މޫސާ ނަޢީމް ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1688/Cv-C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރީގެ ދެ ޤަޟިއްޔާއެއްގައި (1182/Cv-C/2014 އަދި 3792/Cv-C/2018) ބިމުގެ މިލްކުވެރިކަމާއި ވިއްކުމުގެ އެއްބަސްވުމާމެދު ނިމިފައިވާއިރު، އެ ބިން މިލްކުކޮށްދިނުމަށް ދައުލަތާއި މާލެ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ދަޢުވާ ރެސް ޖުޑިކާޓާގެ މަބްދައުގެ ސަބަބުން ބެލޭނެ ދަޢުވާއެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރެސް ޖުޑިކާޓާގެ މަބްދައަކީ ދެފަރާތުގެ މެދުގައި ހިނގި މައްސަލައެއްގައި ނިހާއީ ޙުކުމެއް ކުރެވިފައިވަނިކޮށް، ހަމަ އެ ދެފަރާތް ހިމެނޭ، ހަމަ އެ މައުޟޫޢުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެއްވެސް ކޯޓަކުން ބެލުން މަނާކުރާ ޤާޢިދާއެވެ.
HN2 ރެސް ޖުޑިކާޓާ ބިނާވެފައިވަނީ އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުން (abuse of process) ގެ ތިން އުޞޫލުގެ މައްޗަށެވެ؛ އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމުގެ އުޞޫލުން، މައްސަލައެއްގެ ބައިބައި ވަކިވަކިން ހުށަހަޅާ މެދުނުކެނޑި ދަޢުވާކުރުން ހުއްޓުވުމަށް، ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާއެއް އެއް ދަޢުވާއެއްގައި ހިމަނަން ލާޒިމްކުރެއެވެ؛ އެ އުޞޫލަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠްބީޤު ނުކުރެވޭ ޙާލަތްތަކުގައެވެ.
HN3 ފުރަތަމަ ދަޢުވާ ހުށަހެޅިއިރުވެސް ހުރިހާ ފަރާތެއްގެ މައްޗަށް އެކުގައި ދަޢުވާކުރުމުގެ ފުރުޞަތު އޮއްވައި، ހަމަ އެ މައުޟޫޢާ ގުޅިގެން ތަފާތު ފަރާތްތަކުގެ މައްޗަށް ވަކިވަކިން ދަޢުވާތައް އުފުލުމަކީ ރެސް ޖުޑިކާޓާގެ ދަށުން އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމެވެ.
HN4 ދިވެހިރާއްޖޭގެ ބިމާއި ގޯތީގެ ހުރިހާ މުޢާމަލާތެއް ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތަށް ކަމަށްވެ، ގޯތި ވިއްކުމުގެ މުޢާމަލާތް ކުރަންވާނީ ޝަރީޢަތް މެދުވެރިކޮށެވެ؛ ދެފަރާތުގެ މެދުގައި ވިއްކުމުގެ އެއްބަސްވުމެއް އޮތްނަމަވެސް ޝަރީޢަތް މެދުވެރިކޮށް ވިއްކުމުގެ މުޢާމަލާތް ފުރިހަމަނުވާހާ ހިނދަކު ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ލިބިގެން ނުދެއެވެ.
HN5 އަލުން ބެލުމަށް ފޮނުވިޔަސް ދަޢުވާކުރާ ފަރާތުން އެދޭ ފަރުވާ ދެވޭނެ ޤާނޫނީ ސަބަބެއް ނެތްނަމަ، މައްސަލަ އަލުން ބެލުމަށް ތަޙްވީލުކުރުމަކީ ކޯޓުގެ ވަގުތާއި ވަސީލަތް ބޭކާރުކުރުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެންކަން އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ .
1.3- […] އެވެކިޔާ ބަންޑާރަ ގޯތިން ރާބިޢާ އަޙްމަދު އަށް ޢައްޔަންކޮށްދެވިގެންވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކއާ ނުއުފުލޭ މުދާ މިހާރު މިލްކު ވެގެންވަނީ ދިވެހި ދައުލަތަށް ކަމަށް ކަނޑައަޅައި، 33 ޖޫން 2313 ގައި ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާކަން އެނގެންއޮންނަކނަ،
1.3- ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއަށް މޫސާ ނަޢީމްގެ ފަރާތުން ތަދައްޚުލްވެފައި ނުވާކަމަށް މުސާ ނަޢީމް ބުނެފައިވުނާ،
1.2- 32 އެޕްރީލް 3223 ވަނަ ދުވަހު މޫސާ ނަޢީމް އަށް ވިއްކުމަށް އެއްބަސްވެ، 32 އެޕްރީލް 3223 ވަނަ ދުވަހު މޫސާ ނަޢީ މ އާއް ރާބިޢާ އަޙްމަދު އާ ދެމެދު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ރާބިޢާ އަޙްމަދުގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި، މޫސާ ނަޢީމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިކަމާއި، އެ މައްސަލައިގައި […] އެވެކިޔާ ގޯތިން ރާބިޢާ އަޙްމަދަށ ކުރިން ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގެ ބިން ދައުލަތަށް ދޫކޮށްލާފައިވާކަން، ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއިން އެނގެން އޮންނާތީވެ، ދެފަރާތުގެ މެދުގައި 32 އެޕްރީލް 3223 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ބިން މޫސާ ނަޢީމް އަށް ވިއްކުމަށް ނުވަތަ އެބިން މޫސާ ނަޢީމް އާ ޙަވާލުކުރުމަށް ރާބިޢާ އަޙްމަދުގެ މައްޗަށް އަމުރުކޮށްދެވޭނެ ޝަރުޢީ އަދި ޤާނުނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި ސިވިލް ކޯޓުގ ނަންބަރ 3792/Cv-C/2018 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން،
1.1- ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާ މޫސާ ނަޢީމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަމުން، އެ ޤަޟިއްޔާއަކީ މިހާރު ނިހާއީ ޙުކުމެއްކަމުން އެ ބިމުގެ މިލްކުވެރިކަމާމެދު ދަޢުވާކުރުމުގެ ޙައްޤު މޫސާ ނަޢީމްއަށް ލިބިގެންނވާކަނު .
އިސްތިއުނާފީ ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މޫސާ ނަޢީމްގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތަތަކަކީ؛
5.3- ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ކުރިއިރު، މައްސަލައާ ގުޅޭގޮތުން ދަޢުވާލިބުނު ފަރާތުން ހުށަހެޅި ކަންކަމާއި ޝަރީޢަތުގައި ދަޢުވާލިބޭ ފަރާތުން ފާހަގަކުރި މައްސަލައާއި ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހާ ޙާލަތްތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާއާއި އަދި (Res Judicata) ގެ އުޞޫލުތަކާ ޚިލާފަށް ކަމަށާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ5 ވަނަ މާއްދާގެ (ށ) ގ3 ވަނަ ނަންބަރާއި ޤާނޫނު ނަންބަރ 624/7 (ހެއްކާބެހޭ ޤާނޫނު)ގެ 3 ވަނަ އަދި 6 ވަނަ މާއްދާއާއި ޚިލާފަށްކަށ ބުން ހުށަހެޅު ނުކުތާ؛
5.3- […] އެވެ ކިޔާ ގެއިން ރާބިޢާ އަޙްމަދަށް ރަޖިސްޓްރީކޮށްފައިވާ ބައި ޝުފްޢާގެ އުޞޫލުން ގަނެ އަމިއްލަކުރުމުގެ ފުރުޞަތު، އިސްތިއުނާފު ކުރާ ފަރާތަށް އޮތްކަން ސާބިތކު ށ ދިނުމަށް ހުށަހަޅާފައިވާ ކިތާބީ ހެއްކަށާއި، މި މައްސަލައިގައި ދައުލަތުން ހުށަހެޅި އިޖުރާއީ ބަޔާނުގެ ރައްދުގައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ބަޔާނާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި؛
5.2- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ރެސް ޖުޑިކާޓާގެ މަބްދައާ
6HN1ރެސް ޖުޑިކާޓާގެ މަބްދައުއަކ ޝަރުޢީ ކޯޓެއްގައި ދެފރާތ ދެމެދް ހިނގި މައްސަލައެއްގައި ފައިސަލާކުރަނިވަ ނިހާއީ ޙުކުމެއް ކުރެވިފައިވަނިކޮށް، އެނެއްކާ ހަމަ އެ ދެފަރާތް ހިމެނޭ، ހަމަ އެ މައުޟޫޢުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެއްވެސް ކޯޓަކުން ބެލުން މަނާކުރާ ގާއިދާއެވެ . ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރާގޮތުގެ ތަފްޞީލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ . ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މީރާ A/25)-(2016/SC ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މީރާ A/25)-(2016/SC ޤަޟިއްޔާ ހުށަހެޅިފައިވާ މައްސަލައަށް ރެސް ޖުޑިކާޓާގެ އުޞޫލުތައް ތަޠުބީޤުކުރުން
3ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާއަކީ މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމުގައި އެކޯޓުން ކަނޑައެޅީ ދެފަރާތުގެ މެދުގައި 32 އެޕްރީލް 3223 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ބިން މޫސާ ނަޢީމް އަށް ވިއްކުމަށް ނުވަތަ އެބިން މޫސާ ނަޢީމް އާ ޙަވާލުކުރުމަށް ރާބިޢާ އަޙްމަދުގެ މައްޗަށް އަމުރުކޮށްދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާއިން ކަނޑައަޅާފައިވުމާއި ސިވިލް ކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާ މޫސާ ނަޢީމްގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާތީ ކަމަށް ބުނެއެވެ .
2. ހުށަހެޅިފައިވާ މައްސަލައަށް ރެސް ޖުޑިކާޓާގެ އުޞޫލު ތަޠުބީޤުކުރެވޭތޯ ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާއަކީ މޫސާ ނަޢީމް އާއި ރާބިޢާ އަޙްމަދު، 23 އެޕްރީލް 3223 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި މޫސާ ނަޢީމް ރާބިޢާ އަޙްމަދުގެ މައްޗަށް ހުށަހެޅި ދަޢުވާއެވެ. ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާއަކީ މޫސާ ނަޢީމްގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނި ންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މާލެ ސިޓީ ކައުންސިލްގެ މައްޗަށް ރައްދުވާ ގޮތަށް ދަޢުވާކުރި މައްސަލައެކެވެ. ކުރި ދަޢުވާއަކީ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު () އަށް ޢައްޔަނުކޮށްދެވގެންދި 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައި ހިމެނޭ ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން އަމިއްލަ ކުރުމަށްފަހު އެބިން މޫސާ ނަޢީމް އަށް ވިއްކުމަށް އެއްބަސްވެ، އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި -300,000/ރ (ތިންލައްކަ ރުފިޔާ) މޫސާ ނަޢީމްގެ ފަރާތުން ރާބިޢާ އަޙްމަދު ނެގުމަށްފަހު، އަދި އެ މުޢާމަލާތާއި ގުޅިގެން ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ 39,926.25/-ރ (ތިރީސްނުވަހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ފަންސަވީސް ލާރި) ދައްކާދީފައިވަނިކޮށް، އެއްބަސްވުމުގެ ދަށު ނ ވިއްކުމަށް ހަމަޖެހިފައިވާ ބިން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯއްޗެއް ހޯދުމަށްޓަކައި، ރާބިޢާ އަޙްމަދާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އއެކާ ހެދި އެއްބަސްވުމުގެ ދަށުން ދައުލަތަށް ދޫކޮށްލުމުން، މޫސާ ނަޢީމްއަށް މުޤާބިލުގައި ލިބެންއޮތް ބިން މިލްކުކުރުމުގެ ފުރުޞަތު ގެއްލިފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެބިން ދައުލަތަށް ނެގުމުގެ ސަބަބުންނާއި، މާލެ ސިޓީ ކައުންސިލް އިން އެބިން ދައުލަތަށް ރަޖިސްޓްރީ ކުރުމުން ކަމަށްވާތީ، އިސްވެ ބަޔާންކުރެވުނު ބިން މޫސާ ނަޢީމް އަށް މިލްކުކުރެވޭނެގޮތ ހަދައިދިނުމަށް އެދިއެވެ .
3. ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައވަނި މައިގަނޑު 2 (ތިނއް) އުޞޫލެއްގެ މައްޗަށެވެ. އެއީ އިޝޫ އެސްޓޮޕަލް e Estoppel)(Issu، ކޯސް އޮފް އެކްޝަން އެސްޓޮޕަލް (Cause of Action Estoppel) އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުން (Abuse of Process) ކަމަށް ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބަޔާނކޮށްފައިވެއެވެ. ބުނެވުން ތިން އުޞޫލަށް ތަފްސީލީ ގޮތެއްގައި ބަލާއިރު؛
3.3- އިޝޫ އެސްޓޮޕަލް (Issue Estoppel): މައްސަލައެއްގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ނުކުތާއެއް، އެ ނުކުތާ ހިމެނޭގޮތުން ނުވަތަ އެ މައްޗަށް ބިނާކޮށް ދަޢުވާއެއް ކުރެވި، އެ ނުކުތާއާމެދު ނިންމުމެއް ނިންމާފައިވާނަމަ، އެ ދަޢުވާގައި ހިމެނުން ފަރާތްތަކުގެ މެދުގައި އުފުލޭ އެހެން ދަޢުވާއެއް، އެ (ކުރިން އޮތް ގޮތް ކަނޑައެޅުނު) ނުކުތާއަކީ އެ މައްސަލައާ ގުޅޭ ނުކުތާއެއް ކަމުގައި ދެކިގެން، އެ ނުކުތާއާމެދު އަލުން ގޮތެއް ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު (މޫސާ ނަޢީމްގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމު) ކަނޑައެޅުމަށް ހުށަހަޅާފައިވާނަމަ، އިޝޫއެސްޓޮޕަލް މެދުވެރިކޮށް، އެ (ކުރިން ގޮތް ކަނޑައެޅުނު) ނުކުތާއާމެދު އަލުން ގޮތް ކަނޑައެޅުނިހުއްޓެވުމަށް މ އުޞޫލު ތަޠުބީޤު ކުރެވެއެވެ .
3.3- ކޯސް އޮފް އެކެޝަން އެސްޓޮޕަލް (Cause of Action Estoppel): އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ (ނުވަތަ ނުކުތާތަކަކީ) އެއިގެ ކުރިން ހުށަހެޅުނު ދަޢުވާއެއްގައި ހުށަހަޅާފައިވް ނުކުތާއެއް (ނުވަތަ ނުކުތާތަކެއް) ކަމުގައިވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސ ކުރިން ހުށަހެޅުން ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައިވާނަމަ، އަދި ފަހުން އުފުލާފައވ ދަޢުވާއަކާ އެއީ މައުޟޫއެއްގެ މައްޗަށް ބިނާވާ ދަޢުވާއެއްނަމަ، ކޯސް އޮފް އެކްޝަން އެސްޓޮޕަލް މެދުވެރިކޮށް، އެ (ފަހުން ހުށަހެޅުނު) ދިޢުވާއާމެދ ގޮތެއު ކަނޑައެޅުން ހުއްޓުވުމަށް މ އުޞޫލު ތަޠުބީޤު ކުރެވެއެވެ .
3.2- އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން ess)(Abuse of Proc: މި އުޞޫ ލަކީ ހުށަހެޅޭ މައްސަލައަކާ ގުޅް ގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނައިގެން ދަޢުވާކުރަން ލާޒިމްކުރާ އުޞޫލެކެވެ. މިގޮތުން ދަޢުވާ ހުށަހަޅާއިރު، މައްސަލައިގެ ބައި ބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގޭތެރޭގައި ހުށަހަޅަން ހުރި ހުރިހާ ކަމެއް ހުށަނާޅައިފިނަމަ، މި އުޞޫލުގެ ދަށުން ފަހުން ހުށަހަޅާ މައްސަލަ ބްރުކޮށްލުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމާގުޅޭ މި އުޞޫލަކީ އެއް މަޢުޟޫޢަކ ގުޅިގެނާ އެކް ދަޢުވާތައް އުފުލި، މައްސަލައިގައ ހިމެނޭ ފަރާތްތަކަކުން، އެ ދަޢުވާތަކާ ގުޅިގެން ކޮޅެއްގައ ނުޖެހި ގިނަދުވަސްތަކެއް ހޭދަކުރަންޖެހުން ހުއްޓުވުމުގެ މަޤުސަދުގައި، ޢާންމު މަސްލަހަތުގައި، ބޭނުންކުރެވޭ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ ގެ 32.3 ވަނަ ނުކުތާ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ ގެ 32.3 ވަނަ ނުކުތާ އުޞޫލެކެވެ. އިޖުރާއަތުގެ ނަހަމަ ބޭނުންހިފ ކަނި ނުވަތް ނޫންކަމުގެ މައްޗަށް ނަޒަރުކުރަނީ އިޝޫ އ ސްޓޮޕަލް އަދި ކޯސް އޮފް އެކްޝަނެ އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލތްތަކުގައެވ .
32ހުށަހެޅި ފައމި ވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާގެ ކުރިންވެސް މި މަޢުޟޫއުގައި ދެ މައްސަލައެއް ސިވިލް ކޯޓުން ނިންމާފައިވެއެވެ. ފުރަތަމަ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާ އެވެ. އެ ޤަޟިއްޔާއިން […] އެވެ ކިޔާ (ރެޖިސްޓްރީ ނަންބަރު: ބ.36533) ބަންޑާރަ ގޯތިން ރާބިޢާ އަޙްމަދުއަށް އައްޔަންކޮށްދެވިގެންވާ 333.235 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގެ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިވެރި ފަރާތަކީ ދިވެހި ދައުލަތް ކަމަށް ކަނޑައެޅާފައިވެއެވެ. އެފަދައިން އެ ޤަޟިއްޔާ ނިންމާފައިވަނީ 33 ޖޫން 3231 ގައެވެ .
33ދެވަނަ މައްސަލައަކީ މިނިސްޓްރީ އ ފ ނޭޝަނަލް ޕްލޭނި ންގ، ހައުސިން އެންޑް އިންފްރާސްޓރަކްޗް ރގަ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލި އެކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާއެވެ. އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ދެފަރާތުގެ މެދުގައި 32 އެޕްރީލް 3223 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް […] އެވެ ކިޔާ ބިން މޫސާ ނަޢީމް އަށް ވިއްކުމަށް ނުވަތަ އެބިން މޫސާ ނަޢީމް އާ ޙަވާލުކުރުމަށް ރާބިޢާ އަޙްމަދުގެ މައްޗަށް އަމުރުކޮށްދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ .
33. ބުނެވުނު ދެ މައްސަލައިގައިވެސް މޫސާ ނަޢީމްގެ މައިގަނޑު ޝަކުވާއކަ 32 އެޕްރީލް 3223 ވަނަ ދުވަހު، […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައި ހިމެނޭ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ ގެ 32.2 ވަނަ ނުކުތާ 17 ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާ ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން އަމިއް ލ ކުރުމަށްފަހު އެބިން މޫސާ ނޢީމ އަށް ވިއްކުމަށް އެއްބަސްވެފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް މޫސާ ންޢީމްއަށް އެ ބަންޑާރަ ގޯތި ނާލިބިގެނެކުރ ޝަކުވާއެއްކަން އެނގެންއޮވެއެވެ.
32. އެގޮތުން އިސްތިއުނާފު ކުރެވިފައމި ވި ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާ އަދި އެކޯޓުގެ ނަންބަރު 3792/Cv-C/2018 ޤަޟިއްޔާ، އެކޯޓުން ބަލައި ގޮތެއް ކަނޑައެޅުނު އިރުވެސް ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާ އަކީ ދެމިއޮތް ޤަޟިއްޔާއެކެވެ. އެހެންކަމުން، މޫސާ ނަޢީމްގެ ފަރާތުން އެންމެ ފުރަތަމަ ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު ރާބިޢާ އަޙްމަދާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލެ ސިޓީ ކައުންސިލްގެ މައްޗަށް އެކުގައި ދަޢުވާކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެފަރާތުން އެފަދައިން ޢަމަލު ކޮށްފައިނުވެއެވެ. އެހެންކަމުން މިއީ ރެސް ޖުޑިކާޓާގެ އުޞޫލުތަކުގެ ތެރެއިން އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމުގެ ގޮތުން Process) of (Abuse އެއް މަޢުޟޫއަކ ގުޅިގެނާ އެކް ދަޢުވާތައް އުފުލައި، އެ ދަޢުވާތަކާ ގުޅިގެން ކޮޅެއްގައ ނުޖެހި ގިނަދުވަސްތަކެއް ހޭދަކުރުވުމުގެ ނިޔަތުގައި ކޮށްފައިވާކަމެއްކަމުގައި އަހުރެން ދެކެމެވެ. މައުޟޫޢީ ގޮތުން މައްސް ލ ބެލުމުން ތަފާތު ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އޮނު ނާނެތޯ؟
31. އިސްތިއުނާފު ކުރެވިފައމި ވާ މައްސަލައިގައި މޫސާ ނަޢީމްގެ ފަރާތުން އެދަ ފަރުވާއަކީ ބުނެވުނު […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައ ހިމެނި ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން މޫސާ ނަޢީމްއަށް ގެއްލިފައިވަނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯއްޗެއް ހޯދުމަށް، ރާބިޢާ އަޙްމަދު ދައުލަތާ އެކުވީ އެއްބަސްވުމުގެ ނަތީޖާއެއް ގޮތުންކަމަށް ކަނޑައަޅުއްވައި ދެއްވާ، ބުނެވުނު ބިމުގެ މިލްކުވެރިކަން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމުގައި މީގެކުރިން އަގުކޮށްފައިވާ އުޞޫލުގެ ދަށުން ކަނޑައެޅޭ އަގެއް ދައުލަތަށް ދެއްކުމުން މޫސާ ނަޢީމްއަށް މްލްކުވާނެކަމަށ ކަނޑައަޅައިދިނުން ކަން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމު ބެލުމުން އެނގެންއޮވެއެވ .
ބިމާއި ގޯތި މިލްކުކުރުން
35ދިވެހިރާއްޖޭގެ ބިމާއި ގޯތި ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތްކުރަންވާނީ، ޤާނުނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވެއެވެ. ބިން ވިއްކުމުގެ ކުރިން ބިންވިއްކާ ފަރާތުގެ ކިބައިން ފުރިހަމަ ވާންޖެހޭ ޝަރުޠުތަކެއް އެޤާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވެއެވެ . ހަމައެއާއެކު "ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގެ 3 ނަންބަރުގެ (ހ) ގައި "ވިއްކުމުގެ މުޢާމަލާތް ޝަރޢަތީ މެދުވެރިކޮށް ހިންގުން" މިފައިން ވެސް ބަޔާންކޮށްފައިވެއެވެ.
36މޫސާ ނަޢީމްއާއި ރާބިޢ އަޙްމަދުއާ ދެމެދު 32 އެޕްރީލް 3223 ވަނަ ދުވަހު […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައ ހިމެނި ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން މޫސާ ނަޢީމްއަށް ވިއްކުމަށް އެއްބަސްވެފައިވާކަމާމެދު އެއްވެސް ޝައްކެއް ނެތެވެ . ނަމަވެސް ބިން ވިއްކުމުގެ މުޢަމަލާތާއި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ފުރިހަމަކޮށްފައިނުވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު (މޫސާ ނަޢީމްގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމު) (3) ގޯތި ވިއްކަން އެދޭ މީހާއާއި ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން (3) ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން (2) ގޯތީގެ އަގުގެ 35% ޓެކްސްގެ ގޮތުގައި ބިން ވިއްކާ ފަރާތުން ސަރުކާރަށް ދައްކަން ޖެހުން، އެގްރީމަންޓް ނަންބަރު 13/04/2009 "މ. އަފްސާނާގ އެވެ ކިޔުނު ބަންޑާރަ ގޯތިން ރާބިއާ އަޙުމަދު އަށްލިބިފައިވާބައި އަމިއްލަކުރުމަށްފަހު މޫސާނަޢީމްއަށް ވިއްކާލުމަށް ވެވޭ އެއްބަސްވުން" ދެފަރާތ ދެމެދް އެއްބަސްވުމެއް އޮތްކަމުގައިވީނަމަވެސް ޝަރީޢަތް މެދުވެރިކޮށް ބިން ވިއްކުމުގެ މުޢާމަލާތް ފުރިހަމަ ނުވާހާ ހިނދަކު އެ ބިމުގެ މިލްކުވެރާކނ އެއްބަސްވުމުގް ދަށުން ގަންނަ ފަރާތަށް ލިބިގެންނުދެއެވެ.
33. އެއާއި ޚިލާފަށް […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައި ހިމެނޭ ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން ދައުލަތުން މިލްކުކޮށްފައިވަނީ ޝަރީޢަތް މެދުވެރިކޮށެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއި ންނެވެ. އެހެންކަމުން ދައުލަތުން އެ ބިމުގެ މިލްކުވެރކި ނ އަމިއްލަ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދާއު އެއްގޮތްވާ ގޮތުގެ މަތިން ކަން އެނގެއެވެ.
32. ހަމައެއާއެކު މޫސާ ނަޢީމްގެ ފަރާތުން ރާބިޢާ އަޙްމަދުގެ މައްޗަށް ދަޢުވާ ކުރި އެއްބަސްވުމާ ޚިލާފުވުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 124/Cv-C/2019 ޤަޟިއްޔާއިން ބަލައި 33 ޖަނަވަރީ 3232 ގައި ޙުކުމް ކޮށްފައިވެއެވެ. އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، "މ. އަފްސާނާގެ އެވެކިޔާ ގޯތޭން ރާބިޢާ އަޙްމަދަށް ލިބިފައިވު ބައި އަމިއްލަކުރުމަށްފަހު މޫސާ ނަޢީމްއަށް ވިއްކުމަށް ވެވޭ އެއްބަސްވުން" މިނަމުގައި […] ރާބިޢާ އަޙުމަދާއި، […] މޫސާ ނަޢީމްއާއި ދެމެދް32 އެޕްރީލް 3223 ގައާ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން، […] އެވެކިޔ ގޯތި ބައިކޮށްގެން ރާބިޢާ އަޙުމަދަށް ލިބިފައިވާ 219.375 އަކަފޫޓުގައ ހިމެނި ސަރަޙައްދުގައިވާ އިމާރާތްތަކާއި ބިން އަމިއްލަކުރުމަށްފަހު އެބިން […] މޫސާ ނަޢީމަށް ވިއްކުމަށް އެއްބަސްވެފައިވާކަމާއި، އިސްވެދެންނެވުނު އެއްބަސްވުމުގެ ދަށުން އެބިމާއ އެބިމުގައި ހިމެނި ޢިމާރާތްތަކުގެ އަގުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރާ ވަގުތު ދޭންޖެހޭ -300,000/ (ތިންލައްކަ ރ ފިޔާ) މޫސާ ނަޢީމްގެ ފަރާތުން ރާބިޢާ އަޙުމަދަށް ދީފައިވާކަމާއި، އަދި ބިން އަމިއްލަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ ,926/2539ރ. (ތިރީސްނުވަހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ފަންސަވީސް ލާރި) ވެސް ދަޢުވާކުރާ މޫސާ ނަޢީމްގެ ފަރާތުން ދައްކާފައިވަނިކޮށް އެއްބަސްވުމުގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވާ ބިން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯއްޗެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއިއެކު ރާބިޢާ އަޙުމަދުގެ ފަރާތުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދޫކޮށްލާފައިވާކަން ރާބިޢާ އަޙުމަދުގެ ބަހުންނާއި ހުށަހެޅި ލިޔުންތަކުން އެނގެން އޮތުމާއިއެކު ދަޢުވާކުރާ މޫސާ ނަޢީމާއި، ދަޢުވާލިބޫރާބިޢާ އަޙުމަދާއ ދެމެދި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ވިއްކަން އެއްބަސްވި ބިމުގެ އަގު އަދާކުރުމުގެ ގޮތުން މާ ސ ނަޢީމުގެ ފަރާތުން ދަޢުވާލިބޭ ރާބިޢާ އަޙުމަދަށް ދީފައިވާ -300,000/ (ތިންލައްކަ ރުފިޔާ) އާއި، ބިން އަމިއްލަކުރުމަށް ސަރުކާރަށް ދައްކާފައިވާ 39,926/25ރ. (ތިރީސްނުވަހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ފަންސަވީސް ލާރި) އަކީ […] ރާބިޢާ އަޙުމަދު (އައިޑީގެ ފަރާތުން […] މޫސާ ނަޢީމް (އައިޑީ އަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ....." މިފަދައިންނެވެ.
33. ކުރިންވެސް ފާހަގަކުރެވުނު ފަދައިން މޫސާ ނަޢީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި އެފަރާތުން އެދިފައިވަނީ […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައި ހިމެނޭ ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން މޫސާ ނަޢީމްއަށް މިލްކުވާނެކަމަށ ކަނޑައެޅުން ކަމަށްވެފައި، މޫސާ ނަޢީމްއާއި ރާބިޢާ އަޙުމަދާއި ދެމެދު […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައ ހިމެނި ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން ވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ފުރިހަމަކޮށްފައި ނުވާކަމުންނާއި، އެ ބިމަކީ ޝަރުޢީ ގޮތުން ދައުލަތުގެ މިލްކެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއިން ކަނޑައަޅާފައވުމާއި، […] އެވެކިޔާ (ރަޖިސްޓްރީ ނަންބަރު ބ. 36533( ބަންޑާރަ ގޯތިން، ރާބިޢާ އަޙްމަދު އަށް ލިބިފައިވާ 219.375 (ދުއިސައްތަ ނަވާރަ ޕޮއިންޓް ތިނެއް ހަތެއް ފަހެއް) އަކަފޫޓުގައ ހިމެނި ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ބިން ގަތުމަށްޓަކައި މޫސާ ނަޢީމްގެ ފަރާތުން ޚަރަދުކުރި ފައިސާ މޫސާ ނަޢީމްއަށް އަދާކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 124/Cv-C/2019 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަމުން، ސިވިލް ކޯޓުގެ ނަންބަރ 1688/Cv-C/2020 ޤަޟިއްޔާއަކީ މައުޟޫޢީ ގޮތުން އަލުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި އަލުން އެ މައްސަލަ ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލު ކުރިކަމުގައިވީނަމަވެސް މޫސާ ނަޢީމްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާ އެފަރާތަށް ދެވޭނެ ޤާނޫނީ ސަބަބެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ. ހަމައެއާއެކު އެއެ ކޯޓުގެ ވަގުތާއި ވަޞީލަތްތައް ބޭކާރުވެގެންދާނެ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ.
32. އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1688/Cv-C/2020 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުއީ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
33. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރުމުޙައްމަދު ސަލީމގް ރައުޔު
33. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
32. މި ޤަޟިއްޔާ ދިވެހިރާ އްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގތުނޮ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާޢިދު
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޤަޟިއްޔާ (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014، 3792/Cv-C/2018 އަދި 124/Cv-C/2019 ޤަޟިއްޔާތައް (ރެސް ޖުޑިކާޓާއަށް ބުރަވި ކުރީގެ ނިންމުންތައް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.