ހުރަވީ އިންޓަނޭޝަނަލް އަދި އިތުރު ފަރާތްތައް ވ. މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަނޮން ސޮންގްޕަންޔާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2256/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- "އެކުގައި އަދި ވަކިން" (joint and several) ގެރެންޓީ ދީފައިވާ ފަރާތްތަކުގެ ތެރެއިން އެކަކު ބޭންކުގެ އެދުމުގެ މަތިން ދަޢުވާއިން އުނިކުރުމަކީ ގޯސް ނިންމުމެއްތޯއާއި، ފެސިލިޓީ އެއްބަސްވުމުގެ ދަށުން ނަގާ ޗެރިޓީ ފައިސާ އެކައުންޓް ބަންދުވަންދެން ދައްކަންޖެހޭކަމަށް ކަނޑައެޅުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން، ކޮންޓްރެކްޓުގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، ކޮންޓްރެކްޓެއްގެ ބައިވެރިން ދަރަންޏާމެދު ނުވަތަ ކުރަންޖެހޭ ކަމަކާމެދު ހުރިހާ ބައިވެރިން އެކުގައިވެސް އަދި ވަކިވަކިންވެސް މަސްއޫލުވާން ޖެހޭނެއެވެ؛ ބައިވެރިން މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެއްބަސްވުމަށް ބިނާކޮށް، "އެކުގައި" (joint)، "ވަކިން" (several) ނުވަތަ "އެކުގައި އަދި ވަކިން" (joint and several) ގޮތަށެވެ.
HN2 "އެކުގައި" މަސްއޫލިއްޔަތަކީ އެކަތިގަނޑެއްގެ ގޮތުގައި އޮންނަ އެއް މަސްއޫލިއްޔަތެއްކަމުން އެކަކު ވަޢުދު ފުއްދުމުން އެހެންނިން ވީއްލިގެންދެއެވެ؛ "ވަކިން" މަސްއޫލިއްޔަތުގައި ކޮންމެ މީހެއްގެ ވަޢުދަކީ ވަކި ވަޢުދެކެވެ؛ "އެކުގައި އަދި ވަކިން" މަސްއޫލިއްޔަތުގައި އެކުގައި އުފުލަންޖެހޭ މަސްއޫލިއްޔަތާއެކު، ކޮންމެ މީހަކު ވަކިން މުޅި މަސްއޫލިއްޔަތަށް ޒިންމާވާ ޒިންމާވެސް އުފެދެއެވެ.
HN3 އަރަނިވެރިޔާއަށް ވަޢުދުވީ މީހުންގެ ތެރެއިން ވަކި މީހެއްގެ ފަހަތުން ނުވަތަ ހުރިހާ އެންމެންގެ ފަހަތުން ދިއުމަކީ އަރަނިވެރިޔާއަށް އޮތް މިނިވަންކަމެކެވެ؛ "އެކުގައި އަދި ވަކިން" ދީފައިވާ ގެރެންޓީއެއްގައި ގެރެންޓަރުންގެ ތެރެއިން ވަކި މީހަކު ދަޢުވާއިން އުނިކުރުމަކީ އަރަނިވެރިޔާގެ އިޚްތިޔާރުގައި އޮތް ކަމެކެވެ؛ އެކަމުން އެހެން ގެރެންޓަރުންނަށް ގެއްލުމެއް ވާނަމަ، އެއީ ގެރެންޓަރުން އެކަކު އަނެކަކާ ހަމަޖައްސަންޖެހޭ، އަރަނިވެރިޔާއާ ނުބެހޭ ކަމެކެވެ.
HN4 ދަށު ކޯޓުގައި ނަގާފައިނުވާ، ތެދުދޮގު ބެލިފައިނުވާ ޙަޤީޤަތްތަކެއް (ސޮއި ނުކުރާކަމަށް ބުނުން ފަދަ) އިސްތިއުނާފީ މަރުޙަލާގައި ތަޙްޤީޤުކޮށް ގޮތެއް ނުނިންމޭނެއެވެ.
HN5 ފެސިލިޓީ ޝެޑިއުލާ އެއްގޮތަށް ފައިސާ ނުދައްކާ ލަސްވާ ޙާލަތުގައި ޗެރިޓީ ފަންޑަށް ފައިސާ ޖަމާކުރަން އެއްބަސްވެފައިވާނަމަ، އެއީ ދެ ފަރާތުން އެއްބަސްވި ގޮތަކަށްވާތީ، ފެސިލިޓީއަށް ފައިސާ ނުދައްކާ އޮންނަހާ ހިނދަކު އެއްބަސްވުމުގައިވާ ގޮތަށް ޗެރިޓީ ފައިސާ ދައްކަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- ސާދިޙު ނަޞީރު، އަޙްމަދު މުޢިއްޒު، ސާދިޙް ނަޞީރު މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް 1. މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް
2ޙުސައިންމަނިކު ދޮންމަނިކު : އަލްއުސްތާޛ ޙަސަން މަޢާޒް ޝަރީފް، ޕްރީމިއަރ
3މަރަޔަމް ޙަސަންމަނިކު ބެރިސްޓަރސ އެންޑް އެޓަރނީސް،
2.އަނން ސޮންގޕަންޔާ / އިމްޕޭސް ޑިސް ބައުމްސް 8،
4މުޙައްމަދު ފަޔާޟް ވަކީލް : އަލްއުސްތާޛު ޞާދިޙު ނަޞީރު ލޯ އޮފީސް އޮފް ތަމްސީލްކުރާ ފަރާތް: އަލްއުސްތާޛު އަޙްމަދު މުޢިއްޒު، ސާދިޙް ނަޞީރު މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ، އަލްއުސްތާޛާ ޢާއިޝަތު ޠާނިފް ޝިރަން، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ މަދަނީ – ރަހުނު ހިމެނޭ ލޯނު - ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާ - "އެކުގައި" (Joint)، "ވަކިން" Several)( ނުވަތަ "އެކުގައި އަދި ވަކިން " Several) (Joint and މަސްއޫލިއްޔަތު އުފުލަންޖެހު މާއި ގުޅޭ – ޗެރިޓީ ފައިސާއާގުޅޭ
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ
ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރފަ
1. މިއީ، ސިވިލް ކޯޓު ނަންބަރު:2256/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި […] / 3 2 ޙުސައިންމަނިކު ދޮންމަނިކު އާއި […] / މަރްޔަމް ޙަސަންމަނިކު އަދި […] / މުޙައްމަދު ފަޔާޟް (މީގެ ފަހުން "ހުރަވީ އިންޓަރނޭޝަނަލް"، "ޙުސައިންމަނިކު ދޮންމަނިކު"، "މަރްޔަމް ޙަސަންމަނިކު" "މުހައްމަދު ފަޔާޟް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތްތައް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް (މީގެ ފަހުން "އިސްލާމިކް ބޭންކް" ނުވަތަ "އިސްތިއުނާފ ރައްދވު ފަރާތް)" އަދި އަނން ސޮންގޕަންޔާ (Anon Songpanya, ImapseDes Baumes8, Switzerland) (މީގެ ފަހުން "އަނން ސޮންގޕަންޔާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް)" އެވެ.
2. ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޙުސައިންމަނިކު ދޮންމަނިކުއާއި މަރްޔަމް ޙަސަންމަނިކު އަދި މުޙައްމަދު ފަޔާޟް އިސްތިއުނާފުކުރާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާއި ގުޅިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ވާގޮތުގެމަތިން، އިސްތިއުނާފު ރައްދުކޮށްފައިވާ މޯލްޑިވްސް އިސްލާމިކް ރަޖިސްޓްރޭޝަން ނަންބަރު:0171/2022-C ރަޖިސްޓްރޭޝަން ނަންބަރު: 0255/2010-C ޕާސްޕޯޓް ނަންބަރު: […] ބޭންކް އަދި އަނން ސޮންގޕަންޔާއަށް މިކޯޓުން އެންގުމުން، އިސްތިއުނާފުކުރެވިފައިމިވ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިޔަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) އާ ޙވާލާދަ މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަނން ސޮންގޕަންޔގެ ފަރާތުން ހުށަހެޅާ އިޖުރާއީ އިއުތިރާޒް ބަލައިނުގަތުމަށް 09 މާރިޗް 2023 ގައި މިކޯޓުން ނިންމާފައިވެއެވެ.
މައްސަލައިގައި ކަންހިނގާދިޔަގޮތް
3. 01 އޮކްޓޫބަރު 2017 ގައި ހުރަވީ އިންޓަރނޭޝަނަލްގެ އެދުމުގެ މަތިން އިސްލާމިކް ބޭންކްގެ ނަންބަރު:01/2017/3323-MIB/FIN ލެޓަރ އޮފް އޮފަރގެ ދަށުން USD$3,406,369.50 (ތިންމިލިޔަން ހަތަރު ލައްކަ ހަހާސް ތިން ސަތޭކަ ފަސްދޮޅަސް ނުވަ ޑޮލަރު ސެންޓް) ގެ މުރާބަހާ ޖެނެރަލް އެސެޓް ފައިނޭންސިންގ ފެސިލިޓީއެއް، ވަކި ޝަރުތުތަކެއްގެ ދަށުން ދޫކުރިއެވެ. އަދި މިފެސިލިޓީއަށް ޙުސައިންމަނިކު ދޮންމަނިކު އާއި، މުޙައްމަދު ފަޔާޟް އާއި މަރްޔަމް ޙަސަންމަނިކު އަދި އަނން ސޮންގޕަންޔާ އެކުއެކީގައާއި ވަކިވަކިން ގެރެންޓީ ދީފައިވެއެވެ.
4. މި ފެސިލިޓީއާއި ގުޅިގެން 09 އޮކްޓޫބަރު 2017 ގައި ބޭންކިންގ ފެސިލިޓީ އެގްރީމެންޓްގައި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ހުރަވީ އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކޮށްފައިވެއެވެ.
5މޯލްޑިވްސް އިސްލާމިކް ބޭންކު ން ހުރަވީ އިންޓަރނޭޝަނަލްއަށް ދޫކޮށްފައިވާ ބޭންކިންގ ފެސިލިޓީ އެގްރީމަންޓްއާއި އެއްގޮތަށް، ފައިސާ ދައްކާފައިނުވާތީ، މިފައިސާ އާއި އަދި ގަވާއިދުން ފައިސާ ދައްކަމުން ގެންގޮސްފައިނުވާތީ، ޗެރިޓީގ ގޮތުގައެ ދައްކަންޖެހި ފައިސާއެކުގައި އެއްފަހަރާ ހޯދުމަށާއި، ބުނެވިދިޔ . މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން (މައްސަލަ ރައްދުވަ ފަރާތް) އިޖުރާއީ އިޢުތިރާޒާމެދ ނިންމު ގޮތް މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ގެ ނަންބަރު: 01/2017/3323-MIB/FIN (01 އޮކްޓޫބަރު 2017) ލެޓަރ އޮފް އޮފަރ މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ގެ ނަންބަރު: 01/2017/3323/L396-MIB/FIN ބޭންކިންގ ފެސިލިޓީ އެގްރީމަންޓް ފެސިލިޓީއަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ އާއި ޗެރިޓީގެ ފައިސާ އެކީ އެއްފަހާރާ ނުދެއްކޭނެނަމަ، މިފެސިލިޓީ އާއި ގުޅިގެން ރަހުނު އެއްބަސްވުމުގެ ދަށުން ރަހުނު ކުރެވިފައިވާ […] ވިއްކާލުމުގެ ހުއްދަ ދެއްވުމަށާއި، އުފުލޭ މުދަލުގެ ރަހުނު އެގްރީމަންޓްގެ ދަށުން ކޮށްފައިވާ ރަހުނުތައް ވިއްކާލުމަށާއި އަދި ބުނެވިދިޔަ ފެސިލިޓީއަށް ދައްކަންޖެހޭ އެންމެހައި ފައިސާއާއި އަރަމުންދާ ޗެރިޓީ ފައިސާ ދައްކައި ޚަލާސްކުރެވި ފެސިލިޓީ އެކައުންޓް ބަންދު ކުރެވެންދެން ރަހުނު އެގްރީމަންޓްތަކުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންވާ އިލްތިޒާމްތަކާއި، ޙައްޤުތަކާއި އަދި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، އަދި އެ ފެސިލިޓީއަށް ފައިސާދެއްކުމަށް ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ ދީފައިވާ ފަރާތްތަކުގެ ކިބައިން ފައިސާ ލިބިގަތުމަށް އެދި ހުރަވީ އިންޓަރނޭޝަނަލް އާއި ޙުސައިންމަނިކު ދޮންމަނިކުއާއި މުޙައްމަދު ފަޔާޟް އާއި އަނން ސޮންގޕަންޔާ އަދި މަރްޔަމް ޙަސަންމަނިކުގެ މައްޗަށް ސިވިލް ކޯޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ދަޢުވާކުރިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:2256/Cv-C/2019 ޤަޟިއްޔާއިންނެވެ.
6އޭގެ ފަހުން، 20 މާރިޗް 2022 ގައި ސިވިލް ކޯޓުގައި ބޭއްވުނު އަޑުއެހުމާއި ހަވާލާދީ، އިސްލާމިކް ބޭންކުގެ ފަރާތުން ދައުވާ ފޯމުގައި ދައުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމަނާފައިވާ އަނން ސޮންގޕަންޔާ މިވަގުތަށް މި މައްސަލައިގައި ނުހިމަނާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ. އިސްލާމިކް ބޭންކުގެ މި އެދުމާއި ގުޅިގެން ސިވިލް ކޯޓުން އަނން ސޮންގޕަންޔ އާއާ ގުޅި ގޮތުން ހުށަހަޅާފައިވާ އެއްވެސްކަމަކާމެދު ގޮތެއް ކަނޑައަޅާފައިނުވާކަމަށ ސިވިލް ކޯޓުގް މައްސަލެ ނިމުނަ ގޮތުގު ރިޕޯޓުގެ 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުން ނ ންމި ގޮތް:
7ސިވިލް ސިވިލް ކޯޓުގެ ނަންބަރު: 2256/Cv-C/2019 ޤަ ޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ 20 މާރިޗް 2022 ގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ހުށަހެޅި ބަޔާން "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ލެޓަރ އޮފް އޮފަރ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އާއި ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 09 އޮކްޓޫބަރު 2017 ގައި ސޮއިކޮށްފައިވާ ބޭންކިންގ ފެސިލިޓީ އެގްރީމަންޓް 01/2017/3323/L396)-(MIB/FIN ގެ ދަށުން USD3,406,369.50 (ތިން މިލިއަން ހަތަރު ލައްކަ ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) ގެ މުރާބަހާ ޖެނެރަލް އެސެޓް ފައިނޭންސިންގ ފެސިލިޓީއެއް ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަމާއި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާގޮތަށް ފައިސާ ދައްކަމުން ނުދާކަމާއި، ޙުސައިންމަނިކު ދޮންމަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] (ބ.14135) އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތާއި ނުއުފުލޭ މުދާ ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާކަމާއި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ Gran Melia Huravee Maldives އެވެ ކިޔާ ރިސޯޓުގައި އިންސްޓޯލްކުރާ ރިވަރސް އޮސްމޮސިސް ޑީސެލިނޭޝަން ޕްލާންޓް 120 ޓީ.ޕީ.ޑީ (ދެ ޔުނިޓް) އަދި ސިވޭޖް ޓްރީޓްމަންޓ ޕްލާންޓް (އެއް ޔުނިޓް) ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީ އާ ގުޅިގެން ރަހުނުކޮށްފައިވާކަމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކޮމްޕެނީން ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ފައިނޭންސިންގ ފެސިލިޓީއަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާ ދައްކާފައިނުވާތީ، ފައިނޭންސިންގ ފެސިލިޓީ ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ ޚިލާފުވެފައިވާކަމާއި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީގެ ފައިސާ އެކުގައި އަދާކޮށް ފެސިލިޓީ އެކައުންޓް ބަންދުކުރެވެންދެން މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ޗެރިޓީގ ގޮތުގައެ ދައްކަންޖެހި ފައިސާ ދައްކަމުން ގެންދަން ޖެހޭނެކަމާއި، އެއްވެސް ޝަރުތަކާނުލައި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް އިސްލާމިކް ބޭންކް ލިމިޓެޑް ކޮމްޕެނީއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތް ހުރިހާ ބާވަތެއްގެ ދަރަނިތަކަށާއި ލައިބިލިޓީތަކަށާއި ޒިންމާތަކަށް އެއްވެސް މިންވަރެއް ކަނޑައެޅިފައިނުވާ ގޮތަށް ޙުސައިންމަނިކު ދޮންމަނިކު އާއި، މުޙައްމަދު ފަޔާޟް އާއި، މަރްޔަމް ޙަސަންމަނިކު ގެރެންޓީދީފައިވާކަމާއި، ޙުސައިންމަނިކު ދޮންމަނިކު އާއި، މުޙައްމަދު ފަޔާޟް އާއި، މަރްޔަމް ޙަސަންމަނިކު ދީފައިވާ ގެރެންޓީއަކީ ބޭންކުން ފެސިލިޓީއަށް ހޯދާފައިވާ އެހެން ގެރެންޓީތަކާއި ރަހުނުތަކުގެ އިތުރުން މުޅިން ވަކިން ހޯދާފައިވާ ވަކި އަދި މުސްތަޤިއްލު ގެރެންޓީއެއްކަމާއި، ޙުސައިންމަނިކު ދޮންމަނިކު އާއި، މުޙައްމަދު ފަޔާޟް އާއި، މަރްޔަމް ޙަސަންމަނިކުގެ މައްޗަށް އޮތް ޒިންމާއަކީ ބޭންކުން ފެސިލިޓީ ދޫކުރި ފަރާތުގެ މައްޗަށް ދައުވާކޮށް ފެސިލިޓީ ދޫކޮށްފައިވާ ފަރާތުން ބޭންކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ހައްޤުވެސ ބޭންކަށް ލިބިގެންވާކަމާއި، ގެރެންޓީ ދިން ފަރާތްތަކުގެ މައްޗަށް ދައުވާކޮށް އެ ފަރާތްތަކުގެ މައްޗަށް ޙުކުމް ތަންފީޖުކުރުމަކީ ފުރަތަމަ ރަހުނު ވިއްކާލުމަށްފަހު ކުރަންޖެހޭ ކަމެއްނޫންކަން ސާބިތުވާކަމަށް ކަނޑައަޅައި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއަށް 07 ސެޕްޓެންބަރު 2022 ގެ ނިޔަލަށް USD 2,569,261.06 (ދެ މިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ފަސްދޮޅަސް އެއް އެމެރިކާ ޑޮލަރު ހައެއް ސެންޓް) ދައްކަންޖެހި ނުދައްކައިވާކަމާއި، 07 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ޗެރިޓީގެ ގޮތުގައި USD 521,288.85 (ފަސް ލައްކަ އެކާވީސް ހާސް ދުއިސައްތަ އަށްޑިހަ އަށް އެމެރިކާ ޑޮލަރު އަށްޑިހަ ފަހެއް ސެންޓް) ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީއަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ އަދި ފައިނޭންސިންގ ފެސިލިޓީގެ ފައިސާ އެކުގައި އަދާކޮށް ފެސިލިޓީ އަކައުންޓް ބަންދުކުރެވެންދެން މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލ މިޓެޑ ކޮމްޕެނީއަށް ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މިއަދުން ފެށިގެން ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ދައްކަމުންގޮސް 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މި އެންމެހައި ފައިސާއެއް ދައްކައި ޚަލާސްކުރުމަށް ހުރަވީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ޙުސައިންމަނިކު ދޮންމަނިކ އާއު މުޙައްމަދު ފަޔާޟް އަދި މަރްޔަމް ޙަސަންމަނިކުއަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
8ސިވިލް ކޯޓުގެ މިހުކުމާއި ގުޅިގެން ހުރަވީ އިންޓަރނޭޝަނަލް އާއި ޙުސައިންމަނިކު ދޮންމަނިކުއާއި މަރްޔަމް ޙަސަންމަނިކު އަދި މުޙައްމަދު ފަޔާޟްގެ ފަރާތުން އެ ޙުކުމް މިކޯޓުގައި އިސްތިއުނާފުކުރަމުން ތިރީގައިވާ ނުކުތާތައް ހުށަހެޅިއެވެ. އިސްތިއުނާފީ ނުކުތާތައް:
9ސިވިލް ކޯޓގު ނަންބަރު 2256/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތްތަކުން އަންނަނިވި ނުކުތތައާ ހުށަހަޅް އެނުކުތާތަކާއި ބެހޭގޮތުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ؛
1.9.ދައުވާގައި ހިމެނި ފެސިލިޓީއަށް ގެރެންޓީ ދީފައިވާ އަނން ސޮންގޕަންޔާ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެދުމުގެ މަތިން ދަޢުވާއިން އުނިކުރުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެފަރާތަކީ މުޅި ފެސިލިޓީއަށް ގެރެންޓީ ދީފައިވާ ފަރާތެއްކަމަށް ރިޢާޔަތްކުރުމަކާނުލައި، އަދި ގެރެންޓަރެއް އުނިކުރުމުގެ ނަތީޖާއަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމަކާނުލައި، އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން އެފަދައިން އެދިފައިވާ އެދުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް އެކަމުގައި ހޯދުމަކާނުލައިކަމުގައިވާތީ، އެފަދައިން ގެރެންޓަރެއ ދަޢުވާއިން އުނިކޮށްފައިވަނީ މި މުޢާމަލާތަކުގައި ގެރެންޓީ ދިނުމަށްވެފައިވ އެއްބަސްވުމުގާ މަޤްސަދާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
2.9.ފެސިލިޓީ އެއްބަސްވުމުގެ ދަށުން ނަގާ ޗެރިޓީ ފައިސާއަކީ މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޝަރީޢާ ބޯޑުން ކަނޑައަޅާ ފަރާތްތަކަށް ސަދަގާތްކުރުމަށް އެއްބަސްވެފައިވާ އަދަދެއްކަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާއިރު، މިފައިސާއަކީ ފެސިލިޓީ އެކައުންޓް ބަންދުވަންދެން ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މިފައިސާއަކީ އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކްއަށް ލިބޭނެ ގެއްލުމަކާ ނުވަތަ އެފަރާތުގެ އެއްވެސ މަސްލަޙަތަކ ގުޅާ ފައިސާއެއްކަމުގައި ކަނޑައެޅުމެއްނެތިކަމުގައިވާތީ، މިފަދައިން އެއްވެސް އިމެއްނެތި އަދި މޯލްޑިވްސް އިސްލާމިކް ބޭންކް އަށް ލިބޭނެ ގެއްލުމަކާ ނުވަތަ ގެއްލިދާނެ މަސްލަހަތަކާ ގުޅުމެއްނެތް ގޮތެއްގައި ފައިސާ ނަގައިދީފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތަކގު ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.10.އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ޗެލެންޖްކުރަނީ އަނން ސޮންގޕަންޔާ ދަޢުވާއިން އުނިކުރުމަށް ނިންމި ނިންމުމާއިމެދުކަމަށެވެ. ސިވިލް ކޯޓަށް އިސްލާމިކް ބޭންކުން ހުށަހެޅި މައްސަލާގައި އަނޮންގ ސޮންގޕަންޔާ ދައުވާލިބޭ ފަރާތެއްގެ ގޮތުގައި ހިމެނިފައިވަނީ ދަޢުވާގައި ހިމެނޭ ފެސިލިޓީއަށް އަމިއްލަ ޙައިސިއްޔަތުން ގެރެންޓީ ދިން ފަރާތެއްގެ ގޮތުގައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށްވެސް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ ހަމަ މިގޮތަށްކަމަށެވެ. ގެރެންޓަރުންނާއެއްކޮށ އިސްލާމިކް ބޭންކނު ވެފައިވް ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެގްރީމަންޓްގައި ބަޔާންކޮށްފައިވަނީ ގެރެންޓަރުން އެކއެކީގައ އަދި ވަކިވަކިނު ފެސިލިޓީއަށް ޒިއްމާވާންޖެހޭނެކަމަށް ކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުންނާއި އަނޮންގ ސޮންގޕަންޔާއާއި ވަކިން ގެރެންޓީ އެގްރީމަންޓެއްގައި ސޮއިކޮށްފައިވީނަމަވެސް، ހުރިހާ ފަރާތްތަކުންވެސް ގެރެންޓީ ދީފައިވަނީ އެއް ފެސިލިޓީއަކަށްކަމަށެވެ.
2.10.މިގޮތުން މިމައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް 20 މާރިޗް 2022 ގައި އިސްލާމިކް ބޭންކުން ސިވިލް ކޯޓަށް ފޮނުވި ބަޔާނުގައި، އަނޮންގ ސޮންގޕަންޔާ މިވަގުތަށް މައްސަލައިގައި ނުހިމަނާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާކަމަށާއި، ނަމަވެސް މިފަދައިން އެދިފައިވަނީ ކޮން ސަބަބުތަކާ ގުޅިގެންކަން ނުވަތަ ކީއްވެގެންކަން އިސްލާމިކް ބޭންކުން ސާފުކޮށްދީފައިނުވާކަމަށެވެ. އަދި ސިވިލް ކޯޓުންވެސް އެކަން ސާފުކޮށްދީފައިނުވާކަމަށެވެ. އަދި މިބަޔާނާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހެއް ހޯދައި މިކަމަށް އެފަރާތްތަކަށް ޖވާބުދާރީވުމުގަ ފުރުސަތު ދީފައިނުވާކަމަށް އިތުރަށް ބުނެފައިވެއެވެ. އަދި އިސްލާމިކް ބޭންކުން މިފަދައިން އެދުނު އެދުމާއި ގުޅިގެން ސިވިލް ކޯޓުން މިމައްސަލައިގައި އަނން ސޮންގޕަންޔާއ ގުޅިގެނާ ހުށަހެޅުނު އެއްވެސްކަމެއްގައި ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާކަމަށ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށެވެ.
3.10.މީގެ އިތުރުން އަނޮންގ ސޮންގޕަންޔާއަކީ މުޅި ފެސިލިޓީއަށް އެކުއެކީގައި އަދި ވަކިވަކިން ގެރެންޓީ ދީފައިވާ ފަރާތެއްކަމުގައިވާއިރު، އެހެން ގެރެންޓަރުންގެ ރުހުމެއްނެތި ނުވަތަ އެއްބަސްވެފައިވާ ވަކިގޮތެއް އެންގުމެއްނެތި އަނން ސޮންގޕަންޔާ މިދައުވާއިން އުނކުރެވިދާނެކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ނުދެކޭކަމަށާއި، ގެރެންޓަރުން ގެރެންޓީ ދީފައިވަނީ އެކުއެކީގައި އަދި ވަކިވަކިން ކަމުގައިވާއިރު އެއް ގެރެންޓަރކަ މުޅި ދައުވާއިން އުނިވެގެން ދިއުމަކީ އަދި ހުކުމް ތަންފީޛުކުރުމުގެ މަރުހަލާގައި އެފަރާތުގެ މައްޗަށް ޙުކުމް ތަންފީޛުނުވުމަކ ދެނީ ގެރެންޓަރުންގެ މަސްލަހަތު ހިމެނޭކަމެއްކަމުގައިވާތީ އެކަމުގައި ދެން ތިބި ގެރެންޓަރުންގެ ބަހެއް އޮންނަންޖެހޭނެކަމަށެވެ. އަދި މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
4.10.އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ޗެލެންޖްކުރަނީ ފެސިލިޓީ އެކައުންޓް ބަންދުވަންދެން އިސްލާމިކް ބޭންކުގެ ޗެރިޓީ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނެކަމަށް ސިވިލް ކޯޓުން ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުންކަމަށެވެ. މިނުކުތާއަކީ ސިވިލް ކޯޓުގައި މިމައްސަލަ ހިނގަމުންދިޔައިރު ހުށަހަޅާފައިވާ ނުކުތާއެއްނޫންކަމަށާއި، އިސްތިއުނާފީ މަރުހަލާގައި އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވިދާނެ ހާލަތްތައް ނުވަތަ އައު ޤާނޫނީ ބަހސުއަކަށް ފުރުސަތު ހުޅުވާލެވިދާނެ ހާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/57 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް ބަޔާންކުރަމުން ބުނެފައިވަނީ ފެސިލިޓީގެ ދަށުން ނަގާ ޗެރިޓީ ފައިސާއަކީ އިސްލާމިކް ބޭންކަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަކާ ގުޅުމެއް ނެތް އަދި އެފަރާތުގެ އެއްވެސް މަސްލަޙަތެއް ނެތް ފައިސާއެއްކަމުގައިވާއިރު، އެފައިސާ ދެއްކުމަށް ލިމިޓެއ ނެތް ކަނޑައަޅާފައިވި ކަނޑައެޅުމަކީ އަދުލުއިންސާފުގެ ހަމައެއް ނޫންކަމަށާއި، މިއައ ޤާނޫނު ނުކުތާއަށް އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭނެކަމަށެވެ.
5.10.މިގޮތުން، އިސްތިއުނާފުކުރާ ފަރާތްތަކުން ސީދާ ޗެރިޓީ ފައިސާއަށް އޭގެ ޒާތުގައި އިއުތިރާޒް ނުކުރާކަމަށާއި އިޢުތިރާޒްކުރަނީ، ޗެރިޓީ ފައިސާއަކީ އަރަމުންދާ އެއްޗެއްގެ ގޮތުގައި ސިވިލް ކޯޓުން މާނަކުރައްވ ލޯނާ އެކައުންޓު ބަންދު ވަންދެން ޗެރިޓީ ފައިސާ ނަގައިދިނުމާއި ގުޅޭ ގޮތުން ކަމަށެވެ. މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭ ގޮތް:
11އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި ދަޢުވާލިބޭ އަނން ސޮންގޕަންޔާ ދަޢުވާއިން އުނިކުރުމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދީ، ޗެރިޓީ ފައިސާއަކީ ފެސިލިޓީ އެކައުންޓް ބަންދުވަންދެން ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވނަ ރަނގަޅަށް ނޫންކަމަށް ކަނޑައަޅާދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފ ރައްދުވު އިސްލާމިކް ބޭންކުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބާ ތަފްޞީލް ގޮތެއްގައި އިސްތިއުނާފީ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ޖަވާބު ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
12.1- އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާއާއި ގުޅިގެން އިޖްރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި އިޖްރާއީ ނުކުތާގައި ބުނެފައިވަނީ އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާއަކީ މުޅިން އަލަށް ހުށަހަޅާފައިވާ ޤާނޫނީ ބަހުސެއްކަމަށެވެ. އަދި މިއީ ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ފާހަގަކުރަން ފުރުސަތު ލިބި އެއްވެސް ވަރަކަށް ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމަށެވެ. އަދި މިއިޖްރާއީ ނުކުތާގެ ތަފްޞީލް އިސްތިއުނާފު ޖަވާބު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
12.2- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ މައުޟޫއީ ޖަވާބުގައި އިސްލާމިކް ބޭންކުގެ ފަރާތުން ބުނެފައިވަނީ އިސްލާމިކް ބޭންކުގެ ފަރާތުން އަނން ސޮންގޕަންޔާ ސިވިލް ކޯޓުގެ ދަޢުވާ ފޯމުން އުނިކުރުމަށް އެވަގުތައް އެދިފައިވަނީ 20 މާރިޗް 2022 ގައި ހުށަހެޅި ބަޔާނުގައިކަމަށާއި، މިއީ އެއްވެސް ހާލެއްގައި އެފަރާތުގެ މައްޗަށް ފަހުން ދަޢުވާ ނުކުރުމަށް ނިންމި ނިންމުމެއް ނޫންކަމަށެވެ. އަދި މިއީ އެފަރާތުގެ މައްޗަށް ފަހުން ދަޢުވާކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ސަބަބެއްނޫންކަމަށވެ. އިސްލާމިކް ބޭންކުގެ ފަރާތުން އަނން ސޮންގޕަންޔާ އުނިކުރުމަށް އެދުނީ ގެރެންޓީ އެއްބަސްވުމުގައިވާ ސޮޔަކީ އަނން ސޮންގޕަންޔާގެ ސޮއި ނޫންކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިނުކުރާކަމަށް އެފަރާތުގެ ޤާނޫނީ ވަކީލު އިސްލާމިކް ބޭންކަށް މަޢުލޫމާތު ދީފައިވާތީ އެކަން ތަޙްޤީޤް ކުރުމަށްކަމަށާއި، އަނން ސޮންގޕަންޔާ ހިމަނައިގެން މައްސަލަ ކުރިއަށް ގެންގޮސްފިނަމަ ފެސިލިޓީ އާއި ރަހުނު ސާބިތު ކުރުމުގެ މައްސަލަ އިތުރަށް ލަސްވެގެން ދާނެތީކަމަށެވެ. މިކަންކމުގަ ތަފްސީލްތައް ބަޔާންކުރަމުން ބުނެފައިވަނީ ގެރެންޓީދީފައިވާ އެންމެންގެ މައްޗަށް އެކު އެކީގައި ދައުވާކުރުމާއި ވަކިވަކިން ދައުވާކުރުމަކީ ނުވަތަ ވަކި ވަކިން ތަންފީޛުކުރުމަކީ އިސްލާމިކް ބޭންކަށް ލިބިގެންވާ ޙައްޤެއް ކަމަށާއި، ގެރެންޓީ ދީފައިވާ އެންމެންގެ މައްޗަށް އެކީގައި ދަޢުވާކުރުމަކީ އިސްލާމިކް ބޭންކުގެ މައްޗަށް ލާޒިމްކަމެއް ނޫންކަމަށާއި މިކަމަށް ގެރެންޓަރުންވަނީ އެއްބަސްވެ ފައިކަމަށެވެ. އެހެންކަމުން އަނން ސޮންގޕަންޔާ ދަޢުވާއިން އުނިކުރުމަކީ ގެރެންޓީ އެއްބަސްވުމުގެ މަޤްސަދާ ޚިލާފުކަމެއްނޫންކަމަށާއި، އެފަރާތް ވަކި ކުރުމަށް ދެން ތިބި ގެރެންޓަރުންގެ ރުހުން ނުވަތަ ބަހެއްވެސް ބޭނުމެއް ނުވާނެކަމަށެވެ.
12.3 އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްލާމިކް ބޭންކުން ބުނެފައިވަނީ އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ހުސޫމާތް އުފައްދާފައިވަނީ ވަކި ލިމިޓެއ ނެތް ޗެރިޓީ ފައިސާއަކީ ފެސިލިޓީ އެކައުންޓް ބަންދުވަންދެން ދައްކަންޖެހުމުގެ މައްޗަށްކަމަށާއި، މިކަންކަމުގެ ތަފްސީލް އިސްތިއުނާފީ ޖަވާބު ފޯމުގައި ބަޔާންކުރަމުން ބުނެފައިވަނީ ޗެރިޓީގ ގޮތުގައެ ދައްކާ ފައިސާއަކީ އިސްލާމިކް ބޭންކްގެ އާމްދަނީއަށް ވަންނާނެ ފައިސާއެއްނޫންކަމަށާއި، އެފައިސާއަކީ އިސްލާމިކް ބޭންކަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށް ނުވަތަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގާ ފައިސާއެއްނޫންކަމަށާއި، އަދި އެއީ ފެސިލިޓީއަށް ގަވައިދުން ފައިސާ ނުދައްކާތީ އިސްލާމިކް ބޭންކަށް ޖޫރިމަނާއެއްގެ ގޮތުގައި ނުވަތަ އަދަބެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްވެސް ނޫންކަމަށެވެ. އެހެންކަމުން ޗެރިޓީ ފައިސާއަކީ އެކައުންޓް ބަންދުވަންދެން ދައްކަންޖެހޭ ފައިސާއެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށެވެ. އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ ފަރާތުން އެދޭގޮތް:
13އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފީ ދެ ނުކުތާއަކީވެސް ހައިކޯޓުން ބަލައިގަނެ އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކެއް ނޫންކަމަށް ކަނޑައަޅާދެއްވުމަށާއި، އަނން ސޮންގޕަންޔާ ދަޢުވާއިން އުނިކުރުމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްދެއްވުމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، ޗެރިޓީ ފައިސާއަކީ ފެސިލިޓީ އެކައުންޓް ބަންދުވަންދެން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވަނީ ގޯސްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ އަނން ސޮންގޕަންޔާގް ފަރާތުން ދެއްކި ވާހަކަތައް :
14އިސްތިއުނާފު ރައްދުވާ އަނން ސޮންގޕަންޔާގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގު ތަފްޞީލްތައް އިސްތިއުނާފީ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ޖަވާބު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.14- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ އަނން ސޮންގޕަންޔާގެ ފަރާތުން ގެރެންޓީ ދިނުމުގެ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާނެކަމަށާއި އިސްލާމިކް ބޭންކުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެކަން އިސްލާމިކް ބޭންކުގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށެވެ. އަދި އިސްލާމިކް ބޭންކާއި އިސްތިއުނާފު ރައްދުވާ އަނން ސޮންގޮޕަންޔާގެ ފަރާތުން ބޭރުގައި ވާހަކަ ދެއްކުމަށްފަހު، އިސްލާމިކް ބޭންކުން ހުށަހަޅާފައިވާ ދަޢުވާއިން އިސްތިއުނާފު ރައްދުވާ އަނން ސޮންގޕަންޔާ އުނިކުރަން ނިންމިކަމަށެވެ. އަދި މިކަން އިސްތިއުނާފުކުރާ ފަރާތްކަށްވެސް އެނގޭނެކަމަށެވެ. މި މުމާޢާލަމާތަކީ އަނޮންގ ސޮންގޕަންޔާގެ ބައިވެރިވުމެއް އޮވެގެން ހިނގާފައިވާކަމެއް ނޫންކަމަށެ ވެ. މިކަންކަމުގެ ތަފްސީލްތައް އިސްތިއުނާފު ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ އަނން ސޮންގޕަންޔގެ ފަރާތުނާ އެދޭގޮތް:
15އިސްތިއުނާފު ރައްދުވާ އަނން ސޮންގޕަންޔާގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2256/Cv-C/2019 ޤަޟިއްޔާގެ ނިންމުމުގައި އިސްތިއުނާފު ރައްދުވާ އަނން ސޮންޕަންޔާ ދައުވާއިން އުނިކުރުމަށް ނިންމަވާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއް ނޫންކަމަށް ކަނޑައަޅުއްވާދެއްވައި، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި އެޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށްދެއްވައ މައްސަލި ނިންމަވައިދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2256/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ އ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ: ދަޢުވާގައި ހިމެނޭ ފެސިލިޓީއަށް ގްރެންޓީ ދީފައިވާ ފަރާތެއް އުނިކުރުން:
17މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކުރަނީ، މިފެސިލިޓީއަށް ގެރެންޓީ ދިން ފަރާތެއް ކަމަށްވާ އަނން ސޮންގޕަންޔާ މިދަޢުވާއިނ އުނިކޮށް މި ދަޢުވާ ދަށު ކޯޓުން ކުރިއަށް ގެންދިއުން ރނަ ގަޅުނޫން ކަމަށެވެ. މިގޮތުން ބަޔާންކުރަނީ؛
1.17. އަނން ސޮންގޕަންޔ އަކާ މުޅި ފެސިލިޓީއަށް ގެރެންޓީ ދިންފަރާތެއްކަމަށ ދަށް ކޯޓުން ރިޢާޔަތްނުކުރާ ކަމަށެވެ.
2.17. އަނން ސޮންގޕަންޔާއަކ ގެރެންޓީ ދިނީ ފަރާތެއް ކަމަށްވާއިރު، ގެރެންޓީދިން ފަރާތެއް އުނިކުރުމުގެ ނަތީޖާއަށް ރިޢާޔަތްކޮށްފައި ނެތްކަމަށެވެ.
3.17. އިސްލާމިކް ބޭންކުގެ އެދުމުގެ މަތިން އަނން ސޮންގޕަންޔާ މިދަޢުވާއިން އުނިކުރިއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިން ބަހެއް ހޯދާފައި ނެތުމުން، ގެރެންޓީ ދިން އެއްބަސްވުމުގެ މަޤްޞަދު ގެއްލިފައިވާކަމަށެވެ.
18HN1އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން، ޙުސައިންމަނިކު ދޮންމަނިކާއި، މުޙައްމަދު ފަޔޟާ އާ މަރިޔަމް ޙަސަންމަނިކު ސޮއިކޮށް، އނި ގިލީގެ ނިޝާން ޖަހާފައިވާ އޮތް "ޖޮއިންޓް އެންޑް ސެވެރަލް ގެރެންޓީ އެގްރީމެންޓް" ގެ 10 ވަނަ ނުކުތާގައި ބަޔާންކުރަނީ؛ (JOINT AND SEVERAL GUARANTEE AGREEMENT) MIB/FIN-01/2017/3323/L397 “…This agreement and all of the rights and duties of the Beneficiary and the undersigned shall be governed and interpreted in accordance with the laws of Maldives.” މިފަދައިންނެވެ. ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގައި ބަޔާންކުރަނީ؛ ހުރިހާ ބައިވެރިން 26. ކޮންޓްރެކްޓްގައި، ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި އެކުގައިއަދިވަކިވަކިން ނުވާނަމަ، ކޮންޓްރެކްޓެއްގެ ބައިވެރިން ދަރަންޏާމެދު ނުވަތަ މަސްއޫލުވުން ކުރަންޖެހޭ ކޮންމެ ކަމަކާމެދު ހުރިހާ ބައިވެރިން އެކުގައިވެސް، އަދި އެކި ބައިވެރިން ވަކިވަކިންވެސް މަސްއޫލުވާން ޖެހޭނެއެވެ. މިފަދައިންނެވެ. ޙަވާލާދެވުނު އެގްރީމެންޓްގައި ބަޔާންކުރަނީ "ހުރިހާ ބައިވެރިން އެކުގައިވެސް، އަދި އެކި ބައިވެރިން ވަކިވަކިންވެސް މަސްއޫލު" ވާނެ ކަމަށެވެ.
19HN2ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 26 ވަނަ މާއްދާ ބަޔާންކުރާގޮން ކންޓްރެކްޓެއްގޮ ބައިވެރިން ދަރަންޏާމެދު ނުވަތަ ކުރަންޖެހޭ ކަމަކާމެދު ތަފާތު 03 ގޮތަކަށް މަސްއޫލިއްޔަތު އުފުލަންޖެހިދާނެއެވެ. މިކަން ބިނާވަނީ ވެފައިވާ އެއްބަސްވުމުގެ މައްޗަށެވެ. މިގޮތުން، އެއްބަސްވުމުގެ ބައިވެރިން "އެކުގައި" )ointJ( ނޫނީ "ވަކިން" )everalS( ނުވަތަ "އެކުގައި އަދި ވަކިން" everal)S oint andJ( މަސްއޫލިއްޔަތު އުފުލަންޖެހި ދާނެއެވެ.
1.19. "އެކުގައި" މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތު ކުރިމަތިވާނީ، ދެއެއް ނުވަތަ އެއަށްވުރެ ގިނަ މީހުން، އެއްކަމެއް ކުރުމަށް އެކުގައި ވަޢުދު ވުމުންނެވެ. އޭރުން އޮންނާނީ، އެންމެ މަސްއޫލިއްޔަތެއް ނުވަތު އެންމެ ވަޢުދެކެވެ. ނަތީޖާއަކީ، އޭގެތެރެއިން އެކަކުވިޔަސް އެވަޢުދު ފުއްދައިފިނަމަ، ދެންތިބިމީހނު އެކަމުން ވީއްލިގެން ދިއުމެވެ. ވީމާ، އެންމެން އެކުގައި އެއްކަމަކަށް ވަޢުދުވުމުން، އުފެދޭ މަސްއޫލިއްޔަތަކީ އެކަތިގނަ ޑެއްގެ ގޮތުގައި އޮންނަ އެއް މަސްއޫލިއްޔަތެވެ.
ޤާނޫނު ނަންބަރު 91/4
2.19. "ވަކިން" މަސްއޫލިއްޔަތު އުފުލާންޖެހޭ ޙާލަތަށް ބަލާއިރު، މިޙާލަތު ކުރިމަތިވާނީ، ދެއެއް ނުވަތަ އެއަށްވުރެ ގިނަ މީހުން، އެހެންމީހަކަށް ވަކިވަކިން ވަޢުދުވާ ޙާލަތުގައެވެ. އެކުގައިވާ ވަޢުދާއި ޚިލާފަށް، މިޙާލަތުގައި ވުޖޫދުވާނީ އެއް ވަޢުދަށްވުރެ ގިނަ ވަޢުދު ނޫނީ އެއްމަސްއޫލިއްޔަތަށްވުރެ ގިނަ މަސްއޫލިއްޔަތެވެ. މިގޮތުން، އެ ކަމެއްގައި ވަކިވަކިން ވަޢުދުވާ ކޮންމެ މީހަކު އެވަނީ އެކަމުގައި އެހެން މީހުން ވާ ވަޢުދާއި ވަކިން އޮންނަ ވަޢުދެކެވެ. މިޙާލަތުގައި، ވަކިވަކިން ވަޢުދުވީ މީހުންގެ ތެރެއިން، ވަކިން ކޮންމެ މީހަކުގެ ފަހަތންވެސް މުޅި މަސްއޫލިއްޔަތު އުފުލުމަށް ދެވިދާނެއެވެ.
3.19. "އެކުގައި އަދި ވަކިން" މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތަކީ، އެކުގައި މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތާ ތަފާތު ޙާލަތެކެވެ. އެކުގައި އަދި ވަކިން މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތު ކުރިމަތިވަނީ، ދެއެއް ނުވަތަ އެއަށްވުރެ ގިނަ މީހުން، އެއްކަމެއް ކުރުމަށް އެކުގައި ވަޢުދުވުމާއިއެކު، ހަމަ އެކަން ކުރުމަށް އެއިން ކޮންމެ މީހަކު ވަކިވަކިން ވަޢުދުވާތީއެވެ. މިޙާލަތުގައި، އެންމެން އެކުގައި އުފުލާންޖެހޭ މަސްއޫލިއްޔަތެއް އޮތުމާއެކު، ހަމަ އެމަސްއޫލިއްޔަތު އުފުލުމަށް ވަކިވަކިން އޮންނަ ޒިންމާތަކެއްވެސ އުފަން ކުރުވައެވެ.
20HN3މަތީގައި ބަޔާންކުރެވުނު ތިން ޙާލަތުގައިވެސް، ވަޢުދާއި އެއްގޮތަށް ޢަމަލު ކުރާމީހ ނުވަތާ މީހުންނަށްއެ ވަޢުދާއި އެއްގޮތަށް ޢަމަލުނުކުރާ ފަރާތުގެ ފަހަތުން ދެވިދާނެއެވެ. ނަމަވެސް އަރަނިވެރިޔާއަށް ވަޢުދުވީ މީހުންގެ ތެރެއިން، ވަކިވަކި މީހުންގެ ފަހަތުން ދިއުން ނުވަތަ އެ ހުރިހާ އެންމެންގެ ފަހަތުން ދިއުމަކީ މިނިވަންކަން އޮތް ކަމެކެވެ. ވަޢުދުވީ ގޮތާއި އެއްގޮތަށް ޢަމަލު ކުރުވުމަށ ދާން ކާކުގެ ފަހަތުންތޯ ނުވަތަ ކޮންބައެއްގެ ފަހަތުންތޯ ޚިޔާރު ކުރުމަކީ އަރަނިވެރިޔާއަށް އޮތް މިނިވަންކަމެކެވެ.
21ހުށަހެޅިފައިވާ މައްސަލައިގައި، ދީފައި އޮތް ގެރެންޓީއަކީ "އެކުގައި އަދި ވަކިން" (Joint and Several) ދީފައިވާ ގެރެންޓީއެއްކަން ޙަވާލާދެވުނު އެއްބަސްވުމުން ސާފުވެއެވެ. ވީމާ، ގެރެންޓީ ދިން މީހުންގެ ތެރެއިން، ކޮންމެ މީހަކީވެސް ވަކިން އެއްބަސްވުމުގައިވާ ގޮތަށް ޒިންމާ ކުރެވޭނެ މީހަކަށްވާތީ، ގެރެންޓީ ދިން މީހުންގެ ތެރެއިން ވަކި މީހަކު ދަޢުވާއިން އުނިކުރުމަކީ އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. ގެރެންޓީ ދިންމީހުންގެ ތެރެއިން ވަކި މީހަކު ދަޢުވާއިން އުނިކުރުމުގެ ސަބަބުން، ގެރެންޓީދިން މީހުންގެ ތެރެއިން ދެންތިބި މީހުންނަށް ގެއްލުންވާކަމަށް ޤަބޫލުކުރެވޭނަމަ، އެކަމަކީ، ގެރެންޓީދިން މީހުން އެއްބަޔަކު އަނެއްބަޔަކަށް ހަމަޖައްސަންޖެހޭ އިސްތިއުނާފު ރައްދުވާ ބޭންކާއި ގުޅުމެއް ނެތް މައްސަލައެކެވެ. އެހެނީ، މިމައްސަލައިގައި، ގެރެންޓދިނީ މީހުންގެ ތެރެއިން، ކޮންމެ މީހަކީވެސް އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ މަސްލަޙަތުގައި މުޅި ދަރަންޏަށް ޒިންމާވާންޖެހޭ މީހެކެވެ.
22އިސްތިއުނާފީ މިނުކުތާއާއި ގުޅިގެން، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުމަށް އަސަރެއް ކުރާނެ ޤާނޫނީ ގޯހެއް ނެތެވެ. އަނން ސޮންގޕަންޔގާ ފަރާތުން ދެއްކި ވާހަކާ:
23HN4މި އިސްތިއުނާފާއި ގުޅިގެން، އަނން ސޮންގޕަންޔގާ ފަރާތުން، ދެއްކި ވާހަކަތަކުގައި، ދަޢުވާގައި ބަޔާންކުރާ ފެސިލިޓީ އާއި ގުޅިގެން އޭނާ ގެރެންޓީދީފައި ނުވާނެކަމަށް ބުނެއެވެ. އަދި އޭނާގެ ފަރާތުން ބަޔާންކުރާ ގޮތުން، އޭނާ ގެރެންޓީ ދިންކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ އެގްރީމެންޓްގައި އޮތް ސޮޔަކީ އޭނާ ކުރި ސޮއެއް ނޫނެވެ.
24ނަމަވެސް މި ޙަޤީޤަތްތަކަކީ، އެކަމުގެ ތެދު ދޮގު ބެލިފައިވާ ޙަޤީޤަތްތަކެއް ނޫނެވެ. އަދި އެކަން މިމަރުޙަލާގައި ބަލައި ތަޙްޤީޤު ކުރުމަކީ މިކޯޓަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ، މި ދަޢުވާއިން އަނން ސޮންގޕަންޔާ ވަކި ކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންކުގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވާ އެދުމާއި ގުޅިގެން، އަނން ސޮންގޕަންޔާ މިދަޢުވާއިން ވަކިކޮށްފައިވަނީ، އޭނާ މި ފެސިލިޓީ އާއި ގުޅިގެން މަސްއޫލިއްޔަތު އުފުލާންނުޖެހޭ ގޮތަކަށް ކަމެއް މި މަރުޙަލާގައި ނުނިންމޭނެއެވެ. ސަބަބަކީ، އެނުކުތާއަކީ ދަށު ކޯޓުގައި އަނޮނު ސޮނގޕަންޔް ގ ފަރާތުން ވާހަކަ ދެއްކި ނުކުތާއެއް ކަމުގައި ނުވާތީއެވެ. ޗެރިޓީ ފައިސާ އާއިގުޅޭ:
25HN5އިސްތިއުނާފުކުރާ ހުރަވީ އިންޓަނޭޝަނަލްގ އެދުމުގެ މަތިން، އިސްތިއުނާފު ރައްދުވާ އިސްލާމިކް ބޭންއިން "މުރާބަހާ ޖެނެރަލް އެސެޓް ފައިނޭންސިން ފެސިލިޓީ" ހަމަޖައްސާފައިވަނީ ވަކި ޓރާ މްސް ތަކަކާއި ކޮންޑިޝަންސް ތަކެއްގެ މައްޗަށެވެ. މިކަން އިސްލާމިކް ބޭންކް އިން ފޮނުވި އޮފަރ ލެޓަރ އާއި ދެފަރާތުން ވެފައިވާ އެއްބަސްވުމުން އެނގެއެވެ.
26ބަޔާންވެދިޔަ އޮފަރ ލެޓަރ ގެ 12 ވަނަ ނަންބަރާއި ޙަވާލާދެވުނު އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، މިފެސިލިޓީގެ ޝެޑިއުލްއާ އެއްގޮތަށް ފައިސާ ނުދެއްކި ލަސްވެގެންދާ ޙާލަތުގައި، ނުދެއްކި ފައިސާއެއް އޮންނަ ޙާލަތުގައި، ޗެރިޓީ ފަންޑަށް ފައިސާ ޖަމާކުރުމުގެ ޒިންމާއާ ޙަވާލުވެފައި އެބަވެއެވެ. މިފައިސާ ދައްކަންޖެހޭ ގޮތާއި މިންވަރު މިދެންނެވި ލިޔުންތަކުން ސާފުވެއެވެ.
27ވީމާ، ފެސިލިޓީ އަށް ފައިސާ ނުދައްކާ އޮންނހައަ ހިނދަކު، އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ޗެރިޓީ ފަންޑަށް ފައިސާ ދައްކަންޖެހޭނެއެވެ. އެއީ ދެފަރާތުން އެއްބަސްވި ގޮތެވެ. މައްސަލަ ނިންމުން:
28ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2256/Cv-C/2019 ޤަޟިއްޔާގެ ނިންމުމަ ށ ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ. 01/2017/3323-MIB/FIN (01 އޮކްޓބަރޯ 2017) އޮފަރ ލެޓަރއާގުޅޭ 01/2017/3323/L396-MIB/FIN ބޭންކިން ފެސިލިޓީ އެގްރީމެންޓް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
30މިދެމައްސަލައިގައ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
20. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.