ޝަމްޢޫން އާދަމް އަދި އިތުރު ފަރާތްތައް ވ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3973/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2024/SC-A/41 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕީ.އެޗް.ޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ފާސްކޮށް ޢަމަލުކުރަން ފެށި 2021 ގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލަށް ބިނާކޮށް، ކުރިން ރިކޮގްނިޝަން ދީފައިވާ ދަރިވަރުންގެ ސަނަދު ޤަބޫލުނުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ނިންމޭތޯ އަދި ފަހުން އައު ޝަރުޠެއް ކަނޑައަޅާ ސަނަދު ޤަބޫލުނުކުރުން ޤާނޫނީތޯ؛ އަދި ދަށު ކޯޓުން އަމިއްލަ އިސްނެގުމަށް ހާޟިރުކުރި ހެކިވެރިއެއްގެ ބަހަށް، ޚަޞްމުންނަށް ސުވާލުކުރުމާއި ބަސްބުނުމުގެ ފުރުޞަތު ނުދީ ބަރޯސާވުން އިންސާފުވެރިތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ސަނަދު ޤަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އަމުރުކުރި؛ ގެއްލުމުގެ ބަދަލު ނަގައިނުދެ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އަދަބަކަށް ދެވޭ ލުއީގެ މަންފާ ފިޔަވައި، ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ހާދިސާއެއް، ވާޤިޢާއެއް ނުވަތަ މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު ރަޖުޢީކޮށް (retrospective) ތަޠުބީޤު ނުކުރެވުމަކީ އާންމު އުޞޫލެވެ. މި އުޞޫލު ޤާނޫނު ނަންބަރު 4/2011 ގެ 12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައިވެސް ނަގަހައްޓާފައިވެއެވެ.
HN2 މަދަނީ ޤާނޫނެއް މާޟީގައި ހިނގާފައިވާ ކަމެއްގެ މައްޗަށް ތަޠުބީޤުކުރެވޭނީ ޞަރީޙަ ބަހުން އެކަން އެ ޤާނޫނުގައި ބަޔާންކޮށްފައިވާނަމައެވެ؛ އެގޮތަށް ބަޔާންކޮށްފައިނުވާ ޤާނޫނެއް ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެއެވެ.
HN3 ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރިފަހުން ފާސްކޮށް ޢަމަލުކުރަން ފެށި އުޞޫލަކަށް ބިނާކޮށް، އެ ދަރިވަރުންގެ ސަނަދު ޤަބޫލުނުކުރުމަށް ނިންމޭނެ ކަމުގައި ނުދެކެއެވެ؛ ސަނަދު ވަޒަންކުރަންވާނީ ޕްރޮގްރާމް ފެށިއިރު ޢަމަލުކުރަމުން ދިޔަ އުޞޫލާއި، އެ ދަރިވަރުންނަށް ޚާއްޞަކޮށް ފާސްކުރި އުޞޫލާ އެއްގޮތަށެވެ.
HN4 ސަރުކާރު އިދާރާއަކުން ދަރިވަރުންނަށް ރިކޮގްނިޝަން ލިޔުން ދޫކޮށް، ޝަރުޠު ފުރިހަމަވާކަމުގެ ޔަޤީންކަން ދީފައިވާނަމަ، ފަހުން ޝަރުޠު ފުރިހަމަނުވާކަމަށް ދެކެނީނަމަ އެކަން އަންގަންޖެހޭނީ އެ އިދާރާއިންނެވެ؛ ޝަރުޠު ފުރިހަމަވޭތޯ ބެލުމަކީ ދަރިވަރުން އަމިއްލަ އިސްނެގުމަށް އުފުލަންޖެހޭ ޒިންމާއެއް ނޫނެވެ.
HN5 ސަނަދު ބަލައިގަތުމުގައި ބަލާނެ ކަންކަން އިދާރާއިން ދުރާލާ އިޢުލާންކޮށްފައިވާއިރު، ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ވެލިޑޭޓްކުރަން ހުށަހެޅުމުން، އުޞޫލުގައި ނުހިމެނޭ އައު ޝަރުޠެއް އެ ދަރިވަރުންގެ މައްޗަށް ކަނޑައެޅުމަކީ އިދާރާއިން ކުރެވޭނެ ކަމެއް ނޫނެވެ.
HN6 ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ އެޑްވަސޭރިއަލް ސިފަ އެކުލެވިގެންވާ ނިޒާމަކަށްވާއިރު، ފަނޑިޔާރު މައްސަލަ ނިންމަންވާނީ ޚަޞްމުން ހުށަހަޅާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށެވެ؛ ފަނޑިޔާރު އަމިއްލަ އިސްނެގުމަށް ހެކިވެރިއަކު ހާޟިރުކޮށް ނުވަތަ މަޢުލޫމާތު ހޯދައިފިނަމަ، އެކަން ޚަޞްމުންނާ ހިއްސާކޮށް، ސުވާލުކުރުމާއި ބަސްބުނުމާއި ޠަޢުނުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ؛ އެ ފުރުޞަތު ނުދީ އެ ހެއްކަށް ބަރޯސާވެ ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
HN7 ދަޢުވާގައި ގެއްލުމުގެ ބަދަލަށް އެދިފައިވަނީ ސަނަދު ޤަބޫލުކުރުމަށް އަމުރުކުރެވޭނެ ތަނެއް ނެތްނަމަ ކަމުގައި ބަދަލު ގޮތެއްގެ ގޮތުން ކަމަށްވާއިރު، ސަނަދު ޤަބޫލުކުރުމަށް އަމުރުކުރެވޭ ޙާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސަހުނާ ޢަބްދުއްޞަމަދު، ލޫޠު މުޙައްމަދު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރ 3973/Cv-C/2021 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދްގދ. ތިނަދޫ، ޓުވައިލައިޓް، ޝަމްޢޫން އާދަމް )ދިވެހި ރައްޔިތެއްކަން އަންގައިދޭ( އާއި މާލެ، […] ފާޠިމަތު މުމްތާޒް )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( އަދި ނ. ވެލިދޫ، މަނާމް، ނިޢުމ މުޙައްމަދާ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް (" ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދައުލަތް )މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"( ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ޕިލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޑޮކްޓަރ އޮފް ފިލޯސޮފީ )ޕީ.އެޗް.ޑީ( ޕްރޮގްރާމަކީ މޯލްޑްވްސް ކޮލިފް ކޭޝަނސ އޮތޯރިޓީގެ ސަނަދުގެ ފެންވަރު ބެލުމުގެ އުޞޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ސަނަދެއްތްބެލުމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ޝަމްޢޫން އާދަމް އެދުނު ހިނދު، އެ ކޮލެޖާއި އެ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ޤަބޫލުކުރާ ކޮލެޖެއްކަމަށާއި،މި ޕްރޮގްރާމަކިޤަބޫލުކުރާ ޕްރޮގްރާމެއްކަމުގައ ބަޔާންކޮށް، 28 ސެޕްޓެންބަރު 2016 ގައް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން “Recognition of a Higher Education Provider & Program” ލިޔުން ދޫކޮށްފައިވެއެވެ.
4އިސްތިއުނާފުކުރާ ފަރާތްތަކުން އެ ޕްރޮގްރާމްގައި ބައިވެރިވެ ކިޔެވުންކުރިއަށ ގެންދަނިކޮށް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން 22 ފެބުރުވަރީ 2018 ގައި "ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމާބެހޭ" ސަރކިއުލަރއެއް ނެރުނެވެ. މި ސަރކިއުލަރގައްބަޔާންކޮށްފައިވަނީ ޕިލިޕީންސްގެ އެލްޑާރސްގޭޓ ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައްހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމާބެހޭ ބައެއް ކަންތައްތައް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ބަލަމުންދާތީ، މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ބޭނުމަށް ދޫކުރާ "އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ދޫކުރުން 2018 ޖަނަވަރީ މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމުގައެވެ. މި ޕްރޮގްރާމްގައި އެއްވެސް ދިވެހި ދަރިވަރެއް ކިޔަވަމުންދާނަމަ، އެކަނ 2018 މާރިޗް 15 ވަނަ ދުވަހުގެ 2:00 ގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަނސުއޮތޯރިޓީއަށް އެންގުމަށާއި، އަދި މިފަދައިން އަންގާއިރު ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިކުރުމަށް އެ ފަރާތުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )ކިޔަވަންފެށި ތާރީޚު އެނގޭގޮތަށް( ހުށަހެޅުމަށް އަންގާފައިވެއެވެ.
529 މާރިޗް 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީއަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" އުޞޫލެއް ފާސްކޮށްފައިވެއެވެ. މި އުޞޫލުގައިވަނީ އަންނަނިވި ކަންކަމެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/FR/2016/699 “Recognition of a Higher Education Provider & Program” )28 ސެޕްޓެންބަރު 2016( ލިޔުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/CIR/2018/4 )22 ފެބުރުވަރީ 2018( "ޕިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ، ޕީ.އެޗް.ޑީ ޕްރޮގްރާމާބެހޭ" ސަރކިއުލަރ
5.1. ދޫކުރި ސަބަބު: އެއިމްސް ކޮލެޖުގައ ހިންގި ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖްގެ ޕީ.އެޗް.ޑީއަށް ކިޔެވުމަށެދަރިވަރުންނަށ ލިޔުން ދޫކޮށްފައިވަނީ ޕިލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖަކީއ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާ )ހަޔަރ އެޑިއުކޭޝަން ކޮމިޝަނުގައިލިސްޓުކުރެވިފައިވާ( މަރުކަޒެއްކަން އެނގެންއޮތުމާއެކު އެއިމްސް ކޮލެޖަކީ ސްރީލަންކާގައި ޤަވާއިދުނިރެޖިސްޓްރީވެފައިވާ ތަނަކަށްވެފައި، އަދި ސްރީލަންކާގެ ޔޫ.ޖީ.ސީއިން ޤަބޫލުކުރާ ތަނެއްކަން އަންގައޮދޭ ލިޔުން ލިބިފައިވާތީ، މި ޕްރާ ގްރާމަށް ރިކޮގްނިޝަން ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލު އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
5.2. އްލްޑާރސްގޭޓް ޕީ.އެޗް.ޑީ ޕްރޮގްރާމާއ ގުޅި ގޮތުން ނިންމުން: އެއިމްސް ކޮލެޖްގައި ހިންގާ ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖްގެ ސަނަދު ވެލިޑޭޓް ކުރުމުގައި ޢަމަލުކުރާނީ ރިކޮގްނިޝަން ދޫކޮށްފައިވާ ޕްރޮގްރާމަކީ ޞައްޙަނޫން ޕްރޮގްރާމެއްކަން އެގޭ ހިސާބުން ފެށިގެން އާޕްރޮގްރާމަށ ރިކޮގްނިޝަން ދިނުން ހުއްޓާލުމާއެކު، އޭގެ ކުރިން ބައިވެރިވެފައިވާ ދަރިވަރުންގްސަނަދުތައް ޤަވާއިދަށް ފެތޭނަމަ ވެލިޑޭޓް ކޮށްދިނު ންކަމުގައެވެ.
5.3. 22 ފެބުރުވަރީ 2018 ސްރކިއުލަރއ ގުޅިގެނާ މަޢުލޫމާތު ހުށަހެޅި ދަރިވަރުންނާއި އޮތޯރިޓީން ކުރިން ރިކޮގްނިޝަން ލިޔުން ދޫކޮށްފައިވާ ދަރިވަރުންގެ ސަނަދުތައ އުޞޫލުތަކަށް ފެތޭނަމަ ވެލިޓޭޑ ކޮށްދިނުންކަމުގައެވެ.
5.4. މި ސަނަދު ބަލައިގަތުމުގައި ބަލަމުން އަންނާނެ ކަންކަން:
5.4.1. 2018 ޖަނަވަރީގެ ކުރިން ޕްރޮގްރާމަށް އެންރޯލްވެ ރަޖިސްޓްރީވެފައިވުން
5.4.2. ދީވެހިރާއްޖޭގެޤައުމް ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން
5.4.3. 22 ފެބުރުވަރީ 2018 ގައި އާންމުކޮށްފައިވ މަޢުލޫމާތާ ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިވުން
5.4.4. މަތީގައިވާ ކަންކަން ފުރިހަމަވާނަމަ، ވެލިޑޭޝަންއަށ ހުށަހެޅުމުން ސަނަދުތައް ލެވެލް
10 )ޑޮކްޓާރަލް ލެވެލްގައި( ވެލިޑޭޓްކޮށްދޭނެކަން
5.4.5. އިތުރު ދަރިވަރުންގެ ސަނަދު ބަލައިނުގަތުމަށް
6އެއަށްފަހު، މޯލްޑިވްސް ކޮލިފިކޭޝަން ސ އޮތޯރިޓީގެ 29 މާރިޗު 2018 ގ ލިޔުމުގައިވަނީ ޕިލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދ ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ދޫކުރާ "އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ލިޔުން ދޫކުރުން، 2018 ޖަނަވަރީ މަހުން ފެށިގެން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 22 ފެބުރުވަރީ 2018 ގައި އާންމުކޮށްފައިވާ ފަދައިން ހުއްޓާލާފައިވާކަމަށާއި، 2018 ޖާނަވަރީގެ ކުރިން މި ޕްރޮގްރާމަށް އެންރޯލްވެ ރަޖސްޓްރީވެފައިވިދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ކޮލިފިކޭޝަނސީއޮތޯރިޓީއަށ ހުށަހެޅުމުން ދިވެހިރާއްޖޭގެޤައުމ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ހަމަވާ ދަރިވަރުންގެ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ވެލިޑޭޓްކޮށްދޭނެކަމުގައެވެ.
7އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ޝަމްޢޫން އާދަމް ކޯސް ފުރިހަމަކޮށްފައިވަނީ 15 ޑިސެންބަރު 2019 ގައި ކަމަށާއި، އަދި އެހެނިހެން ފަރާތްތައް ކޯސް ފުރިހަމަކޮށްފައިވަނީ 25 ނޮވެންބަރު 2020 ގައި ކަމުގައި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމްގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވެއެވެ.
8"ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު" މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން 10 މާރިޗް 2021 ގައި ފާސްކޮށްފައިވެއެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށާނެ 28 މާރިޗް 2021 ގައި ކަމުގައި މި އުޞޫލުގައި ބަޔާންކުރެއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ 29 މާރިޗް 2018 ގެ "ކަމާބެހޭ ފަރާތްތަކަށް" އެޑްރެސްކޮށްފައިވާ ލިޔުން. ސިވިލް ކޯޓުގެ "އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު"ގެ 8.2 "ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު"ގެ 5 ވަނަ މާއްދާގެ )ށ( ގައި މިފަދައިން ބަޔާންކުރެއެވެ.
9މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން 24 މާރިޗް 2021 ގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ޝަމްޢޫން އާދަމްއަށް ސިޓީއެއް ފޮނުވާފައިވެއެވެ.މި ސިޓީގައިވަނީސްރީލަންކާގެ އެއިމްސ ކޮލެޖުގައި ހިންގަމުންގެންދާ ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުގައި ޕީ.އެޗް.ޑީ ޕްރޮގްރާމްގައ މައްސަލަތަކެއް ފާހަގަކުރެވޭތީ، އެ ޕްރޮގްރާމް ޤަބޫލުނުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ނިންމައި، އެކަން ނަންބަރު 218/CIR/2021/2 ސްރކިއުލަރއިން އާންމުކޮށްފައިވާކަމުގައެވެ. ޝަމްޢޫން އާދަމްއަށް މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން އެއިމްސް ކޮލެޖުން ހިންގާ "ޑޮކްޓަރ އޮފް ފިލޯސޮފީ" ޤަބޫލުކުރާކަމަށް 28 ސެޕްޓެންބަރު 2016 ގައި ލިޔުން ދޫކުރިނަމަވެސް، އެލްޑާރސްގޭޓް ކޮލެޖަށް ޑޮކްޓޯރަލް ޕްރޮގްރާމެއ ހިންގުމަށް ހުއްދް ދީފައިނުވާކަން ފިލިޕީންސްގ ކޮމިޝަން އންހަޔަރ އެޑިއުކޭޝަނުން އަންގާފައިވާކަމަށާއި، މި ޕްރޮގްރާމް ކިޔަވައިދޭ ސްރީލަންކާގެ އެއިމްސް ކޮލެޖަކީ ޔުނިވަރސިޓީއަކަށުނުވުމާއ ނުވަތި ޔުނިވަރސިޓީގެ ދަރަޖަ ލިބިފައިވާ ތަނަކަށްނުވިމަކި، ޑޮކްޓަރ އޮފް ފިލޯސޮފީ ޕްރޮގްރާމް ޤަބޫލުނުކުރަން ނިންމިމައަގަނޑު ސަބަބުކަމުގައި ބަޔާންކޮށްފއިވެއެވެ. އަދި މިކަން މަޢުލޫމާތަށްޓަކައި ބަޔާންކުރީކަމުގައިވެސް މި ސިޓީގައިވެއެވެ.
10މި ސިޓީއާ ޙަވާލަދީ، ޝަމްޢޫން އާދަމް،މޯލްޑިވްސްކޮލިފިކޭޝަނސްއޮތޯރިޓއަށީ ޝަމްޢޫން އާދަމްއަށް 28 މާރިޗް 2021 ގއ ފޮނުވި ސިޓީގައަ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. ފްލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މި ޕްރޮގްރާމަކީ މޯލްޑިވްސ ކޮލިފިކޭޝަނސ އޮތޯރިޓީއިން ޤަބޫލުކުރާ ޕްރޮގްރާމެއްތޯ ބެލުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/MIS/2021/208 )24 މާރިޗް 2021( ސިޓީ ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމްޤަބޫލުނުކުރުމަށ އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ 6 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށާއި، އަދި ގަވަރނިންގ ބޯޑުން މިފަދައިން ނިންމިކަން ކުރިން ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް ވަކިން، ލިޔުމުން މި ޕްރޮގްރާމަކީ އެމް.ކިއު.އޭއިން ޤަބޫލުނުކުރާ ޕްރޮގްރާމެއްކަނ އެންގުމަށް ނިންމާފައިވާކަމަށާއި، މިކަން ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ކިޔަވަމުންދާ ދރިވަރުންނާއި އާންމުންގެ ސަމާލުކަމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރ 218/CIR/2021/2 ސަރކިއުލަރ )4 މާރިޗް 2021( އިން އިއުލާންކޮށްފައިވެއެވެ. އޮތޯރިޓީއަށް ހުށަހެޅުމުން، އެއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަމަށ ލިޔުމުން ދީފައިވާތީކަން
10.2. މި ޕްރޮގްރާމްގައި ކިޔަވަމުންދަނިކޮށް )1 އަހަރާއި 4 މަސްވީތަނާ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/CIR/2018/4 ) 22 ފެބުރުވަރީ 2018( ސަރކިއުލަރއިން މި ޕްރޮގރާމްއަށ ރިކޮގްނިޝަން ދޫކުރުން 2018 ޖަނަވަރީ މަހުން ފެށިގެން ހުއްޓާލާފައިވާކަމަށާއި، އަދ މި ޕްރޮގްރާމްގައ ދިވެހި ދަރިވަރެއް ކިޔަވަމުން ގެންދާނަމަ، އެކަން އެންގުމަށް މޯލްޑިވްސ ކޮލިފިކޭޝަނސ އޮތޯރިޓީއިން އެންގި އެންގުމާއި އެއްގޮތަށް، މި ޕްރޮގްރާމްގައި ކިޔަވަމުންދާކަމަށާއި، އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކޮލެޖުން ދޫކޮށްފައިވާ ލިޔުމުގިކޮޕ )ކިޔަވަން ފެށި ތާރީޚީއެނގޭގޮތަށް( ފެބުރުވަރީ 27 ވަން ދުވަހު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން
10.3. އެއަށް ފަހު 2018 މްރިޗްގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދީފައިވާ ލިޔުމުގައި، 2018 ޖްނަވަރީގެ ކުރިން މި ޕްރޮގްރާމަށް އެންރޯލްވެފައިވާ ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ކޮލިފިކޭޝަނސެއޮތޯރިޓީއަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ހަމަވާ ދަރިވަރުންގެ ސަނަދު ވެލިޑޭޓްކޮށްދޭނެކަމަށ އަންގާފައިވާކަން
10.4. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މި އެންގުމުގެ މައްޗަށް، ކިޔެވުނ ކުރިއަށް ގެންގޮސް ޕްރޮގްރާމް ނިންމާފައިވާކަން
10.5. މ ޕްރޮގްރާމްގައ މައްސަލި އުޅޭކަން މޯލްޑިވްސް ކޮލިފިކޭޝަން ސްއޮތޯރިޓީއަށް ފާހަގަވި ހިސާބުން އެ ކޯސް ޤަބޫލުނުކުރާނެކަމަށް އެންގިނަމަ، އެ ޕްރޮގްރާމްގައި ކިޔެވުން ހުއްޓާލައި، ފަހުން ކިޔަވަން ކުރި ޚަރަދާއި ވަގުތު ސަލާމަތްކުރެވުނީސްކަނ
10.6. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ހަމަވާ ދަރިވަރުންގެ ސަނަދު ވެލިޑޭޓްކޮށްދޭނެކަމަށ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން އަންގާފައިވާއިރު، 2021 މާރިޗް 24 ވަނަ ދުވަހާއި ހަމައަށް ޝަރުޠު ގެއްލިފައިވާކަން އަންގާފައިނުވާކަމަށާއި، އަދި އެއާ އެއްގޮތަށް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ 1 )އެކެއް( އަހަރު ފަހުން ޕްރޮގްރާމް ޤަބޫލުނުކުރާނެކަމަށް ނިންމުމަކީ ޝަމްޢޫން އާދަމްގެ އެތަކެއް ޙައްޤުތަކެއް ގެއްލި، އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެކަމެއްކަނ
10.7. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ގަވަރނިންގ ބޯޑާއި ބައްދަލުކުރުމަށް އެދޭތީ، އެ އިންތިޒާމް ހަމަޖައްސައިދިނުމަށ
11އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ޝަމްޢޫން އާދަމްއާއި ނިޢުމާ މުޙައްމަދު 18 އެޕްރީލް 2021 ގައި ސެޓްފިކެޓް ވެލިޑޭޓްކުރުމަށ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާކަމއި،އަދި އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން ފާޠިމަތު މުމްތާޒް 18 ޖޫން 2021 ގައި ސެޓްފިކެޓް ވެލިޑޭޓްކުރުމަށ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއަށް ހުށަހަޅާފައިވާކަން އެނގެއެވެ.
12މޯލްޑިވްސް ކޮލިފިކޭޝަނ އޮތޯރިޓީއިން ޝަމްޢޫން އާދަމްއަށް އެޑްރެސްކޮށް 29 އެޕްރީލް 2021 ގައި ފޮނުވާފައިވާ ސިޓީ ގައިވަނީ ޝަމްޢޫން އާދަމް އެދިފައިވާ ފަދައިން ގަވަރނިންގ ބޯޑާއި ބައްދަލުކޮށް މި މައްސަލައާ ގުޅޭ ވާހަކަދެއްކުމުގެ ފުރުޞަތު ދީފައިވާކަމަށާއި، އެ ދުވަހު މަޝްވަރާކުރެވި ގަވަރނިންގ ބޯޑުން ނިންމާފައިވަން މި ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންއިނ ޤަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ޞައްޙަ ލިޔުމެއް ހުށަހެޅުމާއިއެކު، މި ޕްރޮގްރާމް ޤަބޫލުކުރާނެކަމަށ މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން ލިޔުންދީފައިވާ ދަރިވަރުން މި ސަނަދު ހާސިލުކޮށ މޯލްޑިވްސް މިކަން އިސްތިއުނާފުކުރާ ފަރާތްތަކުންމޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއަށް ހުށަހަޅާފައިވާ “Application Form for Qualification Recognition/Validation” އިން އެނގެއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 218/MIS/2021/282 )29 އެޕްރީލް 2021( ސިޓީ ކޮލިފިކޭޝަނ އޮތޯރިޓީއަށް ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުން، މި ސަނަދު ޤަބޫލުކުރުމުގެ މަސައްކަތްކުރިއަށްގެންދާނ ކަމުގެ ޖަވާބު ދިނުމަށްކަމުގައެވެ.
13މި ސިޓީއާ ޙަވާލާދީ، ޝަމްޢޫން އާދަމް،މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީއަށް 02 މެއި 2021 ގައި ފޮނުވާފައިވާ ސިޓީގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
13.1. ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއްކަމަށ މޯލްޑިވްސް ކޮލިފިކޭޝަނ އޮތޯރިޓީއިން ލިޔުން ދޫކޮށްފައިވާއިރު، މި ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންއިން ޤަބޫލުކުރާ ޕްރޮގްރާމެއްތޯ ބ ލުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ނުދެކޭކަނ
13.2. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން 10 މާރިޗް 2021 ގައިފާސްކޮށްފައިވާ "ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު"އަށް ބަލާއިރު، ޝަމްޢޫން އާދަމް ކިޔެވި މަރުކަޒާއި،އަދި ޑިގްރީ އެވޯޑްކުރްމަރުކަޒު މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ޤަބޫލުކުރާކަމަށް ބަޔާންކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދޫކޮށްފައިވާ ޞައްޙަ ލިޔުމެއްގެ މައްޗަށް ބުރަވެ، ކިޔެވުނ ނިންމް ވެލިޑޭޓްކުރުމަށް ހުށަހެޅުމުން، އުޞޫލުގައި ފުރިހަމަކުރަން ލާޒިމުނުކުރާ ޝަރުޠުތަކަށް ދަރިވަރުން ލައްވާ ލިޔުން ހޯދުމަކީ ހަމަޖެހޭކަމެއްނޫންކަނ
13.3. ދަރިވަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު،މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީގެ އެންމެހާ އުޞޫލުތަކާއި،ދީފައިވާ އިރުޝާދުތަކައި އެއްގޮތަށް ކިޔެވުން ނިންމިތާ 1 އަހަރު ފަހުން މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން އެ ޕްރޮގްރާމާއި ގުޅޭ ކަންތައްތަކެއް ފާހަގަވެ، މޯލްޑިވްސް ކޮލިފިކޭޝަނސެއޮތޯރިޓީއިން ޤަބޫލުކުރާ ޕްރޮގްރާމްތަކުގެ ލިސްޓުން އެ ޕްރޮގްރާމް އުނިކުރުމަކީ ދަރިވަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭކަމެއް ނުކުރުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމުގައި ޤަބޫލުނުކުރާކަން
13.4. ޕްރޮގްރާމް ޤަބޫލުނުކުރާނެކަމަށ މޯލްޑިވްސް ކޮލިފިކޭޝަން ސ އޮތޯރިޓީއިން 2021 މާރިޗް 24 ވަނަ ދުވަހު ނިންމިއިރު ޝަމްޢޫން އާދަމް ކިޔެވި ޕްރޮގްރާމް ނިންމިތާ 1 )އެކެއް( އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެ ނިންމުން އެޕްލައިވާނެކަމަށ ނުދެކޭކަން
13.5. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ވެލިޑޭޓްކުރުމަށ ހުށަހަޅާފައިވް ސަނަދު ވެލިޑޭޓް ކުރުމަށް އެދޭކަނ
14މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިންއިސްތިއުނާފުކުރާ ފަރާތްތަކަށް "ސަނަދުގެ ފެންވަރު ބެލުމަށް އިތުރަށް މަޢުލޫމާތު ބޭނުންވާކަން އަންގާ ފޯމު)2"( އިން 30 ޖޫން 2021 ގައި އަންގާފައިވަނީ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން 2021 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް، މި ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އޮފް ހަޔަރ އެޑިއުކޭޝަންއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަނ އަންގައިދޭ ލިޔުން ހުށަހެޅުމުން ސަނަދުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގައެވެ.
15މިއަށްފަހު، އިސްތިއުފުކުރާ ފަރާތްތަކުގެ Application Form for Qualification Recognition/Validation އާ ޙަވާލާދީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން 19 ސެޕްޓެންބަރު 2021 ގައި އިސްތިއުނާފުކުރ ފަރާތްތަކަށް ފޮނުވާފައިވާ"އެދިވަޑައިގެނފައިވްފެންވަރަށް، ދިވެހިރާއްޖޭގ ޤައުމީ ސަނަދުތަކުގ އޮނިގަނޑުގެ ދަށުން ސަނަދު ޤަބޫލު ނުކުރެވޭތީ އެކަން ދަންނަވާ ފޯރމް )1"( އިން އަންނަނިވި ކަންކަން އަންގާފައިވެއެވެ.
15.1. މ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން ސ އޮތޯރިޓީއިން ޤަބޫލުނުކުރާ ޕްރޮގްރާމެއްކަމަށް 01 ސެޕްޓެންބަރު 2021 ގައި ބޭއްވުނު މޯލްޑިވްސް ކޮލިފިކޭޝަންސެއޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 53-218/2021/NV) 30 ޖޫން 2021( "ސަނަދުގެ ފެންވަރު ބެލުމަށް އިތުރަށް މަޢުލޫމާތު ބޭނުންވާކަން އަންގާ ފޯމު)2"( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަންބަރު 77-218/2021/NV) 19 ސެޕްޓެންބަރު 2021( "އެދިވަޑައިގެންފައިވާ ފެންވަރަށް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގ އޮނިގަނޑުގެ ދަށުން ސަނަދު ޤަބޫލު ނުކުރެވޭތީ އެކަން ދަންނަވާ ފޯރމް )1"(
15.2. މިފަދައިން ނިންމާފައިވަން ފިލިޕީންސްގެ މަތީތަޢުލީމުގެ ކޮލިޓީ އެޝުއަރެންސްގެ ކަންކަން ބަލަހައްޓ މައާ އިދާރާ ކޮމިޝަން އޮފް ހަޔަރ އެޑިއުކޭޝަނުން އޯލްޑަރސްގޭޓް ކޮލެޖުނ އެވޯޑްކޮށްފައިވާ ޑޮކްޓޯރަލް ޑިގްރީއަކ ޤަބޫލުކުރީ ޕްރޮގްރާމެއްނޫންކަނ ލިޔުމުން އަންގާފައިވާތީކަމަށ
15.3. ސްރީލަންކާގެ އެއިމްސް ކޮލެޖަކީ ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސ ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ މަރުކަޒެއް ނޫންކަމަށް އަންގާފައިވާކަމަށ
15.4. މޭ ޕްރޮގްރާމަކީ ފިލިޕީންސްގެ މަތީ ތަޢުލީމުގެ ކޮލިޓީ އެޝުއަރެންސްގެ ކަންކަން ބަލަހައްޓާ މައި އިދާރ ކޮމިޝަނާ އޮފް ހަޔަރ އެޑިއުކޭޝަނުން މިހާރު ޤަބޫލުކުރާ ޕްރޮގްރާމެއ ކަން އަންގައިދޭ ޞައްޙަ ލިޔުން ހުށަހެޅުމަށް ފުރުޞަތު ދިނުމުން، އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމަށ
15.5. ޑިސްޓެންސ އެޑިއުކޭޝަން ނުވަތް ޓްރާންސްނޭޝަނަލ އެޑިއުކޭޝަން ޕްރޮގްރާމް ހިންގުން ނުވަތަ ފިލިޕީންސްއިން ބޭރު ބަޔަކާޕަރޓްނަރޝިޕިހެދުމުގެ ހުއްދަ އޯލްޑަރސްގޭޓް ކޮލެޖަށ ދީފައިނުވާކަމުގައ ފިލިޕީންސްގެ ކޮމިޝަން އޮފް ހަޔަރ އެޑިއުކޭޝަނުން އަންގާފައިވާކަން
15.6. ހުށަހެޅި ސަނަދު ޤަބޫލުނުކުރާނެކަމުގައި އެޑްވައިޒަރީ ބޯޑުގެ 5 ވަނަ ބައްދަލުވުމުން ނިންމިއިރު، އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ 6 ވަނަ ބައްދަލުވުމުން ވަނީ މި ޕްރޮގްރާމަކީ ޤަބޫލުނުކުރެވޭނެ ޕްރޮގްރާމެއްކަމަށް ނިންމާފައިކަމަށާއި، މިކަން 24 މާރިޗް 2021 ގައް އާންމުކޮށް އިޢުލާންކޮށްފައިވާކަމަށ
16މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުމުގައި، ޝަމްޢޫން އާދަމްއާއި ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުނުކުރެވޭނެކަމަށ ނިންމާފައިވަން އިންސާފުވެރިކޮށް ނޫންކަމަށްވާތީއާއި، މި ފަރާތްތަކުގެ ޙައްޤުތަކްށ އުނިކަން އަންނަ ގޮތަށް ކަމުގައިވާތީ، އަދި އެފަދަ ނިންމުމެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ލިބިއްޖެކަމަށް ފެންނަނަމަ، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ލިބިދޭ ޙައްޤުގެ ތެރެއިން އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިފައިވާތީ، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، މި ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުކުރުމަށްމޯލްޑިވްސް ކޮލިފިކޭޝަންސާއޮތޯރިޓީގެ މައްޗަށް އަމުރުކޮށް، އެފަދައިން އަމުރުކޮށްދެވެން ނެތްނަމަ، އެ އިދާރާގެ ނިންމުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މޯލްޑިވްސް ކޮލިފިކޭޝަނސެއޮތޯރިޓީގެ މައްޗަށް ޝަމްޢޫން އާދަމްއާއި، ނިޢުމާ މުޙައްމަދުއާއި ފާޠިމަތު މުމްތާޒު ސިވިލް ކޯޓުގ ނަންބަރ 3973/Cv-C/2021 ޤަޟިއްޔާއިން ދަޢުވާކުރިއެވެ.
17މި ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުކުރުމަށްމޯލްޑިވްސް ކޮލިފިކޭޝަނސެއޮތޯރިޓީގެ މައްޗަށް އަމުރުކޮށްދެވެން ނެތްނަމަ، އެ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަމްޢޫން އާދަމްއަށް 23,616,821/40ރ. )ތޭވީސް މިލިއަން ހަލައްކަ ސޯޅަހާސް އަށްސަތޭކަ އެކާވީސް ރުފިޔާ ސާޅީސ ލާރި( އާއި، ނިޢުމާ މުޙައްމަދުއަށ 16,043,911/70ރ. )ސޯޅަ މިލިއަން ސާޅީސް ތިންހާސް ނުވަސަތޭކ އެގާރަ ރުފިޔާ ހަތްދިހަ ލާރި( އާއި، ފާޠިމަތު މުމްތާޒްއަށ 16,034,455/02ރ. )ސޯޅަ މިލިއަނ ތިރީސް ހަތަރުހާސް ހަތަރުސަތޭކަ ފަންސާސް ފަސް ރުފިޔާ ދެ ލާރި( ނަގައިދިނުމަށް އެދް ކަމުގައި އެ ފަރާތްތަކުނ ބުނެފައިވެއެވެ.
18މ ދަޢުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ޕީ.އެޗް.ޑީ ޕްރޮގްރާމްގެ ސަނަދު ޤަބޫލުނުކުރުމަށް ނިންމާފައިވަނީ ފިލިޕީންސްގ އެލްޑަރސްގޭޓް ކޮލެޖުގެ ޕްރޮގްރާމަކީ، ފިލިޕީންސްގެ މަތީ ތަޢުލީމުގާފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާކަމުގައިވްކައުންސިލ އޮން ހަޔަރ އެޑިއުކޭޝަންއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް އަންގާފައިވީނަމަވެސް، އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާތީކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާ ގެއްލުމުގެ ބަދލ ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ "ދަޢުވާގެ ޚުލާޞާ" ނަގައިދިނުމާމެދު ދައުލަތުން އިންކާރުކުރާކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް ޝަރީޢަތަށް ފެންނަ އެންމެ ޢަދުލުވެރި ގޮތަކަށް މައްސަލަ ނިންމުމަށް އެދޭ ކަމުގައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
19ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާއިން އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.
19.1. ޝާމްޢޫނ އާދަމް އާއް ނިޢުމ މުޙައްމަދާ އާއު ފާޠިމަތު މުމްތާޒްގެ ފަރާތުން ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިނގަމުން ގެންދާ ޑޮކްޓަރ އޮފް ފިލޯސޮފ ނިންމީ ހާސިލުކޮށްފައިވާ ސަނަދުތައް، ލެވެލް 10 )ޑޮކްޓޯރަލް ޑިގްރީ( އަށް އެކްރެޑިޓ ކުރަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަންގާ އަމުރުކުރާނެ ތަނެއް ނެތްކަމަށާއި،
19.2. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ބަލަންވާވަރަށް ނުބަލައި ދޫކޮށްފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ޝަމްޢޫން އާދަމް އާއް ނިޢުމ މުޙައްމަދާ އާއު ފާޠިމަތު މުމްތާޒްގެ ފަރާތުނ ކިޔަވަން ފަށައި، ކިޔަވަމުނ ދަނިކޮށް 2018 ޖަނަވަރީ މަހުގައި ޝަމްޢޫން އާދަމް އާއި ނިޢުމާ މުޙައްމަދާ އާއު ފާޠިމަތު މުމްތާޒް ކިޔެވި ޕްރޮގްރާމުގައި މައްސަލަތަކެއް ހުރިކަން އެނގިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެފަރާތްތަކަށް އެކަން އަންގފައިވާތީ،ޝަމްޢޫން އާދަމް އާއި ނިޢުމ މުޙައްމަދާ އާއު ފާޠިމަތު މުމްތާޒް ކިޔެވުން ފަށައި 2018 ޖަނަވަރީ މަހާއި ހަމައަށް ކޮށްފައިވާ ޚަރަދުތަކާއި އެފަރާތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމަކާއި މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީއިން ޒިންމާވާންޖެހޭނެކަމަށާއި،
19.3. މިދަޢުވާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަމްޢޫން އާދަމް ހޯދުމަށް އެދިފައިވާ 23,616,821/40ރ. )ތޭވީސް މިލިއަން ހަސަތޭކަ ސޯޅަހާސް އަށްސަތޭކަ އެކާވީސް ރުފިޔާ ސާޅީސް ލާރި( އާއި ނިޢުމ މުޙައްމަދާ ހޯދުމަށް އެދިފައިވާ 16,043,911/70ރ. )ސޯޅަ މިލިއަން ސާޅީސްތިންހާސް ނުވަސަތޭކަ އެގާރަ ރުފިޔާ ހަތްދިހަ ލާރި( އާއި ފާޠިމަތު މުމްތާޒް ހޯދުމަށް އެދިފައިވާ 16,034,455/02ރ. )ސޯޅަ މިލިއަން ތިރީސްހަތަރުހާސް ހަތަރުސަތޭކަ ފަންސާސް ފަސ ރުފިޔް ދެ ލާރި( އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށާއި، މި މިންވަރަށް ގެއްލުންވެފައިވާކަނ ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.
20މި ނިންމުން ނިންމުމުގައި ސިވިލް ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
20.1. ޤާނޫނު ނަންބަރު 2021/7 )ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގައި މަތި ތަޢުލީމާއީތަމްރީނު ދިނުމުގެ ޤާނޫނު"( ގެ ދަށުން މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރުމަށް "މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދަންޖެހޭކަން.
20.2. މ އިދާރާގެ މަސްއޫލިއްޔަތުގިތެރޭގައ ދިވެހިރާއްޖޭގައި ހިންގި މަތީ ތަޢުލީމާއުތަމްރީނުތަކުގެ ފެންވަރ ކަށަވަރު ކުރުމުގު އުޞޫލުތައް ހަދައި، ހިންގުމާއި، ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، މުރާޖަޢާކޮށް އިޞްލާހުކުރުމާއި، ތަންފީޒުކުރުމާއި، އެކަންކަން ކުރުމަށް ބޭނުންވާ އެންމެހައި ކަމެއް ކުރުމުގެ ބާރު މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއަށް ޤާނޫނުން ދީފައިވާކަން
20.3. މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީގެ ޗީފް އެގްޒެޓިވް އޮފިސަރ ޑޮކްޓަރ ޢަބްދުލްޙަންނާނު ވަޙީދު ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، ފިލިޕީންސްގެ އިލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭ ގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައްހިންގަމުނީ ގެންދާ ޑޮކްޓަރ އޮފް ފިލޯސަފްޤަބޫލުކުރާ ކަމަށ 28 ސެޕްޓެންބަރު 2016 ގައި ލިޔުންދޫކުރިއިރު، އެއިރުގެ މެނޭޖްމަންޓުން ބަލަންޖެހޭ އުޞޫލުން ބަލާފައި ނުވާކަމަށާއި، އެ ސަނަދުތައް އެ ފެންވަރަށް ޤަބޫލުކޮށްފައިނުވަނީ ފިލިޕީންސްގ ކަމާބެހޭއިދާރާއިން، ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުގައި ޕީ.އެޗް.ޑީ ޤަބޫލުނުކުރާކަމަށ އަންގާފައިވާތީކަނ
20.4. އިސްތިއުނާފުކުރާ ފަރާތްތައް ކިޔެވި ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީގެ ސަނަދުގެ ފެންވަރު ބެލުމުގެ އުޞޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ޤައުމުގެ ސަރުކާރުން ޤަބޫލުކުރާ ސަނަދެއްކަނ ބަޔާންކޮށް "ރެކޮގްނިޝަނ އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ދޫކުރިއިރު، 01 ނޮވެންބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު"ގެ 12 ވަނަ މާއްދާގައި، އެކި ޤައުމުތަކުގައިވާ މަތީތަޢުލީމުގްމަރުކަޒުތަކުގެ ތްރެއިނ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީ ޤަބޫލުކުރާ ކިޔަވައިދޭ މަރުކަޒުތައް ކަނޑައަޅާނީ، ހަމަޖައްސާ އުޞޫލުތަކުގެ މަތިން މޯލްޑިވްސް ކޮލިފިކޭޝަނސިއޮތޯރިޓީގެ މެނޭޖްމަންޓުންކަމަށާއި، މިގޮތަށް ކަނޑައެޅުމުގައި ބަލާނެ އުޞޫލުތަކަކީ؛
1. އާ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ މަތީތަޢުލީމއ ތަމްރީން ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުމާއި،
2. އެ މަރުކަޒަކީ އެ ޤައުމެއްގެ ސަރުކާރުގެ ނުވަތަ ސަރުކާރު ޤަބޫލުކުރާ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރ ނުވަތާ ޤަބޫލުކުރާ ތަނަކަށްވުންކަނ
20.5. "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނ ގޮތުގެ އުޞޫލު" ގެ 4 ވަނަ ނަންބަރުގެ )ރ( ގައި، ސަނަދު ދޫކުރުމުގައި ބަލާނެ ކަންތައްތައް ލިޔެފައިވާކަމާއި، އެއް؛
1. ސުނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި،
2. ޑޮކްޓޯރަލް ޑިގްރީއަށް ކިޔަވައިދޭ މަތީ ތަޢުލީމު ދޭ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކަށްވުނ ނުވަތް އެ ޤައުމެއްގެ ރަސްމީ ފަރާތަކުން ޔުނިވަރސިޓީއެއްގެ ދަރަޖަ ދީފައިވުން ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑް ކުރުމަށް އ ޤައުމެއްގެ މަތީ ތަޢުލީމާ ޒިންމާވާ އިދާރާއަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދ މަރުކަޒަކށްވުމާއި،
3. ޑޮކްޓޯރަލް ޑިގްރީ އެވޯޑްކުރާ މަތީ ތަޢުލީމު ދޭ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓްއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކަށްވުނ ނުވަތް އެ ޤައުމެއްގީ ރަސްމީ ފަރާތަކުން ޔުނިވަރސިޓީއެއްގެ ދަރަޖަ ދީފައިވުން ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑް ކުރުމަށް އ ޤައުމެއްގެ މަތީ ތަޢުލީމާ ޒިންމާވާ އިދާރާއަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދ މަރުކަޒަކަށްވުނ،
4. ޑޮކްޓޯރަލް ޑިގްރީ އަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭ ސަނަދަކަށްވުން،
5. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "މިނިމަން އެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިޔު.އެފް ކޮލިފިކޭޝަންސް" ގައިވާ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ގޮތަށް ޑޮކްޓޯރަލް ޑިގްރީއަށް އެންރޯލްވެފައވުންކަނ
20.6. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އިސްތިއުނާފުކުރާ ފަރާތްތަކަށް 28 ސެޕްޓެންބަރު 2016 ގައި ދޫކޮށްފައިވާ ލިޔުމުގެ މައްޗަށް ބަރޯސާވެ ކިޔެވުން ނިންމާފައިވާތީ، ޝަރީޢަތުން އިސް ތިއުނާފުކުރާ ފަރާތްތަކުގެ ޕީ.އެޗް.ޑީ ޤަބޫލުކުރުމަށް ދައުލަތުގެ މައްޗަށ އަމުރުކޮށްދިނުމަށް އެދިފައިވީނަމަވެސް، 01 ނޮވެންބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގިއުޞޫލު" ގެ ދަށުންވެސް އަދ 28 މާރިޗް 2021ގައި ޢަމަލުކުރަން ފަށާފައިވާ"ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މެރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރަ ޤަބޫލުކުރާނ ގޮތުގެ އުޞޫލު" ގެ ދަށުންވެސް އެ ސަނަދުތަކުގައި އެ ފެންވަރު ހުރިކަމަށް ޝަރީޢަތުން އަންގާނެ ތަނެއް ނެތްކަން
20.7. ފްލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުގައި ޕީ.އެޗް.ޑީއަށް ކިޔަވައި ދިނުމުގެ ހުއްދަ ދީފައިނުވާނެކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާތީ، އިސްތިއުނާފުކުރާ ފަރާތްތަކަށް 2016 ގައި ދީފައިވާ ހުއްދައިގެ ދަށުން ކިޔެވުން ނިންމާ، 2018 ޖެނަވަރީގެ ކުރިން އެ ޕް ރޮގްރާމަށް އެންރޯލްވް ރަޖިސްޓްރީވެފައިވާ ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓްތައް އެ އޮތޯރިޓީއަށް ހުށަހެޅުމުން ދިވެހިރާއްޖޭގ ޤައުމެސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ހަމަވާ ދަރިވަރުންގެ ސަނަދު އ އޮތޯރިޓީއިން ވެލިޑޭޓްކޮށްދޭނެ ކަމުގައި ބުނެފައިވާތީ، 2018 ޖަނަވަރީ މަހުގެ ފަހުން އިސްތިއުނާފުކުރާ ފަރާތްތަކުން ކިޔެވުން ކުރިއަށް ގެންދަންޖެހޭނީ ދިވެހިރާއްޖޭގ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭތޯ ބެލުމަށް ފަހުގައިކަން
20.8. މި ދަޢުވާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އިސްތިއުނާފުކުރާ ފަރާތްތަކަށް އެ މިންވަރަށް ގެއްލުންވެފައިވާކަން ސާބިތުކޮށްދެވިފައިނުވާކަނ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
21ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމށް އެދް އިސްތިއުނާފުކުރި ފަރާތްތަކުނ ހުށަހަޅާފައިވަނީ އަންނަނިވި 06 )ހައެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
21.1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޞަބާޙް ވ. އާއިޝަތު ނަފީސާ ޤަޟިއްޔާގެ 17 އަދި 18 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޤާނޫނުވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށ ފަހުން ޢަމަލުކުރަން ފެށޭ ޤާނޫނެއް ނުހިނގުމުގެ (retrospective application of law) އާންމު އުޞޫލުމައްސަލައިގައަހިމެނޭ ވާޤިއާތަކަށް ތަޠުބީޤުކުރުމަށް އެދިފައިވާނަމަވެސް، މައްސަލަ ނިންމުމުގައި ފާހަގަކުރެވުނު ކަންކަމުގައި އެ އުޞޫލަށް ރަނގަޅަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
21.2. ޤާނޫނއަސާސީގު 20 ވަނަ މާއްދާގައި ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަމަށް އޮންނަ އޮތުމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތަކަކީ އެންމެންނަށްވެސ ހަމަހަމަކަމާއ އެކި ލިބެން އޮންނަ ޙައްޤެއްނަމަވެސް، އިސްތިއުނާފު ރައްދުވެފަރާތުގެ ނިންމުން އައީ، އެ ހަމަހަމަ އުޞޫލާއި ޚިލާފަށް އަދި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި އޮންނަ އަދުލުވެރިކަމާއ އެކި އިދާރީ ފިޔަވަޅު އެޅުމަށް އޮތް އޮތުމާއި ޚިލާފަށް ނަމަވެސް، މައްސަލަ ނިންމެވ ފަނޑިޔާރި ހަމަހަމަ ކަމާއިއެކު ޤާނޫނުން ލިބިދޭ ރައްކްތެރިކަން އިސްތިއުނާފުކުރާ ފަރާތަށް ލިބޭކަން ކަށަވަރުނުކޮށް ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
21.3. ޖުޑީޝަލް ރިވިއުގެ މައްސަލަ ކޯޓުތަކުން ބަލާއިރު ގެންގުޅެންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރޮޒައިނާ އާދަމް އަދި އަޙްމަދު މަޙްފޫލު ވ. ދައުލަތު ޤަޟިއްޔާއާއި،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަބޫބަކުރު ޢަބްދުއްރަޙްމާން ވ. ޔސުފ ޢަބްދުﷲ ޤަޟިއްޔާގައ ކަނޑައަޅާފައިވާ ޝަރުޠުތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
21.4. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ގެއްލޭގޮތަށް، އަދި އަދުލުވެރިކަމާއިއެކ ޝަރީޢަތު ކުރުމުގައި މި މާއްދާގެ ދަށުން ނަގަހައްޓަންޖެހ މިންގަނޑުތައްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލިތީފް ޙަސަންގ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއާއި،
21.5. ޑޮކިއުމެންޓަރީ އެވިޑެންސް ރޫލްގެ ދަށުން، ކިތާބީ ހެކިތަކުން ސާބިތުވާ ކަމެއް ނަފީކުރެވޭނީކިތާބ ހެއްކަކުން ކަމަށް އޮންނަ އުޞޫލަކީ، ޤާނޫނު ނަންބަރ 2022/11 )ހެއްކާބެހޭ ޤާނޫނު(ގެ 42 ވަނަ މާއްދާއިންވެސް ސާފުވާ ޤާނޫނީ އުޞޫލެއް ނަމަވެސް، އެ އުޞޫލަށް ރިޢާޔަތްކުރުމެއްނެތި، ޑޮކިއުމެންޓަރީ އެވިޑެންސްއިނ އެނގެން އޮތް ކަންތައްތަކާއި ގުޅޭ ގޮތުން އެކަންކަން ނަފީ ކުރުމަށްޓަކައި ޝަފހިހެކި ޙާޟިރުކޮށް އެ ހެއްކަށް ބުރަދަން ދީގެން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދ
21.6. ޑޮކްޓަރިނ އޮފް އެސްޓޮޕަލް estoppel) of (doctrine ގ ދަށުން، ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ޔަޤީންކަމުގެ ލިޔުމެއްގެ މައްޗަށްބަރޯސާވެ ކަމެއް ކޮށްފިނަމަ، އެކަމެއްގެ ސަބަބުން ލިބޭ ގެއްލުމަށް، ނުވަތަ އެ ލިޔުމުގައިވާ ކަންކަން ތަންފީޛުކުރުމަށް އޮންނަ އިކުއިޓީގެ ހަމަ ނުވަތަ އަދާލަތުގެ ހަމައާއި ޚިލާފަށް، ދައުލަތުގެ އިދާރާއިން ލިޔުމުން ދިން ޔަޤީންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވެ ޢަމަލްކޮށްފައިވާކަނ ސާބިތުވާން އޮތްނަމަވެސް، އެ ލިޔުން ތަންފީޛުކުރުމަށާއި، އަދި ލިބުނު ގެއްލުމަށް ދަޢުވާކުރުމުން އެއަށް ޒިންމާވާންވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ނުޖެހޭނެކަމަށް ކަނޑައަޅާ، ޙުކުމްކޮށްފައިވަނީ އަދާލަތުގެ ބުނެވިދިޔަ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
22އިސްތިއުނާފުކުރާ ފަރާތްތަކުންއެދިފައިވަނީދަށ ކޯޓުނު ނިންމާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށ ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުނ 2021 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުނުކުރެވޭނެކަމަށް ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސގ 43 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމަށްވާތީ، އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، އެ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުކުރުމަށް އިސްތިއުނާފުރައްދުވ ފަރާތުގެ މައްޗަށް އަމުރުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުގިޢަމަލުނިލިބުނު ގެއްލުމަށް ދަޢުވާގައި އެދިފައިވާ މިންވަރަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި ޙުކުމްކުރުމަށެވެ.
އިސްތިއުނާފު ނުކުތާތަކުގެ ރައްދު
26އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
26.1. މ މައްސަލައިގައި ކަނި ވެފައިވް ގޮތަށާ ބަލާއިރު، ފިލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަކ މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން ޤަބޫލުކުރާ ޕްރޮގްރާމްތަކެއްކަނ ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން "ރިކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން އިސްތިއުނާފުކުރާ ފަރާތްތަކުން ކިޔަވަން ފެށުމުގެ ކުރިން 28 ސެޕްޓެންބަރު 2016 ގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ދީފައިވާކަން.
26.2. އިސްތިއުނާފކުރު ފަރާތްތަކުން ޕްރޮގްރާމްގައ ބައިވެރިވި ކިޔެވުނ ކުރިއަށް ގެންދަނިކޮށް، 18 ޖަނަވަރީ 2018 ގައި ސްރީލަންކާގެ ޔުނިވަރސިޓީ ގެރާންޓްސްކޮމިޝަނުން ސްރީލަންކާގެ އެއިމްސް ކޮލެޖް އެކްރެޑިޓްނުކުރާކަނ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއަށް އަންގާފައިވާކަން.
26.3. ފީލިޕީންސްގެ އެލްޑާރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަށް ދޫކުރާ ރިކޮގްނިޝަން ލިޔުން ދޫކުރުން ޖަނަވަރީ 2018 އިން ފެށިގެން ހުއްޓާލާފައިވާކަނ މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން އާންމުކޮށްފައިވާކމަށާއި، މި އެންގުމުގައި އެ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ ދަރިވަރުން 18 މާރިޗް 2018 ގްކުރިނ މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއަށް އެންގުމަށް އަންގާފައިވާކަން.
26.4. މ ޕްރޮގްރާމަކީ ފިލިޕީންސްގެ ކައުންސިލް އޮން ހަޔަރ އެޑިއުކޭޝަނުން ރިކޮގްނައިޒްކުރާ ޕްރޮގްރާމެއްނޫންކަނ ކައުންސިލުން މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއަށް އަންގާފައިވާކަން.
26.5. މިކަމުގައި މޯލްޑިވްސް ކޮލިފިކޭޝަން ސީ އޮތޯރިޓީއިން ޢަމަލުކުރާނެ އުޞޫލަކްޕްރޮގްރާމް ސައްހަނޫންކަން އެނގޭ ހިސާބުން ރިކޮގްނިޝަން ދޫނުކުރުންކަމަށާއި، އޭގެ ކުރިން ރިކޮގްނިޝަން ދޫކޮށްފައިވާ ދަރިވަރުން ކޯސް ފުރިހަމަކުރުމުން އެ ދަރިވަރުންގެ ސަނަދު ވެލިޓޭޑްކޮށްދނުމަކ ކުރިން ޢަމަލުކުރިގޮތްކަމުގައިވާތީ، އެގޮތަށް ޢަމަލުކުރަން ނިންމާފައިވާކަން "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީއަށް ކިޔަވަމުނދްދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" އިން އެނގޭކަމާއި، މިކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތރިޓީއިނޯ 29 މާރިޗް 2018 ގައި އާންމުކޮށްފައިވާކަން.
26.6. އިސްތިއުނާފުކުރާ ފަރާތްތަކަކީ ކިޔަވަން ފެށުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީގެ ރިކޮގްނިޝަން ދޫކޮށްފައިވާ ފަރާތްތަކެއްކަމށާއި، އެ ފަރާތްތަކުން 2019 އަދި 2020 ގައި ކޯސް ފުރިހަމަކޮށްފައިވާކަނ.
26.7. އިސްތިއުނާފުކުރާ ފަރާތްތަކުން ސަނަދު ފުރިހަމަކުރުމަށްފަހު،ވެލިޑޭޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށާއި، އެ ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އޮފް ހަޔަރ އެޑިއުކޭޝަންއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން އިސްތިއުނާފުކުރާ ފަރާތްތަކަށް އަންގާފައިވާކަން.
26.8. އިސްތިއުނާފުކުރާ ފަރާތްތަކުން މި ލިޔުން ހުށަހަޅާފައިނުވާތީއާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ޕްރޮގްރާމަކްމޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން ޤަބޫލުކުރާ ޕްރޮގްރާމެއްނޫންކަނ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021ގެ 5 ވަނަ ބައްދަލުވުމުގައި 01 ސެޕްޓެންބަރު 2021 ގައި ނިންމައި، މިކަން 19 ސެޕްޓެންބަރު 2021 ގައި އިސްތިއުނާފުކުރާ ފަރާތްތަކަށް އަންގާފައިވާކަން.
26.9. ސަނަދު ބަލައިގަނެވެނ ނެތްކަމަށް މޯލްޑިވްސް ކޮލިފިކޭޝަން ސެއޮތޯރިޓީއިން ނިންމާފައިވަނީ، "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު"ގެ 12 ވަނަ މާއްދާއާއި، "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު"ގެ 4 ވަނަ ނަންބަރުގެ )ރ( ގައިވާ ކަންކަން ފުރިހަމަވެފައިނުވާތީކަނ.
26.10. އިސްތިއުނާފުކުރާ ފަރާތްތައް އެއިމްސް ކޮލެޖުގައ ހިންގި ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ކުރިން، އެ ޕްރޮގްރާމްއަކީ މޯލްޑިވްސ ކޮލިފިކޭޝަނސ އޮތޯރިޓީއިން ރިކޮގްނައިޒްކުރާ ޕްރޮގްރާމެއްކަން އެނގޭ "ރިކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ލިބިގެންކަމަށާއި،އަދި އިސްތިއުނާފުކުރާ ފަރާތްތައް ކިޔަވަމުންދަނިކޮށް،އޭރު އެ ޕްރޮގްރާމް ކިޔަވަމުން ދިޔަ ދަރިވަރުން އެ ޕްރޮގްރާމް ނިންމުމުން އެ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރާނެކަމަށް 29 މާރިޗް 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން އަންގައި އާންމުކޮށްފައިވާކަމށާއި، އެ ފަރާތްތަކުގެ ސަނަދު ވެލިޑޭޓްކުރުމަށ ހުށަހެޅުމުން ސަނަދު ޤަބޫލުނުކުރުމަށް ނިންމާފައިވަނީ 28 މާރިޗް 2021 ގައި ޢަމަލުކުރަންފަށާފައިވާ "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު" އަށް ހަވާލާދީކަނ.
26.11. ދައުލަތުން އެދިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޝަރީޢަތަށްފެންނަ އެންމެ އަދުލުވެރި ގޮތަކަށް މައްސަލަ ނިންމުމަށްކަނ.
26.12. ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަށް އެ ފަރާތުން ވާސިލުވެފައިވަނީ ކޮނ ގޮތަކުންކަން އަދި އެއީ ދައުލަތުން ކޮށްފައިވާ ޢަމަލެއްގެ ސަބަބުންކަން އިސްތިއުނާފުކުރ ފަރާތްތަކުނ ސާބިތުކޮށްދީފައިނުވާކަމަށާއި،އިސްތިއުފުކުރާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ޕްރޮގްރާމްގެ ސަނަދު ޤަބޫލުކުރުމަށް ކަނޑައަޅައިފިނަމަ، އެ ފަރާތްތަކުން ނަގައިދިނުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ތަނެއް ނެތްކަން.
27އިސްތިއުނާފީ ރައްދުވު ފަރާތުން އެދެންމ މައްސަލައި ގުޅިގެނާ ޝަރީޢަތަށް ފެންނަ އެންމެ އަދުލުވެރި ގޮތަކަށް މައްސަލަ ނިނމައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
28މ މައްސަލައިގައި އިސްތިއުނާފުކުރާފަރާތްތަކުނ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމުގެ ބަދަލުގައި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކޮށް،ދައުލަތުން އެދިފައިވަނީ މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ފެންނަ އަދުލުވެރި ގޮތަކަށް މައްސަލަ ނިންމައިދިނުމަށެވެ.
29އެހެންކަމުން، މި ޙާލަތުގައި ބަލަންޖެހެނީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ދައުލަތުގެ ޖަލަދެއ ނެތް ކަމުގައެވެ.މ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަޔާންކުރަމުން، މައިގަނޑު ގޮތެއްގައި ދައުލަތުން 03 )ތިނެއް( ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ؛
1. އިސްތިއުނާފުކުރާ ފަރާތްތައް އެއިމްސް ކޮލެޖުގައ ހިންގި ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ، އްޕްރޮގްރާމްގައި ބައިވެރިވުމުގެ ކުރިން، އެ ޕްރޮގްރާމްއަކީ މޯލްޑިވްސ ކޮލިފިކޭޝަނސްއޮތޯރިޓީއިން ރިކޮގްނައިޒްކުރާ ޕްރޮގްރާމެއްކަން އެނގޭ "ރިކޮގްނިޝަން އޮފް ހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އެންޑް ޕްރޮގްރާމް" ލިޔުން ލިބިގެންކަމާއި،
2. އިސްތިއުނާފުކުރާ ފަރާތްތައް ކިޔަވަމުންދަނިކޮށް، އޭރު އެ ޕްރޮގްރާމް ކިޔަވަމުން ދިޔަ ދަރިވަރުން އެ ޕްރޮގްރާމް ނިންމުމުން އެ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރާނެކަމަށ 29 މާރިޗް 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އަންގައި އާންމުކޮށްފައިވާކަމާއި،
3. އިސްތިއުނާފުކުރާ ފަރާތްތަކުން ސަނަދަ ވެލިޑޭޓްކުރުމަށ ހުށަހެޅުމުން ސަނަދު ޤަބޫލުނުކުރުމަށް ނިންމާފައިވނ 28 މާރިޗް 2021 ގައި ޢަމަލުކުރަނެފަށާފައިވާ "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު" އަށް ހަވާލާދީކަމުގައެވެ.
30މ ދަޢުވާގެ ޚުޞޫމަތު ބިނާވަނީމޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމުގެ މައްޗަށެވެ.މި ނިންމުމުގައިވަނީ ސަނަދެއް ޤަބޫލުކުރާ އުޞޫލުތަކާއި ޤަވާއިދުތަކަށް ބަލާއިރު، ސްރީލަންކާގެ އެއިމްސަކޮލެޖްގައި ކިޔަވއިދ ފިލިޕީންސްގެ އޯލްޑަރސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރަން ނުފެންނަކަމަށް ބައިވެރިވެ ވަޑައިގެންނެވި މެންބަރުން އިއްތިފާޤުވެވުނުކަމަށެވެ. ދައުލަތުން ޙަވާލާދީފައިވަނީ 29 މާރިޗް 2018 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" އުޞޫލަށެވެ. އަދި މިކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން 29 މާރިޗް 2018 ގެ "ކަމާބެހޭ ފަރާތްތަކަށް" އެޑްރެސްކޮށްފައިވާ ލިޔުން މެދުވެރިކޮށް އާންމުކޮށްފައިވެއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޖަލްސާ ނަންބަރު 05/2021-ABM )01 ސެޕްޓެންބަރު 2021( "އެޑްވައިޒަރީ ބޯޑުގެ ޔައުމިއްޔާ
31ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަދަލު ހުށަހަޅާފައިނުވާއިރު، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ ޖަވާބަށާއ އަދި ޝަރީޢަތުން ކުރި ސުވާލުތަކަށް ދައުލަތުން ދީފައިވާ ޖަވާބުގީއ ބުނެފައިވަން، މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން އިސްތިއުނާފުކުރާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ޕީ.އެޗް.ޑީ ޕްރޮގްރާމް ވެލިޑޭޓްނުކުރުމަށާއި، އަދި ދަށު ކޯޓުންވެސް އެ ނިންމުމަށް ތާއީދުކޮށް ނިންމުމުގައި ބަރޯސާވެފައިވާ އިސްވެ ބަޔާންކުރަނިވީއުޞޫލުތަކުގްމާއްދާތަކަށް ހަވާލާދީ މޯލްޑިވްސް ކޮލިފިކޭޝަނސީއޮތޯރިޓީއަށް އެ ނިންމުން ނިންމޭނެކަމަށްނުދެކޭތެ، އިސްތިއުނާފުކުރ ފަރާތްތަކުގެ އިސްތިއުނާފީ ނުކުތާތަކަށް ވަކިވަކިން ޖަވާބުދޭންޖެހޭ ކަމުގައި ނުދެކޭކަމަށެވެ.އެހެނަސް، މ މައްސަލައިގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، އިސްތިއުނާފު ބިނާކޮށްފައިވަނީ ދަށު ކޯޓުނ ރިޢާޔަތްކޮށްފައިވާ އުޞޫލުތަކަށް ޖަދަލެއް އޮތުމުގެ ސަބަބުން ކަމުން، އެއަށް ޖުމްލަކޮށް ޖަވާބުދީފައިވާނކަމަށެވެ.
32މި މައްސަލަ ދަށު ކޯޓުން ނިންމުމުގައި ޙަވާލާދީފައިވަނީ 01 ނޮވެންބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ގ 12 ވަނަ މާއްދާއަށާއި، 28 އެޕްރީލް 2021 ގައި ގޒެޓްކޮށީޢަމަލުކުރަން ފަށާފައިވާ "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރެޤަބޫލުކުރާނ ގޮތުގެ އުޞޫލު" ގ 4 ވަނަ މާއްދާގެ )ރ( އަށެވެ. ދައުލަތުން ބުނެފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ޕްރޮގްރާމް ވެލިޑޭޓްނުކުރުމަށް ނިންމާފައިވަނީވެސް ބަޔާންކުރަނިވި ދެ އުޞޫލަށް ބަރޯސާވެގެންކަމުގައެވެ.
33ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުގެ 12 ވަނަ މާއްދާގައިވަނީ އެކިޤައުމުތަކުގައިވާ ތަޢުލީމުގެ މަރުޒަޒުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީ އިން ޤަބޫލުކުރާ ކިޔަވައިދޭ މަރުކަޒުތައް ދައުލަތުގެ ހުށަހަޅާފައިވާ "އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމު" ގެ 4.14 ވަނަ ނުކުތާގައި މިކަން ފާހަގަކޮށްފައިވެއެވެ. އެހެނަސް، މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީގެ ނިންމުންތަކާއި ލިޔެކިޔުންތަކަށް ބަލާއިރު، ބަޔާންކުރަނިވި އުޞޫލުތަކުގެ ވަކި ވަކި ނައްސުތަކަށް ޙަވާލދީފައިވާކަނ އެނގޭކަށްނެތެވެ. ކަނޑައަޅާނީ ހަމަޖައްސާ އުޞޫލުތަކެއްގެ މަތިން މޯލްޑިވްސް ކޮލިފިކޭޝަން ސެއޮތޯރިޓީގެ މަނޭޖްމަންޓުންކަމަށާއި، މިގޮތށ ކަނޑައެޅުމުގައި ބަލާނެ އުޞޫލުތަކަކީ:
1. އެ މަރުކަޒަކީ އެޤައުމެއްގ ސަރުކާރުގެ މަތީ ތަޢުލީމާ ތަމްރީނ ދިނުމަށު ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށްވުން، އަދ
2. އެ މަރުކަޒަކީ އެޤައުމެއްގ ސަރުކާރުގެ ނުވަތެ ސަރުކާރު ޤަބޫލުކުރާ އެކްރެޑިޓޭޝަން އޮތޯރިޓީއަކުން އެކްރެޑިޓްކުރ ނުވަތާ ޤަބޫލުކުރާ ތަނަކަށްވުމެވެ.
34ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނ ގޮތުގެ އުޞޫލުގެ 4 ވަނަ މާއްދާގެ )ރ( ގައިވަނީ ސަނަދު ދޫކުރުމުގައި ބަލާނެ ކަންތައްތަކެވެ. އެގޮތުން،
1. ސަނަދުގެ ފެންވަރު ބެލުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި،
2 . ޑޮކްޓޯރަލް ޑިގްރީއަށް ކިޔަވައިދޭ މަތީ ތަޢުލީމު ދޭ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮޓޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީއަކަށްވުނ ނުވަތް އެ ޤައުމެއްގެ ރަސްމީ ފަރާތަކުން ޔުނިވަރސިޓީއެއްގެދަރަޖަ ދީފައިވުން ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑްކުރުމަށް އެ ޤައުމެއްގެ މަތީ ތަޢުލީމު ޒިންމާވާ އިދާރާއަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދޭ މަރުކަޒަކަށް ވުމާއި،
3 . ޑޮކްޓޯރަލް ޑިގްރީ އެވޯޑްކުރާ މަތީ ތަޢުލީމު ދޭ މަރުކަޒަރީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮޓޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކަށްވުނ ނުވަތް އެ ޤައުމެއްގެ ރަސްމީ ފަރާތަކުން ޔުނިވަރސިޓީއެއްގެދަރަޖަ ދީފައިވުން ނުވަތަ ޑޮކްޓޯރަލް ޑިގްރީ އެވޯޑްކުރުމަށް އެ ޤައުމެއްގެ މަތޭ ތަޢުލީމު ޒިންމާވާ އިދާރާއަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމު ދ މަރުކަޒަކަށް ވުމާއި،
4. ޑޮކްޓޯރަލް ޑިގްރީއަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭ ސަނަދަކަށްވުމާއި،
5. މޯލްޑިވްސް ކޮލިފިކޭޝަންސެއޮޓޯރިޓގީ"މިނިމނައެންޓްރީ ކްރައިޓީރިއާ ފޮރ އެމް.އެން.ކިއު.އެފް ކޮލިފިކޭޝަން" ގައިވާ އެންޓްރީ ކްރައިޓީރިއ އަށާ ފެތޭ ގޮތަށް ޑޮކްޓޯރަލް ޑިގްރީއަށް އެންރޯލްވެފައިވުމެވެ.
35މި ދެ އުޞޫލުގެ ތެރެއިން، 28 މާރިޗް 2021 ގްއިޢަމަލުކުރަނީފަށާފައިވާ "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރްޤީބޫލުކުރާނޭ ގޮތުގެ އުޞޫލު" އާ ގުޅޭ ގޮތުނ އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނިއިސްތިއުނާފުކުރާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރިފަހުނ ޢަމަލު ކުރަން ފެށާއުޞޫލެއްގުދަށުން، އެ ފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަށް، ކުރިން ހިނގާފައިވާ ހާދިސާއަކާމެދު ޢަމަލްނުކުރެވޭނެކަމަށާއި، އޭގައި ޢަމަލުކުރަން ޖެހޭނީ އެ ހާދިސާ ހިނގި އިރުވެސް އާންމު އުޞޫލުން މޯލްޑިވްސް ކޮލިފިކޭޝަނސ އޮޓޯރިޓީއިނ ޢަމަލުކުރަމުން ގެންދިޔަ ގޮތަށް ކަމުގައެވެ. މިކަން ދަށު ކޯޓުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
3628 މާރިޗް 2021 ގައިޢަމަލުކުރަން ފަށާފައިވާ "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނީގޮތުގެ އުޞޫލު"އ ގުޅާ ގޮތުން ޝަރީޢަތުން ދައުލަތާއި ސުވާލުކުރުމުން، ދައުލަތުން ބުނެފައިވަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ޕްރޮގްރާމް ވެލިޑޭޓްނުކުރުމަށް ނިންމާފައވ ނިންމުމާއި ގުޅިގެންދައުލަތުން ދެ ކަމެއް ފާހަގަކުރަން ބޭނުންވާކަމަށާއި، އެއީ އިސްތިއުނާފުކުރަ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި ބަރޯސާވި ލިޔުމަކީ މޯލްޑިވްސ ކޮލިފިކޭޝންސް އޮތޯރިޓީ އިނީ ސީދާ ދީފައިވާ ލިޔުމެއްކަމަށާއި، މި އުޞޫލަކްއެ ޕްރޮގްރާމް ފުރިހަމަކުރި ފަހުން ގެޒެޓްކޮށްފައިވްއުޞޫލެއްކަމުގައެވެ. އެހެންކަމުން، ދައުލަތުން ޤަބޫލުކުރަނީ ފަހުން ޢަމަލުކުރަން ފަށާފައިވާ އުޞޫލު އެހެނީ 28 މަރިޗް 2021 ގައި ޢަމަލުކުރަން ފަށާފައިވާ "ރާއްޖެއިން ބޭރުގައ މަތި ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނ ގޮތުގެ އުޞޫލު" އަކީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ހިނގާނެ އުޞޫލެއް ނޫންކަމުގައެވެ. ސިވިލް ކޯޓަށް 15 މެއި 2022 ގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި "ދަޢުވާކުރާ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން"ގެ 1.3
37HN1ވަކި ޙާލަތްތަކެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއީގެ މަންފާ ފިޔަވައި،ފަހުން ހަދާ ޤާނޫނުގެ އަސަރު ނުވަތެ އގަބރު، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ނުހިނގުމަކީ retrospective application of law އާންމު އުޞޫލެވެ. މީގެ މާނައަކީ، ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާޟީގައި ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށް ނުވަތަ ވާޤިއާއެއްގެ މައްޗަށް ނުވަތަ ކުރެވުނު މުޢާމަލާތެއްގެ މައްޗަށް އެ ޤާނޫނު ރަޖުއ (retrospective) ކޮށް ތަޠުބީޤުނުކުރެވުމެވެ.
38ޤާނޫން އެކުލަވާލި ދުވަހުން ފެށިގެނުކުރިއަށް ހިނގާ އެއްޗަކަށް ޤާނޫނުވުމާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް ޤާނޫނު ނުވުމަކީ ޤާނޫނުމާނަކުރުމުގައި ޤަބޫލުކުރެވޭ ހަމައެކެވެ. މިކަން ޤާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(ގެ 12 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރެއެވެ.
39HN2މީގެ އިސްތިސްނާއަކީ މަދަނީ ޤާނޫނެއްގައިޞަރީޙަ ބަހުން މާޟީގައި ހިނގާފައިވާ ކަމެއްގެ މައްޗަށް އ ޤާނޫނެ ތަޠުބީޤުކުރެވޭނެކަން ބަޔާންކުރުމެވެ. މިފަދައިން މާޟީގައި ހިނގާފައިވާ ކަމަކަށް ޤާނޫނ ތަޠުބީޤުކުރެވޭނެކަމަށް ބަޔާންކޮށްފައިނުވާނަމަ، އެ ޤާނޫނަކީ އާންމު އުޞޫލެއްގެ ގޮތުން ރަޖުއީކށ ތަޠުބީޤުނުކރެވޭނުޤާނޫނެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ "ރަޖުއީ" ކޮށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ މަބްދައު retroactivity of the law)(principle of non-ގެ އަޙްކާމްތަކަށ ބެލުމުން އެނގެއެވެ. މި އުޞޫލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ނަގަހައްޓާފައިވާ އުޞޫލެކެވެ. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ )ހ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 )ޢަބްދުލްޢަފޫރ ޙާމިދު ވ. މޫސާ ފަތުޙީ( ޤަޟިއްޔާގެ 40 ވަނަ ނުކުތާ މިސާލަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 )އިލެކްޝަނސްކޮމިޝަން ވ. ފަރީދާ ޢުމަރު( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/12 )ޒުލައިޚާ ޙަފީޡާ ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/41 )މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/08 )ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/25 )ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/97 )މުޙައްމަދު ޞަބާހް ވ. ޢާއިޝަތު ނަފީސާ( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/108 )އަޙްމަދ މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން( ޤަޟިއްޔާ ހިމެނެއެވެ.
40HN3އިސްވެ ބަޔާންކުރަނިވި މަބްދައުއަށާއި، މި މަބްދައު ތަޠުބީޤުކޮށް ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް،މ މައްސަލައިގައި އިސްތިއުނާފުކުރި ފަރާތްތަކށ ޕްރޮގްރާމް ފުރިހަމަކުރި ފަހުން، 10 މާރިޗް 2021 ގައި ފާސްކޮށް، އަދި 28 މާރިޗް 2021 ގައް ޢަމަލުކުރަން ފަށާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރު ޤަބޫލުކުރާނ ގޮތުގެ އުޞޫލަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރަން ނުފެންނަކަމަށް ނިންމޭނެކަމުގައި ނުދެކެމެވެ.
41އިސްތިއުނާފުކުރާ ފަރާތްތަކުން ޕްރޮގްރާމް ފެށި އިރު އޮތް އުޞޫލާއި އެ ފަރާތްތަކުން ޚިލާފުވެފައިވޭތޯ ޝަރީޢަތުން ދައުލަތާއި ސުވާލުކުރުމުން، ދައުލަތުން ބުނެފައިވަން އިސްތިއުނާފުކުރާ ފަރާތްތަކުނ ޕްރޮގްރާމް ފެށިއިރު އޮތް އުޞޫލަކީ 01 ނޮވެންބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" ކަމަށާއި، މޯލްޑިވްސް ކޮލިފިކޭޝަނސިއޮތޯރިޓީއިން ނިންމުންނިންމުމުގައ ބަރޯސާވެފައިވަނީ މި އުޞޫލުގެ 12 ވަނަ މާއްދާއަށް ކަމަށާއި، މި އުޞޫލުގެ 12 ވަން މާއްދާގައި އޮތީ އެކި ޤައުމުތަކުގައިވާ މަތީ ތަޢުލީމުގެ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަނސައޮތޯރިޓީއިން ޤަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއް ކަމުގައި ބަލާނީ އެ ޤައުމެއްގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނަމަ ކަމުގައެވެ. މި މާއްދާ ގައި "މަރުކަޒު" ކަމަށް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީ ނިސްބަތްކޮށްފައިވަނީ "ޔުނިވަރސިޓީ" އެއް ކަމަށް ބަލައިގެން ނެރޭ ތަރުޖަމާއެއްކަމަށާއި، އެހެނަސް، މިކަން މި އުޞޫލުގައި ސާފުކޮށް ބަޔާންކޮށްފައިނުވާކަމުގައެވެ.
42މ މާއްދާއަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތްތަކުގެ ސަނަދު ވެލިޓޭޑ ނުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން ނިންމޭނެތޯ ޝަރީޢަތުން ސުވާލުކުރުމުން، މިފަދައިން ނިންމިދާނެކަމަށް ދައުލަތުން ނުދެކޭކަމުގައި ޖަވާބުދީފައިވެއެވެ.
43މިކަމުގެ ނަތީޖާއަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އޭގެ ނަތީޖާއަކީ ސަނަދު ވެލިޑޭޓްކޮށްދިނުނ ކަމުގައި ދައުލަތުން ބުނެފައިވެއެވެ.
44ދާ ފަރާތުންވެސް އެއްބަސްވެފައިވާ ފަދައިން އިސްތިއުނާފުކުރާ ފަރާތްތަކުން ފުރިހަމަކޮށްފައިވަ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ރާއްޖޭގައި ޤަބޫލުކުރާ ޕްރޮގްރާމެއްތޯ ބުލއިރ މި ޕްރޮގްރާމް ފެށިއިރު ޢަމަލުކުރަމުން ދިޔައީ 01 ނޮވެންބަރު 2010 ގައި ފާސްކޮށްފައިވާ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" އަށެވެ. ދަށު ކޯޓުން އިސްތިއުނާފުކުރާ ފަރާތތަކުގޯސަނަދުގައ އުޞޫލުގައި ބަޔާންކުރި ފެންވަރާ ހުރު ކަމަށި އަންގާނެ ތިނެއ ނެތްކަމަށް ނިންމުމުގައި ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލަށް ބަރޯސާވެ ނަމަވެސް، މި އުޞޫލުގެ 12 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތް ސާފެއްނޫނެވެ.
45މ މައްސަލައިގައި ފެންނަން އޮތީ، މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއިން އިސްތިއުނާފުކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ރިކޮގްނިޝަން އޮފްއީހަޔަރ އެޑިއުކޭޝަން ޕްރޮވައިޑަރ އަދި ޕްރޮގްރާމް ލިޔުމެވެ. މި ލިޔުމުން ކަށަވަރުވެގެންދަނީޑޮކްޓަރ އޮފް ފިލޯސޮފީ )މެނޭޖްމެންޓް( ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓިއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަމށާއަ، އ ފަރާތްތަކުން ކޯހަށް ވަނުމުގެ ޝަރުޠު ފުރިހަމަވާކަމަށާއި،އަދ މި ޕްރޮގްރާމްއަކީ މޯލްޑިވްސް ނެޝަނަލް ކޮލްފިކޭޝަނ ފޮރޭމްވޯކްގެ މިނިމަމ ކްރައިޓީރިއާއަށް ފެތޭ ޕްރގްރާމެއްކަމުގައެވެ. މީގެ އިތުރުން ސްރީލަންކާގެ އެއިމްސް ކޮލެޖާ ބިޒްނަސް އެންޑް އިންފޯމޭޝަނ ޓެކްނޮލިޖީއާއިއެވަރޑިންގ ބޮޑީކަމުގައިވާ ފިލިޕީންސްގެ އެންޑަރސްގޭޓް ކޮލެޖަކ “Recognized” ދަރަޖަ ދީފައިވާ ތަންތަން ކަމުގައި ބަޔާންކުރެއެވެ.
46އެހެންކަމުން، މި ލިޔުން މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ދޫކޮށްފައިވަނީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލުގައިވާ ޝަރުޠުތައް ފުރިހަމަވާތީކަމުގައި ބެލެވެއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ Recognition Program & Provider Education Higher a of ގެ “Intended Program/ Course Details” ގެ 9 ވަނަ ނަންބަރުގައި ވަނީ “Does he/she meets the Standard Entry Requirement: Yes” ކަމުގައެވެ. މިކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ Provider & Program Recognition of a Higher Educationގެ “Intended Program/ Course Details” ގެ 10 ވަނަ ނަންބަރުގައި ބަޔާންކުރެއެވެ. މިކަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ Program & Provider Education Higher a of Recognition ގެ “Intended University / College / Institute Details” ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުން އެނގެއެވެ.
47އަދި ހަމައެއާއެކު، ފެންނަން އޮތީ ފިލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުން އަންނަ ޕީ.އެޗް.ޑީ ޕްރޮގްރާމަކީ ފިލިޕީންސްގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަންގެ ހުއްދަ ލިބިގެން ކުރިއަށްދާ ޕްރޮގްރާމެއް ނޫންކަމުގްއި މޯލްޑިވްސ ކޮލިފިކޭޝަނސުއޮތޯރިޓީއަށް މަޢުލޫމާތު ލިބުމުން، އެއިރު އެ ކޮލުޖުގައި ޕީ.އެޗް.ޑީ އަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދްމޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީއިން 29 މާރިޗް 2018 ގައި ފާސްކޮށްފައިވާ އުޞޫލެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ރިކޮގްނިޝަން ދީފައިވާ ދަރިވަރުންނަށް ޚާއްޞަވާ، މި މައުޟޫއަށް ޖަވާބުލިބިދިނުމަށް ފާސްކޮށްފައިވާ އުޞޫލުވެސްމެއެވެ.
48މި އުޞޫލުގައިރިކޮގްނިޝަން ދީފައިވާ ސަބަބަކީ ފިލިޕީންސްގެ އެލްޑަރސްގޭޓް ކޮލެޖަކީ އެޤައުމުގ ސަރުކާރުނަ ޤަބޫލުކުރާ )ހަޔަރ އެޑިއުކޭޝަން ކޮމިޝަންގައި ލިސްޓު ކުރެވިފައިވާ( މަރުކަޒެއްކަން އެނގޭތީކަމށާއި، އަދި އެއިމްސް ކޮލެޖަކީ ސްރީލަންކާގައި ގަވާއިދުން ރަޖިސްޓްރީވެފައިވާ ތަނަކަށްވާތީ ކަމަށް ބަޔާންކޮށްފައިވެއެވ. އަދި މިއީ ޕްރޮގްރާމް ރިކޮގްނިޝަން ދޫކުރުމަށް ކަނޑައަޅަފައިވާ އުޞޫލާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް ބަޔާންކުރެއެވެ.
49މ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާޅުވި ހިސާބުން ފެށިގެން އެ ޕްރޮގްރާމަށް ރިކޮގްނިޝަން ދިނުން ހުއްޓާލައި، އެކަން އެނގުމުގެ ކުރިން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ސަނަދުތައ ގަވާއިދަށް ފެތޭނަމަ، ވެލިޑޭޓްކުރާނެކަމުގައ މި އުޞޫލުގައިވއެވެ. އަދި މިގޮތުން، ސަނަދު ބަލައިގަތުމުގައި ބަލާނެ ކަންތައްތަކަކީ:
1. 2018 ޖަނަވަރީގެ ކުރިން ޕްރޮގްރާމަށް އެންރޯލްވެ، ރަޖިސްޓްރީވެފައިވުމާއި،
2. ދިވެހިރާއްޖޭގެ ޤައުމަސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ފުރިހަމަވުމާއި،
3. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އާންމުކޮށްފައިވާ މަޢުލޫމާތު ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިވުމާއި،
4. މަތީގައި ކަންކަން ފުރިހަމަވާނަމަ، ވެލިޑޭޝަންއަށ ހުށަހެޅުމުން ދަރިވަރުންގެ ސަނަދުތައ ލެވެލް 10 )ޑޮކްޓާރަލް ލެވެލްގައި( އްއޮތޯރިޓީން ވެލިޓޭޑ ކޮށްދޭނެކަމުގައެވެ.
50މި ޚާއްޞަ އުޞޫލުގައިވާ ކަންކަން އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިން ފުރިހަމަވޭތޯ ބަލާއިރު،އެ ފަރާތްތަކަކީ 2018 ޖާނަވަރީގެ ކުރިން ޕްރޮގްރާމަށް އެންރޯލްވެފައިވާ ފަރާތްތަކެއްކަން އެނގެއެވެ. މި ފަރާތްތަކަށް ދޫކޮށްފައިވާ Recognition of a Higher Education Provider & Program އްނީއެ ފަރާތްތަކަކްޕީ.އެޗް.ޑީ ޕްރޮގްރާމަށް ވަނުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކެއްކަން އެނގެއެވެ. އަދި މައްސަލައިގައް ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީގެ ނަންބަރު 218/CIR/2018/4 )22 ފެބުރުވަރީ 2018( ސަރކިއުލަރއަށް އިޖާބަދްއެކަން މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީއަށ އަންގާފައިވާކަން އެނގެއެވެ. އެއަށްފަހު، ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ޕްރޮގްރާމް ވެލިޑޭޓްކުރުމަށް ހުށަހަޅާފައިވާކަންވެސް އެނގެއެވެ. އެހެންކަމުން، މިކަމުގެ ނަތީޖާއަކަށް ވާންވާނީ، މި ޚާއްޞަ އުޞޫލުގައިވާ ފަދައިން، މި ސަނަދު ލވެލ 10 )ޑޮކްޓޯރަލް ލެވެލްގައި( ވެލިޑޭޓްކޮށްދިނުމެވެ.
51HN4މ މައްސަލައިގައި ދެކެވުނު ވާހަކަތަކުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ޝަރުޠު ފުރިހަމަނުވާކަމަށް ބަހުސްކޮށްފައެއްނުވެއެވެ. ޕްރޮގްރާމަށް އެންރޯލްވުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަނސު އޮތޯރިޓީއިން ދީފައިވާ ޔަޤީންކަމަކީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ޝަރުޠު ފުރިހަމަވާކަމުގެ ޔަޤީންކަމެވެ. އަދި ދަށު ކޯޓުންވެސް އެ ފަރާތްތަކަކީ ޝަރުޠު ފުރިހަމަނުވާ ބައެއްކަމުގައި ކަނޑައަޅާފައެއްނުވެއެވެ.އ ފަރާތްތަކުގެ ޝަރުޠު އެހިނދު ފުރިހަމަނުވާކަމަށް ދެކެނުނަމަ، އެކަނ އަންގަންޖެހޭނ މޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީއިންނެވެ. 2018 ވަނަ އަހަރުގެ އިޢުލާނަށްފަހު، ރިކޮގްނިޝަން ލިބިފައިވާ ދަރިވަރުންގެ ޝަރުޠު ފުރިހަމަވޭތޯ ބެލުމަކީ އެ ދަރިވަރުން އަމިއްލަ އިސްނެގުމަށް އުފުލަނޖެހ ޒިންމާއެއްކަމުގައި ނުދެކެމެވެ. އެކަން އަންގަންޖެހޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިންނެވެ. އެހެނަސް، ޙަޤީޤަތަކީ އެ ޕްރޮގްރާމްގެ ރިކޮގްނިޝަން ލިބިފައިވާ ދަރިވަރުންނަކ ޝަރުޠީ ހަމަނުވާ ބައެއްގެ ގޮތުގައި މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ބަލާފައިވާކަން އަދި އެގޮތަށް ދެކެފައިވާކަން އެނގެންނެތްކަމެވެ.
52HN5އިސްތިއުނާފުކުރާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ސަނަދު ވެލިޑޭޓްކުރުމަށް ހުށަހެޅު މުން، އެ ފަރާތްތަކުގެ މައްޗަށް އައު ޝަރުޠެއް ކަނޑައެޅުމަކީ،)އެހެނީ އ ޕްރޮގްރާމަކީ ފިލިޕީންސްގެ ކޮމިޝަން އފްހަޔަރ އެޑިއުކޭޝަންއިން ޤަބޫލުކުރާ ޕްރޮގްރާމެއް ކަމުގެ ޞައްޙަ ލިޔުމެއް ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން އެންގުމަކީ( މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ. އެހެނީ، ސަނަދު ބަލައިގަތުމުގައި މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީއިން ބަލާނެ ކަންކަން ދުރާލާ އީއުލާންކޮށްފައިވާއިރު، އަލަށް ތައާރަފުކުރެވުނި ކަމަކޫޝަރުޠެއްގެ ގޮތުގައި އުޞަލުގައި ހިމަނާފައިވާކަމކށްނުވާތީއެވެ.
53މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ބަލަންވާވަރަށް ނުބަލައި ދޫކޮށްފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތްތައް ކިޔެވުން ފަށާފައިވާކަމުގައި ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކުރެއެވެ. އެހެނަސް، މިކަން މެދުވެރިވެފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަނސީއޮތޯރިޓީއިން ބަލަންވާވަރަށް ނުބަލައިގެންކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތެވެ. އެންމެ ގާތް ކުރާ ލިޔުމަކަށް އޮތ މޯލްޑިވްސް ކޮލިފިކޭޝަނސ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއެވެ.އެ ޔައުމިއްޔާގައި އޮތީ "އެ ޕްރޮގްރާމަކީ ޤަބޫލުކުރެވޭނެ ޕްރޮގްރާމެއކަމަށް އެމް.ކިއު.އޭ އިން ކުރިން މަޢުލޫމާތު ދީފައިވާކަމަށއި،އެހެންނަމަވެސް، އެއީ، އުޞޫލާ ޚިލާފަށް އެމް.ކިއު.އޭ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެއްވި" ކަމުގައެވެ. އެހެނަސް، މ ޔައުމިއްޔާއިން އެ ޕްރޮގްރާމް ޤަބޫލުކުރިއިރ ޚިލާފު ވެފައިވަނީ ކޮން އުޞޫލަކާ ކަމެއް، އަދި އުޞޫލާއި ޚިލާފުވެފައިވާ ގޮތެއް ސާފުކޮށް އެނގޭކަށްނެތެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޖަލްސާ ނަންބަރު 05/2021-ABM )01 ސެޕްޓެންބަރު 2021(
54އެކަން ހިނގްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަނާ ސްއޮތޯރިޓީއިނ ބަލަންވާވަރަށް ނުބަލައިގެން ކަމުގައި ބުނެފައިވަން ދަށު ކޯޓުގެ އަމިއްލަ އިސްނެގުމަކަށް މޯލްޑިވްސް ކޮލިފިކޭޝަނސިއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ޙަންނާން ވަޙީދު ޙާޟިރުކުރުމުން، އެ ފަރާތުގެ ކިބައިން ސާފުކުރ މަޢުލޫމާތުންނެވެ. މިއީ އެ މައްސަލައިގްދަޢުވާކުރާ ފަރާތުގެ، އަދި ދަޢުވާލިބޭ ފަރާތުގެ އެދުމަކަށް ޙާޟިރުކުރެވުނު ހެއްކެއްނޫނެވެ. އެކަން މި މަރުޙަލާގައި ދައުލަތުގެ ކިބައިން ސާފުކުރުމުން، ދައުލަތުން ބުނެފައިވަނީ އެއީ ދައުލަތުން އެދިގެން ޙާޟިރުކުރެވުނު ފަރާތެއްނޫންކަމުގައެވެ.
55ޝަރީޢަތުގައި މޯލްޑިވްސް ކޮލިފިކޭޝަން ސ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ޙަންނާން ވަޙީދު ބުނެފައިވަނީ ކުރީގެ މެނޭޖްމަންޓުން ބަލަންޖެހޭ އުޞޫލުން ބަލާފައިނުވާކަމުގައެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ލިޔުމަކީ ބަލަންވާވަރަށް ނުބަލައި ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ޑރ. ޢަބްދުލް ޙަންނާން ވަޙީދުގެ ބަހަށް ބަރޯސާވެގެންކަމުގައި ބެލެވެއެވެ.
56HN6ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ސިފަ އެކުލެވިގެންކަމަށްވާއިރު، މި ނިޒާމުގެ އެންމެ އަސާސީ އެއް ސިފައަކީ، މައްސަލަ ބަލާ ފަނޑިޔާރަކީ އ ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅ ވާޤިއާތައް،އެ ވާޤިއާތައްހުށަހަޅާ ފަރާތްތަކުން އެކަންކަން ސާބިތުކުރުމަށް އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމެވެ. ފަނޑިޔާރުން މައްސަލަ ބަލަމުންދާއިރު، ރިޢާޔަތްކުރަންޖެހޭނީ ކޯޓުތަކުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ(ގެ ) 1( ވަނަ ނަންބަރުގައިވާ ފަދައިން، ފަނޑިޔާރުގެ ކުރި މައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/23 )އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 38 ވަނަ ނުކުތާ
57އެހެނަސް، ސީދާ ޤާނޫނުން ފަނޑިޔާރުންނަށް ލިބިދޭ ބާރުތައް ހުންނަކަމަށާއި، އެގޮތުން ފަނޑިޔާރުންނަށް ކަންކަން ފާހަގަކުރެވިގެންހޯދާ ލިޔެކިޔުންތައް އެ މައްސަލައެއްގައި ހިމެނޭ އެންމެހައި ފަރާތްތަކާ ހިއްސާކޮށް، ބަސް ބުނުމުގެ ފުރުޞަތު ދޭންވާނެކަމަށާއި،މައްސަލައާ ގުޅިގެނާ ކުރެވޭ ސުވާލުތައް ކުރަންވާނީ މައްސަލައިގެ އެންމެހާ ފަރާތްތަކުގެ ޙާޟިރުގައިކަމަށާއި، ސަބަބަކީ ފަނޑިޔާރުން ހޯދި މަޢުލޫމާތުތަކަށް ވިޔަސް، އަދި ކޮންމެވެސް އެއް ފަރާތަކާ ކުރާސުވާލަކަށް ވިޔަސް، މައްސަލައިގެ ދެން ހިމެނޭ ފަރާތްތަކުން އެދޭނަމަ، އެކަންކަން ތަޢުނުކޮށާއަދިމުނާޤަޝކުރުމުގ ފުރުޞަތު އޮންނަންޖެހޭތީ ކަމަށާއި، ޝަރީޢަތުން މައްސަލަ ބެލުމުގެ އާންމު އުޞޫލަކީ ފަނޑިޔާރުންގެ ކުރި މައްޗަށް ހުށަހަޅާ ހުށަހެޅުންތަކަށ ބެލުން ކަމަށްވާއިރު، މައްސަލައެއްގެ މަސްލަހަތު އޮތް ފަރާތަކަށް ނޭނގި، އައު ހުށަހެޅުމެއް ފަނޑިޔާރުގެ އިސްނެގުމަކަށް ހުށަނޭޅޭނެކަމުގައ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ބަޔާންކުރެއެވެ.
58މާ ޤަޟިއްޔާގައި އިތުރަށް ބަޔާންކުރަނީ ޤާނޫނުގައި ފާޅުކަން ބޮޑު ގޮތެއްގައި އޮތް، އެހެނަސް ޚަޞްމުން ފާހަގަނުކުރާކަމެއްވާނަމަ، އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެކަމުގައެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް،ޠޢުނުކުރުމުގ ފުރުޞަތު ދޭންވާނެކަމުގައެވެ.
59ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/05 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައިވަނީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމަށް ވާސިލުވުމަށްޓަކައި ހޯދަންޖެހޭކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެންނަ ކޮންމެ ލިޔުމެއް ހޯދުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމުގައިވީނަމަވެސް، މިގޮތުން ހޯދާ ލިޔުމެއް އަދ މަޢުލޫމާތެއ މީހަކަށް ގެއްލުމެއް ލިބޭގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށ ކަމެއް ސާބިތުކުރުމުގައި އެފަދަ ލިޔުމެއްގެ މައްޗަށް ބުރަވާ ޙާލަތުގައި އެ ލިޔުމަކާމެދު ނުވަތަ އ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/44 )އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ( 65 ވަނަ ނުކުތާ މަޢުލޫމާތަކާމެދު އެ ފަރާތެއް ދެކޭގޮތް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަކީ އެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމުގައެވެ.
60މިކަންކަމުގެ އަލީގައި، މި މައްސަލައިގައި ޝަރީޢަތުން ބޭނުންވެގެން ޝަރީޢަތުގެ އަމިއްލަ އިސްނެގުމަށް މޯލްޑިވްސް ކޮލިފިކޭޝަނސުއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޢަބްދުލް ޙަންނާން ވަޙީދު ޙާޟިރުކޮށްފައިވާހިނދު، މައްސަލައިގެ ޚަޞްމުންނަށް މި ފަރާތާއި ސުވާލުކުރުމުގެ ފުރުޞަތު ދީފައިނުވާކަނިއެނގޭއިރު، މި ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން ބަސް ބުނުމުގެ ފުރުޞަތުވެސް މައްސަލައިގް ޚަޞްމުންނަށް ދީފައިވާކަން އެނގޭކަށްނެތެވެ. އެހެންކަމުން، މިކަމުގައި ދަށު ކޯޓުނެ ޢިމަލުކޮށްފައިވަނީ އެންމެ އިންސާފުވެރިގޮ ތަށްކަމުގައ ބެލެވޭނެ ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
61އެހެންކަމުން، އިސްވެ ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 3973/Cv-C/2021 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، އިސްތިއުނާފުކުރާ ފަރާތްތައް ހުށަހަޅާފައިވާ ފަދައިން، އަދި ދައުލަތަށްވެސް ފެންނަ ފަދައިން،އިސްތިއުނާފުކުރާ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަނސްއޮތޯރިޓީގެ މައްޗަށް އަމުރުކުރަންޖެހޭ ކަމުގައި އަހުރެނ ދެކެމެވެ.
62HN7އިސްތިއުނާފުކރު ފަރާތްތަކުނ ދަށު ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީމޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ 2021 ވަނަ އަހަރުގެ 05 ވަނަ ބައްދަލުމުވުމުގައި އިސްތިއުނާފުކުރާ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުނުކުރެވޭނެކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްވާތީ، އެ ނިންމުމަކީ ބާޠިލު މިކަން 16 ޖުލައި 2024 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ނަތީޖާއަކަށްވާނީ ވެލިޑޭޓ ކޮށްދޭން ޖެހުން ކަމުގައެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި "އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" ގެ 12 ވަނަ ނަންބަރު ނިންމުމް އްކަމަށެ ކަނޑައަޅައިދިނުމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުގެ ޕީ.އެޗް.ޑީ ސަނަދު ޤަބޫލުކުރުމަށީމޯލްޑިވްސ ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، އެފަދައިން އަމުރުކޮށްދެވޭނެ ތަނެއް ނެތްނަމަ، އެ އިދާރް ނިންމުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްކަމަށްވާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރ ފަރާތްތަކުގެ ސަނަދު ޤަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަނސުއޮތޯރިޓީގެ މައްޗަށް އަމުރުކުރަންޖެހޭ ކަމުގައި ދެކޭތީ، ދަށު ކޯޓުގައި އިސްތިއުނާފުކްރ ފަރާތްތަކުނ އެދިފައިވާއެދުމުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައ ގެއްލުމުގެ ބަދަލު ނަގައިދޭނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
63ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުމާނިޢު ޙުސައިންގެ ރައުޔް
64ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
65މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮނު ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ)
- ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ކޯޓުތަކުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) (ޙުކުމުގައި ލިޔެފައިވާ ގޮތުން)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުޞޫލު" (01 ނޮވެންބަރު 2010) ގެ 12 ވަނަ މާއްދާ
- "ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުޞޫލު" (2021) ގެ 4 ވަނަ މާއްދާގެ (ރ)
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީ.އެޗް.ޑީއަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މި އޮތޯރިޓީގެ ނިންމުން" (29 މާރިޗް 2018)
- ސުޕްރީމް ކޯޓުގެ 2018/SC-A/25 (ޢަބްދުލްޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ) ގެ 40 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ 2017/SC-E/05 (އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު)
- ސުޕްރީމް ކޯޓުގެ 2014/SC-A/12 (ޒުލައިޚާ ޙަފީޡާ ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2015/SC-A/08 (ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް)
- ސުޕްރީމް ކޯޓުގެ 2020/SC-A/97 (މުޙައްމަދު ޞަބާޙް ވ. ޢާއިޝަތު ނަފީސާ)
- ސުޕްރީމް ކޯޓުގެ 2021/SC-A/108 (އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2017/SC-A/23 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ) ގެ 38 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ 2020/SC-A/44 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ) ގެ 65 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ 2012/SC-A/05 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.