ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އެމްފަރ ކުޑަވިލިނގިލި ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3689/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދެފަރާތުން ސޮއިކުރި ލެޓަރ އޮފް އެވޯޑުގައި ކޮންޓްރެކްޓުގެ ބައެއްކަމަށް ބަޔާންކުރާ "ޖެނެރަލް ކޮންޑިޝަންސް އޮފް ކޮންޓްރެކްޓް" (FIDIC) ގައިވާ އާބިޓްރޭޝަން މާއްދާގެ ސަބަބުން ދެފަރާތާ ދެމެދު އާބިޓްރޭޝަން އެއްބަސްވުމެއް ވެފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (މައްސަލަ އާބިޓްރޭޝަނަށް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދެފަރާތުން ސޮއިކުރި އެވޯޑް ލެޓަރެއްގައި އެއްބަސްވުން ފުރިހަމަވާ ލިޔުންތައް ލިސްޓުކޮށްފައިވާނަމަ، އެ ހުރިހާ ލިޔުމަކީވެސް އެއްބަސްވުމުގެ ބައެކެވެ؛ އެވޯޑް ލެޓަރަށް އެއްބަސްވެ ސޮއިކުރުމަކީ އޭގައި ބުނާ ލިޔުންތަކަށްވެސް އެއްބަސްވުމެވެ.
HN2 އެއްބަސްވުމުގައި ބުނާ ލިޔުމެއް ސޮއިކުރުމަށްފަހު ނުލިބޭނަމަ، އެ ލިޔުން ހޯދުމަށް މަސައްކަތް ކުރަންޖެހޭނީ އެ ފަރާތުންނެވެ؛ ޚުޞޫމާތެއް އުފެދި ޝަރީޢަތަށް ދިޔުމުން އެ ލިޔުމަކީ ކޮބައިކަން ނޭނގޭ ކަމަށް ބުނުމަކީ ޤަބޫލުކުރެވޭ ބުނުމެއް ނޫނެވެ.
HN3 އެވޯޑް ލެޓަރގައި ބުނާ ޖެނެރަލް ކޮންޑިޝަންސްއަކީ އަނެއް ފަރާތުން ހުށަހަޅާ ލިޔުން (FIDIC) ކަން ނަފީކުރާ ހެއްކެއް ނުވަތަ އެ ލިޔުން ހޯދުމަށް މަސައްކަތް ކުރިކަމުގެ ހެއްކެއް ހުށަހަޅައިނުދެވޭނަމަ، އެ ލިޔުމަކީ އެއްބަސްވުމުގެ ބައެއް ކަމަށް ބަލައި، އޭގައިވާ އާބިޓްރޭޝަން މާއްދާގެ ސަބަބުން ދެފަރާތާ ދެމެދު (ލިޔުމުން) އާބިޓްރޭޝަން އެއްބަސްވުމެއް ވެފައިވާ ކަމަށް ބަލަން ޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މި މައްސަލައަކީ، ސިވިލްކޯޓުގެ ނަންބަރ 3689/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީއުޞޫލުތަކ ޚިލާފަށާ ކަމަށްބުނެ ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ކޮރަލްގޭޓް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައި(ގެފަރާތުން އެ މައްސަލް ދިވެހިރާއްޖޭގެ ހައިކޯޓށަ އިސްތިއުނާފުކޮށްހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވަ.މި ޤަޟިއްޔާގީ އ އިސްތިއުނާފި ރައްދުވު ފަރާތަ ކ އެމްފާރ ކުޑަވިލިނގިލި ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "އެމްފރ " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބުނެފައި( އެވެ.
ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ
2އެމްފރާ ކުޑަވިލިނގިލ އާއި ކޮރަލްގޭޓް އާއި ދެމެދު 18 ޑިސެންބަރު 2017 ގައި ބަދަލުކުރެވުނު އެވޯޑް ލެޓާރއިން ކ. ކުޑަވިލިނިގިލީގައި އެމްފާރގ ފަރާތުންތަރައްޤީކުރާ ޓޫރިސްޓް ރިސޯޓްގެ "ޑްރެޖިންގ ބްރޭކް ވޯޓަރ އަދި ރިވެޓްމެންޓް މަސައްކަތްތައް" ކުރުމަށް އެއްބަސްވެ އްއެއްބަސްވުމާއި އެއްގޮތަށް އެމްފާ ރ އިނ ކޮރަލްގޭޓް އަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއާއި، ކޮރަލްގޭޓްގެ އިހުމްލެއްނެތީސް އެމްފާރގޭފަރާތުނ އެއްބަސްވުނ ނިމުމަކަށް ގެނެސްފައިވާތީ އެއްބަސްވުމުގެ ދަށުން ކޮރަލްގޓ އަށް އެމްފާރގޭފަރާތުން ދައްކަނޖެހް ފައިސާ އެމްފާރގެ ކިބައިން ލިބިގަތުމަށާއި، އެމްފާރގ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ރަޖިސްޓްރީ ނަންބަރު 216/2003-C ރަޖިސްޓްރީ ނަންބަރު 0353/2010-C ސަބަބުނ ކޮރަލްގޭޓް އަށް ލެބުނު ގެއްލުމުގެ ބަދަލު އެމްފާރގިފަރާތުގެ ކިބައިން ހޯދުމަށް އެދި ކޮރަލްގޭޓްގ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ .
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
3ސިވިލް ކޯޓުގެ ނަންބަރު 3689/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ އަންނަވި ފަދައިންނެވެ . ]ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކ. ކުޑަވިލިނގިލީގައި، އެމްފަރ ކުޑަވިލިނގިލި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަރައްޤީކުރާ ޓޫރިސްޓް ރިސޯޓުގެ "ޑްރެޖިންގެ ބްރޭކް ވޯޓަރ އަދި ރިވެޓްމެންޓް މަސައްކަތްތައް" ކުރުމަށް ކޮރަލް ގޭޓު މޯލްޑިވްސް ޕުރައިވެޓް ލިމިޓެޑއާ ޙަވާލުކުރުމުގެ ގޮތުން އެމްފާރ ކުޑަވިލިނގިލި ޕްރައިވެޓް ލިމިޓެޑާއި ކޮރަލް ގޭޓު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 18 ޑިސެންބަރު 2017 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، ބަޔާންވެދިޔަ މަސައްކަތްތަކާއި ގުޅިގެން މި ދެފަރާތުގެ ދެމެދު އެއްބަސްވެވުނު "ޑްރެޖިންގ ބްރޭކްވޯޓަރ އެންޑް ރިވެޓްމަންޓް ވާރކް ލެޓަރ އޮފް އެވޯޑް" ގެ ބައެއް ކަމުގައިވާ އެއްބަސްވުމުގެ "ކޮންޑިޝަން އޮފް ކޮންޓްރެކްޓް ފޯ ކޮންސިޑެރޭޝަން" ގ 20.2 ވަނަ މާއްދާއާއި، 20.4 ވަނަ މާއްދާއާއި
20.5 ވަނަ މާއްދާއާއި 20.6 ވަނަ މާއްދާގައި މި އެއްބަސްވުމުގި ދަށުން އުފެދޭ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންވެގެންވާކަމާއި، އިސްވެދެންނެވުނު މާއްދާތަކުން އެކަށައެޅިފައިވާ އިޖުރާއަތްތަކުގެ ތެރޭގައި އާބިޓްރޭޝަންއަށ ހުށަހެޅުން ހިމެނިފައިވާއިރު، މި ޤަޟިއްޔާގެ ދަޢުވާއަށް ޖަވާބުދިނުމް ށ ދަޢުވާލިބޭ އެމްފާރ ކުޑަވިލިނގިލ ޕްރައިވެޓް ލިމިޓެޑަށް ޝަރީޢަތުން ދިން ފުރުޞަތުގައި މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދޭ ޚިލާފުތައް ޙައްލުކުރުމަށް އެއްބަސްވުމުގެ ދަށުން އާބިޓްރޭޝަންއަށް ދާންޖެހޭ ކަމަށާއި، އެއްބަސްވުމުގަދަށުން އެފެދިފައިވާ، މައްސަލަތްއ ޙައްލުކުރުމަށް އެއްބަސްވުމުގައި ބަޔާންވެގެންވާ އިޖުރާއަތުތައް ފުރިހަމަނުކޮށް މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ބަޔާންކޮށްފައިވުމުން، މި ޤަޟިއްޔާގައި ހިމެނޭ މައްސަލަތައް ޙައްލުކުރުމަށް ދަޢުވާލިބޭ ފަރާތުނ ބޭނުންވަނީ އާބިޓްރޭޝަން އުޞޫލުންކަނ އެނގެން އޮތުމާއެކު ޤާނޫނު ނަންބަރ 10/2013 ސިވިލް ކޯޓުގެ ނަންބަރު 3689/Cv-C/2019 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު އބމ )އާބިޓްރޭޝަން ޤާނޫނު(ގެ 15 ވަނި މާއްދާގަ )ހ( އަށް ރިޢާޔަތްކޮށް، މި ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މަދަޢުވާގައ ހިމެނި މައްސަލަތައް ޙައްލުކުރުމަށް އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެމްތީން ހުށަހަޅަންޖެހޭނީ އާބިޓރޭޝަނަށ ކަން ދަޢުވާކުރާ ކޮރަލެގޭޓ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި އާބިޓްރޭޝަންއަށ ހުށަހަޅައިގެން މައްސަލް ޙައްލުނުވެއްޖެނަމ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ދެ ޚަސްމުންކުރ ފަރާތަކަށް މި ޙުކުމުގެ ސަބަބުން ގެއްލިގެން ނުދާނެކަމަށ ކަނޑައަޅައް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފީ ނުކުތާތައް
4ސިވިލް ކޯޓުގެ ނަންބަރު 3689/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދިޤާނޫނީ ހަމަތަކާ އެއްގޮތްނުވ ކަމަށާ ބުން އެ ޤަޟިއްޔ އިސްތިއުނާފު ކުރުމަށެއެދިކޮރަލްގޭޓްގ ފަރާތުނާ އަންނަނިވި ނުކުތާ ހުށަހަޅައިއެނުކުތއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ:
4.1- ކުރަލްގޭޓްމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް ނ ހުށަހަޅާފައިވް މައްސަލާ އެއްބަސްވުމުގަ ދަށުން އުފެދޭ މައްސަލަތައް އާބިޓްރޭޝަންގެ އުސޫލުން ޙައްލުކުރުމަށް އެއްބަސްވެފައިވާކަމަށް ސިވިލުކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރ 4/91 ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 04 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރ 10/2013 އާބިޓްރޭޝަން ޤާނޫނުގެ 13 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ ހުށަހެޅު ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
5އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކާ ގުޅިގެން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
1.5- ކޮންޓްރެކްޓަކީ ވަކިގޮތަކަށް އޮތުން ލާޒިމްކުރާ އެއްޗެއްނޫން ކަމުގައި ވީނަމަވެސްޤާނޫނެއްގައި ވަކިގޮތަކަށް އޮތުން ލާޒިމްވާ ކޮންޓްރެކްޓެއް އޮންނަންޖެހޭނީ އެގޮތަށް ކަމަށާއި، އާބިޓްރޭޝަން ޤާނޫނުގެ 13 ވަނަމާއްދާގައި ބަޔާންވެފައިވަންއާބިޓްރޭޝަނ އެއްބަސްވުން އޮންނަންޖެހޭނީ ލިޔުމުން ކަމުގައިވާއިރު، ސިވިލުކޯޓަށް ކޮރަލްގޭޓްގެ ފަރާތުން ދަޢުވާ ހުށަހެޅެމުން ދަޢުވާގެ ދިފާޢުގައި އެމްފާރގ ފަރާތުނ ހުށަހެޅި އެއްވެސް ލިޔުމަކުން އާބިޓްރޭޝަނަށް ދާން އެއްބަސްވެފައިވާކަން ސާބިތުކޮށްދީފައި ނުވާކަމަށެވެ.
2.5- އިސްތިއުނާފީ ރައްދުވު ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް ދެފަރާތުން އެއްބަސްވެފައިވާކަމަށް ބަޔާންކޮށް ހުށަހެޅި ހުށަހެޅުން އެފަރާތުން ބިނާކޮށްފައި އޮތ “fidic general terms of contract construction” for މި ލިޔުމަށް ކަމަށާއި، އެލިޔުމަކީ އެއީ އެއްބަސްވުމުގެ ބައެއްކަމުގައި ޤަބޫލުނުކުރާކަމަށެވެ. އަދި މިލިޔުމަކީ އެއްބަސްވުމުގެ ބައެއްކަމަށް އެފަރާތުން ބުނާ ބުނުން ފިޔަވައި އެލިޔުމަކީ އެއްބަސްވުމުގެ ބައެއްކަން ސާބިތުކޮށްދޭ އެއްވެސް ލިޔާމެއ ކޯޓަށް ހުށަހަޅާފައެއް ނުވކަމަށެވ.
5.3- ލެޓަރ އޮފް އެވޯޑް އަށް ބަލާއިރު އެއީ ތިން ޞަފުޙާއެއްގެ މައްޗަށް އެކުލެވިގެންވާލިޔުމެއްކަމަށާއި، އްލެޓަރ އޮފް އެވޯޑުގައި އަދި އެއާއެކު ހިމެނޭ އެއްވެސް ލިޔުމެއްގައި އާބިޓްރޭޝަން އެގްރިމެންޓެއް ޢަޤްދުވާފަދަ އެއްވެސް ބަހެއާނުވަތައެފަދަ ޢިބިރާތެއް ހިމެނިފާއިނުވިކަމުން އެލިޔުންތަކުގައ ޙަވާލާދީފައިވާ އެއްވެސް ލިޔުމެއްގައަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އެއްބަސްވެފއ ނުވާކަމަށެވެ. އެހެންކަމުން ދެފަރާތުން އެއްބަސްވެފައިވާ ލިޔުމަށް ބަލާއިރުއެފަރާތުނ އާބިޓްރޭޝަނަށް ދިއުމަށް އެއްބަސްވެފައި އޮތްކަމަށް ސިވިލާކޯޓުން ކަނޑައަޅާފއ އޮތި ކޮންޓްރެކްޓާބެހޭ ޤާނޫނައާބިޓްރޭޝަން ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ
6އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
1.6- އާބިޓްރޭޝަން ޤާނޫނުގެ 13 ވަނަމާއްދާގެ )ށ( އަށް ބަލާއިރު އެމާއްދާގެ )ށ( ގައި އާބިޓްރޭޝަންގެ އެއްބަސްވމެއު ލިޔުމުން އޮތްކަމަށް ފުދޭނީ ނުވަތަ ބެލޭނީ އެ އެއްބަސްވުން ލިޔުމަށް ތިރިކޮށްފައ އޮތްކަމަށްވާނަމަކަމާއިނުވަތަ އަނގަބަހުން ނަމަވެސް ނުވަތަ އެނޫންގޮތަކަށް ނަމަވެސް އެއްބަސްވުމެއް އެގޮތަށ އޮތްކަން ލިޔުމުން ރެކޯޑްކުރެވިފައިވާނަމަކަމާއަނުވަތަ ހެއްކަކަށް ފުދޭ ބާވަތުގެ ވަޞީލަތެއްގައި އެއްވެސް ގޮތަކަށް އެކަމެއް ރެކޯޑްކުރެވިފައިވާ ނަމަކަމށ ބަޔާންކޮށްފައިވް ކަމާއި، އެޤާނޫނުގެ 14 ވަނަމާއްދެގާ )ނ( އަށް ބަލާއިރު )ނ( ގައި ދ ފަރާތެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ފަރާތެއްގެ މެދުގައި އޮތް އެއްބަސްވުމެއްގައި އާބިޓްރޭޝަނާ ގުޅޭ މާއްދާއެއް އޮތްނަމަ އަދި އެމާއްދާއަކީ އ އެއްބަސްވުމުގެ ބައެއްކަމަށް ބެލެވޭނަމަ އެދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެނކަމުންޤާނޫނުގައި އާބިޓްރޭޝަން އެއްބަސްވުމެއް ދެފަރާތު ދެމެދުގައި ހެދޭގޮތްތަކެއ ކަމަށް ބެލެން އާބިޓްރޭޝަން އެއްބަސްވުމޭ ކިޔާފައި އެއްބަސްވުމެއް ހެދުން ނުވަތަ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމެއްގެ މާއްދާއެއްގައްއާބިޓްރޭޝަނަށ ދިއުމަށް ދެފަރާތުގެ އެއީ ދެފަރާތުގެ ދެމެދުގައި އޮތް މައްސަލައާގުޅޭ ގޮތުން އެމައްސަލަ ޙައްލުކުރުމަށް އާބިޓްރޭޝަނަށް ދާން އޮތްކަމުގައި ވާނަމަ އެމާއްދާ އޮތީތީވެ އާބިޓްރޭޝަން އެއްބަސްވުމެއް އޮތުން ކަމަށެވެ.
2.6- އިސްތިއުނާފު ކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުގައި ވެފައި އޮތް އެއްބަސްވުން Bredging Breakwater and Revetment works letter of award ގައި 8 ވަނަ މާއްދާގައި ކޮންޓްރެކްޓުގެ ޑޮކިއުމަންޓްސްކަމަށް ބެލޭނީ މިވެނި ޑޮކިއުމަންޓްސްތަކެއކަނ ބަޔާންކޮށްފައިވާކަމާއި، އިޑޮކިއުމަންޓް ލިސްޓުގައި ކޮންޑިޝަންސް އޮފް ކޮންޓެރެކްޓާ އަދ އެޕެންޑި ×ކްސ އޮން ކޮންޑިޝަން އޮން ކޮންޓްރެކްޓް ހިމެނޭކަމަށް ބަޔާންކޮށްފައިވާކަމާއި،ކޮންޑިޝަން އފޮ ކޮންޓްރެކްޓަށް ބަލާލާއިރ އ ކޮންޑިޝަންސް އޮފް ކޮންޓްރެކްޓުގައި 20.5 ވަނަ މާއްދާގައި އަދި
20.6 ވަނަ މާއްދާއިން ދެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް އެއްބަސްވެފައިކަން އެނގެންއޮންނަ ކަމަށެވެ.
3.6- construction” of contract for conditions general “Fidic މިއީ ދެފަރާތުން ސޮއިނުކުރާ ޑޮކިއުމަންޓަކަށް ވާތީވެ މިއީ އެއްބަސްވުމުގެ ބައެއް ނޫންކަމަށް އިސްތިއުނާފު ކުރާ ފަރާތުނ ބުނާ ބުނުމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން އެއީ އެއްބަސްވުމުގެ ބައެއް ނޫންކަމަށް ބުނީ ބުނުން އެފަރާތުން ދަށު ކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
7މ މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި މުޅި މައްސަލައަށް ބަލާއިރު، މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޖަވާބުދޭންޖެހޭ މައިގަނޑު ސުވާލަކީ އިސްތިއުނާފު ކުރާ ފރާތާއ އިސްތިއުނާފި ރައްދުވު ފަރާތާއި ދެމެދު އާބިޓްރޭޝަނަށް ދިއުމާމެދު އެއްބަސްވުމެއް ވެފައިވޭތޯ ނުވަތަ ނޫންތޯ މި ސުވާލެވެ.
8މި މައްސަލައިގެއި ކ.ކުޑަވިލިނިގިލީގައި އެމްފާރގިފަރާތުން ތަރައްޤް ކުރާ ޓޫރިސްޓް ރިސޯޓުގެ "ޑްރެޖނގ ބްރޭކް ވޯޓަރ އަދި ރިވެޓްމެންޓް މަސައްކަތްތައް" ކުރުމަށްޓަކައި ކޮރަލްގޭޓް ޙަވާލުކުރުމަށް 18 ޑިސެންބަރު 2017 ގައި letter of award” Revetment works “Dredgin, Breakwater and އެއް ޙަވާލުކޮށްފައިވކަމމެދު އެއްވެސް ޚިލާފެއް ނެތެވެ.
9ބެނެވުނުއވޯޑްލެޓަރ އަށް ބަލާއިރު، އެ އވޯޑެލެޓާރ އަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ކަމުގައި ބެލެވޭނެ ކަމަށް އެ ލެޓަރގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ . އަދި 8 ވަނަ ނަންބަރުގައި 11 ލިޔުމެއް ލިސްޓްކޮށް އެއްބަސްވުމުގައ ބުނި މަސައްކަތްތައް ކުރަންޖެހޭނީ އ ލިޔުންތަކާއެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސ ބަޔާންކޮށްފައިވެއެވެ. އެ ލިޔުންތަކަކީ: (1) Contract Agreement (If Any) (2) The letter of Acceptance Award (3) Letter of Tender (4) The Particular Conditions including Appendix (5) The Generel Conditions of Contract (6) The Technical Specifications (7) The Contract Drawings (8) The Bills of Quantities (9) Proposed Dregding , Breakwater & Revetment works program, Resource Mobilization (10) HSE, Environment Implantation System and (11) The Performance Guarantee މިއެވެ.
10ބުނެވުނު ލިސްޓުގެ Contract” of Conditions Generel “The އަކީ “Fidic General Conditions for Contract of Construction” ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ. އަދ “Fidic General Conditions for Contract of Construction”ގެ Deredging, Breakwater and Revetment Works Letter of Award : (2) It Is understood that this Letter of Award together woth your written acknowledgement thereof shall constitute a binding a contract between the Employer and yourselves and this is an agreement to mobilise and set up your resources on site to enable Deredging, Breakwater and Revetment works to stary in accordance with the terms of the Contract.
20.6 ވަނި މާއްދާގައި ދެފަރާތުގެ މެދުގައި އުފެދޭ ޚުސޫމާތުތައް ސުލްޙަވެރު ގޮތެއްގައި ޙައްލުނުކުރެވިއްޖެނަމަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ޙައްލުކުރުމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ އާބިޓްރޭޝަން ޤާނޫނުގެ 13 ވަނަ މާއްދގައ ބުނާފަދައިން ލިޔުމުން އާބިޓްރޭޝަން އެއްބަސްވުމެއް ވެވުނީ ކަމަށް ބަލަންޖެހޭ ކަމަށް ވެސް ބުނެއެވެ.
11އިސްތިއުނާފު ކުރާ ފަރާތުން އިންކާރުކުރަނީ ބުނެވުނު “The Generel Conditions of Contract” އަކީ “Fidic General Conditions for Contract of Construction” ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުނ “The Generel Conditions of Contract” ގައި ސޮއިނުކުރާ ކަމަށާއި، “Fidic General Conditions for Contract of Construction” އެއް އިސްތިއުނާފުކުރާ ފަރާތަށިލިބިފައިނުވާކަމަށިއާ އެފަރާތަށް ލިބިފައިވަނީ ހަމައެކަނި ކޮންޓްރެކްޓްގެ ކުރެހުންތަކާއި،ބްލޫ އޮފް ކުއަންޓިޓީސެކަމަށ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ.
12ދެފަރާތުން ސޮއިކޮށްފައިވާ of letter works Revetment and Breakwater “Dredgin, award” އާ އެކު އެޓޭޗްކޮށްފައިވާ Appendix to Conditions of Contract އުއް އެބައޮތެވެ. އެ އެޕެންޑިކްސް އިސްތިއުނާފު ކުރާ ފަރާތަށް ލިބުނު ކަމާމެދު އެފަރާތުން އިންކާރެއް ނުކުރެއެވެ. ބުނެވުނު އެޕެންޑިކްސ އަށް ބަލާއިރު އެ އެޕެންޑިކްސްގައ ބުނާ ކަންކަމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލާދޭ “Fidic General Conditions for Contract of Construction” އ އެއްގޮތަށް ހުރިކަންކަން ކަމުގައި ފާހަގަކުރެވެއެވެ. ހަމައެއާއެކު، Contract” of Conditions Generel “The އަކީ އެއްބަސްވުން ފުރިހަމަވުމުގައ ހިމެނި ލިޔުމެއްކަން ސޮއިކޮށްފައިވާ އެވޯޑު ލެޓާރ ގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 10/2013 އިސްތިއުނާފު ރައްދުވާ ފަރާތުން “The Generel Conditions of Contract” ކަމަށް ބުނެ ހުށަހެޅި Construction” of Contract for Conditions “Fidic General ފިޔަވައި އިތުރު ލިޔުމެއް ހުށަހަޅާފައިނުވެއެވެ. އިސްތިއުނާފު ކުރާ ފަރާތުން މި ލިޔުމަކީ of Conditions Generel “The Contract” ކަމަށް ޤބޫލުނުކުރާކަމަށ ބުނިނަމަވެސް އެފަރާތުނަ “The Generel Conditions of Contract” އަކީ ކޮބާއިކަން އެނގޭފަދަ އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވެއެވެ.
13HN1HN2ދެފަރާތުން ސޮއިކޮށްފައިވާ of letter works Revetment and Breakwater “Dredgin, award”ގެ 8 ވަނަ މާއްދާއިން އެއްބަސްވުން ފުރިހަމަ ވަނީ އެ މއްދާގައާ ބުނި ލިޔުންތަކާ އެކާ ކަނާ ވަރަށް ސާފެވެ. އެހެންކަމުން އެ ހުރިހާ ލިޔުންތަކަކީވެސް އެއްބަސްވުމުގެ ބައެކެވެ. ދެފަރާތުން އެ އވޯޑ ލެޓަރ އަށް އެއްބަސްވެ ސޮއިކުރި ކުރުމަކީ އެ އެއްބަސްވުމުގައި ބުނާ ލިޔުންތަކަށްވެސް އެއްބަސްވުމެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން އެ އވޯޑ ލެޓަރ ގައި ސޮއިކޮށްފައިވަނީ “The Generel Conditions of Contract” އަކީ ކޮބާކަން ނޭނގޭ ކަމަށް ބުނު ބުނުން އެއީ ރަނގަޅު ބުނުމެއްކަމުގައި އަހުރެންނަށް ޤަބޫލުނެކުރެވެއެވެ. ހަމައްއާއެކު، އެވޯޑް ލެޓަރ ގައި ސޮއިކުރުމަށްފަހު އިސްތިއުނާފު ކުރާ ފަރާތަށް އެއްބަސްވުމުގައ ބުނި ލިޔުމެއް ނުލިބޭ ކަމަށްވަންޏ އާ ލިޔުމެއް ހޯދުމަށް އިސްތިއުނާފު ކުރާ ފަރާތުނ މަސައްކަތް ކުރަންޖެހޭނެކަމަށވެސްއަހުރެން ދެކެމެވެ. އެ ލިޔުމަކީ ކޮބާކަން ނޭނގޭކަމަށް ބުނެ މައްސަލަ ހުށަހަޅާނީ ދެފަރާތް ދެމެދު ޚުސޫމާތް އުފެދި ޝަރީޢަތާއި ހިސާބަށް ދިޔައީމައެއްނޫނެވެ.
14ދެފަރާތ ދެމެދް ޚުސޫމާތެއް އުފެދި އެ މައްސަލަ އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމާ ހަމައަށް އވޯޑ ލެޓަރގައި ބުނާ “The Generel Conditions of Contract” އަކީ ކޮން ލިޔުމެއްކަމެއް އިސްތިއުނާފ ކުރު ފަރތަށާ ނޭނގޭކަމަށް ބުނިނަމަވެސް އެއީ އެއްބަސްވުމުގެ ބައެއްކަން އިސްތިއުނާފުކުރ ފަރާތަށްވެސް ވަރަސ ސާފުކޮށް އެނގެއެވެ.އެހެނެނަމަވެސްއްލިޔުން ނުލިބިގެންއިސްތިއުނާފ ކުރު ފަރާތުނ އެއްވެސް މަސައްކަތެއަކޮށްފައިވާކަނ އެނގޭކަށް ނެތެވެ. ނުވަތަ އެ ލިޔުމަކީ ކޯއްޗެއްކަން ނޭނގިގެނ ނުވަތް އެ ލިޔުން ހޯދުމަށް އިސްތިއުނާފުކުރާ ފަރާތުން ކުރި އެއްވެސް މަސައްކަތެއް ޝަރީޢަތަށް ސާބިތކޮށްދީފައިނުވެއެވެ.
15HN3އިސްވެ ބުނެވުނު ކަންކަން އެފަ ދައިނ ހުރުމުން ކ. ކުޑަވިލެނގިލީގައި އެމްފާ ރގްފަރާތުން ތަރައްޤީކުރާ ޓޫރިސްޓްރިސޯޓުގެ "ޑްރެޖިންގ ބްރޭކްވޯޓަރ އަދި ރިވެޓްމެންޓް މަސައްކަތްތައް" ކުރުމަށްޓަކައި ކޮރަލްގޭޓް ޙަވާލުކުރުމަށް 18 ޑިސެންބަރު 2017 ގައި އެއްބަސްވެފައިވާ and Breakwater “Dredgin, Revetment works letter of award” އަށް ދެފަރާތުން އިންކާރުކޮށްފައި ނުވާކަމުންނާއި، އެ އެވޯޑު ލެޓަރ ގައި ބުނާ Contract” of Conditions Generel “The އަކީ General “Fidic Conditions for Contract of Construction” ކަންނަފީ ވާވަރުގެ ހެއްކެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައްނުވާކަމުގެ އިތުރުން އވޯޑެ ލެޓަރ ގައި ބުނާ “The Generel Conditions of Contract” އަކީ ކޮން ލިޔުމެއްކަން ނޭނގޭކަނ ނުވަތް އެ ލިޔުން ނުލިބިގެން އެއްވެސް މަސައްކަތެއް ކުރިކަން ސާބިތުކޮށްދެވޭވަރަށް އިސްތިއުނާފު ކުރާ ފަރާތަށް ހެކި ހުށަހަޅާފައިނުވާކަމުނުބުނވުނ “The Generel Conditions of Contract” އކަ “Fidic General Conditions for Contract of Construction” ކަމަށް ބަލައި އޭގައި އާބިޓްރޭޝަން މާއްދާއެއް އެކުލެވިފާތީ، ދެފަރާތުގެ ދެމެދުގައި އާބިޓްރޭޝަނާ އެއްބަސްވުމެއް ވެފައިވަކަމަށްބަލަންޖެހޭނެކމުގައ އަހުރެން ދެކެމެވެ.
16އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 3689/Cv-C/2019 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޙުސައިން މަޒީދު ރައުޔު
17މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ރައުޔު
18މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
19މިދެޤްޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުނަ ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމަކޯޓުގައ މި ޤަޟިއްޔާ އިސްތިއުނާފުކުރުމށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށްލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚްޞަމުންނަށ ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ 13 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) (ސިވިލް ކޯޓުން ތަޠުބީޤުކޮށް، ހައިކޯޓުން ޤާއިމުކުރި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.