަޑުކޮށް، ކުއްޖާގެ ގައިގާ އަތްލާން މަސައްކަތްކުރިކަމުށޭއި، ކުއްޖާ ބަދިގޭގައި އ ޅއިރ މި ހެކިވެރިޔާއަކީ ދިފާއުން ހެކިވެރިޔާ 3 ގެ ގޮތުގައި ހުށަހަޅާފައިވާ ހެއްކެކެވެ. ފަހަތުން އައިސް ގާއިގާ އަތްލާކަމަށްވެސް ކުއްޖާ ބުނިކަމަށެއި، އެ ގެއަށް ޒިޔާރަތްކޮށް ބެލި ބެލުމުން ގޭގެ ޙާލަތު ހުރީ ކުއްޖާ ކިޔައިދިންގޮތަށް ކަމަށާއި، ޖިންސީ ގޯނާ ލިބޭ ކުދިންގެ ފަރާތުން ފެނިދާނ ކަންކަން ކުއްޖާގެ ފަރާތުންވެސް ފާހަގަކުރެވުނުކަމުގައ ބުނެ ހެކިބަސް ދީފައިވެއެވެ.

112ކުއްޖާގެ "ސައިކޮލޮޖިކަލް ރިޕޯޓް" ތައްޔާރުކޮށްފައިވާ ނީޒާ ޙުސައިންގެ ހެކިބަހަށް ބަލާއިރު، ކުއްޖާއާއެކު މަސައްކަތްތަކެއް ކުރެވިފައިވާކަމާ ށ އ، ކުއްޖާ ވަކިން މި ހެކިވެރިޔާއާ ވާހަކަދެއްކިކަމއި،ށެމާލެ ޑޮކްޓަރަށް ދައްކަން އައިސް އެންމެން އެއް ކޮޓަރިއެއްގައި ތިބިއިރެއްގައި، އިސްތިއުނާފުކުރަ ފަރާތުގާ ފައި ކުއްޖާގެ ސޯޓުތެރެއަށް ވައްދައި ކުއްޖާގެ ކުރިމަތިފަރާތުގައި އޭނާގެ އިނގިލިން އަތްލިކަމަ ށާއި، ކުއްޖާ ނިދަން އޮއްވާ ކުރިމަތި ފަރާތުގައި އަތްލިކަމިށާއި، ސައިކަލްގައ ދިޔައިރެއްގައި ވަލުތެރެއަށް މަޑުކޮށް ކުއްޖާގެ ކުރިމަތިފަރާތާއ މަތީގައި އަތްލިކަމުގައި ކުއްޖާ ކިޔައިދީފައިވާކަން އެނގެއެވެ.

113މިކަންކަމުގެ އަލީގައި، ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގުތްތޯ ބަލާއިރު، އިސްތިއުނާފުކުރ ފަރާތުން ކުއްޖާއާމެދު ޢަމަލުކުރި ގޮތް، ދާދި އެއްގޮތަކަށް، ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު 04 )ހަތަރެއް( ހާދިސާ ހިމެނޭހެން، އެކި މަހައްލުގައި އެކި މީހުންނަށް ކިޔައިދީފައިވެއެވެ. ބައެއް މަހައްލުގައި، ކުއްޖާ ތަފްޞީލުތައް ކިޔައިދީފައިވެއެވެ. މިސާލަކަށް، ފުލުހުންގެ ބަޔާން، ރިކޯޑިންގ، "އިޖްތިމާޢި ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓު" އަދި "ސައިކޮލޮޖިކަލް ރިޕޯޓް" ތްއްޔާރުކުރ ފަރާތަށް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވާ ތަނިފެނެއެވެ. ބައެއް ފަހަރު ހާދިސާއަށް ނިސްބަތްކޮށް، ޚުލާޞާގޮތެއްގައި އެ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެއެވެ. އެހެނަސް، މ 04 )ހަތަރެއް( ހާދިސާ ހިމެނޭގޮތަށް ޖައުހަރީ ފުށުއެރުމެއްނެތި، ކުއްޖާއަށް އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ލިބިފައިވާ ޖިންސީ އަނިޔާ ކިޔައިދީފައިވެއެވެ. މިކަން ދަށު ކޯޓުން ވަރަށްވެސް ތަފްޞީލުކޮށް ފާހަގަކޮށްފައިވެއެވެ.

114ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްވޭތޯ ބަލާއިރު، ކުއްޖާއަށް އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ޖިންސީ އަނިޔާ ލިބުނު ހާދިސާތައް ބަޔާންކުރާއިރު، އޭގެ ތެރެއިން އެއް ހާދިސާއެއް ހިނގާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ކުއްޖާ ގޮވައިގެން ސައިކަލް ދުއްވަންދާއިރެވެ.އިސްތިއުނާފުކުރާ ފަރާތް ކުއްޖާ ގޮވައިގެން ސައިކަލް ދުއްވަން ދާ މަންޒަރު ފެނިފައިވާ ފަރާތްތަކުން މި ވާހަކަ ކިޔައިދީފައިވެއެވެ. މީގެ އިތުރުން، އެއް ހާދިސާ ބިނާވަނީ ކުއްޖާ ޑޮކްޓަރަށް ދައްކަން މާލީ ދިޔައިރެއްގައި ކަމަށްވާއިރު، ކުއްޖާ ގޮވައިގެން ޑޮކްޓަރަށް ދައާ ކަން މާލެ ދިޔަކަމށްއި،މާލެ ގޮސް ކުއްޖާއާއި، ކުއްޖާގެ މަންމައާއި އިސްތިއުނާފުކުރާ ފަރާތް ނިދާ އެއީ ކޮޓަރިއެއްގައިކަނ ކުއްޖާގެ މަންމަގެ ބަހުން ސާފުވެގެން ދެއެވެ. މީގެ އިތުރުން، މާލޭގައި ހިނގާދިޔަ ކަންކަން އިތުރަށް ސާފުވެގެންދަނީ ދައުލަތުގެ ހެކިވެރިޔާ 2 ގެ ހެކިބަހުންނެވެ.

115ބަދިގޭގައި ކުއްޖާ އ ޅޭއިރު، ކުއްޖާއަށް އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ޖިންސީ އަނިޔާ ލިބެމުންދާކަމިށުއި އެތަން އެއްވެސް މީހަކަށް ނުފެންނާނެކަމަށް ކުއްޖާ ބުނެފައިވާއިރު، މި ގޭގައި މ މޭރމުން ހިނގާ ކަންކަން ނުފެންނާނެކަނި"އިޖްތިމާޢި ޙާލަތު ވަޒަންކުރާ އެސެސްމެންޓް ރިޕޯޓު" އާއި ފޮޓޯ ރިޕޯޓުން ސާފުވެއެވެ.

116މިކަންކަމަށްބަލާއްރު، ކުއްޖާ ކިޔައިދިނި ކިޔައިދިނުން ބޭރުފުށުން އެއްގޮތްކަމުގައި ދެކެމެވެ. މިކަން ދަށު ކޯޓުން ތަފްޞީލުކޮށް ފާހަގަކޮށްފައިވެއެވެ. ދަށު ކޯޓުގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" ގެ 54 ވަން ނުކުތާ އިނ 63 ވަން ނުކުތާ ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ދަށު ކޯޓުގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" ގެ 64 ވަނަ ނުކުތާ އިން 70 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން

117ކުޑަކުދިންގެ ބަހާމެދ ގޮތެއު ކަނޑައަޅާއިރު، ޅަފުރާއަކީ ކުދިންގެ ސިކުނޑި އުފެދި ތަރައްޤީވަމުން އަންނަ ދުވަސްވަރު ކަމުގައިވާތީ، ނުވަތަ ޖިންސީ ގޯނާގެ ޢަމަލު ހިންގި ފަރާތްތަކަކީ ކުއްޖާއާމެދު އެފަދަ ޢަމަލެއް ހިންގުމުގެ ކުރިންވެސް އެ ކުއްޖަކާ ޢާއިލީ ގުޅުމެއް ނުވުތަ ބާރުވެރި ގުޅުމެއް އޮންނަ ފަރާތެއް ކަމުގައިވާތީ، މިފަދަ ސަބަބަކާހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްޞީލު ހަނދާންނެތުމަކީ ނުވަތަ ތަފްޞީލު ފަހުން ކިޔައިދޭން ބޭނުންނުވުމަކީ އެކަށީގެންވާކަމެއް ކަމުގައިވާތީ، އެ ކުއްޖާ ކުރިން ކިޔައިދިނިކަޔައެދިނުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކުން ބާރުލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަން ޖެހޭކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ނަންބަރ 2017/SC-A/16 ދިވެހި ދައުލަތް ވ. ޢަލީ ޝާހް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

118މ ނުކުތާގައި އަހިރެން ފާހަގަކުރާ ކަންކަމަކުދައުލަތުނ ހުށަހެޅް ދަޢުވާގެ ސީޣާގައި ބަޔާންކޮށްފައިވ ކަންކަމުގައި ޖައުހަރީ ފުށުއެރުމެއް އޮތްތޯ ނުވަތަ ނެތްތޯ ބަލައި ފާހަގަކުރާ ކަންކަމެވެ. އެ މއ ހާދިސާގެ އިތުރުން، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގެ ތެރޭގައި ދަޢުވާގެ ސީޣާގެ ބޭރުން ހިމެނޭ ކަންކަމީ، ކުއްޖާގެ ބައެއް ކިޔައަ ދިނުންތަކުގައި ތަފްޞީލުކޮށްދީފައިވާ ކަންކަމެވެ. އަދި ބައެއް ކިޔައިދިނުންތަކުގައި ދޫކޮށްލާފައިވާ ކަންކުމެވެ. މިއީ މި މައްސަލައިގެ ދަޢުވާގެ މައުޟޫޢުގެ ބޭނުމަށް މުހިންމުކަން ދޭންޖެހޭ ކަންކަން ކަމުގައި އަހުރެންނަށް ޤަބޫލެއްނުކުރެވެއެވެ. މި ބާވަތުގެ މައްސަލައިގެ ބިނާއަކީ، ކުއްޖާއާމެދު ހިނގާފައިވާ ޖިންސީ ގޯނާއ ގުޅިގެނާ ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެއްގޮތްތޯ ނުވަތަ ނޫންތޯއެވެ. އެކަން ވަޒަންކުރުމެވެ.

119މި ނިންމުމުގެ 88 ވަނަ ނުކުތާއިން ފެށިގެން 116 ވަނަ ނުކުތާގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކުއްޖާ އެކި މަހައްލުތަކުގައި ކިޔައިދީފައިވާ ކިޔައިދިނުމުގައި ކުދިކުދި ފަރަޤުތަކެއް ހުރިނަމަވެސް، މ މައްސަލައިގައް ބެލެވި މައުޟޫޢުގެ ތެރެއިން ޖައުހަރީ ފުށުއެރުމެއްވާކަމަކަށަނުދެކެމެވެ. އެހެނީ، މި ބާވަތުގެ މައްސަލަތަކުގައި ބަރޯސާވިމަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށްކަމަށްވާއިރު، އަދި އެފަދަ ކުއްޖަކަށް މެދުވެރިފައިވާ ނާޒުކު ޙާލަތަށާއި، ކަމުގެ ޚައްޞާޞކަމުގްމައްޗަށް ބަލާއިރު، އެ ހާދިސާގެ މަތިން ކުއްޖާ ހަނދާންނައްތާލަން ބޭނުންވާނެކަމީ، އަދި ކުއްޖާ އެ ހާދިސާތައ ކިޔައިދޭ ކިޔައިދިނުން ތަކުރާރުކުރަން ބޭނުންނުވާނެކަމީވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

120މ މާ އްސަލައިގ މައުޟޫޢުގެ ތެރެއިން، ދައުލަތުން ކުޅަ ދަޢުވާގެ ޖައުހަރަށް އަދި ދަޢުވާގެ އަސާސަށަ އަސަރުކުރާނެފަދަ ފުށުއެރުމެއް އޮތްކަމުގައި ނުދެކޭހިނދު، މި މައްސަލައިގައި ވަށައިގެންވާ އެންމެހާ ކަންކަމަށް ނަޒަރުކުރުމުން، ފެންނަން އޮތީ، ދަޢުވާގެ ޖައުހަރުގައި ބަޔާނކޮށްފައިވް ކަންކަނާ އެފަދައިން ހިނގާފައިވާކަމެވެ. އަދި އެކަމަށް ހުރަސްއަޅާ ވަރުގެ ޝައްކެއް ހެކިތަކުން ފާހަގަނުވާކަމެވެ.

121ދށަ ކޯޓުނު ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބަލައި، ވަޒަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޕީ ރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ އަލީގައި، ވަކި ވަކިން ކޮންމެ ޙަޤީޤަތަކަށް ނަޒަރުކޮށެވެ. އަދ މި އިސްތިއުނާފުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އަހުރެނ އެކަންކަން ވަޒަންކުރުމުންވެސ ނިކުންނަން އެއީ ނަތީޖާއެކެވެ. އެހެންކަމުން، މި ނުކުތާގެ މައްޗަށ އިސްތިއުނާފުކުރާ ފަރާތަށް ޢަދުލުވެރި އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ގެއްލިފައިވާކަމުގައ ނުދެކެމެވެ.

122މިކަންކަމުގެ އަލީގައި، ކުއްޖާގެ ބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕެ ރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރް ޤަޟިއްޔާއާ ޚިލާފަށްކަމުގައި ބެލޭނެ ހަމައެއް އޮތްކަމަކަށވެސ ނުދެކެމެވެ. މައްސަލަ ނިންމާފައިވަނީ ކުއްޖާގެ ތެދުވެރިކަމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތާ އެއްކޮޅަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއްނެތިތޯ؟

123އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާ ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގޕެ ރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކުޑަކުއްޖާގެ ހެކިބަހަކީއާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކްބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯއާއި ޝަކުވާ އުފުލި ފަރާތުގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަގޮތުގ މައްޗަށާއި، ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބލިދާނެކަމަށ ބަޔާންކުރާތީ، އެކަމުގެ މައްޗަށެވެ.

124މިއާ ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ކުއްޖާގެ ތެދުވެރިކަމާ ގުޅޭގޮތުން ލިބިފައިވާ ހެކިތަކަށ ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އެގޮތުން، ކުއްޖާގެ މަންމަ ދީފައިވާ ބަޔާނުގައި ކުއްޖާއަކީ ހަދަހަދައިގެން ވާހަކަދައްކަފާނެ ކުއްޖެއްކަމަށް ބުނެފާއިވާކަމޭށިއި، ކުއްޖާ އަތްނުލާންޖެހ ތަންތާނގައ އިސްތިއުނާފުކުރި ފަރާތުން އަތްލާކަމަށް ކުއްޖާ ސިއްރު ހެކި 1 ގާތު ނުބުނާކަމަށް މީނާ ހެކިބަސް ދީފައިވާކަމާއި،ށ ދައުލަތުގެ ހެކިވެރިޔާ 4 އާއި ދިފާއުގެ ހެކިވެރިޔާ 5 އާއިދައުލަތުގެ ހެކިވެރިޔާ 2 ގެ ހެކިބަހުގައިވެސް ކުއްޖާއަކީ ވަރަށް ދޮގު ހަދާ ކުއްޖެއްކަމަށް ބުނެފައިވާކަމުގައެވެ.

125ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގުޕެރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގަ ރިޔާސަތު ފަނޑިޔާރުގެ ރޯއްޔުގައި، ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކުއްޖާގެ އަޚްލާޤާއި، ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަގޮތުގެ މައްޗަށް ބަލަންވާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި ގުޅިގެން، އެ ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދ ފާހަގަކުރައްވާފައިވަނީ، އަނިޔާ ލިބުނު ކުއްޖާގެ އަޚްލާޤު ވަކި ގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެ ކުއްޖަކާމެދ ހިންގުނު ޖިންސީ ޢަމަލެއް ތަޙާޤީޤުކުރުމުގައި ބަލަންޖެހޭ ކަމެއް ކަމުގައި ނުދެކޭ ކަމުގައެވެ. އެހެނީ، ކުއްޖަކީ ވަކިގޮތަކަށް އުޅޭ ނުވަތަ ނުއުޅޭ ކުއްޖަކަށްވާތީ، ތަޞައްރަފު ފުދިފައިވާ މީހުން، އެފަދަ ކުއްޖެއްގެ ނާޖާއިޒް މަންފާ ނެގުމަކީ ނވަތައެފަދެކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމަކީ އެއްވެސް މިންގަނޑަކުން އެންމެ ރަނގަޅު ގޮތެއްކަމުގައި ބެލޭނެ ނުވަތަ ބަލައިގަނެވޭނެ ނުވަތަ ޤަބޫލުކުރެވޭނެ ކަމެއް ކަމުގައްވެގެން ނުވާތީކަމުގައެވެ.ކޮންމެ މައްސަލައެއްގައިވެސ ކުރިމަތިވާ ޙަޤީޤަތްތައް ތަފާތުވާނެއެވެ. މި ނިންމުމުގެ 88 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޖާއަކީ ތުއްތު ޅަފުރައިގ އުމުރުގެ ކުއްޖެއްކަމުގައިވާނަމަ، އެ ކުއްޖާގެ އަޚްލާޤާއި ޢަމަލަކީ މައްސަލައިގެ ޙަޤީޤަތްތައް ވަޒަންކުރުމުގައި މައްސަލައިގެ ޙަޤީޤަތްތަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. މި ބާވަތުގެ ކޮންމެ މްއްސަލައަކީވެސ ޖިންސް ގޯނާ ކޮށްފައިވާ މީހާއާއި ކުއްޖާއާ ހުރި ގުޅުމާއި، ގާތް ކަމާއި، ކުއްޖާގެ އުމުރާއި، އެ މައްސަލައިގެ ކަން ހިނގައިދިޔަގޮތުގެ މައްޗަށި،އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން ވަޒަންކޮށް، ފައްޞލާކުރަންޖެހޭ މައްސަލަތައްކަމުގައި އަހުރެނ ދެކެމެވެ.

126މި ޤަޟިއްޔާގެ އިތުރުން، ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/60 ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާގައިވެސ ފަނޑިޔާރް ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވަނީ، ކުއްޖާގެ އަޚްލާޤަށް ޙަވާލާދިނުމުން، އަނިޔާ ލިބުނު ކުއްޖާގެ ސަބަބުން މެދުވެރިވި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ހުޅުވިގެންދާހިނދު، އެފަދަ ހާދިސާތަކަކ އަނިޔާ ލިބުނު ކުއްޖާގެ ސަބަބުން މެދުވެރިވާ ކަންކަން ކަމުގައި ބެލެވިގެން ނުވާނެކަމުގައެވެ.

127HN6އަނިޔާ ލިބުނު ކުއްޖާ، މުއްތަހަމާ ބެހޭ ގޮތުން ޝަކުވަކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްކަމަށާ ބުނާނަމަ، މައްސަލަ ބަލާ ފަނޑިޔާރު އެކަމެއް ބަލަންޖެހޭނެކަމަށާއި، އަދި ކުއްޖާ ޝަކުވާކުރީ އެފަދަ ސަބަބެއް އޮވެގެންކަމަށް ދަޢުވާލިބޭ ފަރާތުން ބުނާނަމަ އެކަމުގެ ހެކި ހުށަހަޅައިގެން އެކަމެއް ސާބިތުކުރުމުގެ ބުރަ އޮންނާނީ ދެޢަވާކުރ ފަރާތުގާ މައްޗަށްކަމަށާއި، އެހެނަސް ދަޢުވާކުރާ ފަރާތުގެ މައްޗަށ އެކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ޝަކުވާކުރި ކުއްޖާ އެފަދަ ވާހަކައެއް ދަޢުވާލިބޭ ފަރާތުގެ މައްޗަށް ހަދައިގެން ދައްކަންވީ ސަބަބެއް އޮތްކަމަށް އެކަށީގެންވާ މިންވަރަކަށް ދަޢުވާލިބޭ ފަރާތަށް ބުނެދެވިފައިވާނަމަ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެޕު ރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކުރެއެވެ.

128މިކަމުގެ އަލީގައި، މި ބާވަތުގެ މައްސަލަތަކުގައި ފުރަތަމަ ބަލަންޖެހޭނީ، ދަޢުވާލިބޭ ފަރާތާމެދު ޝަކުވާކުރި ކުއްޖާގެ ނުނިޔަތެއް އޮތްކަމާއި، އަދި ޝަކުވާކުރި ކުއްޖާ އެފަދަ ވާހަކައެއް ހަދައިގެން ދައްކަންވީ ސަބަބެއް އޮތްކަމަށް އެކަށީގެންވާ މިންވަރަށް ދަޢުވާލިބޭ ފަރާތަށް ބުނެދެވިފައިވޭތޯއެވެ.

129މިގޮތުން، މިކަން ދަށު ކޯޓުން ވަޒަންކޮށްފައިވެއެވެ. އަދި ދަށު ކޯޓުގެ ނަތީޖާއަކީ މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ކިބައިގައި އިސްތިއުނާފުކުރާ ފަރާތާ ދެމެދު ހަދައިގެން ވާހަކަ ދައްކަފާނެކަމުގ އެއްވެސް ހަސަދަވެރިކަމެއް، ނުވަތަ ރުޅިވެރިކަމެއް ނުވަތަ ނުންޔަތއް އޮންނާނެ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުވާކަމުގައެވެ. އަދި މުޅި މައްސަލައަށް ބަލާއިރުވެސް، އެފަދަ ސަބަބެއް އުފަންވެދާނެ ފަދަ ކަމެއް ފާހަގަކުރެވިފައިނުވާކަމެވެ.

130މީއިސްތިއުނާފާނުކުތާގައެއިސްތިއުނާފުކުރާ ފަރާތުން ބުނަމުންދަނީ، ކުއްޖާއަކީ ދޮގު ހަދާ ކުއްޖެއްކަމުގައި އެ ފަރާތުން ހުށަހެޅި ހެކިން ހެކިބަސްދީފައިވާކަމެވެ. އެހެނަސް، މި ފަރާތްތަކުގެ ހެކިބަހުންވެސް، އިސްތިއުނާފުކުރާ ފަރާތާ ދެމެދު އޮތް ހަސަދަވެރިކަމެއް، ނުވަތަ ރުޅިވެރިކަމެއް، ނުވަތެ ނުނިޔަތެއް ބުނެދެވިފައެއްނެތެވެ. އަދި އިސްތިއުނާފުކުރާ ފަރާތަށް ނިސްބަތްކޮށް މިވަރުގ ވާހަކައެއް ހަދަހަދައިގެން ދައްކަފާނެ އެކަށީގެންވާ ސަބަބެއްވެސް ހެކިބަހުން ފާޅެއްނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު( ޤަޟިއްޔާގެ 67 ވަނަ ނުކުތާ ދަށު ކޯޓުގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓް" ގެ 71 ވަނަ ނުކުތާ

131އިސްތިއުނާފުކުރެ ފަރާތާ ކުއްޖާއާމެދު ޢާއިލީ ގުޅުމެއް އޮތްއިރު، ކުއްޖާގެ ރުޅިވެރިކަމެއް އޮތްކަމަށް ނުވަތަ ކުއްޖާގެ ނުނިޔަތެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި ކުއްޖާގެ އެފަދަ ރުޅިވެރިކަމެއް އޮންނަންވީ ސީދާ ސަބަބެއް ބުނެވެދިފައިވާކަމަކަށް ނުދެކެމެވެ. އަދި ހެކީގެ ބަޔާންތަކަށް ނަޒަރުކުރުމުން މިފަދަ ސަބަބެއް އޮތްކަން ދަލާލާތެއްނުކޮށްދެއެވެ.

132އެހެންކަމުން، މި ނުކުތާގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފު ނިންމުމެއް ކަމުގައި ނުދެކެމެވެ. މި މައްސަލައިގައި ineffective assistance of counsel ގެ އުޞޫލުގެ އަލީގައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ބ( އަދި )ޅ( އިން އިސްތިއުނާފުކުރާ ފަރާތަށް ލިބިދޭ އަސާސީ ޙައްޤުތައް އެކަށީގެންވާ ގޮތެއްގައި ލިބިނުދޭތޯ؟

133މި ނުކުތާގައިއިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ،ދަށު ކޯޓުގައު އިސްތިއުނާފުކުރި ފަރާތުގާ ޤާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ ވަކީލުންގެ ސުލޫކާ ޚިލާފު އެތައަ ކަމެއް ފާޅުކަން ބޮޑުކޮށް ފާހަގަވާން ހުރިއިރު، މިފަދަ ގޮތަކަށް ޤާނޫނީ އެހީތެރިކނެފޯރުކޮށްދީފައިވާ ވުމެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމުގައެވެ.

134ދަށު ކޯޓުގެ މަރޙު ލާގައި އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ވަކީލުގެ އެހީ ލިބިފައިވާގޮތަށް ބަލާއިރު،

1. މި މައްސަލައިގައި 25 އޮކްޓޫބަރު 2021 ގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި، އިސްތިއުނާފުކުރު ފަރާތުގާ ޤާ ނޫނީ ވަކީލުގެ ގޮތުގައި އަލްއުސްތާޛު ޙަސަން ނަޞީރު އަޑުއެހުމުގައި ބައިވެރިވެ، އިސްތިއުނާފުކުރ ފަރާތް ތަމްސީލުކޮށް، ވާހަކަދައްކާފައިވެއެވެ.

2. 28 އޮކުޓް ބަރް 2021 ގައި ބޭއްވުނު އަޑުއެހުމުގައިވެސް، އިސްތިއުނާފުކުރާ ފަރާތުގެ ވަކީލެއްގެ ގޮތުގައި އަލްތުސްތާޛ ޙަސަނު ނަޞީރު އެ އަޑުއެހުމުގައި ބައިވެރިވެ، ދިފާޢުގިފަރާތުނ ހެކި ހުށަހަޅާފައިވެއެވެ.

3. 28 ނޮވުނެ ބަރް 2021 ގައި ދައުލަތުން ޝަރީޢަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ ގޮތުން ފާހަގަކުރަން ބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން ބޭއްވުނު އަޑުއެހުމުގައިވެސ އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކޮށްފައިވަނީ އަލްއުސްތާޛު ޙަސަން ނަޞީރުއެވެ.

4. އެއަށްފަހު 30 ނޮވުނެ ބަރް 2021 ގައި އަލްއުސްތާޛު ޙަސަން ނަޞީރު މި މައްސަލައިން ތަނާޒުލުވެ އެކަން އަންގާފައިވެއެވެ.

5. އިސްތިއުނާފުކުރު ފަރާތާ ތަމްސީލުކުރުމަށްޓަކައި ވަކާލާތުކުރުމަށް އެދޭ ފޯމް 05 ޑިސނެ ބަރް 2021 ގައި އަލްއުސްތާޛާ ފާޠިމަތު ސަމްހ ސަޢީދާ ހުށަހަޅާފައިވެއެވެ. އަދި 11 ޑިސނެ ބަރް 2021 ގައު މި މައްސަލައިން ތަނާޒުލުވެފައިވެއެވެ. މި މުއްދަތުގައި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއްނުވެއެވެ. އެހެނަސް، މި ވަކީލު 09 ޑިސނެ ބަރް 2021 ގައި ކުއްޖާގެ އިންޓަވިއު ރިކޯޑިންގ ކޯޓުގައި ބަލައި ދިރާސާކޮށްފައިވެއެވެ.

6. އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރުމަށްޓަކައި 12 ޑިސނެ ބަރް 2021 ގައި އަލްއުސްތާޛު މުޙައްމަދު މިންހާޖު ވަކާލާތުކުރުމަށް އެދޭ ފޯމް ހުށަހަޅައި، 23 ޖަނަވަރީ 2022 ގައި ބޭއްވުނު އަޑުއެހުމުގައި އިފްތިތާހ ބަޔާނީ ހުށަހަޅާފައިވެއެވެ.އަދ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގިފައިވަނީ މ ވަކީލާއެކުއެވެ. މި ވަކީލު 31 މެއި 2022 ގައި ތަނާޒުލުވިއިރު ވަނި ހެކިންގެ ހެކިބަސް ނަގައި ނިމފއެވެ.

7. މައްސަލައިގައި ފުރަތަމަޢައްޔަންވި ވަކީލު އަލްއުސްތާޛު ޙަސަން ނަޞީރު ދެވަނަ ފަހަރަށް ޢއްޔަންވެފައިވަނ 06 ޖޫން 2021 ގައިކަން މި ވަކީލުގެ ފަރާތުން ހުށަހަޅާފައިވާ ވަކާލާތުކުރުމަށް އެދޭ ފޯމުއިން އެނގެއެވެ. އެއަށްފަހު 16 ޖޫން 2022 ގައި ބޭއްވުނު އަޑުއެހުމުގައި މި ވަކީލު ބައިވެރިވެފައިވެއެވެ. އަދި 18 ޖޫން 2022 ގައި ޚުލާޞާ ބަޔާންވެސ ހުށަހަޅާފައިވަނީ މި ވަކީލެވެ.

135ކުރިންވެސް ބަޔާންކުރި ފަދައިން މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސަކީ، އިސްތިއުނާފުކުރި ފަރާތާ ދަށް ކޯޓުގައު ތަމްސީލުކުރި ވަކީލުންގެ ފަރާތުން ފޯރުކޮށްދީފައިވާ ޤާނޫނ އެހީތެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައިވާ ޤާނޫނީ އެހީތެރާ ކަމެއްނޫންކަމީށާއި، ދިމިޤްރާތީ މުޖުތަމަޢުތަކުން ބަލައިގަނެފައިވާ counsel of assistance ineffective މި އުޞޫލމު މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގެ ނިންމުމަށް ބަދަލު އައުމުގެ ފުރުޞަތު ބޮޑުކަމުގައެވެ.

136HN7އިންސާފުވެރި ޝަރީޢަތެއްގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، އެފަދަ އެހީ ހޯދައި، އެފަދަ އެހީތެރިކަން ދެމެހެއްޓުމުގެ ޙައްޤު ހިމެނެއެވެ. މިއީ right to effective representation އެވެ.

137ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤަކީ، ކޮންމެ މީހަކަށްވެސް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެކެވެ. މިކަން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ )ހ( އިން ސާފެވެ.މިޙައްޤު ލިބިދޭ ގޮތް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، މިއީ ހަމައެކަނި ކުށްކުށާއ ގުޅިގެނި ތުހުމަތު ކުރެވޭ މީހުންނަށް ނުވަތަ ކުށުގެ ދަޢުވާ އުފުލިފައިވާ މީހުންނަށް އޮތް ޙައްޤެއް ނޫންކަން އެނގެއެވެ.އެހެނަސް، ޤާނޫނުއަސާސީގައި ހައްޔަރުކުރެވޭ ހިނދު ނުވަތަ ބަންދުކުރެވޭހިނދު، ނުވަތަ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ )ހ( ގައިވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ، 51 ވަނަ މާއްދާ 53 ވަނަ މާއްދާ ކުށުއްގ ދަޢުވެ އުފުލާފައިވާ މީހަކަށް ނިސްބަތްކޮށް، މި ޙައްޤު ޚާއްޞަގޮތެއްގައި ބަޔާންކުރަނީ، މި ޙައްޤުގެ ބޭނުން އެންމެ އަސާސީ ގޮތެއްގައި ބޭނުންޖެހިފައިވަނީ މިފަދަ ޙާލަތުގައި ތިބި މީހުންނަށްކަމުގައިވީތީއާއި، މި ކަންކަމުގައި އެމީހެއްގެ ފަރުދީ މިނިވަންކަން ހިފެހެއްޓިގެން ދިޔުން ހިމެނޭތއެވެ.

138އާންމު އުޞޫލުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ފެށޭ ހިސާބަކީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ، ނުވަތަ ހައްޔަރުކުރުމަށް ނުވާ ގޮތަށް ފުލުހުންގ ބެލުމުގެ ދަށަށް މީހަކު ގެނެސް، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެ މީހަކު އެދޭ އެދުމުން ފެށިގެންނެވެ. ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ހިމެނޭ ގޮތުން، ޝަރީޢަތުގެ މަރާޙްލު ނިމެންދެން ކުށެއްގެ ތުހުމަތުކުރެވި ޝަރީޢަތް ހިންގޭ މީހާއަށް މި ޙައްޤު ލިބިދެވެއެވެ. މިކަން އިތުރަށް ކަށަވަރުކޮށްދެނެކުށެއް ކުރިކަމުގިދަޢުވ އުފުލިފައިވާ ކޮންމެ މީހަކަށް އެ މީހެއްގެ ޙާޟްރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤްނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނީއަސާސީގައި މިކަން ތިލަކޮށްފައިވާތީއެވެ.

139އަސާސީ ޙައްޤެއްގެ ގޮތުގައި މި ފުރުޞަތު ލިބުމުގެ އަދި ފަހިވެފައިއޮތުމުގެ މައިގަނޑު ބޭނުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަކީ ކުށެއް އޭނާގެ މައްޗަށް ސާބިތުނުވާހާހިނދަކު، ކުށުން ބަރީއަވެގެންވާ މީހަކަށްވާތީއާއި، ކުށެއްގެ ތުހުމަތުކޮށް ހައްޔަރުކުރުމާއިއެކު، އަދި ބ ންދުކުރުމާއެކު އެ މީހަކަށް ޤާނޫނީގޮތުން ލިބިދޭ ޙައްޤުތއ ކަށަވަރުކުރުމެވެ.މިއީ އަދުލުވެރި ޝަރީޢަތެއް ލިބިދިނުމުގެ ތެރޭގައި ކުރެވޭކަމެއްކަމުގައި ބެލެވެނީ މި ސަބަބުތައް ޝާމިލުވާތީއެވެ. ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 51 ވަނަ މާއްދާގެ )ހ( ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ޅ(

140ވިކީލެއްގ މަސައްކަތުގެ ފެންވަރު ދަށްވެ، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކުރާނަމަ، ވަކީލުގެ ފުށުން ޤާނޫނީ ލަފަޔާއ ޤާނޫނި އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާކަމަށް ބުން އެކަމުގެ މައްޗަށް ޤާނޫނީ ޖަދަލެއް ހުށަހެޅިއްޖެ ޙާލަތުގައީ، އެކަނ ސާބިތުކުރުމުގެ މިންގަނޑު ތަޤްޔީމުކޮށް ވަޒަންކުރުމަށްޓަކައި ބޭނުންކުރާނެ ޓެސްޓުތައ ޤާނޫން ނިޒާމްތަކުގައި ތަޢާރަފުކުރެވި، ތަރައްޤީކުރެވިފައިވެއެވެ.

141ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގައ ޤާނޫނި ވަކީލެއްގެ އެހީ ލިބުމުގެ ޙައްޤަކީ އެމެރިކާގެ ޤާނޫނު އަސާސީގެ ހަވަނަ އިޞްލާޙުން ކަށަވަރުކޮށްދޭ ޙައްޤެކެވެ. މިހާރު މި ބަހުސްކުރެވޭ ސުރުހީގެ، އެހެނ counsel of assistance ineffective ގެ އުޞޫލު ކަނޑައެޅިފައިވާ މައި ޤަޟިއްޔާއަކީ، v. Washington Strickland )މީގެ ފަހުން ”Strickland“ ޤަޟިއްޔާ( ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި ineffective assistance of counsel ގެ ޙާލަތު މެދުވެރިވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަލަންޖެހޭ ދެ ޓެސްޓެއް ޤާއިމުކޮށްފައިވެއެވެ. މިގޮތުން، ineffective assistance of counsel ގ ބަހުސް ކާމިޔާބުކުރުމަށްޓަކައި އަންނަނިވި ހަމަތައް ފުރިހަމަވާންޖެހޭކަމުގައި ބަޔާންކުރެއެވެ.

1. ދަށު ކޯޓުގެ ވަކީލު، މުވައްކިލު ތަމްސީލުކުރުމުގައ ސަބަބުވެރި މިންގަނޑަކަށްވުރެ ދަށްވުން (the trial lawyer’s performance fell below an objective standard of reasonableness – deficient performance test)

2. ދަށް ކޯޓުގު ވަކީލުގެ ގޯސްތައް އެފަދައިން ނުހިނގިނަމަ، އެ މައްސަލައިގެ ނަތީޖާ ތަފާތުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތުން (there is reasonable probability that if it weren’t for the lawyers unprofessional errors, the result of the proceeding would have been different – prejudice test) 466 U.S. 668 (1984)

142މ ޓެސްޓތަކުގު ދަށުން މި ބަހުސް ކާމިޔާބުވުމަށްޓަކައި، މި ދެ އުންސުރުވެސް ފުރިހަމަވާންޖެހެއެވެ. މި އުޞޫލު ޤާއިމުކޮށްފައިވާ ބަޔާނވެދިޔޫޤަޟިއްޔާގައ ކަނޑައަޅާފައިވި މިންގަނޑަކީ އަދިވެސް މި މައުޟްޢ ގައި ތަޠުބީޤުކުރެވޭ މިންގަނޑެވެ. މި މިންގަނޑުގެ ތެރެއަށް އައު ކަންކަން ތަޢާރަފުކުރިނަމަވެސް، Strickland ޤަޟިއްޔާއިން ޤާއިމުކޮށްފައިވާ ޓެސްޓަކީ މި އުޞޫލު ތަޠުބީޤުކުރުމަށް ބޭނުންކުރާ އާންމު މިންގަނޑެވެ. މި މިންގަނޑުގެ ދަށުން މައްސަލައިގެ އާޚިރު ނަތީޖާ ބަދަލުވާނެކަމުގ ނުވަތެ ތަފާތުވާނެކަމުގެ އެކަށުގެންވ ފުރުޞަތާ އޮތްކަން ދައްކުވައިދޭންޖެހެނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ނިގުޅައިގަނެވިފައިވާކަންވެސް ދައްކުވައިދޭންޖެހެއެވެ.

143މ ޤަޟިއްޔާގައި ކަނޑައަޅާފައިވި އުޞޫލުތައް ތަޠުބީޤުކޮށްފައިވާ ޙާލަތްތަކަށް ނަޒަރުކުރާއިރު، މަރުގެ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުގެ ބެކްގްރައުންޑް ތަޙާޤީޤުކޮށް، އެކަމުގެ މައްޗަށް ލުއިލިބޭނ ހެކިތަކެއް ހުށަހެޅުމަށް ވަކީލު ނުކުޅެދިފައިވާތީ، އަދި މި ހެކިތައް ހުށަހެޅިނަމަ އަދަބުގެ ނަތީޖާ ބަދަލުވުމުގެ ފުރުޞަތު އޮތަތީ، މި ޙާލަތުގައި ވަކީލުގެ މަސައްކަތް އެކަށީގެންނުވކަމުގައ ނުވަތަ ineffective ކަމުގައި Wiggins v. Smith ޤަޟިއްޔާގައި ކަނޑާއަޅާފައިވެއެވެ.

144ޤައުމުގެ ރައްޔިތުނޫން މީހަކު ކުށަށް އިޢުތިރާފުވާނަމަ، އޭނާގެ ވަޒަނަށް ފޮނުވާލެވޭނެކަމުގެ ނުވަތަ ޑޕޯޓްކޮށްލެވޭނެކަމުގެ މި މުހިންމު މަޢުލޫމާތު ދިފާޢް ވަކީލު ހިއްސާކޮށްފައިނުވުމުނ Strickland ޤަޟިއްޔާގެ އުޞޫލު ތަޠުބީޤުކޮށްފައިވެއެވެ.

145މި ޓެސްޓުގެ އުންސުރުތައް ކާމިޔާބުކުރުމަށްޓަކައި، މުވައްކިލުތަމްސީލުކުރުމުގައި ވަކީލު އަޅާ ފިޔަވަޅުތަކަކީ ނުވަތްނިންމޫނިންމުންތަކަކީ ނުވަތަ ބޭނުންކުރާ އުކުޅުތަކަކީ އެ މަސުއލިއްޔަތ Williams v. Taylor, 529 U.S. 362 (2000) 539 U.S. 510 (2023) Padilla v. Kentucky, 559 U.S. 356 (2010) އަދާކުރުމުގައި އޭނާގެ ފަންނީ /ޕްރޮސެޝަނަލް އިމުގެ ތެރެއިން އަޅާފިޔަވަޅުތަކަކަށް ނުވަތަބޭނުންކުރ އުކުޅުތަކަކަށްވެގެން ނުވާނެއެވެ. އެއާ ޚިލާފަށް މުވައްކިލު ތަމްސީލުކުރުމުގައި، ވަކީލުގެ ފުށުން ހަދާފައިވާ ގޯސްތަކަކީ އެކަމުގައި ވަކީލުގެ އިހުމާލު ނުވަތަ ފަރުވާކުޑަވުން ޝާމިލުވާ ގޯސްތަކަކަށްވާންވާނެއެވެ.ވަކީލު އެޅި ފިޔަވަޅަކީ ނުވަތަ ވަކީލުގެ ނިންމުންތަކަކީ އެ މަޤާމުގައި ހުރި ވަކީލެއް ޢަމަލުކުރާނެ ނުވަތަ ޢަމަލުކޮށްފާނެ ގޮތެއްކަމުގައިސަބަބުވެރި ވިސްނުމަކުން ވިސްނާއިރު ބެލެވޭނަމަ، ވަކީލެއްގެ ދައުރު އަދާކޮށްފައިނުވާކަމުގައި ނބެލެވޭނެއެވެ.ވަކީލުގެ ފަރުވާކުޑަވުން ފާހަގަކުރުމަކުން، ނުވަތަ އެ ވަކީލު ހަމައެކަނި ގޯހެއް ހަދާފައިވުމަކުން، ނުވަތަ ވަކީލުގެ ތަޖުރިބާނެތްކަމަށް ބުނުމަކުން، ineffective assistance of counsel މި ބަހުސް ކާމިޔާވާނެކަމުގައި ނުބެލެވެއެވެ. މިކަން ވަޒަންކުރަންޖެހެނީ މިއަށްވުރެ ހަރުކަށި މިންގަނޑަކުންނެވެ. އެއީ، މި މިންގަނޑުގެ އަލީގައި، ވަކީލު ހަދާފައިވާ ބޮޑެތި ގޯސްތަކުގެ ސަބަބުން، ނިންމުމަށް އަސަރުކޮށްފައިވާކަމާއި، އަދި އިންސާފުވެރި ޝަރީޢަތެއް ލިބުމްން މްހުރޫމވެފައިވާކަނ ސާބިތުކޮށްދޭންޖެހޭތީއެވެ.

146އިނގިރޭސިވިލާތުގައި މި މިންގަނޑު ބޭނުންކުރެވޭގޮތަށް ބަލާއިރު، މިއީ ދުސްތޫރީ ޙައްޤެއްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ (right to fair trial) މަފްހޫމްގެ ތެރެއިން މި މިންގަނޑު ތަޠުބީޤުކޮށްފައިވެއެވެ.އިނގިރޭސިވިލާތުގެ ނިންމުންތަކުންވެސް ފާހަގަވި އެއްކަމަކީ، އީނިންމުންތަކުގައިވެސ ބޭނުންކުރެވެނ 02 )ދޭއް( އާންސުރ ހިމެނު ޓެސްޓެއްކަމުއި،ށ އެ ޓެސްޓުގައި ޖަވާބު ލިބެންޖެހެނީ އަންނަނިވި ސުވާލުތަކަށްކަމެވެ. Young v. Sams, 510 F Supp 141 (1981, ED NC) Beaslet v. United States, 491 F2d 687 (1974) Aston v. Nursing & Midwifery Council [2004] EWHC 2368

1. ވަކީލުގެ ޢަމަލަށް ބަލާއިރު، އެއީ އެ ޙާލަތުގައި ސަބަބުވެރި ވަކީލެއްގެ ޢަމަލުކުރާނެ ގޮތެއްތޯ ނުވަތަ ނޫންތޯ؟

2. އެފަދައިން ސަބަބުވެރި ވަކީލެއް ޢަމަލުނުކުރާނެނަމަ، ވަކީލުގެ ޢަމަލުގެ ސަބަބުން އިޖުރާއަތު ބޭއިންސާފުވެފައިވޭތޯ ނުވަތަ އެކަމުގެ ނަތީޖާއަށް އަސަރުކޮށްފައިވޭތ؟

147މި މިންގަނޑުގެ ދަށުން، މި ދެ ސުވާލަށް ޖަވާބުލިބި، މި ސުވާލުގައި ހިމެނޭ ދެ ޝަރުޠު ފުރިހަމަވާންޖެހެއެވެ. Pillai v. General Medical Council-Nicholas ޤަޟިއްޔާގައި، ވަކީލުގެ ޢަމަލުތައް ނާޤާބިލުނަމަވެސް، ބެންޗުން މި އުނިކަންކަން ޙައްލުކޮށްފައިވާތީ،އަދި އާޚިރގައ ޝަރީޢަތުގެ އިންސާފުވެރިކަން ޤާއިމުވެފައިވާތީ،ބަޔާންވެދިޔުދ ސުވާލުގެ ތެރެއިން ދެވަނަ ސުވާލުގައ ހިމެނި ޝަރުޠު ފުރިހަމަވެފައިނުވާތީ، ވަކީލުގެ ނާޤާބިލކަމުގ މައްޗަށް ހަމައެކަނި ބަރޯސާވެ، ދިފާޢު ލިބިނުދެވޭނެކަމަށ އެ ޤަޟިއްޔާގައ ކަނޑައަޅާފައިވެއެވެ.

148ދަށު ކޯޓުގައި ވަކީލަށް ހެދޭ ގޯސްތަކަކީ އެކަމުގްމައްޗަށް އިސްތިއުނާފު ބަލައިގަނެވޭނެކަމެއް ކަމުގައި ނުވިނަމަވެސް، ވަކީލުގެ ފުށުން ފާޅުކަން ބޮޑު ނާޤާބިލުކަން ފާޅުވާ ޙާލަތުގައި، އަދި އޭގެ ސަބަބުނ ދަޢުވާލިބޭ ފަރާތަށް ފާޅުކަން ބޮޑު ބޭއިންސާފެއެކުރިމަތްވެފައިވާ ޙާލަތުގައި، އިސްތިއުނާފުގެ ޒަރިއްޔާއިން ކޯޓުން އެކަމަށް ގޮތެއް ކަނޑައެޅިދާނެކަމަށް ދެކުމަކީ، އިނގިރޭސިވުލާތުނ ineffective assistance of counsel ބަލައިގަތުމުގެ އުޞޫލެވެ.

149އިންޑިޔާގައި މިކަން އޮތް ގޮތަށް ބަލާއިރު، ވަކީލެއްގެ އެހީ ލިބިގަތުމުގެ ޙައްޤަކީ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤުގެ ތެރެއިން އުފަންވާ ޙައްޤެކެވެ. މިކަން ސާފުވަނީ އިންޑިޔާގެ [2015] EWHC 305 R v. Clinton, R v. Wellings referred to in James McAulay Anderson v. Her Majesty’s Advocate (1996) S.C.C.R. 114 ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިންނެވެ. އިންޑިޔާގައި، Strickland ގައި ކަނޑައަޅާފައިވާ ފަދަ ޓެސްޓެއް ޤާއިމުވެފައިނެތްނަމަވެސް، Strickland ގައި ޤާއިމުވެފައިވާ ޓެސްޓަށް ޙަވާލާދީފައިވެއެވެ.

150މިގޮތުން، Strickland ޤަޟިއްޔާއަށް ޙަވާލާދީފައިވާ Debbarma @ Achak Debbarma v. State of Tripura Ashok ޤަޟިއްޔާގައި ކުރިމަތިކުރުވި ބަހުސަކީ، މައި ހެއްކެއް ކްރޮސް-އެގްޒެމިން ކޮށްފައިނުވުމާއި، އަދި މުހިންމު ޤާނޫނީ ބަހުސެއް ފާހަގަކޮށްފައިނުވުމަކީ، ދަޢުވާލިބޭ ފަރާތް ތަމްސީލުކުރުމަށް ވަކީލު ނުކުޅެދުނުކަން ދަލާލާތުކޮށްދޭ ކަމެއް ކަމުގައެވެ. މި މައްސަލައިގއެސުޕްރީމ ކޯޓުން ކަނޑައަޅާފައިވަނީ،ވަކީލުގެ ފުށުން ގޯސްތަކެއ ނުވަތް އިހުމާލު އޮތްނަމަވެސް، މައްސަލައިގައި ލިބިފައިވާ ޖުމްލަ ހެކިތަކަށް ނަޒަރުކުރާއިރު، ވަކީލުގެ މި ގޯސްތަކުގެ ސަބަބުން ނުވަތަ އިހުމާލުގެ ސަބަބުން މައްސަލައިގެ ނަތީޖާއަށް އަސަރުނުކުރާނެތީ، އެކަމުގެ މައްޗަށް ބިން ކޮށް، މައްސަލަ ބާޠިލުކުރަންޖެހޭ ފަދަ ޙާލަތެއް ނެތްކަމުގައެވެ.

151ވަކީލެއްގެ އެހީތެރިކަން ނެތި، ނުވަތަ ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާކނަކަށަވަރުނުކޮށް، ޝަރީޢަތް ކުރިއަށްގެންދިޔުމަކީ އިންސާފުވެރި ޝަރީޢަތެއިކަށަވަރުވެގެންދިޔުމާއ ޚިލާފުކަމެއްކަމުގައ

152އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ of Inspector by State vs. Manoharan Police, Variety Hall Police Station, Coimbatore ޤަޟިއްޔާގައި Strickland އިން ކަނޑައަޅާފައިވް ޓެސްޓަށް ޙަވާލާދީ ބަޔާންކޮށްފައިވަނީ،ކުށެއް އެ މީހެއްގެ މައްޗަށ ސާބިތުވެފައިވާ ފަރާތަކުން އޭނާގެ މައްޗަށް އެފަދަ ޙުކުމެއް އައުމަށް މެދުވެރިވެފައިވަނީ ވަކީލުގެ (2014) 4 SCC 747 Mohd.Hussain@Julfikar Ali v. State [2012] 1 MLJ (CRL) 767 [2020] 2 MLJ (CRL) 202 ޢަމަލުތައ ހުރް ގޮތުންކަމަށް ބުނުމަކީ ފަސޭހަކަމެއް ކަމުގައިވީނަމަވެސް، އިސްތިއުނާފުގައި މިފަދަ ހުށަހެޅުންތައް ބަލައިގަތުމުގައި ސަމާލުކަން ދޭންޖެހޭނެކަމޭށިއި، މިކަން ކާމިޔާބުވުމަށް ބަލަންޖެހޭ މިންގަނޑަކީ ވަކީލުގެ ފަރާތުން ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ހިނގާފައިވޭތޯއާއި، އަދ ހަމައެއާއެކު، އެކަމުގެ ސަބަބުން ނިންމުމުގެ ނަތީޖާއަށް އަސަރުކޮށްފައިވޭތޯ ކަމުގައެވެ.

153މެލޭޝިޔާގެ ޤާނޫނުއަސާސީގައި، ހައްޔަރުކުރެވިފައިވާ މީހަކަށް، އޭނާ އިޚްތިޔާރުކުރާ ޤާނޫނީވަކީލަކާ މަޝްވަރާކުރުމާއި، އަދި ޤާނޫނީ ވަކީލުގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކުރެއެވެ. މީގެ އިތުރުން އެ ޤައުމުގެ ޖިނާއީ އިޖުރާއަތުގައިވެސް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ މަފްހޫމްތައް ބަޔާންކުރެއެވެ.

154ineffective assistance of counsel އާ ގުޅޭ ޓެސްޓު ބިނާވެފައިވަނީ ކޮމަން ލޯ ނިޒާމުގައި ބޭނުންކުރެވޭ މިންގަނޑުގެ މައްޗަށެވެ. މި ޓެސްޓް ތަރައްޤީވެފައިވާ، Shamim Reza Abdul Prosecutor Public v. Samad ޤަޟިއްޔާގައި،ދިފާޢު ނާޤާބިލުކަމުގެ މައްޗަށް ބަލައި ޙުކުމެއް ބާޠިލުކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމަކަމުގައި މެލޭޝިޔާގެ ފެޑެރަލ ކޯޓުން

1. ފާޅުކަން ބޮޑު ނާޤާބިލުކަން – ވަކީލުގެ މަސައްކަތުގައި ފާޅުކަން ބޮޑު ނާޤާބިލުކަން ފާޅުވުމާއި، އެއީ މުވައްކިލު ތަމްސީލުކުރުމުގައ ސަބަބުވެރި މިންގަނޑުން އެއްކިބާވެފައވުނ (flagrant incompetence)

2. ޝަރީޢަތުގެޢ ދުލުވެރިކަމާއި އިންސާފުވެރިކަން ގެއްލިފައިވުން – އ ފާޅުކަން ބޮޑު ނާޤާބިލު ޢަމަލުތަކުގެ ސަބަބުން ދަޢުވާލިބޭ ފަރާތަށް ޢް ދުލުވެރި ޝަރީޢަތެއް ލިބުމުން އެއްކިބާވެފައިވެ، ބޭއިންސާފު ކުރިމަތިވުން (miscarriage of justice) Federal Constitution of Malaysia, Aricle 5 (3) [2009] 2 MLJ 506

155މި ޓެސްޓަކީ Strickland ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޓެސްޓާއި ދާދި އެއްގޮތް ޓެސްޓެކެވެ. އެހެނަސް، ބޭނުންކޮށްފައިވާ ބަސްތަކުގެ ސަބަބުން، އެހެނީ "ފާޅުކަން ބޮޑް ނާޤާބިލުކަން" (flagrant incompetence) ގެ ޝަރުޠު ހިމެނޭތީ، މިއީ މަތީ މިންގަނޑެއް ކަމުގައި ބެލެވެއެވެ.

156ފާޅުކަން ބޮޑު ނާޤާބިލުކަމުގެ މިސާލު ލިބިގަނެފައިވަނީ Mohsen Huseein Yahya Abdulrab v. Public Prosecutor ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައި، މުހިންމު ހެއްކެއް ދިފާޢު ވަކީލު ކްރޮސް- އެގްޒެމިން ކޮށްފައިނުވުމާއި، ދިފާޢުއަށް ފަހިވާ ހެއްކެއް ޙާޟިރުކޮށްފައިނުވުމާއި، އަދި ޚުލާޞާ ބަޔާން ހުށަހަޅާފައިނުވުމަކީ، ވަކީލުގެ ފަރާތުން ޤާނޫނ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިމަތިވި އައިބަކަށ ވުމަށް ވުރެ ފާޅުކަން ބޮޑު ނާޤާބިލކަމެއްކަމުގައ ކަނޑައަޅާފައިވެއެވެ. މި ނާޤާބިލުކަމުގެ ސަބަބުން އިންސާފުވެރި ޝަރީޢަތެއް ދަޢުވާލިބޭ ފަރާތަށް ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.އަދ މި ޤަޟިއްޔާގައި ފެޑަރަލ ކޯޓުގް މަރުޙަލާގައި، އ މައްސަލަ އަލުން ތަހުވީލުކުރުމުގެ ބަދަލުގައި، އެކަމުގެ މައްޗަށ ބިނާކޮށް، ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އޭނާ މިނިވަންކޮށްފައިވެއެވެ.

157އިސްތިއުނާފުކުރާ ފަރާތުގެ މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތަށް ވަކީލުގެ އެހީތެރިކަން މާނަހުރިގޮތެއްގައި ނުލިބޭކަމަށް ބުނެ،އިސްތިއުނާފުކުރާ ފަރާތުނ އަންނަނިވި ކަންކަން ފާހަގަކުރެއެވެ.

157.1- ގިނަ ވަކީލުންތަކެއް ބަދަލުވެފައިވުމާއި، ޢާއިލާއިން ހަމައެކަނިޢާއްޔަންކޮށްފައިވަނ އަލްއުސްތާޛ ޙަސަނު ނަޞީރުކަމާއި، އެހެން ވަކީލުން ޢައްޔަންކުރުމަށް އިސްތިއުނާފުކުރ ފަރާތުގެ ޢާއިލާއިނ ހުއްދް ދީފައިނުވާކަން [2021] 5 MLJ 811

157.2- ޚްލާޞ ބަޔާނާ ހުށަހެޅް އަޑުއެހުމުގައި މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިނުވާކަމަށް ވަކީލު ބުނެފައިވުމުން، މައްސަލައިގެ ދިފާޢު ބިނާކުރުމަށްޓަކައ އަދި ހެކިންނާ ސުވާލުކުރުމަށް ބ ނ ންވާ ލިޔުންތައް ހޯދުމަށް އެކަށީގެންވާ މަސައްކަތްކޮށްފައިނުވާކަން ސާފުވުނ

157.3- ކުއްޖާގެ އޯޑިއޯ/ވީޑިއޯ ރިކޯޑިންގ ބެލުމުގެ ފުރުޞަތު ލިބިފައިނެތުން

157.4- އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބަހައްޓައިގެން މައްސަލަ ހިންގިއިރު، ދިފާޢު ބިނާކުރުމާ ގުޅިގެން މަޝްވަރާކޮށްފައިނުވުނ

157.5- ދިފާޢީ އެއް ހެކި ބަލައިނުގަތުމަށް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ލަފާ ދީފައިނުވުނ

157.6- އިސްތިއުނާފުކުރާ ފަރާތް ހެކިބަސް ދިނުމުގެ ފުރުޞަތު އޮތްއިރު، އެފަދައިން ވަކީލު ލަފާދީފައިނުވުނ

157.7- މައްސަލއަ ގުޅިގެނާ ވަކީލުން އިސްތިއުނާފުކުރާ ފަރާތާ މަޝްވަރާނުކުރުމާއި، ހެކިންނާއި ސުވާލުކުރުމާއި ހެކި ހުށަހެޅުމުގައިވެސ ވަކީލް ސަބަބުވެރް އަދި ޕްރޮފެޝަނަލް ގޮތެއްގައި ޢަމަލުކޮށްފައިނުވުނ

157.8- ދިވެހިރާއްޖޭގެޤާނޫނީ ފަންނުގެ ޤާނޫނގ 39 ވުނ މާއްދާގަ )ހ( އާއި ޤާނޫނީ ވަކީލުންގެ ސުލޫކީ ޤަވާއިދުގެ ޖަދުވަލު ގ1 5.4 އާއި ޖަދުވަލު 2 ގެ 1.2 އާ ޚިލާފުވުން

158އިސްވެ ބަޔާނވެދިޔް ނުކުތާތަކުގައި ineffective assistance of counsel އ ގުޅާ ގޮތުން އެކަށައަޅާފައިވާ ބުނެވިދިޔުޓެސްޓުތަކުގެ އަލީގައި، ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު، އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު trial) fair a to (right ގެ ނަޒަރިއްޔާތުން ބަލައިލާނަމެވެ. އިންސާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކާތަހިޒީބުވެފައިވު ދިމާ ޤީރ ތ މުޖުތަމަޢުތަކުގައި އިސްތިޤްރާރުވެފައިވާ، އަދި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ވަޘާއިޤު (instruments) ތަކުގައި ކަށަވަރުކޮށްދީފައިވާ 'ޖައުހަރީ' ޙައްޤުތަކުގެ (core rights) ތެރޭގައި ހިމެނޭ ޙައްޤެވެ.

159ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު ކށަވަރުކޮށްދީފައިވެއެވެ.މިގޮތުން ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތ ރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށމ ލިބިގެންވާކަމުގައި ބަޔާންކުރެއެވެ. އަދި އެއަށްފަހު، ދިވެހިރާއްޖޭގައ ހިންގި އެންމެހައި ޝަރީޢަތްތައް ހިންގަންވާނީއދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައިކަމަށް ބަޔާންކުރެއެވެ.

160ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައިވާ ފަދައިން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ، އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުވުމުގ އެއެ އަސާސެވެ.އަދި ޚާއްސަކޮށް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާގެ މާލީ ތަނަވަސްކަން ނެތްނަމަ ދައުލަތުން އޭނާއަށް ޤާނޫނ ވަކީލަކެޢއްޔަންކޮށްދިނުން ލާޒިމުވެއެވާ.ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ އިންސާފުވެރިކަމުއެކު ޝަރީޢަތްކުރެވުމުގެ އަސާސްގެ ތެރޭގައި ހިމެނޭ ހިމެނުން މުހިންމުވ ސަބަބާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/95 ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

161މ ޤަޟިއްޔާގައިވަނީ ބޮޑެތި ޖިނާއީ މައްސަލަތަކުގައި އާދައިގެ މީހަކަށް ޝަރީޢަތް ކުރިއަށްދާނެ ގޮތާއި، ތުހުމަތުން ދިފްޢވާން ހުށަހަޅަންވީ ފަންނީ ޤާނޫނީ ނުކުތާތައް އެނގުމުގެ ޤާބިލުކަން 2013/SC-C/12 ދައުލަތް )އެޓަރނީ ޖެނެރަލްގެ އޮފީސް(

42)ހ( ނުހުރެދާނާކަމެ ށާއި،ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަރަކަށް މައުސޫމް މީހަކަށް މަސައްކަތް ނުކުރެވިއްޖެނަމަ، އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ ފުރުސަތު ބޮޑުވެގެންދާކަމށއި،ތަހްޤީޤ މަރޙް ލާއިނ ފެށިގެން ޤާނޫން ވަކީލެއްގެ އެހީތެރިކަން ތުހުމަތު ކުރެވޭ މީހާއަށް ލިބިދޭންޖެހޭ ސަބަބަކީ، މަޖުބޫރުނ ކުށަށް އިއުތިރާފުވުން ހުއްޓުވުމާއި، އެނޫންވެސް އެހެނިހެން ޙައްޤުތައް އެއީ އޭނާއަށް ލިބިދެވޭ ޙައްޤުތަކެއްކަނ އޭނާއަށް ނޭނގިހުރެ، އެ ޙައްޤުތައް އޭނާ ދްކޮށްލުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުނ ކަމުގައި ބަޔާންކުރެއެވެ.

162އަދި ހަމައެއާއެކު،ތުހުމަތު ކުރެވު މީހާއަކީ އޭނާއަށްވުރެ އެތައް ގުނައެއް ބާރުގަދަ، ވަސީލަތްތަކާއި، ހެއްކާއި، ތުހުމަތު ކުރެވޭ މީހާ ބަންދުކުރުމުގެ ބާރު ހިމެނޭހެން، އެންމެހައި ބާރުތައް ލިބިދެވިފައިވާ ދައުލަތަކާ ދެކޮޅަށް ކުރިމަތިލާ މީހެއް ކަމުގައިވާއިރު، ތުހުމަތު ކުރެވޭ މީހާއަށެޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދެވުމުގެ ޙައްޤު ފަރުމާ ކުރެވިފައިވަނީ ބޭއިންސާފުން ކަންކަން ހިނގުން ހުއްޓުވުމުގެ ނިޔަތުގައިކަން ފާހަގަކުރެއެވެ.

163ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު،އިންސާފުވެރި ޝަރީޢަތްކުރެވުމުގެ ޙައްޤުގެ ނަޒަރިއްޔާއިން މި ބަޔާންކުރަނީ، މުވައްކިލަށް ވަކީލު ދޭ ޤާނޫނީ ލަފަޔާއި، ދޭ ޤާނޫނީ އެހީތެރިކަން އާޚިރުގައި ގުޅެނީ މުވައްކިލަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤާ ކަމުގައިވާތީއެވެ.

164HN8އާންމު އުޞޫލެއްގެ ގޮތުން، ޤާނޫނީ ވަކީލުގެ ފަރާތުން ވަކާލާތުކުރުމުގައި ގެންގުޅޭ އުކުޅުތަކާއި، ޤާނޫނީ ޚިދުމަތްދޭގޮތާއި، ދިފާޢު ބިނާކުރާ ގޮތާއި، އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޒިންމާ އަދާކުރާގޮތަކީ، އޭގެ މައްޗަށް ޝަރީޢަތުން ފާޑުކިޔާނެ ކަންކަމެއްނޫނެވެ.އަދ ޤާނޫނި ވަކީލުކަމުގެ މަސއަލިއްޔަތު އަދާކޮށްފައިވާ ގޮތުގެ މައްޗަށް އިސްތިއުނާފު ބިނާވުމަކީވެސ ވަރަށް ނާދިރު ކަމެކެވެ. އެހެނީ، އާންމު އުޞޫލެއްގެ ގޮތުން ޤާނޫނީ ވަކީލެއްގެ ޒިންމާ އެ ފަރާތުން އަދާކުރުމުގައި ޤާނޫނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/95 )ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ޤަޟިއްޔާގެ 109 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/95 )ކަމްރުލް އިސްލާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލް( ޤަޟިއްޔާގެ 110 ވަނަ ނުކުތާ ފަންނުގެ އަސާސްތަކާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ތަބާވާންޖެހޭ ހަމަތަކާއި އުޞޫލުތަކާއި ޚިލާފުވފައިވާނަމަ،އެކަން ބެލުމުގެ މަސްޢޫލ ފަރާތަކު ބާ ކައުންސިލކަމުގައިވާތީއެވެ. މިފަދަ ޝަކުވާ ބެލުމުގެ އިޖުރާއަތު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ތަންޒީމުކޮށްފައިވެއެވެ.

165ވަކީލުންގެ ސުލޫކާއި ގުޅޭ މިފަދަ މިސްރާބެއް މި ނިޒާމުގައި އެކަށައަޅާފައިވާއިރު، ވަކީލެއްގެ ޒިންމާ އަދާކުރުމުގައި ވަކީލަކު ފަރުވާކުޑަވެ، އެކަމުގައި އިހުމާލުވެފައިވާނަމަ، counsel of assistance ineffective އީ ގުޅާ ގޮތުން ތަފާތު އިޚްތިޞާޞްތަކުގައި ޤާއިމުކޮށްފައިވާ ޓެސްޓުތަކުގެ އަލީގައި، އެކަމުގައި ގޮތެއް ކަނޑައަޅަންވާނީ ވަކީލުންގެ އާންމު ސުލޫކީ މިންގަނޑަށްވުރެ ހަރުކަށި މިންގަނޑަކުން ނަޒަރުކޮށެވެ.

166މ ޓެސްޓަކީ، ވަކީލު، މުވައްކިލު ތަމްސީލުކުރުމުގައ ސަބަބުވެރި މިންގަނޑަކަށްވުރެ ވަކީލުގެ ޢަމަލުތައް ޣައިރުސުލޫކީވެ، އެ ޢަމަލުތަކުން ފާޅުކަން ބޮޑު ނާޤާބިލުކަން ފާޅުވެ، އަދި އެކަމުގެ ސަބަބުން، ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުން އެއްކިބާވެ، ބޭއިންސާފު ކުރިމަތިވެފައިވުމެވެ. އަދި ހަމައެއާއެކު އެ ފާޅުކަން ބޮޑު ޣައިރުސުލޫކީ ގޯސްތައް ނެތްނަމަ، އ މައްސަލައިގެ ނަތީޖާ ތަފާތުވުމުގެ ނުވަތަ ބަދަލުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތުމެވެ.

167މިކަންކަން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކުރިމަތިކޮށްފައިވާ ޖަލަދުތަކުގެ ނަޒަރުން ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.

167.1- ދަށް ކޯޓުގު ހުރިހާ މަރުޙަލާއެއްގައިވެސް ވަކީލަކު ޙާޟިރުވެ، ދަޢުވާލިބޭ ފަރާތް ތަމްސީލުކޮށްފައިވާކަނ

167.2- މ މައްސަލައިގައި އަލްއުސްތާޛުޙަސަނަނަޞީރު ފިޔަވައިޢެއްޔަންވެފައިވާ އެހެން ހްނ ވަކީލުންނަކީ އިސްތިއުނާފުކުރާ ފަރާތުން ނުވަތަ އެ ފަރާތުގެ ޢާއިލާގެ ފަރާތުނ ޢެއްޔަންކޮށްފައިވާ ވަކީލުންނޫނ ކަމުގައް ބުނާއިރު، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގަ ގަވާއިދުގެ 149 ވަނަ މައްދާގެ )ހ( ގައި، ޖިނާއީ މައްސަލައެއްގައި ވަކާލާތުކުރުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 38 ގައިވާ ފޯމުން ކަމުގައި ބަޔާންކުރާއިރު، މި މައިސަލި އްގައި އިސްތިއުނާފުކުރާ ފަރާތުން ތަމްސީލުކޮށްފައިވާ ވަކީލުންނަކީ، މި އިޖުރާއަތާއި އެއްގޮތަށް ޢައްޔަންވެފައިވާ ވަކީލުންކަން އެ ފަރާތުނާދަށު ކޯޓަށުހުށަހަޅާފައިވ ޖަދުވަލު 38 ގެ ފޯމުން އެނގޭއިރު، ދަށު ކޯޓުގައި ބޭއްވުނު އެއްވެސް އަޑުއެހުމެއްގައި އިސްތްއުނާފުކުރި ފަރާތް ތަމްސީލުކުރަނީ އެ ފަރާތް އިޚްތިޔާރުކޮށްފައިވ ވަކީލާ ނޫންކަމުގެ ޖަދަލެއް އެ ފަރާތުނ ހުށާހަޅާފައިނުވާކަނ

167.3- ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރުމުން، ވަކީލުގެ ފަރާތުން ދިފާޢީ ހެކި ހުށަހަޅާފައިވާކަމާއި، ހެކި ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު،އެކަންކަމީ މުވައްކިލާއި މަޝްވަރާކޮށްގެން މެނުވީ އެނގޭނެ ކަންކަން ނޫންކްމުގައިވާތީ، ދިފާޢު ހުށަހެޅުމާއި، ދިފާޢު ހެކި ހުށަހެޅުމުގައި މުވައްކިލާއި މަޝްވަރާކޮށްފައިވާކަމުގައި ބެލެވޭކަނ

167.4- މި މައްސަލައިގައި ކުއްޖާގެ އޯޑިއޯ /ވީޑިއޯ ރިކޯޑިންގ ބެލުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމުގައި ބުނެފައިވާއިރު، އިބްތިދާއީ މަރުޙަލާގެ ތެރޭގައި ޢައްޔަންވެފައިވ ވަކީލު، އަލްއުސްތާޛ ފާޠިމަތު ސަމްޙާ ސަޢީދު 09 ޑިސެންބަރު 2021 ގައި އަނިޔާލިބުނު ކުއްޖާގެ އިންޓަވިއު ވީޑިއޯ ރިކޯޑިންގ ބަލާފައިވާކަމާއި، އެއަށްފަހު ބޭއްވުނު އަޑުއެހުންތަކުގައިވެސް، އަނިޔާލިބުނު ކުއްޖާގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގއ ގުޅާ ގޮތުން ބަހުސެއް އުފައްދާފައިނުވާކަމާއި، މި މައްސަލައިގައި ދަޢުވާ ބިނާވާ މައިގަނޑު އަސާސަކީ ޝަކުވާކުރި ކުއްޖާއަކީ ނަފްސާނީ ބަލި ހުންނަ ކުއްޖެއްކަމާއި، ކުއްޖާއަށް ބޭސްކުރާކަމާއި، ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ކުއްޖާ ކިޔައިދީ ފައިނުވާކަމާއި، ކުއްޖާއަކީ ހަދަހަދައިގެނ ވާހަކް ދައްކާ ކުއްޖެއްކަމާއި، އަދި އަޚްލާޤު ގޯސް ކުއްޖެއްކަމާއި، އިސްތިއުނާފުކުރާ ފަރާތް ކ އެފަދަ ޢަމަލެއް ކޮށްފާނެ މީހެއްނޫންކަނ – 28 އޮކްޓބަރޫ 2021 ގައި ހުށަހަޅާފައިވާ ބަޔާން ދަށު ކޯޓުގެ ނަންބަރު 196/2023/07/xxxxx) 09 ފެބްރުއަރީ 2023( ސިޓީ ކުއްޖާ ކިޔައިދޭ ކިޔައިދިނުންކަމުގައި ބަޔާންކޮށް، މި ކުއްޖާ ފުލުހުންނަށް ދީފައިވާ ބަޔާނަށް ޙަވާލާދީ، އެ ބަޔާނުގައި ކުއްޖާ ކިޔައިދިނުމާއި ގުޅޭ ކަންކަން ތަފްޞީލުކޮށް އިސްތިއުނާފުކުރ ފަރާތުން ހުށަހެޅި ޚުލާޞާ ބަޔާނުގައި ފާހަގަކޮށްފައިވާކަނ

167.5- މި މައްސަލައިގައި ކުއްޖާ ކިޔައިދިން ކިޔައިދިނުމުގެ ހުރި ފުށުއެރުންތަކއާގުޅިގެން ދަށު ކޯޓުގައި ވަކާލާތުކޮށްފައިނުވާކަމުގައި ބުނެފައިވާއިރު، ޝަރީޢަތުގެ މަޖިލޭހުގައި ނެގިފައިވާ ހެކިންގެ ހެކިބަހާއި ގުޅް ގޮތުން އެ ފަރާތަށް ފާހަގަވާ ކަންކަން ބަޔާންކޮށް، ހެކިބަހުގައި އެއްގޮތްނުވާ ކަންކަން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ޚުލާޞާ ބަޔާނުގައި ފާހަގަކޮށްފައިވާކަނ

167.6- މ މައްސަލައިގައި ދަޢުވާކުރި ފަރާތުގާ ހެކިން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ކްރޮސް -އެގްޒެމިންކޮށްފައިވާކަން

167.7- ސްއިކޮލޮޖކަލިއެސެސްމެންޓ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގަން އޮތް ދުވަހު، އެ ރިޕޯޓު ލިބިފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ބުނެފައިވާއިރު، އެކަމުގައި ވަކީލު ފަރުވާކުޑަވެފައިވާކަން ފާހަގަކުރެވޭކަމުށްއި، ނަމަވެސް ޝަރީޢަތުން އެ ދުވަހު އެ ރިޕޯޓު ވަކީލާއި ޙަވާލުކޮށް، ސުވާލުކުރުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ އެގޮތުގެ މަތިން ކަން އެނގޭއިރު، މިކަމުގައި ދަށު ކޯޓުން އެ ހިނދު ޙައްލެއް ހޯދައިދީފައިވާކަމާއި، އެ ދުވަހުގެ ޝަރީޢަތުގައި އިސްތިއުނާފުކުރި ފަރްތުގެ ވަކީލު، ސައިކޮލޮޖކަލ ރިޕޯޓު ތައްޔާރުކުރި ފަރާތް ކްރޮސް -އެގްޒެމިންކޮށްފައިވާކް މާއި، ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ މި ލިޔުން ޙަވާލުކުރެވިގެންކަނ

167.8- އިސްތިއުނާފުކުރެ ފަރާތާ ޝަރީޢަތުގެ ފަރާތުން ލިޔެކިޔުންތައް ޙަވާލުކުރިނަމަވެސް، އިޖުތިމާއީ ރިޕޯޓު ލިބިފައިނުވާކަމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމަށް އ ފަރާތް ޙާޟިރުވި ދުވަހު އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ފާހަގަކުރިކަމާއި، މި ލިޔުން ދިރާސާކުރުމުގައި ވަކީލުގެ އިހުމާލެއް އޮތްކަމާއި، އެއާއެކުވެސް ހެކިވެރިޔާއާ ދައުލަތުން ކުރި ސުވާލުތަކުގެ މައްޗަށް ބިނާކޮށް، މި ހެކިވެރިޔާ ދިފްޢ ން ކްރޮސް-އެގްޒެމިންކޮށްފައިވާކަމާއި، ކްރޮސް-އެގްޒެމިންކުރުމުގައ ރިޕޯޓާއި ގުޅި ގޮތުން ދިފާޢީ ވަކީލް ސުވާލުކޮށްފައިވާކަން

167.9- މި މައްސަލައިގައި ހެކިންނާ ސުވާލުކޮށް ނިމުނުފަހުން، އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު، އަލްއުސްތާޛު ޙަސަން ނަޞީރު ސިޓީއެއް ފޮނުވިކަމާއި، މި ސިޓީގައިމައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޖެންޑަރ އެސެސްމެންޓް ރިޕޯޓު ހަވާލުކުރި ތާރީޚެއް އެންގުމަށްކމާއި،މި ސިޓީ ކޯޓަށް ލިބުމާއި ގުޅިގެން )ޚުލާޞާ ބަޔާނުގެ ކުރިން( އަޑުއެހުމެއް ބޭއްވުނުކަމާއި، އެ އަޑުއެހުމުގައި ޤާޟީ ފާހަގަކުރައްވާފައިވާ ފަދައިން، ހެކިބަސް ނެގުމުގެ ކުރީގެ މަރުޙަލާގައި އެފަދަ ރިޕޯޓެއް ލިބިފައިނުވާކަމުގެ މައްޗަށް ބިނާކޮށް އެއްވެސް ކަމެއް ދަޢުވާލިބޭ ފަރާތުގެ ވަކީލު ފާހަގަކޮށްފައިނުވާކަމާއި، މިކަމުގައި ވަކީލުންގެ ފުށުން އިހުމާލުވެފް އިވާކަނ ފާހަގަކުރެވޭކަމާއި، އެ އަޑުއެހުމުގައި ދައުލަތުން އެކަން އިޞްލާޙުކުރުމަށް، އެހެނީ އެ ގޯސް ރަނގަޅުކުރުމުގެ ބޭނުމުގައި ހުށަހެޅުމެއް ހުށަހެޅިކަމާއި، އެއީ އިސްތިއުނާފުކުރާ ފަރާތުނ އެދޭނަމަ ރިޕޯޓުތައް ދިރާސާކުރުމަށްފަހު އަލުން ހެކިބަސް ނެގުންކަމުގައިވއިރު، އިސްތިއުނާފުކުރާ ފަރާތުން ބޭނުންވީ އެ ފުރުޞަތު ދޫކޮށްލާ، މައްސަލަ އަވަހަށް ނިންމަންކަމާއި، ތަކުރާރުކޮށ ކޯޓުން ސުވާލުކުރުމުންވެސް އެ ފަރާތް ބޭނުންވަނީ އެގޮތްކަމަށް ބުނެފައިވާކަމާއި، އެއަ ވަކީލުވެސް އެދުނުގޮތްކަމުގައި ވަކީލުވެސ ސާފުކޮށް ބަޔާންކޮށްފައްވާކް މާއި، މިކަން ހިނގައިދިޔަގޮތ ދަށް ކޯޓުގު ނިންމުމުގައިވެސް ފާހަގަކޮށްފައިވާކަނ 12 ޖޫން 2022 ގައި އަލްއުސްތާޛު ޙަސަން ނަޞީރުގެ ފަރާތުން ކޯޓަށް ފޮނުވާފައިވާ ސިޓީ 16 ޖޫން 2022 ގެ އަޑުއެހުން ދަށު ކޯޓުގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓުގެ" 40 ވަނަ ނުކުތާ

167.10- މައްސަލައިގައި ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމާއި ނުކުރުމަކީ strategy trial sound އެއްކަމަށް ބަލަންޖެހޭކަމާއި، ވަކީލުން ދިފާޢު ބިނކުރާގޮތާއި، ސުވާލުކުރާގޮތާއި، އަދި އެނޫންވެސް ފަންނުގެ ތަބީޢަތުން ނިނމިނިންމުންތަކާ ގުޅިގެން، ވަކީލުގެ ޤާބިލުކަމާމެދ ސުވާލު އުފައްދާނަމަ، އެކަންވާނީ ވަކީލުން ޒިންމާ އަދާކުރުމުގައި ނިންމުންތައް ނިންމުމާއި، އަދި އިޚްތިޔާރުތައް ބޭނުންކުރުމުގެ މިނިވަންކަމުގެ ތެރެއަށް ވަނުންކަމާއި، އެއީ Strickland ގައް ކަނޑައަޅާފައިވި މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަނ

167.11- މި މައްސަލައިގައި ދަށު ކޯޓުގެ ވަކީލުގެ ޢަމަލުތަކުގެ ސަބަބުން، މައްސަލައިގެ ނިންމުމަށް އަސަރުކުރާނެގޮތެއް، ނުވަތަ އެ މައްސަލައިގައި ޙާޟިރުކުރަންޖެހޭ މުހިންމު ދިފާޢީ ހެއްކެއް ޙާޟިރުނުކުރުމުގެ ސަބަބުން، މައްސަލައިގައި ނިކުތް ނަތީޖާނޫނ އެހެން ނެތީޖްއެއް ނިކުންނާނެ ގޮތެއް ނުވަތް މައްސަލައަށް ކުރާނެ އަސަރެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމަށ ނުދެކޭކަނ

167.12- މި މައްސަލައިގައި ދަށު ކޯޓުގައި ވަކީލުންގެ ފުށުން ސުލޫކީ މިންގަނޑާއި ޚިލާފުވާކަންކަން ފާހަގަވާކަމަށް ބަޔާންކޮށް،ދިވެހިރާއްޖޭގ ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވެނ މާއްދާގަ )ހ( އަށާއި، ޤާނޫނީ ވަކީލުންގެ ސުލޫކީ ޤަވާއިދުގެ ޖަދުވަލުތަކަށް ޙަވާލާދީފައިވާއިރު، މިއީ ވަކީލުންގެ ސުލޫކާ ޚިލާފު މައްސަލަތައް ބެލުމަށް ޤާއިމުކުރެވިފައިވާ ނިޒާމުގެ ތެރެއިން ހުށަހަޅަންޖެހޭ ގޮތަށް ތަރުތީބުވެފައިވާ ކަނުކަން ކަމުގައިވާއިރު، އެ ނިޒާމުގެ ތެރެއިން އެފަދަ ކަމެއް ހުށަހަޅާފައިނުވާކަމުގައ ޝަރީޢަތުގައި އިސްތިއުނާފުކުރި ފަރާތުގާ ވަކީލީޖަވާބުދީފައިވާއިރު، މ ނައްސުތަކުގެ އަލީގައި ކޯޓުން އެއަށް ފަރުވާދިނުމަކް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނ ތަރުތީބުވެފައިވާ ގޮތް ކަމުގައި ނުދެކޭކަނ

168ބަޔާނވެދިޔްކަންކަމުގެ އަލީގައި، މި މައްސަލައިގައި އޮތީ އަންނަނިވި ސުވާލުތަކެވެ. އެއީ އިސްތިއުނާފުކުރް ފަރާތާ ތަމްސީލުކޮށްފައިވާ ވަކީލުންގެ ފަރާތުން ހަދާފައިވާ ގޯސްތަކަކީ ފުޅުކަނ ބޮޑު ޣައިރުސުލޫކީ ގޯސްތަކެއްތޯއެވެ. މި ފާޅުކަން ބޮޑަޣައިރުސުލޫކީ ގޯސްތަކުގެ ސަބަބުން، އިސްތިއުނާފުކުރް ފަރާތުގާ އަސާސީ ޙައްޤުތައް ލިބުމުގައި މހުރޫމެވެފައިވޭތޯއެވެ. އެކަމުގެ ސަބަބުން، އެ ފަރާތަށެ އިންސާފުވެރި ޝަރީޢަތެއް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވޭތޯއެވެ. އެކަމުގެ ސަބަބުނ ބޭއިންސާފެއް ކުރިމަތިވެފައިވޭތޯއެވެ. އެކަމުގެ ސަބަބުން މައްސަލައިގެ ނަތީޖާ ތަފާތުވުމުގެ ނުވަތަ ބަދަލުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތްތޯއެވެ.

169މީގެ ޖަވާބު ވަރަށް ސާފެވެ. އިސްތިއުނާފުކުރާ ފަރާތް ދަށު ކޯޓުގައި ތަމްސީލުކޮށްފައިވާ ވަކީލުންގެ ފަރާތުން ގޯސްތަކެއްހަދާފައިވީނަމަވެސް، އޭގެ ތެރެއިން ގިނަ ގޯސްތައް ޝަރީޢަތުން ޙައްލުކޮށްދީފައިވާކަންވެސް ފާހަގަކުރެއެވެ. އޭގެ ތެރެއިން، މި މަރެޙެލާގައި ގޯސްތަކެއްކަމުގައ ބުނި ފާހަގަކުރާ ބައެއް ކަންކަމަކީ، ވަކީލުންގެ trial strategy އެވެ. މިސާލަކަށް، އިސްތިއުނާފުކުރާ ފަރާތް ހެކިބަސްނުދިނުމަށ ނިންމް ނިންމުން، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި ގުޅިގެން ނިންމާ ނިންމުމުގައި ފާޅުކަން ބޮޑު ޤާނޫނީ ޖަދަލެއް ނެތްނަމަ، އިސްތިއުނާފުކުރުމުގެ ފުރުޞަތު ދޫކޮށްލުން، މިކަންކަމީ، ވަކީލުންގެ ފަންނީ މިންގަނޑުގެ ތެރެއިން ނިންމާ ނިންމުންތަކެވެ. އަދި މައްސަލައާ ގުޅިގެން ވަކާލާތުކުރުމުގައި ވަކީލުންގެ މިނިވަންކަމާއި، ވަކީލުންނަށް ލިބިދޭ އިޚްތިޔާރީ ބާރާއި ގުޅިލާމެހިފައިވާ ކަންކަމެވެ.

170މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތާ ހެކިބަސް ދިންނަމަ، މައްސަލައިގެ ނަތީޖާ ފުރޮޅިގެންދާނެގޮތެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ދަށު ކޯޓުނ ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ދެކި، އެ ނިންމުން އިސްތިއުނާފުކުރިނަމަ، ނަތީޖާ ބަދަލުވާނެގޮތެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައެއްނުވެއެވެ.

171މ މައްސަލައިގެ ޙަޤީޤަތްތަކުން ފާޅުވަނީ، ކުށެއް އުފުލިފައިވާ މީހެއްގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަން މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް އެ ފަރާތަށް ލިބިދެވިފައިވާކަމެވެ. ފާޅުވާނ އޮތީ، މައްސަލައިގެ ތެރެއިން ވަކީލުގެ ފަރާތުން ހަދާފައިވާ ގޯސްތަކަށް ޝަރީޢަތުން ފަރުވާދީފައިވާކަމެވެ. މިސާލަކަށް، ޝަރީޢަތުގައި ރިޕޯޓު ޙަވާލުކުރުމާއި، އަދި ރިޕޯޓު ލިބިފައިނުވާކަމުގ ޝަކުވާ ލިބުމުން، އަޑުއެހުމެއް ބޭއްވުމާއިއެކު، ޝަރީޢަތުން އެކަން ދަޢުވާލިބުފަރާތުގެ މައްޗަށ ދޫކޮށްލުން ފަދަ ކަންކަމީ، އެ މަރުޙަލާގައި ޙައްލލި ބިދީފައިވާކަންކަމެވެ.

172މި ނިންމުމުގެ 167 ވަނަ ނުކުތާގައިފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ވަކީލުގެ ޢަމަލުތަކުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުން އެއްކިބާވެ، ބޭއިންސާފު ކުރިމަތިވެފައިވާކަމަކަށް ނުދެކެމެވެ. އަދި ހަމައެއާއެކު، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗްށާއި، ލިބިފައިވާ ހެކިތަކާއި އަދި ކޯޓުން ހެކި ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، އެނޫން ގޮތަކަށް އެކަން ހިނގިނަމަ، މައްސަލައިގެ ނަތީޖާ ބަދަލުވާނެގޮތެއް، ނުވަތަ މިނޫން ނަތީޖާއެއް ނިކުންނާނެގޮތެއް އިސްތިއުނާފުކުރ ފަރާތަށް ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.

173އެހެންކަމުން، ދިމިޤްރާ ތ މުޖުތަމަޢުތަކުގައި ބަލައގަނެފައިވ ineffective assistance of counsel ގެ އުޞޫލަށް ރިޢާޔަތްކޮށް، އިސްވެ ބަޔާންކށްފައޮ ވ ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފުކުރާ ފަރާތަށް އަސާސީ ޙައްޤެއް ލިބިދީފައިނުވާކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

174އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން،ދަށު ކޯޓުގެ ނަންބަރ 2021/xxx101/ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

175ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައުޔާ

176ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ