މާލާ ހައި ރައިޒިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަޙްސަން މޫސާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 107/VTR/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ކަނޑައެޅުމަށްފަހު، ދެފަރާތުގެ މެދުގައި އިތުބާރު ގެއްލިފައިވާއިރު ވަޒީފާއަށް ރުޖޫޢަކުރުމަށް ޓްރައިބިއުނަލުން ނިންމުމާއި، ވަކިކުރި ދުވަހުން ފެށިގެން ރުޖޫޢަކުރާ ދުވަހާ ހަމައަށް މުޅި މުސާރައާއި އިނާޔަތް ނަގައިދިނުމަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތް ނިންމުމެއްތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބާޠިލުކުރި (ރުޖޫޢަކުރުމާއި މުސާރަ ނަގައިދިނުމުގެ ބައި)، ބަދަލު ކަނޑައެޅުމަށް ޓްރައިބިއުނަލަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތިން ބާވަތެއްގެ ޙައްލު ދެވޭނެއެވެ: ކުރިން ހުރި ވަޒީފާއަށް ރުޖޫޢަކުރުން، ނުވަތަ އެބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން، ނުވަތަ ބަދަލު ދިނުން؛ އިސްތިސްނާއީ ހާލަތެއް ނެތްނަމަ އަސާސީ ޙައްލަކީ ރުޖޫޢަކުރުމެވެ.
HN2 ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ހާލަތްތަކުގެ ތެރޭގައި އިޢާދަނުކުރެވޭ މިންވަރަށް ދެފަރާތުގެ އިތުބާރު ގެއްލިފައިވުމާއި، ގިނަ މުއްދަތެއް ފާއިތުވެފައިވުމާއި، ވިޔަފާރީގެ ކުޑަބޮޑުމިނާއި، ވިޔަފާރީގެ ޙާލަތު ގޯސްވުން ނުވަތަ ބޮޑު ބަދަލެއް އައުން ހިމެނެއެވެ. ރުޖޫޢަކުރުމަށް ބާރުއަޅާ ހާލަތްތަކުގެ ތެރޭގައި ފުރަތަމަ ޣައިރު ސުލޫކީ ޢަމަލަކަށް އިންޒާރު އެކަށީގެންވުމާއި، އެހެން ވަޒީފާއެއް ހޯދުން މުސްތަޙީލުވުމާއި، ރުޖޫޢަނުކުރުމަކީ ވަޒީފާދޭ ފަރާތުގެ ނާއިންޞާފު ޢަމަލުތައް ޤަބޫލުކުރުން ކަމަށް ދޭހަވުން ހިމެނެއެވެ.
HN3 ވަޒީފާގެ ގުޅުން ދެމެހެއްޓޭ މިންވަރުގެ އިތުބާރު އޮތްތޯ ކަނޑައަޅަންވާނީ ކޮންމެ މައްސަލައެއްގެ ޚާއްޞަ ޙާލަތްތައް ވަޒަންކޮށްގެންނެވެ؛ އިތުބާރު ގެއްލިފައިވާކަމުގެ ހެކި ވަޒީފާދޭ ފަރާތުން އީޖާބީ ގޮތެއްގައި ސާބިތުކުރަންވާނެ ކަމަށާއި، ވަޒީފާދޭ ފަރާތުގެ ބުނުމަކީ ބުއްދީގެ ހަމަތަކާ ދެކޮޅުނުޖެހޭ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާވާ ބުނުމެއްތޯ ފަރުވާތެރިކަމާއެކު ބަލަންވާނެއެވެ.
HN4 އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި ވަކިކުރި ސަބަބުގެ ބޭރުން މައްސަލައިގައި ކަން ހިނގި ގޮތާއި ވަކިކުރުމަށްފަހު ކުރެވޭ ޢަމަލުތަކަށްވެސް ރިޢާޔަތްކުރެވިދާނެއެވެ؛ މި މައްސަލައިގައި ހުށަހެޅުނު ލިޔެކިޔުމާއި ހެކިން، ވަޒީފާ އިޢާދަކުރިޔަސް ހަމަޖެހިގެން ވަޒީފާ އަދާނުކުރެވޭ މިންވަރަށް އިތުބާރު ގެއްލިފައިވާކަން މަދަނީ މިންގަނޑުން ސާބިތުވެއެވެ.
HN5 ވަޒީފާއިން ވަކިކުރުމުން ގެއްލުނު ހުރިހާ މުސާރައާއި އިނާޔަތެއް ބަދަލުގެ ގޮތުގައި ނަގައިދިނުމަކީ ލާޒިމު ކަމެއް ނޫނެވެ؛ އިންޞާފުވެރި މިންވަރު ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ކޯޓުންނެވެ. ބަދަލު ކަނޑައެޅުމުގައި ވަޒީފާގެ ބާވަތާއި، ޚިދުމަތުގެ މުއްދަތާއި، މުސާރައާއި އިނާޔަތާއި، ވަޒީފާދޭ ފަރާތުގެ ނާއިންޞާފު ޢަމަލުތަކާއި، އުމުރާއި، މުވައްޒަފުގެ ޙިއްޞާއާއި، ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، ނުޙައްޤު މުއްސަނދިކަމާއި، އަބުރަށް ލިބުނު ގެއްލުން ފަދަ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
HN6 ވަޒީފާއަށް ރުޖޫޢަނުކުރާ ޙާލަތުގައި އެހެން ގޮތަކަށް ސާބިތުނުވާނަމަ އެއް އަހަރުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަކީ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެވެ؛ ލިބެމުންދިޔަ މުސާރައާއި އިނާޔަތް ކަށަވަރުނުކުރެވޭނަމަ، ބަދަލުގެ މިންވަރު ކަނޑައެޅުމަށް މައްސަލަ ޓްރައިބިއުނަލަށް ތަޙްވީލުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 107/VTR/2021 މައްސަލަ އިސްތިއުނާފު ކޮށް މާލާ ހައި ރައިޒިންގ ކޮންސްޓްރަކްޝަނސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މާލާ ހައި " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތކަ އަޙްމަދު އަޙްސަން މޫސާ […]، ރ.ރަސްގެތީމު (މީގެ ފަހުން "އަޙްމަދު އަޙްސަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުހަލާ
3އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2021 މައްސަލައަކީ 28 ފެބްރުއަރީ 2021 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އަޙްމަދު އަޙްސަނގް ފަރާތުން މާލާ ހައި އަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
4އަޙްމަދު އަޙްސަން ގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މާލާ ހައި ގެ ސައިޓް ސުޕަވައިޒަރުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 28 ފެބްރުއަރީ 2021 ވަނަ ދުވަހު ވަޒީފާއިން ވަކިކުރިއިރު، ވަޒީފާގެ އެއްބަސްވުމެއް އަދި ވަޒީފާގެ ބަޔާނެއްވެސް ދީފައިނުވާކަމަށާއި، އިތުރު ގަޑީގެ ފައިސާ ދިނުމެއް ނެތި އިތުރު ގަޑީގައި މަސައްކަތްކުރުވާފައިވާކަމަށާއި، ވަޒީފާއިން ވަކިކުރިކަމަށް ދީފައިވާ ނޯޓިހަކީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ދީފައިވާ ނޯޓިހެއް ނޫންކަމަށެވެ. C-305/2005
5އަޙްމަދު އަޙްސަން ވަޒީފާއިން ވަކިކުރުމުގެ ގޮތުން މާލާ ހައި ގެ ފަރާތނު ފޮނުވި ނޯޓިސްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ވަޒީފާގައި މިވ މުއްދަތުގައި މަސައްކަތަށް ފަރުވާކުޑަވުމާއި، ވަޒީފާގެ ވަގުތަށް ހުރުމަތްތެރިކޮށް ނުހިތުމާއި، ވަޒީފާގެ ވަގުތުގައި ސައިޓް ގައި ނުރުހުމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ވަމުންދާތީ، ފާއިތުވެ ދިޔަ ދުވަސްތަކުގައި ވާނީ އަނގަބަހުންނާއި ލިޔުމުން އެކިފަހަރުގެ މަތިން ނަޞޭޙަތްތެރިވެފައެވެ. ނަމަވެސް އަޙްސަން މޫސާ ގެ މަސައްކަތުގެ އަޚްލާޤަށ ބަދަލެއް އައިސްފައި ނުވާކަމަށް ކުންފުނީގެ މެނޭޖްމަންޓަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުންފުނީގެ މަސައްކަތްތައް މިވަގުތު ހުރިގޮތުން ސުޕަވައިޒަރުން އިތުރުވުމާގުޅިގެން މިހާރު ތިބި ސުޕަވައިޒަރުންގެ ތެރެއިން މަސައްކަތަށް އެކަށޭނަ ވަގުތުދީ، ކުންފުނީގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސާބިތުވެތިބި މުވައްޒަފުންނަށް އިސްކަން ދިނުމަށް ނިންމާފައިވާތީ 28 ފެބްރުއަރީ 2021 ވަނަދުވަހުން ފެށިގެން ސުޕަވައިޒަރ އަޙްމަދު އަޙްސަން މޫސާ މިކުންފުނީގެ ސުޕަވައިޒަރެއްގެ މަޤާމުން ވަކިކުރަން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ."
6އަޙްމަދު އަޙްސަނގް ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އަންފެއަރ ޑިސްމިސަލްއެއް ކަމުގައި ކަނޑައަޅައިދިނުމަށާއި، ވަޒީފާ ރުޖޫޢަކޮށްދީ މުސާރައާއި އިނާޔަތް ލިބިދިނުމަށާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާއާބެހޭ ޤާނޫނީ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް އެކަށީގެންވާ ސަބަބެއް ނެތި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމް ކުރުމަކާ ނުލައި ކަމުގައިވާތީ، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށާއި، އެހާތަނަށް ލިބެންޖެހޭ އެންމެހާ މުސާރައާއި އިނާޔަތް ލިބިދިނުމަށާއި، އެފަރާތް ވަކި ކޮށްފައިވަނީ "ނޯޓިހެއް ދިނުމަކާނުލައި" ކަމަށްވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، އިތުރު ގަޑި ފައިސާއާއި ޕެންޝަން ފައިސާ ޖަމާކޮށްފައިވާ ގޮތް ޓްރައިބިއުނަލުން ބެލުމަށްފަހު، އެފަރާތަށް ޙައްޤުވާ އިތުރު ގަޑި ފައިސާއާއި، ޕެންޝަން ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް މާލާ ހައި އަށް އަމުރުކޮށްދިނުމަށެވެ. އަޙްމަދު އަޙްސަން ގެ ފަރާތުން ހުށަހެޅި "މައްސަލަ ހުށަހަޅަ ފޯމް" ގެ ނަންބަރު 9- އެދޭގޮތް
7މިމައްސަލައިގެ ޖަވާބުގައި މާލާ ހައި ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ އެއްބަސްވުން އަޙްމަދު އަޙްސަން އާ ޙަވާލުކޮށްފައިވާނެކަމަށާއި، އަދި އެއްބަސްވުމުގެ 8 ވަނަ ޞަފްޙާގައި ވަޒީފާގެ ބަޔާން އޮންނާނެކަމަށާއި، ވަޒީފާއަށް ނުކުތުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށާއި، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ދެވޭނެ އުޖޫރަ އެއްބަސްވުމުގައި އޮންނާނެކަމަށާއި، ވަޒީފާއިން ވަކިކުރާ ހަމައަށް މަސައްކަތްކުރި އިތުރު ވަގުތެއްގައިވެސް އަދި މަސައްކަތްކުރި ރަސްމީ ވަގުތެއްގައިވެސް ލިބެންޖެހޭ މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބިގެން ކުންފުންޏަށް މައްސަލަ ހުށަހަޅާފައިނުވާކަމަށާއި، އަޙްމަދު އަޙްސަން ވަގުތަށް މަސައްކަތށަ ޙާޟިރުނުވުމާ، މަސައްކަތަށް ފަރުވާކުޑަކުރުމާއި، މަސައްކަތުގެ އަޚްލާޤު ދަށްވެގެން އަޙްމަދު އަޙްސަން އަށް އަނގަބަހުން އެތައް ފަހަރަކު ނަޞޭޙަތް ދީފައިވާނެކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ކުންފުންޏަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން (ހ) އަދި (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ޙާލަތު އޮވެ، އެމާއްދާގެ (ނ) ގައި ދީފައިވާ ތަފްސީލަށް ރިޢާޔަތްކޮށް، ޤާނޫނީ ހަމަތަކުގެ މަތިންކަމުގައެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 107/VTR/2021 މައްސަލއިގަ ނިނމުމުގައް މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންތައްތަކެވެ. (1) އަޙްމަދު އަޙްސަން ވަޒީފާއިން ވަކިކުރި ސަބަބުކަމަށް އެފަރާތަށް ދިން ލިޔުމުން އެނގެން އޮތީ "ރިޑަންޑެންސީ" ކަން ހައިކޯޓުގެ ނަންބަރު 2014/HC-A/280 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން އެނގެން އޮންނަކަން؛ (2) އަޙްމަދު އަޙްސަން އަކީ ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އިޖުރާއީ އަދުލުވެރިކަން ޤާއިމު ކުރެވިފައިނުވާކަމަށް ބުރަވެވޭކަމަށއާ މިއީ އަންފެއަރ ޑިސްމިސަލްއެއް (unfair Dismissal) ކަމަށް؛ މާލާ ހައި ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމްގެ "މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ކުރު ޚުލާސާ" (3) ފަރުވާއެއްގެ ގޮތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އަލުން ވަޒީފާގެ ކަންކަން ހަމަޖެހޭ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރަ އަދި އ ނާޔަތް، އަޙްމަދު އަޙްސަންއަށް ނަގައިދިނުމަށް ކަނޑައަޅާ؛ މިއެވެ.
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. (1) އަޙްމަދު އަޙްސަން ވަޒީފާއިން ވަކިކުރި ސަބަބުކަމަށް އެފަރާތަށް ދިން ލިޔުމުން އެނގެން އޮތީ "ރިޑަންޑެންސީ" ކަން ހައިކޯޓުގެ ނަންބަރު 2014/HC-A/280 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން އެނގެން އޮންނައިރު، އެފަދަ ޙާލަތެއް ޙަޤީޤަތުގައި މެދުވެރިވެފައިވާކަން ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައި ނުވާތީ މައުޟޫއީ އަދުލުވެރިކަން ޤާއިމްނުވާކަމަށާއި، އިޖުރާއަތު ފުރިހަމަކޮށްފައިނުވާތީ، އިޖުރާއީ އަދުލުވެރިކަން ޤާއިމްނުވާކަމަށް؛ (2) އެހެންކަމުން، އެންމެ އަދުލުވެރި ގޮތަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ވަޒީފާ ރުޖޫޢަކޮށްދިނުން ކަމަށާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދުނު ނަމަވެސް އެކަން ސާބިތުކޮށް ނުދެވޭތީ، ވަޒީފާ ރުޖޫޢަ ކުރުމާ ހަމައަށް މުސާރައާއި އިނާޔަތް ނަގައިދިނުން އެއީ އަދުލު މިންވަރު ކަމުގައި ދެކޭކަމަށް؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކާއި ދެފަރާތުގެ ވާހަކަ:
10ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 107/VTR/2021 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މާލާ ހައި ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރިޕޯޓުގެ ޕޮއިންޓް 10.5 އަދި 12.4 އަންނަނިވި ނުކުތތައާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛ (1) ފުރަތަމަ ނުކުތާއަކީ؛ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަމުރެއް ކުރުމުގައި ބަލަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/14 ޤަޟިއްޔާއާއި، 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްނުކުރައްވައި އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށް ނިންމައިފައިވުން ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި މާލާ ހައި ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއަށް ރުޖޫޢަކުރުމަށް ނިންމާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ކަންކަމާއި ރުޖޫޢަކުރުމަށް ހުރސަ އަޅް ކަންކަން ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ކަނޑައަޅާފައިވާއިރު، ހުށަހެޅިފައިވާ މައްސަލައިގައި އަޙްމަދު އަޙްސަން ވަޒީފާއިން ވަކިކުރެވިފައިވަނީ، އެފަރާތުގެ މަސައްކަތުގެ އަޚްލާޤާއި ގުޅުންހުރި ކަންތައްތަކަށް ރިޢާޔަތް ކުރުމަށްފަހުކަނ އަޙްމަދް އަޙްސަން އަށް ދީފައިވާ ނޯޓިސްއިނ އެނގެން އޮތްއިރު، މިކަމުން ދެ ފަރާތުގެ ދެމެދުގައި ވަޒީފާ އަނބުރާ ރުޖޫޢަ ކުރުމާ މެދުގައި ނވަތު ވަޒީފާ އަނބުރާ ދިނުމާ މެދުގައި އިތުބާރު ގެއްލިފައިވާ މިންވަރަށް ކަންކަން ހިނގާފައި ވާކަން އެނގޭކަމަށެވެ. އަދި މިކަންކަމަކީ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ހެކި ޤަރީނާއިން އެނގެން އޮތްކަންކަނ ނަމަވެސް އެކަމަށް ޓްރައިބިއުނަލުން ރިޢާޔަތްނުކުރާކަމަށެވެ. (2) ދެވަނަ ނުކުތާއަކީ؛ މަދަނީ މައްސަލަތަކުގައި ދަފްޢު ޘާބިތު ކުރުމުގެ ބުރަ އުފުލުމާއު ގުޅޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވއަ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާދޭ ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތް ދޭންޖެހޭނެ ކަމަށް ކަނޑައަޅއްވާފައުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.10. މިނުކުތާގެ ތަފްސީލުގައި މާލާ ހައި ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޙަވާލާދެވިފައިވާ ޤަޟިއްޔާތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަ ކުރުމާއި ދެމެދު ހިނގާ މުޅި މުއްދަތަށް ބަދަލު ދިނުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމަށާއި، ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަސްޢލިއްޔަތަކީ އެއްބަސްވުމާއި ޚިލާފުވި ފަރާތް ނޫން އަނެއް ފަރާތުގެ މައްޗަށް ވެސް އޮތް މަސްޢލިއްޔަތެއްކޫމށާއަ، ވަޒީފާ އަލުން ދިނުމާއިމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި، އިނާޔަތް ދިނުމަށް އަމުރު ކުރުމުގައި، އެ މުވައްޒަފަށް ބއޭންސފާ މުއްސަނދިކަމެއް ލިބޭ ގޮތަށް އަމުރު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ޚާއްޞަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާ ކށޮ ނުވަތް އެނޫން ވެސް ގޮތަކނު އމާދަނއެއީ ހޯދަމުން ގޮސްފައި ވާނަމަ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށަ ރިޢާޔަތް ކުރަން ވާން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ނަގައިދޭ މިންވަރު ކަނޑައަޅައި ޢާއްމުކޮށް ދިވެހިރާއްޖޭގެ އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ޤަބޫލު ކުރެވޭ މުއްދަތށްވެސަ ރިޢާޔަތް ކުރަންވާނެ ކަމަށް ކަނޑައަޅާފައިވާއިރުގައި، މިއިން އެއްވެސް ޙާލަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ. އަދި މި ކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބަޙުޘް ކުރެވި އެ ކަމާއި ގުޅިގެން ހެކި ހުށަހަޅަން ފުރުޞަތު ލިބިފައި ނުވާކަމަށާއި، މިކަން ފާހަގަކުރާ ސަބަބަކީ ވެސް މިކަން މައްސަލަ ހުށަހަޅާ ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފަރާތުން އެދޭ ގޮތް ބަޔާންކުރުމުގައި އިތުރަކަށް އެ ކަމާއި ގުޅިގެން މައްސަލައިގައި އެއްވެސް މިންވަރަކަށް ވާހަކަ ދެކެވިފައި ނުވާތީ ކަމަށެވެ. އަދި ފަހުގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަދަލުގެ މިންވަރު 6 މަސްދުވަހަށް ކުޑަކުރައްވާފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
11އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ދައުވާގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އަޙްމަދު އަޙްސަން ވަޒީފާއިން ވަކިކޮށްފައިވަނީ، ރިޑަންޑެންސީ ޙާލަތުގައި ކަން ނޯޓިސް އަށް ބެލުމުން އެނގެން އޮންނަކަމަށާއި، މާލާ ހައި ގެ އިސްތިއުނާފު ބިނާކޮށްފައިވަނީ، އަޙްމަދު އަޙްސަން ވަޒީފާއަށް ރުޖޫޢަކުރުމާ ގުޅިގެންކަމށްވުމުން، ނޯޓިސްގެ ބޭރުން އިތުރުކަމެއް ތައާރަފް ނުކުރެވޭނެކަމަށާއި، އިސްލާޙީ ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައިވާއިރު، ލިޔުމުން ނުވަތަ އަނގަބަހުން އެއްވެސް ނަޞޭޙަތެއް އަޙްމަދު އަޙްސަން އަށް ދީފައި ނުވާކަމަށާއި، މާލާ ހައި ގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި 3 ސިޓީގެ ތެރެއިން އެއް ސިޓީއަކީ، ލިބިފައިވާ ސިޓީއެއް ނޫންކަމަށާއި، އަޙްމަދު އަޙްސަން ސަސްޕެންޑް ކުރުމަށްފަހު ޖެހިގެން އައި ދުވަހު ވަޒީފާއަށް ނެރެފައިވާތީ، ސަސްޕެންޝަންއާއ ގުޅިގެނި އަޙްމަދް އަޙްސަން އަށް ލިބިފައިވާ ސިޓީއަކީ މައްސަލައާއި ގުޅުންހުރި ލިޔުމެއް ނޫންކަމަށާއި، އިތުބާރު ގެއްލިފައިވާކަމަށް މާލާ ހައި އިން ބުނި ނަމަވެސް އެފަދަ ކަމެއް މިމައްސަލަ ތެރޭ ނުހިނގާކަމަށާއި، އަޙްމަދު އަޙްސަން މާލާ ހައި އަށް އެންގުމަކާ ނުލައި ލަކުޑިތަކެއް ގެންގޮސްފައިވާކަމަށް ބުނާއިރު، އެލަކުޑިތައް ގެންގޮސްފައިވަނީ ސުޕަވައިޒަރުގެ ހުއްދައާއެކު ކަމަށެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާއާއި ގުޅިގެން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ 2019/SC-A/36 ޤަޟިއްޔާގައި މުސާރައާއި އިނާޔަތްތަކުން ހަމައެކަނި އުނިކުރެވޭނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަ ކުރެވޭ ދުވަހާއި ހަމައަށް ވަޒީފާއެއް އަދާކޮށްގެން ނުވަތަ އެނޫން ގޮތަކުންވެސް އާމްދަނީއެއް އެފަރާތަށް ލިބިފައިވާނަމަ އެމިންވަރަށް ކަމަށާއި، ހުށަހެޅިފައިވާ މައްސަލައިގައި އަޙްމަދު އަޙްސަން އެހެން ވަޒީފާއެއް އަދާކޮށްފައި ނުވާކަމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން އަޙްމަދު އަޙްސަންގެ ފަރާތުން ވަރަށް އަވަހަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާކަމަށާއި، މައްސަލަ ހުށަހެޅިތޯ އެއާ އަހަރު ނުވަނީސް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ ކަމަށެވެ. ދެފަރާތުން އެދޭގޮތް:
13އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ. (1) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2021 މައްސަލައިގެ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅުއްވާފައިވަނީ، ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ސަބަބުތަކަށް ރިޢާޔަތްނުކޮށް ކަމަށް ކަނޑައަޅުއްވައި ދެއްވައި، އެ ނިންމުމުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ނިންމަވާފައިވާ ބައި ބާޠިލްކޮށްދެއްވައި؛ (2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2021 މައްސަލައިގެ ނިންމުމުގައި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރުމާ ހަމައަށް ވަޒީފާގައި ޙައްޤުވާ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅުއްވާފައިވަނީ، މަދަނީ ދަޢުވާ ސާބިތުކުރުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށް ކަނޑައަޅުއްވައި ދެއްވައި، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށަ ޙައްޤުވާ މިންވަރު ކަނޑައެޅުމަށްޓަކައި، އެބައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙްވީލްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅައިދިނުން؛ މިއެވެ. މާލާ ހައި ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުގެ ނަންބަރު 10- "އެދޭގޮތް"
14އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2021 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ސުވާލުތައް
15ހުށަހެޅިފައިވާ އިސްތިއުނާފާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިކޯޓުގެ ކުރިމަތީގައި އޮތީ އަންނަނިވި ސުވާލުތަކެވެ. (1) މިމައްސަލައިގައި ވަޒީފާ އިޢާދަކޮށް އަނބުރާ ރުޖޫޢަކުރުމަށް ހުރަސްއެޅޭ ޙާލަތެއް އޮތްތޯ؟ (2) މުސާރައާއި އިނާޔާތް ނަގާދެވިފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްތޯ؟ ވަޒީފާ އިޢާދަކުރުމާ ގުޅުންހުރި ޤާނޫނީ އުޞޫލުތައް
16HN1ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް، ތިން ބާވަތެއްގެ ޙައްލު ދިނުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ: (1) އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ (2( މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ (3) ބަދަލު ދިނުން؛ (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 49 ވަނަ ޕެރެގްރާފް)
17ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙއްލަކަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢކުރަ ންކަމާއި، މިތާނގައި އަސާސީ ޙައްލުގެ މާނައަކީ، އިސްތިސްނާއީ އަޙްމަދު އަޙްސަން ގެ ފަރާތުން ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު" ފޯމުގެ ނަންބަރު 5 "އެދޭގޮތް" ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޢޫ ކުރުން ކަމާއި، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށާއި ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށކަން؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 51 ވަނަ ޕެރެގްރާފް)
18HN2ވަޒީފާއަށް ރުޖޢޫ ކުރުމަށް ހުރަސް އަޅާފާނޭ ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތަކަކީ (1) އ ޢާދަނުކުރެވޭނޭ މިންވަރަކަށް ދެފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛ (2) އިޢާދކުރެވޭއިރަ އެދެމެދުގައި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛ (3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން (4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 53 ވަނަ ޕެރެގްރާފް)
19ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރު އަޅާ ބައެއް ޙާލަތްތަކަކީ ( 1) މުވައްޒަފކުރު ޣައިރު ސުލޫކީ އަމަލަކީ، އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެމައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީއެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތައް؛ (2) މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން؛ (3) މުވައްޒަފު ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތުތައް؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 54 ވަނަ ޕެރެގްރާފް)
20HN3ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ އބޙ އބޙ ޚާއްސަ ޙލަތްތައާ ވަޒަންކޮށްގެން ވަޒީފާއަށް އަނބުރާ ރުޖޢޫ ކުރާނީތަ ނުވަތަ ބަދަލުދިނުމަށް އަމުރުކުރާނީތޯ ކަނޑައެޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްސަ ޙލަތުކަކާއާ ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނކަމަށާއި، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ޙަޤީޤަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެ؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 49 ވަނަ ޕެރެގްރާފް އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގެ 38 ވަނަ ޕެރެގްރާފް)
21އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުން އީޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭނެކަމަށާއި، އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާ ދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބަލަންޖެހޭނެ؛ (ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 22 ވަނަ ޕެރެގްރާފް)
22HN4އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި ވަޒީފާއިން ވަކިކުރި ސަބަބުގެ ބޭރުން މައްސަލއަ ގައި ކަން ހިނގާފައިވި ގޮތާއި، ވަޒީފާއިން ވަކިކުރެވޭ ފަހުން ކުރެވޭ އަމަލުތަކަށ ވެސް ރޢިޔަތްކުރެވިދނާ ކަން؛ (ސުޕްރީމް ކޯޓުގެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް ޤަޟިއްޔާގައި ތަޠްބީޤުކޮށްފައ) އޞު ލުތައް މިމައްސަލައަށް ތަޠުބީޤުކުރުން
23މިމައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުނުކުރެވޭ ކަމަށް ޓްރައިބިއުނަލްއިން ނިންމާފައިވަނީ ރިޑަންޑަންސީގެ ޙާލަތު ވުޖޫދުގައި އޮތްކަން ސާބިތުނުވުމުންނެވެ. އެކަމަކަށް މިއިސްތިއުނާފުގައި ތައުނުކޮށްފައިނުވެއެވެ. މިއިސްތިއުނާފުގައި ވަޒީފާ އަނބުރާ އިޢާދަނުކުރެވޭނެކަމަށް ބުނެ ތައުނުކޮށްފައިވަނީ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާކަމަށް ބަޔާންކޮށެވެ.
24މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް މަރޙު ލާގައަ ހިނގިއިރު، ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކަށް ބެލުމުން، މުޅި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން މަސައްކަތްކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރަން ޖެހުނީ ވަޒިފާ އަދާކުރުމުގައި މަސައްކަތަށް ފަރުވާކުޑަ ވުމާއި، ވަޒީފާގެ ވަގުތަށް ކަމޭ ނުހިތުމާއި، ވަޒީފާގެ ވަގުތުގައި ސައިޓްގައި ނުހުރުމުގެ ސަބަބުނަ ކުރިމަތިވެފައިވާ ދަތިތަކާއ ގުޅިގެނި ނަސޭޙަތްތެރި ވެފައި ވީނަމަވެސް އިސްލާޙުވެފައި ނުވާތީ އާއި، ކުންފުނީގެ ޙާލަތު ހުރިގޮތުން މާވައްޒަފުނ މަދް ކުރަންޖެހުނު އިރު، މިފަދަ މުވައްޒަފަކަށް އިސްކަންދވޭނެ ތަނެއް ނެތުމުން ކަމަށް ފާހަގަކޮށވެ.
25މިކަ ންތައްތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދެވުނު ނޯޓިހުގައިވެސް ބަޔާންކުރެވިފައިވާ ކަންތައްތަކެވެ. އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި ވަޒީފާއިން ވަކިކުރި ސަބަބުގެ ބޭރުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، ވަޒީފާއިން ވަކިކުރެވޭ ފަހުން ކުރެވޭ އަމަލުތަކަށްވެސް ރިޢާޔަތްކުރެވިދާނެ ކަން އެނގޭއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 8.7 އިން އިސްތިއުނާފު ރައްދުވާ ފަރާތް ސަސްޕެންޑް ކުރެވިފައިވާކަން އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅި ހެކިވެރިޔާގެ ބަހަށް ބެލުމުންވެސް ސައިޓްގައި ސްޕަވައިޒަރަކު ނެތިގެން ހެކިވެރިޔާ ވެސް ތަނުގެ ވެރިންނަށް ގުޅަންޖެހިފައިވާކަން އެނގެއެވެ. މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކާއި ހެކި ބަޔާންތަކަށް ބެލުމުން، ވަޒީފާ އިޢާދަކުރިނަމަވެސް، ހަމަޖެހިގެން ވަޒީފާ އަދާ ނުކުރެވޭނެ މިންވަރަށް ދެފަރާތުގެ ދެމެދުގައި އިތުބާރގެއްލިފައިވު ކަނާ މަދަން މިންގަނޑުން ސާބިތުވާކަމުގައި ބެލެވެއެވެ. ވަޒީފާއިން ވަކިކުރުމުން ބަދަލު ނަގައިދިނުމާ ގުޅޭ ޤަނޫނީ އޞު ލުތައް
26ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރުކުރާއިރު، އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތަށް ދޭން އަމުރު ކުރުމަކީ، ވޒީފާއާބެހަ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް؛ (ސުޕްރީމް ކޯޓުގް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 61 ވަނަ ޕެރެގްރާފް)
27ވަޒީފާއާބެހޭ ޤާނޫނަ ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރގައ ބަޔާންކުރި ފަދައިނު އަލުން ވަޒީފާގައި ބެހެއްޓުމުގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގއ ބުނި ބަދަލާ ލިބިދެވެން ޖެހޭކަމަށް؛ (ސުޕްރީމް ކޯޓުގް ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފް)
28HN5ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރައާއި އިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ، ކޮންމެހެން ލާޒިމުކަމެއް ނޫންކަމަށާއި، އަދި އެފަދަ ޙާލަތެއްގައި ނަގައިދޭނެ އަދުލުވެރި މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުނކަމަށް؛ (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގެ 61 ޕެރެގްރާފް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފް)
29ވަޒީފާއިން ވަކިކުރުމުން ބަދަލު ނަގއަ ދިނުމުގައި ރިޢާޔަތްކުރަންވީ ކަންކަމުގެ ތެރޭގައި (1) އަދާކުރި ވަޒީފާގެ ބާވަތް؛ ( 2) ވަޒީފާގައި ހޭދަކުރި މުއްދަތު؛ (3) ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި އ ނާޔަތް؛ (4) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު އަމަލުތައް ހުރި ގޮތް؛ (5) މުވައްޒަފުގެ އ މުރަށ ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނ ކަނެ ނުވަތް ނޫންކަން؛ (6) ވަޒީފާއިން ވަކިކުރެވުމުގައި މުވައްޒަފުގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮތްކަން ނުވަތަ ނޫންކަން؛ (7) ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފު އެޅި ފިޔަވަޅުތަކާއި އާމްދަނީ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަންކަން؛ (8) ނަގައިދެވޭ ބަދަލުގެ ސަބަބުން ނުޙައްޤު މުއްސަނދިކަމެއް ލިބޭކަން ނުވަތަ ނޫންކަން؛ ( 9) ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރުމުގެ އިތުރުން، އިތުރު ބަދަލެއް ނަގާދޭންޖެހޭކަނ ނުވަތް ނޫންކަން؛ (ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު އަދި ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަޟިއްޔާ ގެ 21 ވަނަ ޕެރެގްރާފް)
30ބުނެވުނު ކަންކަމުގެ އިތުރުން، (10) ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އެއިގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަނ ނުވަތް ނޫނކް މުގ މައްޗަށް ބަލަންވާނެކަމަށް؛ (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަދި ސުޕްރީމް ކޯޓުގެ މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ ގެ 37 ވަނަ ޕެރެގްރާފް)
31HN6ވަޒީފާއަށް ރުޖޫޢަ ނުކުރާ ޙާލަތުގައި މުވައްޒަފަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެހެން ގޮތަކަށް ސާބިތުނުވާ ޙލަތުގައާ 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގައިދިނުމަކީ، މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެއް. (ސުޕްރީމް ކޯޓުގް ދިވެހެ ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރޝަ ދީ ޤަޟިއްޔާގެ 26 ވަނަ ޕެރެގްރާފް) ގެއްލުމުގެ ބަދަލު ނަގައިދިނމ ގުޅާ އ ޞު ލުތައް މިމައްސަލައަށް ތަޠބީޤުކުރުނު
32މިއިސްތިއުނާފުގައި މާލާ ހައި ގެ ފަރާތުން އުފައްދާ ބަހުޘަކީ، ވަޒީފާ އަނބރު ރުޖޫޢަ ކުރުމާއި ދެމެދު ހިނގާ މުޅި މުއްދަތަށް ބަދަލު ދިނުމަކީ، ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމާއި، ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަސްޢލިއްޔަތަކީ އެއްބަސްވުމާއި ޚިލާފުވި ފަރާތް ނޫން އަނެއް ފަރާތުގެ މައްޗަށް ވެސް އޮތް މަސްޢލިއްޔަތެއްކޫމާއި، ވަޒީފާ އަލުން ދިނުމާއި މެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި، އިނާޔަތް ދިނުމަށް އަމުރު ކުރުމުގައި، އެ މުވައްޒަފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އަމުރު ކުރުމަކީ، އިންސާފުވެރި ގޮތެއް ނޫން ކަމާއި، ޚާއްޞަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާ ކޮށް ނުވަތަ އެނޫން ވެސް ގޮތަކނު އާމްދަނއެއީ ހޯދަމުން ގޮސްފައި ވާނަމަ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތް ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
33އިސްވެ ޙަވާލާދެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި އަޙްމަދު އަޙްސަންއަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް ކަށަވަރުކުރެވެން ނެތުމުން، ބަދަލުގެ ގޮތުގައި މުސާރައާއި އިނާޔަތގު ގޮތުގައި ލިބެންޖެހޭ މިންވަރު ކަނޑައެޅުމަށްޓަކައި، މައްސަލަ ތަޙްވީލް ކުރުމަށް ފެނެއެވެ.
ނިންމަން ފެނުން ގޮތް
34އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން؛ (1) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 1107/VTR/202 މައްސަލައިގެ ނިންމުމުގައި އަޙްމަދު އަޙްސަން މޫސާއަށް ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރުމާއި ހަމައަށް މުސާރައާއި އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް؛ އަދި (2) އަޙްމަދު އަޙްސަން މޫސާއަށ ބަދަލުގެ ގޮތުގައި ލިބިދޭންޖެހޭ މުސާރައާއި އިނާޔަތް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙްވީލްކުރުމަށ ނިންމަން ފެނެއެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ :
35ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައުޔު
36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
37މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްމައްސަލައިސްތިއުނާފުކުރުމަށްހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ (ހ) ގެ (1) އަދި (3)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ މުއްދަތު)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޕެރ. 49، 51، 53، 54، 61
- ސުޕްރީމް ކޯޓުގެ 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް) ޕެރ. 38
- ސުޕްރީމް ކޯޓުގެ [2021] SC 35 (އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޕެރ. 22
- ސުޕްރީމް ކޯޓުގެ [2021] SC 15 (ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން) ޕެރ. 34
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު) ޕެރ. 34، 21
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)
- ސުޕްރީމް ކޯޓުގެ 2019/SC-A/30 (މުޙައްމަދު ނަދީމް ވ. ސިވިލް ސަރވިސް ކޮމިޝަން) ޕެރ. 37
- ސުޕްރީމް ކޯޓުގެ [2025] SC 25 (ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދާ) ޕެރ. 26
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.