ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/497

ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕވޓ ލޓޑ

އިސްތިއުނާފުކުރުމުގެ މަޞްލަޙަތު ނެތުމުން މައުޟޫޢީ ގޮތުން ގޮތެއް…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 7 ޖަނަވަރީ 2021ދަށު ކޯޓު: ސިވިލް ކޯޓު 2764/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2764/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދައްކަންޖެހޭ ފައިސާ ލޯނު ނެގި ފަރާތާއި ރަހުނުގެ ވެރިފަރާތުން 6 މަސްދުވަހުގެ ތެރޭގައި މަހަކަށް ޖެހޭވަރަކުން ދައްކާ ޚަލާޞްކުރުމަށް އަންގައި، ނުދައްކައިފިނަމަ ރަހުނުކުރެވުނު ގޯތި ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
ވާޤިޢާ
ބޭންކުން ދޫކުރި މީޑިއަމް ޓަރމް ލޯނަށް ފައިސާ ނުދެއްކުމުން، ލޯނު ނެގި ފަރާތާއި ރަހުނުކުރެވުނު ގޯތީގެ ވެރިފަރާތުގެ ކިބައިން ލޯނުގެ ފައިސާ ލިބިގަތުމަށް ބޭންކުން ސިވިލް ކޯޓަށް ދަޢުވާ ކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަހުނުކުރެވުނު ގޯތީގެ ވެރިފަރާތުންވެސް ލޯނުގެ ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުމާމެދު، ލޯނު ނެގި ފަރާތަށް އެ ނިންމުން އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އޮތްތޯ؛ އަދި ދަށުކޯޓުގައި އިޤްރާރުވެ އެއްބަސްވުމުގެ މައްޗަށް ކުރެވުނު ޙުކުމެއް އެ ފަރާތަށް އިސްތިއުނާފުކުރެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ލޯނަކީ ލޯނު ނެގި ފަރާތަށް ދޫކުރި ލޯނެއްކަން ފެސިލިޓީ ލެޓަރުން އެނގެން އޮތްއިރު، ރަހުނުގެ ވެރިފަރާތުންވެސް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައެޅުމަކީ ލިޔުންތަކުން ފެންނަ ޙަޤީޤަތާ ޚިލާފު ނިންމުމެއްކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތް ދަށުކޯޓުގައި ފައިސާ ދެއްކުމަށް އެއްބަސްވެފައިވާއިރު، އޭނާ ޝަކުވާކުރަނީ ރަހުނުގެ ވެރިފަރާތަށް ކަނޑައެޅުނު ޒިންމާއާ މެދުކަމުން، އެ ނުކުތާ އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އޮތީ ރަހުނުގެ ވެރިފަރާތަށެވެ. އޭނާގެ ފަރާތުން ބާރުދީފައިވާކަމެއް ނޭނގޭތީ މައުޟޫޢީ ގޮތުން ގޮތެއް ނުނިންމައެވެ.

ނިންމުން

އިސްތިއުނާފުކުރުމުގެ މަޞްލަޙަތު ނެތުމުން މައުޟޫޢީ ގޮތުން ގޮތެއް…

އިސްތިއުނާފުކުރުމުގެ މަޞްލަޙަތު ނެތުމުން މައުޟޫޢީ ގޮތުން ގޮތެއް ނުނިންމާ ނިންމި؛ ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ނައި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރުވުމަށްފަހު އެ އިޤްރާރުގެ މައްޗަށް ބިނާކޮށް ކުރާ ޙުކުމްތަކަށް، ޤާނޫނަކުން އިސްތިސްނާކޮށްފައި އޮވެގެން މެނުވީ ކަނޑައެޅިގެންވާ ނިޔާގެ ބާރު ލިބިދެވޭނެއެވެ. އިޤްރާރުވި މީހާއަށް އެ ޙުކުމް އިސްތިއުނާފުކުރުމަށް ހުޅުވާލުމަކީ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއް ކަމުގައި ވެދާނެ ކަމެކެވެ.

ޕެރ. 6؛ ހައިކޯޓުގެ A/18-N-2019/HC ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގޮތަށްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN2 ލޯނު ނެގި ފަރާތް ދަށުކޯޓުގައި ލޯނު ނެގިކަމާއި ދައްކަންޖެހޭ ފައިސާއަށް އިންކާރު ނުކޮށް، ފައިސާ ދެއްކުމަށް އެއްބަސްވެފައިވާނަމަ، އެ އެއްބަސްވުމާއި ފެސިލިޓީ ލެޓަރާއި ރަހުނު އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ކުރެވޭ ޙުކުމަކީ ޞައްޙަ ޙުކުމެކެވެ؛ ލޯނު ނުދައްކައިފިނަމަ ރަހުނު އެއްބަސްވުމުގެ ދަށުން ރަހުނުގެ ވެރިފަރާތަށްވެސް އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހެއެވެ.

HN3 އެހެން ފަރާތެއްގެ މައްޗަށް ކަނޑައެޅިފައިވާ ނިންމުމަކާ ގުޅިގެން އިސްތިއުނާފުކުރާނަމަ ކުރަންވާނީ އެ ފަރާތުންނެވެ. އެހެން ފަރާތަކަށް އެކަން ކުރެވޭނީ އެ ފަރާތުން ދަޢުވާކުރުމުގެ ނުވަތަ އިސްތިއުނާފުކުރުމުގެ ބާރު އޭނާއަށް ދީގެން، އެކަން އެގޮތަށް ހަމަޖައްސައިގެން ކަމުގައެވެ.

HN4 ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުކަމަށް ފާހަގަކޮށް ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ކަމުގެ މަޞްލަޙަތު އޮތް ފަރާތަކަށެވެ؛ އިސްތިއުނާފުކުރާ ފަރާތަށް އެ ނުކުތާގައި މަޞްލަޙަތު ނެތްނަމަ، އެ ނުކުތާއާމެދު މައުޟޫޢީ ގޮތުން ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢަބްދުލްޣަނީ ޢަބްދުލް ޙަކީމގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެކެވެ.

6.3 އެނުކުތާއަކީ، ލޯނަކީ އިސްތިއުނާފުކުރާ ޢަބްދުލްޣަނީ ޢަބްދުލްޙަކީމަށް ދ ކުރެވުނު ލޯނެއްކަން ފެސިލިޓީ ލެޓަރއިނ އެނގެން އޮތްނަމަވެސް އެކަމަށް ރިޢާޔަތްކުރެއްވުމަކާނުލައި ރަހުނުކުރެވުނު ގޯތީގެ ވެރިފަރާތުންވެސް ލޯނަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅއަ އެފަދައިން ނިންމާފައި އޮތުމުން މައްސަލަ ނިންމުމުގައި ހުށަހެޅުނު ލިޔުންތކުނަ ފެންނަން އޮތް ޙަޤީގތަ ޚިލާފުވެފައިވާކަމަށާއި، ހުށައެޅުނު ލިޔުންތަކަށް ރަނގަޅަށް ރިޢާޔަތްކުރެވި ބެލިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ފާހަގަކުރެވުނު ނުކުތާތައް

5HN2ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2018 ޤަޟިއްޔާ ގައި ދަ މޮރިޝަސް ކޮމަރޝަލް ބޭންކނު ކުރި ދަޢުވާގައި ބަޔާންކޮށްފައިވާ މީޑިއަމ ޓަރމް ލޯން ނެގިކަމާއި އަދި އެލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާމެ ދ، ޢަބްދުލްޣަނީ ޢަބްދުލްޙަކީމު ގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރުކޮށްފައެއް ނުވެއެވެ. މިގޮތުން 32 ޖޫން 3233 ގައި ސިވިލް ކޯޓަށް ދީފައިވާ ބަޔާނަށް ބ ލާއިރު، ރަހުނެއް ހިމެނޭ އެލޯނުގެ މައްސަލާގައި މިހާތަނަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ 26 މަސް ދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކައި ޚަލާޞްކުރުމަށް ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އެއްބަސްވެފައިވެއެވެ.

6HN1ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކަމާމެދު އިޤްރާރުވުމަށްފަހު، އެއިޤްރާރުގެ މައްޗަށް ބިނާކޮށް ޙުކުމް ކުރާ މައްސަލަތަކަކީ، ޤާނޫނަކުން އިސްތިސްނާކޮށްފައި އޮވެގެން މެނުވީ، ކަނޑައެޅި ނިޔާގެ ބާރު އެޙުކުމްތަކަށް ލިބިދެވޭނެ އަދި އޭމީހަކު އެކަމުގެ މައްޗަށް އިޤްރާރުވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ބޭނުން ނުކުރެވޭނެ ސަބަބެއްކަމާއި، ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައުއަމިއްލައަށ އިޤްރާރުވުމަށްފަހ، އެއިޤްރާރުގެ މައްޗަށް ބިނާކޮށް ޙުކުމް ކުރުމުން، އެޙުކުމް އއިޤްރާރުވެ މީހާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުޅުވާލުމަކީ، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއްކަމުގައިވެގެން ހިގައިދާނެކަމެކެވެ.

3ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2018 ޤަޟިއްޔާގައި މިލޯނާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޙުކުމްކޮށް މައްސަލަ ނިންމާފައިވަނީ، ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ސިވިލް ކޯޓުގައި މި ފައިސާ ދެއްކުމަށް ވީ އެއްބަސްވުމުގެ މައްޗަށާއި އދ ދަ މޮރިޝަސް ކޮމަރޝަލް ބޭންކާއެކު ވެފައިވާ އެއްބަސްވުމާއި ފެސިލިޓީ ލެޓަރގެ މައްޗަށް ބިނާކޮށްކަން އެނގެއެވެ. އަދި މި ލޯނާ ގުޅިގެން ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި މުޞްޠފަ އާދަމާއި ދަ މޮރިޝަސް ކޮމަރޝަލް ބޭންކާ ދެމެދު ވެފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން އެ އެންމެހައި ފައިސާ ދެއްކުމުގެ ޒިންމާ ރަހނުގު ވެރިފަރާތްކަމުގައިވާ މުޞްޠަފާ އާދަމަ ވެސް އުފުލަންޖެހޭކަން އެނގޭތީއެވެ.

2. ޢަބްދުލްޣަނީ ޢަބްދުލްޙަ ކީމު ގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކޮށްފައި މިވަނީ، އެ ޤަޟިއްޔާގައި ދަޢވު ލިބުނީ ޢަބދުލްޣަން ޢަބްދުލްޙަކީމާއި މުޞްޠފަ އާދަމާއި ދެފަރާތަށް ކަމަށްވާއިރު، ޢަބްދުލްޣަނީ ޢަބްދުލްޙަކީމް މި ލޯނާ ގުޅިގެން ޒިންމާވާންޖެހޭކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހިގެން ނޫންކަން އެނގެއެވެ. ނަމަވެސް، މި މައްސަލަ ޢަބްދުލްޣަނީ ޢަބްދުލްޙަކީމގު ފަރތުނާ އިސްތިއުނާފުކޮށްފައި މިވަނީ، ޢަބްދުލްޣަނީ ޢަބްދުލްޙަކީމގު އިތުރުން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި ދަޢުވާ ލިބުނު މުޞޠަފް އާދަމް، މި ލޯނާ ގުޅިގެން އޭނާގެ […] އެވެ ކިޔުނު ގޯތި މޯގޭޖކޮށްފައިވާއިރު، މުޞްޠަފާ އާދަމގު ފަރާތުން މި ލޯނަށް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅަ ފައާ ވާތީކަން، ޢަބްދުލްޣަނީ ޢަބްދުލްޙަކީމުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއާއި އެނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު އެނގެން އޮވެއެވެ. މިފަދައިން ހައިކޯޓުގެ ނަންބަރު A/18-N-2019/HC ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

3. ވުމާއެކު، ޢަބްދުލްޣަނީ ޢަބްދުލްޙަކީމް މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، ސިވިލް ކޯޓުން މި މައްސަލަ ނިނމް މ ގައު ޢަބްދުލްޣަނީ ޢަބްދުލްޙަކީމގު ޙައްޤަކަށް އުނިކަން ލިބޭގޮތަށް ނިނމް ފައިވާތާ ނޫންކަމާއި، ނަމަވެސް މި ލޯނާ ގުޅިގެން ރަހުނުކުރެވުނު ގޯތީގެ ވެރިފަރާތް ކަމުގައިވާ މޞު ޠަފާ އާދަމް ގެ ފ ރާތުނ ވެސް މި ލޯނަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާތީކަން އެނގެއެވެ.

32މުޞްޠަފާ އާދަމުގެ ފަރާތުން މި ލޯނަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުމާ ގުޅިގެން އިސްތިއުނާފކުރާނަމު ކުރަންވާނީ މުޞޠަފް އާދަމގު ފަރާތުންނެވެ. އެހެން ފަރާތަކުން ދަޢުވާ ކުރެވޭނީ މުޞްޠަފާ އާދަމުގެ ފަރާތުން ދަޢުވާކުރުމުގެ ބާރު އެފަރާތަކަށްދީ އެކަން އެގޮތަށް ހަމަޖައްސައިގެންނެވެ. ނަމަވެސް މި މައްސަލާގައި އެފަދައިން އެކަން ހަމަޖައްސާފައި ނުވާކަން އެނގެއެވެ. މުޞްޠަފާ އާދަމގު ފަރާތުން މި ދަޢުވާ ކުރުމަށް ބާރުދީ ނުވަތަ އިސްތިއުނާފު ކުރުމަށް ޢަބްދުލްޣަނީ ޢަބްދުލްޙަކީމް އައްޔަންކޮށްފައިވާކަން އެނގޭކަށްނެތެވެ.

33ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް ޤާނނުއަސާސީއ ނުވަތާ ޤާނނަކ ނުވަތާ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބ ލުކުރވޭނަމެ، އެކަން ފާހަގަކޮށް، އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނީ ކަމުގެ މަޞލް ހަ ތ އޮތު ފަރާތަކަށެވެ. ޢަބްދުލްޣަނީ ޢަބްދުލްޙަކީމުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އެނުކުތާގެ މައްޗަށް ބިނާކޮށް، މި މައްސަލަ އިސްތިއުނާފުކުރުމުގެ މަޞްލަހަތު ޢަބްދުލްޣަނީ ޢަބްދުލްޙަކީމަށް އޮތްކަމަކަށް ނުފެނެއެވެ.

33. އެހެންކަމުން، އަހުރެން ދެކެނީ ޢަބްދުލްޣަނީ ޢަބްދުލްޙަކީމް މިމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ ރަހުނުކުރެވުނު ގޯތީގެ ވެރިފަރާތްކަމުގައިވާ މުޞްޠަފާ އާދަމު ވެސް ލޯނަށް ފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅައި، އެފަދައިން ނިނމް ފައާ އޮތުމުނކަމަށްވުމުން، އެ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބަލާއިރު، ޢަބްދުލްޣަނީ ޢަބްދުލްޙަކީމަކީ މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަޞްލަހަތު އޮތް ފަރާތެއް . ޤާނ ނ ނަންބަރު 3232/33 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނުނު) ގެ 22 ވަނަ މާއްދާ. ނންކަނ އެނގޭތީއާއި، ޢަބްދުލްޣަންޢަބްދުލްޙަކީމްހުށަހެޅ އިސްތިއުނާފި ނުކުތާގެ މައްޗަށް ބިނާކޮށް މިމައްސަލާގައި އިސްތިއުނާފަށް ހުށަހެޅިފައިވާ ނުކުތާއާމެދު މައުޟޢީގޮތުނ ގޮތެއް ނިންމެން ނެތްކަމަށެވެ.  ޙުކުމް: ދެންފަހެ،ޢަބްދުލްޣަން ޢަބްދުލްޙަކީމަކ ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅުމުގެ މަޞްލަހަތު އޮތް ފަރާތެއް ނޫންކަން އެނގޭތީއާއި، ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މއްޗަށަ ބިނާކޮށް މައުޟޫޢީ ގޮތުން މިމައްސަލައާ މެދު ގޮތެއް ނިންމނަ ޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 3232/33 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
  • ހައިކޯޓުގެ ނަންބަރު A/18-N-2019/HC ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ