ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/244

ސައިކްލިކް އެންޓަރޕްރައިޒަސް ޕވޓ ލޓޑ ވ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ޙުކުމުގެ ނިންމުން ބައި ލިޔުމުގައި ނެތް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 2732/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2732/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، ހުއްދަގެ މުއްދަތު ހަމަވުމަށްފަހު ކޮތަޅު އެތެރެކޮށް، ދިން މުއްދަތުގައި ޓެސްޓް ހުށަނާޅާތީ، އީޕީއޭގެ ނިންމުން ބާޠިލުކުރާނެ ހަމައެއް ނެތްކަމަށާއި ވަގުތީ ހުއްދައެއް ދިނުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ ކުންފުންޏެއްގެ ހުއްދަ ހަމަވުމަށްފަހު އެތެރެކުރި ކޮތަޅު ކޮންޓެއިނަރަކާ ގުޅިގެން، މިންގަނޑުގައިވާ ޓެސްޓްތައް ހަދައި 3 މަހުގެ ތެރޭގައި ހުށަހެޅުމަށް އީޕީއޭއިން ޝަރުޠުކުރިއެވެ. ހުށަނާޅާތީ ޑިއުޓީ ނެގުމަށް ކަސްޓަމްސަށް ފޮނުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާގައި އެދުނު ގޮތާ ތަފާތު މައުޟޫޢަކަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވޭތޯއާއި، ބަޔޯޑިގްރޭޑަބަލް ކޮތަޅުގެ ޓެސްޓް ހުށަހެޅުމަށް އީޕީއޭއިން ދިން މުއްދަތު އެކަށީގެން ނުވާކަމަށް ހުށަހެޅި ލިޔުމަށް ދަށުކޯޓުން ރިޢާޔަތް ނުކުރުމަކީ ޤާނޫނީ ގޯހެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޙުކުމް ކޮށްފައިވަނީ ދަޢުވާއާ ތަފާތު މައުޟޫޢަކަށް (ކޮތަޅަކީ ބަޔޯޑިގްރޭޑަބަލްތޯ) ކަމަށާއި، ޓެސްޓަށް 3 މަހަކީ މުސްތަޙީލު މުއްދަތެއްކަން ދައްކާ ލިޔުމަށް ރިޢާޔަތް ނުކުރާ ކަމަށެވެ. ދައުލަތުން ބުނީ އެދުނު ކަންކަމާމެދު ގޮތް ކަނޑައަޅާފައިވާ ކަމަށާއި ދިން މުއްދަތަކީ ކުރިން ހަދާފައިވާ ޓެސްޓްތައް ހުށަހެޅުމަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަށުކޯޓުން ދަޢުވާގައި އެދުނު ކަންކަމާމެދު ގޮތް ކަނޑައަޅާފައިވާތީ ފުރަތަމަ ނުކުތާ ބަލައިނުގަނެ، ދިން ލުޔާމެދު ޤާނޫނީ ޙުއްޖަތެއް ނުދައްކާތީ އަދި ލަސްވީ ކުންފުނީގެ ފަރާތުން ކުރަންޖެހޭ ކަމެއް ނުކުރުމުން ކަމަށް ފެނުނުތީ ދެވަނަ ނުކުތާވެސް ބަލައިނުގަތެވެ.

ނިންމުން

ޙުކުމުގެ ނިންމުން ބައި ލިޔުމުގައި ނެތް

ޙުކުމުގެ ނިންމުން ބައި ލިޔުމުގައި ނެތް؛ ތަޙުލީލުގައި ދެ ނުކުތާވެސް ބަލައިނުގަނެފައި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ސަބަބުތައް ހުރުމުންނެވެ. (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)

HN2 ދަޢުވާގެ ޚުލާސާއާއި އެދުނު ގޮތުގައި ލައިސަންސިންގ އިދާރާގެ އިޚްތިޔާރު ބޭނުންކުރި ގޮތާމެދު ސުވާލު އުފައްދާފައި ނުވާނަމަ، ދަޢުވާގެ އަސާސަކީ ހަމައެކަނި ދިން މުއްދަތު އެކަށީގެން ނުވުން ކަމުގައި ބަލަމުން ކޯޓުން ތަޙުލީލުކުރާނެއެވެ؛ ދަށުކޯޓުން ދަޢުވާގައި އެދުނު ކަންކަމާމެދު ގޮތް ކަނޑައަޅާފައިވާނަމަ، އެދުނު ގޮތާ ތަފާތު މައުޟޫޢަކަށް ޙުކުމްކުރިކަމަށް ބުނާ ނުކުތާއަކަށް ޤާނޫނީ ބުރަދަނެއް ނުލިބޭނެއެވެ.

HN3 ހެކި ބަލައިގަނެ ވަޒަންކޮށް ބުރަދަން ދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ؛ ލައިސަންސިންގ އިދާރާއިން ދިން ލުޔާމެދު ތަޙައްދީކޮށް މުއްދަތު އިތުރުކުރުމަށް އެދެވޭނެ މަޤްބޫލު ޤާނޫނީ ޙުއްޖަތެއް ނުދައްކާހިނދު، އެ މުއްދަތު އެކަށީގެން ނުވާކަމަށް ހުށަހަޅާ ހެއްކަކީ ކޯޓުން ބުރަދަން ދޭން ލާޒިމު ހެއްކެއް ނޫނެވެ؛ އެ ލިޔުމަށް ރިޢާޔަތް ނުކުރުމަކީ ޤާނޫނީ ގޮތުން ގޯސް ނިންމުމެއް ނޫނެވެ.

HN4 ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ މިންގަނޑުގެ ދަށުން، ބަޔޯޑިގްރޭޑަބަލް ކޮތަޅުގެ ނަމުގައި ކޮތަޅު އެތެރެކުރުމުގެ ކުރިން، މިންގަނޑަށް ފެތޭކަމަށް ޓެސްޓްކޮށް 6 މަސް ނުވާ ނަތީޖާގެ އަސްލާއެކު ސެޓްފިކެޓް ހޯދަންވާނެއެވެ؛ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު އެތެރެކުރި ޝިޕްމަންޓެއްގެ ހުއްދަ ލަސްވުމަކީ އެތެރެކުރި ފަރާތުން ކުރަންޖެހޭ ކަމެއް ރަނގަޅަށް ނުކުރުމުގެ ނަތީޖާއެކެވެ.

HN5 ލައިސަންސިންގ އިދާރާއިން ދިން މުއްދަތަކީ ކުރިން ހަދާފައި އޮތުން ލާޒިމު ނުވާ އާ ޓެސްޓެއް ހަދައި ނިންމުމަށް ދިން މުއްދަތެއް ނޫން ނަމަ، ޓެސްޓް ހެދުމަށް ވަގުތު ހޭދަވާކަން ދައްކާ ލިޔުމަކީ ނިންމުމަށް ބަދަލު ގެނެވޭނެ ހެއްކެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު:(މިރައުޔަށ ފަނޑިޔާރް ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި

ފަނޑިޔާރު ޢަލީ ސަމީރު ތާއީދުކުރައްވައެވެ.)

ތަޢާރަފު

3މިއީ، ސިވިލް ކޯޓް ގެ ނަންބަރު 2732/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓޑުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މިނިސްޓްރީ އެފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (ދައުލަތް) އެ ވެ.

މައްސަލައިގެ ފަސްފަހަތް

3. ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަކީ 1391 ވަނަ އަހަރުން ފެށިގެން ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅު އެތެރެކުރަމުން އަންނަ ކުންފުންޏެކެވެ.

2އެގޮތުން، 1391 މެއި 93 ވަނަ ދުވަހު ބަޔޯޑި ގްރޭޑަބް ލ ކޮތަޅު އެތެރެކުރުމަށްޓަކައި އެންވަޔަރަނމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ރަޖިސްޓްރީކުރެވި، ކުންފުނިން އެދިފައިވާ ކޮތަޅުތަކަކީ، ބަޔޯޑިގރޭޑަބް ލ ކޮތަޅުކަމުގައި އެ އެޖެންސީން ކަނޑައަޅައި 1390 މެއި 93 ވަނަ ދުވަހާ ހަމައަށް އެ ކޮތަޅުތއަ އެތެރެކުރުމުގެ ހުއްދަދީ، ތިމާވެއްޓާރައްޓެހި ތަކެތިކަން އަންގައިދޭ ސެޓްފިކެޓް ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވެއެވެ.

1. އަދި އިސްވެ ބުނެވުނު ސެޓްފިކެޓްގެ މުއްދަތު ހަމަވުމުން، ހުއްދަ އައުކޮށްދިނުމަށް އެދުމުން، 1390 މެއި 03 އިން 1394 މެއި 03 ގެ ނިޔަލަށް ހުއްދަ އައުކޮށްދީފައިވެއެވެ.

5އަދި 1394 ޖޫން 91 އިން ފެށިގެން 1392 ޖޫން 91ގެ ނިޔަލަށް ހުއްދަ އައުކޮށްދީފައިވެއެވެ.

ރަޖިސްޓްރީ ނަންބަރު 0087/2012-C

6ހުއްދަ އައުކުރަމުން ގޮސްފައިވަނީ ކުންފުނިން ހުއްދަ އައުކޮށްދިނުމަށްއެދި ސިޓީއަކުން ހުށަހެޅުމުންކަމަށާއި، އެގޮތުން ހުއްދަ އައުކުރާއިރު، އަލަށް ރަޖިސްޓްރީކުރާ ކުންފުނިތައް ފިޔަވައި، ކުރިން އޮތް ހުއްދަ އައުކުރަން އެދޭފަރާތްތަކުން އިތުރު ޑޮކިއުމަނޓްތަކެއް އަދި ޓެސްޓްތަކެއް ހެދުމަކާނުލައި އައުކޮށްދެމުނ ގެންގޮސްފައިވާކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.

3ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހުއްދަ އައުކޮށްދިނުމަށްއެދި 1392 އޮގަސްޓް 11ގައި އީޕީއޭއަށް ހުށަހެޅުމުން، އެ އެޖެންސީން ސީޓީއަކުން އަންގާފައިވަނީ ކުންފުނިން އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރ ގައިވާ ކޮތަޅުތަކަކީ ސެޓްފިކްޓ އޮފް ކޮމްޕްލައިންސްގެ މުއްދަތުގެ ތެރޭގައި އެތެރެކޮށްފައިވާ ކޮތަޅުކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ނިންމިކަމުގައި އެ މިނިސްޓްރީގެ މެމޯއަކުން އަންގާފައިވާކަމަށާއި، އެގޮތުން އެ ކޮންޓެއިނަރގައިވާ ކޮތަޅުތަކަކީ ތިމާވެއްޓާ ރައްޓެހި ކޮތަޅުގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގާފައިވާކަމަށާއި، ނަމަވެސް، އެ ކޮންޓެއިނަރގައިވާ ކޮތަޅުތަކަށް ބަޔޯޑގްރޭޑަބިލް ޕްލާސްޓިކުކޮތަޅުގައި ބަލާނޭ މިންގަނޑުތައް 1391 ގައި ބަޔާންކޮށްފައިވާ ހުރިހާ ޓެސްޓްތައް ހެދުމަށްފަހު 0 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އެޖެންސީއަށ ހުށަހެޅުމަށް އެ އެޖެންސީން ޝަރުޠުކުރާކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޙަވާލާދެވިފައިވާ މިންގަނޑަށް ރިޕޯޓް ހުށަނޭޅިއްޖެނަމަ، އެ ކޮންޓެއިނަރގައިވާ ކޮތަޅުތަކަކީ ތިމާވެއްޓާ ރައްޓެހި ކޮތަޅުތަކެއް ނޫންކަމަށާއި އެގޮތުން ނަގަންޖެހޭ ޑިއުޓީއެއް ނެގުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފޮނުވާނކެ މަށްވެސ އަންގާފައިވާކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.

8ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގައި ބަލާނޭ މިންގަނޑުތައް 1391 ގެ ދަށުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް މަދުވާކަމަށ ބުން ހުއްދަ ދިނުމަށް އީޕީއޭއިން އިންކާރުކޮށް، ޙަވާލާދީފައިވާ މިންޑަނޑުގެ ދަށުން އީޕީއޭގެ ނަންބަރު WMPP/PRIV/2016/513-203 ސިޓީ (ތާރީޚް: 13 ސެޕްޓެމްބަރ 1392) TGH01177690 ޓެސްޓް ރިޕޯޓްތަކުގެ އަސްލު ހުށަހެޅުމަށް ސިޓީއަކުން އަންގާފައިވާކަމަށްސައިކްލިކް އެންޓަރޕްރައިޒަސް

3. ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގައި ބަލާނޭ މިންގަނޑުތައް 1391 ގައި ވާ މިންގަނޑަކީ، އޮކްސޯ ބަޔޯޑިގްރޭޑަބްލް ކޮތަޅުކަމުގައި އަންގައިދޭ ޓެސްޓްގެ ސްޓޭންޑަރޑް 04-D6954 ASTM ކަމާއި، މި ސްޓޭންޑަރޑަށް ބަލާއިރު، ތަފާތު ތިން މަރުޙަލާ އެކުލެވޭކަމަށާއި، ފުރަތަމަ މަރުޙަލާއަށް 213 ގަޑިއިރު އަދި ދެވަނަ މަރުހަލާގައި 2 (ހައެއް) މަސްދުވަހު ގެ މުއްދަތު ހޭދަވާކަމަށް ސައިކްލިކް އެންޓަރޕްރައިޒަސް

32އީޕީއޭއިން އަންގާފައިވާގޮތަށް، ޓެސްޓްތައް ހެދުމަށްޓަކައި، މެލޭޝިޔާ ސަރުކާރުގެ ކަމާބެހޭ ލެބޯޓްރީއެއްކަމަށްވާ Sdn.Bhd International QAS SIRIM އަށް ހުށަހަޅާފައިވާނެކަމަށާއި، އެ ލެބޯޓްރީން މަޢުލޫމާތު ދީފައިވާގޮތުން ހަވާލާދީފައިވާ ސްޓޭންޑަރޑްގައި ކޮތަޅުތަކުގެ ޓެސްޓް ހަދާ ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތަކީ 30 (އަށެއް) މަސްދުވަސްކަމަށް ސައިކްލިކް އެންޓަރޕްރައިޒަސް

33ބަޔޯޑިގްރޭޑަބްލް ޕްލާސްޓިކުކޮތަޅުގައި ބަލާނޭ މިންގަނޑުތައް 1391 އާއި އެއްގޮތްވާ ގޮތުގެ މަތިން، ޓެސްޓްތައް ހެދުމަށް އެންގުމަށްފަހު، އެ މިންގަނޑުގައިވާ ސްޓޭންޑަރޑަށ ޓެސްޓްތައް ހެދުމަށް މުސްތަހީލު މުއްދަތެއް ދީފައިވަނީ އިންސާފުވެރިކަމާއެކުގައި ނޫންކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި އެ ސްޓޭންޑަރޑްގައި އެކަމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކޮށްފައިވަނިކޮށް، އެ ޓެސްޓްތައް ފުރިހަމަ ނުކުރެވޭނެފަދަ ކުރު މުއްދަތެއް ދީ އެމުއްދަތުގައި ޓެސްޓްތައް ގެނައުމަށް ޝަރުޠުކުރުމަކީ އީޕީއޭއަށ ކުރެވޭނެކަމެއް ނޫންކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. އަދި އެ އެޖެންސީން ދީފައިވާ 0 (ތިނެއް) މަސްދުވަހުގެ މުއްދަތަކީ، އެ އީޕީއޭގެ ނަންބަރު WMPP/PTIV/2016/674-203 ސިޓީ (ތާރީޚް: 39 ޑިސެމްބަރު 1392) ޓެސްޓާ ހެދުމަށް ދެވޭނެ މުއްދަތުކަމް ގައި އެ އެޖެންސީގެ އެއްވެސް ޤަވް އިދެއް އަދި މިންގަނޑެއގައިވެސ ކަނޑައަޅާފައިނުވާކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.

33. ނަމަވެސް، ޓެސްޓްހަދައި ރިޕޯޓް ހުށަހެޅުމަށް އީޕީއޭއިން ދިން 0 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެ ޝަރުޠު ފުރިހަމަކުރުމަށް މަސައްކަތްކުރިކަމަށް ބުނެއެވެ. އަދި އެ ރިޕޯޓް ހުށަހެޅޭނެ ވަކި މުއްދަތެއް ލެބޯޓްރީގެ ލިޔުމަށް ރިޢާޔަތްކޮށް އެނގެން އޮވެ، އަދި އެ އެޖެންސީއަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން، ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެތެރެކުރި ކޮތަޅަކީ ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން ޓެސްޓްކޮށް ބެލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބި އެފަދައިން ޓެސްޓްކުރުމެއްނެތި، ކުންފުނިން އެތެރެކުރި ކޮތަޅުތަކަކީ ބަޔޯޑިގްރޭޑަބްލް ކޮތަޅުނޫންކަމަށް ކަނޑައަޅައި، ރިޕޯޓް ހުށަހެޅުމަށް އިތުރު ފުރުސަތެއް ނުދީ، ޑިއުޓީ ނެގުމަށް ކަސްޓަމްސްއަށް ފޮނުވާފައިވާކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.

32. އެގޮތުން، ޑިއުޓީގެ ގޮތުގައި 1,835,845.40ރ. ( އެއްމިލިއަން އަށްލައްކަ ތިރީސްފަސްހާސް އަށްސަތޭކަ ސާޅީސް ފަސްރުފިޔާ ސާޅީސް ލާރި) ދެއްކުމަށް އަންގާފއިވާކަމުގައަ ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

31. އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މއ އޮކްސޯ ބަޔޯޑީގްރޭޑަބަލް ކޮތަޅު ރާއްޖެ އެތެރެ ކުރާ ކުންފުޏެއްކަމުގައިވ ދަޢުވާކުރާ ފަރާތުން ރާއްޖެ ގެނެސްފައިވާ ކޮތަޅު ކޮންޓެއިނަރ (TGH01177690) ގައިވާ ކޮތަޅުތަކުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ދަށުން ހިންގާ އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހެޅުމުން، އެ ކޮތަޅުތަކަކީ ތިމާވެއްޓާ ރައްޓެހި އެއްޗެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ނިންމަވާފައިވާކަމަށް އަންގައި، ނަމަވެސް، ކޮތަޅުތަކުގެ ޓެސްޓް "ބަޔޯޑީގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާ މިންގަނޑު 1391" ގައި ބުނެފައިވާ މިންގނޑާއަ އެއްގޮތަށް ހެދުމަށްފަހު ހުށަހެޅު މަށު 0 މަސްދުވަހުގެ މުއްދަތިއީ.ޕީ.އޭ އިން ޝަރުތުކޮށްފައިވާތީއާއި، އެ މިންގަނޑުގައިވާ ސްޓޭންޑަޑަށ ޓެސްޓް ހެދުމަށްޓަކައި ތިން މަސްދުވަހަކީ މުސްތަޙީލު މުއްދަތެއްކަމުގައިވާތީ އާއި، އ ނިންމެވުމަކީ ބާޠެ ލްނިންމެވުމެއްކަމަށް ކަނޑައަޅުއްވައި، ޓެސްޓް ހެދުމަށްޓަކައި، ޓެސްޓް ހެދުމުގެ މަސައްކަތްކުރައްވަ ލެބޯޓްރީން ޓެސެ ޓް ނިމޭނެކަމަށް ލަފަކުރާ އެކަށް ގެންވާ ތާރީޚަކަށް ޓެސްޓްތައް ހުށަހެޅުމުގެ ފުރުޞަތު ދައުވާކުރާ ފަރާތަށް ލިބިދިނުމަށާއި، އެގޮތުން، އެ ދުވަހާއި ހަމައަށް ދަޢުވާކުރާ ފަރާތަށް އޮކްސޯ ބަޔޯޑީގްރޭޑަބަލ ޕްލާސްޓިކް ކޮތަޅު ގެނައުމުގެ ވަގުތީ ހުއްދައެއްދެއްވުމަށް އީޕީއޭއަށް އެންގެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ އެންޑް އެނަރޖީގެ މައްޗަށް އަމުރުކޮށްދެއްވުން އެދި ހުށަހަޅާފައިވާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.

35.އަދި އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ،އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދަޢުވާކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރ 11776901)U(TGH ގައިވާ ކޮތަޅުތައް ރާއްޖެ އެތެރެކޮށްފައިވަނީ، ބަޔޯޑީގްރޭޑަބަލް ކޮތަޅު އެތެރެކުރުމަށް އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީ އިން 91 ޖޫން 1394 ގައި ދައުވާކުރާ ފަރާތަށް ދޫކޮށްފައިވާ ނަންބަރު ADMIN/PRIV/2014/273-203 ރަޖިސްޓަރީގެ މުއްދަތު ހަމަވިފހުނަ 13 އޯގަސްޓް 9213 ގައި ކަމާއި، ދަޢުވާކުރާ ފަރާތު ން ރާއްޖެ އެތެރެކޮށްފައިވާ އިސްވެ އިޝާރާތް ކުރެވުނު ކޮތަޅުތަކަކީ، "ބަޔޯޑީގްރޭޑަބަލ ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާ މިންގަނޑު 1391" ގައި ބަޔާންކޮށްފައިވާ މިންގަނޑަށް ފެތޭ ކޮތަޅުތަކެއްކަން އަންގައިދޭ ޓެސްޓްތައް އެންވަޔަރަންމަންޓަލްޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުމަށް، ދަޢުވާކުރާ ފަރާތަށް ދީފައިވާ މުއްދަތުގައި، އެޓެސްޓްތައް ދަޢުވާކުރާ ފަރާތުން އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅާފައިނުވާކަމާއި، އަދި ދަޢުވާކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ އިސްވެ އިޝާރާތް ކުރެވުނު ކޮތަޅު ކޮންޓެއިނަރ ގައިވާ ކޮތަޅުތަކަކީ، މިހާރު ކަސްޓަމްސް އިން ކްލެއަރ ކޮށްފައިވާ ކޮތަޅުތަކެއްކަމާއި، ދައުވަކުރާ ފަރާތުން އެ ކޮތަޅުތައް ރާއްޖެ އެތެރެކޮށްފައިވަނީ އެކޮތަޅުތަކަކީ ބަޔޯޑީގްރޭޑަބަލް ކޮތަޅުތަކެއްކަން ޚުދު ދައުވާކުރާ ފަރާތަށްވެސް ކަށަވަރުނުވާ ގޮތަކަށްކަން، ދަޢުވާކުރާ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ޘާބިތުވާތީ، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 2 ވަނަ ނަންބަރު ދަޢުވާކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރ (TGHU11776901) ގައިވާ ކޮތަޅުތަކާއ ގުޅި ގޮތުން އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީއިން ނިންމާފައިވާ ނިންމުން ބާޠިލް ކުރާނެ ޝަރުއީ އަދި ޤާނޫނި ހަމައެއް ނެތްކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ދަޢުވާލިބުނު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ އެންޑް އެނަރޖީ (ދައުލަތް) ގެ މައްޗަށް އަންގާ އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ]. މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

61ސިވިލް ކޯޓު ގެ ނަންބަރު 2732/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

92.9 މައްސަލައިގެ ޙުކުމް ކރުމުގައު ޝަރީޢަތުން ބަލަންޖެހޭނީ، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ގޮތެއް ނިންމމަށު ކަމަށްވާއިރު، މައްސަލައިގެ ޙުކުމްގައިވަނީ، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއާއި އެދިފައިވާ ގޮތާ ތަފާތު މަޢުޟޫއަކަށް ޙުކުމް ކށްފައިކަމޮށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

92.1 މައްސަލައިގެ ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކޮށްދެވިފައނުވާކަމަށި ކަނޑައަޅާފައިވާއިރު، ދަޢުވާކުރާ ފަރާތުން ހުށަހެޅި އެއްވެސް ލިޔެކިޔުމަކަށް ޝަރީޢަތުން ރިޢާޔަތްކށްފައޮ ނުވާކަމަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

އިސްތިއުނާފުކުރާފަރާތުން އެދޭގޮތް

33. އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "މަތީގައިވާ އެންމެހައީކަންކަމަށްރިޢާޔަތްކުރައްވައ އިސްތިއުނާފުކުރި ފަރާތުން އެދެނު ސިވިލ ކޯޓގު ނަންބަރ 2732/Cv-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވައި އަލުން ބެއްލެވުމަށ ތަޙްވީލް ކޮށްދެއްވުން ނުވަތް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް އޮކްސޯ ބަޔޯޑީގްރޭޑަބަލް ކޮތަޅު ރާއްޖެ އެތެރެކުރާ ކުންފުޏެއްކަމުގައިވ ދަޢުވާކުރާ ފަރާތުން ރާއްޖެ ގެނެސްފައިވާ ކޮތަޅު ކޮންޓެއިނަރ (TGHU11776901) ގައިވާ ކޮތަޅުތަކުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ އެންޑް އެނަރޖީގެ ދަށުން ހިންގާ އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހެޅުމުން، އެ ކޮތަޅުތަކަކީ ތިމާވެއްޓާ ރައްޓެހި އެއްޗެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓ އެންޑް އެނަރޖީ ނިންމަވާފައިވާކަމަށް އަންގައި، ނަމަވެސް ކޮތަޅުތަކުގެ ޓެސްޓް 'ބަޔޯޑީގްރޭޑަބަލ ޕްލާސްޓިކް ކޮތަޅުގެ ގޮތުގައިބަލާ މިންގަނޑު 1391' ގައި ބުނެފައިވާ މިންގަނޑާއި އެއްގޮތަށް ހެދުމަށްފަހު ހުށަހެޅުމަށް 0 މަސް ދުވަހުގެ މުއްދަތެއް އީޕީއޭއިން ޝަރުތުކޮށްފައިވާ ތީއާއި، އެ ނިންމެވުމަކީ ބާޠިލް ނިންމެވުމެއްކަމަށް ކަނޑައަޅުއްވައި، ޓެސްޓް ހެދުމަށްޓަކައި، ޓެސްޓް ހެދުމުގެ މަސައްކަތްކުރައްވާ ލެބޯޓްރީން ޓެސްޓް ނިމޭނެކަމަށް ލަފާކުރާ އެކަށީގެންވާ ތާރީޚަކަށް ޓެސްޓްތައް ހުށަހެޅުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށާއި، އެގޮތުން، އެ ދުވަހާއި ހަމައަށް ދަޢުވާކުރާ ފަރާތަށް އޮކްސޯ ބަޔޯޑީގްރޭޑަބަލ ޕްލާސްޓިކް ކޮތަޅު ގެނައުމުގެ ވަގުތީ ހުއްދައެއްދެއްވުމަށް އީޕީއއަށޭ އެންގެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ އެންޑް އެނަރޖީގެ މައްޗަށް އަމުރުކޮށްދެއްވައި މައްސަލަ ނިންމަވައިދެއްވުމެވެ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ފުރަތަމަ ނުކުތާ: މައްސަލި އިގެ ޙުކުމް ކުރަމުގައ ޝަރީޢަތުން ބ ލަން ޖެހޭނީ، ދަޢުވާކުރާ ފަރާތުނ ކޮށްފައިވް ދަޢުވާއަށް ގޮތެއް ނިން މުމަށެ ކަމަށްވާއިރު، މައްސަލައިގެ ޙުކުމްގައިވަނީ، ދަޢުވާކުރާ ފަރާތުނ ކޮށްފައިވާ ދަޢުވާއާއި އ ދިފައިވ ގޮތާ ތަފާތު މަޢުޟޫއަކަށ ޙުކުމް ކާށްފައިކަމަށ ބުނެ ހުށަހެޅި ނުކުތާ އިސްތިއުނާފު ފޯމުގެ 93 ވަނަ ނަންބަރު

38. ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދަޢުވާއަކީ، އެ ފަރާތުން ރާއްޖެ ގެނެސްފައިވާ ކޮތަޅު ކޮންޓެއިނަރގައިވާ ކޮތަޅުތަކުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ދަށުން ހިންގާ އީޕީއޭއަށް ހުށަހެޅުމުން، އެ ކޮތަޅުތަކަކީ ތިމާވެއްޓާ ރައްޓެހި އެއްޗެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަނމަންޓް އެންޑް އެނަރޖީ ނިންމާފައިވާކަމަށް އަންގައި، ނަމަވެސް ކޮތަޅުތަކުގެ ޓެސްޓް 'ބިޔޯޑީގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލި މިންގަނޑު 1391' ގައި ބުނެފައިވާ މިންގަނޑާއި އެއްގޮތަށް ހެދުމަށް 0 މަސްދުވަހުގެ މުއްދަތެއް އީޕީއޭއިން ޝަރުޠުކޮށްފައިވާތީއާއި، އެ މިންޑގަނޑުގައިވާ ސްޓޭންޑަރޑަށ ޓެސްޓް ހެދުމަށްޓަކައި 0 މަސްދުވަހަކީ މުސްތަހީލު މުއްދަތެއްކަމުގައިވާތީއާއި، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، ޓެސްޓް ހެދުމަށްޓަކައި ޓެސްޓް ހެދުމުގެ މަސައްކަތްކުރާ ލެބޯޓްރީނ ޓެސްޓް ނިމޭނެކަމަށް ލަފާކުރާ އެކަށގެންވީ ތާރީޚަކަށް ޓެސްޓްތައް ހުށަހެޅުމުގެ ފުރުޞަތު ދަޢުވާކުރާފަރާތަށް ލިބިދިނުމަށާއި، އެގޮތުން، އެދުވަހާ ހަމައަށް ދަޢުވާކުރާ ފަރާތަށް އޮކްސޯ ބަޔޯޑިގްރޭޑަބްލް ޕްލާސްޓިކުކޮތަޅު ގެނައުމުގެ ވަގުތީ ހުއްދަ ދިނުމަށް އީޕީއޭއަށ އެންގުމަށް މިނިސްޓްރީ އޮފް އެންވަޔރަންމަންޓ އެންޑް އެނަރޖީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

33. ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާއަކީ، އެއްވެސް ޙާލެއްގައި، އެ ފަރާތުން އެތެރެކޮށްފައިވާ ކޮތަޅުތަކަކީ، އޮކްސޯ ބަޔޯޑގްރޭޑަބިލް ކޮތަޅެއްކަނ ކަނޑައެޅުމަށް ކޮށްފައިވާ ދަޢުވާއެއްނޫންކަން ދަޢުވާގެ ޞީޣާއަށް ބެލުމުން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

32. ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ، ދަޢުވާކުރާ ފަރތުނާ އެތެރެކޮށްފައިވާ ކޮތަޅުތަކަކީ، އޮކްސޯ ބަޔޯޑިގްރޭޑަބް ލ ކޮތަޅުތަކެއްތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށް ކަން ސިވިލް ކޯޓުގެ ޙުކުމުން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

33. ޝަރީޢަތުން މައްސަލަ ނިންމުމުގައި، ފަރުވާ ނުވަތަ ޙުކުމް ބިނާވާންޖެހޭނީ ހުށަހަޅާފައިވާ ދަޢުވާއަށްކަން އެއީ އިސްލާމީ ޝަރީޢަތާއި އަދި ޤާނޫނުތަކުގެ ހަމަތަކުގެ މަތިން ޝަރީޢަތްކުރަންޖެހޭ ފުރިހަމަ ގޮތްކަމަށްވާތީ، މި މައްސަލާގައި ކޮށްފައިވާ ދަޢުވާ އަދި އެދިފައިވާ ގޮތުގެ މައްޗަށް ނޫންގޮތަކަށް ޙުކުމް އައިސްފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

33. އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ ކަންކަމަށް އެ ޤަޟިއްޔާގައި ޝަރީޢަތުން ގޮތް ކަނޑައަޅާފައިވާކަން ދައުލަތުން ފާހަގަކުރާކަމަށެވެ. އެގޮތުން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި މައިގަނޑު 0 ކަމަކާމެދު ގޮތް ކަނޑައަޅާދިނުމަށް އެދިފައިވާކަން ފާހަކޮށް އެ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ. އެ ކަންކަމަކީ:

11.9 "ބަޔޯޑި ގްރޭޑަބްލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލި މިންގަނޑު 1391" ގައި ބަޔާންކޮށްފައިވާ ސްޓޭންޑަރޑަށ ޓެސްޓް ހެދުމަށްޓަކައި 0 މަސްދުވަހަކީ މުސްތަޙީލު މުއްދަތެއް ކަމަށްވާތީ އެ ޓެސްޓްތައް އެ މުއްދަތުގައި ހުށަނޭޅުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުން އެތެރެކޮށްފައިވާ ކޮތަޅުތަކަކީ ބަޔޯޑި ގްރޭޑަބލް ކޮތަޅުތަކެއް ނޫންކަމަށް ކަނޑައެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ އޚްތިޔާރުގި ތެރޭގައި ނެތްކަމެއް ކުރުމަށް ޝަރުޠުކޮށް ނިންމާފައިވާ ނިންމުމެއްކަމުގައިވާތީ، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑަޅައިދިނުމަށާއި؛

11.1 ޓެސްޓް ހެދުމަށްޓަކައި ޓެސްޓް ހެދުމުގެ މަސައްކަތްކުރާ ލެބޯޓްރީން ޓެސްޓް ނިމޭނެކަމަށް ލަފާކުރާއެކަށީގެންވާ ތާރީޚަކަށް ޓެސްޓްތައް ހުށަހެޅުމުގެ ފުރުޞަތު އިސްއިތުނފާކުރާ ފަރާތަށް ލިބިދިނުމަށާއި؛

11.0 އަދި އެ ދުވަހާ ހަމައަށް ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅު ގެނައުމުގެ ވަގުތީ ހުއްދައެއް އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުންކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ.

32. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފުރަތަމަ ދެކަމަށް ބަލާއިރު، އެ ކަންކަމާ ގުޅޭގޮތނު ސިވިލް ކޯޓުގު ޙުކުމުގައި ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ރާއްޖެއަށް އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރގައިވާ ކޮތަޅުތަކާ ގުޅޭގޮތުން އީޕީއޭއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމަށް ކަމުގައި އިސްތިއުނާފުރައދުވާ ފަރާތުން ބުނެފައިވެއެވެ.

31. އަދި ތިންވަނަ ކަމަކަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ބަޔޯޑި ގްރޭޑަބްލް ޕްލާސްޓިކކޮތަޅު ގެނައުމުގެ ވަގުތީ ހުއްދައެއް އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށްއެދި ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް ކަމުގައިވާއިރު، އެކަމާގުޅޭގޮތުނ ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ވަގުތީ ހުއްދައެއް އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ.

35. ޤާނޫނު ނަންބަރު 1393/11 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 00ވަނަ މާއްދާގައި، ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައިވާކަން ފާހަގަކޮށް، ސިވިލް ކޯޓުން ޙުކުމްކުރުމުގައި ޝަރީޢތުނަ ޚިލާފުވެފައިވަނީ ޤާނުނީ ކޮން އުސޫލަކާކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ.

36. އަދި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއ ނެތްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ދެކޭ ސަބަބުތައް ފާހަގަކޮށްފައިވެއެވެ. ދެވަނަ ނުކުތާ: މައްސަލިގައްދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާ ސާބިތުކޮށްދެވިފައަ ނުވާކަމަށް ކަނޑައޮޅާފައިވާއިރު، ދަޢުވާކުރި ފަރާތުން ހުށަހެޅި އެއްވެސް ލިޔެކިޔުމަކަށ ޝަރީޢަތުން ރިޢާޔަތްކް ށްފައ ނުވާކަމަށާ ބުނެ ހުށަހެޅި ނުކުތާ

33. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުކުރުމަށް ލިޔުމުން ހެއްކާއި ޤަރީނާ ހުށަހާފައިވާނެކަމަށެވެ.

38. ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ނިންމމުގައު އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ އެއްވެސް ލިޔުމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި ހަމައެހެންމެ އެ ފަރާތުން އެދިފައިވާ ހެކިންވެސް ޙާޟިރުކޮށްދީފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

33. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން ހުށަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ dn.bhdS nternationalI SIRM QAS އިން ދޫކޮށްފައިވާ ފުރަތަމަ މަރުހަލާ ނުވަތަ Tier ގެ ޓެސްޓް ރިޕޯޓް އަދި އެޕްލިކޭޝަން ފޯމް އަދި ދެވަނަ ޓެސްޓްގެ ކޯޓޭޝަން އަދި އިންވޮއިސށަ ރިޢާ ޔަތް ނުކުރާކަމަށް ބުނެފައިވެއެވެ. އަދި އެ ޑޮކިއުމަންޓް ހުށަހަޅާފައިވަނީ އީޕީއޭއިން ހެދުމަށް ބުނެފައިވާ ޓެސްޓް ހެދުމަށްޓަކައި ފޮނުވާފައިވާކަމާއި، އަދި އެ މަރުޙަލާތަށް ފުރިހަމަކުރަމުންދާކަމއާ، ނަމަވެސް، އެކަމަށް ވަގުތު ހޭދަވާކަން ސާބިތުކޮށދިނުމަށްކަމަށް އިސްތިއުނާފުކުރާފަރާތުން ބުނެފައިވެއެވެ.

22. ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ އޮކްސޯ ބަޔޯޑިގްރޭޑަބްލް ކޮތަޅުތަކެއްކަން ކަށަވަރުކުރުމަށް ހުށަހަޅަންޖެހޭ ހެކި ހުށަހަޅާފައިނުވާކަމަށްކަން އެ ޙުކުމުން ދޭހަވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި އެއީ ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކަށް ނުވާތީ، އެއްވެސް ޙާލެއްގައި ހުށަހަޅަން ލާޒިމް އަދި ހުށަހެޅުމަށް ކޯޓުން ލާޒިމްކުރި ހެކިތަކެއް ނޫންކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.އެހެންނަމަވެސް، އެގޮތުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

23. އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ލިޔުމަކީ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރގައިވާ ކޮތަޅުތަކ ގުޅިގެނާ ހުށަހަޅަންޖެހޭ ޓެސްޓްތައް ހުށަހެޅުމަށް ދީފައިވާ 0 މަސްދުވަހުގެ ލުއި މުއްދަތުގައި ހެދޭނެ ޓެސްޓެއް ނޫންކަން ސާބިތުކުރުމަށް ބަޔާންކޮށް ހުށަހަޅާފައިވާ ލިޔުމއްކަށެވެ.

23. އެހެންނަމަވެސް ދައުލަތުން އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ މުއްދަތަކީ އެއްވެސް ހާލެއްގައި އެ ކޮންޓެއިނަރގައިވާ ކޮތޅުތަކަ ގުޅޭގޮތުން އެފަރާތުން ހަދާފައިނުވާ ޓެސްޓެއް ހުށަހެޅުމަށް ދެވުނު މުއްދަތެއް ނޫންކަމާއި އެ މުއްދަތަކީ 'ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލާނެ މިންގަނޑު 1391' އަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖެއަށް ބަޔޯޑިގްރޭޑަބްލް ކޮތަޅު އެތެރެ ކުރުމުގެ ކުރިން އެތަކެތި އެތެރެކުރުމަށް ސެޓްފިކެޓް ހޯދަންޖެހޭތީ އެ ސެޓްފިކެޓް ހޯދުމަށްޓަކައި އެ ކޮތަޅުތަކަކީ ބަޔޯޑިގްރޭޑަބްލް ކޮތަޅުކަން ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ޓެސްޓް ނުވަތަ ކުރިން ހަދާފައިވާ ޓެސްޓްތަކުގެ ސަމަރީ ޝީޓެއް ހުށަހެޅުމަށް ދެ ވުނު މުއްދަތެއްކަން ދައުލަތުން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

22. އެހެންކަމުން އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ދެންނެވި ލިޔުމަށް ރިޢާޔަތް ކުރިނަމވެސަ އެ ލިޔުމަކީ 'ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑު 1391' އާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަންޖެހޭ ޓެސްޓްތައް ނުވަތަ ކުރިން ހަދާފައިވާ ސަމަރީ ޝީޓް އިސްތިއުނާފުކުރާ ފަރާތުން 0 މަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާކަމަށް ބެލެވޭނެ ލިޔުމެއް ކަމުގައި ނުވާނެތީއާއ އަދި ދައުލަތުން ދީފައިވާ މުއްދަތަކީ އިސްތިއުނާފުކުރާ ފަރާތުން ހަދާފައިނުވާ ޓެސްޓެއް ހުށަހެޅުމަށް ދެވުނު މުއްދަތެއް ކަމުގައި ނުވާތީ، ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަށް ރޢި ޔަތްކުރިނަމަވެސާ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު އަންނާނެ ފަދަ ލިޔުމެއް ނޫންކަން ދައުލަތުން ފާހަގަކުރެއެވެ. އަދި މި ނުކުތާއާ ގުޅޭ ތަފުސީލުތައް ޖަވާބު ފޯމުގައި ބަޔާންކޮށް އެކަމާމެދު ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ.

އިސްތިއުނާފރައްދުވާ ފަރާތުނު އެދޭގޮތް

21. އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "އިސްވެ ދެންނެވި ކަންކަން އެހެންހުރުމުން، ދައުލަތުން އެދެނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ -2018/HC A/244 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މިމައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރު 2732/Cv-C/2016 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ބާޠިލް ކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައިދެއްވުމެވެ" މި ފަދައިންކަނ އެނގެން އޮވެއެވެ. އިސްތިއުނާފުކުރެވޭ މައްސަލާގައި ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކަން މައްސަލައިގެ ޠަބީޢަތް

25. ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓށަ ދިވެހި ދައުލަތުގެ މައްޗަށް ހުށަހެޅި މައްސަލައަކީ ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ ގެ މައްސަލައެއްކަން އެނގެންއޮވެއެވެ.

26. އެގޮތުން، އެ ދަޢުވާގައި ހިމެނޭ ޚަޞްމުންނަށް ބަލާއިރު، ދަޢުވާކުރި ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއްކަން އެނގެން އޮވެއެވެ.

23. އަދި ދަޢުވާރައްދުވި ފަރާތަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (ދިވެހި ދައުލަތް) ކަން އެނގެން އޮވެއެވެ.

28. މި މައްސަލައަކީ، ލައިސެންސިންގ އެޖެންސީއެއްކަމަށްވާ އެންވަޔަރަނމަންޓަލް ޕްރޮޓެކްޝަން އެޖެންސނީ ޢަމަލުކުރި ގޮތާމެދު ސުވާލު އުފައްދާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.

މައްސަލަ

23. ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަކީ ތިމާވެއްޓާ ރައްޓެހިތަކެތިކަން އަންގައިދޭ ސެޓްފިކްޓް ދޫކުރެވި، ބޔޯޑަގްރޭޑަބްލް ކޮތަޅު ރާއްޖެ އެތެރެކުރަމުން އަންނަބަޔެކެވެ. އެގޮތުން، ސައިކްލިކް އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އެންމެ ފަހުންދޫކޮށްފައިވާ ސެޓްފިކްޓްގެ މުއްދަތަކީ 1394 ޖޫން91 އިނ 1392 ޖޫން 91ގެ ނިޔަލަށެވެ.

12. ބުނެވިދިޔަ، ސެޓްފިކެޓްގެ މުއްދަތު ހަމަވިފަހުން، ސެޓްފިކެޓް ހޯދުމަށް ސައިކްލިކް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އީޕީއޭގައ އެދިފައި ނުވަނީސް، 1392 އޯގަސްޓް 11ގައި އެ ފަރާތުން އެތެރެކޮށްފައިވާ ކޮތަޅު ޝިޕްމެންޓެއް ކަސްޓަމްސް ގައި ހުރުމާއެކު ވަގުތީ ހުއްދައެއް ދިނުމަށާއި އެފަރާތުގެ ހުއްދަ ވީ އެންމެ އަވަހަކަށް އައުކޮށްދިނމަށު 1392 އޯގަސްޓް 11ގައި އެ ފަރާތުން އީޕީއޭގައި ސިޓީއަކުން އެދުނެވެ.

13. ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ބުނެވިދިޔަ ކޮތަޅު ޝިމްޕެންޓް ރާއްޖެ އެތެރެކޮށްފައިވަނީ ހުއްދައިގެ މުއްދަތުގެ ބޭރުންނެވެ. އެހެންނަމަވެސް، އެ ތަކެތި އޯޑަރ ކޮށްފައިވަނީ ހުއްދައިގެ މުއްދަތުގެ ތެރޭގައެވެ.

13. އެހެންކަމުން، "ބަޔޯޑިގްރޭޑަބްލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލާނެ މިންގަނޑު 1391" ގައި ބަޔާންކޮށްފައިވާ ޓެސްޓްތައް ހުށަހެޅުމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް 0 (ތިނެއް) މަސްދުވަހުގެ ލުޔެއް ދިނުމަށްފަހު، 1392 ޑިސެމްބަރު 91ގެ ކުރިން އީޕީއޭއަށް އެ ޓެސްޓްތައް ހުށަހެޅުމަށް ސިޓީއަކުން އެންގުނެވެ.

12. ބުނެވިދިޔަ އެންގުމާއި ގުޅިގެން، އެ އެންގުމުގައި ދީފައިވާ މުއްދަތަކީ އެކަށީގެންނުވާ މުއްދަތެއްކަމަށް ބުނެ ސިވިލް ކޯޓަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން މައްސަލް ހުށަހެޅިއެވެ.

11. އެހެންކަމުން، ސިވިލް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ބުނެވިދިޔަ އެންގުމުގައި ޓެސްޓްތައް ހުށަހެޅުމަށް ދީފައިވާ މުއްދަ ތަކީ އެކަށީގެންވާ މުއްދަތެއްތޯ ނޫންތޯ ކަނޑައެޅުން ކަމާއި އަދި ދަޢުވާކުރި ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑނު އެދިފައިވާ ކަންކނަ އެދިފައިވާގޮތަށް ކުރުމަށް އަންގައި އަމުރުކުރާނެ ތަނެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުންކަން އެނގެއެވެ.

15. ދަޢުވާއަކީ، ހުއްދަ އާކޮށްދިނުމަށް އެދުމުން، ކުރިން އެއްވެސް އެންގުމަކާއި ނުލައި، ޢަމަލުކުރަމުން ދިޔަ އުޞޫލު ބަދަލުކޮށް، އަލަށް ހުއްދައަށް އެދޭ ފަރާތެކޭ އެއްގޮތަށް ޓެސްޓްތައް ހެދުމަށް އަންގައި، އަދި އެގޮތަށް އެންގި އެންގުމުގައިވެސް، އެކަށީގެން ނުވާ މުއްދަތެއް ދިނުމަށފަހް އެ އެންގުން އަންގާފައިވާތީކަމަށް ސައިކްލިކ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު ގެ ޚުލާސާ ބަޔާނުގެ 1.4 ގައި ފާހަގަކޮށްފައި ވީނަމަވެސް، ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ދަޢުވާގެ ޚުލާސާގައިވެސް އަދި އެދުނު ގޮތުގައިވެސް އީޕީއޭއިން އެ ފަރާތުގެ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދާފައިވާކަން އެނގޭކަށްނެތެވެ. ހަމައެކަނި ދަޢުވާގެ އަސާސަކަށް ބަޔާންކޮށްފައިވަނީ އީޕީއޭއިން ޓެސްޓުތައް ހުށަހެޅުމަށް ދީފައިވާ 0 (ތިނެއް) މަސްދުވަހުގެ މުއްދަތަކީ އެކަށީގެންނުވާ ކުރު މުއްދަތެއްކަމަށް ބަޔާންކޮށްފައި އޮތް އޮތުމެވެ.

ޤާނޫނު

16. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ '"މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ޤަވާއިދު"ގެ 90ވަނަ މާއްދާގަ (ހ)ގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން ބަޔޯޑގްރޭޑަބިލް ތަކެތީގެ ޑިއުޓީ މަޢާފުކޮށ އެތެރެކުރުމަށް އެދް ފަރާތްތަކުން، އެ މުދާ އެތެރެކުރުމުގެ 94 (ސާދަ) ދުވަސްކުރިން އެ މުދަލުގެ ސާމްޕަލް އެ ޤަވާއިދުގެ ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތނި އީޕީއޭއަށ ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

13. އަދި ބުނެވިދިޔަ ޖަދުވަލު 9 އިން ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅުން ޑިއުޓީ މާފުކޮށްދެވިދާނެކަން އެނގޭކަމާއި އެހެންނަމަވެސް، އެ ޖަދުވަލުގެ 1ވަނަ ނަންބަރުގައި މި ޖަދުވަލުގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ބަޔޯޑިގްރޭޑަބް ލ ތަކެތިކަމަށް ދަނެގަތުމަށް އީޕީއޭއަށް ބޭނުންވާ މަޢުލޫމާތާއި، ލިޔެކިއުމާއި، ޤާނޫނު ނަންބަރު 21/09 ޤަވާއިދު ނަންބަރު 34-2012/R ސާމްޕަލް އެތެކެތަ އެތެރކުރުމުގާ94 (ސާދަ) ދުވަސްކުރިން އެ އެޖެންސީނ ކަނޑައަޅާފައިވް އުސޫލާ އެއްގޮތަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވއެވެ.

18. ކޮންމެ ޝިޕްމަންޓެއ ރާއްޖެއަށް ގެންނަންވާނީ އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންކަމށަ ބުނެވިދިޔަ ޖަދުވަލުގެ 0ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އަދި އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ހުންނަ ތަކެތިން ޑިއުޓީ މަޢާފުކޮށް ނދެވޭނެކަމަށްވެސު އެ ޖަދުވަލުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

13. ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލާނެ މިންގަނޑު 1391 ގެ 0ވަނަ މާއްދާގައި ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވެއެވެ.

52. ބުނެވިދިޔަ މިންގަނޑުގެ 4ވަނަ މާއްދާއަށް ބަލާއިރު، އެއްވެސް ފަރާތަކުން ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުގެ ނަމުގައި ކޮތަޅު ރާއްޖެއަށް އެތެރެކުރުމުގެ ކުރިން އެ ކޮތަޅުތަކަކީ ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކުކޮތަޅުކަން އަންގައިދޭ ސެޓްފިކެޓެއް ހޯދަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

53. އެގޮތުން، ބުނެވިދިޔަ 0ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކޮތަޅުތައ ފެތޭކަމަށް ޓެސްޓްކުރެވި އެ ޓެސްޓްތަކުގެ ނަތީޖާ އަންގައިދޭ 2 (ހައެއް) މަސްދުވަސް ވެފައިނުވާ ލިޔެކިޔުމުގެ އަސްލު ހުށަހެޅުމަށް އެ މާއްދާގެ 4ވަނަ ނަންބަރުގައި ޝަރުޠުކޮށްފައިވާކަން އެނގެއެވެ. އިސްތިއުނާފީނުކުތާތަކާމެދްޝަރީޢަތުނ ރިޢާޔަތްކޮށްފައިވާ ގޮތް

53. ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުންކަން އެނގެންއޮވެއެވެ. ޤާނޫނު ނަންބަރު 1393/11 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނެ )ގެ 40ވަނަ މާއްދާ

52. އިސްތިއުނާފު ބިނާކޮށްފައިވާ ފުރަތަމަ ނުކުތގައާ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތާ ތަފާތު މައުޟޫއަކަށް އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ އިން ޙުކުމް ކށޮ ފައިވާކަމަށް ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ގެނެސްފައިވާ ކޮތަޅު ކޮންޓެއިނަރ (TGH01177690) ގައިވާ ކޮތަޅުތަކަކީ"ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލި މިންގަނޑުން 1391" ގައި ބުނެފައިވާ މިންގަނޑާއި އެއްގޮތައްތޯ ބެލުމަށް ޓެސްޓް ހެދުމަށްފަހު ހުށަހެޅުމަށް އީ.ޕީ.އޭ އިން ދީފައިވާ 0 މަސް ދުވަހުގެ މުއްދަތަކީ އެ މިންގަނޑުގައިވާ ސްޓޭންޑަޑަށ ޓެސްޓް ހެދުމަށްޓަކައި މުސްތަޙީލު މުއްދަތެއްކަމުގައިވާތީ، އެ ނިނމުމަކް ބާޠިލް ނިންމެމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ޓެސްޓް ހެދުމަށްޓަކައި، ޓެސްޓް ހެދުމުގެ މަސެ އްކަތްކުރަ ލެބޯޓްރީނ ޓެސްޓް ނިމޭނެކަމަށް ލަފާކުރާ އެކަށީގެންވާ ތާރީޚަކަށް ޓެސްޓްތައް ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިދިނުމަށާއި އަދި އެ ދުވަހާއި ހަމައަށް އިސްތިއުނާފުކުރާފަރާތަށް އޮކްސޯ ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކކޮތަޅު ގެނައުމުގެ ވ ގުތީ ހުއްދައެއަ ދިނުމަށް އީޕީއޭއަށް އެންގުމަށް މިނިސްޓްރީ އޮފް އެންވަޔަރނަމަންޓ އެންޑް އެނަރޖީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.

51. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ސިވިލް ކޯޓުން މައްސަލަ ނިންމިއިރުގައި ރިޢާޔަތްކޮށފައިވޭތޯ ބަލާއިރު، ޓެސްޓުތައް ހެއްދުމަށްފަހު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އީޕީއޭއަށ އަމުރުކޮށްދިނުމަށް އެދިފައިވާއިރު، މި ކަންކަމާ ގުޅޭގޮތުން ސިވިލް ކޯޓުގެ ޙުކުމްގައި ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިނަރެ ގައިވާ ކޮތަޅުތަކާ ގުޅޭގޮތނު އީޕީއޭއިން ނިންމާފައިވާ ނިންމުން ބާޠިލްކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމއެއަ ނެތްކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ބަޔޯޑގްރޭޑަބިލް ޕްލާސްޓިކުކޮތަޅު ގެނައުމުގެ ވަގުތީ ހުއްދައެއް އިސްތިއުނާފުކރު ފަރާތަށް ދިނުމާ ގުޅޭގޮތުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ވަގުތީ ހުއްދއެއަ އިސްތިއުނާފުކުރާ ފަރާތަށް ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 2ވަނަ ނަންބަރު ދައުލަތުގެ މައްޗަށް އަންގައި އަމުރުކުރާންތަނެއް ނެތްކަމަށްކަން އެނގެއެވެ. އެހެންކަމުނ، އިސްތިއުނާފުކުރާ ފަރާތުން ކުރި ދަޢުވާއާއި އެދިފައިވާ ގޮތާ ތަފާތު މަޢުޟޫއަކަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ، މި ޙާލަތުގައި، ޤާނޫނީ ބުރަދަނެއް ދެވިދާނެފަދަ ނުކުތާއެއްކަމުގައި އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.

55. ދަޢުވާއަކާ ގުޅިގެން، މައްސަލައިގެ ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ހެއްކާއި ޤަރީނާ، ބަލައިގަނެ ހެކިވަޒަންކޮށް އެއަށް ބުރަދަން ދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމާއި، އިޝާރާތް ކުރެވުނު ޤާނޫނީ މަފްހމޫ ތަކަށް ނަޒަރުކޮށް، އިސްތިއުނާފު މިކުރެވޭ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ރާއްޖެ އެތެރެކޮށްފައިވާ ކޮތަޅު ކޮންޓެއިންގައިވާ ކޮތަޅުތަކަކީ އޮކްސޯ ބަޔޯޑިގްރޭޑަބް ލ ކޮތަޅުތަކެއްތޯ ބެލުމަށް އެންވަޔަރަންމަންޓަލ ޕްރޮޓެކްޝަން އެޖެންސީ އިން ޝަރުތުކޮށްފައިވ ޓެސްޓާ ހެދުމަށް ފޮނުވާފައިވާކަމާއ އަދި ޓެސްޓްތައް ހެދުމަށް ވަގުތު ހޭދަވާކަން ސާބިތުކޮށް ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ޑޮކިއުމަންޓް 4 ގެ ގޮތުގައި tionalSIRIM Interna Sdn.Bhd ދޫކޮށްފައިވާ ފުރަތަމަ މަރުހަލާ ނުވަތަ Tier ގެ ޓެސްޓް ރިޕޯޓް އަދި އެޕްލިކޭޝަން ފޯމް އަދި ދެވަނަ ޓެސްޓްގެ ކޯޓެޝަން އަދި އިންވޮއިސް ހުށަހަޅާފައިވާކަން އެނގެއެވެ.

56. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްވެ ދެންނެވުނު ޑޮކިއުމަންޓަކީ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖެ އެތެރެކޮށްފައިވާ TGHU11776901 ކޮންޓެއިނަރގައިވާ ކޮތަޅުތަކ ގުޅިގެނާ ހަދަންޖެހޭ ޓެސްޓްތައް 0 (ތިނެއް ) މަސް ދުވަހުގެ މުއްދަތުގައި ނެހެދޭނެކަނ ސާބިތުކޮށްދޭން ހުށަހެޅް ލިޔުމެއްކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާއިރު، ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދީފައިވާ މުއްދަތަކީ އެ ކޮންޓެއިނަރގައިވާ ކޮތަޅުތަކާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ކުރިން ހަދާފައި އޮތުން ލާޒިމުނުވާ ޓެސްޓުތަކެއ އަލުން ހަދައި އޭގެ ނަތީޖާ ހުށަހެޅުމަށް ދެވުނު މުއްދަތެއް ނޫންކަން އެނގެއެވެ. އަދި ދައުލަތުނަ 99 ޖުލައި 1391 ގައި ޝާޢިއުކޮށްފައިވާ "ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅުގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅުނު ހެކިންގެ ލިސްޓް ބަލާނެ މިންގަނޑު 1391 " ގ0ވަނަ މާއްދާގައި ބަޔޯޑު ގްރޭޑަބެ ލ ޕްލާސްޓިކި ކޮތަޅުގެ ގޮތުގައި ބަލާނީ މިންގަނޑުތައް ކަނޑައަޅާފައިވާކަމާއެ އަދ ބުނެވެދިޔަ ޤަވާއިދގު 4 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު އެއްވެސް ފަރާތަކުން ބަޔޯޑުގްރޭޑަބް ލ ޕްލާސްޓިކިކޮތަޅުގެ ނަމުގައި ކޮތަޅު ރާއްޖެ އެތެރެކުރުމުގެ ކުރިން އެކޮތަޅުތަކަކީ ބަޔޯޑު ގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުކަން އަންގައިދޭ ސެޓްފިކެޓެއް ހޯދި ންވާނެކަނ ބަޔާންކޮށްފައިވާކަމާއި އަދ ޓެސްޓްތަކުގެ ނަތީޖާ އަންގައިދެ2 މަސްދުވަސް ވެފައިނުވާ ލިޔެކިޔުމުގެ އަސްލެއް ހުށަހެޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

53. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖެ އެތެރެކޮށްފައިވާ TGHU11776901 ކޮންޓެއިނަރ ގެނައުމުގެ ކުރިން "ބަޔޯޑި ގްރޭޑަބލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލާނެ މިންގަނޑު 1391" ގައި ބަޔާންކޮށް ފައިވާ މިންގަނޑަށް އެ ކޮތަޅުތައ ފެތޭކަމަށް ޓެސްޓްކުރެވި އެ ޓެސްޓްތަކުގެ ނަތީޖާ އަންގައިދޭ 2 (ހަ އެއް) މަސްދުވަސް ވެފައިނުވާ ލިޔެކިޔުމެއް އިސްތިއުނާ ފުކުރާ ފަރާތުން ހުށަހަޅަންވާނެކަން އެނގެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖެ އެތެރެކޮށްފައިވާ TGHU11776901 ކޮންޓެއިނަރގައިވާ ކޮތަޅުތަކުގެ ހުއްދަ ދޫނުކުރެވި ލަސްތަކެއ ވެގެން ދިޔައީ އިސްތިއުނާފުކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ރަނގަޅަށް ނުކުރެވުމުނކް މަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

58. މި ޙާލަތުގައި، އީޕީއޭއިން ދިން ލުޔާމެދު ތޙައްދީކޮށަ އެ ލުއިގެ މުއްދަތު އިތުރުކުރުމަށް އެދެވިދާނެ މަޤްބޫލު އެއްވެސް ޤާނޫނީ ޙުއްޖަތެއް ދެއްކިފައިނުވާހިނދު، އެ ލުއިގެ މުއްދަތަކީ އެކަށީގެންނުވާ މުއްދަތެއްކަމަށް ބަޔާންކޮށް ހުށަހެޅި ހެއްކަކީ އެ ހެކި ޝަރީޢަތަށް ބަލައިގަނެ، އެ ހެއްކަށް ޝަރީޢަތުން ބުރަދަންދޭނ ލާޒިމް ހެއްކެއް ކަމުގައި އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އެހެންކަމުން، ދަށު ކޯޓުން އެ ލިޔުންތަކަށް ރިޢާޔަތްނުކުރި ނުކުރުމަކީ ޤާނޫނީ ގޮތުން ގޯސް ނިންމުމެއްކަމުގައި ބެލިދާނެ ހަމައެއް އިސްތިއުނާފުކުރާފަރާތަށް ދެއްކިފައިނެތްކަނ އަހުރެން ފާހަގަކުރަމެވެ. ބަޔޯޑި ގްރޭޑަބްލް ޕްލާސްޓިކުކޮތަޅުގ ގޮތުގައެ ބަލާނެ މިންގަނޑު 1391

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (އިސްތިއުނާފުކުރެވޭ ޙާލަތްތަކާބެހޭ މާއްދާ – ނަންބަރު ލިޔުމުގައި ފުށުއަރާފައި)
  • ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު)
  • ޤަވާޢިދު ނަންބަރު 2012/R-34 (މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ޤަވާޢިދު) ގެ 13 ވަނަ މާއްދާގެ (ހ) އަދި ޖަދުވަލު 1 (ނަންބަރު ޔަޤީން ނޫން)
  • ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނެ މިންގަނޑު 2012 ގެ 3 އަދި 4 ވަނަ މާއްދާ (ނަންބަރު ޔަޤީން ނޫން)
  • ASTM D6954-04

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ