ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2017/HC-A/351

މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޑރ. ހުސައިން މާހިރު އިބްރާހީމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބައެއް ބަދަލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 15 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 637/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 637/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/30 — ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކޮށް ނުވަތަ ބަދަލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލެސީ، ލެސޯ އަދި ތިންވަނަ ފަރާތެއް ހިމެނޭ ސެޓްލްމަންޓް އެގްރީމަންޓެއް ވުޖޫދުވުމުން ލެސީ ލީސް އެގްރީމަންޓުން ބަރީޢަވެގެންދޭތޯ، އަދި ލެސީއަށް ގެރެންޓީ ދިން ފަރާތުގެ ޒިންމާ ނިމުމަކަށް އަންނަތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ލެސީގެ ޙައްޤުތަކާއި ވާޖިބުތައް ތިންވަނަ ފަރާތަކަށް ބަދަލުނުކޮށް، ލެސީ ދައްކަންޖެހި ނުދައްކާވާ ފައިސާ ތިންވަނަ ފަރާތަކުން ދެއްކުމަށް ޙަވާލުވެ ވެވޭ ތިންފަރާތުގެ ސެޓްލްމަންޓް އެއްބަސްވުމަކީ ނޮވޭޝަނެއް ނޫން؛ އެކަމުން އަސްލު ދަރަނިވެރިޔާ އެއްބަސްވުމުން ވީއްލިގެން ނުދޭ.

HN2 ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ މުޤާބިލަކީ ކޮންމެ ފަހަރަކު ފައިސާއިން ދެވޭ ނުވަތަ އަތްލެވޭ މާއްދީ އެއްޗެއްކަމުގައިވުން ޤާނޫނު ލާޒިމެއް ނުކުރޭ؛ ޙައްޤެއް، މަސްލަޙަތެއް، ނަފާއެއް، ފައިދާއެއް ނުވަތަ އަނެއް ފަރާތުން ބޮލުއަޅާ ޒިންމާއެއް، ގެއްލުމެއް ނުވަތަ ސަބުރުވެރިކަމެއް މުޤާބިލުގެ ތެރެއަށް ވަދެއެވެ؛ ތިންވަނަ ފަރާތަކުން ދަރަނިވެރިއެއްގެ ދަރަނި ބޮލުއަޅައި ޒިންމާ އުފުލުމަކީ ދަރަނިވެރިޔާއަށް ލިބޭ މުޤާބިލެކެވެ.

HN3 ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދަރަނިވެރިޔާގެ ޒިންމާ ބަރީޢަވާނީ އެހާތަނަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ ފުރިހަމައަށް ދައްކާ ޚަލާޞްކުރެވިއްޖެކަން ސާބިތުކުރުމުންނެވެ؛ ތިންވަނަ ފަރާތުން ފައިސާ ދެއްކިތޯ ބެލުމަކީ ދަރަނިވެރިޔާގެ ޒިންމާއެކެވެ.

HN4 ލީސް އެއްބަސްވުމުގައި އިންޝުއަރެންސް ފައިސާ ލެސީއަށް ދޭންޖެހެނީ ބާކީ ކުލީގެ ފައިސާއާއި ގުޅުންހުރި ފައިސާ ފުރިހަމައަށް ދައްކާނިމުމުން ކަމަށް ބުނެފައިވާއިރު، ލެސޯ އިންޝުއަރެންސް ފައިސާ ލީސް އެއްބަސްވުމާ އެއްގޮތަށް ލެސީއަށް ދިންކަން އިޢުތިރާފްވާނަމަ، ބާކީ ފައިސާ ޚަލާޞްކޮށްފައިވާކަމަށް ބުރަވެވޭނެއެވެ؛ އެހެން ގޮތަކަށް ދިންނަމަ ލެސޯ އެކަން ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެއެވެ.

HN5 ޖާމިނުވިމީހެއްތޯ ނުވަތަ ޔަޤީންކަން ދިން މީހެއްތޯ ކަނޑައަޅާ ޓެސްޓަކީ، ހުރިހާ ޙާލަތެއްގައި މުޠްލަޤަށް ދަރަނި އަދާކުރުމަށް ޒިންމާ ނަގާފައިވާނަމަ އެއީ ޔަޤީންކަން ދިން މީހެއް (surety) ކަމާއި، އަސްލު ދަރަނިވެރިޔާ ދަރަނި ނުދެއްކިއްޖެ ޙާލަތެއްގައި ދެއްކުމަށް ޒިންމާވެފައިވާނަމަ އެއީ ޖާމިނުވި މީހެއް (guarantor) ކަމެވެ؛ ޔަޤީންކަންދޭ މީހާގެ ޒިންމާއަކީ އަސްލު އެއްބަސްވުމުގެ ތެރެއިން ފެށޭ އަސާސީ ޒިންމާއެއް ކަމާއި ޖާމިނުވާ މީހާގެ ޒިންމާއަކީ ވަކިން އޮންނަ ޘާނަވީ އެއްބަސްވުމެއްގެ ޒިންމާއެކެވެ.

HN6 އަސްލު ދަރަނިވެރިޔާ ދަރަނި ނުދައްކައިފިނަމަ އެކަން ޖާމިނުވާ މީހާއަށް އެންގުމަކީ ދަރަނި ލިބެންޖެހޭ ފަރާތުގެ ޒިންމާއެކެވެ؛ ޖާމިނުވާ މީހާއަށް އަސްލު ދަރަނިވެރިޔާ އެއްބަސްވުމާ ޚިލާފުވޭތޯ ބެލުމުގެ ޒިންމާއެއް ނެތް.

HN7 ޖާމިނުވި ކަންތަކަށް ކިތަންމެ ކުޑަ ބަދަލެއް ގެންނަނަމަވެސް ޖާމިނުވާ މީހާގެ ރުހުން އޮތްތޯ ބަލަންޖެހޭނެ؛ ރުހުމެއްނެތި ބަދަލު ގެނައުމަކީ ޖާމިނުވުން ނިމުމަކަށް ގެނެވިދާނެ ޖައުހަރީ ކަމެއް ކަމާއި، ޖާމިނުވާ މީހާ ނެގި ޒިންމާއަށްވުރެ ޟިމްނީގޮތުން އެ ޒިންމާ ފުޅާ ނުކުރެވޭނެއެވެ؛ މިގޮތުން ޖާމިނުވާ މީހާގެ ބަހެއްނެތި ދަރަނި ދެއްކުން ތިންވަނަ ފަރާތަކާ ޙަވާލުކުރުމަކީ ޖާމިނުވި ކަންތަކަށް ބަދަލު ގެނައުމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/637 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެފް.އެލް.ސީ) (ރަޖިސްޓްރޭޝަން ނަންބަރު:245/2001-C) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ސ.ހިތަދޫ، ސާޔާ / އިބްރާހީމް ޒުހައިރު (އައި.ޑީ.ކާރޑް ނަންބަރު:) އާއި ސ.ހުޅުދޫ ހަރުމަލުގެ / ޑރ.ޙުސައިން މާހިރު އިބްރާހީމް (އައި.ޑީ.ކާރޑް ނަންބަރު:065712A) އެވެ.

2ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/637 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެ ޅުނުއި ރ، އިސްތއުނާފި ރައްދުވު ފަރާތްތަކުގެ ގޮތުގައި އިބްރާހީމް ޒުހައިރު އާއި ޑރ.ޙުސައިން މާހިރު އިބްރާހީމުގެ އިތުރުން، […] / މުޙައްމަދު މަނިކު (އައި.ޑީ.ކާރޑް ނަންބަރު:) އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު:28/97-C) ހިމެނިފައިވެއެވެ.

3ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/637 ޤަޟިއްޔާ މިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވަނިކޮށް، 08 ސެޕްޓެންބަރު 2018 ގައި މުޙައްމަދު މަނިކު ނިޔާވެފައިވާތީ، މަރްހޫމް މުޙައްމަދު މަނިކުގެ ވާރިޘުން ގެ އިސްތިއުނާފުކޮށްފައިވަނީ 20 އޭޕްރީލް 2017 ގައި ތެރެއިން މަރްހޫމްގެ ދެދަރިން ކަމުގައިވާ […] ޢަބްދުﷲ އިޝާން އާއި އެގޭ ޢާއިޝަތު އިއުފާ މުޙައްމަދުގެ ޤާނޫނީ ވަކީލުންގެ ހައިޞިއްޔަތުން މުޢިއްޒު އެންޑް.ކޯ.އެލް.އެލް.ޕީގެ ފަރާތުން މިކޯޓަށް 22 ޖުލައި 2019 ގައި ސިޓީ ފޮނުވާފައިވެއެވެ. މިސިޓީގައި އިސްތިއުނާފު ރައްދުވާ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 23 ޖުލައި 0192 ގެ 10:00 އަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމުގެ އަމުރެއް ފޮނުވާފައިވާކަމަށާއި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެޙިއްސާދާރުންނކީ އަލްމަރްހޫމަ މުޙައްމަދު މަނިކު އަދި އަލްފާ-ކިނާމ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުކަމަށާއި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޑް އޮފް ޑިރެކްޓަރުންނަކީ، މަރްހޫމް މުޙައްމަދު މަނިކާއި، ޢަލީ ނިމާންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކުންފުނި ތަމްސީލްކުރުމަށް ކުންފުނީގެ ޤަރާރެއް ފާސްކުރެވޭނީ 2 ޑިރެކްޓަރުންގެ ވޯޓާއެކުކަމަށާއި، މަރްހޫމް މުޙައްމަދު މަނިކު 08 ސެޕްޓެންބަރު 2018 ގައި ނިޔާވުމާއި ގުޅިގެން، ކުންފުނީގެ ބޯޑު ބަދަލުވުމުގެ ކުރިން ކުންފުނީގެ ޤަރާރެއް ފާސްނުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މަރްހޫމް މުޙައްމަދު މަނިކުގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގެ ނަންބަރު C/2019-Fm/692 ޤަޟިއްޔާއިން ކުރިއަށްދާތީ، މަރްހޫމްގ ތަރިކައިގެ މައްސަލެ ނިމި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު ބަދަލުވުމުން، މައްސަލައިގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވުމުގެ ފުރުޞަތު އެކުންފުންޏަށް ދެއްވުމަށް އެދިފައިވެއެވެ. މިސިޓީ އާއި ގުޅިގެން 23 ޖުލައި 2019 ދުވަހަށް ތާވަލު ކުރެވުނު އަޑުއެހުން ކެންސަލް ކުރެވުނެވެ.

4އޭގެ ފަހުން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ތެރެއިން ޢަލީ ނިމާންގެ ފަރާތުން 09 ސެޕްޓެންބަރު 2019 ގައި މިކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. މިސިޓީގައި މަރްހޫމް މުޙައްމަދު މަނިކު ނިޔާވުމާއި ގުޅިގެން ކުންފުނި ހުއްޓުމަކަށް އައިސްފައިވާކަމަށާއި، ކުންފުނީގައި ހުރީ އެއްމެ ޑިރެކްޓަރެއްކަމަށާއި، އަދި ކުންފުނީގެ ހިއްސާދާރަކަށްނުވާތީ، ކުންފުނީގެ ބޯޑުގައި އަދާކުރެވޭނެ މަސްއޫލިއްޔަތެއް ނެތުމުން، މަރްހޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން ކުރަންޖެހޭ ކަންކަންކޮށް ކުންފުނީގެ ބޯޑް ޢައްޔަންކޮށް ނިމުނުހާ އަވަހަކަށް އަންގާނެ ކަމަށް ބުނެފައިވެއެވެ.

5މަރްހޫމް މުޙައްމަދު މަނިކުގ ތަރިކައިގެ މައްސަލަ ފެމެލީ ކޯޓުގެ ނަންބަރު C/2019-Fm/692 ޤަޟިއްޔާއިން 23 ފެބރުވަރު 2020 ގައި ނިންމުމާއި ގުޅިގެން މަރްހޫމް މުޙައްމަދު މަނިކުގެ ވާރިޘުންނަށާއި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ޑިރެކްޓަރު ކަމަށްވާ ޢަލީ ނިމާންއަށް 25 ފެބުރުވަރީ 2021 އަށްކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުނެވެ.

6މިދުވަހުގެ އަޑުއެހުމަށް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްވެސްމީހެއް ޙާޟިރުވެފަ އެއް ނުވެއެވެ. ނަމަވެސް މަރްހޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ތެރެއިން ޢަބްދުﷲ އިޝާން އާއި ޢާއިޝަތު އިއުފ މުޙައްމަދާ ތަމްސީލްކުރާ އަޙްމަދު މުޢިއްޒުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވިއެވެ. އަދި ވާރިޘުންގެ ފަރާތުން ކުންފުނި ތަމްސީލްކުރާނެ ފަރާތެއް ޢައްޔަންކުރުމަށް 7 ދުވަހުގެ ފުރުސަތެއް ދެވުނުވެ. މިދެވުނު ފުރުސަތުގައި މަރްހޫމްގ ވާރިޘުންގެ ފަރާތުން ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ޝަރީޢަތުގެ ބޭނުމަށާއި، ކުންފުނީގެ ދަރަނިތައް ޚަލާސްކުރުމަށާއި، ކުންފުނި ހިންގުމަށާއި ކުންފުނި ތަމްސީކުރުމުގެ ބޭނުމަށް މަރްހޫމްގެ ވާރިޘުން ހިމެނޭގޮތަށް ކުންފުނީގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމުގެ އިންތިޒާމް ފަހިކޮށްދެއްވުމަށ އެދް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް 25 ފެބްރުވަރީ 2021 ގައި ސިޓީފޮނުވާފައިވާނެކަމަށާއި، އަދި މިސިޓީ 27 ފެބްރުވަރީ 2021 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށްވެސް ފޮނުވާފައިވާނެކަމަށާއި، އޭގެ އިތުރުން އެތައް . މިމައްސަލައިގައި ފެމެލީ ކޯޓުން ކުރި ޙުކުމާއިމެދު ހިތްހަމަނުޖެހިގެން މަރްހޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިކޯޓުގެ ނަންބަރު A/116-HC/2020 ޤަޟިއްޔާއިން ރަޖިސްޓްރީކޮށްފައިވެއެވެ. އީމެއިލްއެއްވެސް ފޮނުވާފައިވާނެކަމަށާއި، ނަމަވެސް ވަކި ޖަވާބެއް ލިބިފައިނުވާކަމަށްބުނެ ސިޓީ ފޮނުވާފައިވެއެވެ.

7އަޙްމަދު މުޢިއްޒުގެ މިސިޓީއާއި ގުޅިގެން މިކޯޓުގެ ނަންބަރު 2/101/2021/11B-95 (21 ޖޫން 2021) ސިޓީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވުނެވެ. މިސިޓީގައި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއް ނެތުމުން، އެކުންފުނި ކޯޓުގައި ތަމްސީލުކުރާނެ ފަރާތެއް އައްޔަންނކުރެވި މައްސަލައިގު އަޑުއެހުމެއް ނުބޭއްވި މައްސަލަ ދިގުލާގެންދާތީ، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ތަފްސީލްކޮށް ލިޔުމުން އެންގުމަށް އެންގުނެވެ.

8މިސިޓީއާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ގޮތުގައި އެމިނިސްޓްރީގެ ރެކޯޑްތަކުން ފެންނަންއޮތީ، އަލްމަރްހޫމ މުޙައްމަދް މަނިކު އާއު ޢަލީ ނިމާންކަމަށާއި، ހިއްސާދާރުންގެ ގޮތުގައި ލިސްޓްކޮށްފައިވަނީ މަރްހޫމް މުޙައްމަދު މަނިކު އާއި އަލްފާ ކިނާމ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްކަމަށެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތް ފުރިހަމަކޮށް، އެޤާނޫނުގައިވާ ގޮތުގެމަތިން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ހިއްސާ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިނުވާކަމަށާއި، މަރްހޫމް މުޙައްމަދު މަނިކުގެ ތަރިކަ މައްސަލައިގައި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ 1000 ހިއްސާ މަރްހޫމް މުޙައްމަދު މަނިކުގެ ތަރިކައިގެ ހިމެނޭކަމުގައި . އަޙްމަދު މުޢިއްޒުގެ ފަރާތުން 05 މެއި 2021 ގައި ފޮނުވި ސިޓީ. " ކުންފުންޏެއްގެ މެންބަރަކު މަރުވެއްޖެނަމަ، އެމަރުވި މެންބަރުގެ ޙިއްޞާގެ ޙައްޤުވެރިޔާ ނުވަތަ ޙައްޤުވެރިނ ކަމުގައް ޝަރުޢީ ކޯޓަކުން ނިންމާ މީހަކު ނުވަތަ ބަޔަކު، އެ މަރުވި މެންބަރުގެ ޙިއްޞާގެ ވެރިޔާ ނުވަތަ ވެރިންގެ ގޮތުގައި، އެ ކުންފުންޏެއްގެ ހިންގާ ގަވާއިދާ ޚިލާފު ނުވާނެ ގޮތުގެމަތިން ރަޖިސްޓްރީ ކޮށްދެވިދާނެއެވެ." ބަޔާންކޮށްފައިވީނަމަވެސް، އެހިއްސާ އެކަށައަޅައި ވާރުތަވެރި ންނަށް ލިބޭ ނިސްބަތް ބަޔާންކޮށްފައިނުވާކަމަށާއި، މަރްހޫމްގ ވާރިޘުންގެ ފަރާތުން އެމިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތަކުގައި ކުންފުނީގެ ބޯޑު ޖަލްސާއެއް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ބޭއްވުމުގެ ޤާނޫނީ ހައިސިއްޔަތު ކުންފުންޏާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ލިބިގެން ނުދާކަމަށެވެ. އަދި މަރްހޫމް މުޙައްމަދު މަނިކުގެ ހިއްސާ ރަޖިސްޓްރީކުރަން ހުށަހަޅާއިރު ވާރިޘުންނަށް އެކަށައެ ޅިގެންދާނީ ކިހާ ހިއްސާއެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހޭނެކަމަށްވެސް އެފަރާތަށް އެންގިފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

9އެއަށްފަހު 06 ޖުލައި 2021 ގައި މައްސަލައިގެ އަޑުއެހުމެއް ބޭއްވުނެވެ. މިއަޑުއެހުމުގައި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އެއް ޑިރެކްޓަރުކަމުގައި ހިމެނޭ ޢަލީ ނިމާން ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރެވުނވެ. އަދި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތާއި، މިނިސްޓްރީގެ ފަރާތުން ފޮނުވި ޖަވާބު ހިއްސާކުރެވުނެވެ. އަދި އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި އެމް.އެފް.އެލް.ސީގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ޙުކުމުގައި ހަމައެކަނި ޒިއްމާވާންޖެހޭ ފަރާތަކީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މަރްހޫމް މުޙައްމަދު މަނިކު ކަމުގައި ފާހަގަކޮށްފައިވާތީކަނ ބަޔާން ކޮށްދެވުނެވެ. އެހެންކަމުން މަރްހޫމް މުޙައްމަދު މަނިކު އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުނިކުރުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން، އެކަމާއި ގުޅިގެން އެމް.އެފް.އެލް.ސީގެ ފަރާތުން ގޮތެއް ނިންމުމަށް ފުރުސަތެއް ދިނުމަށް އެދުނުވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު BR/95/2021/13-101 (05 ޖުލައި 0212.) ޢަލީ ނިމާން ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރެވުނީ މިކޯޓުން ފޮނުވި ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވާން އިންކާރުކޮށް މިމައްސަލައިގައި އެއްބާރުލުން ދީފައިނުވާތީއެވެ.

10މިދެވުނު ފުރުސަތުގައި އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން މަރްހޫމް މުޙައްމަދު މަނިކު އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މިމައްސަލައި ން އުނިކޮށްދެއްވައި މައްސަލައިގެ ހިމެނޭ ޑރ.ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހީމް ޒުހައިރު ހިމަނައިގެން މިމައްސަލަ ކުރިއަށް ގެންދިއުމަށް އެދި 07 ސެޕްޓެންބަރު 2021 ގައި މިކޯޓަށް ސިޓީ ފޮނުވުމާއި ގުޅިގެން، މިމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގައި ކުރިން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައިވާ މަރްހޫމް މުޙައްމަދު މަނިކު އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުނިކުރުމށްފަހުއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: ލީސް އެގްރީމަންޓްގައި ސޮއިކުރުން:

11"ފަތުރު" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ކުއްޔަށް ދޫކުރުމާބެހޭ ގޮތުން އެމް.އެފް.އެލް.ސީ އާއި ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި ދެމެދު 15 ޖުލއަ 2007 ގައި ލީސް އެގްރީމެންޓް އެއްގައި ސޮއިކުރެވުނެވެ.

12މިލީސް އެގްރީމެންޓާއި ގުޅިގެން، ކުއްޔަށް ހިފި ފަރާތުގެ )Lessee( ގެރެންޓަރެއްގެ ގޮތުގައި އިބްރާހިމް ޒުހައިރު ސޮއިކޮށްފައިވެއެވެ. އިބްރާހިމް ޒުހައިރު ދީފައިވާ ގެރެންޓީގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ މިލީސް އެގްރީމަންޓް އާއި ގުޅިގެން ޑރ. ޙުސައިން މާހިރު އިބްރާހީމް ގެ ފަރާތުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދެއްކުމާއި، ޑރ. ޙުސައިން މާހިރު އިބްރާހީމް ގެ ފަރާތުން ފުރިހަމަކުރަންޖެހޭ ހަލް ނަންބަރު:01I9605-F އުފެއްދި އަހަރު: 2005، ރަޖިސްޓްރީ ނަންބަރު:T-004 1-C7563A ލީސް އެގްރީމެންޓް ނަންބަރ 07070523 އެމް.އެފް.އެލް.ސީ ދަށު ކޯޓަށް ހުށަހެޅި ޑޮކިއުމެންޓް 2. އަދި 03 ޑިސެންބަރު 2014 ގައި އިބްރާހިމް ޒުހައިރު ސޮއިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވި ސިޓީ. އެންމެހާ ޒިންމާއެއް ފުރިހަމަކުރުމާއި، އަދި ޑރ. ޙުސައިން މާހިރު އިބްރާހީމްގެ ކިބައިން އެމް.އެފް.އެލް.ސީއަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެމް.އެފް.އެލް.ސީއަށް ލިބް އެއްމެހާ ގެއްލުމަކާއި، ކުރާ ޚަރަދެއްގެ ބަދަލު އެމް.އެފް.އެލް.ސީއަށް ދޭނެކަމަށެވެ. ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުން:

13މި ލީސް އެގްރީމެންޓްގެ ދަށުން ޑރ. ޙުސައިން މާހިރު އިބްރާހީމް އެހާތަނަށް ދައްކަންޖެހޭ ފެއިސާބަރާބަރަށް ދައްކާފައި ނުވާތީ، 27 ނޮވެންބަރު 2008 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހި ނުދެއްކިވާ 855.271,964,ރ. (އެއްމިލިއަން ނުވަލައްކަ ސައުރަހައްޓި ހާސް އަށްސަތޭކަ ފަންސަވަންނަ ރުފިޔާ ހަތާވީސް ލާރި) ދައްކައި ޚަލާސްކުރުމަށްޓަކައި ޑރ. ޙުސައިން މާހިރު އިބްރާހީމްގެ އެދުމުގެ މަތިން، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެފައިސާ ދެއްކުމަށް ޖާމިނުވާ ގޮތަށް 27 ނޮވެންބަރު 2008 ގައި ސެޓްލްމަންޓް އގެރީމެންޓްއެއްގައި ސޮއިކުރެވުނުއވެ.

14މިސެޓްލްމަ ންޓް އެގްރީމަންޓްގައި ގެރެންޓަރއެއްގެ ހައިޞިއްޔަތުން 30 ނޮވެންބަރު 2008 ގައި އލްމަރްޙޫމަ މުޙައްމަދު މަނިކު ސޮއިކޮށްފައިވެއެވެ. ސެޓްލްމަންޓް އެގްރީމަންޓް އާ އެއްގޮތަށް ފައިސާ ނުދެއްކުން:

15ސެޓްލްމަންޓް އެގްރީމަންޓާއި އެއްގޮތަށް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެމް.އެފް.އެލް.ސީއަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުން ނުދާތީ، ޑރ.ޙުސައިން މާހިރު އިބްރާހީމްއާއި، ގެރެންޓަރ އެއްބަސްވުމުގައި މީގެ ތަފްޞީލުތައް ހިމެނިފައިވެއެވެ. އިބްރާހީމް ޒުހައިރުއާއި، މުޙައްމަދު މަނިކު (މިހާރު ނިޔާވެފައި) އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ކިބައިން އެފައިސާ ހޯދުމަށް އެދި އެމް.އެފް.އެލް.ސީ އިން 2015 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ އެކޯޓުގެ ނަންބަރު:0152C/-Cv/749 ޤަޟިއްޔާއިން ކުރިއަށް ގެންގޮސް، އެމް.އެފް.އެލް.ސީ އިން ކޯޓަށް ޙާޟިރުވެފައި ނުވުމުގެ ސަބަބުން ދަޢުވާ ފޯމް ބާޠިލު ކުރިއެވެ. އެޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވަނީ؛ " ދެންފަހެ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:245/2001-C) ގެ ފަރާތުން ހަރުމަލުގެ، ޑރ.ޙުސައިން މާހިރު އިބްރާހިމް (ދ.ރ.ކާޑް.ނަންބަރު:) އާއި ސާޔާ، އިބްރާހިމް ޒުހައިރު(ދ.ރ.ކާޑް.ނަންބަރު:) އާއި […] / މާލެ، މުޙައްމަދު މަނިކު އާއި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:28/97-C) ގެ މައްޗަށް ހުށަހަޅާފައިވާ މި މައްސަލާގެ ޝަރީޢަތް ބޭއްވުމަށްޓަކައި 24 މާރިޗް 2016މ. ދުވަހުގެ 11:30 އަށް ދަޢުވާކުރާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ޙާޟިރުވުމަށް ފޮނުވުނު މިކޯޓުގެ ނަންބަރު :1/2016/705-B3CR (13 މާރިޗް 2016) ކޯޓަށް ޙާޟިރުވުމުގެ އަމުރު، އެފަރާތަށް ރައްދުވެފައިވާއިރު، މަޤްބޫލު އުޛުރެއްނެތި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީ، 'ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު'ގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގެ ދަށުން މައްސަލައިގެ ދަޢުވާ ފޯމް ބާޠިލުކޮށް، މި މައްސަލަ މިޤަޟިއްޔާގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. ދެވަނަ ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން:

16އެމް.އެފް.އެލް.ސީ އިން ކޯޓަށް ޙާޟިރު ނުވުމުގެ ސަބަބުން ސިވިލް ކޯޓުގެ ނަންބަރު: 0152C/-Cv/749 ޤަޟިއްޔާ، 24 މާރިޗް 2016 ގައި ބާޠިލުކުރުމާއި ގުޅިގެން، 05 އޭޕްރީލް 2016 ގައި ދެވަނަ ފަހަރަށް އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެމައްސަލަ އެކޯޓުން ބަލާފައިވަނީ ނަންބަރު: C/2016-Cv/637 ޤަޟިއްޔާއިންނެވެ. އިސްތިއުނާފު ކުރެވިފައި ވ ޤަޟިއްޔާއަކާ މިއެވެ. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެމް.އެފް.އެލް.ސީ ގެ ފަރާތުން އެދިފައިވަނީ؛ .161 - ސެޓްލަމަންޓް އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާވާ -/000،590ރ. (ފަސްލައްކަ ނުވަދިހަ ހާސް ރުފިޔާ) އާއި، .261- ސެޓްލްމަންޓް އެގްރީމަންޓްގެ 4.3 ވަނަ މާއްދާގެ ދަށުން ފައިސާދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ 13 އޭޕްރިލް 2015 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 815.89،335ރ. (ތިންލައްކަ ފަންސަތިރީސްހާސް އަށްސަތޭކަ ފަނަރަ ރުފިޔާ ނަވާހި ލާރި) އާއި، .361- ލީސް އެގްރީމަންޓްގެ 14.1 ވަނަ މާއްދާ އާއި ޝެޑިއުލް އައިޓަމްގެ 15 ވަނަ ނަންބަރުގެ ދަށުން ލީސް އެގްރީމަންޓްގައި ބަޔާންކޮށްފައިވާ އުޅަނދުގެ އިންޝުއަރެންސް ޕްރީމިއަމްގ ގޮތުގައެ ޚަރަދުކޮށްފައިވާ 23,160.00ރ. (ތޭވީސް ހާސް އެއްސަތޭކަ ހައްޓި ރުފިޔާ) އާއި، .461- ލީސް އެގްރީމަންޓްގެ 8.3 ވަނަ މާއްދާގެ ދަށުން އަހަރީ ފީ ދެއްކުމާއި، އެހެންވެސް ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ އެންމެހާ ފީއެއް ދެއްކުމަށް އެމް.އެފް.އެލް.ސީ އިން ޚަރަދުކޮށްފައިވާ 12،500.00ރ. (ބާރަހާސް ފައްސަތޭކަ ރުފިޔާ) އާއި، .561- ލީސް އެގްރީމަންޓްގެ 17.4 ވަނަ މާއްދާގެ ދަށުން، ޤާނޫނީ ޚަރަދަށްކޮށްފައިވާ 025.00،26ރ. (ސައްބީސ ހާސް ފަންސަވީސް ރުފިޔާ) ހޯދުމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

17ސިވިލް ކޯޓުގެ ނަންބަރު: 6C/201-Cv/637 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހ، އިސްވެދިޔެ ކަންކަނަ އެގޮތުގައި ހުރުމުން، މިމައްސަލާގައި ދަޢުވާކުރާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 245/2001-C) ގެ ފަރާތުން 15 ޖުލައި 2007 މި ތާރީޚުގައި ވެފައިވާ ލީސް އެއްބަސްވުމާއި، އަދި އެއްބަސްވުމުގެ ދަށުން 30 ނޮވެންބަރު 2008 މިތާރީޚުގައި ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓުގެ ދަށުން ހޯދުމަށް އެދި ދަޢުވާކޮށްފައިވާ 500.89،987ރ. (ނުވަލައްކަ އަށްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ އަށްޑިހަ ނުވަލާރި) އަކީ އެކްސްޕްރެސް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 28/97-C) އާއި […] / މާލެ، މުޙައްމަދު މަނިކު (ދރކ ނަންބަރު ) ގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެފް.އެލް.ސީ) އަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާއެއްކަން މަދަނަ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވކަމަށާ ކަނޑައަޅައި، މިފައިސާ ދަޢުވާލިބޭ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެފް.އެލް.ސީ) އަށް ލިބިދިނުމުގެ ގޮތުން 09 އޭޕްރީލް 2017 އިން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، […] / މާލެ، މުޙައްމަދު މަނިކުއަށް އަންގައި ދަޢުވާލިބުނު ސާޔާ ޒުހައިރުއާއި، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، […] / މާލެ، މުޙައްމަދު މަނިކުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:

18ސިވިލ ކޯޓުގް ނަންބަރު: C/2016-Cv/637 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، އެމް.އެފް.އެލް.ސީގެ ފަރާތުން ތިރިގައިވާ ދެނުކުތ ހުށަހަޅާ އެ ދެނުކުތާ އެއާ ބެހޭގޮތުން މި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ދެނުކުތާ އ ކ:

1.18 ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/637 ޤަޟިއްޔާގައި ލީސް ޕޭމަންޓާ ދެއްކުމުގައި ހަމައެކަނި ޒިންމާވާންޖެހޭ ފަރާތަކީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި މުޙައްމަދު މަނިކުކަމަށް ނިންމާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/27-SC/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.18 ދެވަނަ ނުކުތާއަކީ: ސެޓްލްމަންޓް އެގްރިމެންޓްގައި ސޮއިކުރެވުނު ދުވަހުން ފެށިގެން ލީސް އެއްބަސްވުމުގެ ގެރެންޓަރެއްގެ ހައިޞިއްޔަތުން އިބްރާހީމް ޒުހައިރު ބަދެވިފައިވާ ބަދވުނެ ވީއްލިފައިވާކަމަށް ނިންމާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށާއި ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނުގެ ނަންބަރު 90/4) ގެ 20 ވަނަ މައްދާގެ (ހ) އާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް

19އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމިއިރު، ލީސް އެގްރީމެންޓްގެ ދަށުން އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާއަށް ޒިއްމާވާންޖެހެނީ އަލްމަރްހޫ މ މުޙައްމަދް މަނިކާއި އެކްސްޕް ރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެކަނި ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ލީސް އެގްރީމަންޓް އަދި ސެޓްލްމަންޓް އެގްރީމަންޓްއާއި ޚިލާފަށްކަމަށެވެ. އެހެންކަމުން އެމް.އެފް.އެލް.ސީ އިން އެދެނީ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެމް.އެފް.އެލް.ސީއަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވް ފައިސާއަކީ، މ ރްހޫމ މުޙައްމަދް މަނކި އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް އިތުރުން، ޑރ.ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހީމް ޒުހައިރުވެސް ޒިއްމާވާންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިން ރައްދު

20މިނުކުތާއާއި ގުޅިގެން ދައުވާލިބޭ ޑރ.ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހީމް ޒުހައިރުގެ ފަރާތުން ބުނެފައިވަނީ ލީސް އެގްރީމެންޓްގެ ދަށުން އުފަންވެފައިވާ އެއްމެހާ ޒިއްމާތަކެއ ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލ މިޓެޑްއަށާއި މުޙައްމަދު މަނިކުއަށް ބަދަލުވެގެންދާނެކަމަށެވެ. އަދި ސެޓްލްމަންޓް އެގްރީމެންޓްއަކީ ލީސް އެގްރީމަންޓްގައިވާ އެއްމެހާ ޙައްޤުތަކާއި ޒިއްމާއަކާއި ޙައްޤުތަކެއް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށާއި މުޙައްމަދު މަނިކަށް ނަޤުލުކޮށް ލާޒިމުކު ރުމުގެ މަޤްސަދުގައި އިސްތިޤްރާރުކުރެވިފައިވާ އެގްރީމެންޓްއެއްކަނ ސެޓްލްމަންޓް އެގްރީމަންޓްގެ އެއްމެހާ މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި އިބްރާހީމް ޒުހައިރަ ކ ލީސް އެގްރީމަންޓްގައި ޑރ.ހުސައިން މާހިރު އިބްރާހީމްއަށް ގެރެންޓީ ދިންފަރާތްކަމު ގައިވާތީ، ލީސް އެގްރީމަންޓްގެ އެއްމެހާ ޒިއްމާތަކުން ޑރ. ޙުސައިން މާހިރު އިބްރާހީމް ބަރީޢަވީ ހިސާބުން، އިބްރާހީމް ޒުހައިރުގެ އެއްމެހާ ޒިއްމާއެއްވެސް ނެތިގެން ދިޔައީކަމަށެވެ. އަދި އިބްރާހީމް ޒުހައިރު ގެރެންޓީ ދިނީ ޑރ.ހުސައިން މާހިރު އިބްރާހީމގް ޒިއްމާގެ މައްޗަށްކަމަށެވެ. ސެޓްލްމަންޓް އެގްރީމަންޓްއަކީ އިބްރާހީމް ޒުހައިރުގެ އެއްވެސް ބައިވެރިވުމެއް ހިމެނޭ އެގްރީމެންޓްއެއްނޫންކަމަށެވެ. އެހެންކަމުން، ސެޓްލްމަންޓް އެގްރީމަންޓްގައި އިބްރާހީމް ޒުހައިރުގެ ޤާނޫނީ ބަނދެވުމެއްނުވެއެވެ. އަދި ލީޒް އެގްރީމަންޓުން ޑރ. ޙުސައިން މާހިރު އިބްރާހީމް ބަރީޢަވުމާއެކ އިބްރާހީމު ޒުހައިރުވެސް އެމުޢާމަލާތުނ އެއްކޮށް ވީއްލިގެންދާނެކަމަށެވެ.

ފާހަގަކުރެވުނު ކަންކަން

21މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/637 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

22މިމައްސަލައަކީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި […] މުޙައްމަދު މަނިކު (މިހާރު ނިޔވެފައި) ގ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެއް ނޫނެވެ. ދަށު ކޯޓުގެ ޙުކުމް އައިސްފައިވަނީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި […] މުޙައްމަދު މަނިކު ޒިންމާވާންޖެހޭ ގޮތަށެވެ. ހަމައެހެންމެ، މިމައްސަލައަ ކ، ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހމީ ޒުހައިރުގެ ފަރާތުންވެސް އިސްތިއުނާފުކުރި މައްސަލައެއް ނޫނެވެ. ސަބަބަކީ ދަށު ކޯޓުގެ ޙުކުމް އައިސްފައިވަނީ އެދެމީހުން ބަރީޢަ ކޮށް ކަމަށްވާތީއެވެ. އެހެންވެ، މިމައްސަލަ އިސްތިއުނާފު ކޮށްފައިވަނީ އެމް.އެފް.އެލް.ސީ ގެފަރާތުން ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި އިބްރާހީމް ޒުހައިރު ދަށު ކޯޓުން ބަރީޢަ ކޮށްފައިވާތީ، އެދެފަރާތުގެ މައްޗަށް ޒިންމާތަކެއް އޮތްކަމަށް ޤަބޫލު ކުރެވިގެން އެޒިންމާތައް އެދެމީހުންނަށް މަތި ކުރުވުމަށެވެ.

23އިސްތިއުނާފު ކުރެވިފައިވާ މިމައްސަލައިގައި ހައިކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ، އެމް.އެފް.އެލް.ސީ އާއި ޑރ.ޙުސައިން މާހިރު އިބްރާހީމް އަދި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ ސެޓްލްމެންޓް އެއްބަސްވުން (ތިންފަރާތްހިމެނޭ އެއްބަސްވުން) ވުޖޫދުވުމުން އެމް.އެފް.އެލް.ސީ އާއި ޑރ.ޙުސައިން މާހިރު އިބްރާހީ މްއާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓްއިން ޑރ.ޙުސައިން މާހިރު އިބްރާހމީ ވީއްލި ބަރީޢަ ވެ ގެންދާނެތޯ އާއި އަދި އެމް.އެފް.އެލް.ސީ އާއި އިބްރާހީމް ޒުހައިރު އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތަށް ދިން ގެރެންޓީ ނިމުމަކަށް އަންނާނެތޯއެވެ؟ މިކަންކަމުގެމައްޗަށް ތިރީގައި ބަލާފައި އެވަނީއެވެ. އެމް. އެފް. އެލް. ސީ އާއި ޑރ.ޙުސައިން މާހިރު އިބްރާހީ މްއާ ދެމެދު އޮތް އެއްބަސްވުން:

24ރަޖިސްޓްރީ ނަންބަރު:T-10 04-C7563A "ފަތުރު" ކިޔާ ސެކަންޓ ހޭންޑް ކާގޯ ވެސެލް ނަންބަރު:07070523 "ލީސް އެގްރީމެންޓް" ގެ ދަށުން ޑރ.ހުސައިން މާހިރު އިބްރާހީމް ކުއްޔަށް ހިފި ކަމާމެދު ޚިލާފެއް ނެތެވެ. އެހެންކަމުން، ޑރ.ޙުސައިން މާހިރު އިބްރާހީ މ އަކް މިއެއްބަސްވުމުގެ ދަށުން "ފަތުރު" ކުއްޔަށް ހިފި ފަރާތް )Lessee( އެވެ. އަދި އެމް.އެފް.އެލް.ސ އަކީ "ފަތުރު"ގެ ވެރިފަރާތުގެ ހައިޞިއްޔަތުން ކުއްޔަށް ދިން ފަރާތް )Lessor( އެވެ.

25"ފަތުރު" ކުއްޔަށްހިފި މުއްދަތަކީ 48 (އަށާޅީސް) މަސް ދުވަހެވެ. ކުއްޔަކީ 20 އޮގަސްޓް 2007 އިން ފެށިގެން މަހަކު 304.00،40ރ (ސާޅީސްހާސް ތިންސަތޭކަ ހަތަރެއް) ރުފިޔާ އެވެ. ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި އެމް.އެފް.އެލް.ސީ އާ ދެމެދު ވެފައިވާ ލީސް އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ޑރ.ޙުސައިން މާހިރު އިބްރާހީމް އަށް ފައިސާ ދެއްކިފައއް ނުވެއެވެ. އެހެންވެ، 27 ނޮވނެ ބަރް 2008 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1،964،855.27ރ (އެއްމިލިޔަން ނުވަލައކް ސައުރަހައްޓިހާސް އައްސަތޭކަ ފަންސަވަންނަ ރުފިޔާ ހަތާވީސް ލާރި) ދައްކަންޖެހި ނދައްކު އޮތެވެ. މިކަން ޙައްލު ކުރުމުގެ ގޮތު ން، ޑރ.ޙުސައިން މާހިރު އިބްރާހމީ އާއި އެމް.އެފް.އެލް.ސީ އާއި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިތިން ޕާޓީ ބައިވެރިވާ "ސެޓްލްމަންޓް އެގްރީމެންޓް" އެއް 27 ނޮވެނބަރް 2008 ގައި ސޮއިކޮށް ވުޖޫދަށް ގެނައެވެ.

ސެޓްލްމެންޓް އެގްރީމެންޓް

26HN1ބަޔާންވެދިޔަ ތިން ފަރާތް އެކުލެވޭ ސެޓްލްމެންޓް އެ ގްރީމެންޓްއަށ ބަލާއިރް އެއު ނޮވޭޝަން )novation( އެއް ނޫނެވެ. އެހެނީ، މސެޓި ލްމެނޓް އެގްރީމެންޓަކީ ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި އެމް.އެފް.އެލް.ސީ އާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން އޭނާއަށް ލިބިދިން ޙައްޤުތަކާއި ވާޖިބުތައް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރުމަށް ނުވަތަ ނަގުލު ކުރުމަށް ވެފައިވާ އެއްބަސްވުމެއް ނޫނެވެ. އެކަން ސެޓްލްމަންޓް އެގްރީމެންޓްގެ މާއްދާތަކުން ސާފުކޮށް އެނގެން އޮވެއެވެ. މިގޮތުން؛ ސެޓްލްމެންޓް އެއްބަސްވުމުގެ ރ ސައި ޓަލް ނުވަތަ ދީބާޖާއަށް ބަލާއިރު؛ ސެޓްލްމަންޓް އެގްރީމަންޓަކީ، ނަންބަރު؛07070523 ލީސް އެއްބަސްވުމުގެ ދަށުން ޑރ.ޙުސައިން މާހިރު އިބްރާހީމްއަށް ކުއްޔަށްދިން ފަތުރު އެވެ ކިޔާ އުޅަދަށް އެހާތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން އުފެދިފައިވާ ދެބަސްވުން ސުލްޙަވެރިކަމާއެކު ޙައްލު ކުރު މަށް ޑރ.ޙުސައިން މާހިރު އިބްރާހީމް އެދިގެން، ލީސް "އެގްރީމެންޓްގެ ދަށުން މިހާރު އުފެދިފައިވާ ދެބަސްވުން" އެކުގައި އަދި ނިހާއީކޮށް ޙައްލު ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވަނީ މުގާބިލެއްގ ގޮތުގައެ ކުއްޔަށްދިން އުޅަނދުގެ ރަޖިސްޓްރީ އެކުންފުންޏަށް ބަދަލުވާ ގޮތަށް ލީސް އެގްރީމެންޓްގެ ސަބަ ބުން ޑރ.ޙުސައިން މާހިރު އިބްރާހީމް އެހާތަނަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ ދައްކައި ދިނުމަށެވެ. ސެޓްލްމެންޓް އެގްރީމެންޓވުމުގެ މަޤްޞަދު:

27ސެޓްލްމެންޓް އެގްރީމެ ންޓްވުމުގެ މަޤްޞަދު ބަޔާން ކޮށް ފައިވަނީ އެއެގްރީމެންޓްގެ 2 ވަނަ މާއްދާގައެވެ. 2.1 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ “This agreement is entered into by the Parties for the purpose of mutually settling the outstanding Sum and all other claims and disputes arisen between MFLC and DR MAHIR as a result of the breach of the Lease Agreement by DR MAHIR.” ސެޓްލްޓްމެންޓް އެގްރީމެންޓްގެ ރިސައިޓަލް، A,B,C,D,E&H. މަތީގައި ބަޔާންކުރެވުނު މަޤްޞަދަށް ބަލާއިރު، ސެޓްލްމަންޓް އެގްރީމަންޓް އަކީ ޑރ.ޙުސައިން މާހިރު އިބްރާހމީ އާއި އެމް.އެފް.އެލް.ސީ އާ ދެމެދު ވެފައިވާ އެއްބަސްވު މުން ޑރ.ޙުސައިން މާހިރު އިބްރާހީމް އީ ކ އެކައްޗަކަށް ބޭރުކޮށްލައި، އޭނާ ހުރި މަހައްލުގައި އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެނެސް ބެހެއްޓުމަށް ވީ އައު އެއްބަސްވުމެއް ނޫންކަން އެނގެއެވެ. އެއީ ލީސް އެގްރީމެން ޓާއި ޑރ.ޙުސައިން މާހިރު އިބްރާހީމް ޚިލާފުވުމުގެ ސަބަބުން އެހާތަނަށް ދައްކަންޖެހިފައިވާ ފައިސާ އާއި އަދި އެނޫންވެސް ދަޢުވާތަކާއި ދެބަސްވުންތައް މި ތިންފަރާތުގެ އެއްބާރުލުމާއެކ ޙައްލު ކުރުމުގު ގޮތުނެ ވެވުނު އެއްބަސްވުމެކެވެ. ލީސް އެއްބަސްވުން ދެމިއޮތުން:

28މިދެންނެވި، ތިން ފަރާތުގެ މެދުގައި ވެފައިވާ ސެޓްލްމެންޓް އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ލީސް އެގްރީމެންޓް ދެމި އޮންނާނެކަމަށްވެސް ބަޔާން ކޮށްފައި އޮވެއެވެ. އެއެގްރީމެންޓްގެ 5.1 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ؛ “The Lease Agreement shall continue to be in force and effect and shall be binding on Parties hereto, subject to the terms hereof, until such time the Outstanding Sum is fully and finally settled by EXPRESS MALDIVES PVT LTD and the relinquish and transfer of all the legal and beneficial rights,titles and interests in respect of the Vessel arising from the Lease Agreement to EXPRESS MALDIVES PVT LTD.” މަތީގައިވާ މާއްދާއިން ސާފުކޮށް އެނގެނީ، ލީސް އެގްރީމެންޓްގެ ދަށުން، އެހާތަނަށް ޑރ.ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހި ނުދައްކައި އޮތް ފައިސާ )Outstanding Sum(، އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނިހާއީކޮށް އެކުގައި ދައްކައިފުމަށް ދާންދެން އަދި ލީސް އެގްރީމެންޓްގެ ދަށުން ޑރ.ޙުސައިން މާހިރު އިބްރާހީމް ކުއްޔަށް ހިފި އުޅަދާއި ގުޅިގެން އޭނާއަށް ލިބިދޭ ޤާނޫނީ ޙައްޤުތަކާއި އަދި އެނޫން މަންފާތަކާއި މ ސްލަޙަތތައް އެކްޕްރެސު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްލައި ބަދަލުވާންދެން ލީސް އެގްރީމެންޓް ދެމި އޮންނާނެކމެވެ.

29HN2މަތީގައިވާ މާއްދާތަކަށް ބެލުމުން، ސާފުކޮށް އެނގެނީ، މިއީ ޑރ.ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން ބަޔާންކުރާ ފަދައިން ބައިލޭޓްރަލް ނުވަތަ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ނޫނެވެ. މިއީ ތިންފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމެވެ. އަދި ޑރ.ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން ބަޔާންކުރާ ފަދައިން މި ތިންފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ޑރ.ޙުސައިން މާހިރު އިބްރާހީމްގި ހުށަހެޅުމެއް، ޤަބޫލު ކުރުމެއް އަދި މުޤާބިލެއް އަދި ޤާނޫނީ ބަދެވުމެއ ނެތްކަމަށް ބުން ބުނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އަސާސީ ހަމަތަކާއި ޚިލާފު ބުނުމެކެވެ. އެހެނީ، ޑރ.ޙުސައިން މާހިރު އިބްރާހމީ އާއި އެމް.އެފް.އެލް.ސީ އާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ ޑރ.ޙުސައިން މާހިރު އިބްރާހީމްއަށް ދެއްކިފައެއް ނުވެއެވެ. ޑރ.ޙުސައިން މާހިރު އިބްރާހީމް ހުރީ އެމް.އެފް.އެލް.ސީއަށް ދަރާފައެވެ. އެހެންވެ، ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅީ އެހާތަ ނަށް ޑރ.ޙުސައިން މާހިރު އިބްރާހީމް އެމް.އެފް.އެލް.ސީއަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ ދެއްކުމާއި ޙަވާލު ވުމަށެވެ. މިހުށަހެޅުން ރައްދުވި ފަރާތަކީ ޑރ.ޙުސައިން މާހިރު އިބްރާހީމް އާއި އެމް.އެފް.އެލް.ސީ އެ ވެ. މިދެފަރާތުންވެސ އެހުށަހެޅުން ޤަބޫލް ކުރިއެވެ. މީގެ މުޤާބިލަކީ ޑރ.ޙުސައިން މާހިރު އިބްރާހީމް ލީސް އެގްރީމެންޓްގެ ދަށުން ކުއްޔަށްނެގި އުޅަނދުގެ މިލްކުވެރިކަމާއި އަދި ގުޅިފައިވާ މަސްލަޙަތުތައް އެބަސްވުމުގައި ވާގޮތުގެ މަތިން އެކް ސްޕްރެސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވުމެ ވެ. ޑރ.ޙުސައިން މާހިރު އިބްރާހީމްއަށް ލިބިދޭ މުޤާބިލަކީ އޭނާގެ ދަރަންޏާ އެކް ސްޕްރެސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙަވާލުވުމުނ އެކަމުން މިންޖުވުމެވެ. ކޮންޓްރެކްޓެއްގެ ދަށުން ލިބިދޭ މުޤާބިލަކީ ކޮންމެ ފަހަރަކު ފައިސާއިން ދެވޭ ނުވަތަ އަތްލެވޭ މާއްދީ އެއްޗެއްކަމުގައިވުން ޤާނޫނު ލާޒިމެއް ނުކުރެއެވެ. ޤާނޫނު ބަލައިގަންނަ އަގެއްހުރި މުޤާބިލުގެ ތެރޭގައި، އެއް ބައިވެރިޔަކަށް ލިބިދޭ ޙައްޤެއް، މަސްލަޙަތެއް، ނަފާއެއް، ފައިދާއެއް ނޫނީ އަނެއް ބައިވެރިޔަކު ބޮލުއަޅައި ސަބުރުވެރިކަމެއް، ގެއްލުމެއް، ހަލާކެއް، ނޫނީ ލިބިދެވޭ ނުވަތަ އުފުލާ ޒިންމާއެއް ހިމެނިގެން ދާނެއެވެ. މިގޮތުން ބަލާއިރު، އެކް ސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާ ތުން ޑރ.ޙުސައިން މާހިރު އިބްރާހީ މްގެ ދަރަނި ބޮލުއަޅައި އެޒިންމާ އުފުލި އުފުލުމަކީ ޤާނޫނުގެ ކުރިމަތީގައި ޑރ.ޙުސައިން މާހިރު އިބްރާހީމްއަށް ލިބީ ދެވުނު މުޤާބިލެކެވެ.

އެހާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކިތޯ؟

30HN3ޑރ.ޙުސައިން މާހިރު އިބްރާހީ މ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ މައިގަނޑު ނުކުތާއަކީ، އެހާތަނަށް ޑރ.ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހި ނުދެއްކި އޮތް ފައިސާ ދައްކާ ޚަލާޞްކޮށްފި ކަމެވެ. ނަމަވެސް ދަށު ކޯޓުގައިވެސް އަދި މިކޯޓުގައިވެސް ޑރ.ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން މަސައްކަތް ކޮށްފައިވަނީ މުޠްލަޤަށް ލީސް އެގްރީމެންޓުން އެއްކިބާ ވުމަށެވެ. ނަމަވެސް ހުށަހެޅިފައިވާ ލީސް އެގްރީމެންޓަށާއި ސެޓލްމެން ޓް އެގްރީމެންޓަށް ބެލުމުން، ޑރ.ޙުސައިން މާހިރު އިބްރާހީ މްގެ ޒިންމާ ބަރީޢަ ކުރެވޭނީ އެހާތަނަށް ޑރ.ޙުސައނި މާހިރު އިބްރާހީމް ދައްކަންޖެހި ނުދައްކާ އޮތް ފައިސާ ދައްކާ ޚަލާޞް ކުރެވިއްޖެކަނ ސާބިތް ކޮށްދިނުމުންކަން އެނގެއެވެ. އެކަން ސެޓްލްމެންޓް އެގްރީމެންޓްގެ 3.3.4 ގައި ބަޔާން ކޮށްފައިވަނީ؛ “to relinquish and transfer to EXPRESS MALDIVES PVT LTD all the legal and beneficial rights to titles and interests in respect of the Vessel arising from the Lease Agreement, subject to the full and final settlemet of the Outstnading Sum and any other amount due from DR MAHIR to MFLC by EXPRESS MALDIVES PVT LTD as provided in this Agreement” މިފަދައިންނެވެ. އެހެންކަމު ން، ޑރ.ޙުސައިން މާހިރު އިބްރާހީމް ހީކުރާ ގޮތާއި ޚިލާފަށް، ސެޓްލްމެންޓް އެގްރީމެންޓްގައި ސޮއިކުރުމާއެކު ލީސް އެގްރީމެންޓްގެ ދަށުން ޑރ.ޙުސައިން މާހިރު އިބްރާހީމްއަށް ކުއްޔަށް ނެގި އުޅަދާއ ގުޅިގެނި ލިބުން ޤާނޫނު ޙައްޤުތަކާއި އެހެނިހެން މަންފާތައް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލުވެގެނެއް ނުދެއެވެ. އެކަން އެހެންވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުޠެއް އެބައޮތެވެ. އެއީ ޑރ.ޙުސައިން މާހިރު އިބްރާހީމްގެ ފަރާތުން ލީސް އެގްރީމެންޓާއި ގުޅިގެން އެމް.އެފް.އެލް.ސީ އަށް އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ އަދި އެނޫންވެސް ފައިސާއެއް އޮތްނަމަ އެމިންވަރެއ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާ ޚަލާޞްކުރުމެވެ. އެކަން ކުރިތޯ ނުވަތަ ކުރޭތޯ ބެލުމަކީ ޑރ.ޙުސައިން މާހިރު އިބްރާހީމްގެ ޒިންމާއެއް މެއެވެ. އެކަން ނުކުރާނަމަ، ފައިސާ ދެއްކުމުގެ ޒިންމާއިން ޑރ.ޙުސައިން މާހިރު އިބްރާހީމް ބަރީއެއް ނުވާނެއެވެ. އިންޝުއަރެންސް:

31ޑރ.ޙުސައިން މާހިރު އިބްރާހީމްއާ ގުޅޭ ގޮތުން މަތީގައި ބަޔާންކުރެވުނު ކަންކަން އެހެން ހުރިނަމަވެސް، މިޤަޟިއްޔާގައި ބަޔާންކުރާ "ފަތުރު" އެވެކިޔާ (ރަޖިސްޓްރީ ނަންބަރު:T-10 04-C7563A) މުދާ އުފުލާ އުޅަނދަކީ، ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި އިންޝުއަރ ކުރެވިފައިވާ އުޅަނދެއްކަން އެނގެއެވެ. ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް ގޮތުގައި، މި މެރިން ހަލް ޕޮލިސީއަކީ 10 ޖުލައި 2013 އިން 10 ޖުލައި 2014 އަށް ނަގާފައިވާ ޕޮލިސީ އެކެވެ. އަދި މިޕޮލިސީ 10 ޖުލައި 2014 އިން ފެށިގެން އިތުރު އެއްއަހަރު ދުވަހަށް އައުކޮށްފައިވާކަން އެނގެއެވެ.

32ބަޔާންވެދިޔަ އިންޝުއަރެންސް ޕޮލިސީގެ ދަށުން ނުވަތަ އެހެން ޕޮލިސީއެއްގެ ދަށުންވިޔަސް "ފަތުރު" އެވެ ކިޔާ އުޅަނދަށް އިންޝުއަރެންސް ފައިސާ ދޫކޮށްފައިވާކަން ސާފުކޮށްދިނުމަށް ސިވިލް ކޯޓުން ސިލިންކޯ ސިލިންކޯ އިންޝުއަރެންސްގެ ނަންބަރު:MLMI13SH001162 "މެރިން ހަލް ޕޮލިސީ". ސިލިންކޯ އިންޝުއަރެންސްގެ ނަންބަރު:MLMI14SHNoo1174 "އެންޑޯސްމެންޓް". އިންޝުއަރެންސް ކޮމްޕެނީގެ މައްޗަށް އަމުރެއް ކޮށް ފައިވެއެވެ. މިއަމުރާއ ގުޅިގެނި ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީން ދީފައިވާ ޖަވާބަކީ، އަމުރުގައި އެދިފައިވާ މަޢުލޫމާތު ފުރިހަމައަށް އެނގޭގޮތަށް ދީފައިވާ މަޢުލޫމާތެއް ނޫނެވެ. އެޖަވާބުގައި ބަޔާންކޮށްފައިވަނީ we hereby confirm you that, as per our books of“ accounts, we have not made any payment with regard to the below mentioned vessel .”18/03/2017 – for the period of 01/07/2013 މފައިންނެވި. ސިވިލް ކޯޓުގެ އަމުރުގައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކިތޯ ސާފުކޮށް ދިނުމަކަށް ނޫނެވެ. އެހެންކަމުން، ސިވިލް ކޯޓުން ސާފުކޮށް ދިނުމަށް އަމުރުކުރި މަޢުލޫމާތު ސާފުވެފައި އޮތްކަމަށް ނުދެކެމެވެ.

33ކަން އެހެން އޮތްނަމަވެސް، އެމް.އެފް.އެލް.ސީ )Lessor( ގެ ޗެކަކުން ޑރ.ޙުސައިން މާހިރު އިބްރާހިމް )Lessee( އަށް 292.50،383ރ (ތިންލައްކަ ތެޔާހިހާސް ދުއިސައްތަބަޔާނަވައި ރުފިޔާ ފަންސސާލާރި) ދީފައިވާކަން ހުށަހެޅުނު ލިޔުންތަކާއިއެކ އޮތު އެމް.އެފް.އެލް.ސީ )Lessor(ގެ ޗެކަކުން އެނގެން އޮވެއެވެ. އެފައިސާ އަކީ އިންޝުއަރެންސް ކްލެއިމްއާއ ގުޅިގެނި ލެސީ އަށް ދިން ފައިސާކަމަށް އެމް.އެފް.އެލް.ސީ ދަށު ކޯޓަށް ހުށަހެޅި ފުރަތަމަ ބަޔާނާއި އދ ޚުލާޞާ ބަޔާނުގައި އިޢުތިރާފް ވެފައި އެބައޮތެވެ. އެ […] .އެލް.ސީގެ ބަޔާނުގައި ވެއެވެ؛ " ...އިންޝުއަރެންސް ފައިސާވަނީ ލީޒް އެގްރީމެންޓާއި އެއްގޮތަށް ލެސީއަށް ދެވިފައެވެ. ... އިންޝުއަރަންސާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ދަންނަވަމެވެ. އިންޝުއަރެންސް ފައިސާވަނީ ލީޒ އެގްރީމަންޓް އެއްގޮތަށް ލެސީއަށް ދެވިފައެވެ ".... ސިވިލް ކޯޓުގެ ނަންބަރު:2/CA/2017/36-CR-B3 (13 މާރިޗް 2017) "ކޯޓް އަމުރު". ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީން 18 މާރިޗް 2017 ގައި ސިވިލް ކޯޓަށް ފޮނުވި ޖަވާބު. އެމް.އެފް.އެލް.ސީ އިން 03 އޮކްޓބަރޯ 2016 ގައި ހުށަހެޅި ފުރަތަމަ ބަޔާނުގެ 10 ވަނަ ނުކުތާއިން. އެމް،އެފް.އެލް.ސީ އިން 07 ނޮވެމްބަރު 2016 ގައި ދަށުކޯޓަށް ހުށަހެޅި ޚުލާޞާ ބަޔާނުގެ 10 ވަނަ ނުކުތާއިން. އެހެންކަމަށްވާނަމަ، ދެން ސުވާލަކީ، އިންޝުއަރެން ސ ފައިސް ލެސީއަށް ދިނުމަށް ލީސް އެގްރީމަންޓްގައި އޮތީ ކިހިނެތް ހ؟ އިންޝުއަރެންސް ފައިސާ ދިނުން:

34އިންޝުއަރެންސް ފައިސާއާއި ގުޅޭގޮތު ނ ޢަމަލް ކުރަންވީ ގޮތް ބަޔާންކޮށްފައިވަނީ ލީސް އެގްރީމެންޓްގެ 13 ވަނަ މާއްދާގައެވެ. މިމާއްދާއިން ގުޅޭ ބަޔަކީ 13.3 އަދި 13.4 އެކެވެ. އެބައިތައް ތިރީގައި އެވަނީއެވެ؛ “ 13.3 Notwithstanding the preceding Sub-Article of this Article, in the event that the whole of the Leased Property is lost or destroyed for any reason whatsoever (including damage impossible of repair or infringement of ownership), the Lessee shall immediately pay to the Lessor the amounts specified in Article 17.2(a). The Lessor shall, however, pay the Lessee all moneys received from an insurer as a result of an insurance claim when outstanding balance of lease payments and the residual value of the Leased Property have been paid in full to the Lessor.

13.4 In the event of Article 13.2 applying, this agreement shall continue without any amendment and in particular the rent shall continue to be payable and in the event of Sub-Article 13.3 applying, this Agreement shall terminate upon payment of the amounts stipulated in Sub-Article 13.3” މަތީގައިވާ ދެ މާއްދާއަށް ބަލާއިރު ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ކަމަކީ، ކުއްޔަށް ދިން އުޅަނދު ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެގެންހިގައްޖެނަމަ، ލީސް އެގްރީމަންޓްގެ )a(217. ގައި ބަޔާނކުރް ފައިސާ ލެސީގެ ފަރާތުން ލެސޯއަށ ވަގުތުން ދައްކަން ޖެހުމެވެ. )a(17.2 އަށް ބަލާއިރު ދައްކަންޖެހޭ ފައިސް ތަފްޞީލުކޮށް ބަޔާންކޮށްދީފައި ވަނީ؛ “17.2(a) Claim and to receive immediately payment of arrears of lease payments as at the date of termination, charges for late payment and amounts otherwise payable to the expiration of the period of the lease and any extension of it, the present worth of the aggregate of all unpaid amounts yet to become due as lease payments, and all other costs and expenses incurred by Lessor provided for in this Agreement with interest thereon at the rate specified in the Schedule from the date these amount become payable, less the amount of lease payment paid by Lessee and received by Lessor.” މިފަދައިންނެވެ. ދެވަނަކަމަކީ، 13.2 ވަނަ މާއްދަގެ ދަށުން އިންޝުއަރެންސް ކްލެއިމްގެ ފައިސާ ލެސީ އަށް ދޭންޖެހެނީ، އެހާތަނަށް ދައްކަންޖެހިފައިވާ ކުލީގެ ފައިސާއާއި ކުއްޔަށްދިން އުޅަނދާ އ ގުޅިފައިވާ އެހެނިހނެ ފައިސާ ލެސޯއަށް އެކުގައި ދައްކާ ޚަލާޞްކޮށްފައި ވާނަމަ ކަމެވެ. ތިންވަނަ ކަމަކީ، 13.2 ވަނަ މާއްދގައާ ބަޔާންކުރާ ޙާލަތްނަމަ، ލީސް އެގްރީމެންޓް އެއްވެސް ބަދަލެއް ނެތި ކުރިއަށް ދާނެކަމެވެ. ޚާއްޞަކޮށް ދައްކަންޖެހޭ ކުލި އެގޮތުގައި ހިނގމުނަދާނެ ކަމެވެ. މިޙާލަތަކީ، ކުއްޔަށްދިން އުޅަނދަށް ލިބޭ އިޢާދަކުރެވިދާނެ ނުވަތަ މަރާމާތު ކުރެވިދާނެ ގެއްލުންތައް ބަޔާން ކުރާ ޙާލަތެވެ. ހަތަރުވަނަ ކަމަ ކ، 13.3 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްނަމަ، އެއްބަސްވުން ނިމުމަކަށް އަންނާނެކަމެވެ. މިޙާލަތަކީ ކުއްޔަށްދިން އުޅަނދު ގެއްލި، ނުވަތަ އެކުގައި ޙަލާކުވ ނުވަތާ ޢިއާދަކޮށް މަރާމާތު ނުކުރެވޭ ޙާލަތެވެ. ނަމަވެސް މިޙާލަތުގައި އެއްބަސްވުން ނިމުމަކަށް އަންނާނީ 13.3 ގައި ބަޔާން ކުރާ ފައިސާ ދެއްކުމާއި ހަމައިންނެވެ.

35HN4މިހާހިސާބުން ސާފުވާންޖެހޭ ކަމަކީ، 13.3 ގައި ބަޔާނކުރ ފައިސާ ލެސީގެ ފަރާތުން ލެސޯއަށް އަދާނުކުރާނަމަ، އޭނާއަށް އިންޝުއަރެންސް ކްލައިމްގެ ފައިސާއިން ދޭންޖެހޭ އެއްޗަކީ ކޮބާ ހެއްޔެވެ؟ އިނޝް އަރެންސް ކްލެއިމްގެ ފައިސާއިން ލެސީއަށް ލެސޯގެ ޗެކަކުން، 383,292.50ރ. (ތިންލައްކަ ތެޔާހިހާސް ދުއިސައްތަބަޔާނަވައި ރުފިޔާ ފަންސާލާރި ) ލިބިދިންގޮތެއް ލެސޯ (އެމް.އެފް.އެލް.ސީ) އިން ބަޔާން ކޮށްދީފައެއް ނެތެވެ. ހަމައެކަނި ބުނަނީ ލީސް އެގްރީމެން ޓްގައިވ ގޮތަށާ ލެސީއަށް އިންޝއަރެންސު ފައިސް ދީފައިވާ ކ މަށެވެ. ލީސް އެގްރީމަން ޓްގައިވ ގޮތަށާ ލެސީއަށް އިންޝުއަރެންސް ފައިސާ ދިންކަން ލެސީ ބުނެ އިޢުތިރާފްވާތީ، މިކޯޓަށް ބުރަވެވެން އޮތީ، ލީސް އެގްރީމެންޓްގައިވ ގޮތަށާ އިންޝުއަރެންސް ފައު ސ ލެސީއަށް ލިބިދީފައިވަނީ ލީސި އެގްރީމެންޓްގައި ބަޔާންކުރާ އެހާތަނަށް ދައްކަންޖެހޭ ކުއްޔާއި އެއާއި ގުޅިފައިވާ އެހެނިހެން ފައިސާ ދައްކާ ޚަލާޞްކޮށްފައިވާތީ ކަމަށެވެ. އޭނޫނ ގޮތަކަށް ލީސް އެގްރީމެންޓްގެ ދަށުން އިންޝުއަރެންސް ފައިސާ ދެވޭނެ ގޮތެއް އެއެއްބަސްވުމުގައި އޮތްނަމަ ސާފުކޮށް އެކަން ޝަރީޢަތަށް ބަޔާންކޮށް ދެވެން ޖެހެއެވެ. އިބްރާހީމް ޒުހައިރު ދީފައިވާ ގެރެންޓީ:

36އިބްރާހީމް ޒުހައިރު ދީފައިވާ ގެރެންޓީއ މެދާ ގޮތެއު ނިންމުމުގެ ކުރިން އިބްރާހީމް ޒުހައިރު އަކީ މިމުޢާމަލާތުގައި ގެރެންޓީ ދޭފަރާތެއ ނުވަތް ޖާމިނުވިމީހާ )guarantor( ކަން ނުވަތަ އޭނާއަކީ ޝުރެޓީ ނުވަތަ ޔަޤީންކަންދޭމީހެއް )surety( ކަން ކޯޓުން ބަލަންޖެހެއެވެ. ސަބަބަކީ، އިބްރާހީމް ޒުހައިރު ސޮއިކޮށްފައިވާ ގެރެންޓީ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ “To Guarantee unto the MFLC the compliance by the LESSEE of the several terms and conditions contained in the LEASE AGREEMENT including but not limited to meet the RENTALS PAYMENT OBLIGATIONS in the event of the LESSEE failing to meet the same in time…” މިފަދައިން ކަމަށްވިޔަސް މިދެންނެވި އެއްބަސްވުމުގެ 14 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވަނީ؛ “I specifically agree that the MFLC shall be at liberty either in one action to sue the LESSEE and me…or to proceed in the first instance against me…and further I hereby renounce the right to claim that the LESSEE should be excused or proceeded against by action in the first instance and right to claim that the MFLC should divide the claim of the MFLC and bring actions against me or any other person or persons whomsoever each for his portion pro rata and the right to claim in any action brought against me…with or without all or any other person that the MFLC should only recover from me… a pro rata share of the amount claimed and all other rights and benefits to which sureties are or may be by law entitled IT BEING AGREED that I am liable in all respect hereunder as principal debtor to the extent aforementioned including the liability to be sued before recourse is had against the LESSEE” މިފަދައިންނެވެ. އެހެންކަމުން، މިގެރެންޓީދިން އެއްބަސްވުމުގައި އިބްރާހިމް ޒުހައިރުއަކީ ލެސީ ކަމުގައިވާ ޑރ.ޙުސައިން މާހިރު އިބްރާހމީ )principal/debtor( އެމް.އެފް.އެލް.ސީ )obligee/creditor( އަށް އަދާކުރަންޖެހޭ ދަރަނީގެ މައްޗަށް ޖާމިނުވިމީހެއް ކަމަށްވެސް އަދި ޔަޤީންކަންދމޭހެއް ކަމަށްވެސް ދޭހަވާން އޮވެއެވެ. ބަޔާންވެ ދިޔަ 14 ވަނަ މާއްދާއަކީ އިބްރާހީމް ޒުހައިރުގެ ކިބައިން ދަރަނި ހޯދުމާއި ގުޅޭ ގޮތުން ޢަމަލު ކުރެވިދާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާއެއްކަން އެނގެއެވެ. އިބްރާހީމް ޒުހައިރު ދިން ގެރެންޓީގެ ދަށުން ޒިންމާ ނެގުމާއި ގުޅޭ އުޞޫލު ބަޔާން ކޮށްފައި އޮތީ، 1 ވަނަ މާއްދާގައެވެ. އެމާއްދާއިން އެނގޭ ގޮތުގައި، އިބްރާހީމް ޒުހައިރު ޒިންމާ ނަގާފައިވަނީ ލެސީ ނުވަތަ އަސްލު ދަރަނިވެރިޔާ ޑރ. ޙުސައިން މާހިރު އިބްރާހީމްއަށް އެއްބަސްވުމުގައި ވާގޮތަށް ދަރަނި ނުދެއްކިއްޖެ ހިނދަކު، އެދަރަނި ދެއްކުމަށެވެ.

37HN5ޖާމިނުވާމިހާ އާއި ޔަޤީންކަންދޭމީހާ އާދެމެދު އޮތް ތަފާތު ދެނެގަތުމުގެ ބޭނުމަކީ، މި ދެމީހުންގެ ފަރާތުން ވެފައި އޮންނަ ވަޢުދަކީ ތަފާތު އަދި އޭގެ ޤާނޫނީ ނަތީޖާވެސް ތަފާތު ވަޢުދެއް ކަމުގައި ވާތީއެވެ. އެއީ ޖާމިނުވިމީހެއްތޯ ނުވަތަ ޔަޤީންކަން ދިން މީހެއްތޯ ކަނޑައެޅުމުގައި ބޭނުންކުރެވިދާނެ އެއްޓެސްޓަކީ، އޭނާ ޒިންމާ ނަގާފައިވަނީ މުޠްލަޤަށް ހުރިހާ ޙާލަތެއްގައި އެދަރަނި އަދާކުރުމުގެ މައްޗަށް ބަދެވިގެންދ ގޮތަށާ ތޯ ނޫނީ އޭނާ ޒިންމާ ނަގާފައިވަނީ އަސްލު ދަރަނިވެރިޔާއަށް ދަރަނި ނުދެއްކިއްޖެ ހިނދެއްގައި، އެދަރަނި ދެއްކުމަށްތޯއެވެ. މުޠްލަޤަށް ހުރިހާ ޙާލަތެއްގައި އެދަރަނި އަދާކުރުމަށް ޒިންމާ ނަގާފައިވާނަމަ އެއީ ޔަޤީންކަންދިން މީހެކެވެ. އަސްލު ދަރަނިވެރިޔާއަށް ދަރަނި ނުދެއްކިއްޖެ ޙާލަތެއްގައި ދަރަނި ދެއްކުމަށް ޒިންމާވެފައިވާނަމަ އެއީ ޖާމިނުވި މީހެކެވެ. އިބްރާހީމް ޒުހައިރު ޒިންމީ ނަގާފައިވަނީ ލެސީ ނުވަތަ އަސްލު ދަރަނިވެރި ޔާ ޑރ. ޙުސައިން މާހިރު އިބްރާހީ މްއަށް އެއްބަސްވުމުގައި ވާގޮތަށް ދަރަނި ނުދެއްކިއްޖެ ހިނދަކު، އެދަރަނި ދެއްކުމަށްކަމަށްވާތީ، މަތީގައި ބަޔާންކުރެވުނު އުޞޫލުން އިބްރާހީމް ޒުހައިރު އަކީ ގެރެންޓީދޭ ފަރާތެ )guarantor( ކެވެ. ޔަޤީންކަންދޭފަރާތެއް )surety( ނޫނެވެ. ޖާމިނުވާމިހާ އާއި ޔަޤީންކަންދޭމިހ އާ ދެމެދުވާ ބައެއް ތަފާތު:

38ވަރަށް ގިނަފަހަރު ޖާމިނުވުމާއި ޔަޤީންކަން ދިނުމާއި މިދެބަސް ބޭނުން ކުރަމުންދަނީ އެއްވެސް ތަފާތު ކުރުމެއްނެތި އެއްމާނައެއް ދޭހަވާ ދެ ބަހުގެ ގޮތުގައެވެ. ނަމަވެސް މިދެމީހުން ކުރާ ކަމުގައި އެއްގޮތްކަންތައްތަކެއް ހުރިނަމަވެސް އަދި އެދެމީހުންވެސް ޢަމަލު ކުރަނީ އެ ހެންމީހެއްގެ މަތިން ކަމަށްވިޔަސް، މިދެމީހުންގެ މެދުގައި ތަފާތު ކުރަންޖެހޭ ނުކުތާތަކެއް ވެއެވެ .

39އާންމު އުޞޫލުން، ޔަޤީންކަންދޭމިހާ ޒިންމާވަނ އަސްލީ ދަރަނިވެރިޔާއާ އެކުއެކީގައި އެކަށައެޅޭ އެއްބަސްވުމެއްގެ ތެރެއިން، އެއް މުޤާބިލެއްގެ މައްޗަށެވެ. އެހެންކަމުން، އެނޫން މުޤާބިލެއް އޮތްކަން ސާބިތު ކުރާކަށް ނުޖެހެއެވެ. ޔަޤީންކަންދޭ މިހާއަކީ އަސްލު ދަރަނިވެރިޔާގެ އެއްބަސްވުމާއި އެކުގައިވާ ފ ރާތެއްކަމަށްވުމުން، އެފަރާތަކީ ގެރެންޓީ ދޭފަރާތެއ ކަމުގައް ނުވާނެއެވެ. ޔަޤީންކަން ދޭމީހާ ވެފައިވާ އެއްބަސްވުމަކީ، އަސްލު )original( އެއްބަސްވުމެކެވެ. އެހެންވެ، ޔަޤީންކަން ދޭމީހާ ހިމެނެނވެސީ އަޞްލު ވަޢުދުވާ މީހެ އޭގެ ގ ތުގައެވެ. އަދި އަސްލު ދަރަނިވެރިޔާގެ ޒިންމާއާއެކުއެކީގައި ޔަޤީންކަން ދޭމީހާގެ ޒިންމާތައް ފެށިގެންދާނެއެވެ. ނަތީޖާއަކީ، ޔަޤީންކަންދޭ މީހަކީ އަސްލު ދަރަނިވެރިޔާގެ ޒިންމާގައިވާ ދަރަނި ދެއްކުމަށް ނޫނީ ކުރަންޖެހޭ ވަކި ކަމެއް ކުރުމަށް އަސްލު ދަރަނިވެރިޔާއެކޭ އެއްފަދައިން ބދެވިގެންވާ މީހެއަ ކަމުގައި ވުމެވެ. ޔަޤީންކަންދޭ ފަރާތުން ނަގާ ޒިންމާއަކީ އަސްލު ދަރަނިވެރިޔާގެ ދަރަނި ދެއްކުމުގެ ވާޖިބު މުޠްލަޤަށާ އަދ ކޮށްދިނުމުގެ ޒިންމާއެވެ. މިޔަޤީންކަމަކީ ދަރަނި ދައްކާނެ ކަމުގެ ޔަޤީންކަމެވެ.

40މިއާ ޚިލާފަށް، ޖާމިނުވާމީހާ )guarantor( ގެ އެއްބަސްވުމަކީ، އެހެ ން ވާޖިބަކާއި ގުޅިފައިވާ ޘާނވަ )secondary( އެއްބަސްވުމެކެވެ. ޖާމިނުވާމީހާގެ މަސްއޫލިއްޔަތު ފެށޭނީ، އަސްލު ދަރަނިވެރިޔާ އޭނާގެ ދަރަނި ދެއްކުމަށް ނުކުޅެދޭ ހިސާބުންނެވެ. އޭނާ ވެފައިވާ އެއްބަސްވުމުގައި ޕްރިންސިޕަލް ނުވަތަ އަސްލު ދަރަނިވެރިޔާގެ ބައިވެރިވުމެއް ނެތެވެ. އެހެންވެ މިއީ އަސްލު ދަރަނިވެރިޔާ ވެފައިވާ އެއްބަސްވުމާއި ވަކިން އޮތް މިނިވަން ޘާނަވީ އެއްބަސްވުމެއް ކަމުގައި ވެއެވެ. ވީމާ، އަސްލު ދަރަނިވެރިޔާ ވެފައިވާ އެއްބަސްވުމަކީ ޖާމިނުވާ މީހާގެ އެއްބަސްވުމެއް ނޫނެވެ. މިފަދަ އެއްބަސްވުމެއް އެކުލަވާލެވޭނީ އަސްލު ދަރަނިވެރިޔާ ވެފައިވާ އެއްބަސްވުން އެކުލަވާލުމުގެ ކުރިން ނުވަތަ އެގޭ ފަހުންނެވެ. ޖާމިނުވާމީހާގ އެއްބަސްވުމުގެ މުޤާބިލަކީ، ތިން ޙާލަތެއްގައި މެނުވީ އައު މިނިވަން މުޤާބިލެއްކަމުގައި ވާންޖެހެއެވެ. އެއީ؛ (1) ޖާމިނުވީ ފަރާތުގެ އެދުމުގެ މަތިން އަސްލު ދަރަނިވެރިޔާއަށް ދަރަނި ދިނުމާއި އަދި އެދަރަނި ދިނުމުގެ އެއްބަސްވުމަށްފަހު ޖާމިނުވީ މިހާ ލިޔުމުން ގެރެންޓީ ދީފައިވުން. (2) އަސްލު ދަރަނިވެރިޔާގެ އެއްބަސްވުން ބިނާވެފައިވާ މުޤާބިލާއެކ ނުވަތު އޭގެ ކުރިން ގެރެންޓީދިން ފަރާތުން އަނގަބަހުންވެފައިވާ ވަޢުދެއްގެ ސަބަބުން އެދަރަނި ދިނުމުގެ ބާރަކަށް ވުމުގެ ސަބަބުން އަސްލު ދަރަނިވެރިޔާގެ މުޤާބިލު ޖާމިނުވީ މިހާ ލިޔުމުންދިން ގެރެންޓީއަށް ބާރުދިނުން. (3) ޖާމިނުވީ މީހާގެ އެއްބަސްވުމާއި އަސްލު ދަރަނިވެރިޔާގެ އެއްބަސްވުން އެއްވަގުތެއްގައި އެކަށައެޅުމާއިއެކު ދަރަނި ދިނުމުގެ އަސާސަކީ އެއީ ކަމުގައިވުން. މިއެވެ.

41ޖާމިނުވާމީހ އާއާ ޔަޤީންކަން ދޭމީހާގެ ދެމެދުގައިވާ ތަފާތު ކުރުގޮތަކަށް ބަޔާންކުރާނަމަ، ބުނެވޭނީ، ޔަޤީންކަން ދޭމީހާ އެބުނަނީ "އަސްލު ދަރަނިވެރިޔާ ދަރަނި ނުދައްކައިފިނަމަ، އަހުރެން އެދަރަނި ދައްކާނަމެވެ." ނަމަވެސް ޖާމިނުވާމީހާ އެބުނަނީ " ދަރަނި ހޯދުމަށް ފުރަތަމަ އަސްލު ދަރަނިވެރިޔާގެ ފަހަތުން ދާށެވެ. އަދި އޭނާއަށް އެދަރަނި ދެއްކޭނެ ގޮތެއްނެތްނަމަ، ދެން އަހަރެންގެ ފަހަތުން އެދަރަނި ހޯދަން އަންނާށެވެ." މިއެވެ. އަސްލު ދަރަނިވެރިޔާއަށް ދަރަނި ނުދެއްކިއްޖެކަން އެންގުން:

42HN6އަސްލު ދަރަނިވެރިޔާ އެއްބަސްވެފައިވާ ގޮތަށް ދަރަނި ނުދައްކައިފިނަމަ، އެކަން ޖާމިނުވާމީހާއަށް އެންގުމަކީ އަރަނިވެރިޔާގެ މައްޗަށް އޮތް ޒިންމާއެކެވެ. ޔަޤީންކަން ދޭމީހ އާ ޚިލާފަށް، ޖާމިނުވާ މީހާއަށް އަސްލު ދަރަނިވެރިޔާ އޭނާ ވެފައިވާ އެއްބަސްވުމާއި ޚިލާފުވޭތޯ ބެލުމުގެ ޒިންމާއެއް ނެތެވެ. ނަމަވެސް ޔަޤީންކަން ދޭމީހާއަކީ އަސްލު ދަރަނިވެރިޔާ ވެފައިވާ ނުވަތަ ވަމުންދާ ޚިލާފުތައް އެނގޭނެ މީހެއްކަމުގައި ބަލައިގެންފައިވެއެވެ.

43ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައި ގައި ޑރ.ޙުސައިން މާހިރު އިބްރާހމީ )principal debtor( އަށް ލީސް އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ނުދެއްކުނުކަން އެމް.އެފް.އެލް.ސީ )creditor( ގެ ފަރާތުން އިބްރާހީމް ޒުހައިރު )guarantor( އަކަށް އަންގާފައި އޮތްކަން އެނގޭކަށް ނެތެވެ. ކުރިން ބަޔާން ކުރިހެން، ޑރ.ޙުސައިން މާހިރު އިބްރާހީމް (ލެސީ) އަށް އިންޝުއަރެންސް ކްލެއިމްގެ ފައިސާ އެމް.އެފް.އެލް.ސީ (ލެސޯ) ގެ ޗެކަކުން ދީފައިވާކަން އެނގެން އޮތުމުން، މިދެފަރާތުގެ ދެމެދުގައި ވެފައިވާ ލީސް އެއްބަސްވުމުގެ ދަށުން ލެސީ ދައްކަންޖެހޭ ކުލީގެ ފައިސާއެއް ނުވަތަ ކުއްޔަށްދިން އުޅަނދާއި ގުޅިފައިވާ އެނޫންވެސް ފައިސާއެއް ނުދައްކާ އޮތްނަމަ، އިންޝުއަރެންސް ކްލެއިމްގެ ފައިސާ ޑރ. ޙުސައިން މާހިރު އިބްރާހީ މ (ލެސީ) އަށް ލިބިދެވޭނެކަމަށް ލީސް އެއްބަސްވުމުން އެނގެން ނެތު މުން، މިސަބަބަށްޓަކައި އިބްރާހީމް ޒުހައިރު ގެރެންޓީ އާއި ގުޅިފައިވާ ޑރ. ޙުސައިން މާހިރު އިބްރާހީމް ދައްކަންޖެހި ނުދައްކާ ފައިސާއެއް އޮތްކަމަށް ބުރައެއް ނުވެވެއެވެ.

44HN7މީގެ އިތުރުން، ޑރ.ޙުސައިން މާހިރު އިބްރާހީ މްގެ ފަރާތުން ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއް އޮތްކަމަށް ބަހުޘް ގެ ބޭނުމަށް ބެލިނަމަވެސް، އޭނާގެ އެދުމުގެ މަތިން، އޭނާ އެހާތަނަށް ދައްކަންޖެހޭ ފައިސާ އެކްސްޕްރެސް މޯލްޑިވސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކުމަށް ޙަވާލުވެ ތ ންފަރާތ ހިމެން އެއްބަސްވުމެއް ވަނީ އެކުލަވާލެވިފައެވެ. ޖާމިނުވާ މިހާ، ޔަޤީންކަން ދޭމިހާއެކޭ އެއްފަދައިން، ޒިންމާކުރުވޭނީ ހަމައެކަނި އޭނާވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ބަޔާންކޮށްފައިވާ މިންވަރަށެވެ. އިބްރާހީމް ޒުހައިރު ޖާމިނުވީ ޑރ. ޙުސައިން މާހިރު އިބްރާހީމް އާއި އެމް.އެފް.އެލް.ސީ އާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓްގާއި ގުޅިގެން ނެވެ. އެއެގްރީމެންޓްގައި ބަޔާންކުރާގޮތުން ޑރ. ޙުސައިން މާހިރު އިބްރާހީ މްއަށް ލީސް އެގްރީމެންޓްގެ ދަށުން އުފަންވާ ޙައްޤުތައް ތިންވަނަ ފަރާތަކަށް ނަގުލެއް ނުކުރެވޭނެވެ. ލީސް އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ “ 19.1 The lease created by this Agreement is personal to the Lessee and the Lessee shall not be entitled to assign its rights or obligations hereunder to any thirdparty” މިފަދައިންނެވެ. ވީމާ، އިބްރާހީމް ޒުހައިރު ޖާމިނުވީ ކަންކަން މިވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން، މި ލީސް އެގްރީމެންޓްގެ ދަށުން، ކުއްޔަށް ނެގި އުޅަނދު، ތިންފަރާތުން އެއްބަސްވި ގޮތާއި އެއްގޮތަށް އަމަލުކޮށް ނިމުނުނަމަ، ލިބިގެންދާނީ އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

45ޢާންމު ގޮތެއްގައި ނުވަތަ ވަރަށް ގިނަފަރަށް ޖާމިނުވާ މީހާއާއި ޔަޤީންކަން ދޭމިހާ އެކަން ކުރަނީ އެމީހުންނަށް ލިބިދޭ ފައިދާތަކެއް އޮވެގެނެއް ނޫނެވެ. ނަމަވެސް ރައްޓެހި ރަޙްމަތެރިކަމުގ ގުޅުމުގެ ތެރެއިންނެވެ. އެހެންކަމުން، އެމީހަކު ޖާމިނުވި ކަންތަކަށް ކިތަންމެ ކުޑަނަމަވެސް ބަދަލެއް ގެންނަނަމަ، އެބަދަލަކަށް އޭނާގެ ރުހުން އޮތްތޯ ބަލަންޖެހޭނެއެވެ. އެބަދަލަކީ އޭނާއަށް އަޞްލު އެއްވެސް ގެއްލުމެއް ނުވާ ބަދަލެއް ނުވަތަ އޭނާއަށް ފައިދާ ހުރި ބަދަލެއްކަމަށްވިޔަސް މެއެވެ. ޖާމިނުވާ މިހާ ވެފައިވާ އެއްބަސްވުމަށް އޭނާގެ ރުހުންނެތި ބަދަލު ގެނައުމަކީ ގިނަފަހަރަށ ޖާމިނުވުން ނިމުމަކަށް ގެނެވިދާނެ ޖައުހަރީ ކަމެކެވެ.

46އެހެނީ، ޖާމިނުވާމީހާ އޭނާ ވެފައިވާ އެއްބަސްވުމުގެ ޝަރުޠުތަކުގެ ތެރެއިން ނެގި ޒިންމާ އަށްވުރެ ޟިމްނީގޮތުން އެޒިންމާ ފުޅާ ނުކުރުމަކީ އިސްތިޤްރާފުވެފައިވ އުޞޫލާ ހަމައެކެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، އިބްރާހީމް ޒުހައިރު ޖާމިނުވެފައިވަނީ ޑރ.ޙުސައިން މާހިރު އިބްރާހިމް ދައްކަންޖެހޭ ފައިސާ ނުދެއްކިއްޖެނަމަ އެފައިސާ ދެއްކުމުގެ މައްޗަށްކަން އެނގެއެވެ. ނަމަވެސް ޑރ. ޙުސައިން މާހިރު އިބްރާހީމް އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް އެހެން ތިންވަނަ ފަރާތަކާއި ޙަވާލުކުރެވިފައިވަނީ އިބްރާހމީ ޒުހައިރުގެ ބަހެއްނެތި އެވެ. ހަމައެހެންމެ، ތިންފަރާތުގެ އެއްބަސްވުން އެކުލަވާލެވިފައި ވަނީ ޑރ.ޙުސައިން މާހިރު އިބްރާހީމް އަދާކުރަންޖެހޭ ފައިސާ އަދާނުކުރެވި އޮތްކަން ޖާމިނުވި ފަރާތަށް ކުރިއާލާ އެންގުމަށްފަހުކަން އެނގޭކަށްނެތެވެ.

47އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/637 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރާ ފައިސާ އަކީ ޑރ.ޙުސައިން މާހިރު އިބްރާހީމް އަދި އިބްރާހީމް ޒުހައިރުވެސް ޒިއްމާވާންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިދެވޭނެ ތަނެއް އޮތްކަމަށް ބުރައެއް ނުވެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) - މުޤާބިލާބެހޭ އަސާސީ ހަމަތައް (މާއްދާ ނަންބަރެއް ނުދެއްކޭ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ