ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/220

ޖޭ.އޭ.އާރު.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޢާޠިމް މުޙައްމަދު އަދި އިތުރު ފަރާތްތައް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޭޕްރީލް 2025ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 61/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 61/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާތީ މިއީ އަންފެއަރ ޑިސްމިސަލްއެއް ކަމަށާއި، ވަޒީފާއަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް (ދިން ފައިސާ އުނިކޮށް) ދިނުމަށެވެ.
ވާޤިޢާ
ކޮވިޑް-19 ގެ ސަބަބުން ރިސޯޓު ބަންދުކޮށް މުވައްޒަފުންނަށް ވޮލަންޓަރީ ސްޕެޝަލް ލީވް ދިނުމަށްފަހު، ރިޑަންޑަންސީ ޕޮލިސީއެއް އެކުލަވާލައި ޕާރފޯމަންސް އިވެލުއޭޝަނަކުން ހޮވައި 8 ސެޕްޓެމްބަރު 2020 ގައި 17 މުވައްޒަފުން ވަޒީފާއިން ވަކިކުރި. ރިސޯޓު ހުޅުވީ 1 ނޮވެމްބަރު 2020 ގައި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރިސޯޓެއްގެ 17 މުވައްޒަފުން ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުން ޤާނޫނީ ހަމަތަކާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ކޮވިޑް-19 އަކީ އެކަށީގެންވާ ސަބަބެއްކަމަށާއި، ސްކޯރިންގ ހެކި ހުށަހެޅި ނަމަވެސް ރިޢާޔަތްނުކުރިކަމަށާއި ސުޕްރީމް ކޯޓުގެ މިންގަނޑުތަކާ ޚިލާފުކަމަށެވެ. މުވައްޒަފުން ބުނީ ޕޮލިސީގައިވާ އުޞޫލުތަކަށް ޢަމަލުކުރިކަން ހެކިން ނޭނގޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޢާލަމީ ކާރިސާއެއްގެ ސަބަބުން ރިޑަންޑަންސީގެ ޙާލަތު ހަޤީޤަތުގައި ވާކަން ހެކިން ސާބިތު؛ ސްކޯރިންގ ޝީޓްތައް ހުށަހެޅި، ތަފާތުކުރުމެއް ނުވަތަ ނުނިޔަތެއް ނެތް، ކުންފުނީގެ ހެޔޮނިޔަތް ފާޅުވާތީ ދެ ވައްތަރުގެ ޢަދުލުވެރިކަމަށް ފުރިހަމަ ކަމަށް ކޯޓުން ނިންމި.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލު؛ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައެޅި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިސްލާޙުން ރިޑަންޑަންސީ ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްގެ ގޮތުގައި ބަޔާންކުރިނަމަވެސް، އެ އިސްލާޙު ގެނައުމުގެ ކުރިން ވަޒީފާއިން ވަކިކުރި މައްސަލަތަކަށް އެ އިސްލާޙު ތަޠުބީޤުކުރެވޭނެ ހަމައެއް ނެތެވެ.

HN2 ހަޤީޤަތުގައިވެސް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވޭތޯ ބަލަންވާނީ، މުވައްޒަފު ކުރަމުންދިޔަ ބާވަތުގެ މަސައްކަތް ހުއްޓުނީތޯ ނުވަތަ މަދުވީތޯ ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ، ވަކިކުރީ އެ ސަބަބަށްތޯ، އަދި ދެފަރާތުގެ އެއްބަސްވުމަށް ބަލައިގެންނެވެ. އެއްކަހަލަ މަސައްކަތްކުރާ އެހެން މުވައްޒަފުން ތިބިނަމަ ހޮވުނު ގޮތަށް ރިޢާޔަތްކުރަންވާނެ، އަދި ތަޢުލީމާއި ތަޖުރިބާއާއި ޚިދުމަތުގެ މުއްދަތު ފަދަ ކަންކަމަށް ރިޢާޔަތްކުރެވިދާނެއެވެ.

HN3 ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހޭނީ، ކޮންމެ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ޝާމިލްކޮށް ރިޢާޔަތްކޮށް، ވަކިވަކި މައްސަލައެއްގެ ގޮތުގައެވެ.

HN4 ކުރިން ތަޞައްވުރުނުކުރެވޭ ޢާލަމީ ކާރިސާއެއްގެ ސަބަބުން ވިޔަފާރި ނުހިނގައި ވަޒީފާތައް ރިޑަންޑަންޓްކުރުމުގައި، ވަޒީފާގެ އޮނިގަނޑަށް ގެނައި ބަދަލެއް ސާބިތުނުވުމާއި، ހޮވުމުގައި ހިމެނުނު ހުރިހާ މުވައްޒަފުންގެ ސްކޯރިންގ ޝީޓް ހުށަނާޅުމާއި، ރިސޯޓު ހުޅުވޭނެ ލަފާކުރި ތާރީޚެއް ބަޔާންކުރުމަކީ، ފާޅުކަންބޮޑު ހެޔޮނިޔަތް ފަސާދަކޮށްލަނިވި، ނުވަތަ ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް ނެތްކަން ދައްކާ ކަމެއް ނޫނެވެ.

HN5 ރިޑަންޑަންސީ ޕޮލިސީގައި ސްކޯރިންގ ޕްރޮސެސް ބޭނުންކުރާނީ ބޭނުންވެއްޖެ ޙާލަތެއްގައި ކަމަށް ބުނެފައިވާއިރު، ރިޑަންޑަންޓްކުރި މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ހުށަހަޅާފައިވާނަމަ، ތަފާތުކުރުމެއް ނުވަތަ ނުނިޔަތެއް ދައްކާނެ ހެއްކެއް ނެތްނަމަ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވާކަމަށް މަދަނީ މިންގަނޑުން ބެލެވޭނެއެވެ.

HN6 ވަކިނުކޮށް ޗުއްޓީ ދީގެން މުވައްޒަފުން ގެންގުޅުމާއި، ޕޮލިސީ ހިއްސާކޮށް މަޢުލޫމާތު ދިނުމާއި، ފަހުން އާ ވަޒީފާގެ ފުރުޞަތު ދިނުމަކީ ވަޒީފާދޭ ފަރާތުގެ ހެޔޮނިޔަތް ދައްކާ ކަންކަމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު،)މި ރުއަޔަށ ފަނޑިޔާރް ޙަސަން ޝަފީޢު އަދުފަނޑިޔާރު ފާޠިމަތު

ފަރްހީޒް ތާއީދު ކުރައވާފައި( މައްސަލައިގެ ތަޢާރަފު 1- މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގު ނަންބަރ 61/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގަފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައ އިސްތިއުނާފި ރައްދުވަނީ އަންނަނިވ 17 )ސަތާރަ( މީހުނެނަށް ވ.

1.1. ޢާޡިމް މުޙައްމަދު،ސްކޓްލޭންޑް، ހއ.ދިއްދޮ ) (

1.2. ޢަބްދީﷲ ބުޝްރީ، މޯނިންގްލޯރ، ހއ.ދިއްދޫ )(

1.3. ޙުސައިން ސާޖިދު، މާގަލަ، ހއ.ދިއްދޫ )(

1.4. މޫސާ ނަޢީމް، […]، ހއ.ދިއްދޫ )(

1.5. ޢަބްދުﷲ ރަޝީދު، ފިޔާ، ހއ.ދިއްދޫ )(

1.6. ޢަލީ ރަޝީދު، ނަސްފަރު، ހއ.ދިއްދޫ )(

1.7. އިބްރާހީމް ޝަފީޤް، ނިޝާން، ހއ.ދިއްދޫ )(

1.8. ޢަބްދުﷲ ރަޝީދު، އަލިތަރި، ހއ.ދިއްދޫ )(

1.9. އިބްރާހީމަ ޙަމީދު،ޙ މީދީގުލްޝަނ، ހއ.ދިއްދޫ )(

1.10. މޫސާ ސަމީޙު، ނިރޮޅު، ހއ.ދިއްދޫ ) (

1.11. އިބްރާހީމް ރަޝީދު، ލާޖުތުލުސްމީ، ހއ.ދިއްދޫ )(

1.12. މުޙައްމަދު ރަޝީދު، މޫންސްޓަރ، ހއ.ދިއްދޫ ) (

1.13. ޙުސައިން ޝިފާޒް، […]، ހއ.ދިއްދި ) (

1.14. އަޙްމަދު ޝާކިރު، ރޯޝަނވާދީ، ހއ.ދިއްދް ) (

1.15. އިބްރާހީމް ރަޝީދު، ސަނީސައިޑް، ހއ.ދިއްދޫ ) (

1.16. އަޙްމަދު ރަޝީދު، […]، ހއ.ދިއްދޫ )(

1.17. އަޙްމަދު ރަޝީދު، […]، ހއ.ދިއްދޫ )( . ރަޖިސްޓްރީ ނަންބަރު 0146/2014-C މައްސަލައިގެ ފަސްފަހަތް 2- ދިވެހިރާއްޖެ ހިމެނޭހެން މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، 1 އެޕްރީލް 2020 ތާރީޚުން ފެށިގެން ހއ. އަތޮޅުގެ"ޖޭއޭ މަނަފަރު ރިސޯޓް"ގެ ހިންގުން ވަގުތީގޮތުން ހުއްޓާލުމަށް 21 މާރިޗު 2020 ތާރީޚުގައި ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޯޑު ރިޒޮލިއުޝަން ފާސްކޮށްފައިވެއެވެ. 3- ކުންފުނީގެ ބޯޑުގެ މި ނިންމުމާ ގުޅިގެން، ޖޭއޭމަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް ވޮލަންޓަރީ ސްޕެޝަލް ލީވް ހަމަޖައްސައިދިނުމަށްޓަކައި، އެފަދަ ޕޮލިސީއެއް 29 މާރިޗު 2020 ތާރީޚުގައި އެކުލަވާލއަ، މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ. މި ޕޮލިސީގެ ދަށުން 1 އެޕްރީލް 2020 އިން ފެށިގެން 30 ޖޫން 2020 އަށް ވޮލަންޓަރީ ސްޕެޝަލް ލީވް ހަމަޖައްސައިދެވޭނެކަމާއި، މުވައްޒަފުންނަށް ދެވޭނެ މުސާރައިގެ އިންސައްތަ ބަޔާންކޮށް، 29 މާރިޗު 2020 ތާރީޚުގައި އީމެއިލް މެދުވެރިކޮށް މުވައްޒަފުންނަށް އަންގާފައިވެއެވެ. 4- އެ މުއްދަތު ނިމުމާގާތްވިއިރު ވެސް،ރިސޯޓު ހިންގނޭ ފަދްއާންމު ހާލަތކަށަ އައިސްފައިނުވާތީ ވޮލަންޓަރީ ސްޕެޝަލް ލީވް އިތުރު 3 )ތިނެއް( މަހަށް ދެމިގެންދާގޮތަށ 2020 ސެޕްޓެންބަރު މަހުގެ ނިޔަލަށް ދަންމލުމުގެ ފުރުޞަތު ދިނުމަށް ނިންމައި، މެމޯއަކުނ މިކަން މުވައްޒަފުންނަށް އަންގާފައިވެއެވެ.އަދި މި މެމޯގައ، ރިސޯޓު ހުޅުވޭނެ ކަމަށް ލަފާކުރާ ތާރީޚަކީ 1 އޮކްޓޫބަރު 2020 މި ތާރީޚުކަމުގައި ބަޔާންކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ޖޭ .އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު ރިޒޮލިއުޝަން )21 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 17- ވޮލަންޓަރީ ސްޕެޝަލް ލީވް ޕޮލިސީ )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 18- އީމެއިލް )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 18- އީމެއިލް )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓ 13- މެމޯ )13 ޖޫން 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 13- މެމޯ )13 ޖޫން 2020( 5- އޭގެ ފަހުން 1 އޮގަސްޓު 2020 ތާރީޚުގައި ކޮވިޑް- 19 ގ ހާލަތާ ގުޅިގެން މަނަފަރު ރިސޯޓުގެ ރިޑަންޑަންސީ ޕޮލިސއެއ އެކުލަވާލައި، 17 އޮގަސްޓު 2020 ތާރީޚުގައި މި ޕޮލިސީ، އެ ރިސޯޓުގެ މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ. 6- ބުނެވުނު ރިޑަންޑަންސީޕޮލިސީގައި މަޤާމްތައް ރިޑަނިޑަންޓް ކުރުމުގައި އަންނަވި 5 )ފަހެއް( ފިޔަވަޅު ފުރިހަމަކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. )ހ( ކަމާގުޅޭ ޕޮލިސީ ހިއްސާކޮށް، ވަކް މަޤާމްތަކެއ ރިޑަންޑަންޓް ކުރާކަން މެމޯއަކުނ މުވައްޒަފުންނަށް އެންގުން )ށ( ރިޑަންޑަންޓް ކުރާނެ މުވައްޒަފުން ހޮވުމުގެ މަރުހަލާ )ހަމައެކަނި ވިޔަފާރި ބޭނުންތަކަށް ބަލައި މަޤާމްތައ ރިޑަންޑަންޓް ކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި ސްކޯރިންގ ޕްރޮސެސް އެއީ ބޭނުންކުރެވޭނެކަން( )ނ( ކޮންސަލްޓޭޝަން މީޓިންގ ބޭއްވުން )ވަޒީފާއިން ވަކިކުރެވނޭ މުވައްޒަފާ ބައްދަލުކޮށް ކުރިއަށް އަޅަންވީ ފިޔަވަޅުތައް ބުނެދިނުން( )ރ( މުވައްޒަފަށް ރިޑަންޑަންސީގެ ނޯޓިސް ދިނުން )ބ( ރިޑަންޑަންޓް ކުރެވޭ މަޤާ މްތަކުގެ މުވައްޒަފުން ގައުމަށ ނުވަތް ރ ށަށް ފޮނުވާލުމުގެ ކަންކަން މުވައްޒަފު ގުޅިގެން ފުރިހަމަކުރުން 7- އެއަށްފަހު ބައެއްމަޤާމތައްއުނިކުރުމަށްޓަކައި، ރިޑަންޑަންސީ ޕޮލިސީގައި ބަޔާންކުރާ ސްކޯރިންގ ޕްރޮސެސްގެ ބޭނުމަށް މުވައްޒަފުންގެ ޕާރފޯމަންސް އިވެލުއޭޝަނެއް ހަދައް،ރިޑަންޑަންޓް ކުރެވޭ މަޤާމްތައް ފުރަމުންދިޔަ މުވައްޒަފުންނަށް 8 ސެޕްޓެންބަރު 2020 ތާރީޚުގައި ރިޑަންޑަންސީ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 7 – ރިޑަންޑަންސީ ޕޮލިސީ . 17 އޮގަސްޓު 2020 ތާރީޚުގެ އީމެއިލް . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓ 7 – ރިޑަންޑަންސީ ޕޮލިސީ 8- އޭގެ ފަހުން 1 ނޮވެންބަރު 2020 ގައި ޖޭއޭ މަނަފަރު ރިސޯޓު ފަތުރުވެރިންނަށް ހުޅުވާލާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 61/VTR/2021 މައްސަލަ 9- މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ 17 )ސަތާރަ( މީހުންވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނއާ ޤަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި،މައްސަލައިގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ނންކަމަށ ކަނޑައަޅައިދިނުމަށާއި،ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި، މުސާރަ އާއި ޢިނާޔަތްތަކާއެކު ނަގައިދިނުމަށް އެދއ 17 )ސަތާރަ( މީހުންގެ ފަރާތުން ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވާގޮތަށް 08 ޑިސެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނަންބަރު 61/VTR/2021 މައްސަލަ ހުށަހަޅާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން 10- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 61/VTR/2021 މައްސަލީ ނިންމާފައިވަނައެ މުވައްޒަފުން ވަޒީފްއިންވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށ ކަނޑައަޅައި، އެ މުވައްޒަފުންގެ ވަޒީފާ ރުޖޫޢަކުރުމަށިކަނޑައަޅައެވ. އެގޮތުން އެ މައްސަލައިގެ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މައްސަލިހުށަހެޅި ފަރާތްތަކުންނާއ މައްސަލި ރައްދުވަ ފަރާތުން ހުށަހެޅި ލިޔެކިއުންތަކާއި މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅ ފަރާތްތަކަކީ ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގް މުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގައި ވަޒީފާ އަދާކުރަމުންދަނިކޮށް ކުންފުނިން ރިޑަންޑަންސީ އިޢުލާންކުރިކަމަށްބުނެ، އިތުރު ސަބަބެއް އެންގުމަކާނުލައި 08 ސެޕްޓެމްބަރު 2020 ގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކެއްކަމަށާއި، އެފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މައްސަލަ ހުށަހެޅ ފަރާތްތައީވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާތ، މައްސަލަ ހުށަހެޅި ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވައި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި، މުސާރައާއި ޢިނާޔަތްތަކާއެކު ނަގައިދިނުމަށް އެދޭ 08 ޑިސެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި )fairness substantive( އަދި އިޖުރާއީ ޢަދުލުވެރިކަން )fairness procedural( ޤާއިމުކޮށްފައިވާކަމަށް ބުރަވެވޭތީ، ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެފަރާތުނ މައްސަލް ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް )unfair dismissal( އެއް ކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގ 29 ވަނި މާއްދާގަ )ހ( ގެ ދަށުން އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަށ ލިބް ޤާނޫނީ ޙައްލުތަކަށް ރިޢާޔަތްކޮށް، އިސްވެ ފާހަގަކުރެވުނު ފަދައިން މައްސަލަ ހުށަހެޅ ފަރާތްތއްމައްސަލ ރައްދުވަ ފަރާތުގެ ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި، ޢިޖުރާޢީ ޢަދުލުވެރިކަނ ޤާއިމުކުރެވިފައިނުވާތީ، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 29 ވަނަ މާއްދާގެ )ހ( ގ 1 ވަން ނަންބަރުގެ ދަށުން މައްސަލަ ހުށަހެޅި ފަރާތްތައް އަދާ ކުރަމުންދިޔަ މަޤާމުތަކަށް އެފަރާތްތައް ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށާއި، މައްސަލަ ރައްދުވި ފަރާތުން ކޮވިޑް 19 އާ ގުޅިގެން ޢަމަލުކުރަންފެށި “Voluntary Special Policy” ދެމިއޮތީ ސެޕްޓެންބަރު 2020 ގ ނިޔަލަށްކަނ މައްސަލް ރައްދުވި ފަރާތުނ 13 ޖޫން 2020 ގައި ނެރެފައިވާ މެމޯއިނ އެނގެން އޮންނާތީ، އޮކްޓޫބަރު 2020 އިން ފެށިގެން މައްސަލަ ހުށަހެޅަ ފަރާތްތަކުގެ މުސާރަ އާއި ޢިނާޔަތްތައް ނަގައިދެވޭއިރު، އެފަރާތްތަކަށް ނަގއިދެވޭނ Policy” “Voluntary Special އަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެފަރާތްތަކަށް ލިބެމުން އައި މުސާރ އާއަ ޢިނާޔަތްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތްތަކުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، އެފަރާތްތައ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުތަކުގެ މުސާރަ އާއި ޢިނާޔަތްޔައ އެކް އެއްފަހަރާ ނަގައިދިނުމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތްތަކަށް ނުޙައްޤު މަންފާ enrichment) (unjust އެއް ލިބުމުގެ ފުރުޞަތު ނަފީކރުމުގެ މަޤްޞަ ދުގައި، އިސްވެ ބަޔާންކުރެވުނު އުޖޫރައަށްވާ ފައިސާގެ ޖުމުލިއިގެ ތެރެއިން މައްސަލަ ހުށަހެޅާފަރާތްތައ ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ފައިސާގެ ގޮތުގައި ދީފައިވާ ފައިސާ އާއި، "ގުޑްވިލް" ގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައިވާ USD 400 )ހަތަރު ސަތޭކަ އެމެރިކާ ޑޮލަރު( އާއި، އަހަރީ ޗުއްޓީގެ ގޮތުގައި ނަގާފައިނުވާ ދުވަސްތަކަށް ދީފައިވާ ފައިސާ އާއި “Voluntary Special Leave alliwance” ގެ ގޮތުގައި ސެޕްޓެންބަރު 2020ގެ 08 )އަށެއް( ދުވަހަށް އެފަރާތްތަކަށް ދީފައިވާ ފައިސާ އުނިކުރުމަށް ކަނޑައަޅައި، އިސްވެ ބަޔާންކޮށްފައިވާ އެންމެހައި ކަންކަން މިއަދު )16 ޖޫން 2022( އިން ފެށިގެން ބަންދުނޫން 14 )ސާދަ( ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫނެ 03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާތައް 11- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 61/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުނ އަންނަނިވި 08 )އަށެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ:ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 61/VTR/2021 މައްސަލަ ނިންމުމަގައި، މައުޟޫޢު ޢަދުލުވެރިކަން ޤާއިމްވެފައި ނުވާކަމަށް ކަނޑައޅ ފައިވަނީ: )ހ( ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 21 ވަނަ މާއްދާގައި ބުނާފަދަ "އެކަށީގެންވާ ސަބަބު" އެއް ކަމަށް ކޮވިޑް 19 ވީނަމަވެސް، އިސްތިއުނާފުކުރާ މައްސަލައިގައި އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި ކަމަށް ފެނުމާއި، )ށ( ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްވެ ދެންނެވި މައްސަލަ ނިންމުމުގައުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/24 އާއި 2011/HC-A/134 ޤަޟިއްޔާ ތަކުގައިވާ އުޞޫލްތައް އިސްވެ ދެންނެވި މައްސަލައިގެ މައްޗަށް އެޕްލައިކުރެއްވ ގޮތި ރަނގަޅު ނޫންކަމަށް ފެނުމާއި، )ނ( އްސްތިއުނާފކުރެވު މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި ބަލާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 އާއި 2011/HC-A/134 ގައި ކަނޑައެޅިފައިވާ މިންގަނޑަށް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 ޤަޟިއްޔާ )މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން( އަދި ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/44 )ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު( ޤަޟިއްޔާގައި މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭ ގޮތުނެ ބަޔާންކޮށްފައިވް ހަމަތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުމަކީ،ދިވެހިރާއްޖޭގ ޤާނޫނއަސާސީގ 143ވަން މާއްދާގަ )ރ( އާ ޚިލާފަށް ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 29 ވާނަ މާއްދާގަ )ހ( އާއި )ރ( ގައި، ބަދަލު ދިނުމުގައި ބެލުމުގައި "އެކަށީގެންވާ ސަބަބު" އެއް އޮތްތޯއާއި، ޢަދުލުވެރި ވުމަށް އޮތް އޮތުމާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލާ ނިނާ މ ފައިވ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލަ ނިނަމާމުގައި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑާއަޅފައިވަނީ، އިސްތިއުނާފުކުރ ފަރާތުން ރިޑަންޑަންޓްކުރެވޭ މަޤާމުތައް ކަނޑައެޅުމުގައި ފުރިހަމަކުރާ "ސްކޯރިން ޕްރޮސެސް" ފުރިހަމަ ކުރުމަށޭމުވައްޒަފުންގެ "ޕަރފޯމަންސް އިވ ލުއޭޝަން" ހަދައި، އެލިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ވީނަމަވެސް، އެކަމަށް އެ ޓްރައިބިއުނަލަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރެވިފައި ނެތުން އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/44 )ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނ ޒު އ( ޤަޟިއްޔާގައ ކަނޑައަޅާފައިވާ "ރިޑަންޑަންޓް ކުރެވޭނެ މްވައްޒަފުން ހޮވާނެ މިންގަނޑު" އަށް ރަނގަޅަށް ރިޢާޔަތްނުކުރެވ ކަމަށި ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާއަކީ: މުވައްޒަފަށްދޭނޯޓިސުގައް ބުނި ކަންކަނާ ފިޔަވައި އެހެންކަމަށް ރިޢާޔަތްނުކުރެވޭނެކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލް އިން ހައިކޯޓުގެ ނަންބަރ 2012/HC-A/280 ޤަޟިއްޔާއަށް ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތައް އެކަށީގެންވާ ގޮތަކަށް ދިރާސާކޮށްފައިނުވަނީ އިސްތިއުނާފުކުރާ ފަރާތުގެ 08 ސެޕްޓެންބަރު 2020 ގެ ނޯޓިސްއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވުމަކީ، ޤާނޫނުއސާސީގ 42 ވުނ މާއްދާގަ )ހ( ގައި ކަށަވަރުކޮށްދީފައިވާ "އިންޞާފުން ޝަރީޢަތް ކުރެވުމުގެ" ޙައްޤުން މަޙްރޫމްވުނ ކަމަށް ބނު ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލައަކީ، މަދަނީ މައްސަލަ ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) ކަމަށާއި، )ހ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު( ޤަޟިއްޔާއާއި، )ށ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 )މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްވާ.ޖާބިރު ޢަބްދުއްރަޙްމާނާ( ޤަޟިއްޔގައާ ކަނޑައަޅާފައިވި ހަމަތަކާ ޚިލާފަށް، އެ މައްސަލަ ނިންމާފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލައިގައި ހިމެނޭ ޙަޤީޤަތްތަކަކީ ނުވަތަ ވާޤިއާތަކަކ (FACTS) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 221/VTR/2021 އަދި 222/VTR/2021 މައްސަލަތަކުން ނިންމައި، އެއަށް ފައިސަލާކުރަނިވި ނިންމުންތަކެއް ނިންމާފައިވާ ވާޤިއާތަކަކަށްވާތީ، "އިޝޫ ޕްރިކްލުޝަން" PRECLUSION) (ISSUS އަދި "ރެސްޖުޑިކާޓާ" JUDICATA)(RES އާއި "ސްޓެއަރ ޑެސައިސިސް" DECISIS) (STARE ގ މަބްދައުތަކަށް ބަލައި، އިސްތިއުނާފުކުރެވ މައްސަލޭ ނިންމާފައިވަނީ ޤނޫނުއަސާސީގ 68 ވަނަ މާއްދާގައިޙައްޤުތައް މާނަކުރުމުގައި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުގައި އޮންނަ ގޮތަށް ބެލުމަށް އޮންނަ އުޞޫލު ޚިލާފަށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. • ހަތްވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލައިގައި ހިމެނޭ ޙަޤީޤަތްތަކަކީ ނުވަތަ ވާޤިއާތަކަކ (FACTS) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 221/VTR/2021 އަދި 222/VTR/2021 މައްސަލަތަކުން ނިންމައި، އެއަށް ފައިސަލާކުރަނިވި ނިންމުންތަކެއް ނިންމާފައިވާ ވާޤިއާތަކަކަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 61/VTR/2021 މައްސަލައިގެ ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 88 ވަނަ މާއްދާއަށް ރިޢާޔަތެނކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. • އަށްވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 61/VTR/2021 މައްސަލަ ނިންމުމުގައިއިސްތިއުނާފ ރައްދުވު ފަރާތްތައް އަދާކުރަމުންދިޔަ މަޤާމުތަކަށް ރުޖޫއަކުރުމަށް އަންގާފައިވަނީ، ވަޒީފާއްން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނ ނުވަތެ ވަޒީފާއަށް ރުޖޫއަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތް ކަމެއް ކަމަށް ބެލެވިދާނެ ކަމަށ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 ޤަޟިއްޔާ) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްވ. ޖާބިރު ޢަބްދުއްރަޙްމާން( ގއ ކަނޑައަޅާފައިވި ޙާލަތުތަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ. މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭ އިސްތިއުނާފީ ފުރަތަމަ ނުކުތާ 12- މާ މައްސަލައިގައި ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ އިސްތިއުނާފުރައްދުވ

17 )ސަތާރަ( މީހުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބުނެއެވެ. އެގޮތުން ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބު ބ ސާބިތުކޮށްދެވިފައިވީނަމަވެސް، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް އެ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމްނުތަކ ޚިލާފަށާ ހެކިވަޒަންކޮށް ކަމްގައި ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކުރެއެވެ. ކޮވިޑް-19 ގ ހާލަތާ ގުޅިގެން މުވައްޒަފުން ވަކިނުކޮށް އެކި ޗުއްޓީތައ ދީގެން ނަމަވެސް މުވައްޒަފުން ގެންގުޅެވޭތޯ ޖޭއޭ މަނަފަރު ރިސޯޓުން ބެލި ކަމަށާއި، ނަމަވެސް ރާއްޖެއަށް ފަތުރުވެރިން ނާދެވި، ރިސޯޓަށް ގެއްލުންވާތީ، އެހެންގޮތެއ ނެތިގެން ބައެއް މުވައްޒަފުންގެ މަޤާމް ރިޑަންޑަންޓް ކުރާކަނ އެންގި ލިޔެކިޔުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. 13- މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ 17 )ސަތާރަ( މީހުންގެ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢް ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައަޅާފައިވަނީ ޖޭއޭ މަނަފަރު ރިސޯޓުން ރިޑަންޑަންސީ ޕޮލިސީގައި ކަނޑައެޅި އުސޫލުތަކަށް ޢަމަލުކޮށފައިނުވާތީކަމަށެވެ.އެފަދައިން ކަނޑައަޅާފައިވަނީ ހުށަހެޅުނު ހެކިތަކުން އެ އުސޫލުތަކަށް ޢަމަލުކޮށްފައިވާކަން އެނގެން ނެތުމުން ކަމަށެވެ. އެ ކަނޑައެޅުން ޤާނޫނީ ހަމައަކާ ޚިލާފުވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާކަމަށެވެ.

ރިޑަންޑަންސީއާ ގުޅޭ ޤާނޫނީ ހަމަތައް

14HN1ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށް ވަޒީފާއާބެހޭ ޤާނޫނިވުޖޫދުވެގެން އައިއިރު އެ ޤާނޫނުގައި ބަޔާންވެގެން ނުވެއެވެ. ނަމަވެސް އެ ޤާނޫނަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށ ތަސައްވަރުކޮށްފައިވެއެވެ.ނަމަވެސް މި އިސްތިއުނާފީ މައްސަލަތަކުގައި ކަންހިނގާފައިވ ގޮތަށާ ބެލިއިރު، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ބުނެވުނު އިސްލާހު އެ ޤާނޫނަށް ގެނައުމުގެ ކުރިންނެވެ. އެހެންކަމުން މި މައްސަލަތަކަށް ޤާނޫނުގެ ރިޑަންޑަންސީ އާ ގުޅޭ މިބުނެވުނ އިސްލާޙް ތަޠުބީޤު ކުރެވިދާނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ. . ޤާނޫނު ނަންބަރު 2008/2 . ޤާނޫނު ނަންބަރު 2008/2 އަށް ގެނައި 6 ވަނަ އިސްލާހު

15HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 26 ނޮވެންބަރު 2020 ތާރީޚުގައި ނިންމާފައިވާ މައްސަލައެއް ކަމުގައިވާ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއްމައްސަލައިގައި ރިޑަންޑަންސ ކަނޑައެޅުމީ ގުޅޭގޮތުން ހަމަތަކެއް ޤާއިމްކުރައްވާފައިވެއެވެ. އެގޮތުން ޙަޤީޤަތުގައިވެސް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވޭތޯ ކަނޑައެޅުމުގައި އަންނަނިވ 3 ނުކުތާއަށް ރިޢާޔަތްކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. )1( ވަޒީފާއަދާކުރާ ތަނުގައި މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތްކުރުން އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ، ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ )2( މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ )1( ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް އޮވެގެންތޯ )3( ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން މީގެ އިތުރުން ވަޒީފާއަދާ ކުރާ ތަނުގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެންވިޔަސް، އިޤްތިޞާދީ ޙާލަތެއް މެދުވެރިވެގެން ވިޔަސް ނުވަތަ މިނޫންވެސް އެހެން ސަބަބަކާ ހުރެ މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓު ކޮށްފައިވާނަމަ، އެފަދަ ޙާލަތެއް ހަމަ ޙަޤީޤަތުގައިވެސްވޭތޯކަނޑައެޅުމަށްޓަކައި، މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތްކުރުން ވަޒީފާ އަދާކުރާ ތަނުގައި އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތެނުވަތަ މަދުވާނެތޯ ބަލަންވާނކަމަށެ ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، ރިޑަންޑަންޓުކުރި މުވައްޒަފު ކުރާ ބާވަތުގެ މަސައްކަތް ތަނުގި އެހެން މުވައްޒަފުން ކުރޭތޯ ބަލަންވާނކަމަށާއެ އަދި މިގޮތަށް އެއްކަހަލަ މަސައްކަތް ކުރާ އެހެން މުވައްޒަފުންތިބި ނަމަ، ރިޑަންޑަންޓް ކުރު މުވައްޒަފު ރިޑަނޑަންސީއަށް ހޮވުނު ގޮތަށް ރިޢާޔަތް ކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން،އެއްކަހަލަ މަސައްކަތެއް ކުރާ ދެންތިބި މުވައްޒަފުންނާ އަޅާ ބަލާއިރު ތަޢުލީމާއި ތަޖުރިބާ އަދި ވަޒީފާ އަދެކުރާ ތަނުގައި ޚިދުމަތްކުރި މުއްދަތު ފަދަ ކަންކަމަށް ރިޢާޔަތް ކުރެވިދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. މިކަންކަން ހަމަ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ މިހަމައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދިﷲ އާނިސް އަދ އިތުރު 21 ފަރާތެއް މައްސަލައިގައިވެސް ފާހަގަކުރައްވާފައިވެއެވެ. ރިޑަންޑަންސީއާގުޅޭ ހަމަތައް މި މައްސަލައަށް ތަޠުބީޤުކުރުން

16.މ މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވި ނ އަންނަވަ މައިގަނޑު ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ. )ހ( ދައުވާ ހުށަހެޅި ފަރާތްތަކުގެ އިތުރުން، ރިޑަންޑަންޓް ކުރެވުނު އެހެން މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ ތެރެއިން ދައުވާ ހުށަހެޅި ފަރާތްތައް ރިޑަންޑަންސީ އަށް ހޮވުނު ގޮތާއި، ރިޑަންޑަންޓް ކުރުމުގައި ބަލާފައިވާ ހަމަތައް އެނގޭނެ ހެކި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިން ނަމަވެސް، އ ލިޔުންތައް ހުށަހަޅާފައިނެތުނ )ށ( ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލެއް ގެނެވުނުކަނ ނުވަތް ނޫންކަން އަދި ގެނެވުނު ބަދަލުތައް އެނގެން ނެތުން )ނ( މުވައްޒަފުން ރިޑަންޑަންޓް ކުރތި ކުރުމުއްދަތެއްގެ ތެރޭގައި އިތުރު މަޤާމްތަކަށް އިއުލާނުކޮށް، އ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިކަނ މައްސަލް ހުށަހެޅަ ފަރާތްތަކަށް އެންގިނަމަވެސް، މުވައްޒަފުންނަށް ފޮނުވި މެމޯގައި، ރިސޯޓު ހުޅުވޭނެކަމަށް ލަފާކުރާ ތާރީޚކ 1 އޮކްޓޫބަރު 2020 ކަމަށް ބަޔާންކޮށްފައިވުނ

17.މި މައްސަލައަށް ބަލާއިރު، ކޮވިޑް -19 ގެ ހާލަތާ ގުޅިގެން، ޖޭއޭ މަނަފަރު ރިސޯޓުގެ ވިޔަފާރި ހީނަރުވެ، ރިސޯޓުގެ ހިންގުން މަޑުޖެހި، އެކި ފިޔަވަޅުތައް އަޅާފައިވާކަން އެނގެން އޮވެއެވެ. އެގޮތުން އެ ދުވަސްވަރު، މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ އެއް ހަމަޖައްސައިދީ، 6މ ސ ދުވަހަށް އެ ޗުއްޓީ ދަންމާލުމުގެ ފުރުޞަތު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/36,37,38 ޤަޟިއްޔާ . ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޕޯޓުގެ 18، 19 އަދި 20 ވަނަ ސަފްހާ ދެވިފައިވާކަންހުށަހެޅިފައިވާ ހެކިތަކުން އެނގެން އޮވެއެވެ. އަދި އެ މުއްދަތުގައި އެ މުވައްޒަފެއްގެ ރަށަށް ދިއުމުގެ އިންތިޒާމު އެ ރިސޯޓުން ހަމަޖައްސައިދީފައިވާކަމާމެދު ޚިލާފެއް ނެތެވެ.

18މީގެ އިތުރުން 1 އޮގަސްޓު 2020 ތާރީޚުގައި ކޮވިޑް-19 ގ ހާލަތާ ގުޅިގެން މަނަފަރު ރިސޯޓުގެ ރިޑަންޑަންސީ ޕޮލިސއެއ އެކުލަވާލައި، 17 އޮގަސްޓު 2020 ތާރީޚުގައި މި ޕޮލިސީ، އެ ރިސޯޓުގެ މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ.

19އެއަށްފަހު ބައެއް މަޤާމތައްއުނިކުރުމަށްޓަކައި، ރިޑަންޑަންސީ ޕޮލިސީގައި ބަޔާންކުރާ ސްކޯރިންގ ޕްރޮސެސްގެ ބޭނުމަށް މުވައްޒަފުންގެ ޕާރފޯމަންސް އިވެލުއޭޝަނެއް ހަދައި، ރިޑަންޑަންޓް ކުރެވޭ މަޤާމްތައ ފުރަމުންދިޔަ މުވައްޒަފުންނަށް 8 ސެޕްޓެންބަރު 2020 ތާރީޚުގައި ރިޑަންޑަންސީ ނޯޓިސް ދިނުމަށފަހް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

20ބުނެވުނު ރިޑަންޑަންސީޕޮލިސީގައި މަޤާމްތައް ރިޑަންޑަންޓް ކުރުމުގައި އަންނަވި 5 )ފަހެއް( ފިޔަވަޅު ފުރިހަމަކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. )ހ( ކަމާގުޅޭ ޕޮލިސީ ހިއްސާކޮށް، ވަކި މަޤާމްތަކެއ ރިޑަންޑަންޓް ކުރާކަން މެމޯއަކުނ މުވައްޒަފުންނަށް އެންގުން )ށ( ރިޑަންޑަންޓް ކުރާނެ މުވައްޒަފުން ހޮވުމުގެ މަރުހަލާ )ހަމައެކަނި ވިޔަފާރި ބޭނުންތަކަށް ބަލައި މަޤާމްތައ ރިޑަންޑަންޓް ކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި ސްކޯރިންގ ޕްރޮސެސް އެއީ ބޭނުންކުރެވޭނެކަން( )ނ( ކޮންސަލްޓޭޝަން މީޓިންގ ބޭއްވުން )ވަޒީފާއިން ވަކިކުރެވޭނެ މުވައްޒަފާ ބައްދަލުކޮށް ކުރިއަށް އަޅަންވީ ފިޔަވަޅުތައް ބުނެދިނުން( )ރ( މުވައްޒަފަށް ރިޑަންޑަންސީގެ ނޯޓިސް ދިނުން . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 7 – ރިޑަންޑަންސީ ޕޮލިސީ . 17 އޮގަސްޓު 2020 ތާރީޚުގެ އީމެއިލް )ބ( ރިޑަންޑަންޓް ކުރެވޭ މަޤާމްތަކުގެ މުވައްޒަފުން ގައުމަށ ނުވަތް ރަށަށް ފޮނުވާލުމުގެ ކަންކަން މުވައްޒަފާ ގުޅިގެން ފުރިހަމަކުރުން

21މިޕޮލިސީގައ ބަޔާންކުރި މަރުހަލާތަކުގެ ތެރެއިން، މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސުވާލުއުފައްދާފައިވަނ 2 ވަނަ މަރުހަލާ)ރިޑަންޑަންޓް ކުރާންމުވައްޒަފުން ހޮވުމުގެ މަރުހަލާ( އާ މެދުގައިކަން އެ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮވެއެވެ. އެގޮތުނާ؛" ދައުވާ ހުށަހެޅި ފަރާތްތަކުގެ އިތުރުން، ރިޑަންޑަންޓް ކުރެވުނު އެހެން މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ ތެރެއިން ދައުވާ ހުށަހެޅ ފަރާތްތައް ރިޑަންޑަންސީ އަށް ހޮވުނު ގޮތާއި، ރިޑަންޑަންޓް ކުރުމުގައި ބަލާފައިވާ ހަމަތައް އެނގޭނެ ހެކި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިން ނަމަވެސް، އެ ލިޔުންތައް ހުށަހަޅާފައިނެތުމާއި ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑެށ ބަދަލެއް ގެނެވުނުކަނ ނުވަތް ނޫންކަން އަދި ގެނެވުނު ބަދަލުތައް އެނގެން ނެތް" ކަމަށް ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.

22.އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުރައްދުވާ 17 )ސަތާރަ( މީހުންގެ އިވެލުއޭޝަނ ޓްރައިބިއުނަލަށް ހުށަހެޅުން ނަމަވެސް،ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހޯދުމަށް އެދުނު އިތުރު މައުލޫމާތު ހުށަނޭޅުނީ، އެ ލިޔެކިޔުން ހުށަހެޅުމަށް ދެވުނު ކުރުމުއްދަތުގައި ރިސޯޓުގެ އެޗް.އާރްގެ މުވައްޒަފުން މަދުވެ، އެ ލިޔެކިޔުން އެއްފަހަރާ ހޯދުމުގެ ދަތިކަމާހެދި ކަމަށެވެ. އަދި މިކަން އެ ޓްރައިބިއުނަލަށް ސިޓީއަކުން އަންގާފައިވީނަމަވެސް، އެކަމަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށެވެ.

23HN3HN4މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ ޕޮލިސީގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން 2 ވަނަ މަރުޙަލާ ފުރިހަމަނުކޮށްވާކަމަށ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ޝާމިލްގޮތެއްގައި ރިޢާޔަތްކޮށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

23.1. ވަޒީފާއިން ވަކިކުރުމާގުޅޭ މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލަންޖެހޭނީ އެ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ބިނާކޮށް ކޮންމެ މައްސަލައަކަށް )subjective( ވަކިވަކިންނެވެ.

23.2. މި އުސޫލުން މޭމައްސަލައަށް ބަލާއިރު،ރާއްޖެ ހިމެނޭހެން މުޅި ދުނިޔެއަށް ދިމާވާ ކޮވިޑް-19 ގެ ކާރިސާއާ ގުޅިގެން، 2 ފަހަރެއްގެ މަތިންމުސާރައިގެ ވަކި މިންވަރެއް ލިބޭނެހެނ ޗުއްޓީ ދީ، މުވައްޒަފުންވަޒީފާއިނ ވަކިނުކޮށް ގެންގުޅުމަށް ޖޭ.އޭ.އާރް.އެޗްމޯލްޑިވްސްގެ ފަރާތުނ މަސައްކަތްކޮށްފައިވާކަނ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުންވެސް އެނގެން އެބައޮތެވެ. މިކަމާމެދު ޚިލާފެއް ނެތެވެ.

23.3. އޭގެ ފްހުނަ ވެސް ކޮވިޑް-19 ގ ހާލަތު ރަނގަޅު ނުވެ، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވާތީ، އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށް ނ މުވައްޒަފުންނަށް ނޯޓިސް ދީ، އެސެސްމަންޓް ހެދުމަށްފަހު ސްކޯރް ންގ ޕްރޮސެސްއެއްގެ ތެރެއިން ބައެއް މުވައްޒަފުންގެ މަޤާމު ރިޑަންޑަންޓްކޮށްފައިވާކަނ އެނގެން އެބައޮތެވެ. ހަމަ އެހެންމެ އޭގެ ފަހުން ރުސުޓް ހުޅުވުމާއެކ ހުޅވާލި އާ ވަޒީފާގެ ފުރުޞަތުތަކުގެ މައުލޫމާތު، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް ފޮނުވާ، ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމ ޚިލާފެއް ނެތް ވާގިއާއެކެވެ.

23.4. ވަޒީފާއާބެހޭ ޓްރައިބިއުނަލުންހަމައެކަނި ސުވާލު އުފައްދާ ކަމަކީ ސްކޯރިންގ ޕްރޮސެސްގައި ހިމްނުނު އެހެން މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިނުވުމާއި، އޮނިގަނޑަށް ގެނެވުނު ބަދަލެއް އެނގެން ނެތުމާއިމުވައްޒަފުނޯނަށް ފޮނުވް އެންގުމެއްގައި ރިސް ޓް ހުޅުވޭނެ ތާރީޚެއްލަފާކޮށ ކުރު މުއްދަތެއް ބަޔާންކޮށްފައިވުމެވެ.

23.5. ނަމަވެސް މި މައްސަލައިގައި ރިޑަންޑަންސީގެ ހާލަތު މެދުވެރިވެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ކާރިސާއެއްގެ ސަބަބުން ދިމާވި، ކުރިން ތަސައްވަރކުރެވިފައިނުވާ ހާލަތެއްގެ ސަބަބުން ކަމާމެދު ސުވާލެއް ނުއުފެދެއެވެ. ހަމައެހެންމ ސްކޯރިންގ ޕްރޮސެސްގައި ހިމެނުނު . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 18- އީމެއިލް )29 މާރިޗު 2020 ( އަދި އެގްޒިބިޓ 13- މެމޯ )13 ޖޫން 2020( . ޖޭ.އޭ.އާރ.އެޗް ގެ 2 ވަނަ ބަޔާނާއެކު ހުށަހެޅުނު އެގްޒިބިޓް 20 އެންމެހައި މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ވަޒީފާއްބެހޭ ޓްރައިބިއުނަލު ށ ހުށަހަޅާފައިނވިނަމަވެސް، އެއްމުޅި ރިޑަންޑަންސީގެ މަރުހަލާގެ ތެރޭގައި ޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެ ފަރާތުނ މި މައްސަލައިގައި ހިމެނޭ މުވައްޒަފުންނާމެދު ކަންކޮށްފައިވާގޮތް ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތަށް ބަލާއިރު،ފާޅުކަންބޮޑުގޮތެއްގައ ފެންނަންއޮތް ހެޔޮނިޔަތް ފަސާދަ ކޮށްލަނިވި ކަމެއް ކަމުގައިވެސް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.

23.6. ހަމަ އެހެންމެ މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ރިސްޓު ވަކި ތާރީޚެއްގައި ހުޅުވޭނެކަމަށ ލަފާކޮށިބަޔާންކޮށްފައިވީނަމަވެސް، އެއީ ހަމައެކަނި ލަފާކުރި ތާރީޚެއް ކަމަށްވާތީ، އެއީ މ މައްސަލައިގައި ވަޒީފާއިން ވަކިކުރުމުގެ އެކަށީގެންވާ ސަބަބެއް އޮތްތޯ ނެތްތޯ ކަނޑައެޅުމަށް އަސާސީ ވާގިއާއެއްކަމަށ އަހުރެން ނުދެކެމެވެ.

23.7. މީގެ އިތުރުންވަޒީފާގްއޮނިގަނޑަށް ގެނެވުނު ބަދަލެއް އެނގެން ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާއިރު، މިއީ އާންމު ހާލަތުގައި ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެނެވުނު ހާލަތެއް ނޫން ކަމާއި، މިއީ ދިމާވި ކާރިސާއެއްގެ ސަބަބުން ވިޔަފާރި ނުހިންގުމުގެ ސަބަބިން ޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެ ފަރާތުން އަޅާފައިވާ ފިޔަވަޅެއްކަން މި މައްސަލައިގައ ހުށަހެޅިފައިވާ ހެކިތަކުން އެނގެން އެބައޮތެވެ. އެހެންކަމުން މަދަނީ މިންގަނޑުން ބަލާއިރު މ މައްސަލައިގައި ރިޑަންޑަންސީގެ ހާލަތު އޮތްކަމަށްޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެ ފަރތުނ ބުނާބުނުން އަހުރެންނަށް ޤަބޫލުކުރެވެއެވެ. ހަމައެހެންމެ ޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެ ފަރާތުން ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު އާއި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދު ﷲ އާނިސް އަދި އިތުރު 21 ފަރާތެއް މައްސަލައިގައި . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/36,37,38 ޤަޟިއްޔާ ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރުމާމެދު ކަނޑައަޅާފައިވާ މައިގަނޑު ކަންކަމާ ޚިލާފުވެފައިވާކަމަށް ކަނޑައެޅިދާނެކަމަށ އަހުރެން ނުދެކެމެވެ.އަދިމ މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މައްސަލައިގެ ހެކިތަކަށް ޝާމިލްކޮށް، ފުރިހަމައަށް ރިޢާޔަތްކުރެވިގެން ކަމުގައި އަހުރެން ނުދެކެމެވެ.

23.8. އަހުރެންނަށް ބުރަވެވެނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ 17 )ސަތާރަ( މީހުން، ރިޑަންޑަންސީގެ ހާލަތަށް ބަލައި ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ކަން ހެކިތަކުން ސާބިތުވާތީ، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށެވެ. އިޖުރާއީ ޢަދުލުވެރކަމާގުޅި އިސްތިއުނާފީ ތިންވަނަ ނުކުތާ

24.އިސްތިއުނާފީ ތިންވަނަ ނުކުތާއަކު ވަޒީފާއާބެހޭޓްރައިބިއުނަލްގ މައްސަލެ ނިންމުމުގައި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ރިޑަންޑަންޓްކުރެވޭ މަޤާމުތައް ކަނޑައެޅުމުގައި ފުރިހަމަކުރި "ސްކޯރިން ޕްރޮސެސް" ފުރިހަމަ ކުރުމަށް މުވައްޒަފުންގެ "ޕަރފޯމަންސް އިވެލުއޭޝަން" ހަދައެ، އެލިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ވީނަމަވްސް، އެކަމަށް އ ޓްރައިބިއުނަލުން އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 )ސަންލޭންޑ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު( ޤަޟިއްޔާގައި ކަނޑައަޅާފައިވާ "ރިޑަންޑަންޓް ކުރެވޭނެ މުވައްޒަފުން ހޮވާނެ މިންގަނޑު" އަށް ރަނގަޅަށް ރިޢާޔަތްނުކުރެވ ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.

25މ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައަޅާފައިވަން ސްކޯރިންގ ޕްރޮސެސްއެއް އެކުލަވާލަންޖެހޭކަނިރިޑަންޑަންސީ ޕޮލިސީގައި ބަޔާންކޮށްފައިވާއިރު އެފަދައިން ޢަމަލުކުރަކްނ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފް އިނުވާކަމަށ ބަޔާންކށޮ ހަމައެކަނި އެ ސަބަބުގެ މައްޗަށެވެ.

26HN5ނަމަވެސް ޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެރިޑަންޑަންސީ ޕޮލިސީގައި ޙަޤީޤަތުގައެބަޔާންކޮށްފައިވަނ ބޭނުންވެއްޖެ ހިނދެއްގައި ސްކޯރިންގ ޕްރޮސެސް އެއް ބޭނުންކުރެވޭނކަމެވެ.އެގޮތުން އެ އިބާރާތުގައި އޮތ އަންނަނިވި އިބާރާތެވެ. “…a scoring process will be utilized where deemed necessary only.”

27.މ މައްސަލައިގައި ރިޑަންޑަންޓް ކުރެވުނު މަޤާމްތައް ފުރަމުންދިޔަ މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވެއެވެ.އެހެންކަމުނ އެފަދް ޕްރޮސެސް އެއް އެކުލަވާލަންޖެހިކަމަށާއ އެކަނި ކޮށްފައިނުވާކަމަށް ބަޔާންކޮށް ވަޒީފާއާބެހް ޓްރައިބިއުނަލުން ޖޭ.އޭ.އާރް.އެޗް މޯލްޑިވްސްގެ ފަރާތުން މ މާއްދާއާ ޚިލާފުވެފައިވާކަމަށް ކަނޑައެޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. މ މައްސަލައިގައް ރިޑަންޑަންޓް ކުރެވުނު މަޤާމްތއް ފުރަމުންދިޔަ މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ހުށަހެޅިފައިވާއިރު،މ މައްސަލައިގައި ހުށަހެޅުނު އެންމެހައި ހެކިތަކަށް ޝާމިލްގޮތެއްގައި ރިޢާޔަތްކުރާއިރު، އެ މަޤާމްތައ ރިޑަންޑަންޓް ކުރެވިފައިވަނީ ސްކޯރިންގ ޕްރޮސެސްއެއްގެ ތެރެއިންކަނ ހެކިތަކަށް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާން އެބައޮތެވެ. ހަމައެހެންމެ ސްކޯރިންގ ޕްރޮސެސް ތަޠުބީޤުކުރުމުގައިއ މުވައްޒަފުންނާމެދު ތަފާތުކުރުމެއް ގެންގުޅެފައިވާކަނ ނުވަތަ ކުންފުނީގެ ނުނިޔަތެއް އޮތްކަން އެނގޭނެ ހެއްކެއް މި މައްސަލައިގައި ހުށަހެޅިފައި ނެތެވެ. ބަހުސްގެ ބޭނުމަށްޓަކައި އެފަދަ ނުނިޔަތެއް އޮވެދާނެ އިހުތިމާލެއް . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ 25 ވަނަ ޞަފްހާ، 7.2.2 ވަނަ ނުކުތާ އޮތް ކަމަށް ބެލިނަމަވެސް، އިސްވެ ބަޔާންކުރެވުނު ފަދައިން އެންމެހާ ހެކިތައް ދަލާލަތު ކުރަނީ މުވައްޒަފުންނާމެދު އޮތް ކުންފުނީގެ ހެޔޮ ނިޔަތެވެ. އެހެނީވަޒީފާއިން ވަކިނުކޮށްއެލަވަންސ ލިބިދެވޭގޮތަށް ޗުއްޓީގައި ގިނަ ދުވަސްތަކެއްވަންދެނ މުވައްޒަފުން ގެންގުޅެފައިވުމާއި، ރިޑަންޑަންސީ ޕޮލިސީ ހިއްސާކޮށް، މުވައްޒަފުންނަށް މައުލޫމާތު ދެމުން ގޮސްފައިވުމާއި،އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނު ފަހުންވެސް އާ ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމާއެކު އެ މުވައްޒަފުންނަށް ފުރުޞަތުދީ، އެންގުން ކަމާމެދު ޚިލާފެއް ނެތެވެ.އެހެންކަމުން މި މައްސަލައިގައ އިސްތިއުނާފުރައްދުވ 17 )ސަތާރަ( މީހުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަންވެސް ފުރިހަމަވާކަމަށް އަހުރެން ދެކެމެވެ.

28މ ނުކުތާތަކުގައި މިފަދައިން ކަނޑައެޅިގެން ދިއުމާއެކު މި އިސްތިއުނާފުގައި ހުށަހެޅިފައިވާ ދެންހުރި އިސްތިއުނާފީ ނުކުތާތަކަށް މިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއއޮތްކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަގޮތް

29އިސްވެ ބަޔާންކު ރެވުނު ކަންކަނު އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 61/VTR/2021 މައްސަލައިގެ ނިންމުން ބާޠިލްކޮށް، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ 17 )ސަތާރަ( މީހުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށ ކަނޑައަޅައި، މި މައްސަލަ ނިންމަންފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛

30ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

31ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

32މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ