އިންނަފުށި މެރިން ރިސަރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2307/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/99 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- (1) ދަށުކޯޓުގެ ފަނޑިޔާރަކީ ދަޢުވާކުރި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މާމަ ދެބެންގެ ދަރިއެއް ކަމަށް ބުނާތީ ބާޠިލް އިޖުރާއަތެއްގެ މައްޗަށް ޝަރީޢަތް ހިނގާފައިވޭތޯ، އަދި ދަށުކޯޓުގައި ނުނަގާ އިޖުރާއީ ނުކުތާއެއް އިސްތިއުނާފުގައި ބަލައިގަނެވޭތޯ؛ (2) ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށްދިން ކަމަށް ބުނާ ދަޢުވާގައި ސާބިތުކުރުމުގެ ބުރަގެ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިމިފައިވޭތޯ.
ނިންމުން
އިސްތިއުނާފީ ނުކުތާތައް ބަލައިނުގަނެވުނު (ތަޙުލީލުން)އިސްތިއުނާފީ ނުކުތާތައް ބަލައިނުގަނެވުނު (ތަޙުލީލުން)؛ ރަސްމީ ނިންމުމުގެ ބައި ފައިލުގައި ނެތް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ޙުކުމްކުރި ފަނޑިޔާރަކީ މައްސަލަ ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ހުރަހެއް މެދުވެރިވެފައިވާ ފަނޑިޔާރަކަށް ވުމަކީ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތް ބާޠިލުކުރާ އައިބެއްގެ ގޮތުގައި އިސްތިއުނާފުކުރެވޭނެ ޙާލަތެކެވެ.
HN2 ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފެއް ބަލައިގަނެވޭނީ (ހ) އެ އިޖުރާއަތު ނިންމުމަށް ސީދާ އަސަރުކޮށްފައިވުމާއި (ށ) ދަށުކޯޓުގައި އެ ނުކުތާ ފާހަގަކުރުމުން އެއަށް ނަޒަރުނުކޮށް ދޫކޮށްލެވިފައިވުން ފުރިހަމަވެގެންނެވެ؛ މި ޝަރުޠަށް ހުރި އިސްތިސްނާއަކީ ދައުލަތުގެ ޢާންމު މަޞްލަޙަތާ ގުޅޭ މައްސަލަތަކުގައި ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު ފުރަތަމަ ފަހަރަށް ހައިކޯޓުގައި ނެގުމެވެ (ސުޕްރީމް ކޯޓުގެ 2013/SC-A/20 ވެސް ބަލާ).
HN3 ފަނޑިޔާރުންގެ ޤާނޫނުގެ ސުލޫކީ މިންގަނޑުގެ ދަށުން، ފަނޑިޔާރަކާ ތިންވަނަ ދަރަޖައަށްވުރެ ގާތް ތިމާގެ މީހަކު ހިމެނޭ މައްސަލައެއް އެ ފަނޑިޔާރު ނުބަލަން ވާނެ؛ ނަމަވެސް އެ ގުޅުން ދަށުކޯޓުގައި ފާހަގަނުކޮށް، ޢާންމު މަޞްލަޙަތުގެ އިސްތިސްނާ ނުނަގައި، ގުޅުން އޮތްކަމުގެ ދަލީލެއްވެސް ހުށަނާޅާނަމަ، އެ ނުކުތާއިން ނިންމުމުގެ އިޖުރާއަތު ބާޠިލްކަމަށް ކަނޑައެޅިދާނެ އިސްތިއުނާފެއް ނުވާނެ.
HN4 ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ތަބާވެ، އިސްތިއުނާފަށް ހުއްދަ ދޭންވާނީ އިސްތިއުނާފުން ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުސެއް ނުކުތާގައި ހިމެނޭނަމައެވެ؛ ދަށުކޯޓުން ހެއްކެއް ހުށަނާޅާކަމަށް ފާހަގަކޮށްފައިވާ ކަމެއްގައި ސާފު ޤާނޫނީ ބަހުސެއް ނުއުފައްދާ ނުކުތާއަކީ ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫން.
HN5 ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2010/SC-A/02) ޤަޟިއްޔާއަށް ތަބާވެ، ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރާ ފަރާތަށެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރަންވާނީ އެ ފަރާތުންނެވެ. އެހެންކަމުން ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށްދިންކަމާއި ތިންވަނަ ފަރާތަކުން ރަށަށް އެރިކަން ފަދަ ވާޤިޢާތައް ސާބިތުކުރުމުގެ ޒިންމާ އޮތީ އެކަން ދަޢުވާކުރި ފަރާތަށް ކަމުން، ލިޔެކިޔުން ހުންނާނީ ދައުލަތުގައި ކަމަށް ބުނުމަކީ އެ ބުރައިން ބަރީއަވާނެ ސަބަބެއް ނޫން.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު: (މިރަޢުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙަސަން
ޝަފީޢު ތާއީދުކުރެއެވެ.)
ތަޢާރުފު
3ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކުރުމަށް އިންނަފުށި މެރިން ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިންނަފުށި" ނުވަތަ "އިސްތިއުނާފް ކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މިކޯޓުން އެންމެ ފުރަތަމަ ބަލާފައިވަނީ، މިކޯޓުގެ ނަންބަރު 2017/HC-A/213 ޤަޟިއްޔާއިންނެވެ. ނަމަވެސް، މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލިސް ބޭއްވުމަށްޓަކައި، އިންނަފުށީގެ ފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ޝަރީޢަތުގެ މަޖްލީހަށ ޙާޟިރުވުމަށް ފޮނުވުން "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުވެ، އެއަމުރުގައިވާ ގަޑިއަށް ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ހައިކޯޓުގެ ނަންބަރު 2017/HC-A/213 ޤަޟިއްޔާގެ ދަޢުވާ ފޯމް ވަނީ ބާޠިލްކުރެވިފައެވެ.
3. މިހާރު މިކޯޓުން ބެލެވެމުންދާ ނަންބަރު 2019/HC-A/308 ޤަޟިއްޔާއަކީ، އިންނަފުށގެ ފަރާތުން ސިވިލ ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފްކުރުމަށް އެދި ދެވަނަ ފަހަރަށް ހުށަހެޅުމުން ބެލެވެމުންދާ ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފ ރައްދުވް ފަރާތަކީ، ދިވެހި ދައުލަތް ދައުވާ ފޯމު ބާޠިލުކުރި ރިޕޯޓް – 21 އޭޕްރީލް 3233 (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ - މީގެ ފަހުން "ދިވެހި ދައުލަތް" ނުވަތަ "އިސްތިއުނާފް ރައްދުވާ ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:
2އދ.އިންނަފުށީގެ ފަޅުން އަދި ބިމުން ބައެއް ކުއްޔަށް ދިނުމުގެ ގޮތުން […] މުޙައްމަދު ޝާޒ ވަލީދު އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ދެމެދު 35 ސެޕްޓެމްބަރު 3233 ގައި "އދ.އިންނަފުށީ ގެ ބިމުން 2.5 ހެކްޓަރާއި ރަށުގެ ފަޅުން 36.3 ހެކްޓަރުގެ ސަރަޙައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުން" ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
1. މިއެއްބަސްވުމުގެ ދަށުން މުޙައްމަދު ޝާޒް ވަލީދު އަށް ލިބިފައިވާ އެންމެހާ ޛިންމާތަކާއި ޙައްޤުތައް، ޑީޑް އޮފް އެސައިންޓްމަންޓް ގެ ދަށުން އިންނަފުށި މެރިން ރިސާރޗ ވިލެޖް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލުކުރެވުނެވެ. އިންނަފުއްޓާއި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ) އާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިންނަފުށިން ފޮނުވަންޖެހޭ ޕްރޮގްރެސް ރިޕޯޓް ނުފޮނުވުމާއި، ޒިންމާ އަދާނުކުރާކަމަށް ބަޔާންކޮށް، 22 ދުވަހުގެ ތެރޭގައި އެއްބަސްވުމާއި ވަރކްޕްލޭނ އާއް އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް 33 ނޮވެމްބަރު 3231 ގައި ލިޔުމުން އންނަފުއްޓަށި އެންގިއެވެ. އަދި، 31 ޑިސެމްބަރު 3231 ވަނަ ދުވަހުން ފެށިގެން ރަށް ވަކިކޮށްފައިވާކަމަށާއި، 33 ޑިސެމްބަރު 3231 އިން ފެށިގެން 22 ދުވަހުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުނު ފަހުން 33 ނޮވެމްބަރު 3231 ގައި (ރައީސުލްޖުމްހޫރިއްޔާގ އޮފީހުގެ ނަންބަރު 16/2018) އިން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނަމަށް ބަދަލުވެފައި އެއްބަސްވުން ނަންބަރު 30/2011/05-B E/PRIV/2013/18-(AGR)30 "އދ.އިންނަފުށި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތަށް ލިބިފައިވާ އެންމެހާ ޙައްޤުތައް އިންނަފުށި ރިސާރޗ ވިލެޖް ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކުރުމުގެ އެއްބަސްވުން. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު G/INDIV/2014/1658-30 ސިޓީ އިންނަފުށި ގައީހުރައުފުލާ ގެންދެވޭ އެންމެހާ މުދާ ގެންގޮސް ނިންމުމަށް ދްއުލަތުނީއިންނަފުއްޓަށ ސިޓީ އަކުން އެންގިއެވެ.
5މިސިޓީ ތައް އިންނަފުއްޓަށް ލިބުމުގެ ކުރިންވެސް މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސ އެންޑް ކަލްޗަރ އިން އދ.އިންނަފުށި އެހެން ފަރާތަކަށް ލީސް އެގްރީމެންޓެއްގެ ދަށުން އެވޯޑް ކޮށްފައިވާކަމަށް އިންނަފުށިން ތުހުމަތު ކުރެއެވެ. މިއެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލް ޗަރގެ ފަރާތުން އދ.އިންނަފުށި އެހެން ފަރާތަކަށް ލީސް އެގްރީމެންޓެއްގެ ދަށުން ކުއްޔަށް ދޫކޮށްފައިވާކަމުގެ ލިޔުން ހިފައިގެން ބަޔަކު އދ.އިންނަފުއްޓަށް ޒިޔާރަތްކޮށް އިންނަފުށީގެ މުދާތައް އެރަށުން ނެގުމަށް އަންގާފައިވާކަމަށް އިންނަފުށީގެ ފަރާތުން ބުނެއެވެ.
6އެހެންކަމުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން 33 ޑިސެމްބަރު 3231 ގައި އެއްބަސްވުން ބާޠިލްކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި ދިނުން އެދި އިސްތިއުނާފްކުރާ އިންނަފުށީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެއީ މިއިސްތިއުނާފުން ބެލެވެމުން މިދާ ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާއެވެ.
ސިވިލް ކޯޓުގެ ނިންމުން
3ބުނެވިދިޔަ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް އިންނަފުށިނ ސިވިލް ކޯޓުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، 33 ޑިސެމބަރް 3231 ގައި އެއްބަސްވުން ބާޠިލްކޮށްފައިވަނީ، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން ރަށުގެ ލީސް އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އެހެން ތިންވަނަ ފަރާތަކަށް ރަށް ކުއްޔަށްނުދެވޭނެކަމަށާއ މިއި އެއްބަސްވުމާ ޚިލާފުކަމެއް ކަމަށެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު E/PRIV/2014/1046-30 ސިޓީ
1. ދައުލަތުން ދައުވާއަށް އިންކާރުކޮށް މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމާ އެއްގޮތަށް އިންނަފުށީގެ ފަރާތުން ތަނުގައި މަސައްކަތްކުރަމުންނުދާތީ އާއި، އެއްބަސްވުމުގައިވާ ފަދައިން މަސައްކަތުގެ ތަފްސީލު ރިޕޯޓު ހުށަހަޅަމުން ނުދާތީ އެއްބަސްވުން ބާޠިލްކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައިކަމަށެވެ. 33 އޮކްޓޯބަރު 3231 ގައި ކުރެވުނު ރަށް މޮނިޓަރިންގ އިން ވެސް އިންނަފުށިނ އެއްބަސްވުމް އެއްގޮތަށް ޢަމަލުނުކުރކަނާ އެނގޭ ކަމަށެވެ. އަދި، ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިންކަން ސާބިތުކޮށްދިނުމަކީ، އެފަރާތުގެ ޒިންމާއެއްކަމަށާއި، އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާ ގައި ނިންމާފައިވަނީ ... "އދ.އިންނަފުށީގެ ބިމުން
2.5 ހެކްޓަރާއި، ރަށުގެ ފަޅުން 36.3 ހެކްޓަރުގެ ސަރަޙައްދު ކުއްޔަށްދިނުމުގެ އެއްބަސްވުން" 33 ޑިސެމްބަރު 3231 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ބާޠިލްކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށްކަމަށް ކަނޑައަޅާނޭ ތަނެއް ނެތްކަމަށެވެ. "
32.ސިވިލ ކޯޓުގް މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
32.3. އެއްބަސްވުމުގެ 21 ވަނަ މާއްދާގެ 21.3 ގައި، މަސައްކަތުގެ ތަފްޞީލީ ރިޕޯޓް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމެއްޓެއްގައި ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށާއި، ޑިޕާރޓްމަންޓ އޮފް ނޭޝަނަލް ޕްލޭނިންގއަށް އިންނަފުށީގެ ފަރާތުން ފޮނުވާފައިވާކަން އެނގޭފަދަ އެއްވެސް ހެއްކެއް އެފަރާތުން މައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން؛ އެއްބަސްވުމުގެ 32 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރަންޖެހޭނީ ހުށަހެޅިފައިވާ ޕްރޮޕޯސަލްއާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވާކމަށަ މިއީ އެއްބަސްވުމުގެ 21 ވަނަ މާއްދާގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ކަމަށް އެއްބަސްވުމުގެ 33 ވަނަ މާއްދާއާއި 21 މާއްދާއާއި 12 ވަނަ މާއްދާއަށާއި ކުރިން ޙަވާލާދެވުނު 33 ނޮވެންބަރު 3231 އަދި 33 ޑިސެމްބަރު 3231 ސިޓީއަށް ދައުލަތުގެ ޖަވާބުގައި ހަވާލާދީފައިވޭ ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 2 (ރ)
32.3.އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން އިންނަފުއްޓަށް 22 ދުވަސް ދެވުނު ނަމަވެސް، މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ވޯކްޕްލޭނާ އެއްގޮތަށް މަސައްކަތް ނިންމައި، އަދި ކުރެވުނު މަސައްކަތުގެ ތަފްސީލް ރިޕޯޓް ފޮނުވާފަ ނުވާތީ، އދ.އިންނަފުށި ވަކިކުރެވިފައިވާކަން ފިޝަރީޒް މިނިސްޓްރީގެ ސިޓީ އަށް ބެލުމުން އެނގެން އޮތްހިނދު، ދައުލަތުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތު ފުރިހަމަ ކުރުމަށްފަހުގައިކަން؛ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާއި، ދެފަރާތުން ފާހަގަކުރި ކަންކަން
33.ސިވިލ ކޯޓުގް ނަންބަރު 2307/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފ ކުރުމަށް އެދި އިންނަފުށި މެރިން ރިސާރޗ ވިލެޖް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
33.3. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ (ހ) ގެ 33 ވަނަ ނުކުތާއާއި، ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
33.3.3. މިނުކުތާގެ ތަފްސީލްގައި އިންނަފުށީގެ ފަރާތުން ބުނެފައިވަނީ، އިންނަފުށި މެރިން ރސާރޗް ވިލެޖި ޕްރައިވެޓް ލިމިޓެޑް ގެ އެމް.ޑީ އަކީ، ސިވިލް ކޯޓުން މައްސަލަ ބަލައި ޙުކުމްކުރި ޤާޟީއާ ދެބެންގެ ދެދަރި ބޭފުޅެއްކަމުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިން 33 ވަނަ މާއްދާގެ (ހ) ގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު /2014/1046PRIVE/-30 ސިޓީ (33 ޑިސެމބަރް 3231) އެއްބަސްވުން ނަންބަރު 30/2011/05-B ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 2 (ރ)،(ބ) 33 ވްނަނުކުތާގެ ދަށުނެމިމައްސަލ ބެލޭނެ ޤާޟީއެއް ނޫންކަމާއި، މިއީ އަދުލު އިންސާފުގެ އުޞޫލުތަކާއި ޚިލާފުކަމެއް ކަމަށްވުމުން މިއީ ޤާނޫނީ ގޮތުންވެސް އަދި ޝަރުޢީ ގޮތުންވެސް ޞައްޙަ ނިންމުމެއް ނޫންކަމަށް ފާހަގަކުރާކަމަށެވެ.
33.3.3.މިނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ، އަސާސްކަމަށް ބަލައިގެން ކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިގޮތުން ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއް ދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ފަނޑިޔާރަކާއި ތިންވަނަ ދަރަޖައިގެ ތިމާގެ ކަން ހުރި މައްސަލައެއް ބެލުމަކީ ފަނޑިޔާރުން ސުލޫކީ ވާނެކަމެއް ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ދަށުކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު އެކަން ފާހަގަކޮށްފައިނުވާތީ، މިނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނގު 35 ވަނަ މާއްދާގެ (ހ) ގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކީ، އެކުންފުނީގެ މެމްބަރުންނާއި ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަހްސެއްކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނގު 33 ވަނަ މާއްދާގެ (ހ) ގައި 33 ވަނަ ނަންބަރުގެ ލަފްޒަށް ބެލުމުން، ކުންފުންޏަކާ މައްސަލަ ބަލާ ފަނޑިޔާރާއި ތިމާގެ ކަމެއް ނުހުންނާނެ ކަމަށާއި، މައްސަލައިގެ ޕާޓީއަކީ މެނޭޖިންގ ޑިރެކްޓަރު ނޫންކަމަށެވެ.
33.3. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، އިސްތިއުނާފ ކުރް އިންނަފުށިން ހުށަހަޅާފައިވަ ދަޢުވާއަކީ، އެއްބަސްވުން ވުޖޫދުގައިވާ ޙާލުގައިވެސް، އެއްބަސްވުމުގެ މައުޟޫއު Matter) (Subject އެހެން ފަރާތަކަށް ދީފައިވާކަމަށް ބަޔާންކޮށް ހުށަހެޅިފައިވާ ދަޢުވާއަކަށް ވީހިނދު، އެއާއި ވިދިގެން ހުށަހެޅިފައިވާ ނުކުތާތަކަށް ރިޢާޔަތްނުކޮށް، ހަމައެކަނި އެއްބަސްވުން އުވާލުމުގެ އިޖުރާޢަތުތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކުރާ ނުކުތާއެވެ.
33.3.3. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފްކުރާ އިންނަފުށިން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 1.5 އަދި 1.6 އަށް ރިޢާޔަތްކުރުމުން، ދޢުވާގަ މަޢުޟޫއަކީ، ލީސް އެގްރީމެންޓް ބާޠިލްކުރުމުގެ ކުރިން، ލީސް އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި ރަށް އެހެން ފަރާތަކަށް ދައުލަތުން ދީފައިވާތީ، ދައުލަތަށް އެއްބަސްވުން ބާޠިލް ނުކުރެވޭނެކަމާއި، އަދި ބާޠިލްކުރި ކުރުން އެއީ އޭގެ ޒާތުގައި ބާޠިލް ކަމެއް ކަމަށް ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި، ނަމަވެސް ތިންވަނަ ފަރާތަކަށް ރަށް އެވޯޑް ކޮށްފައި އޭގެ ފަހުން އެއްބަސްވުން ބާޠިލްކުރުމުގެ ޙައްޤު ދައުލަތަށް ލިބެނީ ކޮން ޤާނޫނީ އުސޫލަކުންތޯ ސިވިލް ކޯޓުން ބައްލަވާ އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށެވެ.
33.3.3.މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި، މަދަނީ ޚުސޫމާތު ޘާބިތުކުރުމުގެ ބުރަ އުފުލުމަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަން ސާފުކޮށް އެނގެން އޮންނަހިނދު، މިމައްސަލައިގައި އދ.އިންނަފުށި ތިންވަނަ ފަރާތަކަށް އެވޯޑްކޮށްފައިވާކަމަށް އިންނަފުށިން ބުނިނަމަވެސް އެކަން ސާބިތުކުރުމަށް އެފަރާތުން ހެއްކެއް ޤަރީނާއެއް ކޓަށޯ ހުށަހަޅާފައިނުވާކަމަށެވެ.
33.2. އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، Probandi) (onus މަބްދަޢާއި ޚިލާފަށް، އިންނަފުށިން ދައުލަތަށް ކުރިމަތިކުރުވާފައިވާ ދަފްޢަށ ދައުލަތުން އިންކާރުކޮށްފައިނުވާ ހިނދު، އެއަށް ރިޢާޔަތް ނުކުރައްވައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
33.2.3. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފ ކުރް ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު އަޝްފާޤު ވ. ގްލެޑޯނއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑި ޤަޟިއްޔާގައި "އެއް ޚަސްމަކު އަނެއް ޚަސްމަކާއި ކުރިމަތިކުރާ ދަފްޢު" (Plea) ޘާބިތުކުރުމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ، އެދަފްޢެއް "ކުރާ ފަރާތް" ކަމުގައި ކަނޑައަޅާފައިވީއިރު، އދ.އިންނަފުށީގެ އެއްބަސްވުން ދައުލަތުން ބާޠިލްކުރުމުގެ މާކުރިން އެރަށް ތިންވަނަ ފަރާތަކަށް އެވޯޑްކޮށްފައިވާކަމަށް އިންނަފުށީގެ ފަރާތުން ބުނެފައިވީނަމަވެސް، އެދަފްޢަށ ދައުލަތުން އިންކާރުކޮށްފައިނުވާކަމުން، އެއީ އިޢުތިރާފްވާ ދަފްޢެއްކަމަށް ބަލަންޖެހޭކަމާއި، ނަމަވެސް އެކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
33.2.3.މި ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު އަޝްފާޤު ވ. ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރިޢާޔަތްކޮށް، ހުށަހަޅާ ދަފްޢެއް ސާބިތުކޮށްދިނުމަކީ، އެ ދަފްޢެއް ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމާއި، އަދި ކުރިމަތި ކުރުވާ ދަފްޢަށ ކަނޑައެޅިގެން އިންކާރުކުރާ ކަމަށް ބަޔާންކޮށްފައި ނެތްނަމަވެސް، އެއީ އެ ދަޢުވާ ސާބިތުވާ ވަރުގެ ހެކި ހުށަހެޅުނީ ކަމުގައި ބެލެވޭނެ ހަމައެއް ނޫންކަމާއި، އިންނަފުށިން ބުނާ ބުނުން ސާބިތުކުރުމަށް ހެކި ހުށަހެޅުމެއް ނެތި، ދައުލަތުން ދަފްޢަށް އިންކާރުނުކުރާ ކަމަށްބުނެ، އެއީ ދައުލަތުން ވެފައިވާ އިޢުތިރާފެއްކަމަށް ބަލައި، އެކަމުގެ މައްޗަށް މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކޮށްފައިނުވާކަމަށް ބުނެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
33މިމައްސަލައިގެ މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބޭއްވުނު އަޑުއެހުމުގައި، އިސްތިއުނާފީ ދެވަނަ ނުކުތާ އަދި ތިންވަނަ ނުކުތާގައި ބަޔާންކުރާ ޤާނޫނީ ބަހުޘު ސާފުނުވާކަމަށް ބުނެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. 2015/HC-A/261 2015/HC-A/261 ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ހަވާލާދީ އެނުކުތާތައް ބަލައިނުގަނެވޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފ ކުރް ފަރާތުންނާއި ރައްދުވާ ފަރާތުން އެދޭގޮތް
32. އިސްތިއުނާފްކުރާ ފަރާތުން އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2307/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ
(ހ) ގެ 33 ވަނަ ނުކުތާއާއި ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތަކަ ށްވުމާއެކު، އަދި މައްސަލަ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ރިޢާޔަތްކުރަންޖެހޭ ބައެއް ކަންތައްތަކަށް ރިޢާޔަތްނުކޮށް ކަމަށްވާތީ، މިމައްސަލައިގެ ޙުކުމް ބާޠިލްކޮށްދެއްވައި، މިމައްސަލަ އަލުން ސިވިލް ކޯޓުން ބެލުމަށް ކަނޑައަޅައިދެއްވައި، ސިވިލް ކޯޓުން މިމައްސަލައަށް ޝަރުޢީ އެންމެހާ އިޖުރާޢަތުތަކެއް ފުރިހަމަކޮށްގެން ފައިޞަލާކުރަނިވި ޙުކުމެއް ނެރުމުގެ ކުރިން، މިދަޢުވާގެ މައުޟޫޢު ކަމުގައިވާ އދ.އިންނަފުއްޓާއި ގުޅޭގޮތުން ތިންވަނަ ފަރާތަކާއެކީ އިތުރު އެއްވެސް މުޢާމަލާތެއް ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮ ށްދިނުމަށެވެ.
31.ދައުލަތުން މިމައްސަލައިގައި އެދޭގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ 2307/Cv-C/2016 ޤަޟިއްޔާ ޙުކުމް ކުރައްވާފައިވަނީ، ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ވުމާއެކު، އެޙުކުމް ބާޠިލްކުރާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ކަނޑައަޅައިދިނުމާއެކު، އެމޭރުމުން ފައިޞަލާ ކުރަނިވި ޙުކުމެއް ނެރެދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ދައުލަތުގެ އިޖުރާއީ އިއުތިރޒާ ތަކާ ގުޅް
35އިސްތިއުނާފީ ފުރަތަމަ ނުކުތާ ބަލައިގަތުމުގައި މިއީ ދަށުކޯޓުގައި ފާހަގަކުރެވިފައި ނުވާ ކަމެއް ކަމަށްވުމުން، ކޯޓުތަކުގެ ޤާނޫނު ގެ 23 ވަނަ މާއްދާ އާ ޙަވާލާދީ ދައުލަތުން ކޮށްފައިވާ އިއުތިރާޟަށް ބަލާއިރު، ނންމުމުގި ކުރިއަށް އައި އިޖުރާޢަތަކީ، ބާޠިލް އިޖުރޢާ ތެއް ކަމުގައި އިސްތިއުނާފު ކުރެވިދާނެކަން ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 15 ވަނަ މާއްދާއިން އެނގެން އޮތުމުން މިނުކުތާ ބަލައިގަތުމާ މެދު މިކޯޓުން ގޮތެއް ނިންމަންވާނީ އެނަޒަރުނ ކަމުގައް ދެކެމެވެ.
36.އިސްތިއުނާފީ ދެވަނަ ނުކުތާއާ ތިންވަނަ ނުކުތާ އާ ގުޅިގެން، އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ޤާނޫނީ ބަހުސް ސާފު ނުވާތީ މިނުކުތާތައް ބަލައިނުގަނެވޭނެކަމަށް ދައުލަތުން ފާހަގަކުރާ ކުރުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއަށް ޙަވާލާދީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނިކަމަށާއި، އޮޅިގަނޑު ގިރ ކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ، އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ޤާނޫނީ ބަހުސެއް ހިމެނޭކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައިވނަމަ ކަމުގައި ބަޔާންކޮށްފައިވެއެވެ. 2019/SC-L/91 ޕެރެގްރާފް 32 2022/SC-A/51 ޤަޟިއްޔާގެ ޕެރެގްރާފް 32
33.އިސްތިއުނާފުކުރ ފަރާތުގާ ދެވަނަ ނުކުތާގައި މައްސަލައިގެ މައުޟޫއަކީ، ދައުލަތުން އެއްބަސްވުމާ ޚިލާފަށް ރަށް ތިންވަނަ ފަރާތަށް ކުއްޔަށް ދިނުން ކަމުގައިވާ އެނުކުތާއާ ގުޅިގެން ހުށަހަޅާފައިވާ ކަންތައްތަކަށް ޝަރީޢަތުން ރިއާޔަތްކޮށްފައިވާ ނުވާކަމަށް ބުނާއިރު، މިނުކުތާއިން އިސްތިއުނާފު ކުރާ ފަރާތުން އުފައދް ޤާނޫނީ ބަހުސް ސާފުނުވެއެވެ. ވަކިން ޚާއްސަކޮށް ރަށް ތިންވަނަ ފަރާތަށް ކުއްޔަށް ދިން ކަމަށް ސާބިތުވާނެ އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައިނުވާކަމަށ މައްސަލް ނިމުނަ ގޮތުގު ރިޕޯޓުގެ 2 ގެ (ށ) ގައި ފާހަގަކުރެވިފައިވުމުން، މިއީ، މިކޯޓުން ބަލައި ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ކަމުގައި ނުދެކެމެވެ.
31.އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިންނަފުށިން ހަވާލާދީފައިވާ ޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ ސާބިތުކުރުމުގެ ޒިންމާ އާ ގުޅޭ އުސޫލު މިމައްސަލައަށް ތަޠްބީޤުކުރެވިފައިވާ ގޮތާއި މެދު އުފައްދާފައިވާ ބަހުޘާއި މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް
33.މިއިސްތިއުނާފީ ދައުވާގައި ހުށަހެޅިފައިވާ ނުކުތާތަކަށް ބަލާއިރު، މިކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ، މައިގަނޑު ދެކަމަކަށެވެ. އެއީ، (3) މައްސަލަ ބެލި ފަނޑިޔާރަކީ މައްސަލަ ބެލުމަށް ޤާނޫނީގޮތުން ހުރަސް އަޅާ ފަދަ ސަބަބެއް މެދުވެރިވެފައިވާ ފަރާތެއްތޯ ބެލުމާއި، މިއީ ބާޠިލް އިޖުރާއަތެއްގެ މައްޗަށް ހިނގާފައިވާ ޝަރީޢަތެއްތޯ ބެލުން (3) މިމައްސަލަ ނިމިފައިވަނީ ސާބިތުކުރުމުގެ ޒިންމާގެ އުސޫލުތަކާ ޚިލާފަށް ތޯ؟ މި ދެ ކަމުގެ މައްޗަށެވެ. ފަނޑިޔާރަށް މައްސަލަ ބެލުމަށް ހުރަސް އެޅޭ ފަދަ ސަބަބެއް އޮތުން
32.ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު ގެ 12 ވަނަ މާއްދާގައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާން ކޮށްފައިވެއެވެ. އެހާލަތްތަކުގެ ތެރޭގައި އެމާއްދާގެ (ށ) ގައި، ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އަންނަ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ، ބާޠިލު އިޖުރާއަތކަށްވަ ހާލަތް ތައް ބަޔާންކުރެވިފައިވެއެވެ. އެގޮތުން، 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ، ނުވަތަ ނިޔާވެރިއަކީ، އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުމެވެ.
33.އެޤާނޫނު ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޙުކުމްކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، އެ އިޖުރާއަތުގެ ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އެ ނުކުތާއެއް ފާހަގަކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާނަމަކަމަށެވެ. އެހެންކަމުން، ޙުކުމުގެ ކުރިއަށް އައި އިޖުރާޢަތެއ ބާޠިލްކަމަށް ބުން ހުށަހަޅާ އިސްތިއުނާފެއް ބަލައިގަނެވޭނީ ދެކަމެއް ފުރިހަމަ ވެގެންނެވެ. އެއީ؛
33.3.އެއިޖުރާއަތުގ ނަތީޖާއެއްގެ ގޮތުނެ ދަށުކޯޓުގެ ނިންމުމަށް ސީދާގޮތެއްގައި އަސަރެއް ކޮށްފައިވުން
33.3.ދަށު ކޯޓުގައު އެނުކުތާ ފާހަގަކުރުމުން އެނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލެވިފައިވުން - މިޝަރުތަށް އިސްތިސްނާއީ ހާލަތެއް އެމާއްދާގެ (ށ) ގައި އޮވެއެވެ. އެއީ، ދައުލަތުގެ ޢާންމު މަޞްލަޙަތާ ގުޅުންހުރި މައްސަލަތަކުގައި އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލި ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނަގާފައިނުވިނަމަވެސް، އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކު، ފުރަތަމަ ފަހަރަށް ހައިކޯޓުގައި ނެގިދާނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 22/2010
33. ބުނެވިދިޔަ އުސޫލުތައް ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގއަ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުގެ 33 ވަނަ ޕެރެގްރާފްގައިވެސް ފާހަގަކުރެވިފައިވެއެވެ.
28 27
32. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 23 ވަނަ މާއްދާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަޔާންކޮށް ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާގެ މަޤާމުގެ މުއްދަތުގައި، ޢަމަލުކުރަންޖެހޭ ގޮތްތަކުގެ 33 ވަނަ ނަންބަރުގައި "އެއްވެސް ފަނޑިޔާރަކު، އެ ފަނޑިޔާރަކާ ތިންވަނަ ދަރަޖައަށްވުރެ ތިމާގެ މީހަކު ހިމެނޭ މައްސަލައެއް ނުބެލުން ހިމެނިފައިވެއެވެ.
31.އިންނަފުށީގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، އިންނަފުށި މެރިން ރިސާރޗް ވިލެޖް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަކީ، ސިވިލް ކޯޓުން މައްސަލަ ބަލައި ޙުކުމްކުރި ޤާޟީއާ ދެބެންގެ ދެދަރި ބޭފުޅެއްކަމަށެވެ. އެހެންކަމުން، މިމައްސަލަ ނިންމި ފަނޑިޔާރަކީ، މައްސަލަ ބެލުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުމުން މިނންމުނި ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާޠިލުކަމަށް ކަނޑައަޅައި މިމައްސަލަ ދަށު ކޯޓަށް ތޙަ ވީލްކުރަންޖެހޭ ކަމަށެވެ.
35. މިފަދަ އިސްތިއުނާފެއް ބަލައިގަތުމުގައި ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ކަމަށް ޕެރެގްރާފް 33 ގައި ފާހަގަކުރެވިފައިވާ ޝަރުޠުތައް މިމައް ސަލައިގައި ފުރިހަމަވޭތޯ ބަލާއިރު، މައްސަލަ ބެލި ފަނޑިޔާރާ އެފަދަ ގުޅުމެއް އޮތް ކަން ދަށު ކޯޓު މަރުހަލާގައި ފާހަގަކޮށްފައިނުވާކަމަށް އިންނަފުށީގެ ފަރާތުން މިކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ އިސްތިސްނާއީ ހާލަތަށް ފެތޭ ދައުލަތުގެ ޢާންމު މަސްލަހަތާއި ގުޅުން ހުރި ހުށަހެޅުމެއް ކަމަށް ފާހަގަކޮށްފައިނުވެއެވެ. ފަނޑިޔާރާއި ހަސްމ ދެމެދާ ތިންވަނަ ދަރަޖައަށް ވުރެ ގާތް ގުޅުމެއް ޤާނޫނު ނަންބަރު 1/2018 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނަށް ގެނެވުނު 5 އިސްލާޙް) އަށްފަހު މިހާރު 23 ވަނަ މާއްދާ އޮތް ކަން އެފަރާތަށް ފާހަގަވެފައިވަނ، މައްސަލަ ނިމުނު ފަހުން ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާއިރު، މިކޯޓަށް ހުށަހެޅުމުގައި ވެސް އެފާހަގަކުރާ ފަދަ ގުޅުމެއް ފަނޑިޔާރާއި ހަސްމ ދެމެދާ އޮތްކަން އެނގޭނެ ފަދަ އެއްވެސް ދަލީލެއް ހުށަހަޅާފައިނުވެއެވެ. އަދި، އެގުޅުން އުފެދޭ ގޮތް ބުނެދޭން ނޭނގޭ ކަމަށް ވެސް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެހެންކަމުން، މައްސަލަ ނިންމުމުގެ ކުރިއަށް އައި ކަމަށް އިންނަފުށިން ފާހަގަކުރާ އިޖުރާއީ މިއައިބަކީ މިކޯޓުގައި އިސްތިއުނާފުކުރެވި ބާޠިލް އިޖުރާޢަތެއްކަމަށް ކަނޑައެޅިދާނެ އިސްތިއުނާފެއް ނޫން ކަމުގައި ދެކެމެވެ. މައްސަލަ ނނި މުމުގައި ސާބިތުކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތަކާ ޚިލާފުވެފައިވޭތޯ ބެލުން
36.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތފަ ގޟަ އްޔާގައި، މަދަނީ ޚުޞޫމާތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ.
33.މިއުސޫލު މިމައްސަލައަށް ތަތްބީޤުކުރުމަށް ބަލާއިރު، މިމައްސަލަ ދަށުކޯޓަށް ހުށަހެޅުނު އިރު ރަށް ތިންވަނަ ފަރާތަކަށް ކުއްޔަށްދިނުމުގެ ހުސޫމާތު އުފައްދައި މައްސަލަ ހުށަހަޅާފައިވަނީ، އިންނަފުށީގެ ފަރާތުންނެވެ. އަދި، އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން ރަށަށް ތިންވަނަ ފަރާތަކުން ލިޔެކިޔުމާއެކު އަރާ ރަށް ހުސްކުރި ކަމަށް ބުނެފައިވާއިރު، މިކަން ސާބިތުކުރުމަކީ އެފަރާތުގެ މައްޗަށް އޮތް ޒިންމާއެކެވެ. މިލިޔެކިޔުންތައް ހުންނާނީ ދައުލަތުގައި ކަމަށް ވުމުން އެކަން އެފަރާތަށް ސާބިތުކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށް އިންނަފުށިން ބުނާ ބުނުމަށް ބަލާއިރު، ތަނަށް ބޔަ ކ އެރިކަން ފަދަ ވާޤިއާއަކީ އެފަރާތުން ސާބިތުކޮށްދޭންޖެހޭ ކަންކަމެވެ. ނަންބަރު 2010/SC-A/02
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - ހައިކޯޓަށް އިސްތިއުނާފުކުރެވޭ ޙާލަތްތައް ބަޔާންކުރާ މާއްދާގެ (ށ) (ފަނޑިޔާރަށް ހުރަސް އެޅޭ ސަބަބު)، އަދި ބާޠިލް އިޖުރާއަތުގެ ނުކުތާ ދަށުކޯޓުގައި ނެގުމުގެ ޝަރުޠާއި (ށ) ގެ ޢާންމު މަޞްލަޙަތުގެ އިސްތިސްނާ ބަޔާންކުރާ މާއްދާ (ލިޔުމުގައި '12' އަދި '15' ގޮތަށް ފެންނަ)
- ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) - ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢު އަސާސްކޮށް ކަމަށް ބަޔާންކުރާ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) - ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ މާއްދާ (ތިންވަނަ ދަރަޖައިގެ ތިމާގެ މީހުން) (ޤާނޫނު ނަންބަރު 1/2018 ގެ އިޞްލާޙަށްފަހު ނަންބަރު ބަދަލުވެފައި)
- ސުޕްރީމް ކޯޓު: އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2013/SC-A/20)
- ސުޕްރީމް ކޯޓު: އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ (2010/SC-A/02)
- ސުޕްރީމް ކޯޓު: އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91)
- ސުޕްރީމް ކޯޓު: ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ (2022/SC-A/51)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.