ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2024/HC-A/226ހައިކޯޓު · 21 އޮކްޓޫބަރު 2026 · އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިލްތިމާސްކުރި ނިންމުމަކީ ޤާނޫނުގެ 64 ވަ…
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޮކްޓޫބަރު 2026ދަށު ކޯޓު: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ICOM-C/2024/242ބާވަތް: އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

ޚުލާޞާ

ކޯޓަށް އައި ގޮތް
އައިކޮމްއިން ނިންމީ ސްޓެލްކޯއިން ފާހަގަކުރި އިޖުރާއީ ނުކުތާއަކީ ޝަކުވާ ކުރިއަށް ގެންދިޔުމަށް އޮތް ހުރަހެއް ކަމުގައި ނުބެލެވޭކަމަށާއި، މައްސަލައަށް ގޮތެއް ނިންމުމުން 64 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެކަމަށެވެ. އެ ނިންމުން 11 ސެޕްޓެންބަރު 2024 ގައި ލިޔުމުން ދިނެވެ.
ވާޤިޢާ
މަހޯލި ޕޯޓަލް މެދުވެރިކޮށް ސްޓެލްކޯގެ މުވައްޒަފުން ޢައްޔަންކުރުމާއި ވަކިކުރުމާ ބެހޭ މަޢުލޫމާތަށް އެދުނު ފަރާތަކުން، ސްޓެލްކޯއިން ޖަވާބު ނުދިނުމުން އައިކޮމްއަށް ޝަކުވާ ހުށަހެޅިއެވެ. އައިކޮމްގެ އަޑުއެހުމުގައި، މަޢުލޫމާތަށް އެދުނު ފަރާތުގެ ޝަހްސު ކަށަވަރުނުވާކަމަށް ސްޓެލްކޯއިން އިޖުރާއީ އިޢުތިރާޟެއް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޝަކުވާއެއް ބަލަމުންދާ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމާ އިޖުރާއީ ނިންމުންތައް ހައިކޯޓަށް އިލްތިމާސްކުރެވިދާނެތޯއާއި، ޝަކުވާ ކުރިއަށް ގެންގޮސްފައިވަނީ މަޢުލޫމާތު ހޯދުމަށް އެދުނު ފަރާތުގެ ޝަހްސު ކަށަވަރުނުކޮށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސްޓެލްކޯއިން ބުނީ 2022/SC-HCL/46 ގެ އަލީގައި އިޖުރާއީ ނިންމުންތައްވެސް 64 ވަނަ މާއްދާގައިވާ "ނިންމުން" ގެ ތެރޭގައި ހިމެނޭކަމަށާއި، ޝަހްސު ކަށަވަރުނުކޮށް ޝަކުވާ ކުރިއަށް ގެންދިޔުމާއި ނިންމުން ލިޔުމުން ދިނުމަށް ލަސްކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިގެންވާ އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅުން ކަމަށެވެ. އައިކޮމްއިން ބުނީ 64 ވަނަ މާއްދާއިން އިލްތިމާސްކުރެވެނީ މައްސަލަ ނިމުމުން ކަމަށާއި، ޝަހްސު ކަށަވަރުކުރެވިފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
64 ވަނަ މާއްދާގެ ދަށުން އިލްތިމާސްގެ ޙައްޤު އުފެދެނީ 61 ވަނަ މާއްދާގެ ދަށުން ޝަކުވާ ނުވަތަ އިލްތިމާސް ނިންމުމުން ކަމަށާއި، މެދުތެރޭގައި ނިންމާ އިޖުރާއީ ނިންމުންތަކާ ދެކޮޅަށް ނޫންކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާއާއި 2022/SC-HCL/46 މި މައްސަލަތަކަށް ތަޠުބީޤުނުކުރެވޭކަމަށް ކޯޓުން ކަނޑައެޅިއެވެ. ނިންމުން ލިޔުމުން ދީފައިވާތީ އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅިފައިނުވާކަމަށާއި، ހުށަހެޅުމުގައި ޤާނޫނާއި ގަވާއިދު ލާޒިމުކުރާ މަޢުލޫމާތު ފުރިހަމަވާތީ ޝަހްސު ކަށަވަރުވާކަމަށް ބެލެވޭކަމަށް ކޯޓުން ނިންމިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ICOM-C/2024/242
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2025/SC-A/14 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ނިންމުން

އިލްތިމާސްކުރި ނިންމުމަކީ ޤާނޫނުގެ 64 ވަ…

އިލްތިމާސްކުރި ނިންމުމަކީ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ ނިންމުމެއް ނޫންކަމުން ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިންމުމެއް ނޫންކަމަށް ކަނޑައެޅި

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އިސްތިއުނާފުކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެކެވެ. އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟޫޢީ ގޮތުންނާއި، އިޚްތިޞާޞްގެ ގޮތުންނާއި، ވަގުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެކެވެ. މިކަން ކުރެވެނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ހުދޫދުގެ ތެރެއިންނެވެ. (ޕެރ. 60-61)

އިސްތިއުނާފުކުރުމުގެ ޙައްޤު ގައިދުކުރުމުގެ އެއް ބޭނުމަކީ، ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚުޞޫމަތްތައް ނިމި މީސްމީހުންގެ ޙައްޤުތަކަށް ސާބިތުކަމާއި އިސްތިޤުރާރުކަން ލިބުމަށްޓަކައި ވަކި މުއްދަތެއް ކަނޑައެޅުމެވެ. އިތުރު ބޭނުމަކީ ޤާނޫނީ އިމުން ބޭރުން، އެއްވެސް އަސާސެއްނެތި ހުށަހަޅާ އިސްތިއުނާފަށް ފުރުޞަތު ނުދިނުމެވެ. (ޕެރ. 61)

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޤާނޫނުއަސާސީގައި ބަޔާންކުރާފަދަ ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ނޫންކަން އެނގޭއިރު، މި އޮފީހުގެ މައްޗަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ތަޠްބީޤުކުރަންޖެހޭކަމަށް ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ. (ޕެރ. 39, 64)

ޚާއްޞަ ޤާނޫނަކުން މައްސަލަ ބަލައި ގޮތް ކަނޑައެޅުމުގެ އުޞޫލެއް ޤާއިމުވެ، އެ ޤާނޫނުގައި ހައިކޯޓަށް ވަކި އިޚްތިޞާޞްއެއް ލިބިދެވިފައިވާކަމަށް ކަނޑައަޅައިފިނަމަ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ހައިކޯޓަށް ޢަމަލުކުރުން ލާޒިމުވެގެންވެއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިޖުރާއަތުތަކެއް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލައެއްކަމުން، މި ޤާނޫނުގައި އިސްތިއުނާފުގެ މަގު ކޮށައިދީފައިވާގޮތް ބަލަންޖެހެއެވެ. (ޕެރ. 65)

HN5އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން › އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ އިބާރާތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް ބަދަލުކުރެވޭނީ ހަމައެކަނި ޝަރުޢީ ކޯޓަކުންކަން އެނގެއެވެ. އަދި 64 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކުން ބެލޭނީ، އެ މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުޙަލާގައި އެކަނިކަމުގައެވެ. (ޕެރ. 66)

HN6އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން › އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް އިލްތިމާސްކުރެވޭ މައްސަލަތަކުގެ މައްޗަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭކަން އެނގޭހިނދު، މި މާއްދާގެ (ހ) މާނަކޮށްފައިވާ ސުޕްރީމް ކޯޓުގެ 2022/SC-HCL/46 ނިންމުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް އިލްތިމާސްކުރެވޭ މައްސަލަތަކުގެ މައްޗަށް ތަޠުބީޤުކުރެވޭނެކަމަށް ނުދެކެމެވެ. (ޕެރ. 68)

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ކިޔަންވާނީ، މި ޤާނޫނުގެ 61 ވަނަ މާއްދާގައި ޝަކުވާތަކާއި އިލްތިމާސްތައް ނިންމުމަށް ކަނޑައަޅާފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރަ ނަތީޖާއަކީ މައުޟޫޢީ މައްސަލައިގެ ޖައުހަރާމެދު ގޮތެއް ނިންމާ، ފަރުވާ ދިނުމުގެ، އަދި ތަންފީޒީ ފިޔަވަޅުތަކެކެވެ. މިއީ އެއްވެސް ޙާލެއްގައި އިޖުރާއީ ގޮތުން މައްސަލަ ހިންގުމަށް ނެރޭ އިރުޝާދުތަކެއް ނޫނެވެ. (ޕެރ. 73-74, 77)

HN8އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން › އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިލްތިމާސަކީ، ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރު ޝަކުވާއަކާމެދު ނުވަތަ އިލްތިމާސްއަކާމެދު ގޮތެއް ނިންމުމުން، އެ ނިންމުމާ ދެކޮޅަށް ކުރެވޭ އިލްތިމާސެކެވެ. މިއީ ކޮމިޝަނަރު އެ މައްސަލަ ބެލުމުގެ ތެރޭގައި ނިންމާ ކޮންމެ އިޖުރާއީ ނިންމުމަކާ ދެކޮޅަށް ކުރެވޭ އިލްތިމާސެއް ނޫނެވެ. (ޕެރ. 77, 85)

ޤާނޫނުގެ 60 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކޮމިޝަނަރު މައްސަލަ ބެލުމުގެ ތެރޭގައި ނިންމާ ކޮންމެ އިޖުރާއީ ނިންމުމެއް ވަކިން އިސްތިއުނާފުކުރެވޭ ގޮތަށް ހެދުމަކީ ޤާނޫނުހަދާ މަޖިލީހުގެ މަޤްޞަދު ކަމުގައިވާނަމަ، މިއަށްވުރެ މާ ސާފު އިބާރާތެއް ޤާނޫނުގައި ބޭނުންކުރީހެވެ. އެފަދައިން ވަކި މަގެއް ޤާނޫނު ކުރަހާދީފައިނުވާތީ، އެއީ މައުޟޫޢީ މައްސަލަ ނިމުމުން އިސްތިއުނާފުގެ މަގުން ޖަދަލު އުފެއްދިދާނެކަމެކެވެ. (ޕެރ. 75)

ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އެކަށީގެންވާ އަވަސްމިނެއްގައި ޝަކުވާތައް ބެލުމުގެ ޒިންމާއަށް ބަލާއިރު، މިއީ އެކިއެކި ވަގުތީ ނިންމުންތަކުގެ އިސްތިއުނާފުތަކުގެ ސަބަބުން ޤާނޫނީ އިޖުރާއަތު ބައިބައިވިޔަނުދިނުމަށް ބާރުދޭކަމެކެވެ. (ޕެރ. 86)

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) މާނަކުރުމުގެ އެންމެ ރަނގަޅު ގޮތަކީ، މި މާއްދާގެ ދަށުން ޚަޞްމަކަށް އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައްޤު އުފެދެނީ، 61 ވަނަ މާއްދާގެ ދަށުން ޝަކުވާ ނުވަތަ އިލްތިމާސް ނިންމައި ނުވަތަ ފައިޞަލާކޮށް އިންފޮމޭޝަން ކޮމިޝަނަރު ނިންމުމެއް ނިންމުމުން ނުވަތަ އަމުރެއް ނެރުމުންކަމުގައި ބެލުމެވެ. އެ މަރުޙަލާގެ ތެރޭގައި އުފެދޭ އެއްވެސް އިޖުރާއީ އިޢުތިރާޟެއް، މައުޟޫޢީ މައްސަލަ ނިމުމުން 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ އިލްތިމާސްގައި ފާހަގަކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، މި މާއްދާއަކީ، އައިކޮމްގައި ކުރިއަށްދާ މައްސަލައިގެ މެދުތެރެއިން ނަގާ އިޖުރާއީ ނުކުތާތަކާ ގުޅިގެން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގެ ޙައްޤު އުފައްދައިދޭ މާއްދާއެއްކަމުގައި މާނަކުރެވޭނެކަމަކަށް ނުދެކެމެވެ. (ޕެރ. 87)

މައްސަލަ ބެލުމުގެ ތެރޭގައި ނިންމުމެއް ނިންމާނަމަ، އެކަން މައްސަލައިގެ ބައިވެރިންނަށް އެނގެންޖެހެއެވެ. އަދި އެ ނިންމުން ލިޔުމުންވެސް ލިބެންޖެހެއެވެ. އެއީ އެހިނދު އިސްތިއުނާފުކުރެވިދާނެ ނިންމުމަކަށް ނުވިނަމަވެސް މިއެވެ. ސަބަބަކީ މައުޟޫޢީ މައްސަލަ ނިމުމުން، އެ ލިޔުމުގެ މައްޗަށް ބިނާކޮށްވެސް އިލްތިމާސެއް ހުށަހެޅުމުގެ ފުރުޞަތު އޮތުމެވެ. (ޕެރ. 89)

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތަށް އެދި ހުށަހަޅާއިރު، މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ހިމެނުމަށް ޤާނޫނު ލާޒިމުކުރެއެވެ. ހުށަހެޅުމެއްގައި ހިމަނަންޖެހޭ މަޢުލޫމާތުތަކުގެ ތެރެއިން ބައެއް މަޢުލޫމާތު ފުރިހަމަނުވާނަމަ، އެ ހުށަހެޅުން ދައުލަތުގެ އިދާރާއަކުން ޤަބޫލުނުކޮށް ދޫކޮށްލެވިދާނެއެވެ. ނަމަވެސް އެގޮތަށް ދޫކޮށްލަންވާނީ، އެ ފަރާތަށް އެކަން އެންގުމަށްފަހު ފުރިހަމަނުވާ މަޢުލޫމާތު ފުރިހަމަކުރުމަށް ފުރުޞަތު ދިނުމަށްފަހުގައި، އަދި އެ މަޢުލޫމާތު ފުރިހަމަކުރުމަށް އެހީތެރިވެދިނުމުންވެސް، އެ ފަރާތުން އިންކާރުކުރާކަމަށް ވާނަމައެވެ. (ޕެރ. 91)

ހުށަހެޅުމުގައި މަޢުލޫމާތު ފުރިހަމަވޭތޯ ކަށަވަރުކުރުމަކީ ދައުލަތުގެ އިދާރާގެ ޒިންމާއެކެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި މަޢުލޫމާތުގެ އިތުރު ކަމެއް ނުވަތަ މަޢުލޫމާތެއް ފުރިހަމަކުރުމަށް ދައުލަތުގެ އިދާރާއަށް ލާޒިމުނުކުރެވޭނެއެވެ. ގަވާއިދުގައި ބަޔާންކުރާ މަޢުލޫމާތު ހުށަހެޅުމުގައި ފުރިހަމަވާނަމަ، ދައުލަތުގެ އިދާރާއަށް އެ ހުށަހެޅުން ބަލައިގަންނަންޖެހެއެވެ. (ޕެރ. 92)

ޤާނޫނުގެ ތަޞައްވުރަކީ މަޢުލޫމާތު ހޯދުމަށް ފަހިކޮށްދިނުމެވެ. މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ދައުލަތުގެ އިދާރާގެ އެހީތެރިކަމަށް އެދިއްޖެނަމަ، ނުވަތަ އެހީތެރިކަން ބޭނުންވާކަމަށް ފެންނަ ޙާލަތުގައި، ވެވުނު އެންމެ ފުރިހަމައަކަށް އެ އެހީތެރިކަން ދިނުމަށް ދައުލަތުގެ އިދާރާގެ މައްޗަށް ލާޒިމުކުރެއެވެ. (ޕެރ. 93)

މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުން ދައުލަތުގެ އިދާރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުން އެ ފަރާތުގެ ޝަހްސު ކަށަވަރުވާނެއެވެ. އެ ފަރާތުގެ ޝަހްސު ކަށަވަރުނުވާނަމަ، ޤާނޫނާއި ގަވާއިދުން ލާޒިމުކުރާ މިންވަރަށް އެ މަޢުލޫމާތު ފުރިހަމަކުރުމަށް ފުރުޞަތު ދެވޭނެއެވެ. (ޕެރ. 94)

HN17އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން › އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން

އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސް ހުށަހެޅުމުގައި އައިޑެންޓިޓީއާ ގުޅޭ ގޮތުން ލިބެންޖެހޭ މަޢުލޫމާތުތަކަކީ އިލްތިމާސް ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރެވެ. ޝަކުވާ ހުށަހެޅުމުގައި ލިބެންޖެހޭ މަޢުލޫމާތަކީ ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި އީމެއިލް ނުވަތަ ގުޅޭނެ ފޯނު ނަންބަރެވެ. (ޕެރ. 96)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 2 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ (5) އަދި (ށ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ)، (ނ)، (ރ) އަދި 11 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 9 ވަނަ ބާބު (56 ވަނަ މާއްދާއިން 62 ވަނަ މާއްދާގެ ނިޔަލަށް)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 61 ވަނަ މާއްދާ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 55 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 57 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 59 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 61 ވަނަ މާއްދާގެ (ހ)
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 88 ވަނަ މާއްދާ އަދި 92 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2024/R-30 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ 98 ވަނަ މާއްދާގެ (ހ)، 101، 102، 103، 104، 106، 107، 112 އަދި 113 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 280 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ
  • International Covenant on Civil and Political Rights (ICCPR), Article 19
  • UN General Assembly (1946) Resolution 59(1)
  • Freedom of Information Act 2000, c. 36 (UK), sections 50 and 57
  • Access to Information Act 2016, No. 31 of 2016 (Kenya), section 23
  • Freedom of Information Act 1983, No. 3, 1983 (Australia), sections 55K and 56
  • 2022/SC-HCL/46 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް)
  • 2021/SC-A/27,29 (މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް)
  • 2025/SC-A/14 (އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް)
  • 2020/SC-A/35 (ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން))
  • 2018/SC-A/40 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
  • 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
  • Kirkham v Information Commissioner [2018] UKUT 303 (AAC)
  • Dransfield v Information Commissioner [2021] 1 WLR 4181
  • Mark Armstrong v Information Commissioner [2026] UKUT 269 (AAC)
  • Koech v Chelilim [2025] KEHC 15552

ފަނޑިޔާރުން

ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ޙުކުމުގެ ފުރިހަމަ ލިޔުން މި ޑޭޓާބޭސްގައި އަދި ނެތް. ކޯޓުގެ ޙުކުމު ކިޔުމަށް ޕީޑީއެފް ބައްލަވާ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ