އަންގިރި ރިސޯޓްސް މެނޭޖްމެންޓް އެންޑް އޮޕަރޭޝަން ޕވޓ ލޓޑ ވ. ޢަލީ ޙަސަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 35/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވާކަމަށް ބުނެ ނޯޓިސް ފައިސާ ދީގެން ބޯޓު ކްރޫ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ކަނޑައެޅީ ރަނގަޅަށްތޯ، އަދި ފަރުވާގެ ގޮތުން ވަޒީފާ އިޢާދަކުރުމާއި އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތް ދިނުމަށް ނިންމީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ އޮޅިގަނޑަށް ވާޞިލުނުވެވޭނީ، ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ނުކުރާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނޫނެވެ (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން)؛ ޓްރައިބިއުނަލުން ސަބަބުތައް ތަފްޞީލުކޮށް ހެކިބަހަށް ރިޢާޔަތްކޮށް ނަތީޖާއަށް ވާޞިލުވެފައިވާނަމަ، ހައިކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ބަހުސެއް ނެތެވެ.
HN2 އުމުރުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވާކަމަށް ބުނެ ވަކިކުރާނަމަ، ފަރުވާކުޑަވުމާއި އުމުރާ ހުރި ގުޅުން ހެކިން ސާބިތުވާންޖެހޭނެއެވެ؛ ދަތުރުތަކަށް ލަސްވުން ނުވަތަ ފޯނަށް ޖަވާބު ނުދިނުމާ ގުޅޭ ހެކިބަހުގައި އެއީ އުމުރުގެ ސަބަބުންކަން ދައްކާ ވާޤިއާއެއް ނުވަތަ ޤަރީނާއެއް ނެތްނަމަ، މުވައްޒަފުގެ ބަހެއް ހޯދައި ތަޙްޤީޤެއް ނުހިންގައި، މުވައްޒަފާ ވާހަކަދައްކައި އިޞްލާޙުކުރެވިދާނެ ކަންކަމަށް ފިޔަވަޅު ނާޅައި ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމެއް ނުވެއެވެ.
HN3 މުސްކުޅިކުރާ އުމުރަށް ދިއުމުގެ ކުރިން މުވައްޒަފަކު މުސްކުޅިކޮށް ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ޝަރުޠުތައް (ކުރިން އިޖުރާއަތާއި ޚާއްޞަ އިނާޔަތް އެނގިފައިވުން، މަސައްކަތުގެ ފެންވަރު ބަލައި އެސެސްމަންޓެއް ހަދައި މުވައްޒަފުގެ ބަހެއް ހޯދުން، ނޯޓިސް ނުވަތަ އޭގެ ބަދަލުގައި ފައިސާ ދިނުން) ތަޠުބީޤުކުރުމުގައި ކުށެއް ނުފެނެއެވެ؛ ނޯޓިސްގެ މުއްދަތަށް ފައިސާ ދިނުން އެކަނި، އެސެސްމަންޓެއް ނުހަދައި މުވައްޒަފުގެ ބަހެއް ނުހޯދާނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވުމަށް ފުދުންތެރި ނުވެއެވެ.
HN4 ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރުމަށް ލިބިދެވޭ ޙައްލުތަކަކީ ކުރިން ހުރި ވަޒީފާއަށް ރުޖޫޢަކުރުން، އެ ބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން، ނުވަތަ ބަދަލު ދިނުމެވެ؛ މީގެތެރެއިން އެންމެ އަސާސީ ޙައްލަކީ ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމެވެ (2018/SC-A/49).
HN5 އިތުބާރު ގެއްލުން، ވަކިކުރިތާ ދިގު މުއްދަތެއް ފާއިތުވުން، ވިޔަފާރީގެ ކުޑަބޮޑުމިނާއި ޙާލަތު ފަދަ ކަންކަން ރުޖޫޢަކުރުމަށް ހުރަސްއަޅާއިރު، މުވައްޒަފުގެ ޚާއްޞަ ޙާލަތެއްގެ ސަބަބުން އެހެން ވަޒީފާއެއް ހޯދުން ދަތިވުން ފަދަ ކަންކަން ރުޖޫޢަކުރުމަށް ބާރުއަޅައެވެ؛ ދިގު މުއްދަތަކަށް ޚިދުމަތްކޮށް އުމުރުން ދުވަސްވެފައިވުމަކީ ރުޖޫޢަކުރުމަށް ހުރަހެއް ނޫން، އޭގެ ބަދަލުގައި ވަޒީފާ އިޢާދަކުރުމަށް ބާރުއަޅާ ކަމެކެވެ.
HN6 ތަޙްޤީޤެއް ނުހިންގާ، މުވައްޒަފުގެ ބަހެއް ނުހޯދާ ވަކިކޮށްފައިވާއިރު، އެއް ހެކިވެރިއެއްގެ ބަހަށް ބަލައި ފަރުވާކުޑަކަމުގެ ސަބަބުން ވަޒީފާ އިޢާދަ ނުކުރެވޭނެކަމަށް ކަނޑައެޅުމަކީ ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލު ބަލައިގަތުމެވެ.
HN7 ވަޒީފާއަށް ރުޖޫޢަކުރަން އަމުރުކުރާއިރު ގެއްލިފައިވާ މުސާރައާއި އިނާޔަތް ދޭން އަމުރުކުރުމަކީ 29 (ހ) (1) ގެ ދަށުން ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއް ނަމަވެސް، މުޅި މުއްދަތުގެ ހުރިހާ މުސާރައާއި އިނާޔަތް ދިނުން ލާޒިމެއް ނޫނެވެ (2019/SC-A/36)؛ ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ ވަޒީފާގެ ބާވަތް، ޚިދުމަތުގެ މުއްދަތު، މުސާރަ، ބޭއިންސާފުގެ މިންވަރު، އުމުރު، މުވައްޒަފުގެ ޙިއްޞާ، ގެއްލުން ކުޑަކުރުމަށް ކުރި މަސައްކަތާއި ނުޙައްޤު މުއްސަނދިކަމެއް ލިބޭތޯ ފަދަ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ (2019/SC-A/27).
HN8 ނުޙައްޤު މަންފާއެއް ނުލިބޭނެ ގޮތަށް ވަކިކުރުމަށްފަހު އެހެން ވަޒީފާއަކުން ލިބުނު އުޖޫރަ އުނިކޮށް، ވަޒީފާ އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތް ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަކީ، ޚިދުމަތުގެ މުއްދަތާއި އުމުރާއި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރު ބަދަލުކުރަންޖެހޭ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 މައްސަލަ އިސްތިއުނާފު ކޮށް އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަންގިރި ރިސޯޓްސް " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތކަ ޢަލީ ޙަސަން […]، ރ.މީދޫ (މީގެ ފަހުން "ޢަލީ ޙަސަން " ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
3އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 މައްސަލައަކީ، ނޯޓިސް ދިނުމެއް ނެތި ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޢަލީ ޙަސަންގ ފަރާތުން އަންގިރި ރިސޯޓްސް އަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
4ޢަލީ ޙަސަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަންގިރި ރިސޯޓުން ހިންގާ ތުޅާގިރި އައިލެންޑް ރިސޯޓުގައި ބޯޓް ކްރޫއެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 24 ޖަނަވަރީ 2020 ގައި އެއްވެސް ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، ޢަލީ ޙަސަން ވަޒީފާ އަދާކުރި މަޤާމުގެ މަސްއލިއްޔަތްތަކުގެ އިތުރުން ތަފާތު އެކި މަސައްކަތްތައް ކުރުވާފައިވާތީ، އެކަމުގެ ބަދަލު ބޭނުންވާކަމަށެވެ. ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު 183/2001-C
5ޢަލީ ޙަސަން ވަޒީފާއިން ވަކިކުރުމުގެ ގޮތުން ތުޅާގިރި އައިލެންޑް ރިސޯޓުން 24 ޖަނަވަރީ 2020 ވަނަ ދުވަހު ޢަލީ ޙަސަން އަށް ދިން ނޯޓިސްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. “with great regret, this letter is to officially confirm the termination of your contract with Angiri Resorts Management & operations with immediate effect on this date 25-Jan-2020. This decision is based on the issues raised by your “Department Head” which relates with your physical wellbeing and age. You shall understand that your work as a “Boat crew” involves a higher degree of physical activities which is not compatible with your current age any longer. It has also been noticed that some of our clients has shown uneasiness due to being served by such senior- age staff in the boat. This has been a difficult decision by the management of Thulhaagiri. We have considered to replace you in any other suitable area where you can perform at your best. Unfortunately we do not have any such available position which can be suitable for you. Therefore, the management has come up with the decision to issue to you MVR 15,000 (3-months’ basic salary) upon your termination. In th addition to this you will also receive salary and service charge up to 24 of January 2020, plus one way air ticket fees (to ifuru) will be issued to you.”
6ޢަލީ ޙަސަންގެ ފަރާތުން ޓރައިބިއުނަލަށ ހުށަހެޅް މައްސަލައިގައި އެދިފައިވަނީ، ޢަލީ ޙަސަން އާއި ތުޅާގިރި އައިލެންޑް ރިސޯޓް އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބޭރުން ޢަލީ ޙަސަން ލައްވާ ކުރުވި ހެޕީމާރކެޓް ދަތުރުތަކާއި ފަންލުމުގެ މަސައްކަތާއި، ރިސޯޓް ލޭބަރ މަސައްކަތުގެ ޖުމްލަ ގެއްލުމުގެ ބަދަލެއްގެ ގޮތުން 1590000 (އެއްމިލިއަން ފަސްލައްކަ ނުވަދިހަހާސް ރުފިޔާ) ނަގައިދިނުމަށާއި، އެއްވެސް ނޯޓިސްދިނުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އިޢާދަކޮށްދިނުމާއި، އިޢާދަކޮށްދިނުމާއި ހަމައަށް ހިނގާފައިވާ މުސާރަ ނަގައި ދިނުމަށެވެ.
7މިމައްސަލައިގެ ޖަވާބުގައި އަންގިރި ރިސޯޓްސް ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޢަލީ ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަރާތުން އަދާކުރަމުން ދިޔަ ބޯޓު ކްރޫއެއްގެ ވަޒީފާ އަދާކުރުމުގެ ޤާބިލުކަން، އުމުރުން ދުވަސްވެ ގައިގެ ބާރު ނެތުމުގެ ސަބަބުން އެފަރާތަށް ލިބިފައިނުވާކަމަށް ރިސޯޓުގެ އެޗް.އާރު ޑިޕާރޓްމަންޓަށް ފާހަގަކުރެވުމުގެ ސަބަބުންކަމަށާއި، ބޯޓު ކްރޫއެއްގެ ވަޒީފާއަކީ، ވަޒީފާ އަދާކުރާ ފަރާތުގެ ޖިސްމާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ވަޒީފާއަކަށްވާއިރު، އުމުރުން ދުވަސްވެ ގައިގެ ބާރު ދެރަވެފައިވާ ފަރާތެއް އެފަދަ ވަޒީފާއެއްގައި ބެހެއްޓުމަކީ ވަޒީފާ އަދާކުރާ ފަރާތަށްވެސް އަދި ވަޒީފާ ދޭ ފަރާތަށްވެސް އެކަމުގެ ސަބަބުން ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމެއްކަމުގައިވާތީ، 3 މަސްދުވަހުގެ މުސާރައާއި ސަރވިސް ޗާރޖް ދިނުމަށްފަހު ކަމަށެވެ. އަދި ހަމައެއާއެކު ޢަލީ ޙަސަން ލައްވާ އިތުރު މަސައްކަތް ކުރުވާފައި ނުވާނެކަމަށެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 35/VTR/2020 މައްސަލއިގަ ނިންމުމުގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތަކެވެ.
1.8. ޢަލީ ޙަސަން ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ އދުލުވެރިކަ މާއި އިޖުރާއަ އަދުލުވެރިކނަ ޤާއިމު ކުރެވިފައިނުވާކަމަށް ބުރަވވޭކަމަށެ އާ، މިއީ އަންފެއަރ ޑިސްމިސަލް (unfair Dismissal) ކަމަށް؛
2.8. ފަރުވާއެއްގެ ގޮތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، ތުޅާގިރި އައިލެންޑް ރިސޯޓުގެ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އަލުން ވަޒީފާގެ ކަންކަން ހަމަޖެހޭ ތާރީޚާ ހަމައަށް، ޢަލީ ޙަސަން ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައަށްވާ ފައިސާއިން އެފަރާތް ޢަލީ ޙަސަން ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމް" ގެ ނަންބަރު 9- އެދޭގޮތް އަންގިރި ރިސޯޓްސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމްގެ "މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ކުރު ޚުލާސާ" ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދު ޢަލީ ޙަސަނއަށ ދިނުމަށް ކަނޑައަޅާ؛ މިއެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.9. ވަޒީފާއަށް ފަރުވާ ކުޑަވެފައިވަނީ، ޢަލީ ޙަސަން އުމުރުން ދުވަސްވުމުގެ ސަބަބުންކަން އެނގެން ނެތަތީއާއި، އެފަރާތުގެ ފެންވަރު ބަލައި ވަޒަންކޮށްފައިވާކަން އެނގެން ނެތަތީއާއި، ޢަލީ ޙަސަން އަދާކުރަންޖެހޭ މަސްއ ލިއްޔަތުތައ ފުރިހަމައަށް އަދާނުކުރެވޭކަން އަންގިރި ރިސޯޓަށް ސާބިތުކޮށް ނުދެވޭތީ، މައުޟޫއީ އަދުލުވެރިކަން ޤާއިމްނުކުރެވޭކަމަށް؛
2.9. ނޯޓިސްއަށްވ ފައިސާ ދިންކަމަށް ބުރަވެވުނު ނަމަވެސް ފެންވަރު ބެލުމަށް އެސެސްމަންޓެއް ހަދާފައިވާކަން އެނގެން ނެތްކަމާއި، މަސައްކަތުގެ ޤާބިލްކަމ ގުޅިގެނާ ވާހަކް ދައްކައި، ޢަލީ ޙަސަންގެ ބަހެއް ހޯދާފަ ނެތަތީ، އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ:
10ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 35/VTR/2020 މައްސަލަ ނިންމާފައިވަނީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަންގިރި ރިސޯޓްސގް ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.10. ފުރަތަމަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތާ ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މއުޟއަ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 39. -ޞަފްޙާ 15 21 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞލުތަކ ޚިލާފަށާ ކަމުގައިވުންކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި އަންގިރި ރިސޯޓސްގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި މައުޟޫއީ އަދުލުވެރިކަމަކީ، މުވައްޒަފަކު ވަކިކުރެވުނު ސަބަބަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމަށާއި، މިގޮތުން މުވައްޒަފު މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އުޞ ލެއް ނުވަތަ އިޖުރާއަތެއް ވަޒީފާއާބެހޭ ޤާނޫނުގައި ނެތްނަމަވެސް، އުމުރުން 49 އަހަރާއި 65 އަހަރާއި ދެމެދު މުވައްޒަފުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމަކީ، އަމިއްލަ ކުންފުނިތަކުންވެސް ޢަމަލުކުރަމުން އަންނަ އުޞ ލެއްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަރާތުގެ އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތަށް ފަރުވާ ކުޑަކުރެވުމުގެ ސަބަބުންކަމަށާއި، ހުށަހެޅިފައިވާ ހެކިބަހުން ފަތުރުވެރިންގެ ދަތުރުތައް ލަސްވެފައިވާކަން ސާބިތުކޮށްދެވިފައިވާ ކަމަށާއި، ދަތުރުތައް ލަސްވަނ އިސްތިއުނާފީ ރައްދުވާ ފަރާތުގެ އުމުރުން ދޮށިވުމުގެ ސަބަބުންކަމަށްވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރުމުގައި އަދާކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށެވެ.
2.10. ދެވަނަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް ކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.10. މިނުކުތާގެ ތަފްސީލުގައި އަންގިރި ރިސޯޓްސގެ ފަރާތުން ބުން ފައިވަނީ، ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން އިޖުރާއީ އަދުލުވެރިކަމަކީ، ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތަކީ، އަދުލުވެރި އިޖުރާއަތަކަށްވުންކަމަށާއި، މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވުމުންކަމަށާއި، ވަކިކުރުމުގެ ކުރިން އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރެވޭތޯ ބެލުމަށްފަހު އެފަދަ މަޤާމެއް ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި 3 މަހުގެ މުސާރައަށްވާ -15,000. އެހެންކަމުން، އިޖުރާއީ އަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށެވެ.
3.10. ތިންވަނަ ނުކުތާއަކީ؛ އިސްތިއުނާފު ރައްދުވާ ފަރާތް މަސައްކަތަށް ފަރުވާކުޑަކަމާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ސަބަބުން ކުންފުނީގެ މަސައްކަތް ހުއްޓި މަސައްކަތަށް ބުރަ އަރާފައިވާކަނ މައްސަލައިގައް ހުށަހެޅިފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން ސާބިތުވާއިރު، އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތުގެ އުމުރުގެ ގޮތުން މަސައްކަތަށް ފަރުވާކުޑަކުރެވި މަސައްކަތް ނުކުރެވޭތީ ކަން ހުށަހެޅިފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްކުރެއްވުމެއްނެތި ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.3.10. މިނުކުތާގެ ތަފްސީލުގައި އަންގިރި ރިސޯޓްސގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަހުން އިސްތިއުނާފު ރައްދުވާ ފަރާތް މަސައްކަތަށް ފަރުވާ ކުޑަކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށާއި، ނަމަވެސް ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ހެކިވެރިން ދީފައިވާ ބަޔާނަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށެވެ.
4.10. ހަތަރުވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމެވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ އިޢާދަކުރެވޭ ދުވަހާއި ހަމައަށް މުސާރައަށްވާ ފައިސާ އެފަރާތަށް ނަންގަވާ ދެއްވާފައިވަނީ، ބަދަލު ނަގައިދިނުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތައް ކަމަށްވާ ޢަލީ ވަޙީދު ވ. ދައުލަތު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އަސްފާޤު ވަޙީދު ގައި ކަނޑައަޅުއްވާފައިވާ އުޞ ލާ ޚިލާފަށްކަމުގައިވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
1.4.10. މިނުކުތާގެ ތަފްސީލުގައި އަންގިރި ރިސޯޓްސް ގެ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ 2019/SC-A/36 ޤަޟިއްޔާގެ 34 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުން، ބަދަލު ނަގައިދޭންޖެހޭނީ މައްސަލަ ހުށަހެޅި ފަރާތް ވަޒީފާ އަދާކޮށްގެނ ނުވަތް އެނޫންވެސް ގޮތަކުން އާމްދަނީއެއް ލިބިފައިވާކަން އެފަރާތަށް ސާބިތުކޮށްދެވިފައިވާ މިންވަރަށްކަމަށާއި، އަދި އެމިންވަރު ކަނޑައަޅަންވާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ކޯޓުންކަމަށާއި، ނަމަވެސް އެކަމަށް ޓްރައިބިއުނަލުން މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށެވެ.
5.10. ފަސްވަނަ ނުކުތާއަކީ؛ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމެވުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރަމުން ދޔި ވަޒީފާއަށް ރުޖޫޢަކުރުމަށް ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞ ލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.5.10. މިނުކުތާގެ ތަފްސީލުގައި އަންގިރި ރިސޯޓްސގް ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ 2019/SC-A/36 ޤަޟިއްޔާގައި ވަޒީފާ އަނބުރާ ރުޖޢކުރުމަށަ އެންގުމުގެ އަމުރަކީ އަދާލަތުގެ ހައްލެއް ކަމުގައިވާ ވަކިގޮތަކަށް ޢަ މަލުކުރުމުގ އަމުރެ އެއް ސިފައެއްގެ އަމުރެއްކަމަށެވެ. ވަޒީފާއިން މުސްކުޅިކޮށްގެނ ވަޒީފާއިން ވަކިކުރުމަކީ، ވަޒީފާ އަނބުރާ އބޙ އ ޢާދަކުރުމަށ ހުރަސް އަޅާ ސަބަބެއްނ ވަޒީފާއާބެހް ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނަކަމަށާއި، އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރާ ކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމް ކުރެވިފައިވާ ނުވާކަމަށް ކަނޑައަޅާ ޙާލަތުގައިވެސް މުވައޒަފް ގ އުމުރަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ މަފްހ މުގެ ދަށުން ވަޒީފާ އަނބރު އިޔާދަކުރުމަކީ އަދުލުވެރި ޙައްލެއް ނޫންކަމަށް ފާހަގަކުރާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
11އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ދައުވާގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަންނަނިވި ކަންކަންކަމެވެ.
1.11. އިސްތިއުނާފީ ހުރިހާ ނުކުތާއެއްގައިވެސް ހިމެނެނީ އެއްކަންތައްތަކެއްކަމާއި، އޭގެ ތެރެއިން ފާހަގަކޮށްލެވޭ މައިގަނޑު ދެކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރި ކުރުން ބިނާވާ މައިގަނޑު ކަމަކީ، އެފަރާތުގެ އުމުރުގެ ސަބަބުން ވަޒީފާ އަދާނުކުރެވުމާއި، އަދި އޭގެ ސަބަބުން މަސައްކަތަށް ފަރުވާ ކުޑަވެގެން ދޔުންކަމަށެވެ.
2.11. އިސްތިއުނާފު ރައްދުވާ ފަރާތުގެ އަދާކުރަމުންދިޔަ ވަޒީފާގެ ޤާބިލްކަމާމެދު ސުވާލު އުފައްދާފައިވާއިރު، އެއީ އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާތީ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނާއިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނެކަން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި މަސައްކަތަށް ފަރުވާކުޑަކަމަށް ބުނާއިރު، އެކަން ބަލާ ފިޔަވަޅެއް އަޅާފައިވާކަމުގެ އެއްވެސް ލިޔުމެއް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
3.11. ވަޒީފާއިން މުސްކުޅި ކުރައްވާ މީހުން، ނުވަތަ އުމުރުން ދުވަސްވީ މީހަކު ވަޒީފާއިން ވަކިކުރާނަމަ ކަނޑައެޅޭ ވަކި އުމުރަކާއި، އަދި ވަކިކުރެވޭ އިޖުރާއަތެއް ވަޒީފާއާބެހޭ ޤާނނުގަޔާއި އަދި ޕްރެކްޓިސް ކުރަމުންދާ ސިވިލް ސަރވިސް ޤާނޫނުގައި އޮންނައިރު، މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި، ކުންފުންޏަށް ފެންނަ ފެނުމެއްގެ މައްޗަށް ވަކިކުރެވިފައިވާ ވަކިކުރުމެއް ކަމަށްވާތީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމް ނުކޮށްކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ދެކޭ ކަމަށެވެ. ދެފަރާތުން އެދޭގޮތް:
12އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކޮށްދެއްވައި އެމޭރުމުން ފައިސަލާކުރުވަނިވި ޙުކުމެއްކޮށްދިނުމަށެވެ.
13އިސްތިއުނާފ ރައްދުވު އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ،
1.13. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 ނިންމުމުގައި ކަނޑައަޅާފައިވާ ގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތަކީ "ވަޒީފާއިން ވަކިކުރެވިފައިވާ ނުބެލުމަށާއި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް" ލިބެންވާ މުސާރައާއި، އިނާޔަތްތަކަކީ، ވަޒީފާއިން ވަކިނުކޮށް ހުރިނަމަ އިސްތިއުނާފުކުރާ ފަރާތުގެ އެހެން މުވައްޒަފުންނެކޭވެސ އެއްގޮތަށް ދުވަހުން ދުވަހަށް ލިބޭ އެލަވަންސްތަކާއި، މަހުންމަހަށ ލިބް އެލަވަންސްތަކާއި، އަހަރުން އަހަރަށް ލިބޭ އަންގިރި ރިސޯ ޓްސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގެ ފޯމުގެ ނަންބަރު 10- "އެދޭގޮތް" އެލަވަންސްތަކާއި، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ އެލަވަންސް ފަދަ އެލަވަންސްތަކަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައިދިނުމަށާއި،
2.13. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 ގެ ނިންމުމަކީ، ޤާނޫނާއި، ޤަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޛު ނުކޮށް ހޭދަވެފައިވާ ދުވަސްތައް ހިމެނޭގޮތަށް؛
1.2.13. ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލޭގައި ހުންނަން ޖެހުނު ޖުމްލަ 1064 ދުވަހަށް ދުވާލަކަށް -195/ރ. (އެއްސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ރޭޓުން ކޮއްތު ފައިސާގެ ގޮތުގައި ލިބެންޖެހޭ -207,480.00/ރ. (ދެލައްކަ ހަތްހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) އާއި،
2.2.13. ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް 35 މަސްދުވަހަށް، އެވްރެޖްކޮށް މަހަކަށް 433.33$ (ހަތަރުސަތޭކަ ތިރީސްތިނެއް) ގެ ރޭޓުން ސަރވިސް ޗާރޖްގ ގޮތުގައެ ލިބެންޖެހި މަހަކު 15,166.66$ (ފަނަރަހާސް އެއްސަތޭކަ ފަސްދޮޅަސް ހައެއް ޕޮއިންޓް ހައެއް ހައެއް) އާއި،
3.2.13. ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މާލޭގައި ހުންނަން ޖެހުނު ޖުމްލަ 1064 ދުވަހަށް ދުވާލަކަށް -595/ރ. (ފަސްސަތޭކަ ނުވަދިހަ ފަހެއް) ގެ ރޭޓުން ހުރުމުގެ އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ 5,32,000.00ރ. (ފަސްލައްކަ ބައްތިރީސްހާސް) އާއި،
4.2.13. ވަޒީފާއިން ވަކިކުރި ފަހުން ފާއިތުވި 2 އަހަރުގެ ރަމަޟާނު މަހުގެ އެލަވަންސްގެ ގޮތުގައި، އަހަރަކަށް 3,000.00 (ތިންހާސް) ގެ ރޭޓުން ލިބެންޖެހޭ -6,000/ (ހަހާސް) އާއި،
5.2.13. ކޮންމެ އަހަރަކު އަހަރީ ޗުއްޓީއަށްދާ މުވައްޒަފުންނަށް ރަށަށް ދިއުމަށް ޓިކެޓް ދޭ އުޞޫލުން 2 އަހަރުގެ އަހަރީ ޗުއްޓީގެ ޓިކެޓް ޚަރަދުގެ ގޮތުގައި އަހަރަކަށް 2,556.00ރ (ދެހާސް ފައްސަތޭކަ ފަންސާސް ހައެއް) ގެ ރޭޓުން ލިބެންޖެހޭ -5,112.00/ (ފަސްހާސް އެއްސަތޭކް ބާރަ) އާއި،
6.2.13. ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގައި، މުސާރައިގެ ކުރިއެރުމުގ ގޮތުގައެ ރިސޯޓުގެ އެހެން މުވައްޒަފުންނަށްވެސް ކުރިއެރުން ދީފައިވާ ޕަސެންޓޭޖާއި، އެއްވަރުގެ މުސާރައިގެ ކުރިއެރުމެއް ލިބެންޖެހޭ ކަމަށާއި، އެކުރިއެރުމާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ލިބިދިނުމަށާއި،
7.2.13. ރިސޯޓުގެ ހުރިހާ މުވައްޒަފުން މިނިމަމް ވޭޖުގެ ސެލެރީއަށ ބަދަލް ކުރު ތާރީޚުން ފެށިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ ސެލެރީއަށް އައިސްފައިވާ ބަދަލު ކަމުގައިވާ ކުރިން ލިބެމުން އައި -5,000/ރ. (ފަސްހާސް) ގެ މުސާރައަށް އިތުރުވި -3,000/ރ. (ތިންހާސް) އާއެކު ޖުމްލަ -8,000/ރ. (އަށްހާސް) ގެ ރޭޓުން ލިބެންވާ ފައިސާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިޤަޟިއްޔާ ނިންމާ ޙުކުމް ކުރާ ދުވަހާ ހަމައަށް، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައިދިނުމަށް އަންގާ ޙުކުމް ކޮށްދިނުން؛ މިއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
14ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ތިންވަނަ ނުކުތާގައި އުފައްދާފައިވާ ބަހުޘަކީ، ޢަލީ ޙސަނަ ވަޒީފާއިން ވަކިކުރުމުގައި މައުޟއޫ އަދުލުވެރިކަން ޤާއިމުނުކުރެވޭ ކަމަށް ކަނޑައެޅިފައިވަނީ ޤާނޫނީ އުޞލުތަކޫ ޚިލާފަށް ތޯ އާއި ހުށަހެޅުނު ހެއްކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރޢިޔަތްކޮށްފައިވޭތއެވެ.
15ޢަލީ ޙަސަން، ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ތަފްސީލުކޮށްދެމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައާއި މިކޯޓުގައިވެސް، އަންގިރި ރިސޯޓްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ޢަލީ ޙަސަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު" ފޯމުގެ ނަންބަރު 5 "އެދޭގޮތް" ބޯޓު ކުރޫއެއްގެ މަޤާމުގައި ވަޒީފާ އަދާ ކުރުމުގެ ޤާބިލުކަން ޢަލީ ޙަސަން އަށް ލިބިފައިނުވާކަމަށް ހިއުމަން ރިސޯސަސް ޑިޕާރްޓަމަންޓަށް ފާހަގަވެފައިވތާ، ވަޒީފާއިން ވަކިކުރެވިފައިވަނީ ކަމަށެވެ. އެގޮތުން، އމުރުނު ދުވަސްވެފައިވާ "ސީ ނިއަރ" މުވައްޒަފަކު ފަތުރުވެރިންނަށ ޚިދުމަތް ދިނުމަށް ވަޒީފާގައި ބަހައްޓާފައިވުމުން ފަތުރުވެރިންގެ ފަރާތުން ޝަކުވާ އަންނަމުންދާކަމަށާއި، ޢަލީ ޙސަނަ 10 ދުވަހުގެ ސަލާމުގެ ޗުއްޓީ ނަގާފައިވާތީ، އެކަމުންވެސް ވަޒީފާ އަދާ ކުރުމުގެ ސިއްޚީ ޤާބިލުކަން ނެތް ކަން އެނގޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
16ޢަލީ ޙަސަން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އދުލުވެރިކަނަ ޤާއިމުކުރެވިފައިވޭތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.16. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި، ވަޒީފާއާބެހޭ ޤާނޫނު ގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަކީ ޤާނޫނު ޤަބޫލުކުރާ އަދުލުވެރި ސަބަބެއް ކަމުގައި ފާހަގަކޮށް، އެޤާނޫނުގެ 4 ވަނަ މާއްދާއާ ޙަވާލާދީ، ވަޒީފާއިން ވަކިކުރުމުގައި ހަމަހަމަ މީހުންގެ މެދުގައި އުމުރަށް ބަލައި، ތަފާތުކުރުމަކީ މަނާކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
2.16. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ހުނަރާއި ތަޖުރިބާއަށް ބަލައި ފިޔަވަޅު އެޅުމަކީ ޤާނޫނު ހުއްދަ ކުރާ ކަމެއްކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫންވެސް ޤާނޫނެއްގައި ވަޒީފާއަދާކުރާ ފަރާތެއް މުސްކުޅިކުރެވިދާނެ އުމުރު ނުވަތަ އިޖުރާއަތެއް ބަޔާންކޮށްފައިނުވާ ޙާލަތުގައި، މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރާ އުމުރު ނުވަތަ ސަބަބަކީ އަދުލުވެރި ސަބަބެއް ނުވަތަ އުމުރަކަށ ވާން ޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ. ޤާނ ނ ނަންބަރު 2008/2 (މީގެ ފަހުން ވަޒީފާއާބެހޭ ޤާނނުގ ގޮތުގައެ ނިސްބަތްކުރެވޭ) އެޤާނޫނުގައި އުމުރާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުނުވާގޮތުން އބޙ
3.16. އަންގިރި ރިސޯޓސްގައި ރިޓަޔަރމަންޓް ޕޮލިސީއެއް ފާސްކޮށްފައި ނެތް ކަމަށާއި، ޢަލީ ޙަސަންއަށް ވުރް އުމުރުން ދޮށީ 1 މުވައްޒަފަކު ވަޒީފާ އަދާކުރަމުންދާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
17 16
4.16. ދިވެހި ސިވިލް ސަރވިސގް ޤާނޫނާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާއި ޙަވާލާދީ، 65 އަހަރަކީ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމަށް އެކަށީގެންވާ އުމުރެއްކަމަށް ފާހަގަކޮށްފައިވެއެވެ.
5.16. 65 އަހަރު ނުވާ މުވައްޒަފަކުވެސް އުމުރުގެ ސަބަބުން ވަޒީފާގެ ޒިންމާތައް އަދާނުކުރެވި މަސައްކަތަށް ފަރުވާ ކުޑަކުރެވޭނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އިސްލާޙީ ފިޔަވަޅެއް ނުވަތަ އެޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބަދަލުގައި މުސްކުޅިކޮށް ވަޒީފާއިން ވަކިކުރި ކުރުމަކީ، ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށާއި، އެހެންނަމަވެސް މިސަބަބަށްޓަކައި ވަޒީފާއިން ވަކިކުރެވޭއިރު، ހަމަ ޙަޤީޤަތުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އަދި އެއީ އެމުވައްޒަފަކު ކަނޑައެޅިގެނާ ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ މަޤްސަދުގައި ކޮށްފައިވާކަމެއްތޯ ބަލައި މައުޟޫއީ އަދުލުވެރިކަމއާ އިޖުރާއީ އަދުލުވެރިކަން ޤާއިމުވޭތޯ ބަލަން ޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
6.16. އަދި މިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއއާއް ނަންބަރު 2011/HC-A/134 ޤަޟިއްޔާއާ ޙަވާލާދީ، 65 އަހަރުނުވާ އުމުރުން ދުވަސްވެފައިވ މުވައްޒަފަކާ ވަޒީފާއިން މުސްކުޅިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާނުކުރެވުމާ މަސައްކަތަށް ފަރުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 48.- ޞަފްޙާ 8 އަދި ޞަފްޙާ 9 ކުޑަކުރެވޭތީ އެސަބަބަށްޓަކައި ވަޒީފާދޭ ފަރާތުން ހެޔޮނިޔަތުގައި ނިންމާފައިވާ ނިންމުމެއް ކަމުގައިވާނވާންކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނިންމުމުގެ 9.2 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ.
7.16. އަދި މިމައްސަލައިގެ ވާޤިއާތަކަށް މިއު ޞޫލުތައް ތަޠުބީޤުކުރަމުން، އަންގިރި ރިސޯޓްސްގެ ފަރާތުން ހުށަހެޅި ހެކިންގެ ބަހުން ދަތުރު ފަށަންޖެހޭ ގަޑިއަށް ޙާޟރުނުވުމި ޑިޕާރޗަރސް ލަސްވެގެން ގެސްޓުންގެ ޝަކުވާ ލިބޭކަމަށަ ބުރަވެވޭ ކަމަށް ފާހަގަކޮށް އެހެންނަމަވެސް، ޢަލީ ޙަސަން ވަޒީފާއިން ފަރުވާކުޑަވެފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން ކަން އެނގެން ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، ޢަލީ ޙަސަން 10 ދުވަހުގެ ސަލާމުގެ ޗުއްޓީއެއް ނެގުމަކީ ވަޒީފާ އަދާކުރުމުގެ ސިއްޚީ ޤާބިލުކަން ނެތްކަން ދަލާލާތުކޮށްދޭ ކަމެއް ކަމުގައި އަންގިރި ރިސޯޓްސް އިން ފާހަގަކުރިނަމަވެސް، މުވައްޒަފެއްގެ ސިއްޚީ ޙާލަތު އެއް ހަމައެއްގައި ނުހުރެދާނެކަމ އިންސާނީ ބުއްދިން ދެބަސްވެވެނ ނެތް ޙަޤީޤަތެއް ކަމަށް ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވެއެވެ. ޢަލީ ޙަސަން ވަޒީފާއިން ވަކިކުރެވުނު އިރު މަސައްކަތުގެ ފެންވަރު ވަޒަންކޮށްފައިނުވާކަމަށާއި، އެހެންކަމުން އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތުގެ ޤާބިލުކަން ނެތް ކަމަށް ބުނާ ބުނުން ސާބިތުކޮށް ނުދެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
17ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމުން، މިމައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތައް ބަޔާންކޮށް މައްސަލައިގެ ވާޤިއާތަކަށް ތަފްސީލީ ގޮތެއްގައި ތަޠުބީޤުކޮށްފައިވެއެވެ.
18HN2މިއިސްތިއުނާފީ ނުކުތާތަކުގައި އުފައްދާ ބަހުޘު ގޮސް ހުއްޓެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުނު ހެކިންގެ ހެކި ބަހުން ޢަލީ ޙަސަން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 39.- ޞަފްޙާ 15 އިން 16 އަށް ލިބުނު ހެކި ބަހަށް ރިޢާޔަތްނުކުރާ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި، ހެކި ބަސް އަދާ ކުރި ހެކިވެރިޔާ ޢަލީ ޝަމީމްގެ (ލޯންޗު ސެކްޝަން މެނޭޖަރ) ހެކިބަހުގައި، ދަތުރުތައް ފެށުމުގައި ލަސްވެފައިވާކަމަށއާ، ޢަލީ ޙަސަން ބައެއް ފަހަރު ދަތުރުތަކަށް ޙާޟރުނުވާކަމިށާއި، ފޯނަށް ޖަވާބުދާރީނުވާކަމަށާއި، ބައެއް ފަހަރަށް ޢަލީ ޙަސަންގެ ޚަބަރެއް ނުވެގެން ދެ ކްރޫއިންނާއެކ ދަތުރު ކުރަންޖެހިފއަ ވާކަމަށި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހެން ދިމާވާ ވަކި ސަބަބެއް ނޭނގޭކަމަށާއި، ބައެއް ފަހަރު ދަތުރު އޮތްކަން ނޭނގުނީކަމަށް ޢަލީ ޙަސަން ބުނާކަމަށަ ހެކިވެރިޔާ ބުނެފައިވެއެވެ. ޢަލީ ޙަސަންގެ އުމުރުގެ ސަބަބުން ވަޒީފާ އަދާކުރުމުގެ ޤާބިލުކަން ލިބިގެންނުވާކަމުގެ ޝަކުވާ ފަތުރުވެރިންގެ ފަރާތުން ލިބުމާމެދު މިހެކިވެރިޔާގެ ބަހުގައި ވަކިކަމެއް ފާހަގަކޮށްފައިނުވެއެވެ. ޢަލީ ޙަސަން އަކީ ގެސްޓުނ ގޮވައިގެން ޑައިވްކުރުން ފަދަ މަސްއޫލިއްޔަތެއް އަދާކުރާ ފަރާތެއް ނޫންކަމަށް ހެކިވެރިޔާ ހެކިބަސްދީފައިވެއެވެ. ހެކިވެރިޔާ އިބްރާހިމް މުޙައްމަދު (ރިސަރވޭޝަން މެނޭޖަރ)ގެ ބަހުން ކްރޫއިންގެ ސަބަބުން ދަތުރުތައް ލަސްވެގެން ޝަކުވާ އައިސްފައިވާ ކަމަށާއި، ރިޕޯޓުކުރަނީ އެސެކްޝަނެއްގެ އިސްފަރާތަށްކަމަށާއި، އެދުވަހު ދަތުރަށް އައިސްފައިނުވަނީ ޢަލީ ޙސަންކަމަށަ އެސެކްޝަންގެ އިސްފަރާތުން ބުނކަމިށ ބުން އިވުނު ހެކީގެ ގޮތުގައި ބެލެވޭ މޭރުމަކުން ހެކިބަސް އަދާކޮށްފައިވާކަމާއި، ނަމަވެސް މހެކިވެރިޔާއަށް ސީދާ މިކަން ކަށަވަރުނުކުރެވި ކަމަށް ބުނެފައިވެއެވެ.
19މިހެކިވެރިންގެ ހެކިބަހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރޢި ޔަތްކޮށްފައިވާކަނާ، މިކަމަށް ބުރަދަންދޭކަމަށް އެޓްރައިބިއުނަލުން ބަޔާންކުރި ކުރުމުން އެނގެއެވެ. އެހެންނަމަވެސް، ޢަލީ ޙަސަން ދަތުރުތަކަށް ނިކުތުމުގައި ލަސްވެފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންކަން އަންގައިދޭނެ ވާޤިއާއެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 39.- ޞަފްޙާ 15 އިން 16 އަށް ނުވަތަ ޤަރީނާއެއް މިހެކިބަހުގައި ނެތުމީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅުމުގެ އަސާސެވެ.
20ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި މިކޯޓުގައި ވެސް އަންގިރި ރސިޓްސްއިން ފާހަގަކޮށްފައިވަނީ، ހެކިވެރިންގެ މިފާހަގަކުރުންތަކާ ގުޅޭގޮތުން ޢަލީ ޙަސަން ގެ ބަހެއް ހޯދައި ވަކި ތަޙްޤީޤެއް ހިންގާފައިނުވާކަމަށެވެ. ދަތުރުތަކަށް ޙާޟިރުވުމުގައި ލަސްވުން ނުވަތަ ފޯނު ކޯލުތަކަށް ޖަވާބުދާރީ ނުވުމަކީ އެކަންކަމާމެދު މުވައްޒަފާ މެދު ވާހަކަ ދައްކައި އިސްލާޙުކުރެވިދާނެ ކަންތައްތައްކަން ފާހަގަކުރެވޭއިރު، މިފަދައިން ފިޔަވަޅެއް އަޅާފައިނުވާކަން އަންގިރި ރިސޯޓސްގެ ބަހުން އެނގެއެވެ.
21އެހެންކަމުން، މިހެކިބަހުނ ވަޒީފާއިން ވަކިކުރި ސަބަބުކަމުގައިވާ، އުމުރުން ދުވަސްވެ ގައިގެ ބާރު ނެތުމުގެ ސަބަބުން ޢަލީ ޙަސަންއަށް ބޯޓު ކްރޫއެއްގެ ވަޒީފާ އަދާކުރުމުގެ ޤާބިލުކަން ލިބިފައިނުވާކަމަށް، ބުނާ ބުނުން ސާބިތުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
އިޖުރާއީ އަދުލުވެރިކަން
22އިސްތިއުނާފީ ދެވަނަ ނުކުތާގައި އަންގިރި ރިސޯޓްސްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޢަލީ ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން މަޤާމުގެ މަސްއ ލިއްޔަތު އަދާނުކުރެވުމުންކަމަށާއި، ވަކިކުރުމުގެ ކުރިން އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރެވޭތޯ ބެލުމަށްފަހު އެފަދަ މަޤާމެއް ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި 3 މަހުގެ މުސާރައަށްވާ -15,000/ރ. (ފަނަރަހާސް ރުފިޔާ) ދިނުމަށްފަހު ކަމުގައިވާތީ އެފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށެވެ.
23HN3ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާއާއި ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ޙަވާލާދިނުމަށް ފަހު، މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަންޖެހޭ އުމުރަށޫ ދިއުމުގެ ކުރިން މުސްކުޅި ކުރާ ޙާލަތުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމުގައި ޢާންމު ޙާލަތުގައި ކަނޑައެޅޭނީ އަންނަނިވި ޙާލަތުގައި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 9.4 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ.
1.23. މުވައްޒަފުން މުސްކުޅިކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތުތަކާއި އުޞޫލުތަކަކީ ކޮބައިކަން ކުރިއާލާ މުވައްޒަފަށް އަންގާފައިވުމާއި، އަދި
2.23. މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ކަނޑައެޅިފައިވާ ޚާއްޞަ އިނާޔަތް ލިބިދެވޭނެގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، މުވައްޒަފުންނަށް އެނގިފައިވުމާއި، އަދި
3.23. އެ މުވައްޒަފކަ މުސްކުޅިކުރުމަށް މަސައްކަތުގެ ފެންވަރު ބަލައި އެސެސްމންޓެއަ ހަދައި، އެއެސްމަންޓާއ ގުޅިގެނި މުވައްޒަފުގެ ބަހެއް ހޯދާފައިވުމއި، އަދާ
4.23. މުސްކުޅިކޮށްގެން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާދީފައިވުން، މިއެވެ.
24މިއު ޞޫލުތައ މިމައްސަލައަށް ތަޠުބީޤުކޮށް ނޯޓިހުގެ މުއްދަތަށް ފައިސާދެވިފައިވީނަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން އެސެސްމަންޓެއް ހަދާފައިނުވުމާއި، މަސައްކަތުގެ ފެންވަރާއި ޤާބިލުކަމާމެދު ޢަލީ ޙަސަން ގެ ބަހެއް ހޯދާފައިނުވާތީ އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކުރެވޭ ކަމަށް ފާހަގަކޮށް ބަޔާންކޮށްފައިވެއެވެ.
އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުން
25HN1ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 43 ވަނަ މާއްދާގައެވެ. މި މާއްދާގެ މަފްހޫމް އިތުރަށް ތަފްޞީލު ކޮށްދީފައިވާ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރޢި ޔަތްކޮށްފައާ ނުވާކަމަށް ބުނާބުނުމަކުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާޞިލު ނުވެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
26މިމައްސަލައިގ އިސްތިއުނާފެ ފުރަތަމަ ނުކުތާއާއި ތިންވަނަ ނުކުތާގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރުމުގައ ޤާނޫނި އުޞޫލުތައް ތަޠުބީޤުކޮށް ހެކިވަޒަންކުރުމ މެދާ ތައުނުކޮށްފައިވާއިރު، މިމައްސަލައިގައި މައުޟއޫ އަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެނިންމުމަށް ވާސިލުވި ސަބަބު ތަފްސީލުކޮށް ބަޔާންކޮށްފައިވުމުން އަދި ހެކިބަހަށް ރޢި ޔަތްކޮށް އެޓްރައިބިއުނަލުން ވާސިލުވި ނަތީޖާ ބަޔާންކޮށްދެވިފައިވާ ކަމަށް ދެކޭތީ އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ތިންވަނަ ނުކުތާގައި މިކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ޤާނޫނީ ބަހުޘެއް ހުށަހެޅިފައިވާ ކަމުގައި ނުދެކެމެވެ.
27ހަމަ މިފަދައިން، އިސްތިއުނާފީ ދެވަނަ ނުކުތާގައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުވުމާ ގުޅޭގޮތުން މިކޯޓުގައި ތައުނުކުރަން މަސައްކަތްކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ އަދުލުވެރިކަން ޤާއިމުވާގޮތް ޤާނޫނީ ސަބަބުތކާއެކަ ތަފްސީލުކޮށް ބަޔާންކޮށް ތަޠްބީޤުކޮށްފައިވުމުންނާއި، އަދި އިޖުރާއީ 2019/SC-L/91 އ ދުލުވެރިކަމާމެދ ގޮތު ކަނޑައެޅުމުގައި ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަން އެނގެން އޮންނާތީ، މިނުކުތާގައިވެސ މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ބަހުޘެއް ހުށަހެޅިފައިވާ ކަމުގައި ނުދެކެމެވެ. ފަރުވާގެ ގޮތުގައި ވަޒީފާ އިޢާދަކުރުމާ ބަދަލު ނަގައިދިނުން
28އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާއި ފަސްވަނަ ނުކުތާގައި އަންގިރި ރިސޓޯ ސްގެ ފަރާތުން ތައުނުކޮށްފައިވަނީ، އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފަރުވާ ދިނުމުގައި ވަޒީފާ އިޢާދަކުރުމަށާއި ބަދަލުގެ ގޮތުގައި މުސާރައާއި އިނާޔަތް ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަށެވެ.
29HN4ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ސާބިތުވެއްޖެނަމަ، ލިބިދެވިދާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ ތިން ބާވަތެއްގެ ޙައްލުގެ ތެރޭގައި (1) އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޢޫ ކުރުން؛ ނުވަތަ (2) މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ (3) ބަދަލު ދިނުން ހިމެނެއެވެ.
30އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ، އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢކުރަ ނ ކަމަށް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ކަނޑައޅައަފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 ސުޕްރީމް ކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް SC 31 [2022]
31HN5ހަމަމިއާއެކު، މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫޢކުރުމަކަ ޢމަލަ ގޮތުން ކުރެވެން ނެތް ކަމެއް ކަމަށް ބެލެވިދާނެ ބައެއް ޙާލަތުތައް މިޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ފާހަގަކޮށްފައިވެއެވެ. މިޙލަތްތަކުގާ ތެރޭގައި އަނބުރާ އޢިދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛ ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން؛ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން ފަދަ ކަންތައްތައް ހިމެނެއެވެ.
32މީގެއިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ހުރު ވަޒިފާއަށް ރުޖޫޢކުރުމަށަ ބާރު އަޅާ ޙާލަތުތަކެއްވެސް ފަނޑިޔާރު ޙުސްނުއް ސޢު ދުގޫ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ. އެފަދަ ބައެއް ޙާލަތްތަކަކީ:
1.32. މުވައްޒަފުކުރި ޣައިރު ސުލޫކީ ޢމަލަކަ އެފަދަ ފުރަތަމަ ޢަމަލުކަމަށްވެފައި، އެ ޙލަތުގައާ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހއްލަކަ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ޙާލަތްތައް؛
2.32. އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫޢަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ޙާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށްވުން؛
3.32. ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ ޢަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނޭ ޙާލަތްތައް، މިއެވެ .
33HN6މިމައްސަލައިގައި ޢަލީ ޙަސަން ވަޒީފާއަށް ރުޖޢަކުރުމަށ ހުރަސް އެޅިދާނެ ޙލަތްތައ ކަމަށް އަންގިރާ ރިސޯޓްސްގެ ފަރާތުން ފާހަގަކުރަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ހެކިންގެ ހެކި ބަހުން ޢަލީ ޙަސަން މަސައްކަތަށް ފަރުވާ ކުޑަކަން އެނގުނު ނަމަވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާނުވުމަށެވެ. ހުށަހެޅިފައިވާ ހެކީވެރިންގެ ތެރެއިން ޢަލީ ޝަމީމް (ލޯންޗް ސެކްޝަން މެނޭޖަރ) ގެ ބަހުން ދަތުރުތައް ފެށުމުގައި ލަސްވެފައިވާކަމަށާއި، ޢަލީ ޙަސަން ބައެއް ފަހަރު ދަތުރުތަކަށް ޙާޟރުނުވާކަމަށާއި، ފޯނަށް ޖަވާބުދާރީނުވާކަމަށާއި ބައެއް ފަހަރަށް ޢަލީ ޙަސަންގެ ޚަބަރެއް ނުވެގެން ދެކްރޫއިންނާއެކ ދަތުރު ކުރަންޖެހިފއަވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިއިން އެއްވެސް ފަހަރެއްގައި ޢަލީ ޙަސަންގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ފިޔަވަޅެއް އެޅިފައިވާކަނ ފެންނާކަށް ނެތެވެ. ދެން ހެކިބަސް އަދާކުރި ހެކިވެރިޔާ އިބްރާހިމް މުޙައްމަދު (ރިސަރވޭޝަން މެނޭޖަރ)ގެ ހެކިބަހުގައި ބޯޓުގެ ދަތުރުތައް ލަސްވާކަން ފާހަގަކުރި ނަމަވެސް އެކަން އެގޮތަށް ހިނގާފައިވަނީ ޢަލީ ޙަސަންގެ ފަރާތުން ދިމާވާ އިހުމާލެއްގެ ސަބަބުން ކަން ހެކިވެރިޔާއަށް ކަށަވަރުކޮށް ބުނަން ނޭނގޭކަން ހެކިބަހުން އެނގެއެވެ. މިކަން ހިނގާފައިވާ ގޮތް ބަލައި ތަހްޤީޤެއް ހިނގިފައިވާތަން ފެންނާކަށް ނެތެވެ.
34ޢަލީ ޙަސަން ވަކިކުރި ސަބަބަކީ، އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވުން ކަމަށް އަންގިރި ރިސޯޓްސް އިން ބުނާއިރު، ޢަލީ ޙަސަން ފަރުވާ ކުޑަވި ކަމަށް ބުނާ ބުނުން ތަޙްޤީޤުކުރެވިފައިނުވާކަމާއި، މިކަމާ ޢަލީ ޙަސަންގެ އުމުރު ހުރާ ގުޅުން ދެނެގަތުމަށްޓަކައި އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި، 1997 ވަނަ އަހަރުން ފެށިގެން 22 އަހަރު ޚިދުމަތްކުރި ޢަލީ ޙަސަންގެ ފަރާތުން އެއްވެސް ބަހެއް ހޯދުމަކާ ނުލައި، ވަޒީފާއިން ވަކިކުރާ ސަބަބެއްގެ ގޮތުގައި އޭނާގެ އުމުރު ދައްކައި، އޭނާގެ މަސައްކަތާއި ގުޅިގެން އައިކަމަށް ބަޔާންކުރާ ބަދަލުތަކާ ގުޅިގެން އެކަށޭނެ ފިޔަވަޅު އެޅުމެއް ނެތި ވަޒީފާއިން ވަކިކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލް މަރުހަލާގައި ހެކިބަސް އަދާކުރި އެންމެ ހެކިވެރިއެއްގެ ބަހަށް ރިޢާޔަތްކޮށް މަސައްކަތުގެ މާހައުލުގައި ފަރުވާކުޑަކަމަށް ބަލައި ވަޒީފާ އަނބުރާ އިޢާދަނުކުރެވޭނެ ކަމަށް ކަނޑައެޅުމީ، އަންގިރި ރިސޯޓސްއްން ޢަލީ ޙަސަން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރިގޮތ ބަލައިގަތުން ކަމުގައް ދެކެމެވެ.
35ޢަލީ ޙަސަންއަކީ އުމުރުން ދޮށީ ފަރާތަކަށް ވުމުން މިއީ ވަޒީފާއަށް އަނބުރާ ރުޖޢކުރުމަށަ ހުރަސްއެޅޭ ޙާލަތެއް ކަމަށް އަންގިރި ރިސޯޓްސްއިން ބަޔާންކުރާއިރު، އިސްވެ ފާހަގަކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މުވައްޒަފަކު ހުރި ޚާއްސަ ޙާލަތެއްގެ ސަބަބުނު އިތުރު ވަޒީފާއެއް ހޯދުމަށް ހުރަސްއަޅާނަމަ، ބޭއިންސާފުން ވަކިކުރުމަށް ފަރުވާދިނުމުގައި ވަޒީފާ ރުޖޫޢަކުރުމަށް ބާރުއަޅާކަމަށެވެ. އުމުރުން ދުވަސްވުމަކީ ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަން އިތުރުވާކަމެއްކަމަށް ވަޒީފާގެ ބާޒާރުގައި ޢާންމު އޞު ލުން ބެލުމުގެ ފުރުސަތު އޮންނައިރު، ދިގު މުއްދަތަކަށް އެއް ތަނެއްގައި ޤާއިމުވެ ވަޒީފާ އަދާ ކުރަމުން ދިޔަ ދުވަސްވީ މުވައްޒަފަކަށް އަލުން ވަޒީފާއެއް ހޯދައި މަސައްކަތުގެ ދާއިރާ (ކެރިއަރ) އަލުން ބިނާކުރަން ފެށުމަކީ ދަތި ކަމަކަށް ވާނެ ކަމުގައި ދެކެމެވެ. އެހެންކަމުން، އަންގިރި ރިސޯޓްސް އިން ފާހަގަކުރާ ގޮތާ ޚިލާފަށް، އެތަނުގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށް އުމުރުން ދުވަސްވެފައިވުމަކ ޢަލީ ޙަސަން އެތަނުގައި އަދާކުރި ވަޒީފާއަށް އިޢާދަކުރުމަށް ބާރު އަޅާ ކަމެކެވެ.
36HN7ބޭއިންސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލު ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަދަލުގެ މިންވަރު ކަނޑައަޅާނެ ޢާންމު ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން Aziz Yaakub v Bank Muamalat Malaysia Bhd [2005] 3 ILR 502 [2012] 4 ILJ i ހަމަތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. އެގޮތުން، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު، އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ އެކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރު ކުރުމަކީ، ވަޒީފާއާބހެ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
37ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި އިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް އެޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
38މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ އަދުލުވެރިކަމާއި، މައުޟޫއީ އަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި، ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލައެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ރިޢާޔަތް ކުރެވިދާނެ ކަންތައްތައް ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި
(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް؛ (ށ) ވަޒީފާގައި ހޭދަކުރި މުއްދަތު؛ (ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތް؛ (ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް؛ (ބ) ވޒީފާއިނަ ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ؛ (ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ؛ (ކ) ގެއްލުމުގެ 2019/SC-A/36 ޤަޟިއްޔާގެ 34 ވަނަ ޕްރެގްރާފް މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ، މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި، އެހެން މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ؛ (އ) ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޢކުރުމަކަ، އަސާސީ ޙައްލުކަމާއި، އަދި އެ ފަރާތަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްޤު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ؛ (ވ) ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު، ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީ ތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ، ޤާނޫނުން ލިބިގެންވާ ޙައްޤއެ ބޭނުން ކުރީތީވެކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ ބެލުން ހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
39މި މައްސަލައިގެ ބަދަލުގެ މިންވަރާ މެދު އަންގިރި ރިސޯޓްސްގެ ފަރާތުން ތައުނުކުރަނީ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް ކަނޑައެޅިފައިވާ އޞު ލުތަކުގެ ތެރެއިން ވަކި ކުރެވޭ ފަރާތުގެ އުމުރަށއާ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތެއް ކޮށްފައިވޭތޯ ބަލައިފައި ނުވުމުގެ މައްޗަށެވެ.
40HN8ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވަނީ "މައްސަލަ ހުށަހެޅި ފަރާތަށް ނުޙައްޤު މަންފާ އެއް ލިބުމުގެ ފުރުސަތު ނަފީކުރުމުގެ މަޤްސަދުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް އިތުރު އެހެން ވަޒީފާއެއް ނުވަތަ ވަޒީފާތަކެއް އަދާކޮށްފައިވާނަމަ، އެވަޒީފާއިން ނުވަތަ ވަޒީފާތަކުނ މައްސަލް ހުށަހެޅި ފަރާތަށް ލިބިފައިވާ އުޖ ރައަށްވާ ފައިސާ، އެވަޒީފާގައ ހުރި މުއްދަތުގައި މައްސަލި ހުށަހެޅަ ފަރާތް މައްސަލަ ރައްދުވާ ފަރާތުގެ ވަޒީފާގައި ހުރިނަމަ ލިބެންޖެހޭ އުޖރައަށްވާ ފައިސާއަށްވުރެ އިތުރު ނުވާ މިންވަރަށް އުނިކުރުމަށް ކަނޑައަޅަން" ޖެހޭ ކަމަށެވެ.
41މިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ ޙަސަން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރި ކަމަށާއި، އަންގިރި ރިސޯޓްސގް އެޗް. އާރުގައި އެދިގެންވެސް ވަޒީފާއަދާ ކުރި ކަމުގެ ލިޔުމެއް ނުލިބުނުކަމަށާއި، އެހެންކަމުން ވަޒީފާއެއް އަދާނުކުރާ ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އެފަރާތަކީ ވަޒީފާގައި ދެމިހުރި ފަރާތެއް ކަމަށް ކަނޑައަޅާފައިވުމުން އިތުރު ވަޒީފާއެއް އަދާކުރެވިދާނެކަމުގައި ނުދެކޭކަމަށް ފާހަގަކޮށްފައިވެއެވެ.
42މިމައްސަލައިގައި ވާޤިއާތަކަށް ރިޢާޔަތްކުރާއިރު، ޢަލީ ޙަސަން ތުޅާގިރި އައިލެންޑް ރިސޯޓުގައި ވަޒީފާ އަދާކޮށްފައިވާ މުއްދަތަށާއި އޭނާގެ އުމުރަށާއި، ވަޒީފާގައި ހޭދަކުރި މުއްދަތުގައި ރަނގަޅަށް މަސައްކަތްކޮށްފައިވާ މުވައްޒަފެއްކަމަށް ބުނާ ބުނުމަށާއި، މައްސަލައިގެ ކަންހިނގާފައިވާގޮތަށް ބަލާއިރު، ވަޒީފާ އިޢާދަކުރުމާ ހަމައަށް (ޓްރައިބިއުނަލްއިން ފާހަގަކޮށްފައިވާ އުނިކުރުންތައް ހިމެނޭގޮތުން) މުސާރައާއި އިނާޔަތް ނަގައިދިނުމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
ނިންމަން ފެނުން ގޮތް
43އަންގިރި ރިސޯޓްސގް ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ ގ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. 24 ޖ ން 2024 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީސްގެ މަޙްޟަރު ބަޔާންގެ ޞަފްޙާ 16 ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް :
44ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
45ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
46މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ (4 (ށ) ހިމެނޭ)، 19 ވަނަ މާއްދާ، 21 ވަނަ މާއްދާ (ހ)، 22 ވަނަ މާއްދާ، 25 ވަނަ މާއްދާ، 28 ވަނަ މާއްދާގެ (ށ)، 29 ވަނަ މާއްދާގެ (ހ) (1)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) (ޓްރައިބިއުނަލުން ޙަވާލާދީފައި)
- ހެއްކާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)، 34 ވަނަ ޕެރެގްރާފް
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. އިބްރާހީމް ފައިޞަލް [2022] SC 31
- ހައިކޯޓުގެ 2010/HC-A/24
- ހައިކޯޓުގެ 2011/HC-A/134
- Aziz Yaakub v Bank Muamalat Malaysia Bhd [2005] 3 ILR 502
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.