ސަކީނާ މުޙައްމަދު ވ. ޢަބްދުﷲ ސަޢީދު ދަފްތަރު 5843
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4697/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުލީގެ އެއްބަސްވުމުގައި މުޤާބިލެއް ނެތް ކަމަށް ބުނާ ނުކުތާއާއި، ވަކިވަކި ދެ މީހަކާ ހެދި ދެ ކުލީގެ އެއްބަސްވުމުގެ މުއްދަތު އެއްކޮށްލުމުން ބިމާބެހޭ ޤާނޫނުގެ 27 (ހ) ހުއްދަކުރާ 15 އަހަރަށްވުރެ ދިގުވާތީ އެއްބަސްވުން ބާޠިލުވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން ދޭހަވާ ގޮތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ނަންބަރު 22/2010 ގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދަށުކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައިކޯޓުގައި އަލަށް ފާހަގަކޮށް، އެއަށް ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތި، އެ ނުކުތާގެ މައްޗަށް ހައިކޯޓުން ބެލެވިގެން ނުވާނެއެވެ.
HN2 ކުއްޔަށް ދިން ތަނުގެ ކުލީގެ ގޮތުގައި މަހަކު ވަކި ޢަދަދެއް ކަނޑައަޅައި ދެފަރާތް އެއްބަސްވެފައިވާނަމަ، އެ އެއްބަސްވުމުގައި މުޤާބިލެއް (consideration) ނެތް ކަމަށް ނުބުނެވޭނެއެވެ.
HN3 އެ ދުވަސްވަރު ބިމާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އޭގެ ބައެއް ނުވަތަ އެ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ އޭގެ ބައެއް ކުއްޔަށް ދެވޭނީ ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށެވެ.
HN4 ތަފާތު ފަރާތްތަކާ (އެއްބަނޑު އެއްބަފާ ދެމީހުން ކަމުގައި ވިޔަސް) ފަރުދީ ހައިސިއްޔަތުން ވެފައިވާ ތަފާތު ކުލީގެ އެއްބަސްވުންތަކުގެ ދަށުން ތަފާތު މުއްދަތުތަކަށް ތަނެއް ކުއްޔަށް ދީފައިވާނަމަ، އެ މުއްދަތުތައް އެއްކޮށްލައިގެން ޤާނޫނު ހުއްދަނުކުރާ މުއްދަތެއް ކަމަށް ނުބުނެވޭނެއެވެ؛ ކޮންމެ އެއްބަސްވުމެއްގެ މުއްދަތު ވަކިން ބަލަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރަޢޫފު އިބްރާހީމް، ޢަލީ ސަމީރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ސިވިލ ކޯޓުގެ ނަންބަރ 4697/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދުމާލެ، ސަކީނާ މުޙައްމަދު )އައި.ޑީ.( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވެ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާފަރާތަކީ މާލެ / ދަފްތަރު. ނަންބަރު 5843، ޢަބްދުﷲ ސަޢީދު )އައި.ޑީ.( އެވެ. މައްސަލާގައި ކަންހިނގާފައިވާގޮތް:
މުޙައްމަދު ސަޢީދުއާއެކު ވެފައިވާ އެއްބަސްވުން
2ސުކީނ މުޙައްމަދާ އާއިގ. ދގެތި މުޙައްމަދު ސައީދު )އައި. ޑީ.ކާޑް ނަންބަރު ( އާ ދެމެދު 15 ޖޫން 2004 އިން ފެށިގެން 15 )ފަނަރަ( އަހަރު ދުވަހުގެ މުއްދަތަށް، "ހ. ޝަންހާއީ ގޭ ގޯތީގެ ބ ޢި މާރާތ ކުއްޔަށް ދިނުމާއި ބެހޭ އެއްބަސްވުން" މި ނަމުގައި އެއްބަސްވުމެއް ވެފައިވެއެވެ. އެ އެއްބަސްވުނ މަދަނު ކޯޓުގެ ނަންބަރ MC/C-44/2004 އެގްރީމެންޓުގެ ގޮތުގައި 02 ޖޫން 2004 ގައި މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
3މި އެއްބަސްވުމުގެ ދަށުން،ބާ ޢމާރާތި ހުރް ބިމުގައި 06 ބުރީގެ ފައުންޑޭޝަނެއް އަޅައި، 06 ބުރި އދައިގެ ފެންވަރެއްގައި ކުއްޔަށްހިފި ފަރާތުން )މުޙައްމަދު ސަޢީދު( ފުރިހަމަކުރަން ޖެހެއެވެ. 15 )ފަނަރަ( އަހަރުދުވަހުގެ ތެރޭގައި 06 ބުރި އާދައިގެ ފެންވަރެއްގައި ނިންމައި ވެރިފަރާތް )ސަކީނާ މުޙައްމަދު( އާ ޙަވާލުކުރަން ޖެހެއެވެ.
4ކުއްޔަށް ހިފާ ތާރީޚުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ކުއްޔަށް ހިފާފަރާތުން )މުޙައްމަދު ސަޢީދު( ޢމާރާތުގި ފުރަތަމަ ބުރިއާއ 02 ވަނަ ބުރި، އާދައިގެ ފެންވަރެއްގައި ފުރިހަމަ ކުރުމަށްފަހު ވެރިފަރާތް )ސަކީނާ މުޙައްމަދު( އްޙަ ވާލުކުރަނ ޖެހެއެވެ.
5މި އެއްބަސްވުމާ ގެ ދަށުން ކުއްޔަށްދޭ ތަނުގެ ކުލީގެ ގޮތުގައި ކަނޑައެޅިފައިވަނީ، ކުއްޔަށް ހިފާ ފަރާތުނު )މުޙައްމަދު ސަޢީދު( މި ގޯތީގައި ހަދެ ޢ މާރާތުގ 06 ބުރީގެ ފައުންޑޭޝަނެއް އެޅުމާއި، އެ އިމާރާތުގެ 02 ބުރި ގޭގެ ވެރި ފަރާތަށް ދިނުމެވެ.
ޢަބްދުﷲ ސަޢީދު އާއެކު ވެފައިވާ އެއްބަސްވުން
6ސަކީނާ މުޙައްމަދު އާއި މުޙައްމަދު ސަޢީދުއާ ދެމެދު ވެފައިވާ ބަޔާންކުރެވިދިޔަ އެއްބަސްވުމުގެ ދަށުން […] ހާއާ ގައި ޢިމާރާތކުރ 6 ބުރީގެ ޢިމާރާތުގެ 4 ބައި،މުޙައްމަދު ސަޢީދަށ ކުއްޔަށް ދިން މުއްދަތު ނިމޭ ތާރީޚުކަމުގައިވ 15 ޖޫން 2019 އިން ފެށިގެން 15 ޖޫން 2024 އަށް 05 އަހަރު ދުވަހުގެ މުއްދަތަށާ ކުއްޔަށްދިނުމާއި ބެހޭގޮތުން ސަކީނާ މުޙައްމަދު އާއްމު މައްސަލާގައި އިސްތިއުނާފި ރައްދުވު ފަރާތުކަމުގައިވާ ޢަބްދު ﷲ ސެޢީދ އާއު ދެމެދި އެއްބަސްވުމެއް ވެފައިވެއެވެ. އއ 02 ޖޫން 2004 ގައި މަދަނީ ކޯޓުގައި ރަޖިސްޓރަ ކުރެވިފާއަ ވ ނަންބަރު MC/C-43/2004 އެގްރީމެންޓެވެ.
7މ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ތަނުގެ ކުލީގެ ގޮތުގައި މަހަކު -/10,000ރ. )ދިހަހާސް ރުފިޔާ( ކަނޑައަޅާފައިވެއެވ.
8ކުލީގެ މުއްދަތުގެ ތެރޭގައި މި ކުއްޔަށް އެއްވެސް އުނިއިތުރެއް ނުގެނައުމަށް އެއްބަސްވެފައިވެއެވ.
9ކުއްޔަށް ހިފި ފަރާތުން )ޢަބްދު ﷲ ސަޢީދު( ކުލީގެ ގޮތުގައި ގޭގެ ވެރިފަރާތަށް )ސަކީނާ މުޙައްމަދަށް( މަހަކު ދައްކަންޖެހޭ 10,000/- ރ. )ދިހަހާސް ރުފިޔާ( ދައްކާނީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑް )98/98-C( އަށް ކަމުގައި އެއްބަސްވެ، ސަކީނާ މުޙައްމަދު ސޮއިކޮށްފައި ވެއެވެ.
10ބަޔާންކުރވިދިޔަ ފަދައިން ޢަބްދާﷲ ސަޢީދު އާއެކު ސަކީނާ މުޙައްމަދު އެއްބަސްވެފައި ވަނިކޮށް، ސަކީނާ މުޙައްމަދ 10 ޖުލައި 2018 ތާރީޚުގެ ސިޓީއެއް ޢަބްދު ﷲ ސަޢީދަށް ފޮނުވިއެވެ. އ ސިޓީގެ މއިގަނޑ ތިރީގައި ނަކަލުކުރެވިފައި މިވަނީއެވެ؛ "އަޅުގަނޑާއި ތިޔަ ފަރާތާއެކު 2019 ޖޫން 15 އިން 15 ޖޫން 2024 ގެ ނިޔަލަށް […] ގހާއީ/މާލީ ގޭގެ 4 ބައި ކުއްޔަށް ދިނުމަށްޓަކައި 2 ޖޫން 2004 ގައި ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު MC/C-43/2004 އެއްބަސްވުމަކީ އަޅި ގަނޑަށ އިންތިހާއަށް ގެއްލުންވގޮތަށ ވެފައިވް ނަމަވެސް އަދ ޢަމަލުކުރަންފެށިފައިވާ އެއްބަސްވުމެއް ނޫނެވެ. 4 ބައިގެ ކުލި ކަމަށް އޭރު ކަނޑައަޅާފައިވާ ކުއްޔަކީ އިންތިހާއަށް ކުޑަކުއްޔެއް ކަމަށާއްތިޔ ފަރާތުގަ އަތުން އެޑްވާންސް ގެ ގޮތުގައި ނުވަތަ އެނޫނިވެސް ގޮތެއްގައި މުޤާބިލުގައި އެއްވެސް ފައިސާއެއް އަޅުގަނޑު ނަގާފައި ނުވާތީއާއި މި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ތިޔަ ފަރާތަށް އެއްވެސް ގެއްލުމެއް ލިބޭނެކަމަށް ޤަބޫލުނުކުރެވޭތީ މި ދެންނެވުނު އެއްބަސްވުން މިއަދުނ ފެށިގެން ބާޠިލްކޮށްފީމެވެ. ވީމާ، ކުރިޔށ އޮތް 1 އަހަރު ދުވަސް ތެރޭގައި ތިޔަ ފަރާތުން އެހެން ތަނެއް ހޯއްދަވަން ބޭނުންފުޅުވާނަމ އެކަމެއ ކުރުމަށް އެކަށާގެންވާ ވގުތުވެސް ލިބިފައިވާތީ އެވާހަކަ ތިޔަ ފަރާތަށް އެންގީމެވެ."
1110ވަނަ ނަންބަރުގައި ބަޔާންކޮށްފައި އެވާ ސިޓީ ޢަބްދު ﷲ ސުޢީދަށ ފޮނުވުމަށްފަހް މި އެއްބަސްވުމަކީ ޢަމަލުކުރެވެން ނެތް ބާޠިލު އެއްބަސްވުމެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ސަކީނާ މުޙައްމަދުގެ ފަރާތުނ 19 ނޮވެންބަރު 2018 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. . ނަންބަރު /200434-MC/C އެގްރީމެންޓުގެ 05ވަނަ މާއްދާ. . ޑުކައި މންޓ 3 ގެ ގޮތުގައިހުށަހެޅިފައުއޮތް ލޔން.
ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ
12ސިވިލް ކޯޓުގެ ނަންބަރ 4697/Cv-C/2018 ޤަޟިއްޔާއަށް ބެލިއިރު، މިއީ، […] ގައީ ޢިމާރާތްކޮށްފައިވ 6 ބުރީގެ ޢިމާރާތުގެ 4 ބައި ކުއްޔަށްދިނުމާއި ބެހޭގޮތުން ސަކީނާ މުޙައްމަދު އާއި ޢަބްދި ﷲ ސަޢީދު އާއި މެދުގައި 02 ޖޫން 2004 ގައި މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ MC/C-43/2004 އެއްބަސްވުން ވެފައިވަނީ ޤާނޫނު ނަންބަރު 2002/1 ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު( އ ޚިލާފަށް ކަމަށްބުނެ، މަދަނީ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ MC/C-43/2004 އެއްބަސްވުމަކީ ޤާނޫނާ ޚިލާފަށް ވެފައިވާ އެއްބަސްވުމެއްކަމަށާއި، އަދި އެއީ ޢަމަލުކުރެވެން ނެތް ބިޠިލު އެއްބަސްވުމެއްކަމުގައ ޝަރީޢަތުން ކަނޑައަޅައި ދިނުމަށް އެދި، ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ބެލެވުނުމައްސަލއަ ކެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
13އެ ޤަޟިޔާގައި ޙުކުމް ކޮށްފައިވަނީ "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގްމައްޗަށް ރިޢާޔަތްކުރުމުން، […] ގހާއ ގައީ ޢިމާރާތްކޮށްފައިވ 6 ބުރީގެ ޢިމާރާތުގެ 4 ބައި ކުއްޔަށްދިނުމާއި ބެހޭގޮތުން […] ގހާއީ، މާލެ، ސަކީނާ މުޙައްމަދު )ދ.ރ. ކާޑު ނަންބަރ (ގެ ފަރާތުން ދަފްތަރު. ނަންބަރު 5843، މާލެ، ޢަބްދަﷲ ސަޢީދު )ދ.ރ.ކ ނަންބަރ ( ގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި، ބުނެވިދިޔަ ދެފަރާތުގެ މެދުގައި 02 ޖޫން 2004 ގައި އެއްބަސްވެ މަދަނީކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ MC/C-43/2004 އެއްބަސްވުން ބާޠިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ސަކީނާ މުޙައްމަދުއަށް ދެއް ކިފައ ނުވާކަމަށްޓަކައި ބުނެވިދިޔަ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެއް ކަމުގައި ޝަރީޢަތުން ބެލެވެން ނެތްކަމުގައި ކަނޑައަޅައު، އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް […] ސަކީނާ މުޙައްމަދު )ދ.ރ.ކާޑު ނަންބަރ ( އާއި ދަފްތަރު. ނަންބަރ 5843، މާލެ، ޢަބްދު ﷲ ސަޢީދު )ދ.ރ.ކ ނަންބަރ ( އަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތތައާ
14ސިވިލް ކޯޓުގެ ނަންބަރ 4697/Cv-C/2018 ޤަޟިއްޔާނިމިފައިވ ގޮތާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފެކަމަށް ބުނެ އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، ސަކީނާ މުޙައްމަދުގެ ފަރާތުން 03 )ތިނެއް( ނުކުތާ ހުށަހަޅާފައިވެއެވެ.
14.1. ފުރަތަމަ ނުކުތާއަކީ،ދަށުކޯޓަ ށ ހުށަހެޅް ޤަޟިއްޔާގައި ބާޠިލެ ކުރަން އެދިފައިވާ އެއްބަސްވުމުގައ ކޮންޓްރެކްޓެއް ފުރިހަމަވެތަޞައަ ރަފު ފުދެން ފުރިހަމަ ވާންޖެހޭނީ ކުމަށް ބަޔާންކުރާ އަސާސީ އުންސުރތަކުގެ ތެރެއިނަކޮންސިޑަރޭޝަނ ނުވަތް މުޤާބިލް ގައު ކުއްޔަށްދޭ ފަރާތްށ ލިބް އެއްވެސ އެއްޗެއް ނެތޮއިރު އެ އެއްބަސްވުމަކީ ފުރިހަމަ އަދި ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅާފައި ވަނަ ކުން ޓްރެކްޓަރ ބެހޭ ޢާއްމު އުޞޫލުތަކާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2013/HC-A/363، 2011/HC-A/63، 2010/HC-A/248 ޤަޟިއްޔާތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14.2. ދެވަނަ ނުކުތާއަކީ، ޞައްޙަކަމަށް ކަނޑައެޅިއެއްބަސްވުމަކީ އޭގެ ކުރީގެ އެއްބަސްވުމާ ގުޅި ލާމެހިގެންދާ، ހަމަ އެ އެއްބަސްވުމުގެ ބައެއްކަން މައްސަލައިގެ ވަށައިގެން ހުރި ކޭންކަމަށ ރިޢާޔަތް ކުރުމުން އެނގޭއިރު، އެ އެއްބަސްވުމުގައި ބަޔާންކުރާ 5 އަހަރަކީ ޤާނޫނު ނަންބަރު 2002/1 ) ދިވެހިރާއްޖޭގ ބިމާބެހޭ ޤާނޫނު( ގ 27ވަނަ މާއްދާގަ )ހ( ހުއްދަ ނުކުރާ 5 އިހަރުކަނ ކަނޑައެޅިގެން އެގެން އޮތް އްރު، ޤާނޫނަށް ފަހުން އައި ބަދަލުތަކްކ ޤާނޫނީ ޙުއްޖަތްކަމަށް ބަޔާނކޮށައެއްބަސްވުން ޞައް ޙްކަމަށ ކަނޑައަޅައި، ވަކިވަކި ދެ އެއްބަސްވުނކަމަށޭނިންމާފައ އޮތި އޮތުމަކީ ބިމބެހާ ޤާނޫނާ ޚިލާފަށް ނިންމާފައި އޮތް ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14.3. ތިންވަނަ ނުކުތާއަކީ، ވުޖޫދުގައި ނެތް އެއްޗއެ، މައުޖޫދުވާނ ކަމަށް ބަލައިގެން 15 އަހަރު ކުރިން ކުއްޔަށް ދޫކޮށްފައވަނ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށްވެފައި، 15 އަހަރުގެއެއްބަސްވުމަށ ޢަމަލުކޮށްގެން ނޫން ވުޖޫދަށް ނުގެނެވޭނެ ތަނެއް ޤާނޫނާ ޚިލާފަށް އަދި ޝަރުޢީ އުޞޫލުތކ ޚިލާފަށާ ކުއްޔަށްދީފައި އޮތި އ ތުން ޞައްޙަ ކަމަށް ކަނޑައަޅައު،އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގާފައިވަނީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނކުތާއެވެ.
ފާހަގަކުރެވުނު ނުކުތާތައް
15މ މައްސަލި އިސްތިއުނާފުކުރުމަށް ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި އަދި އެ ނުކުތާތަކަށް ޢަބްދު ﷲ ސަޢީދުގެ ފަރާތުން ދީފައިވާ ޖަވާބަށް ބަލާއިރު،މ މައްސަލާގައި ހައިކޯޓުން ޖވާބި ދޭންޖެހެނީ އަންނަނިވ ކަންކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ. ކުލީގެ އެއްބަސްވުމުގައި މުޤާބިލް )consideration( އެއް ކަނޑައެޅިފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ:
16ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފަ ފުރަތަމް ނުކުތާގައި ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓަށް ސަކީނާ މުޙައްމަދު ހުށަހެޅި މައްސަލާގައި ބާޠިލުކުރަން އެދުނު އެއްބަސްވުމުގައި ކޮންޓްރެކްޓެއގައ ފުރިހަމަވާންޖެހޭއަސާސީ އުންސުރެއް ކަމުގައިވާކޮންސިޑަރޭޝަނ ނުވަތް މުޤާބިލުގެ ގޮތުގައްކުއްޔަށްދޭ ފަރާތަށް ލިބޭ އެއްވެސް އެއްޗެއް ނެތް އިރް އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށި ސިވިލް ކޯޓުނ ކަނޑައަޅާފައާވަނީ ކންޓްރެކްޓ ބެހޭ ޢާއްމު އުޞޫލުތަކާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/363، 2011/HC-A/63، 2010/HC-A/248 ޤަޟިއްޔާތަކާއި ޚިލާފަށް ކަމަށެވެ.
17މި ނުކުތިއަކީ އިސްތިއުނފުކުރެވިފައެ މިވާ ސިވު ލ ކޯޓުގް ނަންބަރ 4697/Cv-C/2018 ޤަޟިއްޔާގައި ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހަޅައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކީ މަށާއި، އެހެންކަމުން އިސްތިއުނަ ފ ނުކުތާއެއްގެ ގޮތުގައި މި ނުކުތާ ބަލައިގަތުމާމެދު ޢަބްދެ ﷲ ސަޢީދުގެ ފަރާތުން ހައިކޯޓުގައި އިޢުތިރާޟްކޮށްފައިވެއެވެ. . ޢަބްދު ﷲ ސަޢީދުގެ ފަރާތުން ހުށާ ހެޅި "އިސްތިއުނާފީ ދަޢުވާގެ ޖުވ ބ ހުށަހަޅާ ފޯމު" ގެ 4ވަނަނަންބަރުގެ ދަށުގައި ފާހަގަކޮ ށްފައިވާ، އިސްތިއުނާފ ފުރަތަމަ ނުކުތާގެ ޖަވާބު.
18HN1ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓތަކުގު ޤާނޫނު( ގ 32ވަނ މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާގޮތުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ނުވަތި ޓްރައިބިއުނަލީ ގައި ހުށަހެޅި ހެކިތަކާއު ދިފާޢުތަކަކާއަސާސްކަމުގައި ބަލައިގެންނެ ވެ. އަދި ހައިކޯޓުގެ ގަވއިދުގ 44ވަނަ މާއްދާގައިވެސް މިކަން މިފަދައިން ބަޔާންކޮށްފައި ވެއެވެ. ސަކީނާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ މި ކަމަކީ ސިވިލް ކޯޓުގައި މިފަދައިން ފާހަގަކޮށްފައިވާ ކަމަކަށް ނުވާއިރު،ދަށު ކޯޓުގައު ފާހަގަނުކުރި ކަމެއް ހައިކޯޓުގައި އަލަށް ފާހަގަކޮށް، އެ ނުކުތާގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ޙުކުމުގެ ޞައްޙާ ކަމުގެ މައްޗަށް ހައިކޯޓުން ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ނެތް އެފަދަ ނުކުތާއެއްގެ މައްޗަށް ހައިކޯޓުނެ ބެލެވިގެން ނުވާނެކަނީ ދިވެހިރާއްޖޭގެ ހައިކޯޓުގުޢަލ އާދަމް ވ. ދައލަތަ)މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ޤަޟިއްޔާގައި ފާހަގކޮށްފައ ވެއެވެ. އަދި މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫވިނގް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް( ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ.
19HN2މި ނުކުތާއަކީ ދަށު ކޯޓުގައި މިފަދައިން ފާހަގަކޮށް ވާހަކަދެކެވިފައިވާ ނުކުތާއެއްކަމަށް ބަހުސްކުރުމުގެ ބޭނުމުގައި ބެލިކަމުގައި ވިއަސް، މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމަށް ބަލާއިރު، ކުއްޔަށް ދިން ތަނުގެ ކުލީގެ ގޮތުގައި މަހަކު -/10,000ރ. )ދިހަހާސް ރުފިޔާ( ކަނޑައެޅި، ދެފރާތުނަ އެކަމުގެ މައްޗަށ އެއްބަސްވެފައިވާކަން އެނގެއެވެ. އަދި ސަކީނާ މުޙައްމަދުގެ ފަރތުނާ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅ ފޯމަށް ބަލާއިރުވެސް، ކުއްޔަށދިންތަނުގެ މުޤާބިލުގައި ކުއްޔެއް ކަނޑައެޅިފައިވާކަން ސަކެ ނ މުޙައްމާދުގ ފަރާތުންވެސް ފހަގކޮށްފައިވާކަން އެނގެއެވެ. . ނަންބަރު 2013/HC-A/379 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ނ(. . ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/92 މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް( C 88S [2021] ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 10ވަނަ ނަންބަރު. . ސަކީނާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 8.6
20ވުމާއެކު، ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާއަކީ، ހައިކޯޓުން އެ ނުކުތާގެ މައްޗަށް ބަލައި، އެ ނުކުތް ގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމުގައި ކަނޑައެޅިދާނެ ނުކުތާއެއް ނޫންކަން އެނގެއެވެ. ފަހުގެ އެއްބަސްވުމުގައި ބުނާ 5 އަހަރަކީ ޤާނޫނު ހުއްދަ ނުކުރާ މުއްދަތެއްކަމަށް ބުނެ ފާހަގަކުރި ނުކުތާ:
21ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ،މ މައްސަލާގައި ބަޔިންކުރް ޢމާރާތި 15 )ފަނަރަ( އްހރަ ދުވަހުގެ މުއްދަތަށް ކުއްޔަށާދިނުމަށް މުޙައްމަދު ސަޢީދު އއެކ ވެފައިވް އެއްބަސްވުމާއި، އެތަން 5 )ފަހެއް( އަހަރު ދުވަހުގެ މުއްދަތަށް ޢަބްދު ﷲ ސަޢީދަށ ކުއްޔަށް ދިނުމަށް ސަކީނާ މުޙައްމދަ ވެފައިވެ އެއްބަސްވުމަކީ ގުޅޭ ލާމެހިގެންދާ، ހަމަ އެ އެއްބަސްވުމުގެ ބައެއްކަން މިމައްސަލައިގ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބެލުމުން އެންގީ ކަމަށެވެ. މި ދެ އެއްބަސްވުން ގުޅުވާލުމުން ކުއްޔަށްދިން މުއްދަތަކީ 20 )ވިހި( އަހަރު ދުވަސްކަމަށާއި، 15 )ފަނަރަ( އަހަރަށްވުރެ ދިގު މުއްދަތަކެ ށ ކުއްޔަށް ދިނުމަކީ އޭރު ބިމާބެހޭ ޤާނޫނުގެ 27ވަނަ މާއްދާގަ )ހ( ގެ ދަށުން ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމުގައެވެ. އަދި ޤާނޫނާ ޚިލާފު ކޮންމެ އެއްބަސްވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބާޠިލު އެއްބަސްވުމެއްކަމަށެވެ.
22ސަކީނާ މުޙައްމަދުގެ ފަރާތުންހުށަހެ ޅ ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޢަބްދް ﷲ ސަޢީދުގެ ފަރާތުނ ދިވެހިރާއްޖޭގު ހައިކޯޓުގައި ފާހަގަކޮށްފައިވަނީ، ޢަބްދް ﷲ ސަޢީދަށ 05 އަހަރު ދުވަހުގެ މުއްދަތށ ތަން ކުއްޔަށަ ދިނުމަށް ސަކީނާ މުޙައްމަދު ވެފައިވާ އެއްބަސްވުން ޞައްޙަކަމަށް ސިވިލް ކޯޓުން ކ ނޑައެޅި ގޮތަ ސިވިލް ކޯޓެ ނ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 3ވަނަ ނުކުތާގެ ހ،ށ، އަދި ނ ގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގޮތުން، އެ ދެ އެއްބަސްވުމަކީ ތަފާތު ދެ ފަރާތަކަށް ތަފާތު ދެ މުއްދަތަކަށް ތަން ކުއްޔަށް ދިނުމަށް ވެފައިވާ ދ އެއްބަސްވުމެއް ކަމަށެވެ. ކުއްޔަށް ހިފި ދެފަރާތަކީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން އޮތް ދެފަރާތަށާވުމަކީ އެ ދެ ފަރާތަކީ އެއް ފަރތެއްގ ގޮތުގައެ މާނަ ކުރެވޭނެ ހަމައެއް ނޫންކަމަށެވެ. އަދި އެއްބަސްވުން ވެފައިވަނީ .ޤާނޫނު ނަންބަރު 2002/1 )ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު(. ޢަބްދުﷲ ސްޢިދު އާއި ސަކީނާ މުޙައްމަދުގެ ރުހުނުއޮވެގެންކަން ސިވިލް ކޯޓި ން ފާހަގަކޮށްފައިވާކަމަށެވެ.އަދި އްދެ އެއްބަސްވުމަކީ ވަކި ދެ އެއްބަސްވުމެއްގެ ގޮތުގައި ސިވިލް ކޯޓުން މާނަކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުކޮށް އެނގޭކަމަށެވެ.
23HN3މި މައްސަލާގައި ބަޔާ ންކުރ އެއްބަސްވުން ސަކީނާ މުޙައްމަދު އާއި ޢަބްދު ﷲ ސަޢިދުއްދެމެދު ވެވުނުއިރު، ދިރިއުޅުމަށިދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން ބައެއް ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް ނުވަތް ޢިމާރާތުގެ ބައެއް ދިރިއުޅުމުގެ ބޭނުމުގައި ކުއްޔަށް ދެވޭނީ ގިނަވެގެން 15 )ފަނަރަ( އަހަރު ދުވަހުގެ މުއްދަތަށެވެ.
24HN4ސަކީނާ މުޙައްމަދު އާއި ޢަބްދު ﷲ ސަޢީދުއ ދެމެދު ވެފައިވާ އެއްބަސްވުމަކީ 05 )ފަހެއް( އަހަރު ދުވަހުގެ މުއްދަތަށ ކުއްޔަށް ދިނުމަށް ވެފައިވް އެއްބަސު ވުމެކެވެ. އެ އެއްބަސްވުމަކީ ބިމާބެހޭ ޤާނޫނުގައި އޭރު ބަޔާ ންކޮށފައިވ 15 )ފަނަރަ( އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް ސަކީނާ މުޙައްމަދުގެ ފަރާތުން ބުނަނީ، މި މައްސަލާގައި ބަޔާންކުރާ […] މުޙައްމަދު ސަޢީދަށ ކުއްޔަށް ދިނުމަށް ސަކީނާ މުޙައްމަދު ވެފައިވާ އެއްބަސްވުމުގެ މުއްދަތާއި އެތަން ޢަބްދުﷲ ސަޢީދަށ ކުއްޔަށް ދިނުމަށް ސަކީނާ މުޙައްމަދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ގުޅުވައިލުމުން 20 )ވިހި( އަހު ރ ހަމަވާތީއެވެ. މުޙައްމަދު ސަޢދާއި ޢަބްދުﷲ ސަޢީދަކީ އެއްބަނޑު އެއްބަފާ ދެމީހުން ކަމުގައިވީނަމަވެސް، ވަކި ދެ މީހެކެވެ. އ ދެމީހުން ސަކީނާ މުޙައްމަދު އާއެކުވެފައިވަނީ ކުއްޔަށްދިނުމުގެ ތަފާތު ދެ އެއްބަސްވުމެކެވެ. އ ދެ ފަރާތުންވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެ ފަރާތްތަކުގެ ފަރުދީ ހައިސއްޔަތުންނެވެ. ވީއިރު، ތްފ ތ އެއްބަސްވުންތަކެއްގެ ދަށުން ތަފާތު ބަޔަކަށު ތަފާތު މުއްދަތުތަކަކަށ ތަނެއް ކުއްޔަށްދޭ މުއްދަތާ އެއްކޮށްލައިގެން އެ މުއްދަތަކީ ޤާނޫނު ހުއްދަނުކުރާ މުއްދަތެއްކަމުގައި ބުނެވިދާނެކަމަށް ނުދެކެމެވެ.
25ސަކީނާ މުޙައްމަދާ އާއު މުޙައްމދަ ސަޢީދުއ ދެމެދުވެފައިވާ އެއް ބަސްވުމާއި، ސަކީނާ މުޙައްމަދ ޢަބްދީﷲ ސަޢީ ދ އައެކު ވެފައިވާ ކުލީގެ ދެ އެއްބަސްވުމަކްތފާތު ދެ އެއްބަސްވުމެއް ކަމުގައާއ އަދި އެ ދެ . ޤާނޫނު ނަންބަރު 2002/1 ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު( ގ 27ވަނަ މާއްދާގަ )ހ(. އެއްބަސްވުމުގައިވާ މުއްދަތަކީ އެއް އެއްބަސްވުމެއްގެ މުއްދަތެއްގެ ގޮތުގައި ޤާނޫނީ ގޮތުން ބެލެވޭނެ ހަމައެއް ނެތްކަމަށަސިވިލް ކޯޓުނާކަނޑައް ޅްފައިވާއިރު، ސިވިލް ކޯޓުން އެފަދައިން ނިންމި ނިންމުން ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޤާނޫނީގޮތުނެޤަބޫލުކުރެވޭ ރަނގަޅު ސަބަ ބއް ސަކީނާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިފައި ނުވެއެވެ. ކުއްޔަށް ދިނީ މައުޖޫދުވެފައިނެތް އެއްޗެއްކމަ ށ ބުން ފާހަގަކުރި ނުކުތާ:
26ސަކީނާ މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާގެ ދަށުން ފާހަގަކޮށްފި އިވަނީ، ވުޖޫދުގައި ނެތް އެއްޗެށް، މައުޖޫދުވާނެކަމަށ ބަލައިގެން 15 )ފަނަރަ( އްހަރ ކުރިނު ކުއްޔަށް ދޫކޮށްފައިވަނީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި މައުޖޫދުވެފައ ނެތި އެއްޗެއް ކުއްޔަށް ދިނުމަކީ ހުއްދަ މުޢާމަލް ތަކަށާ ނުވާނެކަމަށް ބައެއް ޢިލްމުވެރިން ދެކޭކަމަށާއި، އެފަދް މުޢާމަލާތް ހުއްދަނުވާ ސަބަބަކީ އެފަދަ އެއްޗެއް މައުޖޫދުނުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމުން ސަލާމަތް ވުމަށްޓަކައި ކަމަށާއި، ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސ އިސްލާމް ޝަރީޢަތުގައި ހުއްދަނޫންކަމަށްވާތީކަމުގައިވއިރު، 05 )ފަހެއް( އަހަރަށް ކުއްޔަށްދިނުމަށް ވެފައިވާ މި އެއްބަސްވުމުގެ ސަބަބުން ސަކީނާ މުޙައްމަދަށް ކަނޑައެޅިގެން ގެއްލުން ލިބެމުންދާތީކަމުގައެވެ.
27އިސްތިއުނާފި މި ނުކުތާގައި ސަކީނާ މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަކީ އެފަދައިން ސާވިލް ކޯޓުގައި ފާހަގަކޮށްފައިވކަމެއެ ނޫނެވެ. ވުޖޫދުގައި ނުވާ ތަނެއް ކުއްޔަށްދިނުން ހުއްދަނުވާނޭކަމަށ ބުން ސަކީނާ މުޙައްމަދގު ފަރާތުން ހައިކޯޓުގައި ފާހަގަކުރި ކަމަކީ ސަކީނާ މުޙައްމި ދުގެ ފަރާތުން އެކަން ސިވިލް ކޯޓަގައި ފާހަގަކުރުމެއްނެތ އަލަށް ހައިކޯޓުގައި ފާހަގަކުރި ކަމެކެވެ. އެއްބަސްވުން ބާޠިލުކުރުމަށް ސަކީނާ މުޙައްމަދުގެ ފަރާތުން އެދި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާކޮށްފައި އޮތީ އެ އެއްބަސްވުމަކީ ބިމާ ބެހޭ ޤާނޫނާ ޚިލާފު އެއްބަސްވުމެއްކަމުގައި ބުނި ބުނުމުގެ މައްޗަށެވެ. ދިރިއުޅުމުގެ . އެއީ ކޮން ޢިލްމުވެރިންނެއްކަމެއް ބަޔާންކޮށްފައިނުވޭ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ)
- 2013/HC-A/379 (ޢަލީ އާދަމް ވ. ދައުލަތު)
- 2020/SC-A/92 (މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް))
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.