މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. މަރްޔަމް ލީނާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 275/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2024/SC-A/26 — ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކޮށް ނުވަތަ ބަދަލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިކުރީ މައުޟޫޢީ އަދި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްނުކޮށް ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، 29(ހ)(1) ގެ ދަށުން ވަޒީފާއަށް ރުޖޫޢަކޮށް، ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް (ނޯޓިސް ފައިސާ އުނިކޮށް) ދިނުމަށް ނިންމިއެވެ؛ އިތުރުގަޑީގެ ފައިސާގެ ދަޢުވާ ސާބިތުނުވެ ރައްދުކުރިއެވެ.
- ވާޤިޢާ
- މޯލްޑިވްސް ޕޯސްޓްގައި އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރެއްގެ ގޮތުގައި 22 ޖަނަވަރީ 2019 އިން ފެށިގެން މަސައްކަތްކުރި މުވައްޒަފު، 17 ޖުލައި 2019 ގެ އިތުރުގަޑީގެ ފައިސާ ނުދިނުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށްފަހު ނަސޭޙަތާއި އިންޒާރު ދީ، 05 ސެޕްޓެންބަރު 2019 ގައި ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެ ވަޒީފާއިން ވަކިކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކޮށްތޯ، އަދި ވަޒީފާއަށް ރުޖޫޢަކޮށް ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ނަގައިދިން ބަދަލުގެ މިންވަރަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތް ބަދަލެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ޙާޟިރީއާއި ސުލޫކާއި މަސައްކަތުގެ ފެންވަރުގެ މައްސަލަތަކާ ގުޅިގެން ނަސޭޙަތާއި އިންޒާރު ދީފައިވާތީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށާއި، ބަދަލަކީ 2019/SC-A/27 އާއި 2019/SC-A/36 އާ ޚިލާފު ބަދަލެއްކަމަށެވެ. މުވައްޒަފު ބުނީ ނަސޭޙަތްތަކަކީ އިތުރުގަޑީގެ ފައިސާއަށް ޝަކުވާކުރުމާ ގުޅިގެން ދިން އެއްޗެއްކަމަށާއި ޔުނިޓް ހެޑްގެ އިޝާރާތުން މަސައްކަތްކުރިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފިޔަވަޅުތައް އަޅަން ފެށީ އިތުރުގަޑީގެ ފައިސާއާ ބެހޭ ޖަދަލުގެ ފަހުން ކަމަށާއި، ޢަމަލުނުކުރާ ޤަވާޢިދެއް ކުއްލިއަކަށް ތަންފީޛުކޮށް އުފައްދާ ސަބަބެއްގެ މައްޗަށް ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނޫންކަމަށް ބަލައި ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައެޅުނެވެ؛ ބަދަލަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތް އެކަށީގެންވާ ބަދަލެއްކަމަށް ކަނޑައެޅުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ އުޞޫލަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައި އޮތުމެވެ؛ މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރި ސަބަބަކީ އެކަށީގެންވާ ޢަދުލުވެރި ސަބަބަކަށް ވުމާއި، އިޖުރާޢީ ޢަދުލުވެރިކަމަކީ ވަކިކުރުމުގެ ކުރިން ފުރިހަމަކުރި އިޖުރާއަތު ޢަދުލުވެރި އިޖުރާއަތަކަށް ވުމެވެ.
HN2 ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށާއި، އެކަން ސާބިތުނުކުރެވިއްޖެނަމަ ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެއެވެ.
HN3 ވަޒީފާދޭ ފަރާތުގެ ޤަވާޢިދާއި އުޞޫލުތައް ހުރިހާ ޙާލަތެއްގައި ހުރިހާ މުވައްޒަފުންނާމެދު އެއްގޮތަކަށް ހިންގަންޖެހޭނެއެވެ؛ ގުޅުން ރަނގަޅު ދުވަސްތަކުގައި ޢަމަލުނުކޮށް ހުރި ޤަވާޢިދެއް، މުވައްޒަފަކާ ކުންޏެއް ޖެހުމުން އަކުރުން އަކުރަށް ތަންފީޛުކުރަން ފެށުމަކީ އިންޞާފުވެރި ގޮތެއް ނޫނެވެ.
HN4 ލިޔުމުން ހުއްދަ ނުހޯދާ ވެރިމީހާގެ އިޝާރާތަށް ބުރަވެ އިތުރުގަޑީގައި މަސައްކަތްކޮށް ފައިސާ ދޫކުރަމުން ދާ ތަނެއްގައި، ހަމަ އެ އުޞޫލުން ކުރި މަސައްކަތަށް ދުރާލާ ލިޔުމުން ހުއްދަ ނުހޯދާކަމަށް ބުނެ ފައިސާ ނުދިނުމަކީ ހަމައެއް ކަމެއް ނޫނެވެ؛ އެ ފައިސާއަށް ޝަކުވާކުރުމާއި އެ ސަބަބަށް އިތުރުގަޑީގައި މަސައްކަތްކުރަން ދެކޮޅުހެދުމަކީ ވަޒީފާއިން ވަކިކުރަންޖެހޭ ޖާއިޒު ސަބަބެއް ނޫނެވެ.
HN5 ވަޒީފާދޭ ފަރާތުގެ ޤަވާޢިދާއި އުޞޫލުތައް މުވައްޒަފުންނަށް ދުރާލާ ފެންނަން ޖެހޭނެއެވެ؛ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމުން މުވައްޒަފެއްގެ ކިބައިން ސަލާމަތްވުމުގެ ގޮތުން ޤަވާޢިދެއް ކުއްލިއަކަށް ނެރެ އެއަށް ބިނާކޮށް ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރުމަކީ ފާޅުކަން ބޮޑު ބޭއިންޞާފެކެވެ.
HN6 ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުކުރާއިރު ގެއްލިފައިވާ މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއް ނަމަވެސް، މުޅި މުއްދަތުގެ ހުރިހާ މުސާރައާއި ޢިނާޔަތް ނަގައިދިނުން ލާޒިމެއް ނޫނެވެ؛ ގެއްލުން ކުޑަކުރުމުގެ ޒިންމާ އަނެއް ފަރާތުގައި އޮވެ، ބޭއިންޞާފު މުއްސަނދިކަމެއް ނުލިބޭނެ ގޮތަށް ބަދަލު ކަނޑައަޅަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނަދީމް އިބްރާހީމް، އެންޑް މަސްތޫރު އެލް.އެލް.ޕީ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ޢަބްދުލްމާނިޢު
ޙުސައިން ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރVTR/2019: /275 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (މީގެ ފަހުން "މޯލްޑިވްސް ޕޯސްޓް" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / މަރްޔަމް ލީނާ (މީގެ ފަހުން "މަރްޔަމް ލީނާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2މަރްޔަމް ލީނާ މޯލްޑިވްސް ޕޯސްޓްގައި އެސިސްޓަންޓް އޮޕރޭޝަނަ އޮފިސަރެއްގެ މަޤާމުގައި 22 ޖަނަވަރީ 2019 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއާބެހޭ ޤާނޫނާއި ކުންފުނީގެ ގަވާއިދާއި ވަޒީފގާ އެއްބަސްވުމުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުންކަމަށްބުނެ 05 ސެޕްޓެންބަރު 2019 ގައި މަރްޔަމް ލީނާ އެވަޒީފާއިން ވަކިކުރިއެވެ.
3މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރެވޭނެ އެއްވެސް ސަބަބެއް ނެތި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވެ ޤާނޫނޫ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ވަޒީފާ އަނބުރައި ރުޖޫޢަކޮށްދިނުމަށް އަމުރުކޮށްދެއްވައި، ޤާނޫނާ ޚިލާފަށް ވަޒީފާއިން C- 792/2008 މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2019/30-MPL(1) ވަޒީފާގެ އެއްބަސްވުމުގައި ޖަހާފައިވާ ތާރީޚްއަކީ 01 ޖޫން 1902 އެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު (2)2019/MPL/43 ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުން (05 ސެޕްޓެންބަރު 2019) ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށްވާ މުސާރައާއި އިނާޔަތްތަކާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި މަރްޔަމް ލީނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެމައްސަލަ ނިންމި ގޮތް ތިރީގައި އެވަނީއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19VTR/20/275 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށު ބެލިއިރު، އމައްސަލެ ނިންމާފައިވަނީ؛ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުންނާއި ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މަރްޔަމް ލީނާ ([…] ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ 22 ޖަނަވަރީ 2019 އިން ފެށިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: 792/2008-C) ގެ އެސިސްޓެންޓް އޮޕަރޭޝަން އޮފިސަރެއްގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ރަސްމީ ގަޑި ނިންމައި އިތުރު ގަޑީގެ ގޮތުގައި 4 (ހަތަރެއް) ގަޑިއިރު މަސައްކަތްކުރިނަމަވެސް އެފައިސާ މިހާތަނަށްވެސް ދީފައިނުވާތީއާއި، 05 ސެޕްޓެންބަރު 2019 ވަނަ ދުވަހު މައްސަލަ ހުށަހެޅި ފަރާތް އޮފީހަށް ޙާޟިރުވެ މަސައްކަތްކުރަނިކޮށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ހަވާލުކޮށް، ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގަ "ވަޒީފާއާބެހޭ ޤާނޫނާއި ކުންފުނީގެ ޤަވާއިދާއި ވަޒީފާގެ އެއްބަސްވުމުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުން" ކަމަށް ބަޔާންކޮށްފައިވާއިރު، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިކުރެވޭނެކަމަށް ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، އެފަދަ އެއްވެސް ސަބަބެއް މައްސަލަ ރައްދުވާ ފަރާތަށް ދެއްކިފައިނުވާކަމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި ހޭދަކުރި މުއްދަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާފަދަ އެއްވެސް އިސްލާޙީ ފިޔަވަޅެއް ނާޅާކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް، ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުކޮށްކަމަށްވާތީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު (2008/2) އާ ޚިލާފަށްކަމަށް ކަނޑައަޅާދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފއިނާ ވަކިކޮށްފައިވާތީ ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރައާއި، އިނާޔަތްތަކާއި، އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ނަގާދިނުމަށާއި، އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތަށްވާ ފައިސާ މައްސަލަ ރައްދުވި ފަރާތުގެ ކިބައިން ނަގާދިނުމަށް އެދި ހުށަހަޅާފައިވާ 08 ޑިސެންބަރު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މިމައްސަލައިގައި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކުކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން fairness) (substantive އަދި އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހުށަހަޅާ ފޯމްގެ 6 ވަނަ އަދި 7 ވަނަ ނަންބަރުގެ 9 ވަނަ ނުކުތާ (އެންޓްރީ ނަންބަރު 2019/4668) ޤާއިމުކުރުމަށްފަހުގައިކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަރްޔަމް ލީނާ އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މަރްޔަމް ލީނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި އިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއިން މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަރްޔަމް ލީނާއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މަރްޔަމް ލީނާ 17 ޖުލައި 2019 ގައި އިތުރު ގަޑީގެ މަސައްކަތްކުރި 04 (ހަތަރެއް) ގަޑިއިރަށްވާ ފައިސާ ނަގައިދިނުމަށް އެދިފައިވީނަމަވެސް، މަރަޔްމް ލީނާ އިތުރު ގަޑީގައި މަސައްކަތްކޮށްފައިވާކަން އެފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ހަމައެއްނެތްކަމަށް ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންކަން މިއަދު (29 އޮގަސްޓް 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މައްޗަށް އަންގާ އަމުރުކޮށް، މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ. މިމައްސަލަ މިގޮތަށް ނިންމުމުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑގު ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އިސްތިއުނާފީ ނުކުތާ:
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19VTR/20/275 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑގު ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތތަކާ އާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވި ނުކުތާތަކާ ކ:
1.5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/40 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ދިވެހިރާއްޖޭގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
2.5 ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާގުޅިގެން ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްނުކޮށްކަމަށްބުނެ ހުށަހެޅި ނުކުތާ.
3.5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގައި، ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
4.5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގައި، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް ޓްރައިބިއުނަލް އިން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
6އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާ ތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
6.1- އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ވަޒީފާ އަދާކުރި ކުރު މުއްދަތުގައި މަރްޔަމް ލީނާގެ ފަރާތުން މަސައްކަތު އަޚްލާޤު ދަށްވމުގު އިތުރުން އަދާކުރަންޖެހޭ ޒިންމާތައް ރަނގަޅަށް އަދ ނުކުރެވތީކަމަށާއޭ، ވަޒީފާގެ ވާޖިބު އަދ ކުރުންމަތީ ދެމިހުރެވިފައިނުވާތީކަން އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި އެހާ ކުރުމުއްދަތެއްގައި އެހާ ގިނަ މައްސަލަތައް މުވައްޒަފެއްގެ ފަރާތުން ފެނި އެކަންކަމާ ގުޅިގެން ނަސޭޙަތްދީ އިންޒާރުދޭންޖެހޭ ހިސާބަށް ދިއުމަކީ އޭނާ މަސައްކަތުގެ އަޚްލާޤު ދަށްކަން ސާބިތުވާކަމެއްކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 8.4 ގައި ފާހަގަކޮށްފައިވާ ފަދައިން މަރްޔަމް ލީނާގެ "ބިހޭވިއާ" ގެ މައްސަލައެއް ހުރިކަމަށް ޚުދު މަރްޔަމް ލީނާވެސް އެއްބަސްވެފައިވާކަން އެނގެން އޮންނަކަމަށެވެ. އަދި މި އިޢުތިރާފަކީ އޭނާއަށް ދީފައިވާ ނަސޭހަތާއި އިންޒާރަކީ ހަމަ ޙަޤީޤަތުގައި މަސައްކަތުގެ އަޚްލާޤުގެ މައްސަލަތަކެއް ހުރެގެން ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ދަލާލަތުކޮށްދޭ ކަމަށެވެ. މީގެ އިތުރުން، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމަށްޓަކައި ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތައްކަމަށްވާ، ޙާޟިރީއަށް ފަރުވާކުޑަކުރުމާއި، ޢާއްމު ސުލޫކީ މިންގަނޑުތަކާއި ޚިލާފުވުމާއި، މަސައްކަތުގެ ޤާބިލްކަން ދައްވުމާއި ޝަޢޤުވެރިކަން ކުޑަވުމާއި މަސައްކަތުގެ ފެންވަރު ދަށްވުންފަދަ މައްސަލަތައް މަރްޔަމް ލީނާގެ ފަރާތުން ތަކުރާރުކުރަމުން ފެންނަމުންދާތީ އެކި ދުވަސްތަކުގެ މަތިން މިކަންކަމާއި ގުޅޭ ގޮތުން މަރްޔަމް ލީނާއަށް ނަސޭޙަތްދީ އެކަންކަން އިސްލާޙުކުރުމަށް އެންގިފައިވާކަން އެނގޭނެ ލިޔުންތަކއަ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
6.2- އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަރްޔަމް ލީނާ ވަޒީފާގައި ހޭދަކުރި މުއްދަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ އެއްވެސް އިސްލާޙީ ފިޔަވަޅެއް އަޅާފައިނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގެ 8.3 ގައި ކުންފުނިން ތިން ފަހަރެއްގެ މަތިން އިސްލާހީ ފިޔަވަޅު އަޅާފައިވާކަމަށް ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، ވަޒީފާގެ ޤާނޫނުގެ ދަށުން އިސްލާހީ ފިޔަވަޅުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ނަސޭޙަތް ދިނުމާއި، އިންޒާރު ދިނުންފަދަ އިސްލާހީ ފިޔަވަޅުތައް އަޅާފައިވާކަން ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކުރުމަށްފަހު، އެފަދަ ފިޔަވަޅެއް އަޅާފައި ނުވާކަމަށް މައްސަލައިގެ ނިންމުމުގައި ބަޔާންކޮށްފައިވުމުން، މައްސަލައިގެ ނިންމުމަށް ވާސިލުވެފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އަޅާފައިވާ ފިޔަވަޅުތައް ބަޔާންކުރުމަށްފަހު އެކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށެވެ.
6.3- އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަރްޔަމް ލީނާއަށް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަނބުރާ ވަޒީފާގެ ކަންކަން ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށެވެ. މިގޮތުން އިސްތިއުނާފުކުރެވިފައިވާ މައްސަލަ ނިންމުމުގެކުރިން އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރެވިދާނެކަންކަން ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި 2 އަހަރަށްވުރެ ދިގު މުއްދަތެއްގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމާފައިވާއިރު، އެމިންވަރު ކަނޑައެޅުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސލުތަކަށޫ ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާގައި ހޭދަކޮށްފައިވަނީ 7 މަސްދުވަސްކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އުމުރާ، ހުރި މަޤާމާ، މަޤާމުގެ ޒިންމާތަކާ އަދި ތަޖުރިބާއަށް ބެލިކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގާދެއްވާފައިވާ ބަދަލު ނަގައދޭންޖެހޭނެ ޤާނޫނީ ހަމައެއި ނޯންނާނެކަމަށެވެ.
6.4- އިސްތިއުނާފީ ހަތަރުވަނަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މަރްޔަމް ލީނާގެ ވަޒީފާ ރުޖޫޢަކޮށްދިނުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ވަޒީފާ ރުޖޫޢަކުރުމުގައި ބަލަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށެވެ. މިގޮތުން އިސްތިއުނާފު ރައްދުވި ފަރާތް ވަޒީފާގައި ހޭދަވީ 7 މަހާއި 13 ވަރަކަށް ދުވަހުގެ މުއްދަތެއްކަމަށް ވީއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަންގާފައިވަނީ އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާގައި އަދާކުރި މުއްދަތަށްވުރެ 3 ގުނަ އިތުރު މުއްދަތެއް ފާއިތުވިފަހުންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
7މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 19VTR/20/275 މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގެ ނިންމުން ބާޠިލްކޮށްދެއްވުމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފި ހިނދެއްގައި، ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ، މާލީ ބަދަލުގެ މިންވަރު ނަގައިދިނުމަށް ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، މައްސަލައިގެ އެބައި ބާޠިލްކޮށްދެއްވައި، މިފަދަ މައްސަލަތަކުގައި މާލީ ބަދަލުގެ މިންވަރު ނަގައިދިނުމުގެ ގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅުމެއް ކަނޑައަޅާ މައްސަލަ ނިންމަވައިދެއް ވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް :
8މިއިސްތިއުނާފ ގ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދެފަހަރެއްގެ މަތިން ނަސޭޙަތް ދިންކަމަށް ބުނެފައިވާއިރު، ފުރަތަމަ ފަހަރު ނަސޭޙަތް ދީފައިވަނީ އޭނާ އޮފީހަށް ޙާޟިރުނުވީކަމަށް ބަލާފައިކަމަށެވެ. އެހެންނަމަވެސް އެދުވަހު އިސްތިއުނާފު ރައްދުވާ ފަރާތަށް ގަޑިއަށް ނުދެވޭނެކަމަށބުން ޔުނިޓް ހެޑްއަށް މެސެޖްކުރުމުން، ޔުނިޓް ހެޑް ބުނެފައިވަނީ އެދުވަހު ދެން އޮފީހަށް އަންނާނެކަމެއް ނެތްކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ހީކުރީ އެދުވަހު ދެން އޮފީހަށް ނަޔަސް އެންމެ ރަނގަޅުކަމަށް ޔުނިޓް ހެޑް ބުނިކަމަށެވެ. އެހެންނަމަވެސް އޭގެ އަނެއް ދުވަހު އޮފީހަށް ޙާޟިރުނވީކަމަށް ބަލާފައު ނަސޭހަތު ފޯމުގައި ސޮއިކުރަން ބުނިކަމަށެވެ. އެދުވަހު އޮފީހަށް ޙާޟިރުވެފައި ނުވަނީ އޮފީހަށް އަންނާނެ ކަމެއްނެތްކަމަށް ޔުނިޓް ހެޑް ބުނުމުންކަމަށާއި، އެދުވަހު ނާންނަކަމަށް ބަލައި ނަސޭޙަތުގެ ފޯމުގައި ސޮއިކުރަންބުނީ ކީއްވެކަމެއް ނޭނގޭކަމަށެވެ.
9ދެން އިސްތިއުނާފު ރައްދުވާ ފަރާތަށް ނަސޭހަތް ދީފައިވަނީ އޭނާ ކޮށްފައިވާ އިތުރުގަޑީގެ ފައިސާ ދީފައިނުވާތީ އެކަމާއި ޝަކުވާކޮށްކޮށް ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުނީމަ ބިހޭވިއަރ އިޝޫއެއްކަމަށް ބަލާފައިކަމަށެވެ. އެހެންނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް ބާރަށް ވާހަކަ ދައްކާފައި ނުވާނެކަމަށާއި، އޭނާ ބުނެފައިވާނީ އެދުވަހުގެ އިތުރުގަޑީގެ ފައިސާ ނުދޭކަމުގައިވާނަމަ އިތުރުގަޑީގައި މަޑުކުރަން ބޭނުންނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފު ފޯމުގެ އެދޭގޮތުގައި މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި މައްސަލަ އަލުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމަށް އަމުރުކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ތަހްވީލްކޮށްދިނުމަށް އެދިފައިވީނަމަވެސް، މިމައްސަލައާއި ގުޅިގެން 06 ފެބްރުއަރީ 2024 ދުވަހު ބޭއްވުނު އަޑުއެހުމުގައި ތަހްވީލުބައި ކިޔާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުނެފައިވާގޮތް އެވަނީ ބަޔާންކުރެވިފައެވެ.
10އޮފީހުގައި އާއްމު އުސޫލަކީ އޮފީސް ނިމޭނީ ޔުނިޓް ހެޑް އެދުވަހު ބޯޑުގައި ލިޔާ ގަޑިއެއްގައި ކަމަށާއި، އެދުވަހު އޮފީސް ނިމޭނެކަމަށް ލިޔެފައިވަނީ 5 ޖަހާއިރުކަމަށެވެ. އެހެންނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް އެދުވަހު 4 ޖަހާއިރު ގެއަށް ދާން އުޅުމުން ގެއަށް ނުދެވޭނެކަމަށް ބުނެ ހިފެހެއްޓުމުން އަޑުބާރުކޮށް ވާހަކަ ދެއްކިފައިވާނެކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތް އިތުރުގަޑީގައި ހުއްދަ ނުހޯދާ މަޑުކުރި މައްސަލާގައި އޭނާއާ އާ ސުވާލުކޮށްފައިވާކަމަށާއި، އެދުވަހު އިސްތިއުނާފު ރައްދުވާ ފަރާތަށް އިތުރުގަޑީގެ ފައިސާ ދީފައިނުވާތީ އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން، ޔުނިޓް ހެޑް ބުނެފައިވަނީ އެދުވަހުގެ އިތުރުގަޑީގެ ފައިސާ ދީފައިނުވަނީ އެދުވަހު އިތުރުގަޑީގައި މަޑުކޮށްފައިވަނީ ހުއްދަ ނުހޯދާތީކަމަށެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް އެދުވަހު މަޑުކުރުމުގެ ހުއްދަ ލިބިފައިވާކަމަށާއި، އެދުވަހު މަޑުކުރިތަން ޔުނިޓް ހެޑްއަށްވެސް ފެންނާނެކަމަށެވެ. އިތުރުގަޑީގައި މަޑުކުރުމަށް ވަކި ހުއްދައެއް ލިޔުމުން ނަގަންޖެހޭކަމެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ނޭނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 9275/VTR/201 މައްސަލައި ގެ ނިންމު މަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް :
12މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 9275/VTR/201 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޕޯސްޓނު ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން :
13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 9275/VTR/201 މައްސަލައިގެ ނިންމުނަ އިސްތިއުނާފުކުރަމުން މޯލްޑިވްސް ޕޯސްޓުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުތޯ ނުވަތަ ނޫންތޯކަމާއިމެދުއެވެ. އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުވިފައިނެތްކަމަށް ބުރަވެވޭނަމަ، ދެން ބަލަންޖެހޭނީ، މަރްޔަމް ލީނާއަށް ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ މިންވަރު މިބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައވި ނިންމުންތަކާއި އެއްގޮތް ތޯއެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
14HN1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) (މީގެ ފަހުން "ވަޒީފާއާބެހޭ ޤާނޫނު") ގައި އެކުލަވާލެވިފައިވާ އުޞޫލަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައި އޮތުމެވެ.
15މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި އަދުލުވރެ ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު) ޤަޟިއްޔާ
16HN2މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތިކަމުގައި ބެލެވޭނެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ސަބަބު
17އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ޙާޟިރީއަށް ފަރުވާކުޑަކުރުމާއި، މަސައްކަތް ވަޒަންކުރުމުގެ ނިޒާމުގެ ދަށުން ކަނޑައެޅިފައިވާ ވަރަށްވުރެ މަސައްކަތު ފެންވަރު ދަށްވުމާއި މަސައްކަތުގެ ޤާބިލުކަން ނެތުމާއި އަދި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ޢާއްމު ސުލޫކީ މިންގަނޑުތަކާއި ޚިލާފުވެފައިވާތެ 14 އޭޕްރީލް 2019 އަދި 21 އޮގަސްޓް 2019 ގައި އަނގަބަހުން ދެފަހަރަށް ނަސޭޙަތް ދިނުމަށްފަހުވެސް އިސްލާޙު ވެފައިނުވާތީ 26 އޮގަސްޓް 2019 ގައި އިންޒާރުދިނުމަށްފަހުވެސް އިސްލާހުވެފައިނުވާތީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
18އަދި މިފަދަ ޢަމަލުތަކަކީ ވަޒީފާދޭ ފަރާތުގެ މަސްލަޙަތަށް ބުރޫއަރާ މުވައްޒަފުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަށާއި، މި ސަބަބަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއްކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން ނަސޭހަތްދިނުމަށްފަހުވެސް އިސްލާޙުވެފައިނުވާތީ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޤާނޫނާއި ކުންފުނީގެ ގަވާއިދާއި ވަޒީފާގެ އެއްބަސްވުމުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުންކަމަށްބުނެ 05 ސެޕްޓެންބަރު 2019 ގައި މަރްޔަމް ލީނާ އެވަޒީފާއިން ވަކިކުރިއެވެ. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު (2)2019/MPL/43 ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުން (05 ސެޕްޓެންބަރު 2019)
19އިސްތިއުނާފުކުރާ ފަރާތުގެ މިވާހަކަތަކަށް ބަލާއިރު، މަރްޔަމް ލީނާއާމެދު އެންމެ ފުރަތަމަ އިސްލާހީ ފިޔަވަޅެއް އެޅިކަމަށް އެނގެން އޮތީ، 14 އޭޕްރލީ 2019 ގައެވެ. އެއީ ޙާޟިރީއަށް ފަރުވާކުޑަވެގެންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ "މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު އެޅުން" މިފޯމަށް ބަލާއިރު، މިފޯމުގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވަނީ؛ "13 އޭޕްރީލް 2019 ވީ ހނިހިރޮ ދުވަހު 9 ޖަހާއިރު އޮފީހަށް އަންނަންޖެހޭއިރު، "މިއަދު ހޭލެވުނީ ލަހުންކަމަށް ވާތީ އޮފީހަށް ދެވޭލެއް ލަސްވެދާނެ" ކަމަށްބުނެ، ހެނދުނު 8:58 ގައި މެސެޖްކޮށްފައި 10 ޖަހާ ބޮޑުވިއިރުވެސް އޮފީހަށް އައިސްފައިނުވާތީ، ކުރިޔަށް އޮތް ތަނުގައި ޙާޟިރީއަށް ފަރުވާތެރިވުމަށް ނަސޭހަތްތެރި ވަމެވެ." މިފަދައިންނެވެ. އެހެންނަމަވެސް، މިދުވަހުގެ ހާދިޘާ ހިނގާފައިވާ ގޮތް މަރްޔަމް ލީނާ ކިޔާދޭލެއް ތަފާތެވެ. މަރްޔަމް ލީނާގެ ފަރާތުން ބުނެފައިވަނީ އެދުވަހު ޔުނިޓް ހެޑްއަށް ގުޅާފައި ލަސްވާނެކަމަށް ބުނުމުން، ދެން އެދުވަހު އޮފީހަށް އަންނާނެކަމެއް ނެތްކަމަށް ޔުނިޓް ހެޑް ބުނެފައިވާކަމަށެވެ. އެހެންކަމުން، އެދުވަހު މަރްޔަމް ލީނާ އޮފީހަށް ޙާޟިރުވެފައިނުވަނީ ޔުނިޓް ހެޑް އެހެން ބުނުމުންކަމަށެވެ.
20އޭގެ ފަހުން މަރްޔަމް ލީނާއާމެދު އިސްތިއުނާފުކުރާ ފަރާތުން އިސްލާހީ ފިޔަވަޅު އަޅަން ފެށުނު ސަބަބެއްކަމަށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅި ފައިވާ ލިޔުންތަކަށް ބެލުމުން ފެންނަން އޮތީ، 17 ޖުލައި 2019 ވަނަ ދުވަހު މަރްޔަމް ލީނާ އިތުރުގަޑީގައި މަސައްކަތް ކުރުމަށްފަހު، އެދުވަހުގެ އިތުރުގަޑީގެ މަސައްކަތަށް ލާރ ދީފައިނުވާތީ އެކަމާއި ގުޅޭ ގޮތުން މަރްޔަމް ލީނާ ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުންކަން އެނގެއެވެ. އޭގެ ފަހުން، މުވައްޒަފެއްގެ ގޮތުން ހަވާލުކޮށްފައިވާ ޒިއްމާ އަދާކުރުމުގައި އިހްމާލުވުމާއި މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދިނުމާއި، މަސައްކަތު އަޙްލާޤު ދަށްވުމާއި ސުލޫކީ މައްސަލަތަކެއް ލީނާގެ ކިބައިން ފާހަގަވާތީކަމަށްބުނެ މަރްޔަމް ލީނާއާމެދު ތަކުރާރުކޮށް ފިޔަވަޅުތައް އަޅަން ފެށިއެވެ.
21މިގޮތުން، 17 ޖުލައި 2019 ވަނަ ދުވަހު ހުއްދަ ނުނަގައި އިތުރުގަޑީގައިކޮށްފައިވާ މަސައްކަތަށް ފައިސާ ދީފައިނުވާތީ، ދެން އިތުރުގަޑީގައި މަޑުނުކުރާނެކަމަށް ބުނެ، އޮފީހުގައި އަޑުގަދަކޮށްފައިވާތީ 21 އޮގަސްޓް 2019 ގައި ނަސޭޙަތް ދީފައިވެއެވެ. އޭގެ ދެތިން ދުވަސް ފަހުން މަރްޔަމް ލީނާގެ އުޅުން އިސްލާހުވެފައިނުވާކަމަށްބުނެ 26 އޮގަސްޓް 2019 ގައި ލިޔުމުން އިންޒާރު ދީފައިވެއެވެ. މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭގެ ކުޑަދުވަސްކޮޅެއްފަހުންނެވެ.
22ކުރިންވެސް ފާހަގަކުރި ފަދައިން މަރްޔަމް ލީނާއާމެދު އިސްލާހީ ފިޔަވަޅުތައް އަޅަން ދިމާވި މައިގަނޑު ސަބަބެއްކަމަށް އަހުރެންނަށް ބުރަވެވެނީ މަރްޔަމް ލީނާ 17 ޖުލައި 2019 ގައި އިތުރުގަޑީގައި މަސައްކަތްކޮށް، ފައިސާ ދީފައިނުވާތީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުންނވެ. 17 ޖުލައި 2019 ދުވަހު އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތަށް ފައިސާ ދީފައިނުވަނީ އިތުރުގަޑީގައި މަޑުކުރަން ހުއްދަ ހޯދާފައި ނުވާތީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، މަރްޔަމް ލީނާ އެދުވަހު މަޑުކޮށްގެން ހުރިތަން ޔުނިޓް ހެޑްއަށް ފެންނާނެކަމަށް މަރްޔަމް ލީނާގެ ފަރާތުން ބުނެއެވެ. ނަމަވެސް އެދުވަހު މަޑު ނުކުރެވޭނޭ ކިޔާ އެއްވެސް އެއްޗެއް ޔުނިޓް ހެޑް ބުނެފައިނުވާކަމަށް މަރްޔަމް ލީނާގެ ފަރާތުން ބުނެއެވެ. އިތުރު ގަޑީގައި މަޑުކުރުމަށް ވަކި ގޮތަކަށް ހުއްދަ ހޯދަންޖެހޭކަމެއް މަރްޔަމް ލީނއަށާ އެނގިފައިނުވާކަމަށވެސް މަރްޔަމް ލީނާ ބުނެއެވެ. މިކަންކަމަށް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް އިންކާރުކޮށްފައެއް ނުވެއެވެ. މަރްޔަމް ލީނާގެ އަޚްލާޤީ މައްސަލަތައް އިސްތިއުނާފުކުރާ ފަރާތަށް ފެންނަންފެށީ މީގެ ފަހުންނެވެ.
23HN3މުވައްޒަފާއި ވަޒީފާދޭ ފަރާތުގައި މަސައްކަތްކުރާ ވެރިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ދުވަސްތަކުގައި އެތަނެއްގައި އޮންނަ ޤަވާޢިދެއް، އުޞޫލެއްވިޔަސް ޢަމަލުކުރުން އިސްތިސްނާކޮށްފައި، މުވައްޒަފާއި ވަޒީފާދޭ ފަރާތުގައި މަސައްކަތްކުރާ ވެރިއަކާއި ދެމެދު ކުންޏެއް ޖެހޭ ހިސާބުން ޤަވާޢިދުތަކާއި އުޞޫލުތައް އަކުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 46/SM/2019-MOD (03 ސެޕްޓެންބަރު 2019) ސްޓާފް މެމޯ އަކުރަން ތަންފީޛު ކުރަން ހިފުމަކީ ބަލައިގަނެވޭނެ ގޮތެއް ނޫނެވެ. މުވައްޒަފުންގެ މެދުގައިހިންގާ ޤަވާޢިދު ނޫނީ އުޞޫލުތަކަކީ ހުރިހާ ޙާލަތެއްގައިވެސް އެއްގޮތަކަށް ހިންގާންޖެހޭނެ އެއްޗެކެވެ. އިސްތިސްނާއަކީ އެޤަވާއިދެއްގައި ނުވަތަ އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިން އޮންނަ ކަމެއްކަމުގައި ވާންޖެހޭނެއެވެ.
24މިސާލކަ ށ އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހެނީ ޤަވާޢިދު ނުވަތަ އުޞޫލު އޮންނަ ގޮތުން، ދުރާލާ ލިޔުމުން ހުއްދަ ހޯދައިގެން އެހުއްދަ ދިނުމުން ކަމަށްވާނަމަ، މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނީ އެގޮތަށް ދުރާލާ ހުއްދަ ހޯދައިގެން އެ ހުއްދަ ދިނުމުންނެވެ. އެކަމަކީ، މުވައްޒަފާއި ހުއްދަދޭން ހުންނަ ވެރިޔައަކާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ދުވަސްތަކުގައި ޢަމަލު ނުކުރިޔަސް އެންމެ ރަނގަޅުކަމަށވެފައި މުވައްޒަފާއް ހުއްދަދޭން ހުންނަ ވެރިއަކާއި ދެމެދު މައްސަލައެއް ނުވަތަ ހިތްހަމަ ނުޖެހުމެއް ދިމާވުމުން، އެކަމަކީ އކޭ ނުވޯ ގޮތަށް އޮންނަ ކަމަކަށް ވެގެން ނުވާނެއެވެ. މިފަދަ ޙާލަތެއްގައި ޤަވާޢިދު ނުވަތަ އުޞޫލު އޭގެ ހަރުކަށިގޮތުގައި އަކުރުން އަކުރަން ތަންފީޛު ކުރުމަށް މަސައްކަތް ކުރުން އިންޞާފުވެރިއެކޭ ނުބުނެވޭނެއެވެ.
25މިމައްސަލައިގައި، އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ ގޮތް ޤަވާޢިދުގައި ނުވަތަ އުޞޫލުގައި ލިޔެފައި އޮތަސް ކަންކުރާ ގޮތަކީ، ވެރިއަކަށް ހުންނަ މީހާ އެދުވަހެއްގެ މަސައްކަތް ނިމޭނެ ގަޑި ނޯޓިސް ބޯޑުގައި ޖެހުންކަން އެނގެއެވެ. ނުވަތަ ވެރިއަކަށް ހުންނަ މީހާގެ ގާތުގައި މިއަދު މިވެނިވަރަކަށް އަދި މަސައްކަތް އެބަހުއްޓޭ ބުނުމުން، އެކަމަށް އަނގަބަހުން ނުވަތަ އިޝާރާތުންވެސް ހުއްދައެއް ދިނުމުން އިތުރު ގަޑިއާއެކު މަސައްކަތް ކުރުންކަން އެނގެއެވެ. އަދި އެގޮތަށް ކުރާ މަސައްކަތަށް އިތުރުގަޑިވެސް ދެނީކަން އެނގެއެވެ. ވީމާ، ޤަވޢިދުގައާ އޮތް ލިޔުމުން ހުއްދަ ނަގަންޖެހޭ ގޮތަށް ޢަމަލު ކުރުން އެގޮތުގައި ތަންފީޛނުކުރާކަން ސާފުވެއެވު . ލިޔެފައިވެ ޤަވާޢިދު ނުވަތަ އުޞޫލު އޭގައި އޮތްގޮތަށް ތަންފީޛުކުރަން އެދޭނަމަ، ހުރިހާ ހާލަތެއްގައިވެސް ހުރިހާ މުވައްޒަފުންނާމެދުވެސް އެލިޔެފައިވާ ގޮތަށް ޢަމަލު ކުރަމުން ދާންޖެހޭނެ އެވެ.
26HN4ލިޔުމުން ހުއްދަ ހޯދުމެއްނެތި ޢާންމުކޮށް އެހެންޏާކުރާ އުޞޫލުން ވެރިމީހާއަށް އަންގާލާފަ ނުވަތަ ވެރިމީހާ ނޯޓިސް ބޯޑުގައި ޖަހާލާ ނޯޓިހަކަށް ނުވަތަ އެނޫންވެސް ގޮތަކަށް ވެރިމީހާގެ ޢިޝާރާތެއްގެ ދަށުން، އިތުރުގަޑީގައި މަސައްކަތްކުރުމުން، އިތުރުގަޑީގެ ފައިސާ ދޫކުރަމުން ދާތަނެއްގައި، ހަމަ އެއުޞޫލުން އިތުރުގަޑީގައި މަސައްކަތް ކުރުމުން، އެގަޑިތަކަށް ފައިސާ ދޫނުކުރުމަށް ޤަވާޢިދާ ޚަވާލާދީ ނިންމުމެއް ނިންމާނަމަ، އޭގެ ކުރިން އެހެންޏާ ކުރާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކުރި ގަޑިތަކަށް ފައިސާ ދިނީ ކީއްވެތޯ މުވައްޒަފަށް ސުވާލު ކުރެވޭނެއެވެ. އެއީ ރަނގަޅު ޖާއިޒު ސުވާލެއްވެސް މެއެވެ.
27HN5ކުންފުނީގެ އެތެރޭގައި މުވައްޒަފުންނާމެދު ޢަމަލު ކުރަން ހަމަޖައްސާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި މިނޫންވެސް މުވައްޒަފުން އެމައްޗަށް ޢަމަލު ކުރަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުންތައް މުވައްޒަފުންނަށް ދުރާލާ ފެންނާން ޖެހޭނެއެވެ. އެއުޞޫލުތަކަކީ، މުވައްޒަފަކާމެދު ހިތްހަމަ ނުޖެހޭފަދަ ކަމެއް ދިމާވުމުން، ޙަރަކާތްކުރަންފަށާ ގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ކަމަށް ވެގެން ނުވާނެއެވެ. ޒަމާނުންސުރެ ފެށިގެން ކަންކުރަމުން އަންނަ އުސްލޫބުން ކަންކަން ކޮށްފައި ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން، އެމުވައްޒަފެއްގެ ކިބައިން "ސަލާމަތްވުމުގެ" އުކުޅެއްގެ ގޮތުން، ޤަވާޢިދެއް ނުވަތަ އުޞޫލެއް ކުއްލިއަކަށް ނެރެ މީގައި މިއޮތީ މިހެންނޭ އެހެންނޭ ބުނެ އެމުވައްޒަފެއްގެ މައްޗަށް އެޤަވާޢިދުގެ ނުވަތަ އުޞޫލުގެ ދަށުން ފިޔަވަޅު އަޅައި ވަޒީފާއިން ވަކި ކުރުމަކީ ފާޅުކަން ބޮޑު ބޭއިންސާފެކެވެ.
28ދެފަރާތުގެ ވާހަކައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ އަޙްލާޤީ މައްސަލަތަކެއް ކަމަށް ބުނާ ކަންކަނަ ސީރިއަސް ކަންތައްތަކެއްގެ ގޮތުގައި ފެނި ފިޔަވަޅު އަޅަންފެށީ، އިސްތިއުނާފު ރައްދުވާ ފަރާތުން އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރި ގަޑިތަކަށް ފައިސާ ނުދިނުމުން ދެން އިތުރު ގަޑީގައި މަސައްކަތް ނުކުރާނެކަމަށް ބނު އެކަމއާ ޖަދަލު ކުރަނީކަން ދޭހަވާ ގޮތަށް ވާހަކަ ދައްކައި އަދި އެކަމުގެ ވާހަކަ އެހެން މުވައްޒަފުންނަށްވެސް އެނގޭގޮތަށް ޙިއްޞާ ކުރަމުން ދިޔުމުންކަން ދެނެ ގަނެވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނާމެދު ކަންކުރާ ގޮތާއިމެދު ދެކެވޭ ވާހަކަތައް މިކަމުގައި ޝާމިލުވާތީކަން އެނގެއެވެ.
29އަހުރެން ހިތުން މަސައްކަތުގެ މާހައުލުގައި ވަޒީފާދޭ ފަރާތުން މުވައްޒަފުންނާމެދު ކަންކުރާ ގޮތުގެ ވާހަކާ މުވައްޒަފުން ދައްކާނެއެވެ. އެކަށީގެންވާ ގޮތެއްގައި ވަޒީފާ ދިން ފަރާތުން މިތާގައި ބަޔާން ކޮށްދޭން ޖެހޭކަމަކީ މުވައްޒަފު ކުރިން އިތުރު ގަޑީގައި މަސައްކަތް ކުރި ގޮތާއި އެގަޑިތަކަށް ފައިސާ ދިން ގޮތެވެ. އަދ ފަހުން އިތުރުގަޑީގައި މަސައްކަތް ކުރި ގޮތާއި އެމަސައްކަތަށް ފައިސާ ނުދޭން ނިންމި ސަބަބެވެ. ޤަވާޢިދެއް ނުވަތަ އުޞޫލެއް ނަގާފައި މީގައި މިއޮތީ، ދުރާލާ ލިޔުމުން ހުއްދަ ހޯދައިގެން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭ ގޮތަށޭ، ވީމާ ލިޔުމުން ހުއްދަ ނުހޯދާ ކުރި މަސައްކަތެއްވީމާ އިތުރު ގަޑި ނުދެވޭނޭ ބުނުމަކީ ޖަވާބެއް ނޫނެވެ. ޖަވާބަކީ އޭގެ ކުރި ން މުވައްޒަފުން ލައްވާ އެތަނުގައި އިތުރުގަޑީގައި މަސައްކަތް ކުރާ ގޮތާއި އެކަމަށް އިތުރުގަޑީގު ފައިސާ ދިންގޮތާއި އެކު ކިޔައިދޭންޖެހޭ ޖަވާބެކެވެ.
30ފެށުނީންސުރެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަނީ ވެރިއަކަށް ހުންނަ މީހާ އެތަނުގެ ނޯޓިސްބޯޑުގައި ޖަހާ ގަޑިއަކަށް ބުރަވެ، ނުވަތަ އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށް އަގަބަހުން ބުނުމުން އެކަމަށް އާބަސްދިނުންފަދަ ގޮތަކަށް ނަމަ، ދެން ފަހުން އެނބުރިއައިސް، މިފަހަރު ތިޔަ މަސައްކަތް ކުރީ ދުރާލާ ހުއްދަ ނުހޯދައޭ ވީމާ އިތުރުގަޑީގެ ފައިސާއެއްނުދެވޭނޭ ބުނުމަކީ ހަމައެއް ކަމަކަށް އަހުރެން ނުދެކެމެވެ. އަދި އެ ފައިސާ ނުލިބިގެން އެވާހަކަ ތަކުރާރުކޮށް ދެއްކުމާއި އެސަބަބަށްޓަކައި އިތުރުގަޑީގައި މަސައްކަތް ކުރުމަށް އިންކާރު ކުރުމަކީ ވަޒީފާއިން ވަކިކުރަންޖެހޭ ޖާއިޒު ސަބަބެއް ނޫނެވެ.
31ކަންމިހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީ މިމައްސަލާގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، އަމިއްލައަށް އުފަންކުރުވި ސަބަބެއްގެ މައްޗަށް ބިނާކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމނުކޮށްކަމަށެވެ. ބަދަލުގެ މިންވަރު:
32HN6ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު ޤަޟިއްޔާގައި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރުކުރާއިރު އެމުވައްޒަފަކަށް އެމުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް ދޭން އަމުރުކުރުމަކީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެމުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށއާ ނަމަވެސް މުޅި މުއްދަތުގެ އެންމެހާ މުސާރަ އާއި އިނާޔަތްތައް އެކުގައި ނަގައި ދިނުން ކޮންމެހެން ލާޒިމު ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތްނޫން އަނެއް ފަރާތުގެ މަސްއޫލިއްޔަތެއްކަމަށާއި، މުވައްޒަފަށް ދެވޭ ބަދަލު ކަނޑައެޅުމުގައި ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އަމުރުކުރުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށާއި، މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެހެން ތަނެއްގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަމަށް ރިޢާޔަތްކުރަންވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
33މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އަނބުރާ ވަޒީފާގެ ކަންކަން ހަމަޖެހޭ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 12.3 ވަނަ ނުކުތާއަށް ބެލުމުން، މަރްޔަމް ލީނާއަށް ބަދަލު ނަގާދީފައިވަނީ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ބަދަލެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާ (ޢަލީ ވަހީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ))
ނިންމުން
34ބަޔާންވެދިޔަ ސަބުބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލަ އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށު ބިނާކޮށް ބަދަލު ގެންނަންޖެހތަނެއް ނެތެވެ.
ފަނޑިޔާރު ޙސު އަން މަޒީދުގެ ރައުޔު
35މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް
36މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
37މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ox>> o, ,,. 202 1/ HC-A/306 ,tO.SJ";>J"., ,tO,?.;<-<- 2 1 .s,o,,,,/ ,/4'A .,, A.,,</0 E .,,,.,,,,,,,.,,,"' '1- '1-l!.P,,, ,, ,, ~ o;,o,,o .,,,,.o.,,,,. , ~o.,,,.,,,.,,,xo, .r.?VA.?.?.r'.r' ✓- A~ AA J'°.P.r.?VJ'°.SAA ,, + + , , ox O :, :, _, ✓ _,,,, ., 0 :, ~ 0 '-O>~ / t.. .,,,,,,,,, 0/ .,,:,(? / •.P.?.,,1.rv.;:,v,✓- A.,J,A t.rv r.:i.,,1,;0A.-:, .sr.,,,rfl t.r.,,1 /"" /~A.?.? A.s evA.,; + .,,,,. .,,,, ,,, .,,, ,,,, .,,,,. .,,,,. .,,, ,, o::,::, ,,,, ,o ,,, :..... v .,?V.,< .A_,;• ,/1.A~.S.? , ., ., ,,, 0 ,, ,, > •• ip;: -:, ,,,,,, 0 .,,, :, :,~ .,,, ,r'A .-:,r.;:,.,;_ "".-:1 .,,,, t.r.,,1 .r l!.;:, r A~✓• .,,,rfl t.r..,1 ,, ,, ,, ,, + .,,, .,,, www -highcourt-gov- mv in fo@ highco ur t-gov- mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަހީދު (ސުޕްރީމް ކޯޓު)
- 2019/SC-A/27
- 2019/SC-A/36
- 2012/HC-A/40
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.