ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/456

ޖެޓަން ޓްރެވަލް ސަރވިސެސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ސަން ސްޕޮޓް ޓުއަރސް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 20 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 2605/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2605/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/53 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އިނގިރޭސިވިލާތުގެ ކޯޓެއްގައި ރިސޯޓުގެ އިހުމާލެއް ނެތްކަމަށް ދިފާޢުކުރި ޓްރެވަލް އެޖެންޓަކަށް، ހަމަ އެ ހާދިސާ ރިސޯޓުގެ އިހުމާލުން ހިނގި ކަމަށް ބުނެ ރިސޯޓު ހިންގި ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރެވޭތޯ (އެސްޓޮޕެލްގެ މަބްދައު).

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ނިންމުމުގެ ބައި ލިޔުމުގައި ނެތް؛ ތިންވަނަ ނުކުތާގެ ތަޙުލީލު ވަނީ އިސްތިއުނާފުކުރި ފަރާތުގެ ތަރަފުން (ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމާ ދިމާއަށް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN1 ޚަޞްމަކު އެއް ކޯޓެއްގައި އެއް ވާޤިޢާއަކާ ބެހޭގޮތުން ބުނި ބަސް އަނެއް ކޯޓުގައި ދިމާއިދިކޮޅަށް ބަދަލުކޮށް ފަނޑިޔާރުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ އެސްޓޮޕެލް (Estoppel) ގެ އާންމު މަބްދައުގެ ދަށުން ކުރެވިގެންވާ ކަމެއް ނޫނެވެ. ގެއްލުން ކުޑަކުރުމަށް (loss mitigation) ކަމަށް ބުނި ނަމަވެސް ޙަޤީޤަތާ ޚިލާފު ވާހަކަ ކޯޓުތަކުގައި ދެއްކުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މަދަނީ › އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން

HN2 ކޯޓުތަކަށް ދަޢުވާ ހުށަހަޅަންވާނީ އިންސާފު ހޯދުމަށް ސާފު އަތަކާއެކުގައެވެ. ކޯޓުތަކުގައި އެއް މައުޟޫޢެއްގައި އެކި ފަހަރު އެކި ގޮތަށް ތެދުދޮގަށް ނުބަލާ ދަޢުވާކޮށް ދިފާޢުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ހުއްޓުވަންޖެހޭ، ކޯޓުތަކުން ފުރުޞަތު ނުދޭންވާ ކަމެކެވެ.

HN3 ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ބ) އާއި 47 ވަނަ މާއްދާގެ ދަށުން، ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ކޯޓަށް ކަމެއް އޮޅުވާލުމަކީ ނުވަތަ ޤަޞްދުގައި ވަންހަނާކުރުމަކީ ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެކެވެ؛ ވާޤިޢާއަކާ ގުޅިގެން ދެ ކޯޓެއްގައި ދެގޮތަކަށް ބަސްބުނެ ވަކާލާތުކުރުމަކީ ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން ޖާގަ ނުދެވޭނެ ކަމެކެވެ.

HN4 މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ތެދުބަހުން ސާފުކޮށް ހެކި ޤަރީނާ ހުށަހެޅުމަކީ ޚަޞްމުންގެ ޒިންމާއެވެ؛ ފަނޑިޔާރު ޙުކުމް ބިނާކުރަނީ ދެފަރާތުގެ ވާހަކައާއި ހެކި ވަޒަންކޮށް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޖެޓަން ޓްރެވެލް ސަރވިސެސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 0252/1997-C، މީގެ ފަހުން "ޖެޓަން" ނުވަތަ " އިސްތިއުނާފުކުރާ ފަރާތް" މިފަދައިން ބަޔާންކުރެވިފައި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 1470134، މީގެ ފަހުން "ސަންސްޕޮޓް" ނުވަތަ "އިސްތިއުނާފުރައދުވާ ފަރާތް" މިފަދައިން ބަޔާންކުރެވިފައި) އެވެ.

މައްސަލައިގެ ފަސްފަހަތް

2އިނގިރޭސިވިލާތުގެ ރށަވެއްސެއް ކަމުގައިވާ އެމޭންޑާ ޖޭން ނޝް، ( Mrs. Amanda Jane Nash)،މީގެ ފަހުން "އެމޭންޑާ " މިފަދައިން ބަޔާންކުރެވިފައި) 22 ސެޕްޓެންބަރު 2010 އިން ފެށިގެން 26 ސެޕްޓެންބަރު 2010، މި މުއްދަތުގައި ދިވެހިރާއްޖޭގައި ހިންގާ އަދާރަނ ކްލަބް ރަންނާޅި ރިސޯޓގައު 2 1 ޗުއްޓީ ހޭދަކޮށްފައިވެއެވެ. މިއީ ސަންސްޕޮޓގް އެޖެންޓުކަމުގެ ދަށުން އެމޭންޑ ކުރާ ދަތުރެކެވެ. އަދި އަދާރަނ ކްލަބް ރަންނާޅި ރިސޯޓަކީ ޖޓަނެ ގ ފަރާތުން ހިނގަމުންދިޔަ ރިސޓެކެވެ. މިކަ ންކަމމެދު ޚިލާފެއާ ނެތެވެ. . ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ޖެޓަން ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކަމަށް އިންކާރުކޮށްފައިނުވެއެވެ.

324 ސެޕްޓެންބަރު 2010 ތާރީޚުގައި، އެ ރިސޯޓުގެ ވޯޓާ ވިލާ (Water villa) އަކަށް ދިއުމަށް ޚާއްސަކުރެވިފައިވާ ހިނގާ ސަރަޙައްދަކުން (Walkway) އެމޭންޑާ ހިނގާފައި ދަނިކޮށް ކަރަންޓު ޝޮކް ތަކެއް (Electric shock) ލިބި ހާދިސާއެއް ހ ނެގިއެވެ. މހާދިސ ހިނގާފައިވާ ކަމާމެދި ޚިލާފެއް ނެތެވެ.

4މހާދިސާއި ގުޅގެނި އިނގިރޭސިވިލާތުގެ ނޯތުހެމްޓން ކައުންޓަ ކޯޓުގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސަންސްޕޮޓް (އެޖެންޓު) ގެ މައްޗަށް އެމޭންޑާގެ ފަރާތުން ދަޢުވާކުރާ އެވެ.

5އެ ދަޢުވާ އެކޯޓުގައި ބަލާފައިވަނީ ނަންބަރު 3YO66832 ޤަޟިއްޔާ ގައެވެ. އެ ޤަޟިއްޔާގައި 21 މޭ 2015 ތާރީޚުގައި ކުރި ޙުކުމުގައި ވަނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 7258.36£ (ހަތްހާސް ދުއިސައްތަ ފަންސާސް އަށެއް ޕޮއިންޓް ތިނެއް ހައެއް ޕައުންޑް) ސަންސްޕޮޓގް ފަރާތުން އެމޭންޑާ އަށް 11 ޖޫން 2015 ގެ ނިޔަލަށް ދައްކާ ޚަލާސްކުރުމަށެވެ. މީގެ އިތުރުން އެމޭންޑާގ ޤާނޫނެ ވަކީލުންގެ ފީގެ ގޮތުގައި ޚަރަދުކުރި ފައިސާ، ވަކި އުސޫލުތަކެއްގެ ދަށުން ބެލެވިގެން، 11 މާރިޗު 2013 އިން ފެށިގެން އެމޭންޑާއަށް އަދާކުރަމުން ދިޔުމަށްވެސް އެ ޙުކުމުގައިވެއެވެ. މި ޤަޟިއްޔާ ކޯޓް އޮފް އެޕީލް (Court of Appeal) ގައި އިސްތިއުނާފުކޮށްފައިނވެއެވެ.

6ނޯތު ހެމްޓން ކައުންޓަ ކޯޓު ގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާއާ ގުޅިގެނާ ފަތުރުވެރިޔާ އެމޭންޑާއަށް ސަންސްޕޮޓް ގެ ފަރާތުން ދައްކަންޖެހުނު ފައިސާއާއި އެމައްސަލައިގެ ޝަރުޢީ މަރުޙަލާގެ ޚަރަދުގެ ގޮތުގައި . އިނގިރޭސިވިލާތުގެ ނޯތުހެމްޓިން ކައުންޓީ ކޯޓުގެ ނަންބަރު ޤަޟިއްޔާ . އިނގިރޭސިވިލާތުގެ ނޯތުހެމްޓިން ކައުންޓީ ކޯޓުގެ ނަންބަރު ޤަޟިއްޔާގެ ޙުކުމް ( General Form of Judgement or Order) ގައިވާ 4،3،2، އަދި 5 ވަނަ ނަންބަރު . މި ޤަޟިއްޔާ އިސްތިއުނާފު ކުރެވިފައިނުވާކަމަށް ސަންސްޕޮޓް ޓުއާރސް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ސަންސްޕޮޓްގެ ފަރާތުން ޚަރަދުކުރި ފައިސާ ހޯދުމަށް އެދި ސަންސްޕޮޓްގެ ފަރާތުން ޖޓަނެގެ މައްޗަށް ސިވިލް ކޯޓުގައި 5 ޖޫން 2018 ދުވަހު ދަޢުވާކުރިއެވެ.

7އެ ދަޢުވާ އެކޯޓުގައި ބަލާފައިވަނީ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައެވެ. އަދި އެ ޤަޟިއްޔާގައި ސަންސްޕޮޓގެ ފަރާތުން ދަޢުވާކޮށް ނަގައިދިނުމަށް އެދުނި ފައިސާ އަކީ ޖ ޓަނގް ފަރާތުން ސަންސްޕޮޓްއަށް ދައްކަންޖެހޭ ފައިސކަމަށާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި 18 ޖުލައި 2019 ދުވަހު ޙުކުމްކޮށްފައިވެއެވެ.

8އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ޖޓަނެގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

ސިވިލް ކޯޓުގެ ޙުކުމް ބިނާކުރާ މައިގަނޑު ސަބަބުތައް

9ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.

9.1. ގެއްލުމުގެ ބަދަލު ހޯދުމަށް އިނގިރޭސިވިލާތުގެ ނޯތު ހެމްޓން ކައުންޓަ ކޯޓުގައި، އެމޭންޑާގެ ފަރާތުން ސަންސްޕޮޓް އާ ދެކޮޅަށް ދަޢުވާކޮށްގެން ބެލެވުނު މައްސަލައެއްގައި އެޙާދިސާގެ ސަބަބުން ފަތުރުވެރިޔާއަށ ލިބުން ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައާއި، ޕްރޮފެޝަނަލް އެންޑް ލީގަލްފީގ ގޮތުގައެ ނޯތްހެމްޓަ ން ކައުންޓީ ކޯޓުގެ ނަންބަރު 3YO66832 ޤަޟއްޔާއިނި ސާބިތުވެގެން އެފަތުރުވެރިޔާއަށ ސަންސްޕޮޓް ޓުއާރސް ލިމިޓެޑުގެ ފަރާތުން 67,258.56£ (ފަސްދޮޅަސް ހަތްހާސް ދުއިސައްތަ ފަންސާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕައުންޑް) ދައްކަންޖެހިފައިވާކަން ނޯތްހެމްޓަ ން ކައުންޓީ ކޯޓުގެ ނަންބަރު 3YO66832 ޤަޟިއްޔާއިން އެނގެން އޮތުން،

9.2. ބަޔާންވެދިޔަ ފައިސާއާއި، އެޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތެއްގެ ޙައިޘިއްޔަތުން ދަޢުވާއިން ދިފާޢުވުމަށްޓަކައި ސަންސްޕޮޓް ޓުއާރސް ލިމިޓެޑުގެ ފަރާތުން މައްސަލައަށް އެޓެންޑްވުމަށްޓަކައި ޕްރޮފެޝަނަލް އެންޑް ލީގަލްފީގ ގޮތުގައެ ޚަރަދުކުރަންޖެހުނު 46,750.00£ (ސާޅީސް ހަހާސް ހަތްސަތޭކަ ފަންސާސް ޕައުންޑް) އާއިއެކު ޖުމްލަ 114,008.56£ (އެއްލައްކަ ސާދަހާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕައުންޑް) އަކީ ޖެޓަން ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިނގަމުންދިޔަ ކްލަބް ރަންނޅި ރިސޯޓާ ހޮޓެލްގެ އިހުމާލުން ފަތުރުވެރިޔާއަށް ލިބިފައިވާ ގެއްލުމަކަށް ސަންސްޕޮޓް ޓުއާރސް ލިމިޓެޑުގެ ފަރާތުން ކުރަންޖެހުނު ޚަރަދެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވުން، މިއެވެ.

ސިވިލް ކޯޓުގެ ޙުކުމް

10ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގެ ޙުކުމގައިވަނު އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސަންސްޕޮޓް ޓުއާރސް ލިމިޓެޑުގެ އޭޖެންޓްކަމުގެ ދަށުން ފަތުރުވެރިވެރިއެއްގ ގޮތުގައެ ދިވެހިރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްވެއްސެއް ކަމުގައިވާ (Mrs. Amanda Jane_Nash) ސަންސްޕޮޓް ޓްއާރސް ލިމިޓެޑުގެ ފަރާތުން ފޮނުވައިގެން، ޖޭޓަނ ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން . ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ހިނގަމުންދިޔަ ރިސޯޓަކަށް ގޮސް (Mrs. Amanda Jane Nash) އެރިސޯޓުގައި އުޅެނިކޮށް ރިސޯޓުގެ ފަރާތުން ފަތުރުވެރިޔާއަށް ޤާއިމުކޮށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން ކަށަވަރުނުކުރުމުގެ ސަބަބުން ރިސޯޓުގެ އިހުމާލުން ފަތުރުވެރިޔާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިނގިރޭސިވިލާތުގެ ނޯތްހެމްޓިން ކައުންޓީ ކޯޓުގައި، ފަތުރުވެރިޔާ (Mrs. Amanda Jane Nash) އެ ރިސޯޓަށް ފޮނުވި ޓްރެވަލް އެޖެންޓެއްގެ ޙައިޘިއްޔަތުން ސަންސްޕޮޓް ޓްއާރސް ލިމިޓެޑާއި ދެކޮޅަށް އެފަތުރުވެރިޔާ (Mrs. Amanda Jane Nash)ގެ ފަރާތުން ދަޢުވާކޮށްގެން ބެލެވުނު މައްސަލައެއްގައި އެޙާދިސާގެ ސަބަބުން ފަތުރުވެރިޔާއަށ ލިބުން ޖިސްމާނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައާއި، ޕްރޮފެޝަނަލް އެންޑް ލީގަލްފީގ ގޮތުގައެ ނޯތްހެމްޓިން ކައުންޓީ ކޯޓުގެ ނަންބަރު ޤަޟިއްޔާއިން ސާބިތުވެގެން އެފަތުރުވެރިޔާއަށ ސަންސްޕޮޓް ޓްއާރސް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހުނު 67,258.56£ (ފަސްދޮޅަސް ހަތްހާސް ދުއިސައްތަ ފަންސާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕއުންޑް) ދައްކަންޖެހިފައިވާކަން ނޯތްހެމްޓިން ކައުންޓީ ކޯޓުގެ ނަންބަރު ޤަޟިއްޔާއިން އެނގެނެ އޮތުމާއިއެކު ބަޔާންވެދިޔަ ފައިސާއާއި، އެޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތެއްގެ ޙައިޘިއްޔަތުން ދަޢުވާއިން ދިފާޢުވުމަށްޓަކައި ސަންސްޕޮޓް ޓްއާރސް ލިމިޓެޑުގެ ފަރާތުން މައްސަލައަށް އެޓެންޑްވުމަށްޓަކައި ޕްރޮފެޝަނަލް އެންޑް ލީގަލްފީގ ގޮތުގައެ ޚަރަދުކުރަންޖެހުނު 46,750.00£ (ސާޅީސް ހަހާސް ހަތްސަތޭކަ ފަންސާސް ޕައުންޑް) އާއިއެކު ޖުމްލަ 114,008.56£ (އެއްލައްކަ ސާދަހާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕައުންޑް) އަކީ ޖޭޓަން ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިނގަމުންދިޔަ ކްލަބް ރަންނާޅި ރިސޯޓް ހޮޓެލްގެ އިހުމާލުން ފަތުރުވެރިޔާއަށް ލިބިފައިވާ ގެއްލުމަކަށް ސަންސްޕޮޓް ޓްއާރސް ލިމިޓެޑުގެ ފަރާތުން ކުރަންޖެހުނު ޚަރަދެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ މިފައިސާ ޖުމްލަ 114,008.56£ (އެއްލައްކަ ސާދަހާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕައުންޑް) އަކީ ޖޭޓުން ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިނގަމުންދިޔަ ކްލަބް ރަންނާޅި ރިސޯޓް ހޮޓެލްއިން އިހުމާލުވުމުގެ ސަބަބުން ސަންސްޕޮޓް ޓްއާރސ ލިމިޓެޑަށް ލިބުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ޖޭޓަނ ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަންސްޕޮޓް ޓްއާރސް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ ސަންސްޕޮޓް ޓްއާރސް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 18 ޖުލައި 2019 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށްޖެހޭވަރު އެމަހަކު ސިވިލްކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި 114,008.56£ (އެއްލައްކަ ސާދަހާސް އަށެއް ޕޮއިންޓް ފަހެއް ހައެއް ޕައުންޑް) ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ޖޭޓަނ ޓްރެވަލް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ ." އިސްތިއުނާފީ ނުކުތާތައް

11ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޖެޓަނގް ފަރާތުން އަންނަނިވި 05 (ފަހެއް) އިސްތިއުނަފީ ނުކުތާ ހުށަހަޅާފައި ވެއެވެ.  ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގއަ ދަޢުވާކުރާފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަށް ދަޢުވާލިބޭފަރާތުން ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއދާގް

(ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާފަރާތުން ދަޢުވާ އުފުލާފައިވަނީދަޢުވ ބިނާވާ ހާދިސާ އާ ގުޅިގެނާ ދަޢުވާކުރާފަރާތުން ދައްކަންޖެހުނު ގެއްލުމުގެ ބަދަލު ދައްކަންޖެހުނު މުއްދަތު ފާއިތުވެ ގިނަދުވަސްތަކެއް ފާއިތުވެފައިވަނިކޮށް ކަމުގައި ވާއިރު، މި ޙާލަތުގައި ދަޢުވާކުރާފަރާތަށް ދަޢުވާ އުފުލުމަށް ހުރި ޤާނޫނީ ހުރަސްތަކަށް ރިޢާޔަތްނުކޮށް މައްސަލަ ބަލައިގަނެ ފައިސަލާކޮށްފައިވަނީ ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) 5 ވަނަ މާއްދާގެ (ށ( ގެ )2) ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ތިންވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދަޢުވާލިބޭފަރާތުގެ އިހުމާލުން ދަޢުވާކުރާފަރާތަށް ލިބުނު ގެއްލުން ކަމުގައި ކަނޑައަޅާފައިވަނީ ޤާނޫނއު ސާސީގަ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/132 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/43 ޤަޟިއްޔާއިންނާއި ހައިކޯޓުގެ ނަންބަރު 2010/HC-A/56 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ ޤާނޫނާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ހަތަރުވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާފަރާތުން ހޯދުމަށް އެދިފައިވާ ޤާނޫނީ ވަކީލުގެ ފީއަށް ދަޢުވާލިބޭފަރާތުން ޒންމާވާންޖެހި ކަމަށް ކަނޑައަޅަ ފައިވަނާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ

(ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ޤާނޫނާ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ފަސްވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ހެކިން ޙާޟިރުކޮށްފައިނުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

12އިސްތިއުނާފުކުރާ ޖެޓަންގެ ފަރާތުން ފާހަގަކުރި ކަންކަން؛

12.1. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ޖެޓަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސަންސްޕޮޓްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ބިނާކޮށްފައިވާ ޤާނޫނީ އަސާސެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޖެޓަންގެ ފަރާތުން ފަތުރުވެރިޔާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އަންގައި ނޯތުހެމްޓން ކައުންޓީ ކޯޓުން ކުރި ޙުކުމާ ގުޅިގެން އެގެއްލުމަށް ޖެޓަންގެ ފަރާތުން ޒިންމާވާންޖެހޭކަމަށް ސިވިލްކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ދިފާޢުން ހުށަހެޅި ހެކި ޤަރީނާއަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މީގެ އިތުރުން ނޯތުހެމްޓނަ ކައުނޓް ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން ވަކާލާތުކޮށް ދިފާޢު ހުށަހަޅާފައިވަނީ ރިސޯޓުގެ އެއްވެސް އިހުމާލެއް ނެތްކަމަށް ބުނެ އެކަމުގެ މައްޗަށް ކަމަށާއި ނަމަވެސް ސިވިލް ކޯޓުގައި، ރިސޯޓުގެ އިހުމާލުން ލިބުނު ގެއްލުން ކަމަށް ބުނެ ދަޢުވާކުރާއިރު އެސްޓޮޕެލް (Estoppel) ގެ އާންމު މަބްދައުގެ ދަށުން ސިވިލް ކޯޓުގައި ކުރި ދަޢުވާ އަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް ނުދެކޭކަމަށެވެ. އަދި ސިވިލް ކޯޓުގައި ސަންސްޕޮޓްގެ ފަރާތުން ދަޢުވާކޮށްފައިވަނީ ނޯތުހެމްޓން ކައުންޓީ ކޯޓަ ނ މައްސަލަ ނިމުނުތާ 3 އަހަރު ފަހުންކަމަށާއި އެހެންކަމުން "Delay defeats equity" މި މަބްދައުގެ ދަށުން ދަޢުވާކުރިއަށ ގެންދެވޭނެކަމަށް ނުދެކޭކަމަށެވެ. އަދި ޤާނޫނީ ވަކީލުގެ ފީއަށްވެސް ސަންސްޕޮޓް އިން ޒިންމާވާންޖެހޭކަމަށް ކަނޑައަޅާފައިވާއިރު، އެފަދަ އެއްބަސްވުމެއް ދެފަރާތުގެ މެދުގައި ވެފައި ނުވާކަމަށެވެ. އަދި ޖެޓަންގެ ފަރާތުން ހުށަހެޅި ހެކިން ޙާޟިރުކޮށްފައި ނުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާގައި ހެކިން ޙާޟިރުކުރުމާ ގަޅު ގޮތުން ކަނޑައަޅުއްވާފައިވ އުސޫލާ ޚިލާފަށާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައެ އެދޭގޮތަކީ ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް ބާޠިލްކޮށްދިނުން ކަމަށެވެ.

13އިސްތިއުނާފ ރައްދުވު ސަންސްޕޮޓްގެ ރައްދު؛

13.1. އިސްތިއުނާފީ ނުކުތާތަކަށް ރައްދުދެމުން ސަންސްޕޮޓްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވި ލ ކޯޓުގް ޙުކުމް ބިނާކޮށްފައި އޮތީ ހަމައެކަނި ނޯތުހެމްޓން ކައުންޓީ ކޯޓަ ގެ ޙުކުމަށް ނޫންކަމަށާއި އެ ޙުކުމް ބިނާކޮށްފައި އޮތީ ހުށަހެޅުނު އެންމެހާ ހެކިތަކަށް ކަމަށެވެ. އަދި 3 އަހަރު ވޭތުވުމަކީ ދަޢުވާކުރުމުގެ ޙައްޤު ގެއްލޭނެ ކަމެއް ކަމަށް ޖެޓަންގެ ފަރާތުން ފާހަގަކޮށްފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިނުވާކަމަށެވެ. އަދި ނޯތުހެމްޓަން ކައުންޓީ ކޯޓުގައި ރިސޯޓުގެ އިހުމާލެއް ނެތްކަމަށް ތަމްސީލު (Represent) ކުރީ ގެއްލުން ކުޑަކުރުމުގެ (oss mitigateL) ޑިއުޓީގެ ތެރެއިން ކަމަށެވެ. އަދި އެކަމަކީ އެމައްސަލަ އެހެން ގޮތަކަށް ސާބިތުވާހިނދު، ޖެޓަންގެ މައްޗަށް ދަޢުވާކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭކަމަށެވެ. އެހެންކަމުން މި މައްސަލައަށް އެސްޓޮޕެލް ((Estoppel ގެ މަބްދައު ތަޠުބީޤު ކ ރެވޭނެކަމަށް ނުދެކޭކަމަށެވެ. އަދި ސިވިލް ކޯޓުން ވަކީލް ފީ ނަގައިދީފައިވަނީ އިހުމާލުންވި ގެއްލުމުގެ ފައިސާގެ ގޮތުގައި ކަމަށާއި އެހެންކަމުން މި ޙާލަތުގައި ވަކީލުފީ އާ ގުޅިގެން ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮންނަންޖެހޭ ކަމަށް ނުދެކޭކަމަށެވެ. އަދި ހެއްކާ ގުޅޭގޮތުން ޖެޓަންގެ ފަރާތުން ފާހަގަކުރި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ހިފާނެ ހެއްކެއް ކަނޑައެޅުމުގެ އިޚްތިޔާރު މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށެވެ. އަދި ޖެޓަންގެ ފަރާތުން ހެކިންގެ ނަން ހުށަހަޅާފައިވަނީ ޚުލާސާ ބަޔާނުގައި ކަމަށް ލިޔުންތަކުން ފެންނަން އެބައޮތް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިންމފައިވަނާ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލްކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލެއް ނެތްކަމަށް ކަނޑައަޅައިދިނުން ކަމަށެވެ. އެސްޓޮޕެލް (Estoppel) އާ ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

14HN1HN2HN3HN4އިސްތިއުނާފީ ތިނވަން ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ދަޢުވާކުރާފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ޖެޓަންގެ އިހުމާލުން ސަންސްޕޮޓަށް ލިބުނު ގެއްލުން ކަމުގައި ކަނޑައަޅާފައިވަނީ ޤާނޫނއު ސާސީގަ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/132 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/43 ޤަޟިއްޔާއިންނާއި ހައިކޯޓުގެ ނަންބަރު 2010/HC-A/56 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވ ޤާނޫނާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

14.1. މި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޖެޓަންގެ ފަރާ ތުން ފާހަގަކޮށްފައިވަނީ މައްސަލައަށް އެސްޓޮޕެލްގެ މަބްދައު ތަޠުބީޤުކޮށްފައި ނުވަނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުން ކަނޑައަޅާފައިވާ އެސްޓޮޕެލްގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. ނޯތުހެމްޓަން ކައުންޓީ ކޯޓު ގައި ސަންސްޕޮޓްގެ ފަރާތުން ވަކާލަތ ކޮށު ދިފާޢު ހުށަހަޅާފައިވަނީ ރިސޯޓުގެ އެއްވެސް އިހުމާލެއް ނެތްކަމަށް ބުނެ އެކަމުގެ މައްޗަށް ކަމަށާއި އަދި އެއރި ސަންސްޕޮޓްގެ ފަރާތުން ޖެޓަންއަށް އެފަދައިން މަޢުލޫމާތުވެސް ދީފައިވާ ކަމަށާއި އެހެންކަމުން ޖެޓަން އިން އެކަމަށް ބަރޯސާވެފައިވާކަމަށެވެ. ނަމަވެސް އެ ގެއްލުމަކީ ރިސޯޓުގެ އިހުމާލުން ލިބުނު ގެއްލުން ކަމަށް ބުނެ ސިވިލް ކޯޓުގައިސަންސްޕޮޓް އިނިދަޢުވކޮށްފައިވާއރު އެސްޓޮޕެލް (Estoppel) ގެ އާންމު މަބްދައުގެ ދަށުން ސިވިލް ކޯޓުގައި ކުރި ދަޢުވާ އަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް ނުދެކޭކަމަށެވެ. އެގޮތުން ބަލާއިރު މި މައްސަލައަށް ޕްރޮމިސަރީ އެސްޓޮޕެލް ( missoryPro estoppel) ގެ މަބްދައު ތަޠުބީޤުކުރެވޭނެ ކަމަށެވެ. މިނުކުތާގެ ޖަވާބުގައި ސަންސްޕޮޓްގެ ފަރާތުން ފާހަގަކޮށްފައިވަނީ ނޯތުހެމްޓަން ކައުންޓީ ކޯޓުގައި ރިސޯޓުގެ އިހުމާލެއް ނެތްކަމަށް ތަމްސީލު (Represent) ކުރީ ގެއްލުން ކުޑަކުރުމުގެ (Loss mitigate) ޑިއުޓީގެ ތެރެއިން ކަމަށެވެ. އަދި އެކަމަކީ އެމައްސަލަ އެހެން ގޮތަކަށް ސާބިތުވާހިނދު، ޖެޓަންގެ މައްޗަށް ދަޢުވާކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭކަމަށެވެ.

14.2. މިނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، ނޯތުހެމްޓަން ކައުންޓީ ކޯޓު ގެ ނަންބަރު 3YO66832 ޤަޟިއްޔާގައި ސަންސްޕޮޓްގެ ފަރާތުން ދިފާޢު ހުށަހަޅާފައިވާ ގޮތަށް ބެލުން މުހިންމުކަމުގައި ދެކެމެވެ. އެގޮތުން އެ ޤަޟިއްޔާގައި ސަންސްޕޮޓްގެ ފަރާތުން 10 ޑިސެންބަރު 2013 ތާރީޚގައު ހުށަހަޅާފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ އަންނަނިވި ކަންކަން ބަޔާނުގައިވާ ގޮތަށް ނަކަލުކޮށްލަމެވެ. “10…The hotel’s power system was certified as being in compliance with the standards and regulations of the Maldives Energy Authority, and for the avoidance of doubt it is averred that the hotel’s electricial system did comply with applicable local standards at all material times.” . ނޯތުހެމްޓިން ކައުންޓީ ކޯޓުގެ ނަންބަރު 3YO66832 ޤަޟިއްޔާގައި ސަންސްޕޮޓްގެ ފަރާތުން 10 ޑިސެންބަރު 2013 ތާރީޚުގައި ހުށަހަޅާފައިވާ ބަޔާން “11 )a(…at all material times the electrical systems of the hotel were subject to regular health and safety as well as quality inspections, and were regularly maintained…” “11 (c)…It is averred that the holiday contract was performed in accordance with the implied terms at all material times, during which the hotel was of a reasonable standard and reasonably safe for use…” “13…she suffered an accident as a result of an exposed cable on the walkway, it is averred that any such exposure of the cable was caused by the severe weather and its effect on the walkway, the same being an event and/or unusual and unforseeable circumstances beyond the Defendant and the hotel’s control which even with all due care )such care having been excercised) could not be avoided or forestalled…” 17…In any event it is averred that all services, facilities and standards were commensurate with the hotel’s star rating at all material times..” ނޯތުހެމްޓަން ކައުންޓީ ކޯޓުގެ ނަންބަރު 3YO66832 ޤަޟިއްޔާގައި ސަންސްޕޮޓްގެ ފަރާތުން 10 ޑިސެންބަރު 2013 ތާރީޚުގައި ހުށަހެޅި މި ބަޔާނުގައި މިވަނީ ފަތުރުވެރިޔާ އެމޭންޑާއަށް ދިމާވި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އެއްވެސް އިހުމާލެއް ނެތި ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އެ ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ ބާރު ނުފޯރުވޭފަދަ ގުދުރަތީ ކަމެއް ދިމާވގެންކަމަށެ ބަޔާންކޮށްފައިވެއެވެ. އަދި ހުރިހާ ވަގުތެއްގައިވެސް އެ ރިސޯޓުގެ ސަލާމަތީ ކަންކަން ހުރީ ހުންނަންޖެހޭ އެންމެ ރަނގަޅު މިންގަނޑުގައިކަމަށް އިސްވެ ނަކަލު ކުރެވުނު ހުރިހާ ނުކުތާތަކުގައިވެސ އަލް އަޅުވާލާފައިވެއެވެ. އަދި މިފަދައިން މި ދިފާޢު ހުށަހެޅި ކމާމެދަ ސަންސްޕޮޓްގެ ފަރާތުން އިންކާރުކޮށްފައިނުވެއެވެ.

14.3. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2605/Cv-C/2018 ޤަޟިއްޔާގައި ސަންސްޕޮޓްގެ ފަރާތުން ދަޢުވާ ބިނާކޮށްފައިވނަ ފަތުރުވެރިޔާ އެމޭންޑާއަށް ދިމާވި ހާދިސާއަކީ ރިސޯޓުގެ އިހުމާލުން ހިނގާދިޔަ ހާދިސާއެއކަމުގް މައްޗަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކޮށްފައިވަނީ ހަމަ މިފަދައިންނެވެ.

14.4. ކަން މިހެން އޮތް އިރު، ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ޙަޤީޤަތަކީ ސަންސްޕޮޓްގެ ފަރާތުން ނޯތުހެމްޓަން ކައުންޓީ ކޯޓގައ ނުވަތި ސިވިލް ކޯޓުގައި ޙަޤީޤަތާ ޚިލާފަށް ވާހަކު ދައްކާފައިވާކަމެވެ. އެފަދައިން ޢަމަލުކޮށްފައިވނަ ގެއްލުނީ ކުޑަކުރުމަށް ކަމަށް ސަންސްޕޮޓް އިން ބުނެފައިވާއިރު، ޙަޤީޤަތާ ޚިލާފު ވާހަކަ ކޯޓުތަކުގައި ދެއްކުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކޯޓުތަކަށް ދަޢުވާ ހުށަހަޅަންވާނީ އިންސާފު ހޯދުމަށް ސާފު އަތަކާ އެކުގައެވެ. އަދި ޚާއްސަކޮށް ޤާނޫނީ ވަކީލުންގެ ފަރާތުން ވާގިއާ އަކާ ގުޅި ގެން ދެ ކޯޓެއްގައި ދެގޮތަކަށް ބަސްބުނެ ވަކާލާތުކުރުމަކީ ޤަނޫނީ ފަންނުގެ ޤާނޫނުވެސް އަދި އަޚުލާޤީ ގޮތުންވެސް ޖާގަދޭނެކަމެއް ކަމުގައި ނުދެކމެކެވެ.

14.5. އެގޮތުން ބަލާއިރު، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގ ޤާނޫނެ ފަންނުގެ ޤާނޫނު) ގެ ފަސްވަނަ ބާބު (ޤާނޫނީ ވަކީލުންގެ ސުލޫކާއި ސުލޫކީ ޝަކުވާ) ގައި ހިމެނޭ 39 ވަނަ މާއްދާއަކީ ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާއެކެވެ. އެ މާއްދާގެ (ބ) ގައި އަންނަނިވި ފަދައިން ބަޔާންވެގެންވެއެވެ. 39 (ބ) "ޢާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެފަދަ އެއްވެސް ކަމެއް ކުރުން." އަދި ފަސްވަނަ ބާބުގައި ހިމެނޭ 47 ވަނަ މާއްދާގައި އަންނަނިވި ފަދައިން ބަޔާންވެގެންވެއެވެ. 47 "ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ކޯޓަށް އެއްވެސް ކަމެއް އޮޅުވާލައި ނުވަތަ ޤަސްދުގައި ކަމެއް ވަންހަނާކޮށ ހަދައިގެން ނުވާނެއެވެ." މި މާއްދާތަކަށް ބެލުމުން، ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން ކޯޓަށް އެއްވެސް ކަމެއް އޮޅުވާލމަކު ނުވަތަ ޤަސްދުގައި ކަމެއް ވަންހަނާކރުމަކ ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމާއި ޢާންމު މުޖުތަމަޢުގައި ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެފަދަ އެއްވެސް ކަމެއް ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެކަން އެނގެއެވެ.

14.6. ކޯޓުތަކުގައި އެއް މައުޟޫއެއް އަދި އެއްކަމެއްގައި (Subject matter) އެކި ފަހަރު އެކި ގޮތަށް، ތެދދޮގެއު ބެލުމެއް ނެތި ދަޢުވަކޮށް އެ ދަޢުވާ ދިފާޢުކުރުމަށް ވަކާލާތުކޮށް ވާހަކަދައްކަމުން ގެންދިއުމަކީ އިންސާފު ޤާއިމްކުރުމަށްޓަކައި ހުއްޓުވަންޖެހޭ ކަމެއް ކަމަށް އަހުރެން ދެކެމެވެ. އަދި އެކަމަކީ އެއްވެސް ޙާލެއްގައި ކޯޓުތަކުން ފުރުޞަތު ދީގެންވާނެ ކަމެއް ނޫނެވެ.

14.7. މަސައްލައި ގައި ކަންހިނގައިދިޔަގޮތ ތެދުބަހުން ސާފުކޮށް ފަނޑިޔާރަށް ކިޔައިދީ އެކަން ސާބިތުކުރުމަށް ހެކި ޤަރީނާ ހުށަހެޅުމަކީ ޚަޞްމުން ކުރަންޖެހޭކަމެކެވެ. ފަނޑިޔާރު ޙުކުމް ބިނާކުރަނީ، ދެފަރާތުން ދައްކާ ވާހަކަ އަޑުއަހައި ހުށަހަޅާ ހެކި ޤަރީނާތައް ވަޒަންކޮށް ޤާނޫނެ އަސާސު އާއި، ޤާނޫނުތަކާއި، އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ. ޚަޞްމަކު އެއް ކޯޓެއްގައި ދައްކާ ވާހަކަ އަނެއް ކޯޓުގައި ދިމާ އިދިކޮޅަށް ބަދަލުކޮށްގެން ފަނޑިޔާރުންގެ ކުރިމަތީގައި ވާހަކަދެއްކުމަކީ އެސްޓޮޕެލް (Estoppel) ގެ އާންމު މަބްދައުގެ ދަށުންވެސް ކުރެވިގެންވާނެކަމެއް ކަމުގައި ނުދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 39 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 47 ވަނަ މާއްދާ
  • އެސްޓޮޕެލް (Estoppel) ގެ އާންމު މަބްދައު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ