ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/255

އަޙްމަދު ރަޝީދު ވ. މުޙައްމަދު ނާޒިމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 17 ނޮވެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 14/Cv-C-HD/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 14/Cv-C-HD/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ގޯއްޗެއްގައި ޢިމާރާތްކުރުމުގެ އެއްބަސްވުމަކާ ޢިމާރާތްކުރާ ފަރާތް ޚިލާފުވިކަމަށް ބުނާ ކަންކަމަކީ އެއްބަސްވުން ބާޠިލުކުރެވޭނެ މައިގަނޑު ޚިލާފެއްތޯ؛ އެއްބަސްވުމުގައި ނެތް ސިޑި ފޮޅާ ސާފުކުރުމާއި އިންޝުއަރެންސް ޚަރަދަށް ޢިމާރާތްކުރާ ފަރާތް ޒިންމާވާންޖެހޭތޯ؛ ދަށު ކޯޓުގައި ނުހުށަހެޅޭ ހެކި އިސްތިއުނާފުގައި ބަލައިގަނެވޭތޯ؛ އަދި ލިފްޓް ހަރުކުރުމަށް ދަށު ކޯޓުން ކަނޑައެޅި 8 މަހުގެ މުއްދަތާ މެދު އިސްތިއުނާފީ ނުކުތާ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ (ހ) އަނެއް ފަރާތުން ކޮންޓްރެކްޓް ދޫކޮށްލުން، (ށ) އަނެއް ފަރާތަށް ކޮންޓްރެކްޓުގެ ކަންތައް ނިންމުން މުސްތަޙީލުވުން، ނުވަތަ (ނ) އަނެއް ފަރާތުން ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުމުންނެވެ؛ ޚިލާފުވި ކަމަކީ މައިގަނޑު ކަމެއް ކަމަށް ވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއް ނަމައެވެ.

HN2 އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރާ ފަރާތުގެ މައްޗަށް ލާޒިމްކުރާ މައިގަނޑު ޒިންމާ (ޢިމާރާތް ބިނާކޮށް ޙަވާލުކުރުން) އަދާކޮށްފައިވާއިރު، މަރާމާތާއި ކުދިކުދި ކަންކަމާ ގުޅޭ ޝަކުވާތަކަކީ ރަނގަޅުކުރެވިދާނެ ކަންކަމެއްނަމަ، އަދި ބުނާ ޚިލާފުތައް ސާބިތުނުވާނަމަ، އެއްބަސްވުން ބާޠިލުކުރެވޭނެ މައިގަނޑު ޚިލާފެއް ކަމުގައި ނުބެލެވޭނެއެވެ.

HN3 ދަށު ކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ހާލަތެއް (ޤާނޫނާ ޚިލާފުވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން) އޮތުމުންނެވެ؛ ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ޖުމްލަ ގޮތެއްގައި ބުނުމުން ނުފުދި، އެ ހާލަތް ތަފްޞީލާއެކު ޤާނޫނީ ބަހުޘަކާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެވެ؛ އެފަދަ ބަހުޘެއް ނެތް ނުކުތާއަކީ 43 ވަނަ މާއްދާގެ މިންގަނޑަށް ފެތޭ އިސްތިއުނާފީ ނުކުތާއެއް ނޫނެވެ.

HN4 ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ "ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި" ކަމަށް ބެލެވޭނީ ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ނުލިބޭ ހެކިތަކެވެ؛ އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ލިބެން އޮތް ލިޔުންތަކާއި ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކާ ގުޅޭ ހެކި އިސްތިއުނާފީ މަރުޙަލާގައި ބަލައެއް ނުގަނެވޭނެއެވެ.

HN5 އެއްބަސްވުމުގައި ލާޒިމްނުކުރާ ޚަރަދަކަށް (ސިޑި ފޮޅާ ސާފުކުރުން) އަނެއް ފަރާތް ޒިންމާވާނީ އެކަމަށް ދެފަރާތް އެއްބަސްވި ފަހުން ކުރި ޚަރަދަކަށް ވެ، އެ ޚަރަދު ކުރިކަން ސާބިތުވުމުންނެވެ؛ ވަކި ތާރީޚަކުން ފެށިގެން އަނެއް ފަރާތުން މަހުން މަހަށް ފައިސާ ފޮނުވި ކަމަކީ އެ ތާރީޚުގެ ކުރިން ކުރި ޚަރަދަށް އެ ފަރާތް ޒިންމާވާނެ ކަމަށް ބެލުމަށް ފުދޭ ސަބަބެއް ނޫނެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN6 އެއްބަސްވުމުގައި ސާފު ޢިބާރާތުން ނެތްނަމަވެސް ފަރާތެއް އިންޝުއަރެންސް ފައިސާއަށް ޒިންމާވާކަން ޢަމަލުން ޤަބޫލުކޮށްފައިވިޔަސް، އަނެއް ފަރާތުން ހޯދަން އެދޭ ވަކި ފައިސާއަކީ ދައްކަންޖެހި ނުދައްކާވާ ފައިސާއެއްކަމާއި އެ ފައިސާ ކެނޑުނުކަމާއި އަދަދު ލިޔުމުން ސާބިތު ނުކުރެވޭނަމަ، ހަމައެކަނި ބުނުމަކަށް ބިނާކޮށް އެ ފައިސާ ނަގައިނުދެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜނަ ގ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، މާލެ/ ހުޅުމާލެ ގޯތި ނަންބަރު 11234، އަޙްމަދު ރަޝީދު (މީގެ ފަހުން "އަޙްމަދު ރަޝީދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާގެ ނިޔާ އެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މާލެ، މުޙައްމަދު ނާޡިމް (މީގެ ފަހުން މި ރިޕޯޓުގައި "މުޙައްމަދު ނާޡިމް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބަޔާންކުރާ) އެވެ. މައްސަލައިގައި ކަންހިގާފައިވާ ގޮތް:

3އަޙްމަދު ރަޝީދުގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ހުޅުމާލެ ގޯތި ނަންބަރު:11234 އެވެ ކިޔާ 1202.31 (ބާރަސަތޭކަ ދޭއް ޕޮއިންޓް ތިނެއް އެކެއް) އަކަފޫޓްގެ ބަންޑާރަގޯތީ ގައި، ގްރައުންޑް ފްލޯރ ހިމެނޭގޮތަށް 4 (ހަތަރެއް) ބުރި ޢިމާރާތެއްގެ ފައުންޑޭޝަން އަޅއަ އެ ޢިމާރާތް ފުރިހަމަކޮށް ނިންމުމށަ އެއްބަސްވެ ޢިމާރާތްކުރާ ފަރާތުގެ ހައިސިއްޔަތުން މުހައްމަދު ނާޡިމާ އާއު އެގޯތީގެ ވެރިފަރާތް ކަމަށްވާ އަޙްމަދު ރަޝީދުއާ ދެމެދު 2015 ފެބްރުވަރީ 05 ގައި ނަންބަރު AR/001/2014 އެއްބަސްވުން ވެފައިވެއެވެ. . އައިޑީ. އައިޑީ. އަޙްމަދު ރަޝީދު އެއާ މުޙައްމަދު ނާޡިމު އާ ދެމެދު 05 ފެބުރުވަރީ 2015 ގައި " ހުޅުމާލެ ނަންބަރު: 11234 (ރަޖިސްޓަރީ ނަންބަރު GB 34 11 ) ގައި 4 (ހަތަރު) ބުރި (ގަރްއުންޑް ފުލޯރ ހިމެނޭގޮތަށް) އިމާރާތުގެ ފައުންޑޭޝަން އަޅާ އެއިމާރާތ ފުރިހަމަކޮށް ނިންމުމުގެ އެގްރިމެ ންޓް" މިނަމުގައި ސޮއިކުރެވިފައިވާސިވިލް ކޯޓުގެ ނަންބަރު 114/2015-C/C-CV ގެ އެއްބަސްވުން.

4ބުނެވިދިޔަ އެއްބަސްވުން، ސިވިލް ކޯޓުގެ ނަންބަރު 114/2015-C/C-CV ގެ ދަށުން އެކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވެއެވެ. ޙަވާލާދެވުނު އެއްބަސްވުމުގެ މުއްދަތަކީ، 01 އެޕްރީލް 2015 އިން ފެށިގެން 30 މާރިޗު 2047 ގެ ނިޔަލަށް މީލާދީ 32 (ތިރީސް ދއް) އަހަރު ދުވަހެވެ.

5ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ބުނެވިދިޔަ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނާޡިމް ޢަމަލުކުރާ

6މުން ނުދާ ކަމަށް ބުނެ، އެއްބަސްވުން ބާޠިލކޮށްދިނުމަށާއު އެ އެއްބަސްވުމާ ގުޅިގެން މުޙައްމަދު ނާޡިމް ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދު ނުކުރުމުގެ ސަބަބުން ގއްލުންވަމުންދާތެ ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން އަޙްމަދު ރަޝީދު ޚަރަދުކޮށްފައިވާ، 27,700.00ރ. (ހަތާވީސ ހާސް ހަތް ސަތޭކަ ރުފިޔާ) މުޙައްމަދު ނާޡިމުގެ އަތުން ލިބިގަތުމަށް އެދި އަޙްމަދު ރަޝީދުގެ ފަރާތުން 24 ޖަނަވަރީ 2021 ގައި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހެޅިއެވެ.

7ޢިމާރާތްކުރުމުގެ އެއްބަސްވުމާ މުޙައްމަދު ނާޡިމު ޚިލާފުވެފައިވާ ކަމަށް ބުނެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި އަޙްމަދު ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

1.7 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ބ) ގައި ބުނާ މުއްދަތުގައި އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން، ފުލޯތަކުގައ ހިމެނި އެންމެހާ ތަންތަނަށް ލިބޭ ގެއްލުން މަރާމާތުކޮށް ކުލަލައި ބެލެހެއްޓުމަކީ ޢިމާރާތްކުރާ ފަރާތުގެ ޒިންމާ ކަމަށާއި މިފަދައިން މުޙައްމަދު ނާޡިމު އަމަލުކޮށްފައި ނުވާކަމަށް؛

2.7 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ޅ) ގައި، ޢިމާރާތްކުރާ ފަރާތުން މާލޭގައި ނޫޅޭ ދުވަސްތަކުގައި އެއްބަސްވުމުގައި ބަޔާންކުރާ ޒިންމާތައް އުފުލާނެ ފަރާތެއް އައްޔަންކުރަން އަޙްމަދު ރަޝީދުއާ މުޙައްމަދު ނާޡިމުއާ ދެމެދު 05 ފެބުރުވަރީ 2015 ގައި ސޮއިކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 114/2015-C/C-CV ގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) އަޙްމަދު ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް ހުށަހެޅި ދަޢުވާފޯމުގެ 7 އަދި 12 ވަނަ ނަންބަރު. އޮތްނަމަވެސް އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށާއި، މުޙައްމަދު ނާޡިމަށ ފޯނުން ގުޅިޔަސް އަދި މެސެޖު ކުރިޔަސް އަދި ސިޓީ ފޮނުވިޔަސްޖަވާބު ދީފައި ނުވާކަމަށް؛

3.7 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 13 ވަނަ މއްދާގައާ ބުނެފައިވަނީ އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެވޭނީ ދެފަރާތުން ވާހަކަ ދައްކައި އެއްބަސްވުމަކަށް އާދެވިގެން ކަމަށާއި، އެއްވެސް ބަދަލެއް ގެނެވިއްޖެނަމަ އެބަދަލު ފެންނަން އޮންނަން ވާނެކަމަށެވެ. ޢިމާރާތްކުރުމަށްޓަކައި 11ޖަނަވަރީ 2017 ގައި ގޯތިރަހުނުކުރުމަށްފަހު ނަގާފައިވާ ލޯނުގެ ބާކީ ފައިސާއަކީ ޢިމާރާތުގަ ލިފްޓް ހަރުކުރުމަށް ބަހައްޓާފައިވާ ފައިސާ ކަމަށާއި، އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ލިފްޓް ހަރުކުރުމަށް 10 (ދިހައެއް) އަހަރު ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް އަޙްމަދު ރަޝީދުއާއި މުޙައްމަދު ނާޡިމުއ ވާހަކާ ދެއްކުމަށްފަހު މި މުއްދަތު ކުރުކޮށް 2019 ވަނަ އަހަރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މުޙައްމަދު ނާޡިމާ އެއްބަސްވު ލިފްޓް ހަރުކުރުމަށް ރިޒާވްކުރެވިފައިވާ 849,817.67ރ. (އަށް ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ބޭންކުން ނަގައި މުޙައްމަދު ނާޡިމު އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށާއި، އަނގަބަހުން ވެފައިވާ އެ އެއްބަސްވުން މުޙައްމަދު ނާޡިމުގެ ފަރާތުން ލިޔުމުން އެއްބަސްވުމަށް އިސްލާޙު ގެނައުމަށް އެއްބާރުލުން ދީފައިނުވާކަމަށް؛

4.7 ޢިމާރާތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ޢިމާރާތުގެ ވަންނަ މައިދޮރުގެ ބޭރު ހިޔާކޮށްފައި ނުވާކަމަށް؛

5.7 ޢިމާރާތް ރަހުނުކުރުމަށްފަހު ނަގާފައިވާ ލޯނަށް ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ

(ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވިދިވިދިގެން 3 (ތިނެއް) މަހު، ބޭންކަށް ފައިސާ ނުދައްކާ ފާއިތުވުމާ ގުޅިގެން މުޙައްމަދު ނާޡިމަށ ފޯނުން ގުޅުމުން ޖަވާބުދީފައި ނުވާކަމަށް؛ އަދި

6.7 އެއްބަސްވުމުގައި ޢިމާރާތް ހެދުމުގައި ބޭނުންކުރަން އެއްބަސްވެފައިވާ މެޓީރިއަލް ނޫން އެހެން މެޓީރިއަލް ބޭނުންކުރުމުގެ ސަބަބުން ޢިމާރާތުގެ ފެންވަރު ދަށްވެ ޢިމާރާތުގެ ރެދުލާފައިވާ ކަމަށެވެ. ސިވިލް ކޯޓނު މައްސަލް ނިންމިގޮތް:

8އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜނަ ގ ނަންބަރު: HD/2021-C-14/Cv ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގުގައި އޮތުމުން، ހުޅުމާލެ. ގޯތި ނަންބަރު 11234 / މާލެ. އަޙްމަދު ރަޝީދު (އައިޑީ( އާއި ޢިމާރާތްކުރާ ފަރާތް […] / މާލެ، މުޙައްމަދު ނާޡިމް (އައިޑީ( އާއި ދެމެދު 2015 ފެބްރުވަރީ 05 ވަނަދުވަހު ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 114/2015-C/C-CV އެއްބަސްވުމާއި އެއްގޮތަށް މުޙައްމަދު ނާޡިމްގެ ފަރާތުން ޢަމަލުކުރަމުން ނުދާތީ އެއްބަސްވުން ބާޠިލުކުރުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެދިފައިވާ ސަބަބުތަކުގެ މައްޗަށް ބަލައި، މި ހިނދު މި އެއްބަސްވުން ބާޠިލްކޮށްދެވެނ ނެތްކަމަށް ކަނޑައަޅައި، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް ލިފްޓް ހަރުކުރަން 10 (ދިހައެއް) އަހަރު ދުވަސް ދެވޭނެއެވެ" މި ބަޔަކީ " ال ضرر وال ضرار" (ގެއްލުން ދިނުމެއްވެސް ނެތެވެ. އަދި ގެއްލުން ލިބިގަތުމެއްވެސް ނެތެވެ.) މި ފިޤުހީ ޤާއިދާއާއ ޚިލާފުވި ގޮތަށާ އޮތް އަދި ޢަދުލުއިންސާފުގެ ހަމަތަކަށް ބަލާއިރުވެސް ބުނެވިދިޔަ ސަބަބުތައް އެގޮތުގައި އޮތުމުން އިންސާފުވެރިނޫނ ބައެއް (unfair term) ކަމުގައި ކަނޑައަޅައި،މިއަދު (17 ޖޫން 2021) ން ފެށިގެން 08 (އަށެއް) މަސް ދުވަހުގެ މުއްދަތުގައި ހުޅުމާލެ ގޯތި ނަންބަރު 12341 ގައި ހަދާފައިވާ ޢިމާރާތުގައި ލިފްޓް ހަރުކޮށް ލިފްޓާއިބެހޭ އެންމެހައި މަސައްކަތްތަކެއް ނިންމުމަށް […] / މާލެ، މުޙައްމަދު ނާޡިމް އަށް އަންގައި، ދެފަރާތުން ވެފައިމިވާ ޢިމާރާތްކުރުމުގެ އެއްބަސްވުމަށް ދެފަރާތުންވެސް ހުރުމަތްތެރިކޮށް ހިތުމަށް ދެފަރާތަށް ނަޞޭހަތްތެރިވެ، މުޙައްމަދު ނާޡިމްގެ އަތުން ހޯދުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެދިފައިވަ -/000،27ރ. (ހަތާވީސ ހާސް ރުފިޔާ) އަކީ ނާޡިމްގެ އަތުން ނަގައިދެވިދާނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:

9ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜނަ ގ ނަންބަރު: HD/2021-C-14/Cv ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ނުކުތާތަކެވެ.

1.9 ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެއްބަސްވުމުގައި ހިމެނޭ ކަމަކާއިމެދު އެއްބަސްވުމުގެ ބައިވެރިޔް ޚިލާފުވާ ހާލަތުގައިވެސް ޚިލާފވު ކަމަށް ކަނޑައެޅޭނީ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަމަކާއި ޚިލާފުވެފައިވނަމާ ކަމަށަ ބަޔާންކޮށްފައި އޮތް އޮތުން ޤާނޫނީ ގޮތުން ހަމަނުޖެހޭކަން އަދި ޚިލާފުވާ ޚިލާފުވުމަކީ ބުރަދަން ހުރި ސީރިއަސް ޚިލާފުވުމަކަށް ވާން ޖެހޭނެކަމށަ ބަޔާންކޮށް އެއްބަސްވުން ބާޠިލުކުރަން ހުށަހެޅި ސަބަބުތައް ސީރިއަސް ނޫންކަމަށް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ؛

2.9 ވަކި ކަމަކަށް ފައިސާ ދައްކަން ކޮންޓްރިބިއުޓ ކުރާން ގޮތެ ދެފަރާތުން ވާހަކް ދައްކައިގެން ނިންމުމަށްފަހު، އަދި އެ ފައސާއަކި ސީދާގޮތުން އެއްބަސްވުމާގުޅޭ ފައިސާއަކަށް ވެފައި، އެގޮތުގެ މަތިން އެއްބަސް ވެވުނުކަމާއ އެކަނި ޢަމަލުން ދައްކާފައިވާކަން ދަލާލަތުކޮށްދޭ ސާބިތު ހެކި ހުށަހަޅާފައި ވަނިކޮށް، އެއީ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢދަދެއަ ނޫންކަމާއި، އެއީ އެއްބަސްވުމުގައި ޒިކުރ ކޮށްފައިވު ކަމެއްވެސް ނޫންކަމާއި، މުޙައްމަދު ނާޡިމގު ފަރާތުން އަޙްމަދު ރަޝީދުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ރަސީދުތަކާއި ފައިސާގެ ޢދަދުތައަ އަޙްމަދު ރަޝީދުގެ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަން ދައްކައިދޭ ލޔެކިއުނި ހުށަހެޅުމަކުން އެއީ ކުރިއަށް އޮތް ތަނުގައިވެސ މުޙައްމަދް ނާޡމުގެ ފަރާތުން އެ ފައިސާ ދައްކަމުނި ގެންދިއުމަށް އެއްބަސްވެފައިވާކަން ދަލާލަތު ކުރާނެކަމެއް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛ އަދި

3.9 އެއްބަސްވުމުގައި އަންފެއަރ ޓާރމެއް އޮތްކަމަށް ބަޔާންކޮށް އެކަން ޙައްލު ކުރުމުގެ ގޮތުން ފަނޑިޔާރު އަމިއްލައަށް މުއްދަތެއް ކަނޑައަޅައި ޙުކުމުގައި ހިމެނި ހިމެނުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:

10އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އަޙްމަދު ރަޝީދުގެ ފަރާތުން މައިގަނޑު ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެއްބަސްވުމުގައި ހިމެނޭ ކަމަކާ މެދު އެއްބަސްވުމުގެ ބައިވެރިޔާ ޚިލާފުވާ ޙާލަތުގައި ވެސް ޚިލާފުވިކަމަށް ކަނޑައެޅޭނީ އެއްބަސްވު މުގައި ހިމެނޭ މައިގަނޑު ކަމަކާއި ޚިލާފުވެފައިވާކަމަށް ބަޔާންކޮށްފައި އޮތް އޮތުން ޤާނޫނީ ގޮތުން ހަމަނުޖެހޭކމަށެވެ. އަދި ޚިލާފުވާ ޚިލާފުވުމަކީ ބުރަދަން ހުރި ސީރިއަސް ޚިލާފުވުމަކަށްވާނ ޖެހޭނެކަމަށް ބަޔާންކޮށް އެއްބަސްވުން ބާޠިލުކުރަން ހުށަހެޅި ސަބަބުތައް ސރިއަސީ ނޫންކަމަށް ދަށުކޯޓުން ނިންމާފައިވާ ކަމަށެވެ.

11އަދި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލެވި ސޮއިކުރުމުން، އެ އެއްބަސްވުމުގައިވާ ޝަރުޠުތަކަށް ނުވަތަ ޓާރމްސްތަކަށ ހުރުމަތްތެރިކޮށް ހިތް އެއްބަސްވުމުގާ ދަށުން ދެފަރާތުން ވެސް އަދާކުރަންޖެހޭ ކަންކަން އަދާކުރުމަކީ އެއްބަސްވުމުގައި ހިމެނޭ ދެބައިވެރިންނށަ ވެސް އޮންން އިލްތިޒާމެއް ކަމަށާއި، ދެބައިވެރިންކުރެ އެއްވެސް ބައިވެރިޔަކު އަޙުދުވީކަމކައި ޚިލާފުވެއްޖެ ނަމަ ނުވަތަ އެނޫންވެސް ގޮތަކަށް އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ، އެކަން ބެލެވޭނީ އެއްބަސްވމު ޚިލާފުވީ ކަމަށެވެ.

12އެގޮތުން، މުޙައްމަދު ނާޡިމު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފއަ ނުވާކަމަށާއި، އެގޮތުން؛

1.12 އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ބ) ގެ ދަށުން، އެއްބަސްވުމާ އެއްގޮތަށް ޢިމާރާތުގައި ކުރަންހުރި މަރާމާތުތައް ކޮށްފައި ނުވާކަމަށާއި؛

2.12 އަދި ރަހުނުގެ އެގްރީމންޓުގަ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކުން ޝަރުތު ކޮށްފައިވާ ގޮތުގެ މަތިން ރަޙުނު ދެމިއޮތްހާ ހިނދަކު އެ މާއްދާއިން ޒިންމާ އަދާކުރަންޖެހޭ އެއް ފަރާތަކީ މުޙައްމަދު ނާޡިމް ކަމަށާއި، ރަހުނުގެ އެގްރީމަންޓުގެ 15 ވަނަ މާއް ދާގެ (ހ) އާ އެއްގޮތަށް ޢިމާރާތް މާރާމާތުކޮށް ބަލަހައްޓާފައިނުވާކަމަށއާ؛

3.12 އަދި އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ށ) ގެ 7 ވަނަ ނަންބަރަށް ބަލާއިރު ފްލެޝް ޓޭނކަށް ގުޅަންވާނީ ވަޅުފެންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ފްލެޝް ޓޭންކަށް ގުޅާފައި ހުރީ ސަޕްލައި ފެންކަމށާއި؛

4.12 އަދި ސެކިއުރިޓީ ސިސްޓަމް ހަރުކުރުމުކީ އެއްބަސްވުމގު 4 ވަނަ މައްދާގެ (ށ) ގެ 12 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު ނާޡިމް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމުގެ މާނައިގެ ތެރޭގައި ސެކިއުރިޓީ ސިސްޓަމް ގަވާއިދުން މަސައްކަތް ކުރުން ހިމެނޭ ކަމަށާއި އެކަން ކަށަވަރުކުރުމަކީ މުޙައްމަދު ނާޡިމުގެ ޒިންމާއެއް ނަމަވެސް އޒިނެ މ އަދާކޮށްފައިނުވާ ކަމަށާއި؛ އަދ

5.12 އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ޢިމާރާތް ބޭނުންކުރުމުގައި ދެފަރާތުންވެސު އެއް ފަރާތް އަނެއް ފަރާތަށް އިޙްތިރާމްކުރަންވާނެ ކަމަށާއި ޢިމާރާތް ބޭނުންކުރުމުގައި ދިމާވާ ކަންކަން ދެފަރާތުން ވާހަކަ ދައްކައިގެން ޙައްލުކުރުމަކީ ދެފަރާތުގެ ވެސް ޒިންމާއެއް ކަމަށެވެ.

13އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެނާ ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވި ނަމަވެސް، ޢިމާރާތުގެ އިންޝުއަރެންސް ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް ތަން ސާފުތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކޮންޓްރިބިއުޓް ކުރާނެ ކަމަށްބުނެ މުޙައްމަދު ނާޡިމގު ފަރާތުން އަޙްމަދު ރަޝީދުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން އެނގޭ ރަސީދުތަކާއި ފައިސާ ޓްރާންސްފަރ ކުރިކަން އެނގޭ ލިޔުންތައް ހުށަހަޅާފައި ވީނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި މުޙައްމަދު ނާޡިމުގެ ފަރާތުން އެފައިސާ ދައްކަމުން ގެންދިޔުމަށް އެއްބަސްވެފައިވާކަން ދަލާލަތުކުރާނެކަމަށް ނޫންކަމަށް ދަށުކޯޓުން ކަނޑައެޅިއިރު، އެފައިސާ ދެއްކިތޯއާއ ފައިސި ދެއްކީ ކީއްވެގެންތޯއާއ ފައިސި ދައްކަމުން އައސި ފައިސް ދެއް ކުން ހުއްޓާލީ ކޮން ސަބަބެއް މެދުވރިވެގެންތޯ ޝަރީޢަތުން މުޙައްމަދު ނާޡިމުގެ ކިބައިން އޮޅުން ފިލުވާފައިނުވާ ކަމަށެވެ.

14އަދި މުޙައްމަދު ނާޡިމުގެ ފަރާތުން ދައްކަންޖެހޭ ކޮންޓްރިބިއުޝަންގ ގޮތުގައެ އެއި ޢަދަދެއް، ކޮންމެ މަހެއްގެ ދާދި އެއްދުވަހަކު ޖަމާކުރަމުން ގޮސްފައިވުމަކީ ކޮންމެ މަހެއްގެ ވެސް ވަކި ދުވަހެއް އައުމުގެ ކުރިން އެއީ ދައްކަންޖެހޭ ފއިސާއެއްކަނަ މުޙައްމަދް ނާޡިމު ވެސް ޤަބޫލުކުރާކަމަށް ފުދޭ ހެއްކެއް ކަމަށާއި އެހެންކަމުން އެފައިސާ އަދާކުރަންޖެހޭ ދުވަހަށް ނުދިނުމުގެ ސަބަބުން އެކަން ފޫބެއްދުމަށްޓަކައި އަޙްމަދު ރަޝީދުގެ އަތުން ދިން ފައިސާއަކީ އަނބުރާ ލިބެންޖެހޭ ފައިސާއެއްކަމަށެވެ.

15ތިންވަނަ އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގަ އ މައިގަނޑު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި އަންފެއަރ ޓާރމެއ އޮތްކަމަށް ކަނޑައަޅައް އެކަނި ޙައްލުކުރުމުގެ ގޮތުން މުޙައްމަދު ނާޡިމަށް މުޙުލަތެއް ދިނުމުގެ ގޮތުން ޝަރީޢަތުން ސުންގަޑި ކަނޑައެޅިއިރު، އެފަދަކަމެއް ކުރު މަށްދާނ އެންމެ ކުރެ މުއްދަތަށް ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، އަދި އެއީ އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވެވޭ މުއްދަތެއްތޯ ބަލާފައިނުވާކަށެވެ. އަދި ލިފްޓް ހަރުކުރުމަށް ދާނެ މުއްދަތަކީ 8 މަސް ދުވަސްކަމުގައި ނިންމިއިރު އެ މުއްދަތަށް ވާޞިލުވީގޮތެއް ޙުކުމުގައި ބަޔާންކޮށްފއަ ނުވާކަމަށާއި، އެ ކަމަކީ 8 މަސް ދުވަހަށްވުރެ މާ ކުރު މުއްދަތެއްގެ ތެރޭ ކުރެވޭނެކަމެއް ކަމަށެވެ. ލިފްޓް ހަރުކުރަން ބޭނުންވާ ފައިސާވެސް ހުރީ ބޭންކުން ޑސިބަރސކޮށްފައް ކަމަށއާ އެހެންކަމުން މިއީ ބޭކާރު އިތުރު ލަސްކުރުންތަ ކެއް ނެތި ފަށާ ނިމޭނެ ކަމެއްކަމަށް ދެކޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

16އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ، އަޙްމަދު ރަޝީދު އާއި މުޙައްމަދު ނާޡިމުއާ ދެމެދު ވެފައިވާ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜނަ ގ ނަންބަރު 114/2015-C/C-CV އެއްބަސްވމާއު އެއްގޮތަށް މުޙައްމަދު ނާޡިމުގެ ފަރާތުން ޢަމަލުކުރަމުން ނުދާތީ އެއްބަސްވުން ބާޠިލްކުރުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެދިފައިވާ ސަބަބުތަކަކީ އެއްބަސްވުން ބާޠިލުކުރުމަށް ފުދޭ ސަބަބުތަކެއް ކަމުގައި ކަނޑައަޅައި އެއްބަސްވުން ބާޠިލްކޮށް ދިނުމަށާއި؛ އަދި

17ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާގައި މުޙައްމަދު ނާޡިމުގެ އަތުން ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ، އެއްބަސްވުން ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހުނު ޚަރަދާގުޅޭ ފައިސާކަމުގައިވެފައި، އެފައިސާއަކީ ދޭންޖެހޭ ފައިސާއެއްކަން މީގެ ކުރިން އެފައިސާއާ ގުޅޭގޮތުން މުޙައްމަދު ނާޡިމު ޢަމަލުކޮށްފައިވާ ގޮތުން ސާބިތުވާތީ، އަޙްމަދު ރަޝީދު އަތުން ޚަރަދުވި 27000ރ. (ހަތާވީސ ހާސް ރުފިޔާ) އަކީ މުޙައްމަދު ނާޡިމުގެ އަތުން އަޙްމަދު ރަޝީދަށް ލިބިދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، އެފައިސާ މި ޤަޟިއްޔާގައި ޙުކުމްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަޙްމަދު ރަޝީދުއާ ޙަވާލުކުރުމަށް ޙުކުމްކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ:

18އިސްތިއުނާފީ ފުރަތަމަ ނކުތާގު ރައްދުގައި މުޙައްމަދު ނާޡިމުގެ ފަރާތުންމައިގަނޑު ބުނެފައިވަނީ، އެއްބަސްވުމުގައި ހިމެނޭ ކަމަކާމެދު އެއްބަސްވުމުގެ ބައިވެރިއަކު ޚިލާފުވާ ޙާލަތުގައި ވެސް ޚިލާފުވީ ކަމަށް ކަނޑައެޅޭނީ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަމަކާ ޚިލާފުވެފައިވަނަމ ކަމަށަ ބަޔާންކށްފައޮ އޮތް އޮތުން ޤާނޫނީ ގޮތުން ހަމަނުޖެހޭކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވީ ނަމަވެސް އެހަމަނުޖެހުނީ ކޮން މާއްދާއެއްގެ ކޮން ބައެއްކަން ބުނެދީފައި ނުވާކަމަށާއި އަދިމި އިސްތިއުނާފީ ނުކުތާގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ޤާނޫނީ ގޮތުން ޚިލާފްވެފައިވާ ސަބަބެއް ބަޔާންކޮށްދީފައި ނުވާކަމަށެވެ.

19އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުން ވަރަށް ސާފުކޮށް ދެފަރާތުން ޢަމަލުކުރަންވާނެގޮތް ދެފަރާތުން އެއްބަސްވެ އެކަމަށް ދެފަރާތުން ރުހި ޤަބޫލުކޮށްފައިވާ ކަމެއްކަން އެއްބަސްވުމުން އެނގޭކަމަށާއި އެކަން ސާބިތުކުރުމަށް ހެކިން ހާޟިރުކޮށްގެން ސުވާލުކުރަންޖެހޭ ކަމެއް ނެތްކަމަށެވެ.

20އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ބުނެފައިވަނީ، ޢިމާރާތުގެ ލިފްޓް ބެހެއްޓުމާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ މުއްދަތު ސިވިލް ކޯޓުގެ ނަންބަރު 114/2015-C/C-CV އެއްބަސްވމުގު 4 ވަނަ މާއްދާގެ 12 ގައި ބަޔާންކޮށްފައިވާކަމަށާއ، އެކަމުގެ މައްޗަށް އިތުރު އެއްވެސ އެއްބަސްވުމެއް ނުވަތަ ނިންމުމެއް ދެފަރާތުގެ ދެމެދުގައި ވެފައި ނެތުމުން ދެފަރާތުންވެސް ބަލަންވާނީ އެއްބަސްވުމުގައިވާ ގތޮ ގެ މަތިންކަން ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

21މުޙައްމަދު ނާޡިމުގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: އެއްބަސްވުން ބާޠިލު ކުރެވެން ނެތްކަމަށް ނިންމި ނިންމުން:

22އަޙްމަދު ރަޝީދު އާއި މުހައްމަދު ނާޡިމުއާ ދެމެދު 2015 ފެބްރުއަރީ 05 ވަނަ ދުވަހު ސޮއިކޮށް، ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ ކޯޓުގެ ނަންބަރު 114/2015-C/C-CV އެއްބަސްވުން (މީގެފަހުން މިރިޕޯޓުގައި "ޢިމާރާތްކުރުމުގެ އެއްބަސްވުން" ކަމަށް ބަޔާންކުރާ) އާ މުޙައްމަދު ނާޡިމު ޚިލާފުވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާޠިލުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، އެ ކޯޓުން ނިންމާފައިވަނީ، ޢިމާރާތްކުރުމުގެ އެއްބަސްވުން ބާޠިލުކުރުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެދިފައިވާ ސަބަބުތަކުގެ މައްޗަށް ބަލައި އެއްބަސްވުން ބާޠިލުކުރެވެން ނެތްކަމަށެވެ.

23އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ އެއްބަސްވުން ބާޠިލުކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމިނިންމުމާ ގުޅޭގޮތުންނެވެ.

24ޢިމާރާތްކުރުމުގެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ނުކުތާއަށް ގޮތެއް ނިންމުމުގައި އެ ކޯޓުން ރިޢާޔަތްކޮށްފައިވަނީ، ކޮންޓްރެކްޓް ގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެ ޙާލަތްތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ 2019/SC-A/85 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަށެވެ.

25HN1އެ ޤަޟިއްޔާގައި ބަޔާންކށޮ ފައިވަން ކޮންޓްރެކްޓް ގެ ބައިވެރިއެއްގެ ޚިލާފަކާ ގުޅިގެން ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އަންނަނިވި ޙާލަތްތަކުގައި ކަމަށެވެ. އެއީ ؛

(ހ) އަނެއް ފަރާތުން ކޮންޓްރެކްޓް ދޫކޮށްލުން.

(ށ) އަނެއް ފަރާތަށް ކޮންޓްރެކްޓްގައި ބުނެފައިވާ ކަންތައް ނިންމުމަކީ މުސްތަހީލު ކަމެއް ކަމަށްވުން.

(ނ) އަނެއް ފަރާތުން ކޮންޓްރެކުޓާގެ މައިގަނޑުކަމަކާ ޚިލާފުވުން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގެ 39 ވަނަ ނުކުތާ އަދި 41 ވަނަ ނުކުތާ ބުނެވި ދިޔަ ޙާލަތްތައް ފާހަގަކުރައްވައި ކޮންޓްރެކްޓް ގެ މައިގަނޑު ކަމަކާ ޚިލާފުވާ ޙާލަތާއި ގުޅޭ ގޮތުން އެ ޤަޟިއްޔާގައި ބަޔާންކށޮ ފައިވަނީ؛ " ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު އަދާކުރަންޖެހޭ ކަނެ ކުރަން އެއްބަސްވެފައިވާ ގޮތަށް ނުކޮށްފިނަމަ، އެ ޚިލާފަކީ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމުގެ ހައްގު މައުސޫމު ފަރާތަށް ލިބިދޭ ޚިލާފެއްކަން ނުވަތަ ނޫންކަން ބިނާވެފައި އޮންނާނީ، އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުންކަނ ނުވަތް ނޫންކަން ބިނާވެފައި އޮންނާނީ އެ ޚިލާފުގެ ބުރަދަނާ ސީރިއަސް ކަމުގެ މައްޗަށެވެ. ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ޚިލާފަކަށް ވާ ނަމައެވެ." މިފަދައިންނެވެ.

26ވީމާ، ކޮންޓްރެކްޓް ގެ ބައިވެރިއަކު ކޮންޓްރެކްޓަކާ ޚިލާފުވެގެން، ދެފަރާތެއްގެ ދެމެދުގައި ސޮއިކުރެވިފައިވާ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވޭނީ އެ ޚިލާފަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމަކާ ޚިލާފުވުން ކަމަށް ވާނަމައެވެ. ޚިލާފުވީކަމަކީ ކޮންޓްރެކްޓުގެ މައިގަނޑު ކަމެއް ކަމަށްވާނީ އެ ޚިލާފަކީ ބުރަދަން ހުރި ސީރިއަސް ނަތީޖާއެއް ނިކުންނަ ޚިލާފެއްކަމަށް ވުނކަން އެނގެއެވެ.

27ސުޕްރީމް ކޯޓުގެ އިސްވެބަޔާންކުރެވުނު ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓު ނިމުމަކަށް ގެނެވޭނެ ޙާލަތްތަކުގެ ތެރެއިން އެ ޤަޟިއްޔާގައި ބުނާ ފުރަތަމަ ދެ ޙާލަތް މިމައްސަލައިގައި ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

28އަދި އެއްބަސްވުން ބާޠިލުކުރުމާމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައިވަނީ، ކޮންޓްރެކްޓުގެ މައިގަނޑު ޚިލާފެއް އޮތްތޯ ބެލުމުގައި ރިޢާޔަތްކުރާނެ އުޞޫލުތަކުގެ އަލީގައި އެއްބަސްވުމާ ޚިލަ ފުވާ ފައިވާ ކަމަށެ އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ވކިވަކިނަ ބެލިގެންކަން ސވިލި ކޯޓުގެ ނިންމުމުން އެނގެން އޮވެއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.5 އިން ފެށިގެން 3.8 އަށް ފާހަގަކޮށްފައިވާ ކަންކަން.

29HN2އެގޮތުން، ޢިމާރާތްކުރުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ އެއްބަސްވުން ބާޠިލުކޮށްދިނުމަށް އެދި އަޙްމަދު ރަޝީދުގެ ފރާތުނަ ސިވިލް ކޯޓަށް ހުށަހެޅި ކަންކަމާ ގުޅޭގޮތުން ސިވިލް ކޯޓގު ނިންމމުގައު މައިގަނޑު އަންނަނިވި ކަންކަން ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.

1.29 އަޙްމަދު ރަޝީދުއާއި މުޙައްމަދު ނާޡިމުއ ދެމެދާ ވެފައި ވާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ނާޡިމު އަދާކުރަންޖެހޭ މައިގަނޑު ޒިންމާ ނުވަތަ މަސްޢޫލިއްޔަތަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައުންޑޭޝަން އަޅައި 04 (ހަތަރެއް) ބުރީގެ (ގްރައުންޑް ފުލް ހިމެނޭގޮތަށް) ޢިމާރާތެއް ކުރުން ކަމަށާއި އަދި މި ޢިމާރާތުގެ ތިންވަނަ ފުލޯ އާއި ޓެރަސް ބިން ޙަވާލުކުރެވޭ ދުވަހުން ފެށިގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގައި އަޙްމަދު ރަޝީދުއާ ޙަވާލުކުރުން ކަމަށާއު ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނާޡިމު ޢަމަލުކޮށްފައިވާކަމަށާއި އެހެންކަމުން ޢިމާރާތްކުރުމުގެ އެއްބަސްވުމުން މުޙައްމަދު ނާޡިމުގެ މައްޗަށް ލާޒިމުކުރާ އެންމި މައިގަނޑު ކަންތައް މުޙައްމަދު ނާޡިމު މި ވަނީ އަދާކޮށް ނިންމާފައި ކަމަށް؛

2.29 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ނުކުރާކަމަށް ބުނެ އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ އެއްބސްވުމާއަ މުޙައްމަދު ނާޡިމު ޚިލާފުވެފައިވާކަމަށް ބަލައި އެއްބަސްވުން ބާޠިލްކުރެވިދާނެ ސީރިއަސް މައްސަލތަކެއ ކަމެއް ނުދެކޭ ކަމަށާއަ މުޙައްމަދު ނާޡިމަށ ބޭނުންކުރުމަށް ދެވިފައިވާ ފުލޯތަކުގައަ އަޙްމަދުރަޝީދ އާއު މުޙައްމަދު ނާޡިމުއ ދެމެދާ ވެވުނު ޢިމާރާތްކުރުމުގެ އެއްބަސްވުމަކީ ހުޅުމާލެ ގޯތި ނަންބަރު 11234 ގައި މުޙައްމަދު ނާޡިމުގެ އަމިއްލަ ޚަރަދާއި މަސައްކަތުން 04 (ހަތަރު) ބުރި (ގްރައުންޑް ފުލް ހިމެނޭ ގޮތަށް) ޢިމާރާތުގެ ފައުންޑޭޝަން އަޅައި ނިންމުމަށް އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމއެ ކަމަށާއި، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ގޭގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ރަޝީދުއާ ޙަވާލުކުރަންޖެހޭ ޢިމާރާތުގެ ތިންވަނަ ފުލޯ އާއި ޓެރަސް ޙަވާލުކުރަންޖެހޭނީ ބިން ޙަވާލުކުރާ ދުވަހުން ފެށިގެން މީލާދީ 02 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި މި ބުނެވުނު 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިން 31 ޖަނަވަރީ 2017 ގައި ލިފްޓް އިންސްޓޯލް ކުރުމާ ގުޅޭ މަސައްކަތް ފިޔަވައި، ޢިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމައި މުޙައްމަދު ނާޡިމުގެ ފަރާތުން ޢިމާރާތުގެ ވެރިފަރާތްކަމުގައިވާ އަޙްމަދު ރަޝީދުއާ ޢިމާރާތް ޙަވާލުކޮށްފައިވާ ކަން އަޙްމަދު ރަޝީދުއާ މުޙައްމަދު ނާޡިމުއާ ދެމެދު 31 ޖަނަވަރީ 2017 ގައި ސޮއިކުރެވިފައިވާ ޢިމާރާތް ވެރިފަރާތާ ޙަވާލުކުރުމުގެ އެއްބަސްވުމުން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.6 ގައި ފާހަގަކޮށްފައިވެއެވެ. ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ، " މި އެގްރިމެންޓުގެ މުއްދަތުގައި މި އެގްރިމެންޓުގެ 3 (ތިނެއް) ވަނަ މާއްދާގެ ދަށުން ޢިމާރާތްކުރާ ފަރާތުން ބޭނުންކުރާ ފުލޯތަކުގައ ހިމެނި އެންމެހައި ތަންތަނަށް ލިބޭ ގެއްލުން ލަސްނުކޮށް މަރާމާތުކޮށް ކުލަޔާ އ ދަވާދުލައި ބެލެހެއްޓުމަކީ ޢިމާރާތްކުރާ ފަރާތުގެ ޒިންމާއެކެވެ." މަރާމާތުކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފއިވާނަމަ އެކަންތައްތަކަކީ ރަނގަޅު ކުރެވިދާނެ މައްސަލަތަކެއް ކަމަށާއި ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ބ) ގައި ވެސް އެކަން ކުރުމަށް ސީދާ ވަކި މުއްދަތެއް ދެވިފައި ނުވާކަމަށް؛

3.29 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢިމާރާތްކުރާ ފަރާތުން މާލޭގައި ނޫޅޭ ދުވަސްތަކުގައި އެއްބަސްވުމުގައި ބަޔާންކުރާ ޒިންމތައާ އުފުލާނެ ފަރާތެއް އައްޔަނކުރަން އޮތްން މަވެސް މިހާތަނަށްވެސް އައްޔަނަ ކޮށްފައް ނުވާކަމަށްބުނެ އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާގައި، މުޙައްމަދު ނާޡިމު މާލެއިން ބޭރަށް ދިޔަކަމާއި އެދުވަސްތަކުގައި ޒިންމާވާނެ ފަރާތެއް އައްޔަން ނުކޮށް ގޮސްފައިވާކަން ސާބިތުކޮށްދިނުމަކީ އަޙްމަދު ރަޝީދުގެ މައްޗަށް އޮތް ބުރައެއް ކަމަށާއި ބަހުޘގް ބޭނުމަށް މިކަން މިގޮތަށް ހިނގފައާ އޮތް ނަމަވެސް މިކަމުގެ މައްޗަށް އެކަނި ބަލައި މިއީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ޢިމާރާތްކުރުމުގެ އެއްބަސްވުން ބާޠިލުކުރެވިދާނެ ސަބަބެއް ނޫންކަމަށް؛

4.29 ޢިމާރާތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ޢިމާރާތް ހެދުމުގައި ބޭނުންކުރުމަށް އެއްބަސްވެފއިވަ މެޓީރިއަލް ނޫން އެހެން މެޓީރިއަލް ބޭނުންކުރުމުގެ ސަބަބުން ޢިމާރާތުގެ ފެންވަރު ދަށްވެ ޢިމާރާތުގައި ރެނދުލާފައިވ ކަމަށާ ބުނެފައިވާއިރު، ޢިމާރާތުގެ މަސައްކަތް ކުރަމުންދާއިރު ޢިމާރާތުގެ ވެރިފަރާތނު ކޮންސަލްޓެންޓެއް ބަހައްޓަން ބޭނުންވާނަމަ ކޮންސަލްޓެންޓެއް ބެހެއްޓުމުގެ އިޚްތިޔާރު ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން ދީފައިވާ ކަމަށާއި، މި ޢިމާރާތްކޮށް އަޙްމަދު ރަޝީދުއާ ޢިމާރާތް 31 ޖަނަވަރީ 2017 ގައި ޙަވާލުކުރެވިފައިވާ ކަމަށާއި، ޢިމާރާތް ހެދުމުގައި ބޭނުންކުރުމަށް އެއްބަސްވެފައިވާ މެޓީރިއަލް ނޫން އެހެން މެޓީރިއަލް ބޭނުންކުރުމުގެ ސަބަބުން ޢިމާރާތުގެ ފެންވަރު ދަށްވެ ޢިމާރާތުގައި ރެނދުލާފައިވާ ކަމަށް އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކުރި ކަމަކީ އަޙްމަދު ރަޝީދުގެ އަމިއްލަ ޚިޔާލަށް ދައްކާ ވާހަކައެއް ކަމުގައި ބެލެވޭ ކަމަ ށާއި މިކަން އެގޮތަށް ހިނގާފައިވާކަން ސާބިތުކޮށްދިނުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެއްވެސް ބާވަތެއްގެ ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި ހަމައެކަނި އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވަނީ ފޮޓޯ ތަކެއް ކަމަށާއި މި ފޮޓޯތަކަކީ މިމައްސަލައިގައި ހިމެނޭ ޢިމާރާތުގެ ފޮޓޯތަކެއ ކަމަށް ޝަރީޢަތަށް އެނގޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި އަދި މި ފޮޓޯތައް އެކަނި ހުށަހެޅި ކަމުގައި ވިޔަސް ޢިމާރާތް ހެދުމުގައި ބޭނުންކުރުމަށް އެއްބަސްވެފައިވާ މެޓީރިއަލް ނޫން އެހެން މެޓީރިއަލްތަކެއ މުޙައްމަދް ނާޡިމު ބޭނުންކުރިކަމަށް ދަލާލަތު ނުކުރާ ކަމަށް؛

5.29 ޢިމާރާތުގެ މައިދޮރު ހިޔާ ކުރުމަކީ އެއްބަސްވުމުގެ ކޮން މާއްދާއަކުން މުޙައްމަދު ނާޡިމުގެ މައްޗަށް އޮތް ޒިންމާއެއްކަމެއ އަޙްމަދް ރަޝީދުގެ ފަރާތުން ބުނެދީފައިނުވާކަމަށާއި އަދި އެއްބަސްވުމުގެ އެއްވެސް މާއްދާއަކުން މިކަން އެނގެން ނެތްކަމަށް؛

6.29 ޢިމާރާތް ރަހުނުކުރުމަށްފަހު ނަގާފައިވާ ލޯނަށަ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ

(ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވިދިވިދިގެން 3 (ތިނެއް) މަހު، ބޭންކަށް ފައިސާ ނުދައްކާ ފާއިތުވުމ ގުޅިގެނާ މުޙައްމަދް ނާޡިމަށ ފޯނުން ގުޅުމުން ޖަވާބުދީފައިނުވާކމަށަ ބުނެ ފާހަގަކުރިނަމަވެސް، މުޙައްމަދު ނާޡިމުގެ އިޙު މާލުނ ބޭންކް ލޯން ނުދައްކާކަން ދަލާލަތު ކުރާނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް؛

7.29 ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ލިފްޓް ހަރުކުރުމަށް 10 އަހަރު ދެވޭނެކަމަށް އޮތް އޮތުން ދެފަރާތުން އަނގަބުން އެއްބަސްވެ އެ މުއްދަތު ކުރުކޮށް 2019 ވަނަ އަހަރު ލިފްޓު ހަރުކުރުމަށް އެއްބަސްވެ ލިފްޓް ހަރުކުރުމަށް ރިޒާވުކުރެވިފައިވ ފައިސާ ބޭންކުން ނަގައި މުޙައްމަދު ނާޡިމު ބ ނުންކޮށްފައިވާ ކަމަށާއި، އަނގަބަހުން ވެފައިވާ މި އެއްބަސްވުން ލިޔުމުން އެއްބަސްވުމަށް އިސްލާޙު ގެނައުމަށް މުޙައްމަދު ނާޡިމުގެ ފަރާތުން އެއްބާރުލުން ދީފައިވާ ނުވާކަމަށް ފާހަގަކުރި ނުކުތާއާ ގުޅޭގޮތުން ސިވިލް ކޯޓުން ފާހަގަކޮށްފައިވަނީ، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ 12 ވަނަ ނަންބަރުގައި ބަޔާންވެފައިވާ ގޮތާއި ޚލި ފަށް، އެނޫން އެހެން ގޮތަކަށް އަޙްމަދު ރަޝީދުއއާ މުޙައްމަދު ނާޡިމުއ ދެމެދާ އަނގަބަހުން އެއްބަސްވެފައިވާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އަޙްމަދު ރަޝީދުގެ މައްޗަށް އޮތް ބުރައއެ ނަމަވެސް އަނގަބަހނު އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް އަޙްމަދް ރަޝީދގު ފަރާތުނު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް؛ މިކަނކަނ ޝަރީޢަތުން ފާހަގަކޮށްފައިވެއް ވެ.

30ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުންމުޙައްމަދު ނާޡިމުގެ މައްޗަށް ލާޒިމުކުރާ އެންމެ މައިގަނޑު ޒިންމާއަކީ ކޮބައިކަމާއި އެ ޒިންމާ މުޙައްމަދު ނާޡިމު ވަނީ އަދާކޮށް ނިންމާފައކަމަށި ޝަރީޢަތނު ފާހަގަކޮށްފައިވެއެވެ.

31އަދި އެއްބަސްވުން ބާޠިލުކުރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކުރިކަންކަނ އެފަދައިން އަޙްމަދް ރަޝީދަށް ސާބިތުކޮށްދެވިފައި ނުވުމުގެ އިތުރުން، އެ އެއްބަސްވުން ބާޠިލުކުރަންޖހޭފަދަ މައިގަނޑު ޚިލާފެއް ނުވަތަ އެއްބަސްވުމުގެ ޖައުހަރީކަމަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ކަމެއް ފާހަގަކޮށްފައި ނުވާ ތީކަނ ސިވިލް ކޯޓުގް ނިންމުމުން އެނގެއެވެ.

32އެއްބަސްވުން ބާޠިލުކުރުމަށް އެދި އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން ސިވިލް ކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މި ނުކުތާގައި ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލުމަށްފަހު އެއްބަސްވުމުގައި ހިމެނޭ ކަމަކާއިމެދު އެއްބަސްވުމުގެ ބައިވެރިޔާ ޚިލާފުވާ ޙލަތުގައާ ވެސި ޚިލާފުވިކަމަށް ކަނޑައެޅޭނީ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކަމަކާއި ޚިލާފުވެފއިވާކަމަށަ ބަޔާންކޮށްފައި އޮތްއޮތުން ޤާނޫނީ ގޮތުން ހަމަނުޖެހޭކަމަށެވެ.

33އެއްބަސްވުނ ބާޠިލުކުރުމަށް އެދް ހުށަހެޅު ހުށަހެޅުމާ ގުޅޭގޮތުން، އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތއުނާފި ފުރަތަމަ ނުކުތއާއާ އަދި އެ ނުކުތގާ ތަފުޞީލުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ވެސް ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ 3.7 ވަނަ ނަންބަރު މި ނުކުތާގައި އޮތް ޤާނޫނީ ބަހުޘް ނުވަތަ އެ ނިންމުމުގައި ސިވިލް ކޯޓުން ހަދާފައިވާ ޤާނޫނީ ގޯހކަ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައވ ކަމަށާ ނުދެކެމެވެ.

34HN3ދަށު ކޯޓނު ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހރުމުންކަނު ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު ގެ 43 ވަނަ މާއްދާއިން އެނގެއެވެ.

35ހައިކޯޓަށް އިސްތިއުނާފުކުރުމަށްޓަކައި، ދަށު ކޯޓުގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން، އެކަމުގެ ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކށޮ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކށްފައިވޮ ނ؛ ...[ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ ޤާނޫނެއްގެ މާއްދާއަކަށް ހަވާލާދީ ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ އެފަދައިން ބުނާ ސަބަބު ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚުސަކަށ ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، ޤާނޫނުނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެވެ."

36މައްސަލަ ނިންމުމުގައި ދަށު ކޯޓުން ޤާނޫނާއި ޚިލާފުވެފައިވާކަމަށް ބެލެވޭ ސަބަބެއް ނުވަތަ ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވާކަމުގ ޤާނޫނެ ބަހުޘއެ މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވާތީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބުނާ މިންގަނޑަށް ފެތޭ އިސްތިއުނާފީ ނުކުތާއެއްކަމުގައި ނުދެކެމެވެ. ދަށުކޯޓަށް ހުށަހެޅުމަށް ފުރުޞަތު ލިބިފައިނުވާ ހެކިތައް:

37ޢިމާރާތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނާޡިމު ޢަމަލުކޮށްފައިނުވކަނާ ސާބިތުކުރުމުގެ ގޮތުން ދަށުކޯޓުގެ މަރުޙަލާގައި ހުށަހެޅިފައިނުވާ ލިޔުންތަކެއް، އައު ހެކީގެ ގޮތުގައި އަޙްމަދު ރަޝީދުގެ ފަރާތުން، 28 އެޕްރީލް 2024 ގައި ޝަރީއަތަށް ހުށަހެޅިއެވެ.

38އެ ގޮތުން، ހުށަހެޅި ހެކިތަކަކީ؛ (1) ޢިމާރާތުގެ ގުރައުންޑް ފުލޯރ މިހާރު ބޭނުންކުރަމުން ދަނީ ޤާނޫނާ ޚިލާފަށް ކަމަށް ސާބިތުކޮށްދނުމަށް ކަމަށި ބުނެ ހުށަހެޅި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން 15 ސެޕްޓެންބަރު 2021 ގައި އަޙްމަދު ރަޝީދަށް ފޮނުވާފައި އޮންނަ ސިޓއީ އާ، (2) އޭސީ އައުޓްޑޯ ޔުނިޓްތަކާއި އޭގެ ޑްރެއިން ޕައިޕް ހަރުކޮށްފައިވާ ގޮތުން ޢިމާރާތުގެ ގޯޅިގަނޑު ތެރެއަށް ފެންއެޅި ފައި ހުންނަކަމާއި، އެކަން އިޞްލާޙުކޮށްފައިނުވާކަން ސާބިތުކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން 20 ޖޫން 2022 ގައި އަޙްމަދު ރަޝީދަށް ފޮނުވާފައިވާ ސިޓީއާއި؛ (3) މުޙައްމަދު ނާޡިމު ޙަވާލުވި ދެ ފްލޯރ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގައި ރަޖިސްޓްރީ ކޮށްފައިނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ 21 ފެބްރުވަރީ 2021 ސިޓީ އަދި ބޭންކް އޮފް މޯލްޑިވްސް އިން އަޙްމަދު ރަޝީދަށް ފޮނުވާފައި އޮންނަ "ބިލް އޮފް ކުއަންޓިޓީ" ގެ ނަމުގައި އޮތް 05 ޖޫން 2016 ތާރީޚުގެ ލިޔުމާއި؛ އަދި (4) އާރުސއެނީސީ އެލިވޭޓަރސ ކިޔް ފަރާތަކުން، ޢިމާރާތުގެ ހަރުކުރާ ލިފްޓާ ގުޅގޮތުނޭ 07 ޖުލައި 2021 ގައި ފޮނުވާފައި އޮންނަ ލިޔުމެވެ.

39HN4ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެން ކަމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. އަދި އެ މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާކަމެއ ނޫންކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

40އިޝާރާތްކުރެވުނު މާއްދާގައި ބޔާންކުރަ "ދަށު ކޯޓުގައު ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި" ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރުޙަލާގައި ނުލިބޭ ހެކި، އެކަމަކު ފަހުން ހައިކޯޓު މަރުޙަލާގައި ލިބުން މެދުވެރިވާ ހެކި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ .ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ޤޟިއްޔާގައަ ބަޔާންކުރެއެވެ.

41އެގޮތުން، އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ .ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ޤޟިއްޔަ ގައާ ބަޔާންކުރެއެވެ.

42އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްވެބުނެވުނު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގ ދެ ސިޓީ އާއި އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ޤާނޫނު ނަންބަރު 22/2010 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ ލިމިޓެޑުގެ ސިޓީއާ ގުޅިގެން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކުރި ކަންކަމަކީ ދަށުކޯޓުގައި އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމެއް ނޫނެވެ.

43އަދި ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާ ކުރިއަށް ދިޔައިރު، ލިބިފައި ނުވާ ހެކިތަކެއި ކަމަށް ބުނެ އަޙްމަދު ރަޝީދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ ލިޔުންތަކަކީ، މައްސަލަ ދަށުކޯޓުގައި ކުރިއަށް ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ލިބުމުގެ ފުރުޞަތު އޮތް ލިޔުންތަކެއް ކަމަށް ބެލެވޭތީ އެ ލިޔުންތަކަކީ ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ލިޔެކިޔުންތކެއްކަމަށް ޤަބޫލކު ރ ވެ އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައގަތުމާގުޅޭ އުޞޫލަށް ރިޢާޔަތްކޮށި އެ ހެކިތައް މިމަރުޙަލާގައި ބަލައިނުގަތުމަށް މިމައްސަލައިގއަ ނިންމާފައިވާނެއެވެ. ޢިމާރާތް ފޮޅާ ސާފުކުރުމާއި އިންޝުއަރެންސް ފައިސާއާ ގުޅޭ:

44ޢިމާރާތްކުރުމުގެ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނާޡިމު ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދު ނުކުރުމުގެ ސަބަބުން އަޙްމަދު ރަޝީދުގެ އަތުން -/00727ރ . (ހަތާވީސް ހާސް ހަތްސަތޭކަ ރުފިޔާ) ޚަރަދުވެފައިވާ ކަމަށް ބުނެ އެފައިސާ ހޯދުމަށް ދަށުކޯޓުގައި އަޙްމަދު ރަޝީދުގެ ފަރާތުން އެދުނެވެ. އެއީ؛ (1) ޢިމާރާތުގެ ކުނިކަހާ ސިޑި ފޮޅާ ސާފުކުރާ ފަރާތަށް މުޙައްމަދު ނާޡިމު ދައްކަންޖެހޭ މިންވަރު ކަމުގައިވާ - /1000ރ. (އެއްހާސް ރުފިޔާ) ގެ ގޮތުގައި ޖުމުލަ 19 މަހަށް ދެއްކި -/19000ރ. (ނަވާރަ ހާސް ރުފިޔާ) އާއި، އަދި؛ (2) ބޭންކު އިންޝުއަރެންސް ގޮތު ގައި ދައްކަންޖެހޭ -/1250ރ. (ބާރަސަތޭކަ ފަންސާސް ރުފިޔާ) ނުދައްކައި 7 މަސް ފާއިތުވފައިވާތެ ޖުމްލަ -/8700ރ. (އަށްހާސް ހަތްސަތޭކަ ރުފިޔާ) އެވެ. މި ޤަޟިއްޔާއާ ގުޅިގެން 28 އެޕްރީލް 2024 ގައި ބޭއްވުނު އަޑުއެހުމުގައި ކަނޑައެޅި. އަޙްމަދު ރަޝީދުގެ ފަރާތުން ދަށުކޯޓުގައި އެދިފައިވަނީ-/27700ރ. ހޯދުމަށކަނ ދަޢުވް ފޯމުގް 9 އަދި 12 ވަނަ ނަންބަރުގައި ބުނެއެވެ. ދަށުކޯޓށާއަ ހައިކޯޓަށް އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ފޯމުގައި އެދުނު ފައިސާ ޢަދަދު ކަމުގައި -/27000ރ. ކަމަށް ބަޔާންކޮށްފައވަނީ ލިޔުމުގެ ކުށަކުން ކަމަށް ބެލެވޭ.

45މި ނުކުތާއާމެދު ސިވިލް ކޯޓުން ނިންމާފައިވަނީ، ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް ނުވާތީ މި ފައިސާއަކީ މުޙައްމަދު ނާޡިމު އަތުން ނަގައިދެވިދާނެ ފައިސާއެއް ނޫންކަމަށެވެ. މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ރިސިޕްޓްތަކާއި، ފައިސާގެ ޢަދަދުތަކެއް އަޙްމަދު ރަޝީދުގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަން ސާބިތވާނު ލިޔެކިޔުން ހުށަހެޅމަކުނު އެއް ކުރިއަށް އޮތް ތަނުގައި ވެސް މުޙައްމަދު ނާޡިމުގެ ފަރާތުން އެ ފައިސާ ދައްކަމުން ގެންދިއުމަށް އެއްބަސްވެފައިވާކަން ދަލާލަތުކުރާނެ ކަމެއް ނޫންކަމަށް މި ނުކުތާއާ ގުޅޭގޮތނު ސިވިލް ކޯޓުން ނިންމުމަށް ވާސިލުވި ސަބަބު ތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

46އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާ ކޮށްފައިވަނީ ސިވިލް ކޯޓުގެ އިސްވެ ބުނެވުނު ނިންމުމާ ގުޅޭގޮތުންނެވެ.

47އެގޮތުން، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން އެނގޭ ލިޔުންތައް ހުށަހަޅާފައި ވުމަކީ ކުރިއަށް އޮތް ތަނުގައި މުޙައްމަދު ނާޡިމުގެ ފަރާތުން އެފައިސާ ދައްކަމުން ގެންދިޔުމަށް އެއްބަސްވެފައިވާކަން ދަލާލަތު ކުރާނެކަމެއް ނޫންކަމަށް ދަށުކޯޓުން ކަނޑައެޅިއިރު، އެފައިސާ ދެއްކިތޯއާއ ފައިސި ދެއްކީ ކީއްވެގެންތޯއާއ ފައިސި ދައްކަމުން އައިސް ފައިސާ ދެއްކުން ހުއްޓާލީ ކޮން ސަބަބެއް މެދުވެރިވެގެންތޯ މުޙައްމަދު ނާޡިމުގެ ކިބައިން ޝަރީޢަތުން އޮޅުން ފިލުވާފައިނުވާ ކަމަށެވެ.

48މި އީ، ޢިމާރާތުގެ ސިޑި ފޮޅާ ސާފުކުރުމާއި އިންޝުއަރެންސް ގެ ޚަރަދަށް މުޙައްމަދު ނާޡިމު ޒިންމާ ވާންޖެހޭކަމަށ ދެކިގެން ހުށަހަޅާފައިވް އިސްތިއުނާފީ ނުކުތާއެއްކަމަށް ބެލެވެއެވެ.

49ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަށް މުޙައްމަދު ނާޡިމު ޒިންމާ ވާންޖެހޭކަމަށ އަޙްމަދް ރަޝީދު ދެކޭ ސަބަބަކީ ކޮބައިތޯ ބަލާއިރު، ދަށުކޯޓަށް އަޙްމަދު ރަޝީދު ހުށަހެޅި ހުށަހެޅުން ބިނާކޮށްފައިވަނީ، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.9 ނުކުތާ. އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވިޔަސް، ޢިމާރާތް ފޮޅާ ސާފުކުރުމަށާއި އިންޝުއަރެންސްގެ ގޮތުގައި 10 އޮކްޓޫބަރު 2018 އިން 15 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ މަހަކު -/5072ރ. މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދަށް ދީފައިވާތީ އެ ސަބަބަށް ބިނާކޮށެވެ. އަދި ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ފައިސާއަށް އަށް ޒިންމާވާންޖެހޭ ފަރާތަކީ މުޙައްމަދު ނާޡިމު ކަމަށް އަޙްމަދު ރަޝީދުގެ ފަރާތުން ހއިކޯޓުގައ ދެއްކި ވާހަކަތަކުގައ ފާހަގަކޮށްފައިވެއެވެ. ފޮޅާ ސާފުކުރުމުގެ ޚަރަދު:

50ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ޢިމާރާތްކުރުމުގެ އެއްބަސްވުމަށް ބަލާއިރު، ޢިމާރާތުގެ ސިޑި ފޮޅާ ސާފުކުރުމަށް ހިނގާ ޚަރަދަށް ވަކި ފަރާތެއް ޒިންމާ ވާންޖެހޭކަމަށ މުޠްލަޤަށް އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް، ޢމާރާތުގި ސިޑި ހަޑިނުވާގޮތަށް ސާފުތާހިރުކޮށް ބަލަހައްޓާނީ އެ ފުލޯއަކާ ޙަވާލުވެފައިވާ ފަރާތަކުން ކަމަށް ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބުނެއެވެ.

51ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ނާޡިމުއ ޙަވާލުވެފައިވާ ފުލޯރތަކުގެ ސިޑި ފޮޅާ ސާފުކުރުމަށް ހިނގާ ޚަރަދު ހިމެނޭހެން މެއިންޓެނަންސްގެ ގޮތުގައި އަޙްމަދު ރަޝީދަށް ކޮންމެ މަހަކުވެސް ފައިސާ ފޮނުވާކަމަށާއ އެއި ގޭގައި ހުންނަމީހަކީ އަޙްމަދު ރަޝީދު ކަމަށްވުމުންކަމަށް މުޙައްމަދު ނާޡިމުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވެއެވެ. މިހާރުވެސް އެ ފައިސާ ދައްކަމުންދާ ކަމަށް މުޙައްމަދު ނާޡިމު ހައިކޯޓުގައި ބުނެފައިވެއެވެ.

52މުޙައްމަދު ނާޘިމުގ އެ ބުނުމަށް، އަޙްމަދު ރަޝީދުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި، މުޙައްމަދު ނާޘިމުގެ ފަރާތުން އަޙްމަދު ރަޝީދަށް ފައިސާ ފޮނުވިކަން އެނގޭ ޓްރާންސްފަރ ސްލިޕް ތަކުގެ ރިމރަ ކްސް އިން ބާރު ލިބޭކަން އެނގެއެވެ. މި ފައިސާ ޢަދަދު އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ލިޔުންތަކުގައި އެކި ތަންތަނުގައި އެކި ގޮތަށް ފާހަގަކުރެވިފައިވޭ. އެގޮތުން އިސްތިއުނާފު ފޯމުގެ 8.2.1 ގައި ބަޔާންކޮށްފައިވަނީ -/2250ރ. ކަމަށް. ދަށުކޯޓު ބަޔާންތަކުގައި ބަޔާންކޮށްފައިވަނީ -/2750ރ. އެވެ. ބޭންކް ސްޓޭޓްމަންޓނު ދައްކަނީ -/2750ރ. ކަމަށެވެ. މި ޤަޟިއްޔާއާ ގުޅިގެން 11 ޖޫން 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން.

53HN5ވީމާ، ފޮޅާ ސާފުކުރުމުގެ ގޮތުގައި އަޙްމަދު ރަޝީދަށް ވަކި މިންވަރެއްގެ ފައިސާއެއް ދެއްކުމަށް ޢިމާރާތްކުރުމާގުޅޭ އެއްބަސްވުމުގެ ދަށުން ލާޒިމުކޮށްފައި ނުވިޔަސް ޢިމާރާތުގެ ސިޑު ފޮޅާ ސާފުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވަކިގޮތަކަށް ދެފަރާތުން އެއްބަސްވެ އެގޮތަށް އެ އިންތިޒާމު ހަމަޖެއްސުމަށް އަޙްމަދު ރަޝީދަށް މުޙައްމަދު ނާޡިމުގެ ފަރާތުން ފައިސާ ފޮނުވަމުން ދިޔަކަން އެނގެއެވެ. ނަމަވެސް މިފަދައިން އެއްބަސްވީ ކޮންއިރަކުން ފެށިގެންކަމެއް މި މައްސަލައިގައި ސާފުކޮށް އެނގެން ނެތެވެ.

54ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައި އަޙްމަދު ރޝީދަ ގެ ފަރާތުނު އެދިފައިވަނީ، ޢިމާރާތުގެ ސިޑި ފޮޅާ ސާފުކުރުމުގެ ޚރަދުގ ގޮތުގައެ އަޙްމަދު ރަޝީދުގެ އަތުން ޚަރަދުކުރި ފައިސާ ހޯދުމަށެވެ. މި ފައިސާއަށް މުޙައްމަދު ނާޡިމު ޒިންމާވާންޖެހޭތޯ ބެލުމުގައި، ޢިމާރާތް ފޮޅާ ސާފުކުރުމަށް ޚަރަދުކުރުމާ ގުޅޭގޮތުން ދެފަރާތުން އެއްބަސްވުމެއް ވުމގު ފަހުން އަޙްމަދު ރަޝީދު ކުރި ޚަރަދަކަށް ވާންޖެހެއެވެ. އަދި އަޙްމަދު ރަޝީދު އެ ޚަރަދުކޮށްފައި ވާކަންވެސް ސާބިތުވާންޖެހެއެވެ. މި ކަންކަން ސާބިތުކޮށްދިނުމަކީ މި މައްސަލައިގައި އަޙްމަދު ރަޝީދުގެ މައްޗަށް އޮތް ޒިންމާއެކެވެ.

55އެގޮތުން، ބަލާއިރު، ޢިމާރާތް ފޮޅާ ސާފުކުރުމަށާއި އިންޝުއަރެންސްގެ ގޮތުގައި 10 އޮކްޓޫބަރު 2018 އިން 15 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ މަހަކު -/5072ރ. (ދެހާސް ހަތްސަތޭކަފަންސާސް ރުފިޔާ) މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދަށް ފޮނުވާފައިވާފައވި ކަމަށް ބުނުމަކީ، ޢިމާރާތުގެ ކުނިކަހާ ސިޑި ފޮޅާ ފަރާތަށް އަޙްމަދު ރަޝީދު ޚަރަދުކުރި ފައިސާއަށް މުޙައްމަދު ނާޡިމު ޒިންމާވާންޖެހޭ ކމަށަ ބެލުމަށް ފުދޭނެ ހަރުދަނާ ސަބަބެއް ކަމަށް ނުދެކެމެވެ.

56ދަށު ކޯޓަށް ހުށަހެޅި ދަޢުވާގައި އަޙްމަދު ރަޝީދު އެދިފައިވަނީ، ޢިމާރާތުގެ ކުނިކަހާ ސިޑި ފޮޅާ ފަރާތަށް މުޙައްމަދު ނާޡިމުގެ ފަރާތުން ކޮންމެ މަހަކު -/1000ރ (އެއްހާސް ރުފިޔާ) ގެ މަގުން ދައްކަންޖެހޭ ފައިސާގެ ގޮތުގައި 31 ޖަނަވަރީ 2017 އިން ފެށިގެން 30 ސެޕްޓެންބަރު 2018 ގެ ނިޔަލަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާއާ ގުޅިގެން 18 މާރިޗު 2021 ގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާން. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާއާ ގުޅިގެން 18 މާރިޗު 2021 ގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާނުގައި. ޖުމުލަ 19 މަސްދުވަހަށް އަޙްމަދުގެ ރަޝީދުގެ އަތުން ޙަރަދުވި 000.00،19ރ. (ނަވާރަހާސް ރުފިޔާ) ހޯދުމަށެވެ.

57އެކަން ސާބިތުކުރުމަށް އަޙްމަދު ރަޝީދު ހުށަހެޅި ހެކިތަކަށް ބަލާއިރު، ހުށަހަޅާފައިވާ ބޭންކް އފޮ މޯލްޑިވްސްގެ ނަންބަރު 101-492292-7703 އެކައުންޓް ސްޓޭޓުމަންޓުނ އެނގެން އޮތީ، 10 އޮކްޓޫބަރު 2018 އިން ފެށިގެން 17 ޖަނަވަރީ 2021 ގެ ނިޔަލަށް މުޙައްމަދު ނާޡިމުގެ ފަރާތުން އެ އެކައުންޓަށް ކޮންމެ މަހަކު -/0752ރ. (ދެހާސް ހަތްސަތޭކަފަންސާސް ރުފިޔާ) ފޮނުވާފައި އޮންނަކަމެވެ. ދެން ހުށަހަޅާފައިވަނީ ބުނެވުނު މުއްދަތުގެ ތެރޭގައި މުޙައްމަދު ނާޡިމު ޢިމާރާތުގެ މެއިންޓެނެންސްއާއި އިންޝުއަރެންސްގެ ގޮތުގައި ފައިސާ ފޮނުވކަނި އެނގޭ ބޭންކް ޓްރާންސްފަރ ސްލިޕުތަކެވެ.

58އިސްވެބުނެވުނު ހެކިތަކަށް ބަލާއިރު، ޢިމާރާތުގެ ސިޑި ފޮޅާ ސާފުކުރާ ފަރާތަށް އަޙްމަދު ރަޝީދު ކުރިކަމަށް ބުނާ ޚަރަދަކީ، މުޙައްމަދު ނާޡިމު ފައިސާ ދައްކަން ފެށި ތާރީޚުކަމަށް ހުށަހެޅި ލިޔުންތަކުން ފެންނަން އޮތް ތާރީޚުކަމުގައިވާ 10 އޮކްޓޫބަރު 2018 ގެ ކުރީން ކޮށްފައިވާ ޚަރަދުތަކެއް ކަން އެނގެއެވެ. އެ ޚަރަދުތައް ކުރި މުއްދަތުގައި މި ދެފަރާތުގެ ދެމެދުގައި މިކަމާގުޅޭގޮތުނ އެއްބަސްވުމެއް އޮތްކަމަށް ބެލިދާނެ ފަދަ އެއްވެސް ހެއްކެއް އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިނުވެއެވެ.

59އަދި އޭގެ އިތުރުން އިސްވެބުނެވުނު ޚަރަދު އަޙްމަދު ރަޝީދުގެ ފަރާތުން ކުރިކަމަށް ދަލާލަތުކށްދޮ ފަދަ އެއްވެސް ހެއްކެއް މި މައްސަލައިގައި ހުށަހެޅިފައިނުވެއެވެ. 10 އޮކްޓޫބަރު 2018 އިން ފެށިގެން 15 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ މަހަކު މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދަށް ވަކި ޢަދަދަކަށް ފައިސާ ފޮނުވާފައިވާ ކަން އެނގޭ ލިޔުންތަކަކީ މިކަމަށް ބާރުދޭ ލިޔުންތަކެއް ނޫނެވެ.

60އަދި މިފައިސާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ޤަޟިއްޔާގައި ނިންމި ނިންމުމަށް ބަދަލެއް އަންނާނެފަދަ ސަބަބެއް އިސްތިއުނާފުކުރާފަރާތަށް މިއިސްތިއުނާފުގައި ބުނެދެވިފައިވާ ކަމަށް އަހުރެން ނުދެކެމެވެ. އންޝުއަރެންސްއި ގުޅާ ފައިސާ:

61އިންޝުއަރެންސް ފައިސާއަށް މުޙައްމަދު ނާޡިމް ޒިންމާންޖެހޭނެ ކަމަށް އަޙްމަދު ރަޝީދު ބުނާ ބުނުން ވެސް ބިނާކޮށްފައިވަނީ، ޢިމާރާތް ފޮޅާ ސާފުކުރުމަށާއި އިންޝުއަރެންސްގެ ގޮތުގައި 10 އޮކްޓޫބަރު 2018 އިން 15 ޖަނަވަރީ 2021 ގެ ނިޔަލަށް ކޮންމެ މަހަކު -/5072ރ. (ދެހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) މުޙައްމަދު ނާޡިމުގެ ފަރާތުން އަޙްމަދު ރަޝީދަށް ފޮނުވފައާ އޮތް އޮތުމާއި، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާއާއި އަދި ރަހުނު އެގްރީމެންޓުގެ 15 ވަނަ މާއްދގާ ދަށުން އިޝުއަރެންސ ފައިސާއަށް މުޙައްމަދު ނާޡިމު ޒިންމާވާންޖެހޭ ކަމަށް ބުނާ ވާޤިޢާގެ މައްޗަށެވެ.

62އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ފައިސާއަށް މުޙައްމަދު ނާޡިމް ޒިންމާވާންޖެހޭތޯ ބަލާއިރު، ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާއަކީ ޢިމާރާތް ރަހުނުކުރުމާއި ލޯނު ނެގުމާއި ގުޅޭ މާއްދާއެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. " މި އެގްރިމެންޓްގެ ދަށުންކުރާ 4 ބުރީގެ (ގްރައުންޑް ފުލޯރ ހިމެނޭގޮތަށް) އިމާރާތް، ޢިމާރާތްކުރުމަށް ބޭނުންވާފައިސާ ހޯދުމަށް ޢިމާރާތް ރަހުނުކޮށް ޢިމާރާތް ކުރާފަރާތުން ލޯނުނަގަންބޭނުންވެއްޖެނަމަ ލޯނުނެގުމަށް މަގުފަހިކުރުމުގ ގޮތުނެ ޢިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ޢިމާރާތުގެ ވެރިފަރާތުން އެއް ބަސްވެއެވެ. އަދި މި ގޮތުން ނެގޭ ލޯނު އަނބުރާ ދެއްކުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ ޢިމާރާތްކުރާ ފަރާތުންނެވެ. މިގޮތުން މި ނަގާ ލޯނަށް ބެންކަށް ދައްކަންޖެހޭ ފައިސާ، ޢިމާރާތްކުރާ ފަރާތުގެ އިހުމާލުން، ނުދައްކާތާ ވިދިވިދިގނެ 3 މަސް ފާއިތުވެއްޖެނަމަ ދެފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދާނީއެވެ. އަދި ވާހަކަ ދައްކައިގެން ޙައްލެއް ނުލިބިއްޖެނަމަ މި އެގްރިމެންޓުގެ ދަށުން އިމާރާތްކުރާފަރާތަށް ބޭނުންކުރުމަށް ދީފައިވާ ފްލޯތައް ހަވާލުކުރަންވާނެއެވެ. އިމާރާތުގެ ފްލޯތައް އިމާރާތުގެ ވެރި ފަރާތާއި ޙަވާލުކުރެވޭ ހިސާބުން ފށެ ގެން ބެނިކ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނީ އިމާރާތުގެ ވެރިފަރާތުންނެވެ."

63އިސްވެ ބަޔާންކުރެވުނު މާއްދާގެ ދަށުން މުޙައްމަދު ނާޡިމުގެ މައްޗަށް އޮތް ޒިންމާއަކީ، ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނަގާ ލޯނު އަނބުރާ ދެއްކުމެވެ. މީގެ ތެރޭގައި އިންޝުއަރެންސްގެ ފއިސަ ހިމެނޭކަމަކަށް މި މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިނުވެއެވެ.

64ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ޢިމާރާތް، މުޙައްމަދު ނާޡިމް ކޮށްފައިވަނީ ބުނެވުނު މާއްދާގައި ބަޔާންކުރި ގޮތަށް މުޙައްމަދު ނާޡިމުގެ ނަމުގައި ލޯނެއް ނަގައިގެންނެވެ. އެ ލޯނު ނެގުމަށް ބޭންކުގައި އެ ޢިމާރާތް ރަހުނުކުރުމަށް ހެދުނު ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު C/C853/2016-Cv "ރަހުނު އެގްރީމެންޓް" 16 ވަނަ މާއްދާއަށް ބަލާއިރު، އެލޯނު ނެގުމަށްޓަކައި އެ ޢިމާރާތް އިންޝުއަރ ކުރަންޖެހޭކަމާއި މުދާ އިންޝުއަރ ކުރުމުގެ ގޮތުން ގަވައިދުން ދައްކަންޖެހޭ ޕްރިމިއަމް، ކޯލްސް، ކޮންޓްރިބިއުޝަނއާ އަދި މިނޫންވެސް ފައިސާ ގަވައިދުން ދައްކަންޖެހޭކަން އެނގެއެވެ. އެޒިންމާ އަދާކުރުމަކީ ލޯނު ނެގިފަރާތުގެ ހައިސިއްޔަތުން މުޙައްމަދު ނާޡިމއަށާއު އަދި ރަހުނު ބެހެއްޓި ފަރާތުގެ ހައިސިއްޔަތުން އަޙްމަދު ރަޝީދުގެ މައްޗަށް ވެސް އޮތް ޒިންމާއެއްކަން ރަހުނު އެގްރީމެންޓުން އެނގެއެވެ.

65"ރަހުނު އެގްރީމެންޓް" ގެ 15 ވަނަ މާއްދާގައި، ރަހުނުކުރެވުނު ޢިމާރާތް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުން، ރަހުނު ބަހައްޓާ ފަރާތުގެ މައްޗަށް އޮތް ޒިންމާވެސް ބަޔާންކޮށްފައިވެއެވެ. އެ ޒިންމާއަކީ، ރަހުނު ބެހެއްޓި ފަރާތުގެ ހައސި އްޔިތުނ އަޙްމަދް ރަޝީދުގެ މައްޗަށް ވެސް އޮތް ޒިންމާއެކެވެ.

66ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ނެގި ލޯނު އަނބުރާ ދެއްކުމުގެ ޒިންމާ މުޙައްމަދު ނާޡިމުގެ މައްޗަށް އޮތްއޮތުމުގެ މައްޗަށް ބިނކޮށ އިންޝުއަރެންސް ފައިސާ ހިމެނޭހެން ބޭންކަށް ދައްކަންޖެހޭ ފައިސާ ކަނޑމަ ންދިޔައު މުޙައްމަދު ނާޡިމުގެ އެކައުންޓުންނެވެ.

67ބުނެވުނު ލޯނު ނެގިފަހުން ހަމަ އެ ޢިމާރާތް ރަހުނުކޮށް އަޙްމަދު ރަޝީދުގެ ނަމުގައި ބޭންކުން އިތުރު ލޯނެއް ނެގިއެވެ. މިލޯނު ނެގި ސީދާ ތާރީޚެއް މިމައްސަލައއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ. ޢިމާރާތް ރަހުނުކޮށް އަޙްމަދު ރަޝީދު ފަހުން ނެގި ލޯނާއެކު، އެހިސާބުން އިންޝުއަރެންސް ފައިސާ ކެނޑެމުންދިޔައީ އަޙްމަދުގ ރަޝީދުގެ އެކަ އުންޓަ ންނެވެ. އެ ފައިސާ ކެނޑެން ފެށުމުން މުޙައްމަދު ނާޡިމުއ ވާހަކާ ދައްކައި މުޙައްމަދު ނާޡިމު ނަގާފައިވާ ލޯނަށް އިންޝުއަރެންސްގެ ގޮތުގައި މުޙައްމަދު ނާޡިމު ދައްކަންޖެހޭ ޢަދަދު އަޙްމަދު ރަޝީދުގެ އެކައުންޓަށް ފޮނުވުމަށް އ އްބަސްވެ އެފައިސާ މުޙައްމަދު ނާޡިމގު ފަރާތުން އަޙްމަދު ރަޝީދަށް ފޮނުވަމުންދިޔަކަމަށް، ދެފަރާތުން އިސްތިއުނާފުގެ މަރުޙަލާގައި ދެއްކި ވާހަކަތަކުން އެނގެއެވެ. އަދި ފަހުން ދެފަރާތުން ބޭންކުގައި އެއްބަސްވެގެން އެމީހަކު ޒިންމާވާންޖެހޭ ޢަދަދު އެމީހެއްގެ އެކައުންޓުން ކަނޑަންޖެހޭ ގޮތަށް ހަމަޖައްސައި މުޙައްމަދު ނާޡިމް ދައްކަންޖެހޭ އިންޝުއަރެންސް ފައިސާ މިހާރު ކަނޑަމުންދަނީ މުޙައްމަދު ނާޡިމުގެ އެކައުންޓުންކަން މި ދެފަރާތުގެ ބަހުން އެނގެއެވެ.

68އަޙްމަދު ރަޝީދުގެ އެކައުންޓުން އިންޝުއަރެންސް ފައިސާ ކެނޑެން ފެށި ސީދާ ތާރީޚެއް އަދި ކެނޑި ފައިސާގެ ޢަދަދެއް އެނގޭނެ ލިޔުމެއް މިމައްސަލައިގައި ހުށަހެޅިފައި ނުވެއެވެ. 10 އޮކްޓޫބަރު 2018 ފެށިގެން އަޙްމަދު ރަޝީދު ދަށުކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށްވެސް މުޙައްމަދު ނާޡިމުގެ ފަރާތުން ކޮންމެ މަހަކު -/0752ރ. (ދެހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) އަޙްމަދު ރަޝީދުގެ އެކައުންޓަށް ފޮނުވަމުންދިޔަކަން ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 101-492292-7703 އެކައުންޓް ސްޓޭޓުމަންޓުން އެނގެއެވެ.

69HN6އެހެންކަމުން، ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސާފު ޢިބާރާތުން އިންޝުއަރެންސއް ގުޅާ ފައިސާ ދައްކަންޖެހޭ ފަރާތަކީ މުޙައްމަދު ނާޡިމު ކަމަށް ބަޔާންކުރެވިފައި ނުވިނަމަވެސް ޢިމާރާތްކުރުމަށް މުޙައްމަދު ނާޡިމުގެ ނަމުގައި ނެގި ލޯނު އަދާކުރުމުގެ ތެރޭގައި އިންޝުއަރެންސް ފައިސާ ވެސް ހިމެނޭކަމަށް މުޙައްމަދު ނާޡިމު ވެސް ޤަބޫލުކޮށް އެފަދައިން ޢަމަލުކޮށްފައިވާކަން އެނގެއެވެ. އިންޝުއަރެންސް ފައިސާ އަޙްމަދު ރަޝީދުގެ އެކައުންޓުން ފަހުން ކނޑަން ފަށާފައަ ވަނީ، އަޙްމަދު ރަޝީދު ނަމުގައި ލޯނު ނެގި ހިސާބުން އެރި އޮޅުމެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

70މިހިސާބުން ދެން އުފެދޭ ސުވާލަކީ ދަޢުވާގައި އަޙްމަދު ރަޝީދު ހޯދުމަށް އެދިފައވި އިންޝުއަރެންސް ފައިސާއަށް މުޙައްމަދު ނާޡިމު ޒިންމާވާންޖެހޭނެތޯއެވެ.

71އިންޝުއަރެންސް ފައިސާއާ ގުޅޭގޮތުން އަޙްމަދު ރަޝީދު ގެ ފަރާތުން އެދިފައިވަނީ، 31 ޖަނަވަރީ 2018 އިން ފެށިގެން 30 އޮގަސްޓް 2018 ގެ ނިޔަލަށް މަހަކު 1250ރ. (ބާރަސަތޭކަ ފަންސާސް ރުފިޔާ) ގެ މަގުން ޖުމުލަ 07 މަހަށް އަޙްމަދު ރަޝީދު ޚަރަދުކޮށްފައިވާ -/8750 ރ. (އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ހޯދުމަށެވެ.

72ކުރި ން އިސްވެ ފާހަގަކށްފައިވޮ ފަދައިން، އަޙްމަދު ރަޝީދުގެ އެކައުންޓުން އިންޝުއަރެންސް ފައިސާ ކެނޑެން ފެށި ސީދާ ތާރީޚެއް އަދި ފައިސާ ކެނޑިކަމާއި އަދި ކެނޑިފައިސާގެ ޢަދަދު ސާބިތުވާނެ އެއްވެސް ލިޔުމެއް އަޙްމަދު ރަޝީދުގެ ފަރާތުން މި ދަޢުވާގައި ހުށަހަޅާފައި ނުވެއެވެ.

73އެ ފައިސާއަކީ މުޙައްމަދު ނާޡިމު ޒިންމާވެ ދައްކަންޖެހޭ ފައިސާއެއް ކަން ސާބިތުކުރުމަށް އަޙްމަދު ރަޝީދު ހުށަހަޅާފައިވަނީ، 10 އޮކްޓޫބަރު 2018 އިން ފެށިގެން 17 ޖަނަވަރީ 2021 ގެ ނިޔަލަށް މުޙައްމަދު ނާޡިމުގެ ފަރާތުން ކޮންމެ މަހަކު -/0752ރ. (ދެހާސް ހަތްސަތޭކަފަންސާސް ރުފިޔާ) ފޮނުވާފައިވާ އެނގޭ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 101-492292-7703 އެކައުންޓް ސްޓޭޓުމަންޓެވެ. ދެން ހުށަހަޅާފައިވަނީ ބުނެވުނު މުއްދަތުގެ ތެރޭގައި މުޙައްމަދު ނާޡިމު ފައިސާ ފޮނުވާފައިވަނީ ޢިމާރާތުގެ މެއިންޓެންންސްއާއި އިންޝުއަރެންސްގެ ގޮތުގައި ކަން އެނގޭ ބައެއް މަސްމހުގަ ބޭންކް ޓްރާންސްފަރ ސްލިޕތަކެވެ. ހަމައެކަނި މި ލިޔުންތަކުގެ މައްޗަށް ބުރަވެ އެ ފައިސާއަކީ މުޙައްމަދު ނާޡިމު ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުކުރެ ވިދާނ ކަމަށެ އަހުރެނ ނެދެކެމެވެ.

74އޭގެ އިތުރުން، މި ދަޢުވާގައި އިސްތިއުނާފުކުރާ ފަރާތުން ހޯދުމަށް އެދިފައވި ފައިސާއަކީ، އިންޝުއަރެންސް ފައިސާ އަޙްމަދު ރަޝީދަށް ފޮނުވުމަށް މުޙައްމަދު ނާޡިމާ އެއްބަސްވު ފަހުން މުޙައްމަދު ނާޡިމު ދައްކަންޖެހި ނުދައްކް ވާ ފައިސއެއްކަމާ އެ ވެސް އަޙްމަދް ރަޝީދަށް މި ދަޢުވާގައި ސާބިތުކޮށްދެވިފައިވ ކަމަށާ ނުދެކެމެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާއާ ގުޅިގެން 18 މާރިޗު 2021 ގައި އަޙްމަދު ރަޝީދު ދީފައިވާ ބަޔާނުގައި. ހުށަހެޅިފައިވާ ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުން އެންމެ ފަހުން ފައިސާ ފޮނުވާފައިވާ ކަމަށް ދައްކަނީ 17 ޖަނަވަރީ 2021 އެވެ.

75އެހެންކަމުން، އަޙްމަދު ރަޝީދު އެކައުންޓުން ފައިސާ ކެނޑިކަމަށް ހަމަ އެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް، ދޢަ ވާގައު ހޯދުމަށް އެދިފައިވާ އިންޝުއަރެންސް ފައިސާއަށް މުޙއްމަދަ ނާޡިމް ޒިންމާ ކުރުވައި އެ ފައިސާ މުޙައްމަދު ނާޡމުގި އަތުން ނަގައިދެވިދާނެ ހަމައެއް ނެތެވެ.

76ވީމާ، ޢިމާރާތުގެ މެއިންޓެނންސްއާއި އިންޝުއަރެންސެ ފައިސާގެ ގޮތުގައި އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ބަލައި އެފައިސާ ނަގައިނުދިނުމަށް، ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:

77އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ލިފްޓް ހަރުކުރުމަށް މުޙައްމަދު ނާޡިމަށް 8 މަސް ދުވަސް ދިނުމަށް ޝަރީޢަތުން ކަނޑައެޅިއިރު، އެފަދަކަމެއް ކުރުމަށްދާނެ އެންމެ ކުރު މުއްދަތަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އަދި އެ މުއްދަތަށް ވާޞިލުވީގޮތެއް ޙުކުމުގައި ބަޔާންކޮށްފައި ނުވާކަމަށާއި، ލިފްޓް ހަރުކުރުމަށް ހޭދަވާނެ މުއްދަތަކީ 8 މަސް ދުވަހަށްވުރެ މ ކުރާ މުއްދަތެއްގެ ތެރޭގައި ފުރިހަމަކޮށް ނިންމާލެވޭނެ މަސައްކަތެއް ކަމަށެވެ.

78ލިފްޓް ހަރުކޮށް ނިންމުމަށް 8 މަސް ދުވަހުގެ މުއްދަ ތެއް މުޙައްމަދު ނާޡިމަށް ދިނުމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ، އެއީ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ 12 ވަނަ ނަންބަރުގައި ލިފްޓް ހަރުކުރަން 10 (ދިހައެއް) އަހަރު ދުވަސް އޮތުމުން އެއީ އިންސާފުވެރިނޫނ ބައެއް ( unfair term) ކަމުގައިވާތީ ކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.

79ލިފްޓް ހަރުކުރުމަށް ހޭދަވނ އެންމެ ކުރުމުއްދަތާ އެ ބަލާފައިނުވާކަމަށް މިނުކުތާ ގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރިނަމަވެސް، އެފަދަ މުއްދަތެއް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމާއި އަދި އެކުރު މުއްދަތަކީ ކޮބައިކަން އިސްތިއުނާފުގައި ބުނެދެވިފައިނުވެއެވެ. އަދި މުއްދަތާއި ގުޅޭގޮތުން ދަށު ކޯޓުން ނިންމިނިންމުން ޚިލާފުވާ ޤާނޫނީ އުޞޫލެއް އަދި ސަބަބެއް ވިޔަސް މި އިސްތިއުނާފުގައި ބުނެދެވިފައިނުވެއެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:

80އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-14/Cv ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރު ޙަސަން ޝަފީޢުގެ ރ އުޔު:

81މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމަ ގ ރައުޔު

82މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:

83މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތ ރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

22. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) 23 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) 24 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ