ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/463

ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 27 އޮގަސްޓް 2024ދަށު ކޯޓު: ސިވިލް ކޯޓު 1387/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1387/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުލި ނުދައްކާތީ ޓޫރިޒަމް މިނިސްޓްރީން ބިމުގެ ލީސް އެއްބަސްވުން ބާޠިލުކުރުމަށް ދިން ނޯޓިސް، ބަދަލު ތަނެއް ދިނުމުގެ މުޢާމަލާތް ކުރިއަށްދާއިރު ދިނުމުން ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުގެ ދަށުން ބާޠިލުވޭތޯ؛ އަދި ދަށު ކޯޓުން ދެފަރާތުގެ މުޢާމަލާތްތަކާއި ބަދަލުދިނުމާ ގުޅޭ ސިޓީއަށް ރިޢާޔަތްކޮށްފައިވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުގައި ފަރާތެއް ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް ސާފުކޮށް އެދިފައިވާއިރު، ދަށު ކޯޓުގެ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިނުވުމާއި ރިޢާޔަތްނުކުރި ޤާނޫނީ ސަބަބެއް ބަޔާންކޮށްފައިނުވުމަކީ ނިންމުމުގައިވާ ކުށެކެވެ؛ އެހެންނަމަވެސް އެކަމުގެ ސަބަބުން ނިންމުން ބާޠިލުވާނީ އެ މަބްދަޢު ތަޠުބީޤުވާނަމައެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN2 ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ ގޮތުން، ޕްރޮމިސަރީ އެސްޓޮޕަލްއަކީ ކޮމަންލޯގެ ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރެއިން ވަކި ޙާލަތްތަކެއްގައި ތަޠުބީޤުކުރެވޭ މަބްދަޢެކެވެ؛ އޭގެ ޝަރުޠުތަކަކީ: (1) އަނެއް ފަރާތުން ބަރޯސާވެ ކަންކަން ތަރުތީބުކުރާފަދަ ސިގްނިފިކަންޓް ވަޢުދެއް ވުން، (2) ވަޢުދު ރައްދުވާ ފަރާތުން އެ ވަޢުދަށް ބަރޯސާވެ ޢަމަލުތަކެއް ކުރުން، (3) އެ ޢަމަލުތަކުގެ ސަބަބުން މާލީ ނުވަތަ އިޤްތިޞާދީ ގެއްލުމެއް ކުރިމަތިލުން، އަދި (4) ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ ވަޢުދާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުން ކަމުގައިވުމެވެ.

HN3 ޕްރޮމިސަރީ އެސްޓޮޕަލްއަކީ އިކުއިޓީގެ މަބްދަޢެއް ކަމަށްވާތީ، އިކުއިޓީގެ ފަރުވާއަކަށް އެދޭ ފަރާތް ކޯޓަށް އަންނަންވާނީ "ސާފު އަތަކާއެކު" އެވެ؛ ފެށުނީއްސުރެ ކުލި ނުދައްކާ އެއްބަސްވުމާ ޚިލާފުވަމުން އައި ފަރާތަކަށް އެ ފަރާތުގެ އަމިއްލަ ޢަމަލުތަކުގެ ސަބަބުން އެސްޓޮޕަލްގެ މަބްދަޢުގެ މަންފާ ހޯދުމަށް ހުރަސްއެޅެއެވެ.

HN4 ޤާނޫނު ނަންބަރު 2/99 ގެ 6 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓަށް ބިން ކުއްޔަށްދޫކުރާ އެއްބަސްވުމަކީ އެ މާއްދާގައިވާ ކަންތައްތައް ހިމެނޭ، ލިޔުމުން އޮންނަންވާނެ އެއްބަސްވުމެކެވެ؛ ވަކި ބާވަތެއްގެ އެއްބަސްވުންތައް ލިޔުމުން އޮތުން ޤާނޫނުން ލާޒިމްކޮށްފައިވާއިރު، އެ ޤާނޫނީ ޝަރުޠު ބައިޕާސްކުރުމަށް ނުވަތަ ޞަރީޙަ ޤާނޫނީ ނައްޞުތަކަށް އަރައިގަތުމަށް އެސްޓޮޕަލްގެ މަބްދަޢު ބޭނުންނުކުރެވޭނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN5 އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރުމަށް އެދޭ ފަރާތުން، އެ މަބްދަޢު އެ މައްސަލައަށް ތަޠުބީޤުވާނެ ޤާނޫނީ ހަމައާއި، ވަޢުދަށް ބަރޯސާވުމުން ލިބުނު މާލީ ނުވަތަ އިޤްތިޞާދީ ގެއްލުން ބަޔާންކޮށް ދައްކަންވާނެއެވެ؛ އެކަން ނުދައްކައިފިނަމަ އެ މަބްދަޢުގެ މަންފާ ނުލިބޭނެއެވެ.

HN6 ދަށު ކޯޓުން ފަރާތެއްގެ ވާހަކަތަކަށް "އެކަށީގެންވާ މިންވަރަށް" ރިޢާޔަތްނުކުރިކަމަށް ބުނާނަމަ، އެ މިންވަރަކީ ކޮބައިކަމާއި، ދަށު ކޯޓަށް ހެދުނު ގޯހަކީ ކޮބައިކަމާއި، އުފައްދާ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުގައި ބަޔާންކުރަންވާނެއެވެ؛ އަދި ދަށު ކޯޓުން ކަމަކަށް ރިޢާޔަތްކުރުމުން އިސްތިއުނާފުކުރާ ފަރާތް ބޭނުންވާ ނަތީޖާ ނުނެރުމަކީ ރިޢާޔަތްނުކުރުމެއް ނޫނެވެ.

HN7 ފެށުނީއްސުރެ ކުލި ނުދެއްކުމަކީ އެއްބަސްވުމާ އަސާސީ ޚިލާފުވުމެކެވެ؛ އެ ސަބަބަށްޓަކައި ދެވުނު ޓަރމިނޭޝަން ނޯޓިސް ޞައްޙައެވެ. އަދި އެއްބަސްވުމާ ޚިލާފުވީ ފަރާތަށް އެ ޚިލާފުވުމުގެ ސަބަބުން ބާޠިލުކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މިޒްނާ އަޙްމަދު، އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނަޝާޠު، ނަޙުޒާ ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް
ބެންޗު
ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މި ރައުޔަށް އިސްފަނޑިޔާރު ޙުސައިން ޝަހީދު އާއި ފަނޑިޔާރު

މުޙައްމަދު ސަލީމް ތާއީދުކުރެއެވ).

ތަޢާރުފު

1މިއީ، ސިވިލް ކޯޓު ގެ ނަންބަރު 1387/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑގް (މީގެ ފަހުން 'ޑޮލަރޓަން' ކަމަށް ބަޔާންކޮށްފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފާ ޓޫރިޒަމް (ދައުލަތް) އެވެ.

ކަން ހިނގާފައިވާގޮތް

29 އެޕްރީލް 2006 ގައި، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އައްޑޫ އަތޮޅު ހަ ންކެޑ އެވެ ކިޔާ ބިމުގެ ސަރަޙައްދު 25 އަހަރުގެ މުއްދަތަށް ތޫއްޑޫ ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށްދީފައިވެއެވެ. (ޑޮކިއުމަންޓް 1 ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެގްރީމެންޓް). މި އެއްބަސްވުމަށް، 21 ޖުލައި 2010 ގައި ފުރަތަމަ އިސްލާހު އަދި 22 ޑިސެންބަރު 2010 ގައި ދެވަނަ އިސްލާހު ގެނެވިފައިވެއެވެ.

3ޑޮލަރޓަނ އާއް ތޫއްޑޫ އާ ދެމެދު 5 މެއި 2011 ގައި ގަނެ ވިއްކުމުގެ އެއްބަސްވުމެއްވެ، 20 ޖޫން 2011 ގައި ޑީޑް އޮފް އެސައިމަން ޓެއްގެ ދަށުން ތޫއްޑޫ އަށް ހަންކެޑެގެ މައްޗަށް ލިބިފައިވާ ހުރިހާ ޙއްޤެއަ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ރުހުމާއެކު ޑޮލަރޓަންގެ ނަން މައްޗަށް ބަދަލުކުރެވުނެވެ.

49 އެޕްރީލް 2006 ގައި ވެފައިވާ ކުލީގެ އެއްބަސްވުމަށް 28 ފެބުރުވަރީ 2013 ވަނަ ދުވަހު ތިންވަނަ އިސްލާހު ގެނެސް ކުއްޔަށްދީފައިވާ ތަނުގެ ޗާޓަށް ބަދަލުތަކެއް ގެނެސް، ކުއްޔަށްދީފައިވާ ތަނުގެ ބޮޑުމިނަކީ 35,727 އަކަމީޓަރު ކަމުގައި ކަނޑައަ ޅާފައިވެއެވެ.

528 ފެބުރުވަރީ 2013 ގައި، 9 އެޕްރީލް 2006 ގައި ވެފައިވާ ކުލީގެ އެއްބަސްވުމަށް ހަތަރުވަނަ އިސްލާހު ގެނެސް ހަ ންކެޑެ ކުއްޔަށްދޫކޮށްފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރެވުނެވެ. އަދި 9 އެޕްރީލް 2006 ގައި ވެފައިވާ ކުލީގެ އެއްބަސްވުމަށް 28 ފެބުރުވަރީ 2013 ވަނަ ދުވަހު ފަސްވަނަ އިސްލާހުގެނެސް، ހަންކެޑެ ތަރައްޤީކުރުމަށް ދީފައިވާ މުއްދަތަ 20 ޖުލައި 2015 ގެ ނިޔަލަށް އިތުރުކުރެވުނެވެ.

6ހަ ންކެޑެ އަކީ ތިމާވެށީގ ގޮތުނެ ތަރައްޤީކުރުމަށް ރަނގަޅުނޫން ބިމެއްކަމަށާއި، އިޤްތިޞާދީ ނަފާހޯދުމަށް ތަރައްޤީކުރުމަށް އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޚަރަދު ކުރަންޖެހޭ ތ ނެއްކަމުގައވެސް ކަމުގެ މާހިރުނި ލަފާދީފައިވާކަމަށް ބުނެ، މިނިސްޓްރީ އޮފް ޓޫރިޒަމާއި ޑޮލަރޓަންއ ދެމެދާ ވާހަކު ދެކެވި، ހަންކެޑެގެ ބަދަލުގައި ޑޮލަރޓަންއަށ ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށް މަޝްވަރާކުރެވި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން "ޑީޑް އޮފް ޓަރމިނޭޝަން އެންޑް އެކްސްޗޭންޖް އޮފް ލީސް" ގެ ޑްރާފްޓެއް ޑޮލަރޓަންއަށް ފޮނުވާފައިވކަމާއި، އެކަމާގުޅޭ ގޮތުން ޖުލައި 2014 ގައާއި އޮކްޓޫބަރު 2014 ގައާއި މާރިޗް 2015 ގައި ދެފަރާތް ދެމެދު އީމެއިލްގެ ޒަރީއާއިން، މުޢާމަލާތްކޮށްފައިވެއެވެ. (ޑޮކިއުމަންޓް 2 ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ އީމެއިލްތަކުގެ ކޮޕީ)

7އިސްވެ ބުނެވުނު މުޢާމަލާތްތަކާ ގުޅޭގޮތުން، 19 ޖޫން 2015، 17 އޯގަސްޓް 2015 އަދި 6 އޮކްޓޫބަރު 2015 ވަނަ ދުވަހު ޑޮލަރޓަންގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ސިޓީ ފޮނުވާފައިވެއެވެ.

8ހަ ންކެޑެގެ ކުއްޔަށްވާ ފައިސާ ދެއްކުމަށް އަންގާ މީރާއިން ޑޮލަރޓަންއަށް ސިޓީ ފޮނވުމުނު އެ ސިޓީގެ ޖަވާބުގައި، އެހިނދަށް ކަންހިނގާފައިވާގޮތް ބަޔާންކޮށް މީރާއަށް 9 ސެޕްޓެންބަރު 2015 ގައި ޖަވާބުދީފައިވެއެވެ.

96 އެޕްރީލް 2016 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސިޓީއެއް ފޮނުވާ، ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާތީ ކުއްޔަށް ހިފާފައިވާ ތަނުގެ ބަދަލުގައި އެހެންތަނެއް ދިނުމުގެ އުޞޫލު ނުގެންގުޅުއްވާތީ، އެދިފައިވާ ފަދައިން ބަދަލުގައި ތަނެއް ދެވެން ނެތްކަމަށް އަން ގައި، އެކުއިސިޝަނ ކޯސްޓް ދެއްކުމަށްފަހު، އައު ތަނެއް ކުއްޔަށް ނެގުމުގެ ފުރުޞަތު އޮތްކަމަށް އަންގާފައިވެއެވެ. އެއަށްފަހު، އަލުން މިނިސްޓްރީ އޮފް ޓޫރިޒަމްއާ ޑޮލަރޓަންއ މެދާ އަލުން މަޝްވަރާތައް ފެށި، 15 މާރިޗް 2018 ގައި ސެޓްލްމަންޓް އެއްބަސްވުމުގެ ދެލިކޮޕީ މިނިސްޓްރީގެ ފަރާތުން ޑޮލަރޓަންއަށް ފޮނުވާ އެ އެއްބަސްވުމަށް ގެންނަން ބޭނުންވާ އިސްލާހުތައް 10 އެޕްރީލް 2018 އަދި 22 އެޕްރީލް 2018 ގައި ޑޮލަރޓަންގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާފައިވެއެވެ.

1013 ސެޕްޓެންބަރު 2018 ގައި ބައެއް ކަންކަން ސާފުކުރުމަށް އެދި މިނިސްޓްރީ އިން ފޮނުވި ސިޓީގެ ޖަވާބު ޑޮލަރޓަންއިން 17 ސެޕްޓެންބަރު 2018 ގައި ދީފައިވެއެވެ.

1131 ޖަނަވަރީ 2019 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2019/263-88 ސިޓީއިން ހަންކެޑެ އެވެ ކިޔާ ބިން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސްދީ، އެ ސިޓީގައިވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި (7 ފެބުރުވަރީ 2019 ވަނަ ދުވަހު) އެއްބަސްވުން ބާޠިލްވާނެކަމަށް ޑޮލަރޓަންއަށް އަންގާފައިވެއެވެ.

12އިސްވެ ބަޔާންކުރެވުނު ސިޓީގައިވާ އެންގުމަކީ، ވަކި ގޮތަކަށް ކަންކުރާން އުޅޭކަމުގައި މިނިސްޓްރީގެ ފަރތުނާ ޑޮލަރޓަންއަށް ދައްކާ ޑޮލަރޓަންގެ ފަރާތު ނ އެފަދައިން ކަން ހިނގާނެކަމަށް ބަރޯސާވެ، އެއިގެ މައްޗަށް ބިނާކޮށް އިންވެސްޓްމަންޓް ފައިސާ ޚަރަދުކޮށްފައިވާ ކަންކަން ކަމުގައިވީހިނދު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޢަމަލު ކުރެވިގެންވާނެ ގޮތް ކަމުގައި ޑޮލަ ރޓަންއިނ ނުދެކޭކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާއިމްކޮށްފައިވާ ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫލަށް ބަލާއިރު، ޢަދުލުވެރި ގޮތެއްކަމުގައިވެސް ޑޮލަރޓަންއިން ނުދެކޭމަކަށް ބުނެ، ޓަރމިނޭޝަން ނޯޓިސއަކް ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ސިވިލް ކޯޓުގެ 1387/Cv-C/2019 ޤަޟިއްޔާގައި ބަލާފައިވެއެވެ.

13މިއީ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން މި ކޯޓުން ބެލެވޭ ޤަޟިއްޔާއެކެވެ.

ދަށު ކޯޓަށް ހުށަހެޅި ދަޢުވާއާއި ސިވިލް ކޯޓުގެ ޙުކުމާ

14މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޑޮލަރޓަންއަށ ކުއްޔަށް ދޫކޮށްފައިވާ އައްޑޫ އަތޮޅު ހަ ންކެޑ އެވެ ކިޔާ ބިން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް 31 ޖަނަވަރީ 2019 ވަނަ ދުވަހު ނޯޓިސް ފޮނުވާފައިވަނީ ދެފަރާތުގެ ދެ މެދުގައި ޑޮލަރޓަންއަށް ހަންކެޑ ގެ ބަދަލުގައި ފަޅެއް ދިނުމަށްޓަކައި މުޢާ މަލާތްތަކެއ ކުރެވެމުން ދިޔަ ހިނދެއްގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެކަމާމެދު ނިންމިގޮތް ޑޮލަރޓަންއަށް އެނގުމަކައް ނުލައި ކަމުގައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2019/263-88 (31 ޖަނަވަރީ 9201) ސިޓީއިން ހަންކެޑެ އެވެ ކިޔާ ބިން ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ދީފައިވާ ނޯޓިހަކީ ބާޠިލް ނޯޓިސްއެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި ޑޮލަރޓަންގެ ފަރާތުން ދަޢުވާކޮށްފައިވެއެވެ.

15ސިވިލް ކޯޓުގެ ނަންބަރު 1387/Cv-C/2019 ޤަޟިއްޔާގައި އެ މައްސަލަ ބަލައި، ޑޮލަރޓަންގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ކުރި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

16އިސްތިއުނާފުކުރާ ޑޮލަރޓަންގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެ ނުކުތާތަކާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.16. މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

2.16. މައްސަލަ އިގައ އިސްތިއުނާފުކުރި ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމދެ ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

3.16. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން ބަރޯސާވެ، އެކަމުގެ މައްޗަށް ޢަމަލުކޮށްފައިވޭތޯ ކަނޑައެޅުމަކީ މިއީ މުޅި ދަޢުވާގެ މައުޟޫޢު އެކަމެއްގެ މައްޗަށް ބިނާވެގެން އަންނަ ކަމެއް ކަމަށް ވީހިނދު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި،

4.16. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި އިސްތިއުނާފުކުރާ ފަރާ ތަށް ބަދަލު ދޭން ޖެހޭކަމަށް އެއްބަސްވެފައިވާ ޙާލު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ ފުރަތަމަ ނުކުތާއާ ގުޅޭ

17ޕްރޮމިސަރީ އެސްޓޮޕަލް (Promissory Estoppel) އަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބަލައިގަނެވޭނެ މަބްދަޢެއްކަން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2013/SC-A/43 ޤަޟިއްޔާއިން އެނގޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/56 ނަންބަރު ޤަޟިއްޔާއި ން ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުގެ މަންފާ ލިބިގަތުމަށްޓަކައި އެކަމަށް އެދޭ ފަރާތުން ފުރިހަމަވެފައިވާކަމަށް ސާބިތުކޮށްދޭންޖެހޭ 4 (ހަތަރެއް) ކަމެއް ފާހަގަކޮށްފައިވާކަމަށާއި، އެއީ (ހ) ދެފަރާތް ދެމެދުގައި ވެފައިވާ ޤާނޫނީ އެއްބަސްވުމެއް އޮތްކަމާއި،

(ށ) އެއްބަސްވެފައިވާގޮތަށް ބަދަލެއް އަންނަ ފަދަ ވަޢުދެއް ވެފައިވާކަމާއި، (ނ) އެ ވަޢުދުގެ މައްޗަށް ބަރޯސާވެފައިވާކަމާއި، އަދި (ރ) އެ ވަޢުދު ތަންފީޒުކުރުމަށް ޢަދުލުއިންސާފު ލާޒިމްކުރާކަން ސާބިތުކޮށްދޭންޖެހޭކަމަށް ބަޔާންކުރައްވާފައިވާކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންކަން މި މައްސަލައިގައި ފުރިހަމަވެފައިވާއިރު، ޑޮލަރޓަންއިނ ހުށަހެޅް މި ނުކުތާއަށް ދަށުކޯޓުން ގޮތެއް ނިންމާފައިނުވާކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާ ގުޅޭ

18ޑޮލަރޓަންއ މިނިސްޓްރީއާ ދެމެދާ މުޢާމަލާތްކުރެވި ސޮއިކުރެވެން ތައްޔާރުކޮށްފައިވާ ހަންކެޑެއާއި މާލެއަތޮޅުގައ އޮތި ފަޅަކާއި ބަދަލުކޮށް ވުމަށް ހަމަޖެހިފައިވާ އެމެންޑަޑ އެންޑް ރީސްޓޭޓޑަ ލީސް އެގްރީމަންޓްގެ ދަށުން އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (f) އަށް ބެލުމުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚާއި ހަމައަށް އަރާ ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް ބަޔާންކޮށްފައިވާތީ، ދެ ރަށް ބަދަލުކުރުމަށް ކުރި މުޢާމަލާތްތަކަށް ރިޢާޔަތްކުރުމުން، ކުއްޔާއި ޖޫރިމަނާގެ ފައިސާއަކީ ދައްކަންނުޖެހޭ ފައިސާތަކެއް ކަމަށް މުޢާމަލާތް ކުރެވިފައިވާކަމާއި، އެކަން ދެފަރާތުގެ ދެމެދުގައި މުޢަމަލާތް ކުރެވި ލިޔުމަށް ތިރިކުރެވިފައިވާކަން ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

19މި މުޢާމަލާތް ކުރެވެމުން އައިއިރު، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން އައި ކަމުގައިވާނަމަ، މި މުޢާމަލާތް ނިމުމަށްފަހު، އެ ފައިސާ އަނބުރާ ލިބިދެވޭނެ އެއްވެސް އިންތިޒާމެއް މުޢާމަލާތްކުރެވިފައިނުވާކަމާއި، ދެފަރާތުން ލިޔުމަށް ތިރިކޮށްފައިވާ ޑްރާފްޓް އެގްރީމެންޓްގައި އކަނެ ބަޔާންކޮށްފައިނުވާކަމާއި، މި ޙާލަތުގައި، އާންމު ބުއްދީގެ ހަމަތަކުން ބެލިކަމުގައިވިޔަސް ކަންކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ، އާ އެއްބަސްވުމުގައި ސޮއިކުރަންދެނ އެއްވެސް ފައިސާއެއް ނުދެއްކުންކަން ސާފުވާކަމަށް ވީނަމަވެސް، މިކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަން ޝަރީޢަތުގެ ޚުލާސާ ރިޕޯޓަށް ބެލުމުން އެނގޭކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

ތިންވަނަ ނުކުތާއާ ގުޅޭ

20ޑޮލަރޓަންއާ މިނިސްޓްރީ އާ ދެމެދު ވެފައިވާ މުޢާމަލާތަކީ ޚުދު މިނިސްޓްރީގެ ހުށަހެޅުމަކަށްވެފައި، އެ ހުށަހެޅުމުގެ މައްޗަށް ޑޮލަރޓަންއިން ބަރޯސާވެ އެ ހުށަހެޅުމަށް އެއްބަސްވެފައިވާކަމާއި، މި ހުށަހެޅުމުގެ ޒާތާއި ބާވަތުން، މިއީ ކުރިން ވެފައިވާ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކަށް ނުރަނގަޅު ނަތީޖާއެއް ނުނުކުންނާނެކަމަށް ދައުލަތުގެ މައްޗަށް ޑޮލަރޓަންއިން ބަރޯސވާންޖެހޭ ފަދަ ކަމެއް ކަމާއި، ޑޮލާ ރޓަންއިނަ ޢަމަލުކުރީ އެބީދައިންކަން ފާހަގަކުރާކަމަށާއި، ޑޮލަރޓަނ އިން މި މަޑުޖައްސާލި މަޑުޖައްސާލުމަކީ ޚުދު މިނިސްޓްރީގެ ޒިންމާއެއްކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

21މި ޖައުހަރީ މާއްދާއަށް ޢަމަލުކުރަން މަޑުޖައްސާލި މަޑުޖައްސާލުމަކީ މިނިސްޓްރީއަށް އެކަން ފާހަގަނުވެ ނުދާނެ ކަމެއްކަމަށާއި، އެ ޖައުހަރީ މާއްދާއަށް ޢަމަލުކުރުން މަޑުޖައްސާލި ތާރީޚުން ފެށިގެން ޓަރމިނޭޝަން ނޯޓިސް ފޮނުވުމާއި ހަމައަށް ދިޔަ މުއްދަތުގެ ތެރޭގައި، މިނިސްޓްރީއިން ކުލި ދެއްކުމާއި ގުޅިގެން އެއްވެސް ނޯޓިހެއް ފޮނުވާފައިނުވުމުން، އެއީ އައު އެއްބަސްވުމުގައި ސޮއިކުރެވެމުން މި މުއްދަތުގައި ދައްކަންޖެހޭނޭ ކުލި ނޯންނާނެތީކަން ޚުދު ދައުލަތަށް ޤަބޫލުކުރެވޭތީކަން އިސްވެ ދެންނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން ދޭހަވާނޭކަމަށް ޑޮލަރޓަނ އިން ފާހަގަކޮށްފައިވެއެވެ.

22މި މައްސަލައިގައި ޝަރީޢަތުން މި ކަންކަމަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށވެސް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

ހަތަރުވަނަ ނުކުތާއާ ގުޅޭ

23މިނިސްޓްރީ އޮފް ޓޫރިޒަމްއިން 13 ސެޕްޓެންބަރު 2018 ވަނަ ތާރީޚުގައި ފޮނުވާފައިވާ LS/PRIV/2018/1896-88 ނަންބަރު ސިޓީއިން އެފަރާތުން މިނިސްޓްރީއަށް މި މުޢާމަލާތާ ގުޅިގެން ބަދަލު ދޭންޖެހޭކަމަށް ޤަބޫލުކުރެވޭކަމާއި، އަދި ޚިލާފެއް އޮތީ ހަމައެކަނި ބަދަލު ދޭންޖެހޭ މިންވަރާއި މެދުކަން އެނގެން އޮންނައިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

24ޑޮލަރޓަންއިން ދަށުކޯޓު މަރުޙަލާގައި މިކަން ފާހަގަކުރުމުން ދައުލަތުގެ ފަރާތުން މިކަމަށް އިންކާރުކޮށްފައިނުވާކަމަށް ޑޮލަރޓަންއިން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

25އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި ޑޮލަރޓަނ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އައްޑޫ އަތޮޅު ހަންކެޑ އެވެ ކިޔުނު ބިމުގައި ޓޫރިސްޓް ހޮޓަލެއ ތަރައްޤީކުރުމަށް ވެވުނު އެއްބަސްވުން އުވާލާފައިވަނީ، ހަންކެޑ އެވެ ކިޔާ ބިމުގެ ބަދަލުގައި އެހެން ތަނެއް ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށްކަމަށް ވެފައި، އެ މަސައްކަތް ހުއްޓިފައިވާކަނ ނުވަތް އިތުރަށް ކުރިއަށް ނުދާނެކަން އެންގުމެއްނެތި، އަދި އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމަށް އެންގުމެއްނެތިކަމަށް ވާތީ، އަދި އެއާއި އެކު ހަ ންކެޑެ ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އަދި އެއީ ޢަދުލުއިންސާފުގެ ހަމަތަކުގެ މަތިން ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވާތީ، މި މައްސަލައިގައި ދަށު ކޯޓުން ނިންމަވާފައިވާ އޮތް ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް ކަނޑައަޅައިދީ، މި ޓަރމިނޭޝަން ނޯޓިހަކީ ބާޠިލް ނޯޓިހެއް ކަމުގައި ކަނޑައަޅުއްވައިދެއްވައި، ޑޮލަރޓަން އަށް ސީދާގޮތުންނާއ އަދި ނުސީދާ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިދީ މިގޮތުގެ މަތިން ޙުކުމްކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާ އަދި ތިންވަނަ ނުކުތާއާ ގުޅޭ

26ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ދިވެހިރާއްޖޭގެ ކޯޓުތަކުން ތަޠުބީޤުކޮށްފައިވާ ގޮތަށް ބަލާއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަފްހޫމަކީ، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން ކުރާ ވަޢުދަކަށް އަނެއް ފަރާތުން ބަރޯސާވެ، އެގޮތުގެ މަތިން ޢަމަލުކުރުމަށްފަހު، ވަޢުދުވި ފަރާތުން ވި ވަޢުދާ ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުގައި މަނާވެގެންވުން ކަމާއި، މި މަބްދަޢުގެ އުންޞުރުތައް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/43 ޤަޟިއްޔާގެ ފާހަގަކުރެވުނު ކަންތައްތަކުގެ 6 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

27ޑޮލަރޓަންއިން މި މައްސަލައިގައި ސާބިތުކޮށްދޭންޖެހޭ އެންމެ އަސާސީ ކަމަކީ، ޑޮލަރޓަންއަށް ސ.ހަންކެޑެގެ ބަދަލުގައި އެހެން ތަނެއް ދޭނެކަމަށް ނުވަތަ ސ.ހަންކެޑެ ކުއްޔަށްދިނުމަށްޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ފަސްކޮށްދޭނެކަމަށ ނުވަތް ކުލި ދައްކަންނުޖެހޭނެކަމަށް އަންގައި ދައުލަތުން ޑޮލަރޓަންއަށ އެފަދް އެއްވެސް ގެރެންޓީއެއް ދީފައިނުވާކަމަށާއި، ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މަޝްވަރާތަކަކީ، ބަނދެވޭނެ ފަދަ އެއްބަސްވުމެއް ޤާއިމްވެގެންދާނެ މަޝްވަރާތަކަކަށް ނުވުމުގެ އިތުރުން، މިފަދަ ކަމަކަށް އެއްބަސްވެފައިނުވާކަނ މައްސަލައިގައް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުގެ 7.9 އާއި 7.12 ގައިވެސް ފާހަގަކޮށްފައިވާފަދައިން، ޑޮލަރޓަންއާ މުޢާމަލާތުކޮށްފައިވަނީ، "ވިތްއައުޓް ޕްރީޖުޑިސް ބޭސިސް" އެއްގައި ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

28ސެޓްލްމަންޓް އެގްރީމަންޓެއްގެ ޑްރާފްޓާއި އެމެންޑަޑ އެންޑް ރީސްޓޭޓަޑް އެގްރީމަންޓެއްގެ ޑްރާފްޓެއް ޑޮލަރޓަންގެ ވަކީލުންނާ ޚިޔާލު ހޯދުމަށްޓަކައި ހިއްސާކޮށްފައިވުމަކީ، އެ ދެލިކޮޕީ ތަކުގައި ހިމެނޭ މާއްދާތަކަށް އެއްބަސްވުން ނުވަތަ އެ ޑްރާފްޓްތަކުގައި ޑޮލަރޓަންއަށް ކޮންސެޝަނެއ ލިބޭނެކަމަށް ބަޔާންކޮށފައިވާނަމް އެ ކޮންސެޝަނެއ ލިބުން ނުވަތް ސ.ހންކެޑަ ކުއްޔަށްދިނުމުގެ ޝަރުޠުތައް ބަދަލުވުންކަމުގައި ނުބެލެވޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

29ދިވެހިރާއްޖޭގެ ހައިކޯޓުގެ 2011/HC-A/202 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގެ 3 ވަނަ ޕެރެގްރާފުގައި ކަނޑައަޅުއްވާފައިވާ ނިންމެވުމަށް ބަލާއިރު، އެއްބަސްވުމުގެ ޑްރާފްޓް ދެފަރާތުގެ ޚިޔާލު ހޯދުމަށްޓަކައި ދެފަރާތުގެ ދެމެދުދުގައި ޑްރާފްޓް ބަދަލުކުރެވުނު ނަމަވެސް، އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިނުވާނަމަ، އެއްބަސްވުމެއް އުފެދުނީ ކަމުގައި ބެލެވެން ނޯންނާނެކަން އެނގޭކަން ދައުލަތުން ފާހަގަކޮށް، މި މައްސަލައަށް އެ އުސޫލު ތަޠުބީޤުކުރުމުން، ޑޮލަރޓަން އަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ދައުލަތުން މަޝްވަރާކުރުމަކީ، އަދި އެ މަޝްވަރާގެ ތެރެއިން ޑްރާފްޓް އެގްރީމެންޓްތަކަށް އެ ފަރާތުގެ ޚިޔާލު ހޯދުމަށްޓަކައި ފޮނުވުމަކީ އެއްބަސްވުމުގައި ސޮއިކޮށްފައިނުވާ ޙާލަތެއްގައި އެއްބަސްވުމެއް އުފެދުނީ ކަމަށް ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ ޙުއްޖަތެއްނޫންކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.

30ވަކި ޤާނޫނަކުން ވަކި ގޮތަކަށް ތަންޒީމުކުރުން ލާޒިމްކުރާ މުޢާމަލާތެއް ނުވަތަ އެއްބަސްވުމަކާ ގުޅޭގޮތުން ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫ ލަށް ރިޢާޔަތްނުކުރެވޭނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ (އ) ގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ޤާއިމްކުރެވޭ އެއްބަސްވުމަކަށް ވާނޖެހޭކަމާއް، އެ ސަބަބަށްޓަކައި، ޑޮލަރޓަންއާ ދައުލަތުން މަޝްވަރާކުރި ކުރުމަކީ ދައުލަތް ބަނދެވޭފަދަ އެއްބަސްވުމެއް ޤާއިމްކުރެވިގެންދާ ކަމެއްކަމުގައި ނުބެލެވޭނެކަން ދައުލަތުން ފާހަގަކުރެއެވެ.

31ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ބޭނުންކޮށްގެން، އެ އެއްބަސްވުމުގެ ޒި ންމާތައ އުފުލުމަށް ދައުލަތަށް މަޖުބޫރުކުރުވުމަކީ، ކަނޑައެޅިފައިވާ ޝަރުޢީ އުޞޫލުތަކާ ޚިލާފުކަމެއްކަން ފާހަގަކޮށް، އެ ޙާލަތުގައި ޑޮލަރޓަންގެ މައްޗަށް ހިނގާނީ ސ.ހަންކެޑެ ކުއްޔަށް ދިނުމަށްޓަކައި ދައުލަތާއެކު ވެފައިވާ އެންމެ ފުރަތަމަ އެއްބަސްވުމުގެ އުޞޫލުތައްކަމާއި، ސ.ހަ ންކެޑެއާގުޅޭ ކުލި ދެއްކުމަކީ ޑޮލަރޓަންއިން އަދާކުރަމުންގެންދަންޖެހޭނެ އަސާސީ ޒިންމާއެއްކަމުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާ ގުޅޭ

32ހުށަހެޅިފައިވާ ހެކިތަކަށާއި ދައްކާފައިވާ ވާހަކަތައް ޝަރީޢަތުން ދިރާސާކޮށް އެ ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާ ތަކަށް ބެލުމުން އެނގޭކަމަށް ބުނެ އެކަންކަމުގެ ތަފްސީލް ޖަވާބު ފޯމުގެ 4.2.2 އިން ފެށިގެން 4.2.6 އަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.

ހަތަރުވަނަ ނުކުތާއަ ގުޅޭ

33ހަވާލާދީފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2018/896-88 (13 ސެޕްޓެންބަރު 2018) ސިޓީއިން މި މުޢާމަލާތާ ގުޅިގެން ޑޮލަރޓަންއަށް އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެކަމަށް ދައުލަތުން ޤަބޫލުކުރާކަން އެނގޭކަމަށް ބުނެފައިވިނަމަވެ ސ، ޑޮލަރޓަންއަށް ފޮނުވާފައިވާ ސިޓީގައި، ސ.ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޑޮލަރޓަންއަށް އެތަން ތަރައްޤީވެފައިނުވާކަމާއި، ސ.ހަންކެޑެ ތަރައްޤީކުރެވިފައިނުވާ ސަބަބުތަކަކީ ދަޢުލަތަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ނޫންކަން ބަޔާންކުރުމަށްފަހު، ޑޮލަރޓަންއަށ ބަދަލެއް ދޭންޖެހިއްޖެ ޙާލަތެއްގައިވެސް މާލެ އތޮ ޅުން ފަޅެއް ދިނުމަކީ އެކަށީގެންވާ ބަދަލެއްކަމަށް ދައުލަތަށް ޤަބޫލުނުކުރެވޭކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވުމަކީ، ޑޮލަރޓަންއަށް ބަދަލެއް ދޭންޖެހޭ ކަމަށް ދައުލަތުން ޤަބޫލުކުރުމެއް ނޫންކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

34އިސްވެ ބަޔާންކުރެވުނު ސިޓއިނީ އެނގެނީ ސ.ހަ ންކެޑ ތަރައްޤީކުރުމުގެ ޒިންމާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ޑޮލަރޓަންއަށް އަދާކުރެވިފައިނުވާކަމާއި، ސ.ހަންކެޑެގެ ބަދަލުގައި ފަޅެއް ލިބިގަތުމަށް އެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ދައުލަތުން ބަލައިގަނެފައިވާ ހުށަހެޅުމެއްނޫންކަން އެނގޭކަމާއި، އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގައި ދައުލަތުން ދަށުކޯޓަށް ހުށަހެޅި ދައުލަތުގެ ފުރަތަމަ ބަޔާނުގެ 2 ވަނަ ނުކުތާގައި އެކަމަށް އިންކާރުކޮށްފައިވާކަމާއި، ޑޮލަރޓަންއާއެކ މަޝްވަރާކުރެވުނު އެއްވެސް ކަމެއްގެ މައްޗަށް ދައުލަތުން އެއްބަސްވެފައި ނުވާކަން އެނގެން އޮންނަކަމާއި، އެކަން ޚުދު ޑޮލަރޓަންގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ހަވާލާދެވުނު ސިޓީ އަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމަށް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުގޮތުގ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ (ބ) ގެ ދެވަނަ ޕެރެގްރާފުގައި ކަނޑައަޅާފައިވާއިރު، ދަށުކޯޓުން މައްސަލަ ނިންމުމުގައި މިކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

35ދައުލަތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1387/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ އެ ޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށްދނުމަށެވެ. އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ފެށުން

36މ އިސްތިއުނާފި ޤަޟިއްޔާގައި މި ކޯޓުގެ ކުރިމަތީގައި އޮތް މައްސަލައަކީ، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އައްޑޫ އަތޮޅު ހަންކެޑ އެވެ ކިޔާ ބިމުގެ ސަރަޙައްދު ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލައެކެވެ. މި މައްސަލައަކީ، ބުނެވިދިޔަ އެއްބަސްވުން ބާޠިލުކުރުމަށްދެވުނު ޓަރމިނޭޝަން ނޯޓިސްއާ ގުޅޭ މައްސަލައެކެވެ. މި މައްސަލައަކީ، ބުނެވިދިޔަ ޓަރމިނޭޝަން ނޯޓިސްއަކީ ބާޠިލު ނޯޓިހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލްކޯޓަށް ހުށަހެޅުމުން، އެ ޓަރމިނޭޝަން ނޯޓިސްއަކީ ބާޠިލު ނޯޓިހެއްކަމަށް ކަނޑައަޅައިދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމުން ބެލެވޭ މައްސަލައެވެ.

37މި މައްސަލައިގައި، އިސްތިއުނާފުކުރާ ޑޮލަރޓަންގެ ފަރާތުން ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނަނީ، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށ އެދުމުންވެސް އެކަމަށް ރިޢާޔަތްނުކޮށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެއެވެ. މި މައްސަލައިގައި، އިސްތިއުނާފުކުރާ ޑޮލަރޓަންގެ ފަރާތުން ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނަނީ، މި ދެފަރާތުގެ ދެމެދު ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެއެވެ. މި މައްސަލައިގައި، އިސްތިއުނާފުކުރާ ޑޮލަރޓަންގެ ފަރާތުން ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނަނީ، ދައުލަތުން ހުށަހަޅާފައިވާ ސިޓީގައި ޑޮލަރޓަންއަށ ބަދަލް ދޭންޖެހޭނެކަމަށް އެއްބަސްވެފައިވާ ޙާލު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެއެވެ. ޕްރޮމިސަރީ އެސްޓޮޕަލްގެ މަބަ ދަޢް ތަޠުބީޤުކޮށްދިނުމަށ އެދުމުންވެސް އެކަމަށް ރިޢާޔަތްނުކޮށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން

38މ ނުކުތާގައި އިސްތިއުނާފުކުރި ޑޮލަރޓަންގެ ފަރާތުން ފާހަގަކުރަނީ، ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށްއެދި ޑޮލަރޓަންގެ ފަރާތުން ދަށުކޯޓުގައި ދަޢުވާކުރިއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް ޑޮލަރޓަންގެ ފަރާތުން އެދިފައިވީނަމަވެސް، އެކަމަށް ދަށުކޯޓުން ރިޢާޔަތްނުކޮށް މައްސަލަ ނިންމި ނިންމުމެވެ.

39މ އިސްތިއުނާފި ނުކުތާގެ ތަފުސީލަށް ދިޔުމުގެ ކުރިން، ޑޮލަރޓަންގެ ފަރާތުން އެ ބުނާ ބުނުމަކީ ތެދު ބުނުމެއްތޯ ބެލުން މުހިންމު ކަމުގައި އަހުރެން ދެކެމެވެ. އެގޮތުން، ދެކަމެއް ބެލުމުން ޑޮލަރޓަންގެ ފަރާތުން އެ ބުނާ ބުނުމަކީ ތެދު ބުނުމެއްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެކަމުގައި އަހުރެން ދެކެމެވެ. ފުރަތަމަ ކަމަކީ، ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށްއެދި ޑޮލަރޓަންގެ ފަރާތުން ހަމަ ޙަޤީޤަތުގައިވެސް އެދިފައިވޭތޯ ބެލުމެވެ. އަދި ދެވަނަ ކަމަކީ، ދަށު ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިވޭތޯ ބެލުމެވެ.

40HN1ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށްއެދި ޑޮލަރޓަންގެ ފަރާތުން ދަށުކޯޓުގައި ދަޢުވާކުރިއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް ޑޮލަރޓަންގެ ފަރާތުން ހަމަ ޙަޤީޤަތުގައިވެސް އެދިފައިވޭތޯ ބަލާއިރު، ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް އެދިފައިވާކަން ދަށުކޯޓަށް ހުށަހެޅި ދަޢުވާފޯމުން އަދި 22 އެޕްރީލް 2019 ގައި ދަށުކޯޓަށް ހުށަހެޅި ބަޔާނުން ސާފުކޮށް އެނގެއެވެ. އަދި ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް ޑޮލަރޓަންގެ ފަރާތުން ދަށުކޯޓުގައި އެދުނުކަމާމެދު މި ކޯޓުގައިވެސް ދައުލަތުންވެސް ސުވާލެއް އުފައްދާފައި ނެތްކަން އެނގެއެވެ.

41އެހެންކަމުން، ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައދިނުމަށްއެދި ޑޮލަރޓަންގި ފަރާތުން ހަމަ ޙަޤީޤަތުގައިވެސް އެދިފައިވާކަން އޮޅުމެއްނެތި އެނގެއެވެ. ދަށުކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 8.8 އަދި 8.13 ބަޔާނުގެ 5 އަދި 6 ވަނަ ނަންބަރު

42ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑއަޅައަދިނުމަށްއެދި ޑޮލަރޓަންގެ ފަރާތުން ދަށުކޯޓުގައި ދަޢުވާކުރިއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކޮށްދިނުމަށް ޑޮލަރޓަންގެ ފަރާތުން އެދުމުން، އެކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނެތްތޯ ބަލާއިރު، ދަށު ކޯޓުގެ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެންނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެންމެ ކުޑަމިނުން އެކަމަށް ރިޢާޔަތްނުކުރި ޤާނޫނީ ސަބަބެއްވެސް ބަޔާންކޮށްފައިނެތްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.

43އެހެންކަމުން، ދައުލަތުން ދީފައިވާ ޓަރމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައދިނުމަށްއެދި ޑޮލަރޓަންގި ފަރާތުން އެދިފައިވީނަމަވެސް، އެކަމަށް ދަށުކޯޓުން ރިޢާޔަތްނުކޮށް މައްސަލަ ނިންމިކަމަށް ޑޮލަރޓަންގެ ފަރާތުން ބުނާ ބުނުމާމެދު އަހުރެންނަށްވެސް އެއްބަސްވެވެއެވެ.

44ދަށު ކޯޓުނު ޕްރޮމިސަރީ އެސްޓޮޕަލްގެ މަބުދަޢުއަށ ރިޢާޔަތްނުކޮށް މައްސަލް ނިންމާފައިވާތީ، ޑޮލަރޓަންގެ ފަރާތުން މި ކޯޓުގައި އެދިފައިވަނީ، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބުދަޢު ތަޠުބީޤުކޮށް މައްސަލައިގައި މި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށްކަން އެނގެއެވެ. އެގޮތުން، ޑޮލަރޓަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/43 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/56 ޤަޟިއްޔާގައި ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ބަޔާންކޮށްދީފައިވާކަން ފާހަގަކޮށް އެ މަބްދަޢު މި މައްސަލައަށް ތަޠުބީޤުކޮށްދިނުމަށ އެދިފައިވާކަން އެނގެއެވެ.

45އެހެންކަމުން، ދެން މި މައްސަލައިގައި ބަލަންޖެހޭނީ ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުއަކީ ކޮބައިކަމާއަ މި މައްސަލައަށް އެ މަބްދަޢު ތަޠުބީޤުކުރެވޭނެތޯ ނުވަތަ ނޫންތޯ ކަމުގައި އަހުރެން ދެކެމެވެ.

ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢަ

46HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަފުސީލުކޮށްދީފައި އޮންނަ އޮތުމަށް ބަލާއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުއަކީ ކޮމަންލޯގެ ކޮންޓްރެކްޓާބެހޭ އުޞޫލުތަކުގެ ތެރެއިން ވަކި ޙާލަތްތަކެއްގައި ތަޠުބީޤުކުރެވޭ މަބްދަޢުއެއްކަމަށ ބަޔާންކޮށްފައިވާކަން އެނގެއެވެ. އަދި ކުރުކޮށް ބުނަނީނަމަ، ދެފަރާތެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއްގެ ތެރެއިން، އޭގެން އެއް ފަރާތަކުން ވަކި ގޮތަކަށް ކަން ކުރުމަށް ވަޢުދުވެއްޖެނަމަ، އެކަމާމެދު އެއްބަސްވެފައި ނެތްނަމަވެސް، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުން އެ ވަޢުދުވީ ފަރާތް އެ ވަޢުދާއި އެއްގޮތަށް ކަންކުރުމަށް ލާޒިމުކުރާކަމަށް ބަޔާންކޮށްފައިވާކަންވެސް އެނގެއެވެ. އޭގެ އިތުރުން، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރެވޭނީ ވަކި ޙާލަތްތަކެއގައިކަމަށް ބަޔާންކޮށްފައިވާކަންވެސް އެނގެއެވެ. އެގޮތުން، އަންނަނިވި ކަންކަން ފާހަގަކޮށްފައިވާކަން އެނގެއެވެ.

1.46. ވަޢުދުވީ ފަރާތުން ވެފައިވާ ވަޢުދަކީ އެމައްޗަށް އަނެއް (ވަޢުދު ރައްދުވި) ފަރާތުން ބަރޯސާވެ، އެ ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައ ބަލައި ކަންކަން ތަރުތީބުކުރާފަދަ އެކަށީގެންވާ (ސިގްނިފިކަންޓް) ވަޢުދެއްކަމުގައިވުން؛

2.46. ވަޢުދު ރައްދުވާ ފަރާތުން، އެ ވަޢުދުގެ މައްޗަށް ބަރޯސާވެ، ވަޢުދާއި އެއްގޮތަށް ކަންހިނގާނެކަމުގައި ބަލައި، (މުޤާބިލެއް ނެތްނަމަވެސް) ޢަމަލުތަކެއް ކުރުން؛

3.46. ވަޢުދާއި އެއްގޮތަށް ޢަމަލުކުރާނެކަމަށް ދެ ކިގެން، ވަޢުދު ރައްދުވާ ފަރާތުން ކުޅަ ޢަމަލުތަކުގެ ސަބަބުން އޭނާއަށް މާލީގޮތުން ނުވަތަ އިޤްތިޞާދީ ގެއްލުމެއް ކުރިމަތިލާންޖެހުން؛ އަދި

4.46. ކުރިމަތިވެފައިވާ ބޭއިންސާފަށް ޙައްލު ލިބިދެވޭނެ ހަމައެކަނި ގޮތަކީ، ވެފައިވާ ވަޢުދާއެއްގޮތަށް ޢަމަލުކުރުމަށް ފަރާތަށް އެންގުން ކަމުގައިވުމެވެ. ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢަ މި މައްސަލައަށް ތަޠުބީޤުކުރެވޭނެތޯ ނުވަތަ ނޫންތޯ ވަޒަންކުރުން

47ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކޮށް މައްސަލަ ނިންމައިދިނުމަށް މި ކޯޓުގައި އެދިފައިވީނަމަވެސް، އެ މަބްދަޢުއަކީ މި މައްސަލއަށަ ތަޠުބީޤުކުރެވޭނެ މަބްދަޢުއެއްނޫންކަމަށް ދައުލަތުން ބުނެ އެކަން ފާހަގަކޮށްފައިވާކަން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/08 ގެ 27 އަދި 28 ވަނަ ޕެރެގްރާފް

48ދައުލަތުން، މި މައްސަލައިގައި، އެ މަބްދަޢު ތަޠުބީޤުނުކުރެވޭނެކަމަށ ބުން ފާހަގަކުރާ ޤާނޫނީ ފުރަތަމަ އަސާސަކީ، މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަކީ، ޤާނޫނުން ވަކި ގޮތަކަށް އޮތުން ލާޒިމް އެއްބަސްވުމެއްކަމުގައި ބުނާ ބުނުމެވެ. އެގޮތުން، ދައުލަތުން ފާހަގަކުރަނީ، މި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމަކީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބުނާ ފަދަ އެއްބަސްވުމެއް ކަމަށެވެ.

49ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ: "6. މިޤާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރާ އެގްރީމެންޓެއް ދަށުންނެވެ. މި އެގްރީމެންޓުގައި ތިރީގައިވާ ކަންތައްތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން

(ށ) ކުއްޔަށް ދޫކުރާ މުއްދަތު

(ނ) ކުއްޔަށް ދޫކުރާ މުއްދަތުގެ ތެރޭގައި އިމާރާތްކުރުމަށް މުއްދަތެއް ދޭނަމަ، ރިޒޯޓް ހިންގަން ފަށާނޭ ތާރީޚު

(ރ) ކުއްޔަށް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓް ބާޠިލުކުރެވޭނޭ ޙާލަތްތަކުގައި ޢަމަލުކުރާނޭގޮތް

(ބ) ކުލީގެ ޢަދަދާއި ކުލި ދައްކާނެ ގޮތް

(ޅ) ތިންވަނަ ފަރާތަކަށް ރިޒޯޓް ކުއްޔަށް ދޫކުރަން ބޭނުންވެއްޖެނަމަ، ނުވަތަ ރިޒޯޓް ހިންގުން އެހެން ފަރާތަކާ ހަވާލުކުރަން ބޭނުންވެއްޖެނަމަ، ޢަމަލު ކުރާނެގޮތް

(ކ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ޙައްޤުތައް އެހެން ފަރާތަކަށް ވިއްކާލާނަމ ނުވަތަ ބަދަލުކުރާނަމަ، ޢަމަލުކުރާނެ ގޮތް

(އ) ކުއްޔަށް ހިފާ ފަރާތުން އެގްރީމެންޓާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެގޮތް " މިފަދައިންކަން އެނގެއެވެ.

50HN4އިސްވެ ބަޔާންވދިޔެ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ކުއްޔަށްދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރާ އެގްރީމެންޓެއްގެ ދަށުންކަން އެނގެއެވެ. އަދި އެ އެގްރީމެންޓުގައި އެ މާއްދާގެ (ހ) އިން (ކ) އަށް ބަޔާންކޮށްފައިވާ ކަންތައްތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން އެ އެއްބަސްވުމަކީ ލިޔުމުން އޮންނަންވާނެ އެއްބަސްވުމެއްކަން ސާފުކޮށް އެނގެއެވެ.

51ދައުލަތުން، މި މައްސަލައިގައި، އެ މަބްދަޢު ތަޠުބީޤނުކުރެވޭނެކަމަށް ބުނު ޤާނޫނާ ދެވަނަ އަސާސަކީ، ވަކި ޤާނޫނަކުން ވަކި ގޮތަކަށް ތަންޒީމުކުރުން ލާޒިމްކުރާ މުޢާމަލާތެއް ނުވަތަ އެއްބަސްވުމަކާ ގުޅޭގޮތުން ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫ ލަށް ރިޢާޔަތްނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާކަމަށް ބުނާ ބުނުމެވެ. އެގޮތުން، ދައުލަތުން ފާހަގަކުރަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ (އ) ގައި އެފަދައިން ބަޔާންކޮށްފައި ވާކަމަށެވެ.

52ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ (އ) ގައި ބަޔާންކޮށްފައިވަނީ: "(އ) މިމައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވާގޮތުން ޕްރޮމިސަރީ އެސްޓޮޕަލް (Promissory Estoppels) ގެ މަންފާ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ލިބެންވާނެކަމަށް ގަޒީރާ ޕްރައިވެޓް ލިމިޓެޑުން ބުނާބުނުމަށް ބަލާއިރު؛ މިމައްސަލައިގ ކަނާ ހިނގާފައިވާ ގޮތަށް ބަލާއިރު، ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއް ފެންނަން އެބައޮތްކަމާއި، އެ އެއްބަސްވުމަކީ العقد شريعة المتعاقدين ގެ އުޞޫލުން ދެފަރާތަށްމެ ރުޖޫޢުވުން ލާޒިމްވާ މުސްތަނަދު ކަމާއި، ދެފަރާތުގެ މެދުގައި އޮތް އެ އެއްބަސްވުން ބާތިލުކުރާނަމ ނުވަތަ އެއްބަސްވުމާއި ގުޅިގެން އެހެން ކަމެއް ކުރިކަމުގައިވިޔަސް ކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށްވުމުގެ އިތުރުން، މިމައްސަލައިގެ ދަޢުވާގައި ހިމެނޭ މުޢާމަލާތަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ވަކި ގޮތަކަށް ތަންޒީމުކުރުން ލާޒިމްކޮށްފައިވާ މުޢާމަލާތެއްކަން ފ ޅުކަނ ބޮޑް ގޮތެއްގައި ސާފުކޮށް އެނގެން އޮތުމާއެކު، ޤާނޫނުން ވަކި ގޮތަކަށް ކުރުން ލާޒިމްކޮށް ފައިވާ މުޢާމަލާތެއްކަން ފާޅުކަން ބޮޑު ގޮތެއްގައި ސާފުކޮށް އެނގެން އޮތުމާއެކު، ޤާނޫނުން ވަކި ގޮތަކަށް ކުރުން ލާޒިމްކޮށްފައިވާ ކަމެއްގައި ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫލަށް ރިޢާޔަތްކުރެވިދާނެ ކަމަށް ބެލެވެން ނެތްކަން އެނގެއެވެ." މިފަދައިންނެވެ.

53HN5ދައުލަތުން، މި މައްސަލައިގައި، އެ މަބްދަޢު ތަޠުބީޤުނުކުރެވޭނެކަމަށް ބުނެ ފާހަގަކުރި ނުކުތާގެ ރައްދުގައި ޑޮލަރޓަންގެ ފަރާތުން ޤާނޫނީ އަސާސަކާ ޙަވާލާދީ އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ބުނެ އެމޭރުމުން ވަކާލާތުކޮށްފައިވާކަނ އެނގެން ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

54އެހެންކަމު ން، ޑޮލަރޓަންގެ ފަރާތުން ޤާނޫނީ އަސާސަކާ ޙަވާލާދީ އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ބުނެ އެމޭރުމުން ވަކާލާތުކޮށްފައިވާކަނ އެނގެން ނެތްހިނދު، ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކުރުމަށް އެދުނުނަމަވެސް، އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރުމާމެދު އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

55HN3ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކުރުމަށް އެދުނުނަމަވެސް، އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރުމާމެދު އަހުރެންނަށް އެއްބަސްނުވެވޭ ފުރަތަމަ ސަބަބަކީ، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުއަކީ އިކުއިޓީގެ މަބްދަޢުއެއްކަމަށްވާއިރު، އިކުއިޓީގެ ހަމަތައް ބުނާގޮތުން އިކުއިޓީގެ ދަށުނ ފަރުވާއެއް ހޯދުމަށު އެދިގެން އަންނައިރު، އެ ފަރުވާ ހޯދުމަށް އެދޭފަރާތުން އެ ފަރުވާ ހޯދުމަށް ކޯޓަށް އަންނަންވާނީ "ސާފު އަތަކާއެކު" ކަމުގައިވާއިރު، މި މައްސަލައިގައި، ޑޮލަރޓަންގެ ފަރާތުން ފެށުނީއްސުރެ އެއްވެސް ކުއްޔެއް ދައްކާފައިނުވާއިރު، އެސްޓޮޕަލްގެ މަބްދަޢު ތަޠުބީޤުކުރުމަށް އެ ފަރާތުގެ އަމިއްލަ ޢަމަލުތަކުގެ ސަބަބުން ހުރަސްއެޅޭތީއެވެ. ބުނެވިދިޔަ ހަމައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ދަމަހައްޓަމުން އަންނަ ހަމައެއްކަން، އެ ކޯޓުގެ ސަންސްޕޮޓް ޓުއަރސް ލިމިޓެޑް ވ. ޖެޓަން ޓްރެވެލް ސަރވިސަސް ކޮމްޕެނީ 6 5 ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި ޢަލީ އިބްރާހީމް ވ. ޢަލީ އަޙްމަދު ޤަޟިއްޔާ އިން އެނގެއެވެ. 4 th Unlocking Equity and Trusts, Ramjohn Mohamed, 5 Ed, p.15, Equitable maxim:He who comes to equity must come with clean hands. [2024] SC 43 ގެ 43 ވަނަ ޕެރްގްރާފް [2023] SC 03 ގެ 33 ވަނަ ޕެރެގްރާފް

56ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކުރުމަށް އެދުނުނަމަވެސް، އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރުމާމެދު އަހުރެންނަށް އެއްބަސްނުވެވޭ ދެވަނަ ސަބަބަކީ،ވަކި ބާވަތެއްގެ އެއްބަސްވުންތައް ލިޔުމުން އޮތުން ޤާނޫނުން ލާޒިމްކޮށްފައިވާއިރު، އެ ޤާނޫނީ ޝަރުޠަށް ޢަމަލުނުކޮށް ދޫކޮށްލުމަށް ނުވަތަ އެ ޝަރުޠު އެއްފަރާތްކުރުމަށް އެސްޓޮޕަލްގެ މަބްދަޢު ބޭނުންކުރެވިދާނެކަމަށ އަހުރެންނަށް ބުރަ ނުވެވޭތީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ޤާނޫނީ ޝަރުޠެއް ބައިޕާސްކުރުމަށް އެސްޓޮޕަލްގެ މަބްދަޢު ބޭނުންކުރެވިދާނެކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. އެސްޓޮޕަލްގެ މަފްހޫމަކީ، ޞަރީޙަ ޤާނޫނީ ނައްޞުތަކަށް އަރައިގަތުމަށް ދެވޭ ހުއްދައެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ.

57ޑޮލަރޓަންގެ ފަރާތުން އެ މަބްދަޢު ތަޠުބީޤުކުރުމަށް އެދުނުނަމަވެސް، އެ މަބްދަޢު މި މައްސަލައިގައި ތަޠުބީޤުކުރުމާމެދު އަހުރެންނަށް އެއްބަސްނުވެވޭ ތިންވަނަ ސަބަބަކީ، މި މައްސަލައިގައި، އެ މަބްދަޢު ތަޠުބީޤުނުކުރެވޭނެކަމަށ ބުން ދައުލަތުން އުފަންކުރި ބަހުސަށް، އެ މަބްދަޢު މި މައްސަލައށްވެސަ ތަޠުބީޤުކުރަންޖެހޭނެކަން ޤާނޫނީ ހަމައިން ޙުއްޖަތް ދެއްކުމާއެކު ޑޮލަރޓަންއަށް ބުނެދެވިފައި އޮތްކަން އެނގެން ނެތަތީއެވެ.

58ބަހުސްގެ ބޭނުމަށްޓަކައި، ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢު މި މައްސަލައަށް ތަޠުބީޤުކުރެވޭނެކަމަށް ބަލައިގެން ކުރިއަށްދާން ނިންމި ނަމަވެސް، ޑޮލަރޓަންއަށް އެ ވަޢުދަށް ބަރޯސާވުމުނ ލިބުން މާލު ނުވަތަ އިޤްތިޞާދީ ގެއްލުމަކީ ކޮބައިކަމެއްވެސް ބުނެދެވިފައި އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން، އެ މަބްދަޢު ތަޠުބީޤުކުރެވޭނެކަމަށް ބަލައިގެން ކުރިއަށް ދާންނިންމާ ޙާލަތުގައިވެސް ޑޮލަރޓަންއަށް އެ މަބްދަޢުގެ މަންފާ ލިބެންޖެހޭނެކަން ޤަބޫލުކުރެވޭ ހަމަޔަކުން ކަންކަން ބަޔާންކޮށްދެއްވިފައި އޮތަތީއެއް އަހުރެންނަކަށް ފާހަގައެއްނުވެއެވެ.

59އެހެންކަމުން، ދަށު ކޯޓުގެ ފަނޑިޔާރު ޕްރޮމިސަރީ އެސްޓޮޕަލްގެ މަބްދަޢުއަށ ރިޢާޔަތްނުކޮށް ދޫކޮށްލި ދޫކޮށްލުމުގެ ސަބަބުން، ޓަރމިނޭޝަން ނޯޓިސްގެ ޞައްޙަކަމަށް އެއްވެސް އަސަރެއްކޮށްފައިވާކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. ވުމާއެކު، ޓަރމިނޭޝަން ނޯޓިސް ޞައްޙަކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް އަހުރެންވެސް ތާއީދުކުރަމެވެ. މި ދެފަރާތުގެ ދެމެދު ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން

60މި ނުކުތާގައި ޑޮލަރޓަންގެ ފަރާތުން ފާހަގަކުރަނީ މި ދެފަރާތުގެ ދެމެދު ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ބުނެ، ޑޮލަރޓަންގެ ފަރާތުން ފާހަގަކުރަނީ:

1.60 ދެފަރާތުގެ ދެމެދު މުޢާމަލާތްކުރެވި ސޮއިކުރެވެން ތައްޔާރުކުރެވިފައިވާ ހަންކެޑެއާއި މާލެ އަތޮޅުގައި އޮތް ފަޅަކާއި ބަދަލުކުރުމަށް ހަމަޖެހިފައިވާ އެމަންޑަޑ އެންޑް ރީސްޓޭޓަޑ ލީސް އެގްރީމަންޓެއްގެ ވާހަކަ އާއި؛

2.60ބުނެވިދިޔ އެއްބަސްވުމުގަ ދަށުން، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (f) އަށް ބެލުމުން އެއްބަސްވުމުގައި ސޮއިކުރާ ތާރީޚާއި ހަމައަށް އަރާ ކުއްޔާއި ޖޫރިމަނާ ދައްކަން ނުޖެހޭނެކަމަށް ބުނާ ބުނުމުގެ ވާހަކަ އާއި؛ އަދި

3.60 އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޢާފުކުރެވިފައިވާ ފައިސާގެ ތެރެއިން ދއްކިފައިވެ ފައިސާ އަނބުރާ ދެވނޭ ގޮތެއް ނެތް ޙާލަތުގައި، އާންމު ބުއްދީގެ ހަމަތަކުން ބެލިކަމުގައިވިޔަސް، ކަންކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ، އާ އެއްބަސްވުމުގައި ސޮއިކުރަންދެނ އެއްވެސް ފައިސާއެއް ނުދެއްކުންކަމަށ ބުން ވާހަކައެވެ.

61ދެފަރާތުގެ ދެމެދު ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމަށް ޑޮލަރޓަންއިން ބުނިނަމަވެސް، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގޭކަން ދައުލަތުން ފާހަގަކުރެއެވެ.

62އޭގެ އިތުރުން،ޑޮލަރޓަންގެ ބުނެވިދިޔަ ވާހަކަތަކުގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އެއްބަސްވުން ބާޠިލުކުރުމަށް ދައުލަތުން ޓަރމިނޭޝަން ނޯޓިސް ދީފައިވަނީ އެއްބަސްވުމާއި އެއްގޮތަށް އެ އެއްބަސްވުމުގައި ބަޔާންކުރާ މާއްދާތަކުގެ މަތިންކަން ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) އާއި (ނ) އިން އެނގޭކަމަށެވެ. އަދި ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) އާއި (ބ) އަށް ބެލުމުން ޑޮލަރޓަންގެ ފަރާތުން ފާހަގަކުރާ ނުކުތާއަށް ދަށު ކޯޓުން ރިޢާޔަތްކޮށް ގޮތް ކަނޑައަޅާފައިވާކަން އެނގޭކަމަށް ދައުލަތުން ފާހަގަކުރެއެވެ.

63ދެފަރާތުގެ ދެމެދު ކުރިއަށް ގޮސްފައިވާ މުޢާމަލާތްތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަށް ޑޮލަރޓަންގެ ފަރާތުންވެސް ބުނެފައިވާތީއެއ އަހުރެންނަކަށް ނުފެނެއެވެ. އަދި ދެފަރާތުގެ ދެމެދު ކުރިއަށް ގޮސްފައިވާ މުޢާމަލާތްތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަން އެ ރިޕޯޓުން އެނގެން ނެތްކަން އަހުރެންނަށްވެސް ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް، އެ ރިޕޯޓުން ފެންނަންއޮތީ ޑޮލަރޓަންއިން ފާހަގަކުރާ ކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައި އޮތްކަމެވެ.

64HN6މ އިސްތިއުނާފި ނުކުތާގައި ޑޮލަރޓަންގެ ފަރާތުން ފާހަގަކުރަނީ އެކަށީގެންވާ މިންވަރަށް ދަށުކޯޓުން ރިޢާޔަތްކޮށްފައި ނެތްކަމަށެވެ. އެހެންނަމަވެސް، ޑޮލަރޓަންގެ ފަރާތުން އެ ފާހަގަކުރާ "އެކަށީގެންވާ މިންވަރު" އެއީ ކޮންމިންވަރެއްކަމެއް އެ ފަރާތު ން އިސްތިއުނާފު ފޯމުގައިވެސް އަދި މި ކޯޓުގައި އޮތް އަޑުއެހުމުގައިވެސް ބުނެދީފައިވާތީއެއ އަހުރެންނަކަށް ފާހަގައެއް ނުވެއެވެ. އެންމެ ކުޑަމިނުން، ދަށުކޯޓުން ރިޢާޔަތްކުރިކުރުން އެކަށީގެން ނުވަނީ ކީއްވެކަމާއި، ކޮންގޮތަކުންކަމާއ އަދި ކިހިނެތްކަމެއްވެސް ޑޮލަރޓަންގެ ފަރާތުން އިސްތިއުނާފުގައި ބުނެދީފާވާތީއެއ އަހުރެންނަކަށް ފާހަގައެއްނުވެއެވެ. ޑޮލަރޓަނގް ފަރާތުން ފާހަގަކުރި ކަންކަމަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްނުކުރެވި އޮތްކަމަށް ޑޮލަރޓަންގެ ފަރާތުން ބުނާއިރު، ދަށުކޯޓުގެ ފަނޑިޔާރަށް ހެދިފައި އޮތް ގޯހަކީ ކޮބައި ކަން އިސްތިއުނާފުގައި ބުނެދީފައވާތީއެއި އަހުރެންނަކަށް ފާހަގައެއްނުވެއެވެ. ހަމައެކަނި ދަށުކޯޓުގެ ނިންމުމުގައި ދެފަރާތުގެ މުޢާމަލާތްތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނެތްކަމަށ ބުން ޑޮލަރޓަންގެ ފަރާތުން އިސްތިއުނާފުގައި އުފައްދަން އުންމީދުކުރާ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް އަހުރެންނަކަށް ހަމަ ޙަޤީޤަތުގައިވެސް ސާފެއްނޫނެވެ.

65އެހެންކަ މުން، މި ދެފަރާތުގެ ދެމެދު ކުރިއަށް ގެންގޮސްފައިވާ މުޢާމަލާތްތަކަށް ދަށު ކޯޓުގެ ފަނޑިޔާރު އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ޑޮލރޓަންއިން ބުނިނަމަވެސް، އެކަންކަމަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކޮށްފައިނެތްކަމަށް ބެލެވޭނެ ހަމައެއް ޑޮލަރޓަންއަށް ދެއްކިފައި ނެތްހިނދު، އެކަމުގެ ސަބަބުން ޓަރމިނޭޝަން ނޯޓިސްގެ ޞައްޙަކަމަށް އެއްވެސް އަސަރެއްކޮށްފައިވާކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. ވުމާއެކު، ޓަރމިނޭޝަން ނޯޓިސް ޞައްޙަކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް އަހުރެންވެސް ތާއީދުކުރަމެވެ. ދައުލަތުން ހުށަހަޅާފައިވާ ސިޓީގައި ޑޮލަރޓަންއަށް ބަދަލު ދޭންޖެހޭނެކަމަށް އެއްބަސްވެފައިވާ ޙާލު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން

66މ އިސްތިއުނާފި ނުކުތާގައި ޑޮލަރޓަންގެ ފަރާތުން ފާހަގަކުރަނީ، 13 ސެޕްޓެނބަރް 2018 ގައި ދައުލަތުން ފޮނުވި ސިޓީ އިން، ޑޮލަރޓަންއަށް ބަދަލުދޭންޖެހޭނެކަމަށ ދައުލަތުންވެސް ޤަބޫލުކޮށްފައިވާކަމަށެވެ. ނަމަވެސް، އެކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ޑޮލަރޓަންގެ ފަރާތުން ފާހަގަކުރެއެވެ. ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ބަދަލުދޭންޖެހޭނެކަމަށް ދައުލަތުން ޤަބޫލުކޮށްފައިނުވާނެކަމަށާއި ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގެ ދެވަނަ ޕެރެގްރާފްއަށ ބެލުމުން ދަށުކޯޓުން މައްސަލަ ނިންމުމުގައި ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2018/1896-88 ސިޓީ

67ދައުލަތުން ފާހަގކޮށްފައިވަ ފަދައިން، ޑޮލަރޓަންގެ ފާރާތުން ފާހަގަކުރި ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާކަ ނ އެނގެން އޮންނަކަމަށް އަހުރެންނަށްވެސް އެއްބަސްވެވެއެވެ. އެގޮތުން، ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި އެކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، ދަށުކޯޓުން އެކަމަށް ރިޢާޔަތްކުރިކުރުމުން ޑޮލަރޓަންގެ ފަރާތުން ނެރެދިނުމަށް އެދޭ ނަތީޖާއެއް ނެރެވިފައިވާތަނ ފެންނަން ނެތުމަކީ، ރިޢާޔަތްނުކުރުންކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވެއެވެ.

68ދަށުކޯޓުގައި ޑޮލަރޓަންގެ ފަރާ ތުން ކޮށްފައިވާ ދަޢުވާގައި ބުނެވިދިޔަ ސިޓީއާ ހަވާލާދީ ބަދަލު ހޯދުމަށް ޑޮލަރޓަންގެ ފަރާތުން ދަށުކޯޓުގައި އެދިފައި ވެސް ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް، މި މައްސަލައިގައި ދަށުކޯޓުގައި ދަޢުވާކުރިއިރު، ޑޮލަރޓަންގެ ފަރާތުން އެދިފައިވަނީ، އެއްބަސްވުން ބާޠިލުކުރުމަށް ފޮނުވި ސިޓީ އަކީ ބާޠިލު ސިޓީއެއްކަމަށް ކަނޑައަޅަދިނުމަށާއި، އެ ސިޓީގެ ސަބަބުން ޑޮލަރޓަންއަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށްކަން އެނގެއެވެ.

69HN7މ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޑޮލަރޓަންގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާޠިލުކުރުމަށް ފޮނުވި ސިޓީގެ ސަބަބުން ޑޮލަރޓަންއަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށްކަނ އެނގެން އޮތްހިނދު، އެއްބަސްވުން ބާޠިލުކުރުމަށް ފޮނުވި ސިޓީއަކީ ބާޠިލު ސިޓީއެއްކަމަށް ކަނޑައަޅައިދެވެނ ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުމަށް އަހުރެންނަށްވެސް ތާއީދުކުރެވެއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ޑޮލަރޓަންއަށް ދައުލަތުން ދިން ޓަރމިނޭޝަން ނޯޓިސްއަކީ ޞައްޙަ އަދި ޤާނޫނީ ތަރަޙައިގެ ތެރެއިން ދީފައިވާ ނޯޓިސްއެއްކަމުގައި އަހުރެން ދެކެމެވެ. އަދި އެ ޓަރމިނޭޝަން ނޯޓިސް ދީފައިވަނީ ޑޮލަރޓަންގެ ފަރާތުން ދައްކަންޖެހޭ ކުލި ދައްކާފައިނުވުމުންކަން އެނގެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު LS/PRIV/2019/263-88 RE:TERMINATION NOTICE OF THE LEASE AGREEMENT OF HANKEDE IN SEENU ATOLL ސިވިލްކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 12 ވަނަ ނަންބަރު

70ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްއެދި ޑޮލަރޓަންގެ ފަރާތުން ކުރާ ވަކާލާތު ބިނާވަނީ ޓަރމިނޭޝަން ނޯޓިސް އަކީ ބާޠިލު ނޯޓިސްއެއްކަމަށ އެފަރާތުން ބުން ބުނުމުގެ މައްޗަށްކަން އެނގެއެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޓަރމިނޭޝަން ނޯޓިސްއަކީ ޞައްޙަ ނޯޓިސްއެއްކަމަށް އަހުރެންނަށް ބުރަވެވިފައިވާތީ، އެ ނޯޓިހުގެ ސަބަބުން ލިބުނުކަމަށް ބުނާ ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ޑޮލަރޓަންއަށް ލިބިގެންވާކަމަށް ކަނޑައެޅޭނެ ޖާގައެއް ނެތެވެ.

71ފެށުނީއްސުރެ ޑޮލަރޓަންގެ ފަރާތުން ކުލި ދައްކަމުން ނުދިޔަ ނުދިޔުމަކީ، އެއްބަސްވުމާއި އަސާސީ ޚިލާފުވުމެއްކަން އެނގެއެވެ. ޓަރމިނޭޝަން ނޯޓިސް ދިނުމަށް ނުވަތަ އެއްބަސްވުން ބާޠިލުކުރުމަށް ސިޓީ ފޮނުވުމަށް ދައުލަތަށް ޖެހުނީވެސް ކުލި ދެއްކުމަށް އޮތް އިލްތިޒާމާ ޑޮލަ ރޓަންގެ ފަރާތުން ފެށުނީއްސުރެ ޚިލާފުވަމުން ދިޔުމުގެ ސަބަބުންކަން އެނގެއެވެ. އެހެންކަމުން، އެއްބަސްވުމާއި އެއްގޮތަށް ޑޮލަރޓަންގެ ފަރާތުން ޢަމަލުނުކުރި ނުކުރުމުގެ ސަބަބުން ޑޮލަރޓަންއަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤެއް ޑޮލަރޓަންއަށް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

72އެހެންކަމުން، ބަދަލު ދޭންޖެހޭނެކަމަށް ދައުލަތުން ސިޓީގައި އެއްބަސްވެފައިވާއިރު، އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ޑޮލަރޓަންއިން ބުނިނަމަވެސް، އެކަންކަމަށް ރިޢާޔަތްކޮށްފައި އޮތްކަން އެނގެން އޮތްހިނދު، އެކަމުގެ ސަބަބުން ޓަރމިނޭޝަން ނޯޓިސްގެ ޞައްޙަކަމަށް އެއްވެސް އަސަރެއްކޮށްފައިވާކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. ވުމާއެކު، ޓަރމިނޭޝަން ނޯޓިސް ޞައްޙަކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމަށް އަހުރެންވެސް ތާއީދުކުރަމެވެ. އަދި ދައުލަތުން އެއްބަސްވުން ބ ޠިލުކުރުމަށް ފޮނުވާ ސިޓީގެ ސަބަބުން ޑޮލަރޓަންއަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ލިބިގެން ވާކަމަށް ކަނޑައަޅައިދޭނެ ތަނެއް ނ ތްކަމަށ ދަށް ކޯޓުނު ނިންމާފައިވާ ނިންމުމަށްވެސް އަހުރެން ތާއީދުކުރަމެވެ.

ނިންމަން ފެންނަގޮތް

73ހުށަހެޅިފައިވާ އިސްތިއުނާފަށް ބިނާކޮށް، ދަށުކޯޓުގެ ނިންމު ން ބާޠިލުކުރަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛

74ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމް ރައުޔު؛

75ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

76މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) r ev 22,- .4tee@tr ,.s',Plr@ . /, L.r- t2 e @* t., ./2)/,?J- , /5J -/ C,,'ea/ c i.1.X,- i 1387 lCv-Cl20l9 'arre .;rii3i: 2 /24 / ,3J.?-1-1 J.,1rC 2 .rc rl J e )/.,r-/ Cr, .. ao :/v 2Y.. .1ro ,rrP 3 2/ or. t UA 2r,2 t2,,22 "*t-z t /1 _t?J .rr, L.r-J ,2.1 l:.,-t t I

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ