ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 16 · 2025/SC-A/14

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 މޭ 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2024/HC-A/226
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފުކުރުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 އަދި 287 ވަނަ މާއްދާ ތަޠުބީޤުވޭތޯއާއި، އިޖުރާއީ އިޢުތިރާޟާމެދު ހައިކޯޓުން ނިންމި ނިންމުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ އިޖުރާއީ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އިދާރީ – މަޢުލޫމާތު ހޯދުމުގެ ޙައްޤު (އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖުރާއަތު)

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޢާންމު މަދަނީ އިޖުރާއަތާގުޅޭ ކަންކަމުގައި ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.

ޕެރ. 18، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާ ބުނަނީ ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓަކަށް އިސްތިއުނާފުކުރުމުގެ ވާހަކައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ "ކޯޓު" ނުވަތަ "ޓްރައިބިއުނަލް" ގެ މާނައިގެ ތެރެއަށް ފެތޭ ތަނެއް ނޫނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

HN3 އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓަށް ހުށަހެޅެނީ އިސްތިއުނާފުގެ މަގުން ކަމުން، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރެވޭ ހިސާބުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އިސްތިއުނާފުގެ ޢާންމު އިޖުރާއަތުތައް އެ މައްސަލައަށް ހިނގަން ފަށައެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާއަކީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުން އެއަށްފަހު ޢަމަލުކުރެވޭ އިޖުރާއަތު (ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ބުނެ އިސްތިއުނާފު ބާޠިލުކުރަން އެދުން ހިމެނޭ) ބަޔާންކުރާ މާއްދާއެއް ކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކުރިއަށްދާ ޝަރީޢަތަށްވެސް އެ މާއްދާ ތަޠުބީޤުވެއެވެ.

މަދަނީ › އިދާރީ – މަޢުލޫމާތު ހޯދުމުގެ ޙައްޤު (އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ އިޖުރާއަތު)

HN5 ހައިކޯޓުގައި ކުރިއަށްދާ މައުޟޫޢީ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅިގެންދާނެ ނުކުތާއަކާމެދު (މިސާލަކަށް: މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގައިވާ "ނިންމުން" ގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާ އިޖުރާއީ ނިންމުންތައް ހިމެނޭތޯ)، އެ މައްސަލައިގެ ނިންމުމަށް އަސަރުކުރާގޮތަށް ސުޕްރީމް ކޯޓުން އިސްވެ ގޮތެއް ނުކަނޑައަޅާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު

1.... ކުރައްވާފައި).....

1..... ތަޢާރުފު.....

1..... މައްސަލައިގެ ފަސްފަހަތް.....

3.... ހައިކޯޓުގައި ހުށަހެޅި އިޖުރާއީ އިއުތިރާޝު.....

4.... ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ.....

6.... މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ.....

10..... މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާބުނުން.....

12..... ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....

12..... ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.....

13..... ޙުކުމް..... باشنداخ الرحمن އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް [2026] SC 16

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު

މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޝިއްޔާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާމެދު އެ ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކުރުމަށް އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލަ ރައްދުވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "ސްޓެލްކޯ") އަށެވެ.

މައްސަލައިގެ ފަސްފަހަތް

2. 03 ޖުލައި 2024 ގައި މުޙައްމަދު ޝަރުހާން ވަޙީދުގެ ފަރާތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "މަހޯލި ޕޯޓަލް" މެދުވެރިކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް މަޢުލޫމާތު ހޯދުމަށް ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ފަރާތުން ހޯދުމަށް އެދުނު މަޢުލޫމާތަކީ 17 ނޮވެމްބަރު 2023 އިން 03 ޖުލައި 2024 އާ ހަމައަށް ސްޓެލްކޯއަށް އައްޔަންކޮށްފައިވާ މުވައްޒަފުންގެ ޢަދަދު، މުވައްޒަފުންގެ ނަން، މަޤާމު، މުސާރަ އާއި އެލަވަންސްތަކާއި، އެފަރާތްތަކުން ވަޒީފާ އަދާކުރާ އަތޮޅު އަދި ވަކިވަކި ރަށް އެނގޭނެގޮތަށް، އަދި ހަމަ އެ މުއްދަތުގައި ސްޓެލްކޯއިން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ އަދަދާއި، މަޤާމާއި، މުސާރައާއި، އެލަވަންސްތަކާ ގުޅޭ މަޢުލޫމާތެވެ. އެ ފަރާތުން ހުށަހެޅި ފޯމުގައި ނަމުގެ ގޮތުގައި ލިޔެފައިވަނީ "މުޙައްމަދު ޝަރުހާން" އެވެ.

3. 28 ޖުލައި 2024 ގައި ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރ އެ ހުށަހެޅުން ބަލައިގަނެފައިވެއެވެ. އަދި ސްޓެލްކޯއިން ޖަވާބެއް ދީފައިނުވާތީ، ހަމަ އެދުވަހު މުޙައްމަދު ޝަރުހާން ވަޙީދުގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޝަކުވާ ހުށަހެޅިއެވެ.

4. 29 ޖުލައި 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޝަކުވާ ބަލައިގަނެ، އެ އޮފީހުގެ ނަންބަރު ICOM-C/2024/242 މައްސަލައިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

5. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-C/2024/242 މައްސަލައިގައި 09 ސެޕްޓެމްބަރު 2024 ގައި އަޑުއެހުމެއް ބޭއްވުނެވެ. އެ އަޑުއެހުމުގައި ސްޓެލްކޯގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ. ސްޓެލްކޯގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަކީ މައްސަލަ ހުށަހެޅި ފަރާތުގެ ނަމުގެ ގޮތުގައި ބަޔާންކޮށްފައިވާ ފަރާތެއް ވުޖޫދުގައި ނުވާކަމަށާއި، ޝަޚްޞު ކަށަވަރުނުކުރެވޭ ފަރާތަކުން ހުށަހަޅާފައިވާ ހުށަހެޅުމެއް ބަލައިގަތުމަށް ލާޒިމުކުރާ ޤާނޫނީ އަސާސެއްނުވާކަމަށް ބުނެ ހުށަހެޅި އިޖުރާއީ ނުކުތާއެކެވެ.

6. 11 ސެޕްޓެމްބަރ 2024 ގައި ސްޓެލްކޯއަށް އިޖުރާއީ ނުކުތާއާ ގުޅިގެން ނިންމި ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޫކޮށްފައިވެއެވެ. އެ ނިންމުމުގައި ވަނީ ސްޓެލްކޯގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަކީ ޝަކުވާ ކުރިޔަށް ގެންދިއުމަށް އޮތް ހުރަހެއް ކަމުގައި ނުބެލެވޭކަމަށެވެ.

7ބުނެވުނު އިޖުރާއީ ނިންމުން އިސްތިއުނާފުކުރުމަށް ސްޓެލްކޯގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން އެސްމެއްސުފާ ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ. މިއީ ބުނެވުނު އިޖުރާއީ އިޢުތިރާޟާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެވެ.

ހައިކޯޓުގައި ހުށަހެޅި އިޖުރާއީ އިޢުތިރާޟު

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގައި އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޟުގައި ބުނެފައިވަނީ ސްޓެލްކޯގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ އެއްވެސް އަސާސެއް ނެތް، އެކަށީގެންވާ ސަބަބެއް ނެތި އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ، މައްސަލަ ބާޠިލުކޮށްދިނުމަށެވެ.

9ހައިކޯޓުގައި ހުށަހެޅި މި އިޖުރާއީ އިޢުތިރާޟާ ގުޅިގެން ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ޝަރީޢަތުން ގޮތް ކަނޑައަޅަންވީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުންކަން ސާފުނުވާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށެވެ. ހައިކޯޓުން މި އިޖުރާއީ އިޢުތިރާޟާ ގުޅިގެން ނިންމާފައިވަނީ އިޖުރާއީ އިޢުތިރާޟު ހުށަހެޅީ މަދަނީ އިޖުރާއަތުގެ ކޮން މާއްދާއަކުންކަން ސާފު ނޫންކަމަށާއި، ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކޮށްފައިވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހުށަހެޅި އިޢުތިރާޟުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްފައި ނުވާތީ، އެ މައްސަލަ ބާޠިލުކުރާނެ ސަބަބެއް ނެތްކަމަށެވެ.

10ބުނެވުނު އިޖުރާއީ ނިންމުން އިސްތިއުނާފު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ

11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުން އިސްތިއުނާފުކުރަމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހެޅި ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އިޖުރާއީ އިޢުތިރާޟާމެދު ގޮތެއް ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާ އާއި 287 ވަނަ މާއްދާ ތަޠްބީޤުކޮށްފައިވަނީ އެ މާއްދާތަކާ ޚިލާފަށްކަމުގައި ވުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 285 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) ގެ ދަށުން މައްސަލަ ބާޠިލުކޮށްދިނުމަށް އެދި ސްޓެލްކޯގެ ފަރާތުން ހުށަހެޅިއެވެ. އަދި ސްޓެލްކޯގެ ފަރާތުން ހުށަހެޅި ކަންކަމަށާއި ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބިނާކޮށް ދަޢުވާ ފޯމު ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެންނާތީ، އެ ހުށަހެޅުން ބަލައިނުގަތުމަށް މި މައްސަލައިގެ ބެންޗުން ނިންމާފައިވާނެއެވެ.

13އަދި މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގެ އެއްވެސް މަރުޙަލާއެއް ކުރިއަށް ނުގެންދިއުމަށް އަމުރުކޮށް ދިނުމަށް އެދި ވަގުތީ އަމުރަށް އެދޭ ފޯމުން ހުށަހެޅުމުން، ސުޕްރީމް ކޯޓުން ބަލަމުންދާ މި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް އަންގައި ވަގުތީ އަމުރެއް ނެރެދީފައިވާނެއެވެ. ދެފަރާތުން ދެއްކި ވާހަކަ

14އިސްތިއުނާފީ ނުކުތާގެ ތަފުސީލުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާ ތަން ނުދޭ ކަމަށާއި، އަދި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނަސް އެ ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ހުށަހެޅުމެއް ނޫންކަން އެ މާއްދާއިން ސާފުވާކަމަށާއި، އަދި އެއީ ޓްރައިބިއުނަލްގެ މާނައިގެ ތެރޭގައި ހިމެނޭ ތަނެއްވެސް ނޫންކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާއަކީ އެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރާ މައްސަލައަކާ ގުޅިގެން ތަޠުބީޤުވާނެ މާއްދާއެއްކަމަށެވެ.

15މީގެ އިތުރުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކަމަށާއި، އެ މާއްދާގައި ބުނަނީ "މައްސަލަ ނިންމުމުން ނުވަތަ މައްސަލަ ނިންމަންޖެހޭ ދުވަހުން ފެށިގެން" ދިވެހިރާއްޖޭގެ ހައިކޯޓުގައި އިލްތިމާސްކުރުން ކަމަށާއި، އެ މައްސަލަ ބެލުމުގެ ތެރޭގައި ހުށަހަޅާ އިޖުރާއީ ނުކުތާއަކާ ގުޅިގެން ނިންމާ ނިންމުންތަކަކީ މައްސަލައިގެ ތެރެއިން އިސްތިއުނާފުކުރެވޭނެ ނިންމުންތަކެއް ކަމުގައިވާއިރު، މައްސަލައިގެ ތެރެއިން ނިންމާ ހުރިހާ ނިންމުމެއް އިސްތިއުނާފުކުރެވޭ ގޮތަށް މާނަކުރުމަކީ ޤާނޫނު ތަސައްވުރުކުރާ މުއްދަތުތަކުގައި މަޢުލޫމާތު ހޯދުމަށް ހުރަސް އެޅި، އެ ހައްޤު އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭކަމެއް ކަމަށެވެ.

16އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޖުރާއީ އިޢުތިރާޝާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ސަބަބެއް ހުށަހަޅާފައިނުވާތީ، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ އޮޅިގަނޑު ގިރާނުކުރާ މައްސަލައެއްކަމަށް ދެކޭކަމަށެވެ. މީގެ އިތުރުން، މި މައްސަލައަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 26 ވަނަ ބާބުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމާގުޅޭ އުޞޫލުތައް ތަޠުބީޤުކުރަންޖެހޭ ކަމަށް ދެކޭކަމަށާއި، އެހެންކަމުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް މައުޟޫއީ ޤަޞިއްޔާގެ ބައެއްގެ ގޮތުގައި ހުށަހެޅުމަށް ލަސްކުރުމަކީ ލާޒިމުކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

17އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މައްސަލައިގައި ފާހަގަކުރާ މައިގަނޑު ދެކަމަކީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް އިލްތިމާސްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ ހުށަހެޅުމަކަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 އަދި 287 ވަނަ މާއްދާ ތަޠުބީޤު ނުކުރެވޭނެކަމަށް ބުނާ ބުނުމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރެވޭ އިޖުރާއީ ނިންމުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 އަދި 287 ވަނަ މާއްދާ ތަޠުބީޤުވާނެތޯ

18HN1މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޢާންމު މަދަނީ އިޖުރާއަތާގުޅޭ ކަންކަމުގައި ޢަމަލުކުރާނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް މަދަނީ މައްސަލަތައް ހުށަހެޅުމާއި ހަމައިން ޙުކުމް ތަންފީޒުކުރުމުގައި މަދަނީ އިޖުރާއަތުގެ ޢާންމު އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެގޮތާއި، އެފަދަ މައްސަލަތަކަށް ހިނގާނެ ހެކީގެ އުޞޫލުތަކާއި، ގޮތެއް ނިންމުމުގައާއި ޙުކުމް ތަންފީޒުކުރުމުގައި އަދި އެނޫންވެސް ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތުގެ ޢާންމު އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. 8 ޤާނޫނު ނަންބަރު 32/2021 މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 16 ޖޫން 2022 ގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ.

(ހ) "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މަދަނީ އިޖުރާއަތުގެ ޢާންމު ހަމަތަކެއް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވީނަމަވެސް ޢާންމު މަދަނީ އިޖުރާއަތާގުޅޭ ކަންކަމުގައި ޢަމަލުކުރާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ."

(ށ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެހެން ޤާނޫނަކުން ބާރުލިބިދީގެން ތަންފީދުކުރަމުން އައިސްފައިވާ ގަވާއިދުތަކުގެ ތެރެއިން، މި ޤާނޫނުގައި ބަޔާންކުރާ އެއްވެސް އުސޫލަކާ ތަޢާރުޝުވާ ގަވާއިދެއްވާނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ގަވާއިދެއް އިޞްލާޙުކުރަންވާނެއެވެ. އެ މުއްދަތުގައި އެ ގަވާއިދެއް އިޞްލާޙުކޮށްފައިނުވާނަމަ، އެ ގަވާއިދެއްގައި ހިމެނޭ މި ޤާނޫނީ ތަޢާރުޝުވާ ބައި ބާޠިލުވާނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 1 ވަނަ މާއްދާ

19HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގައި ބަޔާންކުރަނީ މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެ ކޯޓުތަކުގެ ނިންމުންތަކުގެ ވާހަކަކަން އެ މާއްދާގެ ސާފު އިބާރާތުން އެނގެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ "ކޯޓު" ނުވަތަ "ޓްރައިބިއުނަލް" އެއްގެ މާނައިގެ ތެރެއަށް ފެތޭ ތަނެއް ނޫންކަން މި ކޯޓުގެ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤަޟިއްޔާއިން އެނގެއެވެ. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

20މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. އިސްތިއުނާފުކުރުމުގެ ބާރު 64. (ހ) މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ލިބިދެއެވެ. އަދި އެފަދަ މައްސަލައެއްގައި، ޤާނޫނާ އެއްގޮތަށް ޢަމަލުކުރިކަން ސާބިތުކޮށްދޭންވާނީ އިންފޮމޭޝަން ކޮމިޝަނަރ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތެވެ.

(ށ) މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުޙަލާގައި އެކަންޏެވެ."

21HN3މި މާއްދާއަށް ބެލުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅެނީ އެ މާއްދާގެ ދަށުން އިސްތިއުނާފުގެ މަގުންނެވެ. މިކަން ބުނެވުނު މާއްދާއިން ސާފުވާއިރު، މި ކޯޓުން މީގެ ކުރިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤަޝިއްޔާއާއި، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤަޟިއްޔއިނާ މިކަން އިތުރަށް އެނގިގެންދެއެވެ.

22HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާއަކީ އިސްތިއުނާފުކުރުމަށް މައްސަލައެއް ހުށަހަޅާފައިވާކަން ނުވަތަ އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅާފައިވާކަން ކޯޓުން އެންގުމުން އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެކަންކަން ބަޔާންކުރާ މާއްދާއެކެވެ. އެ ގޮތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަމަށް ބުނެ އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރަން މި މާއްދާގެ ދަށުން އެދެވިދާނެއެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ [2025] SC 03 އެ ޤަޝިއްޔާގައި ފަނޑިޔާރު ޢާއިޝާޝުޖޫން މުޙައްމަދުގެ ރަޢުޔުގައި އައިކޮމްއަށް ހުށަހެޅޭ ޝަކުވާއާއި އިލްތިމާސްތަކާމެދު ގޮތް ކަނޑައެޅުމުގައި ތަބީޢީ އިންސާފުގެ އުސޫލުތަކަށް (principles of natural justice) ރިޢާޔަތްކުރަންޖެހޭކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައިކޯޓުން ބަލަންވާނީ އައިކޮމްއަށް ހުށަހެޅި ހުށަހެޅުންތަކާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެން ކަމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި ނުވިނަމަވެސް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއަކީ ޝަރީޢަތް ކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެއްކަމުގައި ނުވެފައި، އެ މާއްދާގައި ހެއްކާ ޤުލޭ ބަޔާންކޮށްފައި ނެތުމަކީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫލު: ގެ 32 ވާން މާއްދާ ގައި ބަޔާންކުރާ ޢާންމު އުސޫލު އެއްފަރާތް ކުރެވިދާނެ ސަބަބެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. (ޕެރެގްރާފު 77-75 (ޙައް) ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅެނީ އިސްތިއުނާފުގެ މަގުން ކަމުގައިވާއިރު، ހައިކޯޓުން މައްސަލަ ބެލުމުގައި މަދަނީ އިޖުރާއަތުގެ އިސްތިއުނާފީ އާންމު އުޞޫލުތައް އެ މާއްދާގެ ދަށުން ކުރެވޭ އިސްތިއުނާފަކަށްވެސް ހިނގާނެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާއަކީ މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން އެއަށްފަހު ޢަމަލުކުރެވޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ކަމުގައިވާތީ، މިއީ އިންފޮލޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ޝަރީއަތް ކުރިއަށްގެންދާ ހާލަތުގައިވެސް ތަޠުބީޤުކުރެވޭނެ މާއްދާއެއްކަމަށް ދެކެމެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭ ހިސާބުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުގެ އާންމު އިޖުރާއަތުތައް ހިނގަން ފަށާނެތީއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާ ތަޠުބީޤުވާނީ ހަމައެކަނި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރާ މައްސަލައަކަށް ކަމަށް އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ބުނާއިރު، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އިސްތިއުނާފުގެ އާންމު އިޖުރާއަތު އެ މައްސަލައަކަށް ހިންގުމަށް ޤާނޫނީގޮތުން އޮތް ހުރަހެއް އެފަރާތަށް ބުނެދެވިފައިނުވެއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާބުނުން

23އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ އިޖުރާއީ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން، އެ ނިންމުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނެފައިވެއެވެ.

24މީގެ ތަފުސީލުގައި އިންފޮލޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގައި "މައްސަލަ ނިމުމުން ނުވަތަ މައްސަލަ ނިންމަންޖެހޭ ދުވަހުން ފެށިގެން" މިގޮތަށް ބަޔާންކުރެވިފައިވާތީ، އެ މާއްދާ މާނަކުރަންޖެހޭނީ އެ މައްސަލައެއް އިލްތިމާސްކުރުންކަމަށާއި، އެ މައްސަލަ ބެލުމުގެ ތެރޭގައި ނިންމާ ނިންމުންތައް އިލްތިމާސްކުރުން ނޫންކަމަށެވެ. އަދި މައްސަލަ ނިމުމުގެ ކުރިން މައްސަލައިގެ ތެރެއިން ނިންމާ ނިންމުންތައް އިސްތިއުނާފުކުރެވޭނެކަމަށް މާނަކުރާނަމަ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމުމަށް އޮތް އޮތުމަށް ހުރަސްއެޅިގެންދާކަމަށެވެ.

25ދިވެހިރާއްޖޭގެ ހައިކޯޓަށް ސްޓެލްކޯގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމަށް ބަލާއިރު، އެ މައްސަލައިގައި ސްޓެލްކޯގެ ފަރާތުން އެދޭ ކަންކަމުގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކުރާ "ނިންމުން" މި ލަފުޒުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާ އެންމެހާ ނިންމުންތަކެއް ހިމެނޭކަމަށާއި، އެ ލަފުޒު މާނަކުރަންޖެހޭނީ ނަންބަރު 2022/SC-HCL/46 "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ބަޔާންކުރާ އިޖުރާއީ ނިންމުންތައްވެސް ހިމެނޭގޮތަށްކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

26HN5ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް މައުޟޫއީ މައްސަލައިގައި ގޮތެއް ކަނޑައަޅައިދިނުމަށް ސްޓެލްކޯގެ ފަރާތުން އެދިފައިވާ އެއް ކަމަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމުގެ ތެރޭގައި އިންފޮލޭޝަން ކޮމިޝަނަރު ނިންމާ އިޖުރާއީ ނިންމުންތައް ނުހިމެނޭނެކަމަށް ކަނޑައަޅައިދިނުމަށް ކަމުގައިވާއިރު، މިއީ ސުޕްރީމް ކޯޓުގައި ހުށަހެޅިފައިމިވާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާގައިވެސް ހިމެނޭ އެއް ބަހުސެވެ.

27ވުމާއެކު، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ މައުޟޫއީ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅިގެންދާނޭ ނުކުތާއެއްކަމުން، އެ ނުކުތާއާމެދު މި މަރުޙަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްވެ ގޮތެއް ކަނޑައެޅުންވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާ މައުޟޫއީ މައްސަލައިގެ ނިންމުމަށް އަސަރުކުރުވާނެ ކަމެއް ކަމުގައި ދެކެމެވެ. މި ސަބަބަށްޓަކައި، އެ އެނުކުތާއާމެދު ސުޕްރީމް ކޯޓުން މި ހިނދުގައި ގޮތެއް ކަނޑައެޅިދާނެކަމަށް އަހުރެން ނުދެކެމެވެ.

28އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/226 ޤަޟިއްޔާގައި ނިންމާފައިވާ އިޖުރާއީ ނިންމުން އިސްތިއުނާފުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 1/2014
  2. ޤާނޫނު ނަންބަރު 32/2021
  3. ޤާނޫނު ނަންބަރު 1/2014
  4. އިސްތިއުނާފު މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދޭ ފޯމު
  5. އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް (07 ޖުލައި 2025)
  6. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމު
  7. ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-B5/VA/01 ވަގުތީ އަމުރު (07 ޖުލައި 2025)
  8. މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 16 ޖޫން 2022 ގައެވެ.
  9. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 426 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ. (ހ) "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މަދަނީ އިޖުރާއަތުގެޢާންމު ހަމަތަކެއް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވީނަމަވެސް ޢާންމު މަދަނީ އިޖުރާއަތާގުޅޭ ކަންކަމުގައި ޢަމަލުކުރާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވ ގޮތުގެމަތިންނެވެ." (ށ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެހެން ޤާނޫނަކުން ބާރުލިބިދީގެނ ތަންފީޛުކުރަމުން އައިސްފައިވާ ގަވާއިދުތަކުގެ ތ ރެއިން، މ ޤާނޫނުގައި ބަޔާންކުރާ އެއްވެސް އުސޫލަކާ ތަޢާރުޟުވާ ގަވާއިދެއްވާނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ގަވާއިދެއް އިޞްލާޙުކުރަންވާނެއެވެ. އެ މުއްދަތުގައި އެ ގަވާއިދެއް އިޞްލާޙުކޮށްފައިނުވާނަމަ، އެ ގަވާއިދެއްގައި ހިމެނޭ މެޤާނޫނާ ތަޢާރުޟުވާ ބައި ބާޠިލުވާނެއެވެ.
  10. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 1 ވަނަ މާއްދާ
  11. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އަންނަނިވި ގޮތަށެވެ. "(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އަންނަނިވި ނިންމުންތައް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. (1) ޙުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް؛ (2) ވަގުތީ އަމުރު؛ (3) ޙުކުމް ތަންފީޛުކުރާ ކޯޓަކުން ނިންމާ ނިންމުންތައް." [2022] SC 0213
  12. [2022] SC 02
  13. [2025] SC 03 އެ ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާޝުޖޫންމުޙައްމަދު ގެ ރަޢުޔުގައިއައިކޮމްއަށ ހުށަހެޅް ޝަކުވާއާއި އިލްތިމާސްތަކާމެދ ގޮތް ކަނޑައެޅުމުގައި ތަބީޢީ އިންސާފުގެ އުސޫލުތަކަށް (principles of natural justice) ރްޢާޔަތްކުރަންޖެހޭކަމަށާއި،އިންފޮމޭޝަން ކޮމިޝަނަރ ނިންމު ނިންމުމެއް ހައިކޯޓުން ބަލަންވާނީ އައިކޮމްއަށ ހުށަހެޅް ހުށަހެޅުންތަކާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެން ކަމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި ނުވިނަމަވެސެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާއަކީ ޝަރީޢަތް ކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެއްކަމުގައި ނުވެފައި، އެ މާއްދާގައި ހެއްކާ ގުޅޭ ކަންކަން ބަޔާންކޮށްފައި ނެތުމަކީ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޤާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ ގައި ބަޔާންކުރާ ޢާންމު އުސޫލު އެއްފަރާތް ކުރެވިދާނެ ސަބަބެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. (ޕެރެގްރާފު 77-75 އަށް)
  14. ފުޓްނޯޓު 10
  15. ޕެރެގްރާފް 7 ގައި އެ މާއްދާގެ ޢިބާރާތް ނަކަލުކުރެވިފައިވާނެއެވެ.
  16. އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމުގެ 7.1.20 ން ފެށިގެން ދައްކާފައިވާ ވާހަކަ
  17. ޢާއިޝަތު ޒަޢީމާގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ
  18. ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި "އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިލްތިމާސްކުރުމަށް އެދި ހުށަހަޅާ ފޯމު" ގެ ނަންބަރު 7 "ހުށަހަޅާ ފަރާތުން އެދޭގޮތް"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ