ޢަބްދުﷲ ޝަރީފް ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 787/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2023/SC-A/42 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއްގައި އިސްތިއުނާފުކުރާ ފަރާތުގެ 51% ޙިއްޞާ އެހެން ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބަދަލުކޮށް ރަޖިސްޓްރީކުރުމަކީ ކުންފުންޏާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނާއި ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނާ ޚިލާފު ކަމެއްތޯ، އަދި އެކަމުގެ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޕްރައިވެޓް ކުންފުންޏެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެއް ކަމުން، ކުންފުނީގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު ބަދަލުކުރެވިދާނެ؛ އިސްތިއުނާފުކުރާ ފަރާތްވެސް ބައިވެރިވެގެން ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ކުންފުނިން ހުށަހެޅި ޝެއަރ ޓްރާންސްފަރ ފޯމުގެ މަތިން ޙިއްޞާ ބަދަލުކޮށް ރަޖިސްޓްރީކުރުމަކީ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
HN2 ކޮންޓްރެކްޓާބެހޭ ޤާނޫނުގައިވާ މަކަރުވެރިކަމުން ޙަޤީޤަތް އޮޅުވާލުން ސާބިތުވުމަށް (1) ޙަޤީޤަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް ދެއްކުން، (2) އެއީ ޙަޤީޤަތާ ޚިލާފުކަން އެނގިހުރެ ނުވަތަ ޤަބޫލުކޮށްހުރެ އެއީ ތެދެއްކަމަށް މަކަރުވެރިގޮތަކަށް ދެއްކުން، އަދި (3) އެކަމުގެ މައްޗަށް އިތުބާރުކޮށްގެން އަނެއް ފަރާތް ކޮންޓްރެކްޓްގައި ބައިވެރިވުން ސާބިތުކުރަންޖެހެއެވެ.
HN3 ޙިއްޞާވެރިޔާގެ އެނގުމާއި ރުހުމާއެކު ބޯޑު ޤަރާރާ އެއްގޮތަށް ސޮއިކޮށް ހުށަހެޅި ޝެއަރ ޓްރާންސްފަރ ފޯމުގެ މަތިން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ޙިއްޞާ ބަދަލުކޮށްދިނުމަކީ ޙަޤީޤަތް އޮޅުވާލައިގެން ކުރެވުނު ކަމަކަށް ނުބެލެވޭނެއެވެ.
HN4 ޙިއްޞާ ބަދަލުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާއިރު، އެ މުޢާމަލާތުން ބޯޑަށް އަންނަ ބަދަލުތަކާއި ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ޑިރެކްޓަރަކު ހުރުން ފަދަ ކަންކަމަށް ރިޢާޔަތްކޮށް ބަލައި ކަށަވަރުކުރަންޖެހޭނީ ކުންފުނިންނާއި ޙިއްޞާވެރިންނެވެ. އެކަމުން ނުކުންނަ ނަތީޖާއަށް ޒިންމާވާންޖެހޭނީވެސް އެ ފަރާތްތަކެވެ؛ ބޯޑުގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ މެންބަރަކު ނެތްކަން ސާބިތުނުކޮށް އެ މާއްދާއާ ޚިލާފުވިކަމަށް ނުބެލެވޭނެއެވެ.
HN5 ބޯޑު ރިޒޮލިއުޝަނަކާއި ބޯޑު ޖަލްސާގެ ޔައުމިއްޔާއަކީ ތަފާތު ދެ ލިޔުމެއް؛ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނީގެ ސެކްރެޓަރީ ސޮއިކުރަން ލާޒިމުވަނީ ޔައުމިއްޔާގައި ކަމުން، ބޯޑު ރިޒޮލިއުޝަންގައި ސެކްރެޓަރީގެ ސޮއި ނެތުމަކީ އެ ރިޒޮލިއުޝަންގެ ޞައްޙަކަމާ މެދު ސުވާލު އުފެދޭނެ ސަބަބެއް ނޫނެވެ.
HN6 ދަށުކޯޓުގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފުކުރާއިރު، ހަމައެކަނި ވަކި މާއްދާތަކާ ޚިލާފަށް ނިންމިކަމަށް ބުނުމަކުން ފުދުމެއް ނެތް؛ ހުށަހަޅާ ޤާނޫނީ ބަހުސަކީ ކޮބައިކަމާއި އެ މާއްދާތަކާ ޚިލާފަށް ނިންމުމުގެ ސަބަބުން ޢަދުލުއިންސާފު ގެއްލުނު ގޮތް އިސްތިއުނާފީ ނުކުތާގައި ބުނެދޭންވާނެ؛ އެހެން ނޫންނަމަ އެ ނުކުތާއަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.
HN7 ޕްރައިވެޓް ކުންފުންޏެއްގެ ޙިއްޞާ އެކަށައެޅުމަކީ ކުންފުނީގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ކުންފުންޏަށް ލިބިގެންވާ ބާރެއް؛ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ކުރަނީ ހުށަހަޅާ ބަދަލަކީ ކުންފުންޏާބެހޭ ޤާނޫނާއި ހިންގާ ޤަވާޢިދާ އެއްގޮތަށް ގެނެވޭ ބަދަލެއްތޯ ބަލައި ރެކޯޑު ބަދަލުކުރުން ކަމުން، ރަޖިސްޓްރާރ ޙިއްޞާ އެކަށައަޅާ ފަރާތެއް ނޫނެވެ؛ އެހެންކަމުން ދައުލަތުގެ މައްޗަށް ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރެވޭނެ ހަމައެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު: )ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޙުސައިން މަޒީދު ތާޢީދު
ކުރެއެވެ.( މައްސަލައިގެ ތަޢާރުފު:
4މިއީ، ސިވިލް ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞ ލުތަކާ ޚިލާފަށްކަމަށް ބުނެ ސ. ފޭދޫ / ޑިއަރެސްޓް، ޢަބްދުﷲ ޝަރީފް (އައިޑީކާޑު ނަންބަރު: ()ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރް ތަކ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) އެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
8އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އަށް ބެލިއިރު، އެ ޤަޟިއްޔާއަކީ އ އްޑ ފްރެޝ ޕްރައިވެޓް ލިމިޓެޑް، މި ކުންފުނީގައި ސ. ފޭދޫ ޑިއަރެސްޓް ޢަބްދުﷲ ޝަރީފްގެ ނަމުގައި އޭރު އެއޮތް ކުންފުނީގެ އެޙިއްސާ ޢަބްދުﷲ ޝަރީފްގެ ނުރުހުމުގައި އެހެން ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބަދަލުކޮށްފައިވާތީ ޢަބްދުﷲ ޝަރީފްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,117,400.00 US$ (ދެމިލިއަން އެއްލައްކަ ސަތާރަހާސް ހަތަރުސަތޭކަ އެމެރިކާ ޑޮލަރު) ލިބުމަށް ޢަބްދުﷲ ޝަރީފްގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށ ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މއްޗަށަ ހުށަ ހެޅުމުނ ބެލުން މައްސަލައެކެވެ.
3. އެ ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހުގައި އައްޑޫ ފްރެޝ ޕްރައިވެޓް ލިމިޓެޑުގައި ސ. ފޭދޫ ޑިއަރެސްޓް ޢަބްދް ﷲ ޝަރީފްގެ ނަމުގައި އޭރު އެއޮތު 14 (ފަންސާސް އެކެއް) ޙިއްސާ ޢަބްދެ ﷲ ޝަރީފްގެ ކިބައިން އިޓަލީގެ ރައްޔިތޮއް ކަމުގައިވާ ސިމޯންޕޮގްލިއާނީއަށް މިނިސްޓްރީ އޮފް އިކޮން މިކް ޑިވެލޮޕްމަނުޓުނ ބަދަލުކޮށްފައިވަނީ ޢަބްދް ﷲ ޝަރީފްގެ ރުހުމުގައި އެކުންފުނިން ހުށަހެޅިގޮތުގެ މަތިންކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައާއި، ވަކީލުފީގެ ގޮތުގައި ލިބު މަށ ޢަބްދާ ﷲ ޝަރީފް އެދިފައިވާ US$ 2,117,400.00 (ދެމިލިއަން އެއްލައްކަ ސަތާރަހާސް ހަތަރުސަތޭކަ އެމެރިކާ ޑޮލަރު) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ދިވެހި ދައުލަތުން ދިނުމަކަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ. އެ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް 4- ސިވިލް ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސ. ފޭދޫ / ޑިއަރެސްޓް، ޢަބްދު ﷲ ޝަރީފްގެ ފަރާތުން 21 (ފަހެއ) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތތަކާ ކ؛
4.4 އިސްތިއުނާފު ކުރާ ފަރާތުގެ ހިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުނ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގާ43 ވަނަ މާއްދާއާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާ އާއި
4.8 އިސްތިއުނާފ ކުރު ފަރާތުގާ ހިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނނ ނަންބަރު 23/42 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު)ގ33 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި
4.3 އިސްތިއުނާފި ކުރު ފަރާތުގާ ހިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނނ ނަންބަރު 23/42 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު)ގެ41 ވަނަ މާއދާގް(ށ) އިޚިލާފަށްކަމަށ ބުނެ ހުށަހެޅި ނުކުތާ އާއި
4.4 އިސްތިއުނާފު ކުރާ ފަރާތުގެ ހިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލ ކޯޓުން ނިންމާފައިވަނީ ޤާނނ ނަންބަރު 23/42 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު)ގ13 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި
4.1 އިސްތިއުނާފު ކުރާ ފަރާތުގެ ހިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށިސިވިލ ކޯޓުން ނިންމާފައިވަން ދިވެހިރޭއްޖޭގައެ ކުރެވޭ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނނުގ 43،3 އަދ 41 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
1ސިވިލް ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞ ލުތަކާ ޚިލާފަށްކަމަށް ބުނެ ސ. ފޭދޫ / ޑިއަރެސްޓް، ޢަބްދު ﷲ ޝަރީފްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވިފައިވެއެވެ.
3ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނަށް ބަލާއިރު، މި ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ބިދޭސީންނަށް، ނުވަތަ ބޭރުގެ ޤައުމުތަކުގެ ސަރުކާރުތަކަށް، ނުވަތަ ރާއްޖނޭ ބޭރުގައި އުފެދިފައިވާ ޖަމޢާތްތަކަށާއި ކުންފުނިތަކަށް، އިންވެސްޓް ކުރެވިދާނެއެވެ. ނުވަތަ ދިވެހި ސަރުކާރުގެ ފަރާތަށް ނުވަތަ ދވިހިންނަށް، ނުވަތަ ރާއްޖޭގައި ޤަވާއިދުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމަޢާތްތަކަށާއި ކުންފުނިތަކަށް، ބައިވެރި ވެވިދާނެއެވެ. ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގޭނީ، ޓޫރިޒަމް މަސައްކަތެއްގައް ނަމަ، މިނިސްޓްރީ އޮފް ޓީ ރިޒަމްގައި، އެހެން ކަމެއްގައިނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އިންޑަސްޓްރީޒް އެންޑް ލޭބަރގައި އެ އިންވެސްޓްމަންޓެއް ރަޖިސްޓްރީކޮށް، އެގްރީމަންޓްގައި ސޮއިކުރުމަށފަހުގައެވެ. އެގޮތުން ބަލާއިރު، އައްޑޫ ފްރެޝ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކީ ފޮރިން އިންވެސްޓްމަންޓް ކުންފުންޏެއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އައްޑޫ ފްރެސ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓަށް ބެލުމުން އެނގެއެވެ.
3. އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކުންފުންނީގެ ޙިއްޞާ ބެހިފައިވަނީ ސ. ފޭދޫ / ޑިއަރެސްޓް، ޢަބދް ﷲ ޝަރީފގް 51% (ފަންސާސ އެކެއް އިންސައްތަ) ޙިއްޞާ، އިޓަލީގެ ރައްޔިތެއްކަމުގައިވާ ޖ ރީ ޕޮގްލިއާނގީ 29% (ނަވާވީ ސ އިންސައްތަ) ޙިއްޞާ އަދި އިޓަލީ ރައްޔިތެއްކަމުގައިވާ އެންޑްރިއާ ޕޮގްލިއާނީގެ 20% (ވިހި އިންސައްތަ) ޙިއްޞަ އެވެ.
2. އައްޑޫ ފްރެޝ ޕްރައިވެޓް ލިމިޓެޑްގައި ޢަބްދުﷲ ޝަރީފްގެ ނަމުގައި އޮތް 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްޞާ، އިޓަލީގެ ރައްޔިތެއްކަމަށްވާ ސިމޯން ޕގްލިއާނޮއަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 83 މާރިޗު 8244 ގައި ނިންމާފައިވާކަމާއި، އަދި އެ ޙިއްޞާ ބަދަލުކުރިކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ޝެއަރ ޓްރާންސްފަރ ފޯމް ހުށަހެޅުމާއި ގުޅިގެން ޢަބްދުﷲ ޝަރީފްގެ 14 (ފަންސާސް އެކެއް) ޙިއްޞާ އިޓަލީ ރައްޔިތެއްކަމުގައިވާ ސިމޯން ޕޮގްލިއާނީ ގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށް އެގޮތުގެ މަތިނޮ އެ ޙިއްޞާ ބަދަލުކޮށްފައިވާކަން އެނގެން އޮވެއެވެ.
2. ޢަބްދުﷲ ޝރަ ފްގީ ނަމުގައި އޮތް 51% (ފަންސާސ އެކެއް އިންސައްތަ) ޙިއްޞާ، ބަދަލުކޮށްފައިވަނީ ޙިއްޞާ ގަތުމަށް ވާހަކަދައްކާ އޮޅުވާލައިގެން ބޯޑު ރިޒޮލިއުޝަނެއްގައި ސޮއިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޤާނ ނ ނަންބަރު 32/81 ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ރަޖިސްޓްރީ ނަންބަރު C0030/2013 ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓް ޑިވެލޮޕްމަންޓަށް ހުށަހަޅައިގެންކަމަށާއި، މިގޮތުން ޢަބްދު ﷲ ޝަރީފްގެ ޙިއްޞާ ބަދަލުކުރުމުގެ ކުރިން އިޢުތިރާޟްކުރކަމަށް22 އޭޕްރީލް 8244 މިތާރީޚުގައި ސިޓީއަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އަންގާފައިވަނިކޮށް، ޙިއްޞާ ބަދަލުކޮށްފައިވާތީ، އެކަމުގެ ސަބަބުން ޢަބްދް ﷲ ޝާރީފަށ ގެއްލުނު ލިބިފައިވާކަމަށް ބުނެ، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިސްތިއުނާފުކުރާ ފަރް ތުނ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
42.އިސްތިއުނާފުކުރާ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް އިސްތިއުނާފު ރައްދުވާގޮތަށް ހުށަހަޅާފައިވާ ދަޢުވާއަށް ދިވެހި ދައުލަތުގެ ފަރާތުން ސިވިލް ކޯޓު މަރުޙަލާގައާއި އިސްތިއުނާފު މަރުޙލާގައިވެސަ އިންކާރުކޮށްފައިވެއެވެ.
44އެހެންކަމުން މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ޙުޞމާތަކީ އއްޑަ ފްރެޝް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނީގައި އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި އޭރު އޮތް 51% (ފަންސާސް އެކެއް އިންސައްތަ) ޙިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ގޮތާމެދު އޮތް ޙުޞި މާތެކެވެ.
48ޤާނޫނު ނަންބަރު: 23/42 (ދިވެހިރާއްޖޭގެ ކުންފުނޏާބެހް ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ހ) ގައި ލިޔެފައިވަނީ، " ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްސާއަކީ އުފުލޭ މުދަލެކެވެ. ޕްރައާވެޓް ކުންފުންޏެއްނަމަ، ހިންގާ ޤަވިއިދުގައިބުނާ ގޮތުގެމަތިން، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެކުންފުންޏެއްގ ޙިއްޞާ އެކެއްގެ ކިބައު ނ އަނެކަކަށް ބަދަލް ކުރެވިދާނާއެވެ. ޕަބްލިކް ކުންފުންޏެއްނަމަ ޙިއްޞާ ބަދަލު ކުރެވޭނީ ކުންފުންޏާބެހޭ ޤާނ ނާއި އެ ޤާނނ ގެ ދަށުން ހަދާ ޤް ވި އިދުގައިވާ ގޮތުގެ މަތިންކަމަށިމ ޤާނ ނާއި މ ޤާނ ނުގް 33 ވަނަ މާއްދާގައި ބަޔާންކޮށފައިވެއެވެ." މިފަދައިންނެވެ. އަދި 33 ވަނި މާއްދާގަ (ހ) ގައި ޙިއްޞާ ބަދަލުކުރުމާއި ރަޖިސްޓަރީކުރުމާއ ގުޅޭގޮތުން ލިޔެފައިވަނީ، " ކުންފުންޏެއްގެ ހިއްސާއެއް އެކަކު ކިބައިން އަނެކަކަށް ބަދަލުކޮ ށްފިނަމ , ހިއްސާ ބަދަލުކށްފިކަން ކުންފުނީގައޮ ރަޖިސްޓަރީ ކުރަންވާނެއެވެ. މިގތަށޮ ހިއްސާ ބަދަލުކޮށްފިކަމުގައި ބެލޭނީ , ހިއްސާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނަ ލިޔުމެއް ކުންފުންޏަށް ލިބުމުންނެވެ . " މިފަދައިންނެވެ.
43.އިސްވެ ބުނެވުނު 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތު ން، ޕްރައިވެޓް ކުންފުންޏެއްގައިނަމަ، އެ ކުންފުނީގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވިދާނކަނެ އެނގެން އޮންނައިރު، އިސްތިއުނާފ ކުރެވިފައި މިވާ މައްސަލާގައި އައްޑޫ ފްރެޝ ޕްރައިވެޓް ލިމިޓެޑުގައި ކުރިން އޮތް އިސްތިއުނާފުކުރާ ފަރާތުގެ 51% (ފަންސާސްއެކެއް އިންސައްތަ) ޙިއްސާ އެހެން ފަރާތކަށަ ބަދަލުކޮށްފައިވަނީ، ޙއްސި ބަދަލުކުރިކުރުން ރަޖިސްޓްރީ ކުރުމަށް އެކުންފުނީގެ ފަރާތުން ޝެއަރ ޓްރާންސްފަރ އެޕްލިކޭޝަން ފޯމް ހުށަހަޅައި، އެގޮތުގެ މަތިން ޙިއްސާ ބަދަލުކުރުމަށް އެދުމުންކަން މި މައްސަލަ އިގެ ދެފަރާތުން ދައްކާފައިވާ ވަހަކަތަކަށއާ ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. ވުމާއެކު، އައްޑޫ ފްރެޝ ޕްރައިވެޓް ލިމިޓެޑުގައި ކުރިން އޮތް އިސްތިއުނާފުކުރާ ފަރާތުގެ %14 (ފަންސާސްއެކެއް އިންސައްތަ) ޙިއްސާ އެހެން ފަރާތަކަށް ބަދަލުކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އ ޙިއްސާ ބަދަލުކުރި ކުރުން ރަޖިސްޓްރީ ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްވެސް ހިމެނިގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށްކަމަށްވާތީ، ޙިއްސާ ބަދަލުކޮށް ރަޖިސްޓްރީކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފަށް ކަމަކަށް ނުދެކެމެވެ.
44. އިސްތިއުނާފު ކުރާ ފަރާތުގެ ޙިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، ކޮންޓްރެކްޓބެހާ ޤނޫނުގާ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޮންޓްރެކްޓްގައި ބައިވެރިވާ މީހަކަށް އެނގޭގޮތުން، ނުވަތަ އެމީހަކު ޤަބ ލުކުރާ ގޮތުން، ޙަޤީޤަތެ ޚިލާފުކަމެއް، ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި މަކަރުވެރިގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން، އަނެކަކު އެކަމުގެ ނުވަތަ އެއެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވް ލުމުގެ ޢަމަލު ހިނެގީކަމަށޭބލނެއެވެ." މިފަދައިންނެވެ.
41. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާ ޙަވާލާދެނީ މަކަރުވެރި ގޮތަކަށް އޮޅުވާލާ އޮޅުވާލުން ތަކަށެވެ. ޤާނޫނުގެ 43 ވަނަ މާއްދާގެ ޢި ބާރާތުން، އެ މާއްދގާ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ސާބިތުކޮށްދޭން ޖެހެއެވެ. (4) ޙަޤީޤަތާ ޚިލާފކަމެއ ނުވަތް އެއްޗެއް އޮތުނު (a false reperesentaion) (8) އެއީ ޙަޤީޤަތާ ޚިލާފުކަމެއް ނުވަތަ އެއްޗެއްކަން އެ ކަމެއް ހުށަހަޅާ މީހަކަށް އެނގިހުރެ ނުވަތަ ޤަބ ލުކޮށްހުރ އެއެ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުން (3) އަދި އެކަމުގެ ނުވަތަ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ކޮންޓްރެކްޓެއްގެ ބައިވެރިވުން.
43. ބަޔާންވެދިޔަ ކަންކަން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޝަރީޢަތުގައި ސާބިތުވެއްޖެނަމަ، އެއްބަސްވުން ބިނާވަނީ މަކަރުވެރި ގޮތަކަށް ޙަޤީޤަތާ ޚިލާފު އޮޅުވާލާ އޮޅުވާލުންތަކުގެ މައްޗަށްކަން ކަނޑައެޅިދާނެއެވެ. ހުށަހެޅިފައިވާ މި މައްސަލާގެ ޙަޤީޤަތާ ޚިލާފުކަމެއް ހިމެނޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވނަ އިސްތިއުނާފުކުރާ ފަރާތުން ޙިއްސާ ބަދަލުކޮށްދިނުމަށް އެދި ސޮއިކޮށްފައިވާ ލިޔުމަކީ އޮޅުމެއްގެ ތެރޭގައި ސޮއިކޮށްފައިވާ ލިޔުމެއްކަމަށް ތަކުރާރުކޮށް ދަށުކޯޓުގައި ދަންނަވާފައިވކަމަށާއި، 22 އޭޕްރީލް 8244 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ސިޓީއެއް ފޮނުވައި އެކަންތައްތައް ފާހަގަކޮށްފައިވީނަމަވެސް އެކަންކަމަށް ރިޢާޔަތްނުކޮށް ދަށު ކޯޓުނ މައްސަލް ނިންމަވާފައިވާކަމަށެވެ.
43. އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ޙަޤީޤަތާ ޚިލާފު ކަމެއް އޮތްތޯ ބަލާއިރު، އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި އޮތް ޢަބްދުﷲ ޝަރީފްގެ 51% (ފަންސާސ އެކެއް އިންސައްތަ) ޙިއްސާ ސިމޯން ޕޮގްލިއާނއަށީ ބަދަލުކޮށްފައިވަނީ އައްޑޫ ފްރޝެ ލިމިޓެޑްގެ ޤަވާޢދި އެއްގޮތަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ޢަބްދުﷲ ޝަރީފް ބައިވެރިވެގެން ފާސްކޮށް ހުއްދަކޮށްފައިވާ ޤަރާރުގައިވާ ގޮތައް ޢަބްދުﷲ ޝަރީފް ސޮއިކޮށްފައި ހުށަހެޅިޝެއަރ ޓްރާންސްފަރްފޯމާއި ލިޔުންތަކާއި އެއްގޮތަށެކަން އެނގެއެވެ. އަދި މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ޝެއަރ ޓްރާންސްފަރ ކުރުމަށް ޝެއަރ ޓްރާންސްފަރ ފޯމް ހުށަހަޅާފައިވަނީ ކުންފުނީގެ ޙިއްސާ ވިއްކުމުގެ ނިޔަތުގައި ނޫންކަމަށް ބުނިނަމަވެސް، އެގޮތަށް ޝެއަރ ޓްރާންސްފަރ ކުރުމަށް ފޯމް ހުށަހަޅާފައިވަނީ، ފިޝަރީޒް މިނިސްޓްރީން422 ޕަސެންޓް ފޮރިން އިންވެސްޓްމެންޓެއްގ ގޮތުގައެ ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ވިދާޅުވުމުނ އެއް ތެދެއްތޯ ބެލުމުގެ ގޮތުން ކަމަށ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، ޝެއަރ ޓްރާންސްފަރ ކުރުމަށް އިސްތިއުނާފުކުރާ ފަރާތުނެ ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގްއެނގުމާއި ރުހުމުގެ ތެރެއިންކަނ އެނގެއެވެ. އެހެންކަމުން މި މައްސަލައިގެ ހުށަހަޅާފައިވާ ލިޔެކޔުންތަކުންނާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރަޖިސްޓަރީ އޮފް ކޮމްޕެނީގެ ފަރާތުނަޝެއަރ ޓްރާންސްފަރ ކޮށްދީފައިވަނީ އޮޅުވާލައިގެން ވ ކ ކަމެއިތެދުކަމަށްދައްކައަ ގެނ ކަމަކަށް ނުބެލެވެއެވެ.ވުމާއެކު، އިސްތިއުނާފީ ކުރެވިފައި މިވާ މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގު 43 ވަނަ މާއްދާގައި ބަޔާންކް ރ ގޮތަށި ޙަޤީޤަތް އޮޅުވާލައިގެން މަކަރުވެރި ގޮތެއް ދައްކައިގެން ކަމަކަށް ނުބެލެވެއެވެ.
42.އިސްތިއުނާފ ކުރު ފަރާތުގާ ޙި އްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 23/42 (ދިވެހިރާއްޖޭ ގެ ކުންފުންޏާ ބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާ ގެ (ހ) ގައި ބުނާ ގޮތުން ކޮންމެ ކުންފުންޏެއްގައި ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ. މި ގޮތުން ޕްރައިވެޓް ކުންފުންޏެއްނަމަ، މަދުވެގެން 28 ޑިރެކްޓަރުން އަދި ޕަބްލިކް ކުންފުންޏެއްނަމަ މަދުވެގެން 21 މެންބަރުން ތިބެންވާނެ ކަމުގައި އެ މާއްދާގައި ވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނާގޮތުން، ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެއް މެންބަރަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެ، ދިރިއުޅެމުން ގެނދ މީހަކާ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 33 ވަނަ މާއްދާގައި ބުނާގޮތުނ ޕްރައިވެޓް ކުންފުންޏެއްނަމަ، އެ ކުންފުނީގެ ހިންގާ ޤަވާޢުދުގައިވާ ގޮތުގެމަތިން އެކުންފުންޏެއްގ ޑިރެކްޓަރ ންގެ ބޯޑުގެ ހުއްދައާއެކު ޙިއްސް އެކެއްގެ ކިބައިން އ ނެކަކަށް ބަދަލުކުރެވިދާނެއެވެ. އެހެންކަމުނ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމާއިރު، ޙެ އްސާ ބަދަލުކުރުމުގެ މުޢާމަލާތާއެކު ކުންފުނީގެ ޑިރެކްޓަރުންނަށް އަންނާނެ ބަދަލުތަކާއި، އެ ޑިރެކްޓަރުންގެ ތެރޭގައި ކުންފުންޏާބެހޭ ޤާނޫނުގާ 41 ވަނި މާއްދާގަ (ށ) ގައި ބަޔާންކޮށްފައިވް ފަދައިން ރާއްޖޭގައި ވަޒަންވެރިވެ، ދިރިއުޅެމުންދާ މ ހަކު ހުރުނޯފަދަ ކަންތައްތަކަށް ރިޢާޔަތްކޮށް އެކަން އެގޮތަށް ކުރެވިދާނެތެއެ ކުންފުންޏަކުން ބަލައި ކަށަވަރުކުރަންޖެހޭނިއެވެ. އަދި އެކަމުން ނުކުންނާނެ ނަތީޖާއާ ދޭތެރޭގައާކުންފުނި ޏ އ އިސްތިއުނާފުކުރު ފަރާތުން ވިސްނަންޖެހް ނެކަމާއި، އަދި އެކަންކަމް ނ ނުކުންނާނެ ނަތީޖާއަށްވެސ އެފަރާތްތަކުން ޒިންމާވާންޖެހޭނެކަމަށް ދެކެމެވެ. އަދި މީގެއިތުރުންވެސް، ކުންފުންޏާބެހޭ ޤާނނުގ 41 ވަނަ މާއްދާގެ (ށ) ގައވާގޮތަށް، ކޮންމެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެއް މެންބަރަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެ، ދިރިއުޅެމުން ގެންދާ މީހަކު ކަމުގައި ވާންޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އައްޑޫ ފްރެޝި ޕްރައިވެޓް ލިމިޓެޑް ކުނފުނީގް ބޯޑު މެންބަރެއް ރާއްޖޭގައި ވަޒަންވެރިވެ އުޅކަނޭ ނުވަތް ނޫންކަން އިސްތިއުނާފުކުރި ފަރާތަށް މި މައްސަލަ ސިވިލް ކޯޓުގައި ހިންގުނުއިރވެސު އަދި މިކޯޓުގެ ޝަރީޢތުގަ މަޖިލީހުގައި ވެސް ސާފުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން، އައްޑޫ ފްރެޝް ޕްރައިވެޓް ލިމިޓެޑްގައި އޭރު އޮތް ޢަބްދުﷲ ޝަރީފްގެ 51% (ފަންސާސ އެކެއް އިން ސައްތަ) ޙިއްސާ ސިމޯން ޕޮގްލިއާނީއަށް ޙިއްސާ ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 32/42 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތެވެ.
42. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިވާ ހަތަރު ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ ޙިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 23/42 (ދިވެހިރާއްޖޭގެ ކުންފުންޏެބެހ ޤާނޫނު)ގ13 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
82ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޮންމެ ކުންފުންޏަކުންވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ލިޔެ، އެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓި މީހާއާއި ކުންފުނީގެ ސެކްރެޓަރީ އެ ޔައުމިއްޔާގައި ސޮއިކުރަންވާނެއެވެ." މިފަދައިންނެވެ.
84އެގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކުންފުނިން ނިންމި ބޯޑު ރިޒޮލިއުޝަންގައި ކުންފުނީގެ ސެކްރެޓަރީ ސޮއިކޮށްފައި ނުވާކަމަށާއި، ކުންފުންޏެއްގެ ބޯޑުގެ ޔައުމިއްޔާއަކީ ކުންފުނީގެ ބޯޑުގެ ހުރިހާ ނިންމުމެއްވެސް ހިމެނޭ ލިޔުމެއްކަމަށްވާއިރު، ބޯޑު ރިޒޮލިއުޝަން ވެގެންދާނީ ޔައު މިއްޔާއެއްގ ބައެއްގެ ގޮތުގައި ކަމަށާއި، ސެކްރެޓަރީއެއްގެ ސޮއި މިފަދަ ބޯޑު ރިޒޮލިއުޝަންތަކުގައި ކޮންމެހެންވެސް އޮންނަން ޖެހޭނެކަމަށެވެ.
88އިސްވެ ބަޔާންވެދިޔަ ކަންތައްތަކަށް ބަލާއިރު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ބޯޑު ރިޒޮލިއުޝަންއާއި ކުންފުނީގެ ޔައުމިއްޔާއަކީ ތަފާތު ދެ ލިޔުމެއްކަމާއި، ދިވެހިރާއް ޖޭގެ ކުންފުންޏބެހާޤާނނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ ސެކްރެޓަރީ ސޮއިކުރަން ލާޒިމުވަނީ ކުންފުނީގެ ޔައުމިއްޔާގަ ކަމާއި، ބޯޑު ރިޒޮލިއުޝަންއަކީ ކުންފުނީގެ ޑިރެކްޓަރުން ވަކި ކަމެއް ކުރުމަށް ނިންމާ ނިންމުމެއް ކަމަށްވާއިރު، އައްޑޫ ފްރޝ ޕްރައިވެޓް ލިމިޓެޑްގެ ޙިއްސެ ބަދަލުކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 81 މާރިޗު 8244 ގައި ނިންމި ބޯޑު ރިޒޮލިއުޝަންގައި އެކުންފުނީގެ ސކެ ރެޓަރީ ސޮއިކޮށްފައި ނެތުމަކީ އެ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭނެ ސަބަބެއް ނޫންކަމާއި، އިސްތިއުނާފު ކުރާ ފަރާތުގެ ޙިއްސާތައ އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 32/42 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާއާ ޚިލާފަށްކަމަށް ނުބެލެވެއެވެ. ޤާނ ނ ނަންބަރު 23/42 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނ ނ)
83. އިސްތިއުނާފުކުރާ ފަރތުގާ ފަސްވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ ޙިއްސާތައް އެހެން ފަރާތަކަށް ބަދަލުކޮށް ރަޖިސްޓްރީ ކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓބެހޭ ޤާނޫނުގާ 43،3 އަދި 41 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.
84. ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓބެހާ ޤާނޫނުގެ 13,3 އަދި 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ 3 ވަނަ މާއްދީ: "ޓރިޒަމުގެ މަސައްކަތުގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓރިޒަމާ ދެމެދު، އެގްރިމަންޓެއްގައި ސޮއިކުރަންވާނެއެވެ. އަދި މިން ނ އެހެން ކަމެއްގައި ދިވެހިރާއްޖޭގައި އިންވެސްޓ ކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒ އެންޑް ލޭބަރ ދެމެދާ އެގްރީމަންޓެއްގައި ސޮއިކުރަންވާނެއެވެ. އެ އެގްރިމަންޓްގައި، އެ އިންވެސްޓްމަންޓެއްގައި ދަށުން ކުރާނެ ހުރިހާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިންގާނޭގޮތ ތަފްޞީލްކޮށް ކަނޑައޅ ބަޔާންވެފައި އޮންނަން ވާނެއެވެ." 43 ވަނަ މާއްދެ: "ދިވެހިރާއްޖޭގައިކުރާ އިންވެސްޓްމަންޓްގެ ފައިދާ، މިޤާނނުގި 3 ވަނަ މާއްދާގައި ބުނީ އެގްރީމަންޓްގައިވާ ގޮތުގެމަތިން ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ." 41 ވަނަ މާއްދި: "މި ޤާނޫނުގެ ދަށުން ހިނގާ އިންވެސްޓްމަންޓެއްގައި، ދިވެހި ސަރުކާރާއި އިންވެސްޓްކުރި ފަރާތާ ވާހަކަދައްކައިގެން ކަމެއް ހަމަޖެއްސިނަމަ، އެކަމެއް ނިންމާނީ އެގްރިމަންޓުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނެވެ." މިފަދައިންނެވެ.
81. މި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓބެހާ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ސޮއިކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓަށް ބަލާއިރު، އައްޑި ފްރެޝ ޕްރައިވެޓް ލިމިޓެޑްގެ ޙއްސާދާރުންގި ގޮތުގައެ އެއްވެސް ދިވެއްސަކު ނެތްއިރު، އެފަދައިން ޙިއްސާ ބަދަލުކުރުމަކީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމެންޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އާ އާ 3 ވަނަ މާއްދާއާއި، 43 ޤާނ ނ ނަންބަރު 32/81 (ދިވެހިރާއްޖޭގައި ކުރެވި ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ވަނަ މާއްދާއާއި،41 ވްނަ މާއްދާއިން ޢަމަލުކުރުން ލާޒިމްކޮށްފައިވާ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނނ ޚިލާފުކަމެއް ކަމަށެވެ.
83. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނނގު 43 ވަނަ މާއްދާގައި ބަޔާންކުރަނީ ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ޙާލަތްތަކެވެ. މިގޮތުން މި މާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ އެ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބ ލުކުރެވޭނެ ސަބަބުތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގއަ ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުން ކަމަ ށެވެ. ޝަރީޢަތުގެ ފުރަތަމަ މަރޙު ލާގައި އިއްވަ ޙުކުމްތައް ނުވަތަ ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. " ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނ ނ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނި ބުނުމަކުން އެ މައްސަލަ ހައިކަޓުގައ އިސްތިއުނާފުކުރާން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނނުގ 43 ވަނަ މާއްދިއިން ހުއްދަކުރާ މިންގަނޑަށް ވ ޞެ ލުނުވެވެއެވެ. ދަށު ކޯޓުނު މައްސަލް ނިންމަވާފައިވަނީ ތިމަންނަގ ޙައްޤަގެއްލޭގޮތަށ ކަމަށް ހަމައެކަނި ބުނަބުނުމަކުނ ނުވަތް ޢްދުލު އިންސާފަށް ހުރަސެ އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރާން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤެ ނ ނގު 43 ވަނަ މާއްދާއިން ހުއްދަކިރާ މިންގަނޑަށް ވި ޞަ ލުނުވެވެއެވެ. ގާނ ނ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނެ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތެޙައްޤުތައްގެއްލިފައިވ ކަމަށާ ބުނާބުނުމުގެ ނުވަތް އިންސާފަށް ހުރަސްއެޅިފައިވ ކަމަށާ ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުނ ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ޤަނ ނ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ނުވަތަ ޙައްޤުތައޭ ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމާށް ބުނާނަމަ އެކަމުގައި އުފެދީ ޤުނ ނ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ." މިފަދައިންނެވެ.
83. އިސްތިއުނާފުކުރުމުގެ ހަމަތައް މި ނުކުތާއަށް ތަޠުބީޤު ކުރާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އާއި 3 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި އަދި 41 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ޤާނނ ބަހުސަކީ ކޮބައިކަމާއި، ބުނެވިދިޔ މާއްދާތަކާއި ޚިލާފަށް ނިންމާފައިވުމުގެ ސަބަބުން ޢަދުލުއިންސާފު ގެއްލުނު ގޮތް އެ އިސްތިއުނާފީ ނުކުތާގައި ބުނެދޭން ވާނެއެވެ. އެހެން ނންނަމ އެފަދަ އިސްތިއުނާފަ ނުކުތާތަކަށް ރިޢާޔަތްކުރުމަކީ ދުރުކަމެކެވެ. އެހެންކަމުން މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ޤާނނ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަވާލާދެވުނު އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއްކަމަށް ނުދެކެމެވެ.
82. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް ބަލާއިރު، ޕްރައިވެޓް ކުންފުންޏެއްގެ ޙިއްސާ އެކަށައެޅުމަކީ އެ ކުންފުންޏެއްގެ ހިންގާ ޤަވާޢދި އެއްގޮތްވާގތުގޮ މަތިން އެ ކުންފުންޏަކަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނައިރު، ޙިއްސާ އެކަށައެޅުމަށްފަހު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކުރާ ކަމަކީއެފަދަ ބަދަލަކީ ކުންފުންޏާބެހޭ ޤާނނާއް ކުންފުނީގެ ހިންގާ ޤަވާޢިދާ އަސާސީ ޤަވާއިދާ އެއްގޮތަށް ގެނެވޭ ބަދަލެއްތޯ ބަލައި ކުންފުނީގެ މަޢުލމާތުތަކުގެ ރެކޯޑު ބަދަލުކުރުމެވެ. ކުންފުންޏެއްގެ ޙިއްސާ އެކަށައެޅުމަކީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކުރާ ކަމެއް ނނެވާ. އެހެންކަމުން އިސްތިއުނާފުކުރު ފަރާތުގެ ޙިއްސާތައް އިސްތިއުނާފު ރައްދުވާ ފަރާތުން ބަދަލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,117,400.00 US$ (ދެ މިލިއަން އެއްލައްކަ ސަތާރަހާސް ހަތަރު ސަތޭކަ) އެމެރިކާ ޑޮލަރަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމަށް ކަން ޑައަޅައި،އިސްތިއުނާފ ރައްދުވު ފަރާތުގާ މައްޗަށް އަމުރުކުރާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.
82. އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިނު ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 787/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞލތުކާ ޚިލާފަށްކަމަށް ބުނެ ސ. ފޭދޫ / ޑިއަރެސްޓް، ޢަބްދުﷲ ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެންމެހައި ލިޔެކިއުންތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރް ޢާ ތ ބަޔާންކޮށްދިނުން
32. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 32 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މިމުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 8284/38(ގެ 824 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 8284/38)ގެ 824 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 8284/38)ގެ 824 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 8284/38)ގެ 824 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) - ޙިއްޞާ ބަދަލުކުރުމާއި ރަޖިސްޓްރީކުރުމާބެހޭ މާއްދާ (ލިޔުމުގައި '33 ވަނަ މާއްދާ'، (ހ))
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) - ޑިރެކްޓަރުންގެ ބޯޑާއި ރާއްޖޭގައި ވަޒަންވެރިވެފައިވާ ޑިރެކްޓަރަކާބެހޭ މާއްދާ (ލިޔުމުގައި '41 ވަނަ މާއްދާ'، (ހ)، (ށ))
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) - ބޯޑު ޖަލްސާގެ ޔައުމިއްޔާއާބެހޭ މާއްދާ (ލިޔުމުގައި '13 ވަނަ މާއްދާ')
- ކޮންޓްރެކްޓާބެހޭ ޤާނޫނު - މަކަރުވެރިކަމުން ޙަޤީޤަތް އޮޅުވާލުމާބެހޭ މާއްދާ (ލިޔުމުގައި '43 ވަނަ މާއްދާ')
- ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) - އިންވެސްޓްމަންޓް ރަޖިސްޓްރީކޮށް އެގްރީމަންޓްގައި ސޮއިކުރުމާބެހޭ މާއްދާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު - ހައިކޯޓަށް އިސްތިއުނާފުކުރެވޭ ޙާލަތްތަކާބެހޭ މާއްދާ (ލިޔުމުގައި '43 ވަނަ މާއްދާ')
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ - ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.