ޢަލީ އިބްރާހީމް ދީދީ ވ. ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 53/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން ކަނޑައެޅީ ސަބަބެއް ނެތި ހާޒިރުނުވުމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރުމަށް އެކަށީގެންވާ ސަބަބު އޮތް ކަމަށާއި، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާތީ މުވައްޒަފު އެދުނު އަމުރެއް ނުކުރެވޭނެ ކަމަށެވެ.
- ވާޤިޢާ
- ކެޕްޓަނެއްގެ މަޤާމުގައި 2018 މާރިޗުން ފެށިގެން ވަޒީފާ އަދާކުރި މުވައްޒަފު 2018 އޯގަސްޓުން ފެށިގެން ވަޒީފާއަށް ނުކުތުން ހުއްޓާލުމުން، 19 ޑިސެމްބަރު 2018 ގައި ޒިންމާ އަދާކުރުމަށް އުޒުރުވެރިވުމާއި ހާޒިރުނުވުމުގެ ސަބަބުން ނޯޓިސް ނުދީ ވަކިކޮށްފައިވެއެވެ. ވެރިން އަނގަބަހުން ގޭގައި ހުރުމަށް އެންގި ކަމަށް މުވައްޒަފު ބުނެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަމަށް ޓްރައިބިއުނަލުން ކަނޑައެޅީ ދެފަރާތުން ނުނަގާ ނުކުތާއެއް މެންބަރުން އަމިއްލައަށް ނަގައިގެން (ޕާޓީ ޕްރެޒެންޓޭޝަން އުޞޫލާ ޚިލާފަށް) ތޯއާއި، ވަޒީފާއަށް ހާޒިރުނުވާތީ ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކުންފުނިން ބުނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރި ކަމަށް ވީއިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ޓްރައިބިއުނަލުން އަމިއްލައަށް ނެގުމަކީ ޕާޓީ ޕްރެޒެންޓޭޝަން އުޞޫލާ ޚިލާފު ކަމަށާއި، ޢަދުލުވެރިކަން ޤާއިމުކުރި ކަމެއް ސާބިތުނުވާ ކަމަށެވެ. ކުންފުނިން ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަކީ ދެފަރާތުން ވާހަކަ ދެއްކި ނުކުތާއެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދަޢުވާ ފޯމާއި ކުންފުނީގެ ބަޔާންތަކުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ ފާހަގަކޮށްފައިވާތީ ޓްރައިބިއުނަލުން އަމިއްލައަށް ނެގި ނުކުތާއެއް ނޫނެވެ. ގާތްގަނޑަކަށް 4 މަސް ހާޒިރުނުވުމަކީ ފާޅުކަން ބޮޑު ސަބަބެއް ކަމަށާއި ސަބަބުތަކާއެކު އަންގާފައިވާއިރު ތަޢުން ނުކުރާތީ ދެ ބާވަތުގެ ޢަދުލުވެރިކަމަށް ތާއީދުކުރެވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން ކަމާއި، އެކަށީގެންވާ ސަބަބެއް އޮތްކަން ކަށަވަރުކުރުމުގެ ނިޒާމަކީ ޤާނޫނުގައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ބެލުމެވެ.
HN2 ނޯޓިހަކާނުލައި ވަކިކުރެވޭނީ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައެވެ. އެއީ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް (ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް) ނުވަތަ ޚިޔާނާތެއް ވެފައިވާ ޙާލަތެވެ.
HN3 ޕާޓީ ޕްރެޒެންޓޭޝަން އުޞޫލުގެ ދަށުން ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުން ހުށަހަޅާ ވަޤާއިޢާއި އެދޭ ކަންތައްތަކަށް ނަމަވެސް، ފަރާތްތަކުން ފާހަގަ ނުކުރި ނަމަވެސް މައްސަލައަށް ޢަމަލުކުރަންޖެހޭ ޤާނޫނު ތަޠްބީޤުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ.
HN4 ވަކިކުރި ލިޔުމުގައި މާއްދާ ބަޔާން ނުކޮށް، ނޯޓިސް ނުވަތަ ނޯޓިހުގެ ބަދަލު ނުދީ ވަކިކޮށްފައިވާނަމަ، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތުގެ ދަށުން ވަކިކުރުމެއްކަމަށް ބެލެވޭނެއެވެ. އަދި ދެފަރާތުގެ ބަޔާންތަކުގައި 23 ވަނަ މާއްދާއާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު ޓްރައިބިއުނަލުން އެ މާއްދާއަށް ބަލައިގެން ނިންމުމަކީ މެންބަރުންގެ އަމިއްލަ އިސްނެގުމެއް ނޫނެވެ.
HN5 ޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާނަމައެވެ. ކުންފުނީގެ އުޞޫލުތަކާއި އެއްގޮތަށް ހުއްދަ ނުނަގާ ވީނުވީއެއް ނޭނގި ތަކުރާރުކޮށް ވަޒީފާއަށް ހާޒިރުނުވުމަކީ އަޚްލާޤު އެކަށީގެން ނުވުމެއްކަމަށް ކަނޑައަޅައި 23 ވަނަ މާއްދާގެ ދަށުން ނޯޓިހަކާނުލައި ވަކިކުރެވިދާނެ ސަބަބެކެވެ.
HN6 ވަޒީފާއަށް ހާޒިރުނުވާކަން މުވައްޒަފުގެ ބަހުން ސާފުކޮށް އެނގޭ، ޖަވާބުދާރީކުރުވުމުގެ ފުރުޞަތު އެކަށީގެންވާ ގޮތެއްގައި ތަނަވަސް ނުވާ، ނުވަތަ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް ނުވަތަ ގެއްލުން ލިބޭނެ ކަމެއް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ކޮންމެހެން ލާޒިމްނުވާނެއެވެ. މުވައްޒަފަށް ސަބަބު ބަޔާންކޮށް ނިންމުން މުރާޖަޢާކުރަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ވަކިކުރި ސަބަބުތަކާއެކު އަންގާފައިވާއިރު ސަބަބުތައް ތަޢުން ނުކުރާނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު، މިރައުޔަށް ފަނޑިޔާރު ޢަލީ ސަމީރއާއި ފަނޑިޔާރު ޙސައިނު ޝަހީދު
ތާއީދު ކުރެއެވެ.
ތަޢާރުފު
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2019 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް، ގއ.ކޮނޑޭ/ ޖޯޖެޓްވިލާ، ޢަލީ އިބްރާހީމްދީދގެ ފަރާތުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ:
3ޢަލީ އިބްރާހީމް ދީދީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އޭނާ، 31 މާރިޗް 2018 އިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކެޕްޓަނެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކުންފުނީގެ ވެރިން އަނގަބަހުން އަންގާފައިވާއިރު، ވަޒީފާއަށް ނުނިކުންނަކަމަށް ބުނެ އޮޅުވާލައިގެން ވަޒީފާއިން ވަކިކޮށްފައިވާތީއާއި އެއްވެސް އިންޒާރެއް ނުދީ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އެ މުއްދަތަކީ ވަޒީފއިނާ ވަކިކޮށްފައިވާ މުއްދަތެއނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާ އަލުން އިޢާދަކޮށްދިނުމާއެކު ވަޒީފާ އިޢާދަކޮށްދިނުމާ ހަމައަށް ހިނގާނެ މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް އެދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާ ގޮތަށް 19 މާރިޗް 2019 ގއ ހުށަހެޅި މައްސަލައެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:
4ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޢަލީ އިބްރާހީމްދީދީ 31 މާރިޗް 2018 އިން ފެށިގެން 19 ޑިސެމްބަރު 2018 އާ ހަމައަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާ އަދާކުރި މުއްދަތުގައި ވަޒީފާއަށް ހާޟިރުވާންޖެހޭ 263 (ދުއިސައްތަ ފަސްދޮޅަސް ތިނެއް) ދުވަހުގެ ތެރެއިން ސަބަބު ބަޔާންކުރުމެއް ނެތި 175 (ސަތޭކަ ހަތްދިހަ ފަހެއް) ދުވަހު ވަޒީފާއަށް ޙާޟިރުވެފައިނުވް ކަމަށާއި، އަހަރީ ޗުއްޓީގެ 16 (ސޯޅަ) ދުވަސް ނަގާފައިވާ ކަމަށާއި، ވަޒީފާއަށް ޙާޟިރުވެފައިވަނީ 29 (ނަވާވީސް) ދުވަހުކަމަށާއި، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަކިކަމެއް ކުރުމަށް އެންގީ ކާކުކަން ޢަލީ އިބްރާހީމްދީދީއަށް ސާފުކޮށް ބަޔާންކޮށްދެވިފައިނުވާ ކަމަށާއި، ވަޒީފާއަށް ނުނިކުމެ ހުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން އެއްވެސް އިރެއްގައި ޢަލީ އިބްރާހީމްދިދީއަށް އަންގާފައިނުވާނެ ކަމަށާއި، ވަޒީފާއިން ވަކިކުރަންދެން ޢަލީ އިބްރާހީމްދީދީ މަސައްކަތަށް ނުކުމެފައިނުވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، ޢަލީ އިބްރާހީމްދީދި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށާއި، ޢަލީ އިބްރާހީމްދީދީއަކީ ވަޒީފާއަށް ފަރވާކުޑަކޮށު ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްތު އަދާކުރުމުގައި އިހުމާލުވެފައިވާ ފަރާތެއްކަމަށް ބުނެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޖަވާބުދާރީވެފައިވާއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ޢަލީ އިބްރާހީމްދީދީ ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމެއް ނެތިކަން އެނގެން އޮންނައިރު، އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ 'ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުން' (19 ޑިސެމްބަރު 2018) ގައި ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ މަޤާމުގެ ޒިންމާ އަދާކުރުމަށް އުޛުރުވެރިވުމާއި ވަޒީފާއަށް ހާޟިރުނުވުން ކަމުގައި ބަޔާންކޮށްފައިވާއިރު، ޢަލީ އިބްރާހީމްދީދީ ވަޒީފާ އަދާކުރި މަޤާމުގެ ޒިންމާ އަދާކުރުމަށް އެ ފަރާތުން އުޛުރުވެރިވެފައި ވަނީ ކޮން ގޮތަކުންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޘާބިތުކޮށްދެވިފައި ނުވިނަމަވެސް، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގަ ވަޒީފާއަށް ނުކުތުން ހުއްޓާލާފައިވާ ކަމަށްބުނެ ޢަލީ އިބްރާހީމްދީދީގެ ފަރާތުން އިޤްރާރުވެފައިވާތީއާއި އިސްވެ ބަޔާންކޮށްފައިވާ ފަދައިން 2018 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ވަޒީފާއަށް ނުކުތު ން ހުއްޓާލާފައިވަނީވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އަންގައިގެނކަން ނުވަތަ ވަޒީފާއަށް ނުކުތުން ހުއްޓައިލުމަށް އެކަށީގެންވާ ސަބަބެއް މެދުވެރިވެގެން ކަމަށް ޢަލީ އިބްރާހީމްދީދީއަށް ޘާބިތުކޮށްދެވިފައިނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/77 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ހުއްދަ ހޯދުމެއް ނެތި މުވައްޒަފަކު ތަކުރާރުކޮށް ވަޒީފާއަށް ޙާޟިރު ނުވުމަކީ އެފަދަ މުވައްޒަފެއްގެ މަސައްކަތު އަޚްލާޤު އެކަށީގެންނުވާ ކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭ ކަމެއްކަމަށް އެކަށީގެންވާ ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ނުފެންނަކަމަށް ކަނޑައެޅުމުގެ އިތުރުން، އެކަމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ގެއްލުން ލިބޭނޭ ބާވަތުގެ ކަމެއްކަމަށްވާތީ، އެކަމުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ބާވަތުގެ ކަމެއްކަމުގައި ބަލަންޖެހޭތީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ޢަލީ އިބްރާހީމްދީދީ ވަކިކޮށްފައިވަނީ އިސްވެބަޔާންކޮށްފައިވާ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެ، މި ޙާލަތުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ޤާއިމު ކުރުމަށްފަހުގައިކަމަށް ކަނޑައަޅައި، ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކި ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއިން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ، ޢަލީ އިބްރާހީމްދީދީ ވަޒީފާއަށް ޙާޟިރު ނުވުމަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމެއް ކަމަށްވާތީއާއި، އެކަމުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ބާވަތުގެ ކަމެއްކަމަށްވާތީ، ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ ފަރާތަށް އަންގާފައިވާކަން އެނގެން އޮތުމުން އިސްވެ ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/77 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ޢަލީ އިބްރާހީމްދީދީ ވަކިކޮށްފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި ވަޒީފާ ދޭފަރާތުން ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމު ކުރުމަށްފަހުގައިކަމަށް ކަނޑައަޅައި، މި މައްސަލާގައި ޢަލީ އިބްރާހީމްދީދީ އެދިފައިވާ ފަދަ އަމުރެއް މައްސަލަ ރައްދުވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކުރާނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅަ އެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާ އެދޭގޮތް:
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2019 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް ގއ.ކޮނޑޭ/ ޖޯޖެޓްވިލާ، ޢަލީ އިބްރާހީމްދީދގެ ފަރާތުނީ 2 (ދޭއް ) ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ:
1.5 އިސްތިއުނާކުރާފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވާއިރު، އިސްތިއުނާފުކުރާފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް މައްސަލަ ބެއްލެވި މެންބަރު އަމިއްލައަށް ކަނޑައަޅާފައިވަނީ Presentation Party of Principle ގެ އުޞޫލާއި ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓަކުން ފައިސަލާ ކުރަންވާނީ ޚަޞާ މުންގް ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ އަދި ފައިސަލާކުރަން އެދިފައިނުވާ ކަންތައްތަކެއްގެ މައްޗަށް ފައިޞަލާކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
2.5 އިސްތިއުނާފުކުރާފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުންކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވާއިރު، ވަޒީފާއާބެހޭ ޤާނޫނުގޫ 21 ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކިކުރާއިރު ޤާއިމު ކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށް ދީފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާއިރު ވެސް މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއމުކުރެވިފައިވާކަމަށި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
6މި ނުކުތާތައް ހުށަހެޅުމަށްފަހު، ޢަލީ އިބްރާހީމްދީދީގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 53/VTR/2019 މައްސަލާގައި ނިންމާފައިވާ ނިންމުން ބާޠިލްކޮށްދެއްވައި އެ މައްސަލަ އަލުނު ބެލުމަށް ތަޙްވީލު ކޮށް ދިނުމަށެވެ.
7މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޢަލީ އިބްރާހީމް ދީދީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެ މީހެއްކަމަށާއި، ވަޒީފާއިން ވަކިކުރި ލިޔުމުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިނުވާނެ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާގެ ދަށުން ކުރެވިދާނެ ކަމެއްކަމަށާއި ގަވާއިދުގައވި ގޮތުގެމަތިން ސަލާމް ނުބުނެ، ޢަލީ އިބްރާހީމްދީދީ އޮފީހަށް ހާޒިރުނުވުމަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަމާއްދާގެ ދަށުން ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް މި މައްސަލަ ބެލި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މެންބަރުން ކަނޑައަޅާފައިވަނީ ދެފަރާތުން ދައްކާފައިނުވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެމެންބަރުން އަމިއްލައަށް ނޫންކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލްކުރަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅައި ދިނުމަށް ވޭސްޓް މެނޭޓްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެދިފައިވެއެވެ. ކަން ހިނގާފައިވާ ގޮތް:
8ގއ.ކޮނޑޭ/ ޖޯޖެޓްވިލާ، ޢަލީ އިބްރާހީމްދީދީއަކީ 31 މާރިޗް 2018 އިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކެޕްޓަނެއްގެ މަޤާމުގައި ވަޒީފާއަދާކުރަމުން ދިޔަ މީހެކެވެ.
9ޢަލީ އިބްރާހީމްދީދީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގައި އަދާކުރަމުން ދިޔަ ވަޒީފާއިން، 19 ޑިސެމްބރަ 2018 ގައި ވަކިކޮށްފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަޤާމުގެ ޒިންމާ އަދާކުރުމަށް އުޒުރުވެރިވުމާއި ވަޒީފާއަށް ހާޒިރުނުވާތީ، މިސަބަބަށްޓަކައިކަން އޭނާގެ "ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުން" އަށް ބެލުމުން އެނގެއެވެ.
10ޢަލީ އިބްރާހީމްދީދީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއަދާކޮށްފައިވަނީ، 31 މާރިޗް އިން ފެށިގެން 19 ޑިސެމްބަރު 2018 އަށެވެ. އެމުއްދަތުގެ ތެރޭގައި 2018 އޮގަސްޓް މަހުގައި ވަޒީފާއަށް ނުކުތުން ހުއްޓައިލިއެވެ. ޢަލީ އިބްރާހީމްދީދީ އެކުންފުނީގެ ވަޒީފާއަދާކުރި މުއްދަތުގެ ތެރޭގައި ވަޒީފާއަށް ޙާޟިރުވާންޖެހޭ 263 (ދުއިސައްތަ ފަސްދޮޅަސް ތިނެއް) ދުވހުގަ ތެރެއިން ސަބަބު ބަޔާންކުރުމެއް ނެތި 175 (ސަތޭކަ ހަތްދިހަ ފަހެއް) ދުވހަ ވަޒީފާއަށް ޙާޟިރުވެފައިނުވެއެވެ. އަދި އަހަރީ ޗުއްޓީ 16 (ސޯޅަ) ދުވަސް ނަގާފައިވެއެވެ. އެދުވަސްތައް އުނިކުރުމުން ޢަލީ އިބްރާހީމް ދީދީ ވަޒީފާއަށް ޙާޟިރުވެފައީ ވަނި 29 (ނަވާވީސް) ދުވަހު ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވެއެވެ.
11ޢަލީ އިބްރާހީމްދީދީގެ ފަރާތުން ފާހަގަކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެއިރުގެ ރައީސަށް ތާއީދުކުރުމަށް ކުންފުނީގެ ވެރިން އެންގުމުން އެކަމަށް އޭނާ އިންކާރުކުރުމާ ގުޅިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކުންފުނީގެ ވެރިން އަނގަބަހުން އަންގާފައިވާ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެދުވަސްތަކުގައި އޮފީހަށް ނުނިކުންނަ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރުން:
12HN1މުވައްޒަފަ ކ ވަޒީފާއިން ވަކި ކުރެވޭނީ، އެމުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުގައި ވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާ ކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިނމާއަދް ނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން ކަމަށް ވަޒީފާއާބެހޭ ޤާނޫނު ގެ 21 ވަނަމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކި ކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރު ކުރުމަށް ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖްރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ . - ޤާނޫނުނަންބަރު 2008/2 - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ 12 ވަނަ ނުކުތާ .
13HN2ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ކަމާއި، މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާ ކަމަށް ބެލޭނީ، (1) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށްގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން؛ (2) ޚިޔާނާތެއް ވެފައިވުންކަން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނ) ގެ 23 ވަނަމާއްދާގެ (ހ) އާއި (ށ) އިން އެނގެއެވެ.
14ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއއޮތް ކަމަށް ބެލެވޭނެ ޙާލަތްތައް ތަފްސީލުކޮށް ދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، އިސްމާޢީލް މަސްޢޫދު ވ.ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައި ވަނީ، ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ ދެ ހާލަތެއްގައި ކަމަށާއި، އެއީ: ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއް ކުރުމާއި، ޚިޔާނާތެއް ވެފައިވުން ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ކޮންމެ ކޮންމެ ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުން ހުއްދަ ނުވެދާނެ ކަމަށާއި ނަމަވެސް، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށާއި، ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކަށްވާނީ، މުވައްޒަފު ކުރި ޢަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ ވަޒީފާގެ ގުޅުން އެއް ކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށްވާ ނަމަ ކަމަށެވެ. - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 33 ވަނަ ނުކުތާ .
15HN3ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ބެއްލެވި މެމްބަރު އަމިއްލައަށް ކަނޑައަޅާފައިވަނީ، Presentation Party of Principle ގެ އުޞޫލާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަ ކުރެއެވެ. "ޕާޓީ ޕްރެޒެންޓޭޝަން ރޫލް"އަކީ އެޑްވަރސޭރިއަލް ނިޒާމަށް ޝަރީޢަތްކުރާ ގައުމުތަކުގައި މަދަނީ އަދި ޖިނާއީ މައްސަލަތައް ބެލުމުގައި އެމައްސަލައެއްގެ ދަޢުވާއަށާއި ދަޢުވާކުރާ ފަރާތުން ފާހަގަ ކުރާ ވާޤިޢާތަކާއި، އެދަޢުވާގެ ދިފާޢުގައި ދަޢުވާލިބޭ ފަރާތުން ފާހަގަކުރާ ކަންތައްތަކުގެ މައްޗަށް ފަނޑިޔާރު ގޮތް ނިންމުމާއި އަދި އެމައްސަލަ ބަލާ ފަނޑިޔާރު އަމިއްލައަށް ކަންކަން ފާހަގަކޮށް ގޮތް ނިންމުމަށް ހިތްވަރު ނުދޭ އުޞޫލެކެވެ. މައްސަލައިގައި ހިމެނޭ ފަރާތްތަކުން ފާހަގަ ކޮށްފައިނުވި ނަމަވެސް، ހުށަހެޅިފައިވާ މައްސަލައިގައި ޢަމަލު ކުރަންޖެހޭ ޤާނޫނާއި އެޤާނޫނު ތަޠްބީޤު ކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު) ޤަޟިއްޔއިނާ މިއުޞޫލުވަނީ ބަލައިގެނފައެވެ. އެޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ކޯޓަށް ހުށަހެޅފައިވި ޚުޞޫމަތަކާ ގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާ ކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާ ކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމާއި، .." މިފަދައިންނެވެ. މި މައްސަލަ އިސްތިއުނާފުކުރަމުން ޢަލީ އިބްރާހީމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާގައި އޭނާގެ ޝަކުވާއަކީ އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ
(ހ) ގެ ދަށުންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު ގެ ފަރާތުން ބުނެފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމާއްދާގެ ދަށުން ޞައްޙަ ގޮތުގައތި ނުވަތަ ނޫންތޯ، ކަމާއި، އެނޫން މާއްދާއެއްގެ ދަށުން އޭނާގެ ވަޒީފއިނާ ވަކިކުރެވިދާނެ ކަމަށް ކަނޑައެޅުމަކީ އެޓްރައިބިއުނަލުގެ ދައުރެއް ނޫންކަމަށާއި ނަމަވެސް މިމައްސަލައިގައި ޢަލީ އިބްރާހީމް ދީދީ، ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަމާއްދާއާ އެއްގޮތަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށާއި، އެއީ "ޕާޓީ ޕްރެޒެންޓޭޝަން ރޫލް"އާ ޚިލާފުކަމެއް ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޢަލީ އިބްރާހީމް ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤނޫނުގާ 23 ވަނަ މާއްދާގެ ދަށުން ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މި މައްސަލަ ބެލި މެންބަރުން އަމިއްލައަށް ފާހަގަ ކުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންތޯ؟ އަދި ޢަލީ އިބްރާހީމް ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ޞައްޙަ ގޮތުގައިތޯ ނުވަތަ ނޫންތޯ؟ މިދެ ސުވާލުކަމަށް ދެކެމެވެ.
16HN4މި މައްސަލައިގައި ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކުރިކަން އަންގައި އޭނާއަށް ދިން ލިޔުމުގައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއބެހާ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ސަބަބު އެލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އެއީ "މަޤާމުގެ ޒިންމާ އަދާކުރުމަށް އުޒުރުވެރިވުމާއި ވަޒީފާއަށް ހާޒިރު ނުވުން"އެވެ. މިއީ މުވައްޒަފަކު ވަޒީފާއަދާކުރުމުގެ ޒިންމާ އަދާނުކުރުމާއި އަދި ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅުން ހުރި ކަމެކެވެ. ވަޒީފާއާބހެ ޤާނޫނުގެ 23 ވަނަ މާއްދާގައިވަނީ ނޯޓިސް ނުދީ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތކެކެވެ. އަދ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަމާއްދާގައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އޭނާއަށް ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންޖެހޭނެއެވެ. މި މައްސަލައިގައި ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ނުވަތަ ނޯޓިހުގެ މުއްދަތަށް ފައިސާ ނުދީއެވެ. އެހެންކަމުން، ޢަލީ އިބްރާހީމް ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ދިނުމެއް ނެތިކަމާއި، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުކަން އެނގެއެވެ.
17މި މައްސަލައިގައި ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލެވެންނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ބެލި މެންބަރު ކަނޑައަޅާފައިވަނީ އެމެންބަރު އަމިއްލައަށް އެނުކުތާ ނަގައިގެންތޯ ނުވަތަ ނޫންތޯ ބަލާއިރު، ޢަލީ އިބްރާހީމް ދީދީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ހުށަހެޅި ފޯމުގެ 7 ވަނަ ނަންބަރަށް ބަލާއިރު،"ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ނުދީ ކުއްލިއަކަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރީ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށެވެ." މިގޮތަށް ލިޔެފައިވެއެވެ. އަދި އިސްތިއުނާފުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ މައްސަލައިގެ ޚުލާޞާގައިވެސް ".. ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުނަންބަރު 2008/2(ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމުގައިވާތީ..." މިފަދައިން ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގެ ދަޢުވާ ރައްދުވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 21 މެއި 2019 ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ބަޔާނުގެ 1 ވަނަ ނަންބަރުގައި، ޢަލީ އިބްރާހީމްދީދީ ވަޒީފާގައި ހުރިއިރު، މަސައްކަތަށް ހާޒިރުވެފައިވާ ގޮތުގެ ތަފްސީލް ބަޔާންކުރުމަށްފަހު، "އެގޮތުން ޤާނޫނު ނަންބަރު 2008/2(ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާ މަސައްކަތުގެ އަޚްލާޤް އެކަށީގެން ނުވުމާއެކު އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައެވެ. މިފަދައިން ބަޔާންކޮށްފައިވާއިރު، ދަޢުވާކުރާ ޢަލީ އިބްރާހީމް ދީދީއަކީ ކުންފުނީގެ ބޮޑެތި ޒިންމާތަކެއް ހަވާލު ކުރެވިފައިވާ މީހަކަށްވެ ހުރެ ހާޟިރީ ރިޕޯޓަށް ބަލާއިރު، ގިނައީ މަސައްކަތަށް ހާޟިރުނުވާ ދުވަސްކަން ފާހަގަ ކުރެވެއެވެ." މިގޮތަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން 13 ޖޫން 2019 ގައި އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގެ 3 ވަނަ ނަންބަރުގައިވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާގުޅޭ ގޮތުން ވާހަކަ ދައްކާފައިވާކަން އެނގެން އެބައޮތެވެ. އެގޮތުން އެބަޔާނަށް ބަލާއިރު، ..."އެގޮތުގެ މަތީން ދަޢުވާކުރާ ފަރާތުން ޢަމަލުކުރަމުންދިޔަ ގޮތަށް ބަލާއިރު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޢަމަލު ކުރެވިދާނެ ކަމަށް ބަޔާންކުރެވުނު ޤާނޫނު ހުއްދަކުރާ ކަމާއި،..." މިފަދައިން ބ ޔާންކޮށްފައިވެއެވެ. އިސްވެ ބަޔާންވެ ދިޔަ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ޢަލީ އިބްރާހީމްދީދީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައވަނި އެމައްސަލަ ބެލި މެންބަރުންގެ އަމިއްލަ އިސްނެގުމުގެ މަތިން އެމާއްދާ ފާހަގަކޮށްގެން ނޫންކަމާއި އެނިންމުން ނިންމާފައިވަނީ މި މައްސަލައިގައި ހިމެނޭ ދެފަރާތުން އެނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ވާހަކަ ދައްކާފައި އޮތުމުންކަން އެނގޭތީ، މި މައްސަލަ ބެލި މެންބަރުން އަމިއްލަ އިސްނެގުމުގެ މަތިން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ފާހަގަކޮށް، ޕާޓީ ޕްރެޒެންޓޭޝަން އުޞޫލާ ޚިލާފަށް މި މައްސަލަ ނިންމާފައިވާ ކަމަށް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ މި މައްސަލައިގެ ލިޔުންތަކުން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ޙަޤީޤަތްތަކާ ޚިލާފަށްކަން އެނގެއެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން
18HN5މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި ނުވަތަ ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރިކުރުމަކީ ޢަދުލުވެރި ކަމާއެކު ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަ ކަމާއި، އެގތުނޮ ޢާންމު އުސޫލެއްގެ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ނިންމި ނިންމުމުގައި މައޟު ޢޫ ޢަދުލުވެރިކަން fairness) (substantive އާއި އިޖްރޢާ ޢަދުލުވެރިކަން fairness) (procedural ޤާއިމް ކުރެވިފައިވާ ނަމަ ކަމާއި، މައުޟޫޢީ ޢަދުލުވެރި ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށްވުންކަން އެނގެއެވެ.
19ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިކޮށްފައިވާކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ސާބިތުކޮށްދެވިފައިނުވާކަމަށް ޢަލީ އިބްރާހީމްދީދީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. 2018 ވަނަ އަހަރުގެ އޯގަސްޓް މަހު، ޢަލީ އިބްރާހީމްދީދީ ވަޒީފާއަށް ނުކުތުން ހުއްޓާލާފައިވާކަމަށް އޭނާގެ ފަރާތުން ޓްރައިބިއުނަލްގައިވެސް ބުނެފައިވެއެވެ. އޭނާ ވަޒީފާއަށް ނުކުތުން ހުއްޓާލީ، އޭނާ މަސައްކަތްކުރި އުޅަނދުން ފޭބުމަށް 18 އޯގަސްޓް 2018 ގައި އޭނާގެ ސުޕަވައިޒަރު މުޙައްމަދު ވަޙީދު އަންގާފައިވާތީކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިކަމަށް އިންކާރުކޮށްފައިވާއިރު، ޢަލީ އިބްރާހީމްދީދީގެ ފަރާތުން ބުނާ ބުނުން ސާބިތުކޮށްދިނުމަށް އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.
20"ކުންފުންޏެއްގައި ޢަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހުއްދަނެގުމަކާނުލާ، ވީނުވީއެއް ނޭނގި، ވަޒީފާއަދާކުރާ ފަރާތަކުން ވަޒީފާއަށް ހާޒިރުނުވުމަކީ، އެފަދަ މުވައްޒަފެއްގެ މަސައްކަތު އަޚްލާޤު އެކަށީގެން ނުވާކަމަށާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެކަށީގެންވާ ހަމަތަކުގެމަތިން ވަޒީފާދޭ ފަރާތަށް ނުފެންނަކަމަށް ކަނޑައެޅުމުގެ އިތުރުން، އޭނާ އަދާކުރަމުން ދިޔަ ވަޒީފާގައި އިތުރަށް އޭނާ ބަހައްޓައިފިނަމަ އެކަމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް، އިސްވެބަޔާންކުރެވުނު ޤާނޫނީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި އެމުވައްޒަފަކު ވަޒީފާއިން - ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު) ޤަޟިއްޔާ. ވަކިކުރެވިދާނެ ކަމެއްކަމާއި.." މިފަދައިން، ދިވެހިރާ އްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/77 (ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު ޔޫސުފް) ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހިޔުމަން ރިސޯސް ޕޮލިސީގެ 13 ވަނަ ނަންބަރުގައި އެކުންފުނީގައި ވަޒީފާއަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން މުވައްޒަފެއްގެ އަޚްލާޤު ރަނގަޅުނުވުމާއި ވަޒީފާގެ މަސްއޫލިއްޔަތު ހިތްހަމަޖެހޭ ގޮތަށް އަދާނުކުރެވޭނަމަ އެއީ އޭނާ ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއް ކަމާއި މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އޭނާއަށް ނޯޓިސް ނުވަތަ ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދޭންޖެހޭނެ ކަމާއި، ނަމަވެސް ވަޒީފާއަދާކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން ނުވަތަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ އެނޫން އެހެން ސުލޫކީ ޢަމަލެއްގެ ސަބަބެއް މެދުވެރިވެއްޖެނަމަ، ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ. މި މައްސަލައިގައި ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ވަޒީފާއަށް ހާޒިރުނުވުމާއި ވަޒީފާގެ ޒިންމާއަދާކުރުމަށް އުޒުރުވެރިވެފައިވާތީކަމާއި މިއީ ޢަލީ އިބްރާހީމްދީދީގެ ވަޒީފާގެ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާނުކޮށް ފަރުވާކުޑަކުރުމާގުޅޭ ކަމެއްކަން އެނގޭތީ، އެސަބަބަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި ޢަލީ އިބްރާހީމްދީދީ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބަކާ ލައިގެނކަމާއް އަދި އެ ސަބަބަށްޓަކައި އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދލުވެރިކަނު ޤާއިމްވާ ކަމަށް ޤަބޫލު ކުރެވެއެވެ.
21HN6ޢަލީ އިބްރާހީމްދީދީ، ވަޒީފާއަށް ޙާޟިރުނުވާތީ ނުވަތަ ވަޒީފާގެ މަސްޢޫލިއްޔަތުތައް ގަވާއިދުން އަދާނުކުރާތީ އެކަމާގުޅޭ ގޮތުން ތަޙުޤީޤެއް ހިންގައި، ޖަވާބުދާރީވުމުގެ ފުރުޞަތު ޢަލީ އިބްރާހީމްދީދީއަށް ލިބިދީފައިނެތް ނަމަވެސް، ޢަލީ އިބްރާހީމް ދީދީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ވަޒީފާއަށް ހާޒިރުނުވާކަން އޭނާ ގެ ބަހުން ސާފުކޮށް އެނގޭއިރު، ޖަވާބުދާރީވުމަށް އޭނާއަށް އެންގޭނެ ފުރުޞަތު އެކަށީގެންވާ ގޮތެއްގައި ތަނަވަސްވެފައި ނެތް ޙާލަތެއްގައި، އަދި ވަޒީފާއިން ވަކިކުރެވެނާ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލެއްގެ ސަބަބެއަ އޮވެގެންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ޙާލަތެއްގައި އަދި ވަޒީފާގައި އޭނާ އިތުރަށް ބެހެއްޓުމަކީ ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުން ވަޒީފާދޭފަރާތުގެ މައްޗަށް ކޮންމެހެން ލާޒިމްނުކުރެވޭނެ ކަމާއި، މިގޮތުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފަކަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަކަށް ކަމަށް ނުދެކޭނަމަ، ސަބަބު ބަޔާންކޮށް އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ. މި މައްސަލައިގައި ޢަލީ އިބްރާހީމް ދީދީ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހާޒިރުނުވެ ގާތްގަނޑަކަށް 4 (ހަތަރެއް) މަސްދުވަސް ވެފައިވާތީކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތުމުންކަމާއި އޭނާ ވަޒީފާއަށް ހާޒިރުނުވާ ސަބަބު ވަޒީފާދިންފަރާތަށް އަންގާފައިވާކަން އެނގޭނެ ހެއްކެއް އަދި ޤަރީނާ އެއްވެސް ހުށަހެޅިފައިނުވާތީ، މިޙާލަތުގައި އޭނާއަށް ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ނުވަތަ ޖަވާބުދާރީވުމަށް ފުރުޞަތު ނުދިނުމަކީ އޭނާ ވަޒީފާއިން ވަކި ކުރުމުގެ އިޖްރާއަތު ފުރިހަމަ ނުވާކަމަށް ބެލެވޭނެ ސަބަބެއްނޫނެވެ. ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކި ކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އޭނާއަށް އަންގާފައިވާ ކަމާއި އެސަބަބުތައް ތަޢުން ކުރުމަށް ޢަލީ އިބްރާހީމްދީދީގެ ފަރާތުން މަސައްކަތެއް ކޮށްފައިނުވާކަން އެނގޭތީ، ޢަލީ އިބްރާހީމްދީދީ ވަޒީފާއިން ވަކި ކުރުމުގައި ޤާއިމް ކުރަންޖެހޭ އިޖުރާޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައި ވާ ކަމަށް ބުރަވެވެއެވެ.
22ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 53/VTR/2019 މައްސަލއިގައަ ގއ.ކޮނޑޭ/ޖޯޖެޓްވިލާ، ޢަލީ އިބްރާހީމް ދީދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައިވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަމެވެ. އަދި ބުނެވިދިޔަ މައްސަލަ އިސްތިއުނާކުރުމަށް ޢަލީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ)
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހިޔުމަން ރިސޯސް ޕޮލިސީގެ 13 ވަނަ ނަންބަރު
- 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު)
- 2013/HC-A/77 (ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު ޔޫސުފް)
- 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.