ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-S-A/06

އަޙްމަދު ރިޔާޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 13 ޑިސެމްބަރު 2021ދަށު ކޯޓު: ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު 436/RIC/2017ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު 436/RIC/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދަށުކޯޓުން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައިވާ ފަސް ބާވަތުގެ ހެކި ހަމަނުވިނަމަވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން 25 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ތުހުމަތުކުރެވޭ ފަރާތުގެ ޢާއިލާގެ ކުޑަކުއްޖަކާއެކު 2013 ގައި ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާ ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ ދަށުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ ދަށުން ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުކުރުމުގައި، މެޑިކޯ ލީގަލް ރިޕޯޓު ހެދި ފަރާތް ޙާޒިރުނުކުރުމާއި، 48 ވަނަ މާއްދާގެ އިޖުރާއަތާ އެއްގޮތަށް ނުނެގޭ ކުއްޖާގެ ތަޙްޤީޤު ބަޔާނާއި، 47 ވަނަ މާއްދާގެ ހެކީގެ މިންގަނޑާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑަށް ދަށުކޯޓުން ހެކި ވަޒަންކުރި ގޮތް ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ މެޑިކޯ ލީގަލް ރިޕޯޓު ހެދި ފަރާތް ޙާޒިރުނުކުރާ ކަމަށާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާ ޚިލާފަށް ހެކި ވަޒަންކޮށް ޤާނޫނުއަސާސީއާ ޚިލާފު މިންގަނޑަކުން ކުށް ސާބިތުކުރި ކަމަށެވެ. ދައުލަތުން ބުނީ ރިޕޯޓާމެދު ސުވާލު ނުއުފައްދާނަމަ ހެދި ފަރާތް ޙާޒިރުކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތަށް ފެނުނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއަކީ ޝަރީޢަތުގައި ހެކިބަސް ނެގުމުގެ އިޖުރާއަތަކަށްވާތީ ތަޙްޤީޤު ބަޔާން ބާޠިލު ނުވާ ކަމަށާއި، ކުއްޖާ ތަފްޞީލުކޮށް ފުރަތަމަ ކިޔައިދިން ކިޔައިދިނުމަށް ތަޙްޤީޤު ބަޔާނާއި ސޯޝަލް ވޯކަރގެ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުން ބާރުލިބޭތީ ކުށް ސާބިތުވާ ކަމަށެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދަށް ފެނުނީ ހެކިބަސްތަކުގައި ފުށުއެރުން ހުރުމާއި ރިޕޯޓު ހެދި ފަރާތް ޙާޒިރުނުކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ޚިލާފަށް ބަޔާން ނެގުމުގެ ސަބަބުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑަށް ކުށް ސާބިތުނުވާ ކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއަކީ، ޝަރީޢަތާ ގުޅޭ އުޞޫލުތައް ބަޔާންކުރާ ބައިގައި ހިމެނޭ، ޝަރީޢަތުގެ މަރުޙަލާގައި ކުޑަކުއްޖާގެ ހެކިބަސް ހޯދުމާ ގުޅޭ އިޖުރާއަތެކެވެ. ތަޙްޤީޤު ބަޔާން ނަގާ އިދާރާއަކުން އެ އިޖުރާއަތަށް ޢަމަލުނުކުރުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި އެ ބަޔާން ޝަރީޢަތަށް ބަލައިނުގަނެވޭނެ ޤާނޫނީ ސަބަބެއް ނޫނެވެ. ނަމަވެސް، 48 ވަނަ މާއްދާގެ ދަށުން ހޯދާފައިވާ ހެކިބަހެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ބަޔާން ނަގާފައި ވާންޖެހޭނީ އެ މާއްދާގެ އިޖުރާއަތާ އެއްގޮތަށެވެ.

HN2 ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި ބަޔާން ނަގާ އިދާރާތަކުން ތަބާވުން ރަނގަޅީ، އަނިޔާ ލިބުނު ކުއްޖާ ޙިމާޔަތްކުރުމުގެ ގޮތުން 48 ވަނަ މާއްދާގެ އިޖުރާއަތާ އެއްގޮތަށް، ނުވަތަ އެއަށްވުރެ ރަނގަޅު އިޖުރާއަތެއް އޮތްނަމަ އެގޮތަށް ބަޔާން ނެގުމެވެ.

HN3 ހެކި ވަޒަންކުރުމުގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން އަސާސަކަށް ބަލާނަމަ، ބަލަންޖެހޭނީ ކުއްޖާ ތަފްޞީލުކޮށް ކަންވީގޮތް ކިޔައިދިން ކިޔައިދިނުމެވެ. ކުއްޖާ ކިޔައިނުދޭ އެއްޗެއް އަސާސަކަށް ބަލައިގެން ނުވާނެއެވެ.

HN4 ކުޑަކުއްޖަކާމެދު ޖިންސީ ގޯނާއެއް ހިންގިކަން ދެނެގަތުމުގައި ބިކުރު ކެނޑިފައި ހުރުމާއި ނުހުރުމަކީ ގޮތް ކަނޑައަޅާ އަސާސަކަށް ވުން ރަނގަޅެއް ނޫނެވެ. ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި އަތްލުން ވެސް ކުށުގެ ޢަމަލުގެ ރުކުން ފުރިހަމަވުމަށް ފުދޭތީ، ގެއްލުމެއް ލިބުން ލާޒިމެއް ނޫނެވެ.

HN5 ގާތްތިމާގެ މީހަކު އެ ގުޅުން ހުރި މީހަކާ ދެކޮޅަށް ދޭ ހެކިބަސް ވަރުގަދަވާއިރު، އޭނާއާ އެއްކޮޅަށް ދޭ ހެކިބަސް ބަލިކަށިވެއެވެ. މި އުޞޫލު ހިނގާނީ ދެފަރާތުގެ ދެމެދު ޢަދާވާތްތެރިކަމެއް ނެތްނަމަ، ގާތްތިމާގެކަމުގެ ގުޅުމުގެ މައްޗަށް ބަލައިގެންނެވެ.

HN6 ކުޑަކުއްޖާ ފުރަތަމަ ކިޔައިދިން ކިޔައިދިނުން އަސާސަކަށް ބަލައި، ތަޙްޤީޤަށާއި ސޯޝަލް ވޯކަރަށް ކިޔައިދިން ކިޔައިދިނުމާއި ޑޮކްޓަރީ ރިޕޯޓުން އެ ކިޔައިދިނުމަށް ބާރުލިބޭނަމަ، ތަފާތު ހެކިބަހެއް އެއްފަރާތްކުރިޔަސް ކުށް ސާބިތުވެއެވެ.

HN7 ޖިނާއީ މައްސަލައެއްގައި ކުށް ސާބިތުވާނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމުންނެވެ. ސުޕްރީމް ކޯޓުގެ 2019/SC-A/77 ގައިވާ ގޮތުން، ހަމައެކަނި ކުއްޖާގެ ބަހަށް ބިނާކޮށް ކުށް ސާބިތުކުރެވޭނީ އެ ބަހަކީ 47 ވަނަ މާއްދާގެ ވަސީލަތްތަކުން ބާރުލިބޭ، އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ބަހަކަށް ވާނަމައެވެ.

ޕެރ. 5.3، 5.5، 5.21، ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު؛ އަޣުލަބިއްޔަތުން މި މިންގަނޑާމެދު ޚިލާފެއް ނުދައްކާމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒު · ތާއީދުކުރެއްވީ: ޢަލީ ސަމީރު
ޚިލާފު ރައުޔު
ޢަބްދުﷲ ޙަމީދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު ،

 ދަޢުވާގެ ޚުލާޞާ : 1- މިއީ، ޏ.ފުވައްމުލައް / މިސްކިތްމަގު. ކިނބިދޫގެ އަޙްމަދު ރިޔާޟް 2013 ސެޕްޓެންބަރު 30ވަނަ ދުވަހު 02:00 އެހައިކަށްހާއިރު، މީނާގެ )ޢާއިލީ ގުޅުން ( )އަތޮޅު .ރަށް ގޭގެ ނަން ( ކުއްޖާ )11 އަހަރު( އާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ށ( ގެ ދަށުންއަޙްމަދު ރިޔާޟްގެ މައްޗަށް ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލާ ފައިވާ އެ ކޯޓުގެ ނަންބަރު 436/RIC/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ރިޔާޟް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލެވެ .  ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 436/RIC/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ : ]ދެންފަހެ، ޏ.ފުވައްމުލައް / މިސްކިތްމަގު. ކިނބިދޫގެ އަޙްމަދު ރިޔާޟް )އައިޑީ( 30 ސެޕްޓެމް ބަރް 2013 ދުވަހު 02:00 އެހައިކަށްހައިއިރު، މީނާގެ )ޢާއިލީ ގުޅުން ( )ކުއްޖާގެ ނަމާއި އެޑްރެސް ( )11އަހަރު ( އާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ށ( ގެ ދަށުން އަޙްމަދު ރިޔާޟް ގެ މައްޗަށް ޢާއިލާ މެމްބަރަ ކާއި އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، މި މައްސަލައިގައި ދަޢުވާލިބޭ އަޙްމަދު ރިޔާޟް ޝަރީޢަތުގެ މަރުހަލާގައި ދައުލަތުގެ މި ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް، ދައުލަތުން ދަޢުވާ ސާބިތުކުރުމަށް ޓަކައި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ 5 )ފަހެއް ( ބާވަތުގެ ހެކި ހަމަވެފައިނުވި ނަމަވެސް ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާމީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގެ 3ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިންސީ ޢަމަލެއް )ކުއްޖާ ( އާމެދު އަޙްމަދު ރިޔާޟް ހިންގާފައިވާކަން ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވރަށަ ޝަރީޢަތަށް ސާބިތުވާތީ، ދައުލަތުން އަޙްމަދު ރިޔާޟްގެ މައްޗަށް ކުރައްވާފައިވާ ކުޑަކުއްޖަކާއިއެކު ޖިންސީ ޢަމަލެއް ހިންގުމުގެ މި ކުށް އަޙްމަދު ރިޔާޟްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ށ( ގެ ދަށުން އަޙްމަދު ރިޔާޟް 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ .  އިސްތިއުނާފީ ނުކުތާ ތައު: 3- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 436/RIC/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ރިޔާޟްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 02 )ދޭ އ ( ނުކުތާ ފާހަގަކޮށް އެ ނުކުތަތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެގޮތުން ފާހަގަކުރި :  ފުރަތަމަ ނުކުތާއަކީ : ދައުލަތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ )ކުއްޖާ( ގެ މެޑިކޯލީގަލް ރިޕޯޓު ހެދި ފަރާތް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދީފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ޙުކުމްކުރުމުގައި ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ހެކި ވަޒަންކޮށްފައިވުމާއި، ދައުލަތުން ކުޅަ ދަޢުވާ ސާބިތުކުރުމުގެ މިންގަނޑު ކަނޑައެޅުމުގައި ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 4- މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 436/R1C/2017 ޤަޟިއްޔާއިން އިސްތިއުނާފުކުރާ އަޙްމަދު ރިޔާޟްގެ މައްޗަށް ކޮށްފައިވާ ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކށުގު ދަޢުވާ ސާބިތުކޮށްފައިވަނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުން ނޫންކަމަށް ކަނޑައަޅުއްވައި ދެއްވައި ބުނެވިދިޔަ ޤަޟިއްޔާގައި އަޙްމަދު ރިޔާޟްގެ މައްޗަށް، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު( ގެ 15ވަނަ މާއް ދާގެ )ށ( ގެ ދަށުން 25އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދީ މައްސަލަ ނިންމައިދިނުމަށެވެ .  ފާހަގަކުރެވުނު ނުކުތާތައް : 5- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 436/RIC/2017 ޤަޟިއްޔާ އެ ކޯޓުން ނިންމާ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު ރިޔާޟް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާއި، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

5.1- އަޙްމަދު ރިޔާޟުގެ މައްޗަށް ދައުލަތުން ހުށަހަޅާ ފައިވާ ދަޢުވާއަކީ، ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ . އެ ދަޢުވާގެ ސީޣާގައި ބަޔާންކޮށްފައިވަނީ؛ މިއީ، ޏ.ފުވައްމުލައް/ މިސްކިތްމަގު، ކިނބިދޫގެ، އަޙްމަދު ރިޔާޟް، 30 ސެޕްޓެމްބަރ 2013 ދުވަހު 02:00 އެހައިކަށް ހާއިރު، އަޙްމަދު ރިޔާޟް، )ޢާއިލީ ގުޅުން ) (ކުއްޖާގެ ނަމާއި އެޑްރެސް( )11 އަހަރު ( އާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ށ( ގެ ދަށުން، އަޙްމަދު ރިޔާޟްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އެވެ . ޤާނޫނު ނަންބަރު: 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު (ގެ 15ވަނަ މާއްދާގެ )ހ( ގައި ބަޔާން ކޮށްފައިވަނީ؛ )]ހ( މީހަކު، އޭނާގެ ޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިނަމަ، އެކުރަނީ ކުށެކެވެ.[ މިފަދައިންނެވެ . އަދި އެ މާއްދާގެ )ށ( ގައި ބަޔާން ކޮށްފައިވަނީ؛ ]މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ .[ މިފަދައިންނެވެ. އެހެންކަމުން، މި ދަޢުވާގައި ސާބިތުވާންޖެހޭ ކަމަކީ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމެވެ .

5.2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ވަނީ، ]އެމީހަކު ކުށެށް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ[. މިފަދައިންނެވެ .

5.3- ޖިނާއީ މައްސަލަތަކުގައި ޙުކުމް ބިނާކުރުމުގެ އަސާސަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ، މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުވުން ކަމުގައިވާއިރު، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވުން ނަފީކުރާ ކޮންމެ ޝައްކެއްވެސް ފިޤުހީ އަދި ޤާނޫނީ ޤާޢިދާ އެއް ކަމުގައިވާ )اﻟﺸﻚ ﻳُﻔﺴﺮ ﻟﺼﺎﻟﺢ اﻟﻤﺘﻬﻢ( މި ޤާޢިދާގެ ދަށަށް ވަންނާނެއެވެ . މި ޤާޢިދާގެ މަޤްޞަދަކީ، ޖިނާއީ ކުށް ސާބިތުކުރުމަށް ހުށަހަޅާ ދަލީލުތަކާއި ޤަރީނާތަކުގެ ތެރެއިން، އެ ކަމެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމަށް ހުރަސްއަޅާ ކޮންމެ ޝައްކެއް ވެސް ތުހުމަތު ކުރެވިފައިވާ ފަރާތު ގެ މަޞްލަޙަތުގައި ތަފުސީރުކުރު މެވެ . އެހެނީ އަސްލަކީ )اﻷﺻﻞ ﺑﺮاءة اﻟﺬﻣﺔ( ކޮންމެ މީހަކީވެސް ބަރީއަ މީހަކަށްވުމެވެ. މި ޤާޢިދާގެ ދަށުންކޮންމެ މީހަކަށމް އެ މީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށެއް ސާބިތުނުވާހާ ހިނދަކު ކުށެއް ނެތް ބަރީއަ މީހެއްކަމުގައި ބެލުމުގެ ޙައްޤު އެ މީހަކަށް ލިބިފައިވެއެވެ . ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް )evaluate( ކޮށް ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަ ކާއި، ދަލީލުތަ ކާއި،އެ ހެކިތަކާއި ދަލީލުތަކުން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު )convince( ވެގެންމެ ނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއް ކަމުގައިވާ ]ޤަރީ ނަތުލް ބަރާއާ [ )Innocence of Presumption( ގެ ޢާ ން މ ޤާނޫނީ މަބްދައުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތުކަމާއި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުން އިސްތިޚުލާޞް ކުރެވޭ ނަތީޖާއަކީ، ޔަޤީނާ ގާތްކުރެވޭ މިންވަރު ކަމުގައި ނުވާނަމަ، އެ ދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު ޝައްކު އުފެދިފައިވާނަމަ، އުފެދިފައިވާ ޝައްކަކީ ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިއަސް، އަދި ކިއެއްތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިއަސް،އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސ، ޤާނޫނު އަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމާއި، މި ކަންކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ އާއި، ނަންބަރު 3 2 2011/SC-A/23 ޤާޟިއްޔާ އާއި، ނަންބަރު 2011/SC-A/34 ޤަޟިއްޔާ ފަދަ ޤަޟިއްޔާތަކުގައި ބަޔާންވެފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކެއްކަން އެނގެން އޮވެއެވެ .

5.4- ޤާނޫނު ނަންބަރު 2009/12 ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލަކުގައި ކޯޓުތަކުން ބަލައިގަންނާނެ ހެކީގެ ނިސްބަތް ބަޔާންކޮށްފައިވާ އެ ޤާނޫނުގެ 47ވަނަ މާއްދާގައި، ]އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މ ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މިޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މ ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ [. މި ފަދައިން ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކަކީ :- )ހ( ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް؛ )ށ( ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ؛ )ނ( ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން؛ )ރ( ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި؛

1ޢަބްދު ﷲ ޙުސައިން ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

2ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޙަސަން ޢަބްދު ﷲ، ސަޢީދު ޙަސަން، ޝަހްނީޒު މުޙައްމަދު، ޝަހުރުޔާޛު ރަހާ، މުޙައްމަދު ފިރުދައުސް، ފަހްޙﷲ ޖަމީލު.

3އާމިނަތު ޞައްފަތު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

4ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު )ބ( ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި؛ )ޅ( ކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށ، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން؛ )ކ( އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަ ގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން؛ )އ( މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭ ސަބަބެއްނެތި ނުވަތަ ޙާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް؛ )ވ( ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން؛ )މ( އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން؛ )ފ( މާއްދީ ހެކި؛ )ދ( މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ؛ ކަން އެނގެން އޮންނަކަމާއި؛

5HN75- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް ސާބިތުކުރުމުގައި ހެކި ހުންނަންޖެހޭ މިންވަރާއި އެ ހެކި ވަޒަންކުރާނެ މިންގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :2019/SC-A/77 ޤަޟިއްޔާ ގައި ބަޔާން ކޮށްދީފައިވެއެވެ . އެޤަޟިއްޔާގެ 32، 33 އަދި 47 ވަނަ ނުކުތާ ގައި ބަޔާން ކޮށްފައިވަނީ؛ ] 32. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތައް ބިނާވެފައި ހުންނަނީ ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށް ކަމަށްވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުށް ސާބިތުކުރުމުގެ މިންގަނޑު ލުއި ކުރުމަށް އެކުލަވާލާފައިވާ ހެކީގެ އުސޫލަކީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން މައްސަލަ ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމެވެ . ހަމައެކަނި ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދީންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރެވޭ ހެކިތަކަކަށް ވާނަމައެވެ . އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި 12 ބާވަތެއްގެ ހެކި ވަކިވަކި ން ލިސްޓުކޮށްފައި އެވަނީ އެކުއްޖާގެ ހެކިބަހަކީ އެއީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުން ކުރެވިދާނެ ވަސީލަތެއްގެ ގޮތުންނެވެ . ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓްކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ .

33ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާއިން ގާއިމުކޮށްފައިވާ ހެކިބަހުގެ އުސޫލުކަމުގައިވާ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އެހީގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބޮރޭޓްވާނަމަ، ކޯޓުތަކުން މައްސަލަ ސާބިތުވާކަމަށް ހުކުމްކުރުމަށް މި ޤާނޫނު ހުއްދަކޮށްފައިވެއެވެ.

5. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙްމަދު މުޚްތާރު

47އަނިޔާ ލިބުނު ކުޑަކުއްޖާގެ ހެކިބަހުގެ މައްޗަށް ބިނާވެފައިވާ، ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހަކަށްވާނަމަ، އެ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވޭނެކަމަށް ތަހުޒީބުވެފައިވާ ގައުމުތަކުގެ ކޯޓުތަކުން ކަޑައަޅާފައިވެއެވެ [. ކުޑަކުއްޖާ ދީފައިވާ ހެކިބަހުގެ ތެރޭގައި، މި ޙާ ލަތުގައި، އަނިޔާ ލިބުނު ކުއްޖާ އަނިޔާލިބުނު ހާދިސާ ކިޔައިދިނުމުގައި ބުނާބުނުމެއް ނުވަތަ ދައްކާ ވާހަކައެއްވެސް ހިމެނޭ ކަމަށް ބެލެވިދާނެކަން އެނގެއެވެ .

5.6- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި، ލިބިފައިވާ ހެކި ޤަރީނާތަކަކީ، ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، ކުއްޖާ އެ ކުއްޖާއަށް ޖިންސީ އަނިޔާ ލިބުނުކަމަށް ކިޔައިދީފައިވާ ކުއްޖާގެ މަންމަ )ނަމާއި 7 6 އެޑްރެސް ( އާއި އެ ކުއްޖާގެ ދައްތަ )ނަމާއި އެޑްރެސް( ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، ކުއްޖާގެ އިޖުތިމާ ޢ ޙާލަތާއި ގުޅޭ ރިޕޯޓާއި ރިޕޯޓު ތައްޔާރުކުރި ޏ.ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސްގެ ސަންފާ މޫސާ އާއި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި އެރިޕޯޓު ތައްޔާރުކުރި ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ ޑރ. ލީނާ ނައިރ އެވެ .

5.7- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބިނާވާ މައިގަނޑު އަސާސަކީ )ކުއްޖާ ( ކިޔައިދޭ ކިޔައި ދިނުމެވެ . މި މައްސަލައި ގައި އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާގެ ތަޙްޤީޤުބަޔާން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވެއެވެ .

5.8- އިސްތިއުނާފުކުރެވިފައިވާ މި ދަޢުވާގައި ސާބިތުކުރުމުގެ ހެކި ނުވަތަ މައިގަނޑު އަސާސް ބިނާވެގެން ދަނީ )ކުއްޖާ ( ކިޔައިދޭ ކިޔައި ދިނުމުގެ މައްޗަށެވެ . އެހެންކަމުން، )ކުއްޖާ ( ގެ ހެކިބަހަކީ، ނުވަތަ )ކ އްޖާ ( ކިޔައިދީފައިވާ ކިޔައިދިނުމަކީ، އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރަންޖެހެއެވެ .

6HN1HN2ދ.ރ.

7HN3ދ.ރ.

8ކުއްޖާއާ ގުޅޭގޮތުން ޏ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އިން 08 ޑިސެމްބަރު 2013 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ ]ކުއްޖާ އާއި ގުޅޭ ރިޕޯޓް [

9HN6ޏ.އަތޮޅު ހޮސްޕިޓަލުގެ ނަންބަރު (R11)AP-2013/46 މެޑިކޯ ލީގަލް ރިޕޯޓް

10HN4ކުއްޖާ 01 އޮކްޓޫބަރު 2013 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤު ބަޔާން. ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތްތޯ ބެލުން :

5.9- ޝަކުވާ ކުރި ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބަލާނެ ގޮތެއް ސުޕްރީމްކޯޓުގެ ޤަޟިއްޔާގައި ސާފުކޮށް ބަޔާން ކޮށްފައެއް ނެތެވެ . ނަމަވެސް އެ ޤަޟިއްޔާއިން އެނގެން އޮތީ، ]އެ ކުއްޖާ ކުރިން ކިޔައިދިން ކިޔައިދި ނުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކުން ބާރުލިބޭނަމަ، އެހެކިބަސް ބަލައިގަންނަންވާނެއެވެ .[

5.10- އެހެންކަމުން، ޝަކުވާކުރި ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި، އެ ކުއްޖާ ފުރަތަމަ ކިޔައިދޭ ކިޔައިދިނުމާއި ދެން އެއަށްފަހު އެ ކުއްޖާ އެކި އެކި ފަރާތްތަކަށް އެ ހާދިސާ ކިޔައިދޭ ކިޔައިދިނުމުގައި މައިގަނޑު ގޮތެއްގައި އެއްގޮތްވެފައި، ސީރިއަސް ފުށުއެރުންތަކެއް ނެތްނަމަ، އެއީ ކުއްޖާގެ ބަސް ބޭރުފުށުން އެއްގޮތްކަން ދެނެގަނެވޭނެ ގޮތެއްކަން އެ ނގެއެވެ .

5.11- ކުއްޖާ އެންމެ ފުރަތަމަ އެ ހާދިސާ ކިޔައިދީފައިވަނީ، ކުއްޖާގެ މަންމަ އަށެވެ . ކުއްޖާގެ މަންމަ މި މައްސަލައާ ގުޅިގެން ތަޙްޤީޤަށް ބަޔާނެއް ދީފައިވެއެވެ. އޭގެ އިތުރުން )ކުއްޖާ ( ހާދިސާ ދެން ކިޔައިދީފައިވަނީ ކުއްޖާގެ ދައްތަ އަށެވެ. ކުއްޖާގެ ދައްތަ ތަޙްޤީޤަށް ބަޔާނެއް ދީފައިވެއެވެ . އެ ބަޔާން ދައުލަތުގެ ފަރާތުން މައްސަލައާއެކު ހުށަހަޅާފައިވެއެވެ . ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުން :

5.11.1- ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޤަޟިއްޔާގައި، ބަޔާ ން ކޮށްފައިވަނީ، ]ޝަކުވާ ކުރި ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްޞީލުތައް ހުރުމެވެ .[ މިގޮތުން، )ކުޑަކުއްޖާ ( ކިޔައިދިން

11HN5ކުއްޖާގެ މަންމަ 14 އޮކްޓޫބަރު 2013 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން

12ކުއްޖާގެ ދައްތަ 14 އޮކްޓޫބަރު 2013 ދަވުހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން. ކިޔައިދިނުމަކީ ހަމަޖެހޭ ވާހަކަ ތަކެއްތޯ އާއި އެހާދިޘާގެ ވަގުތުތައް ބަޔާން ކޮށްދިނުމާއި، ޙާދިޘާ ހިނގި ކަމަށް ބުނާ ތަން ބަޔާން ކޮށްދިނުމާއި، އަދި އެނޫންވެސް ބަޔާން ކޮށްދޭ ކަންކަން ހަމަޖެހޭ ތޯ ނުވަތަ އިންޓަވިއު ކުރިއަށް ދާވަރަކުން އެކަންކަން ބަދަލުވޭތޯ؟ ނުވަތަ ކުއްޖާގާތުގައި އެބުރިގޮސް އަލުން އައުމަށް ބުނުމުން، ތަފާތު ގޮތަކަށް އެޙާދިޘާ ބަޔާން ކޮށްދޭތޯ؟ މިކަންކަމަށް ބެލިދާނެއެވެ . ކުއްޖާގެ އަޚުލާގާއި އުޅުން ހުންނަ ގޮތް :

5.11.2- )ކުޑަކުއްޖާ (ގެ ޙާލަތު ބަޔާން ކޮށްދިނުމަށް މިނިސްޓްރީ އޮފް ޖެންޓަރ އެންޑް ފެމެލީ ން ތައްޔާރު ކޮށްފައިވާ ]އިޖްތިމާއީ ހާލަތު ދެނެގަތުމާއި ބެހޭ ރިޕޯޓް [ އިން )ކުޑަކުއްޖާ( ގެ އަޚްލާޤާއި އުޅުން ހުރި ގޮތް ދެނެގަނެވެން އޮވެއެވެ . ކުއްޖާގެ ކިބައިގައި ނުބައި ނިޔަތެއް އޮތްތޯ ބެލުން :

5.11.3- )ކުޑަކުއްޖާ ( ޝަކުވާ ކުރީ )ކުޑަކުއްޖާ(ގެ ކިބައި ނުބައި ނިޔަތެއް ނުވަތަ އެފަދަ ސަބަބެއް އޮވެގެންކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅަންޖެހެނީ މުއްތަހަމު ކަމާއި، އަދި އެކަން ސާބިތު ކުރުމުގެ ބުރަ އޮންނާނީ މުއްތަހަމަށެވެ . މިމައްސަލައިގައި އިސްތިއުނާފުރައްދުވާ އަޙްމަދު ރިޔާޟްގެ ފަރާތުން އެފަދަ ހުށަހެޅުމެއް ދަށުކޯޓަށް ހުށަހަޅާފައި ނުވެއެވެ .

25.1- ކުއްޖާ އިންޓަވިއުގައި ކިޔައިދީފައިވާ ކިޔައިދިނުމަކީ )ނުވަތަ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ(، މިމައްސަލަ ސާބިތު ކުރުމުގައި މައިގަނޑު އަސާސަކަށް މ މައްސަލައިގައި ބަލަންޖެހޭ ހެކިބަހެކެވެ . ކުއްޖާ ކިޔައިދޭ ބަހުގެ މައްޗަށް ބިނާކޮށްގެން ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ސާބިތުކުރެވޭނީ، އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް އެއީ ތެދުކަމަށް ޤަބޫލުކުރެވޭ ހެކި ބަހަކަށް ވާނަމައެވެ .

13ކުޑަކުއްޖާ 01 އޮކްޓޫބަރު 2013 ދަވުހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން

35.1- ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު އެ ބަޔާނަކީ ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު( 48ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނެގިފައިވާ ބަޔާނެއްކަމަށް ބެލެވެން ނެތެވެ . ޤާނޫނު ނަންބަރު 2009/12 ގެ 48ވަނަ މާއްދާގައި ބ ޔާންކޮށްފައިވނީ، ]މި ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެ ކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަ ތުގެ މަޖިލީހުން ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާހައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެ އިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެ ކުއްޖަކީ ޚާ އ ޞަ އެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ގާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެންނެވެ .[ މިފަދައިންނެވެ . ކުޑަކުއްޖާގެ ބަޔާންނެގިފައިވަނީ، އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވީޑިއޯ ރެކޯޑުކޮށްގެން ކަމަށް ދައުލަތުން ބުނާއިރު، އެ ވީޑިއޯ ރެކޯޑިން ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ . މައްސަލައާ ގުޅިގެން ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެ ވީޑިއޯ ރެކޯޑިން ކަމާބެހޭ އެއްވެސް އިދާރާއެއްގައި ނެތްކަމަށް ދައުލަތުން ބުނެ ފައިވެއެވެ . އެހެންކަމުން، ކުއްޖާގެ ބަޔާނަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ( ގެ ބޭނުމަށް، ޝަރީޢަތުން ބަލައިގަނެ އެމައްޗަށް ރިޢާޔަތްކުރެވި ދާނެ ހެކިބަހެއް ކަމުގައިނުވާތީ، އިސްތިއުނާފު ކުރެވިފައިވާ މި ދަޢު ވާގައި ސާބިތުކުރުމުގެ ހެކި ނުވަތަ މައިގަނޑު އަސާސް ބިނާވެގެން ދާ )ކުޑަކުއްޖާ ( ކިޔައިދޭ ކިޔައި ދިނުމަކީ ނުވަތަ ކުޑަކުއްޖާގެ ބަޔާނަކީ، ކުޑަކުދިންނަށް ޖިންސީގޯނކުރުމުގެ ކުށްތައް ސާބިތު ކުރުމުގައި ހެކި ހުންނަންޖެހޭ މިންވަރާއި އެ ހެކި ވަޒަންކުރާނެ މިންގަނޑާ ގުޅޭ ގޮތުން، ދިވެހިރާއްޖޭގެ

14ކުޑަކުއްޖާ 01 އޮކްޓޫބަރު 2013 ދަވުހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން

15ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލު ތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ކްރޮބްރޭޓް ކުރެވޭނެ ހެކިބަހެއް ކަމުގައި ނުބެލެވެއެވެ .

5.14- ކުއްޖާއަށް ދިމާވި ހާދިސާ އެންމެ ފުރަތަމަ ކުއްޖާ ކިޔައިދީފައިވަނީ، އެ ކުއްޖާގެ މަންމައަށެވެ . ކުއްޖާގެ މަންމަ ޝަރީޢަތަށް ދީފައިވާ ހެކިބަހާއި އެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބޮޑެތި ޚިލާފުތަކެއް އެބަހުއްޓެވެ . އެ ގޮތުން، )ކުއްޖާގެ މަންމަ ( ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި، ]ޙާދި ސ ހިނގިކަމަށް ބުނާ ދުވަހު ސްކޫލަށް ފޮނުވުމަށް ގޮވައި ނަގައި ސްކޫލަށް ފޮނުވިއިރުވެ ސ އަޙްމަދު )ކުއްޖާ(އާ މެދު ޖިންސީ ޢަމަލެއް ހިނގާފައިވާކަމަށް )ކުއްޖާ( ބުނެފައިނުވާކަމަށާއި، މި މައްސަލައާ ގުޅިގެން )ކުއްޖާ( ގެ ދައްތަ އަށް ގުޅައި އެއްވެސް ވާހަކައެއް ދައްކާފައިނުވާނެކަމަށް ބުނެ [ ޝަރީޢަތުގައި ހެކިބަސް ދީފައިވާއިރު، )ކުއްޖާގެ މަންމަ( ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި .........] އަންހެން ދަރިއެއް )ކުއްޖާގެ ދައްތަ ( އަށް ފޯނުން ގުޅާފައި އަޙްމަދު ރިޔާޟް އަށް އެންމެ ފަހުން ނުވެހުރި ކަންތަށް ކުރަން ފަށާފިއޭ، )ކުއްޖާ ( ނިދާ ކޮޓަރިއަށް ރޭގައި ވަދެ އޭނާ ނިދަން އޮއްވައި ބެހިފައިވާކަ މަށް )ކުއްޖާ ( ބުނެފައިވާކަމަށް ބުނީމެވެ .[ މ ފަދައިން ބަޔާންކޮށް، ބަޔާންދީފައިވާކަން އެނގެން އޮތުމުން، ކުއްޖާގެ މަންމަގެ ހެކިބަހުގައި ފުށުއެރުންތަކެއް ނުވަތަ ޝައްކުއުފެދޭ ނުވަތަ އެ ހެކިބަހާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކުއްޖާގެ މަންމަ ގެ ހެކިބަހަކީ، )ތަޙްޤީޤަށް ދީފައިވާ ބަޔާން ހިމެނޭހެން ( ޤާނޫނު ނަންބަރު : 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ( ގެ 47ވަނަ މާއްދާގެ )ޅ( ގައި ބަޔާންކުރާ ]ކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފ ލުހަކަ ށ ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި

16ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙްމަދު މުޚްތާރު

17ކުއްޖާގެ މަންމަ ފުވައްމުލަކު މެޖިސްޓްރޓޭ ކޯޓުގެ ނަންބަރު 436/R1C/2017 ޤަޟިއްޔާއާ ގުޅިގެން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ހެކިބަސް

18ކުއްޖާގެ މަންމަ 14 އޮކްޓޫބަރު 2013 ދަވުހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން[ އެއް ކަމަށް ބަލައި އެ އަކުރުގެ ދަށުން، ޝަރީޢަތަށް ބަލައިގަނެ އެ މައްޗަށް ބުރަދަނެއް ދެވޭނެ ހަރަދުނާ ހެކިބަހެއްކަމުގައި ބެލެވެން އޮތް ރައްކާތެރި ބަހެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ .

5.15- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން، ކުއްޖާގެ މަންމަ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ކުރިން ބަޔާންކުރެވުނު ގޮތުގެ މަތިން، ........] މިމައްސަލައާ ގުޅިގެން )ކުއްޖާ ( ގެ ދައްތަ އަށް ގުޅައި އެއްވެސް ވާހަކައެއް ދައްކާފައިނުވާނެކަމަށް ބުނީ[ ހެކިބަސް ދީފައި އޮތުމުން، ކުއްޖާއަށް ދިމާވި ހާދިސާ ދެވަނައަށް އެ ކުއްޖާ ކިޔައިދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ އެ ކުއްޖާގެ ]ދައްތަ [ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންކަމަށްވެސް އަސަރުކުރެއެވެ . އެ ގޮތުން، ކުއްޖާގެ ދައްތަ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ކުއްޖާގެ މަންމަ )ކުއްޖާގެ ދައްތަ (އަށް ގުޅާފައިވާ އެ ހާދިސާއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތައް ބަޔާންކޮށްފައި އޮތުމުން، ކުއްޖާގެ ދައްތަ ތަޙްޤީޤަށް ދީފައިވާ ބަޔާނާމެދު ޝުބުހާ އުފެދެއެވެ . އަދި މައްސަލައިގައި ޝަރީޢަތުގައި ހެކިބަސް އަދާކުރި ކުއްޖާ ދައްތަގެ ފިރިމީހާ ގެ ހެކިބަހުން އެޝުބުހާ އިތުރުވެގެންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ . އޭނާގެ ހެކިބަހުގައި، ދިމާ ވެ ގެން ނުވަތަ ކުރިމަތިވެގެން އުޅޭ ހާދިސާގެ އެއްވެސް މ ޢު ލޫމާތެއް ކުއްޖާގެ ދައްތަ ގެ ފަރާތުން އެނގިފައިނުވާކަމަށާއި، ޢާއިލާ ތެރޭގައި އެ ފަދަ ބޮޑުކަމެއް ދިމާވެގެން އުޅުނު އިރު، އެ ފަދަ އެއްވެސް ވާހަކައެއް )ކުއްޖާގެ ދައްތަ( ކިޔައި ދީފައި ނުވާކަމަށާ އ، އޭގެ އިތުރުން، )ކުއްޖާގެ ދައްތަ (އާއި އިސްތިއުނާފުކުރާ އަޙްމަދު ރިޔާޟްއާ ދެމެދު ރުޅިވެރިކަން އޮންނަކަމަށް ބުނެ ޝަރީޢަތުގައި ހެކިބަސް ދީފައިވުމުން، )ކުއްޖާގެ ދައްތަ ( ގެ ހެކިބަހާމދެ ސުވާލުއުފެދޭ ކަންތައްތައްތަކެއް ހުރިކަމަށް ފެނެއެވެ .

19ކުއްޖާގެ ]ދައްތަ[ 14 އޮކްޓޫބަރު 2013 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ތަޙްޤީޤް ބަޔާން

5.16- ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި ކުއްޖާގެ ބިކުރު ކަނޑައިގެން ގޮސްފައި ނުވާކަމަށް ބަޔާންކޮށްފައި ވާއިރު، ކުއްޖާ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ..........]އަޅުގަނޑުގެ ހަރުވާ ޅ އ ޖަނގިޔާ ބޭލުމަށްފަހު އަތޫގެ އަތުގެ އިގިއްޔެއް )ކޮންއަތެއް ކަމެއް އަޅުގަނޑަށް ނޭނގޭ ( އަޅުގަނޑުގެ ހީސްލާ ތަނަށް ކޮއްޕި އެވެ . މި ފަދައިން ބަޔާންކޮށްފައިވާއިރު، އަނިޔާ ލިބުނު ކުއްޖާއާމެދު ހިންގުނު ޖިންސީ ޢަމަލުގެ ސަބަބުން އެ ކުއްޖާގެ ބިކުރު ކެނޑިފައި ނުވާކަން އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމުން، ކުއްޖާ އެ ބުނާ ބުނުގެ ތެދުކަމާމެދު ސުވާލު އުފެދެއެވެ . އެ ސުވާލު ޝަރީޢަތުގެ ކުރިމަތީގައި އޮތްއިރު، އެ ރިޕޯޓު ތައްޔާރުކުރި، ޑރ. ލީނާ ނައިރ ޝަރީޢަތަށް ހާޒިރުކޮށް އެ ކަމާމެދު ޝަރީޢަތުން ސުވާލުކޮށް އެ ކަންކަމަށް ސީދާ ޖަވާބު ހޯދާފައިނުވެއެވެ .

5.17- ތުހަމަތުކުރެވޭ ފަރާތް މެޑިކޯ ލީގަލް ރިޕޯޓާމެދު ސުވާލު ނުއުފައްދާނަމަ، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާ ޒިރުކޮށް އެ ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލުކުރުމަކީ އޮތްކަމެއް ނޫންކަމަށް ދައުލަތުން ބުނާއިރު، މި މައްސަލައިގައި ޙަވާލާދޭ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ މައްސަލައިގައި ތުހުމަތުކުރެވެނު ފަރާތަށް ދަށުކޯޓުގެ ޝަރީޢަތުގެ މަރު ޙަ ލާގައި ފެނި ފައިވާ އެއްޗެއްނޫނެވެ . އެ ރިޕޯޓު ބެލުމަށްފަހު، ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީޢަތަށް ޙާޒިރުކުރުމަށް އެދުމާމެދު ގޮތެއް ނިންމާނެކަމަށް ދިފާޢާ ވަކީލު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ . ރިޕޯޓުގައި އޮތް އެއްޗެއް އެނގިގެން ނޫން ގޮތަކަށް ރިޕޯޓާ މެދު ސުވާލެއް ކުރާނެ ނުވަތަ ސުވާލެއް އުފައްދާނެ ގޮތެއް އޮންނާނެ ކަމަށް ނުފެނެއެވެ . އެ ލިޔުމެއްގެ މައްޗަށް ބިނާކޮށް މީހަކާމެދު ގޮތް ނިންމޭ ކޮންމެ ލިޔުމަކީ އެ ލިޔުމެއްގައި އޮތް އެއްޗެއް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދެވެންވާނެ ލިޔުމެ އްކަމުގައި ދެކެމެވެ . އެހެންކަމުން އިޝާރާތްކުރެވުނު

20ޏ.އަތޮޅު ހޮސްޕިޓަލުގެ ނަންބަރު (R11)AP-2013/46 މެޑިކޯ ލީގަލް ރިޕޯޓް މެޑިކޯލީގަލް ރިޕޯޓް ބަލައި ދިރާސާކުރުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ދިނުމަކާ ނުލައި މި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ .

5.18- ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުމެއްގައިވާ ކަމަކާމެދު މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ސުވާލު އުފައްދައި އެ ކަމާމެދު ސުވާލު ކުރިކަމުގައި ނުވިނަމަވެސް، އެ ފަދަ ލިޔެކިޔުމެއްގައި ސުވާލު އުފެދޭކަމެއް އޮތްނަމަ އެ ކަން ސާފުކޮށް، އެއީ؛ ޙާޒި ރ ކުރަންޖެހޭ ފަރާތެއް ޙާ ޒިރުކޮށް ނުވަތަ ކަމާބެހޭ ފަރާތަށް އަންގައި ލިޔުމުން ހޯދަންޖެހޭ ކަމެއްކަމުގައި ވީނަމަވެސް، އެކަން ޝަރީޢަތުން ސާފުކޮށް ޔަގީންކުރުމަށްފަހު މެނުވީ، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުމެއްގެ ނުވަތަ ހެއްކެއްގެ މައްޗަށް ބުރަދަންދީ އެއަށް ރިޢާ ޔަތް ކޮށް ތުހުމަތުކުރެވޭ ފަރާތަށް އަދަބު ކަނޑައެޅުމަކީ، ޖިނާއީ މައްސަލަތައް ސާބިތުކުރަން ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާންކުރާ މިންގަނޑާ ފުށަ އަރާ ކަމެއްކަމުގައި ދެކެމެވެ .

5.19- އެހެންކަމުން، މި ޙާލަތުގައި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި ބަޔާންކުރާ ކަންކަމަކީ އެ މައްޗަށް ރިޢާ ޔަތްކޮށް ޖިނާއީ މައްސަލައެއް ސާބިތުކުރެވޭނެ ފަދަ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވެން އޮތްކަމަކަށް ނުފެނެއެވެ .

5.20- ކުއްޖާގެ އިޖްތިމާޢީ ޙާލަތު ދެނެގަތުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ތައްޔާރު ކުރި ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާމެދު ކުއްޖާގެ ފަރާތުން )ނުވަތަ ކުއްޖާގެ ޢާއިލާގެ ފަރާތުން ( ދެ މ ޙަ އްލެ އްގައި ދެ ގޮތަށް ބުނެ ފައިވާކަން އެނގެން އޮވެއެވެ . އެގޮތުން، އެ ރިޕޯޓުގައި އޭގެ ކުރިން، ކުއްޖާއަށް ޖިންސީ އެއްވެސް ހާނިކައެއް ނުވަތަ ޖިންސީ ގޯނާއެއް ކުރިމަތި ވެފައިނުވާކަމަށް ބުނެފައިވާއިރު، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ކުއްޖާއަށް ކުރިން ޖިންސީ ހާނިކަ ނުވަތަ ޖިންސީ ގޯނާ ވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ . އެ ދެ ރިޕޯޓުން ޞައްޙަ ތެދު މަޢުލޫމާތު ހިމެނެނީ ކޮން ރިޕޯޓެއްގައި ކަމާމެދު

21ކުއްޖާއާ ގުޅޭގޮތުން ޏ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އިން 08 ޑިސެމްބަރު 2013 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ ]ކުއްޖާ އާއި ގުޅޭ ރިޕޯޓް [ ސުވާލު އުފެދެއެވެ . އޭގެ އިތުރުން ކުއްޖާގެ އިޖުތިމާޢީ ޙާލަތު އަންގައިދޭ ރިޕޯޓަކީ، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު( 48ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތެވެ . އެހެންކަމުނ އެ ރިޕޯޓަކީ، މި މައްސަލައިގައި ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެ ޝަރީޢަތުން އެ މައްޗަށް ބުރަދަން ދެވިދާނެ ހެކި ޤަރީނާއެއްކަމުގައި ބެލެވެން ނެތެ ވެ .

5.21- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ، ނުބައިކަން ބޮޑު ކުށެކެވެ . ހަމައެއާއެކު، އެމީހެއްގެ މައްޗަށް އެކުށުގެ ތުހުމަތު ކުރެވުމުގެ މާނައަކީ އޭނާ އެކުށް ކުރިއެކޭ ނޫނެވެ . އެކުށަކީވެ ސ، ޤާނޫނު ނަންބަރު : 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫ ލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު(ގައި ބަޔާން ކުރާ ޚާއްޞަ އުޞޫލުން، ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބަޔާން ކުރާ ޢާންމު އުޞޫލުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތު ކޮށްދޭން ޖެހޭނެ ކުށެކެވެ . އެހެންކަމުން، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭކަމަށް ބަޔާން ކޮށްދިނުމަކީ، ނޫނީ އޭނާ އެ ކުށް ކުރިކަމަށް ވަރަށް ބޮޑަށް ހީވުމަކީ، އެ ކުށް ސާބިތުކުރުމަށް ފުދޭ މިންގަނޑެއް ނޫނެވެ . ހަމައެކަނި، ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބަހުގެ މައްޗަށް ބ ނާކޮށް، އެ ކުށް ސާބިތުކުރާ ޙާލަތުގައި، އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުން ކޮރޮބްރޭޓް ނުކުރުމުން ނިކުމެދާނެ ޝައްކަކަށް ޖާގައެއް ނެތްވަރަށް އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުން "އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ" ކިޔައިދިނުމަށް ވާންޖެހެއެވެ.

5.22- ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް ތަފާތު މައްސަލައެ ކެވެ. މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކާއި، އަދި އެހެނިހެން ދަލީލުތަކުގެ މައްޗަށް ނަޒަރުކޮށް، ކޮންމެ މައްސަލަ އަކަށްވެސް ޤާނޫނު ތަޠްބީޤުކުރާނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ނަޒަރުކޮ ށްގެން ކަމާއި، އަދި ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހެކިވަޒަންކޮށް ތަޤްޔީމުކުރުމަކީ މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ .

5.23- ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް )evaluate( ކޮށް ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކާއި، އެ ހެކިތަކާއި ދަލީލުތަކުން ނެރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު )convince( ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މަބްދައެއް ކަމުގައިވާ ]ޤަރީނަތުލް ބަރާއާ ) [Presumption of Innocence( ގެ ޢާން މ ޤާނޫނީ މަބްދައުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތުކަމާއ، ހުށަހެޅޭ ހެކިތަކާއި ދަލީލުތަ ކުން އިސްތިޚުލާޞް ކުރެވޭ ނަތީޖާއަކީ، ޔަޤީނާ ގާތްކުރެވޭ މިންވަރު ކަމުގައި ނުވާނަމަ، އަދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު ޝައްކު އުފެދިފައިވާނަމަ، އުފެދިފައިވާ ޝައްކަކީ ކުށުގެ މާއްދީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިޔަސް، އަދި މަޢުނަވީ ރުކުނާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިއަސް، އަދި ކިއެއްތަ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލުމާ ގުޅޭގޮތުން އުފެދިފައިވާ ޝައްކެއްކަމުގައި ވިއަސް، އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގސް، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ .

5.24- އިސްތިއުނާފުކުރެވިފައިވާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ދަށުކޯޓަށް ހުށަހެޅި އިސްވެ ބަޔާންވެދިޔަ ހެކިތަކަށް ބެލުމުން، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ( 47ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކި ހަމަނުވެއެވެ . އަދި އެ ޤާނޫނުގައި ބަޔާންކުރާ ކުށް ސާބިތުކުރުމުގެ ލުއި މިންގަނޑުންވެސް ހުށަހެޅިފައިވާ ދަޢުވާ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ )އ( ގައި މިންގަނޑުން ސާބިތު ކަމަކަށް ނުފެނެއެވެ .

ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރައުޔު : މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު ތާއީދުކުރެއެވެ .

6- އަނިޔާ ލިބުނު ކުޑަކުއްޖާގެ ބަޔާންނެގުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ބަޔާނަކީ ބާޠިލު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނަގާފައިވާ ބަޔާނެއް ކަމަށް ބުރައެއް ނުވެއެވެ. ސަބަބަކީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ތަޙްޤީޤު ބަޔާން ނުވަތަ އެ ނޫންވެސް ބަޔާނެއް ނެގުމާ ގުޅޭ ފުރިހަމަ އިޖުރާއަތެއް ޤާނޫނު ނަންބަރު:2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު(ގައި ބަޔާންކޮށްފައި ނެތުމެވެ . މި ޤާނޫނުގެ 48ވަނަ މާއްދާއަކީ، މި ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ "ހެކިބަސް " ހޯދާކަމަށްވާނަމަ، ޢަމަލުކުރަން އޮތް އިޖުރާއަތެކެވެ . އެ މާއްދާގައި ބަޔާންކޮށްފައިވަނީ؛ މި ޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ ހެކިބަސް ހޯދާކަމަށްވާނަމަ، އެކުއްޖެއގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭ ރުގައި، ފުލުސް އޮފީހުން ބޭރުގައި، އ ކުއްޖާއާ ފަރިތަ މާޙައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރު ކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލްކަންހުރި މީހެއްގެ ހާޒިރުގައި، އެކުއްޖާއަށް އިތުރުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އ އންޓަވިއި ވީޑިއޯ ރެކޯޑްކޮށްގެނނެވް . މިފަދައިންނެވެ . 48ވ ނ މާއްދާ ގެނެސްފައިވަނީ އެ ޤާނޫނުގެ ހަތްވަނަ ބައިގެ ދަށުގައެވެ . އެއީ ޝަރީޢަތގު ޅ އުސޫލުތައް ބަޔާން ކުރި ބައެވެ . ވީމާ، ޤާނޫނު ނަންބަރު:2009/12 ގެ 48ވަނަ މާއްދާގައި ބަޔާން ކުރާ ކުޑަކުއްޖެއްގެ ހެކި ބަހަކީ ޝަރީޢަތަކާ ގުޅިގެން އ ކުއްޖާގެ ހެކިބަސް ޝަރީޢަތަށް ނެގުމާ ގުޅޭ އިޖުރާއަތެއްކަން ސާފު ވެއެވެ . ހެކިބަސް ހޯދާނީ ޝަރީޢަތުގެ މަރުޙަލާގައެވެ . ކުރިން ޢަމަލު ކުރަމުންދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު :2011/09 )08 ސެޕްޓެމްބަރު 2011( ޢާންމު ސިޓީގައިވެސް ބަޔާންކޮށްފައި އޮތީ، "ކުޑަކުދިންގެ ހެކިބަސް " ނެގުމުގައި ޢަމަލު ކުރަންޖެހޭ ގޮތެވެ . އެހެންކަމުން، ކުޑަކުއްޖަކާމެދު ޖިންސީ ގޯނާއެއް ނުވަތަ އެ ނޫންވެސް ޤާނޫނު މަނާކުރާ ޢަމަލެއް ހިންގައިގެން، އެ ކުއްޖާގެ ތަޙްޤީޤު ބަޔާން ނުވަތަ އެ ނޫންވެސް 17 ނޮވެމްބަރު 2021 ގައި މި ޢާންމު ސިޓީ ވަނީ އުވާލެވިފައެވެ. ބަޔާނެއް ނެގުމުގައި، ޤާނޫނު ނަންބަރު : 2009/12 ގެ 48ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް އެ ބަޔާ ން ނެގި އިދާރާއަކުން ޢަމަލުކޮށްފައި ނެތުމަކީ، ހަމައެކަނި އެ ސަބަބަށްޓަކައި، އެ ބަޔާނެއް ޝަރީޢަތަށް ބަލައި ނުގަނެވޭނެ ޤާނޫނީ ސަބަބެއް ކަމަށް ނުދެކެމެވެ . ނަމަވެސް އެ ބަޔާން ޝަރީޢަތަށް ހުށަހަޅަން ބޭނުންވަނީ، ޤާނޫނު ނަންބަރު: 2009/12 ގެ 48ވަނަ މާއްދާގެ ދަށުން އެ ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖާގެ ކިބައިން ހޯދާފައިވާ ހެކިބަހެއްގެ ގޮތުގައި ކަމަށްވާނަމަ، އެ ބަޔާން 48ވަނަ މާއްދާގައި އޮތް އިޖުރާއަތާ އެއްގޮތަށް ނެގިފައި ވާންޖެހޭނެ ކަމަށް ދެކެމެވެ . ކުޑަކުދިންގެ ތަޙްޤީޤު ބަޔާން ނުވަތަ އެ ނޫންވެސް ބަޔާނެއް ނެގުމުގައި އަނިޔާ ލިބުނު ކުއްޖާ ޙިމާޔަތކުރުމުގް ގޮތުން 48ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއާތާ އެއްގޮތަށް ނުވަތަ އެ ނޫން އެއަށްވުރެ ރަނގަޅު އިޖުރާއަތެއް އޮތްނަމަ، އެ ގޮތަކަށް ކަންކުރުމަކީ ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި އެ ކުދިންގެ ބަޔާން ނަގާ އިދާރާތަކުން ތަބާވުން ރަނގަޅު ގޮތް ކަމަށް ދެކެމެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު : A/15-N-2019/HC ޤަޟިއްޔާ އާއި ނަންބަރު :A/11-N-2019/HC ޤަޟިއްޔާގައިވެސް މިކަން ބަޔާންކުރެވިފައި ވެއެވެ . 7- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ކުޑަކުއްޖާއާމެދު ކަންވީގޮތް އެންމެ ފުރަތަމަ ކިޔައިދީފައިވަނީ އެ ކުއްޖާގެ ދައްތައަށެވެ . ސަބަބަކީ، ކުއްޖާއާ ފުރަތަމަ ސުވާލުކުރި ފަރާތަކީ ކުއްޖާގެ މަންމަކަން އެނގެން އޮތްނަމަވެސް ކުއްޖާގެ މަންމައަށް ކަންވީގޮތް ކިޔައި ދީފައެއް ނެތެވެ . ކުޑަކުއްޖާގެ މަންމަ ތަޙްޤީޤަށް ދިން ބަޔާނަށް ބަލާއިރު، ކުޑަކުއްޖާ އައިސް، "ތިމަންނަ މިރޭ އެކޮޓަރީގައި ނޯއޮންނާނެކަމަށް ބުނެ ''ކުޑަކުއްޖާގެ މަންމަގެ ކޮޓަރިއަށް އައިސް އެ " ކޮޓަރީގައި އޮށޯތެވެ. " ދެން މަންމަ، ކުޑަކުއްޖާ ގާތު ކިހިނެއްވީހޭ ސުވާލު ޤާނޫނު ނަންބަރު: 2019/19 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު( އާއި އެޤާނޫނުގޫ ދަށުން ހަދާފައިވާ ނަންބަރު :72-2020/R )ކުޑަކުދިންނާގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު ( އާއި ނަންބަރު :2020/R-70 )ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދު( އާއި ޤާނޫނު ނަންބަރު :2019/18 )ކުޑަކުދިންގެ ޢަދުލުގެ ޤާނޫނ( އާއި ނަންބަރު: 2021/R-117 )ކުޑަކުދިންގެޢަދުލުގެ ޢާންމު ގަވާއިދު ( އަށް ބަލާއިރު، ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި އެކުދިންގެ ބަޔާން )މުއްތަހަމެއްގެ ގޮތުގައި ނުވަތަ އަނިޔާ ލިބުނު ފަރާތެއްގެ ގޮތގައ( ނަގާއިރުވެސ، ޤާނޫނު ނަންބަރ :2009/12 ގެ 48ވަނަ މާއްދގައާ ބަޔާންކުރާ އިޖުރާއަތުގެ ވާހަކަ ބަޔާން ކޮށްފައެއް ނެތެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބުދު ﷲ ފައިޞަލް މުޙައްމަދު )2019( އެޗްސ- އެން- އޭ 15. ޤަޟިއްޔާ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް މޫސާ )2019( އެޗްސީ -އެން- އޭ 11. ޤަޟިއްޔާ . ކުރިއެވެ . ނަމަވެސް ކުޑަކުއްޖާ "އެއްވެސް އެއްޗެއްކޭ ނުބުނެ" އޮތީކަން އެނގެއެވެ . އެއަށްފަ ހ، އަނެއް ދުވަހު، ކުޑަކުއްޖާ ސްކޫލަށް ފޮނުވައި، ސްކޫލުން އެނބުރި އައިސް، ޤުރުއާން ކިޔަވައިދޭ ގެއަށް ދާށޭ މަންމަ ބުނުމުން، ކުޑަކުއްޖާ ބުނީ "އަތޫ ރޭގައި އެކޮޓަރީއަށް ވަނެވެ". މިހެން ބުނުމުން، މަންމަ، " އަތޫ އެ ކޮޓަރިއަށް ވަދެ ކިހިނެއްހޭ ހެދީ ކޮންކަމެއްހޭ ކުރީ" މިހެން ސުވާލު ކުރުމުން، "އެއްވެސް ޖަވާބެއް ދީފައި " ނުވާކަން އެނގެއެވެ . އަދި މަންމަ ސާފުކޮށް އަތޫ ކުޑަކުއްޖާއާބެހުނުތޯ ސުވާލު ކުރުމުން، "ނޭނގޭކަމަށް " ބުނެ ފައިވެއެވެ . އެހެންކަމުން، ކުޑަކުއްޖާއާމެދު ކަންވީގޮތް އެ ކުއްޖާގެ މަންމައަށް ކިޔައިދީފައެއް ނެތެވެ . 8- ކުޑަކުއްޖާއާމެދު ކަންވީގޮތް އޭނާ ތަފްޞީލުކޮށް ކިޔައިދީފައިވަނީ އޭނާގެ ދައްތައަށެވެ . ދައްތަ، ކުޑަކުއްޖާއާ ސުވާލު ކުރުމުން، ފުރަތަމަ ނުކެރިފައި ހުރެ ގޮތަކަށް ]ނޭނގޭ [ މިހެން ބނިކަމަށު ދައްތަ ކިޔައިދީފައި ވެއެވެ . މިއީ މަންމަ، ކުޑަކުއްޖާއާ ސުވާލު ކުރުމުންވެސް ދިން ޖަވާބެވެ . ނަމަވެސް ދައްތަ ކުޑަ ކުއްޖާއާ އެކިގޮތް ގޮތުން ސުވާލު ކޮށް، އޮޅުން ފިލުވުމުން، ދައްތަ ގާތު ކުޑަކުއްޖާ ކިޔައިދީފައިވަނީ؛ ]2013 ސެޕްޓެމްބަރު 30ވަނަ ދުވަހު ދަންވަރު 02:00 ހާއިރު އޭނާ ނިދަން އޮއްވާ ކޮޓަރީގެ ފާރުމަތިނ ކޮޓަރިތެރެއަށް އ ތުފުންމާލުމަށްފަހު އޭނާ ނިދާފައި އޮތްވާ އޭނާއަށް ގޮވާފައި އޭނާގެ ހަރުވާ ޅާބޭލުމަށް ބުނުމުން އޭނާ ނުބލާނެ ކަމަށަބުނިކަމަށެވެ . މިހެންބުނުމުން އތިއޭނާގެ ހަރުވާޅާއި އޭނާ ލައިގެންހުރި ޖަނގިޔާ ވެސް ގަދަކަމުން ބޭލުވިކަމަށާއި އެއިރުވެސް އޭނޫއަ ތަގާތު ނޫނެކޭ ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް އަޑުނާހާ އެއްޗެހި ބޭލުވުމަށްފަހު އތޮ އޭނާގެ ކުރިމަތި ފަރާތު )ފަރުޖު ( ގައި މަޑުމަޑުން އަތްލުމަށްފަހު އިނގިލވެސި ކޮށްޕާ ހެދުމަށްފަހު އ ތުގެ އަންގަ ކުރިމަތި ފަރާތު )ފަރުޖު ( ޖަހާދަކާއްތޫ ހެދުމަށްފަހު އތޫ ކޮޓަރީގެ ދޮރުހުޅުވާފައި ކޮޓަރިން ނުކުމެގެން ދިޔަކަމަށެވެ . އޭގެފަހުން އޭނާ މަންމަގެ ކޮޓަރިއަށް ގޮސް ދޮރުފަތުގައި ޓަކިޖެހުމުން ދޮރުފަތް މަންމަ ހުޅުވުމުން އެކޮޓަރިއަށް ވަދެ ނިދީ ކަމަށެވެ[. ވީމާ، ހެކި ވަޒަންކުރުމުގައި ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން އަސާސެއް ކަމަށްބަލާނަމަ، ބަލަންޖެހޭނީ ކުޑަކުއްޖާގެ މިކިޔައިދިނުމެވެ . މަންމައަށް ކިޔައި ނުދޭ އެއްޗެއް އަސާސްކަމަށް ބަލައިގެން ނުވާނެއެވެ. 9- މި މައްސަލައިގައި، ކުޑަކުއްޖާ ތަޙުޤީޤަށް ކިޔައިދީފައިވާ ކިޔައިދިނުމާއި އަދި ސޯޝަލް ވޯކަރ އަށް ކިޔައިދިން ކިޔައިދިނުމާއި އިސްވެ ބަޔާންވެދިޔަ ދައްތައަށް ކިޔައިދިނުމުގައި ހުރި އަސާސްތައް އެގޮތުގައި ހުރިކަން ފާހަގަކުރެވެއެވެ . މިގޮތުން، )1( އަތޫ ކުޑަކުއްޖާގެ ކޮޓަރިއަށް އެރޭ ވަތްކަން) .2( ކުޑަކުއްޖާ ލައިގެންހުރި ހަރުވާޅު ބޭލިކަން ) .3( އަތޫގެ އަތުން ކުޑަކުއްޖާގެ ކުރިމަތިފަރާތާ ބެހުނކަން ) .4( ކުޑަކުއްޖާގެ ކުރިމަތި ފަރާތަށް އަތޫގެ އިނގިލި ކޮށްޕިކަން . )5( ކުޑަކުއްޖާގެ ކުރިމަތި ފަރާތުގައި އަތޫ ގެ އަގަޖަހައި ބުއިކަން ) .6( މިޙާދި ސ އަށްފަހު ކުޑަކުއްޖާގެ ކޮޓަރީގައި އޮންނަން ނުކެރިގެން މަންމަގެ ކޮޓަރިއަށް ވަދެ ނިދިކަން . 10- ކުޑަކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ކުޑަކުއްޖާގެ ކުރިމަތި ފަރާތުގެ ކުޑަ ދެތުންފަތް (labia minora) ތެރެއިން ވާތްފަރާތުގެ ސަރަޙައްދު ރަތްވެފައިވާކަމަށް މެޑިކޯލީގަލް ރިޕޯޓްގައި ބަޔާނކުރެއެވް . މިއީ ކުޑަކުއްޖާ ކިޔައިދޭ ވާހަކައާއި ޑޮކްޓަރީގޮތުން ބެލި ބެލުމާއި ދިމާވާ ކަމެއްކަން އެނގެއެވެ . ކުޑަކުއްޖަކާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިންގިކަން ދެނެގަތުމުގައި އެ ކުއްޖާގެ ބިކުރުގެ ދުލިފަށް (hymen) ކެނޑިފައި ހުރުމާއި ކެނޑިފައި ނެތުމަކީ ގޮތް ކަނޑައަޅާ އަސާސަކަށް ވުން ރަނގަޅެއް ނޫނެވެ . ސަބަބަކީ، ބައެއް ޙާލަތުގައި އިނގިލި ނުވަތަ އެހެން އެއްޗެއް ކޮށްޕިކަމަށް ބުނާ ބުނުމާއި، އެކަން ކުރި ގޮތާއި މިންވަރުގައި ހުންނަ ތަފާތެއްގެ ސަބަބުން އެތަނަށް ގެއްލުންވުމާއި ނުވުން އޮންނާނެ ކަމަކަށްވާތީއެވެ . މި މައްސަލައިގައި ކުޑަކުއްޖާ ކިޔައިދީފައިވާ ގޮތުން ..."ހަރުވާޅާއި ޖަގިޔާ ބޭލުމަ ށްފަހު އަތޫގެ އަތުގެ އިގިއްޔެއް )ކޮން އަތެއްކަމެއް ނޭނގޭ ( ކުޑަކުއްޖާގެ ހީސްލާތަނަށް ކޮއްޕިއެވެ . އެހެންނަމަވެސް މުޅިއިނގިލި ކޮއްޕާފައި ނުވެއެވެ".... ވީމާ، ކުއްޖާ ކިޔައިދޭ ކިޔައިދިނުމުގައި އެ ޢަމަލު ހިންގި ގޮތްކަމަށް ބުނާ ގޮތަކީ ފާހަގަކުރަން މުހިންމު ކަމެއް ކަމަށް ދެކެވެ. ސަބަބަކީ، ކުޑަކުއްޖާމެދު ޖިންސީ ޢަމަލެއް ހިންގައިގެން ކުރެވޭ ދަޢުވާތަކުގައި، "އަތްލުން " ވެސް ކުށުގެ ޢަމަލުގެ ރުކުން ފުރިހަމަވުމަށް ފުދޭނެތީ، ކުޑަކުއްޖާއާމެދު ހިންގާ ޖިންސީ ޢަމަލެއްގެ ސަބަބުން އެ ކުއްޖާގެ ތަނެއް ކަނޑައިގެން ގޮސް ހަލާކުވުން ލާޒިމު ނުވާނެތީއެވެ . 11- މި މައްސަލައިގައި ކުޑަކުއްޖާގެ މަންމަ ތަޙްޤީޤުގައި ކިޔައިދިން ގޮތާއި ޝަރީޢަތުގައި ކިޔައިދިން ގޮތް ތަފާތުވެފައިވަނީ، ކުށުގެ ޢަމަލު ހިންގި އަތޫ އާ އޮތް ގުޅުމުގެ ސަބަބުން އަތޫއަށް ލިބޭ ޢުޤޫބާތް ބޮޑުވާ ތ، އެ ކަމުން އޭނާ ސަލާމަތްކުރުމުގެ ވިސްނުމުގައި ކަމަށް ބެލެވެން އޮވެއެވެ . ސަބަބަކީ، މިޙާދި ސާގެ ސަބަބުން އަނިޔާ ލިބުނު ކުއްޖާއަށް ބޮޑު އަސަރުތަކެއްކޮށްފައި ނުވާކަމަށް ބުނެ، ވީހާވެސް ލުއި އަދަބެއް އަތޫ އަށް ދިނުމަށް ދައްތަވެސް ކުރިން ބުނެފައިވާތީއެވެ . މަޔަކު އޭނާގެ ދަރިއަކާ ދެކޮޅަށް ދޭ ހެކިބަސް ވަރުގަދަ ވާނެއެވެ . ހަމައެހެންމެ، މަޔަކު އޭނާގެ ދަރިއަކާ އެއްކޮޅަށްދޭ ހެކިބަސް ބަލިކަށިވާނެއެވެ. ދެ ފަރާތުގެ ދެމެދުގައި ޢަދާވާ ތްތެރިކަމުގެ ނުވަތަ ނުތަނަވސްކަމުގަ ޝުޢޫރުތަކެއް ނެތްނަމަ އެވެ . މިއުޞޫލު ގާތްތިމާގެ ކަމުގެ ގުޅުން އޮތް ގޮތެއްގެ މައްޗަށް ބަލައި ހިނގާނެކަމަށް ދެކެމެވެ . 12- މި މައްސަލައިގައި ކުޑަކުއްޖާ ފުރަތަމަ ކިޔައިދޭ ކިޔައިދިނުން އަސާސްއެއް ކަމަށް ބަލައިގެން، އެ ކުއްޖާ ތަޙްޤީޤަށާއި ސ ޝލަ ވޯކަރއަށް ކިޔައިދިން ކިޔައިދިނުމާއި ޑޮކްޓަރީ ރިޕޯޓަށް ބެލުމުން، މަންމަ ދޭ ހެކިބަސް އެއްފަރާތްކުރުމުންވެސް، މިޙާދި ސ ހިނގާފައި އޮތްކަމާއި އަދި ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައި އޮތްކަމަ ށ އަހުރެންނަށް ސާފުކޮށް ޤަބޫލުކުރެވެއެވެ . އެހެންކަމުން، ދަށުކޯޓުގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް ބުރައެއް ނުވެވެއެވެ . 13- ވީމާ، ބަޔާންކުރެވުނު އެންމެހައި ކަންކަމަށް ބެލުމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 436/R1C/2017 ޤަޟިއްޔާގައި އަޙްމަދު ރިޔާޟްގެ މައްޗަށް ދައުލަތުން ކުޅަ ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތު ވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ގިނަ ފަނޑިޔާރުންނަށް އެއްބަސް ވެވެއެ ވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ( ގެ 15ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ށ( ގެ ދަށުން، ޏ. ފުވައްމުލައް/ ކިނބިދޫގެ، އަޙްމަދު ރިޔާޟްގެ މައްޗަށް ދައުލަތުންކޮށްފައިވާ، ޢާއިލާ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ D>C > > D.,; _, jO.S,/""_;:J.r' fi-'1.,C~ 2019/HC-S-A/06 ~ " 26 D > > '* ; DX ""''~, ~ .;;>V/. .J'.A,/ .rv 436 /RIC/20 17 < _r.;;>V.J'.JOOP~ "' "' 0//~DXOC. o>""o ""'"""' _r.;;>V.J'f'J.A.A /".J<'.?'A""_?A.A "' (. (. OX D > :> •.J'.?_//'V.?V/. ~ :10:1:1 .,., .,. 0 ., .,CV.;;>V/. A/• .?'A~ J ,.;;> ., ., ., ., > , >~ ,. _,.<.;;>~_?.-1 .,C.?'t./",/ ~ ~ ,; 0~ :li :Jt:ll? >t?"' C.c.LO? l. 'rJ..-....... ~.,.. .. .A ' ~ y-:_., J e ""'-'::.,~ WWW·high court.gov.mv info@ h ighc ourt .gov. mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 ގެ 15 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ނަންބަރު 2011/09 ޢާންމު ސިޓީ (08 ސެޕްޓެމްބަރު 2011)
  • ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)
  • ގަވާއިދު ނަންބަރު 2020/R-72 (ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ގަވާއިދު)
  • ގަވާއިދު ނަންބަރު 2020/R-70 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އާންމު ގަވާއިދު)
  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)
  • ގަވާއިދު ނަންބަރު 2021/R-117 (ކުޑަކުދިންގެ ޢަދުލުގެ ޢާންމު ގަވާއިދު)
  • ސުޕްރީމް ކޯޓުގެ 2019/SC-A/77
  • ސުޕްރީމް ކޯޓުގެ 2012/SC-A/01
  • ސުޕްރީމް ކޯޓުގެ 2011/SC-A/23
  • ސުޕްރީމް ކޯޓުގެ 2011/SC-A/34
  • ހައިކޯޓުގެ 2019/HC-N-A/15
  • ހައިކޯޓުގެ 2019/HC-N-A/11

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ