ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/22

އަޙްމަދު ސައިފް އަދި ހައްވާ ނަޞީބާ ވ. މުޙައްމަދު ނަޢީމް އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2024/SC-L/106)ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 842/Cv-C/2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 842/Cv-C/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތުން އެއްވެސް ބަޔަކަށް މިލްކު ނުވާގޮތަށް ކަނޑައެޅި ގޯޅިގަނޑެއް އިދާރީ ގޮތުން ގޯއްޗެއްގެ ރަޖިސްޓްރީއަށް އިތުރުކުރުމާމެދު ދަޢުވާކުރުމުގެ ޙައިޘިއްޔަތު ދަޢުވާކުރި ވާރިޘަކަށް ލިބޭތޯއާއި، އެ އިދާރީ ނިންމުން ބާޠިލުކުރި ސިވިލް ކޯޓުގެ ޙުކުމް ޞައްޙަތޯ، އަދި ދަށުކޯޓުގައި ގޯތީގެ ވެރިފަރާތްތަކުގެ ބަސް ނުހޯދުމުން ޙުކުމް ބާޠިލުވާތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުން ކުރިން ނިންމާފައިވާ ބައިކުރުމުގެ ޙުކުމާއި ޚިލާފަށް ގޯއްޗެއްގެ ރަޖިސްޓްރީއަށް އިދާރީ ގޮތުން ބަދަލު ގެނައުމުން ގެއްލުން ލިބޭ ފަރާތެއްގެ ތަރިކައިން ލިބެންހުރި ވާރިޘަކަށް، އެ އިދާރީ ބަދަލާމެދު ކޯޓަށް ދަޢުވާ ހުށަހެޅުމުގެ ފުރިހަމަ ޙައިޘިއްޔަތު ލިބިގެންވެއެވެ.

HN2 ހިބައިން ދީ ޤަބޫލުކޮށް އެހެން މީހަކަށް މިލްކުވެފައިވާ ނުއުފުލޭ މުދަލަކީ ހިބަކުރި ފަރާތުގެ ތަރިކައިގައި ހިމެނޭ މުދަލެއް ނޫނެވެ؛ ތަރިކައިގެ ގޮތުގައި ބެހޭނީ މަރުވި ފަރާތުގެ މިލްކުގައި ހުރި ބައި އެކަންޏެވެ.

HN3 ޝަރީޢަތުން ގޯއްޗެއް ބައިކޮށް، އޭގެ ގޯޅިގަނޑެއް އެއްވެސް ބަޔަކަށް މިލްކު ނުވާގޮތަށް ބޭއްވުމަށް ނިންމާފައި އޮތްއިރު، އެ ނިންމުމާ ޚިލާފަށް އިދާރީ ގޮތުން ކުޅެ ގޮތްގޮތް ހެދުމަކީ ނުވަތަ އެ ގޯޅިގަނޑު ގޯއްޗެއްގެ ރަޖިސްޓްރީއަށް އިތުރުކުރުމަކީ ޝަރުޢީ، ޤާނޫނީ އަދި އިސްތިޙްސާނީ (އިކުއިޓީގެ) އެއްވެސް ހަމައަކުން ކުރެވޭނެ ކަމެއް ނޫނެވެ؛ އެފަދަ ރަޖިސްޓްރީ ކުރުމަކީ ބާޠިލް ކަމެކެވެ.

HN4 ޝަރީޢަތުން ގޮތް ކަނޑައަޅާ މައުޟޫޢަކީ އެހެން މީހެއްގެ މިލްކުވެރިކަމުގެ ނުވަތަ ޙިޔާޒަތުގެ ދަށުގައިވާ އެއްޗެއްނަމަ، އެއެއްޗެއް ލިބިގަތީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ފެނުނަސް، އެކަން އެފަރާތަށް އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.

HN5 ދަށުކޯޓުގައި ބަސްބުނުމުގެ ފުރުޞަތު ނުލިބުނު ފަރާތަކަށް އިސްތިއުނާފީ މަރުޙަލާގައި ވާހަކަ ދައްކައި ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ލިބި، އެފަރާތަށް އިތުރަށް ކުރެވޭނެ ޖަދަލެއް ނެތްކަން ސާފުވާނަމަ، ދަށުކޯޓުގައި ބަސް ނުހޯދުމަކީ ދަށުކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭ ބޭއިންޞާފެއް ނޫނެވެ.

މަދަނީ › ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ

HN6 ޢަދާލަތުގެ ތެރެއިން އިންޞާފު ލިބިދިނުމަށް އެދި އަންނަ މީހަކީ، އެކަމަކާ ގުޅިގެން ނުސީދާ ކަންތައްތަކެއް ކޮށް އަތް ހަޑިވެފައިވާ މީހަކަށް ނުވުން ޝަރުޠުކުރެއެވެ.

HN7 އިސްތިއުނާފުކުރި ފަރާތުން އެދިފައި ނުވާ ފަރުވާއަކަށް ވާއިރު، އަދި އެފަރާތުގެ ބަސް އިސްތިއުނާފީ މަރުޙަލާގައި ހޯދިފައިވާއިރު، މައްސަލަ ދިގުދެމުމުގެ ބޭނުމެއް ނެތްހިނދު މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރުމެއް ނުކުރެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޕްރޫޑެންޝިއާ ޗެމްބަރސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަލީ ނަޞީރު ޤާސިމް، އެސޯސިއޭޓް ލީގަލް ކައުންސެލ، ސަލްޓަންސް ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އަޙްމަދު ސައިފް 1. މުޙައްމަދު ނަޢީމް

2ޙައްބާ ނަޞީބާ ވަކީލް: އަސްޢަދު ޝަރީފް ވަކީލް: އަލްއުސްތާޛު މުޙައްމަދު 2. މާލެ ސިޓީ ކައުންސިލްގެ އިދާރާ އިބްރާހީމް، ޕްރޫޑެންޝިއާ ޗެމްބަރސް ޤާނޫނީ ވަކީލް: މާލެ ސިޓީ ކައުންސިލްގެ އެސޯސިއޭޓް ލީގަލް ކައުންސެލް، އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، އަލްއުސްތާޛު ޢަބްދުﷲ ޢަލީ، ސަލްޓަންސް ޗެމްބަރސް އެލް.އެލް.ޕީ މަދަނީ – ދައުލަތުގެ އިދާރާއެއް ހިމެނޭ ޠަބީޢަތުގެ ދަޢުވާ – ދަށު ކޯޓުގައި ބަހެއް ނުހޯދައި މައްސަލަ ނިންމުން – ގޯޅި މަގު

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ދީބާނާޒް

ފަހުމީ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް

1. މިއީ، ސިވިލް ކޯޓގު ނަންބަރު: 842/Cv-C/2022 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި 2 1 ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] / އަޙްމަދު ސައިފް އާއި އެގޭ ޙައްވާ ނަޞީބާ (މީގެ ފަހުން "އަޙްމަދު ސައިފް، ޙައްވާ ނަސީބ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތްތައް)" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] / މުޙައްމަދު ނަޢީމް އަދި މާލެ ސިޓީ ކައުންސިލްގެ އިދާރާ (މީގެ ފަހުން "މުޙައްމަދު ނަޢީމް" އަދި "މާލެ ސިޓީ ކައުންސިލް" ނުވަތަ "އިސްތިއުނާފ ރައްދވު ފަރާތްތައް)" އެވެ. މައްސަލައިގަ ކަންހިނގާފައިވާ ގޮތް:

2. […] އެވެ ކިޔާ ބަންޑާރަ ގޯއްޗަށް މާލޭ މުނިސިޕަލްޓީން ހަދާދީފައިވާ ނަންބަރު ބ.14660 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ގައި، ކޯޓު ނަންބަރު (4) ގެ ނަންބަރު 4/89-28/JC ޤަޟިއްޔާއިން ބުނެވިދިޔަ ގޯތީގެ ދެކުނު ފަރާތުން 06 (ހައެއް) ފޫޓު ފުޅާ ގޯޅިގަނޑެއް ހަދައި، އެގޯޅިގަނޑު އެއްވެސް ބަޔަކަށް ނުހިމަނައި، އެގޯތި ދެބަޔަށް ބައިކޮށް އިރުމަތީ ބައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އާއިޝަތު ޢުމަރުމަނިކަށް، އަދި ހުޅަނގު ބައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަޙްމަދު ނަޞްރު އާއި ޙައްވާ ނަސީބާއަށ މިލްކުވެގެންވާކަމަށް ބަޔާންކޮށްފައިވަނިކޮށް، މާލޭ މުނސިޕަލްޓީގި ނަންބަރު C/2005/188 ނޯޓުގައި، […] އެވެ ކިޔާ ބަންޑާރަ ގޯތި ބައިކޮށް ހުޅަނގު ބަޔަށް ([…] ) އައިޑީ"އަޙްމަދު ސައިފް" އަށް ކުރިން ކިޔާފައިވާ ނަމަކީ، "އަޙްމަދު ނަޞްރު" އެވެ. މިކަން އުފަން ދުވަހުގެ ރަޖިސްޓްރީއިން ފެންނަން އޮވެއެވެ.އެހެންވެ، މިމައްސަލައިގެ ކުރީގެ ޤަޟިއްޔާތަކުގައި އަޙްމަދު ނަޞްރު ކަމަށް ބަޔާން ކޮށްފައިވާ ފަރާތަކީ މިހާރު އަޙްމަދު ސައިފް ކިޔާ ފަރާތެވެ. އައިޑީއައިޑީވަނުމަށް ހެދިފައިވާ ގޯޅިމަގު (270 އަކަފޫޓު ބޮޑުމިނުގެ ބިން) […] ގޯތީގެ ބައެއްގެ ގޮތުގައި މިހާރު ހަމަޖއްސާފަ އިވަ ކަމަށާ އަންގާފައިވާ އެންގުމަކީ ނަންބަރު 4/89-28/JC ޤަޟިއްޔާގެ ޙުކުމާއި، މާލެ މުނިސިޕަލްޓީއިން ހަދައިދީފައިވާ ނަންބަރު ބ.14660 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާ ފުށުއަރާ ޣައިރު ޤާނޫނީ، ބާޠިލް ނިންމުންތަކއެ ކަމުގައް ޝަރީޢަތުން ކަނޑައަޅައި ދިނުމަށް އެދި މުޙައްމަދު ނަޢީމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓު ނަންބަރު 842/Cv-C/2020 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓނު ނިންމި ގޮތް:

3ސިވިލް ކޯޓުގެ ނަންބަރު 842/Cv-C/2022 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "މާލެ، މުޙައްމަދު ނަޢީމް (އައިޑީ ގެ ފަރާތުން މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާފައިވާ ގޮތުގެ މަތިން މާލޭ ސިޓީ ކައުންސިލުން ކޯޓު ނަންބަރު (4) 4/89-28/JC ޤަޟިއްޔާއިން މާލެ، ދެކުނު ފަރާތުން 06 (ހައެއް) ފޫޓު ފުޅާ ގޯޅިގަނޑެއް ހަދައި، މިގޯޅި އެއްވެސް ބަޔަކަށް ނުހިމަނާ ގޮތަށް ކަނޑައަޅައިފައި އޮތް އޮތުން ބަދަލުކޮށްފައިވަނީ ބާޠިލް ނިންމުމެއްގެ މައްޗަށް ކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް:

4ސިވިލް ކޯޓުގެ ނަންބަރު: 842/Cv-C/2022 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އަޙްމަދު ސައިފް އަދި ޙައްވާ ނަސީބާ ގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ؛

1.4.ސިވިލ ކޯޓުގް ނަންބަރު 842/Cv-C/2022 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވާ މައްސަލައިގެ ދަޢުވާކޮށްފައިވާ ފަރާތަކީ ދަޢުވާކުރުމުގެ ހައިޘިއްޔަތު ލިބިފައިނުވާ ފަރާތެއްކަމަށާއި މިމައްސަލައަކީ ދަޢުވާކުރާ ފަރާތަށް ތަރިކައިގެ ގޮތުން ލިބިފައިވާ […] އެވެ ކިޔުނު ގޯތި ބެހުމުގެ ތެރެއިން […] ވާރިޘުންގެ އެއްވެސް މަސްލަޙަތެއް ނެތް […] ގޯތީގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ އަދި އެގޯއްޗަށް ރަޖިސްޓްރީ ކޮށްދީފައިވާ ބައެއް އުނިކުރުމަށްފަހު ދަޢުވާކުރާ ފަރާތުގެ އަމިއްލަ ފައިދާއަށް ދޮރާށި ކެނޑުމަށްޓަކައި ޝަރީޢަތް މެދުވެރިކޮށް އެހެން ފަރާތެއްގެ ހައްޤެއް ނިގުޅައިގަތުމަށް ކޮށްފައިވާ ޢަމަލެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.4.ސިވިލ ކޯޓުގް ނަންބަރު 842/Cv-C/2022 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވާ "ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ތަބީޢަތުގެ ދަޢުވާ" ނިންމާފައިވަނީ މިފަދަ މައްސަލަތައް ނިންމުމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، މިޙކުމަކު މިމައްސަލައިގެ ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި އިދާރީގޮތުން ނިންމާފައިވާ ނިންމުމުގެ މައްޗަށް އެއީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅާނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކުރުމެއް ނެތިކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.4.ސިވިލ ކޯޓުގް ނަންބަރު 842/Cv-C/2022 ޤަޟިއްޔާއިން ބައލަވާފައިވް މި މައްސަލައިގެ މަޞްލަޙަތު އޮތް […] ވެރިންކަމަށްވާ އިސްތިއުނާފުކުރާ ފަރާތްތަކުގެ އެއްވެސް ބަހެއް ނެތި ޙުކުމްކޮށްފައި ވުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ އަސާސީ ޙައްޤަކަށް އަރައިގަތުމުގެ ޢަމަލެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތްތަކނު ދެއްކި ވާހަކަތައް:

5އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތާކގު ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކގު ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއް ކަމަށް ވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާން ކުރާނަމެވެ.

1.5.އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފުޞީލު ކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިމައްސަލައިގައި ދަޢުވާކުރާ މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހަޅާފައިވާ A/89-28/JC ޤަޟިއްޔާއިން […] ބައިކުރުމުގެ މައްސަލެ ނިންމާފައިވަނީ […] ދެކުނު ފަރާތުން 6 ފޫޓު ފުޅާމިނުގެ ގޯޅިއެއް ހެދުމަށްފަހު މި ގޯޅިގަނޑު އެއްވެސް ބަޔަކަށް ނުހިމަނާ […] އެރި މަތީ ބައިގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢާއިޝަތު ޢުމަރުމަނިކަށް އަދި ހުޅަނޑު ބައިގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އިސްތިއުނާފުކުރާ ފަރާތްތަކަށް ކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަށް އެއްވެސް ފަރާތަކުން އިޢުތިރާޒެއް ނުކުރާކަމަށެވެ. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބާހޭ ޤާނޫނު) ގެ 3 ވަނަ އަދި 4 ވަނަ މާއްދާގެ ދަށުން ބިމާބެހޭ ސިޔާސަތު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަށް 2008 ވަނަ އަހަރާ ހަމައަށް ޑެލިގޭޓް ކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފައަރޒް، ހައުސިންގ އެންޑް އެންވަޔަރަމަންޓް އަށްކަމަށާއި ބިމާބެހޭ ޤާނޫނު އައުމުގެ ކުރިންވެސް މިކަން ކުރުމުގެ ބާރުލިބިފައިވަނީ މިނިސްޓްރީއަށްކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، ހައުސިންގ އެންޑް އެންވަޔަރަމެންޓްގެ ނަންބަރު A/79/2000/128-10 ސިޓީން މިނިސްޓްރީއަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ކޯޓު ނަންބަރު 4 ގެ ނަންބަރު A/89-28/JC ޤަޟިއްޔާއިން އެއްވެސް ބަޔަކަށް ނުހިމަނާ އޮތް ސަރުކާރުގެ މިލްކިއްޔާތުގައި އޮތް ގޯޅިގަނޑެއް ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓްރީގައި ހިމެނުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނާއި ޤަވާޢިދުތަކާއި އަދި ޝަރުޢީ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން […] ގޭގެ ވެރިފަރާތް ޢާއިޝަތު އުމަރުމަނިކު ނިޔާވުމުން […] ވާރިޘުންނަށް ބެހުމަށްޓަކައި ކޮންމެ ވާރިޘަކަށް ލިބޭ ބައި ބޮޑުކުރުމުގެ ގޮތުން އެހެން ފަރާތަކަށް ލިބިފައިވާ ގޯތީގެ ބައެއް ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއަ ޤވަޢދުތައް ދަންނަކަމެއި ނޫންކަމަށާއި މިޙާ ލަތުގައި […] ވާރިޘުންނަކީ […] ގޯތީގެ މައްޗަށް އެއްވެސް މަސްލޙަތެއ އޮތް ފަރާތަކަށް ނުވާހިނދު، މިނުކުތާ އަކީ ސިވިލް ކޯޓުގެ 842/Cv-C/2022 ޤަޟިއްޔާއިން މައްސަލައިގެ މައުޟޫޢުއަށް ވާސިލްވުމުގެ ކުރިން އިޖުރާއީ ގޮތުން ދައުވާކުރާ ފަރާތުގެ ދައުވާކުރުމުގެ ހައިޞިއްޔަތާއިމެދު ސުވާލުކުރެވި އެކަން ކޯޓުގައި ނިންމަންޖެހޭނެ ކަމެއްކަމަށެވެ.

2.5.އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފުޞީލު ގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ހައުސިންގ އަދި އެންވަޔަރަމަންޓް އިން ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑައަޅާފައިވަނީ ތިން ނުކުތާއެއްގެ މައްޗަށްކަމަށާއި، މިތިން ނުކުތާ އަދި މިތިން ނުކުތާއާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ކަންކަން އިސްތިއުނާފު ފޯމުގެ 2.2 އިން ފެށިގެން 2.5.1 އާ ހަމައަށް ބަޔާންކޮށްފައިވެއެވެ. މިކަންކަން ބަޔާންކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މިކަންކަމަށް ބެލުމުން ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ގޯސްކޮށްކަން ސާފުކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ނަފީކުރުމުގެ ގޮތުން ލިޔެކިޔުންތަކެއް ހުށަހަޅާފައިނުވިނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާގައިވާ އުޞޫލަކީ މިމައްސަލައަށް ތަޠުބީޤު ނުކުރެވޭނެ އުޞޫލެއްކަން ސާފުވާއިރު، އަދި މިނިސްޓްރީ އޮފް ހޯމްއެއަރޒް ހައުސިންގ އެންޑް އެންވަޔަރަމަންޓްގެ ސިޓީއިން ބަދަލުގެނެސްފައިވަނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ތެރެއިން ސަރުކާރުގެ މިލްކިއްޔާތުގައި އޮތްތަނެއް ބަންޑާރަ ގޯއްޗެއްގެ ބައެއްގެ ގޮތުގައި ހިމަނާފައި އޮތް އޮތުން ބާޠިލުކަމަށް ކަނޑައެޅޭނެ އެއްވެސް ޞައްޙަ ޝަރުޢީ އަދި ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ދިވެހިރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓަކުން މިފަދަ ނިންމުމެއް ނުނިންމޭނެކަމަށެވެ.

3.5.އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފުޞީލު ކުރަމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ […] ވެރިފަރާތްތަކަކީ ކޮބައިކަން ޝަރީޢަތަށް ސާފުވެފައިވާކަނ ސިވިލް ކޯޓުގް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމަށާއި، އެހެންނަމަވެސް، ޝަރީޢަތުން ސާފުކުރަންޖެހޭ ކަންކަމާއި އަދި މިމައްސަލައާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤުތައް ޝާމިލްވާއިރު އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ޝަރީޢަތަށް ނަގާފައިނުވާކަމަށެވެ. މިމައްސަލައިގެ ޙުކުމް ކޮށްފައިވާކަން އިސްތިއުނާފުކުރާ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވަނީ ސިވިލް ކޯޓުގެ ވެބްސައިޓަށް މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ޙުލޞާ އަޕްލޯޑްކޮށްފައިވާތީ 28 ނޮވެމްބަރ 2022 ގައިކަމަށެވެ. އަދި ހަމައެދުވަހު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދުމުން ސިވިލް ކޯޓުން ރިޕޯޓް ދޫކޮށްފައިވަނީ 22 ޑިސެންބަރު 2022 ގައިކަމަށާއި، މިހެންވުމުން އިސްތިއުނާފު މުއްދަތު ހަމަވުމަށް އޮތީ ހަފްތާއެއހާ ދުވަސްކަމުން މައްސަލަ ދިރާސާކޮށް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭ ގޮތް:

6އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ އިސްތިއުނާފުކުރާ ސިވިލް ކޯޓުގެ ނަންބަރު 842/Cv-C/2022 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ މާލެ ސިޓީ ކައުންސިލނު ދެއްކި ވާހަކަތައް:

7އިސްތިއުނާފު ރައްދުވާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފީ ނުކުތާތާކުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ.

1.7.އިސްތިއުނާފ ރައްދުވު މާލާ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބުނެފައިވަނީ […] އެވެ ކިޔާ ގޯއްޗަށް ވަކި ރަޖިސްޓްރީއެއް ހަދާފައިވަނިކޮށް އެރަޖިސްޓްރީއަށް ބަދަލުގެނެވޭނ ޝަރުޢީ ނިންމުމަކުންކަނ ސިވިލް ކޯޓުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފާހަގަކޮށް ފައިވާނެކަމަށާއި، […] ކިޔާ ގޯތީގެ ރަޖިސްޓްރީއެއް އޮތްކަމަށާއި، އަދި އެރަޖިސްޓްރީ ހެދިފައިވާ ގޮތް ސިވިލް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި ސިވިލް ކޯޓުން ޙުކުމްކުރި ނަމަވެސް، […] އެވެ ކިޔާ ގޯއްޗަށް ހަދާފައިވާ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާނެކަމަށެވެ.

2.7.މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާކަކަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ހޯދުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެދޭގޮތް:

8އިސްތިއުނާފު ރައްދުވާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓު ނަންބަރު 842/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތް ކުރާއިރު މިމައްސަލައަކީ ސިވިލް ކޯޓަށް ތަޙްވީލް ކުރަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ހޯދައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް އަންގައި އަމުރުކޮށް ދިނުމަށެވެ. އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޢީމްގެ ފަރާތުން ދެއްކި ވާހަކަތައް:

9އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޢީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތާކުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ.

1.9.އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޢީމްގެ ފަރާތުން ދީފައިވާ ރައްދު ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވ. މިގޮތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވެ މުޙައްމަދު ނަޢީމްއަކީ […] ތަރިކައިން ލިބޭ ފަރާތެއްކަމަށާއި، […] ގޯތި ނެގިފައިވާނީ […] ގޯތިން ތަރިކައިން ލިބިގެންވާ ބައިގެ ގޮތުގައި ކަމަށާއި، ހަވާލާދޭ ގޯޅިގަނޑަކީވެސް […] ކިޔުނު ގޯތިން ލިބެންވާ ތަރިކައިގެ ތެރޭގައި ހިމެނި ވަކި ގޮތަކަށް އެއްބަސްވެ ވަކި ބޭނުމަކާއި މަޤޞް ދަކަށްޓަ ކައި ނެގި ގޯޅި ގަނޑެއް ކަމަށާއި، […] ތަރިކައިން ލިބެންޖެހޭ ފަރާތްތަކަށް އެގޯޅި ހިމެނިގެންވީ ބިމުގެ މައްޗަށް އޮތް ހައްޤާއި މަސްލަޙތަ ހިމެނިގެންވާކަން ކަންހިނގާފައިވާގޮތަށާއި، […] ގޯތި ބެހުމަށް ނިންމާފައިވާ ޤަޟިއްޔާތަކަށް ބެލުމުން އެނގޭން އޮތްކަމަށެވެ. އަދި ބަޔާންކުރާ ގޯޅިގަނޑުން […] ތަރިކައިން ލިބޭ އެންމެހާ ފަރާތްތައް ހިމެނޭނެހެން […] ވެރިފަރާތްތަކުގެ މަސްލަހަތެއްވާނަމަ، ހަމައެއާއި އެއްވަރެއްގެ މަސްލަޙަތެއް […] ވެރިފަރާތްތަކަށްވެސް ލިބިދިނުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ވަޒަންކުރަންޖެހޭ ޢަދުލުވެރި ގޮތްކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުން މައްސަލައިގެ މައުޟޫޢަށް ވާސިލްވުމުގެ ކުރިން ދައުވާކުރި ފަރާތުގެ ހައޞި އްޔަތާއި މެދު ސުވާލުކުރެވި އެކަން ކޯޓުން ނިންމާންޖެހޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެކަށީގެންވާ ޤާނޫނީ ސަބަބެއް ބަޔާންކޮށްދެވިފައިވާކަމަށް ނުދެކޭކަމަށެވެ.

2.9.އިސްތިއުނާފީ ދެވަނަ ނުކުތާއާއި ގުޅިގެން މުޙައްމަދު ނަޢީމްގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާގެ މުހިއްމު ވާޤިޔާތަށ ތަފާތުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ތަފާތެއް އިސްތިއުނާފުކުރާ ފަރާތްތަކަށް ބަޔާންކޮށް ދެވިފައި ނުވާކަމަށެވެ. ކުރީގެ […] ގޯތިން ވަކިކޮށްފައިވާ 6 ފޫޓު ފުޅާ ގޯޅިގަނޑުގެ ބިން […] އެވެ ކިޔުނު ގޯތީގެ ތެރޭގައި ހިމެނުމަށް ހައުސިން މިނިސްޓްރީގެ ސިޓީއަކުން ހުއްދަ ދީފައިވާ ދިނުމަކީ އިދާރީ ޠަބީޢަތާއި ޚިލާފު ދިނުމެއްކަމަށެވެ. އަދި ކޯޓު ނަންބަރު (4) ގެ ނަންބަރު 4/89-28/JC ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްގާއިގައ ކަނޑައަޅާފައިވި ކަންކަމަށް ރިޢާޔަތްކޮށް ޝަރީޢަތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވާކަން ސިވިލް ކޯޓުގެ ޙުކުމަށް ވާސިލްވި 5.1 ވަނަ ނުކުތާއަށް ބެލުމުން އެނގެން އޮންނަކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޞްލު އޮތް ގޮތަށާއޮ ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން ސިވިލް ކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވުޖޫދުވެފައި ނުވާކަމަށް ބުނެފައިވެއެވެ.

3.9.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މުޙައްމަދު ނަޢީމްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ނެތި ސިވިލް ކޯޓުން އެމައްސަލަ ނިންމާފައި އޮތް އޮތުމަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ޙައްޤަށް އަރައިގަތުންކަމަށް ސިފަކޮށްފައިވީނަމަވެސް، މިފަދަ މައްސަލަތައް ހިނގަމުންދާއިރު އެމައްސަލައަކާއ ގުޅުންހުރި މަޞްލަޙަތެއް އޮތް ހުރިހާ ފަރާތަކަށް ކޯޓުން އިސްނަގައި އެންގުމަކީ ކޯޓުތަކުން ކުރަންޖެހޭ ކަމެއްކަމުގައި ކަނޑައެޅިފައި އޮންނަ އުޞޫލެއް ނޯންނަކަމަށާއި، އަދި އެފަދަ ގޮތަކަށް ދުށުމަކީ ނުވަތަ ބަޔާންކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ކޯޓުތަކަށް ހުށަހެޅި މައްސަލަތައް ބަލައި ހިންގާ އިޖުރާޢަތްތަކާއި އުޞޫލުތައް އެނގިގެންވ ޤާނޫނާ ދާއިރާގެ ފަރާތަކުން ބަޔާންކުރާން އެކަށީގެންވާ ވާހަކަތަކެއްކަމަކަށް ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޢީމުގެ ފަރާތުން އެދޭގޮތް:

10އިސްތިއުނާފު ރައްދުވާ މުޙައްމަދު ނަޢީމް ގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓު ނަންބަރު 842/Cv-C/2022 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

11މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓު ނަންބަރު C/202-842/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް އަޙްމަދު ސައިފް އާއި ޙައްވާ ނަސީބގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: ދަޢުވާކުރާ ފަރާތަށް ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު ލިބިފައިނުވާކަމަށް ބުނާ ބުނުން:

12މިމައްސަލައިގައި ދަށު ކޯޓުގައި ދަޢުވާކުރި ފަރާތަކީ […] މުޙައްމަދު ނަޢީމެވެ. މުޙައްމަދު ނަޢީމަކީ […] ޢާއިޝަތު ޢުމަރުމަނިކުގެ ދަރިއެއްކަން ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. […] ދެބައި ކުރިއިރު، ގޯތީގެ އިރުމަތީ ބައި ([…] ) ލިބުނީ ޢާއިޝަތު ޢުމަރުމަނިކަށެވެ. […] އެވެ ކިޔާ ގޯތީގެ ހުޅަނގު ބަޔަކީ މިހާރު […] އެވެ ކިޔާ ގޯއްޗެވެ.

13މި ޚުޞޫމާތަކީ […] ދެވަނަ ފަހަރަށް ދބައިކުރެވުނުއިރު، އެތެރެ ބަޔަށް (ހުޅަނގަށް އޮތް ބައި) ވަނުމަށް ނަގާފައިވާ ގޯޅިއަކީ ބައިކުރެވުނު ދެބައިންކުރެ އެއްވެސް ބައެއްގައި ހިމެނފައިނުވި ގޯޅިއެއްގެ ގޮތުގައި ޝަރީޢަތުން ނިންމާފައިވަނިކޮށް، އިދާރީ ގޮތުން އެގޯޅި އަކީ […] ދެބައިކޮށް ހުޅަނގށަ އޮތް މިހާރު […] ކިޔާ ގޯތީގެ ބައެއް ކަމުގައި އެގޯތީގެ ރަޖިސްޓްރީއަށް އިތުރުކޮށް އެގޯތީގެ ރަޖިސްޓްރީ ބަދަލު ކުރި ކުރުމެވެ. މިމައްސަލައިގައި، މުޙައްމަދު ނަޢީމުއަށ ދަޢުވް ކުރުމުގެ ޙައިޘިއްޔަތު އޮތްތޯ ބެލުމަށް […] އަޞްލު އޮތް ގޮތާއި އެގޯތި ބެހިގެންދިޔަ ގޮތަށް ހުށަހެޅުނު ލިޔުންތަކުގެ އަލީގައި ބަލަންޖެހޭ ކަމަށް ދެކެމެވެ. […] އަޞްލު އޮތް ފަރާތް:

14[…] އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ނުއުފުލޭ މުދަލުގެ އަޞްލު ވެރިފަރާތަކީ ފޭދޫ ކޮށީގެ އަޙްމަދު ޙާޖީގެ ޙަސަންފުޅު (ކުރަފަތް ތުއްތުކަލޯ) އެވެ. އަލްމަރުޙޫމް ޙަސަންފުޅުގެ ތަރިކަ ބހަ އިދަ ކޯޓު ނަންބަރު 6 އިން ނިންމާފައި އޮތް ނަންބަރު:6/80-180/JC ޤަޟިއްޔާއިން މިކަން އެނގެއެވެ. އެޤަޟިއްޔާގައި ބަޔާން ކުރަނީ؛ "މިނިސްޓްރީ އޮފް ޖަސްޓިސް/ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޝަންގެ ށ 2 ގެ 4 ނަންބަރުގެ ނަންބަރު 172 ޞަފުޙާގައިވާ ނަންބަރު:P&OD ބ.71/69 (ނަންބަރު:694/P&OD/71 ޤަޟިއްޔާގެ) ހިބަފަތުން […] ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކުގެ އަޞްލު ވެރިއަކީ ފޭދޫކޮށީގެ އަޙްމަދު ޙާޖީގެ ޙަސަންފުޅު"... ކަމަށެވެ. ވީމާ، […] ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައި އޭރު ހުރި ޢިމާރާތްތަކުގެ މިލްކުވެރި ފަރާތަކީ ޙަސަންފުޅުކަން ސާފުވާ ތ، އޭރު ޙަސަންފުޅުގެ ނަމުގައި […] ގޯތި އޮންނާނީ ތިރީގައިވާ ކުރެހުމުން ފެންނަ އޮތް ގޮތަށް އެއްވެސް ބައިކުރުމެއް ނެތިއެވެ. ޙަސަންފުޅުގެ އަނބިމީހާއަށް ހިބަކުރުން:

15ޙަސަންފުޅުގެ މިލްކު ތަނެއްގައި ގޮތުގައި […] އޮއްވައި، […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ނުއުފުލޭމުދައު ޙަސަންފުޅުގެ އަނބި ޢާއިޝަތު ޢުމަރުމަނިކަށް ޝަރީޢަތްމެދުވެރިކޮށ ހިބައިން ދީފައިވެއެވެ. ޙަވާލާދެވުނު ޤަޟިއްޔާގައި މިވާހަކަ ބަޔާން ކުރަނީ؛ މިކުރެހުމަކީ ހަމައެކަނި އޭރު މަދަރާގ ފެންނާނެ އޮންނާނެ ގޮތް ދެއްކުމަށް ހިމަނާފައިވާ ކުރެހުމެވެ. މިއީ ގޯތީގެ މިންތަކާއި އިންތައ ބަޔާން ކުރާ ހުރެހުމެއްނޫނެވެ. […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ދަޑިއާއި ފަނުން އަޅައި އެއްފުރާޅަށް އާދައިގެ ޓިނުން ހިޔާކޮށްފައިވާ ގެއާއި ބިމަށް މުޑިޖަހާފައި ދަޑިއާއި ފަނުން އަޅައި އެއްފުރާޅަށް އާދައިގެ ޓިނުން ހިޔާކޮށްފައިވާ ބަދިގެއާއި ވައްކޮށްރާނާ ސިމެނތް ޖަހާފައިވާވަޅު ޙަސަންފުޅުގެ އަނބި […] ނިވައިދަށުގެ ޢާއިޝަތު ޢުމަރު މަނިކަށް ހިބައިންދީ އަދި އެހިބަ ޤަބޫލުކޮށް މި ބަޔާންކުރި އެންމެހާ ޢިމާރާތްތައް ޢާއިޝަތު ޢުމަރު މަނިކަށް މިލްކުވެފައިވާކަން އެގެއެވެ."

16މީގެ އިތުރުން، […] ކިޔާ ގޯތީގައިވާ ޢިމާރާތްތައް ޢާއިޝަތު ޢުމަރުމަނިކަށް މިލްކުވެފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސް/ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޝަންގެ ނަންބަރު:P&OD ބ.71/69 ހިބަފަތުންކަން އެނގޭ ކަމަށް ބަޔާން ކޮށްފައިވެއެވެ.

17ޙސަނފުޅް ގެ ނަމުގައި އަޞްލު އޮތް […] ކިޔާ ބަންޑާރަ ގޯތީގައިވާ ނުއުފުލޭމުދައު، ޙަސަންފުޅު ކުޅަ ހިބައަކުން ޙަސަންފުޅުގެ އަނބި ޢާއިޝަތު ޢުމަރުމަނިކަށ މިލްކުވެރިކަން ބަދަލުވެގެން ދިޔުމުން، މުޅި އެގޯތި އޮންނާނީ ޢާއިޝަތު ޢުމަރުމަނިކުގެ މިލްކެއްގެ ގޮތުގައި އެއްވެސް ބައި ކުރުމެއްނެތި ތިރީގައިވާ ކުރެހުމުން ފެންނަ ގޮތަށެވެ. މިކުރެހުމަކީ ހަމައެކަނި އޭރު މަދަރާގ ފެންނާނެ އޮންނާނެ ގޮތް ދެއްކުމަށް ހިމަނާފައިވާ ކުރެހުމެވެ. މިއީ ގޯތީގެ މިންތަކާއި އިންތއަ ބަޔާން ކުރާ ހުރެހުމެއްނޫނެވެ. ޙަސަންފުޅަށް އަނބުރާ ބައެއް ދިނުން:

18[…] އެވެ ކޔި ބަންޑާރަ ގޯތީގައިވާ ނުއުފުލޭ މުދައު ޢާއިޝަތު ޢުމަރުމަނިކަށް ހިބައިން ލިބުނުފަހުން، އެގޯތީގެ 3/1 ބައި، ޢާއިޝަތު ޢުމަރުމަނިކުގެ ފަރާތުން އަނބުރާ ޙަސަންފުޅަށް ހިބއިނަ ދީފައިވެއެވެ. ކުރިން ބަޔާންކުރި ނަންބަރު:6/80-180/JC ޤަޟިއްޔާއިން މިކަންވެސް އެނގެއެވެ. މިކަން ބަޔާންކޮށްފައި ވަނީ؛ "...މިނިސްޓްރީ އޮފް ޖަސްޓިސް/ ޕްރޮޕަޓީ އެންޑް އޯނަރޝިފް ޑިވިޝަނުގެ ށ 2 ގެ 5 ޞަފްޙާ ނަންބަރު 35 ގައިވާ ނަންބަރު:166/P&OD/73 ޤަޟިއްޔާއިން (ނަންބަރު:P&ODބ.73/21 (ނަންބަރު:166/P&OD/73ޤަޟިއްޔާގެ) ހިބަފަތް ބެލިއިރު، އެފަރާތުން […] ގޯތީގައިވާ ޢާއިޝަތު ޢުމަރުމަނިކުގ ގެ (ބިމަށްމުޑިޖަހައިގެން ދަޑިއާއި ފަނުން އަޅައި އާދައިގެ ޓިނުން އެއްފުރާޅަށްހިޔާކޮށްފައިވާގެ) އާއި ބަދިގެ (ބިމަށްމުޑިޖަހައިގެން ދަޑިއާއި ފަނުން އަޅައި އާދައިގެ ޓިނުން އެއްފުރާޅަށް ހިޔާކޮށްފައިވާ) އާއިވަށްކޮށްރާނާ ސިމެންތި ޖަހާފައިވާ ފެންވަޅާއި މިއެންމެހާތަކެތިން ޢާއިޝަތު ޢުމަރުމަނިކުގެ ފިރިހެންދަރިއަކާއި އެއްވަރު ބައެއް އޭނާގެ ފިރި ފޭދޫކޮށީގޭ ޙަސަންފުޅަށް ހިބައިން ދީ އީޖާބާއި ޤަބޫލު ޝަރުޢީ ހަމަތަކުން ހިނގާނިމިފައިވާތީ ހިބަ ޞައްޙަކަމަށާއި އިސްވެ ބަޔާންކުރެވުނު ޢިމާރާތްތަކުން ފޭދޫކޮށީގޭ ޙަސަންފުޅަށް ޢާއިޝަތު ޢުމަރުމަނިކުގެ ފިރިހެންދަރިއަކާއި އެއްވަރު ބައެއް މިލްކުވެއްޖެކަމަށް ޙުކުމް ކުރައްވައި ނިންމަވާފައިވާކަން އެނގެއެވެ."

19އެހެންކަމުން، […] އެވެ ކިޔާ ބަންޑާރަ ގޯތީގައި އޭރު ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 3/1 ބައި، އަނބުރާ ޙަސަންފުޅަށ ލިބިދީފައިވާކަން އެނގެއެވެ. ވީމާ، […] އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހުރި ނުއުފުލޭ މުދަލުން ޙަސަންފުޅުގެ މިލްކުގައި އޮންނާނީ ތިރީގައިވާ ކުރެހުމުން ފެންނަ ފަދައިން، އެގޯތީގައިވާ ނުއުފުލޭ މުދަލުގެ 3/1 ބައިކަން ސާފުވެއެވެ. މިއީ ހަމައެކަނި ޙަސަންފުޅުގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ނުއުފުލޭ މުދަލުގެ 3/1 އޮންނާނެ ގޮތް ބަޔާން ކުރުމަށް ހިމަނާފައިވާ ކުރެހުމެވެ. މިކުރެހުމަކީ އިންތަކާއި މިންތަނ ބަޔާން ކުރް ކުރެހުމެއް ނޫނެވެ.

2028 ނޮވެމްބަރު 1973 މިތާރީޚުގައި މިނިސްޓްރީ އޮފް ހޯމް އެފެއާރސް/ރަޖިސްޓްރޭޝަން ޑިވިޝަން (ށ) އިން […] ހައްދަވާދެއްވާފައިވާ ޢިމާރާތާއި ގޯތީގެ (ނަންބަރު ބ. 3604) ރަޖިސްޓްރީގައިވަނީ ޢިމާރާތުގެ ވެރިފަރާތަކީ މުލަކު ޢުމަރު މަނިކުގެ ޢާއިޝާތު ޢުމަރުމަނިކެއާއި އަޙްމަދު ޙާޖީގެ ޙަސަންފުޅާއި ދެމީހުންކަމަށާއ ގޯތި ޙަވާލު ކުރެވިފައިވަނީވެސް އެދެމީހުންނާއި ކަމުގައެވެ. އަދި މިރަޖިސްޓްރީގެ އިތުރު ބަޔާނުން […] ކިޔާ ބަންޑާރަ ގޯތީގައިވާ […] ޢާއިޝތާ ޢުމަރުމަނިކެގެ ޢިމާރާތްތަކުން ފިރިހެން ދަރިއަކާއި އެއްވަރުގެ ބައެއް ޢާއިޝތަ ޢުމަރުމަނިކެގެ ފިރި ފޭދޫކޮށީގެ ޙަސަންފުޅަށް ހިބައިން ދިނުމަށްފަހު ޢާއިޝާތު ޢުމަރުމަނިކާއި ޙަސަންފުޅަށް ގެ އާއި ގޯތި ރަޖިސްޓްރީކޮށް ދެއްވާފައިވާކަމަށް، ޙަސަންފުޅު ތަރިކަ ބެހި ޤަޟިއްޔާގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ. ޙަސަންފުޅު ނިޔާވެގެން ތަރިކަބެހުން:

21ޙަސަންފުޅު ނިޔާވެގެން ތަރިކަ ބަހާފައިވަނީ ކުރިން ބަޔާންކުރި ނަންބަރު:6/80-180/JC ޤަޟިއްޔާއިންނެވެ. އެޤަޟިއްޔާގައި ޙަސަންފުޅުގ ވާރިޘުންގެ ތެރެއިން ފިރިހެން ދަރި ޙުސައިން ރަޝީދު ދިން ބަޔާނުގައި ބުނެފައިވަނީ؛ " އަޅުގަނޑުގެ ބައްޕަ ފޭދޫކޮށްދީގެ އަޙްމަދު ޙާޖީގެ ޙަސަންފުޅު ބައްޕަގެ ތަރިކައިން ލިބޭ ވާރިޘަކު އަޅުގަނޑާއި ދޮންމަ ފިޔަވައި ނުހުންނާނެއެވެ. ބައްޕަގެ ތަރިކައިގައިހުރީ […] ކިޔާ ބަންޑާރަ ގޯތީގައިހުރި ޢިމާރާތްތަކުގެ 3/1 އާއި (ވަޅުފަދަތަންތަނާއިއެކު) ބައެއް ހިފާ ގެންގުޅޭ ތަކެއްޗާއި ފަރނީޗަރއެވެ....."

22ވީމާ، ޙަސަންފުޅުގެ ތަރިކައިގައި ހިމެނެނީ […] އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޙަސަންފުޅަށް ޢާއިޝަތު ޢުމަރުމަނިކު ހިބައިންދިން 3/1 އާއި އަދި އެޤަޟިއްޔާގައި ބަޔާންކުރާ އުފުލޭ މުދައުކަން ބަޔާންކުރެއެވެ. އުފުލޭ މުދައު ތަރިކައިގެ އުޞޫލުން ބަހައިގެން އެތަކެތީގެ ޒާތުން ޙަސަންފުޅު ނިޔާވާ އިރު ތިބި ވާރިޘުން ކަމުގައިވާ ފިރިހެންދަރި، […] ޙުސައިން ރަޝީދާއި އަނބި، ޢާއިޝަތު ޢުމަރުމަނިކު (ޙުސައިން ރަޝީދުގެ ދޮންމަންމަ) އާ ޙަވާލުކޮށްފައިވާކަން އެނގެން އޮވެއެވެ.

23[…] ޢިމާރާތާއި ގުޅޭ ގޮތުން ޙުސައިން ރަޝީދު ބުނެފައިވަނީ "ޢިމާރާތުގެ ބައި އަޅުގަނޑާއި ދޮންމަންމައާ ދެމީހުންނަށް ބެހެއްޓުން" އެދޭ ކަމަށެވެ. އަދި ޢާއިޝަތު ޢުމަރުމަނިކުވެސް ބުނެފައިވަނީ " ޙުސައިން ރަޝީދުއާއި އަޅުގަޑަށ ޢިމާރާތް ވަކިނުކޮށްދީ ބެހެއްޓުން އަޅުގަނޑު ޤަބޫލުކުރަމެވެ."

24HN2އެހެންކަމުން، އަލްމަރުޙޫމް ޙަސަންފުޅުގެ ތަރިކަ، ނަންބަރު:6/80-180/JC ޤަޟިއްޔާއިން ބަހައިދީ ނިންމިއިރު، […] އޮތެ ބައިނުކޮށެވެ. ކުރިން ބުނިހެން ޙަސަންފުޅުގ ތަރިކައިގެ ގޮތުގައެ ޢިމާރާތުގެ ބައިން ބަހަން އޮންނާނީ ތިރީގައިވާ ކުރެހުމުން ފެންނަ ގޮތަށް […] ޙަސަންފުޅުގެ ތަރިކައިގައި ހިމެނުނު 3/1 އެވެ. މުޅި މަދަރާގެ އެވެ ކިޔާ ގޯއްޗެއް ނޫނެވެ. މިއީ ހަމައެކަނި ޙަސަންފުޅުގެ ތަރިކައިގައި ހިމެނޭ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ނުއުފުލޭ މުދަލުގެ 3/1 އޮންނާނެ ގޮތް ބަޔާން ކުރުމަށް ހިމަނާފައިވާ ކުރެހުމެވެ. މިކުރެހުމަކީ އިންތަކާއި މިންތަނ ބަޔާން ކުރް ކުރެހުމެއް ނޫނެވެ.

25އަލްމަރުޙޫމް ޙަސަންފުޅުގެ ތަރިކަ ބަހައިގެން އޭނާގެ ފިރިހެންދަރި، ޙުސައިން ރަޝީދުއަށް […] އިން ލިބުނު ބައި އަލްމަރުޙޫމް ޙަސަންފުޅުގެ ތަރިކަ ބެހި ނަންބަރު:6/80-180/JC ޤަޟިއްޔާގެ ތެރެއިން އޮތީ، ޙުސައިން ރަޝީދުގެ 02 (ދެއެއް) ދަރިން ކަމުގައިވާ އަޙްމަދު ނަޞްރު (އަޙްމަދު ސައިފް) (އޭރު ޢުމުރުން 3 އަހަރު) އަދި ޙައްވާ ނަޞީބާ (އޭރު ޢުމުރުން 6 މަސް) އަށް ދީފައެވެ. މިއީ، މިހާރު މިބަލާ ޤަޟިއްޔާ އިސްތިއުނާފުކުރި ދެފަރާތެވެ.

26އެހެންވެ، […] ގޯތި ބެހެނިވެރިންގެ ގޮތުގައި ތިބިކަމަށް ބަޔާންކުރަނީ، ޢާއިޝަތު ޢުމަރުމަނިކަށް ބައެއް އަދި އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާއަށ ބައެއް ލިބޭގޮތަށް، މިތިން މީހުންނެވެ. މިތަނުގައި ފާހަގަ ކުރަންޖެހެނީ، ޢާއިޝަތު ޢުމަރުމަނިކަށ ބައެއް އަދި އަޙްމަދު ނަޞރް އާއި ޙައްވާ ނަޞީބާއަށް ބައެއް ލިބޭކަމަށް ބަޔާންކުރާ ކުރުމަކީ ޙަސަންފުޅުގެ ތަރިކައިގައި ހިމެނުނު […] އެވެ ކިޔާ ގޯތީގެ 3/1 (ތިންބައިކުޅަ އެއްބައި) އިން ލިބޭ މިންވަރުކަމެވެ. މުޅި މަދަރާގެ އެވެ ކިޔާ ގޯތީގެ ބެހެނިވެރިންކަމުގައި އަޙްމަދު ނަޞްރުއާއި ޙައްވާ ނަޞީބާ ނުހިމެނޭނެ ކަމެވެ.

27ވީމާ […] އެވެ ކިޔާ ގޯތިން މިތަރިކައާއ ގުޅިގެނި ބައިކުރެވިފައިވާންޖެހޭނީ ތިރީގައިވާ ކުރެހުމުން ފެންނަ ގޮތަށެވެ. އެއީ، ޙަސަންފުޅުގެ ތަރިކައިގައި ހިމެނުނު 3/1 ގެ 2/1 ޢާއިޝަތު ޢުމަރުމަނިކަށެވެ. އަދި 3/1 ގެ އަނެއް 2/1 ބައި ޙުސައިން ރަޝީދު އަށެވެ.

28[…] މިހާރު ހަދައިދީފައިވާ ރަޖިސްޓްރީ އަށާއި […] އަށް ހަދައިދީފައިވާ ރަޖިސްޓްރީއަށް ބެލުމުން، […] އަޞްލު ބޮޑު މިނަކީ ލާ ފ ކުރެވޭ ގޮތުން، 2350 ވަރަކަށް އަކަފޫޓެވެ.

ހ.މަދަރާގެ ބައިކުރުން (1)

29[…] ފުރަތަމަ ބައިކޮށްދީފައިވަނީ، ކޯޓު ނަންބަރ 2 ގެ ނަންބަރު:2/85-93/JC ޤަޟިއްޔާއިންނެވެ. އެފަހަރު ބައިކުރިއިރު، އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާއަށް ލިބިދީފައިވަނީ 800 އަކަފޫޓެވެ. ނަމަވެސް މި 800 އަކަފޫޓްގެ ޖުމްލަ ހިސާބުކޮށްފައިވަނީ އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާއަށ ލިބުން […] ހުޅަނގު ބައި (މިހާރު […] ) އަށް ވަނުމަށް އޮތް ގޯޅީގެ ޖުމްލަ އަކަފޫޓު ހިމަނައިގެންނެވެ. އެހެންވެ، އެގޯޅި އުނިކުރުމުން، ދިރިއުޅެން އޮތްބައިގެ ބޮޑުމިނަކީ ގާތްގަޑަކަށް 400 އަކަފޫޓް ވަރުކަމަށް ބުނެ، މިކުރެހުން ހިމަނާފައި އެވަނީ […] ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢީމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޙަސަންފުޅުގެ ތަރިކައަށް ވީ 3/1 ބައި ޙަސަންފުޅުގެ ނިޔާވިއިރު ތިބި ދެވާރިޘުން،ހުވަފަތް އަނބި ޢާއިޝާ ޢުމަރު މަނިކާއި ފިރިހެންދަރި ޙުސައިން ރަޝީދަށް ހަމަހަމައަށް ދެބައި ކުރާއިރު ފެންނަ ގޮތް ބަޔާން ކުރުމަށެވެ. މިކުރެހުމަކީ އިންތަކާއި މިންތަނ ބަޔާން ކުރް ކުރެހުމެއް ނޫނެވެ. އެޝަކުވާ އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ހުށަހެޅިކަން އެނގެއެވެ.

30މަތީގައިވާ ކަންކަމަށް ބަލާއިރު، […] ފުރަތަމައި ބައިކޮށް، […] ޙުސައިން ރަޝީދުގެ ދެދަރިން އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާއަށް 400 ވަރަކަށް އަކަފޫޓު ލިބިދީފައި އެވަނީ ގޯހުން ކަމަކަށް ނުފެނެއެވެ. އެހެނީ، އަލްމަރުޙޫމް ޙަސަންފުޅުގެ ތަރިކައިގައި ހިމެނެނީ […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ނުއުފުލޭ މުދަލުގެ 3/1 އެވެ. އެގޯތީގައިވާ ނުއުފުލޭ މުދަލުގެ 3/2 އަކީ ޙަސަންފުޅުގެ ތަރިކައެއް ނޫނެވެ. އެއީ ޢާއިޝަތު ޢުމަރުމަނިކުގެ މިލްކު ތަންތަނެވެ. ވީމާ، […] ގޭގެ ޖުމްލަ އަކަފޫޓުކަމަށ ބެލެވެން އޮތް 2350 އަކަފޫޓގު 3 ބައިކޮށް 2 ބައި ޢާއިޝަތު ޢުމަރުމަނިކުގެ މިލްކުގައި ބާއްވާންޖެހެއެވެ. އެއީ ގާތްގަޑަކަށް 1566 ވަރަކަށް އަކަފޫޓުގެ ބޮޑުމިނެވެ. ބާކީ އޮތް 3/1 ބަޔަށްވާ 784 އަކަފޫޓަކީ ޙަސަންފުޅުގެ ތަރިކައިގައި ހިމެނިގެން އޭނާގެ ވާރިޘުންގެ މެދުގައި ހަމަހަމައަށް ދެބައި ކުރެވެންޖެހޭ މިންވަރެވެ. މި މިންވަރު ދެބައި ކުރުމުން، ޢާއިޝަތު ޢުމަރުމަނިކަށް 392 އަކަފޫޓު އަދި ޙުސައިން ރަޝީދުއަށް 392 އަކަފޫޓު ލިބޭނެއެވެ. އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާއަށް ހަޤީޤަތުގައި […] ލިބޭނީ ޙުސައިން ރަޝީދުއަށް ލިބޭ 392 އަކަފޫޓުގެ މިންވަރެކެވެ. ވީމާ، […] ފުރަތަމަ ބައިކޮށް އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާ އަށް 400 ވަރަކަށް އަކަފޫޓު ލިބޭ ގޮތަށް ފުރަތަމަ ނިންމި ނިންމުމަކީ އެކަން ކުރެވެން އޮތް ގޮތް ކަމަށް ފެނެއެވެ. މީގެއިތުރުން އެބަޔަށް ވަނުމަށް ނެގި ގޯޅިވެސް އޭރު އޮތީ […] ބައިކޮށް ހުޅަނގު ބަޔަށް މިލްކުވާގޮތަށް ނިންމާފައިކަން އެނގެއެވެ.

31[…] ފުރަތަމަ ބައިކޮށްދިނުމާއި ގުޅިގެން، ގޯތީގެ އިރުމަތީ ބައި ލިބުނު ޢާއިޝަތު ޢުމަރުމަނިކުވަނީ އޭނާއަށް ލިބުނު ބައިގައި ބަދިގެއަކާއި 2 ފާޚާނާ އާއި އަދި އިންފާރު ރާނާފައވެ. އކަނެ ކޯޓް ނަންބަރު:4 ގެ ނަންބަރު:4/89-28/JC ޤަޟިއްޔާއިން އެނގެން އޮވެއެވެ.

ހ. މަދަރާގެ ބައިކުރުން (2)

32ކުރިން ދެނނެވް ގޮތަށް، އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާގެ ފަރާތުން ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ހުށަހެޅި ޝަކުވާގެ ނަތީޖާއެއް ކަމުގައި ވެގެން ދިޔައީ، މާލޭ މުނިސިޕަލްޓީގެ ނަންބަރު:C/21/88/3-99 (27 ނޮވެމްބަރު 1988) ގެ ސިޓީން ކޯޓު ނަންބަރު 2 އިން ނިންމާފައިވާ ނަންބަރު:2/85-93/JC ޤަޟިއްޔާ އަލުން ބެލޭނެ ގޮތެއް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގައި އެދު މެވެ.

33އެހެންވެ، ކޯޓު ނަންބަރު: 2 އިން […] ފުރަތަމަ ބައިކުރި ނަންބަރު:2/85-93/JC ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އެމައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު:B/47/88/178-21 (15 ޑިސެމްބަރު 1988) ސިޓީން ކޯޓު ނަންބަރު 4 އަކަށް ހުށަހެޅިއެވެ.

34[…] ބައިކުރުމުގެ މައްސަލަ ދެވަނަ ފަހަރަށް ބަލާފައިވަނީ ކޯޓު ނަންބަރު 4 ގައެވެ. އެކޯޓުގެ ނަންބަރު:4/89-28/JC ޤަޟިއްޔާގައި އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާގެ ފަރާތުން އެ ދެކުދިންގެ މަންމަ ޒާހިދާ ޙުސައިން ދީފައިވާ ބަޔާނުގައި އޮތީ؛ " […] ޢިމާރާތްތައް މީގެކުރިން މިކޯޓުން ބައިކޮށްހެދިއިރު އަޅުގަނޑުގެ ދެދަރިން ޙައްވާ ނަޞީބާ އަށާއި އަޙްމަދު ނަޞްރުއަށް ލިބިފައިވަނީ ހުޅނަ ގުބައިގެ ޢިމާރާތްތަކެވެ. އިމާރާތްތައް ބައިކޮށް ދެއްވިއިރު އެކުދިންނަށް 800 އަކަފޫޓްގެ ބޮޑުމިން ބައިކޮށްދެއްވިނަމަވެސް އެކުދިންނަށް ޙަޤީޤަތުގައި ލިބިފައިވަނީ ހަތަރު ސަތޭކަ ވަރަކަށް އަކަފޫޓްގެ ބޮޑުމިނެވެ. އަނެއްބައި ވަނީ ގޯޅިގަޑުގެ ތެރޭގައެވެ. މިގޯޅިގަޑަކީ ސަރުކާރުގެ މަގަކަށްވާ ތަނެކެވެ. އަޅުގަނޑުމެންނަށް ބޭނުން ކުރެވޭ ތަނެއްނޫނެވެ. އެހެންކަމުން އަޅުގަނޑުމެން އެތާއެއްވެސް ތަނެއް ނަހަދާ އެމައްސަލަ ކަމާބެހޭ ފަރާތްތަކުގައި ދެންނެވީމެވެ. ވީމާ އަޅުގަނޑު އެދެނީ ގޯޅިގަޑުގެ ބައިނުހިމެނޭގޮތަށް އެކުދިންނަށް އެބައިން 800 އަކަފޫޓްގެ ސަރަޙައްދެއް ވަކިވާނެ ގޮތް ވުމެވެ. ކުރީގެ މައްސަލަ ނިންމިފަހުން އިރުމަތީބައި ލިބުނު މީހުން ހަދާފައިވާ ތަންތަން މިހާރު ބައިކުރާއިރު ....އަރާތަންތަނުގެ އަގު އަޅުގަޑުގެ ދަރިންގެ ފަރާތުން އެފަރާތަށް ދީފާނަމެވެ....." ނިމިފައިވާ ޤަޟިއްޔާ އަކާމެދު ދޮގެއ ނުވަތް އޮޅުވާލުމެއްގެ މައްސަލަ ހުށަހެޅިއްޖެނަމަ އެމައްސަލައެއް ބެލުން ފިޔަވައި ޤަޟިއްޔާއެއް ދެވަނަ ފަހަރަށް ނުބެލެވޭނެކަމަށް އޮންނަ ޢާންމު އުޞޫލެއް އޭރުވެސް އޮވެއެވެ. (ވަޒީރުލްއައުޡަމް އޮފީހުގެ ނަންބަރު:67/349) މިއުޞޫލު ޝަރީޢަތް ކުރުމާބެހޭ ޤަވާއިދު ފޮތް (5) ގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިއޮތެވެ. ނަމަވެސް ފަހުން ކުރާ ޙުކުމަކުން ކުރީގެ ޙުކުމަށް ބަދަލު އަތުވެދާނެކަމަށް ފެންނަނީ ނަމަ، އެމައްސަލަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ހުއްދަ ލިޔުމުން ހޯދައިގެން ބެލޭނެ ހަމައެއްވެސް އޮތެވެ. (މަޙްކަމަތުއްޝަރުޢިއްޔާ (ވ) ގެ ނަންބަރު:ވ-67/16) މިއުޞޫލު ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު ފޮތް (6) އާ ހަމައަށް ދެމިގެން އައިސް 54ވަނަ މާއްދާގަ ގޮތުގައެ ބަޔާންކޮށްފައި އޮތެއެވެ. ވީމާ، ދަށު ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއްގެ ޙުކުމަށް ބަދަލު އަތުވެދާނެ މައްސަލައެއް މިނިސްޓްރީ އޮފް ޖަސްޓިހުގެ ހުއްދަ ހޯދައިގެން ބެލުމަކީ ލިޔެފައިވާ ޤަވާޢިދެއްގެ ދަށުން ކޯޓުތަކުން އޭރު ޢަމަލު ކުރިގޮތެއްކަން ސާފުވެއެވެ.

35އަދި މިޤަޞިއްޔާގެ އިތުރު ބަޔާނުގެ ގޮތުގައި އޮތް ބައިގައި ބަޔާންކޮށްފައިވަނީ؛ o […] މައްސަލައާއި ގުޅިގެން މާލޭ މުނިސިޕަލްޓީއިން މިނިސްޓްރީ އޮފް ޖ ސްޓިސްއަށް ފޮނުއްވެވި އެތާގެ ނަންބަރު C/21/88/3-99 (27 ނޮވެމްބަރު 1988) ސިޓީ ގައި […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތައް ބައި ކުރުމުގެ މައްސަލަ ނިންމަވާފައިވާ ކޯޓު ނަންބަރު 2 ގެ ނަންބަރު 2/85-93/JC ގެ ޤަޟިއްޔާ އަލުން ބައްލަވަން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ ގޯތި އެހެން ގޮތަކަށް ވަކިކުރައްވަނ ބޭނުން ފުޅުވާތީ ކަމުގައި ވިދާޅުވެފައިވާތީ ކޯޓު ނަންބަރު 2 ގެ 2/85-93/JC ގެ ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާ މާލޭ މުނިސިޕަލްޓީ އާއި މަޝްވަރާ ކުރައްވައިގެނ ކުރިއަށް ގެން ދެވުމަށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ނަންބަރު B/42/88/178-21 (15 ޑިސެމްބަރު 1988) ގެ ސިޓީއިން އަންގަވާފައިވެއެވެ. o […] ޢިމާރާތްތައް މިގޭގެ ބެހެނިވެރިން އެދިފައިވާ ގޮތަށް ބައިކޮށް ދިނުމާމެދު އިޢުތިރާޟެއް އޮތްތޯ މާލޭ މުނިސިޕަލްޓީގައި ދެންނެވުމުން އެތާގެ ނަންބަރު:47/89/47/C-99 (29 އޭޕްރީލް 1989) ގެ ސިޓީއާއެކު ފޮނުވާފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ގޮތުގެމަތިން....ދެކުނު ފަރާތުން 6 ފޫޓް ގޯޅިގަޑެއް ހަދާ ގޯޅިގަނޑު އެއްވެސް ބަޔަކަށް ނުހިމަނާ........800 އަކަފޫޓުގެ ސަރަހައްދުތެރޭގައިވ އެންމެހާ އިމާރާތްތަކާއި ވަޅުފަދަ ތަންތަން.............ނަސީބާއަށް މިބައި ކެޑުމަށްފަހު ގޯތީގެ އިރުމަތީ ބައިގައިވާ ..........އައިޝަތު ޢުމަރު މަނިކަށް ހަމަ ޖެއްސުން އެންމެ ރަގަޅު ކަމުގައި ....ބައިކުރަން މިހާރު ޗާރޓުގައި ފާހަގަކޮށް ފައިވާ ގޮތަކީ އެއޮފީހަށް ފެންނަ އެންމެ މަސްލަޙަތު ހަމަޖެހޭ ރަގަޅު ގޮތެއް ކަމުގައިވެސް އަންގަވާފައި ވެއެވެ....." (ކިޔަން އނެ ގޭވަރަށް ސާފުނުވާ ތަންތަނުގައި ތިކިޖަހާފައި)

36އެހެންކަމުން، […] ފުރަތަމަ، ދެބައި ކުރިއިރު އެގޯތީގެ ދެކުނުކޮޅުން ނަގާފައިވާ ގޯޅިގަނޑަކީ، […] ހުޅަނގު ބަޔަށް (މިހާރު […] ) އަށް ވަނުމަށް ނެގި […] ގޭގެ މިލްކުވެރި ކަމުގައި އޮތް ބައެއްކަން އެނގެއެވެ. ނަމަވެސް އެގޮތް ކަމުނުގޮސްގެން، […] ގައި ދިރިއުޅުމަށް އޮތް ތަންކޮޅު ކުޑަކަމަށް ބުނެ، […] އަލުން ބަހައި ދިނުމަށް އެދި ޝަކުވާކުރި ފަރާތަކީ […] ލިބުނު ފަރާތްތަކެވެ.

37އެޝަކުވާތަކާއި ގުޅިގެން، ކުރިން ކޮށްފައިވާ ޝަރީޢަތްތައް ރޫޅައި އަލުން، ދެވަނަ ފަހަރަށް […] ބަހާފައިވަނީ […] ލިބުނު ފަރާތްތަކުން އެދުނު ގޮތަށެވެ. މިގޮތުން، ޢާއިޝަތު ޢުމަރުމަނިކަށް […] ފުރަތަމަ ބެހިއިރ ލިބުނު ބައިން ބައެއް ނެގުމަށްފަހު، […] ގެ ބޮޑުމިން 800 އަކަފޫޓް ލިބޭގޮތަށް ބޮޑު ކޮށްފައިވެއެވެ. މިގޮތަށް ހެދީ، […] ވަންނަން އޮތް ގޯޅިގަނޑަކީ […] ބައިކުރުމުގައި ބައި ލިބޭ އެއްވެސް ބަޔަކަށް މިލްކުވެރިކަން ނުވާގޮތަށް އޮންނަ ގޯޅި ގަނޑެއްގެ ގޮތުގައި ބޭއްވުމަށް ފަހުއެވެ.

38HN3ވީމާ، ޝަރީޢަތުން މިގޮތަށް މައްސަލަ ނިންމައި، […] އަދި […] ރަޖިސްޓްރީ ހައްދައިދީފައި އޮތެވެ. އޭގެ ފަހުން، […] ލިބުނު މީހުން، އިދާރީގޮތުން ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ލޔި ގެން، ޝަރީޢަތުން އެއްވެސް ފަރާތަކަށް މިލްކުނުވާގޮތަށް ބާއްވާފައި އޮތް ގޯޅިގަނޑު […] ރަޖިސްޓްރީގައި ޖައްސާފައިވެއެވެ. މިއީ، ޝަރުޢީ، ޤާނޫނީ އަދި އިސްތިޙްސާނީ ހަމައަކުން ބަލާއިރުވެސް ކުރެވޭނެ ކަމެއް ނޫނެވެ.

39HN1[…] ކިޔު ގޯއްޗަށް މިދެންނެވި ގޯޅިގަނޑު އިދާރީގޮތުން އިތުރުކޮށް ރަޖިސްޓްރީ ކުރުމުން، އޭގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވާ ފަރާތަކީ […] ފުރަތަމަ ބެހިއިރު އެގޭގެ އިރުމަތީކޮޅު ލިބުނު އާއިޝަތު ޢުމަރުމަނިކެ ވެ. ސަބަބަކީ، ފަހުން ދެވަނަ ފަހަރަށް ގޯޅިގަނޑު އެއްވެސް ބައެއްގެ މިލްކުގައި ނުހިމެނޭގޮތަށް ނިންމި ނިންމުން ބިނާވެގެން ގޮސްފައިވަނީ، ޢާއޝަތި ޢުމަރަމަނިކށަ ފުރަތަމް ލިބިދިން ބިމުން ބައެއް […] އިތުރުކޮށްގެން ކަމަށްވާތީއެވެ. ވީމާ، […] ގެ ރަޖިސްޓްރީއަށް މިދެންނެވި ގޯޅިގަނޑު އިދާރީ ގޮތުން އިތުރުކުރި ކުރުމުގެ ގެއްލުން ޢާއިޝަތު ޢުމަރުމަނިކއާ އޭނާގެ ތަރިކައިން ލިބޭންތިބި މީހުންނަށް ކުރާނެއެވެ.

40ހަމައެހެންމެ، […] އިނެ ޙަސަންފުޅުގެ ތަރިކައިގައި ބަހަން އޮންނާނީ އެގޯތީގެ 3/1 (ތިންބައިކުޅަ) އެއްބައިކަނ ހުށަހެޅުން ލިޔުންތަކުން އެނގޭއިރު، […] އެވެ ކިޔާ މުޅިގޯތީ ދެބައި ކުރެވޭ އުޞޫލުން ބަފާހައި އޮތްއިރު، އަދި އެގޯތިނ ނެގުން ގޯޅިގަނޑު […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގައި ހިމެނުމަކީ ޢާއިޝަތު ޢުމަރުމަނިކުގެ ދަރިންނަށް އޭގެ ގެއްލުން ބޮޑުވާނެ ކަމެކެވެ. […] ގޭގެ ވެރި ފަރާތްތަކުން، މިހާރުވެސް […] 800 އަކަފޫޓް ހަމަނުވާކަމަށް ބުނާއިރު، 800 އަކަފޫޓަކީ […] ހަމަކޮށްދޭންޖެހޭނެ މިންވަރެއް ނޫންކަން ކުރިން ފާހަގަކުރި ކަންކަމުން ސާފުވެއެވެ. ވީމާ، […] ކިޔާ ބަންޑާރަ ގޯތި ބައިކުރުމުގެ ގޮތުން ކޯޓު ނަންބަރު 4 ގެ ނަންބަރު:4/89-28/JC ޤަޟިއްޔާއިން އެގޯއްޗާ ބެހޭގޮތުން ނިންމާފައިވާ ނިންމުމަކީ […] ބެހެނިވެރިން އެމައްޗަށް އެއްބަސްވެ […] ހުޅަނގު ބަޔަށް ވަނުމަށް ނެގި ގޯޅި ވަކި ފަރާތަކަށް މިލްކުވެރިކަން ނުދީ ބޭއްވުމަށް ޝަރީޢަތުން ނިންމާފައި އޮތް އޮތުމެއް ކަމަށްވާއިރު، އެނިންމުމުގެ މައްޗަށް އިދާރީގޮތުން ކުޅެ ގޮތްގޮތް ހެދުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެކަމަކީ، ޢާއިޝަތު ޢުމަރުމަނިކުގެ މުދަލުން ލިބެން ތިބި މީހުންނަށް ގެއްލުން ލިބޭ ކަމެކެވެ. މިމައްސަލަ ހުށަހެޅި މުޙައްމަދު ނަޢީމުއަކީ ޢާއިޝަތު ޢުމަރުމަނިކުގެ މުދައު ތަރިކައިން ލިބެންހުރި އެއް ދަރިއެވެ. ވީމާ، މިމައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރިހަމަ ހައިޞިއްޔަތު މުޙައްމަދު ނަޢީމަށް ލިބިގެންވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:

41އިސްތިއުނާފީ ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މިމައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ދަށު ކޯޓުގެ ޝަރީޢަތުން ބަލާފައި ނެތްކަމަށެވެ. ނަމަވެސް މިމައްސަލައިގެ ޙަޤީޤަތްތައް ދަށުކޯޓުން ރަނގަޅަށް ބަޔާންކޮށް، އަދި މިމައްސަލައާއި ގުޅިގެން ދަށު ކޯޓުގައި ހިނގާދިޔަ މައްސަލަތަކަށް ޙަވާލާދީފައިވެއެވެ.

42މިމައްސަލައަށް ބަލާއިރު، މިނިސްޓްރީ އޮފް ހޯމްއެފެއަރޒ އިން […] ގޯޅި ގަނޑު […] ގޯތީގެ ބައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުއްދަދިންއިރު، ޝަރުޢީ މަރުޙާލާއިން ނިންމާފައިވާ ނިންމުންތައާ ބަލާފައި ނެތްކަން ސާފުކޮށް ބަޔާންކުރެވިއްޖެއެވެ. މިމައްސަލައިގެ ކަންހިނގާފައި އޮތް ގޮތަށް އޭރުގެ މާލޭ މުނިސިޕަލްޓއިނީ ނާއި އަދި މިނިސްޓްރީ އޮފް ހޯމްއެފެއާރޒ އިން ބެލިނަމަ، […] އެވެ ކިޔާ ގޯއްޗާއި ގުޅޭ ގޮތުން އިދާރީ ގޮތުން ނިންމާނެ ނިންމުންތަކެއް ނެތްކަން ސާފުކޮށް ފެންނާނެއެވެ. އަދި […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ އިދާރީ ގޮތުން ބަދަލު ކުރުމަށް ހުއްދަ ދެވޭނެ ޝަރުޢީ، ޤާނޫނީ އަދި އިކުއިޓީގެ ހަމައެއްވެސް ނެތްކަން ސާފުކޮށް އެނގޭނެއެވެ. ވީމާ، މިނުކުތާއާމެދު ދަށު ކޯޓުން ގޯހެއް ހަދާފައެއް ނެތެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:

43މިނުކުތާގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަނީ، ދަށު ކޯޓުން މައްސަލަ ނިންމިއިރު، […] ގގޭ ވެރިންކަމުގައިވާ އަޙްމަދު ސައިފް (އަޙްމަދު ނަޞްރު) އާއި ޙައްވާ ނަޞީބާގެ އެއްވެސް ބަހެއް ހޯދާފައި ނެތްކަމަށެވެ.

44HN4މިނުކުތާއާމެދު ބަލާއިރު، ދަށު ކޯޓުގެ ޝަރީޢަތް ހިންގިއިރު، […] ގޭގެ ވެރިފަރާތްތަކުގެ ބަހެއް ހޯދިކަން އެނގޭކަށް ނެތެވެ. އެ އެއްޗެއްހޯދީ ނުވަތަ ލިބިގަތީ ނުވަތަ މިލްކުކުރާ ނޫނީ ހިޔާޒަތުގެ ދަށަށް ގެނައީ ޝަރުޢީ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ފެންނާން އޮތްނަމަވެސް، ޝަރީޢަތުން ގޮތް ކަނޑައަޅާ މައުޟޫއަކީ އެހެން މީހެއްގެ ބެލުމުގެ ދަށުގައި ނުވަތަ މިލްކުވެރިކަމުގެ ދަށުގައި ނޫނީ ހިޔާޒަތުގެ ދަށުގައި އޮތް އެއްޗެއްގެ މައްޗަށްކަމަށްވާއިރު، އެކަން އެފަރާތަށް އެންގުމާއި ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެމެވެ.

45މިމައްސަލައިގައި، މައުޟޫއަކީ ޝަރީޢަތުން ކުރިން ނިންމާފައި އޮތް ނިންމުމެއް އެގޮތުގައި ބޭއްވުމަށް އެދޭ އެދުމެއްކަން މިމައްސަލަ ދިރާސާ ކުރުމުން އެނގެއެވެ. މާނައަކީ، […] އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ގުޅޭ ގޮތުން ކޯޓު ނަންބަރު 4 ގެ ނަންބަރު:4/89-28/JC ޤަޟިއްޔާއިން ނިންމި ނިންމުން އެގޮތުގައި ބޭއްވުމެވެ. މިއީ، އެނިންމުން އެގޮތުގައި އޮއްވައި، […] ނަގައި ވަކިބަޔަކަށ މިލްކް ނުވާ ގޮތަށް ޝަރީޢަތުން ކަނޑައެޅި ގޯޅި، […] ގެ އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގައި ހިމެނި ހިމެނުން ރނަ ގަޅު ނޫންކަމަށް ބުނެ އެރަޖިސްޓްރީއަށ އިދާރް ގޮތުން ބަދަލު ގެނައި ފަރާތުގެ މައްޗަށް ކުރި ދަޢުވާއެކެވެ.

46HN5ދަށުކޯޓުގައި […] ލިބުނު މީހުންނަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައި ނެތްނަމަވެސް އެމީހުންގެ ފަރާތުން އެމައްސަލަ މިހާރު މިވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގެ މިމައްސަލައިގެ ތެރެއިން […] ގގޭ ވެރިފަރާތްތަކުން ދައްކަންޖެހޭ ވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައި ދައްކައި، ލިޔުމުން ހުށަހަޅާންޖެހޭ ހުށަހެޅުންތައް ހުށަހެޅިއެވެ. ނަމަވެސް މިމައްސަލައިގައި، […] ގޭގެ ވެރިފަރާތްތަކުން އިތުރަށް ކުރާނެ އަދި ކުރެވޭނެ ޖަދަލެއް ނެތްކަން މިމައްސަލައިގައި ކަންހިނގާފައި އޮތްގޮތަށް ބެލމު ނ ސާފުވެއެވެ.

47HN6ވީމާ، ދަށު ކޯޓުގައި މިމައްސަލަ ހިންގިއިރު، […] ގގޭ ވެރފަރާތި ތަކަށް ބަސްބުނާނެ ފުރުޞަތު ލިބިފައި ނެތްކަމަށް ބުނެ، މިމައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން ބާޠިލު ކުރަންޖެހޭ ބޭއިންޞާފެއް […] ލިބުނު ފަރާތތަކް ށ ލިބިފައެއް ނެތެވެ. ޙަޤީޤަތުގައި، މިމައްސަލައިގައި، ފާޅުކަން ބޮޑު ގޮތެއްގައި ޝަރުޢީ، ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ޢަމަލުކޮށް […] ވަކް ބަޔަކަށް މިލްކުވެރިކަން ނުލިބޭގޮތަށް ޝަރީޢަތުން ނެގި ގޯޅި […] ރަޖިސްޓްރީގައި ހިމެނުމަށް މަސައްކަތްކޮށް އެކަން ކުރުވި ފަރާތަކީ […] ނިސްބަތްވާ މީހުންނެވެ. ޢަދާލާ ވަލް އިންޞާފުގެ ތެރެއިން އިންޞާފު ލިބިދިނުމަށްއެދި އަންނަމީހަކީ، އެކަމަކާއި ގުޅިގެން ނުސިޔާނު ކަންތައްތަކެއްކޮށް އޭނާގެ އަތް ހަޑިވެފައިވާ މީހެއްކަމުގައި ނުވުން ޝަރުޠު ކުރެއެވެ.

48[…] ފުރަތަމަ ބެހި ގޮތާއި ގުޅިގެން، […] ގޭގެ ވެރފަރާތި ތަކުން ކުރް ޝަކުވާގެ ނަތީޖާއެއްގެ ގޮތުން […] ދެވަނަ ފަހަރަށް ބައިކޮށް ނިންމި ކޯޓު ނަންބަރު 4 ގެ ނަންބަރު:4/89-28/JC ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކުރަނީ؛ "ދެންފަހެ […] ޢިމާރާތްތައް މިގޭގެ ބެހެނިވެރިން އެދިފައިވާ ގޮތަށް ބައިކޮށް ދިނުމާއި މެދު މާލޭ މުނިސިޕަލްޓީއިނ އިޢުތިރާޟް ނުކުރައްވާތީ ޢިމާރާތްތައް ބައިކުރުމުން ހުންނާނެ ގޮތް ފާހަގަ ކުރައްވާ ފޮނުއްވާފައިވާ ޗާރޓްގައި ވާގޮތަށް ގޯތީގެ ދެކުނުފަރާތުން 6 ފޫޓްފުޅާ ގޯޅި ގަނޑެއްހަދާ ގޯޅިގަޑު އެއްވެސް ބަޔަކަށް ނުހިމަނާ ގޯތީގެ އިރުމަތީ ބައިގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢާއިޝަތު ޢުމަރުމަނިކަށ މިލްކް ވާކަމަށާއި ގޯތީގެ ހުޅނަ ގ ބައިގައިވާ ޢާޢިޝަތ ޢުމަރު މަނިކުގެ މިލްކުތަންތާގެ އަގުން އަޙްމަދު ނަޞްރު އާއި ޙައްވާ ނަޞީބާގެ ބަދިގެއެއްގެ ..... އިބްރާހިމް ޢަބްދުއްރަޙްމާނު އާއި ޙަވާލުކުރެވިފައިވާތީ ހުޅނަ ގ ބައިގައިވާ އެންމެހާ އިމާރާތްތަކާއި ވަޅުފަދަތަންތަން ޙައްވާ ނަޞީބ އާއާ އަޙްމަދު ނަޞްރުއަށް މިލްކުވެއްޖ ކަމަށެ ކަނޑައަޅް […] ޢިމާރާތްތަކުގެ މައްސަލެ މިގޮތަށް ހަމަޖެހުމުން މިގެއާއި ބެހޭގޮތުން ނިންމާފައިވާ ކޯޓް ނަންބަރު 2 ގެ ނަންބަރު -93/JC 2/85 ގެ ޤަޟިއްޔާގެ ޙުކުމް ބާޠިލު ވީކަން އަންގާ މައްސަލަ ނިންމީއެވެ." (ތިކި ޖަހާ ދޫކޮށްފައި އެވަނީ ހުށަހެޅި ލިޔުމުން އެބައި އުނިވެ ރަގަޅަށް ކިޔަން ނޭގޭތީއެވެ. ދަށު ރޮނގު އިތުރުކޮށްފައި.)

49[…] ދަރާގެއ ގުޅާ ގޮތުން ޝަރީޢަތުން މިނިންމުން ނިންމާފައި އޮއްވައި، މާލޭ މުނިސިޕަލްޓީއަށް އަނެއްކާވެސް ޝަކުވާ ކުރިކަމަށް ފެންނާން އޮތީ […] ގގޭ ވެރި ފަރާތްތަކު ންނެވެ. އެޝަކުވާއާއި ގުޅިގެން، މާލޭ މުނިސިޕަލްޓީގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ އެންޑް އެންވަޔަރަންމަންޓ އަށް ލިޔުނީ ކަމަށް ބެލެވެން އޮވެއެވެ. އެސިޓީ އާއި ގުޅިގެން، ހޯމް އެފެއާޒްގެ ނަންބަރު:A/99/2000/128-10 (10 ޖުލައި 2000) ސިޓީން މާލޭ މުނިސިޕަލްޓީއަށް އަންގާފައިވަނީ، "ހ.މަދަރާގޭ ގޯތި ބައިކޮށްގެން […] ގޯއްޗަށް ވަނުމަށް ހެދިފައިވާ ގޯޅިގަޑު […] ގޯތީގެ ބައެއްގޮތުގައި ހަމަޖައްސަވާ ދެއްވުން އެންމެ ރަނގަޅު ވާހަކަ ދެންނެވީމެވެ." މިފަދައިންނެވެ.

50ކޯ ޓު ނަންބަރު 4 ގެ ނަންބަރު 4/89-28/JC ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން، 13 ނޮވެމްބަރު 1991 ގައި […] އަށު ހަދައިދީފައިވާ ނަންބަރު ބ.8964 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށް، ހޯމް އެފެއާޒްގެ ނަންބަރު:A/99/2000/128-10 (10 ޖުލައި 2000) ގެ މައްޗަށް ބިނާކޮށް، […] އެވެ ކިޔާ ގޯއްޗަށް ނަންބަރު:ބ.14883 ރަޖިސްޓްރީ 07 ޑިސެމްބަރު 2005 ގައި މާލޭ މުނިސިޕަލްޓީން ހަދައިދީފައިވެއެވެ. މާލޭ މުނިސިޕަލްޓީގެ ނަންބަރު:C/10/2000/152-99 (28 މެއި 2000) ސިޓީ.

51ކޯޓު ނަންބަރު 4 ގެ ނަންބަރު 4/89-28/JC ޤަޟިއްޔާގެ ޙުކުމަކީ، […] ގޭގެ ވެރިފަރާތްތަކުން ކުރި ޝަކުވާއާއި ގުޅިގެން ކޯޓު ނަންބަރު 2 ގެ ނަންބަރު 2/85-93/JC ގެ ޤަޟިއްޔާއިން […] ފުރަތަމަ ބައިކޮށްދީ ކުރި ޙުކުމް ބާޠިލު ކުރުމަށްފަހު، […] ބެހުމަށް […] ގޭގެ ވެރިފަރާތްތަކުން އެދިގެން، އެ އެދުނު ގޮތަށް ދެވަނަ ފަހަރަށް […] ޝަރީޢަތުން ބައިކޮށްދ ނިންމީ ގޮތެވެ. އެޙުކުމާއި އެއްގޮތަށް […] އަށާއި […] ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ދިނެވެ. އޭގެ ފަހުން، މާލޭ މުނިސިޕަލްޓީންނާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން […] ރަޖިސްޓްރީ އެޙުކުމާއި ޚިލާފަށް، ބަދަލު ކުރުމުގެ އަސްލަކީ […] ގގޭ ވެރިފަރާތްތަކުން އަނެއްކާވެސް ކުރި ޝަކުވާއެވެ. ވީމާ، ޝަރީޢަތުން ކޮށްފައިވާ ޙުކުމާއި ޚިލާފަށް […] ގެ ރަޖިސްޓްރީއަށް ގޯޅިގނަ ޑުގެ ބނު އިތުރުކރުވައު އެބަދަލު ގެނުވާފައި އޮތް އޮތުމާމެދު ދަށު ކޯޓުން ގޮތް ނިންމިއިރު، […] ގގޭ ވެރި ފަރާތްތަކގު ބަހެއް ނުހޯދައޭ ބުނެ އިތުރަށް ވާހަކަ ދެއްކޭނެ ކަމަކަށް ނުދެކެމެވެ. މައްސަލަ ތަހުވީލުކުރުން:

52HN7މިމައްސަލައިގއަ އިސްތިއުނާފި ރައްދުވު އެއްފަރާތްކަމަށްވ މާލާ ސިޓީކައުންސިލުން އެދިފައިވަނީ މިމައްސަލަ އަލުން ދަށު ކޯޓަށް ތަހުވީލު ކުރުމަށެވެ. ސަބަބެއް ކަމަށް ބަޔާންކުރަނީ […] ގޭގެ ވެރިފަރާތްތަކުގެ ބަސް ދަށު ކޯޓުން ނަގާފައި ނެތުމެވެ. އިސްތިއުނާފީ މިމައްސަލައަކީ […] ގޭގެ ވެރިފަރާތްތަކުން އިސްތިއުނާފުކުރި މައްސަލައެއްކަމަށްވާއިރު، މިމައްސަލަ ތަހުވީލު ކުރުމަކީ އެފަރާތްތަކނު އެދިފައިވާ ފަރުވާއެއް ނޫނެވެ. ހަމައެހެންމެ، މިމައްސަލައިގައި މިމަރުޙަލާގައި […] ގގޭ ވެރިފަރާތްތަކުން ބުނާއެއްޗެއް ސާފުކުރެވިފައިވާތީ، އެމީހުންގެ ބަސް ޝަރީޢަތަށް އެވަނީ ހޯދިފައިއެވެ.

53މިމައްސަލައިގައި ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތް ޙަޤީޤަތަކީ […] ދެވަނަ ފަހަރަށް ޝަރީޢަތް މެދުވެރިކޮށް ބައިކުރިއިރު، އެއްވެސް ފަރާތަކަށް ނުވާގޮތަށް ބޭއްވުމަށް ޝަރީޢަތުން ޙުކުމް ކޮށްފައިވާ ގޯޅިގަނޑު ޝަރީޢަތުގެ ޙުކުމާއި ޚިލާފަށް […] ގެއަށް ހަދާދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް މާލޭ މުނިސިޕަލްޓީއިން އިތުރުކުރި ކުރުމެވެ. ވީމާ، މިމައްސަލަ ދަށު ކޯޓަށް އަލުން ފޮނުވައިގެން މައްސަލަ ދިގު ދއްމެމގު އެއްވެސް ބޭނުމެއް އޮތްކަމަށް އަހުރެންނަކަށް ބުރައެއް ނވު ވެ އެވެ. މައްސަލަ ނިންމުން:

54ޚުޞޫ މާތުގެ އަސްލު ބިނާވާ ގޯޅިގނަ ޑަކީ، […] ބައިކުރުމުގެ މައްސަލެ ދެވަނަ ފަހަރަށް ބެލި ކޯޓު ނަންބަރު 4ގެ ނަންބަރު:4/89-28/JC ޤަޟިއްޔާގައި ބަޔާން ކުރާގޮތަށް […] ބައިކުރިއިރު އެގޯތީގެ ބައިން ލިބޭ ވަކިފަރާތަށް މިލްކު ނުވާ ގޮތަށް އޮތް ގޯޅިގަނޑެކެވެ. ވީމާ، […] އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގެ ބައެއްގެ ގޮތުގައި މިދެންނެވި ގޯޅިގަނޑު އިތުރު ކުރިކުރުމަކީ ޝަރީޢަތުން ކޮށްފައިވާ ޙުކުމާއި ޚިލާފަށް ކުރި ކަމަކަށްވާތީ، […] އެވެ ކިޔާ ބަންޑާރަ ގޯތީގެ ރަޖީސްޓްރީގައ މިދެންނެވި ގޯޅިގަނޑު ހިމެނި ހިމެނުން ބާޠިލެވެ.

55މަތީގައިވާ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު:842/Cv-C/2022 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

56މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

57މި ދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ކޯޓު ނަންބަރު 4 ގެ ނަންބަރު 4/89-28/JC ޤަޟިއްޔާ
  • ކޯޓު ނަންބަރު 6 ގެ ނަންބަރު 6/80-180/JC ޤަޟިއްޔާ
  • ކޯޓު ނަންބަރު 2 ގެ ނަންބަރު 2/85-93/JC ޤަޟިއްޔާ
  • ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދު ފޮތް (5) ގެ 52 ވަނަ މާއްދާ (ފުޓްނޯޓް)
  • ޝަރީޢަތްކުރުމާބެހޭ ޤަވާޢިދު ފޮތް (6) ގެ 54 ވަނަ މާއްދާ (ފުޓްނޯޓް)
  • ވަޒީރުލްއައުޡަމް އޮފީހުގެ ނަންބަރު 67/349 (ފުޓްނޯޓް)
  • މަޙްކަމަތުއްޝަރުޢިއްޔާ (ވ) ގެ ނަންބަރު ވ-67/16 (ފުޓްނޯޓް)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ