ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. ޠާޙާ ވަޙީދު އަދި ޙުސައިން ނަޞީރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1318/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބޭންކުން ލޯނުގެ ފަހު ޕޭމަންޓް ދޫނުކުރުމަކީ ލޯނު އެއްބަސްވުމާ ޚިލާފުވުމެއްތޯ، ގްރޭސް ޕީރިއަޑުގައި ފައިސާ ދައްކަންޖެހޭތޯ، ރަހުނުގެ ވެރިފަރާތް ލޯނުގެ އިންޓަރެސްޓާއި ޖޫރިމަނާއަށް ޒިންމާވޭތޯ، ރަހުނު އެއްބަސްވުމާއި ލޯނު ކޮންމެ ވަގުތެއްގައި އަނބުރާ ގޮވާލުމުގެ މާއްދާ ބާޠިލްތޯ، އަދި ޤާނޫނީ ޚަރަދުތައް ލޯނު ނެގި ފަރާތަށް ޗާޖްކުރެވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ލޯނު އެއްބަސްވުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ލޯނު ނެގި ފަރާތާއި ގެރެންޓީ ދިން ރަހުނުގެ ވެރިފަރާތުން ލޯނު، އިންޓަރެސްޓް އަދި ޖޫރިމަނާ ދައްކަން ޙުކުމްކޮށް، ނުދައްކައިފިނަމަ ރަހުނު ވިއްކުމުގެ ޙައްޤު ބޭންކަށް ލިބޭކަމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ލޯނުގެ އިތުރު ޕޭމަންޓްތައް ދޫކުރެވޭނީ ކުރިން ދޫކުރި ފައިސާ އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްފައިވާތޯ ބެލުމަށްފަހުކަމަށާއި، ގްރޭސް ޕީރިއަޑުވެސް ހިމެނޭގޮތަށް ލޯނު ދޫކުރާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން އިންޓަރެސްޓް ދައްކަންޖެހޭކަމަށް ލޯނު އެއްބަސްވުމުގައި ބަޔާންވެފައިވާއިރު، ކުރީ ޕޭމަންޓުގެ އިންޓަރެސްޓް ނުދެއްކުމުން ބޭންކުން ފަހު ޕޭމަންޓް ދޫނުކުރުމަކީ އެއްބަސްވުމާ ޚިލާފުވުމެއް ނޫނެވެ؛ އަދި ގްރޭސް ޕީރިއަޑުގައި ލޯނު ނެގި ފަރާތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައެޅުން ރަނގަޅެއް ނޫނެވެ.
HN2 ރަހުނު ބެހެއްޓި ފަރާތް ލޯނަށް ގެރެންޓީ ދީފައިވާކަމަށް ދަށު ކޯޓުގައި އިޢުތިރާފުވެފައިވާއިރު، އަދި ރަހުނު އެއްބަސްވުމުގައި ލޯނުގެ ފައިސާއާއި އިންޓަރެސްޓާއި ޖޫރިމަނާ ހިމެނޭހެން ދެއްކުމުގެ ޒިންމާ ޔަޤީންކަން ދޭ ފަރާތުންވެސް ނަގާކަމަށް ބަޔާންވެފައިވާއިރު، ސެންކްޝަން ސިޓީއާއި ރަހުނު އެއްބަސްވުމަށް ޖުމްލަކޮށް ބަލައި، ރަހުނުގެ ވެރިފަރާތަކީ ފަރުދީ ގޮތުންވެސް ލޯނަށް ގެރެންޓީ ދީފައިވާ، ލޯނުގެ އިންޓަރެސްޓާއި ޖޫރިމަނާއަށް ޒިންމާވާ ފަރާތެކެވެ.
HN3 ލޯނަށް ދައްކަންޖެހޭ ހުރިހާ ފައިސާ ދައްކާ ޚަލާސްކުރެވެންދެން ރަހުނު އެއްބަސްވުން ބާޠިލުނުކުރެވޭނެކަމަށް ރަހުނު އެއްބަސްވުމުގައި ބަޔާންވެފައިވާއިރު، (އަދި ބޭންކުން ލޯނު އެއްބަސްވުމާ ޚިލާފުވެފައިނުވާއިރު) ރަހުނު އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅުމަކީ ރަހުނު އެއްބަސްވުމާ ޚިލާފު ނިންމުމެކެވެ.
HN4 ލޯނު ކޮންމެ ވަގުތެއްގައިވެސް ބާޠިލްކޮށް ބާކީ މިންވަރާއި މަންފާ އެއްކޮށް އަނބުރާ ދައްކަން އެންގުމުގެ ޙައްޤު ބޭންކަށް ދޭ މާއްދާ، އެ މާއްދާގެ މުޅި ޢިބާރާތާއި ލޯނު އެއްބަސްވުމާއި ރަހުނު އެއްބަސްވުމަށް ބަލައިގެން މާނަކުރާއިރު، އެއީ ލޯނު ނެގި ފަރާތުން އެއްބަސްވުމުގެ ޝަރުޠުތަކާ ޚިލާފުވާ ޙާލަތުގައި ބޭންކަށް ލިބޭ އިޚްތިޔާރެކެވެ؛ ޝަރުޠުތަކާ ޚިލާފުނުވާ ހިނދަކު ބޭންކަށް އެ ޙައްޤު ލިބޭ ގޮތަށް މާނަނުކުރެވޭތީ، އެ މާއްދާ ބާޠިލްކަމަށް ކަނޑައެޅުން ރަނގަޅު މާނަކުރުމެއް ނޫނެވެ.
HN5 ފެސިލިޓީ ތައްޔާރުކުރުމާއި ރަޖިސްޓްރީކުރުމާއި ތަންފީޛުކުރުމަށް ހިނގާ ޤާނޫނީ ޚަރަދުތައް ލޯނު ނަގާ ފަރާތުގެ އެކައުންޓުން ޑެބިޓްކުރެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންވެފައިވާނަމަ، އެ ޚަރަދުތައް ލޯނު ނެގި ފަރާތުގެ އެކައުންޓުން ޑެބިޓްކުރުމަކީ ބޭންކަށް ލިބިދީފައިވާ އިޚްތިޔާރެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ސިވިލް ކޯޓުގެ ނަންބަރު 17C/20-/Cv1318 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ... ހުށަހަޅާފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފަރާތުގެ ނަންބަރ 0147/2015/6079-BML/LSU/MAIN ސެންކްޝަން ސިޓީގައި ބަޔާންވެގެންވާ ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމާ ދަޢުވާކުރާ ފަރާތުން ޚިލާފުވެފައިވާކަން . ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާކުރާ ފަރާތުގެ ބަޔާން - 3 (32 އެޕްރީލް 3232( އެނގެން އޮންނާތީ، މި އެއްބަސްވުމުގެ ދަށުން ވެފައިވާ ނަންބަރު 118/2016-C/C-Cv "ރަހުނުގެ އެގްރިމަންޓް" މިހާރު ބާޠިލުވެފައިވާކަމަށް ކަނޑައަޅައި، ނަންބަރު 0147/2015/6079-BML/LSU/MAIN ސެންކްޝަން ސިޓީގައި ބަޔާންވެގެންވާ ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީއަށްވާ -300,000/ރ. (ތިންލައްކަ ރުފިޔާ) ގެ ތެރެއިން ދަޢުވާކުރާ ފަރާތުން ދޫކުރި -220,000/ ރ. (ދެލައްކަ ވިހިހާސް ރުފިޔާ) ގެ ތެރެއިން ދަޢުވާލިބޭ ފަރާތުން މިލޯނު އެކައުންޓަށް ޖަމާކޮށްފައިވާ 5,317/80ރ. (ފަސްހާސް ތިންސަތޭކަ ސަތާރަ ރުފިޔާ އަށްޑިހަލާރި) އުނިކު ރުމުން ބާކީ އޮންނަ 214,682/20ރ. (ދެލައްކަ ސާދަހާސް ހަސަތޭކަ އަށްޑިހަ ދެރުފިޔާ ވިހިލާރި) އަކީ މި މައްސަލައިގައި ދަޢުވާލިބޭ ބ. މާޅޮސް / ބަށިމާގެ، ޠާހާ ވަޙީދުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިބުނެވުނު 214,682/20ރ. (ދެލައްކަ ސާދަހާސް ހަސަތޭކަ އަށްޑިހަ ދެރުފިޔާ ވިހިލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 32 ޑިސެންބަރު 3232 އިން ފެށިގެން 35 (ފަނަރަ) ދުވަހުގެ ތެރޭގައި މިފައިސާ ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދައުވާލިބުނު ބ. މާޅޮސް / ބަށިމާގެ، ޠާހާ ވަޙީދުއަށް އަންގައި، ޠާހާ ވަޙީދު އާއި ޙުސައިން ނަޞީރުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
5ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އަންނަނިވި 25 (ފަހެއ ) ނުކުތާ ހުށަހަޅާފައި ވެއެވެ. ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ޙުކުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ލޯނު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވުމާއި ގްރޭސް ޕީރިއަޑުގައި ލޯނު ފައިސާ އަނބުރާ ދައްކަން ނުޖެހޭކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ރަހުނުގެ ވެރިފަރާތަކީ ލޯނުގެ އިންޓްރެސްޓާއި ޖޫރިމނ ފައިސާ އަދާކުރުމުގަ ޒިންމާ ނަޖަންޖެހޭ ފަރާތެއް ނޫންކަމަށް ކަނޑައަޅާފައިވކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ޙުކުމުގައި ރަހުނު އެއްބަސްވުން ނަންބަރު 118/2016-C/C-Cv އަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ހަތަރުވަނަ ނުކުތާ އަކީ: ބޭންކުން ދޫކުރާ ލޯނު ކޮންމެ ވަގުތެއްގައިވެސް އަނބުރާ ދައްކަން އެންގުމުގެ ޙައްޤާ ގުޅޭގޮތުން ބަޔާންކޮށްފައިވާ މާއްދާއަކީ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފަސްވަނަ ނުކުތާ އަކީ: ލޯނުފަ އިސާ އާއި އިންޓްރެސްޓް ޖޫރިމަނާގެ އިތުރުން ބޭންކުން ކުރަންޖެހޭ ޚަރަދުތައް އަދާކުރުމަށް ދަޢުވާލިބުނު ފަރާތްތަކުގެ މައްޗަށް ޙުކުމްކޮށްފައިނުވކަމަށ ބުން ފާހަގަކުރާ ނުކުތާއެވެ. އިސްތިއުނާފު ނާކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
6އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެ ބޭންކުން ލޯނު އެއްބަސްވުމާ ޚިލާފުވެފައިނުވާއިރ ދަށު ކޯޓުނު އެފަދައިން ކަނޑައަޅާފައިވާކަމަށާއި، ލޯނު ފައިސާގެ ފަހު ޕޭމަންޓް ދޫކޮށްފައިނުވަނީ އޭގެ ކުރީ ޕޭމަންޓުގެ އިންޓްރެސްޓް ފައިސާ ލޯނު ނެގި ފަރާތުން ދައްކާފައިނުވާތީ، އެ ޕޭމަންޓް ދޫކުރެވެނ ނެތުމުން ކަމަށެވެ. އަދި ގްރޭސް ޕީރިއަޑުގައިވެސ ފައިސް ދައްކަންޖެހޭ ގޮތަށް އެއްބަސްވުމުގައި އޮތް އިރު، ގްރޭސް ޕީރިއަޑުގައި ފައިސާ ދައްކަން ނުޖެހޭކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން ރަހުނުގެ ވެރިފަރާތކަ ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާއަށް ޒިންމާވާންޖެހޭ ފަރާތެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމި ށާއި ރަހުނު އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދ ބޭންކުން ދޫކުރާ ލޯނު ކޮންމެ ވަގުތެއްގައިވެސް އަނބުރާ ދައްކަން އެންގުމުގެ ޙައްޤާ ގުޅޭގޮތުން ބަޔާންކޮށްފައިވ މާއްދާއަކާ ބާޠިލް މާއްދާއެއްކަމަށި ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށިއި، ލޯނުފައިސ އާއާ އިންޓްރެސްޓާއަޖޫރިމަނާގެ އިތުރުން ބޭންކުން ކުރަންޖެހޭ ޚަރަދުތައް އަދާކުރުމަށް ދަޢުވާލިބުނު ފަރާތްތަކުގެ މައްޗަށް ޙުކުމްކޮށްފައިނުވނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.
3ޖަވާބުގައި އިސްތިއުނާފު ރައްދު ވ ޠާހާ ވަޙީދާ އަދި މުޙައްމަދު ނަޞީރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ލޯނު އެއްބަސްވުން ވެފައިވަނީ -300,000/ރ. (ތިންލައްކަ ރުފިޔާ) ކްރެޑިޓް ފެސިލިޓީއެއް ލިބިގަތުމަށް ކަމަށާއި، އެއްބަސްވުމުގައިވާ ފަދައިން އެ ފައިސާގެ ޖުމްލަ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދޫކޮށްފައިނުވާތީ، އެ ލޯނު އެއްބަސްވުމަކީ އޭގެ ޝަރުޠުތައް ބޭންކުން ފުރިހަމަކޮށްފައނުވާ އެއްބަސްވުމެއި ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން -300,000/ރ. (ތިންލައްކަ ރުފިޔާ) ގެ މައްޗަށް ދަޢުވާކޮށް ޖޫރިމނ އާއާ އިންޓްރެސްޓް ހޯދުމަށް ދަޢުވާކުރެވިދާނެކަމަށް ނުދެކޭކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ވަކާލާތު ކޮށްފައިވަނީ -300,000/ރ. (ތިންލައްކަ ރުފިޔާ) ގެ ލޯނެއްކަމަށ ބުން ކަމަށާއި، ދޫކުރެވުނު ފައިސާގެ ޢަދަދަށްކަމަށް އެނގިފައިނުވާކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ނިންމަން އެދުނުގޮތް
2. އިސްތިއުނާފުކުރާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިން މައްސަލަ ނިންމައިދިނުމަށެވެ. . އިސްތިއުނާފު ފޯމުގެ 32 ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން
2.3. ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2017 ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނީ، ޝަރުއީ އުޞޫލުތަކާ ޚިލާފު އަދި ބޭންކާއި ލޯނުނަގާފަރާތާއި ރަހުނު ބެހެއްޓި ފަރާތާއެކު ވެފައިވާ ލޯނު އެއްބަސްވުމާއި (އެއީ ސެކްޝަން ސިޓީއާއި އާންމު ޝަރުތުތަކާއި މާއްދާތައް) އަދި ރަހުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި މުޅިން ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަ ނ ސާބިތުވާކަމަށް ކަނޑައެޅުން؛ އަދި
2.3. ސިވިލް ކޯޓުގެ ނަންބަރު 1318/Cv-C/2017 ޤަޟިއްޔާގެ މުޅި ޙުކުމް ބާޠިލްކުރުމަށް ޙުކުމް ކޮށްދިނުން؛ އަދ
2.2. ބޭންކް އޮފް މޯލްޑިވްސް ޕލކ އިން -300,000/ ރުފިޔާގެ ޑިމާންޑް ލޯނެއް ޠާހާ ވަޙީދު އަށް ދޫކުރުމަށް އެއްބަސްވެ، -000/,220 ރުފިޔާ ދޫކޮށްފައިވާކަ ނ ސާބިތުވާކަމަށް ކަނޑައޅައިދިނަ މާއު މިލޯނަށ ޙުސައިން ނަޞީރު ރަހުނު ބަހައްޓާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުން؛ އަދި
2.1. ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ޠާހާ ވަޙީދު އަށް ދޫކުރި ޑިމާންޑް ލޯން އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައި ނުވާކނަ ސާބިތުވާކަމަށް ކަނޑައެޅައިދިނުން؛ އަދި
2.5. ބޭންކުން ޑިމާންޑް ލޯން ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ ޠާހާ ވަޙީދު އަދި ޙުސައިން ނަޞީރު ޚިލާފުވެފއިވާކަނ ސާބިތުވާކަމަށް ކަނޑައަޅައިދިނަ ން؛ އަދ
2.6. ޠާހާ ވަޙީދުއަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ޑިމާންޑް ލޯނު އެކައުންޓް ބަންދު ކުރެވެންދެން ސެންކްޝަން ސިޓީގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޗާރޖްކުރެވެމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއަކީ ޠާހާ ވަޙީދު އަދި ޙުސައިން ނަޞީރު ބޭންކަށް ދައްކަންޖެހޭނެ ފައިސާކަމުގައި ކަނޑައޅައިދިނަ ން؛ އަދި
2.3. ޠާހާ ވަޙީދު އަށް ދޫކުރި ޑިމާންޑް ލޯނާ ގުޅޭ އެންމެހައި ފައިސާ ދައްކައި ލޯނު އެކައުންޓު ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓް ބާޠިލްނުވެ ދެމިއޮންނާނެކަމަށް ކަނޑައެޅައިދިނުން؛ އަދ
2.2. ޠާހާ ވަޙީދު އަށް ދޫކުރި ޑިމާންޑް ލޯނާއި ގުޅިގެން ރަޖިސްޓްރީ ކުރެވުނު ނަންބަރު 118/2016-C/C-Cv އެގްރިމެންޓްގެ ދަށުން ރަހުނުކުރެވިފައިވާ ސ.ހިތަދޫ "އޯސިސް" އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތައް ބޭންކަށް ރަހުނުކުރެވިފައިވާކަން ސާބިތުވާކަމަށް ކަނޑައޅައިދިނަ ން؛ އަދ
2.3. ރަހުނު ކުރެވިފައިވާ ގޯއްޗާއި އެގޯތިގައިވ އެންމެހާ ޢިމާރާތްތައް ވިއްކާލަންޖެހިއްޖެ ޙާލަތެއްގައި ވިއްކާލުމަށްޓަކައި ބޭންކުން ކުރަންޖެހޭ އެންމެހައި ޚަރަދުތަކަކީ ޠާހާ ވަޙީދު އަދި ޙުސައިން ނަޞީރު ބޭންކަށް ދައްކަންޖެހޭ ޚަރަދެއް ކަމަށާއި އެޚަރަދުތައ ލޯން އެކައުންޓަށް ޗާޖް ކުރުމުގެ ޙައްޤު ބޭންކަށް ލިބިގެންވާ ކަމަށް ކަނޑައެޅައިދިނުން؛ އަދ
2.32. ޠާހާ ވަޙީދު އަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާ އާއި ސރާ ޗާޖާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓް ބަންދު ކުރެވެންދެން ސެންކްޝަން ސިޓީގައި އެއްބަސް ވެފައިވް ގޮތުގެ މަތިން ސާރ ޗާޖާއި ޖޫރިމަނާގެ ފައިސާގެ އިތުރުން، ސެންކްޝަން ސިޓީއާއި އެކުވާ "ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ ޢާންމު ޝަރުޠު" ތަކުގެ 3.32 އާއި ރަހުނު އެގްރީމެންޓުގެ 32 ވަނަ މާއްދާގައިވާ ފަދައިން ރަހުނު އެގްރިމެންޓާއި ސެންކްޝަން ސިޓީގައިވާ މާއްދާތަކާއި ޚިލާފުވުމުގެ ސަބަބުން ބޭންކަށް ލިބޭ ގެއްލުމަކަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް (މީގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ދައްކަންޖެހޭ ފީ އާއި ޚަރަދިތަކާއި އެނޫން ޚަރަދުތައްވެސް ހިމެނޭ) އަކީ ޠާހާ ވަޙީދު އަދި ޙުސައިން ނަޞީރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ފައިސާ ކަމުގައި ކަނޑައަޅައިދިނުން؛ އަދި
2.33. ޠާހާ ވަޙީދު އަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާއާއި އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓަށް ދައްކަންޖެހޭ އެންމެހައި ފައިސާ ލިބިގަތުމަށްޓަކައި، ލޯނާއި ގުޅިގެން ބޭންކަށް ރަހުނުކުރެވިފައިވާ ސ.ހިތަދޫ "އޯސިސް" އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހައި ޢިމާރާތްތައ ވިއްކާލައިގެން ޚަރަދު ކެނޑުމަށްފަހު ލިބޭ ފައިސާ ލޯން އެކައުންޓަށް ކެނޑުމުންވެސް ލޯން އެކައުންޓްގައި ދައްކަންޖެހޭ ބާކީ ޢަދަދެއްވާނަމަ އެޢަދަދަކީވެސް ޠާހާ ވްޙީދު އަދި ޙުސައިން ނަޞީރުގެ ފަރާތނ ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައެޅައިދިނުން، މިއެވެ. އިސްތިއުނާފުރައްދުވާ ފަރްތްތަކުނ މައްސަލަ ނިންމަން އެދުނުގޮތް
3. އިސްތިއުނާފު ރައްދުވާ ޠާހާ ވަޙީދު އަދި މުޙައްމަދު ނަޞީރުގެ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ
32.އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ޙުކުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ލޯނު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވުމާއި ގްރޭސް ޕީރިއަޑުގައި ލޯނު ފައިސާ އަނބުރާ ދައްކަން ނުޖެހޭކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށް ޝަރީޢަތުން ރިއޔަތްކުރިއިރާ އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
32.3. މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން 32 އެޕްރީލް 2323 ދުވަހު ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެވުނު ލޯނުގެ ފައިސާގެ ގޮތުގައި ދޫކުރެވުނު ޢަދަދަކީ -220,000/ ރ. (ދެލައްކަ ވިހިހާސް ރުފިޔާ) ކަމަށް ބުނެ އެ ޢަދަދު އިސްލާހުކޮށްފައިވެއެވެ. އަދި މި ލޯނު . ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާކުރާ ފަރާތުގެ ބަޔާން- 3 (32 އެޕްރީލް 3232( ފެސިލިޓީ ލިބިގަތުމަށްޓަކައި، ރަހުނެއްގެ ގޮތުގައި ބެހެއްޓިފައިވަނީ ޙުސައިން ނަޞީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ. ހިތަދޫ "އޯސިސް" އެވެ ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކެވެ.
32.3. ދަށު ކޯޓުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ލޯނު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައި ވ ސަބަބަކާ ލޯނު އެއްބަސްވުމުގައިވާ ޖުމްލަ -300,000/ރ. (ތިންލައްކަ ރުފިޔާ) ލޯނު ފެސިލިޓީގެ ގޮތުގައި ދޫކޮށްފައިނުވުމުވެ.
32.2. ދެފަރާތުގެ މެދުގައި ވެވުނު ލޯނު އެއްބަސްވުމުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ލޯނު ފައިސާ ދޫކުރެވޭނީ ކުރިން ދޫކޮށްފައިވާ ފައިސާ ބޭނުންކޮށްފައިވަނީ އެކަށީގެންވާ ގޮތެއްގައިތޯ ބެލުމަށްފަހުގައި ކަމަށެވެ. އަދި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، ލޯނު ދޫކުރެވިފައިވަނީ ދޫކުރާ މަހުން ފެށިގެން ފައިސާދައކަން ޖެހޭގޮތަށް ކަން ބަޔާންވެގެންވެއެވެ. އެގޮތުން އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ލޯނު ދޫކުރާ މަހާ ޖެހިގެން އަންނަ 2 މަހު، އެމަހަކަށް ޖެހޭ އިންޓްރެސްޓް ބޭންކަށް ދައްކަންޖެހޭ ކަމަށެވެ. މިފައިސާ ބޭންކަށް ދައްކާފައިނުވާކަމުގައި ބޭންކުން ބުނެފައިވާއިރު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މިކަމަށް އިންކާރުކޮށްފައިނުވެއެވެ.
32.1. އަދި ލޯނު ދޫކުރާ ތާރީޚުން ފެށިގެން، ގްރޭސް ޕީރިއަޑުވެސ ހިމެނޭގޮތުން އެއްބަސްވެފައިވާ އުސޫލުން އިންޓްރެސްޓް ފައިސާ ނުދައްކާނަމަ، ލޯނު އެއްބަސްވުމުގައިވާގޮތުން ފިޔަވަޅުއެޅޭނެކަން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެއްބަސްވެފައވ ގޮތަށާ ފައިސި ނުދައްކާނަމަ، "ނޮން ޕާރފޯމިންގ އެސެޓް" އެއްގެ ގޮތުގައި ކަނޑައެޅުމަށް މޯލްޑިވްސ މަނިޓަރް އޮތޯރިޓީގެ ޕްރުޑެންޝަލް ރެގިއުލޭޝަން 3223/5 (އެސެޓް ކްލެސިފިކޭޝަން، ޕްރޮވިޝަނިންގ . ލޯނު ދޫކުރި ސެންކްޝަން ސިޓީގެ 33 ވަނަ ނަންބަރު އެންޑް ސަސްޕެންޝަން އޮފް އިންޓްރެސްޓް) ގައި ބަޔާންކޮށްފައިވާކަން ބޭންކް އޮފް މޯލްޑިވްސ ޕލކީއިން ފާހަގަކޮށްފައިވެއެވެ. އަދި ލޯނުގެ ފަހު ޕޭމަންޓް ދޫކޮށްފައިނުވަނީ އޭގެ ކުރީ ޕޭމަންޓްގެ އިންޓްރެސްޓް ފައިސާ ދައްކާފައިނުވާތ، މި އުސޫލުގެ ދަށުންކަން ފާހަގަކޮށްފައިވެއެވެ. ލޯނު ނެގިއިރު ބޭންކުން ފައިސާ ދޫކުރެވޭނީ މި އުސޫލުގެ ދަށުންކަން އެނގޭކަމުގައި އިސްތިއުނާފުރައްދުވ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރިއެވެ. އެހެންކަމުން ދަށު ކޯޓުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށާއި ގްރޭސް ޕީރިއަޑުގައި ލޯނު ނެގިފަރާތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ބެލެވޭކަށް ނެތެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
33.އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ރަހުނުގެ ވެރިފަރާތަކީ ލޯނުގެ އިންޓްރެސްޓާއި ޖުރުމާނާ ފައިސާ އަދާކުރުމުގެ ޒިންމާ ނގަ ންޖެހަ ފަރާތެއް ނޫންކަމަށް ކަނޑައަޅާފައިވި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށ ޝަރީޢަތުން ރިޢާޔަތްކުރިއިރު، ލޯނު ދޫކުރި ސެންކްޝަން ސިޓީގައި ރަހުނުގެ ވެރިފަރާތް، ޙުސައިން ނަޞީރުގެ ނަން ބަޔާންވެގެންވަނީ ރަހުނު ބަހައްޓާ ފަރާތުގެ ގޮތުގައެވެ. ޔަޤީންކަން ދޭފަރާތެއްގެ ގޮތުގައެއް ނޫނެވެ. އިސްތިއުނާފު ފޯމުގައި ހުރި ކަންކަމަށް ބަލާއިރު، އަމިއްލަ ހައިސިއްޔަތުންވެސް ޙުސައިން ނަޞީރު މި ލޯނަށް ގެރެންޓީ ދީ ސޮއިކޮށްފައިވާ ލިޔުމެއްވާކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި ލިޔުމަކީ ދަށު ކޯޓަށް ހުށަހެޅުނު ލިޔުމެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ދަށު ކޯޓުންވެސް ޙުސައިން ނަޞީރު މި ލޯނަށް އަމިއްލަ ހައިސިއްޔަތުން ޒިންމާވާން ނުޖެހޭކަމަށް ކަނޑައެޅި އެއް ސަބަބަކީ އެ ލިޔުން އޮތް ކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ބުނި ނަމަވެސް އެ ލިޔުން ދަށު ކޯޓަށް ހުށަހެޅިފައިނެތުންކަނ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. ކަން މިހެން އޮތް ނަމަވެސް ޙުސައިން ނަޞީރުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ޖަވާބު (32 އެޕްރީލް 3232 ) ގައު "ޠާހާ ވަޙީދާ އާއު ބޭންކް އޮފް މޯލްޑިވްސް ޕލކ ދެމެދު23 ޑިސެންބަރު 3235 ގައު އެއްބަސްވުމެއް އެކުލަވާލެވި އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގެ ދެފަރާތުން ޢަމަލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއެކ އަދ ގެރެންޓާއެއްގެ ހައިސިއްޔަތުން އަޅުގަނޑު ގެރެންޓީ ދީފައިވީނަމަވެސް ބޭންކް އޮފް މޯލްޑިވްސް ޕލކ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން ފާހަގަކުރަމެވެ." މިފަދައިން ބަޔާންކޮށްފައިވުމުން، އެ ބުނެވުނު ލޯނަށް ގެރެންޓީ ދީފައިވާކަމަށް ޙުސައިން ނަޞީރު ސިވިލް ކޯޓުގައި އެއްބަސްވެފައިވާކަން އެނގެއެވެ. އަދި ރަހުނު އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖުރުމާނާ ފައިސާ އާއި ލޯނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާ ހިމެނޭހެން ދެއްކުމުގެ ޒިންމާ ލޯނަށް ޔަޤީންކަންދޭ ފަރާތުންވެސް އެއްބަސްވާކަމަށް ރަހުނު އެގްރީމަންޓްގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި އެ އެއްބަސްވުމުގެ 32 ވަނަ މާއްދާގައި ލޯނު ނަގާފަރާތުނ ނުވަތް ރަހުނު ބަހައްޓާފަރާތުނ ބޭންކަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކައި ބޭންކުން ރަހުނު ދޫކޮށްލަންދެނ އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު ލިބިގެންނުވާކަމުގައި ބަޔާނވެގް ންވެއެވެ. އެހެންކަމުން ޙުސައިން ނަޞީރު މި ލޯނަށް ގެރެންޓީ ދީފައިވާކަމަށް ވެފައިވާ އިޢުތިރަފާއި، ބުނެވުނު ލޯނު ދޫކުރި ސެންކްޝަން ސިޓީގައިވާ ކަންކަމާއި ރަހުނު އެއްބަސްވުމުގައިވާ ކަންކަމަށް ޖުމްލަކޮށް ބެލުމުން، ރަހުނު ބެހެއްޓި ފަރާތް ކަމަށްވާ ޙުސައިން ނަޞީރު އަކީ ފަރުދީގޮތުންވެސް ބުނެވުނު ލޯނަށް ގެރެންޓީދީފައިވާ ފަރާތެއްކަން އެނގެއެވެ. އެހެންކަމުން ޙުސައިން ނަޞީރު އަކީ ލޯނުގެ އިންޓްރެސްޓާއި ޖުރުމާނާ ފައިސާ އަދާކުރުމުގެ ޒިންމާ ނަގަންޖެހޭ ފަރާތެއް ނޫންކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފީ ތިން ވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
33.އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ޙުކުމުގައި ނަންބަރު 118/2016-C/C-Cv ރަހުނު އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ދަށު ކޯޓުން މި އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅާފައިވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ލޯނު ފެސިލިޓީގެ ގޮތުގައި ޖުމްލަ -300,000/ ރ. (ތިންލައްކަ ރުފިޔާ ) ދޫނުކޮށް -000/,220 ރ. (ދެލައްކަ ވިހިހާސް ރުފިޔާ) ދޫކޮށްފއިވާކަ ނ އެނގެން އޮތުމުން އެކަމަކީ އެ އެއްބަސްވުމާ ބޭންކުން ޚިލާފުވެފައިވުނ ކަމުގައް ކަނޑައަޅައި މިކަމުގެ މައްޗަށް ބިނާކޮށްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރިޢާޔަތްކުރެވުނުއިރ ބޭންކު އޮފް މޯލްޑިވްސް ޕލކ އިން ލޯނު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަން ބަޔާންވެ ހިނގައްޖެއެވެ. އެހެންކަމުން ބޭންކް އޮފް މޯލްޑިވްސް ޕލކ އިންއެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށް، އެ ސަބަބުގެ މައްޗަށް، ރަހުނު އެއްބަސްވުންވެސް ބާޠިލްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަހުނު އެއްބަސްވުމުގެ 32 ވަނަ މާއްދާއާވެސް ޚިލާފަށެވެ. އެހެނީ ލޯނަށް ދައްކަންޖހެ އެންމެހާ ފައިސާ ދައްކާ ޚަލާސްކުރެވެންދެން އެއްބަސްވުން ބާޠިލްނުކުރެވޭނެކަމަށް ރަހުނު އެއްބަސްވުމުގެ 32 ވަނަ މާއްދގައާ ބަޔާންވެގެންވެއެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ
32އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ ބޭންކުން ދޫކުރާ ލޯނު ކޮންމެ ވަގުތެއްގައިވެސް އަނބުރާ ދައްކަން އެންގުމުގެ ޙައްޤާ ގުޅޭގޮތުން ބަޔާންކޮށްފައިވާ މާއްދާއަކީ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅާފައިވކަމަށް ބުނާ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ބުނެފައިވަނީ ބޭންކުން ދޫކުރާ ލޯނު ކޮންމެ ވަގުތެއްގައިވެސް އަނބުރާ ދައްކަން އެންގުމުގެ ޙައްޤާ ގުޅޭގޮތުންކަންކަން ބަޔާންވެގެންވަނީ "ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ ޢާންމު ޝަރުތު" ތަކުގ 3.32 ގައި ކަމަށެވެ. އަދި އެމާއްދާގައި އޮތީ ލޯނު ދައްކަން އޮންނަ އުސޫލުން ގަވާއިދުން ބޭންކަށް ފައިސާ ނުދައްކާނަމަ ބޭންކަށް ލިބިދޭ އިޚްތިޔާރެއްގެ ވާހަކަ ކަމަށެވެ. އަދ މުޅި ލޯނު އެއްބަސްވުމަށް ބެލުމުންވެސް، އެއްބަސްވުމުގ ޝަރުތަކާ ޚިލާފުނުވާނަމަ އެފަދައިން ބޭންކުން ނައަންގާނެކަމަށެވެ. އެހެންކަމުން އެ މާއްދާ ބާޠިލްކަމަށް ދަށު ކޯޓުން ބަޔާންކޮށްފައިވަންރަނގަޅ މާނަކުރުމަކުނ ނޫންކަމަށެވެ.
32.3. "ބޭންކ އޮފް މޯލްޑިވްސް ޕލކ ގެ ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ އާންމު ޝަރުތުތައް" ދަށު ކޯޓަށް ހުށަހެޅިފައިވެއެވެ. އެ ޝަރުތުތަކުގެ 3.32 ގައި އޮތީ އަންނަނިވި ޢިބާރާތެވެ. "ލޯނު އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ ގަވާއިދުން ނުދެއްކުމުން، ނުވަތަ ސެންކްޝަން ސިޓީގައިވާ އެއްވެސް މާއްދާއަކާ ޚިލާފުވުމުން، ނުވަތަ އެހެން އެއްވެސް ސަބަބަކާހުރް މިލޯނާއި ލޯނު ން ގ ފަރާތަށް ދޫކޮށްފައިވާ އެހެން ލޯނުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލްކޮށި އެތާރީޚާ ހަމައަށް ނުދެއްކި ބާކހުރ މިންވަރާއި މަންފާ އެއްކޮށް އަނބުރާ ދައްކަން އެންގުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ."
32.3. މި މާއްދާގައި އޮތް މުޅި އިބާރާތަށް ބެލުމުން އަދި ލޯނު އެއްބަސްވުމާއި ރަހުނު އެއްބަސްވުމަށް ބެލުމުން، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުނުވާހާ ހިނދަކު ލޯނުތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލްކޮށް އެތާރީޚާ ހަމައަށް ނުދެއްކި ބާކީ ހުރި މިންވަރާއި މަންފާ އެއްކޮށް އަނބުރާ ދައްކަން އެންގުމުގެ ޙައްޤު ބޭންކަށް އޮތް ކަމަށް މި މާއްދާ މާނަކުރެވިދާނެކަމަކަށް ނުފެނެއެވެ. އެހެންކަމުން ބުނެވުނު މާއްދާ ބާޠިލްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅު މާނަކުރުމަކުން ކަމުގައި ނުދެކެމެވެ. އިސްތިއުނާފީ ފަސް ވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް
31. އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ ލޯނުފައިސ އާއާ އިންޓްރެސްޓް ޖޫރިމަނާގެ އިތުރުން ބޭންކުން ކުރަންޖެހޭ ޚަރަދުތައް އަދާކުރުމަށް ދަޢުވާލިބުނު ފަރާތްތަކުގެ މައްޗަށް ޙުކުމްކޮށްފައިނުވާކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށް ޝަރީޢަތުން ރިއާޔަތްކުރިއިރު، ރަހުނު އެއްބަސްވުމުގެ 32 ވަނަ މާއްދާގައި އޮތީ "ފެސިލިޓީ ތައްޔާރުކުރުމަށާއި ރަޖިސްޓްރީ ކުރުމަށާއި ސޮއިކުރުމަށާއ އަދި ތަންފީޒުކުރުމަށް ހިނގާ ހުރިހާ ޤާނޫނީ ޚަރަދުތަކާއި އަގުތަކަކީ ލޯނު ނަގާފަރާތުގެ އެކައުންޓުން ޑެބިޓްކުރެވޭނެ އެއްޗެކެވެ." މިފަދައިންނެވެ. އަދި "ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ކްރެޑިޓް ފެސިލިޓީ ދޫކުރެވޭ އާންމު ޝަރުތުތައް" ގެ 3.32 ގައި ވެސް އޮތީ މި ޚަރަދުތަކަށް ލޯނު ނަގާފަރާތުން ޒިންމާވާންޖެހޭ ކަމަށާއި ލޯނު ނަގާފަރާތުގެ އެކައުންޓުން އެ އަދަދު ޑެބިޓް ކުރެވޭނެ ކަމަށެވެ. އެހެންކަމުން މި އަދަދުތައް ލޯނު ނެގި ފަރާތުގެ އެކައުންޓުން ޑެބިޓްކުރުމަކީ ބުނެވުނު މާއްދާތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދީފައިވާ އިޚްތިޔާރެއްކަން އެނގެއެވެ.
މައްސަލަ ނިންމަންފެންނަ ގޮތް
35.އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 17C/20-/Cv1318 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ޠާހާ ވަޙީދު އަށް ދޫކުރި -000/,220 ރ. (ދެލައްކަ ވިހިހާސް ރުފިޔާ ) ގެ ޑިމާންޑް ލޯން އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައި ނުވާކަން ސާބިތުވާކަމާއި، ޠާހާ ވަޙީދުއަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ޑިމާންޑް ލޯނު އެކައުންޓް ބަންދު ކުރެވެންދެން، ސެންކްޝަން ސިޓީގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޗާރޖްކުރެވެމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއަކީ ޠާހާ ވަޙީދު އަދި ޙުސައިން ނަޞީރު ބޭންކަށް ދައްކަންޖެހޭނެ ފައިސާކަމުގައި ކަނޑައަޅައި، މި އެންމެހައި ފައިސާ 2 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާސްކުރުމަށް ބ.މާޅޮސް، […] ޠާހާ ވަޙީދު އަދ މާލެ، ދަފްތަރު ނަންބަރު ރސ 6563، ޙުސައިން ނަޞީރާއަށް އަންގައި، މި ލޯނާ ގުޅިގެނ ޙުސައިން ނަޞީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ. ހިތަދޫ "އޯސިސް" އެވެ ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތތައ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ރަހުނުކުރެވިފައިވާކަން ސާބިތވާކަމުގައު ކަނޑައަޅައި، ބުނެވުނު އެންމެހައި ފައިސާދައްކާ ޚަލާސްކުރެވެންދެން މި ޑިމާންޑް ލޯނާ ގުޅިގެން ރަޖިސްޓްރީ ކުރެވުނު ނަންބަރު 118/2016-C/C-Cv ރަހުނު އެގްރިމެންޓުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދޭ ޙައްޤުތަކާއެކު އެ އެގްރިމެންޓު ދެމިއޮންނާނެ ކަމާއި، ލޯނުގެ ފައިސާއާއި، އިންޓަރެސްޓާއި، ޖޫރމަނާގި ފައިސާއާއި ލޯނާގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ މިއަދުން ފެށިގެން 2 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާސްނުކުރެވިއްޖެނަމަ، ރަހުނު ކުރެވިފައިވާ ސ. ހިތަދޫ "އޯސިސް" އެވެ ކިޔާ (ރަޖިސްޓަރީ ނަންބަރު: 3536) ގޯތީގައިވާ އެންމެހާ ޢިމާރާތްތައް ވިއްކާލައިގެން އެ އެންމެހައި ފައިސާ ހޯދުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމާއި، އަދި ބުނެވުނު ފަދަ އިން ރަހުނު ވިއްކާލައިގެންވެސް ދަރަނި އަދާނުކުރެވި ލޯނު އެކައުންޓުގައި ބާކީ ދައްކަންޖެހޭ ފައިސާ ވާނަމަ އެ ޢަދަދަކީވެސް ބ.މާޅޮސް، […] ޠާހާ ވަޙީދު އަދި މާލެ، ދަފްތަރު ނަންބަރު ރސ 6563، ޙުސައިން ނަޞީރު ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މި ގޮތުގެމަތިން މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު؛
36ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. . ލޯނު ދޫކުރި ސޭންކޝަން ސިޓީގެ 33 ވަނަ ނަންބަރު
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
33. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
32. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގަ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމނުގޮތުގު ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 1318/Cv-C/2017 ޤަޟިއްޔާގެ ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ޠާހާ ވަޙދީ އަށް ދޫކުރި ޑިމާންޑް ލޯނު އެއްބަސްވެފައިވާ ގޮތަށް އަދާކޮށްފައި ނުވާކަން ސާބިތުވާކަމަށް ކަނޑައަޅައި، ޠާހާ . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ނ) ވަޙީދުއަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ޑިމާންޑް ލޯނު އެކައުންޓް ބަންދު ކުރެވެންދެން، ސެންކްޝަން ސިޓީގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޗާރޖްކުރެވެމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއަކީ ޠާހާ ވަޙީދު އާއި މި ލޯނަށް ގެރެންޓީދިން ޙުސައިން ނަޞީރު ބޭންކަށް ދައްކަންޖެހޭނެ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާ 2 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާސްކުރުމަށް ޠާހާ ވަޙީދު އާއި ޙުސައިން ނަޞީރު އަށް އަންގައި، މި ލޯނާ ގުޅިގެން ޙުސައިން ނަޞީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ. ހިތަދޫ "އޯސިސް" އެވެ ކިޔާ ގޯތީގައިވާ އެންމެހާ ޢިމާރާތްތައް ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ރަހުނުކުރެވފައިވާކި ން ސާބިތުވާކަމުގައި ކަނޑައަޅައި؛ ލޯނުގެ ފައިސާއާއި، އިންޓަރެސްޓާއި، ޖޫރިމަނާގެ ފައިސާއާއި ލޯނާގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާ މިއަދުން (33 ނޮވެންބަރު 3233 ) ފެށިގެން 2 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކާ ޚަލާސްނުކުރެވިއްޖެނަމަ، ރަހުނު ކުރެވިފައިވާ ސ. ހިތަދޫ "އޯސިސ" އެވެ ކިޔާ (ރަޖިސްޓަރީ ނަންބަރު: 3536) ގޯތީގައިވާ އެންމެހާ ޢިމާރާތްތައް ވިއްކާލައިގެން އެ އެންމެހައި ފައިސާ ހޯދުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެނވް ކަމުގައި ކަނޑައަޅާ އ؛ ލޯނާ ގުޅިގެނާ ދައްކަންޖެހޭ އެންމެހައިފައިސ ދައްކާ ޚަލާސްކުރެވެންދެނ، އެ ޑިމާންޑް ލޯނާ ގުޅިގެން ރަޖިސްޓްރީ ކުރެވުނު ނަންބަރު 118/2016-C/C-Cv ރަހުނު އެގްރިމެންޓުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިދޭ ޙައްޤުތަކާއެކު އެ އެގްރިމެންޓު ދެމިއޮންނާނެ ކ މާއި، އަދި ބުނެވުނު ފަދއިނަ ރަހުނު ވިއްކާލައިގެންވެސް ދަރަނި އަދާނުކުރެވި ލޯނު އެކައުންޓުގައި ބާކީ ދައްކަންޖެހޭ ފައިސާ ވާނަމަ އެ ޢަދަދަކީވެސް ބ.މާޅޮސް، […] ޠާހާ ވަޙީދު އަދި މާލެ، ދަފްތަރު ނަންބަރު ރސ 6563، ޙުސައިން . ލޯނު ދޫކުރި ސޭންކްޝަން ސިޓީގެ 33 ވަނަ ނަންބަރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު) ގެ (ހ)، (ށ)، (ނ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.