ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/62

ޝަނީޒް އިންޓަނޭޝަނަލް އަދި އިތުރު ފަރާތްތައް ވ. ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޮކްޓޫބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 11/Cv-C-HD/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 11/Cv-C-HD/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރަންޏާއި ރަހުނު ސާބިތުކުރާ ޙުކުމެއްގައި، ފައިސާ ދެއްކުމަށް ދިން މުއްދަތުގައި ނުދައްކައިފިނަމަ ރަހުނު ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ކަނޑައެޅުމަކީ ރަހުނުވެރިޔާގެ 'އިކުއިޓަބަލް ރައިޓް އޮފް ރިޑެމްޝަން' އާއި އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައިގެ އުޞޫލުތަކާ ޚިލާފު ކަމެއްތޯއާއި، އެ ޙައްޤަކީ ދިވެހި ޤާނޫނީ ނިޒާމުގައި ވަކިން އެދެވޭ އަދާލަތުގެ ޙައްޤެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމެއްގައި ބޭނުންކުރާ ބަހެއް ނުވަތަ ޢިބާރާތެއްގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަން އައިކަން ނުވަތަ ޤާނޫނާ ޚިލާފު ނަތީޖާއެއް ނިކުމެއްޖެކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެކަން ހުށަހަޅާ ފަރާތެވެ؛ "ރަހުނު ވިއްކާލުމުގެ ޙައްޤު ލިބިގެންވާކަމަށް" ލިޔުމާއި "ރަހުނު ސާބިތުވާކަމަށް" ލިޔުމުގެ ޤާނޫނީ ނަތީޖާއަށް ތަފާތެއް އަންނަކަން ބުނެދެވިފައި ނުވާނަމަ އެ ޝަކުވާއަށް ބުރަދަނެއް ނެތެވެ.

HN2 އިކުއިޓީ އޮފް ރިޑެމްޝަނަކީ ރަހުނުކުރި ފަރާތަށް ދަރަނި އަދާކޮށް ރަހުނު އަނބުރާ ހޯދުމުގެ ފުރުޞަތު ދިނުމަށް އިނގިރޭސިވިލާތުގެ ޗާންސަރީ ކޯޓުން ފެށިގެންއައި އަދާލަތުގެ ޙައްޤެކެވެ؛ އެފަދަ ޙައްޤަކަށް އެދޭ މީހަކު އަދާލަތުގެ ޙައްޤަކަށް އެދޭ މީހެއްގެ ކިބައިން ފުރިހަމަވާންޖެހޭ އެހެން ކަންކަން ފުރިހަމަކުރަން ޖެހެއެވެ.

HN3 ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމުން، ދިވެހި ޤާނޫނީ ނިޒާމުގައި އަދާލަތުގެ ޙައްޤަކަށް އެދެވޭނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ތަރަހައިގެ ތެރެއިން، ޤާނޫނީ ނިޒާމުގައިވާ ހުސްކަމެއް ފުރިހަމަކުރުމަށް، މައްސަލައިގެ ޙާލަތަށް ބޭނުންވާ މިންވަރަށެވެ.

HN4 ރަހުނާގުޅޭ ކަންކަމުގައި ފުރަތަމަ ބަލަންވާނީ ރަހުނާބެހޭ ޤާނޫނަށެވެ؛ ރަހުނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ޝަރުޠާ ޚިލާފުވުމުން ރަހުނު ހިފިމީހާއަށް ދަޢުވާކުރުމުގެ ޙައްޤު ލިބޭތީ، ބޭންކު ލޯނުތަކުގެ މައްޗަށް ރަހުނާބެހޭ ޤާނޫނުގެ އިތުރުން ހިނގާނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާއްމު އުޞޫލުތަކެވެ.

HN5 ރާއްޖޭގައި ޢަމަލުކުރާ ޢާއްމު އުޞޫލަކީ (ރަޟިއްޔާ މޫސާ މައްސަލަ)، ބޭންކުން ފުރަތަމަ ލޯނާއި ދަރަނި ސާބިތުކުރުމަށް ދަޢުވާކޮށް، ދަރަނި ސާބިތުކުރާ ޙުކުމުގައި ފައިސާ ދައްކައިގެން ރަހުނު އަނބުރާ ލިބިގަތުމަށް ވަކި މުއްދަތެއް ދިނުމެވެ؛ އެ މުއްދަތުގައި ނުދައްކައިފިނަމަ، ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަވުމަށްފަހު ރަހުނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައިވާގޮތަށް ރަހުނު ވިއްކާލުމަށް ވަކި މައްސަލައެއް ހުށަހަޅައި، ވަކި ޤަޟިއްޔާއަކުން ހުއްދަ ދިނުމުން މެނުވީ ރާއްޖޭގައި ރަހުނު ވިއްކައެއް ނުލެވޭނެއެވެ.

HN6 ދަރަނި އަދާކޮށް ރަހުނު އަނބުރާ ހޯދުމަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލު (އިކުއިޓީ އޮފް ރިޑެމްޝަން) އަކީ ރަހުނާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫނާއި ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދުގެ ތަރަހައިގެ ތެރެއިން މިހާރުވެސް ރާއްޖޭގައި ޢަމަލުކުރާ ޤާނޫނީ އުޞޫލެއް ކަމުން، އެއީ ޤާނޫނީ ހުސްކަމެއްގެ ސަބަބުން ވަކިން އެދިގެން ހޯދަންޖެހޭ އަދާލަތުގެ ޙައްޤެއް ނޫނެވެ؛ ދަރަނި ސާބިތުކުރާ ޙުކުމުގައި ދެވޭ މުއްދަތަކީ އެ ފުރުޞަތެވެ.

HN7 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ އެއްގޮތަށް، ކުރީގެ މައްސަލައެއްގައި ކަނޑައެޅި ޤާނޫނީ އުޞޫލެއް ތަޠުބީޤުކުރެވޭނީ ވާޤިޢާއާއި ޤާނޫނީ ބަހުސް އެއްގޮތް މައްސަލަތަކުގައެވެ؛ ރަހުނު ވިއްކާލުމުގެ މަރުޙަލާގައި ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ބަޔާންކުރާ ޢަބްދުއްލަޠީފު މައްސަލައިގެ އުޞޫލުތައް، ރަހުނު ވިއްކާލުމުގެ ދަޢުވާއެއް ހުށަހަޅާފައިނުވާ ދަރަނި ސާބިތުކުރާ މައްސަލައަކަށް ތަޠުބީޤު ނުކުރެވޭނެއެވެ.

HN8 އަދާލަތުގެ ޙައްޤެއް ހޯދަން އަންނަ މީހަކު އަންނަންޖެހޭނީ ސާފުއަތަކައިގެންނެވެ؛ ޙުކުމުން ފައިސާ ދެއްކުމަށް ދިން މުއްދަތުގައި އެއްވެސް ފައިސާއެއް ނުދައްކައި އަދާލަތުގެ ޙައްޤަކަށް އެދުމުން އެ ފަރާތުގެ ހެޔޮނިޔަތާމެދު ސުވާލު އުފެދެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މަރްޔަމް ނައުފާ، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ބެންޗު
ދީބާނާޒް ފަހުމީ، ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ތާއީދު ކުރައްވައެވެ).

ތަޢާރަފު

1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، ޝަނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި، އަމަންވިލާ، ހުޅުމާލެ، މާލެ، އާމިނަތު 3 2 ޙަސަންމަނިކު އާއި، އަމަންވިލާ، ހުޅުމާލެ، މާލެ، އަޙްމަދު ޝާނީޒް އާއި، ށ. ފޭދޫ، […] އާމިނަތު ނައުޝާ (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޝަ ނީޒް އިންޓަރނޭޝަނަލް" ނުވަތަ "އާމިނަތު ޙަސަންމަނިކު" ނުވަތަ "އަޙްމަދު ޝާނީޒް" ނުވަތަ "އާމިނަތު ނައުޝާ" ކަމަށްބުނެފައިވާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ބޭންކު" ކަމަށްބުނެފައިވާ) އެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

2ބޭންކާއި ޝަނީޒް އިންޓަރނޭޝަނަލްއ ދެމެދާ ވެވުނު އެއްބަސްވުންތަކުގެ ދަށުން، މީޑިއަމް ޓަރމް ލޯނަކާއި އޯވަރ ޑްރާފްޓް ފެސިލިޓީއެއް ދޫކޮށްފައިވެއެވެ. ބޭންކުގެ މީޑިއަމ ޓަރމް ލޯނުގެ ދަށުން .001,500,000ރ (އެއް މިލިއަން ފަސް ލައްކަ ދިވެހި ރުފިޔާ) އަދި، އޯވަރ ޑްރާފްޓް ފެސިލިޓީގެ ކުންފުނީގެ ރަޖިސްޓަރީ ނަންބަރު 0541/2011-C. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […]. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […]. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […]. ކުންފުނީގެ ރަޖިސްޓަރީ ނަންބަރު 0528/2010-C. ދަށުން 2,500,000.00ރ (ދެ މިލިއަން ފަސްލައްކަ ދިވެހި ރުފިޔާ) ދޫކޮށްފައިވާއިރު، ޝަނީޒް އިންޓަރނޭ ޝަނަލްގެ ފަރާތުން ގަވާއިދުން ފައިސާ ދައްކާފައިނުވެއެވެ. ބުނެވިދިޔަ މުޢާމަލާތްތަކަށް ފައިސާ ދެއްކުން ޔަޤީންކުރުމުގެ ބޭނުމަށް، އާމިނަތު ޙަސަންމަނިކުއާއި ބޭންކާދެމެދު "ޕަރސަނަލް ގަރަންޓީ އެންޑް އިންޑެމްނިޓީ އެގްރީމަންޓް"އަކާއި، "މޯގޭޖް އެގްރީމަންޓް"އެއް ވެފައިވާއިރު، އެ މުޢާމަލާތްތަކަށް ޔަޤީންކަން ދިނުމުގެ ގޮތުން އަޙްމަދު ޝާނީޒްއާއި އާމިނަތު ނައުޝާ "ޖޮއިންޓް އެންޑް ސެވަރަލް ގަރެންޓީ އެންޑް އިންޑެމްނިޓީ އެގްރީމަންޓް"އެއް ވެފައިވެއެވެ.

3ބޭންކުގެ ފަރާތުން ފައިސާ ދޫކުރިކަމާއި، އެ ފައިސާ އަދާކުރުމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ބޭންކާއި އިސްތިއުނާފުކުރާ ފަރާތްތަކާ ދެމެދު ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ވެފައިވާކަމާމެދު ބަހުސެއްނެތެވެ. ބޭންކުން ދޫކޮށްފައިވާ މީޑިއަމ ޓަރމް ލޯންއާއި އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ގަވާއިދުން ފައިސާ ދައްކާފައިނުވެއެވެ.

4އާމިނަތު ޙަސަން މަނިކުއާއި އަޙްމަދު ޝާނީޒްއާއި އާމިނަތު ނައުޝާ ޔަޤީންކަން ދީގެން ޝަނީޒް އިންޓަރނޭޝަނަލްއަށް ބޭންކުންދޫކުރި މީޑިއަމ ޓަރމް ލޯނާގުޅިގެން ދައްކަންޖެހި ނުދައްކާވާ 171,251,551.ރ (އެއްމިލިއަން ދެލައްކަ ފަންސާސްއެއްހާސް ފަސްސަތޭކަ ފަންސާސް އެކެއް ދިވެހި ރުފިޔާ އަދި ސަތާރަ ލާރ)އާއި، އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ދައްކަންޖެހި ނުދައްކާވާ 7,300,968.22ރ (ހަތްމިލިއަން ތިންލައްކަ ނުވަސަތޭކަ ފަސްދޮޅަސް އަށެއް ދިވެހި ރުފިޔާ އަދި ބާވީސް ލާރި)އާއި، ޤާނޫނީ ފީގެގޮތުގައި ބޭންކުން ހޯދުމަށް އެދިފައިވާ 50,025.00ރ (ފަންސާސްހާސް ފަންސަވީސް ދިވެހި ރުފިޔާ )އަކީ، ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެ އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާ ހިމެނޭގޮތުން، އެ އެންމެހައި ފައިސާ 25 ނޮވެމްބަރ 2020 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞް ކުރުމަށާއި، އެ މުއްދަތު ހަމަވާއިރު އެ ފައިސާ ދައްކާ ޚަލާޞް ކޮށްފައި ނުވާނަމަ، އެ މުޢާމަލާތްތަކާ ގުޅިގެން ރަހުނު ކޮށްފައިވާ ހުޅުމާލެ، މާލެ، "އަމަންވިލާ" ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.

5ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އިސްތިއުނާފުކުރާ ފަރާތނު ދިވެހިރާއްޖޭގެ ހައިކޯޓަށް ފުރަތަމަ ހުށަހެޅި ފޯމުގައި 4 (ހަތަރެއް) އިސްތިއުނާފީ ނުކުތާ ހިމަނާފައިވާއިރު، އޭގެތެރެއިން ރަޖިސްޓްރާރ ބަލައިގަތުމަށް ނިންމާފައިވަނީ 1 (އެކެއް) ނުކުތާއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމާފައިވާ 3 (ތިނެއް) ނުކުތާ ބަލައިގަތުމަށްއެދި ހުށަހެޅުމުން، "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު"ގައި، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ކަނޑައަޅާފަ އިވެއެވެ. 18 އޮގަސްޓް 2021 ދުވަހުގެ އަޑުއެހުމުގައި މި މަޢުލޫމާތު ޚަޞްމުންނަށް ޝަރީޢަތުން ފޯރުކޮށްދީފައިވެއެވެ.

6މި މައްސަލަ މިހާރު ކުރިއަށްގެންދާ ފަނޑިޔާރުންގެ މަޖިލިސް ޢައްޔަނުކޮށްފައިވަނީ 18 އޮގަސްޓު 2022 ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކުރިން ބޭއްވިފައިވާ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ބަހުސް ސާފުކޮށްދިނުމަށް އިތުރު ލިޔުން ހުށަހެޅުމަށް ފުރުޞަތު ދީފައިވާއިރު، 23 ޖުލައި 2024 ދުވަހުގެ އަޑުއެހުމާ ހަމައަށް އެ ލިޔުންތައް ހުށަހަޅާފައިނުވާތީ، އެ ފުރުޞަތު އިތުރަށް ނުލިބޭނެކަމަށް ޝަރީޢަތުން ކަނޑައަޅާފައިވެއެވެ. ރަޖިސްޓަރީ ނަންބަރު GA 600 H، ހުޅުމާލެ ޕްލޮޓް ނަންބަރު 10200. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 100/RM/2021(NR)-HC "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" (06 ސެޕްޓެމްބަރު )2021 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 100/RM/2021(NR)-HC "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" (06 ސެޕްޓެމްބަރު )2021 ސިވިލް ކޯޓުން ނިންމިގޮތް

7އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. ..."ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގައި އޮތުމުން ހުޅުމާލެ، އަމަންވިލާ / މާލެ، އާމިނަތު ޙަސަން މަނިކު () އާއި، ހުޅުމާލެ، އަމަންވިލާ / މާލެ، އަޙްމަދު ޝާނީޒް () އާއި، އެސްޓަންވިލާ، އާމިނަތު ނައުޝާ () ޔަޤީންކަންދީގެން، ޝަނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު: 0541/2011-C) އަށް ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 0528/2010-C) މީޑިއަމ ޓަރމް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 1,500,000.00ރ (އެއް މިލިއަން ފަސް ލައްކަ ރުފިޔާ) އާއި ގުޅިގެން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ގޮތުގައި 1,251,551/17ރ (އެއްމިލިއަން ދެލައްކަ ފަންސާސް އެއްހާސް ފަސްސަތޭކަ ފަންސާސް އެއްރުފިޔާ / ސަތާރަ ލާރި) އާއި، އޯވަރ ޑްރާފްޓް ފެސިލިޓީގެ ގޮތުގައި ދޫކޮށްފައިވާ 2,500,000.00ރ (ދެ މިލިއަން ފަސްލައްކަ ދިވެހި ރުފިޔާ) ގެ ތެރެއިން ނުދައްކައިވާ ޕްރިންސިޕަލް އަދަދާއި އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި 24 ނޮވެމްބަރ 2020ގެ ނިޔަލަށްވާ 7,300,968/22ރ (ހަތްމިލިއަން ތިންލައްކަ ނުވަސަތޭކަ ފަސްދޮޅަސް އަށްރުފިޔާ ބާވީސް ލާރި) އާއި ޤާނޫނީ ފީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ -50,025/ރ (ފަންސާސްހާސް ފަންސަވީސް ރުފިޔާ) އަކީ ޝަނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި މި މުޢާމަލާތްތަކަށް ޔަޤީންކަންދީފައިވާ ހުޅުމާލެ، އަމަންވިލާ / މާލެ، އާމިނަތު ޙަސަން މަނިކުއާއި، ހުޅުމާލެ، އަމަންވިލާ / މާލެ، އަޙްމަދު ޝާނީޒް އާއި، އެސްޓަންވިލާ، އާމިނަތު ނައުޝާގެ ފަރާތުން ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ބުނެވުނު އޯވަރޑްރާފްޓް ފެސިލިޓީއާއި ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއި ބުނެވުނު އެންމެހައި ފައިސާ މިއަދު (25 ނޮވެމްބަރ 2020) ން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ދައްކަމުންގޮސް މި މުއްދަތުގެ ތެރޭގައި މި ފައިސާ އެކުގައި ޚަލާޞްކުރުމަށް ޝަނީޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި މިމުޢާމަލާތްތަކަށް ޔަޤީންކަންދީފައިވާ ހުޅުމާލެ، އަމަންވިލާ / މާލެ، އާމިނަތު ޙަސަން މަނިކުއާއި، ހުޅުމާލެ، އަމަންވިލާ / މާލެ، އަޙްމަދު ޝާނީޒް އާއި، އެސްޓަންވިލާ، އާމިނަތު ނައުޝ އަށާ އަންގައި، މި ފައިސާ ދެއްކުމަށް ދެވޭ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މި ފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރެވިފައި ނުވާނަމަ، މި މުޢާމަލާތްތަކާއި ގުޅިގެން ރަހުނު ކުރެވިފައިވާ "އަމަންވިލާ" ޕްލޮޓް ނަންބަރު 10200، ހުޅުމާލެ (ރަޖިސްޓްރީ ނަންބަރު H 600 GA) އެއްބަސްވުމުގައިވާ ގޮތުގެމަތިން ވިއްކާލުމުގެ ޙައްޤު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި، ބުނެވުނު އެންމެހައި ފައިސާ ދައްކާ ޚަލާޞްކުރެވެންދެން އަދި ލޯނު އެކައުންޓް ބަންދުކުރެވެންދެން، މި މުޢާމަލާތްތަކާއި ގުޅިގެން ކުރެވިފައިވާ މޯގޭޖް އެގަރިމެންޓްތައް ބާޠިލުނުވެ ދެމިއޮންނާނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކަ

8ސިވިލް ކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 1 (އެކެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާގެ ތަފޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

9އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަކީ، ރަހުނު ކުރެވިފައިވާ މުދަލެއް ވިއްކުމުގެ ހުއްދަ ދިނުމުގެ ކުރިން ރަހުނުގެ ވެރިފަރާތުގެ "އެކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަން"ގެ ޙައްޤު ހިމާޔަތް ކުރުމަށްޓަކައި ސިވިލް ކޯޓުން ބައްލަވަންޖެހޭ އުޞޫލުތަކެއް/ހަމަތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފއާއް އިތުރު 4 މީހުން ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާ 3ގެ (ށ)ގައި ބަޔާންކޮށްފައިވާއިރު، ދަށުކޯޓުން ރަހުނު ވިއްކުމުގެ ހުއްދަ ދިނުމުގައި ޝަރީޢަތުން އެ ނުކުތާއަށް ރިޢާޔަތް ކޮށްފައިނުވާކަމަށެވެ.

10އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައި ގައި، ސިވިލް ކޯޓަކީ ސިވިލް ކޯޓުންކުރާ ޙުކުމްތަކާއި މަތީމަރޙުލާގ ކޯޓުތަކުގެ ޙު ކުމްތައްވެސް ތަންފީޒުކުރުމުގެ ބާރުލިބިގެންވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާ، މީގެފަހުން "އިބްރާހީމް ޢަބްދުއްލަޠީފް މައްސަލަ"ކަމަށް ބުނެފައިވާ. ކޯޓަކަށްވެފައި، ރަހުނު ތަންފީޒު ކުރުމުގެކުރިން ކޯޓާއި ތަންފީޒީ އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްފައިވާކަން ކޯޓުން ކަށަވަރު ކުރަންޖެހޭނެކަމަ ށެވެ. އަދި ދަރަންޏެއް ނުވަތަ ލޯނެއްގެ މައްޗަށް ދިވެހިރާއްޖޭގައި ރަހުނު ކުރެވިފައިވާހުރި އެއްވެސް ދަރަނިވެރިއެއްގެ މިލްކެއް، އެ ފަރާތެއްގެ ނުރުހުމުގައި ވިއްކާލެވޭނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ތަންފީޒީ ކޯޓަކުން އެ ރަހުނެއް ތަންފީޒު ކުރުމަށް ކަނޑައަޅައި، ހުއްދަކުރާ އިޖުރާއަތެއްގެ ތެރެއިން، އެކަން ކަށަވަރު ކޮށްގެންކަމަށެވެ. އެގޮތުން ކޯޓުން ތިރީގައިވާ ކަންކަން ކަށަވަރު ކުރަންޖެހޭކަމަށެވެ.

1.10. ފުރަތަމަކަމަކީ، ޙުކުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާކަން ކަށަވަރުކުރުން.

2.10. ދެވަނަކަމަކީ، އެއް ރަހުނެއް އެއްފަރާތަށްވުރެ ގިނަފަރާތްތަކުގެ ދަރަނި ނުވަތަ ލޯނުގެ މައްޗަށް ރަހުނު ކުރެވި، އެ ފަރާތްތަކުގެ ލޯނު އަދާނުކުރެވިގެން ރަހުނު ވިއްކާލުމަށް ކޯޓުން ހުއްދަކުރާ ޙާލަތްތަކުގައި، އެ ރަހުނު ތަންފީޒު ކުރުމުގައި އިސްކަންދޭ ތަރުތީބު ކަނޑައަޅަންޖެހުން.

3.10. ތިންވަނަކަމަކީ، އެއްރަހުނެއް އެއްފަރާތަށްވުރެ ގިނަފަރާތްތަކުގެ ދަރަނި ނުވަތަ ލޯނުގެ މައްޗަށް ރަހުނުކުރެވި، އެ ފަރާތްތަކުގެ ލޯނު އަދާނުކުރެވިގެން، ރަހުނު ވިއްކާލުމަށް ކޯޓުން ހުއްދަކުރާ ޙާލަތްތަކުގައި، އެ ރަހުނު ތަންފީޒުކުރުމުގައި އަރަނިވެރިންނަށް ލިބިދެވޭނެ ނިސްބަތާއި މިންވަރު ކަނޑައަޅަންޖެހުން.

4.10. ހަތަރުވަނަކަމަކީ، ރަހުނު ތަންފީޒުކުރާ ޙާލަތުގައި، ވިއްކާލަންޖެހޭނީ ރަހުނު އެކުގައިތޯ ނުވަތަ ރަހުނުން ބައެއްތޯ ކަނޑައަޅަންޖެހުން.

11ބުނެވިދިޔަ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްތިއުނާފުކުރާ ފަރާތުގެ އިކުއިޓަބަލް ރައިޓް އޮފް ރިޑެމްޝަންގެ ޙައްޤު ލިބިދިނުމުގެގޮތުނ ކޯޓުން ކަށަވަރު ކުރަންޖެހޭނެ ކަންކަންކަމަށްވާއިރު، އެ ކަންކަން ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ވީނަމަވެސް، އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި ބުނެވިދިޔަ ޤަޟިއްޔާގައިވާ ކަންކަމުގެ ތެރެއިން، ފުރަތަމަ އަދި ތިންވަނަ ކަންތައް، މި މައްސަލައިގައި ކަށަވަރު ކުރަންޖެހޭކަމަށް ދެކޭކަމަށެވެ.

12އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައި ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އެންމެ ފުރަތަމަކަމަށް ބަލާއިރު، ސިވިލް ކޯޓުގެ މައުޟޫއީ ޤަޟިއްޔާގައި ޙުކުމް ކުރަންޖެހޭނީ ފައިސާ ދެއްކުމަށްކަ މަށެވެ. އެއަށްފަހު، ރަހުނު ވިއްކާލުމުގެ ހުއްދަދެވޭނީ ނުވަތަ ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދެވޭނީ ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެތެރޭގައ ފައިސި ނުދައްކައިފިނަމަ ކަމަށެވެ. އަދި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ރަހުނު ވިއްކާލުމަށް ހުއްދަ ދީފައިވަނީ އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައި ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށެވެ.

13ދިވެހިރާއްޖޭގައި ޢަމަލުކުރާ "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއަށް ބެލުމުން، ރަހުނު ތަންފީޒު ކުރުމުގެގޮތުން ގޯއްޗެއް ނުވަތަ ބިމެއް އަދި ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ފުލެޓެއް ވިއްކާލުމަށްޓަކައި، ހުއްދައަށް އެދި ޝަރީޢަތަށް ހުށަހެޅޭނީވެސް ކަންތައްތަކެއް ފުރިހަމަ ވެގެންކަން އެނގޭކަމަށެވެ. އެގޮތުން، ޝަރީއަތުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުން ހިމެނޭކަމަށާއި، ފައިސާ ދެއްކުމަށްކުރާ ޙުކުމެއްގެ ތެރެއިން ރަހުނު ވިއްކާލުމުގެ ހުއްދަދެވޭނެކަމަށް ނުދެކޭކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު އަޙްމަދުދީދީ ވީ. ހަބީބް ބޭންކް ލިމިޓެޑް ޤަޟިއްޔާގައިވެސް އެ ނުކުތާ، އެގޮތަށް ފާހަގަކޮށްފައި ވާކަމަށެވެ.

14މީގެއިތުރުން، ރަހުނު ވިއްކާލާ ޙާލަތުގައި ރަހުނު ވިއްކާލަނީ އެއްކޮށްތޯ ނުވަތަ ރަހުނުން ބައެއްތޯ ބަލަންޖެހޭ އިރު، މައުޟޫޢީ މައްސަލައިގައި ގެވިއްކާލުމަށް ނިންމަވާފައިވާކަމަށެވެ. މިހާލަތުގައި، ގެއިން ބއަ އްވިޔަސެ ސަލާމަތް ކުރުމުގެ ޙައްޤު ގެއްލިގެން ގޮސްފައިވާކަމަށް ދެކޭކަމަށެވެ. މި ޒަމާނުގައި ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ ގަވާއިދު، މީގެފަހުން "ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދު"ކަމަށް ބުނެފައިވާ. ޢިމާރާތްތައްކޮށް އެއްމެދު ޢިމާރާތެއްގެ ގޮތުގައި އެކިއެކި ފުލޯ ވަކިކޮށްފައިވާއިރު، ޢިމާރާތް އެއްކޮށް ވިއްކާނުލަ އ، ބައެއް ވިއްކާލައި ފައިސާ އަދާކުރުމުގެ ފުރުޞަތު އޮތްކަމަށް ދެކޭކަމަށެވެ. ސިވިލް ކޯޓުގެ ޙުކުމުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން، ގެއެއްކޮށ ވިއްކާލުމަށް ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭކަމަށެވެ.

15މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.15. މި މައްސަލައިގައި 23 ޖުލައި 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިތުރުކަމެއް ފާހަގަކުރަންއޮތްތޯ ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ނުކުތާއާ ގުޅޭގޮތުން މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއްނިންމާފައި ވާކަމަށް ބުނެފައިވެއެވެ. އެގޮތުން، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ޤަޟިއްޔާގެ 21 ވަނަ ނުކުތާއިން 25 ވަނަ ނުކުތާއަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އަސާސަކީ ޞައްޙަ ޤާނޫނީ އަސާސެއްކަން އެނގޭކަމަށެވެ. ގޯއްޗެއް ވިއްކާ ޙާލަތުގައި މިހާރުއޮތް ހައްލަކީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ ދަށުން ތަންފީޒީ މައްސަލައެއް ހުށަހެޅުންކަމަށް، ބުނެވިދިޔަ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް މައްސަލަ ނިންމައިދިނުމަށް އެދޭކަމަށެވެ.

2.15. އިސްތިއުނާފުކުރާ ފަރާތނު ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި، "އކުއިޓަބަލެ ރައިޓް އޮފް ރިޑެމްޝަން" ބަލައިގެންފައިވޭތޯއާއި، އެއީ ދިވެހިރާއްޖޭގެ ނިޒާމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 66A/-SC/2120 ޤަޟިއްޔާ، މީގެފަހުން "މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ މައްސަލަ"ކަމަށް ބުނެފައިވާ. މީގެފަހުން "މަދަނީ އިޖުރާއަތު ގެ ޤާނޫނު"ކަމަށް ބުނެފައިވާ. ކޮންއެއްޗެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ސީދާ އެ އުޞޫލު ގާއިމުކޮށްފައި ނުވާކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި މުދާހޯދުމާއި މުދާހިމާޔަތް ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައި ވާކަމަށާއި، ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދއާ އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައިގައި ރަހުނު ވިއްކާލުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަމުން އެކުއިޓަބަލް ރައިޓްއޮފ ރިޑެމްޝަން ބަލައިގެންފައިވާކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

3.15. ރަހުނު ވިއްކާލެވޭނީ ރަހުނު ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހަޅައި، އެ ޤަޟިއްޔާގެ ތެރެއިން ލިޔުމުން ހުއްދައެއް ދިނުމުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، ރަހުނު ވިއްކާލުމުގެ ހުއްދައެއް މި މައްސަލައިގައި ނެރެފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، އެފަދަ ހުއްދައެއް ނެރެފައި ނުވާކަމަށް ޖަވާބުދީފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލު ކޮށްފައި ނުވިނަމަވެސް، ބައެއް ބޭންކުތަކުން އެފަދަ ހުއްދައެއް ދިނުމުގެ ކުރިންވެސް ރަހުނު ވިއްކާލުމަށް މަސައްކަތް ކޮށްފައިވާކަމަށާއި، މައުޟޫޢީ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދޭކަމަށް ބަޔާންކުރެވޭނެކަމަށް ނުދެކޭކަމަށެވެ.

4.15. އިސްތިއުނާފުކުރާ ފަރާތުގެ ކަންބޮޑުވުމަކީ ރަހުނު ވިއްކާލުމުގެ ހުއްދައަށްއެދި އިތުރު ޤަޟިއްޔާއެއް ހުށަހަޅައި، ހުއްދަ ލިބުމުގެކުރިނ ބޭންކުން ރަހުނު ވިއްކާލަން މަސައްކަތް ކޮށްފާނެތީކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު އަސްލަމް ވ. ރ ޟއްޔި މޫސާ ޤަޟިއްޔާގައި ރަހުނު ވިއްކާލެވޭނީ އިތުރު ޤަޟިއްޔާއެއް ހުށަހަޅައި ހުއްދަ ލިބިގެންކަމަށް ކަނޑައަޅާފައިވުމުން، އިސްތިއުނާފުކުރާ ފަރާތުގެ ޝަކުވާއަށް ހައްލު ނުލިބެނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، ސަބަބަކީ މައުޟޫޢީ ޤަޟިއްޔާގައި "ރަހުނު ވިއްކާލުމުގެ ޙައްޤު" ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 144A/-HC/1020 ޤަޟިއްޔާ، މީގެފަހުން "ރަޟިއްޔާ މޫސާ މައްސަލަ"ކަމަށް ބުނެފައިވާ. ލިބިގެންވާކަމަ ށ ބަޔާންކުރުން ކަމަށާއި، ޙުކުމުގައި ފަނޑިޔާރަށް ކަނޑައެޅުއްވޭނީ ރަހުނު ސާބިތުވާކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތާ ކުރިމަތިކުރެވުނު ސުވާލުން ރަހުނު ވިއްކާލުމުގެ ޙައްޤާއި ރަހުނު ސާބިތުވާކަމަށް ކަނޑައެޅުމުގެ ޤާނޫނީ ނަތީޖާއަށް ތަފާތު އަންނަގޮތެއް ސާފުކޮށްދެވިފައިނުވެއެވެ. ސިވިލް ކޯޓުގެ ޙުކުމުގައި ރަހުނު ސާބިތުވާކަމަށް ބަޔާންކުރުމުން ޤާނޫނީ ޙައްޤެއް އުފަންނުވާކަމަށް ބެލެވޭފަދަ ހުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް ޝަރީޢަތުގައި ބުނެދެވިފައިނުވެއެވެ.

5.15. ރަހުނާ ގުޅުންހުރި މިބާވަތުގެ މައްސަލަތަކުގައި ކޯޓުންދޫކުރ ރަހުނާ ވިއްކާލުމުގެ ހުއްދައިގެ ލިޔުން މި މައްސަލައިގައި ދޫކޮށްފައިވޭތޯ ސުވާލުކުރުމުން، އެ ހުއްދަ ދީފައިނުވާކަމަށާއި، އެއީ ތަންފީޒީ ޤަޟިއްޔާގެ ތެރެއިން ކުރަންޖެހޭ ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުން، މި މައްސަލައިގައި ރަހުނު ވިއްކާލުމުގެ ހުއްދައެއް ދީފައި ނުވާކަން އެނގެއެވެ.

6.15. އެ ކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަންއަކީ ފޯކްލޯޝަރ ޕްރޮސީޑިންގތައް ހުއްޓުވުމަށްއެދޭ ފަރުވާއަކަށްވާއިރު، ރަހުނު ވިއްކާލުން ހުއްޓުވުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ކަންތަކަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ފައިސާ ދެއްކުމަށް 12 (ބާރަ) މަސްދުވަސް ލިބިފައިވާކަމަށާއި، އޭގެއިތުރުން ރަހުނުވިއްކާލައިގެން ދަރަނި އަދާކުރާނެގޮތެއް ކޯޓުން ކަނޑައަޅަންޖެހޭކަމަށް ދެކޭކަމަށް ޖަވާބުދީފައިވެއެވެ.

7.15. އެ ކުއިޓީ އޮފް ރިޑެމްޝަންގ ޙައްޤުގެ އަސާސަކީ ފޯކްލޯޝަރ ޕްރޮސީޑިންގްސް ކުރިއަށް ގެންދިޔުން ހުއްޓުވުން ކަމަށްވެފައި، މި މައްސަލައިގައި ފައިސާ ދެއްކުމަށް 12 (ބާރަ) މަސްދުވަސް ލިބިފައިވުމުން، އެ ކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަން ލިބިފައިނުވާކަމަށްދެކޭ ސަބަބު ސާފުކޮށްދިނުމަށް ޝަރީޢަތުން ސުވާލުކުރުމުން، އެ މަފްހޫމު ފުރިހަމައަށް ލިބިފައިވާކަމަށް ނުދެކޭކަމަށް ޖަވާބުދީފައިވާ އިރު، އެ ޙައްޤު ނުލިބޭކަމަށްދެކޭ ޤާނޫނީ ސަބަބެއް ސާފުކޮށްދީފައިނުވެއެވެ.

8.15. އެ ކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަންފަދަ އަދާލަތުގެ ޙައްޤެއް ހޯދުމަށްއެދޭނަމަ، އަދާލަތުގެ އެހެނިހެން ހަމަތަކާ އެއްގޮތަށް ޢަމަލުކޮށްފައި އޮންނަންޖެހޭއިރު، އިސްތިއުނާފުކުރާ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވޭތޯ ޝަރީޢަތުން ސުވާލު ކޮށްފައިވެއެވެ. އެގޮތަށް ޢަމަލުކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދިނުމުން، އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެކަން ނޭނގޭކަމަށާއި ޝަރީޢަތަށް ޙާޟިރުވުމުގެކުރިން އެކަން ބަލާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވިދާޅުވެފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "...އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ދެއްވައި، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް ދެއްވައި، އަދި ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލު ކޮށްދެއްވުމަށެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ

17މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތއާއާ އިސްތިއުނާފު ފޯމުގައިވާ ކަންކަމަށް ބޭންކުންދޭ ޖަވާބާއި، އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

18އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގައި، މައްސަލައިގައި ކަންހިނގާފައިވާގޮތާއި، ސިވިލް ކޯޓުގެ ނިންމެވުމާއި އިސްތިއުނާފު ނުކުތާގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އެއަށްފަހު، އެ ކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަން ފެށިގެން އައިސްފައިވަނީ އިނގިރޭސިވިލާތުގެ ޗާންސަރީ ކޯޓުން ކަމަށާއި، އެންމެ ކުރިން އިނގިރޭސިވިލާތުގައި އަމަލުކުރަމުންދިޔަ އުޞޫލުގެ ދަށުން، މޯގޭޖް އެއްބަސްވުމެއްގެ ދަށުން ރަހުނު މޯގޭޖް ކުރުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކިއްޖެ ޙާލަތުގައި، އިތުރު މަރުޙަލާއެއް ނުވަތަ އިޖުރާއަތެއް ފުރިހަމަ ކުރުމަކާނުލައި، ރަހުނުކުރެވިފައިވާ އެއްޗެއް ރަހުނުހިފި ފަރާތުގެ ޙައްޤަކަށް ވާކަމަށް ބުނެފައިވެއެވެ. އެ ނިޒާމުގެ ސަބަބުން ދަރަނިވެރިޔާ އަދި ރަހުނުވެރިޔާގެ ޙަ އްގުތަކަށް ހުރަސްއެޅޭކަމަށް ބެލެވމު ގެ ނަތީޖާއަކީ އެ ކުއި ޓީ އޮފް ރިޑެމްޝަންގެ ޤާނޫނީ އުޞޫލު ތަޢާރަފުވުން ކަމަށެވެ.

19ބުނެވިދިޔަ އކްއުޓަބަލެ ރައިޓް އޮފް ރިޑެމްޝަންގެ މަޤުޞަދަކީ، ލޯނު ނުދެއްކޭ ޙާލަތުގައި ރަހުނު ކޮށްފައިވާ މުދައު ލޯނު ދިންފަރާތުގެ މިލްކަކަށްވުން ހުއްޓުވުންކަމަށެވެ. އަދި އެކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަންގެ މަފްހޫމަކީ، ފައިސާ ނުދައްކާ ޙާލަތުގައި ފައިސާ ދެއްކުމަށް އިތުރު ވަގުތުކޮޅެއްގެ ފުރުޞަތު ދިނުންކަމަށެވެ.

20ދިވެހިރާއްޖޭގައި ޢަމަލުކުރާގޮތަށް ބަލާއިރު، ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގައި، ރަހުނު ބެހެއްޓުމުގެ ބޭނުމާއި ރަހުނާއި ގުޅިގެން ޢަމަލު ކުރަންޖެހޭގޮތާއި، ދަރަނި ދޭމީހާގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުން ހުއްދަކޮށްފައި ވާކަމަށެވެ. އަދި ރަހުނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި، މީހެއްގެ މިލްކުގައިވާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ރަހުނު ކުރެވިދާނެކަމާއި، އެއްބަސްވުމެއްގެ ދަށުން ރަހުނު ބހަ އްޓައި ދަރަންޏަށް ފައިސާ ނެގުމަށްފަހު، އެއްބަސްވުމުގައިވާ ގޮތުގެމަތިން ފައިސާ ނުދައްކައިފިނަމަ ނުވަތަ އެއްބަސްވުމުގެ ޝަރުޠަކާ ރަހުނު ބެހެއްޓި މީހަކު ޚިލާފުވެއްޖެ މީގެފަހުން "ރަހުނާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ރަހުނާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ. ޙާލަތުގައި، ކަމާބެހޭ ކޯޓެއްގައި ދަޢުވާކުރުމުގެ ޙައްޤު ރަހުނު ހިފިފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

21ދިވެހިރާއްޖޭގެ ހައިކޯޓުގެ ފުނައްޑޫ ޓޫނާ ޕްރޮޑަކޓްސ ޕްރައިވެޓް ލިމިޓެޑް އާއި އިތުރު 5 މީހުން ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ ޤަޟިއްޔާގައި، އެގްރީމަންޓުގެ ދަށުން ރަހުނުގެ ގޮތުގައި ބެހއަ ޓާފައިވާ މުދަލެއް ތަސަ އްރަފ ކުރުމުގު ޙައްޤު ބޭންކުން ބޭނުންވެއްޖެ ކޮންމެހިނދެއްގައި ލިބިގެންވާކަމަށް ކަނޑައަޅާފައި ވާކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑް ޤަޟިއްޔާގައި، ރަހުނާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ރަހުނުގެ ގޮތުގައި ބަހައްޓާ މުދަލަކީ ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ބަހައްޓާ އެއްޗެއްކަމަށާއި، ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއްކަމުގައި ބަޔާންކޮށްފައި ވާކަމަށާއި، ރަހުނަކަށް ބެހެއްޓި އެއްޗެއް ނުވަތަ އެއިންބައެއ ނަމަވެސް ރަހުނުހިފި ފަރާތުން ހިތުން ރުހުމުން ދިނިއްޔާމެނުވީ، އަނބުރާ އަތުނުލެވޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

22ރަހުނު އެއްބަސްވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާ އުޞޫލު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރޟަ އްޔާ މޫސާ މައްސަލައިގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ބަންޑާރަގޯތި ރަހުނުކޮށްފައި ބޭންކުންނަގާ ލޯނުތަކާގުޅޭ މައްސަލަތަކުގައި ޢާއްމުކޮށް ޢަމަލުކުރާ އުޞޫލަކީ، ބޭންކުން އެންމެ ފުރަތަމަ މަރުހަލާގައި ލޯނާއި ދަރަނި ސާބިތުކުރުމަށް ދަޢުވާކުރުން ކަމަށާއި، އަދި ދަރަންޏާއި ރަހުނު ކޯޓަށް ސާބިތުކޮށް، ލޯނު ނަގާފަރާތުން ދައްކަންޖެހޭ ފައިސާ ކޯޓުން ކަނޑައަޅާ ވަކިމުއްދަތެއްގެ ތެރޭގައި ދެއްކުމަށް ކަނޑައެޅުން ކަމަށެވެ. އަދި ކަނޑައަޅާ މުއްދަތުގެ ތެރޭގައި، ލޯނު ނަގާފަރާތާއި ޔޤަ ންކަންދޭ ފަރާތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/36 ޤަޟިއްޔާ. ފައިސާ ނުދެއްކިއްޖެނަމަ، ރަހުނު ތަންފީޒު ކުރުމަށްއެދި އިތުރު މައްސަލައެއް ރަހުނު ހިފިފަރާތުން ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ވަކިޤަޟިއްޔާއަކުން ބައްލަވައި، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުންކަމަށެވެ.

23މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަރަންޏާއި ރަހުނު ސާބިތުވާކަމަށް ކަނޑައަޅާފައި ވާކަމަށެވެ. އަދި އެ ޤަޟިއްޔާގައި ސާބިތުވިކަމަށ ކަނޑައަޅާފައިވް ފައިސާ، ކޯޓުން ކަނޑައަޅާފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނުދެއްކިއްޖެނަމަ، ރޟަ އްޔި މޫސާ މައްސަލަ އިގައިވ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ރަހުނު ވިއްކާލުމަށް ނުވަތަ ރަހުނުން ތަޞައްރުފު ކުރުމަށްއެދި ރަހުނު ތަންފީޒުކުރުމުގެ މައްސަލައެއް، ރަހުނުހިފި ފަރާތުގެ ހައިސިއްޔަތުން ބޭންކުގެ ފަރާތުން ހުށަހަޅަން ޖެހޭކަމަށެވެ.

24މި މައްސަލައިގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަހުނު ވިއްކާލުމުގެ ޙައްޤު ބޭންކަށް އޮތްކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ރަހުނުކޮށްފައިވާ މުދަލުން ތަސައްރަފު ކުރުމުގެ ކުރިން ނުވަތަ ވިއްކާލުމުގެ ކުރިން، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ފައިސާ ނުދައްކާތޯ ކޯޓުން ބައްލަވާނެކަމަށެވެ. އަދި އެއަށްފަހު ރަހުނު ވިއްކާލުމުގެ ހުއްދައެއް، އެފަދަ މައްސަލައެއްގެ ތެރެއިން ބޭންކަށް ލިބިދެވިދާނެ ކަމަށެވެ. މި މައްސަލައިގައި، ބުނެވިދިޔަފަދަ ރަހުނު ތަންފީޒު ކުރުމުގެ މައްސަލައެއް ބޭންކުން ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތު ގެ އިސްތިއުނާފު ނުކުތާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް މި މައްސަލައިގައި ނެތްކަމަށެވެ.

25މީގެއިތުރުން، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިބްރާހީމް ޢަބްދުއްލަޠީފް މައްސަލއާއަ މި މައްސަލައިގެ ވާޤިޢާތައް ތަފާތުކަމަށެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައިގައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށެވެ. އިބްރާހީމް ޢަބްދުއްލަޠީފް މައްސަލއަކަ ސާބިތު ދަރަންޏަކާ ގުޅިގެން ފައިސާ ދެއްކުމަށް ދެވުނު މުއްދަތު ފަހަނައަޅައި ދިޔުމަށްފަހުވެސް، ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ހުށަހެޅިފައިވާ ތަންފީޒު މައްސަލައެއްކަމަށެވެ.

26އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައިގައިވާ އުޞޫލުތައް މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅިއިރު ތަޠުބީޤު ނުކުރެވޭނެކަމަށެވެ. އެހެނީ، މި މައްސަލައިގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުއިރު، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގެ ޙުކުމުގައި ސާބިތުކޮށްފައިވާ ފައިސާގެ ޢަދަދުތައް ދެއްކުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތަށް އެ ޙުކުމުން ލިބިދީފައިވާ 12 (ބާރަ) މަސްދުވަސް ހަމަނުވާކަމަށެވެ. އެހެންކަމުން، ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ދެއްކުމަށް ދީފައިވާ 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން، އިބްރާހީމް ޢަބްދުއްލަޠީފް މައްސަލއިގައަ ކަށަވަރު ކުރަންޖެހޭ ފުރަތަމަ ކަންތައް ކަމުގައިވާ، ފައިސާ ދެއްކުމަށް ކޯޓުން ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކިކަން ޢަމަލީގޮތުން ކަށަވަރު ކުރެވޭނެގޮތެއް ބުއްދީގެ ހަމަތަކުންވެސް ނެތްކަމަށެވެ.

27އިބްރާހީމް ޢަބްދުއްލަޠީފް މައްސަލަ އިގައި ތިންވަނަ ކަމެއްގެ ގޮތުތައި ބަޔާންކޮށްފައިވާ، ރަހުނު ވިއްކާލަނީ އެއްކޮށްތޯ ނުވަތަ ރަހުނުގެ ބައެއްތޯ ބަލާއިރު، އެ ޙާލަތުވެސް ވުޖޫދުނުވާކަމަށެވެ. ބޭންކަށްއޮތީ ރަހުނު ވިއްކުމުގެ ޙައްޤެއް އެކަނިކަމަށާއި، ރަހުނުން ތަޞައްރުފު ކުރުމުގެ ކުރިން، އިތުރު މައްސަލައެއް ކޯޓަށް ހުށަހަޅަ ންޖެހޭ ކަމަށެވެ. އަދި ރަހުނު ތަންފީޒުކުރުމުގެ މައްސަލައެއް ބޭންކުން ހުށަހަޅާފައި ނުވާކަމަށެވެ.

28ބުނެވިދިޔަ ސަބަބުތަކަށްޓަކައި، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އެކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަން ގެއްލިފައިވާކަމަށްބުނެ، އިބްރާހީމް ޢަބްދުއްލަޠީފް މައްސަލައިގައި ބަޔާންކޮށްފައިވާ ދެކަމެއް، ސިވިލް ކޯޓުން މި މައްސަލައަށް ތަޠުބީޤު ކުރަންޖެހޭކަމަށް ބުނެފައިވާއިރު، އެ ޙައްޤު ގެއްލުނުގޮތެއް އަދި އެކަންކަން މި މައްސަލައަށް ތަޠުބީޤުކުރާނެގޮތެއް ބުނެދެވިފައި ނުވާކަމަށް ބޭންކުން ދެކޭކަމަށެވެ. އަދި ފައިސާ ދެއްކުމަށް 12 (ބާރަ) މަސްދުވަސް ލިބިދީފައިވާއިރު، މުޅިރަހުނު ސަލާމަތްކުރުމުގެ އެކަށީގެންވާ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް އޮތްކަމަށް ބޭންކުން ދެކޭކަމަށެވެ.

29މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.29. މި މައްސަލައިގައި 23 ޖުލައި 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިތުރުކަމެއް ފާހަގަކުރަންއޮތްތޯ ސުވާލުކުރުމުން، މި މައްސަލައިގެ މައުޟޫޢުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު އަޙްމަދުދީދީ ވ. ހަބީބް ބޭންކް ލިމިޓެޑް ޤަޟިއްޔާގައި ގޮތެއްނިންމަވާފައި ވާކަމަށް ބުނެފައިވެއެވެ. އެ މައްސަލައިގައިވެސް އުފައްދާފައިވާ ސުވާލަކީ އެ ކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަންގެ ޙައްޤު ނުވަތަ ރަހުނު އަނބުރާ ހޯދުމުގެ ޙައްޤު ގެއްލިގެން ގޮސްފައިވުމާގުޅޭ ޤާނޫނީ ސުވާލުގެ މައްޗަށްކަމަށެވެ. އެ މައްސަލައިގައި ކަނޑައެޅުނު އެއްކަމަކީ، އެ މައްސަލައިގައި އެ ޤާނޫނީ ބަހުސް ދަށުކޯޓާއި ސުޕްރީމް ކޯޓުގައި ބިނާކޮށްފައިވާގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ އައުޤާނޫނީ ނުކުތާއަކަށްވުމުން، އެ ބަހުސް އެކޯޓުގައި ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ގެއްލިފައިވާކަމަށެވެ. އަދި އެ ޤަޟިއްޔާގެ 27 ވަނަ ނުކުތާގައި، ކޯޓުގެ ޙުކުމުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ފައިސާ ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، ރަހުނު ވިއްކާލުމަށްލިބޭ ހުއްދައަކީ އެއްވެސް ހިފެހެއްޓުމެއްނެތި ދީފައިވާ ހުއްދައެއް ނޫންކަމަށެ ވެ. އަދި ފައިސާ ދައްކާފައި ނުވާނަމަ ނުވަތަ ފައިސާ ދެއްކުމަށް ކަނޑައެޅި ޙުކުމަށް ޢަމަލުކޮށްފައި ނުވާކަން ކަނޑައެޅުމަށްފަހމު ނުވީ ރަހުނު ވިއްކާ ނުލެވޭނެކަމަށް ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގައިއޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 89A/-CS/2120 ޤަޟިއްޔާ، މީގެފަހުން "ވަދީ ޓްރޭޑަރސް މައްސަލަ"ކަމަށް ބުނެފައިވާ. ޤާނޫނީ ނިޒާމު ތަރުތީބު ވެފައިވާގޮތުން، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 37 ވަނަ މާއްދާއާއި، ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ)އަށް ބެލުމުން، ދިވެހިރާއްޖޭގައި ރަހުނާގުޅޭ މައުޟޫޢީ މައްސަލައެއް ފުރަތަމަ ކުރިއަށް ގެންދަންޖެހޭކަން އެނގޭކަމަށެވެ. އަދި އެއަށްފަހު ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ ރަހުނު ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހަޅައި، ވިއްކުމުގެ ހުއްދައަކަށް އެދެންޖެހޭކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ ޢަބްދުއްލަޠީފް މައްސަލައިގައިވާ ޤާނޫނީ އުޞޫލުގެ ބަހުސް އުފައްދާފައިވަނީ ސިވިލް ކޯޓުގެ މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހެޅި މަރުޙަލާގައިކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޒްމީނާ ވ. އެންޓިކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގއަ ޚުލާޞާ ބަޔާނަކީ އައުކަންކަން ހުށަހެޅުމުގެ ފުރުޞަތުއޮތް މަރުޙަލާއެއް ނޫންކަމަށް ކަނޑައަޅުއްވާފައިވުމުން، އިސްތިއުނާފުކުރާ ފަރާތަށް އެމަގުންވެސް ކުރިއަށް ދެވޭނެކަމަށް ބޭންކުގެ ފަރާތުން ނުދެކޭކަމަށް ބުނެފައިވެއެވެ.

2.29. ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިވޭތޯ އާއި ޙުކުމުގައިވާ 12 (ބާރަ) މަސްދުވަސް ހަމަވެއްޖެތޯ ޝަރީޢަތުން ސުވާލުކުރުމުން، ފައިސާ ނުދައްކާކަމަށާއި ބޮޑު ޢަދަދެއް އޮތްކަމަށާ އ، 12 (ބަރަ) މަސްދުވަސް ހަމަވެއްޖެކަމަށް ބޭންކުން ބުނެފައިވެއެވެ. މި މައްސަލައިގައި ދަށުކޯޓުން 2020 ވަނަ އަހަރު ޙުކުމް ކުރުމަށްފަހު ހަތަރު އަހަރާ ގާތްވެފައިވާއިރު، ލިޔުންތަކަށް ބަލާއިރު މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ދައްކާވައިވާކަމަށ ނުބެލެވޭކަމަށް ބޭންކުން ބުނެފައިވެއެވެ. ލިޔުންތަކަށް ބަލާއިރު، އޯވަރ މީގެފަހުން "ބިމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ނުދައްކައި 10,147.000.00ރ (ދިހަ މިލިއަން އެއްލައްކަ ސާޅީސް ހަތްހާސް ދިވެހި ރުފިޔާ) އޮތްކަމަށް ދައްކާކަމަށާއި، މީޑިއަމ ޓަރމް ލޯނާއި ގުޅިގެން ދައްކަންޖެހެނީ ނެގިފައިސާގެ ޢަދަދުކަމަށާއި އެގޮތުން 1،200،000.00ރ (އެއްމިލިއަން ދެލައްކަ ދިވެހި ރުފިޔާ) ދައްކަންޖެހިފައިވާއިރު އެޢަދަދަށް ބަދަލެއް އައިސްފައިނުވުމުން، އެފައިސާގެ އެއްވެސް ޢަދަދެއް މިއަދާހަމައަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާކަމަށް ނުބެލެވޭކަމަށް ބޭންކުން ބުނެފައިވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން އަދާލަތުގެ ޙައްޤަކަށް އެދިފައިވާއިރު، ޝަރީޢަތަށް ޙާޟިރުވީ ސާފުއަތަކާއެކުކަމަށް ނުބެލެވޭކަމަށެވެ.

3.29. ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ޙުކުމް ތަންފީޒުކުރުމުގެ އެއްވެސް މަރުޙަލާއެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ބޭންކުން ބުނެފައިވެއެވެ. އަދި ޤާނޫނީ ނިޒާމުގައިވާ އިޖުރާއަތު ބޭންކަށް ސާފުކަމަށާއި، އެހެން ބޭންކަކުން ޤާނޫނާ ޚިލާފަށް ޢަމަލުކުރުމަކީ ތަފާތުކަމެއްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ޤާނޫނާ ޚިލާފަށް ނުވަތަ ނުގަވައިދުންކުރި އެއްވެސް ޢަމަލެއް މި މައްސަލައިގައި ނެތްކަމަށެވެ. އަދި ވާދީ ޓްރޭޑަރސް މައްސަލައިގެ ޙުކުމުގައި "ރަހުނު ވިއްކާލުމުގެ ހުއްދަ" ލިޔެފައިއޮތްއިރު، ރަހުނު ވިއްކާލުމުގައި ޤާނޫނުގައިހުރި އިޖުރާއަތުތައް ހިނގާކަމަށް ކަނޑައަޅާފައިވުމުން އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައިގައި ޤާނޫނީ ބަހުސެއް އޮތްކަމަށް ނުދެކޭކަމަށް ބޭންކުން ބުނެފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

30އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްތިއުނާފުކޮށްފައިވ ނުކުތާއާ ގުޅިގެނާ ސިވިލް ކޯޓުގް ނަންބަރު HD/2019-C-11/Cv މައްސަލައިގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުން." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

31މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން މީޑިއަމް ޓަރމް ލޯނަކާއި އޯވަރ ޑްރާފްޓް ފެސިލޓި އެއީ ބޭންކުން ހޯދުމަށްއެދި، އެއްބަސްވުންތަކުގައި ސޮއިކޮށް، ބޭންކުން ހޯދާފައިވާ ފައިސާ އަދާކުރާނެކަމުގެ ޔަޤީންކަން ދިނުމުގެގޮތުން އަމަންވިލާ އެވެކިޔާގޯތި ރަހުނު ކޮށްފައިވާކަމާމެދު ބަހުސެއްނެތެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގެ ޙުކުމުކުރިއިރު، ބުނެވިދިޔަ މީޑިއަމ ޓަރމް ލޯނާއި އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިންގެން އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހި ނުދައްކއަ ވާ ފައިސާގެ ޢަދަދަކީ 7,300,968.22ރ (ހަތްމިލިއަން ތިންލައްކަ ނުވަސަތޭކަ ފަސްދޮޅަސް އަށެއް ދިވެހި ރުފިޔާ އަދި ބާވީސް ލާރި)ކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން އިންކާރު ކޮށްފައިނުވެއެވެ.

32މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ބުނެވިދިޔަ މީޑިއަމ ޓަރމް ލޯނާއި އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފައިސާގެ ޢަދަދު، އެ ޤަޟިއްޔާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އިސްތިއުނާފުކުރާ ފަރާތާއި ބޭންކާއި ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން، ރަހުނު ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.

33އިސްތިއުނާފުކުރާ ފަރާތުގެ އެއްޝަކުވއަކީ، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގެ ޙުކުމުގައި، "ރަހުނު ވިއްކާލުމުގެ ޙައްޤު" ބޭންކަށް ލިބިފައިވާކަމަށް ބަޔާންކޮށްފައި އޮތުމެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ދެކޭގޮތުގައި މިފަދަ މައްސަލައިގެ ޙުކުމުގައި އޮންނަންވާނެ އިބާރާތަކީ "ރަހުނު ސާބިތުވާކަމަށް" ކަނޑައަޅައިކަމަށެވެ.

34HN1ފަނޑިޔާރެއްގެ ނިންމެވުމެއް ނުވަތަ ޙުކުމެއްގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ ޢިބާރާތެއްގެ ސަބަބުން ނުކުންނަ ޤާނޫނީ ނަތީޖާގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަން އަންނަނަމަ ނުވަތަ އެ ނަތީޖާއަކީ ޤާނޫނާ ޚިލާފު ނަތީޖާއެއްކަމަށް މީހަކު ދެކޭނަމަ، އެ ޝަކުވާއާ އިގެން ފަނޑިޔާރުގެއަށް އައުމުގެ ޙައްޤު ލިބިގެންވެއެވެ. ހަމައެއާއެކު، އެފަދަ ބަހެއް ނުވަތަ ޢިބާރާތުގެ ނަތީޖާގެ ސަބަބުން މީހެއްގެ ޙައްޤަކަށް އުނިކަން އައިކަން ނުވަތަ އެ ނަތީޖާއަކީ ޤާނޫނާ ޚިލާފު ނަތީޖާއެއްކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގައިވާ ގޮތުގެމަތިން ސާބިތު ކޮށްދިނުމުގެ ޒިއްމާ އުފުލަންޖެހޭނީ އެފަދައިން ހުށަހެޅި މީހެކެވެ.

35މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ފަދައިން "ރަހުނު ސާބިތުވާކަމަށް" ލިޔުމުގެ ސަބަބުން ނުކުންނަ ނަތީޖާ ތަފާތުވާގޮތެއ ޝަރީޢަތަށް ސާފުކޮށްދިނުމަށް ފުރުޞަތު ދީފައިވެއެވެ. އެގޮތުން، މި ނިންމުމުގެ 15.4 ވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދީފާއިވާ ޖަވާބަށް ބަލާއިރު، "ރަހުނު ސާބިތުވާކަމަށް" ބަޔާންކުރުމުގެ ޤާނޫނީ ނަތީޖާއަކީ އެ ރަހުނުގެ މައްޗަށް ޙައްޤެއް އުފަން ނުވާކަމަށްނުވަތަ އެ އިބާރާތުގެ ޤާނޫނީ ނަތީޖާ ބަދަލު އަންނަކަމަށް ބެލެވޭފަދަ އެއްވެސް ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައި ނުވެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ޙުކުމުގައި "ރަހުނު ވިއްކާލުމުގެ ޙައްޤު" ލިބިގެންވާކަމަށް ބަޔާންކުރުމާއި "ރަހުނު ސާބިތުވާކަމަށް" ބަޔާން ކުރުމުގެ ޤާނޫނީ ނަތީޖާއަށް ބަދަލެއް އަންނަފަދަ ޤާނޫނީ ބިނާއެއް ސާފުކޮށްދެވިފައި ނުވުމުން، އިސްތިއުނާފުކުރާ ފަރާތުން ޙުކުމުގެ ޢިބާރާތާމެދު ދައްކާފައިވާ ވާހަކަތަކުގައި ޤާނޫނީ އެއްވެސް ބުރަދަނެއް ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ.

36މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލަކީ، އަދާލަތުގެ ޙައްޤެއްގެ ގޮތުގައިބެލެވޭ އެކުއިޓަބަލ ރައިޓް އޮފް ރިޑެމްޝަންގެ މަފްހޫމަކީ، މި ބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ލިބިދެވޭފަދަ އަދާލަތުގެ ޙައްޤެއްތޯއެވެ.

37HN2މި ނިންމުމުގެ 18 ވަނަ ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، އކުއިޓެ އޮފް ރިޑެމްޝަންއަކީ، ރަހުނު ބަހައްޓާ ފަރާތަށް އަނބުރާ ހޯދުމަށް ފުރުޞަތު ލިބިދިނުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޗާންސަރީ ކޯޓުން ފެށިގެންއައި މަފްހޫމެކެވެ. އަދި އެއީ އަދާލަތުގެ ޙައްޤަކަށްވާއިރު، އެ މަފްހޫމް ވުޖޫދުވުމަށް މެދުވެރިވެފައިވަނީ، މޯގޭޖްގެ އުޞޫލުތައް ތަންފީޒުކުރުމުގެ ތެރެއިން މީހުންގެ ބިމާއިގެދޮރު ނުޙައްޤުން ހޯދުން ހުއްޓުވައި، ރަހުނުކުރި ފަރާތުން ދަރަނި އަދާކުރުމުން ރަހުނު އަނބުރާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމަށެވެ. އެއީ އަދާލަތުގެ ޙައްޤެކެވެ. އަދި އެ ޙައްޤުގެ ފައިދާލިބޭ މީހެއްގެ ކިބައިގައި އަދާލަތުގެ ޙައްޤަކަށްއެދޭ މީހެއްގެ ކިބައިން ސާބިތުކޮށްދޭންޖެހޭ އެހެންކަންކަން ފުރިހަމަވުން ލާޒިމުވާނެއެވެ.

38HN3ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ބުނެފައިވުމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން އަދާލަތުގެ ޙައްޤަކަށް އެދެވޭނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުގެ ތަރަހައިގެ ތެރެއިން، މިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވާ ހުސްކަމެއް ފޫބެއްދުމަށް، އެ މައްސަލައިގެ ޙާލަތަށް ބޭނުންވާ މިންވަރަށްކަމަށް ދެކެމެވެ.

39HN4ދަރަންޏެއް ނެގުމަށްފަހު، އެ ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނިދޭ މީހާގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށްދީގެން ދަރަނި އަނބުރާ ހޯދުމުގެ ބޭނުމަށް ބެހެއްޓޭ ރަހުނާގުޅޭގޮތުން އަމަލު ކުރުމުގައި، މި ރާއްޖޭގައި ފުރަތަމަ ބަލަންވާނީ ރަހުނާބެހޭ ޤާނޫނަށެވެ. އަދި ރަހުނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި، މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. ދަރަންޏަކާ ގުޅިގެން ރަހުނު ބެހެއްޓުމަށްފަހު، އެކަމާބެހޭގޮތުނ ކޮށްފައިވް ޝަރުޠަކާ ނުވަތާ ވަޢުދަކާ ޚިލާފުވެއްޖެ ހިނދެއްގައި ކަމާބެހޭ ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު ރަހުނު ހިފިމީހާއަށް ލިބިގެންވާކަމަށް ބުނެފައިވުމުން، ބޭންކުންނަގާ ލޯނުތަކުގެ މައްޗަށް ރަހުނާބެހޭ ޤާނޫނުގެ އިތުރުން ލޯނު ނެގުމަށްވެފައިވާ އެއްބަސްވުމުގެ މައްޗަށް ދެންހިނގާނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ޢާއްމު އުޞޫލުތައްކަން އެނގެއެވެ.

40HN5މި ނިންމުމުގެ 22 ވަނަ ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގައި ޢަމަލުކުރާ ޢާއްމު އުޞޫލު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ރޟަ އްޔި މޫސާ މައްސަލައިގައެވެ. އެގޮތުން، އެންމެފުރަތަމަ ބޭންކުން ލޯނާއި ދަރަނި ސާބިތުކުރުމަށް ދަޢުވާ ހުށަހަޅައެވެ. އަދި ދަރަނި ސާބިތުކުރާ މައްސަލަތަކުގައި ފައިސާ ދައްކައިގެން ރަހުނު އަނބުރާ ލިބިގަތުމަށް ވަކިމުއްދަތެއް އިތުރަށް ދެވެއެވެ. އަދި ކަނޑައަޅާ މުއްދަތުގެ ތެރޭގައި، ލޯނުނަގާ ފަރާތާއި ޔަޤީންކަންދޭ ފަރާތަށް ފައިސާ ނުދެއްކިގެން ރަހުނު ވިއްކާލަން ބޭންކުން އެދޭނަމަ، ބިމާއި އިމާރާތް ރަހުނުކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގައިވާ 3 (ތިނެއް)ޝަރުޠު ފުރިހަމަވުމަށްފަހު، ރަހުނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް، ރަހުނު ވިއްކާލުމަށްއެދި ކޯޓަށް މައްސަލައެއް ހުށަހަޅަންޖެހޭނެއެވެ. އެފަދަ މައްސަލައެއް ހުށަހެޅމު ން އެ މައްސަލަ ވަކިޤަޟިއްޔާއަކުން ބައްލަވައި، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުންމެނުވީ މިރާއްޖޭގައި ރަހުނު ވިއްކައެއް ނުލެވޭނެއެވެ.

41HN6ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، އިނގިރޭސިވިލާތުގައި ޢަމަލުކުރާ ޢަދާލަތުގެ ޙައްޤެކަމުގައިވާ އެ ކުއިޓީ އޮފް ރިޑެމްޝަންގެ މަފްހޫމުގައިވާ، ދަރަނި އަދާކުރުމުން ރަހުނު އަނބުރާ ހޯދުމަށް ލިބިދެވޭ އިތުރު ފުރުޞަތު ލިބިދިނުމުގެ އުޞޫލަކީ، ރަހުނާބެހޭ ޤާނޫނާއި ކޮންޓްރެކްޓާބެހޭ ޤާނޫ ނުގެ ތަރަހައިގެ މީގެފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ތެރެއިން، މިހާރުވެސް ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނީ އުޞޫލެކެވެ. އިނގިރޭސިވިލާތާ ޚިލާފަށް، ޤާނޫނީ ނިޒާމުގެ ހުސްކަމެއްގެ ސަބަބުން އަދާލަތުގެ ޙައްޤެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ވަކިންއެދިގެން ހޯދަންޖެހޭ ޙައްޤެއްނޫނެވެ. އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އެދިފައިވާ އަދާލަތުގެ ޙައްޤަކީ، މިރާއްޖޭގެ ޤާނޫނީ ނިޒާމުގެތެރެއިން ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން ދަރަނި އަދާކޮށް ރަހުނު އަނބުރާ ހޯދުމަށް ލިބިދީފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެވުނު އިތުރު ފުރުޞަތެވެ.

42HN7އިސްތިއުނާފުކުރާ ފަރާތުން، ޢަބްދުއްލަޠީފު މައްސަލައިގައި ބަޔާންކޮށްފައިވާ އުޞޫލުތައް، މި މައްސަލައަށް ތަޠުބީޤުކުރުމަށް އެދިފައިވާއިރު، މި ނިންމުމުގެ 22 ވަނަ ނުކުތާގައި، ބޭންކުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށްޓަކައާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރަ އިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މައްސަލައެއްގައި ކަނޑައެޅި ޤާނޫނީ އުޞޫލު ތަޠުބީޤު ކުރެވޭނީ ވާޤިޢާއާއި ޤާނޫނީ ބަހުސް އެއްގޮތް މައްސަލަތަގުގައިކަމަށ ބަޔާންކޮށްފައިވް އުޞޫލަށް ރިޢާޔަތް ކުރާއިރު، ޢަބްދުއްލަޠީފު މައްސަލައިގަ އިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރެވޭނެކަމަށް ނުދެކެމެވެ. އެހެނީ، ޢަބްދުއްލަޠީފު މައްސަލއަކަ ރަހުނު ވިއްކާލުމުގެ މަރުޙަލާގައި އުފަންވެފައިވާ ޤާނޫނީ ބަހުސަކާ ގުޅުވައި، ރަހުނު ވިއްކާލުމުގެ ކުރިން ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ބަޔާންކުރާ މައްސަލައެކެވެ. މި މައްސަލައަކީ ދަރަނި ސާބިތުކޮށްފައިވާ، އެހެންނަމަވެސް ރަހުނު ވިއްކުމުގެ ދަޢުވާއެއް ހުށަހަޅާފައިވާ މައްސަލައެއް ނޫނެވެ.

43އެހެންކަމުން، މި މައްސަލައަކީ ދަރަންޏާއި ރަހުނު ސާބިތުކޮށްފައި ވީނަމަވެސް، ރަހުނު ވިއްކާލުމުގެ ދަޢުވާއެއް ހުށަހަޅާފައިވާ ނުވަތަ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މަރުޙަލާގައިވާ، ރަހުނު ވިއްކާލުމުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ. ޚުޞޫމާތަކާ ގުޅުންހުރި މައްސަލައަކަށްނުވާތީ، އިސްތިއުނާފުކުރާ ފަރާތުން ޢަބްދުއްލަޠީފު މައްސަލަ އިގައި ބަޔާންކޮށްފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމަށް އެދިފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށެވެ.

44HN8މީގެއިތުރުން، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު -C-11/Cv HD/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާ މި ކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވަނީ 07 މާރިޗް 2021 ދުވަހުކަމަށް ލިޔުންތަކުން ދައްކާއިރު، އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހި ނުދައްކައިވާ 7,300,968.22ރ (ހަތްމިލިއަން ތިންލައްކަ ނުވަސަތޭކަ ފަސްދޮޅަސް އަށެއް ދިވެހި ރުފިޔާ އަދި ބާވީސް ލާރި)ގެ އެއްވެސް މިންވަރެއް، 25 ނޮވެމްބަރ 2020 ދުވަހު އެ ޙުކުމް ކުރުމަށްފަހު، އެ ދުވަހުން ފެށިގެން އެއްވެސް ފައިސާއެއް އަދާކޮށްފައިވޭތޯ ބަލާފައި ނުވާކަމަށް، މި މައްސަލައާ ގުޅިގެން 23 ޖުލައި 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ވިދާޅުވެފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތާ ސުވާލުކުރުމުން، އޯވަރ ޑްރާފްޓް ފެސިލިޓީއާ ގުޅިގެން ނުދައްކައި 10,147,000.00ރ (ދިހަ މިލިއަން އެއްލައްކަ ސާޅީސް ހަތްހާސް ދިވެހި ރުފިޔާ) އޮތްކަމަށާއި، މީޑިއަމ ޓަރމް ލޯނާއި ގުޅިގެން ދައްކަންޖެހެނީ ނެގިފައިސާގެ ޢަދަދުކަމަށްވާއިރު، 1,200,000.00ރ (އެއްމިލިއަން ދެލައްކަ ދިވެހި ރުފިޔާ) އެޢަދަދަށް ބަދަލެއް އައިސްފައިނުވުމުން، އިސްތިއުނާފުކުރާ ފަރާތުން ޙުކުމާއެއްގޮތަށް ފައިސާ ދައްކާކަމަށް ނުބެލެވޭކަމަށް ބޭންކުގެ ފަރާތުން ބުނެފައިވެއެވެ. އަދާލަތުގެ ޙައްޤެއް ހޯދުމަށް ހުށަހަޅާ މީހަކު އަންނަންޖެހޭނީ ސާފުއަތަކައިގެންނެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ބުނެވިދިޔަ ޖަވާބާއި، ދައްކަންޖެހޭ ފައިސާގެ ޢަދަދަށް ބަލާއިރު ދަރަނި އަދާކުރުމަށް ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދެއްކުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ހެޔޮނިޔަތާމެދު ވެސް މި މައްސަލައިގައި ސުވާލުއުފެދެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

45ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، އެކުއިޓީ އޮފް ރިޑެމްޝަންގެ މަފްހޫމަކީ އަދާލަތުގެ ޙައްޤެއް ނޫންކަމާއި، އެއީ ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނ)އ އާ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދާފައިވާ، "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު"ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނީ އުޞޫލުކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު HD/2019-C-11/Cv ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންފެނެއެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

46މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚުންނެވެ . އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ އަށް ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2A2UFtC.-A162 28 ,r.aOo.,,O,O. Jr.r, te.-rJ o24t ,r.zrJ a C. ,, ? o. ,. c ,. a u a o, 't2rvla? zrr.r, -r 2rJ 3.75, .tr.X,,nj .r3.r2Prr2 2 .47 a , r. a r. o., O ., ,O . ,4, tr2.r.,2 J.! C.€ ,J' 2'J .t2J.yr.rfc a, ,, ? o, ,. c ,, o44 ,4 , . ,. o, z2t.r, J2.q €VO' 4S.r2F.r2 2 .48 a'a.-.. '2r2-J oD 2yr, o- , ,1"c;. r? ,r4 c40A 3 o ,, , o . c 2-c oaoa a c, aa o a Jr' 9:'i -r e.,rrtl .22r/ ,.?2se -r/, ,7yvy .zrrrrt.Po '-Jrl ;-r 2 a, 4t ) )) az 4 a a. , a\ n rn^ ,aoa ,rrA c a.aoD oco. coz 02 t1a\.*.*3 ..erz/) YlY5 lnZS .r.r3 aa ..r2y# a?az 3e2l/, 2 s?tE 2 LJ. u. ,2..J a oao oAA ? t ,? .4. o r. jrii ezJ .?r2r,aaaa .r2o 't/rJl/ :(iZi t:3, :fr:.11i;) 1t2oo2 ir? o.. rr, , ,rA a-o r- rr-. o arA .4o? c o .crx ? un, 4t *a?rrrr, ,F2t rH., sr! JF.?2rv224 P2r/2 .rsC.rr./tr, S.?23t 3 t.rs./r.r2t /o2rr.2/, a aaaaaaa ,rf ..4ao. o c el? o (/rt.r ,2' ,rr rJ.re?us,t 2le .37.3.3,- I I 1/Cv-C-HD120L9 3ev 22P 2rY' a aa a cor, t c>O t c4 o.. c c .rrt/, t./vuaz u oru oc szra, l.2t 3 eY.r./ 3 errJ./t, 2o 2 /2v.?? a-- aa a .;2t; j: i?i c, , i :;1: ,.?3ir:7 3./2 e2 , oD aa ao a irt,2vrc ,4,rrro ,rrrt, 3 2 o ,l ,4i ,aa a ? o. ,2 A ,? . ,, 2., r,2 I ., €rr ,rr.2rJ 24 erol ,,rr.2ry c/rJ .?2t?.' /r, tzJ a a , aa t Dt 4 t \e *t'j ) 33lg7l :9ij q325929 :.7f ,i3iriS 1ji,.7.i2. i,i,37 ,[9.7 :E:ir;q

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ