ރެފްކޫލް ޓްރެވަލްސް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިނާޞް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 3/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާތީ ވަކިކުރުން ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި، 8 މަހުގެ މުސާރަ (ނޯޓިސް ފައިސާ އުނިކޮށް 56,000 ރުފިޔާ) އާއި ސަރވިސް ޗާޖު ދިނުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ގެސްޓްހައުސްއެއްގެ ސީނިއަރ ރިސެޕްޝަނިސްޓެއް ގަޑިޖެހުމާއި، ވަޒީފާއަށް ނުނިކުތުމާއި، އިހުމާލުވުމުގެ ސަބަބުން ނޯޓިހެއް ނުދީ (ނޯޓިސްގެ ބަދަލުގައި އެއް މަހުގެ މުސާރަ ދީ) ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުވައްޒަފުގެ ޙާޟިރީ ރިޕޯޓަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވޭތޯ، އަދި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ނެތި ވަކިކުރެވުނު މުވައްޒަފަށް 2013/HC-A/142 ގެ އުޞޫލުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ 2018/HC-A/287 ގެ އުޞޫލާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނި ބުނީ ޙާޟިރީ ރިޕޯޓަށް ރިޢާޔަތް ނުކުރާ ކަމަށާއި، ބަދަލު ނަގައިދީފައިވަނީ 2018/HC-A/287 ގެ އުޞޫލާ ޚިލާފަށް ކަމަށެވެ. މުވައްޒަފު ބުނީ ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ކަމަށާއި، ދާއިމީ މުވައްޒަފަކަށްވާތީ ބަދަލު ޙައްޤު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓްރައިބިއުނަލުން ޙާޟިރީ ރިޕޯޓު ތަފްޞީލުކޮށް ވަޒަންކޮށްފައިވާތީއާއި، ދެ ޢަދުލުވެރިކަން ވެސް ނެތި ވަކިކޮށް، ވަޒީފާއަށް އަނބުރާ ދިއުމަށް މުވައްޒަފު ނޭދޭ ޙާލަތުގައި 2013/HC-A/142 ގެ އުޞޫލުން ބަދަލު ދިނުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ނިންމުމަށް ބަދަލު ގެނެވޭނެ ސަބަބެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލްގެ ނިމުނުގޮތުގެ ރިޕޯޓުގައި ފަރާތެއް ހުށަހެޅި ހެކި ތަފްޞީލުކޮށް ވަޒަންކޮށްފައިވާކަން އެނގެން އޮތްނަމަ، ކިތާބީ ހެކިތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނާ އިސްތިއުނާފީ ނުކުތާއަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާވެފައިވާ ނުކުތާއެއް ނޫނެވެ.
HN2 މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުނުކޮށް މުވައްޒަފަކު ވަކިކޮށްފިނަމަ، އޭގެ ޤާނޫނީ ނަތީޖާއަކީ އެ މުވައްޒަފަކު ކުރީގެ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް، ރުޖޫޢަކުރާހާ ހިނދަކަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމެވެ.
HN3 މުވައްޒަފު ވަޒީފާއަށް އަނބުރާ އިޢާދަކުރުމަށް ނޭދޭ ޙާލަތުގައި، ނުވަތަ ވަޒީފާ އަނބުރާ އިޢާދަކޮށްދޭންޖެހޭ ސަބަބެއް ނެތްކަމަށް ޝަރީޢަތުން ކަނޑައަޅާ ޙާލަތުގައި، 2013/HC-A/142 ގެ އުޞޫލުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެކަށީގެންވާ ބަދަލެކެވެ.
HN4 2018/HC-A/287 ގައި ވެސް 2013/HC-A/142 ގެ އުޞޫލުން ބަދަލު ނަގައިދިން ނިންމުމަށް ތާއީދުކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ދެކަންވެސް ޤާއިމުނުވެ، ވަޒީފާ އަނބުރާ ނުދިނުމަށް ނިންމި ޙާލަތެއްގައި ކަމުން، މިފަދަ ޙާލަތެއްގައި 2013/HC-A/142 ގެ އުޞޫލުން ބަދަލު ނަގައިދިނުމަކީ 2018/HC-A/287 އާ ޚިލާފު ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، )މި ރައުޔަށް ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްއާއި ފަނޑިޔާރު މުޙައްމަދު
ފައިޞަލް ތާއީދުކުރއެވެ .( މައްސަލައިގެ ޚުލާޞާ : 1- މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ . 2- މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތާ ތަކީ ކ. ތުލުސްދޫ / ހެޕީނައިޓް، މުޙައްމަދު އިނޞް އެވެ . މައްސަލާގައި ކަންހިނގާފައިވާގޮތް : 3- ކ. ތުލުސްދޫ / ހެޕީނައިޓް، މުޙައްމަދު އ ނާޞް ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން، ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސް އެވެ ކިޔާ ގެސްޓްހައުސްގައި ސީނިއަރ ރިސެޕްޝަނިސްޓެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 17 ޑިސެންބަރު 2018 ގައި އެއްވެސް ނޯޓިހެއްދިނުމަކާ ނުލައި މުޙައްމަދު އިނާ ޞް ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު އ ނާޞް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ރެފްކޫލް ޓްރެވަލްސް އެން ޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް . ރެޖިސްޓްރީ ނަންބަރު 0172/2013-C . ދ.ރ.ރައްދުވާގޮތަށް 10 ޖަނަވަރީ 2019 ގައި މުޙައްމަދު އިނާ ޞްގެ ފަރާ ތުން ވަޒީފާއާބެހޭ ޓްރައިބިއުނަލށަ މައްސަލަ ހުށަހެޅިއެވެ . 4- މުޙައްމަދު އިނޞް ގެ ފަރާ ތުން ވަޒީފާއާބެހޭ ޓްރައިބިއުނަލށަ ހުށަހެޅި މައްސަލަ ބަލާފައިވަނީ، އެ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އިންނެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް : 5- އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގެ ނިންމުމުގައި ވަނީ ]ދެންފަހެ، މައްސަލަ ހުށަހެޅި މުޙައްމަދު އ ނާޞް )ހެޕީނައިޓް ( )ދިވެހި ރައްޔިތެއްކަން އަންގައިދޭ( ގެ ފަރާތުންނާއި މައްސަލަ ރައްދުވި ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް )ކންފުނު ރަޖިސްޓްރޭޝަން ނަންބަރު: C-0172/2013( ގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތްކުރާއިރު، ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ.ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސް އެވެ ކިޔާ ގެސްޓްހައުސްގައި ސީނިއަރ ރިސެޕްޝަނިސްޓްއެއްގެ މަޤާމުގައި މުޙައްމަދު އ ނާޞް ވަޒީފާ އަދާކުރަމުން ދަނިކޮށް، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި މުޙައްމަދު އ ނާޞް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް މުޙައްމަދު އިނޞް ހުށަހަޅާފައިވާ މި މައްސަލައިގައި، ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ވަޒީފާއިން މުޙައްމަދު އ ނާޞް ވަކިކޮށްފައިވަނީ، މުޙައްމަދު އިނާޞްގެ ފަރާތުން ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށް އެއްވެސް ސަބަބެއް އެންގުމެއްނެތި، 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 02 )ދެއެއް ( ދުވަސް، އަދި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި 01 )އެކެއް ( ދުވަސް، އަދި 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި 01 )އެކެއް ( ދުވަހުގައި ވަޒީފާއަށް ޙާޟިރުވެފައިނުވާތީއާއި، 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މުޙައްމަދު އިނޞް ވަޒީފާއިން ވަކިކުރި ތާރީޚްގެ ނިޔަލަށް، މުޙައްމަދު އ ނާސް އެންމެ ދުވަހަކުވެސް ވަޒީފާ އަށް ޙާޟިރުވާންޖެހޭ ގަޑިއަށް ވަޒީފާއަށް ޙާޟިރުވެފައިނުވާތީއާއި، އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ސަލާމް ބުނުމާއި، ޙަވާލުކުރެވޭ މަސައްކަތްތަކުގައި ފަރުވާކުޑަކުރުމާއި އިހުމާލުވުމުގެ ސަބަބުން، އެއްފަހަރަށްވުރެ ގިނަ ފަހަރު މުޙައްމަދު އިނާޞްއަށް ނަޞޭޙަތްތެރިވެފައިވާކަމަށާއި، އެހެންނަމަވެސް، މުޙައްމަދު އިނޞް އިޞްލާޙުވެފައިނުވާތީ، މުޙައްމަދު އިނޞް ގެ އެފަދަ ޢަމަލުތަކުގެ ސަބަބުން ރެފްކޫ ލ ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއަށް ގެއްލުން ލިބިދާނެކަމަށް ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށް ފެންނާތީ، މުޙައްމަދު އ ނާޞް އަދި ރ ފ ކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 15 މޭ 2018 ގައި ޢަމަލުކުރާ ގޮތަށް ސޮއިކުރެވުނު ވަޒީފާގެ އެއްބަސްވުމުގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 23 ވަނަ މާއްދާގެ )ހ( އަދި އިސްވެ ބަޔާންކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 3ވަނަ މާއްދާގެ (n) ގެ ދަށުން 1 )އެކެއް ( މަސް ދުވަހުގެ ނޯޓިސް ދިނުމުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދިނުމަށްފަހުގައިކަމަށް ރ ފ ކޫލް ޓްރެވަލްސް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 19 ވަނަ މާއްދާގެ އިޞްލާޙީ ފިޔަވަޅެއް އެޅުމަށްފަހު އިސްވެބަޔާންކުރެވިފައިވާ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) މުޙައްމަދު އިނޞް ވަޒީފާއިން ވަކިކުރުމުގައި ރެފްކޫ ލ ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކޮށްފައިވާކަމުގައި ބުރަވެވެން ނެތްކަމާއި، އެ ސަބަބަށްޓަކައި މުޙައްމަދު އ ނާޞް ވަޒީފާއިން ވަކިކުރެވިފައިވަނީ އިސްވެބަޔާންކުރެވިފައިވާ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް، އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ކަނޑައަޅައި، އަދި ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 23ވަނަ މާއްދާއަށް ރިޢާޔަތްކުރިނަމަވެސް، އިސްވެ ބަޔާންކުރެވިފައިވާ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު އ ނާޞް ވަޒީފާއިން ވަކިކުރުމުގައި ރެފްކޫ ލ ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤިއިމުކޮށްފައިވާކަމުގައި ބުރަވެވެން ނެތްކަމާއި، އެ ސަބަބަށްޓަކައި މުޙައްމަދު އނާޞް ވަޒީފާއިން ވަކިކުރެވިފައިވަނީ އިސްވެ ބަޔާންކުރެވިފައިވާ ޤާނޫނުގެ 23ވަނަ މާއްދާއާއި ޚިލާފަށް، އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 29ވަނަ މާއްދާގެ )ހ( ގެ 3ވަނަ ނަންބަރ އަދި އިސްވެ ބަޔާންކުރެވިފައިވާ ޤާނޫނުގެ 29ވަނަ މާއްދާގެ )ރ( ގެ ދަށުން މުޙައްމަދު އިނޞް އަށް ބަދަލެއްގެ ގޮތުގައި، މުޙައްމަދު އިނޞް ވަޒީފާއިން ވަކިކުރެވުނުއިރު ހުރި މަޤާމުގެ 08 )އަށެއް ( މަސް ދުވަހުގެ އުޖޫރައަށްވާ ފައިސާގެ ތެރެއިން މުޙައްމަދު އ ނާޞް ވަޒީފާއިން ވަކިކުރުމުގައި ނޯޓިސްގެ ބަދަލުގައި ދީފައިވާ ފައިސާ އުނިކުރުމަށްފަހު، ބާކީއަށްވާ -/56,000ރ) .ފަން ސާސް ހަހާސް ރުފިޔާ ( އަދި، 2018ވ ނ އަހަރުގެ ޖުލައި މަހާއި، 2018ވަނަ އަހަރުގެ އޮގަސްޓް މަހާއި، 2018ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި، 2018ވަނަ އަހަރުގެ ނޮވެންބަރު މަހާއި 2018ވަނަ އަހަރުގެ ޑިސެންބަރު މަހު މުޙައްމަދު އިނާޞްއަށް ސަރވިސް ޗާޖުގެ ގޮތުގައި ޙައްޤުވާ ފައިސާ، މިއަދު )01 އޮގަސްޓު 2019( ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި ރެފްކޫ ލ ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު އިނާ ޞް އަށް ދައްކައި ޚަލާސްކުރުމަށް ރެފްކޫ ލ ޓް ރެވަ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށް، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( ދަށުން ރެފްކޫލް ޓް ރެވެ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުލަވާލަންޖެހޭ ވަޒީފާގެ ބަޔާން މުޙައްމަދު އިނާޞްއާ ޙިއްޞާކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 76ވަނަ މާއްދާ ގެ )ހ( ގެ 1ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އިސްވެ ބަޔާންކުރެވިފައިވާ ޤާނޫނުގެ 15ވަނަ މާއްދާގެ )ޅ( ގެ ދަށުން ރެފްކޫލް ޓް ރެވެ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރުކޮށް، އިސްވެ ބަޔާންކުރެވިފައިވާ އެންމެހައި ކަންކަން ފުރިހަމައަށް ތަންފީޛުކުރުމަށްފަ ހ، ރަސްމީ ބަންދު ނޫން 03 )ތިނެއް ( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ރެފްކޫލް ޓް ރެވެ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްއަށާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިން މައި ފީ މެވެ[. މިފަދައިން ކަން އެނގެން އޮވެއެވެ . 6- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އެޓްރައިބިއުނަލްއިން ނިންމާފައިވަނީ، 2019 އޮގަސްޓް 1 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން: 7- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް ރެފްކޫލް ޓްރެވެ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން 2019 އޮގަސްޓް 27ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ . ހައިކޯޓުގެ ނަންބަރު 2019/HC-A/464 ޤަޟިއްޔާގެ ދަށުން އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 19 ސެޕްޓެނބަރް 2019 ގައެވެ . އިސްތިއުނާފީ ނުކުތާތައް : 8- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައެޓްރައިބިއުނަލުނ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަންނަނިވި ނުކުތާތައް އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ .
8.1- އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބެލުމެއްނެތި އަދި އެކަމަށް ރ ޢޔަތްކުރެއްވުމެއާ ނެތި މައްސަލަ ނިންމަވާފައިވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19ވަނަ . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 93/VTR/201 މައްސަލަ ނިމުނުގޮތުގެ ރިޕޯޓް . މާއްދާއިން ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ކަށަވަރުކޮށްދޭ ޙައްޤު ނިގުޅައިގަނެވިފައިވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .
8.2-ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 9- އިސްތިއުނާފު ކުރެވިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި، އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދިފައިވަނީ،
9.1- ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގައި މުޙައްމަދު އިނޞް އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގައި، ރެފްކޫލް ޓްރެވެލްސް އެ ންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑު ން ޢަމަލުކޮށްފައިވަނީ، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އާ އެއްގޮތަށް ކަމަށް ކަނޑައަޅުއްވައި، އަދި؛
9.2-ބަދަލުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މިންވަރު މުޙައްމަދު އިނާޞްއަށް ޙައްޤުނޫން ކަމަށް ކަނޑައަޅުއްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ ބާޠިލުކޮށްދެއްވައި، މައްސަލަ ނިންމައި ދިނުމަށެވެ . ފާހަގަކުރެވުނު ނުކުތާތައް : 10- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. 11- ކ. ތުލުސްދޫ / ހެޕީނައިޓް، މުޙައްމަދު އިނޞް ރެފްކޫލް ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސް އެވެ ކިޔާ ގެސްޓްހައުސްގައި ސީނިއަރ ރިސެޕްޝަނިސްޓްއެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 17 ޑިސެންބަރު 2018 ގައި އެއްވެސް ނޯޓިހެއްދިނުމަކާ ނުލައި މުޙައްމަދު އިނޞް ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު އިނޞް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނގަ އިދިނުމަށް އެދި ރެފްކޫލް ޓްރެވެ ލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 10 ޖަނަވަރީ 2019 ގައި މުޙައްމަދު އިނާޞްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގައި، މިރިޕޯޓުގެ 5 )ފަހެއް ( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަމާއި، އެނިންމުމަށް ވާޞިލުވި ސަބަބަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި fairness) (substantive އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުވެފައިނުވާތީކަން އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އިސްތިއުނާފީ ޖަދަލާއި އެމައްޗަށް ޝަރީޢަތުން ރިއާޔަތްކުރި ކުރުން : 12- ]އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބެލުމެއްނެތި އަދި އެކަމަށް ރިއާޔަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19ވަނަ މާއްދާ އިން ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ކަށަވަރުކޮށްދޭ ޙައްޤު ނިގުޅައިގަނެވިފައިވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ[ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އިސްތިއުނާފު ކުރަމުން ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރު؛
12.1- އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލާގައި އެ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބެލުމެއްނެތި އަދި އެކަމަށް ރިއާޔަތްކުރެއްވުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭ ސަބަބަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައާ ގުޅިގެން، މައްސަލަ ސާބިތުކުރުމަށް އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި އިސްތިއުނާފުރައްދުވާ މުޙައްމަދު އިނާޞގެ ޙާޟިރީ ރިޕޯޓަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވާތީ، އެ ސަބަބުގެ މައްޗަށް ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާއެއްކަން އެ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުނ އެނގެން އޮވެއެވެ .
12.2- ބުނެވިދިޔަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު އިނޞް ގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޙާޟިރީ ރިޕޯޓުން އިސްތިއުނާފުރައްދުވާ ފަރާތް 2017ވަނަ އެއްވެސް ދުވަހެއްގައި ގަޑިޖެހިފައިވާކަން އެނގެން ނެތްކަމާއި، ހަމައެއާއެކު ގަޑި ޖެހިގެން ގަޑީ ލާރި ކަނޑާފައިވާކަން މުސާރަ ސްލިޕްތަކުންވެސް އެނގެން ނެތްކަމާއި، އަދި މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތް ގިނަ ޢަ ދަދަ ކަށް ސަލާމް ބުނެފައިވާކަމަށް ބުނާއިރު އެ ގިނަވާ މިންވަރަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ދެ ފަރާތުން ހުށަހެޅި ހެކިތަކަށް ރިޢޔާ ތްކޮށްގެންކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ .
12.3- ޙަވާލާދޭ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ނަޒަރުކުރާއިރު، ކުރިން އިސްވެ ފާހަގަކުރެވުނު ފަދައިން، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހެއްކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ދެކޭ ސަބަބަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައާ ގުޅިގެން، މައްސަލަ ސާބިތުކުރުމަށް އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅި އިސްތިއުނާފުރައްދުވާ މުޙައްމަދު އިނާޞގެ ޙާޟިރީ ރިޕޯޓަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވުން ކަން، އިސްތިއުނާފުކުރާ ފަރާތުގެ ވާހަތަކުން އެނގެން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ޙާޟިރީ ރިޕޯޓަށް އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލާގައި ރޢި ޔަތްކޮށް ފައިވާކަން އެ މައްސަލައިގެ މައް ސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އެގޮތުން؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 4.10 އިން ފެށިގެން 4.13 އާ ހަމައަށް ހުރި ނަންބަރުތަކުގައި ޙަވާލާދޭ ޙާޟިރީ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ . ބުނެވިދިޔަ ނަންބަރުތަކުގައި އިޝާރާތްކުރެވޭ ޙާޟިރީ ރިޕޯޓާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ . ]4.10- މައްސަލަ ހުށަހެޅި ފަރާތުގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާކަމުގައި ނުވަތަ އެފަރާތް ވަޒީފާއިން ވަކިކުރެވިފައވަނި އެކަށީގެންވާ ސަބަބެއް އޮވެމެ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ޤާއިމުކޮށްފައިވޭތޯނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއަށް ޙާޟިރުވާންޖެހޭ ވަގުތަށް ވަޒީފާއަށް ޙާޟިރުވެފައިނުވާތީއާއި،އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ސަލާމް ބުނުމާއި، ޙަވާލުކުރެވޭ މަސައްކަތްތަކުގައި ފަރުވާކުޑަކުރާކަމަށާއި އިހުމާލުވެފައިވާކަމަށް މައްސަލަ ރައްދުވި ފަރާތުންބުނާ ބުނުމަށް ނަޒަރުކުރާއިރު، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ ދެމެދު 15 މޭ 2018 ގައި ޢަމަލުކުރަން ފަށާގޮތަށް ސޮއިކުރެވުނު ވަޒީފާގެ އެއްބަސްވުމުގެ 11ވަނަ މާއްދާގައި، The employee obliges himself/herself to render work of forty eight (48) hours per week, generally eight (08) hours per day as per the allocated duty hours”. މި ޢިބާރާތުން ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އިސްވެބަޔާންކުރެވިފައިވާނައްޞުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާ އަދާކުރަންޖެހެނީ އެފަރާތުން ވަޒީފާ އަދާކުރުމަށިމައްސަލަ ރައްދުވި ފަރާތުން ކަނޑައަޅާ ގަޑިތަކުގައިކަން ސާފުވާކަމާއި، މައްސަލަ ހުށަހެޅްވަ ޒީފާއަށ ޙާޟިރުވާންޖެހޭ ލިޔެކިޔުންތައް (working hours / duty roster) ތައްޔާރުކުރުމަކީ މައްސަލަ ރައްދުވި ފަރާތުގެ ޒިންމާއެއްކަމުގައި ބުރަވެވެއެވެ .
4.11- އެހެންނަމަވެސް، މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް ޙާޟިރުވާންޖެހޭ ވަގުތުތައް ބަޔާންކުރާ ލިޔެކިޔުންތައް roster) duty / hours (working ހުށަހެޅިއިރު، އެ ލޔެކިޔުންތަކުގައި ހިމެނެނީ 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތަފްޞީލުތައް އެކަނިކަމާއި، 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތަފްޞީލުތައް ހިމެނޭ 02 )ދެއެއް ( ލިޔުމެއް ހުށަހަޅާފައިވާއިރު، އެ 02 )ދެއެއް ( ލިޔުމުގައިވެސް މައްސަލަ ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާކަމާއި، އެހެންނަމަވެސް އިތުރު އެއްވެސް މަހެއްގެ ލިޔުމެއް ހުށަހަޅާފައި ނެތްކަމީ، މައްސަލަ ހުށަހަޅި ފަރާތުން ބުނާފަދައިން، އެ މަސްތަކުގައި މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއަށް ޙާޟރުވާންޖެހި ގަޑިތައް ބަޔާންކުރާ ލިޔެކިޔުންތައް (working hours / duty roster) މައްސަލަ ރައްދުވި ފަރާތުން ތައްޔާރުކޮށްފައި ނުވާކަމަށް ބުނާ ބުނުމަށް ހިތްވަރު ލިބިދޭކަމެއް ކަމުގައި ފާހަގަކުރަމެވެ.
4.12- އަދި ހަމައެހެންމެ، މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތުގެ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި، 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި، 2018ވަނަ އަހަރުގެ ނޮވެންބަރު މަހާއި 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ މައްސަލަ ހުށަހެޅި ފަރާތުގެ ޙާޟިރީ އަންގައިދޭ ލިޔެކިޔުންތައް (atendance sheets) އަށް ނަޒަރުކުރާއިރު، އެ ލިޔެކިޔުންތަކުގެ ބަޔާންކުރާ ގަޑިތަކުގައ ފުށުއެރުންތަކެއް ވާކަމާއި، އިސްވެބަޔާންކުރެވިފައިވާ ގަޑިތަކާ ގުޅޭގޮތުން މައްސަލައިގެ މަޖިލީހުގައި މައްސަލަ ރައްދުވި ފަރާތް ތަމްސީލުކުރުމަށްޙާޟިރުވި ފަރާތާ ސުވާލުކުރެވުނުނަމަވެސ، އެ ފަރާތަށް އެ މަޢުލޫމާތުތައް ސާފުކޮށްދެވިފައިނެތަތީ، އިސްވެބަޔާންކުރެވިފައިވާ ޙާޟިރީ އަންގައިދޭ ލިޔެކިޔުންތަކުގެ ނަޒާޙަތްތެރިކަމާއި، ޞައްޙަކަމާއިއެ ލިޔެކިޔުންތަކުގައި ހިމެނޭ މަޢުލޫމާތުގެ ޞަރީޙަކަމާމެދު ސުވާލު އުފެދޭކަމެއްކަމުގައ ފާހަގަކުރެވެއެވެ.
4.13- އާސްވެބަޔާންކުރވިފައިވެ މައްސަލަ ހުށަހެޅި ފަރާތުގެ 2018ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި، 2018ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި، 2018ވަނަ އަހަރުގެ ނޮވެންބަރު މަހާއި 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ޙާޟިރީ އަންގައިދޭ ލިޔެކިޔުންތައް sheets) (atendance ގައި ހުރި ފުށުއެރުން ތަކަށް ނަޒަރުކުރާއިރު، ގިނަ ދުވަސްތަކެއްގައި މަސައްކަތަށް ޙާޟިރުވި ގަޑި އެނގެން އޮތްނަމަވެސް، މަސައްކަތް ނިންމި ގަޑި އެނގެން ނެތްކަމާއި، ގަޑިތައް ތަކުރާރުވެފައިވާކަމާއި، މަސައްކަތަށް ޙާޟިރުވި ގަޑި އަދި މަސައްކަތް ނިންމި ގަޑި އެނގެން ނެތްނަމަވެސް މަސައްކަތް ކޮށްފައިވާކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ .[ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގެ 4.10 އިން 4.13 ފާހަގަކޮށްފައިވާ ބަޔާންކުރެވުނު ކަންކަމަށް ނަޒަރުކުރުމުން، އިސްތިއުނާފުރައްދުވާ މުޙައްމަދު އިނާޞގެ ޙާޟިރީއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޙާޟިރީ ރިޕޯޓަށް އެ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަން ސާފުކޮށް އެނގެން އޮވެއެވެ . އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ބެލުމެއްނެތި އަދި އެ ކަމަށް ރ ޢޔަތްކުރެއްވުމެއާ ނެތި އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ، ނިންމަވާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަކީ، ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ނުކުތާއެއް ކަމަކަށް ނުފެނެއެވެ . 13- ]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައި ގައި ގެއްލުމުގެ ބަދަލު ނަގައި ދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު؛
13.1- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައި ދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެކޭ ސަބަބަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއަށް ރިޢޔަތްކޮށާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ނިންމާފައިވާތީ، އެ ސަބަބުގެ މައްޗަށް ފާހަގަކުރި ނުކުތާއެއްކަން އެ ނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .
13.2- ބުނެވިދިޔަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު އިނޞް ގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރެވޭ މައްސަލައި ގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ހައިކޯޓުގެ 2 )ދޭއް ( ޤަޟިއްޔާއެއްގެ މައްޗަށް ރިޢާ ޔަ ތްކޮށް، ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވުމާއި، މުޙައްމަދު އިނޞް އަކީ އިސްތިއުނާފުކުރާ ފަރާތުގެ ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފެއްކަމަށްވާތީ، އެގޮތުގެ މަތިން ގެއްލުމުގެ ބަދަލު ނައިދީފައިވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއަށް ޖަވާބުދީފައިވެއެވެ .
13.3- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 109/VTR/2017 މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 109/VTR/2017 މައްސަލައަކީ، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް،ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދީ ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މައްސަލައެކެ ވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަ ވާ ލާ ދީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 109/VTR/2017 މައްސަލައިގައި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ގެ ގޮތުގައި ނަގައިދީ، އެ މައްސަލައި ގައި ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ . ޙަވާލާދޭ އިސްތިއުނާފީ ނުކުތާއާ ގުޅިގެން، އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާ ތުން ދައްކާފައިވާ ވާހަކަތަކުގައި އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައި ދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށްދެކޭ ސަބަބަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ މައްސަލައި ގައި ޙަވާލާދީފައިވާ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާގައި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކަނޑައަޅާފައިވާ އުޞޫލަކީ، ވަޒީފާއިން ވަކިކުރުމުގައިޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ޤާއިމުނުވެ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ފުރިހަމަވެފައިވާ ޙާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލު ކަމަށް ވީހިނދު، އަދި އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި fairness) (substantive އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުނުކޮށް ކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ކަމަށް ވީހިނދު، އެ ޙާލަތުގައި ގެއްލުމުގެ ބަދަލު ނގަ އިދީފައިވަނީ، އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަ ވާލީ ކަމުގައިވާތީ، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭތީ އެސަބަބުގެ މައްޗަށްކަން އެނގެ އެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގެ ދަށުން ބެލުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 109/VTR/2017 މައްސަލައިގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާ އާ ޙަ ވާލާދީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، އެ މައްސަލައި ގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، (substantive fairness) އިޖްރާއީ ޢަދުލުވެރިކނަ fairness) (procedural ޤާއިމުވެފައި ނުވާތީއާއި، މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ ޢިއްތިފާޤުން، ވަޒީފާއިން ވަކި ކުރި މުވައްޒަފަށް އަނބުރާ ވަޒީފާދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ނިންމާފައިވާތީކަން، އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ . އަދި އެ ނިންމުމަށް ހައިކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއިން ތާއީދުކޮށްފައިވެއެވެ . އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަ ވާލާދީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، މުޙައްމަދު އިނޞް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، އެ މައްސަލައި ގައި އެދިފައިވާ އެދުމުގެ މައްޗަށް ނަޒަރުކޮށެ ވެ . އެގޮތުން މުޙައްމަދު އިނޞް ގެ ފަރާތުން އެދިފައިވަނީ، މުޙައްމަދު އިނޞް އިސްތިއުނާފުކުރާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ . އެހެންކަމުން، އެ މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަ ވާލާދީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، (substantive fairness) އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުނުކޮށް ކަމަށް މައްސަލަ ބެލި މަޖިލީހަށް ސާބިތުވާތީ، ވަޒީފާ އަނބުރާ އ ޢާ ދަކޮށްދިނުމަށް މުޙައްމަދު އިނޞް ގެ ފަރާ ތުން އެދިފައިނުވާތީ، އެ ޙާލަތުގައި ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނީ، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ކަމަށް ބަލަންޖެހޭތީ، އެގޮތުގެ މަތިންކަން އެނގެން އޮވެއެވެ . މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމު މުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، (substantive fairness) އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުނުކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އޭގެ ޤާނޫނީ ނަތީޖާއަކީ އެ މުވައްޒަފަކު އަނބުރާ އިހު ހުރި ވަޒީފާއަށް ރުޖޫޢަކުރުމާއި، ވަޒީފާއަށް ރުޖޫޢަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާ ޢިނާޔަތްތައް އެ މުވައްޒަފަކަށް ލިބިދިނުމެވެ . މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރަން ނިންމި ނިންމމު ގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، (substantive fairness) އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުނުކޮށް ވަޒީފާއިން ވަކިކޮށްފައިވާ ޙާ ލަތުގައި، މުވައްޒަފު ވަޒީފާއަށް އަނބުރާ އިޢާދަ ކުރުމަށް ނޭދޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން އެގޮތަށް ވަޒީފާ އަނބުރާ އިޢާދަކޮށްދޭންޖހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ޙާލަތުގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަވާލާދީ ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ، އެކަށީގެންވާ ބަދަލެއްކަމުގައި ދެކެ މެވެ . އެހެންކަމުން، އިސްތިއުނާފު މި ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގައި، ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާއާ ޙަ ވާލާދީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/287 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބަލާނެ ހަމަ އެއް އޮތްކަމަކަށް ނުފެނެއެވެ . 14- ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 3/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ނަޒަރުކޮށް، އެ މައްސަލައިގައި OX:tl ;J 0_, "' JO.S.r'.?.r' SO-'J"~ 18 2019/HC-A/464 , "' / /// / 0/"" D t. Dt./_.,; ~, ~ >/ U.t.t:J/ >/ / 0/ > D ,~() fl.A~.:i .AtPtP,...._, ......,......,.:; '-" """/ /.? ' .A.)-.A/ t..r'V /'.?Y.J".r' ..')~~ /f!.r'.r'.r'.S" ' .?.r"' /'.?.?.r'.r'/ .J'.A.J/ .?.r'.r'/ '-" '-" OXO > > o>~ o '0 ;) ~ / ' ;) / ,>(/ / •.?' .?' .J /' .... .? .... ./, ' .A.S(!!Y.A/ '" 0 ~ ' .r-.:i.J .J".A.A .S.r'~fl t..r'.J .s,?c.? .?"' .s c""~,.?.r / / / / / / / / '-" '-""' >o>> ,.,. ~o ,. ~V,?V./. A.,?<P flA~J,? '-" / };:.'-" ~z· ~; . J~t./ .......; > / '-" ) ( .J"~,/1~ / o (':J <. o ~ ' 0 > ;17:1 <11- :> (7"" l. U.O ? ( 33 1647 1 ::..-::; <332 50 29 :r..J ' t!A~ -: .P_,; ' r.s.,.,., ..,. (!.,r .. A ' f!V -:,/ ..( CA.-J1f -: .P~ www- hi gh co urt -gov-mv info@ hig hco urt-gov- mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19، 21، 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އަދި (ޅ)، 76 ވަނަ މާއްދާގެ (ހ) ގެ 1
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19 ވަނަ މާއްދާ
- 2013/HC-A/142
- 2018/HC-A/287
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.