ޖޭ.އޭ.އާރު.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ފައިސަލް އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 246/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 (ހ)(1) ގެ ދަށުން މުވައްޒަފުން ވަޒީފާއަށް ރުޖޫޢަކުރުމަށާއި މުސާރަ ދިނުމަށް ނިންމިއެވެ (އެއްބަސްވުމުގެ މުއްދަތު ހަމަވި ދެ މުވައްޒަފުންނަށް މުއްދަތު ހަމަވާހާ ހިނދަށް މުސާރަ)؛ ނޯޓިސް، ޗުއްޓީ، ރިޑަންޑަންސީ ޕެކޭޖް އަދި އެހެން އާމްދަނީ އުނިކުރުމަށް ނިންމިއެވެ.
- ވާޤިޢާ
- ކޮވިޑް-19 ގެ ސަބަބުން 2020 އެޕްރީލުން ފެށިގެން ޖޭއޭ މަނަފަރު ރިސޯޓު ވަގުތީގޮތުން ހުއްޓާލައި، މުވައްޒަފުންނަށް ވޮލަންޓަރީ ސްޕެޝަލް ލީވް ދީ، އޮގަސްޓު 2020 ގައި ރިޑަންޑަންސީ ޕޮލިސީ ހިއްސާކޮށް، ޕާފޯމަންސް އިވެލުއޭޝަނާއި ސްކޯރިންގ ޕްރޮސެސްއަކަށްފަހު 8 ސެޕްޓެންބަރު 2020 ގައި 29 މުވައްޒަފުން ރިޑަންޑަންސީ ނޯޓިސް ދީ ވަކިކުރިއެވެ. ރިސޯޓު 1 ނޮވެންބަރު 2020 ގައި އަލުން ހުޅުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރިސޯޓެއްގެ 29 މުވައްޒަފުން ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ، އަދި ވަޒީފާއަށް ރުޖޫޢަކުރުމާއި މުސާރަ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ކޮވިޑް-19 އަކީ އެކަށީގެންވާ ސަބަބެއް ކަމަށާއި ޓްރައިބިއުނަލުން ސުޕްރީމް ކޯޓުގެ ހަމަތަކަށް ރިޢާޔަތްނުކޮށް، ނޯޓިސްއާއި ހެކިތަކަށް ފުރިހަމައަށް ނުބަލާ ނިންމާފައިވާ ކަމަށެވެ. މުވައްޒަފުން އިތުރު އިސްތިއުނާފުގައި ބުނީ ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ކުރިއާލައި އަންގާފައި ނުވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާ ކަމަށާއި އެ ބިނާއިން ބަދަލު ލިބެން ޖެހޭ ކަމަށެވެ. ދެފަރާތުންވެސް 2022/HC-A/220 ގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރުމަށް އެދުނެވެ.
- ކޯޓުގެ ސަބަބުތައް
- އެއް ވާޤިޢާތަކާއި އެއް ނުކުތާތައް ހިމެނޭ 2022/HC-A/220 ގެ ހަމަތައް ހިނގާތީ، ހެކިތަކުން ރިޑަންޑަންސީގެ އެކަށީގެންވާ ސަބަބު ސާބިތުވާތީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެއެވެ. ސްކޯރިންގ ޝީޓްތަކާއި ހުރިހާ ހެކިތަކަށް ބަލާއިރު ސްކޯރިންގ ޕްރޮސެސްއެއްގެ ތެރެއިން ރިޑަންޑަންޓްކުރިކަން ސާބިތުވާތީއާއި ނުނިޔަތެއްގެ ހެއްކެއް ނެތުމާއި ހެޔޮ ނިޔަތް ދޭހަވާތީ އިޖުރާއީ ޢަދުލުވެރިކަން ވެސް ފުރިހަމަވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއިތުރު އިސްތިއުނާފު ނުބެލި (ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތް)؛ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވާޤިޢާތަކާއި ޤާނޫނީ ނުކުތާތައް އެއްގޮތްވާ ކުރިން ނިންމާފައިވާ ޤަޟިއްޔާއެއްގައި (2022/HC-A/220) ކަނޑައެޅި ޤާނޫނީ ހަމަތައް، ދެފަރާތުގެ އެދުމާއެކު، މި މައްސަލައަށްވެސް ހިނގާނެއެވެ.
HN2 ރިޑަންޑަންސީގެ ޙާލަތު އޮތްކަމަށް މުވައްޒަފުން ބުނާ ބުނުން ސާބިތުވާން ޖެހެނީ މަދަނީ މިންގަނޑުންނެވެ. ކޮވިޑް-19 ގެ ހާލަތުގައި ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަން ހެކިތަކުން ސާބިތުވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެއެވެ. (ސަންލޭންޑް އަދި ކްރައުން ކޮމްޕެނީ ޤަޟިއްޔާތަކުގެ ހަމަތައް؛ ޕެރ. 20-21)
HN3 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ކަނޑައަޅާއިރު، މައްސަލައިގެ ހެކިތަކަށް ޝާމިލްކޮށް ފުރިހަމައަށް ރިޢާޔަތްކުރަން ޖެހޭނެއެވެ؛ އެކަން ނުކޮށް ނިންމި ޓްރައިބިއުނަލުގެ ނިންމުން ރަނގަޅެއް ނޫނެވެ.
HN4 ރިޑަންޑަންޓްކުރި މަޤާމުތަކުގެ މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ހުށަހެޅިފައިވާއިރު، ހުރިހާ ހެކިތަކަށް ޝާމިލްކޮށް ބަލާއިރު ސްކޯރިންގ ޕްރޮސެސްއެއްގެ ތެރެއިން ރިޑަންޑަންޓްކުރިކަން މަދަނީ މިންގަނޑުން ސާބިތުވާނަމަ، ތަފާތުކުރުމެއް ނުވަތަ ނުނިޔަތެއް އޮތްކަމުގެ ހެއްކެއް ނެތްނަމަ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެއެވެ. އެލަވަންސާއެކު ޗުއްޓީގައި ބެހެއްޓުމާއި، ރިޑަންޑަންސީ ޕޮލިސީ ހިއްސާކޮށް މަޢުލޫމާތު ދިނުމާއި، ފަހުން އާ ވަޒީފާގެ ފުރުޞަތު ދިނުމަކީ ވަޒީފާދޭ ފަރާތުގެ ހެޔޮ ނިޔަތަށް ދަލީލުކުރާ ކަންކަމެވެ.
HN5 މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވާކަމަށް ކަނޑައެޅުމުން، ބާކީ އިސްތިއުނާފީ ނުކުތާތަކާއި އިތުރު އިސްތިއުނާފުގެ ނުކުތާއަށް ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލު ގ ނަންބަރ 246/VTR/2020 މައްސަލަ އިސްތްއުނާފުކުރުމަށި ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގްފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އަންނަނިވ 29 )ނަވާވީސް( މީހުނެނަށް ވ.
1.1.އިބްރާޙީމް ފައިޞަލް/ […]، ހއ.ހޯރަފުށި ()
1.2. ޢިބްރާހީމް ޙަފީޡު/ […]، ހއ.ހޯރަފުށި ()
1.3.އިބްރާހީމް ރަފީޢު/ […]، ހއ.ހޯރަފުށި ()
1.4.މުޙައްމަދު އަޤުލީމް/ […]، ހދ.ހަނިމާދޫ ()
1.5.މުޙައްމަދު ޙައްސާން/ […]، ހއ.ހޯރަފުށި 261864)(A
1.6.މުޙައްމަދު ރާޝިދު/ ރެޑްސްޓރ، ހއ.ހޯރަފުށާ ()
1.7.މުޙައްމަދު ސާލިމް/ ރިވެލި، ހއ.ހޯރަފުށި ()
1.8.މުޙައްމަދު ޝާފިޢު/ ފްރެންޒީ، ހއ.ހޯރަފުށި ()
1.9.މުޙައްމަދު ޝިފާޢު/ […]، ހއ.ހޯރަފުށީ ()
1.10. މުޙައްމަދު ވަޙީދު/ ރޯޒްމެރީ، ހއ.ހޯރަފުށި ()
1.11. މުޙައްމަދު މޫސާ/ ބެންޒީނާ، ހދ.ކުޅުދުއްފުށި ()
1.12. މުޙައްމަދު ޒިހާނު/ […]، ހއ.ހޯރަފުށި ()
1.13. މުޙައްމަދު ޟިރާރު/ […]، ހއ.ކެލާ ()
1.14. މޫސާ މުޙައްމަދު/ […]، ހއ.ހޯރަފުށި ()
1.15. ޢަބްދުﷲ އަޒްމީން/ ހޯޓެންސިޔާ، ހއ.ހޯރަފުށި ()
1.16. ޢަބްދުﷲ ޝަރަފުއްދީން/ […]، ހއ.ހޯރަފުށި ()
1.17. ޢަދުނާން ޢަބްދަﷲ/[…]، ހއ.ހޯރފުށ ()
1.18. އަޙްމަދު ފަލާޙް/ […]، ހއ.ހޯރަފުށި ()
1.19. އަޙްމަދު/ […]، ހއ.ހޯރަފުށި ()
1.20. އަޙްމަދު މުޙައްމަދު/ […]، ހއ.ހޯރަފުށި () . ރަޖިސްޓްރީ ނަންބަރު 0146/2014-C މީގެ ފަހުން އިސްތިއުނާފު ރައްދުވާ 29 )ނަވާވީސް( މީހުން ކަމަށް ބުނެފައިވަނީ މި މީހުންނަށް ނިޞްބަތްކޮށެވެ.
1.21. އަޙްމަދު ނަބީލް/ […]، ހއ.ހޯރަފުށު ()
1.22. ޢަލީ އަބުރާރު/ […]، ހއ.ހޯރަފުށަ ()
1.23. ޢަލީ ފާއިޒު/ […]، ހއ.ހޯރަފުށި ()
1.24. ޢަލީ ސާޖިދު/ […]، ހއ.ހޯރަފުށި ()
1.25. ޢަލީ ޠާރިޤް/ އިލާ، ހއ.ހޯރަފުށި ()
1.26. ޙަސަން ޢާމިރު/ ރަހުމަތުލްވާދީ، ހއ.ހޯރަފުށި ()
1.27. ހުޝާމް ޙަސަން/ […]، ހއ.ހޯރަފުށި ()
1.28. ޙުސައިން ޙަސަން/ ޖ […]، ހއ.ހޯރަފުށި ()
1.29. އިބްރާޙީމް ޢާރިފް/ […]، ހއ. ހޯރަފުށި ()
2އިސްވެ ބަޔާންކުރެވުނުމައްސަލ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/430 ޤަޟިއްޔާގައި ބެލުމަށ މުކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ. ހައިކޯޓުގެ ނަންބަރ 2022/HC-A/430 ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތްތަކަށް އެކަން މި ކޯޓުން އެންގުމުން، މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ ދަށުނި،އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހެޅިއެވެ. އެގޮތުން، މި މައްސަލައިގައ ހިމެނޭ އިތުރު އިސްތިއުނާފުގެ މައްސަލައަށް ދެވިފައިވާ ޤަޟިއްޔާ ނަންބަރަކީ، 2023/HC-A/16 އެވެ.
3މި ރިޕޯޓަކީ، ބުނެވުނު 2 )ދޭއް( ޤަޟިއްޔާ އެކުގައި ހިންގާ، މި ކޯޓުން ބެލި މައްސަލައިގެ ރިޕޯޓެވެ.
ކަންހިނގާފައިވާގޮތް
4ދިވެހިރާއްޖެ ހިމެނޭހެން މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް -19 ގެ ހާލަތާ ގުޅިގެން، 1 އެޕްރީލް 2020 ތާރީޚުން ފެށިގެން ހއ. އަތޮޅުގެ"ޖޭއޭ މަނަފަރު ރިސޯޓް"ގެ ހިންގުން ވަގުތީގޮތުން ހުއްޓާލުމަށް 21 މިރިޕޯޓުގެ 1.1 އިން 1.29 އަށް ބަޔާންކޮށްފައިވާ ފަރާތްތައް މާރިޗު 2020 ތާރީޚުގައި ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޯޑު ރިޒޮލިއުޝަން ފާސްކޮށްފައިވެއެވެ.
5ކުންފުނީގެ ބޯޑުގެ މި ނިންމުމާ ގުޅިގެން، ޖޭއޭމަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް ވޮލަންޓަރީ ސްޕެޝަލް ލީވް ހަމަޖައްސައިދިނުމަށްޓަކައި، އެފަދަ ޕޮލިސީއެއް 29 މާރިޗު 2020 ތާރީޚުގައި އެކުލަވާލއަ، މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ. މި ޕޮލިސީގެ ދަށުން 1 އެޕްރީލް 2020 އިން ފެށިގެން 30 ޖޫން 2020 އަށް ވޮލަންޓަރީ ސްޕެޝަލް ލީވް ހަމަޖައްސައިދެވޭނެކަމާއި، މުވައްޒަފުންނަށް ދެވޭނެ މުސާރައިގެ އިންސައްތަ ބަޔާންކޮށް، 29 މާރިޗު 2020 ތާރީޚުގައި އީމެއިލް މެދުވެރިކޮށް މުވައްޒަފުންނަށް އަންގާފައިވެއެވެ.
6އެ މުއްދަތު ނިމުމާގާތްވިއިރު ވެސް، ރިސޯޓު ހިންގޭނެ ފަދްއާންމު ހާލަތކަށަ އައިސްފައިނުވާތީވޮލަންޓަރީ ސްޕެޝަލް ލީވް އިތުރު 3 )ތިނެއް( މަހަށް ދެމިގެންދާގޮތަށ 2020 ސެޕްޓެންބަރު މަހުގެ ނިޔަލަށް ދަންމލުމުގެ ފުރުޞަތު ދިނުމަށް ނިންމައި، މެމޯއަކުން މިކަން މުވައްޒަފުންނަށް އަންގާފައިވެއެވެ.އަދި މި މެމޯގައ، ރިސޯޓު ހުޅުވޭނެ ކަމަށް ލަފާކުރާ ތާރީޚަކީ 1 އޮކްޓޫބަރު 2020 މި ތާރީޚުކަމުގައި ބަޔާންކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ޖޭ .އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު ރިޒޮލިއުޝަން )21 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 41- ވޮލަންޓަރީ ސްޕެޝަލް ލީވް ޕޮލިސީ )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 15- އީމެއިލް )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 15- އީމެއިލް )29 މާރިޗު 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓ 16- މެމޯ )13 ޖޫން 2020( . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 16- މެމޯ )13 ޖޫން 2020(
7އޭގެ ފަހުން 1 އޮގަސްޓު 2020 ތާރީޚުގައި ކޮވިޑް- 19 ގެ ހާލަތާ ގުޅިގެން މަނަފަރު ރިސޯޓުގެ ރިޑަންޑަންސީ ޕޮލިސއެއ އެކުލަވާލައި، 17 އޮގަސްޓު 2020 ތާރީޚުގައި މި ޕޮލިސީ، އެ ރިސޯޓުގެ މުވައްޒަފުންނާ ހިއްސާކޮށްފައިވެއެވެ.
8ބުނެވުނު ރިޑަންޑަންސީޕޮލިސީގައި މަޤާމްތައް ރިޑަނަޑަންޓް ކުރުމުގައި އަންނިނވ 5 )ފަހެއް( ފިޔަވަޅު ފުރިހަމަކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. )ހ( ކަމާގުޅޭ ޕޮލިސީ ހިއްސާކޮށް، ވަކި މަޤާމްތަކެއް ރިޑަންޑަންޓް ކުރާކަން މެމޯއަކުން މުވައްޒަފުންނަށް އެންގުން )ށ( ރިޑަންޑަންޓް ކުރާނެ މުވައްޒަފުން ހޮވުމުގެ މަރުހަލާ )ހަމައެކަނި ވިޔަފާރި ބޭނުންތަކަށް ބަލައި މަޤާމްތައް ރިޑަންޑަންޓް ކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި ސްކޯރިންގ ޕްރޮސެސް އެއް ބޭނުންކުރެވޭނެކަން( )ނ( ކޮންސަލްޓޭޝަން މީޓިންގ ބޭއްވުން )ވަޒީފާއިން ވަކިކުރެވނޭ މުވައްޒަފާ ބައްދަލުކޮށް ކުރިއަށް އަޅަންވީ ފިޔަވަޅުތައް ބުނެދިނުން( )ރ( މުވައްޒަފަށް ރިޑަންޑަންސީގެ ނޯޓިސް ދިނުން )ބ( ރިޑަންޑަންޓް ކުރެވޭ މަޤާ މްތަކުގެ މުވައްޒަފުން ގައުމަށް ނުވަތަ ރ ށަށް ފޮނުވާލުމުގެ ކަންކަން މުވައްޒަފު ގުޅިގެން ފުރިހަމަކުރުން
9އެއަށްފަހު ބައެއްމަޤާމތައްއުނިކުރުމަށްޓަކައި، ރިޑަންޑަންސީ ޕޮލިސީގައި ބަޔާންކުރާ ސްކޯރިންގ ޕްރޮސެސްގެ ބޭނުމަށް މުވައްޒަފުންގެ ޕާރފޯމަންސް އިވެލުއޭޝަނެއް ހަދައް،ރިޑަންޑަންޓް ކުރެވޭ މަޤާމްތައް ފުރަމުންދިޔަ މުވައްޒަފުންނަށް 8 ސެޕްޓެންބަރު 2020 ތާރީޚުގައި ރިޑަންޑަންސީ ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްފައިވެއެވެ. . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 7 – ރިޑަންޑަންސީ ޕޮލިސީ . 17 އޮގަސްޓު 2020 ތާރީޚުގެ އީމެއިލް . ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެގްޒިބިޓް 7 – ރިޑަންޑަންސީ ޕޮލިސީ
10އޭގެ ފަހުން 1 ނޮވެންބަރު 2020 ގައި ޖޭއޭ މަނަފަރު ރިސޯޓު ފަތުރުވެރިންނަށް ހުޅުވާލާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 246/VTR/2020 މައްސަލަ
11މި މައްސަލައިގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅ 29 )ނަވާވީސް( މީހުންވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނއްޤަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި،މައްސަލައިގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކޮށޫ ފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި،ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި، މުސާރަ އާއި ޢިނާޔަތްތަކާއެކު ނަގައިދިނުމަށް އެދއ 29 )ނަވާވީސް( މީހުންގެ ފަރާތުން ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވާގޮތަށް 07 ޑިސެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށްނަންބރަ 246/VTR/2020 މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން
12ވަޒީފާއާބެހޭ ޓްރައިބިއުނަލުގު ނަންބަރ 246/VTR/2020 މައްސަލަ ނިންމާފައިވަނާއެ މުވައްޒަފުން ވަޒީފް އިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށ ކަނޑައަޅައި، އެ މުވައްޒަފުންގެ ވަޒީފާ ރުޖޫޢަކުރުމަށެކަނޑައަޅައެވ. އެގޮތުން އެ މައްސަލައިގެ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. ..."މައްސަލަ ހުށަހެޅި ފަރީތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީ (Redundancy)ގެ ޙާލަތުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި )Substantive Fairness( ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވުނުނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޢަދުނާން ޢަބްދް ﷲ އާއި، އިބްރާހީމް ޙަފީޡުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ޢަދުނާން ޢަބްދް ﷲ އާއި އިބްރާހީމް ހަފީޡު ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް ޢަދުނާން ޢަބްދް ﷲ އާއި އިބްރާހީމް ހަފީޡު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށްޖެހ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައި، އަދި ޢަދުނާން ޢަބްދުﷲ އާއި އިބްރާހީމް ހަފީޡު ފިޔަވައި މި މައްސަލަ ހުށަހެޅި އެހެނ ފަރާތްތައް ޤާނޫނ ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 29 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރުގެ ދަށުނައ ފަރާތްތްއް އަދާކުރަމުންދިޔަ މަޤާމށ އަނބުރާ ރުޖޫޢަކުރުމަށާއި،އެފަރާތްތައް ވަޒީފާއިނީވަކިކުރި ތާރީޚުން ފެށިގެން، ވަޒިފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް އެފަރާތްތައް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، އަދަމައްސަލަ ހުށަހެޅ ފަރާތްތަކުގެ ރުހުން ނެތި އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކުން އުނިކޮށްފައިވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، އެހެންނަމަވެސް،އިސްވެ ބަޔާންކޮށްފައިވ މުސާރައާއި ޢިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތްތަކަށް ލިބިދެވޭއިރު، މައްސަލަ ހުށަހެޅި ފަރާތްތަކަށް ނުޙައްޤު މަންފާ (unjust enrichment) އެއް ލިބުމުގެ ފުރުޞަތު ނަފީކުރުމުގެ މަޤްޞީ ދުގައި،އެފަރާތްތަކަށް ލިބިދީފައިވާ ނޯޓިސްގެ މުއްދަތަށްވާ ފައިސާއާއި އަހަރު ޗުއްޓީގެ ބާކީ ނުނަގައިހުރި މުއްދަތަށްވާ ފައިސާއާއި، ރިޑަންޑަންސީ ޕެކޭޖުގެ ގޮތުގައި ލިބިފައްވާ ފައިސާއާއި، އިތުރު ވަޒީފާތަކެއް އަދާކޮށް އާމްދަނީ ލިބިފައިވާ ފަރާތްތަކަށަލިބިފައިވާ އުޖޫރައަށްވާ ފައިސާ އުނިކުރުމުން ޖެހޭ ޢިދަދަކި މައްސަލަ ރައްދުވި ޖޭ.އޭ.އާރު.އެޗް މޯލްޑިވްސް ޕްރައިވެޓް ލާމިޓެޑުން މައްސަލަ ހުށަހެޅ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ޢަދަދުކަމަށް ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު ފައިސާގެ ޖުމުލައަށްވާ ޢަދަދު މިއަދ )19 ސެޕްޓެންބަރު 2022( އިން ފެށިގެން ރަސްމ ބަންދުނޫން 30 )ތިރީސް( ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތްތަކަށް ދެއްކުމަށްފަހު،އެކަން ހަމަޖހޭތާ ރަސްމީ ބަންދުނޫން 03 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވާ ޖޭ.އޭ.އާރް.އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ށ އަންގައި އަމުރުކޮށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާތައް
13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 246/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުނ އަންނަނިވިނުކުތތައާ ހުށަހަޅާފައި ވެއެވެ.
13.1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 246/VTR/2020 މައްސަލަނިންމުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައި ނުވާކަމަށް ކަނޑައޅ ފައިވަނީ: )ހ( ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 21 ވަނަ މާއްދާގައި ބުނާފަދަ "އެކަށީގެންވާ ސަބަބު" އެއް ކަމަށް ކޮވިޑް 19 ވީ ނަމަވެސް، އިސްތިއުނާފުކުރާ މައްސަލައިގައި އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި ކަމަށް ފެނުމާއި، )ށ( ވަޒީފާއާބެހޭ ޓްރައިބިއުނަލނު އިސްވެ ދެންނެވި މައްސަލަ ނިންމުމުގައުދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/24 އާއި 2011/HC-A/134 ޤަޟިއްޔާ ތަކުގައިވާ އުޞޫލުތައް އިސްވެ ދެންނެވި މައްސަލައިގެ މައްޗަށް އެޕްލައިކުރެއްވި ގޮތް ރަނގަޅު ނޫންކަމަށް ފެނުމާއި، )ނ( އްސްތިއުނާފކުރެވު މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި ބަލާފައިވަނީ،ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/24 އާއި 2011/HC-A/134 ގައި ކަނޑައެޅިފައިވާ މިންގަނޑަށް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އޭގެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 ޤަޟިއްޔާ )މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން( އަދި ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/44 )ސަންލޭންޑް ޓްރެވަލްޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު( ޤަޟިއްޔާގައި މައުޟޫޢީ ޢަދުލުވެރިކަމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ހަމަތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުމަކީ،ދިވެހިރާއްޖޭގެ ޤާނޫނއަސާސީގ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ކަމަށ ބުނެ ފާހަގަކުރިނުކުތއާއާ ؛
13.2 ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ )ހ( އާއި )ރ( ގައި، ބަދަލު ދިނުމުގައި ބެލުމުގައި "އެކަށީގެންވާ ސަބަބު" އެއް އޮތްތޯއާއި، ޢަދުލުވެރި ވުމަށް އޮތް އޮތުމާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 246/VTR/2020 މައްސަލަ ނިނާ މ ފައިވި ކަމަށް ބުނެ ފާހަގަކުރި ނުކުތއާއ؛
13.3 މުވައްޒަފަށްދޭނޯޓިސްގައި ބުނާ ކަންކަން ފިޔަވައި އެހެންކަމަށް ރިޢާޔަތްނުކުރެވޭނެކަމަށ ހައިކޯޓުގެ ނަންބަރ 2012/HC-A/280 ޤަޟިއްޔާއަށް ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތައް އެކަށީގެންވާ ގޮތަކަށް ދިރާސާކޮށްފައިނުވަނީ އިސްތިއުނާފުކުރާ ފަރާތުގެ 08 ސެޕްޓެންބަރު 2020 ގެ ނޯޓިސްއަށް ފުރިހަމައަށް ރިޢާޔަތްނުކޮށް ކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވުމަކީ، ޤާނޫނުއސާސީގ 42 ވަނަ މާއްދާގެ )ހ( ގައި ކަށަވަރުކޮށްދީފައިވާ "އިންޞާފުން ޝަރީޢަތް ކުރެވުމުގެ" ޙައްޤުން މަޙްރޫމްވުން ކަމަށް ބުނިފާހަގަކުރި ނުކުތއާއ؛
13.4 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 246/VTR/2020 މައްސަލައަކީ،މަދަނީ މައްސަލަ ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) ކަމަށް، )ހ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު( ޤަޟިއްޔާއާއި، )ށ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްވާ.ޖާބިރު ޢަބްދުއްރަޙްމާނާ ( ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް، އެ މައްސަލަ ނިންމާފައިވާކަމަށް ބުނެފާހަގަކުރި ނުކިތާއއ؛
13.5 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 246/VTR/2020 މައްސަލައިގައި ހިމެނޭ ޙަޤީޤަތްތަކަކީ ނުވަތަ ވާޤިއާތަކަކ (FACTS) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 221/VTR/2021 އަދި 222/VTR/2021 މައްސަލަތަކުން ނިންމައި، އެއަށް ފައިސަލާކުރަނިވި ނިންމުންތަކެއް ނިންމާފައިވާ ވާޤިއާތަކަކަށްވާތީ، "އިޝޫ ޕްރިކްލުޝަން" PRECLUSION) (ISSUS އަދި "ރެސްޖުޑިކާޓާ" JUDICATA)(RES އާއި "ސްޓެއަރ ޑެސައިސިސް" DECISIS) (STARE ގެ މަބްދައުތަކަށް ބަލައި، އިސްތިއުނާފުކުރެވޭ މައްސަލަ ނިންމާފައިވަނީ ޤނޫނުއަސާސީގ 68 ވަނަ މާއްދާގައިޙައްޤުތައް މާނަކުރުމުގައި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުގައެއޮންނަ ގޮތަށް ބެލުމަށް އޮންނަ އުޞޫލު ޚިލާފަށް ކަމަށް ބުނާފާހަގިކުރި ނުކުތއާއ؛
13.6 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 246/VTR/2020 މައްސަލައިގައި ހިމެނޭ ޙަޤީޤަތްތަކަކީ ނުވަތަ ވާޤިއާތަކަކ (FACTS) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 221/VTR/2021 އަދި 222/VTR/2021 މްއްސަލަތަކުންނިންމައި، އެއަށް ފައިސަލާކުރަނިވި ނިންމުންތަކެއް ނިންމާފައިވާ ވާޤިއާތަކަކަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 246/VTR/2020 މައްސަލައިގެ ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 88 ވަނަ މާއްދާއަށް ރިޢާޔަތެނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނިފާހަގަކުރި ނުކުތއާއ؛
13.7 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 246/VTR/2020 މައްސަލަ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް އަދާކުރަމުންދިޔަ މަޤާމުތަކަށް ރުޖޫއަކުރުމަށް އަންގާފައިވަނީ، ވަޒީފާއެން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާފާނެ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ ޢަމަލީ ގޮތުން ކުރެވެން ނެތް ކަމެއް ކަމަށް ބެލެވިދާނެ ކަމަށް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/49 ޤަޟިއްޔާ)މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްވް. ޖާބިރު ޢަބްދުއްރަޙްމާން( ގައި ކަނޑައަޅާފައިވާ ޙާލަތުތަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއވެ.
14މި ކޯޓުގެ ނަންބަރު 2022/HC-A/430 ގައި އިސްތިއުނާފު ރައްދުވާ 29 )ނަވާވީސް( މީހުންގެ ފަރާތުން،އިތުރު އިސްތިއުނާފުގެ ގޮތުގައި 1 )އެކެއް( ނުކުތާ ހުށަހަޅާފައވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
14.1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 246/VTR/2020 މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށ ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް ޤަޟިއްޔާ އާއިދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު މުއުމިން ވ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ޤަޟިއްޔްގައި ރިޑަންޑަންސީގައި އިޖުރާއީ ޢަދުލުވެރިކަންޤާއިމުކުރުމުގައި ބަލަންޖެހޭކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް، ޖޭ.އޭ.އާރު.އެޗް.މޯލްޑިވްސްއަށް ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވާކަން ސާބިތުކޮށްދެވިފައިނުވާ ޙާލަތުގައިކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ. 2018/SC-A/36,37,38 2011/HC-A/180 އިސްތިއުނާފު ނުކުތާތަކުގެ ތަފްސީލްގައި ދެފަރާތުން ދެއްކި ވާހަކަތައް
15ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސް ގެ ފަރާތުންއިސްތިއުނާފު ނުކުތާތައް ހުށަހެޅުމަށްފަހު، ފާހަގަކޮށްފައިވަނީ، މިކޯޓުގެ ނަންބަރ 2022/HC-A/220 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ވާޤިއާތަކާއި މި މައްސަލައިގެ ވާޤިއާތަކަކީ އެއް ވާޤިއާތަކެއްކަމާއި، އިސްތިއުނާފީ ނުކުތާތައްވެސް އެއްގޮތްކަމާއި، އަދ އެ ޤަޟިއްޔާގެ ފަނޑިޔާރުންގެ ބެންޗަކީ މި ޤަޟިއްޔާތަކުގެ ބެންޗުކަމުން، ހައިކޯޓުގ 2022/HC-A/220 ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްދިނުމަށް އެދޭކަމަށް ބުނެފައިވެއެވެ.
16މައްސަލައިގައި ހިމެނޭ 29 )ނަވާވީސް( މީހުންގެ ފަރާތުންވެސް ބުނެފައިވަނީ ޖޭ.އޭ.އާރު.އެޗްގެފަރާތުނ ފާހަގަކުރި ގޮތަށް ހައިކޯޓުގެ ނަންބަރ 2022/HC-A/220 ޤަޟިއްޔާގައި ދެއްކި ވާހަތަކަށް ރިޢާޔަތްކޮށްދިނުމަށެވެ.
17HN1ދެފަރާތުންވެސް އެދިފައިވާ ގޮތުގެ މަތިން، މިކޯޓުގެ ނަންބަރު 2022/HC-A/220 ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކަށް ހަވާލާދީ ކުރިއަށް ގެންދިޔުމަށް މ ކޯޓުގައި މި ޤަޟިއްޔާތަކާ ގުޅިގެން 29މޭ 2025 ގިއިބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައވާނެއެވެ. އިތުރު އިސްތިއުނާފާ ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންތައްތައް
18އިތުރު އިސްތިއުނާފީ ނުކުތާ ބިނާވަނީ، އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭ ނުކުތާކަމަށާއި، މިކޯޓުގެ 2022/HC-A/220 ޤަޟިއްޔާގައި މައުޟޫއީ ޢަދުލުވެރިކަމާ ގުޅިގެން ގޮތެއް ނިންމާފައިވާއިރު، މި ދެ މައްސަލައިގައި ހިމެނޭ މުވައްޒަފުންނަކީ އެއް ޙާލަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން ކަމަށާއި، މައުޟޫއީ ޢަދުލުވެރިކަން ޤާއިމްވާކަމަށް ކަނޑައަޅައި ހާލަތުގައި އިޖުރާއީ ޢަދުލުވެރިކަމާ ގުޅިގެން ނިންމުމެއް ނިންމަންނުޖެހޭނެކަމަށް ބައެއް ނިންމުންތަކުގައި ބަޔާންކޮށްފައި ހުންނަކަމާއި، އެގޮތަށް ނިންމަވާ ޙާލަތެއްގައި،އިޖުރާއީ ޢަދުލުވެރިކަމާއި ގުޅިގެނ ނިންމްނިންމުމެއްގެ މައްޗަށް ބަދަލެއް ނަގައިދިނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން،އެދެނީ އެގޮތުގެ މަތިން ގޮތެއް ކަނޑައަޅައިދިނުމަށް ކަމަށް އިތުރު އިސްތިއުނާފު ހުށަހަޅާ 29 )ނަވާވީސް( މީހުންގެ ފަރާތުން ބުނެފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް ރިޑަންޑަންސީއާ ގުޅޭ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރުން
19މިކޯޓުގެ ނަންބަރު 2022/HC-A/220 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، މި މައްސަލައިގައި ހިމެނޭ ވާޤިއާތަކާ އެއް ވާޤިއާތަކެއް ހިމެނޭ މައްސަލައެއްކަމާއި، އަދި މި ދެ މައްސަލައިގެ ޤާނޫނ ނުކުތާތަކަކީވެސް އެއް ނުކުތާތަކެއް ކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ.
20HN3މިކޯޓުގެ ނަންބަރު 2022/HC-A/220 ޤަޟިއްޔާގީއި ނިންމާފައިވަނީ، ރިޑަންޑަންސީއާ ގުޅޭ ޤާނޫނ ހަމަތަކަށް ރިޢާޔަތްކޮށް،މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލައިގައި ރިޑަންޑަންސީގެ ހާލަތު އޮތްކަމަށް ޖޭ.އޭ.އާރް.އެޗް. މޯލްޑިވްސްގެ ފަރާތުން ބުނާބުނުންޤަބޫލުކުރެވޭކަމަށެވެ.ހަމައެހެންމ ޖޭ.އޭ.އާރް.އެޗީ.މޯލްޑިވްސްގެ ފަރާތުން ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ 16 15 ނާޒިއު އާއި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް މައްސަލައިގައި ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/36,37,38 ޤަޟިއްޔާ ޢަދުލުވެރިކަން ޤާއިމްކުރުމާމެދު ކަނޑައަޅާފައިވާ މައިގަނޑު ކަންކަމާ ޚިލާފުވެފައިވާކަމަށް ކަނޑިނޭޅޭނަ ކަމަށާއީއަދިމައުޟޫޢީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މައްސަލައިގެ ހެކިތަކަށް ޝާމިލްކޮށް، ފުރިހަމައަށް ރިޢާޔަތނުކޮށްކަމަށެވެ.
21އިސްވެ ބަޔާންކުރެވުނު ޤާނޫނީ ހަމަތައް މި މައްސަލައަށްވެސް ހިނގާނެ ކަމަށް އަހުރެންނަށ ޤަބޫލުކުރެވޭތީ، އަހުރެންނަށް ބުރަވެވެނީ އިސްތިއުނާފުރައްދުވ 29 )ނަވާވީސް( މީހުން، ރިޑަންޑަންސީގެ ހާލަތަށް ބަލައި ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތް ކަން ހެކިތަކުން ސާބިތުވާތީ، މ މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށެވެ.
އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުން
22HN4މިކޯޓުގެ ނަންބަރު 2022/HC-A/220 ޤަޟިއްޔާގެ ހަޤީޤަތްތަކާ އެއްގޮތަށް މި މައްސަލައިގައވެސ ރިޑަންޑަންޓް ކުރެވުނު މަޤާމްތައް ފުރަމުންދިޔަ މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވެއެވެ. އެހެންކަމުން އެފަދަ ޕްރޮސެސް އެއް އެކުލަވާލަންޖެހްކަމަށާއްއެކަނ ކޮށްފައިނުވާކަމަށް ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖޭ.އޭ.އާރް.އެޗާ.މޯލްޑިވްސްގެ ފަރާތުން މި މާއްދިއާ ޚިލާފުވެފައިވާކަމަށް ކަނޑައްޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. މ މައްސަލައިގައި ރިޑަންޑަންޓް ކުރެވުނު މަޤާމްތައް ފުރަމުންދިޔަ މުވައްޒަފުންގެ ސްކޯރިންގ ޝީޓްތައް ހުށަހެޅިފައިވާއރު،މި މައްސަލައިގައި ހުށަހެޅުނު އެންމެހައި ހެކިތަކަށް ޝާމިލްގޮތެއްގައި ރިޢާޔަތްކުރާއިރު، އެ މަޤާމްތައް ރިޑަންޑަންޓް ކުރެވިފައިވަނީ ސްކޯރިންގ ޕްރޮސެސްއެއްގެ ތެރެއިންކަނ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/220 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 16 ވަނަ ނަންބަރުން 23 ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ކަންތައްތައް ހެކިތަކަށް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާން އެބައޮތެވެ.ހަމައެހެންމެ ސްކޯރިންގ ޕްރޮސެސް ތަޠުބީޤުކުރުމުގައްއެ މުވައްޒަފުންނާމެދު ތަފާތުކުރުމެއް ގެންގުޅެފައިވާކަނަނުވަތަ ކުންފުނީގެ ނުނިޔަތެއް އޮތްކަން އެނގޭނެ ހެއްކެއް މި މައްސަލައިގައި ހުށަހެޅިފައި ނެތެވެ. ބަހުސްގެ ބޭނުމަށްޓަކައި އެފަދަ ނުނިޔަތެއް އޮވެދާނެ އިހުތިމާލެއް އޮތް ކަމަށް ބެލިނަމަވެސް، އިސްވެ ބަޔާންކުރެވުނު ފަދައިން އެންމެހާ ހެކިތައް ދަލާލަތު ކުރަނީ މުވައްޒެފުންނާމެދު އޮތް ކުންފުނީގެ ހެޔޮ ނިޔަތެވެ. އެހެނީ ވަޒީފާއިން ވަކިނުކޮށް އެލަވަންސް ލިބިދީވޭގޮތަށް ޗުއްޓީގައި ގިނަ ދުވަސްތަކެއްވަންދެން މުވައްޒަފުން ގެންގުޅެފައިވުމާއި، ރިޑަންޑަންސްޕޮލިސީ ހިއްސާކޮށް، މުވައްޒަފުންނަށް މައުލޫމާތު ދެމުން ގޮސްފައިވުމާއި، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނު ފަހުންވެސް އާ ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމާއެކު އެ މުވައްޒަފުންނަށް ފުރުޞަތުދީ، އެނގުނު ކަމާމެދު ޚިލާފެއް ނެތެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ 29 )ނަވާވީސ( މީހުން ވަޒީފާއިން ވަކިކުރުމުގައިއިޖުރާއީ ޢަދުލުވެރިކަންވެސް ފުރިހަމަވާކަމަށް އަހުރެން ދެކެމެވެ.
23HN5މި ނުކުތާތަކުގައި މިފަދައިން ކަނޑައެޅިގެން ދިއުމާއެކު މި އިސްތިއުނާފުގައި ހުށަހެޅިފައިވާ ދާންހުރެ އިސްތިއުނާފީ ނުކުތާތަކަށައި،އިތުރު އިސްތިއުނާފުގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާއަށްމިހިނދުގައި ރިޢާޔަތްކުރުމުގެ ބޭނުމެއއޮތްކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
24އިސްވެ ބަޔާންކު ރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 246/VTR/2020 މައްސަލައިގެ ނިންމުން ބާޠިލްކޮށް، އިސްތިއުނާފުރައްދުވާ 29 )ނަވާވީސް( މީހުން ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަންފެނެއެވެ. ފަނޑިޔާރުޙުސައިން މަޒީދުގެ ރައުޔު؛
25ފަނޑިޔާރު ޙްސަން ޝަފީޢަ ގެ ރައުޔަށް އަހުރެނ ތާއީދުކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
26ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
27މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ،އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ( ox,, o;, 2022/HC-A/430, 2023/HC-A/16 .,. .sJ".:,.,,. .,. ..,.,., ...., 20 ~ .,. o:,:,:, o.,,. c:,Oxc o.,,,.o.,,. :,:,c:,o*.,,,. .,,,.:,.,,,.*:,:, :,:,c:,.,,,..,,.* t.o t..,,,.oe, <./" .7_,c ✓ ./".J" .7 .S .J" .SA ./" V ./" V ./".,P _,c V ./"fl OP A .S V .J".J" V ./" ./".,P_,c V .S •<,J .,P ~A ' ✓_,J ./".,., ,, ,, ,, 0 > 0 t.:>;:> ,o .,., .7./".,., 246/VTR/2020 .S_?/"A OP,A.,C f!! ,, ,, ,, ~, ~,,,, c,,,,,, ,, .,,,,, ,,,,,.,,,,,, 0 ~ / o, A.,C (!A A.7V.,C.,P_?.,.,.-;1 .-;,~A.::, A.S .::,_,cvv_p ./"A.,J (!.? ./" ✓ .7 + ,,,,,.,,. _, * .,,, .,,. .,,,~ * 0/.,,. ~ / ox O * _,,...::, V .,PA.,J _,,..v .7.A.S ,, ,, t. t. ox O :> :, 0 :, * 0 C.:, ,,,,,, ,_ 0:, * .,,, · .,P .7.,J _,,..v.::, V ✓. ./" .S.,J .J"AA .s .,,,.? c .::, .s _,.,-" fl t. _,.,.,J * .,,. .,,. -? .,,. ,,,,,,. :, 11:,:, ,,,,,, *" ,,, :.,...,, ,,. ,,,.-" .,.,._,. • .,,.,.~., .s .,, :, .,,. 0 .,,. :, :,* .,,. .,., (! .7 ./"A ~✓. .,C fl t. ./".,J ~ .,,. .,,,. o t:-' t. o ,# c c + o :, www-h i ghcourt -gov -mv info @h ighcourt-gov -m v
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އަދި (ރ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 88 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، 68 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ) (ފަރާތެއްގެ ބަހުސް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 286 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2022/HC-A/220
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- 2018/SC-A/36,37,38 (ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- 2010/HC-A/24
- 2011/HC-A/134
- 2012/HC-A/280
- 2011/HC-A/180 (މުޙައްމަދު މުއުމިން ވ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 221/VTR/2021 އަދި 222/VTR/2021 (ފަރާތެއްގެ ބަހުސް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.