ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/504

ޚަދީޖާ އިބްރާހީމް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕވޓ ލޓޑ

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 10 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 2600/Cv-C/2018ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2600/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/93 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ތިންވަނަ ފަރާތަކަށް ބޭންކުން ދޫކުރި ލޯނަކަށް އިސްތިއުނާފުކުރި ފަރާތުގެ ބިން ރަހުނުކޮށް އެ ލޯނަށް އޭނާ ޒިންމާވާގޮތަށް ސޮއިކުރި ފަރާތަށް އޭނާގެ ފަރާތުން ޕަވަރ އޮފް އެޓާރނީއެއް ދީފައިވާކަން ބޭންކުން ހުށަހެޅި ލިޔުމުން ޘާބިތުވޭތޯ، އަދި އެގޮތަށް ސޮއިކުރި ރަހުނު އެގްރިމެންޓުގެ މައްޗަށް ބިނާކޮށް އޭނާ ލޯނަށް ޒިންމާކޮށް ބިން ވިއްކުމުގެ ހުއްދަ ދެވޭތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (އިސްތިއުނާފުކުރި ފަރާތް ލޯނަށް ޒިންމާވާކަމަށާއި ބިން ރަހުނުވެފައިވާކަމަށް ކަނޑައެޅި ބައި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އެހެނިހެން › ރަހުނު ހިމެނޭ ލޯނުގެ މައްސަލަ

HN1 ޕަވަރ އޮފް އެޓާރނީއެއް ދިންކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެ ޕަވަރ އޮފް އެޓާރނީ ދީފައިވާކަން ޝަރީޢަތުގައި ޘާބިތުކޮށްދޭންޖެހެނީ އެއަށް ބިނާކޮށް ދަޢުވާކުރާ ފަރާތުންނެވެ.

HN2 އެގްރިމެންޓު ކޯޓުގައި ރަޖިސްޓްރީކުރުމަށް ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ނުހިމެނޭ، އަދި ދަޢުވާގައި ޙަވާލާދޭ މުޢާމަލާތާ (ލޯނާ) ގުޅުމެއް ނެތް ޕަވަރ އޮފް އެޓާރނީއަކުން، ޕްރިންސިޕަލްގެ ބިން ރަހުނުކޮށް ތިންވަނަ ފަރާތެއްގެ ލޯނަށް ޒިންމާވުމުގެ ބާރު އެޖެންޓަށް ދީފައިވާކަން ޘާބިތެއް ނުވެއެވެ.

HN3 ޕަވަރ އޮފް އެޓާރނީއެއްގެ ދަށުން ސޮއިކުރިކަމަށް ބުނާ ރަހުނު އެގްރިމެންޓަކަށް ބިނާކޮށް، އެ ޕަވަރ އޮފް އެޓާރނީއިން ސޮއިކުރުމުގެ ބާރު ޘާބިތުނުވާނަމަ، ބިމުގެ ވެރިފަރާތް ލޯނަށް ޒިންމާވާކަމަށާއި ބިން ރަހުނުވެފައިވާކަމަށް ކަނޑައަޅާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހެއެވެ.

HN4 (ފަނޑިޔާރު ޙުސައިން ޝަހީދުގެ ތާއީދީ ރައުޔު) ޞައްޙަ ބާރެއް ނެތި ޕްރިންސިޕަލްގެ ފަރާތުން އެޖެންޓަކު ސޮއިކުރާ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުމެއް ކަމުން، އެއަށް ބިނާކޮށް ޝަރުޢީ ނުވަތަ ޤާނޫނީ އެއްވެސް ނިންމުމެއް ނިންމޭނެ ނޫނެވެ.

HN5 (ފަނޑިޔާރު ޙުސައިން ޝަހީދުގެ ތާއީދީ ރައުޔު) އެޖެންޓަށް ޢަމަލުކުރެވޭނީ ޕަވަރ އޮފް އެޓާރނީގައި ޕްރިންސިޕަލް ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ؛ ޕަވަރ އޮފް އެޓާރނީގައި ދީފައިނުވާ ބާރެއް ބޭނުންކޮށް އެޖެންޓް ކުރާ ކަމަކަށް ޕްރިންސިޕަލް ޒިންމާވާކަށް ނުޖެހެއެވެ. އަދި ރަހުނު (mortgage) އާއި ކަފާލާ (guarantee) އަކީ ޤާނޫނީގޮތުން ތަފާތު ދެ މާނައެކެވެ.

HN6 (ފަނޑިޔާރު ޙުސައިން ޝަހީދުގެ ތާއީދީ ރައުޔު) ވަކާލާތު ޙަވާލުކުރާ މީހާ، ޙަވާލުކުރެވޭ މީހާ، ޙަވާލުކުރެވޭ ކަންތައް، އަދި ޞީޣާގެ ޝަރުޠުތައް ފުރިހަމަނުވާ ޕަވަރ އޮފް އެޓާރނީއަކީ މާލީ އިދާރާއަކުން ބަލައިގަނެ ބޮޑު މާލީ މުޢާމަލާތެއް ހިންގުމަށް އެކަށޭނަ ލިޔުމެއް ނޫނެވެ؛ ތިންވަނަ ފަރާތެއްގެ ޙައްޤު ހިމެނޭ ބޭންކު މުޢާމަލާތުތަކުގައި ބަލައިގަންނަ ލިޔެކިޔުން ހުންނަންޖެހޭނީ ސާފުކޮށް އެނގޭނެހެން ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެގެންނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޙުސައިން ޝަހީދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް މީގެފަހުން (MCB) އާއި […] /މާލެ ޢލްމާޢު ޙުސައިނި އިބްރާހީމްއާ ދެމެދު ލޯނު އެގްރމެންޓެއްގައި ސޮއިކޮށް […] / މާލެ ޚަދީޖާ އިބްރާހީމްދީދީގެ ނަމުގައި އޮތް 'މ.ރ ންނާ' (ރަޖިސްޓްރީ ނަންބަރު: އ.3610) އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަހުނުކުރުމަށްފަހު MCB އިން، ޢިލްމާއު ޙުސައިން އިބްރާހީމްއަށް 12 ފެބްރުވަރީ 2018 އާ ހަމައަށް ދޫކޮށްފައިވާ ދިވެހި ރުފިޔާގެ މީޑިއަމ ޓަރމް ލޯނަށް ޕްރިންސިޕަލް އަދަދާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 2,303,992.74ރ. (ދެމިލިއަން ތިންލައްކަ ތިން ހާސް ނުވަސަތޭކަ ނުވަދިހަ ދޭއް ރުފިޔާ ހަތްދިހަ ހަތަރު ލާރި) ދައްކައިފައިނުވާކަމަށް ބުނެ MCB އަށް ޢިލްމޢާ ޙުސައިން އިބްރާހީމް އާއި ޚަޖީޖާ އިބްރާހީމްދީދާ ދައްކަންޖެހޭ ކަމަށް ބުނާ ފައިސާއާއި ޤާނޫނީ މަސައްކަތުގެ ފީއަށްވާ 82,079.85ރ. (އަށްޑިހަ ދެހާސް ހަތްދިހަނުވަރުފިޔާ އަށްޑިހަ ފަސްލާރި) އާއި އެހެނިހެން ޚަރަދާއި ގެއްލުމުގެ ބަދަލު ޢިލްމޢާ ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމްދީދީގެ ކިބައިން ހޯދުމަށް އެދި MCB ގެ ފަރާތުން ޢލްމި ޢާ ޙުސައިން އިބްރާހމީ އާއި ޚަދީޖާ އިބްރާހީމްދީދީގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވެއެވެ.

2MCB ގެ ފަރާތުން ހުށަހެޅި ބުނެވުނު މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2018-00/Cv26 ޤަޟިއްޔާއިންނެވެ. މިއީ، ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނޫންކަމަށ ބުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] / މާލެ ޚަދީޖާ އިބްރާހީމްދީދީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ MCB އެވެ.

ސިވިލް ކޯޓުގައި ދަޢުވާލިބޭ ފަރާތުން ދެއްކި ވާހަކަތައް

3MCB ގެ ފަރާތުން ހުށަހެޅި ދަޢުވާއާ ގުޅިގެން ދަޢުވާލިބޭ ޢިލްމޢާ ޙުސައިން އިބްރާހީމްގެ ފަރާތުނީ ސިވިލް ކޯޓުގައި ބުނެފައިވަނީ، އޭނާ ބޭންކުން ނަގާފައިވާ ފައިސާ ބޭންކުން އެދޭގޮތަށް ދެއްކުމުގެ ޤާބިލުކަން ނެތުމުން ލުއިގޮތެއް ހަމަޖައްސައިދީފިނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށެވެ. ދަޢުވާލިބޭ ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، ދަޢުވާގައި ބަޔާންކުރާ ކްރެޑިޓް ފެސިލިޓީ ދޫކުރުމަށްޓަކައި، ޚަދީޖާ އިބްރހީމްދީދާ ގެ އެއްވެސް މުދަލެއް ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާކަނ މައްސަލް ހުށަހެޅުމުގަ ކުރިން އެނގިފައި ނުވާކަމަށާ، ދަޢުވާގައި ހިމެނޭ ރަހުނު އެއްބަސްވުމަކީ ޚަދީޖާ އިބްރާހީ މދީދް ސޮއިކޮށްފައިވާ އެއްބަސްވުމެއް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ހުށަހެޅި ޕަވަރ އޮފް އެޓާރނީއަކީ، ޚަދީޖާ އިބްރާހީމްދީދީ ސޮއިކޮށްފައިވް ލިޔުމެއް ނޫންކަމަށެވެ.

ސިވިލް ކޯޓުން ނިންމިގޮތް

4ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤޟިއްޔަ އާ ކޯޓުން ބެލުމަށްފަހު ނިންމާފައިވަނީ، "ޢިލްމީ ޢާ ޙުސައިން އިބްރާހީމްގެ އެދުމަކަށް ދަ މޮރިޝަސް ކޮމަރު ޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ނަންބަރ SDW13/000562 (03 އޮކްޓބަރޯ 2013) ކްރެޑިޓް ފެސިލިޓީ އެގްރީމަންޓްގެ ދަށުނި 2,000,00.00ރ. (ދެމިލިއަން ރުފިޔާ) ގެ މީޑިއަމ ޓަރމް ލޯނެއް ޢިލްމޢާ ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާކަން އެނގޭކަމަށެވެ. އަދި މި ލޯނާ ގުޅިގެން […] / މާލެ ޚަދީޖާ އިބްރާހީމްދީދީ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" (ރަޖިސްޓްރީ ނަންބަރު: އ. 3610) އެވެ ކިޔުނު ގޯއްޗާއި ޢިމާރާތް، މި ލޯނު ދޫކުރުމާ ގުޅޭގޮތުން ސޮއި ކޮށްފައިވާ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-CV އެގްރި މެންޓުގެ ދަށުން ރަހުނުކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢިލްމޢާ ޙުސައިން އިބްރާހީމް ބޭންކަށް ފައިސާ ދައްކާފައިނުވާތީ، 12 އޯގަސްޓް 2018 އާ ހަމައަށް 2,436,828.73ރ. (ދެ މިލިއަން ހަތަރު ލައްކަ ތިރީސް ހަހާސް އަށްސަތޭކަ އަށާވީސް ރުފިޔާ ހަތްދިހަ ތިންލާރި) ލޯނުގެ ބާކީގެ ގޮތުގައި މިހާރު ދައްކަންޖެހި ނުދައްކައިވާކަމަށާއ މި އެއްބަސްވުންތަކުގެ ދަށުން ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހުނު ޤާނޫނީ ޚަރަދުތަކަށް ޢިލްމޢާ ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމްދީދީ ޒިންމާވާންޖެހޭކަމަށާއ އަދި މި ފަރާތްތަކުގެ މެދުގައި ވެފައިވާ ފެސިލިޓީ އަދި ރަހުނު އެއްބަސްވުމުގެ ދަށުން މި ފައިސާއަށް ޢިލްމޢާ ޙުސައިން އބްރާހީމި އާއި ޚަދީޖާ އިބްރާހީމްދީދީ އެކުއެކީގައި ޒިންމާވާންޖެހޭނެކަމާއި، މި އެއްބަސްވުންތަކުގެ ދަށުން މި ފައިސާއަށް މި ފަރާތްތަކުން ވަކިވަކިން ޒިންމާވާންޖެހޭނެކަމަށް ބަޔާންކޮށްފައިނުވާތީ، މި ފައިސާއަށް ޢިލްމޢާ ޙުސައިން އިބްރާހީމް އާއި ޚަދީޖާ އިބްރާހީމްދީދީ ވަކިވަކިން ޒިންމާކޮށްދެވެން ނެތްކަމާއި، މި މުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކުގައ މި އެންމެހައި ފައިސެ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، 23 ޖުލައި 2019 އިން ފެށިގެން 07 (ހަތެއް ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެ މަހަކަށް ޖެހޭވަރު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ދައްކަމުންގޮސް މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚލާޞްކުރުމަށަ ޚަދީޖާ އިބްރާހީމދީދް އަށާއި، ޣައިރު ޙާޟިރުގައި ޢިލްމޢާ ޙުސައިން އިބްރާހީމްއަށް އަންގައި އަދި މިފައިސާ ދެއްކުމަށް ދެވުނު 07 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކޮށްފައިނުވާނަމަ، މި ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ "މ.ރަންނާ" އެވެ ކިޔުނު ގޯއްޗާއި ޢިމާރާތް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި ނުކުތާ

5ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] / މާލެ ޚަދީޖާ އިބްރާހީމްދީދީ ގ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛ .15 ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ ލޯ އޮފް ކޮންޓްރެކްޓް އާއި ލޯ އޮފް އެޖެންސީގެ އަސާސީ އަސާސްތަކަށް ރިޢާޔަތްކުރެއްވުމެއްނެތި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

6މި ނުކުތާ ގެ ތަފްޞީލުގައި، ޚަދީޖާ އިބްރާހީމދީދްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ފާހަގަކުރާ މައިގަނޑު ކަމަކީ، މި މައްސަލައިގައި MCB ގެ ފަރާތުން ޙަވާލާދޭ ކްރެޑިޓް ފެސިލިޓީ އާ ގުޅިގެން ޚަދީޖާ އބްރާހީމިދީދީގެ އެއްވެސް މުދަލެއް ރަހުނުގެ ގޮތުގައި ބެހެއްޓުމުގެ ޙައިސިއްޔަތާއި ބާރު މުބާޙ މުޙައްމަދު ޒަކީ އަށް ދީފައި ނުވާނެކަމަށް ބުނާ ބުނުމެވެ. އަދި މި މައްސަލައިގައި ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓާރނީ އެއް ދިންކަމަށް ބުނެ MCB ގެ ފަރާތުން ހުށަހެޅި ޕަވަރ އޮފް އެޓާރނީ އަކީ ޞައްޙަ ނޫން ޕަވަރ އޮފް އެޓާރނީ އެއްކަމަށް ބުނެފައިވާ ބުނުމެވެ. އަދި އެ ވާހަކަތަކުގެ މައްޗަށް މި މައްސަލަ ނިންމެވުމުގައި ސިވިލް ކޯޓުން ބައްލަވާފައި ނެތްކަމަށް ބުނެފައިވާ ބުނުމެވެ.

7ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި MCB ގެ ފަރާތުން ފާހަގަކުރި ވާހަކަތަކުގެ މައިގަނޑަކީ، MCB ގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހިމެނޭ ފެސިލިޓީ ލެޓަރ އަދި ރަހުނު އެގްރިމެންޓުގައި ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީ ސޮއިކޮށް، ސިވިލް ކޯޓުގައި އެގްރީމެންޓެއް ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މި އެގްރމެންޓުތަކުގައި މުބާޙު މުޙައްމަދި ޒަކީ ސޮއިކޮށްފައިވަނީ އެ އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ ބާރު ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓާރނީއެއް މެދުވެރިކޮށް ދީފައިވާތީކަމަށެވެ. ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން، މުބާޙު މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓާރނީ ދިންކަން ޘާބިތުކުރުމަށް MCB ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 22 ޖެނުއަރީ 2013 ވަނަ ދުވަހުގެ ތާރީޚުގައި ޚަދީޖާ އިބްރާހީމްދީދީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ސޮއިކޮށްފައިވާކަމަށް ބުނާ، ޕަވަރ އޮފް އެޓާރނީ މި ސުރުޚީގެ ދަށުން އޮންނަ ލިޔުމެވެ. 22 ޖަނަވަރީ 2013 ގައި ސޮއިކުރެވުނު ކަމަށް ބުނާ ޕަވަރ އޮފް އެޓާރނީ އާ މިމައްސަލާގައި ޙަވާލާދޭ މުޢާމަލާތާއި ގުޅުމެއް ނެތް

8އިސްތިއުނާފު މި ކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި MCB ގެ ފަރާތުން ޢިލްމާޢު ޙުސައިން އިބްރާހީމްއަށް ދޫކުރި ލޯނާއި ގުޅިގެން ޚަދީޖާ އިބްރާހީމް ދީދީ ޒިންމާ ވާންޖެހޭ ކަމަށް ކަނޑައަޅައި އަދި މި ލޯނާއި ގުޅިގެން ޚަދީޖާ އިބްރާހމީ ދީދީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "މ.ރަންނާ" އެވެ ކިޔާ ގޯތި ރަހުނު ކުރެވިފައިވާކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގައި ޙަވާލާދެވޭ ރަހުނު އެއްބަސްވުމަކީ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްބަސްވުމެއްކަމަށާ އަދި އެ އެއްބަސްވުމުގައި ޚަދީޖާ އިބްރާހީމް ދީދީގް ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ރަންނާ" އެވެ ކިޔުނު ގޯތި ރަހުނު ކުރުމަށްޓަކައި ޚަދީޖާ އިބްރާހީމދީދީގް ފަރާތުން މުބާޙ މުޙައްމަދު ޒަކީ އަށް ޕަވަރ އޮފް އެޓާރނީއެއް ދީފައިވާކަމަށް ބައްލަވައި އެ ސަބަބު ފާހަގަ ކުރަމުންނެވެ. މި ގޮތުން ޚަދީޖާ އިބު ރާހީމަދީދީގެ ނަމުގައި އޮތް ރަންނާއެވެ ކިޔާ ގޯތި ބޭންކުގައި ރަހުނު ކުރުމަށްޓަކައި މުބާޙު މުޙް އްމަދު ޒަކީ އަށް ޚަދީޖާ އިބްރާހީމާ ދީދީގެ ފަރާތުން ޕަވަރ އޮފް އެޓާރނީ އެއް ދިންކަމަށް ސިވިލް ކޯޓުން ބައްލަވާފައިވަނީ މި ދަޢުވް ޘބިތުކުރުމަށ MCB ގެ ފަރާތުން ހުށަހެޅި، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައ ދީފައި އޮތްކަމަށް ބުނާ 22 ޖެނުއަރީ 2013 ތާރީޚު އޮތް އަދި "ޕަވަރ އޮފް އެޓާރނީ" މި ސުރުޚީ އޮންނަ ލިޔުމަށެވެ.

9ޢލްމާޢު ޙުސައިނި އިބްރާހީމްއަށް ދޫކުރެވޭ ލޯނަކަށް ޚަދީޖާ އިބްރާހީމްދީދީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] ކިޔާ ގޯތި ބޭންކުގައި ރަހުނު ކުރުމުގެ ބާރު ޕަވަރ އޮފް އެޓާރނީއެއްގެ ދަށުން މުބާޙު މުޙައްމަދު ޒަކީ އަށް ދިންކަމަށް ބުނެ އެކަން ޘާބިތު ކުރުމަށް MCB ގެ ފަރާތުން ހުށަހެޅީ 22 ޖެނުއަރީ 2013 ގައި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައ ދީފައި އޮތްކަމަށް ބުނާ "ޕަވަރ އޮފް އެޓާރނީ" މި ސުރުޚީ އޮންނަ ލިޔުންކަމަށްވާތީ، މި ދަޢުވާގެ ރައްދުގައި ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން ސިވިލް ކޯޓުގައި ދީފައިވާ ޖަވާބުގައި، މި މައްސަލައިގައި ޙަވާލާދޭފަދަ ޕަވަރ އޮފް އެޓަރނީ އެއް މުބާޙ މުޙައްމަދު ޒަކީއަށް އޭނާގެ ފަރާތުން ދިންކަމަށް އިންކާރުކުރުމާއިއެކު ދެން ފާހަގަކޮށްފައިވާ ކަންކަމަކީ، 22 ޖެނުއަރީ 2013 ގެ ތާރީޚު އޮތް ލިޔުމުގައި ހުރި ކުށްތަކުގެ މައްޗަށް ފާހަގަކޮށްފައިވާ ކަންތައްތަކެކެވެ. އަދި ޚަދީޖާ އިބްރާހީމދީދީގް ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައިވެސް ފާހަގަކުރާ ގިނަ ކަންކަމަކީ 22 ޖެނުއަރީ 2013 ގެ ލިޔުމުގައި ހުރި ބައެއް ކަންކަން ނަފީ ކުރުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަން އެނގެއެވެ.

10HN2އެހެންނަމަވެސް، މި މައްސަލައިގައި MCB ގެ ފަރާތުން ޙަވާލާ ދޭ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓު ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ލިޔުންތަކުގެ މައްޗަށް ބަލާއިރު، 22 ޖެނުއަރީ 2013 ގެ ޕަވަރ އޮފް އެޓާރނީ ލިޔުން ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާކަން ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ދެއްވާފައިވާ މަޢުލޫމާތު ތަކަށް ބެލުމުން އެނގެއެވެ. މިހެންކަމުން MCB ގެ ފަރާތުން މި މައްސަލައިގައި ޙަވާލާދީފައިވާ 22 ޖެނުއަރީ 2013 ގެ ޕަވަރ އޮފް އެޓާރނީ އަކީ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމަކަށް ނުވާތީ، އެ ލިޔުމަކީ MCB ގެ ފަރާތުން މި މައްސަލައިގައި ޙަވާލާދޭ މުޢާމަލާތް ކަމުގައިވާ، ޢލްމާޢު ޙުސައިނި އިބްރާހީމް MCB އިން ނެގި ލޯނާއި އެއްވެސް ގުޅުމެއް އޮތް ލ ޔުމެއ ނޫންކަން އެނގެއެވެ. ޢިލްމާޢު ޙުސައިން އިބްރާހީމް MCB އިން ނެގި ލޯނަށް ޚަދީޖާ އިބްރާހީމްދިދީ ޒިންމާވެ ރަހުނުގެ ގޮތުގައި ޚަދީޖާ އިބްރާހީމްދީދީގެ ގޯތި "މ.ރަންނާ" ރަހުނުގެ ގޮތުގައި ބޭންކުގައި ބެހެއްޓުމުގެ ޙައްޤު މުބާޙު މުޙައްމަދު ޒަކީއަށް ދިންކަން 22 ޖނުއެ ރ 2013 ގެ ޕަވަރ އޮފް އެޓާރނީ އޮންނަ ލިޔުމަށް ބަލައިގެން ޘާބިތުވާން އޮތްތަ ބެލުން

11މި މައްސަލައިގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި އަދި MCB ގެ ފަރާތުން ދެއްކި ވާހަކަތަކުގައި، MCB އިން ޢލްމާޢު ޙުސައިނި އިބްރާހީމް އަށް ދޫކުރި ލޯނަށް ޚަދީޖާ އިބްރާހީމްދީދީ ޒިންމާވެ އަދި ޚަދީޖާ އިބްރާހމީ ދީދީގެ ގޯތި "މ.ރަންނާ" ރަހުނުގެ ގޮތުގައި ބެހެއްޓިކަން ޘބިތުވާން އޮންނަނީ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓުގައި، ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ ސޮއިކޮށްފައިވާތީ އާއި މި އެގްރީމެންޓުގައި މުބާޙު މުޙައްމަދު ޒަކީ ސޮއިކުރީ ޚަދީޖާ އިބްރާހީމދީދީގެ ފަރާތުން މި ކޯޓުގެ ނަންބަރު B8/144/2020/110-95 ސިޓީން ސިވިލް ކޯޓުގައި އެދުނީ MCB އާއި ޢިލް މޢު ޙުސައިން އިބްރާހީމް އާ ޚަދީޖާ އިބްރާހީމް ދީދީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވާކަމަށް ބުނާ މޯގޭޖް އެގްރި މެންޓ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރުމަށް MCB އިން ކޯޓަށް ހުށަހެޅި ލިޔުންތައް ފޮނުވައި ދިނުމަށެވެ. އަދި އެ ލިޔުންތަކުގައި 22 ޖެނުއަރީ 2013 ގެ ލިޔު ން ނެތްނަމަ އެކަންވެސް އަންގައިދިނުމަށެވެ. ޖަވާބުގައި އެކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި އެކޯޓުގެ ނަންބަރު D/95/2020/183-144 ސިޓީއާއި އެކު ފޮނުވި ލިޔުންތަކުގައި 22 ޖެނުއަރީ 2013 ގެ ޕަވަރ އޮފް އެޓާރނީ އެއް ނެތެވެ. އޮތީ 01 އޮކްޓބަރޯ 2013 ތާރީޚު އޮތް ލިޔުމެކެވެ. އެ ލިޔުމަކީ MCB ގެ ފަރާތުން މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ލިޔުމެއް ނޫނެވެ. ޕަވަރ އޮފް އެޓާރނީ އެއް މުބާޙ މުޙައްމަދު ޒަކީއަށް ދީގެންކަން ހުށަހެޅިފައިވާ ލިޔުންތަކުންޘީ ބިތުވާން އތަތ ކަމަށް ބަޔާންކުރަމުންނެވެ.

12HN1ޢލްމާޢު ޙުސައިނި އިބްރާހީމގް ފަރާތުން ނަގާ ލޯނަކަށް ޚަދީޖާ އިބްރާހީމްދީދީގެ ގޯތި […] ރަހުނުގެ ގޮތުގައި ބެހެއްޓުމަށް މުބާޙ މުޙައްމަދު ޒަކީ އަށް އެއްވެސް ޕަވަރ އޮފް އެޓާރނީ އެއް ދީފައި ނުވާނެކަމަށް ބުނެ މި ދަޢުވާގެ އަޞްލަށް ޚަދީޖާ އިބްރާހީމދީދީގެ ފަރާތުން އިންކާރު ކުރެއެވެ. ޚަދީޖާ އިބްރާހީ މްދީދީގެ މި އިންކާރާއި ގުޅިގެން މި މައްސަލައިގައި MCB ގެ ފަރާތުން ޝަރީޢަތުގައި ޘާބިތު ކޮށްދޭންޖެހޭ މުހިއްމު އެއް ނުކުތާއަކީ، ބުނެވުނުފަދަ ޕަވަރ އޮފް އެޓާރނީއެއް ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީއަށް ދިން ކަން ނުވަތަ ނޫންކަމެވެ. ޚަދީޖާ އިބްރާހީމް ދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީއަށް ޕަވަރ އޮފް އެޓާރނީ ދިންކަން ޘާބިތުކުރުމަށް MCB އިން ހުށަހެޅީ ކުރިންވެސް ފާހަގަކުރި ގޮތަށް 22 ޖެނުއަރީ 2013 ގެ ތާރީޚުގައި ސޮއިކުރިކަމަށް ބުނާ ޕަވަރ އޮފް އެޓާރނީ މި ނަމުގައި އޮންނަ ލިޔުމެވެ.

1322 ޖެނުއަރީ 2013 ގެ ތާރީޚުގައި ސޮއިކުރިކަމަށް ބުނާ ޕަވަރ އޮފް އެޓާރނީ އަކީ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓު ރަޖިސްޓްރީ ކުރުމުގެ ގޮތުގައި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއް ނޫނެވެ. އަދި އެ އެގްރިމެންޓް އެ ކޯޓުގައި ރަޖިސްޓްރީ ކުރެވުނީ ބުނެވުނު ޕަވަރ އޮފް އެޓާރނީގެ މައްޗަށް ބަލައިގެންކަންވެސް އެނގޭކަށްނެތެވެ. މީގެ އިތުރުން 22 ޖެނުއަރީ 2013 ގެ ތާރީޚު އޮތް ޕަވަރ އޮފް އެޓާރނީއަށް ބަލާއިރު، އެ ޕަވަރ އޮފް އެޓާރނީ އިން އެނގެން އޮތީ، ޕްރަމިނެންޓް ރިސޯސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ […] މުބާޙ މުޙައްމަދު ޒަކީ އަށް ޕަވަރ އޮފް އެޓާރނީ އެއް ދޭކަމުގައެވެ. މި ޕަވަރ އޮފް އެޓާރނީގެ އެއްވެސް ތަނަކުން، ޢިލްމާޢު ޙުސައިން އިބްރާހީމްބޭންކުނާނަގާ ލޯނަކަށް ޚަދީޖާ އިބްރާހީމްދީދީ ޒިންމެ ވާގޮތަށް އަދި ޚަދީޖާ އިބްރާހްމްދީދީގ […] ކިޔާ ގޯތި ބޭންކުގައި ރަހުނުކުރެވޭ ގޮތަށް ސޮއިކުރެވޭ އެއްވެސީލިޔުމެއްގައި ޚަދީޖާ އިބްރާހް މްދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީގެ އަމިއްލަ ޙައިސިއްޔަތުގެ މައްޗަށް ޕަވަރ އޮފް އެޓާރނީއެއް ދީފައި އޮތްކަންޘބިތުވާ ވަރުގެ އެއްވެސްކަމެއ ފާހަގަވާކަށްނެތެވެ.

14HN3ވީމާ، މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓުގައި […] މުބާޙ މުޙައްމަދު ޒަކީ ސޮއި ކޮށްފައިވަނީ ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙ މުޙައްމަދު ޒަކީއަށް އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ދީގެންކަން މި މައްސަލައިގައި MCB ގެ ފަރާތުން ކޯޓަށް ހުށަހެޅި 22 ޖެނުއަރީ 2013 ގެ ތާރީޚު އޮތް ޕަވަރ އޮފް އެޓާރނީއިން ޘބިތުވާން ނެތަތީ، އެ ލިޔުމުގެ މައްޗަށް ބިނާކޮށް މުބާޙު މުޙައްމދަ ޒަކީ އަށް ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން ޕަވަރ އޮފް އެޓާރނީއެއް ދިންކަން ޘާބިތުވާކަމަށް ބަލައިގެން ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި، ޚަދީޖާ އިބްރާހީމްދީދީ ލޯނަށް ޒިންމާވާންޖެހޭނެކަމަށް ކަނޑައަޅާފައިވާ ބަޔާއި ޚަދީޖާ އިބްރާހީމދީދީގް […] ކިޔާ ގޯތި ބޭންކުގައި ރަހުނު ކުރެވިފައިވާކަމަށް ކަނޑައަޅާފައިވާ ބަޔަށް ބަދަލު ގެންނަންޖެހޭނެ ކަމުގައެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

15HN4HN5HN6މިމައްސަލައިގައި ފަނޑިޔާރު ޢަލީ ސަމީރުގެ ރައޔުއ އަދި ފާހަގަކޮށްފައިވާ ކަންކަމަށް އަހުރެން ތާއީދުކުރަމެވެ. އޭގެ އިތުރުން މިމައްސަލައިގައި ޙވާލަ ދާ ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓާއި އަދި [ޕަވަރ އޮފް އެޓަރނީ] އާ ގުޅޭގޮތުން އަންނަނިވި ކަންކަން އަހުރެން ފާހަގަކުރަމެވެ.

15.1. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، […] /މާލެ ޢިލްމާޢު ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާ ލޯނާއި ގުޅިގެން، […] / މާލެ ޚަދީޖާ އިބްރާހީމްދީދއާއީ އަދި އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވު [މ.ރަންނާ] (ރަޖިސްޓްރީ ނަންބަރު: އ. 3610) އެވެ ކިޔުނު ގޯއްޗާއި ޢިމާރާތުގެ މައްޗަށް، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2600/Cv-C/2018 ޤަޟިއްޔާގައި ކަނޑައެޅި އިލްތިޒާމްތައް ބިނާވާ އަސާސަކީ (ޘާ ބިތުކުރުމުގައ ބެލި މައިގަނޑު ހެއްކަކީ) ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓެވެ.

15.2. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، […] /މާލެ ޢލްމާޢި ޙުސައިން އިބްރާހީމްއަށް ދޫކޮށްފައިވާ ލޯނާއި ގުޅިގެން، އެލޯނަށް […] / މާލެ ޚަދީޖާ އިބްރާހީމްދީދީ ޕާސަނަލް ގެރެންޓީދީ އަދި އެފަރާތުގެ ނަމުގައި ރަޖިސްޓރް ކޮށްފައިވާ [މ.ރަންނާ( ] ރަޖިސްޓްރީ ނަންބަރު: އ. 3610) އެވެ ކިޔުނު ގޯއްޗާއި ޢިމާރާތް ރަހުނުކުރުމުގެ ގޮތުން، 2013 އޮކްޓބަރޯ 03 ވަނަ ދުވަހު ސިވިލް ކޯޓުގައި ސޮއިކޮށް ރަޖިސްޓްރީ ކުރެވުނު އެކޯޓުގެ ނަންބަރު : 523/2013-C/C-vC އެގްރިމެންޓުގައި، ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން ސޮއިކޮށްފައިވަނީ މުބާޙު މުޙައްމަދު ޒަކީ ކިޔާ ފަރާތެކެވެ. އެ އެގްރިމެންޓްގައި ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ ސޮކިކޮށްފައިވަނީ ޕަވަރ އޮފް އެޓަރނީ އެއްގެ ދަށުންކަން އެ އެގްރިމެންޓަށް ބެލުމުން އެނގެން އޮވެއެވެ.

15.3. ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔުގެ 10 (ދިހައެއް) ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން މި މައްސަލައިގައި MCB ގެ ފަރާތުން ޙަވާލާދޭ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓު ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ލިޔުންތަކުގެ މައްޗަށް ބަލާއިރު، 22 ޖެނުއރަ 2013 ގެ ޕަވަރ އޮފް އެޓާރނީ ލިޔުން ސިވިލް ކޯޓަށި ހުށަހެޅިފައި ނުވާކަން ސިވިލް ކޯޓުން ދިވެހިރާއްޖޭގާ ހައިކޯޓަށުދެއްވާފައިވް މަޢުލޫމާތު ތަކަށް ބެލުމުން އެނގެއެވް. މިހެންކަމުން MCB ގެ ފަރާތުން މި މައްސަލައިގައި ޙަވާލާދީފައިވާ 22 ޖެނުއަރީ 2013 ގެ ޕަވަރ އޮފް އެޓާރނީ އަކީ، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓުގައި ސޮއިކޮށް އަދި އެކޯޓުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްނޫނެވެ. އެހެން ކަމުން ބުނެވިދިޔަ ޕަވަރ އޮފް އެޓަރނީ އެމޢު މަލާތާއާ ގުޅިގެން ކޯޓަށް ހުށަހެޅުމަކާއި ނުލައި، ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓުގައި ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ އެ އެގްރިމެންޓްގައި ސޮއިކުރި ކުރުމަކީ، އެ އެގްރިމެންޓްގެ ޞައް ޙކަމަށަ އަސަރުކުރާނެކަމެވެ. އެހެންކަމުން އަހުރެން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު: 523/2013-C/C-vC އެގްރިމެންޓަކީ އުފެދުމުގައިވެސް ބާޠިލު އަދި އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ޝަރުޢީ އަދި ޤާނޫނީގޮތުން އެއްވެސް ނިންމުމެއް ނިންމޭނެ އެއްޗެއް ނޫންކަމަށެވެ.

15.4. ބަޙުޘްގެ ބޭނުމަށްޓަކައި އެ ޕަވަރ އޮފް އެޓަރނީއަކީ، ސިވިލް ކޯޓުގެ ނަންބަރު : 523/2013-C/C-vC އެގްރިމެންޓުގައި ޚަދީޖާ އިބްރާހީމްދީދީގެ ފަރާތުން މުބާޙު މުޙައްމަދު ޒަކީ ސޮއިކުރި އިރު، ކޯޓަށް ހުށަހެޅިފައި ނުވާ ނުވަތަ ހުށަނޭޅި ކަމުގައި ވީނަމަވެސް ވުޖޫދުގައި އޮތް އެއްޗެއްކަމުގައި ބެލިނަމަވެސް، މި މައްސަލައިގައި ހަވާލާދޭ ޕަވަރ އޮފް އެޓަރނީގައި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، […] /މާލެ ޢލްމާޢި ޙުސައިން އިބްރާހީމްއަށް ދޫކުރާ ލޯނަކާއި ގުޅިގެން، އެލޯނަށް […] / މާލެ ޚަދީޖާ އިބްރާހީމްދީދީ ޕާސަނަލް ގެރެންޓީ ދީ އަދި އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ [މ.ރަންނާ] (ރަޖިސްޓްރީ ނަންބަރު: އ. 3610) އެވެ ކިޔުނު ގޯއްޗާއި ޢިމާރާތް ރަހުނުކޮށް، އެ ފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު، މުބާޙު މުޙައްމަދު ޒަކީއަށް ލިބިގަނެ ނުވަތަ ދީފައި ނުވާކަން އެޕަވަރ އޮފް އެޓަރނީ އަށް ބެލުމުން އެނގެން އޮވެއެވެ.

15.5. [ޕަވަރ އޮފް އެޓަރނީ] އަކީ، ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމްކުރާ އެއްޗެއް ނޫންކަމުގައި ވީނަމަވެސް، [ޕަވަރ އޮފް އެޓަރނީ ] ގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ވާކަމާއި، [ޕަވަރ އޮފް އެޓަރނީ ] އެއްގެ ދަށުން، އެ [ޕަވަރ އޮފް އެޓަރނީ ] ގައި ޕްރިންސިޕަލް ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެޖެންޓަށް ޢަމަލު ނުކުރެވޭނެކަމާއި، [ޕަވަރ އޮފް އެޓަރނީ] ގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް އެއާ ޚިލާފަށް ނުވަތަ [ޕަވަރ އޮފް އެޓަރނީ] ގައި ބަޔާންކޮށްފައި ނުވާކަމެއް (ޕްރިންސިޕަލް ދީފައިނުވާ ބާރެއް ) އެޖެންޓްކުރާ ޙާލަތުގައި އެކަމަށް ޕްރިންސިޕަލް ޒިންމާވާން ނުޖެހޭނެކަމާއި؛ [ރަހުނު( ]mortgage) އާއި [ކަފާލާ( ] guarantee) އަކީ ޤާނޫނީ ގޮތުން މުޅިން ތަފާތު ދެ މާނައެއްގައި ބޭނުންކުރެވޭ މުޅިން ތަފާތު ދެ ލަފްޘުކަމާއި، އެގޮތުން؛ [ރަހުނު( ]mortgage) އަކީ، ދަރަންޏަށް ފައިސާ ނަގަން ބަހައްޓާ އަގުހުރި މުދަލެއް، ދަރަނި އަދާކުރަން ނުކުޅެދިއްޖެ ޙާލަތެއްގައި ނުވަތަ ދަރަނި އަދާނުކޮށްފިނަމަ، ރަހުނުކޮށްފައިވާ މުދަލެއް އެދަރަންޏަށް ޚަލާޞްކުރުމަށް ބޭނުންކުރުންކަމާއި؛ [ކަފާލާ( ]guarantee) ނުވަތަ ޖާމިނުވުމަކީ، މީހަކު އެހެން މީހަކަށް ނުވަތަ ފަރާތަކަށް އަދާކުރަންޖެހިފައިވާ ދަރަންޏަކާ، ނުވަތަ ޙައްޤަކާ ޙަވާލުވުންކަމާއި، ނުވަތަ ގެރެންޓަރ ޔަގީންކަންދީގެން ނަގާ ދަރީނީގެ މުޢާމަލާތު ތަކުގައި ދަރަނި ނަގާފަރާތަށް ދަރަނި އަދާކުރަން ނުކުޅެދިއްޖެ ޙާލަތެއްގައި އެދަރަންޏަށް ޔަގީންކަން ދިންފަރާތުން އެއަށް ޒިންމާވުންކަމާއި؛ އިސްތިއުނާފުކުރާ މާ.ރަންނެ/ މާލީ، ޚަދީޖާ އިބްރާހީމްދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ [މ.ރަންނާ] އެވެ ކިޔުނު ގޯތި ރަހުނު ކުރުމާ ގުޅޭގޮތުން، ޕްރޮމިނެންޓް ރިސޯސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ މުބާޙު މުޙައްމަދު ޒަކީއަށް 22 ޖެނުއރަ 2013 ވަނަ ދުވަހު ދީފައިވާ [ޕަވަރ އޮފް އެޓަރނީ] ގައި، […] އެވެ ކިޔާ ގޯތި ބޭންކްގައި ރަހުނުކޮށް ނަގާ ލޯނަކަށް ޒިންމާވެ، އަދި އެފަދަ ލޯނަކަށް ޕާސަނަލް ގެރެންޓީދޭ ކަމަށްބްޔާންކޮށި އެކަމަށް އެއްބަސްވެފައެ ނުވާކަން އ [ ޕަވަރ އޮފް އެޓަރން] އަށްބެލުމުނ އެނގެން އޮނނަކަމެވ.

15.6. ފައިނޭންޝަލް އިދާރާތަކާއި ބޭންކިންގ ނިޒާމަކީ، ބައިނަލްއަގްވާމީ ގޮތުންނާއި އަދި ދާޚިލީ ގޮތުންވެސް އެކަމަށް ޚާއްޞަކުރެވިފައިވާ ޚާއްޞަ ޤާނޫނުތަކަކާއި އުޞޫލުތަކެއްގެ ދަށުން، ހިނގަމުން އަންނަ ނިޒާމެއްކަމާއި، އެކަން އެގޮތަށް ބައްޓަން ކުރެވިފައިވުމުގެ ބޭނުމަކީ، ފައިނޭންޝަލް އިދާރާތަކާއި ބޭންކްތައް މެދުވެރިކޮށް ހިންގާ، މަނީ ލޯންޑްރިންގއާއި ޓެރަރިޒަމް ފައިނޭސިންގއާއ އަދި މިނޫންވެސް ޣައިރި ޤާނޫނު މުޢާމަލާތްތަކުން ދުރުވެ، އެނިޒާމަކީ މީހުން އިތުބާރުކުރާ ރައްކާތެރި ނިޒާމެއްގެ ގޮތުގައި ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށްކަން އެނގެން އޮންނަކަމާއި؛ [ޕަވަރ އޮފް އެޓަރނީ] އާގުޅޭ ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރޮސީތަކުގައި [ޕަވަރ އޮފް އެޓަރނީ] އާ ގުޅޭ ޚާއްޞަ ޤާނޫނުތަކާއި އުޞޫލުތައް އެކަށައަޅައި އެމައްޗަށް ޢާ މަލުކުރެވެމުންދާކަމާއި،ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެއުޞޫލުތައް ނަގަހައްޓަން ވާނެކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި [ޕަވަރ އޮފް އެޓަރނީ ] އާގުޅޭ ޚާއްޞަ ޤާނޫނެއް ނެތުމަކީ، [ޕަވަރ އޮފް އެޓަރނީ] އާގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާއި މުއައްސަސާތަކުން ބޭނުންވާ ވަގުތަކު ބޭ ނުންގޮތަކަށް މާނަކޮށް، އެކިފަހަރު އެކިގޮތަށަ ޢަމަލުކުރުމަށް އޮތް ހުއްޖަތެއްނޫންކަމާއި؛

15.7. [ޕަވަރ އޮފް އެޓަރނީ] ގެ ދަށުން، ނުވަތަ [ޕަވަރ އޮފް އެޓަރނީ] ބޭނުންކޮށްގެން ފައިނޭންޝަލް އިދާރާތަކުންނާއި އަދި ބޭންކުތަކުން ހޯދާ އަދި ކުރާ މުޢާމަލާތު ތަކުގައި، ތަފާތު ބޭންކިންގ ނިޒާމުތަކުގައި ތަފާތު އުޞޫލުތަކަށް ޢަމަލުކުރަމުންދާކަމާއި، އެގޮތުން ބައެއް ގައުމުތަކުގެ ބޭންކުތަކުގައި، އެ ބޭންކެއް މެދުވެރިކޮށް ހިންގާ މާލީ މުޢާމަލާތުތަކާއި ގުޅިގެން، ބޭންކަށް [ޕަވަރ އޮފް އެޓަރނީ] އެއް ހުށަހަޅާ ޙާލަތުގައި، އެ [ޕަވަރ އޮފް އެޓަރނީ] ހުށަހެޅުމަށް ޚާއްޞަ ފޯމަކާއ އަދި [ޕަވަރ އޮފް އެޓަރނީ] އޮންނަންޖެހޭ ގޮތުގެ ފޯމެޓްވެސް ބަޔާންކޮށްފައިވާކަމާއި، އަދި ބައެއް ގައުމުތަކުގައި، ބޭންކު މުޢާމަލާތް ހިންގުމަށް ބޭންކަށް ހުށަހަޅާ [ޕަވަރ އޮފް އެޓަރނީ] އަކީ، އެ ގައުމެއްގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ ކަމާބެހޭ އިދާރާއަކުން ނޮޓިފައިކޮށްފައިވާ [ޕަވަރ އޮފް އެޓަރނީ] އެއްކަމުގައި ވާންޖެހޭކަމާއި، ހަމައެޔާއެކު، ނުއުފުލޭ މުދަލަކާ (immovable property) ގުޅޭގޮތުންދޭ [ޕަވަރ އޮފް އެޓަރނީ] އަކީ، ޕްރނިސިޕަލާއި އެޖެންޓް އެއްޙާޟރެއްގައި ތިބި ދައުލަތުގެ ކަމާބެހޭ އިދާރާ ގައި ސޮއިކޮށް ރަޖިސްޓްރީ ކުރަންޖެހޭ ފަދަ [ޕަވަރ އޮފް އެޓަރނީ] އެއްކަމަށް ބައެއް ގައުމަތުގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާކަމާއި، އަދި މީގެ އިތުރުން، [ޕަވަރ އޮފް އެޓަރނީ] ގައި ޕްރިންސިޕަލް ޙަވާލުކުރާ ކަންކަން ސާފުކޮށް އެނގެން އޮތުމާއި، [ޕަވަރ އޮފް އެޓަރނީ] ގައި ޕްރިންސިޕަލް ޙަވާލުކުރާ ކަންތައްތައް އެގޮތުގެ މަތިން ކުރުމަށް އެޖެންޓް އެއްބަސްވުމާއި، [ޕަވަރ އޮފް އެޓަރނީ] ގައި ޕްރިންސިޕަލާއި އެޖެންޓްގެ ޞައްޙަ ފުރިހަމަ މަޢުލޫމާތާއެކު އޭގައި ސޮއިކުރުން ފަދަ ކަންކަމަކީ، [ޕަވަރ އޮފް އެޓަރނީ] އެއް ފުރިހަމަވުމަށް، ބޭނކްތަކުނ ބަލް އެންމެ އަސާސީކަންތައްތަށ ކަން އެނގެން އޮންނަކަމާއި؛

15.8. އިސްތިއުނާފުކުރާ […] / މާލެ، ޚަދީޖާ އިބްރާހީމްދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ [މ.ރަންނާ] އެވެ ކިޔުނު ގޯތި ރަހުނު ކުރުމާ ގުޅޭގޮތުން، ޕްރޮމިނެންޓ ރިސޯސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ މުބާޙ މުޙައްމަދު ޒަކީއަށް ދީފައިވާ [ޕަވަރ އޮފް އެ ޓަރނީ] އާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އަންނަނިވި ކަންތައްތައް، އިސްވެ ކުރިން ބަޔާންކުރެވުނު އަޞާސްތަކުގެ މައްޗަށް ތަޠްބީޤްކުރާއިރު،

(ހ) ޚަދީޖާ އިބްރާހީމްދީދީ އަކީ [މ.ރަންނަ] ކިޔާ ގެއަކަށް ނިސްބަތްވާ މީހެއް ނޫންކަމާއި،

(ށ) ޚަދީޖާ އިބްރާހީމްދީދީއަށް [ޚަދިޖާ] ގެ ނަމުން އެއްވެސް މީހަކު މުޚާތަބު ނުކުރާކަމާއި،

(ނ) ޚަދީޖާ އިބްރާހީމްދީދީގެ ނަމުގައި [މ.ރަންނަ] އެވެ ކިޔާ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނެތުމާއި،

(ރ) ޚަދީޖާ އިބްރާހީމް ދީދީގެ ނަމުގައި، ރަޖިސްޓްރީ ނަންބަރު [3610] ގައި ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުމާއި،

(ބ) ޚަދީޖާ އިބްރާހީމދީދީގް ނަމުގައި [ޕްލަޓް ނަންބަރ] އެއް ބަޔާންކޮށްފައިވާ ގޯއްޗެއްގެ ރަޖިސްޓްރީއެއް ހައްދާ ދީފައި ނުވުމާއި، (ރ[)މޮރިސަސް ކޮމސާލް ބޭންކް އޮފް މޯލްޑިވުނ] އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއ ކަމަށް ނުވުމާއި، (ބ[)ޕްރަމިނަންޓ ރިސޯސް ޕްރައިވެޓް ލިމިޓެޑް] އަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށްވުމާއި،

(ޅ) [ގެމޭޖިން ޑައިރެކްޓަރ] އަކީ އެއްވެސް ކުންފުންޏެއްގައި އޮންނަ މަގާމެއް ނޫންކަމަށްވުމާއި، (ކ[ )މިބާޙް މުޙައްމަދު ޒަކީ] އަކީ ދިވެހިރައްޔިތެއ ގޮތުގައް ރަޖިސްޓްރީ ވެފައިވާ މީހެއް ނޫން ކަމާއި އަދި ދޢަ ވ ހުށަހަޅާފައިވާ މޯގޭޖް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވެސް މބާޙި މުޙައްމަދު ޒަކީ ކިޔާ މީހެއް ނޫންކަމާއި، (އ[ )ޕަވަރ އޮފް އެޓާނީ] ގެ ފުރަތަމަ ޕެރެގްރާފގް ތިންވަނަ ލައިންގައި [ރަހުނުކމަށު ] ގެ މާނައަކީ [ރަހުނު ކުރުމަށް] ކަމުގައި ބެލި ކަމުގައި ވިޔަސް، އެ އިބާރާތުގެ ފަހަތަށް [ފަހު] އޮތުމަށްފަހު، ޕެރެގްރާފް ނިންމާލަމުން ބަޔާންކޮށްފައިވަނީ ...[އަށް އަހުރެންގެ އަމިއްލަ އިހުތިޔާރ ގައު ދީފީމެވެ]. މިފަދައިން ކަމަށްވާތީ، މުޅި މި ޕެރަގްރާފްގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައި ވަނީ ކޮންމެވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވެސް ގެއެއް ކޮންމެ ވެސް ބޭންކެއްގައި ރަހުނު ކުރުމަށްފަހު ކޮންމެ ވެސް މީހަކަށް އަމިއްލަ އޚި ތ ޔާރުގައި ކޮންމެ ވެސް އެއްޗެއް ދިން ކަމަށްވާއިރު، ދިނީ ކޮން އެއްޗެއް ކަމެއް ސާފު ނުވުމާއި، (ވ[ )ޕަވަރ އޮފް އެޓާނީ ޙަވާލުކުރި ފަރާތް] މި ސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާ މީހެއްގެ ވަނަވަރާ ޙަވާލާދީ ދަންނަވަމެވެ. ޝައްކެއްވެސ ނެތް ގޮތުގައި، އިސްތިއުނާފު ކުރާ ޚަދީޖާ އިބްރާހީމްދީދީއަކީ [ޚަދީޖާ އިބުރާޙީމް ދީދީ] އެއް ނޫނެވެ. އަދި އޭނާއަކީ [މ.ރަންނަ] އަށް ނިސްބަތްވާ މީހެއްވެސ ނޫން ކަމާއި،

(މ) ދެ ވަނަ ޕެރަގްރާފ ނުވަތް އެޓާނީއަށް ނިސްބަތްކުރާ ޢިބާރާތުގައި ބަޔާންކޮށްފައި ވަނީ [މިޕަވަރ އޮފް އެޓާރނީ ގައި ބަޔާންކޮށްފައިވާ ލޯނު ނެގުމުގެ އެންމެހާ ލިޔެކިއުން ތަކުގައ] ކުރިން ބަޔާންކުރި މީހާގެ ފަރާތުން ދީފައިވާ އިޚްތިޔާރުގެ ދަށުން ސޮއިކުރުމަށް [އަހުރެން ގަބޫލުކޮށް ހަވާލުވެއްޖަ] އިން ކަމަށްވުމާއި،

(ފ) ނަމަވެސް [މިޕަވަރ އޮފް އެޓާރނީ ގައި] ލޯނެއްގެ ވާހަކަ [ބަޔާންކޮށްފައި] ވާނެ ކަމަށް މި ދެންނެވި ޕެރަގްރާފްގީއި އޮތަސް އެޕަވަރ އޮފް އެޓާނީގައި އެއްވެސް ލޯނެއްގެ ތަފޞލެއް، ކިއެއްތަ ލޯނެއްގެ ސުރުޚީ ވިޔަސް އަޅާފައި ނުވުމާއި، (ދ[ )ލޯނު ނެގުމުގެ އެންމެހާ ލިޔެކިއުން ތަކުގައި] ސޮއި ކުރަން ޕްރިންސިޕަލް [އިޚުތިޔާރު] ދިން ކަމަށް ބަޔާންކޮށްފައިވާއިރު، ޕްރިންސިޕަލް ޙަވާލުކުރި ކަންތައް ބަޔާން ކުރާ ޕެރަގްރާފްގައި ސޮއި ކުރުމާ ގުޅޭ ވާހަކައެއް ނެތުން، އަދި ލިޔެކިޔުމެއްގެ ވާހަކަ ވެސް އެއްވެސް ސިފައެއްގައި ބަޔާންކޮށްފައި ނުވުމާއި، (ތ[ )ޕަވަރ އޮފް އެޓާނީ ޙަވާލުވި ފަރާތަ ] މި ސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވާ، [ޕްމިނެންޓް ރިސޯސް] ލިޔެފައިވާއިރު، މިއީ ދުނިޔޭގައި އޮންނަ ކުންފުންޏެއް ނޫން ކަމާއި، އެތަނުގައި ބަޔާންކޮށްފައިވާ މީހާގެ ނަމުގެ ގޮތުގައި [މުޙާޙު] ލިޔެފައިވާއިރު، ޕްރިންސިޕަލްގެ އިބާރާތުގައި އޮތީ [މިބާޙް މުޙައްދު] ކަމާއި، ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ މޯގޭޖް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ [މުޙާޙު] ކިޔާ މީހެއް ނޫން ކަމާއި، މި ނަން ކިޔާ މީހަކު ރާއްޖެއަކު ނުވެސް އުޅޭކަމާއި، އަދި (ލ[ )ޕަވަރ އޮފް އެޓާރނީ] ގައި [މުޙާޙު] ސޮއި ކޮށްފައި ވެސް ނުވުމާއި،

15.9. ބުނެވިދިޔަ ކަންތައްތަކަކީ، މި މައްސަލައިގައި ޙަވާލާދޭ [ޕަވަރ އޮފް އެޓަރނީ] އިން ފާހަގަކުރެވޭ އިބާރާތްކުރުމާއި ލިޔުމުގެ ކުށްތަކެއްކަން އެނގެން އޮންނަކަމާއި، އެކުށްތަކަށް ބެލުމުން، އެއީ [ޕަވަރ އޮފް އެޓަރނީ ] އެއްގައި ހުންނަންޖެހޭ ނުވަތަ ފުރިހަމަވާންޖެހޭ އެންމެ އަސާސީ ރުކުންތައްކަމުގައިވާ، ވަކާލތާ ކުރުމަށް ޙަވާލުކުރާމީހާއާއި، ވަކާލާތު ކުރުމަށް ޙަވާލުކުރެވޭ މީހާއާއި، ވަކާލާތު ކުރުމަށް ޙަވާލުކުރެވޭ އެތި ނުވަތަ ކަންތަކާއި އަދި ޞީޣާގައި ހިމެނެންޖެހޭ ޝަރުޠުތައްވެސް ފުރިހަމަނުވާ [ޕަވަރ އޮފް އެޓަރނީ] އެއްކަންއެނގެނ އޮތުމުން، މިއީ، މާލީ އިދާރާއަކުން ބަލައިގަނެ މާލީ ބޮޑު މުޢާމަލާތެއް ހިންގުމަށް އެކަށޭނަ [ޕަވަރ އޮފް އެޓަރނީ ] އެއްކަމުގައި ބެލެވެން ނެތްކަމާއި؛

15.10. ބަހުޘްގެ ބޭނުމަށްޓަކައި ބުނެވިދިޔަ ކުށްތަކަކީ ހަމައެކަނި ޢި ބާރާތްކުރުމުގެ ކުށްތަކެއް ނުވަތަ ޢައިބުތަކެއް ކަމުގައި ބެލިނަމަވެސް، ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ބޭންކު ތަކާއި މާލީ އިދާރާތަކަށް ހުށަހަޅާ ފޯމާއި އަދި ޗެކްތަކުގައި، ޢބާރާތްކުރުމާއި އަދި ލިޔުމގު ކުށެއްވާނަމަ، އެތަން ކަނޑައި ރަނގަޅުކޮށް އަދި ރަނގަޅުކުރި ތަނުގައި ސޮޔާއި ފިންގަރޕްރިންޓް ޖެހުމަށްފަހު މެނުވީ އެފަދަ ތަކެތި ބޭންކުތަކުން ބަލައިގަންނަމުން ނުދާކަމާއި؛

15.11. އެހެންކަމުން، [ޕަވަރ އޮފް އެޓަރނީ ] ގެ ދަށުން ބޭންކު ތަކުން ކުރާ މުޢާމަލާތުތަކުގައި، އަދި ވަކިން ޚާއްޞަކޮށް އެފަދަ މުޢާމަލާތެއްގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތު ނުވަތަ ޙައްޤެއް ހިމެނޭ ކަންކަމުގައި، ބޭންކަށް ހުށަހަޅައި އަދި ބޭންކުން ބަލައިގަނެ އެކްސެޕްޓްކުރާ ލިޔެކިޔުންތައް ހުންނަންޖެހޭނީ ސާފުކޮށް އެނގޭނެހެން ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެކަމާއި، އެއްވެސް ޙލެއްގައާ އެފަދަ ލިޔެކިޔުމެއް (ޕަވަރ އޮފް އެޓަރނީއެއ) ވާންޖެހޭނީ އެމުޅި މުޢާމަލާތާއި އަދި ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ބަލައި ނަޒަރުކުރުމުން، އެއިން ދޭހވަ ނުވަތަ ނުކުންނަ މާނައިގެ މައްޗަށް ނޫންކަމަށް އަހުރެންދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ (ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔުގައި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ