ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/22

ޢަޒީޒާ ޒަކަރިއްޔާ ވ. ޙައްވާ ޒަކަރިއްޔާ

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 ޖޫން 2021ދަށު ކޯޓު: ލ. މާވަށު މެޖިސްޓްރޭޓް ކޯޓު 01/O7C/2015ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ލ. މާވަށު މެޖިސްޓްރޭޓް ކޯޓު 01/O7C/2015
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ގޯތީގެ ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ސާބިތުކޮށް ކުރިން ކުރެވިފައިވާ ޙުކުމެއް އޮތުމުން، އެ ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުމަށް އެހެން ވާރިޘަކު ހުށަހެޅި ދަޢުވާއަށް ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ނެތްކަމަށް ނިންމުން ޞައްޙަތޯ؛ އަދި ޙުކުމުގައި ސަބަބު ތަފްޞީލުކޮށް ނުލިޔުމާއި އިޖުރާއީ ބަޔާނަށް ޖަވާބުދިނުމުގެ ފުރުޞަތު ނުދިނުމުގެ ނަތީޖާ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމަށް ވާޞިލުވި ސަބަބުތައް ވަކި ނުކުތާއެއްގެ ސިފައިގައި ލިޔެވިފައި ނުވިނަމަވެސް، ޙުކުމުގައި ނުވަތަ ނިންމުމުގައި އެ ސަބަބުތައް އެނގޭނޭ ގޮތަށް ބަޔާންވެފައިވާނަމަ، އެހެން ބާޠިލުވާފަދަ ސަބަބެއް ނެތްނަމަ، އެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ނުބެލެވޭނެއެވެ.

HN2 ދަށު ކޯޓުން ކޮށްފައިވާ ޙުކުމެއް އިސްތިއުނާފުގެ މަރުޙަލާއިން ނޫން ގޮތަކަށް، މިނިސްޓްރީ އޮފް ޖަސްޓިސްއިން އެންގި އެންގުމެއްގެ މައްޗަށް ހަމަ އެ ކޯޓުން ބާޠިލުކޮށްފައިވާނަމަ، އެއީ ޤާނޫނީ ގޮތުން ޞައްޙަ ނިންމުމެއް ކަމަށް ނުބެލެވޭނެއެވެ.

HN3 ޚަޞްމެއް ހުށަހަޅާ އިޖުރާއީ ބަޔާނަށް (ރެސް ޖުޑިކާޓާ ތަޠުބީޤުކުރުމަށް އެދޭ) އަނެއް ޚަޞްމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ، އެ ބަޔާނުގެ މައްޗަށް އެކަނި ބިނާކޮށް ޙުކުމްކުރުމަކީ އެއް ޚަޞްމެއްގެ ވާހަކަ އެކަނި އަޑުއަހާ ވާޞިލުވާ ނަތީޖާއެއް ކަމުން އެއީ ޤާނޫނީ ހަމައެއްގެ މަތިން ކުރެވޭ ކަމެއް ނޫނެވެ.

HN4 ރެސް ޖުޑިކާޓާއަކީ ދިވެހި ކޯޓުތަކުން ބަލައިގެންފައިވާ މަބްދައެއް ކަމަށާއި، އެ މަބްދައު ބިނާވެފައިވަނީ އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަދި އިޖުރާއަތުގެ ނަހަމަ ބޭނުންހިފުމުގެ (އެބިއުސް އޮފް ޕްރޮސެސް) އުޞޫލުތަކުގެ މައްޗަށެވެ؛ އިޝޫ އެސްޓޮޕަލް އާއި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤުކުރުމަށް ދެ މައްސަލައިގެ ޚަސްމުން އެއްބައެއް ކަމުގައިވުމާއި، މަޢުޟޫޢު/ނުކުތާ ކުރިން ނިހާއީ ނިންމުމަކުން ނިމިފައިވުން ޝަރުޠެވެ.

ޕެރ. 10؛ 2012/SC-A/07، 2016/SC-A/25، 2012/HC-A/305މި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN5 ކުރިން ބެލުނީ ދަޢުވާ ރައްދުވާ ފަރާތެއް ނެތި އެއް ފަރާތެއްގެ މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ކަމަށްވެފައި، ފަހުން ހުށަހެޅުނީ ތަފާތު ޚަސްމުންގެ ދެމެދު ރަޖިސްޓްރީގެ ޞައްޙަކަމަށް ތަޢުނުކޮށް އެ ރަޖިސްޓްރީ ބާޠިލުކުރުމަށް އެދޭ މައްސަލައެއްނަމަ، ޚަސްމުންނާއި މަޢުޟޫޢު ތަފާތުވާތީ ރެސް ޖުޑިކާޓާ ތަޠުބީޤުނުކުރެވޭނެއެވެ؛ އަދި ޢަދުލު އިންޞާފުގެ ނަހަމަ ބޭނުމެއް ހިފުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ނުފެންނަނަމަ އެބިއުސް އޮފް ޕްރޮސެސްގެ މަބްދައުވެސް ތަޠުބީޤުނުކުރެވޭނެއެވެ.

HN6 މީހެއްގެ ނަމުގައި ރަޖިސްޓްރީއެއް އޮތުމަކީ އެ މީހަކީ އެ ތަނުގެ މިލްކުވެރިޔާ ކަމަށް ބެލެވޭ ހަރުދަނާ ހެއްކެއް ނަމަވެސް، ހަމައެކަނި އެ ސަބަބަށްޓަކައި އެ ރަޖިސްޓްރީގެ ޞައްޙަކަމަށް ތަޢުނުކޮށް ދަޢުވާ ހުށަހެޅުމަށް ހުރަހެއް ނާޅާނެއެވެ؛ އެފަދަ މައްސަލަތަކަކީ މަޢުޟޫޢަށް ބަލައި ނިންމަންޖެހޭ މައްސަލަތަކެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1HN2މި މައްސަލައިގެ ފަސްފަހަތުގައ ކަނި ހިނގާދިޔަގޮތް ކިޔައިދެމުން ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށާއި ފެންނަން ހުރި ލިޔުންތަކުގެ އަލީގައި ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

1.1.ލ.މާވަށު/ ހިތިގަސްދޮށުގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ޢިމާރާތުގެ ރަޖިސްޓްރީ އަކީ، ހައްދުންމަތީ މާވަށު އޮފީހުން 19 ޑިސެމްބަރު 1977 ގައި ޙައްވާ ޒަކަރިއްޔާގެ ނަމުގައި ރަޖިސްޓްރީ ކޮށްދެވިފައިވާ ގޯއްޗެއްކަމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިން ބުނެއެވެ. އަދި ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށު/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ ހައްދާ ދީފައިވަނިކޮށް، ހިތިގަސްދޮށުގެ ޢިމާރާތުގެ މިލްކުވެރިކަން ޙައްވާ ޒަކަރިއްޔާގެ ބައްޕަ އަލްމަރްޙޫމް ޒަކަރިއްޔާ ޙުސައިންއަށް ސާބިތުވާކަމަށް ލ.މާވަށު ކޯޓުގެ ނަންބަރު 55/O7C/84 ޤަޟިއްޔާއިން ޙުކުމު ކޮށްފައިވާކަމަށްވެސް ހައްދުނމަތް މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ދަށު ކޯޓުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވެއެވެ.

1.2.ލ.މާވަށް ކޯޓުގު ނަންބަރު 55/O7C/84 ޤަޟިއްޔާ މާވަށު ކޯޓުން ބަލައި ގޮތެއް ނިންމާފައިވަނީ 26 ފެބުރުއަރީ 1985 މި ތާރީޚުގައެވެ. ލ.މާވަށް ކޯޓުގު ނަންބަރު 55/O7C/84 ޤަޟިއްޔާ އެ ގޮތުގައި ނިމިފައިވަނިކޮށް، މި މައްސަލަ އެ ކޯޓުން ނިންމީ، އޭރު ޢަމަލުކުރަމުންދިޔަ ޝަރީޢަތް ކުރުމާއިބެހޭގޮތުން 12 މެއި 2016 ގައި ދައުލަތުގެ ފަރާތުން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން . ހެދިފައިވާ ޤަވާއިދު (5) އާއި ޤާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު)ގެ 1 ވަނަ މާއް ދާއ ޚިލާފަށާ ކަމަށް ދެކިގެން، ލ.މާވަށް ކޯޓުގު އެ ޤަޟިއްޔާ ބާޠިލް ކުރުމަކީ މައްސަލަ ޙައްލުކުރެވޭނޭ އެންމެ ރަނގަޅު ޤާނޫނީ އުޞޫލުކަމަށް މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނަށް ފެންނަކަމަށް ބަޔާންކޮށް މިޤަޟިއްޔާ ބާޠިލްކުރެވޭނޭގޮތް ހަދައިދިނުމަށްއެދި މިނިސްޓްރީއޮފްއެޓޯލްސްއެޑްމިނިސްޓްރޭޝަންގެނަންބަރު F/21/2003/05-84 (16 މާރިޗް 2003) ސިޓީން މިނިސްޓްރީ އޮފް ޖަސްޓިސްގައި އެދުނުކަމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެއެވެ.

1.3. މިނިސްޓްރީ އޮފް އެޓޯލްސ އެޑްމިނިސްޓްރޭޝަނުން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ފޮނުވާފައިވާ ބުނެވުނު ސިޓީއާއި ގުޅިގެން މިނިސްޓްރީ އޮފް ޖަސްޓިސްއިން ލ.މާވަށް ކޯޓަށު ފޮނުވާފައިވާ ނަންބަރު /C7O/2004/09ބީ.21 (14 ޖުލައި 2004) ސިޓީގައި، މާވަށު ކޯޓުގެ ނަންބަރު 55/O7C/84 ޤަޟިއްޔާއިން އެ މައްސަލަ ނިންމާފައިވަނީ އެއިރު އެ ބާވަތުގެ މައްސަލަތައް ނިންމެވުމަށް ހަމަޖެހިފައިވާ ޤާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އާއި، ޝަރީޢަތް ކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (5) މިފޮތުގެ ނަންބަރު 83/8 އެމް.ޖޭ.ސީ ސަރކިއުލަރ އާ ޚިލާފަށްކަމަށް ދެ ކޭކަމަށ ބުން އެ މައްސަލައިގެ ޙުކުމް ބާޠިލްކުރަން ޖެހޭކަމަށް އެ ސިޓީގައި ފާހަގަކޮށް، ލ.މާވަށް ކޯޓުގު ނަންބަރު 55/O7C/84 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވައި ބާޠިލްކުރެއްވި ތާރީޚް އަންގަވައިދެއްވުމަށް މިނިސްޓްރީ އޮފް ޖަސްޓިސްއިން ލ.މާވަށު ކޯޓުގައި އެދުނުކަމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ދަށު ކޯޓުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވެއެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސްއިނ އެދުން އެދުމުގެ މަތީން ލ.މާވަށް ކޯޓުގު ނަންބަރު 55/O7C/84 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް އެ ކޯޓުގެ ނަންބަރު RM-10707C/2004/ (20 ޖުލައި 2004) މެސެޖުނ އެކަން މިނިސްޓްރީ އޮފް ޖަސްޓިސްއަށ އެންގިކަމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވެއެވެ.

1.4. މިނިސްޓްރީ އޮފް ޖަސްޓިސް އިން އެދުނު އެދުމުގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ލ.މާވަށު ކޯޓުގެ ނަންބަރު 55/O7C/84 ޤަޟިއްޔާގެ ޙުކުމް އެ ކޯޓުން ބާޠިލުކޮށް އެކަން މިނިސްޓްރީ އޮފް ޖަސްޓިސްއަށް އެންގި ފަހުން ހައްދުންމަތީ އަތޮޅު އޮފީހުން ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށު/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ 01 މާރިޗް 2005 މި ތާރީޚުގައި ހައްދާދެވުނެވެ. މި ރަޖިސްޓރީގް އިތުރު ބަޔާނުގައި ބުނަނީ، މި ރަޖިސްޓްރީއަކީ 22 އެޕްރީލް 1985 ގައި ހިތިގަސްދޮށުގެ ގޯތީގެ މިލްކުވެރިކަން، ހިތިގަސްދޮށުގެ ޒަކަރިއްޔާ ޙުސައިންގެ މައްޗަށް ސާބިތުކޮށް މާވަށު ކޯޓުގެ ނަންބަރު 55/O7C/84 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ބާޠިލް ކުރައްވާފައިވާކމަށަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު B/84/2004/17-21 (02 އޯގަސްޓް 2004) ސިޓީން އަންގަވާފައިވާ ކަމުގައި ލ.އަތޮޅު އޮފީހުގެ ނަންބަރު 4256/2004/HAO-D (18 އޯގަސްޓް 2004) މެސެޖުން އަންގަވާފައިވާތީއާއި، އެ ގޯތީގެ މައްސަލަ ޤަވާޢިދުން ނިންމުމަށް އެމެސެޖުގައި އންގަވާފައިވާތީ، ޙައްވަ ޒަކަރިއްޔާގެ ނަމުގައި ހަދައިދެވިފައިވާ ރަޖިސްޓްރީ އެއްކަމުގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓަކީ، 1980 ވަނަ އަހަރު އުފެދި އެ ކޯޓުގެ ޚިދުމަތް ދޭން ފަށާފައިވާ ކޯޓަކަށްވާއިރު، ދަށު ކޯޓުން ކޮށްފައިވާ ޙުކުމެއް އިސްތިއުނާފު ކުރުމުގެ މަރުޙަލާއިން ނޫން ގޮތަކަށް މިނިސްޓްރީ އޮފް ޖަސްޓިސްއިން އެންގި އެންގުމެއްގެ މައްޗަށް ކަމަށް ބުނެ ހަމަ އެ ކޯޓުން ބާތިލު ކުރެވިފައި ވާނަމަ އެއީ ޤާނޫނީ ގޮތުން ސައްޙަ ގޮތަކަށް ނިންމި ނިންމުމެއްކަމަށް ބެލެވޭކަށް ނެތެވެ. މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނަންބަރު F/21/2003/05-84 (16 މާރިޗް 2003) ސިޓީ މި މައްސަލައާއި އެކު ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައި އޮތް ނަމަވެސް މިނިސްޓްރީ އޮފް ޖަސްޓިސްއިން ލ.މާވަށް ކޯޓަށު ފޮނުވި ސިޓީގެ ކޮޕީއެއް އަދި އެ ސިޓީއާއި ގުޅިގެން ލ.މާވަށު ކޯޓުން މިނިސްޓްރީ އޮފް ޖަސްޓިސް އަށް ފޮނުވި ސިޓީއެއް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ފެންނަން ނެތުމުން، ލ.މާވަށް ކޯޓުގު ނަންބަރު 7C/84O55/ ޤަޟިއްޔާގެ ޙުކުމް އެ ކޯޓުން ބާޠިލުކުރީ މިނިސްޓްރީ އޮފް ޖަސްޓިސްއިން އަންގައިގެންކަނ ނުވަތް ނޫންކަން ސާފުވާ ގޮތެއް ނުވެއެވެ.

1.5. ޙައްވާ ޒަކަރިއްޔާއަށް ލ.މާވަށް/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ 01 މާރިޗް 2005 މި ތާރީޚުގައި ހަދާދީފައި އޮތުމުން، އެ ރަޖިސްޓްރީ އަކީ މައިގަނޑެއ ކަމުގައް ބަލައިގެން، މީނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލ.މާވަށު/ ހިތިގަސްދޮށުގެއެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ގެދޮރުފަދަ އެންމެހައި ޢިމާރާތްތަކާއި، ގިފިއްޔާއި، ތަންތަނާއި ގޯތީގެ އިންފާރުތަކާއި، ގޯތީގައި ހުރި އެހެނިހެން ނުއުފުލޭ މުދަލަކީ ޙައްވާ ޒަކަރިއްޔާގެ އަމިއްލަ މުދާ ކަމުގައި ކަނޑައަޅައި މިލްކުވެރިކަން ސާބިތުކޮށްދިނުމަށް އެދި ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓަށް 03 ސެޕްޓެމްބަރ 2007 މި ތާރީޚުގައި ޙައްވާ ޒަކަރިއްޔާގެ ފަރާތުން މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު /O7C/200737 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވަނީ ލ.މާވަށު/ ހިތިގަސްދޮށުގެއެވެ ކިޔާ ގޯތީގައި ހުރި އެންމެހައި ނުއުފުލޭ މުދަލަކީ ޙައްވާ ޒަކަރިއްޔާގެ އަމިއްލަ މިލްކު މުދާކަމަށެވެ. މި ޙުކުމަށް ވާޞިލުވުމަށް ބިނާކުރި ސަބަބުތަކުގެ ތެރެއިން މައިގަނޑު ސަބަބަކީވެސް، ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށު ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ އޮތް އޮތުންކަން މި ޙުކުމަށް ވާޞިލުވުމުގައި ބިނާކޮށްފައިވާ ސަބަބުތަކަށް ބެލުމުން އެނގެއެވެ.

1.6.އިސްތިއުނާފު ކުރެވިފައިމިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 01/O7C/2015 ޤަޟިއްޔާ އަކީ، ލ.މާވަށު ހިތިގަސްދޮށުގެއެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، ލ.މާވަށު ހިތިގަސްދޮށުގެ/ ޒަކަރިއްޔާ ޙުސައިންގެ ގޯއްޗެއްކަމަށް ބުނެ، މިގޯތި ޒަކަރިއްޔާ ޙުސައިންގެ ދަރިންގެ ތެރެއިން 03 ކުދިން ކަމަށްވާ ލ.މާވަށް/ ދޮރުބޮޑުގެ ޢަޒީޒާ ޒަކަރިއްޔާއާއި އެ ރަށު ޗަމްޕާގެ ފާޠިމަތު ޒަކަރިއްޔާ އާއި ބޭސްގެ ޚަދީޖާ ޒަކަރިއްޔާ އަށް އެނގުމަކާއ ނުލައި އެ ގޯތި ޒަކަރިއްޔާ ޙަސަންގެ ދަރިއެއް ކަމުގައިވާ ލ.މާވަށް/ ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާއަށް ލ.މާވަށު އޮފީހުން ރަޖިސްޓްރީ ކޮށްދީފައިވާކަމަށް ބުނެ ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށް/ ހިތިގަސްދޮށުގެ ގޯއްޗަށް ހަދާދީފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލް ކޮށްދިނުމަށް އެދި ޙައްވާ ޒަކަރިއްޔާއަށ ދަޢުވް ލިބޭގޮތަށް ލ.މާވަށު/ ދޮރުބޮޑުގެ ޢަޒީޒް ޒަކަރިއްޔާގެ ފަރާތުން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓަށް މައްސަލަ ހުށަހެޅުމުން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުން ބެލުނު މައްސަލައެވެ. ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާއިން މައްސަލަ ނިންމިގޮތް

2ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 01/O7C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ....... ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރަޖިސްޓްރީ ނަންބަރު D/2005/05-O (01-03-2005) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދެވިފައިވަނީ ލ.މާވަށު ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާ އަށްކަން އެނގެންއޮތުމާއި، އިތުރު ފަރާތެއްގެ ނަމުގައި ލ.މާވަށު ހިތިގަސްދޮށުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ ރަޖިސްޓްރީއެއް ޝަރީޢަތަށް ހުށަހެޅިފައިނުވުމާއި، ހައްދުންމަތީ އަތޮޅުކައުންސިލް އިދާރާގެ ނަންބަރު D/2005/05-O (01-03-2005) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަސްލެއްކަމަށ ބަލައިގެން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ލ.މާވަށު ހިތިގަސްދޮށުގެ އެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި، ނުއުފުލޭމުދަލާއި، ތަކެތި ލ.މާވަށު ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާގެ ނަމުގައި 19-04-2008 މިލްކުވެރިކަން ސާބިތުކޮށް، އެ ޤަޟިއްޔާ ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ކޯޓުތަކާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްމަރުޙަލާގެ ކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއްގެ ޙުކުމަށް އަސަރު ފޯރާފަދަ މައްސަލައެއް ހަމަ އެ މަރުޙަލާގެ ކޯޓަކަށް ބެލުމުގެ އިޙްތިޞާޞް ލިބިގެންނުވާތީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައެވެ. އިސްތިއުނާފު ކުރުމަށް ހުށހެޅަ ނުކުތާތައް:

3ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 01/O7C/2015 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅާ އެ ނުކުތތަކާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

3.1. ޝަރީޢަތްކުރުމއާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6 (2003) ގެ 38 ވަނަ މާއްދާއއާ އެއްގޮތަށް، ޤަޟިއްޔާ ނިންމިގޮތް ސާފުކޮށް ބަޔާންކޮށްދެވިފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.

3.2. މައްސަލާގައި ތަދައްޚުލުކުރެވިފައިވާ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިން އެންމެފަހުން ހުށަހެޅި ބަޔާނުގައި އިޖުރާއީ ނުކުތާއެއް ނަގާފައިވާއިރު، އެ އިޖުރާއީ ނުކުތާއާ ގުޅގޮތުނޭ ޖަވާބުދާރީވުމުގެ ފުރުޞަތު ޢަޒީޒާ ޒަކަރިއްޔާއަށް ލިބިދީފައިނު ވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.

3.3. ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމުމަށްފަހު، އިޖުރާއީ ގޮތުން މައްސަލަ ނިންމަވާފައިވ ކަމަށްބުނާ ހުށަހެޅި ނުކުތާ.

3.4.ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ގޯތީގެ މިލްކުވެރިކަން ސާބިތު ކޮށްފައި އޮތް ކަމަށްބުނެ ހުށަހެޅި ނުކުތާ. ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުން ކޮށްފައިވާ ޙުކުމަށް ވާޞިލުވުމަށް ބިނާކުރި ސަބަބުތައް

4HN1ކޯޓުތަކުން ނިންމާ ޤަޟިއްޔާތަކާބެހޭ ގޮތުން އުފެދޭ ޝަކުވާތައް މަދުކުރުމަށްޓަކައި، ނިމޭ ޤަޟިއްޔާތަކާބެހޭ ގޮތުން ކަން އޮތްގޮތް ކަމާބެހޭ ފަރާތްތަކަށް ވީހާ ބޮޑަކަށް ސާފުކޮށްދޭންޖެހެއެވެ. މި ގޮތުން ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި، މައްސަލައިގައި ހިމެނޭ ޙަޤީޤަތްތަކުގެ ތެރެއިން ޝަރީޢަތުން ރިޢާޔަތްކުރި ޙަޤީޤަތްތައް ސާފުކޮށްދިނުމަކީ ކުރަންޖެހޭނެކަމެކެވެ. އެހެންނަމަވެސް ޙުކުމް ކުރުމަށް ބިނާކުރި ސަބަބުތައް ވަކި ނުކުތާއެއްގެ ސިފައިގައި ލިޔެވިފައި ނުވިނަމަވެސް، ފަނޑިޔާރުގެ ޙުކުމުގައި ނުވަތަ ނިންމުމުގައި، އެ ޙުކުމަށް ނުވަތަ ނިންމުމަށް ވާޞިލުވި ސަބަބުތައް އެނގޭނޭ ގޮތަށް ބަޔާންވެފައިވާނަމަ އެ ޙުކުމް ނުވަތަ އެ ނިންމުމަކީ، އެ ޙުކުމް ނުވަތަ ނިންމުން ބާޠިލުވާފަދަ އެހެން ސަބަބެއް ނެތްނަމަ ބާޠިލު ޙުކުމެއް ކަމަށް ބެލޭނެ ޝަރުޢީ އަދި ޤާނޫނީ އުސޫލެއް ނެތްކަމަށް މި ކޯޓުން ވަނީ މީގެކުރިން ކަނޑައަޅާފައެވެ.

5އިސްތިއުނާފު ކުރެވިފައިމިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގެ 38 ވަނަ މާއްދާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/81 ނަންބަރު ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔު . ވާޞިލުވުމުގައި މައްސަލައިގައެހިމެން ޙަޤީޤަތްތަކުގެ ތެރެއިން ޝަރީޢަތުންރިޢާޔަތްކުރ ޙަޤީޤަތްތައް ޝަރީޢަތިނިމުނ ގޮތުގައެ އެންމި ފުރިހަމަ ގޮތެއްގައި ފާހަގް ކޮށްދެވިފައެވާތަނެއ ނުފެނެއެވް. އެހެންނަމަވެސު ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުގި ބުނެވުނާޤަޟިއްޔާގައްކުރައްވާފައިވ ޙުކުމަށް ބެލުމުން، އެ ޙުކުމް އެ ގޮތަށް ކުރަން ޖހުނެ ސަބަބު އެ ޙުކުމުން ދެނެގަނެވެން އެބައޮތެވެ. އެ ގޮތުން، ބުނެވުނު ޙުކުމަށް ވާޞިލުވާން ޖެހުނު ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރި ކަންކަމުގެ ތެރެއިން އެ މައްސަލައިގެ ޙުކުމުން ދެނެގަނެވެން އޮތް ކަންތައްތަކަކީ؛

5.1.ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރަޖިސްޓްރީ ނަންބަރު D/2005/05-O (01-03-2005) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދެވިފައިވަނީ ލ.މާވަށް/ ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާއަށްކަން އެނގެން އޮތުމާއި، އިތުރު ފަރާތެއްގެ ނަމުގައި ލ.މާވަށު ހިތިގަސްދޮށުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާފައިވާ ރަޖިސްޓްރީއެއް ޝަރީޢަތަށް ހުށަހެޅިފައިނެތުން.

5.2.ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ނަންބަރު D/2005/05-O (01-03-2005) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަސްލެއްކަމަށ ބަލައިގެން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ލ.މާވަށު ހިތިގަސްދޮށުގެ އެވެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި، ނުއުފުލޭމުދަލާއި، ތަކެތި ލ.މާވަށު ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާގެ ނަމުގައި 19-04-2008 މިލްކުވެރިކަ ނ ސާބިތުކޮށް އެ ޤަޟިއްޔާ ނިންމާފައި އޮތް އޮތުން.

5.3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ކޯޓުތަކާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއް މަރުޙަލާގެ ކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއްގެ ޙުކުމަށް އަސަރުފޯރާފަދަ މައްސަލައެއް ހަމަ އެ މަރުޙަލާގެ ކޯޓަކަށް ބެލުމުގެ އިޙްތިޞާޞް ލިބިގެންނުވާތީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއްކަމަށް ފެންނަން އ ތުން. މި ކަންކަމެވެ.

6ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރު އެ މައްސަލައިގައި ފާހަގަ ކުރި ނުކުތާތަކުގައި، ޙުކުމަށް ވާޞިލުވި ސަބަބުތައް ތަފްޞީލީ ގޮތެއްގައި ބަޔާން ކޮށްދެއްފައިވާކަނ އެނގެން ނެތްނަމަވެސް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެ ޙުކުމުގައި، ޙުކުމް ބިނާކުރި ސަބަބުތައް އެނގެން އޮންނަކމުނަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/81 ޤަޟިއްޔާއިން މީގެ ކުރިން ނިންމާފައިވާ ނިންމުމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަ ކުރާ ކަންކަމަކީ މި މައްސަލައިގެ ޙުކުމަށް އަސަރުކޮށްފައިވާ ކަމެއްކަމަށް އެނގެން ނެތްކަމުން އެ ސަބަބުގެ މައްޗަށް ބިނާކޮށް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު ކުރަންޖެހޭ ސަބަބެއް ނޫންކަން އެނގެއެވެ. އެއްފަހަރު ފައިޞަލާކުރެވި ޤަޟާއީ "ޙުއްޖިއްޔަތު" ލިބިގެންވާ ޙުކުމަކާގުޅޭ މައްސަލައެއް ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން

7ޚަސްމުންގެ މެދުގައި އުފެދޭ ޚުޞޫމަތް ތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެއިން ޤަޟާއީ ޙިމާޔަތް ލިބި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރުކަޒުތައް އިސްތިޤްރާރު ވެގެން ދިއުމުގެ ޟަރޫރަތް ތެރިކަމަށްޓަކާ، އެއްފަހަރު ފައިޞަލާ ކުރެވި ޤަޟާއީ "ޙުއްޖިއްޔަތު" ލިބިގެންވާ ޙުކުމަކާ ގުޅޭ މައްސަލއެއަ ދެވަނަ ފަހަރަށް ޝަރީޢަތަށް ހުށަހެޅުން މަނާކުރާ މަބްދައަކީ، މަދަނީ އިޖުރާއަތުގެ ޢާއްމު މަބްދައެއްކަމަށާއަ މި ގޮތުން ދަޢުވާއެއްގައި ފައިޞަލާކޮށް ކުރެވޭ ޙުކުމަކާއި ވިދިގެން، އެ ޙުކުމް ކުރި ފަނޑިޔާރެއްގެ ނުވަތަ ކޯޓެއްގެ ވިލާޔަތުން އެ ދަޢުވާ ބޭރުވެގެ ނ ދިއުމުން އަލުން އެ ދަޢުވާ އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ފައިޞަލާ ކުރުމަށް ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޢާއްމު އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށާ ތަޢުނުކުރުމުގެ މަރުޙަލާތައް ނިމި، ނުވަތަ އެއްވެސް ގޮތަކުން އިސްތިއުނާފު ނުވަތަ އިލްތިމާސް ނުކުރެވޭ ފައިޞަލާ ކުރަނިވި ޙުކުމަކަށް ވުމުގެ ސަބަބުން، ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެންނުވާކަމަށްބުނ އެ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާ ކަމަށް ޙަވާލާ ދެއްވާ، ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުން ބެލުނު މައްސަލައަށް judicata res ގެ މަބްދައު ތަތުބީޤު ކޮށްދިނުން އެދި ހައްދުންމަތީ މާވަށު ކައުންސިލްގެ ފަރާތުން އިޖުރާއީ ބަޔާނެއް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓަށް ހުށަހަޅާފައިވެއެވެ.

8HN3ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާއަށް judicata res ގެ މަބްދައު ތަތުބީޤު ކޮށްދިނުމަށް އެދި ހުށަހެޅި އިޖުރާއީ ބަޔާނަކީ، އެ ބަޔާނާއި ގުޅޭގޮތުން އެ މައްސަލައިގައި ދަޢުވާކުރި ޢަޒީޒާ ޒަކަރިއްޔާއަށ ވާހަކް ދެއްކުމުގެ ފުރުޞަތު ދެވިފައިވާ ބަޔާނެއްކަން މައްސަލައިގެ ލިޔުންތަކުންވެސް އަދި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުންވެސް ސާފެއް ނުވެއެވެ. އެހެންނަމަވެސް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެ ޙުކުމް ބިނާކުރި މައިގަނޑު އެއްސަބަބަކީ އެ ޤަޟިއްޔާއަށް judicata res ގެ މަބްދައު ތަޠުބީޤު ކުރި ކުރުން ކަމުގައިވާއިރު، މައްސަލައިގައި ހިމެނޭ އެއް ޚަޞްމު ކަމަށްވާ ޢަޒީޒާ ޒަކަރިއްޔާއަށް އިޖުރާއީ ބަޔާނަށް ޖަވާބުދާރީވުމަށް ފުރުޞަތު ނުލިބޭ ގޮތަށް ހަމަ އެކަނި ހައްދުންމަތީ މާވަށު ކައުންސިލްގެ ފަރާތުން ހުށަހެޅި އިޖުރާއީ ބަޔާނުގެ މައްޗަށް އެކަނި ބިނާކޮށް ޙުކުމް ކުރުމަކީ ހަމައެކަނި އެއް ޚަޞްމެއްގެ ވާހަކަ އަޑުއެހުމަށްފަހު ވާޞިލުވި ނަތީޖާއެއް ކަމުގައި ވާތީ އެފަދައިން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުން ކަންކޮށްފައ އޮތި އޮތުމަކީ ޤާނޫނީ ހަމައެއްގެ މަތިން ކުރެވިފައިވާ ކަމެއްކަމުގައެއް ނުދެކެމެވެ. 17 ސެޕްޓެމްބަރ 2017 ގައި ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި ބަޔާން

9ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 501/O7C/201 ޤަޟިއްޔާއަށް judicata res ގެ މަބްދައު ތަޠުބީޤު ކޮށްދިނުމަށް ހައްދުންމަތީ މާވަށު ކައުންސިލްގެ ފަރާތުން އެދޭ ސަބަބު ބަޔާންކުރަމުން ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފަރާތުން އެ ކޯޓުގައި ބުނެފައިވަނީ، ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ލ.މާވަށު ހިތިގަސްދޮށުގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކަކީ، ޙައްވާ ޒަކަރިއްޔާގެ އަމިއްލަ މުދާ ކަމުގައި ޙުކުމް ކުރައްވާފައިވާކަމަށެވެ. އެހެންކަމުން ހަމަ އެ މައުޟޫޢުގައި އިސްތިއުނާފު ކުރެވިފައިވާ މިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓގު ނަންބަރު 01/O7C/2015 ޤަޟިއްޔާ ކުރިއަށް ގެންގޮސްފިނަމަ ކުރިން އެ ކޯޓުން ކޮށްފައިވާ ޙުކުމަށް އަސަރުކުރާނެކަމަށާއި، އެފަދަ މައްސަލައެއް އެއް މަރުޙަލާގެ ތެރެއިން ބެލިގެން ދިއުމަކީ es judicatar ގެ މަބްދައު އާއި ޚިލާފުކަމެއް ކަމަށެވެ.

10HN4ރެސް ޖުޑިކާޓާގެ މަބްދައުއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ އަދި އެމަބްދައުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކޯޓުތަކުން މައްސަލަތައް ބެލިގެން ގޮސްފައިވާ މަބްދައު އެކެވެ. ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބަލާއިރު؛  ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 (އެޓާރނީ ޖެނެރަލްގެ އޮފީސް ވ ޢަބްދުލްހާދީ) ޤަޟިއްޔާގައި ފާހަގަ ކޮށްފައިވަނީ "ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް، އެ ދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ ކޮށްފައިވާ ދަޢުވާއެއް ބާތިލުކަމަށް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ 3 ޝަރުތެއް އޮންނަކަމަށެވެ. އަދި އެ ޝަރުތުތަކަކީ؛

(ހ) ފަހުން ހުށަހެޅުނު މައްސަލާގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތްކަންކަނ އެމައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް ކަމާބެހޭ ޝަރުޢީ ކޯޓަކުން ބެލިފައިވުން އަދ

(ށ) ފަހުން ހުށަހެޅުނު މައްސަލައާ ކުރިން ބަލާފައިވާ މައްސަލާގެ ޚަސްމުންނަކީ އެއްބައެއްކަމުގައިވުން އަދި

(ނ) ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ މައްޗަށް އެ މައްސަލާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން ކަމަށެވެ.  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/07 (އިބްރާހީ މ ޙަސަން ވ ޢަލީ ރަޝީދު އަދި ޙަސަން ޝަރީފް) ޤަޟިއްޔާގައި ބުނެފައިވަނީ " ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވާއިރު ބުނެވިދިޔަ ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ޙުކުމަކުން ފައިޞލަ ކުރެވުނު ދަޢުވާގައި ހިމެނޭ ޚަސްމުންގެ މައްޗަށާއި، ފައޞި ލާ ކުރެވުނު ދަޢުވާގެ މަޙައްލު (ސަބްޖެކްޓް މެޓަރ) ގެ މައްޗަށާއި އަދި އެ ދަޢުވާގެ ސަބަބު (ކޯސް އޮފް އެކްޝަންގެ) ނުވަތަ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ވަޤާއިޢު (ފެކްޓް) ތަކުގެ މައްޗަށްކަމަށާއި، މިގޮތުން ކޯޓަށް އަލުން ބެލުމަށް ހުށަހެޅޭ މައްސަލައިގެ މަޙައްލު އަކީ ފައިޞލަ ކުރަނިވި ޙުކުމެއްގެ މަޙައްލު އާއި ތަފާތު މަޙައްލަކަށް ވާނަމަ ނުވަތަ އެ މައްސަލާގައި ހިމެނޭ ޚަސްމުންނަކީ ތަފާތު ޚަސްމުންނަށް ވާނަމަ ނުވަތަ މައްސަލައިގެ ޤާނޫނީ ވަޤާއިޢު ތަކަކީ ތަފާތު ވަޤާއިޢު ތަކެއްނަމަ އެ މައްސަލައެއް ޝަރުޢީ ކޯޓަކުން ބެލުމުގެ އިޖުރާއީ ހުރަހެއް ނުވާކަމަ ށެވެ.  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 (ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ރެސްޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ 3 (ތިނެއް) އުޞޫލު ކަމުގައިވާ އިޝޫ އެސްޓޮޕަލް (issue estoppel) އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް (cause of estoppel) action އާއި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) މި އުޞޫލުތަކާއި މި އުޞޫލުތައް ތަޠބު ޤީ ކުރެވޭނެ ހަމަތައް އެ ޤަޟިއްޔާގައި ބުނެދީފައިވާ ގޮތުން؛ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރު. estoppel) (issue ގެ އުޞޫލު ތަތުބީޤު ކުރުމަށްޓަކައި އަންނަނި ވި ޝަރުޠުތައް ފުރިހަމަވާންޖެހޭކަން އެނގެއެވެ. އެއީ:-

(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެމަރުހަލާގައި) އެ ނުކުތާގެ މައްޗަށް ކުރިން ގޮތެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛

(ށ) ބުނެވިދިޔަ ނިންމުން ނިންމާފައިވާނަމަ، އެ ނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛ އަދި

(ނ) އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛ މިއެވެ. estoppel) (Cause of action ގެ އުޞޫލު ޤާއިމް ކުރުމަށްޓަކައި، އަންނަނިވި ކަންކަން ފުރިހަމަވާން ޖެހެއެވެ. އެއީ :-

(ހ) ކުރިން އުފުލާފައިވާ ދަޢުވާއަކާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން؛

(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެއް ފަރާތްތަކެއް ކަމުގައިވުން؛

(ނ) ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލަ ކަމުގައި ނުވުން؛ އަދ

(ރ) ފަހުން ހުށަހެޅި މައްސަލައި ގައި ހުށަހަޅާފައިވާ ނުކުތާތަކަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށިގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި އެމައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން." އެވެ. (process of abuse) ތޠަ ބީޤު ކުރެވޭނެ ހަމަ ބަޔާންކުރަމުން އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބުނެފައިވަނީ، މިއޞުލަކ ހުށަހެޅީ މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/25 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13.1.2 ވަނަ ނަންބަރުގައި، މިނަންބަރުގެ (ހ)،(ށ) އަދި (ނ) ގައި ޝަރުޠުތައް ބަޔާންކޮށްފައި ވެއެވެ. ބުނެވުނު ރިޕޯޓުގެ 13.2.1 އާއި، 13.2.2 އަދި 13.2.3 ވަނަ ނަންބަރު. ހިމަނައިގެން ދަޢުވާ ކުރަން ލާޒިމްކުރާ އުޞޫލެއް ކަމަށާއި މި ގޮތުން ދަޢުވާ ހުށަހަ ޅާއިރު، މައްސަލައިގެ ބައިބައި ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅާއިފިނަމަ، މި އުޞޫލުގެ ދަށުން (ވަކި ޚާއްސަ ޙާލަތްތަކެއްގައި މެނުވީ) ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުސަތު އޮންނަކަމަށާއި، ރެސް ޖުޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތަތުބީޤުކުރުމުގައި އިޖުރާއަ ތުގެ ނަހަމަ ބޭނުންހިފ ކަނި ނުވަތް ނޫންކަމުގެ މައްޗަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަތުބީޤު ނުކުރެވޭ ޙާލަތްތަކުގައި ކަމަށެވެ. judicata Res ގެ މަބްދައު ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުން ތަޠުބީޤު ކޮށްފައިވާގޮތް

11ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ، އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއްކަމުގައި ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުން ދެކި އެ ނިންމުން ބިނާކުރި ސަބަބަކީ، ކުރިންވެސް ބުނި ގޮތަށް ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ލ.މާވަށް/ ހިތިގަސްދޮށުގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކަކީ، ޙައްވާ ޒަކަރިއްޔާގެ އަމިއްލަ މުދާ ކަމުގައި ޙުކުމް ކުރައްވާފައިވާފައިވަނިކޮށް އިސްތިއުނާފު ކުރެވިފައިވާ މިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 01/O7C/2015 ޤަޟިއްޔާ ކުރިއަށް ގެންދެވެން ނެތްކަމަށް ފެނުނު ފެނުމެވެ.

12މިހެންކަމުން، ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިގައި ހުށަހެޅުނު މައްސަލައާއި އެ ޤަޟިއްޔާގެ ތެރެއިން ބެލުނު ކަންކަމާއި އެ ޤަޟިއްޔާއިން ނިންމި ނިންމުމަކީ ކޮބައިކަން އެނގުމަކީ މުހިއްމު ކަމެކެވެ. މި ގޮތުން ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ބެލުނު މައްސަލައާއި އެ ޤަޟިއްޔާއިން ނިންމި ނިންމުމުގެ މައްޗަށް ބަލާއިރު، އެ މައްސަލަ އަކީ، ލ.މާވަށު/ ހިތިގަސްދޮށުގެ ގޯތް ގެ މިލްކުވެރިކަން ޙައްވާ ޒަކަރިއްޔާއަށ ސާބިތުކޮށްދިނުމަށް އެދް ޙައްވާ ޒަކަރިއްޔާގެ ފަރާތުނަހައްދުންމަތި މާވަށު ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލެ އެކެވެ. އެ މައްސަލައިގައ ދަޢުވު ރައްދުވާ ފަރާތެއް ހިމަނާފައެއް ނުވެއެވެ. މައްސަލަ ހުށަހެޅި ސަބަބު ކަމަށް ޙައްވާ ޒަކަރިއްޔާގެ ފަރާތުނު އެ މައްސަލާގައި ބުނަނީ، ލ.މާވަށެ / ހިތަގަސްދޮށުގ ގޯތީގެ ރަޖިސްޓްރީ ޙައްވާ ޒަކަރިއްޔާގެ ނަމުގައި އޮތަތީ، އެ ގޯތީގައި ހުރަ ނުއުފުލޭ މުދާތަކުގެ މިލްކުވެރިކަން ޙައްވާ ޒަކަރިއްޔާގެ ނަމުގައި ސާބިތުކޮށްދިނުމަށ މައްސަލީ ހުށަހަޅަނީ ކަމަށެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތެއް ހިމަނާފައި ނެތުމުން މައްސަލަ ހައްދުންމަތ މާވަށް ކޯޓުނު ހިންގާފައިވަނީ، ޙައްވާ ޒަކަރިއްޔާގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބަލައިގެންނެވެ. މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ، ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށެ/ ހިތިގަސްދޮށުގެ ގޯތީގް ރަޖިސްޓްރީ ހެއްދިފައ އޮތުމާއި އެ ގޯތީގައި ހުރި ނުއުފުލޭ މުދަލާއި މެދު ޝަކުވާ ކުރާނެ ފަރާތެއް އެހާތަނަށު ނެތަތީ، ލ.މާވަށީ / ހިތިގަސްދޮށުގެ ގޯތގައ ހުރި ނުއުފުލޭ މުދަލަކީ ޙައްވާ ޒަކަރިއްޔާގެ އަމިއްލަ މުދާކަމަށް ކަނޑައަޅައި އެ ގޮތުގެ މަތީންނެވެ.

13އެހެންނަމަވެސް، އިސްތިއުނާފު ކުރެވިފައިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 01/O7C/2015 ޤަޟިއްޔާ އަކީ، ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ޙައްވާ ޒަކަރިއްޔާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގެ މައުޟޫޢު އަކީ، ޙައްވާ ޒަކަރިއްޔާއަށް ލ.މާވަށް/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ ހައްދާދީފައ އޮތި އޮތުން ބާޠިލުކުރުމެވެ. ސަބަބެއްކަމުގައި މައްސަލަ ހުށަހެޅި ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ބުނަނީ، ލ.މާވަށު/ ހިތިގަސްދޮށުގެ ގޯއްޗަކީ މި ދެމީހުންގެ ބައްޕަ ލ.މާވަށް/ ހިތިގަސްދޮށުގެ ޒަކަރިއްޔާ ޙުސައިންގެ ތަނެއްކަމުގައިވާއިރު ހަމައެކަނި ޙައްވާ ޒަކަރިއްޔާގެ ނަމުގައި ހިތިގަސްދޮށުގެ ރަޖިސްޓްރީ ހައްދާދީފަވަނީ ރަނގަޅަށް ނޫންކަމަށް ބުނާބުނުމެވެ.

14HN5ހައްދުންމަތީ މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއާއި އިސްތިއުނާފު ކުރެވުމުން މި ބެލެވޭ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާގެ މައްޗަށް ބަލާއިރު، މި ދެ ޤަޟިއްޔާގައި ހިމެނޭ ޚަސްމުންނަކީ އެއްބައެއް ނޫނެވެ. މައްސަލާގައި ހިމެނޭ ޚަސްމުން ތަފާތެވެ. މި ދެ ދަޢުވާގައި ހޯދުމަށް އެދުނު ފަރުވާ އާއި ބެލުނު މައްސަލައިގެ މައުޟޫއުގައި ފަރަޤު އެބަ ހުއްޓެވެ. މި ގޮތުން ހައްދުނމަތް މާވަށު ކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ މިލްކުވެރިކަން ސާބިތު ކުރުމުގެ މައްސަލައެކެވެ. އެއާއި ޚިލާފަށް ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ފަހުން ހުށަހެޅި މައްސަލައިގެ މައުޟޫޢު އަކީ، ޙައްވާ ޒަކަރިއްޔާގެ ނަމުގައި ލ.މާވަށު/ ހިތިގސްދޮށުގަ ގޯތީގެ ރަޖިސްޓްރީގެ ޞައްޙަކަމާއިމެދ ސުވާލު އުފައްދާ އެ ރަޖިސްޓްރީ ބާޠިލު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ހުށަހެޅުމުން ބެލުނު، ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 01/O7C/2015 ޤަޟިއްޔާގެ މަޢުޟޫއުގެ އަސާސް ކަމުގައިވާ، ޙައްވާ ޒަކަރިއްޔާއަށް ހަދާދެވިފައިވާ ލ.މާވަށް/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީގެ ޞައްޙަކަމާއިމެދު މީގެ ކުރިން ނިންމާފައިވާ އެކޯޓުގެ ނަންބަރު 37/O7C/2007 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައި ވާތީއެއްވެސް ނުފެނެއެވެ.

15ބުނެވުނު ދެ މައްސަލައިގައި ހިމެނޭ ޚަސްމުންނަކީ އެއްބަޔަކު ކަމުގައި ނުވުމާއި، ދެ މައްސަލައިގެ މައުޟޫއުގައި ފަރަޤެއް އޮތުމާއި ފަހުން ހުށަހެޅި މައްސަލައިގައި ހިމެނޭ ނުކުތާތަކުގެ މައްޗަށް އެ މަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމާފައިވާކަން އެނގެން ނެތުމުން ރެސް ޖުޑިކާޓާގެ މަބްދައު ބިނާވެފައިވާ އ ޞުލުތަކުގެ ތެރެއިން އިޝޫ އެސްޓޮޕަލް estoppel) (issue އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް estoppel) action of (cause މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަން އެނގެއެވެ. އަދި މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތް ތަކުގެ މައްޗަށް ބަލާއިރު، މިއީ ޢަޒީޒާ ޒަކަރިއްޔާ ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ބެލެވެން ނެތުމުން process) of abuse) ގެ މަބްދައު ތަޠުބީޤު ކުރެވޭނެ ހަމައެއް އޮތް މައްސަލައެއް ކަމުގައި ބެލެވޭކަށްނެތެވެ. އަދި ބުނެވުނު ސަބަބުތަކަށް ޓަކައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް judicata res ގެ މަބްދައު ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުން ތަޠުބީޤުކޮށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައެޅި ކަނޑައެޅުން ޞައްޙަ ނޫންކަން އެނގެއެވެ. ރަޖިސްޓްރީގެ ޞއްޙަކަމާއަ މެދު ދަޢުވާކޮށް ރަޖިސްޓްރީ ބާޠިލުކޮށްދިނުމަށް ކޯޓުގައި އެދުން

16އިސްތިއުނާފު ކުރެވިފައިމިވާ ހައްދުންމަތީ މާވަށު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 7C/2015O01/ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެ ޙުކުމަށް ވާޞިލުވި ސަބަބުތަކުގެ ތެރޭގައި، ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނަންބަރު D/2005/05-O (01-03-2005) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދިފައިވާ ޙައްވާ ޒަކަރިއްޔާގެ ނަން މައްޗަށް ކަމުގައި އޮތް އޮތުމަށް ބުރަދަން ދެއްވާފައިވާކަން އެނގެއެވެ. މި ގޮތުން ބުނެވުނު ޤަޟިއްޔާގެ ޙުކުމުގައި "ލ.މާވަށް/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ ހަދާދެވިފައިވަނީ ލ.މާވަށް/ ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާ އަށްކަން އެނގެން އޮތުމާއި، އިތުރު ފަރާތެއްގެ ނަމުގައި ލ.މާވަށް/ ހިތިގަސްދޮށުގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދާދީފައިވާ ރަޖިސްޓްރީއެއް ޝަރީޢަތަށް ހުށަހެޅިފައި ނެތުން" މިއީ ޙުކުމަށް ވާޞިލުވުމަށް ބިނާކުރި ސަބަބެކެވެ.

17HN6ޢާއްމު ހަމައިން ބަލާއިރު، މީހެއްގެ ނަން މަތީގައި މިފަދަ ގޮތަކަށް ރަޖިސްޓްރީ އެއް އޮންނަ އޮތުމަކީ، އެ މީހެއްގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ މީހަކީ އެތަނެއްގެ ނުވަތަ އެ އެއްޗެއްގެ މިލްކުވެރިޔަކު ކަމުގައި ބެލެވެން އޮންނަ ހަރުދަނާ ހެއްކެކެވެ. އެހެންނަމަވެސް ބުނެވުނު ފަދަ ރަޖިސްޓްރީ އޮންނަ އޮތުމަކެ ހަމައެކަނި އެ ސަބަބަށްޓަކައި މިފަދަ ރަޖިސްޓްރީއެއްގެ މައްޗަށް ޚުޞޫމަތެއް އޮވެގެން ކަމާބެހޭ ޝަރުޢީ ކޯޓަކަށް ދަޢުވް ހުށަހެޅުމަށް ހުރަސް އަޅާ ސަބަބެއް ނޫނެވެ. މި ގޮތުން މީހެއްގެ ނަމަށް ހަދާދީފައިވާ މިފަދަ ރަޖިސްޓްރީއަކަށ ތަޢުނުކޮށް އެ ރަޖިސްޓްރީގެ ސައްޙަކަމ މެދާ ސުވާލު އުފައްދައިފިނަމަ އެފަދަ މައްސަލަތަކަކީ ބެލެންޖެހޭ މައްސަލަތަކެއް ކަމަށާއި އަދި މިފަދަ މައްސަލަތައް ބެލުމުގައި ބަލަންޖެހޭ ބައެއް ހަމަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/03 ޤަޟިއްޔާގައި ބުނެދީފައި އެބަ އޮތެވެ.

18މިހެންކަމުން، މި މައްސަލައިގައި އަހުރެން ދެކެނީ، ލ.މާވަށު/ ހިތިގަސްދޮށުގެ ޙައްވާ ޒަކަރިއްޔާގެ ނަމުގައި ހަދާދީފައިވާ ލ.މާވަށް/ ހިތިގަސްދޮށުގެ ގޯތީގެ ރަޖިސްޓްރީ ބާޠިލު ކުރުމަށް ޢަޒީޒާ ޒަކަރިއްޔާގެ ފަރާތުން ހުށަހެޅި މައްސަލަ އަކީ، ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައިގެ މައުޟޫއުއަށް ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމުގައެވެ. އަދި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައްދުންމަތީ މާވަށު މެޖިސްޓްރޭޓް ކޯޓަށް ލިބި އޮތްކަމުގައެވެ. އަދި މަތީގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެފަދައިން ހުރުމުން ހައްދުންމަތީ މާ ވަށ މެޖިސްޓްރޭޓު ކޯޓުގް ނަންބަރު 7C/2015O01/ ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް މި މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) ގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ކޯޓަށް ތަޙްވީލް ކުރަންޖެހޭކަމުގައެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ